އަދި ޒީޝާގެ މޫނުގައި ހިފައި އޭނަގެ މޫނުއާ ކައިރިކޮށްލަމުން ޒީޝާގެ ދެތުންފަތުގައި ބޮސްދިނެވެ. ފާރަށް ތަތްކޮށްލަމުން ކަނދުރާގައި އަތް ހިފަހައްޓައިގެން ހުރެ އެ ތުންފަތުގައި ބޮސްދެމުންދިޔައެވެ. ދެމީހުންވެސް ސިހުނީ ޒީޝާގެ ފޯނު ރިންގްވުމުންނެވެ. ޒީޝާ ލަދުން ހުރެ ޒައިންގެ މޫނަށް ބަލައިލަމުން ފޯނު ނެގިއެވެ. “ދަރިފުޅާ..ކޮންތާކު..ހާދަ ލަސްވަނީ.. ދެން އުޅެ އަވަހަށް އަންނަން..” އެކޮޅުން ވާހަކަ ދެއްކީ ނާހިދާއެވެ. ލައްބައޭ ބުނެފައި ޒީޝާ ފޯނު ބޭއްވިއެވެ. ޒީޝާ ފޯނު ބޭއްވުމުން ގުޅީ ކާކުހޭ ޒައިން އަހާލިއެވެ. […]
ރާޅު ޖަހާ ހިސާބުން ޒައިން އާއި ޒޯރާ ހިނގަމުންދިޔަ އިރު އެކި ވާހަކަ ދެކެވެމުން ދިޔައެވެ. ވަކި ހިސާބަކަށް ގޮސް ޒޯރާގެ ކޮނޑުގައި ހިފާ ޒައިންގެ ކުރިމައްޗައްވާގޮތައް އަނބުރާލިއެވެ. ” ހެޕީ ފަސްޓް.. ” އާއި ހަމަޔައް ބުނެވުނު އިރު ދުރުން ފެނުން މަންޒަރުން ބަސްހުއްޓޭގޮތް ވުމުން ޒައިން ބަލަން ހުރި ދިމާލައް ޒޯރާ އެނބުރުންގަޑީ ފެނުން މަންޒަރުން އަނެއްކައިވެސް ޒައިން އާއި ދިމާލައް ބަލާލިއެވެ. ޒޯރާގެ ކޮނޑުން އަތް ވަކިކޮއްލުމައްފަހު ޒައިން އެ ދިމާލައް […]
ރޭގަނޑުގެ މެންދަމުން އަނބުރާ 3 ޖެހީއެވެ. މުޅިދުނިޔެވެސް ފުން ނިންޖަކުން ނިދާލާފައިވާހަކަލައެވެ. އެހެންނަމަވެސް ޒީނިޔާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ރޮއިރޮއިގޮސް އޭނާގެ ދެލޯވަނީ ދުޅަވެފައެވެ. ފާރުކައިރީގައި ހުރި އޭނާގެ ނިދާ އެނދުގައި، ފާރުގައި ލެނގިލައިގެން އޭނާ އިންނަތާ މިހާރު 5ގަޑިއިރަށްވުރެވެސް ގިނައިރުވެދާނެއެވެ. އެހެންނަމަވެސް، އޭނާއަށް އެކަން އެއްވެސްވަރަކަށް އިޙްސާސްވިހެނެއް ހިޔެއް ނުވެއެވެ. އެއަށްވުރެ އޭނާގެ ހިތާއި ސިނކުޑީގައި ހިނގަމުންދާ ހައިޖާނުގަނޑުގެ ކަންތައްތައް މާގަދައެވެ. އެހެން އިން އިރު، ދާދިގާނތުގައި ނިދާފައިއޮތް އޭނާގެ ހަތަރު އަހަރަށްދާ ކުޑަ […]
ޝެރިންގެ މޭ ހީވަނީ ހަމަ ދެންމެ ދެންމެ ފަޅައިގެން ގޮސްފާނެ ހެންނެވެ. ހިފަހައްޓާފައި ވުމުން ދުއްވައި ނުގަނެވުނު ތާންގައި، ފަރާތަކަށް ހިރިވެސް ނުލެވުނެވެ. ފިސްތޯލަ ހިފައިގެން ހުރި މީހާ އޭނާގެ ޝަހާދަތް އިނގިލި ފިސްތޯލައިގެ ޓްރިގަރ އާއި ދިމާއަށް ގެންދަން ފެށުމުން ޝެރިނަށް ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ. އެވަގުތު ކުއްލިއަކަށް އިވުނީ ފިސްތޯލައިގެ ވަޒަން ފޮނުވާލި އަޑެވެ. ވޭނީ ހަޅޭކަކާއިއެކު ލޭތައް މުޅިތަނަށް ބުރައިގެން ދިޔަ އެވެ. އެއާއިއެކު އިރުގަނޑަކަށް އެހެން ހުރުމަށްފަހު ދެމީހުންވެސް ހުރިތަނަށް […]
ޓައީއަށް ދޫކޮށްލަމުން އިޒްކާން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އިޒްކާން ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު ޔަޝްމް ފަހަތަށް ފިޔަވަޅެއް އަޅައެވެ. އޭނަ ހުރީ ބިރުގެންފައެވެ. ދެލޯބޮޑުވެ ކަރުތެރެ ވެސް ހިކިއްޖެއެވެ. އިޒްކާންގެ ބޭނުން އޭނައަކަށް ނަގައިނުގަނެވުނެވެ. ”މިރޭ ފަތިހުގެ ފްލޭޓުން މާލެ ދާން އަހަރެން ވާނީ ޓިކެޓް ނަގާފައި، ލީލާ ގާތު ބުނެގެން ޔަޝްމްގެ ހުރިހާ ހެދުމެއް ޕެކްކޮށްފަ ހުންނާނީ…” ދެމެދުގައި ފުދޭވަރަކަށް ދުރުމިން ބަހައްޓަމުން އިޒްކާން ހުއްޓުނެވެ. ޔަޝްމްއަށް އިޒްކާންގެ ޖުމްލައިން ޝޮކެއް ލިބުނެވެ. […]
“ހައިރާންވެފައި ދޯ ތި ހުރީ…. ރަނާ ގެއްލުނީ 2004 ވަނަ އަހަރުއެރި ސުނާމީގަ…. އެއަށްފަހުން އޭނާ ނުފެނުނު…. އޭރު އަހަރެން އަލީނާއަށް ބަނޑު ބޮޑު…. ރަނާއާއި އަހަރެންނާ ވަރަށް ގާތްވާނެ…. އެއީ ވަރަށް ބަސްއަހާ ކުއްޖެއް…. އަހަރެމެން ދެމީހުންނަކީ ބެސްޓު ފްރެންޑުންނޭވެސް ބުނެވިދާނެ…. އަލީނާ ފެނުނީމަ އަހަރެން އަބަދުވެސް ރަނާ މަތިން ހަނދާންވޭ….” މަޑުމަޑުން ފޮޓޯތަކުގައި ފިރުމަމުން ސިޑިން މައްޗަށް އެރުމާއި އެކު ސިމާ އޭނާގެ ކޮޓަރިއަށް ވަނުމަށް ހިނގައިގަތެވެ. މާޒީގެ ހިތި ހަނދާންތަކެއް އާވުމުން ސީމާ […]
. ފުން ނިދީގައި އޮތް ޝައިން ދެފަރާތަށް ފުރޮޅިލިއެވެ. ދެފައި ކުރުކޮއްލުމައްފަހު ކުރުގެޅިލީ ކޮންމެވެސް އުދަނގުލެއްވާތީކަން ގައިމެވެ.. އެހެން އެތަށްފަހަރަކު ފުރޮޅީ ފުރޮޅި އޮތް ނަމަވެސް ނިދި ގަދަކަމުން ލޯހުޅުވޭ ގޮތެއް ނުވެއެވެ.. ތޫލި ހަޅޭކަކާއި އެކު ޝައިން ދެލޯ ހުޅުވާލިއެވެ. ފެނުނު ސޫރައިން ލިބުނު ގަތް ބިރައްވުރެ ލިބުނު ހައިރާންކަން ވީ އިތުރެވެ. އެމީހެއްގެ އަވަސް ހަރަކާތުން ޝާއިންގެ އަނގައާއި ފައި އެމީހާގެ ބާރުގެ ދަށަށްގެނުވިއެވެ.. އެވަގުތު ޝާއިންގެ ލޮލުން އޮހޮރިގެން ދިޔައީ ވޭނީ ކަރުނައެވެ.. […]
“ހޭ ޔޫ” ފިރިހެން ވަންތަ އަޑުން ގޮވާލީ އެޒުވާނާކަން ޔަގީނެވެ. ފަހަތް ބަލާލަން އެބުރުނު ވަގުތު ލަމްހާ ލީނާ އަތުގަ ހިފައިގެން ދުއްވައިގަތެވެ. ވަކި މިސްރާބެއްނެތި ދުވަމުން ދިޔަ ދެމީހުންނަށް އެންމެ ފަހުން ދެވެނީ ތުނޑިއަށެވެ. ހަވީރުގެ ވަގުތު ކަމުން ތުނޑި ފެންނަލެއް ވަރަށް ހިތްގައިމެވެ. ޖެހޭ ފިނި ރޯޅިން ހަށިގަނޑަށް ތާޒާކަން ގެނެސް ދެއެވެ. ލީނާ އަށް ހުރެވުނީ ގުދުރަތުގެ ރީތިކަމާމެދު ހައިރާންވެފައެވެ. އެހެނީ އެއީ ލީނާ އަށް މުޅިން އާ ތަޖުރިބާ އަކަށްވީމައެވެ. މާނޭވާލަމުން […]
ހިތް އެދޭވަރުން….. އެނދުގައި އޮވެ ދެލޯމަރާ ބާރުކޮށްލީ ހިތުގައިވާ ވޭނަށް ކުޑަނަމަވެސް ލުޔެއް ލިބޭތޯއެވެ. އަދި ފުން ނޭވާތަކެއް ލަމުން ދިޔައެވެ. ނަމަވެސް، ހިނދުކޮޅެއްގެ ތެރޭގައި ދެލޯ ފުރިގެންއައީ ކަރުނައިންނެވެ. އެންމެ ލޯބިވާ މީހާ މިގޮތަށް ވަކިވުމުން ހިތަށްކުރާ އަސަރު ބަޔާންކޮށް ނުދެވޭނެއެވެ. ފޮނި އުންމީދުތަކާއި އެކުގައި ފެށުނު ގުޅުން ނިމިގެން ދިޔައީ ހީކުރިވަރަށްވުރެ އަވަހަށެވެ. މީހުން ބުނެއުޅެއެވެ. ވިދާހާ އެއްޗަކީ ރަނެއް ނޫނެވެ. އެހެނަސް މޮޔައެއްފަދައިން އަންޖަލް އަށް ދެވުނީ ރީތި މީހެއްގެ ފަހަތުންނެވެ. […]