އުފާކުރާށެވެ…..
އަހަރެންނަކީ މުއްސަނދި އާއިލާއަކަށް ލިބިފައި ހުރި ހަމައެކަނި ކުއްޖާއެވެ. އަންހެން ކުއްޖަކީމެވެ. ދުނިޔެމަތިން ލިބެންޖެހޭ ހުރިހާ އުފަލެއް އަހަރެންނަށް ލިބިފައިވެއެވެ. ހިތްހަމަޖެހުމާއި އަރާމެވެ. އައިލީ ލޯތްބާއި އަޅާލުމެވެ. ކިތަންމެ މުއްސަނދި ކަމުގައި ވިޔަސް އަދި ކިތަންމެ އަރާމުކޮށް އުޅެވުނު ކަމުގައި ވިޔަސް އަހަރެންނަކީ މުއްސަނދި ދަރިއެއްގެ ކުރިން މުސްލިމެއްކަން އަބަދުވެސް ހަނދާންކުރަމެވެ. ދުނިޔެމަތީ މުއްސަނދި ވިޔަސް އަދި ފަޤީރު ވިޔަސް އަނބުރާ ރުޖޫޢަ ވުން އޮތީ އެއްތާކަށެވެ. އެއް ބިމަކަށެވެ. އެއްކޮންނެވެ. އެދުވަހަކުން ތިމާގެ މުއްސަނދިކަމެއްގެ ފައިދާއެއް ނުވަތަ ފަޤީރުކަމުގެ ގެއްލުމެއް ނުކުރާނެއެވެ. އެދުވަހުން ތިމާގެ އަތުގައި އޮތް ހަމަ އެކަނި އެއްޗަކަށްވާނީ އަމަލުތަކެވެ.
އަަހަރެން ބޮޑުވަމުން އައީ ވަރަށް ވެސް އުފަލާއި އެކުގައެވެ. އޭރު ދެރަ އަކީ ހަމައެކަނި ދިވެހި ބަހެކެވެ. ނަމަވެސް އަޑި ގަނޑަކަށް ފަހު އުސްގަނޑެއް އާދެއެވެ. އަހަރެންގެ ދިރިއުޅުމަށްވެސް އައެެވެ. ފުން އަޑިގަނޑެކެވެ. އެ އަނޑިގަނޑުން ދުވަހަކުވެސް އުސްގަނޑަކަށް އެރޭނެ ކަމަކަށް އަހަރެންނެއް ހިޔެއް ނުކުރަމެވެ. އަހަރެންގެ ދިރިއުޅުމަށް ތޫފާނެއްހެން އައިސް އެގޮތް މިގޮތަށް ހަދާ ދިޔައީ އެންމެ މީހެކެވެ. ޝަމީންއެވެ. އަހަރެންގެ ހިތުގައި ބިންވަޅު ކަނޑާ ނެގިގައިވާ ހަމައެކަނި ސޫރާގެ ވެރިޔާއެވެ. ހިތުގައި ވިންދު ޖަހާ ސަބަބެވެ.
ޝަމީން އަހަރެންނަށް ހުރިހާ އުފާތަކާއި ލޯބި ދިން އިރު އޭގެ ބަދަލު ދޭންޖެހިދާނެކަމަށް އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަމެވެ. ލޯބީގެ ބަދަލަށް ލޯބި ދޭ ވާހަކަ އަޑުއަހަމެވެ. ނަމަވެސް ލޯބީގެ ބަދަލުގައި އަމިއްލަ އިތްފަތްްތެރިކަން ދޭ ވާހަކަ އަޑު އެހީ އަލަށެވެ. އެއީ އަހަރެންގެ ފިރިމީހާއަށް ޓަކައި އަހަރެންގެ އަތުގައި ފޮރުވާފައި އޮންނަން ޖެހޭ އަމާނާތެކެވެ. ޝަމީންއަށް އަހަރެން އެކަންވެސް ކޮށްދޭން ތައްޔާރެވެ. ނަމަވެސް ހެޔޮ ގޮތުގައެވެ. ކައިވެނީގެ ގޮތުން ގުޅިގެންނެވެ. އޭރަކު ޝަމީންއަށް އަހަރެންމީ ވަގުތީ އުފަލެއް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އޭނާ އަހަރެންނަށް ވީ ލޯބިއަށްޓަކައި އެކަން ކުރުމަށް ބުންޏެވެ. އަހަރެން އެކަމަށް ވަގުތުން އިންކާރުކުރީމެވެ. ލޯބި ނުވާތީކީނޫނެވެ. ލޯތްބަށްވުރެ އަހަރެންނަށް އަހަރެންގެ އިއްފަތްތެރިކަން އަގުބޮޑުވީމައެވެ. އަހަރެންގެ ދީނާއި ދީނުގެ ހުކުމްތަކާއި ހެއްދެވި ރަސްކަލާނގެ އަމުރުފުޅުތައް މުހިންމުވީމައެވެ. ޝަމީންގެ ލޯބިވެރިޔާގެ ކުރިން އަހަރެން މީ މުސްލިމެކެވެ. އެއަށްފަހު އަންހެނެކެވެ. ޤަދަރު ވެރި މަންމައާއި ބައްޕައެއްގެ ދަރިއެކެވެ. އޭނައަށްޓަކައި އަހަރެން އަހަރެންގެ ނަމާއި ބައްޕަގެ މުޅި ދިރިއުޅުން ހުސްކޮށްލަމުން ހޯދި އެ ޤަދަރުވެރި ރީތި ނަން ވެއްޔާ މޮޑެލާކަށް ބޭނުމެއް ނުވެއެވެ.
ޝަމީން ވަގުތުން އަހަރެންގެ ދިރިއުޅުމުން ދުރަށްދިޔައެވެ. އަހަރެން އެކަނި ކޮށްލާފައެވެ. ފުރަތަމަ ފަހަރަށް “ދެރަ” އެބަހުގެ ހަޤީޤީ އިހްސާސް ކޮށްދެމުންނެވެ. އަހަރެންގެ ހިތް ކުދި ކުދި ވިއެއް ކަމަކު އަހަރެން މާތްﷲ އަށް ހަމްދު ކުރީމެވެ. ނަމަވެސް އަބަދުވެސް އެދެވެނީ ޝަމީންއަށެވެ. އިންތިޒާރު ކުރެވެނީ އޭނައަށެވެ. ހެޔޮ ވިސްނުން ވިސްނި އަނބުރާ އަހަރެން ކައިރިއަށް އަންނާނެކަން އަހަރެންނަށް ހީވާތީއެވެ. އަހަރެން އެކަނި ވެރިވިއެވެ. ކޮޓަރިން ނިކުންނަ ހިތެއް ނުވެއެވެ. ލޮލުން ކަރުނައެއް ނުހިކެއެވެ. ނަމަވެސް އެއިން އެންމެ ފަހަރަކުވެސް މާތްﷲ މަތިން ހަނދުމައެއް ނުނެތެއެވެ. މާތްﷲ އިމްތިހާނު ކުރައްވާނީ އެކަލާނގެ އެންމެ ލޯބިވާ އަޅުންނަށޭ ބުނާ އަޑު އަހަރެން އަހަމެވެ. ކެތްކޮށް ދުޢާ ކުރެވެނީ އެހެންވެއެވެ. އެއިން ކޮންމެ ދުޢާއެއްގައި ޝަމީންގެ ނަން ނުލާ ފަހަރެއް ނުދާނެެއެވެ.
ދުވަސްތައް މަސްތަކަށް ބަދަލުވެ މަސްތައް އަހަރުތަކަށް ބަދަލުވެގެން ދިޔައީ ލޯ މަރާ ހުޅުވާލާހާ އަވަހަށެވެ.. އަހަރެންގެ އުމުރުން 24 އަހަރު ވީވެސް އަހަރެން އެކަނި ކޮށް މިހާލު ޖެއްސި މީހާގެ އިންތިޒާރުގައި ހުއްޓައެވެ. އަހަރެންގެ އިންތިޒާރަކަށް ނިމުމެއް ނައެވެ. އެންމެ ކުޑަމިނުން ވަމުން އައި ލޯތްބަށް ވެސް ބަދަލެއްނާދެއެވެ. މަންމަމެންގެ ނަސޭހަތްތަށް ގިނަވަމުން ދިޔައެވެ. މިހެން ދުވަސްތައް ހަލާކުނުކޮށްލުމަށެވެ. އަހަރެންގެ ދިރިއުޅުމަށް އުފާވެރިކަން އަންނާނީ އަހަރެން އެ އުފާވެރިކަމުގައި ހިފުމަށް ކޮޅަށް ތެދުވިއްޔާއޭ ބުނެ އެތަކެއް ފަހަރު ވިސްނަދިނެވެ. އަހަރެންގެ އިންތިޒާރު ފެނަށް ވެގެން ދިޔައީ ޝަމީން އެހެންމީހަކާއި ކައިވެނި ކުރި އަޑު އިވުމާއި އެކުއެވެ. އަހަރެން މި ހުރިހާ އަހަރުތަކެއްގައި ރުއި ރުއިމާއި އޮއްސި ކަރުނަތަށް ވީ ބޭކާރެވެ. އޭނާ އެހެންމީހެއްގެ ހައްޤަކަށް ވީއެވެ. އަހަރެން އެންމެ ފަހުން މަންމަމެން އެދެމުން ދިޔަ ކަންތައް ކޮށްދިނީމެވެ. އެހެން މީހަކާއި ކައިވެނި ކުރީމެވެ. ނަމަވެސް އޭރުވެސް އަދިވެސް އަބަދުވެސް އަހަރެންގެ ހިތުގައި ވާނީ ޝަމީންއެވެ.
މިއަދު އަހަރެންނަކީ ތެދުވެރި ޞާލިހު އަހަރެން ދެކެ ލޯބިވާ ފިރިއެއްގެ އަނބިމީހާއެވެ. 2 ކުދިންގެ މަންމައެވެ. ޝަމީން އަހަރެންނަށް ދީފައި ދިޔައީ ވަގުތީ ހިތްދަތިކަމެކެވެ. މިހާރު އަހަރެންނަށް ވަނީ ދާއިމަށް އުފާވެރިކަން ލިބިފައެވެ. އަޑިގަނޑުތަކުން އުސްގަނޑަށް އަރަން އެހީވެދިނުމަށް އަހަރެންގެ ފިރިމީހާ ހުންނާނެއެވެ.
ޝަމީން ދިއުމުން އަހަރެންގެ ހިތް ހުއްޓިދާނެއޭ ހިތަށް އެރިއެވެ. ދިރިއުޅުމަށް އުފާވެރިކަން ނުވެސް ލިބޭނޭ ހިތަށް އެރިއެވެ. މަރުވެދާނޭ ހިތަށް އެރިއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ނުވެއެވެ. ލޯބި އަކީ އަބަދު އެދޭ މީހާ ލިބުމެއް ނޫނެވެ. ނުވަތަ ހޯދުމެއްވެސް ނޫނެވެ. ލޯބީގައި ކޮންމެ ކޮންމެ މީހަކު ކާމިޔާބެއް ނުވާނެއެވެ. ކާމިޔާބުވާ މީހުންނަކީ ވަރަށް ނަސީބުވެރި ބައެކެވެ. އަަހަރެންނަކީ އެފަދަ ނަސީބުވެރިއަކަށް ނުވިޔަސް އަހަރެން އެކަމަށް މާ ބޮޑު ފަރުވާލެއް ނުކުރަމެވެ. އަހަރެންނަށް އަހަރެންގެ ފިރިމީހާ ފަރާތުން އައީ އޭގެ ދެގުނަ ލޯބި ލިބެމުންނެވެ. ދެދަރިންގެ ލޯތްބާއި ފިރިމީހާގެ އަޅާލުމުގެ ސަބަބުން އަހަރެން ހިތަށް ކުޑަވެސް ލުޔެއް ލިބުނު ކަމުގައިވިޔަސް އަހަރެންގެ ހިތަކުން ޝަމީން ގެ ނަމެއް ވެސް ސޫރައެއްވެސް ނުފިލާނެއެވެ. ލޯތްބަކީ ބާރުގަދަ އެއްޗެކެވެ. ލޯތްބާއި ނުލާ އުޅެން އުނދަގުލޭ ބުނެއެވެ. އަހަރެންނަށް ލޯބި ލިބެއެވެ. ނަމަވެސް އަހަރެން ބިރުގަންނަނީ އަހަރެންގެ ފަރާތުން ބޭނުންވާވަރަށް ލޯބި ނުދެވިދާނެތީއެވެ. އެކަމުވެސް އަހަރެން މަސައްކަތްކުރަމެވެ. އަދި ކުރާނަމެވެ. އަހަރެން މިހާރު އުޅެމުން މިދަނީ ކިހާ އުފާވެރި ކޮން ހެއްޔެވެ؟ ލޯބިވާ މީހާ ނުލިބުނެއްކަމަކު ލޯބިދޭނެ ފިރިއަކާއި ދަރިން އެބަތިއްބެވެ.
އަބަދަކު ލޯބިވާ މީހަކު ނުލިބޭނެއެވެ. އޭގެ މާނައަކީ އޭނާގެ އިންތިޒާރުގައި ދުވަސްތައް ގުނުމެއްނޫނެވެ. ދިޔަ މީހަކު ދިޔައީއެވެ. މިއަދު އޭނާ އެދިޔައީ އެވެ. މާދަމާ އެހެންމީހަކު އަންނާނެއެވެ. ކަރުނަތަށް ފޮހެދޭނެއެވެ. ކުދި ކުދިވެފައިވާ ހިތް ގުޅުވައިދޭނެއެވެ. އަލުން ލޯބިވާން ދަސްކޮށްދޭނެއެވެ. ދިޔަމީހަކަށް އިންތިޒާރު ކުރުމުގެ ބަދަލުގައި ދެން އަންނަން އުޅޭ މީހެއްގެ އިންތިޒާރުގައި ހުރުން ކިހާ ރަނގަޅުވާނެހެއްޔެވެ؟ ތިމާގެ ދިރިއުޅުމަށް އަންނަން އޮތް މީހަކު އަންނާނެއެވެ. އެމީހަކަށް އިންތިޒާރު ނުކުރެވެނީ ކީއްވެހެއްޔެވެ؟ ދިޔަ މީހަކަށް ޓަކައި އަމިއްލަ އުފާތަށް ޤުރުބާން ކުރަނީ ކީއްކުރަންހެއްޔެވެ؟ އެމީހުންވެސް އުޅޭނީ އުފަލުގައެވެ. އަހަރެމެންވެސް އުފަލުގައި އުޅެންވީނޫންހެއްޔެވެ؟ ބޭކާރު ގޮތުގައި ބޭކާރު މީހަކަށް އަމިއްލަ ކަރުނަތަށް އޮއްސަންވީ ކީތްކުރަންހެއްޔެވެ؟ ހަމަގައިމުވެސް އެމީހަކު އެ ކަރުނަތަށް ފޮހެދޭކަށް ނާންްނާނެއެވެ.
އުފާވެރި ހަޔާތެއް ލިބޭނީ ހޯދަން މަސައްކަތްކުރީމައެވެ. ކޮޓަރިން ނުނިކުމެ އެނދުގައި އޮށޯވެ އޮވެގެން ރުޔަކަސް އުފާވެރި ހަޔާތެއް ނުލިބޭނެއެވެ. ވެއްޓިފައި އޮތް އަޑިގަނޑުން ތެދުވެ ތިމާގެ އަމިއްލަ އުފާތަކުގައި ހިފުމުން ނޫނީ އުފާތަކެއް ނުލިބޭނެއެވެ. ދެރައިގަ ފައިން ޖަހާ ތިމާއާއި ދުރަށް އެއްލާލާށެވެ. މިއަދު ދެރަ ލިބުނަސް މާދަމާ އޮތީ އުފާވެރިކަމެވެ. އުފާވެރި ހަޔާތެކެވެ. އުފާވެރި ވަގުތުތަކެކެވެ. އާއެކެވެ. ތެދުވާށެވެ. ކަރުނަތަށް ފޮހެލާށެވެ. ހިނިތުންވެލާށެވެ. ހިތްވަރުކުރާށެވެ. ދިޔަމީހަކު ދިޔައީއެވެ. އުފާވެރިކަމާއި އެކު ދިރިއުޅުން ހޭދަކުރާށެވެ.
އުފަލަކީ ތިމާ އަމިއްލައަށް ހޯދީމައި ލިބޭ އެއްޗެކެވެ. އެހެން މީހަކު ތިމާއަށް ހޯދައިދޭ އެއްޗެއް ނޫނެވެ. ނަމަވެސް އެހެންމީހުން ތިމާއަށް އުފާވެރިކަން ދޭނެއެވެ. އެމީހުންގެ ފަރާތުން އުފާވެރިކަން ލިބޭނެއެވެ. ނަމަވެސް އުފާވާނީ ތިމާ ވިއްޔާއެއްނޫންހެއްޔެވެ؟ އަނެކާ ކިތަންމެ މަސައްކަތްކުރިޔަސް ތިމާ އުފާ ނުވާހާ ހިނދަކު ތިމާއަކަށް އުފަލެއް ނުލިބޭނެއެވެ. އެހެންކަމުން އުފާކުރާށެވެ.
-ނިމުނީ-
43 Comments!
Comments are closed.






hey guys.. this is my frst shrt story… i hope u guys will lyk it.. frst one v ma mistakes gina vaane.. i wnt improve so lt me knw the mistakes plxx… n thnks fr reading… 😉 🙂 🙂 🙂 m fyling so nervous…. i hope its gud..
wow ryn..vrh salhi mi story…reallyy 😀 vrh vrh vrh habeys….but shaby ah faahaga kurevunu 1 mistake…LOABI AKY ABADHU EDHEY MYHAA LIBUMEH NOONEVE. shaby ah hyvany ethaa innaany LOEHBBAKY ABADHU EDHEY MYHAA LIBUMEH NOONEVE 🙂 anyways hama perfect 😉 love it…nd shaby mi story ah like eh 😛 wish u all da bst ryn…nd aneh story avahah up kohdhehchey…. 😉 waiting waiting…. heheee
hehehh thanks shaby… n thnks fr telling me the mistake… luv u altt.. n once again thnks alt.. labba aneh stry ge nxt prt mirey up khdheynan in sha allah.. thnks fr reading 🙂 🙂 enjoy.. 😉 ummmwahxx!! 😛
shabee this story is 4 u…think abt it deeply ingey?
ryn ge faraathun shaby ah dhw j 😉 ;P
nd m da 1st…..yay 😛 varaaaah happy vejje furathama commnt kohlevunyma 😉
heheheh so cngrts ur the frst.. .. 🙂
Nice story ryyyn
thanks.. 🙂 🙂
Nice story ryyyn
V nice story
thanks 🙂 🙂
ލޯބި އަކީ އަބަދު އެދޭ މީހާ ލިބުމެއް ނޫނެވެ.
ކަރުނަތަށް
އަންނަން އޮތް މީހަކު އަންނާނެއެވެ.
އުފާތަށް
ކީތްކުރަންހެއްޔެވެ؟
ޝަމީން ގެ
ކިހާ އުފާވެރި ކޮން ހެއްޔެވެ؟
ޝަމީންއެވެ.
thanks fr telling me the mistakes. i will improve it in sha allah 🙂 enjoy n thnks fr reading
story is nice.. ekam shaviyani aai alif sukunthah olhuvaalevifa hurikan faahagavey.. ekan improve kohlyma okay vaane.. good luck ryn.. do your best in the next stroy.. and varah olhey dw shaviyani and alifu sukunthah? kurin liyunu storygaves faahagavi… try to improve i know you can. and waiting for the next part aneh storyge… 🙂
heheh thnks faathu.. yrh ryn ah vrh olhey shaviyani and alif.. vrh balaign liyanyvx.” thah thakey … thah thakey” kiyamun liyanyvx bt hama nubai kh liyeveny.. hehheh sry fr tht.. n i will try my bst e kuhthah madhu khln.. thnks alt.. n mirey up vaane nxt prt 🙂 🙂 n thnks fr reading.. 🙂
Its awsum …. luvin it…. nd first short stry aa balaafa habeyyxx.. hop to c mre stories nd happy to hear tht mirey aneh .part up kuraakan.. miss nd luv u… 🙂 🙂 🙂
thnks nukko 😉 n heheh miss u too n luv u mr n mr… n mirey innaane aneh prt BE READY.. ehehhe 😉 ummmmwahxx
V reethi f story aah balaafa keep it up
thanks aru.. 🙂 🙂 n thnks fr reading….. enjoy 😉
Happy life eh libifa othiyma thibunaa boy hithun fohelun budhdhi veri
Vaahaka v. Reethi
thanks 🙂 🙂 .. n thnks fr reading… 🙂 🙂 enjoy 😉
Vaahaka varah rythi. Loabi aky loaiybaky ah badhalu kohfa, shamyn eve shamyneve ah badhalu kohfa, sukunthah rangalhu kohlyma varah furihama vaane.
thanks red rose.. i will improve it in sha allah.. and once again thnku soo much fr telling me ehaa swyt gothakah.. 🙂 :3 thnks fr reading.. enjoy 😉
Vry nice story ryn.. i lyked it.. 😉
thnks aathu.. 🙂 n once again thnks fr reading.. :3 enjoy 🙂
owwnn.. its really very awsome… but even i noyiced LOABI AKY but instead LOIBAKY is better.. then hury small small mistakes.. but the story is really nice and heart toching.. thnx for such an awsome story.. luv yuh….:-)
thnksss my luvly mimmy.. :3 fyling proud to hve u… n thnks fr telling me the mistakes… i will imprve it in sha allah.. n thnk fr reading.. 🙂 luv u too.. n miss u mr n mr.. ummmwahhxxx!. <3 :3 🙂 😉 (noticed*) 😉
Mi storiyaa ahrengae hayaa thaa vare gulhun huri heevanee hama agigen liyae fa huri hen aeves badhal nae vv rae reethi
thnks.. n owhh! 😮 ryn adhi nukiyaa stry eh thy.. anyways. its my own stry eh. 😉 mind ga hadhaali ;). thnks fr reading
Ur stories r amazing as always BTW story is great
thnks thoo.. 🙂 🙂 thnks fr reading… n enjoy 😉 🙂 🙂 😉
i loved it pretty…wanna to c more stories… gudluck dear
thanks j… 🙂 n thnks fr reading.. 😉 🙂
VVV SALHI,,,
thanks sofy.. n thnks fr reading 😉 🙂
V molhu story eh. V reethi.
thanks axoo.. 🙂 🙂 n thnks fr reading.. enjoy 😉
mi story kiyaalevuneema dhiriulhumah ithuru hiyyvareh libunuhen heevany….thnakx RYN
seriously? so happy to hear tht.. thnks fr reading n thnnks alot.. have a bright future.. 😉 enjoy… 😉
Vv nice ingey….. v iburaiitheri vaahakaeh….
thanks 😉 😉 enjoy 😉
Vv reethi??