Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ( 29 )

saarah
November 9, 2015
11 Mins Read
58 Comments

މާޔާ ދާން ފެށުމުން މާއިޝާ ހުއްޓުވަން ވެސް ނޫޅުމުން މާޔާ ދެރަވިޔަސް އަޅާނުލާ ދިޔައެވެ.

ރޭގަނޑު ވަގުތެވެ. ނިހާން ބަގީޗާގެ ހުރި ބެންޗުގެ އެއް އަތްގަނޑު މަތީ ބޯ އަޅާލައިގެން އަނެއް އަތްގަނޑު މަތީ ފައި ބާއްވަމުން ތިރިއަށް ދޫކޮށްގެން އޮށޯވެލައިގެން އޮތީ ފޯނާ ކުޅޭށެވެ. އިރުކޮޅަކުން މާޔާ ދެކޮފީ ތަށި ހިފައިގެން އައުމުން ނިހާން ފޯނު ތިރިކޮށްލަމުން ބަލާލީ ނިކަން ހިތްގައިމުކޮށެވެ. މާޔާ ކުރިމަތީ ހުރި މޭޒުމަތީ ކޮފީތަށިތައް ބަހައްޓަމުން އެތާ ދެން ވަކިން ހުރި ގޮނޑީގަ އިންނަން އުޅެފަވެސް އައިސް ނިހާން ކުރިމަތީ ހުއްޓިލަމުން ގުދުވެ ނިހާންގެ ބޮލުގަ ހިފާ އުފުލާލަމުން ބެންޗްގެ ކޮޅުގަ އިށީދެލަމުން ނިހާންގެ ބޯ އޭނަގެ އުނގުމަތީ ބޭއްވިއެވެ. ނިހާން ހައިރާންވެފައި ބަލަން އޮވެވުނީ ލޯ ބޮޑުކޮށްލައިން ފާޑަކަށް އަނގަ ހަދައިގެންނެވެ. މާޔާ ކޮފީތަށި ނަގައިގެން ތުނބުގައި ޖައްސަން އުޅުނު ވަގުތު އަދިވެސް ނިހާން ބަލަން އޮތް ގޮތުން ބުމަ އަރުވާލަމުން ” ވަޓް ” އޭ ކިޔާލިއެވެ. ނިހާން ހީލިއެވެ. ” ކޮފީ ނުބޯނަންތަ؟ ” މާޔާ ސުވާލުކޮށްލިއެވެ. ނިހާން އެ އޮތް ގޮތަށް އޮވެ ބޯ ހޫރާލީ ނޫނެކޭ ބުނަމުންނެވެ. މާޔާ ކީއްވެހޭ ސުވާލުކޮށްލިއެވެ. ” އޮށޯވެގެން އޮވެ ކޮފީއެއް ނުބޮވޭނެ އެއްނު.. އަހަރެން ތެދުވާކަށް ބޭނުމެއް ނޫން.. މި ކަހަލަ ޗާންސް އަބަދު ނުލިބޭނެ ވިއްޔާ.. ސޯ އައި ވިލް ޖަސްޓް އެންޖޯޔީ ދި މޮމެންޓް.. ” ނިހާން މާޔާއާ ހަތަރު ކަޅި ހަމަކޮށްލަމުން ބުނެލިއެވެ. މާޔާ އެއްޗެކޭ ނުބުނެ ބަލަން އިންގޮތުން ނިހާން ހީލަމުން ލޯމަރާލިއެވެ. ” ހަމަ ލިބިދާނެ އެއް ނު އަދިވެސް ޗާންސް.. ” އިރުކޮޅެއްގެ ހިމޭންކަމަށް ފަހު މާޔާ ބުނެލި ޖުމުލައިން ނިހާން ލޯ ހުޅުވާ ބަލާލީ ފާޑަކަށެވެ. ދެން އަތް އުފުލާ  މާޔާގެ ނިތްކުރީގައި ނުފުށުން އަތް ޖައްސާލިއެވެ. ” އާރ ޔޫ އޯކޭ؟ ” ނިހާން ސުވާލުކޮށްލިއެވެ.  ” ކިހިނެއްވީ؟ ” މާޔާވެސް ސުވާލުކޮށްލިއެވެ. ” މިރޭ މާ ފާޑަކަށް އުޅޭތީ.. ” ނިހާން ބުނެލިއެވެ. މާޔާ އަނގައަށް ވައްތަރެއް ޖައްސާލަމުން ނިހާންގެ އަތުގަ ކުޑަކޮށް ޖަހާލަމުން ތެދުވާށޭ ބުނެލިއެވެ. ނިހާން ހެމުން ތެދުވެ އިށީދެލަމުން ކޮފީ ތަށި ނެގިއެވެ.

” އަހަރެން ބޭނުން ވާހަކައެއް ބުނަން ” ކޮފީތަށީގެ ދާރައިގަ އިނގިލިތައް ހިންގާލަމުން މާޔާ ބުނެލިއެވެ. ނިހާން މާޔާއަށް ބަލާލަމުން ބުނާށޭ ބުނެލިއެވެ. ” އަހަރެން ބުނީމެއްނު މާއިޝާއަށް އަހަންނާ ކިޔާންގެ ގުޅުމުގެ ވާހަކަ އެނގުނޭ.. އެކްޗުއަލީ މާއިޝާއަށް އެކަން އެނގުނީ އެހާ ރީތި ގޮތަކަށް ނޫން.. އެހެންވެ ކަންނޭގެ އަހަންނާ ވާހަކަ ދައްކަންވެސް ބޭނުންނުވީ.. އަހަރެން މާއިޝާގެ މަގާމުގަ ހުރިނަމަވެސް ކަންތަން ކުރީސް އެ ގޮތަށް ކަން ނޭނގެ.. ” މާޔާ މަޑުމަޑުން ކިޔަމުން ދިޔައެވެ. އެހާ ހިސާބަށް މާޔާގެ ވާހަކަތައް ދިއުމުން ނިހާން މާޔާ ހުއްޓުވައި ކީއްވީހޭ އަހާލިއެވެ. މާޔާ އިސްއޮބާލިއެވެ.  ” އަހަ.. އަހަރެން.. އަހަރެން ކިޔާނާ އެއްކޮށް ސްލީޕް ކުރިން.. ” މާޔާގެ ޖުމުލައިން ނިހާން އަތުގަ ހުރި ކޮފީތަށިވެސް ދޫވިއެވެ. މާޔާ އަދިވެސް އިސްއޮބާލައިގެން އިނދެ އެރޭ ކިޔާން އޭނައާ ދިމާލަށް ކީ އެއްޗެހީގެ ވާހަކަވެސް ކިޔާދިނެވެ. މާޔާ ކިޔާނާ އެކީ ނިދި ހަބަރަށް ވުރެ ކިޔާން މާޔާއާ ދިމާލަށް ކީ އެއްޗެހި އެނގުމުން ނިހާން އައި ރުޅިގަދަޔެވެ. މާޔާގެ ވާހަކަތައް ނިމގެން އިރުކޮޅެއް ވެދިޔަ އިރުވެސް ނިހާން އެއްޗެކޭ ނުބުނުމުން މާޔާ އިސްއުފުލާ ބަލާލިއެވެ. އޭރު ނިހާންވެސް އިނީ މާޔާއަށް ބަލަން ކަމުން ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ” މާޔާ.. އަހަރެން ނެތިން ދުވަހަކުވެސް މާޔާގެ މާޒީގަ ހިނގާފައިވާކަމަކަށް މާޔާއާ ސުވާލުކޮށް ހަދާކަށް.. އަހަރެން މާޔާ ދެކެ ލޯބިވީ މާޔާގެ މާޒީއަކަށް ބަލައިގެން ނޫން.. މާޔާއަށް ކޮންމެ ގޮތަކަށް ކަންތައް ވެފައި ހުއްޓަސް އަހަރެން މި ހުރީ މާޔާ ތި ގޮތުގައި އެކްސެޕްޓް ކުރަން… ސޮރީ ޓު ސޭ ދިސް.. އެކަމަކު ކިޔާނަކަށް ނުޖެހޭނެ މާޔާއަށް އެ ކަހަލަ އެއްވެސް އެއްޗެއް ކިޔާކަށް.. ” ނިހާން މާޔާގެ އަތުގަ ހިފާލަމުން ވާހަކަ ދެއްކިއެވެ.

” އަހަރެން ކިޔާން ކުއްވެރިއެއް ނުކުރަން ވެދިޔަ އެއްވެސް ކަމަކަށް.. ކިޔާނަކަށް ހަގީގަތެއް ނޭނގެ.. އަހަރެން ކިޔާނާ އެއްކޮށް އުޅުނު ގޮތާ، ކިޔާނަށް އަހަރެން ނިހާނާ އެއްކޮށް ފެނުނު ދުވަސްތަކާ އެ ހުރިހާ އެއްޗެއް ވިސްނުމުން އެ ނޫން ގޮތަކަށް ނުވިސްނޭނެ.. އަހަރެން ދުވަހަކުވެސް ކިޔާނަށް ހަގީގަތް ނުކިޔައިދޭން.. އެ ރޭ ކިޔާންގެ މަގާމުގަ އެހެން ފިރހެނަކު ހުރި ނަމަވެސް ވިސްނާނީ އެގޮތަށް.. އެއީ ނިހާން ކަމުގައިވީނަމަވެސް، ހަގީގަތް ނޭގޭހާ ހިނދަކު ވިސްނޭނީ އެ ގޮތަށް.. ތަފާތަކީ ހަމަ އެކަނި ކިޔާން އެއްޗެކޭ ބުނުމުގެ ކުރިން އެންމެ ފަހަރަކުވެސް ހަގީގަތް އެނގެން ބޭނުން ނުވިކަން.. ހަގީގަތް ހޯދާނީވެސް ކިހިނެއް.. އަހަރެން ދުވަހަކުވެސް ކިޔާނަށް އެ ޗާންސް ދިނިންތަ؟ އަހަރެންގެ ފަރާތުން ކިޔާނަށް ހިތާމަ ނޫނީ ލިބުނީ ކޯށްޗެއް.. އެ ހާލުގަ ހުރެ އެ ރޭ ފެނުނު ކަމަކުން ކިޔާނަށް އެ ގޮތަށް ވިސްނުނީތީ އަހަރެން ދެރައެއް ނުވަން.. އެހެނޭ ކިޔާފަ އަހަރެންގެ ހިތުގަ ކިޔާނާ މެދު އެއްވެސް ބުރަކަމެއް ނެތް. ” މާޔާ ވާހަކަ ދައްކަމުން ދިޔައިރު ކިޔާންގެ މަތިން ހަނދާންވުމުން ފެންކަޅިވިއެވެ. މި ވާހަކަ ދެއްކެނީ ފިރިމީހާއާ ކަމެއްވެސް ހަނދާން ނެތް ފަދައެވެ. ނިހާން މާޔާގެ އަތަށް ފިތާލުމުން މާޔާ ނިހާނަށް ބަލާލީ ކުޑަކޮށް ސިހިފައެވެ. ” ސޮރީ ” މާޔާ ކިޔާލިއެވެ. ނިހާން ބުމަ ހިއްލާލަމުން ކޮންކަމަކަށް ހޭ އަހާލިއެވެ. ” ނިހާން ކައިރީ މި ގޮތަށް އަހަރެން ކިޔާންގެ ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅުގޮތެއް ނޫން… މިހާރު.. ” މާޔާ ބުނެލިއެވެ. ނިހާން ހީލަމުން އެއީ އެވަރު ކަމެއް ނޫނޭ ބުނެލިއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް މާދަމައަކީ މާޔާއާ ނިހާނާ ދެމީހުންގެ ކައިވެންޏަށް އެއް މަސް ފުރޭ ދުވަހެވެ. ކަންދިމާކުރިގޮތުން އެ ދުވަހަކީ ނިހާންގެ އުފަންދުވަސް މެއެވެ. މާޔާ ނިހާނަށް ސަޕްރައިޒެއް ދޭން ނިންމިއެވެ. އޮފީހުން މާޔާ ގެއަށް ލައިދީފަ ނިހާން ބޭރަށް ދިޔަ ގޮތަށް ގެއަށް އައި އިރު ރޭގަނޑު އެގާރަ ޖަހާ ބޮޑު ވެއްޖެއެވެ. ވަރުބަލިވެފައި ހުރުމުން ނިހާން ދިޔައީ ސީދާ ކޮޓަރިއަށެވެ. ކޮޓަރިއަށް އެޅި ފުރަތަމަ ފިޔަވަޅާ އެއްކޮށްވެސް ނިހާން ފަހަތަށް ފިޔަވަޅު އެޅީ މި ވަދެވުނީ ނުބައި ކޮޓަރިއަށް ކަމަށް ހީކޮށެވެ. ކޮޓަރި ތެރެއަށް ރަތްކުލައާއި ހުދު ކުލައިގެ ފުއްޕާހަން އަޅާފައި ހުރި އިރު މޭޒުމަތީ ކޭކެއް ބަހައްޓާފަ ހުއްޓެވެ. ކޭކް ބަހައްޓާފަ ހުރި މޭޒުމަތީ ކުދި އުއްބައްތި ތަކެއް ބަހައްޓާފަ ހުއްޓެވެ. ނިހާން އެނބުރިލަމުން ދާން އުޅުނުތަނާ ކޮޓަރީގެ ތެރެއިން މާޔާ އޭނައަށް ގޮވާލި އަޑަށް ބަލާލިއެވެ. އޭރު މާޔާ އަތުން ފުއްޕާހަމެއް ހިފާލައިގެން އައިސް ދޮރާ ދިމާލަށް ބޯ ދިއްކޮށްލައިގެން ބަލަން ހުރީ ކުޑަކޮށް ހިނިތުންވެފައެވެ. ނިހާން އަދިވެސް ދޮރު ކުރިމަތީ ހުއްޓިލައިގެން ހުރީ ގަބޫލުނުކުރެވިފައެވެ. މާޔާއަށް ނިހާން ބަލަން ހުރި ގޮތް ފެނުމުން ގޮސް އަތުގަ ހިފާ އެތެރެއަށް ވައްދަމުން ދޮރު ލެއްޕިއެވެ.

ނިހާން ގޮސް މޭޒުމަތީ ހުރި ކޭކްގައި ލިޔެފައި އޮތް ލިޔުންކޮޅަށް ބަލާލަމުން ހިނިތުންވެލިއެވެ. ” ހެޕީ ބާރތްޑޭ & ހެޕީ އެނިވަރސަރީ”   ” މާ އަވަހަށް ތި އައީ.. އަދި އެބަ އޮތް ދިހަ މިނެޓް ބާރަ ޖަހަން.. ” މާޔާ ނިހާނަށް ބަލަން ހުރެ ބުނެލިއެވެ. ނިހާން އެނބުރިލަމުން މާޔާއަށް ބަލާލަމުން ހަނދާން ހުރިހޭ އަހާލިއެވެ. މާޔާ ބޯ ޖަހާލަމުން ހަނދާން ނުހުންނަންވީ ކީއްވެހޭ އަހާލިއެވެ. ނިހާން ބަލަން ހުރެލާފައި މާޔާއާ ކައިރިވެލީ ބައްދާލާށެވެ. އެހެންނަމަވެސް މާޔާ ހިތްހަމަނުޖެހިދާނެތީ ހުއްޓި ބަލާލިއެވެ. މާޔާ ނިހާން ހައިރާންކޮށްލަމުން އަމިއްލައަށް ނިހާންގެ ކަރުގަ ދެއަތް އަޅުވާ ބައްދާލިއެވެ. ނިހާން އެ ބާރުގަދަ ދެއަތުގެ ތެރޭ މާޔާ ބައްދާލީ ވައިރޯޅިއަކަށްވެސް ނުވަދެވޭހާ ބާރަށެވެ. މާޔާ ފާރުގަ ހުރި ގަޑިއަށް ނަޒަރެއް ދިން ގަޑީ ބާރަ ޖެހިތަން ފެނިގެން ނިހާނާ ދުރުވެލިއެވެ. ” ހެޕީ ބާރތް ޑޭ ” މާޔާ ނިހާންގެ މޫނުގަ ދެއަތުން ހިފާލަމުން ނިތްކުރީގައި ބޮސްދިނެވެ. ނިހާން ހީލަމުން ” ހެޕީ އެނިވަރސަރީ ” އޭ ބުނެލިއެވެ. ދެމީހުން އެކީ ގޮސް ކޭކް ފެޅިއެވެ.

ސޯފާގައި ދެމީހުން ކޭކް ކާން އިށީދެލައިގެން ތިބެފަ އިރުކޮޅަކުން މާޔާ ތެދުވެގެން ދާން އުޅުނީ އަތް ދޮންނާށެވެ. މާޔާ ތެދުވިތަނާ ނިހާން މާޔާގެ އަތުގަ ހިފާލަމުން ގަޔާ ދިމާލަށް ދަމާލުމުން ގޮސް ނިހާން އުނގުގަ ޖެހުނެވެ. ” ތެންކިޔު.. އަހަރެން އަދި ދުވަހަކުވެސް މިހާ ފުރިހަމަ ގޮތަކަށް އުފަންދުވަސް ފާހަގަ ނުކުރަން.. ” ނިހާން މާޔާގެ މޫނުގައި ދެއަތުން ހިފާލަމުން ބުނެލިއެވެ. މާޔާ ހީލަމުން ” މައި ޕްލެޝާރ ” އޭ ބުނެލިއެވެ. ” އަހަރެން ބުނީތީ ކަމެއް ކޮށްދީފާނަންތަ؟ ” މާޔާ ނިހާންގެ އަތުގަ ހިފާލަމުން ސުވާލުކޮށްލިއެވެ. ” ބުނި ކޮންމެ ކަމެއް ކޮށްދޭނަން ” ނިހާން ހީލަމުން ބުނެލިއެވެ. ” ދެން މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓާލަން މަސައްކަތް ކުރަންވީނު. އައި ވިލް ހެލްޕް ޔޫ. ” މާޔާ ބުނެލިއެވެ. ނިހާން މާޔާއަށް އިރުކޮޅެއް ވަންދެން ބަލަން އިދެލާފައި ބުނެލި ޖުމުލައިން މާޔާ ހައިރާންވެފައި ކީކޭހޭ އަހާލިއެވެ. ” އަހަރެން މިހާރު މަސްތުވާތަކެތި ބޭނުމެއް ނުކުރަން.. މަންމަ މަރުވިފަހުން ނުކުރަން.. މަންމަ މަރުވުމުގެ ކުރިން އަހަރެން ކައިރިން އެދުނީ މަސްތުވާތަކެއްޗާ ދުރުވާން.. މަންމަގެ ދުނިޔޭގެ އެކަމެއް ނުވި.. އެކަމަކު މަންމަ ނިޔާވުމުން މަންމައަށްޓަކާ އަހަރެން ބޭނުންވީ ހުއްޓާލަން.. މާޔާ މި ކޮޅަށް އައި ފަހުން ދެކުނިންތަ އަހަރެން އެއްވެސް އިރެއްގަ މަސްތުވާތަކެތި ބޭނުންކޮށްގެން ހުއްޓާ؟ ” ނިހާން އަނެއްކާވެސް ބުނެލިއެވެ. މާޔާ ވިސްނާލިއެވެ. ތެދެކެވެ. މާޔާ މިކޮޅަށް އަނބުރާ އައި ފަހުން މިހާރު ކިތައް ދުވަސް ވެއްޖެ ހެއްޔެވެ؟ އެކަމަކު އޭގެއިން އެއްވެސް ދުވަހަކު މާޔާއަށް ނިހާން މަސްތުވެގެން ހުއްޓަކާ ނުފެނެއެވެ. ހަމައެކަނި ފެނުނީ ސިގްރެޓް ބޯން ހުއްޓައެވެ. ” ހަމައެކަނި އަހަރެންއުޅޭ ގޮތް ބަދަލު ނުކުރާކަން… އެކަމަކު މާޔާ ބޭނުންވަންޏާ އަހަރެން މިހުރީ މި ގޮތް ބަދަލުކުރަން ތައްޔާރަށް… ” ނިހާން އަނެއްކާވެސް ބުނެލިއެވެ. ” ނޫން.. ޔޫ ޑޯންޓް ހޭވް ޓު ޗޭންޖް ޔޯ ސެލްފް.. ނިހާން ކޮންމެ ގޮތަކަށް ހުއްޓަސް އަހަރެން ނިހާން އެކްސެޕްޓް ކުރާނަން.. ޖަސްޓް ޑޯންޓް ޑޫ އެނީތިންގ ބޭޑް.. ” މާޔާ ނިހާންގެ އަތުގަ ހިފާލަމުން ބުނެލިއެވެ. ނިހާން ހީލަމުން މާޔާގެ އަތަށް ފިތާލީ އާއެކޭ ބުނާ ފަދައިންނެވެ.

އެހާ ކައިރިން މާޔާގެ ލޯބި މޫނު ފެނުމުން ނިހާން އެ މޫނުގައި ބޮސްދޭ ހިތްވިއެވެ. ނިހާން މާޔާގެ މޫނަށް ނޭވާ އެޅޭހާ ކައިރިވެލަމުން ހުއްޓިލީ މާޔާގެ އިހްތިޔާރު ލިބޭތޯއެވެ. މާޔާ ނިހާނަށް ބަލާލަމުން ލޯ މަރާލީ ކުޑަކޮށް ހިނިތުންވެލަމުންނެވެ. އެއީ މާޔާގެ ފަރާތުން ލިބުނު އެއްބާރުލުމެއް ކަމުގައި ބަލާ ނިހާން އެ ތުންފަތުގައި ބޮސްދިނެވެ. ނިހާންގެ އަތް މާޔާގެ ބުރަކަށީގައި ބީހެމުން ދިޔައިރު މާޔާ އަތުން ނިހާންގެ ޓީޝާރޓްގައި ހިފާ ބާރުކޮށްލައިން އިނެވެ. ނިހާން މާޔާ ދެއަތް މައްޗަށް އުފުލާލައިގެން ގޮސް އެނދުގަ ބޭއްވިއެވެ. މާޔާ ދެއަތް އުފުލާ ނިހާންގެ މޫނުގައި ހިފާލަމުން ކައިރިކޮށްލިއެވެ. ހެނދުނު އަރައިގެން އައި އިރާއެކީ މާޔާއަށް ހޭލެވުނީ މޫނަށް އިރުގެ އަލި އެޅުމުންނެވެ. ލޯ މަތިން އަތް ހުރަސްކޮށްލަމުން ކަންނެތްގޮތަކަށް ތެދުވެ އިށީދެލަމުން ބަލާލިއެވެ. ކުޑަދޮރުގެ ދަމާފައިވާ ފޮތިގަނޑު ކުޑަކޮށް އެއްފަރާތަކަށް ޖެހިފައި ހުރުމުން ކޮޓަރިތެރެއަށް އަލިއެޅިފައި އޮތީއެވެ. ނިހާނަށް ހޭލެވިދާނެތީ މާޔާ ތެދުވެގެން ގޮސް ފޮތިގަނޑު ރީއްޗަށް ދަމާލިއެވެ. ދެން ގޮސް އަލަމާރިން ހެދުން ނަގައިގެން ފާހާނައަށް ވަނެވެ. ފެންވަރާލައިގެން ނުކުތް އިރުވެސް ނިހާން ނިދާލާފަ އޮތް ތަން ފެނުމުން މާޔާ ހީލިއެވެ. އިސްތަށިގަނޑުގެ ފެންހިއްކަމުން މާޔާ ޑްރެސިންޓޭބަލް ކުރިމަތީ ހުރި ގޮނޑީގަ އިށީދެލިއެވެ.

ނިހާން މަޑުމަޑުން ލޯ ހުޅުވި ގަޑީ އެނދުގައި މާޔާ ފެންނަން ނެތުމުން ރަނގަޅަށް ދެލޯ ހުޅުވާ ބަލާލިއެވެ. ރީތިވާ މޭޒުކުރިމަތީ އިން މާޔާ ފެނުމުން މާޔާއަށް ބަލަން އޮތް އިރު ތުންފަތް މަތީ ހިނިތުންވުމެއް ވިއެވެ. މާޔާ ލޯގަނޑުން ނިހާނަށް ބަލާލި ގަޑީ ނިހާން ހޭލާ އޮތް ތަން ފެނުމުން ” ގުޑް މޯރނިން ” އޭ ބުނެލިއެވެ. ނިހާން ހީލަމުން ތެދުވެ ހެޑްބޯޑުގައި ބުރަކަށި ޖައްސާލިއެވެ. ” އަހަރެން އޮފީހަށް ލައިދޭން ނުދާނަންތަ؟ ” ނިހާން އަދިވެސް އެ އިން ގޮތަށް އިނުމުން މާޔާ ސުވާލުކޮށްލިއެވެ. މާޔާ ރެޑީވެގެން ތިރިއަށް ދިޔުމުން ނިހާން ތެދެވެގެން ގޮސް ފެންވަރާލިއެވެ.

އޭގެ ހަފްތާއެއް ފަހުން މާޔާ އޮފީސް މަސައްކަތެއްގައި އައްޑުއަތޮޅަށް ދާން ޖެހުނެވެ. އެ ކޮޅުގައި އެމީހުން ތިބެން ތަނެއްވެސް ހަމަޖެހުނެވެ. މަސައްކަތުގައި އަވެދިނެތި އަބަދު އުޅޭއިރު ގިނަ ފަހަރު މާޔާ ހުންނަނީ ވަރުބަލިވާގޮތްވެފައެވެ. އެއީވެސް އޭގެއިން ދުވަހެކެވެ. ފުދޭވަރަކަށް އަވިދީފައި އޮތް ދުވަހެކެވެ. ހެނދުނުއްސުރެ މާޔާ ހުރީ ބޮލަށް ތަދެއް އަރާފައެވެ. އިރުކޮޅެއް ވަންދެން އަރާމުކުރަން ގެއަށް ދާން އުޅެފަވެސް ދެވޭ ގޮތެއް ނުވީ މަސައްކަތް ބުރަކަމުންނެވެ. މެންދުރު ފަސްވެގެން ދިޔައިރު މާޔާ ހުރީ އެތާގެ ހުރި މީހާކާ ވާހަކަ ދައްކާށެވެ. އޭރުވެސް ބޮލަށް އަރާފަ ހުރި ތަދުން ދެންމެ ދެންމެ ވެއްޓިދާނެހެން ހީވާ ފަހަރުވެސް އާދެއެވެ. މާޔާ ކެތްކޮށްލައިގެން ހުއްޓާ އެންމެ ފަހުން އެނބުރުން އަރައިގެން ކަނޑާލި ރުކެއް ހެން ގޮސް ބިންމަތީގައި ޖެހުނެވެ. އޮފީސް ކުދިންތަކެއް ވެގެން މާޔާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ. އިރުކޮޅަކުން މާޔާ ހޭއެރިއެވެ. ޑޮކްޓަރ މާ ބޮޑަށް ވަރުބަލިވެގެން ވީ ގޮތެއް ކަމުގައި ބުނުމުން މާޔާ ހަމަޖެހުނެވެ. އެކަމަކު އެމީހުންގެ ފަރާތުން އެމީހުން އަދި ބަލާލަން ޓެސްޓުތަކެއް ހަދަން ލޭ ނަގާފައިވާ ކަން އެގުނެވެ. މާޔާއަށް އެއީ މާ ބޮޑުކަމަކަށް ނުވިއެވެ. ރިޕޯރޓްތައް ތައްޔާރުވުމުން ގުޅާލާށޭ ބުނެފަ މާޔާ ނަންބަރު ހަވާލުކުރިއެވެ. އިރުކޮޅެއް ފަހުން ދޫކޮށްލުމުން މާޔާ ދާން ނުކުތެވެ. ހޮސްޕިޓަލްއިން ނުކުންނަން އުޅެނިކޮށް މީހަކު އޭނަގެ ނަމުން ގޮވާހެން ހީވެގެން ހުއްޓި ބަލާލިއެވެ. އޭރު ވީލްޗެއަރ އެއްގައި އިށީދެލައިގެން އިން މުސްކުޅި ފިރިހެނަކު ސީދާ އޭނައާ ދިމާލަށް އަންނަތަން ފެނުމުން ހައިރާންވިއެވެ. މާޔާ ޔަގީންކުރަންވެގެން ތިމަންނަހޭ އަހަން މޭގައި އަތް ޖައްސާލިއެވެ. އެމީހާ ދެންވެސް މާޔާއޭ ކިޔާފަ އައިސް ސީދާ ކުރިމައްޗަށް ހުއްޓިލިއެވެ. އެމީހާގެ އަތުގައި އަޅާލައިފައިވާ ބެންޑޭޖްއިން އެމިހާ އެއީ މިތާ އެޑްމިޓް ކޮށްފައިވާ މީހެއްކަން އެނގެއެވެ.

” ތީ އަބްދުއްﷲ ގެ ކާފަ ދަރިފުޅު މާޔާތަ؟ ” އެ މީހާ ސުވާލުކޮށްލިއެވެ. މާޔާ ހައިރާންވިއެވެ. އެ މީހާއަށް އޭނަގެ ކާފަގެ ނަން އެނގުނީ ކިހިނެއް ހެއްޔެވެ؟ ” ބޭބެ އަޅުގަނޑު ދަންނަންތަ؟ ” މާޔާ ހައިރާންވެފައި ސުވާލުކޮށްލިއެވެ. ” އާން ދަރިފުޅާ.. މިހާރު މާޔާ ދިރިއުޅެމުން ތިދަނީ އަސްލު މައިންބަފައިނާއެކުއެއް ނޫނެއްނު.. އަހަންނަށް އެނގޭ މާޔާގެ އަސްލު މައިންބަފައިން.. ” އެ މީހާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. މިފަހަރު މާޔާ ލޯ ބޮޑުކޮށްލިއެވެ. މީ ކާކު ހެއްޔެވެ؟ އެ މީހަކަށް އޭނަގެ އެހާ ބޮޑު ހަގީގަތެއް އެނގުނީ ކިހިނެއް ހެއްޔެވެ؟ ” ބޭބެއަށް ކިހިނެއް އެނގުނީ ތިކަންތައް؟ ” މާޔާ އަވަސް އަރުވާލާފައި ސުވާލުކޮށްލިއެވެ. ” މިތާކު ނޫން.. ހިނގާ އެތެރެއަށް ” އެމީހާ ވީލްޗެއަރގެ ފުރޮޅު އަނބުރަމުން އަނެއްފަރާތަށް ދިޔައެވެ. މާޔާ ކައިރީގަ ތިބި އޮފީސް ކުދިން ކައިރީ ތިމަންނަ ފަހުން އަންނާނަމޭ ބުނެފަ އެ މީހާގެ ފަހަތުން ދިޔައެވެ. އެމީހާގޮސް ވަނީ އެމީހާ އެޑްމިޓް ކޮށްފައިވާ ހޮސްޕިޓަލްގެ ކޮޓަރިއަށެވެ. މާޔާ ކައިރީ އެތާ ހުރި ގޮނޑީގަ އިށީންނާށޭ ބުނެލަމުން އެމީހާ މާޔާ ކުރިމަތީ މަޑުކޮށްލިއެވެ. ” އަހަންނަކީ ކާސިމް.. ދަރިފުޅުގެ އަސްލު މަންމަގެ ބައްޕަ ” ކާސިމް ބުނެލި ޖުމުލައިން މާޔާ ލޯ ބޮޑުކޮށްލިއެވެ.

” އެނގޭ މި ވަގުތު މާޔާގެ ހިތުގަ ވަރަށް ސުވާލު އުފެދޭނެކަން.. އަހަރެން ހުރިހާ ވާހަކައެއްވެސް ކިޔައިދޭނަން.. މާޔާގެ މަންމައަށް ކިޔަނީ ފަޒީލާ.. ފަޒީލާއަކީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު.. ފަޒީލާގެ އުމުރުން އަށާރަ އަހަރުގައި އޭނަގެ މަންމަ މަރުވީ… އޭގެ ފަހުން އަހަރެން ފަޒީލާ ބަލަމުން އައީ އެކަނިމާ އެކަނި.. ނަސީބަކުން އަހަންނަކީ ތަނަވަސް މީހަކަށް ވުމުން ދަރިފުޅު ބެލުމުގައި އެއްވެސް އުދަގުލެއް ކުރިމަތިނުވޭ.. ފަޒީލާ އެދުނު ކޮންމެކަމެއް އަހަރެން ކޮށްދިނިން.. އެކަމަކު ހުރިހާ ކަމެއް ބަދަލުވީ އެއްފަހަރު މާލެއިން މިކޮޅަށް ޗުއްޓީ ހޭދަކޮށްލަން އައި ފިރިހެނެއްގެ ސަބަބުން.. އޭނަ އަހަރެންގެ ދަރިފުޅު ދެކެ ލޯބިވާ ކަމަށް ހެދި ދަޅަ ދައްކައި އަހަރެންގެ ދަރިފުޅުގެ ޒުވާންކަމުގެ ފައިދާ ނެގީ.. ފަޒީލާގެ މުޅި ދިރިއުޅުން ހަލާކުކޮށްލީ… އާއިލާގެ އެއްވެސް މީހަކު ނުހުރެޔޭ ބުނެފަ މިކޮޅުގަ ފަޒީލާއާ ކައިވެނި ކުރީ.. ފަޒީލާއާ ކައިވެނިކޮށްގެން ހަފްތާއެއް ފަހުން އޭނަ މާލެ ދިޔައީ ރަނގަޅު ވަޒީފާއެއް ހޯދާށޭ ކިޔާފަ.. އެކަމަކު އެއީ އޭނަ ދުވަހަކު މިކޮޅަށް ނާންނަންވެގެން ދެއްކި ބަހަނާއެއް.. އޭގެ ފަހުން މަސްތަކެއް ފާއިތުވެގެން ދިޔައިރުވެސް އޭނަގެ އެއްވެސް ހަބަރެއް ނުވޭ.. އޭނަ ދިޔައިރު ދިޔައީ ފަޒީލާގެ ހުރިހާ އުފާތަކެއްވެސް ފޭރިގަނެގެން.. ފަޒީލާގެ ލޮލުން ކަރުނަ ހިކޭ ވަގުތެއް ނުދޭ.. އޭރު ފަޒީލާ ބަނޑުބޮޑު.. ރަށުމީހުންގެ ފަރާތުން ފަޒީލާއަށް އެތައް ޖެއްސުންތަކެއް ކުރިމަތިވަމުން ދިޔަ.  އެންމެ ފަހުން އިތުރު ގޮތެއް ނެތުމުން އަހަރެން ފަޒީލާ ގޮވައިގެން މާލެ ދިޔައީ އޭނަ ހޯދަން.. އެކަމަކު މާލެހާ ބޮޑުތަނެއްގަ އޭނަ ހޯދުންވީ ނާކާމިޔާބު.. ފަޒީލާގެ ބަނޑަށް ނުވަމަސް ވީ އިރުވެސް އެމީހާ ނެފުނުނު.. އެހެން އުޅެނިކޮށް އަހަންނާ ދިމާވީ އަހަރެންގެ ކުޑައިރުގެ ރަހްމަތްތެރިއެއް.. އޭނައާ ދިމާވެގެން އޭނައަށް ފަޒީލާގެ ވާހަކަ ކިޔާދިނުމުން އެމީހާ ބުނީ ފަޒީލާއަށް އެ ހާލު ޖެއްސި މީހާއާ ބެހޭގޮތުން ކިޔައިދޭން.. ފަޒީލާމެން ކައިވެނި ކުރި ދުވަހު ނަގާފައިވާ ފޮޓޯއެއް އެމީހާއަށް ދެއްކުމުން އެމީހާގެ ފަރާތުން އެނގުނު އެއްޗަކުން އަހަރެންވެސް ހުރީ އަޖައިބުވެފަ. އެމީހަކީ އަހަރެންގެ އެކުވެރިޔާގެ ދަރިފުޅު.. މީހަކާ އިނދެގެން ދަރިއެއްވެސް ހުންނަ މީހެއް އޭނައަކީ.. އަހަރެންގެ ރަހްމަތްތެރިއާ އެ ދުވަހު އެދުނީ ފަޒީލާ ވިހާ ދަރިފުޅު އޭނައަށް ދޭން.. އަމިއްލަ ދަރިފުޅުގެ ނުބައި އަމަލުގެ ނަތީޖާ އަމިއްލަ ލޯ ކުރިމަތީ ބޮޑުވާތަން ބަލަން.. އެ ނުލަފާ މީހާގެ ކުރިމަތީ ބޮޑުވާތަން ބަލަން.. ކޮންމެ ގޮތެއް ވިޔަސް އެއީ އޭނަގެ ކާފަ ދަރިފުޅު ކަމުން އެ ދަރިފުޅަށް ވެސް އެހެން ކުދިންނަށް ލިބެންޖެހޭ ހައްގުތަކާ އުފާތައް ދޭން… އޭރު އަހަންނަށްވެސް އަދި ފަޒީލާއަށް ވެސް ރަނގަޅުވާނީ އެ ގޮތް ކަމުގައި ވާތީ އަހަރެން އެ އެދުމަށް އެއްބަސްވީ.. އެހެންވެ ފަޒީލާ ވިހެއި ދުވަހު އަހަރެން ފަޒީލާއަށް ނުވެސް އަންގާ ދަރިފުޅު އަހަރެންގެ ރަހްމަތްތެރިއާ ހަވާލުކުރީ.. ފަޒީލާ ހޭއެރުމުން އަހަންނާ ދަރިފުޅާ ބެހޭގޮތުން ސުވާލުކުރި ހިނދު އަހަރެން ބުނީ ވިހެއި އިރު ދަރިފުޅު އޮތީ މަރުވެފައޭ.. ނަސީބަކުން ފަޒީލާ އެކަން ގަބޫލުކޮށްފި އެ ދުވަހު.. ”

ކާސިމް ހުރިހާ ވާހަކަތަކެއް ކިޔައިދީ ނިމުނު އިރު މާޔާ އިނީ ފެންކަޅިވެފައެވެ. ހިތުގައި ސުވާލުވެސް އުފެދުނެވެ. އަނެއްކާ އެ ރަހްމަތްތެރިއަކީ އޭނަ އެމީހަކާ އެކީ އުޅެ ބޮޑުވި އޭނަގެ ކާފަ ކަމުގައި ވާނަމަ އޭނަގެ ބައްޕައަކީ ޒުހޭރު ނޫނީ ފާއިޒުހެއްޔެވެ؟ ފާއިޒުއަކަށް ނުވާނެއެވެ. އެއީ އެ މީހެއްގެ ކުރިންވެސް ދަރިއެއް ހުރިކަމުގައި ވެއެވެ. ފާއިޒުގެ އެންމެ ބޮޑު ދަރިއަކީވެސް މާޔާއެވެ. ދަރިއެއް ހުރީ ޒުހޭރުގައެވެ. ދެން އެހެންވީއިރު އޭނަގެ އަސްލު ބައްޕައަކީ ޒުހޭރު ހެއްޔެވެ؟ ހިތަށް އެރި އެއްޗަކުން މާޔާ ހިތްތެޅިލިއެވެ. ބޯ ހޫރާލަމުން ނޫނެކޭ ބުނެލިއެވެ. ” ކާކު އެއީ؟ ” ހިތުގައި އުފެދުނު ޝައްކު ދުރުކުރަން މާޔާ ސުވާލުކޮށްލިއެވެ. ” ޒުހޭރު ” ކާސިމް ގެ ޖަވާބުން މާޔާގެ މޫނުމަތީގައި މީހަކު ބާރު އެތިފަހަރެއް ޖެހިހެން ހީވިއެވެ. ވަގުތުން ކޮޅަށް ތެދުވުނު އިރު ނޫނެކޭ ކިޔަމުން ދެކޮޅަށް ހިނގަން ފެށުނެވެ. އޭނަގެ މުޅި ދިރިއުޅުން ހަލާކުކޮށްލި މީހަކީ ހުދު އޭނަގެ ބައްޕަ ހެއްޔެވެ؟ ނުވާނެއެވެ. މި މީހާ މި ދައްކަނީ ހުސް ދޮގު ވާހަކަތަކެވެ. ” ތީ ހުސް ދޮގު..ކިހިނެއް އަހަރެން ގަބޫލުކުރާނީ ތި ތެދު ވާހަކަތަކެއް ކަމެއް؟ ” މާޔާ އައިސް ކާސިމްގެ ކުރިމައްޗަށް ހުއްޓިލަމުން ސުވާލުކޮށްލިއެވެ. ” ތެދެއް ތި ބުނީ.. ކިހިނެއް ދަރިފުޅު ގަބޫލުކުރާނީ… އަހަންނަކަށް ނޭގެ ގަބޫލުކޮށްދޭނެ ގޮތެއްވެސް.. އެކަމަކު އެންމެ ފަހަރަކުވެސް އަމިއްލަ ނަފްސާ ސުވާލުކޮށްލަބަލަ.. އަހަރެން ދުވަހަކު މާޔާ ނުވެސް ދެކޭ އިރު މިއަދު މި އެންމެންގެ ތެރެއިން މާޔާ ވަކިކުރަން އެނގުނީ ކިހިނެއްކަން.. އަހަރެން މާލެ ދިޔަސް ދުވަހަކު މާޔާއާ ބައްދަލުކުރަން ނުދަން.. އަހަންނަށް މާޔާ އެނގުނީ އަބްދުއްﷲ އާ ހެދި.. ކޮންމެ އަހަރަކު އަބްދުއްﷲ އަހަންނަށް މާޔާގެ ތަސްވީރެއް ފޮނުވާ.. އެހެންވެ އަހަންނަށް މާޔާ އެނގުނީ.. އެކަމަކު އަބްދުއްﷲ މަރުވި ފަހުން އަހަންނަކަށް މާޔާގެ ފޮޓޮއެއް ނުލިބޭ.. ކުރީގެ ފެނުނު ފޮޓޯތަކުން އަހަންނަށް މިއަދު މާޔާ ފެނުނީމަ ވަކިކުރަން އެގުނީ.. ” ކާސިމް ވޮސްނައިދޭ ފަދަ ގޮތަކަށް އޯގާތެރިކަމާއެކު ކިޔާދިނެވެ.

” މާޔާއަށް ގަބޫލުނުވަންޏާ އަހަރެން މި ބުނާ ގެއަށްދޭ.. ހުރިހާ ހަގީގަތެއް މާޔާއަށް ލިބޭނެ. އެ ގޭގަ މާޔާގެ މަންމަ ހުންނާނެ.. ފަޒީލާއަށް ވެސް މާޔާ ދުނިޔޭގަ ހުރިކަން އެނގުނީވެސް ދުވަސްކޮޅެއް ކުރިން.. ވަގުތުން މާޔާ ހޯދަން މާލެ ދާން އުޅުނު. އެކަމަކު އަހަރެންގެ ބަލި ހާލު ހުރިގޮތުން ނުދެވުނީ.. ދޭ މި ގެއަށް. މާޔާއަށް ހުރިހާ ހަގީގަތެއް ލިބޭނެ.. ” ކާސިމް އަނެއްކާވެސް ކިޔާދިނެވެ. މާޔާ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ކާސިމް ބުނި ގެއަށް ދާން ނުކުތެވެ. ޓެކްސީއެއްގައި އެ ގެއަށް ދިޔައިރު މާޔާގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. އަތުގައި އޮތް ފޯނު ރިންގްވަމުން ދިޔައިރުވެސް މާޔާއަށް ނޭގެއެވެ. ކުދި ފިޔަވަޅުތައް އަޅަމުން ގޮސް މާޔާ އެ ގޭގެ ދޮރުގަ ބެލް ޖަހާލިއެވެ. އިރުކޮޅަކުން މެދުއުމުރުގެ އަންހެނަކު އައިސް ދޮރު ހުޅުވާލިއެވެ. ބަލާ ބެލަމަށް އެ މީހާ ވައްތަރީ ސާޅީސް އަހަރާއެވެ. ރަތްވެފައި ހުރި ދެލޮލުން ދެންމެ ރޮއެފަ ހުރިކަން އެނގެއެވެ. އެ އަންހެންމީހާގެ މޫނުމަތިން މާޔާއަށް އަމިއްލަ މޫނުމަތިން ފެންނަ ވައްތަރުވެސް ޖެހިއެވެ. އިރުކޮޅަކަށް ނަމަވެސް އެ މީހާ ކުޑައިރު މާޔާއާ ނިކަން ވައްތަރުވާނެޔޭ ހިތްބުނެލިއެވެ. އެ އަންހެންމީހާއަށް މާޔާ ފެނުމުން ހުއްޓުން އަރާފައި ބަލަން ހުރިއިރު ދެލޯ ކަރުނުން ފުރުނެވެ. ހުދު މާޔާވެސް އެ މަންޒަރު ބަލަން ހުރި އިރު ފެންކަޅިވިއެވެ. ” މަގޭ ދަރިފުޅު.. މާޔާ.” އެ މީހާ ރޮއެގަންނަމުން މާޔާގެ ގައިގަ އޮޅުލައިގަތެވެ. މާޔާ އެއްޗެކޭ ނުބުނެ ހުރީއެވެ. ފަޒީލާ މާޔާއާ ދުރުވެލަމުން މޫނުގައި ދެއަތުން ހިފާ ފިރުމަމުން ދިޔައީ އޯގާތެރިކޮށެވެ. ފުރަތަމަ ފަހަރަށް އެ ދަރިފުޅު ހަމަލޮލަށް ފެނުނީމަ އެއްފަހަރާ ހުރިހާ ލޮތްބެއް އޮއްސާލަން ބޭނުންވީއެވެ.

” މަންމާ.. ” މާޔާ ކުރެހިފައިވާ އަޑަކުން މާޔާ ގޮވާލިއެވެ. މާޔާގެ އަޑަށް ފަޒީލާގެ ހަރަކާތްތައް ވެސް ހުއްޓުނެވެ. ގަބޫލުކުކުރެވިފައި މާޔާއަށް ބަލަން ހުރެފައި އަދި އެއްފަހަރު ގޮވާލާށޭ ބުނެލިއެވެ. ” މަންމާ ” މާޔާ އަނެއްކާވެސް ގޮވާލިއެވެ. ފަޒީލާ އަނެއްކާވެސް މާޔާގެ ގައިގަ ބައްދާލަމުން ރޯން ފެށިއެވެ. ފަޒީލާ ހަމައަކަށް އެޅުމުން ގޮސް ޒުހޭރުއާ އެ ދެމީހުންގެ ކައިވެނީގެ ސެޓްފިކެޓް ވެސް ދެއްކިއެވެ. އަދިވެސް ޒުހޭރު އައި ދުވަހަކުން ޒުހޭރުއަށް މާފު ކުރާނެ ކަމަށް ފަޒީލާ ބުނުމުން މާޔާ ދެރަވިއެވެ. ފަޒީލާގެ އަތުގަ ހިފާލަމުން ޒުހޭރު މިހާރު ދުނިޔޭގަ ނެތޭ ބުނެލިއެވެ. ފަޒީލާއަށް އެލިބުނު ހަބަރުން އަނެއްކާވެސް ރޮއެގަނެވުނެވެ. ” މަންމަ އެ މީހަކަށްޓަކާ ތި ރޯ މީހަކީ ތި ކަރުނަތައް ހައްގުވާ މީހެއްވެސް ނޫން.. އެއީ ނުލަފާ މުޑުދާރު މީހެއް.. މައި އޯން ޑޭޑް ރުއިންޑް މައި ލައިފް… ” އެ ބަސްތައް ވީ މާޔާގެ ހިތުގައެވެ. މަންމައަށް ޒުހޭރު ހެދި ގޮތް އެނގުމުން މާޔާގެ ހިތުގައި އޭނައާ މެދު ވީ ނަފްރަތު ކުރިއަށްވުރެވެސް ބޮޑުވިއެވެ. މިވަގުތު އަނެއްކާ ޒުހޭރުގެ ހަގީގަތް ކިޔައިދީގެން އެ މަންމަގެ ހިތުގަ ޖައްސާކަށް މާޔާ ބޭނުމެއް ނުވީއެވެ. ދެމައިން އެތައް އިރެއް ވަންދެން ވާހަކަ ދައްކަން ތިބެފަ ހޮސްޕިޓަލަށް ދިޔައެވެ. ކާސިމް މާޔާގެ ފަރާތުން މާފަށް އެދުނެވެ. މާޔާ މާފަށް ނޭދުމަށް އެދުނެވެ. އެއީ އޭނަގެ މަންމަ ފަރާތުގެ ކާފައެވެ. ކާފައާ ވާހަކަ ދައްކަން އިން އިރު އުފާވިއެވެ. އެމީހުންނަށް އޭނަ އުޅެނީ މީހަކާ އިދެގެންކަން އެނގުމުން އުފަލުން ފޮޅުނެވެ. މާޔާގެ ދިރިއުޅުމާ ބެހޭގޮތުން އެތައް ސުވާލެއް ކުރިއެވެ. މާޔާ ހިތާމަތައް އެއް ކައިރީގަ ބަހައްޓާފަ ހަމައެކަނި އެމީހުން ހިތްހަމަޖެހޭނެ ވާހަކަ ދެއްކިއެވެ.

އެރޭ މާޔާ ނިދަން އަރާ އޮވެ ފޯނު ބެލި ގަޑީ ނިހާންގެ އެތައް ބައިވަރު މިސްކޯލްތައް ފެނިގެން އަވަހަށް ގުޅާލިއެވެ. ” އާރ ޔޫ އޯކޭ؟ ކިތައް ފަހަރު ގުޅައިފިން.. ފޯނު ނުނަގާ ކިއްތިކުރަނީ؟ އެނގޭތަ އަހަރެން ބިރުގަތްވަރު؟ ” ނިހާން ފޯނު ނެގުމާއެކު ހެން އެއް ފަތްޗަކަށް ކިޔާލިއެވެ. މާޔާ ހިނިވެސް އައެވެ. ” ނިހާން.. އައި މެޓް މައި ރިއަލް މޯމް.. ” މާޔާ ބުނެލިއެވެ. ނިހާން ހައިރާންވެފައި ސުވާލުކުރަން ފެށިއެވެ. މާޔާ ވީ ގޮތް ކިޔައިދިނެވެ. އަހަރުތަކައް ފަހު މާޔާއަށް އޭނަގެ އަސްލު މއިންބަފައިން އެނގުމުން ނިހާން އުފާވިއެވެ. އެކަމަކު ޒުހޭރުއަކީ މާޔާގެ ބައްޕަކަން އެގުމުން ރުޅިއައެވެ. މާޔާގެ މަންމައަށް ވެސް އޭނަ ދިނީ ލަނޑެވެ. ހާދަ ނުލަފާ ފިރިހެނެކެވެ. ” އެއީ އަހަރެންގެ ބައްޕަކަމުގައި ވިޔަސް އަހަރެން ދުވަހަކުވެސް އޭނަ އެއީ އަހަރެންގެ ބައްޕަގެ ގޮތުގަ ނުބަލާނަން. އައި ހޭޓް ހިމް.. ” މާޔާ ބުނެލިއެވެ. އެ އަޑުގައި ވީ އަސަރުން އެކަނިވެސް މާޔާ ޒުހޭރުދެކެ ނަފްރަތުކުރާ ވަރު ހާމަވެއެވެ. މާޔާ މަލީހާމެންނަށް އެ ވާހަކަ ކިޔާދޭން އުޅެފަވެސް އަޅާނުލީ ކުރިމަތީ ތިބެގެން ވާހަކަ ދައްކަން ވެގެނެވެ. މި ހަބަރަކީ ސަމީރާގެ އާއިލާ އަދި ހުދު މާޔާގެ އާއިލާއަށް ވެސް ލިބޭނެ ބޮޑު ސިހުމަކަށް ވާނެއެވެ.

އޭގެ އަނެއް ދުވަހު މާޔާ މަސައްކަތް ކުރާ ތަނުގަ އުޅެނިކޮށް ފަޒީލާ ގުޅާފަ ދިން ހަބަރުން ހައިރާންވިއެވެ. ކާސިމް ނިޔާވީއެވެ. ރޭގަ އޭނައާ ކިހާ ރީއްޗަށް ކާފަ ވާހަކަ ދެއްކިއެވެ. އެމީހަކާ އެކީ ނޫޅުނަސް މާޔާ ކާފަ މަރުވުމުން ދެރަވިއެވެ. މަންމަ ހުއްޓާނުލާ ރޯތަން ފެނުމުން މަންމަގެ ފަހަތުން ރޮވުނެވެ. ނިހާނަށް އެ ހަބަރު ލިބިގެން ވަގުތުން އަންނަން އުޅުމުން މާޔާ އެކަން މަނާ ކުރިއެވެ. ކާފަ ވަޅުލުމުން ވެސް މާޔާ ވަގުތުތައް މަންމައާ އެކީ ހޭދަކުރިއެވެ. އެކަމުގައި އުޅެނިކޮށް ހޮސްޕިޓަލްއިން ގުޅާފަ ރިޕޯރޓް ތައް ރެޑީވި ވާހަކަ ބުނުމުން މާޔާ މާދަން ދާނެ ކަމުގައި ބުނެލިއެވެ. މަންމަ ހަމައަކަށް އެޅެންދެން މަންމަކައިރީ ހުންނަން މާޔާ ބޭނުންވީއެވެ. އެރޭ މާޔާ ނިދީވެސް ފަޒީލާ ކައިރީއެވެ.

( ނުނިމޭ )

23
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

saarah

Other Articles

Previous

ކަނޑުފެން (ނުވަވަނަ ބައި) KanduFen p-9

Next

ލޯބީގެ ވާރޭ.. 2ވަނަ ބައި

Next
November 9, 2015

ލޯބީގެ ވާރޭ.. 2ވަނަ ބައި

Previews
November 9, 2015

ކަނޑުފެން (ނުވަވަނަ ބައި) KanduFen p-9

58 Comments

  1. saarah says:
    November 9, 2015 at 9:35 pm

    HEY EVERYONE.. THANK YOU SO MUCH FOR YOUR LOVE AND SUPPORT.. I NORMALLY DON’T’ REPLY TO YOUR COMMENTS. BUT REALLY.. IT MEANS A LOT.. THANK YOU.. LOVE YOU ALL <3
    NEXT PART HOPEFULLY ON DAY AFTER TOMORROW 🙂

  2. mik says:
    November 9, 2015 at 9:40 pm

    Varah salhi ingey

  3. Rish says:
    November 9, 2015 at 9:43 pm

    V v nice

  4. Alisha says:
    November 9, 2015 at 9:58 pm

    Plx kiyaan ge baby akah mayaa preg nuvaathi… story v reethi.. ??? whn next part??

  5. saadhu says:
    November 9, 2015 at 10:06 pm

    Vvvv reethi

  6. Thoo says:
    November 9, 2015 at 10:06 pm

    Alhey haadha reechey… Avahah up kohdhechey… Plxxxx

  7. Alisha says:
    November 9, 2015 at 10:07 pm

    Cn anyone tell alish kyhve kan mi site ga huri shine ge storys thah nw nufennany? Alish v hoadhaafin ekm nufenunun? Cn anyone help?

  8. Ab says:
    November 9, 2015 at 10:08 pm

    Varh furihama…

  9. shifu says:
    November 9, 2015 at 10:09 pm

    One of the best story i ever read..keep it up

  10. Naash says:
    November 9, 2015 at 10:12 pm

    Masha Allah….. Vara reethi hisaabakun thi ninmaaleee…. Eagerly waiting for the next part….?????❤❤❤❤

  11. samii says:
    November 9, 2015 at 10:19 pm

    alhe now neygeyne nun preg vee kaakuge dhariyah kameh..varah intrestin..update soon

  12. myschic says:
    November 9, 2015 at 10:29 pm

    Omg …..adhi kiriya hinhama jehey varu mi v ….v v v v v salhi …but don’t separate Maya and nihaan …pls. Edhemy hun gulheny …

  13. Saa says:
    November 9, 2015 at 10:42 pm

    Vvvv nice avahah up kohlachay next part

  14. ken? says:
    November 9, 2015 at 10:43 pm

    pis pis…dnt make her preg…like in every story…mi sotry v thafaathu kohlaathi….nihaan deserves maayaa…..??

    1. Kiyuntheriyaa says:
      November 10, 2015 at 10:12 pm

      Agree with you ken

    2. sasha says:
      November 11, 2015 at 10:55 am

      i do agree

  15. hajj says:
    November 9, 2015 at 10:45 pm

    Wow very nice story withing for the next part

  16. Axoo says:
    November 9, 2015 at 11:03 pm

    Vvvv reethi. Mihaaru beynun vany kiyaagothah mivaahaka nimeyndhen kiyan. Anekka Maya pregnant tha. Noony serious bayyeh hurytha. V meythelhey. Adhives effaharu vvvvvv reethi ingey.

  17. sadh says:
    November 9, 2015 at 11:13 pm

    Alhe, Maaya Kiyaan ge dhariyakah preg nukollahche heyo nuvaane. Already eh faafa kurevijje sleep koggen. Kaiveni halaaleh nuvaane Maaya Kiyaan ge dhariyakah preg viyya. Plus that isnt fair as well. Story dhaa goiy v v v salhi. I love the twist. Sameera ah engeny kanneynge Maaya ge hageegaiy dho. Ehenve kanneynge eha loabi vany ? Anyways sadh hama ekeni bunelan othy Maaya aa Nihaan aa dhuru nukurahche. They are meant for each other. Title ‘inthizaaru’ is for Maaya’s happiness and she deserves being happy and together w/ Nihaan. I am so much in love with Nihaan’s charecter. Love this story sooo much. Thanks dear Saarah. ♥️?? keep up the good work.

  18. think says:
    November 9, 2015 at 11:46 pm

    nihaan aa eku sleep kuri thaa adhi maa gina dhuvaheh nuvey. so preg viyya evaanee kiyaan ge kamah. eyrun hadi vaane. make it sumthing else. preg vejjeyya maaya ah ves neyngeyne dho kaakuge kameh. or will she? count kureema ingeyne dho. m confused..

  19. Kii says:
    November 9, 2015 at 11:55 pm

    Nice.. ? maaya preg dhw! Dhn Nihaan ah angaa avahah..

  20. mishy says:
    November 9, 2015 at 11:55 pm

    Vvvv reethi , next part vara avaha up kolachey.& maayaa kiyaan ge dhariyaka prag vaagoah nuhadhaathi. Eyrun reethi vaane. Adhi ves eafaharu bunana othy mi vvvvvvvv reethi story eh

  21. Nashaya says:
    November 10, 2015 at 12:22 am

    Varah reethi vaahaka..
    Kiyaan ge dhari akah dhw maayaa preg v.. Nihaan n maaya gulheni .. Love this story

  22. naahy says:
    November 10, 2015 at 1:56 am

    Alhey haareechy. mivaahaka ah filme hadn veenu yageen nahulaage vaahaka vure maareethi…100% v kaamiyaabu vaane.. Thikuraa massahkay kaamiyaabu vaane.inshaa allhah naahy..:) <3

  23. nafu says:
    November 10, 2015 at 5:47 am

    Vvvvvv sali

  24. nazi says:
    November 10, 2015 at 6:46 am

    vv reethi waiting for the next part

  25. fathun says:
    November 10, 2015 at 6:51 am

    alhey i want kiyaan nd maaya to be together.

  26. fathun says:
    November 10, 2015 at 6:53 am

    vahaak dhaagoi vv.borin. loabivaa 2myhun gulhunyma salhy. like shifaan nd mishaa

  27. Piyaara says:
    November 10, 2015 at 8:25 am

    V nice maisha preg eh nuvaane maaya kiyange dhariakah preg vani but nihaan and mayaa dhurunukurathi

  28. Lidhoo says:
    November 10, 2015 at 10:08 am

    vvvvvv reethi

  29. niha says:
    November 10, 2015 at 10:30 am

    Alhey mayaa preg v thr??
    Kiyaan ge dhariyakah vehjehyr v salhi vrne.. hehhehe
    Btw i luv this story..
    vahaha up kohdhehchey nxt part..
    ♡

  30. girlsyum says:
    November 10, 2015 at 12:37 pm

    Vaahaka haadha salhi ey
    Always preg vany bappa neiy gothah tha?
    Story is one of the best
    But pls dont make maya prg too soon

  31. bulha says:
    November 10, 2015 at 12:53 pm

    Obi noave .waiting for next part

  32. Dhooni says:
    November 10, 2015 at 1:11 pm

    One of the best story. Love this 🙂 Keep up the good work 🙂

  33. Red Rose says:
    November 10, 2015 at 1:57 pm

    Saarah plx plx maaya kiyaange dhariakah preg nukurahchey. I hate kiyaan. N nihaan ah ehaabodu dhera eh dheykah nuvaane. Eyna haadha loabiveyey maaya dheke. Maaya n nihaan gulhenyves. I love this story. Mivaahaka up koh nimunyma fothehge gothuga neredhehchey plx.

  34. shiya says:
    November 10, 2015 at 2:32 pm

    love the story..

  35. nishy says:
    November 10, 2015 at 3:04 pm

    Maaya preg nukuraathi plx plx

  36. MΔΔ#¡d says:
    November 10, 2015 at 10:29 pm

    Varah heart touching hama..
    Mashallah..
    Curious to read next part..
    Waiting..
    Thnkkkx
    Ummmmmmwah.. Love you..

  37. Faathun says:
    November 10, 2015 at 11:17 pm

    Story v salhi.. maayaa kiyaan ge dhariyakah dhw preg wanee.. habeys.. obviously nihaan ge kujjakah nuwaaane dhw week eh thereyga eh..haha..

  38. shaz says:
    November 11, 2015 at 2:22 am

    reethi ehmme reethi…
    waiting for the next part….

  39. koky says:
    November 11, 2015 at 9:01 am

    Dkonirakutha up vaany kiyaaru vara nthisaaru kurevije plx plx avaha up kodheba koky vara beynun mivaahaka kiyan plx

  40. Yoohaa says:
    November 11, 2015 at 11:00 am

    Maya pregnant vedhaane kiyaan kid akah vx maaishaa act kurany

  41. Maaya says:
    November 11, 2015 at 1:13 pm

    Alhe dhn konirakun tha up vanee storie….. love this story…miadhu up kohdhehchey please

  42. sanu says:
    November 11, 2015 at 2:01 pm

    Aneh part mirey dho… Waiting……waiting…. waiting…… waiting…….. waiting

  43. saarah says:
    November 11, 2015 at 2:39 pm

    Hey guys. I won’t be able to upload the story tonight. My younger brother is admitted at hospital. At the moment i want to be with him. Will try to upload the story maybe tomorrow 🙂 sorry guys.
    And thank you ?❤️?

  44. Lai says:
    November 11, 2015 at 3:12 pm

    Vaahaka liya meehunah engeyne v molhah dhogu hadhan.. typical authors..

  45. angry says:
    November 11, 2015 at 3:22 pm

    Dhen mi vaaha vx nimuny kanneynge.. varu balivehje up koh dhee dhee

  46. MΔΔ#¡d says:
    November 11, 2015 at 5:00 pm

    vrh salhi hama..!!;-) 😀

  47. Sanmu says:
    November 11, 2015 at 5:11 pm

    Gws…to ur brother…guys konme meehaka ves kamey dimaavedaane…hurihaa kudin ves intizaaru kolhaa

  48. Yasir says:
    November 11, 2015 at 7:24 pm

    Very nice story….get well soon ur young brother…plxx tommorow update kohlathy..

  49. nazi says:
    November 11, 2015 at 10:10 pm

    koako ya avas shifaayaka edhen maadhama vaahaka up kolla dheyne kama unmeedhu kuran

  50. Crazi says:
    November 11, 2015 at 11:15 pm

    Haada ahmila eh dhun bodey…myhaku bali vedaane..hiye nuvey dhoge hadaane hen neh ..ehmyhaka dhimaa v mah ehgey nee

  51. fareeeaaa says:
    November 11, 2015 at 11:56 pm

    Get well soon saarah’s young brother

  52. iraa says:
    November 12, 2015 at 6:54 am

    get well soon

  53. 4f!4h says:
    November 12, 2015 at 8:44 am

    Baeh faharu thimaa yah hageegee baiveriyaa hen heevaa meehaa aky adhi hageegee baiveriyaa yah nuvedhaane. adhi hageegee baiveriyaa hen heenuvaa meehaa aky hageegee baiveriya kamuga vedhaane. Maayaa and Nihaan aee aslu hageegee baiverinnaky. Hageegee dhiri ulhumaky aslu evves meehakah vaanuvaa engeyne eccheh noon. mi vaahaka kiyaa iru heevany hageegee vaahaka eh hen. very nice! ^_^ Love this story! MaashaAllah!

  54. nas says:
    November 12, 2015 at 10:27 am

    haadha asaru gadha vaahaka ekey. heart touching story. plx I want maaya and kiyaan gulhen.

  55. saarah says:
    November 12, 2015 at 1:22 pm

    Thank you ❤️?

  56. Sim says:
    March 13, 2016 at 9:10 pm

    Wow ?

Comments are closed.

All Right Reserved!