Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވަކިވީ އަސަރާ މަންޒަރު… 5

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login
November 11, 2015 7 Mins Read
21 Comments

“ތިދެމެދަށް މާއިޒްގެ ޕާސްޓް ނުވަންނާނެ ކަން ޔަގީންތަ؟” ޝިއުނާ އެހިއެވެ.

“ޝިއުނާ އަންޑަރސްޓޭންޑް ވާނެ ކަމަށް ހީކުރަން، އަހަރެން ޝިފްޒާ ދެކެ ވަރަށް ލޯބިވީން… މިހާރުވެސް ވޭ، އަހަރެން ހިޔެއް ނުކުރަން އެހެން ކުއްޖަކު ދެކެ ދުވަހަކުވެސް ދެން ލޯބި ވެވިދާނެ ކަމަކަށް… އެކަމަކު ޝާނީ ފެނުނީމަ… ނޭނގެ މި ފީލިންގްސް ބުނެދޭނެ ގޮތެއް… އަހަރެން ދުވަހަކުވެސް ޝިފޫ މަތިން ހަނދާނެއް ނުނެތޭނެ، އެކަމަކު އަހަރެން ދެން ޝާނީއާ ނުލާ އުޅެން ވެއްޖެއްޔާ ހީވާނީ ހިތާ ނުލާ އުޅެވޭހެން… އެރޭ ޝާނީ ރޯން ހުރި މަންޒަރު… ދުވަހަކުވެސް ހިތަކުން ނުފިލާނެ… މިދެރޭ އަހަރެން ހޭދަ ކުރި ގޮތް ބުނެއެއް ނުދެވޭނެ އެކަކަށްވެސް… އަހަންނަށް ޔަގީން ކަމާއެކީ މިހާރު ބުނެވޭނީ އެންމެ އެއްޗެއް… އަހަރެން ޝާނީ ދެކެ ވަރަށް ލޯބިވޭ…” މާއިޒް ބުންޏެވެ.

މާއިޒްގެ ވާހަކަ އަޑު އަހާފައި ޝިއުނާ ހިތްހަމަޖެހުނެވެ.

“އޯކޭ… ގަބޫލު ކޮށްފިން، މާއިޒް އަކަށް ނޭނގޭނެ ޝާނީ މިހުރިހާ ދުވަހު އުޅުނު ގޮތެއް، އޭނަ ރޯއަޑު އިވުނު މީހަކުވެސް ހިތްހަލާކު ވާނެ… އަދި އެރޭ މާއިޒްއާ ދިމާވި ފަހުން…” ޝިއުނާ ނުބުނެ ހުއްޓާލިއެވެ.

ޝިއުނާގެ ވާހަކަ އަޑު އިވުމުން މާއިޒް ޝާނީ ދެކެލަން ބޭނުން ވިއެވެ. އެވަގުތުވެސް ޝާނީ ދެކެ ލޯބިވާކަން ޝާނީއަށް އަންގަން ބޭނުން ވިއެވެ.

“މާއިޒްއަށް ނޭނގުނަސް ޝާނީ މާއިޒް ދެކެ ލޯބިވާ ވަރު އަހަންނަށް އެނގޭ، އޭނަ އެހެން ދެރަވެފަ ހުންނަ ތަން ދެކެން އަހަރެން ނޭދޭތީ މިއަދު އަހަރެން މާއިޒްއަށް މިގުޅީ” ޝިއުނާ ބުންޏެވެ.

“އަހަރެން ވަރަށް ލަކީ މީހަކަށް މިވީ…” މާއިޒް ބުނެލިއެވެ.

“ޝާނީވެސް ތިހާ ލަކީ ކުއްޖަކަށް ހަދާބަލަ” ޝިއުނާ ބުންޏެވެ.

“އަހަރެން ތައްޔާރު، ކިހިނެއް ހަދަންވީ؟” މާއިޒް އެހިއެވެ.

“މިއަދު މީ ޝާނީގެ ބަރތްޑޭ، އަހަރުމެން މި އުޅެނީ ކުޑަ ޕާޓީއެއް ޕްލޭން ކޮށްގެން… ޓްވެންޓީ ވާތީ، ޝާނީ އަކަށް ނޭނގޭނެ، އަހަރުމެން ކިޔައިގެން މި އުޅެނީ މިރޭ ޝާނީ ގޮވައިގެން ކާށޭ ދާނީ… ނިޝާ ޝާނީ ގޮވައިގެން އަންނާނެ އަހަރުމެން ގެޔަށް ނައިންއަށް، މާއިޒް ހަދަންވީ ގޮތަކީ، ޝާނީ އައުމުގެ ކުރިން އަންނަންވީ، އެންމެ ރަނގަޅުތަ؟” ޝިއުނާ އެހިއެވެ.

“އާނ…ދާނަން، ވަރަށް ބައިވަރު މީހުން ތިބޭނެތަ؟” މާއިޒް އެހިއެވެ.

“ނޫން… ފެމިލީ އެކަނި، ދޮންބެއާ ދޮންބެގެ ގަރލްފްރެންޑާ، ނިޝާއާ އާސިފްއާ، ދެން އަހަރެންގެ ހަޒް ޝިމާއުއާ އެކަނި” ޝިއުނާ އަންނާނެ މީހުން ކިޔާދިނެވެ.

“އޯކޭ، އަހަރެން ކިހާ އިރަކު ދާންވީ؟” މާއިޒް އެހިއެވެ.

“މާއިޒް އާދޭ އެއިޓް ފޯޓީފައިވްގަ” ޝިއުނާ ބުންޏެވެ.

“އާނ… ދާނަން… ޝިއުނާ، އަހަރެން ޝާނީއަށް ދޭނީ ކޯޗެއް؟” މާއިޒް އަހާލިއެވެ.

“ޝާނީ އެންމެ ބޭނުން ވާނީ މާއިޒް، ދެން އޭގެ އިތުރަށް އެއްޗެއް ދެންޏާ މާއިޒްއަށް ކަމުދާ އެއްޗެއް ދިނީމަ ރަނގަޅު ވާނެ” ޝިއުނާ ބުންޏެވެ. އަދި ޝިއުނާމެންގެ ހުންނަ ތަން މާއިޒްއަށް ބުނެދީފައި ފޯން ކަނޑާލިއެވެ.

 

އެތައް ދުވަހެއް ފަހުން މާއިޒްއަށް ހަގީގަތުގަވެސް ހިތްހަމަ ޖެހިލެވުނެވެ. ޑިޔުޓީ ނިންމާފައި ގެޔަށް ދިޔަ މަގުމަތީގައި މާއިޒް ޝާނީއަށް ދޭނެ ހަދިޔާއެއް ގަތެވެ. މާއިޒް ހިތްހަމަޖެހޭ ވަރުގެ އެއްޗެއް ލިބުނީ ދޮޅުގަޑިއެއް ހާއިރު ދުއްވި ފަހުންނެވެ.

މާއިޒް ޝިއުނާމެން ގެޔަށް ދިޔައިރު ހުރިހާ ކަމެއް ހުރީ ތައްޔާރުކޮށް ނިމިފައެވެ. އޭރު ޝާނީއާ ނިޝާ ނޫން އެހެން އެންމެން އެގޭގައި ތިއްބެވެ. ޝިއުނާ އެންމެނަށް މާއިޒް ތައާރަފް ކޮށްދިނެވެ. އަދި ޝިމާއު މާއިޒް ގޮވައިގެން ޝާނީމެން އައުމުގެ ކުރިން މައްޗަށް އެރިއެވެ.

ޝާނީ ނިޝާއާ އެކީ އެތެރެއަށް ވަން އިރަށް އެންމެން ހެޕީބަރތްޑޭ އޭ ކިޔާ ހަޅޭލަވައިގެންފައި ޝާނީ ވަށާލިއެވެ. އޭރު ޝިއުނާ ވަނީ އެންމެނަށް ޝިއުނާގެ ޕްލޭން ކިޔާދީފައެވެ. އެހެންވެ އެކަކުވެސް ޝާނީގާތު މާއިޒްގެ ވާހަކައެއް ނުބުނެއެވެ.

ޝާނީ ކައިރީ ނުވެސް ބުނެ ޝިއުނާ ސަޕްރައިޒް ޕާޓީއެއް ބޭއްވުމުން ޝާނީ ހުރީ ހިތްހަމަ ނުޖެހިފައެވެ. އެރޭ ޝާނީގެ ބޮލުގަ ރިއްސާތީ ޝާނީ އުޅުނީ ޝިއުނާމެން ބުނި ކެއުމަށްވެސް ނުދާށެވެ. ނަމަވެސް ދާން އެއްބަސްވީ އެންމެން އާދޭސް ކުރި ވަރުންނެވެ.

ފަހަރަކު މީހަކު އައިސް ޝާނީއަށް ވިޝް ކުރިއެވެ. އޭރު ޝިމާއު މާއިޒް ގޮވައިގެން އާދެއެވެ.

“ދޮންތަ ކައިރީ އަހަރެން ކާން ދާކަށްވެސް ބޭނުމެއް ނޫނޭ ބުނީމަ ކީއްކުރަން ދެން…” ޝިއުނާއާ ނިޝާ އައިސް ޝާނީއަށް ވިޝް ކުރުމުން ޝާނީ ބުންޏެވެ. ޝާނީގެ ފަހަތުގައި ހުއްޓުނު މާއިޒްއަށްވެސް އެއަޑު އިވުނެވެ.

“ދެން އެހާ ވަރު ކަމެއް ނޫނެއްނު؟” ޝިއުނާ ޝިމާއުއާ އެކީ ދަމުން ބުންޏެވެ.

ޝާނީ އެއްޗެއް ނުބުނެ އެދެމީހުންނާ ދިމާއަށް ބަލަން ހުއްޓެވެ.

“ހެޕީ ބަރތްޑޭ…” އެ ވަގުތު ޝާނީގެ ކަންފަތް ކައިރިއަށް ގުދުވެލަމުން މާއިޒް ބުންޏެވެ.

ޝާނީ ސިހިފައި އެނބުރިލިއެވެ. މާއިޒް ފެނުމުން ޝާނީ ހައިރާން ވެފައި މާއިޒްއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

“ނިޝާ…” އެވަގުތު ޝިއުނާ ނިޝާއަށް ގޮވާލިއެވެ. އެއަޑަށް ޝާނީ ސިހުނެވެ. އަދި ޝިއުނާއާ ދިމާއަށް ބަލާލިއެވެ. ޝިއުނާ ޝާނީއާ ދިމާއަށް އެއްލޯ މަރާލާފައި ނިޝާގެ އަތުގައި ހިފައިގެން ދިޔައެވެ.

“ސަޕްރައިޒް، ސަޕްރައިޒް!” ދަމުން ނިޝާއާ ޝިއުނާ އެއްފަހަރާ ކިޔާލިއެވެ.

ޝާނީ އަނެއްކާވެސް މާއިޒްއާ ދިމާއަށް ބަލާލިއެވެ.

“ސަޕްރައިޒް…!” މާއިޒްވެސް ބުނެލިއެވެ.

“ދޮންތަގެ ކަންތައް ދޯ؟ އޭނައަކަށް ނުހުރެވޭނެ އެހެން މީހުންގެ ކަންތަކާ ނުބެހިއެއް…” ޝާނީ ބުންޏެވެ.

މާއިޒްއަށް ޖަވާބުގައި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޝިއުނާ ބުއްފުޅިއެއް ހިފައިގެން އައިސް ޝާނީ އަތަށް ދިއްކޮށްލިއެވެ.

“ޝާނީ، ދޮންތަ އަންނާނަން ނިޝާ ގޮވައިގެން ގޮސް ކޭކު ހިފައިގެން، މީޝް ހޭލާނެ ކަންނޭނގެ އިރުކޮޅަކުން، ހޭލައިފިއްޔާ ދެއްޗޭ” ޝިއުނާ ބުންޏެވެ. އަދި ޝާނީގެ ޖަވާބަކަށް ނުބަލާ ނިޝާގެ އަތުގަ ހިފައިގެން ނިކުތެވެ.

ޝާނީ އެއްޗެއް ނުބުނެ ސިޑިއާ ދިމާއަށް ދިޔައެވެ.

“އަހަރެންވެސް އަންނަންތަ؟” މާއިޒް އަހާލިއެވެ.

“އާދޭ…” ޝާނީ ބުންޏެވެ.

ޝާނީ ކޮޓަރިއަށް ވަން އިރު މީޝަލް އޮތީ ނިދާފައެވެ. ޝާނީ ކައިރީގައި ހުރި ގޮނޑިމަތީ މީޝަލްގެ ބުއްފުޅި ބަހައްޓާފައި މީޝަލް ކައިރީ ހުރި ބާލީސްތައް ރަނގަޅު ކޮށްލިއެވެ. މާއިޒް މީޝަލްގެ އެނދު ކައިރީ މީޝަލްއަށް ބަލަން ހުއްޓެވެ.

“ކިތައް މަސް؟” މާއިޒް އަހާލިއެވެ.

“ސިކްސް…” ޝާނީ ޖަވާބު ދިނެވެ.

“ކޮން ނަމެއް ކިޔަނީ؟” މާއިޒް އެހެން ސުވާލެއް ކުރިއެވެ.

“މީޝަލް… އައިމިނަތު މީޝަލް ޝިމާއު” ޝާނީ ބުންޏެވެ.

މާއިޒް މީޝަލްގެ އަތުގަ މަޑުމަޑުން ހިފާލިއެވެ. ޝާނީ ކުޑަ އެނދު ކައިރިން ދުރަށް ޖެހިލިއެވެ.

“ޝާނީ…” މާއިޒް ޝާނީގެ އަތުގަ ހިފާލާފައި ގޮވާލިއެވެ. ޝާނީ މާއިޒްއާ ދިމާއަށް ބަލާލިއެވެ.

“ހެޕީ ބަރތްޑޭ…” މާއިޒް ބުންޏެވެ. އަދި ޖީބުން ހިމަކޮށް ދިގުކޮށް އޮތް ކުޑަ ފޮއްޓެއް ނަގާ ޝާނީ އަތަށް ދިނެވެ.

“ތެންކް ޔޫ…” ފޮށީގަ ހިފަމުން ޝާނީ ބުންޏެވެ.

މާއިޒް ޝާނީގެ ދެއަތުގަ ހިފާ މާއިޒްއާ ޝާނީ ކައިރި ކޮށްލިއެވެ. އަދި ޝާނީގެ ދެއަތް ނަގާ މާއިޒްގެ ކަރުގަ އަޅުވާލާފައި ޝާނީ ގައިގަ ބައްދާލިއެވެ.

“އައި ލަވް ޔޫ…” މާއިޒް ޝާނީގެ ނިތްކުރީގައި ބޮސް ދެމުން ބުންޏެވެ. “މިހެން ބުނަން، މިކަމަށް މިހާ ވަގުތު ނެގީތީ ވަރަށް ބޮޑަށް ސޮރީ!” މާއިޒް ބުނެލިއެވެ.

ޝާނީއަށް ހީވީ އެތައް ދުވަހެއް ވަންދެން ކުރި އިންތިޒާރެއް ނިމުނު ހެންނެވެ. މާއިޒް އެހެން ބުނުމުން އެއްވެސް އިޚްތިޔާރެއް ނެތި ރޮވުނެވެ. އެއްވެސް އެއްޗެއް ނުބުނެ ޝާނީ މާއިޒްގެ މޭގައި މޫނު ޖައްސާލިއެވެ. މާއިޒްގެ ކަރުގައި ދެ އަތް ބާރު ކޮށްލިއެވެ.

“ޝާނީ… ނުރޮއެބަލަ ޕްލީޒް…” މާއިޒް ޝާނީގެ ބޮލުގަ ފިރުމާލާފައި ބުންޏެވެ. އަދި ޝާނީގެ ދަތްދޮޅީގައި ހިފާ ޝާނީގެ މޫނު އުފުލާލާފައި އެމޫނު ފޮހެލިއެވެ.

“އައި ލަވް ޔޫ ސޯ މަޗް…” ޝާނީ ބުނެލިއެވެ.

“ޝްޝްޝް… އެނގެޔޭ…” މާއިޒް ބުންޏެވެ. އަދި ޝާނީގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. ޝާނީ ލޯމަރާލިއެވެ. މާއިޒްއަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ޝާނީގެ އެ ދައުވަތު ގަބޫލު ކުރިއެވެ.

“މީ އަހަންނަށް ހީވާ ގޮތްތަ؟ ނޫނީ ޝާނީގެ ބޮޑީ ހަމަ ހޫނީތަ؟” މާއިޒް އިރުކޮޅެއް ފަހުން އަހާލިއެވެ. ޝާނީ އެއްޗެއް ނުބުނެ މާއިޒްއާ އަދިވެސް ބޮޑަށް ކައިރި ވެލިއެވެ. މާއިޒް ޝާނީގެ ނިތްކުރީގައި އަތް ޖައްސާލިއެވެ. އަދި ކަރުގައި ވެސް އަތް ޖައްސާލިއެވެ.

“ޝާނީ ހުން އައިއްސަ ދޯ ތިހިރީ؟” މާއިޒް އެހިއެވެ.

“މިހާރުވެސް ތީ ޑޮކްޓަރެއް ދޯ؟” ޝާނީ އަހާލިއެވެ.

“ބުނެބަލަ! ކޮން އިރަކު ހުން އައީ؟” މާއިޒް އެހިއެވެ.

“ނޭނގެ… ދެދުވަސް ވަރު ވެއްޖެ ކަންނޭނގެ…” ޝާނީ ބުންޏެވެ.

“ޑޮކްޓަރަށް ދެއްކިންތަ؟” މާއިޒް އެހިއެވެ.

“ނުދައްކަން… އެކަމަކު މިރޭވެސް މިއައީ ބޭސް ކައިގެން…”

“ކީށްވެ ނުދެއްކީ؟” މާއިޒް ސުވާލު ކުރިއެވެ.

“ދެން… އެހާވަރުގެ ކަމެއް ނޫނޭ މީ… އާދައިގެ ހުމެކޭ ހަމަ…” ޝާނީ ބުންޏެވެ.

މާއިޒް ޝާނީ ކުޑަކޮށް ދުރު ކޮށްލިއެވެ.

“ކޮންމެ ކަމެއްގަވެސް ފުރަތަމަ އަންނާނީ ހުން… ހަށިގަނޑު ތެރޭގަ ކިތަންމެ ބޮޑު ކަމެއް ހުއްޓަސް ހުން އައިސްދާނެ… އެހާ އާދައިގެ ކަމަކަށް ނަހަދައްޗޭ…” މާއިޒް ބުންޏެވެ. “އެހެން ކަމެއް ނުވޭތަ؟” މާއިޒް އެހިއެވެ.

“ކުޑަކޮށް ބޮލުގަ ރިއްސާ…” ނުބުނަން ހުރެފަ ޝާނީ ބުންޏެވެ.

“ދެން…؟”

“ބައެއް ފަހަރު ބޯ އަނބުރާ” ޝާނީ މާއިޒްއަށް ބަލާލާފައި ބުންޏެވެ.

“ކިތައް ދުވަސް ވެއްޖެ؟” މާއިޒް އެހިއެވެ.

“ތިން ދުވަސް ވަރު ވެދާނެ…” ޝާނީ ވިސްނާލާފައި ބުންޏެވެ.

“ޝާނީ… އެއްވެސް ތާކުން ވެއްޓި ބޯ ޖެހުނުތަ؟” މާއިޒް ޝާނީގެ ކޮނޑުގައި ހިފާލާފައި އަހާލިއެވެ.

ޝާނީ ހަނދާން ވިއެވެ. ޝިއުނާއާ އެކީ ބާޒާރަށް ދިޔަ ދުވަހުގެ ކުރީ ދުވަހު ޝާނީ ފާހާނާ ތެރެއަށް ވެއްޓުނެވެ. ބޮލުގަ ރިއްސާ ބޯ އަނބުރަން ފެށީ އެދުވަހުގެ ފަހުންނެވެ. ޝާނީ އެވާހަކަ މާއިޒް ކައިރީ ބުންޏެވެ.

“މާދަމާ ވާނެ ޑޮކްޓަރަށް ދައްކަން” މާއިޒް ބުންޏެވެ.

“އެހެން ޑޮކްޓަރަކަށް؟” ޝާނީ އެހިއެވެ. “ކާކު؟” މާއިޒް ބޯ ޖަހާލުމުން ޝާނީ އެހިއެވެ.

“އެއީ ފްރެންޑެއް” މާއިޒް ބުންޏެވެ. “ދާނަން ދޯ؟”

“އާނ… ކިހާ އިރަކު ދާންވީ؟” ޝާނީ އެހިއެވެ.

“އަހަރެން އަންނާނަން ބަލާ… ގުޅާނަން” މާއިޒް ބުންޏެވެ.

“މާއިޒް… ކޮންމެހެން ދައްކަން ޖެހޭތަ؟” ޝާނީ މާއިޒްއާ ދިމާއަށް ބަލާލާފައި އަހާލިއެވެ.

މާއިޒް ޝާނީގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.

“އޭރުން އަހަރެން ހިތްހަމަ ޖެހޭނީ، އެހެން ހިތަށް އަރުވާލާފަ އާއެކޭ ބުނެބަލަ!” މާއިޒް ބުންޏެވެ.

“އޯކޭ… ދާނަން…” ޝާނީ އެއްބަސް ވިއެވެ.

“އަހަރެން ދިނީ ކޯޗެއްތޯވެސް ނުބަލާނަންތަ؟” ޝާނީގެ އަތުގަ ހިފާލަމުން މާއިޒް އެހިއެވެ.

ޝާނީ އެފޮށި ކަނޑާލިއެވެ. ހުޅުވާލިއިރު އެތެރޭގަ އޮތީ ހުދު އެސްތަކެއް ޖަހާފައި ހުރި ރިހި ކެވެލި ކޮޅެކެވެ.

“ލޯބި… ތޭންކްސް…” ޝާނީ މާއިޒްއަށް ބަލާލާފައި ބުންޏެވެ.

މާއިޒް ކެވެލިކޮޅު ނަގާ ޝާނީގެ އަތުގަ އަޅުވާލިއެވެ.

“މާއިޒްއަށް ޔަގީންތަ؟… މީ ރަނގަޅު ކަމެއް ކަން؟” ޝާނީ މާއިޒްގެ އަތުގަ ހިފާލާފައި އަހާލިއެވެ.

މާއިޒް ޝާނީ ގައިގަ ބައްދާލިއެވެ.

“މިހާރު ޔަގީން ވެއްޖެ މީކަން ރަނގަޅު ކަމަކީ… ކުރިން ނުވިސްނުނީ” މާއިޒް ބުންޏެވެ.

“ނޯ ރިގްރެޓްސް؟” ޝާނީ އަހާލިއެވެ.

“ނޯ ރިގްރެޓްސް!” މާއިޒް ބުންޏެވެ. އަދި ޝާނީގެ މޫނުގަ ހިފާލާފައި ޝާނީގެ ލޮލާ ނޭފަތާ ކޯތާފަތުގައި ބޮސް ދިނެވެ. ޝާނީ ހީލާފައި މާއިޒްގެ ތުންފަތުގައި ބޮސް ދިނެވެ.

ދެމީހުން ސިހުނީ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. ޝާނީއާ މާއިޒް ދުރުވެލި އިރަށް ޝިއުނާ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ.

“ހެޕީ؟” ޝިއުނާ ޝާނީއާ ސުވާލު ކޮށްލިއެވެ. ޝާނީ މާއިޒްގެ އަތުގަ ހިފާލާފައި ބޯޖަހާލިއެވެ. ޝިއުނާ މާއިޒްއާ ދިމާއަށް އަތް ދިއްކޮށްލުމުން މާއިޒް ޝިއުނާގެ އަތްތިލައިގަ ޖަހާލިއެވެ.

“ތޭންކްސް…” މާއިޒް ބުންޏެވެ.

“ދޮންބެ އެބަ ހޯދާ ކޭކު ފަޅަން ވެގެން” ޝިއުނާ ބުންޏެވެ.

އެންމެންނާ އެކީ މަޖާކޮށް ސަކަރާތް ޖަހާފައި ޝާނީމެން ގެޔަށް ދާން ނިކުތީ ބާރަ ޖަހަން އުޅެނި ކޮށެވެ. ނިޝާ ގެޔަށް ދަނީ އާސިފްއާ އެކުގައި ކަން އެނގުމުން ޝާނީ މާއިޒްއާ އެކީ ދިޔައެވެ.

“ނުވަންނާނަންތަ؟” ގެޔާ ހަމައަށް ދެވުމުން ސައިކަލުން ފައިބަމުން ޝާނީ އަހާލިއެވެ.

“ވަންނަން ވީތަ؟” މާއިޒް ވެސް ކޮށްލީ ސުވާލެކެވެ.

“ދުވަހަކުވެސް މީހަކު ކުރި ސުވާލަކަށް މާއިޒް އިތުރު ސުވާލެއް ނުކޮށް ޖަވާބު ދިނިންތަ؟” ޝާނީ ހެމުން އަހާލިއެވެ.

މާއިޒްވެސް ހީލިއެވެ.

“އެއީ އަހަރެންގެ ހުންނަ ވަރަށް ގޯސް އާދައެއް” މާއިޒް ބުންޏެވެ. “ހަމަ ވަންނަންވީތަ؟ ވަދެއްޖެއްޔާ އަހަންނަށް އަވަހަކަށް ނުދެވޭނެ”

“ތީ ނުވަންނަން ދައްކާ ބަހަނާއެއްތަ؟” ހެމުން ޝާނީ އެހިއެވެ.

މާއިޒް އެއްޗެއް ނުބުނެ ސައިކަލުން ފައިބާފައި ޝާނީގެ އަތުގަ ހިފާ ކައިރިއަށް ގެނެސް ބައްދާލިއެވެ.

“ބޭނުން ވަންނަން… އެކަމަކު މިރެއަކު ނޫން، މާ ލަސް ވެއްޖެ… މާދަންރޭ އަހަރެން އަންނަންތަ؟” މާއިޒް އެހިއެވެ.

“އާނ… އެކަމު ދޮންތަމެން ގެޔަށް ދާނީ” ޝާނީ ބުންޏެވެ.

“އެއީ ކީށްވެ؟” މާއިޒް އަހާލިއެވެ.

“ބައްޕަ އުޅޭނެ ގޭގަ… އިހަށް ދޮންތަމެން ގެޔަށް ދާނީ، ފަހުން ގެޔަށް އަންނާނީ” ޝާނީ ބުންޏެވެ.

“އޯކޭ، ޝާނީ ބޭނުން ގޮތެއް” މާއިޒް ބުންޏެވެ. “ދެން ދަނީ”

“ހްމްމް…”ޝާނީ ބުނެލިއެވެ.

“ހާދަ ފާޑަކަށް ތިބުނީ…؟” ހީލާފައި މާއިޒް ބުންޏެވެ. އަދި ޝާނީގެ އަތުގަ ހިފާ ކައިރި ކޮށްލާފައި ބައްދާލިއެވެ.

“ދެން ދިޔަސް އޯކޭތަ؟” މާއިޒް އަހާލިއެވެ.

“އޯކޭއެއް ނޫން… އެކަމަކު…” ޝާނީ ބުންޏެވެ.

މާއިޒް ހީލާފައި ޝާނީގެ މޫނުގަ ހިފާލާފައި ޝާނީގެ ތުންފަތުގައި އިނގިލި ހާކާލިއެވެ.

“މާދަންރޭ ވަންދެން ކެތް ކޮށްލާ، މިއަށްވުރެ ގިނަ ވަގުތު އެކީ ސްޕެންޑް ކުރެވޭނެ…” މާއިޒް ބުންޏެވެ. އަދި ޝާނީއާ ދުރު ވެލާފައި ސައިކަލަށް އެރިއެވެ.

“ދަނީ…” މާއިޒް ބުންޏެވެ.

ޝާނީ ހީލާފައި އަތުން ވޭވް ކޮށްލިއެވެ.

 

މާއިޒް ދިޔުމުން ޝާނީ އެތެރެއަށް ވަނެވެ. ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލު ކޮށްލައިގެން ޝާނީ އޮށޯވެލިތަނާ ފޯނެއް އައެވެ.

“ޝާނީ…؟” ޝާނީ ފޯން ނަގާ ކަންފަތުގަ ޖައްސާލި އިރަށް މާއިޒްގެ އަޑު އިވުނެވެ.

“އޯއި…” ޝާނީ ބުންޏެވެ.

“ނިދީތަ؟”

“ނޫން” ޝާނީ ޖަވާބު ދިނެވެ.

“ކީށް ތިކުރަނީ؟” މާއިޒް އެހިއެވެ.

“ނިދަން ވެގެން ހަމަ މި އޮށޯތީ، މާއިޒް ނުނިދަންތަ؟” ޝާނީ ވެސް ސުވާލެއް ކޮށްލިއެވެ.

“ނިދަންވީތަ؟” މާއިޒް އަހާލިއެވެ.

“އަހަރެން ހަމަ ސުވާލެއް ކުރާ އިރަށް މާއިޒް ޖަވާބު ނުދީ ސުވާލެއް ތިކުރީ…!” ޝާނީ އެނދުގައި ފުރޮޅިލިއެވެ.

“އާނ… ދޯ؟” ހީލާފައި މާއިޒް ބުނެލިއެވެ.

“ހެނދުނު ޑިޔުޓީއެއް ނެތްތަ؟”

“އެބައޮތް” މާއިޒް ޖަވާބުގައި ބުންޏެވެ.

“އެހެން ވިއްޔާ ދެން ނިދާބަލަ… މިހާރު އެކެއް ޖެހީ، ހޭނުލެވިދާނެ” ޝާނީ ބުންޏެވެ.

“އާނ، މި ނިދަނީ” މާއިޒް ބުންޏެވެ.

“ފޯންވެސް ކަނޑާ ނުލާނަންތަ؟” ހެމުން ޝާނީ އަހާލިއެވެ.

“އޯކޭ… ބާއި…” މާއިޒް ބުންޏެވެ.

“މާއިޒް…” ޝާނީ ގޮވާލިއެވެ.

“ކީކޭ؟”

“އައި ލަވް ޔޫ…” ޝާނީ މަޑުމަޑުން ބުނެލިއެވެ.

މާއިޒް އެނދުގައި އޮށޯވެ ލޯ މަރާލިއެވެ. ޝާނީގެ މޫނު ސިފަ ކުރެވުނެވެ.

“އައި ލަވް ޔޫ ޓޫ” މާއިޒް ބުންޏެވެ.

ދެމީހުން ވެސް އެތިބި ގޮތަށް ފޯން ކަންފަތުގަ ޖައްސައިގެން ވާހަކަ ނުދައްކާ ތިއްބެވެ.

“ޝާނީ…” މިނެޓެއްހާ އިރު ފަހުން މާއިޒް ގޮވާލިއެވެ.

“ސްވީޓް ޑްރީމްސް މާއިޒް…” ޝާނީ އިތުރު އެއްޗެއް ނުބުނެ ފޯން ކަނޑާލިއެވެ. އިރުކޮޅެއް ފަހުން ޝާނީގެ ފޯނަށް އެސްއެމްއެސް އެއް އައެވެ. “އެ ހުވަފެންތައް ޝާނީ އަހަންނާއެކީ ޝެއާރ ކުރާނެ ކަމަށް ހީކުރަން…”

“މާއިޒް އަހަރެން ކައިރީގަ ހުންނަންޏާ… އަބަދުވެސް…” ޝާނީވެސް ޖަވާބުގައި މެސެޖެއް ފޮނުވާލިއެވެ.

 

އަނެއް ދުވަހު ހެނދުނު ހޭލެވުނުއިރު އެހެން ދުވަސް ދުވަހަށްވުރެ ބޮޑަށް ބޮލުގަ ރިއްސާކަން ޝާނީއަށް ފާހަގަ ކުރެވުނެވެ. ޝާނީ އިރުކޮޅަކު އެނދުން ނުތެދުވެ އޮތެވެ. ފަސް ވަރަކަށް މިނެޓް ފަހުންވެސް ރިހުން މަޑުނުވާތީ ޝާނީ ތެދުވިއެވެ. ހަމަ ތެދުވި އިރަށް ބޯ އަނބުރައިގަތެވެ. އެއާއެކު ޝާނީ ހޮޑު ލަވައިގަތެވެ. ޝާނީއަށް ބާރަށް ގޮސް ފާހާނާއަށް ވަދެވުމާއެކު ހޮޑު ލެވުނެވެ. އޭރުވެސް ބޯ އަނބުރައެވެ.

“ނިޝާ…” ޝާނީ ސިންކުގައި ހިފަހައްޓައިގެން ހުރެ ގޮވާލިއެވެ.

ޝާނީ ގޮވާލި އަޑަށް ނިޝާއަށް ހޭލެވުނެވެ.

“ކީކޭ…؟” ލޯ ނުހުޅުވާ އޮވެ ނިޝާ އަހާލިއެވެ.

“ނިޝާ…” އަނެއްކާވެސް ޝާނީ ގޮވާލިއެވެ.

ޝާނީ ގޮވާލި ގޮތުން ނިޝާ ފުންމައިގެން ތެދުވިއެވެ. ނަމަވެސް ނިޝާއަށް ފާހާނާއާ ހަމައަށް ނުދެވެނީސް ޝާނީ އަނބުރައިގަނެގެން ވެއްޓުނެވެ.

“ތުއްތާ…!” ނިޝާއަށް ގޮވާލެވުނެވެ. އަދި ޝާނީގެ ބޯ ހިއްލާލާފައި ނިޝާގެ އުނގުގައި ބާއްވާލިއެވެ. “ތުއްތާ…” ޝާނީގެ މޫނުގައި ފިރުމާލަމުން ނިޝާ އަނެއްކާވެސް ގޮވާލިއެވެ. ނަމަވެސް ޝާނީ ލޮލެއް ނުހުޅުވިއެވެ.

“ބައްޕާ…! ދޮންބޭ…!” ނިޝާ އަޑުގެ ކޮޅަށް ހަޅޭލަވައިގަތެވެ.

ނިޝާ ހަޅޭލަވައިގަތް އަޑަށް ޒާހިރުއާ ނާސިފް ދުވެފައި އައިސް ވަނެވެ.

“ކިހިނެއްވީ؟” ޒާހިރު އަހާލިއެވެ.

“ނޭނގެ… ތުއްތަ ފާހާނާއަށް ވަދެފަ އަހަންނަށް ގޮވީ… އަހަންނަށް ފާހާނާއާ ހަމައަށް ނާދެވިގެން އުޅެނިކޮށް ތުއްތަ ވެއްޓުނީ…” ނިޝާ ކިޔާދިނެވެ.

ނާސިފް ޓެކްސީއަކަށް ގުޅާފައި ޝާނީ ނަގާ އެނދުގައި ބާއްވާލިއެވެ. ނިޝާ އަވަސް އަވަހަށް ފާހާނާއަށް ވަދެލާފައި އެއްޗެހި ބަދަލުކޮށްލާ ހޮސްޕިޓަލަށް ދާން ތައްޔާރު ވެލިއެވެ.

 

އެދުވަހު މާއިޒް ހޮސްޕިޓަލަށް ގޮސް ފުރަތަމަވެސް ޑޮކްޓަރ ފިރާޒްއާ ބައްދަލު ކޮށް ޝާނީއަށް ވާ ގޮތް ބުނެދީ، ވެއްޓުނު ވާހަކަޔާ ހުން އައިސް ބޮލުގަ ރިއްސާ ބޯ އަނބުރާ ވާހަކަ ބުންޏެވެ.

“ޗެކް ކޮށްލާފަ އެއްޗެއް ބުނަން އެނގޭނީ، ވެދާނެ ވެއްޓުމާ ތި އަންނަ ހުމާ އެއްވެސް ގުޅުމެއް ނެތް ކަމަށްވެސް، ނޫނީ…” ފިރާޒް ވެދާނެ ކަމަށް ލަފާ ކުރެވޭ ބައެއް ގޮތްގޮތުގެ ވާހަކަ ބުންޏެވެ.

“އަހަރެން ބުނިން މިއަދު ޑޮކްޓަރަށް ދައްކާ ވާހަކަ… އެކަމަކު އެޕޮއިންޓްމެންޓް…” މާއިޒް އެއްޗެއް ބުނަން އުޅުނެވެ.

“އެޕޮއިންޓްމެންޓެއް ނެތަސް އަހަރެން ބަލާދޭނަން، ހައްދާފަ ތިބި މީހުން ނިމުނީމަ އާދޭ…” ފިރާޒް ބުންޏެވެ. “ދެން ބުނެބަލަ… ކާކުތަ އެއީ؟” ފިރާޒް އަހާލިއެވެ.

“ފުރަތަމަ އެއީ އަހަރެންގެ ޕޭޝަންޓެއް… އެކަމަކު މިހާރު…” މާއިޒް ޝާނީއާ މެދު ދެކޭ ގޮތާ ރޭގެ ވާހަކަ ފިރާޒްއަށް ކިޔާދިނެވެ.

“ތީ ވަރަށް ރަނގަޅު ކަމެއް” މާއިޒްގެ ކޮނޑުގަ ޖަހާލާފައި ފިރާޒް ބުންޏެވެ. މާއިޒް ޝާނީގެ ވާހަކަ ދެއްކި ގޮތުން އެއީ މާއިޒްއަށް ހާއްސަ ކުއްޖެއް ހެން ފުރަތަމަވެސް ފިރާޒްއަށް ހީވިއެވެ.

“އަވަސް ދޯ އަދި…؟” މާއިޒް އަހާލިއެވެ.

“އަވަހެއް ނޫން، މާ ލަސްވެސް ވެއްޖެ… އަހަރެން ކިތަންމެ ދުވަހަކު މާއިޒް ކައިރީ ތި ވާހަކަ ދައްކަން ހިތަށް އަރާ، ޕާސްޓް ދޫކޮށްލާށޭ… އެހެން ނޫނީ މާއިޒް ލައިފް އާއިގެން ކުރިޔަށް ދާނީ ކިހިނެއް؟” ފިރާޒް ބުންޏެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ހިޖުރަ (އަށާޅީސްވަނަ ބައި)

Next

މިހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ-4

Next
November 12, 2015

މިހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ-4

Previews
November 10, 2015

ހިޖުރަ (އަށާޅީސްވަނަ ބައި)

21 Comments!

  1. kiya says:
    November 11, 2015 at 4:37 pm

    V v nice

  2. Sanmu says:
    November 11, 2015 at 4:44 pm

    Very nice

  3. shukko says:
    November 11, 2015 at 4:47 pm

    nice

  4. VAGCV says:
    November 11, 2015 at 5:04 pm

    nice story but dont u think its too short,please make onother part long please

  5. Lidhoo says:
    November 11, 2015 at 5:09 pm

    varah reethi

  6. lina says:
    November 11, 2015 at 5:14 pm

    Awesome!!!!

  7. Aimmmmm says:
    November 11, 2015 at 7:03 pm

    Mashakee vvv.ginain vaahaka kiyaa meehey. Vaahaka liyuntheriya bunelan othee mivaahaka vara reechey. Vaahakaige nama balaairu heevanee nishaaves maaix aai vakivaaneehen. Hama gaimuves nishaa vara bodu bayege shikaarayaka vaane. Maaix aai nishaa vaki nukurachey

  8. mixu says:
    November 11, 2015 at 7:22 pm

    Fabulous

  9. ken? says:
    November 11, 2015 at 7:38 pm

    alifu sukun massala ebahuri

  10. hajj says:
    November 11, 2015 at 8:21 pm

    V reethi mi vaahaka

  11. Anth says:
    November 11, 2015 at 8:58 pm

    Vv intresting

  12. Sara says:
    November 11, 2015 at 9:26 pm

    I also do have the feeling that shaany ves vakivaanehen.. but dont want that to happen.. waiting for the next part.. dhigukoh avahah up kohddheyne kamah ummeedhkuran.. mi baives v v v salhi..

  13. Mar Sha Marsha says:
    November 11, 2015 at 11:06 pm

    Thank u everyone who have commented and read this part.. mifaharuves dhigu koh migenesdhiny.. 6 ves iraadha kurevviyya dhigu kohdheynan… n friday or saturday ga 6 genesdheynan. Thnx once again.

  14. Saulath says:
    November 11, 2015 at 11:17 pm

    Mi vaahaka v salhi

  15. ifa says:
    November 12, 2015 at 11:25 am

    Mi copy kohfa dw.me mi story kiyaafin.bt v salhi dhevana faharah kiyaalan libunyma

  16. Rishu says:
    November 13, 2015 at 1:13 am

    V nice ingey

  17. saami says:
    November 14, 2015 at 9:29 am

    Aharen mi story ganegen kiyaifin.. liyefa ninmaafa in story eh v ma rangalhu vaane knme dhuhuku baeh up kuran .. nukiyaa kudhin kiyaalan.. juxt saying.. btw its a beautiful story marsha.. ninmun vx salhi asslu story ga..

  18. Sanmu says:
    November 14, 2015 at 1:25 pm

    Kobaa den upkolhaa avaha

  19. shaya says:
    November 14, 2015 at 4:37 pm

    Kobaatha haadha lahey

  20. Rifa says:
    November 16, 2015 at 12:14 am

    Its coolll?

  21. aisha says:
    August 21, 2017 at 1:20 pm

    varah reethi vaahaka upload fast

Comments are closed.


All Right Reserved!