Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އޮޔާ (3)

Reems Level 110 Stories
October 20, 2015 3 Mins Read
12 Comments

“ފައިހާ ޓްރައި ކުރަން ހިނގާ.. އޮންލީ ޗޮއިސް ވީ ހޭވް” ޖެހެމުންދިޔަ ގަދަ ވައިގާ ދައްކާ ވާހަކަ އަޑު ނީވިދާނެތީ އަނޫޝް ވަރަށް ބާރަށް ފައިހާއަށް ގޮވާލައިފާ ބުންޏެވެ.

އަނެއްކާ ވެސް ފައިހާ ބޯ ޖަހާލިއެވެ. އަޑު ބޭރުނުވި ނަމަވެސް ފައިހާ ތުންތަޅުވާލައިފާ “އައި.ނޯ ” އޭ ބުނެލިއެވެ.

ފައިހާ އާއި އަނޫޝް މަސައްކަތްކުރަމުން ދިޔައީ ޔޮޓުއޮތް ހިސާބަށް ފަތާފައި ދެވޭތޯއެވެ. މިހާރު ކަނޑުވެސް ތަންކޮޅެއް މަޑުހެން ހީވެއެވެ. ފަހަރެއްގައި އެއީ ހީވިގޮތްކަމުގައި ވެސް ވެދާނެއޭ އަނޫޝްގެ ހިތަށްއެރިއެވެ. އެކަމަކު ގައިމުވެސް ވާރޭ ތުނިކުރަމުންދާކަން ޔަގީންވިއެވެ.

ތަންކޮޅަކަށް ފަތާލާގައި ފައިހާ ކޮބާތޯ ބަލާލިއިރު ކުރިއަށް ނުގޮސްފައި އޮތްތަން ފެނުނެވެ. ފައިހާ އޮތީ ވަރަށް ވަރުބަލިވެފައެވެ. މާގިނައިން ލޮނު ބޮވުނީކަންނޭގެއެވެ. އެހެން ނޫނަސް ފައިހާއަކީ ފަތަން އެހާ މޮޅު މީހެއްވެސް ނޫނެވެ. އަނޫޝް ވެސް ޖެހުނީ ފެތުމުގެ ސްޕީޑް މަޑުކޮއްލާ ފައިހާ ކުރިއަށް ދާ ވަރެއް ބަލައިގެން ފަތާށެވެ. މާބާރަށް ގޮސްފިއްޔާ ފަހިހާ ގެއްލިދާނެކަމުގެ ބިރު ހީވާތީއެވެ. އަނެއްކޮޅުން އަދިވެސް އޮއިވަރު ގަދަވުމުން ފައިހާ މާދުރަށްގޮސްފިއްޔާ އަނޫޝް އަލުން އައިކޮޅަށް ދާން ޖެހިއްޖެނަމަ އަނޫޝް ވެސް މާބޮޑަށް ވަރުބަލިވެދާނެތީއެވެ.

މިގޮތަށް ދެމީހުން ފަތަމުން ދިޔައެވެ. އަނޫޝް ފައިހާ ކޮބާތޯ ބަލާލިއިރު ފައިހާ ނުފަތާ އޮތްތައް ފެނުނެވެ. ފައިހާ ގައިގާ އިތުރަށް ހަކަތައެއް ނެތީ ކަންނޭނގޭ އުނޫޝްގެ ހިތަށްއެރިއެވެ. ފައިހާއާއި ކާރިއަށް ފަތަމުން ދިޔައިރު ފައިހާގެ މޫނުން ފެންނަމުން ދިޔައީ މާޔޫސް ކަމެވެ. ފައިހާ އުއްމީދު ކަނޑާލައިފިކަން އޭނާގެ މޫނުމަތިން ހެކިކޮށްދެއެވެ.

“ފައި ޑޯން. ގިވް އަޕް. އާދޭ ދާން” އަނޫޝް އާދޭހާއިއެކު ބުނެލިއެވެ.

“ނޫން އަނޫޝް ދޭ. މި ހުރިހާ ކަމަކީ ވެސް އަހަރެންގެ ސަބަބުން ވީ ކަމެއް. ” ފައިހާ ނޫނެކޭ ބުނާ ގޮތަށް ބޯ ތަޅުވާލަމުން ބުންޏެވެ.

އަނޫޝް ޔޮޓްއޮތް ދިމާލަށް ބަލާލުމުން ފަތާފައި ގޮސް އަތުޖެހޭ ވަރަށް ވުރެ މާ ދުރަށް ޔޮޓު ގޮސްފިކަން އެނގުނެވެ. ކަނޑުގެ އޮއިވަރު ހުރިގޮތުން ކުރިއަށް ދާކަށް ފަސޭހައެއް ވެސް ނުވާނެއެވެ. ޔަގީނުންވެސް ނަސީބު މިފަހަރު އަތަކު ނުހިފިއެވެ.

އެވަގުތު އަނޫޝްއަށް އެމީހުންތިބި ހާލަތު ހިތައް ގެނެވެމުން ހިތްހަލާކުވާވަރުވިއެވެ. ސަލާމަތްވުމުގެ ފުރަސަތު ވަރަށް ހަނި ވެއްޖެއެވެ. ގައިމުވެސް ދެމީހުނަށް އެކީގައި ގޮސް ޔޮޓެއް އަތެއް ނުލެވޭނެއެވެ. ފައިހާ އެކަނި މާސިންގާ ކަނޑަށް ދޫކޮށްލާފައި އޭނާ އަމިއްލައަށް ސަލާމަތްވާން ދާކަށް އަނޫޝް ބޭނުމެއްނުވެއެވެ.

ދެންހަދާނެ ގޮތަކާއި މެދު ކަންބޮޑުވެފައި ހުރެ އަނޫޝް އެތަން މިތަން ބަލަން ފެށިއެވެ. އެންމެ ފަހުވަގުތާއި ޖެހެންދެން ވެސް ހިތްވަރުކުރަން ހިތުގާ އަޒުމް ކަނޑައެޅިއެވެ. މިހާރު ކުރެވެން އޮތީ އެންމެ ކަމެކެވެ. ވިއްސާރަ ހުއްޓާލަން ދެން ދިރިތިބުމަށް މަސައްކަތްކުރުމެވެ. އަދި ސަލާމަތްކުރައްވާތޯ ﷲ ގެ ހަޒްރަތުގައި ދުއާދެންނެވުމެވެ. ވިއްސާރަ މަޑުވެ ދަތުރުގެ ބައިވެރިންނަށް އަނޫޝްގެ ދެމަފިރިން ނެތްކަން އެނގޭ ހިސާބުން އެމީހުން ހޯދަން ނުކުންނާނެކަން ޔަގީނެވެ.

އަނޫޝްއާއި ފައިހާ އެކަކު އަނެކަކުގެ ހަށިގަނޑުން ހޫނު ހޯދަމުން އިންތިޒާރު ކުރަމުން ދިއައީ އިރުއަރާނެ އިރަކަށެވެ. ކައިރިން ލާފައި ދާ އެހެން ދޯންޏަކަށް ވެސް އަލިކަމުގައި އެމީހުން ފެނުމުގެ ފުރުސަތު ބޮޑުވާނެތީއެވެ. އެމީހުނަށް މިތިބެވުނީ ކިހާ ހިސާބެއްގައި ބާވައޭ އަނޫޝް ހިތައްއަރަމުން ދިޔައެވެ. އޮއިވަރުގައި ޖެހި މާދުރަށް ގެންގޮސްފިނަމަ ހޯދަން އުނދަގޫވާނޭ ހިތަށް އެރުމުން ހިތް ނުތަނަވަސް ވެގެންދިޔައެވެ.

މިހިސާބާއި ބެހޭގޮތުން ފައިހާ ކައިރީ އަހާލަން ބެލިއިރު ފައިހާއަށް އޮތީ ނިދިފައެވެ. ގާފަރަކީ އަތޮޅުގެ އެހެން ރަށްތަކާއި ވަރަށް ދުރުގައި އޮންނަރަށެއް ކަމުން އޮޔާ ގޮސް ރަށަކަށް ލެއްގުމުގެ ފުރުސަތުވެސް ވަރަށް ހަނިވާނެއެވެ. އެހެން ވިޔަސް އެހިސާބުގައި ފަޅުރައްތައް އޮންނަކަމަށް ފައިހާ ބުނި ހަދާނެއްވެއެވެ.

އަނޫޝް ފައިހާގެ ބޮލުގައި ފިރުމާލުމާއިއެކު ސިއްސައިގެން ގޮސްފާ ފައިހާއަށް ހޭލެވުނެވެ. އަދި ކެއްސަންފެށިއެވެ. ރޮމުން ރޮމުން ފައިހާ ބުނަމުން ދިޔައީ ފައިހާ ދޫކޮށްލާފައި އަނޫޝް ޔޮޓު އަތުޖެހޭތޯ ދިއުމަށެވެ. އަނޫޝް ދިޔައީ ފައިހާ ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަމުންނެވެ. އަދި ފަތާފައި ދާ ވަރަށް އަނޫޝް ގައިގާ ވެސް ބުންވަރު ނެތްކަމަށް ބުނެ ފައިހާ ހިތްހަމަ ޖައްސާ ދެވޭތޯ ބެލިއެވެ. ފައިހާ ހުރީ ވަރަށް ދެރަވެފައެވެ. އޭނާގެ މޮޔަކަމުން ވީ ކަމެއްކަމަށް ގަބޫލުކުރެވޭތީ އަމިއްލަ ނަފްސު ކުއްވެރިކުރިއެވެ.

އިރުގެ ދޯދިތައް ކަނޑަށް އެޅެމުން ދިޔައިރު މުޅި ރޭ އެއްކޮށް ކުރި ވިއްސާރަވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކަނޑު ވެސް މަޑުވެފައިވާތީ ފެންމަތީ ތިބުމަށް އިތުރު އުނދަގޫތަކާއި ކުރިމަތިލާކަށް ނުޖެހުނެވެ. ޔޮޓުއޮތް ދިމާ ބަލާލިއިރު ލޮލުކޮޅުން ފެންނަންވެސް ނެތެވެ. ގިނައިރު ވީ ވަރަކަށް އުއްމީދުގެ ހުޅުކޮޅު ދިޔައީ ފަނޑުވަމުންނެވެ.

 

ރޭގަނޑުގެ ބޮޑު ބައެއް މޫދު ތެރޭ ތިބީމާ ދެމީހުން ވެސް ތިބީ ފިންޏަށް ބަލިވެފައެވެ. އަދި ބަނޑުހައިކަން ވެސް އިހްސާސްވާން ފެށިއެވެ. ފައިހާއާއި އަނޫޝް ހޯދުމަށް ބަޔަކު ނުކުމެއްޖެނަމަ ނޫނީ ރަށެއް އަތުޖެހިއްޖެނަމަ ނޫނީ ދެމީހުންނަށް ސަލާމަތްވުމުގެ އެއްވެސް އުއްމީދެއްނެތެވެ. މި ހިސާބުގައި ޕެޓްރޯލްކުރަން ކޯސްޓްގާޑެއް ވެސް ނޫޅެނީ ބާއޭ އަނޫޝް ހިތަށްއެރިއެވެ

ފަހިހާއާއި އަނޫޝް ގޮތް ހުސްވެފައި އެހެން ތިބޭތާ އެތަށް އިރެއްވީއިރު ވެސް ރަށެއް ވެސް ނުފެނެއެވެ. އަދި ލޮލަށް ފެންނަ ހިސާބުން ދޯންޏެއް ވެސް ދަތުރުނުކުރެއެވެ. ފައިހާ ގެ ނަޒަރު ތަންކޮޅެއް ދުރަށް ހުއްޓިފައި ހުރިއިރު މޫނުމަތިން އުޖާލާކަމެއް ފެންނަމުން ދާހެން ހީވެގެން އެދިމާލަށް ބަލާލުމުން އަނޫޝްއަކަށް އެއްވެސް އެއްޗެއް ނުފެނުނެވެ. މިގޮތަށް ހާލުގައި ޖެހުނީމާ ސިކުނޑިއަށް ކުރާ އަސަރަކުން ތަންތަނާއި ތަކެތި ފެންނަހެން ބައެއް ފަހަރު ހީވާނޭ މީހުން ކިޔާއަޑުއިވެއެވެ. ފައިހާއަށް އެހެން ވީބާއޭ އަނޫޝްގެ ހިތަށްއެރިއެވެ.

” ސީގަލްއެއް” ފައިހާ ބުނެލިއެވެ.

ތެދެކެވެ. ފައިހާ އިޝާރާތްކުރި ދިމާލުން ވަރަށް ދުރުން ދޫތިތަކެއް އުޅޭހެން ހީވިއެވެ.

“އަހަރެން ފޮތަކުން ކީ، ސީގަލް އެއް ފެނިއްޖެޔާ ހިކި ފަސްތަނެއް ކާރީގައި އޮންނާނެއޭ” ފައިހާ ވަރަށް އުފާވެފައި ބުންޏެވެ.

“އޭ ފްލޯކް ވާހަކެއް” އަނޫޝް ބުނެލިއެވެ. ބޭކާރު ގޮތުގައި އުއްމީދު އާ ކުރާކަށް އަނޫޝް ބޭނުމެއް ނުވިއެވެ.

“ފްލޯކް ވާހަކައެއް ނޫނޭ އެއީ، ހިނގާބަލަ އެދިމާލަށް ފަތާލާފައި ދާން. މިތާ ތިބެގެން އެއްވެސް ކުރިއެރުމެއް ނުލިބޭނެ އެއްނު” ފައިހާ އާދޭހާއިއެކު ބުނެލިއެވެ.

“މިހެން ނުވީސް ދޯ އެމަޖެންސީ ހާލަތުގައި ކަންތަންކުރަން ޖެހޭ ގޮތަށް ކަންތައްކުރިނަމަ. ފައި ވެއްޓުންކަން އެނގުނީމާ އަހަރެން ޖެހޭނެދޯ ކެޕްޓަން އަށް އިންފޯމް ކުރަން” އަނޫޝް ހުރީ ކުރިއަށް ދާ ޚިޔާލެއްގައެއް ނޫނެވެ.

” ދެން ތީ ކޮންވާހަކައެއް. އަސްލު މިހެން ނުވީސް ދޯ އަހަރެން އަނޫޝް އަށް އެންމެ ފަސް މިނިޓް އިންތިޒާރުކުރިނަމައެއް” ފައިހާ ޝަކުވާކޮއްލިއެވެ.

ދެއަތަށް ބޯ ހޫރުވާލުމާއެކު އަނޫޝް ފަތަން ފެށިއެވެ. ފައިހާ ވެސް އަނޫޝްގެ ފަހަތުން ދާން ފެށިއެވެ. ދެމީހުން ފަތަމުން ދާތާ ގަޑިއެއްހާއިރު ވީ އިރު ވަރުބަލިވެގެން މަޑުކޮށްލިއެވެ. ވަރުބަލި ފިލުވާލަން މަޑުކޮށްލިތަނުން ފައިހާ އުފަލުން ހަޅޭއްލަވަން ފެށިއެވެ.

“އައި. ލަވް.ޔޫ ސޯ މަޗް އަނޫޝް.. ބަލާބަ އެއޮތީ ރަށެއް”

ތެދެކެވެ. ލޮލުކަޅަށް ފެންނަ ހިސާބުން ރަށެއްގެ މަލަމަތި ފެންނަންހުއްޓެވެ.

(ނުނިމޭ)

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Reems

Level 110 Stories

Other Articles

Previous

އޮޔާ (2)

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 24

Next
October 20, 2015

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 24

Previews
October 20, 2015

އޮޔާ (2)

12 Comments!

  1. shiru says:
    October 20, 2015 at 1:23 pm

    V rythi mi part vx.

    1. Reems says:
      October 20, 2015 at 3:41 pm

      thanks

  2. m.tee says:
    October 20, 2015 at 1:55 pm

    Nice

    1. Reems says:
      October 20, 2015 at 3:41 pm

      thanks

  3. 4f!4h says:
    October 20, 2015 at 2:05 pm

    haadha kurey. than kolheh dhigu koh beynun vany. but kind a nice.

    1. Reems says:
      October 20, 2015 at 3:41 pm

      tday 2 episodes upload kureema kuru vee..next time rangalhu kollanan

  4. alhugandu says:
    October 20, 2015 at 2:46 pm

    Varah salhi interesting igey thanks avahah up kodhineethee.

    1. Reems says:
      October 20, 2015 at 3:40 pm

      Thank u

  5. Fary says:
    October 20, 2015 at 9:09 pm

    Nice avaha up kolati

  6. rann says:
    October 21, 2015 at 12:11 pm

    Mee kurin vx ma kee waahakka eh .. Erashah goss ulhenikoh faihaa preg vaany.. Anoosh rukakun vetti faibindheyny.. Adhi bodethi turkey vx ulheyne erashuga.. Dhw writer.. ? :p

  7. anonymous says:
    October 21, 2015 at 4:26 pm

    !ވަރަށް ޝައުގުވެރި

  8. aish says:
    October 21, 2015 at 5:06 pm

    Nice stry

Comments are closed.

Next Episodeއޮޔާ (4)←


All Right Reserved!