ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 29
އީމަންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“މާން! ހައު ކުޑް ޔޫ ޑޫ ދިސް؟” ރީމް އީމަން ފެނުމުން ސުވާލު ކުރިއެވެ.
“ކިހިނެއް ވެގެންތަ މިއުޅެނީ؟” އީމަން ސުވާލު ކޮށްލި އެވެ.
“މާން އަދިވެސް ނުވޭތަ ހަޤީޤަތާ ކުރިމަތިލާކަށް! އަހަރެންނާ އިނދެގެން ހުރެ މާންއަށް އެހެން ކައިވެންޏެއް ނުކުރެވޭނެ!” ރީމް އަމުރުވެރި ރާގަކަށް ބުނެލިއެވެ.
އީމަންއަށް ބަލައިލެވުނީ ޔާނާ އަށެވެ. ޔާނާ ހާސްވެފައިވާވަރު މޫނު މަތިން ހާމަވެއެވެ. އީމަން އަށް ހިން ދިރުވާލެވުނެވެ. ޔާނާއާ ކައިވެނިކޮށްގެން މިތަނަށް ގެނެވުނު ފަހުން އަދި ހަމަޖެހުމުގެ ނޭވާއެއް ލެވުނު ކަމެއް ނޭނގެއެވެ.
“ހަޤީޤަތާ ކުރިމަތިލުމުގެ ހިތްވަރު ރީމްގެ އެބަހުރިތަ؟ އާނ! ޔާނާއަކީ އަހަރެންގެ އަންހެނުން.” އީމަންގެ އަނގައިން ނިކުތް ލަފުޒުތައް އިވި ރީމްގެ ލޮލުން ކަރުނަ ހިލުނެވެ. ޔާނާއަކީ އީމަންގެ އަންހެނުންކަން ރީމްއަށް ހަވީއްރުއްސުރެ އެނގެއެވެ. ނަމަވެސް އީމަންގެ ދުލުން އެއަޑު އިވުމުން ހިތުގައި ރިއްސައިލިކަން ހަމަ ޔަޤީނެވެ.
“ހަޤީޤަތް އެނގެން އަހަރެންވެސް ބޭނުން. އެހެންވީމަ ރީމް އަހަރެންގެ ސުވާލަށް ޖަވާބު ދީ! އަހަރެންނާ ރީމްގެ ގުޅުން ކުރިން އޮތްގޮތް މިތަނުގައި ތިބި އެންމެންނަށްވެސް އެނގޭނެ. އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް! އަހަރެން މިތަނުން ފުރައިގެން ދިޔައީ އަހަންނާ ރީމްގެ ވަރީގެ ހުރިހާ ކަމެއް ހަމަ ޖެއްސުމަށްފަހު. ކަންތައް ހަމަ ޖައްސާފައި އޮތްގޮތުންނަމަ އަހަރެންނާ ރީމްގެ ވަރީގެ ހުރިހާ ކަމެއް އޮންނަން ޖެހޭނީ ނިމިފަ. އެކަމަކު ކުއްލި އަކަށް ހުރިހާ ކަމެއް އެކޮޅުކޮޅުން ޖެހިގެން މިދިޔައީ ކީއްވެ؟ ވަރީގެ ކަންތައް ހުއްޓުވީ ކާކު؟ ކިހިނެއް؟ ކީއްވެގެން؟” އީމަން ސީރިއަސް ރާގެއްގައި ހުރިހާ ސުވާލުތަކެއް ރީމްއާ ކޮށްލިއެވެ.
“އަހަރެން ކުރިން ވެސް ބުނީމެއްނު ލޯބިވާތީއޭ! ކިތަށްފަހަރުތަ ބުނާނީ. އަހަރެން މާންއާ އެކީ އުޅެން ބޭނުންވާތީ ވަރި ހުއްޓުވީ. މާން ދެކެ ލޯބިވާތީ!” ރީމް ރޮވިފައި ހުރެ ބާރަށް ބުނަމުން ދިޔައެވެ.
“ކިހިނެއް މީހެއް ދެކެ ކުއްލި އަކަށް ލޯބި ވާނީ! ރީމް އަހަރެން ދެކެ ފޫހިވެއެއްނު. އަހަރެންނާ އެއް ކޮޓަރިއެއްގަ އުޅެން ރުޅި އާދެއެއްނު؟ ދެން ކިހިނެއް ކޮން ގޮތަކުން ވެވުނު ލޯތްބެއްތަ ތިއީ؟” އީމަން ހަމަ ބާރުމިނުގައި ރައްދު ދިނެވެ.
“ތިޔެއް އަހަންނަކަށް ނޭނގެ. އަހަރެންނަށް އެނގެނީ އަހަރެން މިހާރު މާން ދެކެ ލޯބިވާކަން. އަހަރެން ބޭނުން މާންއާއެކީ އުޅެން.” ރީމް ރައްދުގައި ބުނެލިއެވެ.
ރީމްގެ ޖަޒުބާތު އީމަންއަށް އިހުސާސް ކުރެވުމުން އަމިއްލަ ނަފްސަށް ބާރުފޯރުވައި ހަމަޖެހިލުމުގެ ނޭވާއެއް ލިއެވެ. އަދި މަޑުމަޑުން ރީމް ކައިރިއަށް ގޮސް ހުއްޓި ހުރެ ބުނެލިއެވެ.
“ރީމް! އެއްވެސް މީހެއް ބޭނުން ހުރިހާ ކަމެއް ނުކުރެވޭނެ އަދި ބޭނުން ހުރިހާ އެއްޗެއްވެސް ނުލިބޭނެ ދޯ! ހަޤީޤަތަކީ ޔާނާއަކީ އަހަރެންގެ އަނބިމީހާކަން. ދެން އޮތީ ރީމްގެ ވާހަކަ. ރީމް ބޭނުމިއްޔާ މި ހަޤީޤަތް ޤަބޫލުކޮށްގެން އަހަރެންނާއެކީ އުޅެންވީ!” އީމަން ރީމްއަށް ވިސްނައިދިނެވެ.
“އެކަމަކު ބައްޕަ ބުނި އަހަރެން ވަރިކުރުމުގެ ކުރިން މާންއަކަށް އެހެން ކައިވެންޏެއް ނުކުރެވޭނެއޭ؟” ރީމް ޝަކުވާކުރިއެވެ.
“ރީމްގެ ބައްޕައާ އަހަރެންނާ ދެމެދު އެއްބަސްވެވުނު ކަންތައް އަހަރެން ހަނދާން ނައްތާލީއެއް ނޫނޭ. އެކަމަކުވެސް ކަންތައް ވީ ގޮތް ރީމްއަށްވެސް އެބަ އެނގެއެއްނު.” އީމަން އަޑަށް ތަންކޮޅެއް ބާރުލާފައި ބުނެލިއެވެ. ނަމަވެސް ރީމް ވިސްނުނުކަމަކަށް ނުހެދިއެވެ. އީމަން ފުންނޭވައެއް ބޭރުކޮށްލިއެވެ.
“ރީމް! ރީމް ތިހުރީ އަހަރެންގެ އަންބެއްގެ ގޮތުގަ. ރީމްގެ ރުހުން ނެތި އަހަރެން ރީމް ދޫކޮށެއް ނުލާނަން. އެއީ ހާލިދުބެގެ ވަސިއްޔަތެއް. އެކަމަކަ ހަމަ އެފަދައިން ޔާނާ އެއީ އަހަރެން ލޯބިވާ އަހަރެންގެ އަނބިމީހާ. އަހަރެން ޔާނާ ދޫކޮށެއް ނުލާނަން. ދެން ކަންތައް ކުރަންވީގޮތް ރީމްއަށްވެސް އެނގޭނެ ކަމަށް އުންމީދުކުރަން.” އިތުރަށް ވާހަކަދައްކައިގެން ރީމްއަކަށް ވިސްނޭނެއެއްޗެއް ނެތްކަން އެނގުމުން އީމަން ހަތިޔާރު ބެހެއްޓިއެވެ. އަދި ޔާނާއަށް އިޝާރާތްކޮށްލަމުން ސިޑިން މައްޗަށް އެރިއެވެ.
އީމަންއާ ޔާނާ ދިޔަތަން ބަލަން ރީމް ހުރިއިރު އެހިތަށް ކޮށްފައިވާ އަސަރު މޫނު މަތިން ފާޅުވަމުން ދެއެވެ. ޝަކީލާ އައިސް ރީމްގެ ކޮނޑުގައި އަތް ބާއްވައިލީ ހިތްވަރުދިނުމުގެ ގޮތުންނެވެ. ނަމަވެސް ރީމްއައި ރުޅީގައި އަތް ފޮޅުވާލިއެވެ.
“މާން އެބުނީއެއްނު، ދެން ކަންތައް ކުރަންވީގޮތް އަހަރެންނަށްވެސް އެނގޭނެއޭ، އެހެންވީމަ ދެން އަހަރެން ކަންތައްކުރާ ގޮތް ބަލަން ހުންނައްޗޭ!” ރީމް ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ދޮރާ ދިމާއަށް ހިނގައިގަތެވެ. ރަތްކުލައިގެ ޓޮޕަކާއި އައިސް ބްލޫ ސްކިނީއެއްގައި ރީމް ފެންނަލެއް ކިތަންމެހާވެސް ހިތްގައިމެވެ. ނަމަވެސް ދެރަވެފައި ހުރުމުގެ ސަބަބުން ނޭފަތާއި ކޯތާފަތްވަނީ ރަތްވެފައެވެ.
ރީމް ހުއްޓުވޭތޯ ޝަކީލާ އެތަށް މަސައްކަތެއް ކުރި ނަމަވެސް ރީމް އެއަޑެއް ނޭހިއެވެ. ކާރަށް އަރައިގެން ދުއްވައިލިއެވެ.
“އީމް! އަހަރެންވެސް ބޭނުމީ ހަމަ ތިގޮތް. އެކަމަކު ހަޤީޤަތަށް ވިސްނާލާނަމަ އީމްގެ ދެއަނބިން މިހާރު އެބަތިބި. ހަމަހަމަކޮށް ކަންތައްކުރަންވާނީ! އަހަރެން މިކޮޓަރީގައި އުޅުމަކީ އެއްވެސް އިންސާފަކަށް ނުވާނެ.” ޔާނާ ވާހަކަ ދައްކަމުން ދިޔައީ އީމަން އާއެވެ. އީމަން ބޭނުން ވަނީ ޔާނާ އެކޮޓަރިއަށް ބަދަލުވުމަށެވެ.
ޔާނާ ދެއްކީ ތެދުވާހަކަކަން އީމަން ގަބޫލުކުރެއެވެ. ނަމަވެސް ރީމްއާ އީމަންއާ ދޭތެރޭ އެއްދުވަހެއްގައިވެސް ދެމަފިރިންގެ ދެމެދުގައި އޮންނަންޖެހޭ އެއްވެސް ކަހަލަ ގުޅުމެއް ނެތެވެ. އަދި ހަމަ އެހެންމެ ޔާނާއާ މެދުގައި ދެކެވޭފަދަ އަމިއްލަވަންތަ ގޮތަކަށް ރީމްއަށް ބަލައިވެސްނުލެވެއެވެ.
ދެމީހުންގެ ވާހަކަތަކަށް މެދުކެނޑިގެން ދިޔައީ ދޮރުގައި ދެވެން ފެށި ޓަކީގެ އަޑުންނެވެ. އީމަން ގޮސް ދޮރުހުޅުވާލިއެވެ. ދޮރުކުރިމަތީގައި ހުރީ ޝަކީލާ އެވެ. މީހާ ވަނީ ހާސްވެފައެވެ.
“ރީމް ދިޔަ ތަނެއް ނޭނގުނު. ފޯނުވެސް އޮތީ ނިއްވާލާފަ.” ޝަކީލާ ހާސްވެފައި ބުންޏެވެ. އީމަން އަވަސްވެ ގަތީ ބޭރަށް ދިއުމަށެވެ. ޔާނާވެސް ދާން ބޭނުންވިއެވެ. ރީމްއަށް ވީ ގޮތެއް ބަލަން ޔާނާވެސް ބޭނުންވީއެވެ. އީމަންގެ ފަހަތުން ޔާނާ ހިނގައިގަތެވެ. ޝަކީލާގެ މޫނުމައްޗަށް ނުރުހުމުގެ އަސަރު ވެރިވެގެން ދިޔައެވެ. ރީމްގެ ހުރިހާ އުފަލެއް ފޭރިގަތީ ޔާނާ ކަމުގައި ޝަކީލާ ގަބޫލުކުރެއެވެ. ރަނގަޅު ހެޔޮ މަގަށް އެޅިފައިވާ ރީމްގެ ދިރިއުޅުން އަނެއްކާ ކުރީގެ ގޮތަށް ރުޖޫޢަ ވެދާނެ ކަމުގެ ބިރު ހީވެފައި ވުމުން ޝަކީލާއަށް ހުރިހާ ނުރުހުމެއް އަމާޒު ކުރެވެނީ ޔާނާއަށެވެ.
އީމަން ރީމް ގޮސްދާނެ ހެން ހީވާ ހުރިހާ ތަނެއް ބެލިއެވެ. ނަމަވެސް ރީމްގެ ހިލަމެއް ނުވިއެވެ. ރީމްގެ ރައްޓެއްސެއްގެ ހަބަރެއްވެސް ނުވިއެވެ. އީމަން ވިސްނަން އިނުމަށްފަހު ކާރު ދުއްވާލިއެވެ. ވިއްސަކަށް މިނެޓްގެ ދުއްވުމަކަށްފަހު ކާރުގޮސް މަޑުކޮށްލީ ނިވި ދިއްލޭ ބޮކިތަކުން ޖަރީކުރެވިފައިވާ ތަނެއްގެ ކުރިމައްޗަށެވެ. ޔާނާ ވަށައިގެން ނަޒަރު ހިންގާލިއެވެ. އޭނާ ދުވަހަކުވެސް މިފަދަ ތަނެއް ހަމަ ލޮލަކުން ނުދެކެއެވެ. އެންމެ ވައްތަރީ ފިލްމުތަކުން ފެންނަ ޑިސްކޯ ނުވަތަ ނައިޓް ކްލަބް ކަހަލަ ތަނަކާއެވެ. ޔާނާ އާޝޯހުވެފައިވާތަން ފެނި އީމަން ހިނިއައެވެ. އަދި ޔާނާއަށް ބަލަން އިނދެވުނީ އެފަދަ މައުސޫމުކަމެއް މީގެ ކުރިން ފެނިފައި ނުވާތީއެވެ. ނިވި ދިއްލެމުން ދިޔަ ތަފާތު ކުލަކުލައިގެ އަލި ޔާނާގެ މޫނަށް އެޅެމުން ދިޔައިރު އޭގެ ކޮންމެ އައްޔަކުންވެސް ޔާނާގެ ރީތިކަން ފާޅުކޮށްދެއެވެ. ރީތި ކަމާއި މައުސޫމުކަން ހާމަވަމުން ދިޔައެވެ. އީމަން ގޮސް ޔާނާގެ އަތުގައި ހިފާލިއެވެ. އަދި ކުރިއަށް ހިނގައިގަތެވެ.
އީމަން ގޮސްވަނީ ނައިޓް ކްލަބަކަށެވެ. ‘އެހެންވީމަ ފިލްމުތަކުން އެދައްކަނީ ތެދު ހަގީގަތްތާއެވެ.’ ޔާނާގެ ހިތް ބުނެލިއެވެ. އެތެރެއަށް ވަދެވުމާއެކު ތަނުގެ ހަލަބޮލިކަން ފެނިގެން ދިޔައެވެ. އަޑު ބާރުކޮށް އިނގިރޭސި ރޮކް ލަވަ ޖަހައިފައިވާއިރު ބާރަށް ހޭ އަޑާއި މިއުޒިކަށްވުރެ ބާރަށް ވާހަކަ ދައްކަން މަސައްކަތް ކުރާއަޑުން ވަނީ މުޅި ތަން ގުގުމާފައެވެ. އަދި ހަމަ އެހެންމެ ދެޖިންސުގެ ކުދިން ގައިގޯޅިކޮށް ނަށަމުން ދިޔައެވެ.
އެ ހަލަބޮލި މާހައުލުތެރެއިން އީމަންއަށް ރީމް ފާހަގަ ކުރެވިގެންދިޔައެވެ. ޔާނާ ގާތުގައި މަޑު ކުރުމަށް އެދެމުން އީމަން މިސްރާބު ޖެހީ ރީމް ކައިރިއަށެވެ. އެކި ވައްތަރުގެ ބުއިންތައް ދެމުން ދިޔަ ބާރ ކައިރިއަށް އީމަންއަށް އެމީހުންގަނޑުގެ ތެރެއިން ފުރޭނިގެން ދިޔުމަށް ވަގުތުކޮޅެއް ނެގިއެވެ. ނަމަވެސް އެހިސާބަށް ދެވުނުއިރު ރީމް އެތަނުގައެއް ނެތެވެ. އީމަން ވަށާ ހޯދާލިއެވެ. ނަމަވެސް އެ ހަލަބޮލި މާހައުލުން ރީމް ފާހަގަ ކުރެވާ ވަރެއް ނުވިއެވެ. އީމަން އެކި ކޮޅުކޮޅުމަތި ހޯދަން ފެށިއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އީމަން އަށް ނަޒަރު ހުއްޓާލައިގެން ހުރި ޔާނާއަށް އީމަން ގެއްލުމެވެ. ޔާނާވެސް އީމަން ފެނޭތޯ ހޯދަން ފެށިއެވެ.
އެކި ކޮޅުކޮޅު ހޯދަމުން ދިޔަ ޔާނާއަށް ސިހުމެއް ލިބިގެން ދިޔައީ ފަހަތުން މީހެއް އައިސް ކޮނޑުގައި އަތް އެޅުމުންނެވެ. ޔާނާގެ ހިތަށް ހަމަ ޖެހުން ލިބިގެން ދިޔައެވެ. އީމަން ޔާނާ ހޯދާނެ ކަމުގެ ޔަޤީންކަން ހިތުގައި އޮތެވެ. ހިނިތުންވުމަކާއެކީ އެނބުރިލި ނަމަވެސް ހިނިތުންވުން ފަނޑުވެގެން ދިޔައީ ރީމް ފެނުމުންނެވެ.
“މިއީ އަހަރެން މިބުނާ ހުޝިޔާރު އަންހެނަކީ! ވަރަށް ކުޅަދާނަވާނެ މީހުންގެ ފިރިން މަޅީގަ ޖައްސަން. ބަލާލާފަ ހީވަނީ ވަރަށް މާތް އަންހެނެއް ހެންދޯ. އެކަމަކު ހަމަ ބިޗުލެއް. ކަށިޖަހައިފިނަމަ ތަދު ފިލައިގެނެއް ނުދާނެ!” ރީމް ކައިރީގަ ތިބި ދެކުދިންނާ ދެއްކި ވާހަކަ ތަނުގެ އަޑު ގަދަކަމުން ޔާނާއަށް އަޑެއް ނީވުނެވެ. ނަމަވެސް ރީމް އެދެއްކީ ޔާނާގެ ވާހަކަ ކަން އެދެކުދިން ބަލައިލި ގޮތުން ޔާނާއަށް އިހުސާސް ވެގެން ދިޔައެވެ.
ޔާނާ ރީމްގެ އަތުގައި ހިފައި ދޮރުކައިރިއަށް ގެންދިޔައެވެ. އެތަނުގައި ތަންކޮޅެއް އަޑުމަޑުކަމުން ކިޔާއެއްޗެއް އަޑު އިވޭވަރުވެއެވެ. ރީމް ޔާނާގެ އަތް ނައްޓުވައިލީ ރުޅިވެރި ކަމާއެކީގައެވެ.
“ގައިގަ އަތްނުލާތި!” ރުޅިވެރިކަމާއެކީ އަތް ފޮޅުވާޅަމުން ރީމް ބުނެލިއެވެ.
“ރީމް! އީމް ހުރީ ވަރަށް ކަންބޮޑުވެފަ. ހިނގާ ގެއަށް ދާން. ރީމްގެ މަންމަވެސް ވަރަށް ދެރަވެގެން…..” ޔާނާ ދައްކަމުން ދިޔަ ވާހަކަތައް މެދު ކެނޑިގެން ދިޔައީ ރީމް ހުއްޓާލުމަށް އިޝާރާތްކުރަމުން ދިއްކޮށްލި އަތްތިލައިގެ އިޝާރާތުންނެވެ.
“ކީއްވެ؟ ކޮން ހައިސިއްޔަތަކުން އައިސް އަހަރެންނަށް ނަސޭހަތް ތިދެނީ؟ ކަލޭ ދައްކާ ވާހަކަ ތަކަށް މާން ހެއްލުނަސް އަހަރެން ނުހެއްލޭނެ.” ރުޅިވެރިކަމުން ފުރިގެންވާ ރާގެއްގައި ރީމް ބުނެލިއެވެ. ޔާނާ ޖެހިލުންވާގޮތްވިއެވެ. ރީމްގެ މޫނު މަތިން ހަރުކަށިކަމާއި ރުޅިވެރިކަން ފެންނަމުން ދިޔައެވެ. ޔާނާ މީހުންގަނޑު ތެރެއަށް ނަޒަރު ހިންގާލީ އީމަން ފެނޭތޯއެވެ.
ޔާނާ މީހުންގަނޑު ތެރެއަށް ނަޒަރު ހިންގާތަން ފެނުމުން ރީމްވެސް އެދިމާއަށް ބަލައިލިއެވެ. ކަޅުކުލައިގެ ގަމީހަކާއި ނޫ ޖިންސެއްގައި އީމަން އެންމެގެ ތެރެއިން ފާހަގަ ވާ ފަދައެވެ. ގަމީހުގެ އަތް އުޅަބޮށްޓައި ހަމައަށް އޮޅާލެވިފައި ހުރި އިރު އެ ފިރިހެންވަންތަ އަތްވަނީ ހާމައަށެވެ. ޔާނާއަށް އީމަން ފެނުނު ހިނދު ރީމްއަށްވެސް ފެނުނެވެ. ޔާނާ އީމަން ކައިރިއަށް ދާން ހިނގައިގަތުމުން ރީމް ހުއްޓުވިއެވެ. އަދި ކުރިއަށް ހިނގައިގަތެވެ. ރީމްގޮސް އީމަންގެ ބުރަކަށީގައި ޖަހައިލިއެވެ. އީމަން އެނބުރި ބަލައިލިއެވެ.
“ރީމް! ހާދަ ހޯދައިފީމޭ! ހިނގާ ގެއަށް ދާން!” އީމަން ރީމްއަށް އަޑު އިވޭނޭހެން ގުދުވެލަމުން ބުނެލިއެވެ.
“ކީއްކުރަން އަހަރެން ގެއަށް ދާންވީ؟ އަހަރެންނާ ދޭތެރޭ ވިސްނާ މީހަކު އެބަހުރިތަ އެގޭގަ” ރީމް ދެރަވެލާފައި ބުނެލިއެވެ.
“ރީމް! މިއީ ގަވާއިދާ ހިލާފަށް ހިނގަމުންދާ ތަނެއް؟ ކޮންމެ ވަގުތެއްގަވެސް ފުލުހުން އައިސް މިތަން ރެއިޑްކޮށްފާނެ. ޕްލީޒް. ހިނގާ މިތަނުން ދާން.” އީމަން އާދޭސްކުރާ ރާގެއްގައި ބުނެލިއެވެ.
ނަމަވެސް ރީމް ބޭނުންވީ އިތުރަށް ހިތްހަމަ ޖައްސައިލުމެވެ. އެފަދަ ގޮތަކަށް އީމަންއައިސް ރީމްގާތު އާދޭސް ކޮށް ވާހަކަ ދެއްކުމުން ބުނެދޭން ނޭނގޭފަދަ ހިތްހަމަ ޖެހުމެއް ހިތަށް ވެރިވަމުން ދިޔައެވެ. ދެމީހުންގެ ދެމެދުގައި ވާ ދުރުކަން ކައިރިކުރެވޭނެ އިތުރު ގޮތެއް ރީމްއަށް ނުވިސްނުނީއެވެ. އެހެންކަމުން ކޮންމެ ގޮތެއް ވި ނަމަވެސް މިފަދަ އަގުހުރި ވަގުތުކޮޅެއް ނަގާލަން ރީމްގެ ހިތެއް ނޭދުނެވެ.
“މާ ރަނގަޅު އެހެން ވެއްޖެއްޔާ! އަހަރެން މާންގެ ހަޔާތުން ދިޔުމެއްނު މާން ބޭނުމީ! އަހަރެން ދެން ޖަލުގަ އުޅޭނީއެއްނު! އެހެންނޫނަސް އަހަރެން އެކަންޏެއް ނޫނެއްނު މިތަނުގައި ދިވެއްސަކަށް ހުރީވެސް. ބަލާބަލަ! އެތިބީ އަހަރެންނަށް ވުރެ މާ ހާލު ނުބައި މީހުން. އަހަރެން ގެންދަންޏާ އެމީހުން ތިބޭނެ މާކުރީގަ. އެކަންޏެއްވެސް ނުވާނެއްނު ޖަލުގަ.” ރީމް ގޮތްދޫނުކުރާ ރާގެއްގައި ވާހަކަ ދައްކަމުން އެތަނުގައި މަސްތުވެގެން ތިބި ދިވެހިން ތަކަކަށް އިޝާރާތް ކޮށްލިއެވެ. އީމަން އެދިމާއަށް ބަލައިލުމާއެކު މޫނު އަނެއްފަރާތަށް އަނބުރައިލިއެވެ. ބޭރު ޤައުމުތަކުގައި ބައެއް ދިވެހިން އުޅެމުންދާ ދަށް ފެންވަރުގެ ދިރިއުޅުމުގެ ވާހަކައަކީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. އެއީ އެފަދަ ދިވެހިންގެ އަނދިރިފަރާތެވެ.
ރީމް އެތަނުން ހަމަ އެއްވެސް ގޮތެއްގައި ދާކަށް އެއްބަހެއް ނުވިއެވެ. އީމަންގެ ހިތް އަވަސްވަމުން ދަނީއެވެ. ގަވާއިދާ ހިލާފަށް ހިންގާ އެފަދަ ނައިޓް ކްލަބްތަކަށް ފުލުހުން ކޮންމެ ވަގުތައްގައިވެސް ވަދެދާނެއެވެ. ރީމް އެއްބަސްނުވުމުމުން އީމަން ރީމްގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތީ ބާރުލާފައެވެ. ރީމް މާބޮޑަށް ގަދައެއް ނަހަދައެވެ. ނަމަވެސް ރީމް ދެކޮޅު ހެދުމަށް ކުރާ ކޮންމެ ހަރަކާތެއްގެ ރައްދުގައި އީމަން ރިމްގެ އަތުގައި އިތުރަށް ބާރަށް ހިފަހަށްޓަމުން ދިޔުމުން ރީމްއަށް އެގޮތް ކަމުދިޔައެވެ. މީހުންގަނޑުގެ ތެރެއިން ނިކުމެވުމާއެކީ އީމަން މިސްރާބު ޖެހީ ދޮރާ ދިމާއަށެވެ. ދޮރުކައިރީގައި ހުރި ޔާނާ ފެނުމުން ރީމްގެ މޫނަށް ނުރުހުމުގެ ކުލަވަރު ވެރިވެގެން ދިޔައެވެ.
އީމަން ރީމް އަދި ޔާނާ ގޮސް ކާރު ކައިރީގައި މަޑުކުރިއެވެ. “ރީމް މިކާރުގައި ދާން ހިނގާ. ރީމްއައި ކާރު ބަލާ ފޮނުވާނީ” އީމަން ރީމްއަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ.
ރީމް ހިތްހަމައެއް ނުޖެހުނެވެ. އޭނާ ޔާނާ އެކާރުގައި ގެންދާކަށް ބޭނުމެއް ނުވިއެވ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.



Meenee vaa reem eh dhehvaafr
V v reethi
Haadha kurey
Me 4th haadha reechey story.. Please next part avx koh up koh dhyba
Haaadha kurey
Pis haadha kurey
Mi liyaa myhakah neyngey dhw comments kury ma reply kuraakah vc varah fooohi vey kiyun therin ge feelings ah respect nukuraathyve…
2013 ga liyan feshi story eh mee.. thi varun kanthah kuran noolhey .. meehaku kameh kureethyve kuran thiulheny…
Mi story Asslu v reethi..Ekm update vany v slowly…. Ehnve kiyaa hiy nuvany…. Mi story liyaa kujja thankolhe avahah update koh dhey nama hama v habu Vane…..
Kyvetha mihaaru mi story up vaaleh lahy. Kurin daily koh up kohdhey. Ekam mihaaru v las up vaaleh. Mi story aslu varah reethi.
History kurin konmeves sitakun kiyaifin
Alhe e site ge name bunebala plx ks
Mivaaka emme furathama duvaskolhu dhuvaalaku ehfaharu upload kohfa mihaaru kiriyaa hafthaa aku ehfaharu up kureveny
mi kurin liyefa oi vaahakaeh. liyaakah nujeheyne. dhen y up nukurany. v foohivey thihen hadhaathi.
kobaaathaaa alhe vaahaka..?? mihaaru kon dhuvahehh.. enme fahun update kohfa theendhyy 10th november ga. tuday is 19november..thi varu vanyaaa nuliyebala vahaka
Thee boduvareh
hmm nw v boring mi site ga liyaa vaahaka kiyan ves
Thyy hama thedheh…. Mihaaru vrh foohi mivaahaka kiyan ves… Hafthaa aku ehfaharu ves mihaaru up nukurevey… Who all r agree with me…
Mivaahanimuneetha
Mivaahaka Chen oi part nukuhnaany kondhuvahak adhi mivahala genesdhy bayfulha koba balive ulheny tha mikan nuvana huttalan govaalan
Kiyuntherin foohivehje
Haadha lahey..wen nxt part up vaany
ކޮބާތަ ވާހަކަ…. ހާދަ ދުވަހެކޭ.. ތިހެން ކަންތައް ކުރަންޏާ ކިޔުންތެރިންވެސް ފޫހިވަނެ.. ވާހަކަ އަޕްކޮށްދީބަލަ
Julie d Jones, I agree with yew…