އިންތިޒާރު ( 30 )
މަންމަ ހަމައަކަށް އެޅެންދެން މަންމަކައިރީ ހުންނަން މާޔާ ބޭނުންވީއެވެ. އެރޭ މާޔާ ނިދީވެސް ފަޒީލާ ކައިރީއެވެ.
އޭގެ އަނެއް ދުވަހެވެ. ކިޔާން މާލެ އައީ މާއިޝާ ކައިރިއަށެވެ. ރައްޓެހި ކުދިންތަކަކާ އެކީ ޝަހާ ހުޅުމާލެއަށް ދާން އައި ވަގުތަކީ ކިޔާންވެސް އައި ވަގުތު ކަމުން ދެމީހުން ޓާރމިނަލް ކައިރިން ދިމާވިއެވެ. ކިޔާނާ ވާހަކަ ދައްކަން ޝަހާ އުޅޭތާ ކޮންދުވަހެއް ހެއްޔެވެ؟ އެހެންނަމަވެސް އެ ވަގުތު ނުލިބެއެވެ. މިއަދު ކިޔާނާ ދިމާވުމުން ޝަހާ ވާހަކަ ދައްކަން ބޭނުންވިއެވެ. ކިޔާން ޝަހާ ފެނުމުން ހަމައެކަނި ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ދާން ހިނގައިގަތްތަނާ ޝަހާ ގޮވާލިއެވެ. ކިޔާން އެނބުރި ޝަހާއަށް ބަލާލަމުން ބުމަ ހިއްލާލީ ކިހިނެއްވީހޭ އަހާލާފަދަ ގޮތަކަށެވެ. ޝަހާ ރައްޓެހިން ކައިރީ އެބަ އަންނަމޭ ބުނެފަ ގޮސް ކިޔާންގެ ކުރިމައްޗަށް ހުއްޓލިއެވެ. ” އަހަރެން ބޭނުން ވާހަކައެއް ދައްކަން. ” ޝަހާ ބުނެލިއެވެ. ” ބުނެބަލަ ” ކިޔާން ބުނެލިއެވެ. ” އެދުވަހު ކިޔާން އަހަރެން ކައިރީ އެހީމެއްނު އަހަރެން މާޔާއާ ވާހަކަ ނުދައްކަނީ ކީއްވެހޭ.. އެއީ ވަރަށް ބޮޑު ސަބަބަކާ ހުރެ.. އަހަރެން ބޭނުން އެ ވާހަކަ ކިޔައިދޭން ” ޝަހާ ބުނެލިއެވެ. ކިޔާންގެ މޫނުމަތިން ވަކި އެ ވާހަކައަށް ޝައުގުވެރިވިކަމުގެ އެއްވެސް ކުލަވަރެއް ނުފެނެއެވެ. ” އަހަރެން ނެތިން މިހާރު އެއްވެސް ވާހަކައެއް އަޑުއަހާކަށް.. ” ކިޔާން އެހެން ބުނެލަމުން ދާން އެނބުރިލިއެވެ. ” އެ ވާހަކަ ކިޔާނާ މާޔާއާ ދެމީހުން ވަކިވި ސަބަބާ ގުޅިފަވެޔޭ ބުންޏަސް އަޑުނައަހާނަންތަ؟ ” ޝަހާ ބުނެލިއެވެ. ” އަހަންނާ މާޔާއާ ވަކިވި ސަބަބު އަހަންނަށް މިހާރު އެނގޭ… ” ކިޔާން އެނބުރިލަމުން ބުނެލިއެވެ. ޝަހާ ހީލިއެވެ.
” އަހަންނަށް ހިޔެއް ނުވޭ ކިޔާނަށް އެ ސަބަބު އެނގޭ ހެނެއް.. ވެދާނެ ތި އުޅެނީ އަނެއްކާވެސް މީހަކު ބުނި ދޮގު ވާހަކައެއް ގަބޫލުކޮށްގެން ހެން.. އެއީ ކިޔާނަށް އަސްލު ސަބަބު އެނގޭނަމަ އަހަންނަށް ހިޔެއް ނުވޭ ކިޔާން ތި ގޮތަށް ރިއެކްޓް ކުރާނެހެން.. ބިކޯޒް ހަގީގަތް އެނގި ހުރެ މާޔާ ދެކެ ރުޅިއަންނަހާ ގޯސް މީހެއް ނޫން ކިޔާނަކީ.. ” ޝަހާ ބުނެލިއެވެ. ކިޔާން ލޯ ހަނިކޮށްލަމުން ޝަހާއަށް ބަލަން ހުރެލާފައި މަޑުމަޑުން ” ވަޓް ޑޫ ޔޫ މީން ” އޭ އަހާލިއެވެ. ” ލޯންގް ސްޓޯރީ… މިތާ ކޮޅަށް ތިބެ ނުކިޔައިދެވޭނެ.. ހިނގާ ސީ ހައުސްއަށް.. ” ޝަހާ މައްޗަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ. ” ކީއްވެ އަހަރެން ޝަހާގެ ވާހަކަ ގަބޫލުކުރަންވީ؟ ތީ ކުރިންވެސް އަހަރެން ކައިރީ ދޮގު ހެދި މީހެއް. ” ކިޔާން ޖީބަށް އަތް ޖަހާލަމުން ސުވާލުކޮށްލިއެވެ. ” އޭރު އަހަރެން މާޔާއަށް ނަފްރަތު ކުރިން.. އެހެންވެ ދޮގު ހެދީ.. އޭރު ހުދު އަހަންނަށްވެސް ހަގީގަތް ނޭގޭތީ.. އެކަމަކު މިހާރު އަހަރެންގެ ހިތުގަ މާޔާއާ މެދު އެއްވެސް ބުރަކަމެއް ނެތް.. މިހާރު އަހަރެން ދޮގު ހަދާނެ އެއްވެސް ސަބަބެއް ނެތް.. ” ޝަހާ އިސްއޮބާލަމުން ބުނެލިއެވެ. ކިޔާންގެ ހިތުގެ ކަނަކުން މިފަހަރު ޝަހާގެ ވާހަކަ ގަބޫލުކުރާށޭ ބުނެލީ ކީއްވެ ކަމެއް ނޭގެއެވެ. އެހެންކަމުން ހިނގާށޭ ބުނެލިއެވެ. އޭރު ޑްރައިވަރު ކިޔާން ބަލާ އައިސް އިނުމުން ކިޔާންގޮސް ކާރުގެ ތަޅުދަނޑި ނަގައިގެން އެމީހާ ކައިރީ ޓެކްސީއެއްގަ ދާށޭ ބުނެލިއެވެ. ޝަހާ ކިޔާންގެ ފަހަތުން ދިއުމުގެ ކުރިން ގޮސް ރައްޓެހި ކުދިން ކައިރީ މިއަދު ދެވޭކަށް ނެތޭ ބުނެލިއެވެ.
ކިޔާނާ ޝަހާ ދެމީހުން ސީހައުސްގެ މޭޒެއްގެ ދޮށުގެ އިށީދެލައިގެން ތިބީ ކޮފީއަށް އޯޑަރު ދީގެންނެވެ. ” ޓެލް މީ ނައު ” ވެއިޓަރ އޯޑަރ ނަގައިގެން ދިޔުމުން ކިޔާން މޭޒުގަ އުޅަބޮށި ޖައްސާލަމުން ދަތްދޮޅީގަ އަތް ވިއްދާލަމުން ބުނެލިއެވެ. ޝަހާ ފުންނޭވައެއް ދޫ ކޮށްލަމުން ކިޔާނަށް ފުންކޮށް ބަލާލިއެވެ. ” މާޔާ ކިޔާނާ ދުރުވީ މަޖުބޫރު ވެގެން ” ޝަހާ ބުނެލިއެވެ. ކިޔާން ބުމަ އަރުވާލަމުން ” ހައް ” އޭ ބުނެލިއެވެ. ” ނިހާން މާޔާއަށް ބިރުދެއްކީ ކިޔާނާ ދުރުނުވެއްޖިއްޔާ ކިޔާން މަރާލާނެކަމަށް.. ކިޔާންގެ ބޯ ފަޅާލިއެއްނު މީހަކު އެއް ފަހަރު.. އެއީ މާޔާ ކިޔާނާ ދުރުނުވާނަމޭ ބުނުމުން ނިހާން ކުރި ކަމެއް.. ކިޔާނަށް އިތުރު އަނިޔާއެއް ލިބިދާނެތީ މާޔާ ގަސްތުގަ ކިޔާނާ ދުރުވީ.. ކިޔާން… މާޔާ ކިޔާންދެކެވީ ތެދުވެރި ލޮތްބެއް.. ” ޝަހާގެ ދުލުން ނުކުތް ކޮންމެ ޖުމުލައެއް ކިޔާންގެ ހިތަށް ހެރެމުން ދިޔަ ތީރުތަކަކަށް ވިއެވެ. ފުރަތަމަ ގަބޫލުނުކުރެވުނަސް ވިސްނާލުމުން އެއީ ތެދެއްކަން ސާބިތުވެއެވެ. މާޔާ އޭނައާ ދުރުވާން ފެއްޓީ ކިޔާނަށް އެ އަނިޔާ ލިބުނު ދުވަހަށް ފަހުއެވެ. އޭގެ ކުރިން މާޔާ އޭނައާއެކީ އުޅުނީ ކިހާ ރީއްޗަށް ހެއްޔެވެ؟ ކިޔާނަށް ބުނާނެ އެއްޗެއް ވެސް ނޭގިފައި އިން އިރު އިސްއޮބާލިއެވެ. ” ދެން ކީއްކުރަން މާޔާ ނިހާނާ އެކީ އެ އުޅެނީ؟ ” ކިޔާން ހިތްވަރުކޮށްލާފައި ސުވާލުކޮށްލިއެވެ.
” ކިޔާން ކިޔަވަން ދިޔަފަހުން މާޔާގެ ދިރިއުޅުމުގަ ވަރަށް ގިނަ ކަންތައް ހިނގައިފި.. އޭގެއިން އެއް ކަންތައް ނިހާނަކީ.. އެއްވެސް މީހަކު މާޔާއާ އެއްކޮށް ނެތް ދުވަހު މާޔާ ކައިރީގަ ހިޔަނިހެން ހުރި ހަމައެކަނި މީހަކީ ނިހާން.. އާއިލާގެ އެއްވެސް މީހަކުވެސް މާޔާއާ އަޅާނުލި އިރު މާޔާއާ އަޅާލި ހަމައެކަނި މީހަކީ ނިހާން.. ނިހާން މާޔާ ދެކެ ލޯބިވެސް ވޭ.. އެކަމަކު މާޔާ ނިހާންދެކެ ލޮތްބެއް ނުވޭ.. ” ޝަހާ އޮޅުންފިލުވައިދިނެވެ. އެކަމަކު އެ ވަރުންވެސް ކިޔާނަށް އެއްޗެއް އެނގޭ ގޮތެއް ނުވިއެވެ. ކުރިން ދުވަހަކު މާޔާވެސް އޭނަކައިރީ ދެންމެ ހަމަ ޝަހާ އެބުނި ޖުމުލަ ބުންޏެވެ. އެކަމަކު ސުވާލަކީ މާޔާއާ އާއިލާގެ އެއްވެސް މީހަކު އަޅާނުލީ ކީއްވެ ހެއްޔެވެ؟ ” ތި ބުނީ ކީކޭ؟ ކޮން ކަމެއް ދިމާވެގެން އެންމެން މާޔާ އާ ދުރުވީ؟ ” ކިޔާން ސުވާލުކޮށްލިއެވެ. ” މާޔާ އަކީ ރޭޕް ވިކްޓިމްއެއް.. މާޔ… ” ޝަހާ ބުނަން އުޅުނު ޖުމުލަ ފުރިމަހަ ނުކުރެވުނީ ކިޔާން ކުއްލިއަކަށް ބާރަށް ” ވަޓް ” އޭ ބުނެލި ގޮތުންނެވެ. ރެސްޓޯރެންޓްގަ ތިބި އެހެން މީހުންވެސް ކިޔާންގެ މި އަމަލުން އެ ދިމާލަށް ބަލަން ފެށިއެވެ. ކިޔާން ދެލޯބޮޑުކޮށްލައިގެން ޝަހާއަށް ބަލަން އިންއިރު އެހެން ކަމެއް އެތާގެ ވާހެނެއްވެސް ހިޔެއް ނުވެއެވެ. ޝަހާއަށް މީހުން ބަލާކަން އެނގިގެން ކުޑަކޮށް ހިނިތުންވެލިއެވެ. ކިޔާންގެ ފަރާތުން މި ކަހަލަ އަމަލެއް ފެނުނީތީ ހުދު ޝަހާވެސް ހުރީ ހައިރާންވެފައެވެ.
” ވަޓް ޑޫ ޔޫ މީން ރޭޕް ވިކްޓިމެކޭ؟ ” ކިޔާން އަވަސް އަރުވާލާފައި ސުވާލުކޮށްލިއިރު ޝަހާގެ އަތުގަވެސް ހިފާލެވުނެވެ. ” އަހަރެންގެ ބައްޕަ މާޔާ ރޭޕް ކުރީ.. މާޔާ ރޭޕްކުރީ ބައްޕައޭ ބުނުމުން އާއިލާގެ އެއްވެސް މީހަކު މާޔާގެ ވާހަކަ ގަބޫލެއް ނުކުރޭ.. އަހަރެންވެސް ގަބޫލެއް ނުކުރަން.. މާޔާއަށް ގޭގަ އުޅެން އުދަގޫވާން ފެށުމުން ބޭރުގަ އުޅެން ހަދައިގެން މަސްތުވާތަކެތި ބޭނުން ކުރަން ފެށީ.. އެހެން އުޅެނިކޮށް ނިހާނާ ދިމާވީ.. މާޔާ ފަހުން ގެއިންވެސް ނުކުމެގެން ގޮސް އުޅެން ފެށީ ނިހާންމެން ގޭގަ.. އެއް ރެއަކު މާޔާ މަސްތުވެގެން ހުރެ އައިސް ބައްޕައަށް އަނިޔާކޮށްގެން ބައްޕަ ތިންއަހަރު ވަންދެން ކޯމާއެއްގަ އޮވެފަ މަރުވީ.. އެހެންވެ އަހަރެން މާޔާއަށް ނަފްރަތު ކުރީ.. އެރޭ ބައްޕަ އަމިއްލައަށް މާޔާ ރޭޕް ކުރި ކަމަށް އިއުތިރާފްވި.. އެކަމަކު އޭރު އަހަރެން ގޭގަ ނެތިން.. އަހަރެން ހަގީގަތް ނޭގި ހުރެ މިހުރިހާ ދުވަހު މާޔާއަށް ނަފްރަތު ކުރީ.. ކުރިން ދުވަހެއްގަ ދޮންބެ އެ ވާހަކަ ދައްކަނިކޮށް އަޑުއިވިގެން އަހަންނަށް ވެސް ހަގީގަތް އެނގުނީ.. މާޔާ ކުށެއް ނުކުރޭ.. ” ޝަހާ ފެންކަޅިވެފައި ވާހަކަ ދެއްކިއެވެ. ކިޔާން ހުއްޓިފައި އިން މީހަކު ހެން އެ ވާހަކަތައް އަޑުއަހަން އިން އިރު އަމިއްލަ ނަފްސް ކުއްވެރިކުރިއެވެ. އެރޭ ކިޔާން މާޔާ ދިމާލަށް ކީ އެއްޗެހި ހިތަށް އެރުމުންވެސް ރުޅިގަދަވާ ގޮތްވިއެވެ. މާޔާ އެހާ ހިތާމައިގަ އުޅުނު އިރު ކިޔާން ވަކި ކުރީ ކީއްހެއްޔެވެ؟ އެ ހިތާމަތަށް އިތުރު ކުރީއެވެ. މާޔާއަކީ ލަދުކުޑަކުއްޖެއް ނޫނެވެ. މީހެއްގެ ނުބައި ވަކިތަކުގެ ޝިކާރައަކަށްވި ކުއްޖެކެވެ. ” ކިޔާން… މާޔާ ކިޔާންދެކެ ލޯބިވާ ވަރަށް އެހެން އެއްވެސް މީހަކު ނުވާނެ.. މާޔާ ކިޔާންދެކެ ލޯބިވީ އިއްޔެއަކު ނޫން.. މާޔާގެ އުމުރުން 16 އަހަރުން ފެށިގެން މާޔާ ލޯބިވީ ހަމައެކަނި ކިޔާން ދެކެ.. އިތުރު މީހަކާ ދޭތެރޭ އެ ގޮތަށް ނުވެސް ވިސްނާ.. ” ޝަހާ ކިޔާންގެ އަތުގަ ހިފާލަމުން ބުނެލިއެވެ.
ކިޔާން ޝަހާގެ އަތް ނައްޓުވާލަމުން ތެދުވެގެން ދިޔައީ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އިހްތިޔާރެއް ނެތި ދެލޯ ފެންކަޅިވެގެން ދިޔުމުން ކިޔާން އަތުގަ އޮތް އަވިއައިނު އަޅާލަމުން އެ ތޫނު ދެލޯ ނިވާކޮށްލިއެވެ. ތުންފަތުގައި ދަތް އަޅާލަމުން ގޮސް ކާރަށް އަރާ ދުއްވާލީ ދާނެ ވަކި މިސްރާބެއް ނެތިއެވެ. މާޔާއާ ދިމާލަށް ކިޔުނު އެއްޗެހި ހިތުތެރޭ އެނބުރެމުން ދިޔައީ އުދަގޫ ވާވަރަށެވެ. ކާރު މަގުމެދަށް މަޑުކޮށްލަމުން ހުންގާނުގައި އަތްމުއްކަވާލަމުން ދެތިން ފަހަރު ޖަހާލީނުން އަތް ކަނޑައިގެން ގޮސް ލޭވެސް އައެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލަމުން ސީޓްގަ ބުރަކަށި ޖައްސާލިއިރު ލޮލުން ކަރުނަ ފައިބައިގަތެވެ. ފަހަތުން ނުދެވިފަ ތިބި ދުއްވާއެއްޗެހީގެ ބަރުގޮނުގެ އަޑުވެސް ކިޔާނަށް ނީވެއެވެ. ކާރެއްގަ އިން ޑްރައިވަރެއް އައިސް ކިޔާން އިށީދެގެން އިން ކާރުގެ ލޯގަނޑުގަ އަތުން ޖަހާލިއެވެ. ކިޔާން ލޯ ހުޅުވާލަމުން ލޯގަނޑު ތިރިކޮށްލިއެވެ. ” ފަހަތުގަ އެބަތިއްބޭ މީހުން ކުރިއަށް ނުދެވިފަ.. ތި ޑްރާމާ ކުޅެން އެހެންތާކު ގޮސް އިންނަންވީނު.. ” އެ މީހާ ރުޅިއައިސް ހުރެ ބުނެލީ ހަރުކަށި އަޑަކުންނެވެ. ކިޔާން ބޯ އަނބުރާލަމުން ފަހަތަށް ބަލާލިއެވެ. ތެދެކެވެ. މަގުގެ ކޮޅެއްވެސް ނުފެނެއެވެ. ” ސޮރީ ” ކިޔާން މާފަށް އެދެމުން ކާރު ދުއްވާލީ އެމީހާ ކިޔާ އެއްޗެއް އަޑުވެސް ނާއަހައެވެ.
މާޔާ ހެނދުނު މަސައްކަތް ކުރާ ސަރަހައްދަށް ގޮސް މަސައްކަތް ކުރިއަށް ގެންދަންވީ ގޮތް އޮޅުންފިލުވަދީފަ ދިޔައީ ހޮސްޕިޓަލްއަށެވެ. ރިޕޯޓްތަކުން އެއްވެސް މައްސަލައެއް ހުރި ކަމަށް ނުދައްކައެވެ. މާޔާ ހިތްހަމަޖެހުނެވެ. އެ ގޮތަށް ހަމަ ވަރުބަލިވެފަ ބޮލަށް ބާރުކުރީ މަސައްކަތް ބުރަވުމުންނެވެ. މާޔާ ހިތްހަމަޖެހިފައި ހުރެ އަނެއްކާވެސް މަސައްކަތްކުރާ ސަރަހައްދަށް ދިޔައެވެ. ދިޔަ މަގުމަތީ ނިހާން ގުޅާލުމުން މާޔާ ވާހަކަ ދައްކަމުން ދިޔައެވެ.
ކިޔާން ގޮސް ކާރު މަޑުކޮށްލީ ސީދާ ނިހާންމެންގޭ ކުރިމައްޗަށެވެ. އޭރު ބަގީޗާގެ ގަހެއްގައި އެއް އަތް ވިއްދާލައިގެން އަނެއް އަތުން ކަންފަތުގައި ފޯން ޖަހާލައިގެން ހުރި ނިހާނަށް ގޭޓުން ވަދެގެން އައި ކިޔާން ފެނުމުން ބުމަ ހިއްލާލިއެވެ. ” އެބަ ގުޅަން އިނގޭ ފަހުން. ޓޭކް ކެއަރ.. ” މާޔާ އެއްޗެކޭ ބުނާނެ ފުރުސަތެއް ނުދީ ނިހާން ފޯނު ބޭއްވިއެވެ. މާޔާ ފާޑަކަށް އަނގަ ހަދާލަމުން ފޯނު ޖީބަށް ލިއެވެ. ކިޔާން އައިސް ސީދާ ނިހާންގެ ކުރިމައްޗަށް ހުއްޓިލިއެވެ. ކިޔާންގެ މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުން ނިހާނަށް ކޮންމެވެސް ނުބައެއް އުޅޭކަން ވަގުތުން އެނގުނެވެ. ” ކޮބާ މާޔާ؟ ” ކިޔާން ސުވާލުކޮށްލިއިރު އަޑުގައިވެސް ވީ އެހެން އަސަރެކެވެ. ” މާޔާ ނެތް.. އޮފީސް ދަތުރެއްގަ އައްޑު އަތޮޅުގަ ވީ.. ” ނިހާން މަޑުމައިތިރިކަމާ އެކީ ބުނެލިއެވެ.
ކިޔާން އެއްޗެކޭ ނުބުނެ ދާން އެނބުރިފަ ވަކި ހިސާބަކަށް ގޮސް ހުއްޓިލަމުން އެނބުރިލިއިރު މިފަހަރު މޫނުމަތީގަ ވީ ރުޅިވެރިކަމެވެ. ” އަހަންނާ މާޔާ ދެމީހުން ދުރުކުރަން ކަލޭ މާޔާއަށް ބިރުދެއްކި ގޮތަށް ކަލޭ މާޔާއާ އިނީވެސް އޭނައަށް ބިރު ދައްކައިގެންތަ؟ ” ކިޔާން އައިސް އަނެއްކާވެސް ނިހާންގެ ކުރިމައްޗަށް ހުއްޓިލަމުން ރުޅިވެރިކަމާއެކީ ސުވާލުކޮށްލިއެވެ. ކިޔާންގެ ޖުމުލައިން ނިހާން ކުއްވެރިއަކު ފަދައިން އިސްޖަހާލިއެވެ. ” އައި އެމް ސޮރީ އެދުވަހު އަހަންނަށް އެ ގޮތަށް ކަންތައް ކުރެވުނީތީ.. އެކަމަކު އަހަރެން ދުވަހަކުވެސް މާޔާއަށް އަހަންނާ އިންނަން މަޖުބޫރެއް ނުކުރަން. މާޔާ ބޭނުންވެގެން މި ކައިވެނި ކުރީ.. ” ނިހާން ކިޔާނާ ހަތަރުކަޅި ހަމަކޮށްލަމުން ބުނެލިއެވެ. ކިޔާން މަލާމަތް ކުރާ ފަދައިން ހީލިއެވެ. ” މާޔާ ބޭނުންވެގެން މި ކައިވެންޏެއް ނުކުރާނެ. ކަލެއަށް ވެސް ރަނގަޅަށް އެނގޭނެ މާޔާ ކަލޭ ދެކެ ލޮތްބެއް ނުވާކަން، އަދި ދުވަހެއްގެ ކޮޅުންވެސް ލޯބި ނުވާނެކަން. މާޔާ ފެށުނީއްސުރެން ލޯބިވީ ހަމައެކަނި އަހަރެން ދެކެ، ލޯބިވާނީވެސް އަހަރެން ދެކެ.. އަހަރަމެން ދެމީހުން މިއަދު ވަކިން އުޅެންޖެހުމުގެ ހަމައެކަނި އަސްލަކީ ކަލޭ.. ކަލޭ މާޔާދެކެ ކިތަންމެ ލޯބިވިޔަސް މާޔާ ދުވަހަކުވެސް ކަލޭދެކެ ލޮތްބެއް ނުވާނެ.. ދުވަހަކުވެސް މާޔާއަށް ހައްގުވާ އުފަލެއް ނުދެވޭނެ.. މިއަދު ކަލޭ ތިހުރި މަގާމުގަ ހުންނަން ޖެހޭ ހައްގު މީހަކީ އަހަރެން.. އެކަމަކު ކަލެއާ ހެދި އެ މަގާމު އަހަރެންގެ އަތުން ގެއްލުނީ.. މާޔަ ނުބުންޏަސް ދުވަހަކުވެސް މާޔާ އެކަމަށްޓަކައި ކަލެއަށް މާފެއް ނުކުރާނެ.. މާޔާއަށް އެ ހުރިހާ ހިތްދަތިކަމެއް ދިމާވި ދުވަހު ނިހާން މާޔާއާ އެއްކޮށް ހުރީތީ އަހަރެން ޝުކުރުވެރިވަން.. ހިތުގެ އަޑިން ނިހާނަށް އަހަރެން އެކަމަށް ޝުކުރު އަދާ ކުރަން.. އެކަމަކު މިއަދު މާޔާ އެ އުޅޭ ލައިފް… ޝީ ޑިޒާރވް ބެޓާރ ދެން ދިސް.. ” ކިޔާން ބުނަން ބޭނުންވީ އެއްޗެއް ކިޔާލާފަ އެނބުރިލަމުން ދިޔައީ ނިހާނަށް އެއްޗެކޭ ބުނާނެ ފުރުސަތެއްވެސް ނުދީއެވެ.
ނިހާން ކިޔާން ދިޔަ ދިމާލަށް ބަލަން ހުރެލާފައި އިސްއޮބާލިއެވެ. ކިޔާން އެބުނީ ތެދު ވާހަކަތަކެވެ. މާޔާއާ ކިޔާނާ ދެމީހުންގެ ތެރެއަށް ވަން މީހަކީ ނިހާނެވެ. އެ ދުވަހު ނިހާން މާޔާއަށް ބިރުނުދެއްކިނަމަ މިއަދު މާޔާ އިންނާނީ ކިޔާންގެ އަންބެއްގެ ގޮތުގައެވެ. އެކަމަކު ސުވާލަކީ ހަގީގަތުގައިވެސް މާޔާ ދުވަހަކުވެސް ނިހާންދެކެ ލޯބިނުވާނީ ހެއްޔެވެ؟ ލޮތްބެއް ނެތް ގުޅުމެއް ކިހާ ދުވަހެއް ވަންދެން ދެމިގެންދާނެބާއެވެ. ނިހާން އަމިއްލަ ހިޔާލުތަކަށް ގެއްލިފައި ހުއްޓާ މަގުމަތިން ބާރު އަޑެއް އިވިގެން ދުވެފައި ގޮސް މަގަށް ނުކުމެލިއިރު ފެނުނު މަންޒަރަކުން ލޯ ބޮޑު ކޮށްލެވުނެވެ. މަގުގެ އެއް ފަރާތެއްގައި ބަންޑުން ލެއިން ފެންވެރިފަ އެ އޮތީ ފިރިހެނެކެވެ. ކުރިމަތީގަ އޮތް ޕިކަޕް ފެނުމުން އެއީ ޕިކަޕްގަ ޖެހިފަ ހިނގި އެކްސިޑެންޓެއްކަން އެނގެއެވެ. ނިހާން ހަލުވިފިޔަވަޅުތަކެއްގައި ގޮސް ޒަހަމް ވެފަ އޮތް މީހާ ކައިރިއަށް ހުއްޓިލި ވަގުތު ދެން ފެނުނު މަންޒަރުން ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ. ލެއިން ފުރިފައި އެ އޮތީ ކިޔާން ނޫން ދެވަނަ މީހަކު ނޫނެވެ. ” ކިޔާން ” ނިހާން ބާރަށް ގޮވާލަމުން ކިޔާން ކައިރީ ދެކަކޫ މައްޗަށް އިށީދެލިއެވެ. ކިޔާންގެ ދެލޯ މެރިފަ އޮތް އިރު މީހާގެ މުޅި މޫނުމަތީގަ ވެސް ވީ ލެއެވެ. ބަލާ ބެލުމަށް ވެސް ނުރައްކާތެރި އެތައް އަނިޔާތަކެއް ލިބިފައި އޮތެވެ. ނިހާން ބިރުން އިނދެ ކިޔާންގެ ނޭފަތް ކައިރީ ބޮޑުވާއިނގިލި ޖައްސާލީ ނޭވާލާތޯއެވެ. ލިބިފައި ހުރި އަނިޔާތަކުން ދުނިޔޭގަ އޮތުމަކީވެސް އެއީ ނަސީބެވެ. ނަސީބަކުން ކިޔާން ނޭވާލާކަން އެނގުމުން ނިހާން އުފާވިއެވެ. ވަގުތުން އެހެން މީހެއްގެ އެހީގަ ކިޔާން އުފުލާލައިގެން ގޮސް އެތާގަ މަޑުކޮށްގެން އޮތް ޓެކްސީއަކަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދިޔައެވެ.
ކިޔާން ހޮސްޕިޓަލަށް ގެންދެވުމާއެކު ހެން އަވަސް ފަރުވާ ދެވެން ފެށުނެވެ. ނިހާނަށް އެނގެނީ ހަމައެކަނި މަލީހާއާ ފާއިޒުގެ ނަންބަރު ކަމުން ނިހާން ފުރަތަމަ ގުޅީ ފާއިޒުއަށެވެ. ފާއިޒު ކައިރީ ކިޔާންގެ އާއިލާ މީހުންނަށް އަންގާށޭ ބުނެފަ ފޯން ބޭއްވިއެވެ. މާޔާއަށް ގުޅަންވީހޭ ހިތަށް އަރަމުންދިޔައެވެ. މާޔާއަށް މި ހަބަރު ލިބިއްޖެޔާ ވާނެ ގޮތެއްވެސް ނޭނގެއެވެ. އިރުކޮޅެއް ފަހުން ކިޔާންގެ އާއިލާ އެންމެން ހޮސްޕިޓަލަށް އައެވެ. ނިހާން އެންމެނަށް ވީ ގޮތް އޮޅުންފިލުވައިދިނެވެ. އެކަމަކު ކިޔާން އެ ގެއަށް ދިޔަ ވާހަކައެއް ނުބުނެއެވެ. ކަރީމް ވަގުތުން ޕޮލިހަށް ގުޅާފަ އެ ޕިކްޕްގެ ޑްރައިވަރ ހޯދަން އެދުނެވެ. އިރުކޮޅެއް ފަހުން ޑޮކްޓަރ ނުކުމެ ކިޔާންގެ ހާލު ވަރަށް ސީރިއަސް ކަމަށް ބުނެލިއެވެ. ލޭ ބޭނުންވާކަމަށް ބުނުމުން ޒިޔާން ވަގުތުން އެކަމާއިގެން އުޅެން ފެށިއެވެ. ދަރިފުޅުގެ ހާލާ މެދު ވިސްނާ ޒީނަތު ރޮމުން ދިޔައިރު ކަރީމްއަށް ޒީނަތު ހިފަހެއްޓެނީވެސް ކިރިޔާއެވެ. މާއިޝާވެސް ގޮނޑީގަ އިނދެގެން ރޮމުން ދިޔައިރު މަލީހާއާ ފާއިޒު މާއިޝާ މަސަލަސް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ޒިޔާން ހިތްވަރުކޮށްލާފައި ކުރަންޖެހޭ ހުރިހާކަމެއް ކުރަމުން ދިޔައިރު ނިހާން އެހީތެރިވެދެއެވެ. ސަމީރާމެންގެ އާއިލާވެސް އެތަނަށް އައެވެ. ޝާނިމް އައުމުން ނިހާން ޝާނިމް ކައިރީ ޒިޔާނަށް އެހީތެރިވާށޭ ބުނެލާފާ ބޭރަށް ނުކުމެލީ މާޔާއަށް ގުޅާށެވެ. މާޔާއަށް މި ހަބަރު އެގެން ޖެހޭނެއެވެ.
ނިހާން ފޯނު ނަގައިގެންވެސް އިރުކޮޅެއް ވަންދެން ފޯނަށް ބަލަން ހުރެލާފައި މާޔަގެ ނަންބަރަށް ޑަޔަލް ކޮށްލިއެވެ. ދެތިންފަހަރު ރިންގްވިތަނާ މާޔާ ފޯނު ނެގިއެވެ. ” ކިހިނެއްވީ އޭރު ފޯނު ބޭއްވީ؟ ކަމެއް ވީތަ؟ ” ފޯނު ނެގުމާއެކު ހެން މާޔާ ސުވާލުކޮށްލިއެވެ. ނިހާން އެއްވެސް އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން މަޔާ ގޮވާލިއެވެ. އެބަހުރިންހޭ އަހާލުމުން ނިހާން ހޫމް އޭ ކިޔާލިއެވެ. ދެންވެސް އިތުރު އެއްޗެއް ނުބުނެ ހުރުމުން މާޔާ ބިރުގަންނަ ގޮތްވިއެވެ. ” ނިހާން.. ކިހިނެއްވީ؟ ކަމެއްވީތަ؟ މިހާރު އަހަރެން ބިރުގަންނަން ފަށައިފިއޭ.. ޓެލް މީ.. ކަމެއްވީ ތަ؟ ” މާޔާ ހާސްވެފައި ސުވާލުކޮށްލިއެވެ. ނިހާން ލޯ މަރާލަމުން ހިންދިރުވާލިއެވެ. ” މާޔާ.. ކިޔާން އެކްސިޑެންޓް ވެއްޖެ.. ހާލު ވަރަށް ސީރިއަސް.. ” ނިހާން ހިތްވަރުކޮށްލާފައި ބުނެލިއެވެ. ” މާޔާ ” މާޔާގެ ފަރާތުން އެއްވެސް ކަހަލަ ޖަވާބެއް ނުލިބުމުން ނިހާން ގޮވާލިއެވެ. ” ދޮގެއް ދޯ ތީ.. ކިޔާނަށް އެއްވެސް ކަމެއް ނުވޭދޯ؟ ” ތުރުތުރު އަޅަމުން ދިޔަ އަޑަކުން މާޔާ ބުނެލިއެވެ. ނިހާންގެ އެ ވާހަކަ މާޔާ ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. ” ދޮގެއް ނޫން މީ ” ނިހާން ބުނެލިއެވެ. މާޔާގެ އަތުން ފޯނު ދޫވެގެން ބިންމައްޗަށް ވެއްޓުނު އިރު ދެލޮލުން ކަރުނަ ފައިބައިގަތެވެ. ހުއްޓުން އަރާފައި ހުރި އިރު ކިޔާންގެ ހަނދާންތައް ހިތުގައި އެނބުރެން ފެށިއެވެ. މުޅި ދުނިޔެވެސް ސުކުންތު ކޮޅެއްގެ ތެރޭ ފުނޑުފުނޑު ވެގެން ދިޔަހެން ހީވި ވަގުތުކޮޅެކެވެ. އިހްތިޔާރެއް ނެތި ބިންމަތީގަ އިށީދެލެވުނީ ފައިކޮޅުން ވާގިދޫވެގެން ކޮޅަށް ހުންނާނެ ހިތްވަރެއްވެސް ނެތުމުންނެވެ. މަޑު ގިސްލުމެއްގެ އަޑު ފެތުރިގެން ދިޔައެވެ. ފޯނު ވެއްޓުނީ ވެލިގަނޑު މައްޗަށް ކަމުން ފޯނު ހަލާކެއް ނުވެއެވެ. ނިހާން އޭރުވެސް ފޯނު ކަންފަތުގައި ޖަހާލައިގެން ހުރި އިރު މާޔާގެ ގިސްލުމުގެ އަޑުއިވުނު ހިނދު ހިތުގެ އެންމެ ހިމަ ނާރު ތަކަށްވެސް އަސަރުކުރުވިއެވެ. ދެލޯ ފެންކަޅިވެގެން ދިޔައީ ހިތަށް ތަދުވި ވަރުންނެވެ. ދެފަހަރަކު މާޔާއަށް ގޮވާލިއިރުވެސް ޖަވާބެއް ނުލިބުމުން ފޯނު ކަނޑާލަމުން އަނެއްކާވެސް ގުޅަން ފެށިއެވެ. އެކަމަކު މާޔާ ފޯނު ނުނެގުމުން ހިތް ބިރުގަންނަން ފެށިއެވެ.
އޮފީސް ކުއްޖަކަށް މާޔާ އިން ގޮތް ފެނިގެން އައިސް ހާސްވެފައި ކިހިނެއްވީހޭ އަހާލިއެވެ. މާޔާ އެއްވެސް އެއްޗެކޭ ނުބުނެ އެ ކުއްޖާ ގައިގަ ބައްދާލަމުން ރޮމުން ދިޔައެވެ. އެ ކުއްޖާއަށް މާޔާގެ ފޯނު ރިންގް ވާތަން ފެނިގެން ފޯނެކޭ ބުނެލިއެވެ. މާޔާ އެ ކުއްޖާ އަތުން ފޯނު ނަގަމުން ކޮޅަށް ތެދުވެ ކަރުނަ ފޮހެލިއެވެ. ދެން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. ” މާޔާ.. ” ” ނިހާން އަހަރެން ބޭނުން މާލެ ދާން. ޓިކެޓް ލިބޭތޯ ބަލާދީބަ.. މަންމައާ ދެމީހުންނަށް.. ” ނިހާން ބުނަން އުޅުނު ޖުމުލަ އަޑުވެސް ނައަހާ މާޔާ ވާހަކަ ދެއްކިއެވެ. ނިހާން އޯކޭ އޭ ބުނެލަމުން ފޯނު ބޭއްވިއެވެ. ” މާލެ ދާންތަ ތި އުޅެނީ؟ އަދި އެކަމަކު މިކޮޅުގެ މަސައްކަތް ނުވެސް ނުނިމެއެއްނު. ” އޮފީސް ކުއްޖާ ވާހަކަ ދެއްކިއެވެ. މާޔާ ހަމައެކަނި ބޯ ޖަހާލަމުން ދާން ހިނގައިގަތެވެ. ” އެކަމަކު މަސައްކަތް ނުނިމެނީސް ގޮއްސިއްޔާ ވަޒީފާއިން ވެސް ކަނޑާލާފާނެ އޭ.. ” އެ ކުއްޖާ އައިސް މާޔާގެ އަތުގަ ހިފާލަމުން ބުނެލިއެވެ. ” ހެޔޮ ވަޒީފާއިން ކަނޑާލިޔަސް. އެކަމަކު މި ވަގުތު އަހަރެން މާލޭގަ ހުރުން އެހެން ހުރިހާ ކަމަކަށްވުރެ މުހިއްމު.. އައި ނީޑް ޓް ގޯ ދެއާރ އެޓް އެނީ ކޯސްޓް.. ” މާޔާ އެ ހުރި ގޮތަށް ހުރެ އެހެން ބުނެލާފާ ދިޔައެވެ.
ގެއަށް ދިޔަ މަގުމަތީ ނިހާން ގުޅާލާފަ ޓިކެޓް ހަމަޖެހުނު ވާހަކަ ބުނެލިއެވެ. ގަޑިއާ އެއްޗެހި ބުނުމުން މާޔާ އޯކޭ އޭ ބުނެލަމުން ފޯނު ބޭއްވިއެވެ. ގެއަށް ގޮސް މާޔާ މަންމަ ކައިރީ މާލެ ދާން އުޅޭ ވާހަކަ ބުނުމުން ހައިރާންވިއެވެ. އެހާ ކުއްލި ގޮތަކަށް ދާން އުޅޭތީއެވެ. މާޔާ ފަޒީލާ ކުރި އެއްވެސް ސުވާލަކަށް ޖަވާބު ނުދީ އެއްޗެހި ޕެކް ކުރާށޭ ބުނެލިއެވެ. އެހާ ކުޑަވަގުތުކޮޅެއްގެ ތެރޭ ޕެކް ކުރަން ޖެހުމުން ފަޒީލާ ހުރީވެސް ކަންތައް ބޮޑުވެފައެވެ. މާޔާއަށް އެކަން ފާހަގަވެގެން އައިސް މަންމައަށް އެހީތެރިވެދިނެވެ. މާޔާވެސް އުޅޭތަނަށް ގޮސް ދަބަހަށް އެއްޗެހި އަލާ ޕެކް ކޮށްގެން އެއާޕޯރޓަށް ދިޔައެވެ. މިއަދު ވަގުތު ދާލެއްވެސް ދިގުހެން މާޔާއަށް ހީވެއެވެ. މާޔާ ނުރޯން ހުވާ ކޮށްގެން އިންފަދައެވެ. މޫނުމަތިން ހީވަނީ މިލާވެފަ އިން މަލެއް ހެނެވެ. ފަޒީލާއަށް މާޔާއިން ގޮތް ފެނުމުން ދެރަވެގެން ސުވާލުކުރުމުންވެސް ޖަވާބެއް ލިބޭ ގޮތެއް ނުވިއެވެ. ފަހުން ގޮސް ފަޒީލާ އަލާނުލީ ކިތަންމެ ވަރަކަށް އެހިޔަސް ޖަވާބެއް ނުލިބޭނެކަން އެނގޭތީއެވެ. ފްލައިޓަށް އަރާ އިން އިރު ދަތުރު ނިމެންދެން މާޔާ އިނީ ލޯ މަރާލައިގެންނެވެ. އެހެން އިން އިރު ބައެއް ފަހަރު ލޮލުގެ ހިމަކޮޅުން ކަރުނަ ފައިބައިގަނެއެވެ.
މާލެ ދެވުނު އިރު ނިހާން އެމީހުން ބަލާ އައިސް އިނެވެ. ފަޒިލާއަށް ނިހާން ފެނިގެން އެހާ ހިތްހަމަޖެހުނު ވައްތަރެއް ނުޖަހައެވެ. ނިހާން ހުރި ގޮތް ކަމުނުދިޔައީ ކަންނޭގެއެވެ. އެހެން ނަމަވެސް ވަގުތުގެ ގޮތުން ފަޒީލާ އެއްޗެކޭ ނުކިޔާ ހުރީއެވެ. މާޔާއަށް ނިހާން ފެނުނު އިރަށް އައިސް ބައްދާލިއެވެ. ” ކިޔާން ކިހިނެއް މިހާރު؟ ” މާޔާ ނިހާނާ ދުރުވެލަމުން ސުވާލުކޮށްލިއެވެ. މާޔާގެ ރަތްވެފައިވާ ދެލޯ ފެނުމުން ނިހާން ދެރަވިއެވެ. ” އަދިވެސް ހޭ ނާރާ.. އައި ސީ ޔޫ ގަ ވީ މިހާރު.. ” ނިހާން ދޮގު ހަދާކަށް ބޭނުންނުވީއެވެ. މާޔާ އަތުގަ ހިފާލައިގެން ގޮސް ކާރަށް އެރުވިއެވެ. ފަޒީލާ އަރަން ކާރުގަ ދޮރު ހުޅުވަދިނެވެ. ނިހާން ފުރަތަމަ ދިޔައީ ފަޒީލާ ލާން ގެއަށެވެ. ނިހާންމެންގޭ އުޅޭ ދައްތައަށް ހުރިހާ އެއްޗެއް ކިޔައިދީފަ ހުރުމުން އެ މީހާ އައިސް ފަޒީލާ ގޮވައިގެން އެތެރެއަށް ދިޔައެވެ. މާޔާއާ ނިހާން ދެމީހުން ހޮސްޕިޓަލަށް ދިޔައިރު ކާރުތެރޭގަ އޮތީ ހަމަހިމޭންކަމެވެ. ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ހޮސްޕިޓަލް ކުރިމައްޗަށް ކާރު މަޑުކޮށްލުމުން މާޔާ ނިހާނަށް ބަލާލިއެވެ. ނިހާންވެސް ބަލާލި ވަގުތު ކަމުން ދެމީހުންގެ ހަތަރުކަޅިހަމަވެގެން ދިޔައެވެ. ނިހާން މިއަދު މާޔާގެ ދެލޮލުން ހޯދަން ބޭނުންވީ އޭނައަށްޓަކާ އެ ދެލޮލުގައި ކުޑަ ލޮތްބެއްވެސް ވޭތޯއެވެ. ” ނިހާން.. ” މާޔާ އެއްޗެކޭ ބުނަން އުޅުމުން ނިހާން މާޔާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާ ހުއްޓުވިއެވެ. ” ޔޫ ޑޯންޓް ހޭވް ޓް ސޭ އެނީތިންގ.. ދޭ އެތެރެއަށް.. އަހަރެން އެބަ ދަން.. ” ނިހާން ބުނެލިއެވެ. މާޔާ ނިހާންގެ އަތުގަ ހިފާލިއެވެ. ނިހާން ކުޑަކޮށް ހީލަމުން މާޔާގެ ނިތްކުރީގަ ތުންފަތް ޖައްސާލިއެވެ.
މާޔާ ހޮސްޕިޓަލްގެ އައި ސީޔޫ އާ ދިމާލަށް ކުދި ފިޔަވަޅުތައް އަޅަމުން ދިޔައިރު ހިތް ތެޅެމުން ދިޔައެވެ. އާއިލާގެ މެންބަރުންތައް މާޔާ ފެނުމުން ބަލާލިއެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔަ ހިތާމަވެރި ކުލަވަރުތަކުން މާޔާ ކުރި ހިތްވަރުވެސް ނެތިދާން އުޅޭފަދައެވެ. ނުރޯން މަސައްކަތްކުރަން ތުންފަތުގައ ބާރަށް ދަތް އަޅާލިއެވެ. ދޮރުކައިރީ ކޮޅަށް ހުއްޓިލައިގެން ހުރި ޒިޔާން ކައިރިއަށް ގޮސް މާޔާ ހުއްޓިލިއެވެ. ޒިޔާން މާޔާއަށް ބަލާލިއެވެ. ” އަހަރެން ބޭނުން ކިޔާނާ ބައްދަލުކުރަން.. ޕްލީސް.. ” މާޔާ އާދޭސް ކުރާ ރާގެއްގައި ބުނެލިއެވެ. މާޔާގެ ދެލޮލުން ފެންނަމުން ދިޔަ ވިދުވަރުން ޒިޔާނަށް ނޫނެކޭ ބުނަން ވެސް ނުކެރުނެވެ. ބޯ ޖަހާލަމުން މާޔާ އެތެރެއަށް ވައްދަން ދަނިކޮށް މާއިޝާއައިސް ކުރިމައްޗަށް ހުއްޓިލިއެވެ. ” މާޔާ.. ޔޫ… ” މާއިޝާ ބުނަން އުޅުނު ޖުމުލަ ފުރިހަމަ ނުކުރެވުނީ މާޔާ އެނބުރި މާއިޝާއާ ހަތަރުކަޅި ހަމަކޮށްލަމުން ބުނެލި ބަސްތަކުންނެވެ. ” ނޮޓް ނައު ” އަކުރުތަކަށް ބާރުލާފަ މާޔާ އެހެން ބުނެލި އިރު އަޑުގައިވެސް ކުޑަ ހަރުކަށިކަމެއް ވިއެވެ. މާއިޝާ ބުނަން ބޭނުންވި އެއްޗެހި ހުރިނަމަވެސް މާޔާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން ދުލުގައި ތަޅެއް ލެވުނު ފަދައެވެ. އެ މޫނުމަތިން ފެންނަމުން އެދަނީ ފަހަރެއްގެ ދުވަހަކުވެސް ހުދު މާއިޝާގެ މޫނުމަތިންވެސް ނުފެންނާނެ ކުލަވަރުތަކެވެ. ދެލޯ ކަރުނުން ފުރިފައި ހުރި އިރު ދުލުން ނުބުނެވޭ ކިތަންމެ ޖަޒުބާތުތަކެއް އެ ދެލޮލުގެ ތެރޭ ފޮރުވިފައި ހުއްޓެވެ. މިއަދު މާޔާގެ މޫނުމަތިން ފެންނަމުން މިދާ ކުލަވަރުތައް މާއިޝާ ކުރިން ނުދެކެއެވެ. ފަހަތަށް ދެތިން ފިޔަވަޅު އަޅާލީ މާޔާއަށް އެތެރެއަށް ވަނުމުގެ ހުއްދަ ދޭ ފަދައިންނެވެ.
ކިޔާން އޮތް އެނދާ ދިމާލަށް މާޔާ ފިޔަވަޅުތައް އަޅަމުން ދިޔައިރު މޭ ފަޅާލާފަ ހިތް ނުކުމެދާނެ ހެން ހީވިއެވެ. އެތައް ބައިވަރު ހޮޅިތައް ގުޅާލާފަ، މޫނުމަތީ ބޮޑު މާސްކް އަޅާފަ އޮތް ކިޔާން ފެނުނު ހިނދު މާޔާ އަނގަމަތީ އަތް އަޅާލިއެވެ. ގައިގެ އެތަން މިތަނުގަ ބެންޑޭޖް އަޅާލާފަ އޮތެވެ. މާޔާ ކުދިފިޔަވަޅުތައް އަޅަމުން ގޮސް ކިޔަން ކައިރީ ހުއްޓިލިއެވެ. ކިޔާންގެ އަތުގަ ހިފާލަމުން މާޔާ އެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ” ކިޔާން.. އަހަރެން ދޫ ކޮށްފަ ދާންތަ ތި ވިސްނަނީ އަނެއްކާވެސް.. ކުރިން ފަހަރު އަށް އަހަރު ވަންދެން ކިޔާން އަހަންނާ ދުރުގަ ހުރީ.. ދެން މިހާރު ކިތަށް ދުވަހަށް ދާން ތި އުޅެނީ؟ ބުނެފަ ދޭބަލަ.. އޭރުން އަހަރެން ކިޔާން އަންނާނެކަމަށް ކޮންމެ ދުވަހެއްގެ ވަގުތުތައް ގުނަން ނުހުންނާނަން.. ނޫން.. މި ފަހަރު އަހަރެން ކިޔާން އަންނާނެ ދުވަހަކަށް އިންތިޒާރެއް ނުކުރާނަން.. އެއީ މިފަހަރު ކިޔާނަށް އަހަރެން ދޫކޮށްފަ ނުދެވޭނެ.. އަހަރެން ކިޔާން ދިޔަކަ ނުދޭނަން.. ކިޔާން… ވޭކް އަޕް.. ޕްލީސް. ކިޔާން ސަލާމަތުން ހުރުމަކީ ވެސް އަހަންނަށް ދުނިޔޭގަ އުޅެން ލިބޭ ހިތްވަރެކޭ.. އަހަރެންގެ އަތުން އެ ހައްގު ނިގުޅައިނުގަނޭ ކިޔާން.. ޕްލީސް.. އަހަންނާ ވާހަކަ ދައްކަބަލަ..” މާޔާ ނުރޯން ހިތްވަރުކޮށްގެން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. އެހެންނަމަވެސް ލޮލުގައި ގިނަވެފަ ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގަތެވެ.
” އޯކޭ ފައިން.. ކިޔާން ބުނީމެއް ނު އެންމެ ފަހަރަކު ނަމަވެސް އަހަރެން ކިޔާންދެކެ ލޯބިވާ ވާހަކަ އަޑުއަހަން ބޭނުމޭ.. އެ ވާހަކަ އަޑުއަހަން ލޯ ހުޅުވަބަލަ.. އައި ލަވް ޔޫ ކިޔާން.. ވަރަށް ބޮޑަށް ލޯބިވޭ… އަހަންނަށް ކިޔާން ނެތް ދުނިޔަކު ނޫޅެވޭނެ.. ހެޔޮނުވާނެ ލޯ ހުޅުވަބަލަ.. ވޭކް އަޕް ކިޔާން .. ވޭކް އަޕް.. ކިޔާން… އައި ލަވް ޔޫ..” މާޔާ ރޮމުން ބާރަށް ވާހަކަ ދައްކަމުން ދިޔައިރު ކިޔާންގެ ގައިގަ ހިފާ ތަޅުވަމުން ދިޔައެވެ. އަޑުގަދަވެގެން މާޔާ އެތަނުން ނެރެން އައި ނަރުސް ކުއްޖާވެސް މާޔާގެ ޖުމުލަތައް އަޑުއަހަން ހުއްޓިލައިގެން ހުރީ ފެންކަޅިވެފައެވެ. މާޔާ ރޮމުން ރޮމުން ޖޯޑުކޮށްލެފިވައިވާ އެދެމީހުންގެ އަތުގަ މޫނު ފޮރުވާލިއެވެ. ” އައި ލަވް ޔޫ ކިޔާން.. ” މާޔާ ރުއިން ހުއްޓާލާފަ ކުއްލިއަކަށް މޫނު އުފުލާލީ އޭނަގެ އަތުތެރޭގަ އޮތް ކިޔާންގެ އަތް ހަރަކާތް ކުރިހެން ހީވެގެންނެވެ. މާޔާ ކިޔާންގެ މޫނަށް ބަލާލިއިރު ކިޔާން އުދަގޫ ގޮތަކަށް ލޯ ހުޅުވަން މަސައްކަތް ކުރަމުން ދިޔައެވެ. މާޔާ ހިނިތުންވެލަމުން ނަރުސް ކުއްޖާއަށް ގޮވާލިއެވެ. ނަރުސް ކުއްޖާ އިހަށް މާޔާ ކައިރީ ބޭރުގަ މަޑުކޮށްލާށޭ ބުނުމުން މާޔާ ދާން އެނބުރިފަވެސް އަނެއްކާ އެނބުރިލަމުން ގުދުވެ ކިޔާންގެ މޫނުގައި ބޮސްދިނެވެ.
ބޭރަށް މާޔާ ނުކުތް އިރު ތުންފަތްމަތީގަ ވީ ހިނިތުންވުމުން ކިޔާން ހޭ އެރީކަން އެންމެނަށްވެސް އެނގުނެވެ. ޒިޔާން އައިސް ޔަގީންކުރަން މާޔާ ކައިރީ އެހުމުން މާޔާ ބޯ ޖަހާލިއެވެ. ޒިޔާން ހީލަމުން ކުޑަކޮށް މާޔާ ގައިގަ ބައްދާލަމުން ތެންކިޔު އޭ ބުނެލިއެވެ. ދުރުގައި ހުރި މާއިޝާ ކިޔާން ހޭއެރުމުން އުފާވިއެވެ. އެހެންނަމަވެސް ކިޔާން ހޭ އެރީ މާޔާއާ ހެދިއޭ ހިތަށް އެރުމުން އިސްއޮބާލިއިރު ލޮލުން ކަރުނަ ފައިބައިގަތެވެ. އެހެންމީހަކަށް ނުފެންނެހެން މާއިޝާ ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް ނިވާވެލިއެވެ. މާޔާ ހީލަމުން ޒިޔާންގެ އަތަށް ފިތާލަމުން އެއް ފަރާތެއްގައި ހުއްޓިލައިގެން ހުރި ނިހާން ފެނުމުން އެ ދިމާލަށް ދަނިކޮށް ޝަހާ އައިސް ކުރިމައްޗަށް ހުއްޓިލިއެވެ. ” މާޔާ.. ކިޔާނަށް ހަގީގަތް އެނގިއްޖެ.. ހުރިހާ އެއްޗެއް.. އަހަރެން ކިޔައިދީފިން.. ކިޔާން ހަގީގަތް އެނގިގެން ދިޔަފަހުން އެކްސިޑެންޓް ވީ.. ” ޝަހާ ދެރަވެފައި ހުރެ ބުނެލިއެވެ. މާޔާ ލޯ ބޮޑުކޮށްލިއެވެ. ކިޔާނަށް ހަގީގަތް އެނގެންޏާ އޭނަ ކައިރިއަށް އަންނާނެއެވެ. މާޔާ ވަކި އެއްޗެކޭ ނުބުނެ ނިހާން ކައިރިއަށް ހުއްޓިލަމުން ގެއަށް ހިނގާށޭ ބުނެލިއެވެ. ނިހާން ބޯ ޖަހާލަމުން ދިޔައެވެ.
ގެއަށް ގޮސް މާޔާ ދިޔައީ ސީދާ ކޮޓަރިއަށެވެ. ނިހާން އިރުކޮޅަކު ތިރީގަ އިނދެފަ މައްޗަށް ދިޔައެވެ. ކީއްވެ ކަމެއް ނޭގެއެވެ. މާޔާ ކުރިމައްޗަށް ދާން ބޭނުމެއް ނުވީއެވެ. ހިތް ބިރުގަންނަނީއެވެ. ނިހާން ކޮޓަރިއަށް ވަން އިރު މާޔާ އެނދު ކޮޅުގައި އިށީދެލައިގެން އިނީ ދެއަތުގެ ތެރޭ މޫނު ފޮރުވާލައިގެންނެވެ. ނިހާންގެ ފިޔަވަޅުގެ އަޑަށް މޫނުން ދެ އަތް ވަކިކޮށްލަމުން ބަލާލިއެވެ. ކޯތާފަތުގައި ވިދަމުން ދިޔަ ކަރުނަތަކުން މާޔާ އިނީ ދެންމެ ރޯންކަން އެނގެއެވެ. ނިހާން ގޮސް މާޔާ ކައިރީގަ އެނދުގަ އިށީދެލަމުން މާޔާގެ މޫނުގައި ދެއަތުން ހިފާލަމުން ކަރުނަތައް ފޮހެލަދިނެވެ. ” ކިޔާނަށް ހުރިހާ އެއްޗެއް އެނގިއްޖެ ” މާޔާ ނިހާނަށް ބަލަން އިނދެ ބުނެލިއެވެ. ” އެނގޭ.. ކިޔާން އައި މި ގެއަށް މާޔާ ހޯދަން.. މި ގެއިން ނުކުމެގެން ދަނިކޮށް އެކްސިޑެންޓްވީ.. ” ނިހާން މާޔާ މޫނުން ދެ އަތް ވަކިކޮށްލަމުން ބުނެލިއެވެ. މާޔާ ނިހާނަށް ބަލާލަމުން އިސްއޮބާލިއެވެ. ދެން އިވިގެން ދިޔައީ މަޑު ގިސްލުމެއްގެ އަޑެވެ. ނިހާން މާޔާގެ މޫނުގައި ހިފާލަމުން އިސްއުފުލާލިއެވެ. މާޔާ ނިހާންގެ ގައިގަ ބައްދާލަމުން ރޮމުން ދިޔައެވެ. ” ކިޔާން އެ ހާލުގަ އެ އޮތީ އަހަންނާ ހެދި.. އަހަންނާ ހެދި ކިޔާނަށް ލިބެނީ ހުސް އަނިޔާ.. އަހަރެން ކީއްކުރަންވީ.. ނިހާން.. ކިޔާން އެ ހާލުގަ އޮތް އިރު ބަލަން އަހަރެންގެ ހިތަށް ކުރި އަސަރު ބުނެދޭކަށްވެސް އަހަންނަށް ނޭނގެ.. ނިހާން.. އައި ލަވް ހިމް.. ” މާޔާ ރޮމުން ކިޔަމުން ދިޔައެވެ. އެ ޖުމުލަތަކުން ނިހާންގެ ހިތަށް ކުރާނެ އަސަރު އިހްސާސް ނުވާ ހާލުގައެވެ. ނިހާން މާޔާ ގަޔާ ދުރުކޮށްލަމުން އެ މޫނަށް ބަލާލިއެވެ. ” މާޔާ ބޭނުންވަނީ ކޮން ގޮތެއް؟ ” ނިހާން ތުރުތުރު އަޅަމުން ދިޔަ އަޑަކުން ސުވާލުކޮށްލިއެވެ. މާޔާ އިސްއުފުލާ ނިހާނަށް ބަލާލިއެވެ. ނިހާންގެ ފެންކަޅިވެފައިވާ ދެލޮލަށް މާޔާ ބަލަން އިން އިރު ތުންފަތުގައި ދަތް އަޅާލެވުނެވެ.
4 އަހަރު ފަސް
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
90 Comments!
Comments are closed.



Thank u saarah vaahaka up kohdhinythy
kiyaan nd maaya aa vakivejeya this is boring
Hey! I will upload next part on sunday. 🙂
Thank you 🙂
So 4 aharu fahun Maaya aa Kiyaan aa marry dho kuraany. V foohi. Hama abadhuves konme vaahaka egga ves hadha goiy mee. Nikamethi Nihaan ah huriha hithaama eh :/ vaahaka upload vaany dhen kon irakun Saarah. Assu mivaahaka v rythi inge. Ekam Maaya aa Kiyaan aa gulhiviya hadi vaane. :p
yeah i agree abadhu ekaccheh
Woww..
Dhn vx maaya n kiyaan gulhuvabr..
Vaahaka kiyaalaafr niha yah hama rovihje. Dhn maaya fakeerah ehr hiydhathikan nudheebr dhw.. Awsome story eh.. plxx upload next part soon..
Nihaan nd maaya dhuruvehjiyya boring vaany…
wow v v salhi mihaaru mivaa goiy. plx save kiyaan
Saarah kiyaan nd maaya nugulhuvaathi ngeyy….
Ohhhhhh… kon kahala hisaabakun thi ninmaalyyy.. haadha undhagu vaaney next bayah wait kuran… varah varsh vwrsh varaaaahhhh rythi….
Vvvvvvvv salhi. Plz avahah up kohlahchey. Waiting waiting waiting.
kiyaan aa mayaa gulhuvalaa
maisha preg eh ves noonenun
Varan reethi
Nihaan n maaya vakivehjiya v hadi vaane
kiyan ah maya nulibijjiyya loabi dhen evarah bayaku vaane kameh nei.
Wow very nice I like that story withing for the next part
alhey migothah vaahaka nuliyebala. dhen hama nulaahiku reethikoh maya aa nihan ulhenikoh dhen haadha hadiey mi vaahaka. mee ehen vaahakathakuge copy ehtha. hurihaa vaahakaehggai ehgothakah vanee varah foohi. dhen nihan aai maishaa maraalaa. varah varah foohi vaahakaeh
haadha foohi vaahakaekey mee. maayaa aai nihan aa dhemeehun dhuru nukuruvahchey pls n maisha aaai kiyan aa ves dhurunukuruvaathi pls pls
V v nice. kon irakun next part?
Mibai kiyaafa heevanee vahaka kurin gendhan ulhungothakah nunhen mibai midhiyaeee.
Anhaa… Haadha ehn Kahala hisaabakun hatharu aharu fas thi genesdheyn ulhenii… I think mi story in dhn meehaku maruvanyya kiyaan kanneynge dho maruvaany.. Knme gotheh hedhiyas Maya nd nihan dhn dhuru nukuruvahchey ingey.. Eyrun vrh hadivaane… Awwnn nd next part ga kuda kuda baby ehvx ulheyne dho 4 years later vehjiyya.. Kiya hithun maruvany miharu.. Vrh Nala mi story ge huriha part eh vx hama.. Plxx avahah upload kohlahchey…
alhe story nimentha miulheny… v reethi mibaaaives. v hiyy thelhey kahala gothakah thi mimmaaly. waiting for nxt part… maayaa n Nihaan dhuru nukurahchey….
nimmaaly* 🙂
mi part v touching…
waiting for the next part..
Mashah hama rovihje.. Varah touching… reethi..!! salhi..!! awesome..!!
:-);-):D:) ★☆★☆
this story is so awesome alsu maaya inthixaaru kury kiyan ah..nihan waiteds for maayaa..so kiyan aa maayaa worth ee gulhun..dhn nihan aa gulhunyma vx reethivaane..after all hama marriage fahun vx hama vevey loabi maa gina duvahu dhemi ovey..dhn liyunteriyaa will knw..
v hadi kiyaahiteh nuvey… foohi vaahakaeh
Vafaaa nuvx kiyAAA coment kuraane kameh neh… vaahaka hama varah rythi
maayaa maraalaaa
Maaya beynumeh nuvaane ma ehaa dhera kuraaka. She has a v big heart. N dhen kiyaan accident ga handhaan netheyni hurihaa memories thah. She will luv me in the end. N then we will live our happily ever after. 🙂 anyways vaahaka salhi.
????????
nihaan ah vx enge ehnu maayaa nihaan dhera nukuraanekan.. maayaa dheke thiyahvure loabivaaane ithuru myheh nulibeynekan yagyn… n maayaa dhn kiyaan eh beynumeh nun.. so we will live happily ever after
Oh god. This is so funnyy ???
Someone please get kiyaan over here ?
aharen maraalaa kykuran ulhey nihaan neh beynumeh noon nihaaneh
Fahu bai dhw dhen othy….
den varah foohi 4 years fahun kiyaan and maya marry kurevifa hurihya. Aslu intizaaru kury nihaan dhw maya ah and maya ah takaa hurihaa gurubaany eh ves v nihaan dhw. Den nihaan ah maya nilibunihya story varah foohi vaane alhe den plx maya and nihaan durunukurahchey ingey plx. plx
Nimmun sakaraaih. aharu aharu fas kuranyaa sakaraaih. continuously genaima salhy. 4 aharu fas vaa iru haadha kameh change vefa ey hunnaany. maheh ge therey ves ethah kameh change vey. not only month week eh ge therey ves dho.
mi bai varah salhi. ekam varah hindi drama thakaa vattharu. maayaa gos kiyaan wake up ey kiyaa thalhuvaa. ehaa serious iru meehunah vadhevey tha? its not so sensable. But overall nice story! ^_^
And yes 4f!4h I watch a lot of hindhi movies. Maybe that have effected badly. ??
Anyway thankyou 🙂
maayaa ge mamma yaa maayaa yaa maishaa yaa nihaan aa kiyaan aa emmen ge othy thafaathu life story eh. dhen 4 aharu fas kuryma not gud saarah! Nihan ah ufan veen sure hiy dhathi kan. nimunu iru ves hiy dhathi kan. kommes kolheh ga jessi nama emmen ves.
maayaa ge mom maayaa ah libifa. kiyaan dheke maishaa love vefa vafaa theri ambeh libifa. maishaa loabi vaa meehaa maishaa ah libifa. dhen nihaan ah koncheh othy? maayaa nihaan aa vaki vejjiyyaa nihaan baaky vaany anekkaa ves. nihaan ge mamma eh bappa eh family eh neih ekani veri eh ge gothuga! e_e
Make it a bit fare for everyone Saarah! pleeeeeeeeeez!
4f!4h. In the end everything will be fair. Some people will like it and some won’t. Because here there two parties. Some supporting nihaan-maaya and others supporting kiyaan-maaya. So its pretty obvious one group would be dissapointed for sure.
And as far as how the story is going i want say sometimes i feel like i should have written this. I sould have written like this. I get confused sometimes. And in the end i end up with the last thought on my mind. Which sometimes turn out to be something even i dnt like. I have even changed the plot. :p I am a 19 year old girl and This is my very first story,. You readers support made me reach here. Honestly i cant believe i have written 30 episodes.
I really appreciate your support. Thank you 🙂
Saabahey thi myhunnah maya n nighaan gulheynee kiyaan maru vaanee okdine
Kiyaan and maaya gulhenee.. 4yrs fahun kiyaan nd maayaage kaiweni waa goi hadhaaba..
wow salhi!!!! nihaan n maya dhuru kuruvaafa kiyaan n maya gulhu vaifihyya v hadi vaane vaahaka.. kiyaan dnt deserve maya……
Saarah i knw. Thankolheh kurin part ehga vx buni mi vaahaka ninmanney miulhenii eyru like 24 ep ah vireh madhu vaane. Now look. Hatxx pff ?????????
Yes. Actually I thought 15 varakah episode in ninmaaleveyne kamah story visnaalaafa oiy gothah. But look. Its 30 and still not finished. ??
Ahannaa maya aa enme kurin surevx loabi vey. Dn ahannah maya libun haqqee . Aharen mara nula sara. This story is awesome:)
Finally here comes kiyaan ?? kiyaan merumaa medhu visnaalaanan. Kuda iru school ga kuru vaahaka liyaa iru folhuvaiy hamavma eyga meehun maraalanee avahah ninmaalan. Mi story vesninmaalan avahah enmen maraalan v dhw. Hahahaha ??
Kiyaan… maaya adhivx kiyaan dheke loabiveyy… bt tht dsnt mean maaya nihaan dhookohlaafa kiyaan kairiyah dhaane ekeyy. Nihaan dherakoh laafa kiyaan kairiyas goss maayaa ah ufalugaeh nulheveyne..N maaya ah yagyn nihaan loabi vaa varah maaya dheke loabi vaane ithuru myheh maayaa akah nulibeynekan.. nihaan e vaa loabyge badhalga nihaan ge hiyy halaaku kohlaane hiyyvareh neyy… dhn kiyaan ah vx enme rangalhu vaany maaisha aa ekyga ufaaveri dhiriulhumeh ulhun.. i am sorry kiyaan..
Ahannah maaya aa kiyaana dhemeehun dheythre ah vadhevunythy inthihaa ah dheravan. Ekamaku kiyaan ves mihaaru gaboolukuran jehey hageegathaky maaya aky aharenge anhenun kan. Adhi kiyaanaky ehn meehege firiehkan. Aharen maaya dheke varah loabivey. Aharen nethin maaya vari kuraakah. Maaya aharendheke loabi vaane kamuga inthizaaruga aharen hunnaanan.
Plx plx nihaan aa maaya vaki nukurahchey heyonuvaane
eii nooon kiyaan ! plss ahnnaa dhurah nudhacheyh! eyrah aharen dhuniyein moya vaane! 😛 saara kiyaan maraa nulahcheyh! cant wait for the next part.. plss update it asaap! :* i love this story <3 <3
vvvvvv vvvvvv vvvvvv reethi
Alhe Maayaa n Nihan gulhuvahcheyyy plz kiyan ahh dhn Maayaa nudhehcheyyy
This story is awasome?
Saaraa suprize ahkah ahvaha update kohla dheebah plz plz..mihar nidenwe keyves noon mivahaka nimeyne gothe neygigen
Ma beynun nihaan ah merry kuran
Sarah nehtha avahah up kohdheveykah.. vry curious ?
Thankolheh avahah up kohdhyba saraa ):
My favourite story in esfiya
maya dn aharen mioi haadhuvahu maya dheke vee loabi kobaatha? thi nihaane fenuny vx ahannah vure maa fahun. nihaan ge sababun maya ahannaa dhuruvy. nihaan aharen maraaalan ulhunyma vx maya nihaanah hamdharu dhee vanytha? huh maya ahannah nulibenya dn aharen maraalaa sara ;(
I agree with u kiyan..maayaa deserve only u nt nihaan..btw i really like u..
Soo heart touching.. ???❤??????????
???????
???????
???????
???????
???????
???????
???????
???????
???????
???????
???????
???????
???????
???????
???????
???????
???????
???????
???????
???????
???????
???????
???????
???????
???????
???????
???????
???????
???????
???????
???????
??????
Wahaka nimen Tha e ulhenee? Plz eha awaha nihma nulahchey….mi wahaka Sarah reethi….n nihaan n maaya waki nukurahchey dhen….I don’t know but I have a bad feeling about the next part…….I hope it will be amazing like all other parts….but 4 years later is a long time…..plz make it good…. ☺
Sorry I meant mi wahaka warah reethi…..not Sarah reethi….sorry for the mistake
Avahah upkohdhyba cant’wait
dhen warah maja mithaanga eh baii kudhin maa kiyaan dheke loabi vegen ulhey iru mee dhuniyeyga hunna meeheh vess nooney. :3 i want to marry liyaan ov 😛 loll 😛 hahahaha hama heveny..
Thankolhen avahan up kohdheeba Milan nuvanna huttalsn veeanun abadhves balany aavaahakaen nukumevaytho v foohi
Saarah might be busy, due to which she is unable to upload the story. You guys should understand that. Just because she is writing stories dosnt mean that she is sitting home enjoying her life. Maybe she is in a job. She dosnt get all the time to just sit and keep typing. Understand others life too. Dont’ be so selfish.
No offense 🙂
Koba nxt part … 🙁
alhey sarah m waiting… i jxt cnt wait… oh gd hama cmmnt kh nulaa nyndhevny. this is one of the bst stry vrh kiyaa hithun ky.. i luv this.. i hope avahah up khdheyne kamah.. miadhu heylin sure hama esfiya home reld kh kh myndhy.. hehehe.. hiyy vrh avas vefa mihry vx.. n thnks mihaa salhi stry eh genes dheythy… i luv this…….. 😉
Awwn ryn. Thats so sweet of you. ? thank you so much.
I am actually really buzy these days. My brother got discharged from hospital last night. I dindt get time to write the story. But i am trying my best to upload the story today. Hopefully tonight. Insha allah.
Once again thank you ❤️?
ehntha its ok… 😉 i cn undrstnd.. bt hama curious vgn cmmnt khly enme fahun hehehe.. n welcm.. i will wait.. 😉
Kiha iraku upload kohleyveyny avass plxx
Waiting waiting….. plxxxxxx upload fasssstttt …… ????
Kobaa meyadhu ge part haada lahay
Haada lahey konirakun up kuraanhy inixaaruga mihury keh madhuvefa plx up
waiting to read this beutiful story…n v curious to knw de changes in their lives…btw 35 hama kohlaafa ingey ninmaanee…heheh
Kobaa sarah…aneh part….waiting.waiting…plx avas koh bala.
Pls vaahaka up kohdhyba saarah. Thihaa inthixaaru nukuruvaba
Plx saarah…avas koh bala
Avahah up kohdhyba plx plx
Kobaaatha alhey… Irukolhakaa balaalevey….
alhey kobaataha
alhey kobaataha saarah
saarah..where r u?? shaph mihaaru waitt koh koh warubaliwehje ….. mirey mi story nukiyanees nunidheyne kan yagyyn..ehnwe mi comment khlyy..saarah plxx plxx awahah up khdhyba..mi warah readers thalhuwaakah nuwaane ehnu..aslu shaph mi story kiyanfeshy iyye…bt kiyan fashaafa huhtaa hitheh nuwi.. ehenwe 30 parts iyye r miyadaa laigen kiyaa ninmaaly.. waitingg eagerlyy …plxxxx habareh welaaba.
alhey kobaatha kon irakun up kurany…………. plx plx avahah kohdhyba
Vaahaka upvefa inthow hama beleneee .
Avas kohbala saarah.vaahaka kiyaa hithun kehvanee eh vx noon.avahah up kohbala.plxx.nunidhaa mi onnanee vaahaka kiyan vegen….
Sanu buni hen ma vx mi balanee vaahaka up kurey thoa.