Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ-4

Axx Level 110 Stories
November 12, 2015 3 Mins Read
15 Comments

ފެންއަޅާ ނިމިގެން ދާން އެނބުރުނު ވަގުތު މީހެއްގެ ފިޔަވަޅުގެ އަޑުއިވުމުން ހީން އެދިމާއަށް އެނބުރުނެވެ. ރަނގަޅަށް މޫނު ނުފެނުނަސް ކާކުކަން ހީންއަށް ރަނގަޅަށް އެނގުނެވެ. މަޑުނުކޮށް ދާން އެނބުރުނުތަނާހެން އެމީހަކު އައިސް ހީންގެ އަތުގައި ހިފާ ކައިރިއަށް ގެނައެވެ.

“ކިހާ ދުވަހަކުތަ ތިގޮތައް ފިލައިގެން އުޅޭނީ ” އަކްޝަމްގެ ސުވާލުން ހީން ސިހިފައި އަކްޝަމަށް ބަލާލިއެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ހީންގެ މޫނުމައްޗައް ވެރިވެގެން ދިޔައީ ރުޅިވެރިކަމެވެ. އަދި އަތުން ދޫކޮށްލުމަށް އެތައް ފަހަރަކު ބުނަމުން ދިޔައެވެ. ނަމަވެސް އަކްޝަމް ހީންގެ ވާހަކަތަކައް ދިނީ ބީރު ކަންފަތެކެވެ.

“އަހަރެންގެ ސުވާލުތަކައް ޖަވާބު ނުލުބެނީސް މިއަތަކުން ދުލެއް ނުކުރާނަން” އަކްޝަމް ހީވަނީ ވަރުގަދަ އަޒުމެއްގައި ހުރިހެންނެވެ.

“ކައިލްއަށް… އޯވހް.. ސޮރީ… އަކްޝަމަށް ކޮން ހައްގެއް އޮތީ އަހަންނާ ސުވާލު ކުރުމުގެ..” ގައިގެ ހުރި ބާރެއް ލާފައި އަކްޝަމްގެ އަތް ފޮޅުވާލަމުން ހީން ބުންޏެވެ.

” ސުވާލުކުރުމުގެ ހައްގު އޮތި އަހަންނަށް.. އޮޅުވާލެވުނީ އަހަންނަށް… ފުރަތަމަ ސުވާލަކީ ކައިލްތޯ ނޫނީ އަކްޝަމްތޯ ކިޔަންވީ..” މަލާމާތުގެ ރާގަކަށް ހީން ބުންޏެވެ.

“އަހަރެން ހީންއަށް…..” އަކްޝަމް ބުނަން އުޅުނު ބަސް ހީން އަތުގެ އިޝާރާތުން ހުއްޓުމަށް ބުންޏެވެ.

” ދެވަނަ ސުވާލަކީ އަހަންނަށް އެހާ ބޮޑު އޮޅުވާލުމެއް ކީއްެވެތޯ… ޖަވާބު ދީބަލަ ކީއްވެގެންހޭ އަހަންނަށް އެހާ ބޮޑަށް އޮޅުވާލީ..” ހީންއަށް އަކްޝަމް ލައިގެން ހުރި ޓީޝާޓްގައި ހިފައިގަނެވުނީ ބޭއިހްތިޔާރުގައެވެ. ލޮލުން ކަރުނަ އަންނަމުން ދިޔައިރު ބަލަހައްޓައިގެން ހުރީ ސީދާ އަކްޝަމްގެ ލޮލަށެވެ. އަކްޝަމްގެ އަތް މަޑުމަޑުން ހަރަކާތް ކުރީ ހީން ލޮލުން އައިސްފައިހުރި ކަރުނަތައް ފޮހެލދިނުމަށެވެ. ނަމަވެސް ހީންއަށް އެކަން އެނގިގެން އަކްޝަމްގެ އަތް ފޮޅުވާލިއެވެ.

އަކްޝަމް އިރުކޮޅަކު ބަހެއްނުކިޔާ ހުރުމަސްފަހު ހީންގެ އަތުގައި ހިފައިގެން ޖޯލިތަކާ ދިމާއަށް ހިނގައިގަތެވެ.  ހީން ނުދާން ގަދަހެދި ނަމަވެސް އަކްޝަމް އަކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އަކްޝަމް ހީން ގަދަކަމުން ޖޯލީގައި ބޭންދިއެވެ. ހީން ތެދުވަން އުޅުމުންވެސް އަނެއްކާވެސް ގަދަކަމުން ބޭންދިއެވެ. އަދި ހީން ދިޔަ ނުދިނުމަށްޓަކައި ހީންގެ އެއް އަތުގއި ހިފަހައްޓައިގެން ޖެހިގެން އިން ޖޯލީގައި އިށީނެވެ.

” އަހަރެން މިކިޔާ އެއްޗެއް އަޑުއަހާފައި ނޫނީ ހީންއަކަށް ނުދެވޭނެ” އަކްޝަމް ދަތްކުޑިވިކާލާފައި ބުނުމުން ހީންއާ ޖެހުނީ އަކްޝަމްގެ ކުރިމަތީ ހަތިޔާރު ބަހައްޓާށެވެ.

” އަހަންނަށް ހީންއަށް ހަގީގަތް އޮޅުވާލަން މަޖުބޫރުވީ…. އަހަންނާ ހީންއާ ދިމާވިއިރު އަހަންނަކީ ޕޮލިސް ސަރވިސް މަސައްކަތް ކުރަމުންދިޔަ އިންޓެލް އޮފިސަރއެއް.. އެހެންވެ އަހަރެން ހީންއަށް ހަގީގަތް އޮޅުވާލީ.. އޭރު އަހަންނަށް މުހުންމުވީ އަހަރެންގެ ވަޒީފާ.. ފަހުން އަހަރެން ހީންއަށް ހުރިހާ އެއްޗެއް ކިޔައިދޭން ބޭނުންވި.. އެކަމަކު އޭރު ވަގުތު ފާއިތުވެއްޖެ.. ” އަކްޝަމް މަޑުމައިތިރި ކަމާއެކު ކިޔައިދެމުން ގެންދިޔައެވެ.

” މިހާރުދެން ތިވާހަކަތައް ދެއްކުމުގެ މާނައެއްް ނެތް… ދެން ރަނގަޅުވާނީ މިއުޅޭހެން ނުދަންނަ ދެމީހުންގެ ގޮތުގަ އުޅުނިއްޔާ..” ހީން މިހެން ބުނެ އަކްޝަމްގެ އަތް ދުރަށްލާފައި ދާންއުޅުނެވެ. ނަމަވެސް އަނެއްކާވެސް އަކްޝަމް ހީންގެ އަތުގައި ހިފެހެއްޓިއެވެ.

” ހީން ހެޔޮނުވާނެ.. އަހަރެންގެ ސުވާލުތަކަށް ޖަވާބުދީ އަހަރެންގެ ސިކުނޑިއަށް ލުއި ކޮށްދީފާނަންތަ؟..” އަކްޝަމް އާދޭހުގެ ރާދަކަށް ބުންޏެވެ.

” ނުދަންނަ މީހުންނާ އަހަރެންގެ ލައިފްސްޓޯރީ ހިއްސާއެއް ނުކުރަން”  ހީންގެ މި ޖާވާބުން އަކްޝަމް މުޅިން މާޔޫސްވިއެވެ. ހީންގެ އަތުން ދޫކޮށްލެވުނީ ބޭއިހްތިޔާރުގައެވެ. ފުރުސަތެއް ލިބުމާއެކު ހީން ދުވެފައި ގޮސް ގޭތެރެއަށް ވަނެެވެ. އެވަގުތު ގޭތެރެއަށް ވަންނަން އައިސް އައިސް ހުރި ލޯރެންގައިގާ ނުޖެހުނީ ހަމަކިރިޔާއެވެ. ހީންދުވެފައިގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމުން ލޯރެން ފާޑަކަށް ބަލަން ހުރުމަށްފަހު ގޯތިތެރެއަށް ނިކުތެވެ. އޭރު ބޭރު ޖޯލީގައި އިން އަކްޝަމް ފެނުމުން ލޯރެންއަށްވީ ނުބައިގޮތެކެވެ.

ލޯރެން އަކްޝާމް ކައިރިއަށް ގޮސް ހީން އެދިޔައީ ކިހިނެއްވެގެންތޯ ސުވާލުުކުރިއެވެ. ނަމަވެސް އަކްޝަމް އެނގޭ ކަމަކަށް ނުހެދިއެވެ. ބަދަލުގައި ލޯރެންގެ އަތުގައި ހިފާގެނެސް އުނގުގައި ބޭންދިއެވެ. އެއީ ލޯރެންގެ ސުވާލުތަކަށް ހުއްޓުމެއް ގެނުވުމަށް އެންމެ މޮޅު ގޮތެވެ. ނަމަވެސް ލޯރެންގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ކޮންމެވެސް ނުބައެއް އުޅޭކަން ލޯރެް ހިތާއި ސިކުނޑިއަށް އިންޒާރު ދެމުން ގެންދިޔައެވެ. އެކަމާ އެކި ގޮތްގޮތައް ވިސްނެމުން ދިޔަވަރަކަށް ލޯރެންގެ ހިތުގައި ހީންއަށްޓަކައި ހަސަދަވެރިކަން އުފެދެމުން ދިޔައެވެ.

ދުވަސްތައް ފާއިތުވަމުންގޮސް މިއަދަކީ އަކްޝަމް ވަޒީފާއަށް ނިކުންނަންޖެހޭ ދުވަހެވެ. މިހާރު އަކްޝަމަކީ އެރަށު ސްކޫލް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެވެ. ހެނދުނުގެ ސަޔަށް އިންސާފްކުރަމުން ދިޔައިރު ދިލްޝާދު އަކްޝަމަށް ނަސޭހަތް ދެމުން ގެންދިޔައެވެ. ކޮންމެ ވަޒީފާއެއް ވިޔަސް އިހްލާސްތެރިކަމާއެކު އަދާކުރުމަށް ބުނަމުންނެވެ. ރަށުން އަކްޝަމްށް ވަޒީފާ ހަމަޖެހުމުން ދިލްޝާދު ހުރީ އިންތިހާއަށް އުފާވެފައެވެ. ނަމަވެސް ލޯރެންއެކަމާ މާބޮޑަށް ގަޔާވާހެނެއް ހިޔެއް ނުވެއެވެ. ލޯރެން ބޭނުންވަނީ އަކްޝަމް ގޮވައިގެން އެގޭ މީހުންނާ ވަކިން އެހެން ތާކަށް ދާށެވެ. އަކްޝަމް ސައި ބޮއެގެން ދާން ތެދުވި ވަގުތަށްވީ ހީންވެސް ޑިއުޓީއަށް ދިއުމަށްޓަކާ ތައްޔާރުވެގެން ނިކުތް ވަގުތަށެވެ.

“ހީން އަންނަންވީނު ސައިބޯން” ދިލްޝާދު ބުނެލިއެވެ.

“ނޫން ދައްތާ.. އަހަރެން އެކޮޅަށް ގޮސް ސައިބޯނީ.. ވަރަށް އަވަހަށް ދާންވެގެން މިދަނީ” މިހެން ބުނެ ދާންވެގެން ހިނގައިގަތްތަނުން ހުއްޓެން ޖެހުނީ އަނެއްކާވެސް ދިލްޝާދު ގޮވާލުމުންނެވެ.

” ސްކޫލް ހުންނަނޫ މަރުކަޒާ ކައިރީގައެއްނު.. ހީން ދާންވީން އަކްޝަމާ އެއްކޮށް..” ދިލްޝާދުގެ މިޖުމްލައިން ހީންއާ އަކްޝަމަށް އެކަކު އަނެކަކަށް ބަލާލެވުނެވެ.

“އަހަރެން ހިނގާލާފަ ގޮސްދާނަން ދައްތާ.. ” ހީން އަވަސް އަވަހަށް ބުނެލިއެވެ.

“ނޫން ކަމަކުނުދާނެ. ހީނަށް ތިހާ ލަސްވެގެން އުޅެޭއިރު ރަނގަޅުވާނީ އަކްޝަމާއެކު ދިޔައިއްޔާ..” ދިލްޝާދުވެސް ގޮތްދޫކުރަން ނޫޅުމުން ހީންއާ ޖެހުނީ އެއްބަސްވާށެވެ. އޭރު އަކްޝަމް މޫނުމަތިން ސީރިއަސްކަން ދެއްކިޔަސް ހިތް އުފަލުން ނަށަނީއެވެ. ދުވަސްތަކަކަށްފަހު ހީންއާ އެއްކޮށް ސައިކަލު ދުއްވާލެވޭނެތީއެވެ.

އަކްޝަމް ސައިކަލު ސްޓާޓް ކޮށްލުމުން ހީން ބަހެއްވެސް ނުބުނެ ގޮސް އަކްޝާމްގެ ސައިކަލު ފަހަތަށް އެރިއެވެ. އޭރު ލޯރެންވަނީ ރުޅިއައިސް ރަތްވެފައެވެ. ހީންއާ ދިމާއަށް ބަލަހައްޓައިގެން އިނީ ބުޅާ މަސްގަނޑަށް ބަލާހެންނެވެ. ހަސަދައިން ލޯރެންގެ ހިތް އަނދަމުންދަނީއެވެ.

ކުއްލިއަކަށް އަކްޝަމް ސައިކަލު ދުއްވާލުމުން ހީންއަށް ހިފަހައްޓާލެވުނީ އަކްޝަމް ލާފައިން ޓީޝާޓްގައެވެ. އަކްޝަމްގެ ތުންފަތް މައްޗައް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ވަކި ހިސާބަކަށް ދެވުނުތަނާހެން އަކްޝަމް ކުރަންފެށި ކަމަކުން ހީން ރުޅިއަންނަ ގޮތްވިއެވެ. އިރުއިރުކޮޅާ ސައިކަލުގެ ސްޕީޑް ބާރުކޮށްފަ ސްޕީޑް ދަށްކުރަނީއެވެ. އެއިންކޮންމެ ފަހަރަކު ހީންގޮސް ޖެހެނީ އަކްޝަމްގެ ބުރަކަށީގައެވެ.

” ކޮން ޖެއްސުމެއް ތިކުރަނީ” ހީންއަށް ނީނދެވިގެން ބުނެވުނެވެ.

“ހީން ކަމެއް ހަނދާންވޭތޯ” އަކްޝަމްގެ ޖުމްލައިން ހީންއަށް މާކުރީގެ ހަނދާނެއް ވެގެން ދިޔައެވެ.

 

” ކައިލް މޮޔަވެގެންތަ ތިއުޅެނީ.. ކޮންގޮތަކަށްތަ ތިދުއްވަނީ” ހީން އަކްޝަމްގެ ކޮނޑުގައި ޖަހާލަމުން ބުންޏެވެ.

“ހީން އަހަންނާ އެއްކޮށް ފިލްމަށްދާން އެއްބަސް ނުވާހާ ހިނދަކު މިގޮތަށް ދުއްވާނީ” އަކްޝަމް ބުންޏެވެ.

” ކައިލް އަހަންނަށް ދެވެން ނެތިގެންނޭ މިބުނީ ނުދެވޭނޭ” މަގުގެ ދެފަރާތަށް ބަލާލަމުން ހީން ބުންޏެވެ. މީހުން ބަލާވަރުން ހީން އިނީ ލަދުންް މަރުވާވަރުވެފައެވެ.

“ދެން އެހެންވީއިރު އަހަރެން މުޅި މާލޭގަ ހީން ގޮވައިގެން ދުއްވާނީ މިގޮތަށް” އަކްޝަމް މިހެން ކިޔާކުރިއަށްވުރެވެސް ބޮޑަށް އެގޮތަށް ދުއްވަން ފެށިއެވެ. އެންމެފަހުން އަކްޝަމް ރަނަގަޅަށް ދުއްވަން ފެށީ ހީން ދާން އެއްބަސްވީމައެވެ.  

” އަހަރެން އެއްވެސް ކަމެއް ހަނދާނެއްނުވޭ..އަކްޝަމް ޕްލީޒް އަހަރެން ލަދުގަނޭ.. މީހުން އެބަ ބަލައޭ” ހީން ދެކޮޅު ބަލާލަމުން ބުންޏެވެ.

” އަހަރެންގެ ފަރުވާކެއް ނެތް ” އަކްޝަމް މިހެން ބުނެ މަރުކަޒާ ހަމައަށް ދެވެންދެންވެސް ދުއްވީ އެގޮތަށެވެ. ހީން ކައިރިއަށް ކުޑަކޮށް ހިނިއަންނަ ގޮތްވިއެވެ. ނަމަވެސް އެކަން އަކްޝަމްއަށް ނުދައްކާވޭތޯ ބެލިއެވެ. މަރުކަޒު ކަރިއަށް މަޑުކޮށްލުމާއެކު ހީން އަވަހަށް ފައިބާގެން ދާން ހިނގައިގަތެވެ. އެވަގުތު އަކްޝަމް ކުއްލިއަކަށް ހީންގެ އަތުގައި ހިފާ ކައިރިއަށް ގެނައެވެ. އަދި ހީން ކަންފަތްދޮށުގައި ‘ ސްޓިލް އައި ލަވް ޔޫ’ އޭ ބުނެލިއެވެ.

Share Article

Follow Me Written By

Axx

Level 110 Stories

Reading stories is my hobby and writing stories is my passion

Other Articles

Previous

ވަކިވީ އަސަރާ މަންޒަރު… 5

Next

އިންތިޒާރު ( 30 )

Next
November 12, 2015

އިންތިޒާރު ( 30 )

Previews
November 11, 2015

ވަކިވީ އަސަރާ މަންޒަރު… 5

15 Comments!

  1. yun says:
    November 12, 2015 at 11:24 am

    v nice

  2. saffa says:
    November 12, 2015 at 11:24 am

    v reethi..

  3. Minnu says:
    November 12, 2015 at 11:31 am

    V nice

  4. Naaz says:
    November 12, 2015 at 11:48 am

    Reethi.ekam haadha kurey.next part miahvure dhigukohlahchey

  5. azra says:
    November 12, 2015 at 11:50 am

    reethi

  6. Sara says:
    November 12, 2015 at 12:37 pm

    Next part thankolheh dhigukoh genesdheyne kamah ummeedh kuran… mi part ves v v v salhi…. ☺

  7. Depika says:
    November 12, 2015 at 12:46 pm

    Reethi

  8. misty says:
    November 12, 2015 at 2:56 pm

    Nice

    1. shexa says:
      November 12, 2015 at 7:20 pm

      V reethi but maa kuree

  9. Summ says:
    November 12, 2015 at 9:05 pm

    Heyyyy….. U re writing is u re passion … So upload stories faster

  10. thitha says:
    November 13, 2015 at 3:21 am

    hama obi… love u

    1. Axx says:
      November 13, 2015 at 2:30 pm

      thnkx.. love u tooo.. mmmuah :*

  11. Chan wan yan says:
    November 13, 2015 at 12:06 pm

    Cool love it ekam thankolhe short sorry for saying btt v nice thanks writer

  12. Mode says:
    November 13, 2015 at 10:04 pm

    Wow ???

  13. faxu says:
    November 16, 2015 at 10:16 am

    wowwww….????

Comments are closed.


All Right Reserved!