އިންތިޒާރު ( 20 )
އައި ރިއަލީ ހޯޕް ހީޒް ޑުއިން ފައިން.. މާ ބޮޑު ވަރެއް ނުވޭދޯ؟ ” މާޔާ އެއްޗެކޭ ބުނަން އުޅެފަވެސް ވަގުތުގެ ގޮތުން ހިމޭންކަން ހިޔާލުކުރަމުން ފޯނު ބޭއްވިއެވެ.
މާޔާ އެނބުރިލަމުން ކިޔާންގެ މޫނަށް ބަލާލީ ހިތްދަތިގޮތަކަށެވެ. ކިޔާން ބުމަ އަރުވާލީ ކިހިނެއްވީހޭ އަހާފަދަ ގޮތަކަށެވެ. މާޔާ ހީލިއެވެ. ނަރުސް ކުއްޖަކު އައިސް މަޑުކުރެވޭނީ އެންމެ މީހަކަށޭ ބުނުމުން އެންމެން ނުކުމެގެން ދިޔައީ މާޔާއާ ކިޔާނަށް ވަގުތު ދޭން ވެގެނެވެ. ނިޝާ ނުކުންނަމުން މާޔާގެ އަތުގައި ހިފާ ފިތާލަމުން ހީލިއެވެ. އެންމެން ނުކުތުމުން މާޔާ ގޮސް ކިޔާންގެ އެނދުގެ ކައިރީ ކޮޅަށް ހުއްޓިލިއެވެ. ކިޔާން ބަލަން އޮވެފައި މާޔާގެ އަތުގައި ހިފާލަމުން ” ޔޫ ލުކް ޕްރިޓީ ” އޭ ބުނެލިއެވެ. މާޔާ ކުޑަކޮށް ހީލަމުން ކިޔާންގެ މަގަތުގައި އެނދުގަ އިށީދެލަމުން ކިޔާންގެ ބޮލުގައި އަޅާފައި އޮތް ބެންޑޭޖްގައި ފިރުމާލަމުން ތަދުވޭހޭ އަހާލިއެވެ. ކިޔާން ބޯ ޖަހާލަމުން އާއެކޭ ބުނުމުން މާޔާ ދެރަވިއެވެ. ފެންކަޅިވެފައި އިސްޖަހާލަމުން ތުންފަތުގައި ދަތް އަޅާލިއެވެ. ކިޔާން މާޔާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ތުންފަތުގައި ދަތް ނާޅާށޭ ބުނެލީ ލޯބިން ފުރިގެންވީ ގޮތަކަށެވެ. މާޔާ ބަލަން އިދެފައި ކިޔާންގެ މޭގައި ބޯ އަޅާލިއެވެ. ކިޔާން މާޔާގެ ބުރަކަށީގައި އަތުން ފިރުމާލަމުން ހީލިއެވެ. ” އައި އެމް ސޮރީ ކިޔާން ” މާޔާ ހިތުން އެހެން ބުނެލީ އަމިއްލަ ނަފްސް ކުއްވެރިކުރަމުންނެވެ. ކިޔާންގެ މި ހާލަތުގެ ޒިންމާނަގަންޖެހޭ މީހަކީ އޭނައެވެ. މާޔާ އިރުކޮޅަކު ކިޔާންގެ މޭގައި ބޯ އަޅައިގެން އޮވެފަ ކުއްލިއަކަށް ތެދުވެ ދާންވެއްޖެއޭ ބުނެލިއެވެ. ކިޔާން ހައިރާންވެފައި ކޮންތާކަށްހޭ އަހާލުމުން މާޔާ ވަރަށް މުހިއްމު ތަނަކަށޭ ކިޔާފަ ކޮޅަށް ތެދުވިއެވެ. ފަތިސް ގަޑީ މާޔާ ދާން ޖެހޭ މުހިއްމު ތަނަކީ ކޮބާހެއްޔެވެ؟ ކިޔާންގެ މޫނަށް މާޔާ ބަލާލީ އެހެންޏާ ނުބަލާ ގޮތަކަށެވެ. އެ މޫނުމަތީގައި ވީ އަސަރަކުން ކިޔާންގެ ހިތް ތެޅިލިއެވެ. ކިޔާން އެއްޗެކޭ ބުނަން އުޅުނުތަނާ މާޔާ ގުދުވެފައި ކިޔާންގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން މަޑުމަޑުން ޝޫޝް އޭ ބުނެލިއެވެ. މާޔާ ހިތްފުރެންދެން ކިޔާނަށް ބަލަން އޮވެފައި ކިޔާންގެ ނިތްކުރީގައި ތުންފަތް ޖައްސާލަމުން ލޯ މަރާލިއެވެ. މާޔާ ދުރުވެލަމުން ދާން އުޅުމުން ކިޔާން މާޔާގެ އަތުގައި ހިފާލަމުން އަވަހަށް އަންނާށޭ ބުނެލިއެވެ. މާޔާ އަނެއް ފަރާތަށް މޫނު އަނބުރާލަމުން ޓްރައި ކުރާނަމޭ ބުނެލީ މާނަވީ ގޮތަކަށެވެ. ދެމީހުންގެ އަތް މަޑުމަޑުން ވަކިވަމުން ދިޔައިރު މާޔާގެ ލޮލުން ކަރުނަތިއްކެއް ކޯތާފަތުން ދެމިގަތެވެ. މާޔާ ދެން ކިޔާނަށް ބަލާވެސް ނުލާ ހަލުވިފިޔަވަޅުތަކެއްގައި އެތަނުން ނުކުމެގެން ދިޔައެވެ.
ބާރު ސްޕީޑެއްގައި މާޔާ ކާރު ދުއްވަމުން ގޮސް މަޑުކޮށްލީ ނިހާންމެންގޭ ކުރިމައްޗަށެވެ. ހަލުވިފިޔަވަޅުތަކެއްގައި ގޮސް މާޔާ ދޮރުގަ ބެލް ޖަހަން އުޅުނުތަނާ ނިހާން ދޮރު ހުޅުވާލީ ފުޅާ ހިނިތުންވުމަކާ އެކީއެވެ. މާޔާ އަންނާނެ ކަމަށް ހުރި ފަދައެވެ. މާޔާ ނިހާން ފެނުނު ގޮތަށް އަތް ދަމާލާފައި ނިހާންގެ މޫނުމަތީގައި ބާރަކަށް ޖެހިއެވެ. ނިހާން މޫނުގައި އަތް އަޅާލަމުން ފާޑަކަށް ބަލާލީ އަނގައަށް ވައްތަރެއް ޖައްސާލަމުންނެވެ. ” ހައު ޑެއަރ ޔޫ؟ ” މާޔާ މެއާ ހިސާބުން ނިހާންގެ ޓީޝާޓްގައި ހިފާ އަތަށް އޮޅާލަމުން ބުނެލީ ރުޅިވެރިކަމާއެކީއެވެ. ނިހާން ހީލަމުން ހަމަޖެހޭށޭ ބުނެފަ މާޔާގެ އަތް ނައްޓުވާލަމުން ދުރަށް ޖެހިލިއެވެ. ” އަހަރެން އޭރުވެސް ބުނިން ދޯ މިހެން ވާނެޔޭ. މާޔާ އަޑުނޭހުމަކީ މަގޭ ކުށެއް ނޫން. މިހާރު އައިސް ކޮންމެހެން މަގޭ ބޮލަށް އަރާނެކަމެއް ނެތް.. ކިޔާންގެ އެ ހާލުތުގެ ޒިންމާވާންޖެހޭ މީހަކީ މާޔާ..” ނިހާން ދެ ކޮނޑު އަރުވާލަމުން ވާހަކަ ދެއްކީ ހަމަޖެހިފައެވެ. މާޔާ ރުޅިވެރިކަމުގެ ނަޒަރަކުން ނިހާނަށް ބަލަން ހުރީ އެއްޗެކޭ ނުކިޔައެވެ. އަމިއްލައަށް ވެސް ނިހާން އެ ބުނީ ތެދެއްކަމަށް ގަބޫލުކުރެވުނީއެވެ. މާޔާއަށް ވާނަމަ އެ ދެލޮލުން އެކަނިވެސް ނިހާން ފިއްސާލާނެއެވެ. ” ދެންވެސް ކިޔާން ސަލާމަތުން ހުންނަށް ބޭނުންނަމަ ކިޔާނާ ދުރަށްދޭ! އެލްސް އަނެއްކާވެސް….. ” މި ފަހަރު ނިހާންގެ ޖުމުލަ ފުރިހަމަނުކުރެވުނީ ކުއްލިއަކަށް މާޔާ ހަޅޭލައްވައިގަތުމުންނެވެ. ” ހަބަރުދާރު. ދެން ކިޔާންގެ ގައިގަ އިނގިލި ކުރިވެސް ޖައްސައިގެން ނުވާނެ.. ނިހާން ހަނދާން ނެތިއްޔާ އަހަރެންވެސް ބުނެފާނަށް. އަހަރެން މީ އަހަރެންގެ އަމިއްލަ ބޮޑުބޭބެ މަރާލަން ފަސްނުޖެހުނު މީހެއް. ދެން ވިސްނާލާ. ނިހާން މަރާލަން ވަކި އަހަރެން ފަސްޖެހޭނެތަ؟ ” މާޔާ ޝަހާދަތް އިނގިލި ނިހާނާ ދިމާލަށް ދިއްކޮށްލަމުން ބުނެލި ޖުމުލައިން ނިހާން ހިނިގަނޑެއް ޖަހާލިއެވެ. މާޔާ އިތުރަށް ރުޅިގަދަވިއެވެ. އޭނައަށް ބުނެވުނީ މަޖާއެއްޗެއް ހެއްޔެވެ.
” މާޔާ ހަނދާން ނެތިއްޔާ އަހަރެންވެސް ބުނަންތަ؟ މާޔާ އަތުން އެރޭ ވީ ކަމެއް ވިއްޔާ ވީ ހަމަހޭގަ ހުރެގެނެއް ނޫނޭ.. ޔޫ ވާ ޑްރަންކް.. މާޔާ ހަމަހޭގަ ހުރެގެން ނުކެރޭނެ އެކަހަލަ ކަމެއް ކޮށްލާކަށް. ޔަގީން.. އާން. ދެން ބޮއެގެން ހުރެ އަހަރެން މަރަންނާ މަރާ. އައި ޑޯންޓް ކެއަރ.. މާޔާގެ އަތުން މަރުވުމަކީވެސް އަހަންނަށް ލިބޭނެ ހާދަބޮޑު ހިތްހަމަޖެހުމެކޭ.. އެކަމަކު މާޔާއަށް ދެން ކެރޭނެތަ މަސްތުވާތަކެތި އަނބުރާ ބޭނުންކުރަން؟ ނުކެރޭނެ… އެހެންވީމަ.. ކިޔާނަށް ކީއްކުރަންވީ ދެން..؟ ” ނިހާން ހިނިތުންވުމަކާއެކީ ހުރިހާ ވާހަކައެއް ދައްކަމުން ގޮސް ފަހު ޖުމުލަ ބުނެލީ ވިސްނާލާ ފަދައިންނެވެ. މާޔާ ރުޅިއައިސްގެން އަނެއްކާވެސް ނިހާންގެ މޫނުގައި ޖަހަން އަތް މަޅާލިތަނާ މިފަހަރު ނިހާން ހުޝިޔާރުކަމާއެކީ އެ އަތުގައި ހިފާ ހުއްޓުވާލަމުން އަތަށް ދަމާލިއެވެ. މާޔާގެ މޫނުގޮސް ނިހާންގެ މޭގައި ޖެހުނު ހިނދު މާޔާ އަނެއް އަތުން ނިހާންގެ މޭގައި ވިއްދާލަމުން ދުރުވެވޭތޯ މަސައްކަތް ކުރިއެވެ. ” ކިޔާން ސަލާމަތުން ހުންނަށް ބޭނުންތަ؟ އިފް ސޯ ބުނޭ ކިޔާނާ ދުރުގަ ހުންނާނަމޭ… އެހެންނޫނީ… ” ނިހާން އަޅާވެސްނުލާ މާޔާގެ މޫނަށް އެޅިފައި ހުރި އިސްތަށިކޮޅުތައް ދުރުކޮށްލަދެމުން ބުނެލިއެވެ. މާޔާ ދެލޯ ބޮޑުކޮށްލަމުން ނިހާނަށް ބަލަން ހުރިއިރު ފެންކަޅިވިއެވެ. ކިޔާނާ ދުރަށް ދާން ވިސްނާލިޔަސް ހިތަށް ހާދަ ތަދެއް ވެއެވެ. ދެން ދުރަށް ގޮއްސިއްޔާ ކިހާ ވަރެއް ވާނެ ހެއްޔެވެ؟ މާޔާ ލޯ މަރާލަމުން ވިސްނާލިއެވެ. މި ނޫން ގޮތެއް ނެތެވެ. އަމިއްލަ ފުރާނަ ދިޔަސް މާޔާ ކިޔާނަށް ކަމެއް ވިޔަކަ ނުދޭނެއެވެ. ކިޔާނަށް ހަގީގަތް ކިޔައިދިނަސް ނިހާންގެ އަނިޔާތަކުން ސަލާމަތެއް ނުވެވޭނެއެވެ. އެހެންކަމުން ކިޔާނަށް މާޔާގެ އެއްވެސް އެއްޗެއް ނޭނގި މާޔާދެކެ ނަފްރަތް ކުރިޔަސް މާ ރަނގަޅުވާނެއެވެ. އޭރުން ގައިމުވެސް އޭނައާ ހެދި ކިޔާނަށް އެއްވެސް ނުރައްކަލެއް ނެތެވެ. ކޮންމެވެސް ދުވަހަކުން އެ ދެމީހުން އަދި އެކަކަށް ވާނެއެވެ. އެހާ ދުވަހަށް މާޔާ އިންތިޒާރުކުރާނެއެވެ. މި ކަމުގެ ސަބަބުން އުމުރު ދުވަހު ކިޔާންގެ އިންތިޒާރުގަ ހުންނަށް ޖެހުނަސް މާޔާ ހުންނާނެއެވެ. އަބަދައްޓަކައި މި ގޮތުގައި ކިޔާންދެކެ ލޯބިވާނެއެވެ.
” ފައިން.. އަހަރެން މި ހުރީ ކިޔާނާ އަބަދައްޓަކައި ދުރަން ދާން ތައްޔާރަށް. އެކަމަކު ނިހާންވެސް ޖެހޭނެ އަހަރެންކައިރީ ވައުދުވާން ދެން ކިޔާނަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށް. ” މާޔާ ލޯ ހުޅުވާލަމުން ނިހާނާ ހަތަރުކަޅި ހަމަކޮށްލަމުން ބުނެލީ ދެރަވެފަހުރެއެވެ. ނިހާން މާޔަގެ އަތުން ދޫކޮށްލަމުން ” އައި ޕްރޮމިސް ” އޭ ބުނެލިއެވެ. މާޔާ ދެން އެއްޗެކޭ ނުބުނެ ނުކުންނަށް ދިޔައީ މަރުވެފައިވާ މައްޔިތެއް ހެނެވެ. ” މާޔާ.. ބަލައިގެން އުޅެއްޗޭ ” ނިހާން ގޮވާލަމުން ބުނެލިއެވެ. މާޔާ އެ ދިޔަ ގޮތަށް ދަމުން ކުރިން ދުވަހުވެސް ބުނިހެން ” ގޯ ޓް ހެލް ” އޭ ބުނެލިއެވެ. ” އަޖައިބެއް.. އަބަދު އަހަރެން ހެލްއަށް ފޮނުވަން. ” ނިހާން ފާޑެއްގެ ގޮތެއް އަނގައަށް ހަދާލަމުން ބުނެލީ މާޔާ ދިޔަ ދިމާލަށް ބަލަން ހުރެއެވެ. މާޔާ ދޮރުން ނުކުމެގެން ދިއުމުން ނިހާން މަޑުހިނގުމެއްގައި ގޮސް ސިޑީގެ ހަރްފަތްތައް ގިރާ ކުރަމުން ގޮސް ދިގު ކޮރިޑޯ ހުރަސްކޮށްލާފައި ގޮސް ހުއްޓިލީ އެންމެ ކަނުގައި ހުރި ކޮޓަރިއެއްގެ ކުރިމައްޗަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލަމުން ނިހާން އެތެރެއަށް ވަނެވެ. ދޮރުކައިރީ ހުރި ސްވިޗްއަކަށް ފިއްތާލުމުން މުޅިކޮޓަރި އެކީ އަލިވެގެން ދިޔައެވެ. ނިހާން ކޮޓަރީގެ ހަތަރު ފާރުގައި ހަރުކޮށްފައި ހުރި ފޮޓޯތަކަށް ބަލަން ހުރި އިރު ފެންކަޅިވިއެވެ. ހުސްތަންކޮޅެއް ނެތި މުޅިކޮޓަރީގަ ހަރުކޮށްފަ އެ ހުރީ އެންމެ އަންހެން ކުއްޖެއްގެ ތަސްވީރުތަކެވެ. މާޔާގެ ތަސްވީރުތަކެވެ. މީގެ ހަތް އަހަރު ކުރީގެ ތަސްވީރުތަކާ މިހާރުގެ ތަސްވީރުތަކެވެ. ކޮޓަރީގެ މެދުގައި ބަހައްޓާފަ ހުރި މޭޒުމަތީގައި އަންހެން ކުއްޖެއްގެ ހެދުންތަކާ ރީތިވާ ސާމާނު ބަހައްޓާފަ ހުއްޓެވެ. އެއީ މީގެ ހަތް އަހަރު ކުރީ މާޔާ ނިހާން މެން ގޭގައި އުޅުނު އިރު ބޭނުންކުރިހާ އެއްޗިއްސެވެ. އެތަނުން ސްކާފެއް ނަގައިގެން ނިހާން ވަސްގަނެލިއެވެ. މާޔާގެ މީރުވަސް އަދިވެސް އެ ސްކާފްގައި ހަރުލާފައި ހުރި ފަދައެވެ. ނިހާން ކުޑަކޮށް ހިނތުންވެލަމުން ގޮސް ފާރުގައި ހަރުކޮށްފައި ހުރި ފަސްވަރަކަށް ފޫޓޫގެ އަތުން ކުރަހާފައިވާ ދިގު، މާޔާގެ ތަސްވީރުގައި އަތުން ފިރުމާލިއެވެ. ” އައިމް ސޮރީ މާޔާ.. އަހަރެން ބޭނުމެއް ނޫން މި ގޮތެއް. އެކަމަކު މާޔާ އެހެންމީހަކާ އެކީ އުޅޭތަން ބަލަން އަހަންނަށް ކެތްނުކުރެވޭނެ. މީހުން ބުނާތީ އަޑުއަހަން ލޯބި ވުމަކީ ލޯބިވާމީހާ އުފަލުގަ އުޅޭތަން ދެކުމޭ. މާޔާގެ އުފަލަކީ ކިޔާން. އެކަމަކުވެސް އަހަރެންގެ ހިތް އެހާ ބޮޑެއް ނޫން މާޔާ.. މާޔާ އެހެން މީހަކާ އެކީ އުޅޭތަން ބަލަން ހުންނަހާ އަހަރެންގެ ހިތް ބޮޑެއް ނޫން…. ކޮންމެވެސް ދުވަހަކުން މާޔާއަށް އަހަރެން މި ވާ ލޯބި އަންދާޒާ ކުރެވޭނެ ކަމަށް އުއްމީދުކުރަން. އެ ދުވަހަކުން މާޔާ އަހަންނަށް މާފުކޮށްދޭނެ ކަމަށް އުއްމީދުކުރަން ” ނިހާން ތަސްވީރަށް ބަލަން ހުރެ ވާހަކަ ދެއްކިއިރު ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ. އަތުގައި އޮތް ސްކާފްގެ ތެރެއަށް އެ ކަރުނަތިކި ފޭދިގެން ދިޔައެވެ. ” އައި ރިއަލީ ލަވް ޔޫ މާޔާ ” ނިހާން ތަސްވީރުގައި ތުންފަތް ޖައްސާލިއެވެ. ދެވަނަ ސުކުންތުގައި ނިހާން މޫނުގައި ދެއަތް އަޅާލަމުން ބިންމައްޗަށް ތިރިވީ ކޮޅަށް ހުންނާނެ ހިތްވަރެއް ނެތުމުންނެވެ. ގިސްލަގިސްލާފައި ރޮވެން ފެށުނެވެ. އަޑު ބޭރުވެދާނެތީ ސްކާފް އަނގަމަތީ އަޅައި ބާރުކޮށްލިއެވެ.
ނިހާންމެން ގެއިން ނުކުމެގެން މާޔާ ދިޔައީ ސީދާ ގެއަށެވެ. ނިންމި ނިންމުމާ ދޭތެރޭ ވިސްނަމުން ދިޔައިރު ދެލޯ ހުރީ ފެންކަޅިވެފައެވެ. ކާރުގައި އިންދާ ކިޔާން ގުޅާލުމުން މާޔާ ފޯނެއް ނުނަގައެވެ. އޭރު ހެނދުނު ވެ ދުނިޔެމަތި އަލިވެއްޖެއެވެ. ސިޑިން ފައިބައިގެން އައި މަލީހާއަށް ބޮޑުދޮރުން ވަދެގެން އައި މާޔާ ފެނުމުން ހައިރާންވެފައި ކޮންތާކުންހޭ ސުވާލުކޮށްލިއެވެ. މާޔާ ލައިގެން ހުރި ހެދުމުން އެއައީ ބޭރުންކަން އެނގެއެވެ. މާޔާގެ ރަތްވެފައި ދެލޯ ފެނުމުން ލޮލަށް ކިހިނެއްވީހޭ މަލީހާ އަހާލީ ކަންބޮޑުވެފައެވެ. މާޔާ އިސްޖަހާލައިގެން ހުރެ ސިޑިން އަރަމުން ކިޔާން ބޯ ފެޅިގެން، އެހެންވެ ހޮސްޕިޓަލަށް ގޮއްސައޭ ބުނެލިއެވެ. މާޔާގެ ޖަވާބުން މަލީހާ ހާސްވެފައި ސުވާލުކުރަން ފެށިއެވެ. އެހެންނަމަވެސް މާޔާ ދެން އެއްވެސް އެއްޗެކޭ ނުބުނެ ސިޑިން އަރައިގެން ދިޔައީ މަލީހާ ގޮވާލަ ގޮވާލަ ހުއްޓައެވެ. މާޔާ ކޮޓަރިއަށް ވަދެ އެނދުގައި އިށީދެލަމުން ފޯނު ކައިރީގަ ބޭއްވިއެވެ. އެހެން އިންދާ އަނެއްކާވެސް ކިޔާން ގުޅަމުން ދިޔައެވެ. މާޔާ ފޯނަށް ބަލަން އިންދާ ލޮލުން ވެއްޓުނު ކަރުނަތިކި ގޮސް ޖެހުނީ ފޯނުގެ ސްކްރީންގައެވެ. ފޯނު ނިއްވާލަމުން މާޔާ އެނދުގައި އެއް އަރިއަކަށް އޮށޯވެލިއިރު ރޮވެމުން ދިޔައެވެ. ކިޔާންގެ ސަލާމަތަށްޓަކާ މި ނޫން ގޮތެއް ނެތެވެ. އިރުކޮޅަކުން މާޔާ ތެދުވެފައި ގޮސް އަލަމާރިމަތީ ހުރި ބޮޑު ފޮށްޓެއް ނެގިއެވެ. ދެން އަލަމާރިތެރޭ ކިޔާން ދީފައި ހުރި ކުދި ހަދިޔާތަކާ ބޮޑެތި ހަދިޔާތަކާ ހުރިހާ އެއްޗެއް ނަގާ ފޮށްޓަށް އަޅާލިއެވެ. މޭޒުމަތީ ހިއްކަން ބަހައްޓާފަ ހުރި ލިލީ މާތައްވެސް ހިފައިގެން އައިސް ފޮށިތެރެއަށް ލާފަ ފޮށި ބަންދުކޮށްލީ ހުރިހާ ހަނދާންތަކެއް ބަނދުކޮށްލި ފަދައިންނެވެ. އެހެންނަމަވެސް ހިތުގައި ވާ ހަނދާންތަކެއް ދުވަހަކުވެސް ބަންދުވާނެ ހެއްޔެވެ؟
ހޮސްޕިޓަލްގައި ގައި އޮތް އިރު ކިޔާން މާޔައަށް ގުޅަމުން ދިޔައެވެ. ގުޅާ ގުޅާ ފޯނުނުގެމުން މާޔޫސްވިއެވެ. ޒިޔާނަށް އެ މަންޒަރު ފެނުމުން މާޔާއަށް ނިދުނީ ކަމުގައި ވާނީއޭ ބުނެލިއެވެ. ކިޔާން ހިނިތުންވެލިޔަސް މާޔާ ނުނިދާނެކަން އެނގެއެވެ. ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. މާޔާ އެންމެ ފަހުން ކިޔާނަށް ބަލާލި ގޮތް ލޮލުކުރިމަތީ ސިފަވަމުން ދިޔައެވެ. ގެއަށް ދޫކޮށްލުމުންވެސް ކިޔާން މާޔާއަށް ގުޅަމުން ދިޔައެވެ. ފަހުން އައިސް ފޯނު އޮތީ ނިއްވާލަފައޭ ބުނުމުން ހިތްތެޅިގަތެވެ. އަނެއްކާ ކަމެއްވީބާއެވެ. އެހެން އޮއްވާ މަލިހާ ގުޅާލުމުން ކިޔާން އުފާވިއެވެ. މަލީހާ ކިޔާންގެ ހާލު އަހާ ކިހިނެއްވީކަމެއްހޭ ކިޔާ ސުވާލުކުރިއެވެ. ކިޔާން ވީ ގޮތް ކިޔަދީފައި މާޔާ ކޮބާހޭ ސުވާލުކޮށްލިއެވެ. މާޔާގެ ފޯނު އޮތީ ނިއްވާލާފައޭ ބުނެލިއެވެ. މަލީހާ މަޑުކޮށްލާށޭ ބުނެލަމުން މާޔާގެ ކޮޓަރި ކައިރިއަށް ގޮސް ދޮރުގައި ޓަކި ޖަހާލަމުން ކިޔާންގެ ފޯނެކޭ ބުނެލިއެވެ. މަންމަގެ އަޑަށް އެނދުގައި އިށީދެލައިގެން އިން މާޔާ އަވަހަކަށް އެނދުގައި އޮށޯވެލަމުން ނިދާފައި އޮތްކަމަށް ހެދިލިއެވެ. މަލީހާ ކޮޓަރިއަށް ވަދެ މާޔާ ނިދާފައި އޮތް ތަން ފެނިގެން އެ ވާހަކަ ކިޔާން ކައިރީ ބުނެލަމުން ގޮވަންވީހޭ އަހާލިއެވެ. ކިޔާން ނޫނެކޭ ބުނެލަމުން ފޯނު ބޭއްވީ ހޭލީމަ ގުޅާލާށޭ ބުނާށޭ ބުނެފައެވެ.
ހެނދުނު ސައިބޯން ތިން މީހުން ތިބި އިރު މާޔާ ނެތުމުން ފާއިޒު މާޔާ ކޮބާހޭ އަހާލިއެވެ. ” ރޭގަ ކިޔާން ޑިއުޓީގަ އުޅެފަ ގެއަށްދާން އުޅެނިކޮށް މޫނު ފޮރުވައިގެން ހުރި މީހަކު އައިސް އެއްޗަކުން ޖަހާ ބޯ ފެޅިގެން މާޔާ ހޮސްޕިޓަލްގަ އުޅެފަ އައިސް އެބަ އޮތް ނިދިފަ މިހާރު.. ” މަލީހާ އޮޅުންފިލުވައިދިނެވެ. ” ކީކޭ؟ ކޮންއިރަކު؟ ކިޔާން ރަނގަޅުތަ މިހާރު؟ ” މާއިޝާ ހާސްވެފައި ސުވާލުކުރިގޮތުން ފާއިޒުއާ މަލީހާއާ ދެމީހުންވެސް ހައިރާންވެފައި ބަލާލިއެވެ. ” ކިޔާން ރަނގަޅު މިހާރު. ގޭގަ ވީ މިހާރު ” މަލީހާ ފާޑަކަށް މާއިޝާއަށް ބަލާލަމުން ބުނެލިއެވެ. މާއިޝާ ސައިވެސް ނުބޮއެ ތެދުވެގެން ކޮޓަރިއަށް ދިޔައެވެ. ކޮޓަރީގަ ދެކޮޅަށް ހިނގަމުން ކިޔާނަށް ގުޅާލިއެވެ. ކިޔާން ފޯނު ނެގިތަނާހެން މާއިޝާ އެއްފައްޗަކަށް ސުވާލު ކުރަން ފެށިއެވެ. ކިޔާން ކުޑަކޮށް ހީލަމުން މިހާރު ރަނގަޅޭ ބުނެލިއެވެ. އެދުވަހު ހަވީރު މާއިޝާ ” ގެޓް ވެލް ސޫން ” ކާޑަކާ މާ ބޮނޑިއެއް ހިފައިގެން ކިޔާނަށް ގޮވާލަން ދިޔައެވެ. މާޔާ ނާންނާތީ ކިޔާން ސުވާލުކުރުމުން މާޔާ ވީ އޮފީހުގައި ކަމަށް މާއިޝާ ބުނެލިއެވެ.
ދެދުވަސް ފާއިތުވެގެން ދިޔައިރު ކިޔާން ގުޅިޔަސް ގިނަފަހަރު މާޔާ ފޯނު ނުނަގައެވެ. ފޯނު ނަގާ ފަހަރަކުވެސް ހަމައެކަނި ހާލު ބަލާފަ ބިޒީއޭ ކިޔާފަ ފޯނު ބާއްވައެވެ. ކިޔާންގެ ބޯ ފެޅިގެން އުޅޭއިރުވެސް މާޔާ ކިޔާނަށް ގޮވާލަން ނުދާތީވެސް ކިޔާންގެ ހިތުގައި ޝަކުވާ އުފެދުނެވެ. އެހެންނަމަވެސް އެންމެ ފަހަރަކުވެސް މާޔާ ކައިރީގަ ވެގެން އުޅޭގޮތެއް ނޭހެނީސް މާޔާ ފޯނު ކަނޑާލައެވެ. ގެއިން ބޭރަށް ނުކުންނަންވެސް ކަރީމް އޮތީ ކިޔާނަށް މަނާ ކޮށްފަ ކަމުން މާޔާމެން ގެއަށް ދެވޭ ކަމަކަށް ވެސް ނުވެއެވެ.
ތިންވަނަ ދުވަހު ރޭގަނޑު ވަގުތު ކިޔާން ޒިޔާން ކައިރީ އެދިގެން މާޔާމެންގެއަށް ގެންގޮސްދިނެވެ. ކިޔާން އެ ގެއަށް ލާފަ ޒިޔާން ކާރުގައި ގެއަށް ދިޔައީ މާޔާއެކީ އަންނާށޭ ބުނެފައެވެ. މާޔާ ފެންފުޅިއެއް ހިފައިގެން ބަދިގެއިން ނުކުތް އިރު މަލީހާގެ ފަހަތުންހެން ދޮރުން ވަދެގެން އައި ކިޔާން ފެނުމުން ހުއްޓިލެވެނުވެ. އަދިވެސް ބޮލުގައި ބެންޑޭޖް އޮޅާލާފައި ހުރިއިރު މޫނު މަތިން ވަރުބަލިކަން ފެންނަމުން ދިޔައެވެ. ކިޔާން ވަދެގެން އައިއިރު މާޔާ ފެނުމުން ހިނިތުންވެލިއެވެ. މާޔާ ހޭންވެސް ނޭގިފައި ބަލަން ހުރެލާފައި އިސްޖަހާލަމުން ތުންފަތުގައި ދަތް އަޅާލިއެވެ. ދެވަނަ ސުކުންތުގައި ކިޔާން އޭނަ ކައިރީ ތުންފަތުގައި ދަތް ނާޅާށޭ ބުނާ ހަނދާނެއް ވެގެން ތުންފަތުން ދަތްތައް ވަކިކޮށްލަމުން ކިޔާނަށް ބަލާލިއެވެ. އޭރު ކިޔާންގެ ތޫނު ދެލޯ އޭނައަށް އަމާޒުވެފަ ހުރުމުން ދެމީހުންގެ ހަތަރުކަޅި ހިނދުކޮޅަކަށް ބައްދަލުވެގެން ދިޔައެވެ. ކިޔާންގެ ދެލޮލުން މާޔާއަށް ފެނުނީ ނިމުމެއްނުވާ ލޮތްބެވެ. އެ ވަގުތުކޮޅު މެދުކެނޑުނީ ކުއްލިއަކަށް މާއިޝާ އައިސް ކިޔާނަށް ގޮވާލުމުންނެވެ. ކިޔާން ސޯފާގައި އިށީދެލައިގެން އިން އިރު މާޔާ ފިޔަވައި ދެން ތިބި ތިންމީހުން ވާހަކަ ދައްކަމުން ދިޔައެވެ. މާޔާ އެއްވެސް އެއްޗެކޭ ނުބުނެ ގޮނޑީގައި އިށީދެލައިގެން އިސްޖަހާލައިގެން އިނީ ދެއަތް ދެ އަތާ މޮޑޭށޭވެ. ކިޔާން އިރުއިރުކޮޅާ މާޔާއަށް ބަލާލައެވެ. މާޔާގެ ބަދަލުވެފައިވާ މިޒާޖު ފެނުމުން ކިޔާން ހައިރާންވިއެވެ. އޭނަ އެތާ އެހާ އިރުވަންދެން އިންއިރުވެސް މާޔާ ޗުޕް އޭވެސް ބުނެނުލައެވެ. އިރުކޮޅަކުން ފާއިޒުއާ މަލީހާ ދެމީހުން ތެދުވެގެން ދިޔައެވެ. ކިޔާން މާއިޝާ އެތަނުން ފޮނުވާލަންވެގެން ޖޫސްތައްޓެއް ހަދައިދީބަލާށޭ ބުނެލިއެވެ. މާއިޝާ އުފާވެލާފައި ގޮސް ބަދިގެއަށް ވަނެވެ.
މާއިޝާ ދިއުމުން މާޔާ އިސްއުފުލާ ކިޔާނަށް ބަލާލިއެވެ. ކިޔާން ބަލަން އިދެލާފައި އައިސް މާޔާގެ އަތުގައި ހިފައިގެން ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން އަރައިގެން ގޮސް މާޔާގެ ކޮޓަރިއަށް ވަނެވެ. މާޔާގެ އަތުން ދޫކޮށްލަމުން މާޔާގެ ކުރިމައްޗަށް ހުއްޓިލަމުން ކިޔާން މާޔާގެ އުނަގަނޑުގައި ދެ އަތުން ވަށާލީ ބާރަކަށެވެ. ” އައި މިސްޑް ޔޫ ބޭބް ” ކިޔާން ބުނެލި ޖުމުލައިން މާޔާގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނު ފަދައެވެ. ކިޔާންގެ ގައިގަ ބައްދާލަން ހިތް ބޭނުންވިޔަސް މާޔާ ދެއަތް އުފުލާލަމުންވެސް ތިރިކޮށްލީ ކިޔާންގެ ބޮލުގަ އަޅާފަ އޮތް ބެންޑޭޖް ފެނުމުންނެވެ. ނިހާންގެ އިންޒާރު ހަނދާންވުމުން މާޔާ ލޯ މަރާލިއެވެ. އޭރު ޖޫސްތަށި ހިފައިގެން އައި މާއިޝާއަށް ސިޓިންރޫމުގައި ކިޔާން އަދި މާޔާވެސް ނެތުމުން އެމީހުން ތިބޭނީ މާޔާގެ ކޮޓަރީގަ ކަމަށް ބަލާފަ އައި އިރު ފެނުނު މަންޒަރުން ހުއްޓުން އަރާފައި ބަލަން ހުރެވުނެވެ. ކިޔާންގެ ޖުމުލަ މާއިޝާއަށް ރީއްޗަށް އަޑުއިވުނެވެ. އެ ދެމީހުންގެ އެ ގާތްކަމުން މާއިޝާއަށް އުދަގޫވީ ވަރުން ދޮރުކައިރިއަށް ޖެހިފައި ކަރުކެހިލިއެވެ. ކިޔާން މާޔާގެ ގައިން ދޫ ކޮށްލަމުން މާއިޝާގެ އަތުގަ ހުރި ޖޫސްތަށި ނަގަމުން ތޭންކްސް އޭ ބުނެލިއެވެ. މާއިޝާ ހިނިތުންވެލަމުން އެތަނުން އަވަހަށް ދިޔައީ ދެލޮލަށް ކަރުނަ ޖަމާވުމުންނެވެ. ކިޔާން ޖޫސް ކޯވަރެއް ބޯލަމުން ދޮރު ލައްޕާލަމުން ގޮސް އެނދުގެ ކޮޅުގައި އިށީދެލިއެވެ. މާޔާ ކުޑަދޮރުކައިރިއަށް ހުއްޓިހުރެ ކިޔާނަށް ނުފެންނާނެހެން ލޮލަށް ޖަމާވެފަ ހުރި ކަރުނަތައް ފޮހެލިއެވެ. ” މާޔާ ވަޓްސް ގޮއިން އޮން؟ ކީއްވެ އަހަރެން އިގްނޯރ ތިކުރަނީ؟ އަހަރެން ބަލިވެ އުޅޭއިރުވެސް މާޔާއަކަށް ނުކެރޭ ގޮވާލަން އަންނަންވެސް.. ގޮވާލަން ކީއްކުރަން.. އެންމެ ކުޑަމިނުން ގުޅާލާކަށްވެސް ނުކެރޭ.. ކަމެއްވީތަ؟ ” ކިޔާން މާޔާއަށް ބަލަން އިނީ ޖަވާބަކަށް އިންތިޒާރު ކުރާ ފަދައިންނެވެ. މާޔާ ގަދަކަމުން ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކޮށްލަމުން އެނބުރިލަމުން ގޮސް ކިޔާން ކައިރީ ދެމީހުންގެ ދެމެދުގައި ހުސް ޖާގައެއް ބާއްވަމުން އިށީދެލިއެވެ. ” ސޮރީ.. އަސްލުވެސް މި ދެދުވަސް ވަރަށް ބިޒީކޮށް ދިޔައީ. އެހެންވެ ނުދެވުނީ.. ރޭގަނޑު ގަޑީ ދާން ހުންނަނީ. އެކަމަކު އޮފީހުގަ އުޅެލާފަ ގެއަށް އަންނަ އިރު ހުންނަނީ މާ ބޮޑަށްވެސް ވަރުބަލިވެފަ.. އެހެންވެ ނުދެވުނީ. މިހާރު އޯކޭތަ؟ އަދިވެސް ތަދުވޭތަ؟ ” މާޔާ ކިޔާންގެ މޫނަށް ނުބަލަންވެގެން އެތަން މިތަނަށް ބަލަމުން ވާހަކަ ދެއްކީ މަޑުންނެވެ. ކިޔާން އެހެންހޭ އަހާލަމުން އޯކޭ އޭ ބުނެލީ ހިނިތުންވުމަކާއެކީއެވެ. ކިޔާން އެ ދެމީހުންގެ ދޭތެރޭ ވީ ދުރުމިން ދުރުކޮށްލަމުން މާޔާއާ ޖެހިގެން އިށީދެ އެ އަތުގައި ހިފާލިއެވެ. މާޔާ ހިތްދަތިގޮތަކަށް އެ އަތަށް ބަލާލަމުން ހިނިތުންވެލިއެވެ. ކިޔާން މާޔާގެ އަތުގެ ނުފުށުގައި ބޮސްދިނެވެ. ބައްޕަ ގުޅަން ފެށުމުން ކިޔާން ފޯނު ނެގިތަނާ ހެން ދެން ގެއަށް އަންނާށޭ ބުނެލިއެވެ. ކިޔާން ދާން ބޭނުންނުވިޔަސް ބައްޕަ ބުނުމުން ގެއަށް ލާން ހިނގާށޭ މާޔާ ގާތު ބުނެލިއެވެ. މާޔާ ސުވާލުއުފެދިފައި ބަލާލުމުން ކިޔާންއައީ ޒިޔާންއާ އެކީކަމަށާއި މާޔާއާ އެކީ އަންނަށް ބުނެފަ ގޮއްސިއޭ ބުނެލިއެވެ.
މާޔާ ބޯ ޖަހާލަމުން ކާރުގެ ތަޅުދަނޑި ބަލާ މާއިޝާ ކޮޓަރިއަށް ދިޔައެވެ. ކިޔާން މާޔާ އަންނާނެ އިރަކަށް މާޔާގެ ކޮޓަރީގަ އިނެވެ. މާޔާ މާއިޝާގެ ކޮޓަރިއަށް ވަން އިރު ފެންނާކަށް ނެތެވެ. ފާހާނަ ތެރެއިން ފެންފައިބާ އަޑުއިވުމުން މާއިޝާވީ ފާހާނާގަ ކަން އެނގުނެވެ. މާޔާ ތަޅުދަނޑި ހޯދަމުން ދަނިކޮށް ފެނުނީ އެނދުކައިރީ ހުރި ސައިޑް ޓޭބަލް މަތީ އޮއްވައެވެ. ތަޅުދަނޑި ނަގައިގެން މާޔާ ހިންދެމިލިތަނާ އެނދުމަތީ އޮތް މާއިޝާގެ ފޯނުން ފެނުނު އެއްޗަކުން ލޯ ބޮޑުކޮށްލެވުނެވެ. ފޯނު ހުޅުވިފައި އޮތް އިރު ސްކްރީންގައި ހުރީ ކިޔާންގެ ފޮޓޮއެކެވެ. މާޔާ އަވަހަށް މާއިޝާގެ ފޯނު އަތަށް ނަގައި ހާވަން ފެށިއެވެ. ކިޔާންގެ އެތައް ބައިވަރު ފޮޓޯތަކެއް ފޯނުގައި ހުރިއިރު ބައެއް ފޮޓޯތައް އެޑިޓް ކޮށް މާއިޝާއާ ދެމީހުން ކޮލާޖްވެސް ހަދާފަ ހުއްޓެވެ. މާޔާ ހައިރާންވެފައި ބަލަމުން ދިޔައިރު ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. ދެލޯ ފެންކަޅިވީ އިޙްތިޔާރަކާ ނުލައެވެ. ފޯނުގައި ހިފައިގެން ހުރެ އެނދުގައި މަޑުމަޑުން އިށީދެލެވުނީ ކޮޅަށް ހުންނާނެ ވަރެއް ނެތުމުންނެވެ. ފާހާނައިގެ އުޅެފަ ނުކުތް މާއިޝާއަށް އެނދުގައި އޭނަގެ ފޯނު ނަގައިގެން އިން މާޔާ ފެނުމުން ލޯ ބޮޑުކޮށްލެވުނެވެ. ބާރަކަށް ގޮސް މާޔާގެ އަތުން ފޯނު ޖަހައިގަތް އިރު ހިތް ތެޅެމުން ދިޔައެވެ. ތުންފަތުގައި ދަތް އަޅާލަމުން މާއިޝާ މާޔާއަށް ބަލަން ހުރީ ލަދުވެތިކަމާއެކީއެވެ. މާޔާގެ ކުރިމަތީ ރަނގަޅަށްވެސް ބޭޒާރުވީއެވެ. މާޔާ އިސްއުފުލާލި އިރު މާއިޝާގެ ރަތްވެފައި ހުރި ދެލޯ ފެނުމުން އެއައީ ރޮއެފަކަން އެގުނެވެ. ކިޔާނާ މާޔާ ދެމީހުން އެއްކޮށް ފެނުމުން މާއިޝާ ދެރަވީއެވެ.
” މާއިޝާ! ކިޔާންދެކެ ލޯބިވޭތަ؟ ” މާޔާ ހިތްވަރުކޮށްލާފައި ސުވާލުކޮށްލިއެވެ. މާއިޝާ ލޯ ބޮޑުކޮށްލަމުން މާޔާއަށް ބަލާލީ މައުސޫމު ގޮތަކަށެވެ. މާޔާ ދެންވެސް ސުވާލު ތަކުރާރު ކޮށްލިއެވެ. މާއިޝާ އިސްޖަހާލަމުން މަޑުމަޑުން ބޯ ޖަހާލިއެވެ. މާޔާގެ ހިތް ކުދިކުދި ވި ފަދައެވެ. އެހެންނަމަވެސް ދެވަނަ ސުކުންތުގައި ހިތަށް އެރި އެއްޗަކުން ކުޑަ ހިނިތުންވުމެއް ތުންފަތުގައި ދުވެލިއެވެ. އޭރު މާޔާ ލަސްވެގެން މާއިޝާގެ ކޮޓަރިއަށް އައި ކިޔާނަށް މާޔާގެ ޖުމުލަ އަޑުއިވިގެން ފިޔަވަޅުތައް ހުއްޓުނެވެ. ދޮރު ކުޑަކޮށް ހުޅުވާފައި ހުރުމުން ދެމީހުންވެސް ފެނެއެވެ. ކިޔާން ކުޑަކޮށް ދޮރާ ނިވާވެލައިގެން ހުރި އިރު މާއިޝާގެ މޫނު ފެނެއެވެ. އެހެންނަމަވެސް މާޔާ އިނީ ކިޔާނާ ފުރަގަހަށް ކަމުން މާޔާގެ މޫނެއް ނުފެނެއެވެ. މާޔާގެ ސުވާލަށް މާއިޝާ ބޯ ޖެހިތަން ފެނިގެން ކިޔާންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަފަދައެވެ. ގަބޫލުނުކުރެވިފައި ބަލަން ހުރިއިރު މާޔާ ވިސްނާނެ އެއްޗެއް ނޭގިގެން ބިރުގަތެވެ. ” ދޮންތާ.. އެކަމަކު ދޮންތަ ކިޔާން ދެކެ ލޯބިވަންނާ ހުވާ ކޮށްފަ މި ބުނީ އަހަރެން މިހުރީ ކިޔާން ހަނދާން ނައްތާލަން ތައްޔާރަށް. އަހަރެން ދޮނަތަގެ އުފާތަކަށް ހުރަސް ނާޅާނަން. އައި ޕްރޮމިސް.. ” މާއިޝާ މާޔާގާތު އެނދުގައި އިށީދެލަމުން އެ އަތުގައި ހިފާލަމުން ބުނެލީ އަވަސް އަރުވާލާފައެވެ. މާޔާ އެއްޗެކޭ ނުބުނެ އިރުކޮޅަކު ހިމޭނުން އިދެފަ އެއްޗެކޭ ބުނަން އަނގަ ހުޅުވިތަނާ ކިޔާން އެތެރެއަށް ވަދެ މާޔާއަށް ގޮވާލަމުން ތަޅުދަނޑި ހަދަނީހޭ އަހާލިއެވެ. މާޔާގެ ގޮތް އެނގޭތީ ކިޔާން ބިރުގަތީއެވެ. ކޮއްކޮގެ އުފަލައްޓަކާ އަމިއްލަ އުފާތައް ގުރުބާން ކޮށްލާކަށްވެސް މާޔާ ފަސްނުޖެހޭނެއެވެ. ކިޔާންގެ އަޑަށް މާޔާއާ މާއިޝާ ދެމީހުންވެސް ސިހިފައި ބަލާލިއެވެ. މާއިޝާ މާޔާގެ އަތުގައި ހިފާލަމުން ކުޑަކޮށް ބޯ ހޫރާލީ ނުބުނާށޭ ބުނާ ފަދައިންނެވެ. މާޔާ މާއިޝާގެ އަތުގައި ހިފާލަމުން ލޯ މަރާލިއެވެ.
” ހިނގާ ދާން.. ” މާޔާ ތަޅުދަނޑި ނަގައިގެން ކިޔާނަށް ބަލާލިއެވެ. ކިޔާން ފާޑަކަށް މާޔާއަށް ބަލާލަމުން މާޔަގެ ފަހަތުން ނުކުމެގެން ދިޔައީ މާއިޝާއަށް ބަލާވެސް ނުލައެވެ. މާއިޝާ ދެރަވިއެވެ. ކާރުގައި އިން އިރު ކިޔާން އިރުއިރުކޮޅާ މާޔާއަށް ބަލާލައެވެ. މާޔާ އެއްޗެކޭ ނުބުނެ އިންގޮތުން ކިޔާން ބިރުގަތެވެ. މާޔާ އެ ވިސްނަނީ ދެންމެ މާއިޝާއާ ދެއްކި ވާހަކަކަން އެނގެއެވެ. ކިޔާން މާޔާގެ ސިކުނޑިން އެ ހިޔާލު ނެރެލަންވެގެން ޖޯކުތައް ކިޔާދެމުން ދިޔައެވެ. މާޔާ ކުޑަކޮށް ހީލައެވެ. ގެއަށް ދެވުމުން ކިޔާން ކާރުން ނުފައިބާ މާޔާއަށް ބަލަން އިންގޮތުން މާޔާ މަޑުމަޑުން ގެއަށް އާދެވިއްޖޭ ބުނެލިއެވެ. ކިޔާން ބޯ ޖަހާލަމުން އެނގެއޭ ބުނެލިއެވެ. ދެން ބަލާކަށް ނުހަދާ ކިޔާން މާޔަގެނެސް އެ އަތުގަ ތެރޭ ފޮރުވާލީ ވައިރޯޅިއަކަށްވެސް ނުވަދެވޭހާ ކައިރިކޮށްލަމުންނެވެ. ” ދުވަހަކުވެސް އަހަރެން ދޫ ނުކޮށްލަށްޗޭ.. ” ކިޔާން މަޑުމަޑުން އެހެން ބުނެލީ ކުރިއަށްވުރެވެސް ބާރަށް މާޔާގެ ގައިގަ ބައްދާލަމުންނެވެ. މާޔާ ފެންކަޅިވެގެން ދިޔަހިނދު ހިތުން ” އައި ވިޝް ” އޭ ބުނެލީ ކިޔާންގެ މުލައްދަނޑީގައި ހިފާ ބާރުކޮށްލަމުންނެވެ.
( ނުނިމޭ )
59 Comments!
Comments are closed.
Hey guys. Some of you might not like this part and some of you may like this part. I just wanna say that i am just trying to finish the story as i had planned from the beginning. I hope you guys would still enjoy the story 🙂
YGGBUN
chakoe keekey thi kiyany? chakoe kee ehcheh olumeh nufili
Anonymous neygunu thi kee echeh 🙂
V.v.. reethi,
thanx faathun 🙂
Very interesting.. waiting for next part..
thanx tinka ?:) next part friday ga insha allah 🙂
Wow me 1st..alhe plz kiyaan ah eh hen nuhadaa..yageen dhenmaya eh thana maisha vahdaane…next part kon irakun
carzi mi faharu first eh nulibuney.. next tym dhq 😉
next part fridayga
I want Nihaan ah Maaya liben. Pls. Assues he deserves to be Maayas person.
wt if he’s maayaa’s brother
sadh and aeon lets see dhw vaa gotheh. thanq 🙂
Alhe nun kiyaan aa maayaa vakinukurey… kiyaan maruvedhaane.. btw story is v nice. Keep it up dear.
yaan lahu keep reading.. thank you 🙂
enjoy????? not at ll .. cux story dhaagothun hyvany kiyaan n maayaa dhurukuruvan hen thiulheny .. its like they will nevr be togather ey .. mihaaru thiulheny maisha n kiyaan gulhuvan tha? .. ehn viyya i will not read this story hereafter …n nihaan aky maaya ge beybe ah hadhaaba … n maisha n nihaan gulhuvaa gothah .. noony maisha n some other guy .. but maaya n kiyaan dhurunukurah chey .. plxx … aslu ehn vehjeh yaa salhi vaany mi story … anyways .. i liked this part sortof … salhi .. kon irakun next part? ..
I really think they r brothers n sisters remember maayaa’s dad is dead so is nihan’s in the end I think it will be nihan n maisha, kiyan n maayaa
no name.. sorry for disappointing you.. keep reading to knw wahts gonna happn.. something good might happn too.. 🙂 next part on friday
thank you 🙂
vara salhi mi partves
thanq iboo 🙂
Interesting… waitin for the next part..?
thank you shahaa 🙂 next part friday ga 🙂
story reethi vaanee nihan n maayaa gulhuveema
I mean like family
keep reading to knw whats gonna happn.. thanq 🙂
maayaa aai kiyaan nugulhenee nama vaahaka varah hadi …sababakee vaahakaage bathalaa yakee maayaa bathal akee kiyaan .. dhen nihaan akee size roll eh ehenveema nihaan ah maayaa libenneenama meethi hama eh nooon dhw ….
no body your point is right.. but there comes ups down.. keep reading.. thanq 🙂
V reethi
thanq shau 🙂
Ehaa avahah vaahaka nuninmahchey. Maaya n kiyan vakivaane. Ekamaku fahun hurihaa hagygatheh engunyma anehka kiyaan n maaya gulheyne. Next part thankolheh avahah up kohdhyba
nice guess.. 😉 hehe.. fridayga up kohdheynan 🙂 thanq 🙂
Nice next part when avaha up kolaati
thanq fary 🙂
saarah thanks mihaareethi vaahakaey up kuraathee vvvvv reethi n waiting for next part
thank you nazi 🙂
alhe please mayaa n kiyaan dhuru nukurah chey…please….. :'(
Aal dhera nuve keep reading 🙂 thanq 🙂
Kiyan fakyru ge hiy halaku waan ulheny dho e.. .warah dhera… ?
shima keep reading 🙂 thanq 🙂
Alhey saarah kihine thi hedhy? Plz dnt separate maya n kiyaan plx
minnu.. saarah khineh dhw e hedhy.. hehe.. keep reading minnu.. thanq 🙂
v reethi mi part vx….
waiting waitin for the next part..
v hadi vaane maishaa ar kiyan ar gulhuvaifiyya.
kiyan ah maaya libunyma vaahaka reethi vaany
thanq shaz
But.. plx maaishaa akaa kiyaan akaa nuvx gulheyey dhn alheyy.. maayaa birunugane kiyaan ah kiyaidhy hurihaa vaahakaeh..
maaisha maa kuda dhw.. hmm heheh.. lets see dhw vaa gotheh 🙂 thanq 🙂
Alhey maaya aa nihaan aa dhemyhun kihineh vaany brothers nd sisters… eadhemyhun ge gulhun ragalheh nooneh nun kuryga vx maaya ehkoh bad relation eh othyma kury part eh ga.. nihaan ah jeheny kohmevex eahen gotheh hadhan dhn kiyaan ah eahen nahadhaa ea fakeeruge ehvex kusheh neh
Inthizaaruge gitaa hithu thereygaa! Thin hatharu raagu kulhe ey ekygaa!
Maayaa aa eku kiyun threin ves e dhemeehun gulheyne dhuvahakah inthizaaruga! Umuru hus viyas. 😉 Maayaa and kiyaan gulhun salhi vaany. Not Nihaan. Heroin akaa villain akaa nugulhey n vice versa.
Nihaan n Maishaa gulheny. Nihaan islaahu vaane adhi dho Saarah. Mulhin thafaathu meeheh gothuga fennan beynun vany Nihan.
Maisha hates Nihan dho. So nafrathakee loabeege feshumeve. E dhe meehunah ehen hadhan vee. Maayaa and Kiyaan dhuru kurumaky naa insaaf.
Waiting for nxt part. ^_-
hehhe. thanq 🙂
Salhi vaahaka eh .waiting for the next part of this story♡♥
thanq 🙂
Salhi mi part, waiting for next part
thanq xee 🙂
at the end love wins dhw????i mean mayaa and kiyaan….both of them…
angle keep reading to knw whats gonna happn.. 🙂 thanq 🙂
inthizaarakee foni ey chaka vumakee kiuntheringe unmeedhu kobaatha inthizaaru
kobaa ane bai???
haadha laheyy kobaa?????
mi INTHIZAARU nunimenees zaayaa ulhey INTHIZAARU nugenes dheyneba
Ey today is Friday