ކަނޑުފެން (ތޭރަވަނަ ބައި) KanduFen P-13

“ހައިރާންވެފައި ދޯ ތި ހުރީ…. ރަނާ ގެއްލުނީ 2004 ވަނަ އަހަރުއެރި ސުނާމީގަ…. އެއަށްފަހުން އޭނާ ނުފެނުނު…. އޭރު އަހަރެން އަލީނާއަށް ބަނޑު ބޮޑު…. ރަނާއާއި އަހަރެންނާ ވަރަށް ގާތްވާނެ…. އެއީ ވަރަށް ބަސްއަހާ ކުއްޖެއް…. އަހަރެމެން ދެމީހުންނަކީ ބެސްޓު ފްރެންޑުންނޭވެސް ބުނެވިދާނެ…. އަލީނާ ފެނުނީމަ އަހަރެން އަބަދުވެސް ރަނާ މަތިން ހަނދާންވޭ….”
މަޑުމަޑުން ފޮޓޯތަކުގައި ފިރުމަމުން ސިޑިން މައްޗަށް އެރުމާއި އެކު ސިމާ އޭނާގެ ކޮޓަރިއަށް ވަނުމަށް ހިނގައިގަތެވެ. މާޒީގެ ހިތި ހަނދާންތަކެއް އާވުމުން ސީމާ އިނީ ވަރަށް ދެރަވެފައިކަން މިޝްކާއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން މިޝްކާވެސް އަވަސްވެގަތީ އޭނާގެ ކޮޓަރިއަށް ދިޔުމަށެވެ.
ސީމާގެ ފަރާތުން މިއަދު އެނގުނު ވާހަކަތަކުން ކޮންމެވެސް ނުބައެއް މިކަމުގައި އުޅޭކަން މިޝްކާއަށް އިހްސާސްވިއެވެ. ނަމަވެސް ހިތުގައި ބަރާވަމުން އައި ސުވާލުތައް އެކީ އެކައްޗަކަށް ނުކޮށް ބެހެއްޓީ ސީމައްތަވެސް ހުންނާނީ ވަރުބަލިވެފައި ކަން އިހްސާސް ވާތީއެވެ. އެނދުގައި އޮށޯވެލުމަށްފަހު ނިދާލަން މަސައްކަތް ކުރިއެވެ. ނަމަވެސް މިރޭ މިޝްކާއަށް ނިދޭ ގޮތެއް ނުވިއެވެ. އެކި ޚިޔާލުތަކަށް ގެއްލި މުޅިރޭ ހަތަރު ދަމު އެއް އަތުން އަނެއް އަތަށް އެނބުރި އެނބުރި އޮވެވުނީއެވެ.
އިރުގެ ރަން ދޯދިތަކުން މުޅި ދުނިޔެއަށް އަލިކަން ލިބެމުން ދިޔައެވެ. ބެލްކަނީގެ ކުޑަދޮރުން ކޮޓަރި ތެރެއަށް އަލިވަމުން އައި އިރުވެސް މިޝްކާ އޮތީ ޚިޔާލުތަކަކަށް ގެއްލިފައެވެ. ނިދިން މަޚްރޫމްވެފައި އެހެން އޮވެ އޮވެ ވަރުބަލިވުމުން ތެދުވެ މޯޅިއަކަށް ދެމިލާ ހަށިގަނޑު ދަމާލިއެވެ. ބެލްްކަނީގެ ދޮރު ހުޅުވާލުމަށްފަހު ބޭރު ބަލާލިއެވެ. ހެނދުނުގެ ތެތްފިނިކަމުން ޖެހޭ މަޑު ވައިރޯޅިން އިހްސާސް ވަމުން އައީ ފިނިކަމެވެ. ގޭގެ ބިއްދޮށް ފަރާތަށް ނަޒަރު ހިންގާލިއިރު ކާރު ފޮހެން ސަލީމް ހުރިތަން ފެނުނެވެ.
ސަލީމްގެ ހަށިގަނޑުގެ ފުރިހަމަކަމަށް ބަލަން ހިނދުކޮޅަކަށް މިޝްކާއަށް ހުރެވުނެެވެ. ހަމުގެ ކުލަ ކަޅަކަސް ހަންގަނޑު އޮމާނެވެ. ފިރިހެންވަންތަ ކަސްރަތީ ހަށިގަނޑުގެ ފުރިހަމަކަމަށް ބަލަން މިޝްކާއަށް ހުރެވުނީ ކަޅި ޖަހާނުލައެވެ. ކާރު ފޮހެ ނިމުމަށްފަހު ކާރު ކައިރީހުރި ގޮނޑިއެއްގެ މަތީގައި އަޅުވާފައި އޮތް ޓީޝާޓެއް ނަގާ ބޮލަށް މަހާލިއެވެ. ސަލީމްގެ ހަރަކާތްތަކަށް ބަލަން ހުރެވުނުކަން މިޝްކާއަށް އެނގުނީ ސަލީމް އިސް އުފުލާލުމަށްފަހު މިޝްކާއާއި ދިމާލަށް ބަލަން ފެށުމުންނެވެ. ސަލީމްގެ ނަޒަރު ހުރި ގޮތުން މިޝްކާއަށް ތެޅިގަނެވުނެވެ. އަދި ހޭވިފައިވާ އިސްތަށިގަނޑު އަތުން ރަނގަޅު ކޮށްލަމުން އަމިއްލަ ހަށިގަނޑަށް ބަލާލެވުނެވެ. މިޝްކާ ލައިގެން ހުރި ނިދާ ހެދުމުގެ މޭމަތިން ނެއްޓިފައި ހުރި ގޮށްތަކުގައި ހިފަހައްޓައިގެން ހުރެ އަވަހަށް ކޮޓަރި ތެރެއަށް ވަނެވެ. އަދި ހެނދުނުގެ ސައި ބުއިމަށް ކާ ކޮޓަރިއަށް ދާން ތައްޔާރުވުމަށް މިޝްކާ ފާހާނާއަށް ވަނެވެ.
ކާ ކޮޓަރިއަށް އައި އިރު މޭޒު މައްޗަށް ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައި ސޯފީ އަވަދިނެތި އުޅޭތަން ފެނުނެވެ. ފެންނަ ހިސާބުގައި ސީމައްތަ ނެތުމުން ސީމައްތަ ކޮބައިތޯ މިޝްކާ ސުވާލު ކޮށްލިއެވެ. ސޯފީ ޖަވާބުގައި މެޑަަމް އަދި ތިރިއަށް ނާންނަ ކަމަށް ބުންޏެވެ.
ސިޓިންގް ރޫމްގައި އިން ޓީވީ ހުޅުވާލުމަށްފަހު ސޯފާގައި އިށީނދެގެން މިޝްކާ އިނީ ސިމައްތަ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެހެން އެ ސޯފާގައި ލެގިލައިގެން ޓީވީ ބަލަން އިނދެވުނީ ކިހާ އިރެއް ވަން ދެން ކަންވެސް މިޝްކާއަކަށް ނޭނގުނެވެ.
ސިހިފައި މިޝްކާއަށް ލޯހުޅުވާލެވުނީ އޭނާގެ ކޮނޑުގައި މީހަކު ކޮއްޓާލަމުން މިޝްކާގެ ނަމުން ގޮވާތީއެވެ. އެއްއަތް މައްޗަށް ނިދިޖެހިފައި އޮވެވުނު ގޮތުން އެއް މިޔަކަނުން ފައިބާފައިވާ ސޮނިތިކި އަތުގެ ނުފުށުން ފޮހެލަމުން އިސް އުފުލާ ބަލާލެވުނެވެ. “މިޝްކާ އަޅުގަނޑު ދަނީ…. އަދި ސައިވެސް ނުބޮމެއްނު… މެޑަމްވެސް އަދި ނާދޭ ސައިބޯކަށް… އަޅުގަނޑު އަންނާނަން ދެ ގަޑި އިރު ފަހުން…. މެޑަަމް ހޭލީމާ މެޑަމް ކައިރީ ބުނެދޭތި…” ސޯފީ ވާހަކަ ދެއްކީ އަދަބުވެރިކަމާއި އެކުގައެވެ. އާނއެކޭ ބުނުމުގެ ގޮތުން މިޝްކާ ބޯ ޖަހާލުމުން ސޯފީ ގެއިން ބޭރަށް ހިނގައިގަތެވެ.
ކާމޭޒު މަތިން ތައްޓަކަށް ރޮއްޓާއެކު މަސްހުންޏާއި ކުޅިމަސްކޮޅެއް ލައިގެން ދެ ކަޅު ސައިތަށި ތައްޔާރު ކޮށްލިއެވެ. ގަޑި ބަލާލިއިރު ގަނޑިން ހެނދުނު ދިހަ ގަޑި ބައިވަނީއެވެ. ތަބަކަށް ހުރިހާ ތަށިތައް ލައިގެން މަޑުމަޑުން ސިޑިން މައްޗަށް އެރީ ސީމާގެ ކޮޓަރިއަށް ދިޔުމަށެވެ. ކޮަޓަރީގައި ޓަކި ޖަހާލުމުން ހިލަމެއް ނުވިއެވެ. ތިން ފަހަރު ޓަކި ޖާހާލުމުންވެސް އެތެރެއިން އެއްވެސް ޖަވާބެއް ނުލިބުނެވެ. އެހެންކަމުން މަޑުމަޑުން ކޮޓަރީގެ ތަޅުގައި ހިފާ ދޮރު ހުޅުވާލިއެވެ. ތަޅުނުލާ ހުރުމުން ދޮރު ވަރަށް ފަސޭހައިން ހުޅުވުނެވެ. އެނދުމަތީގައި އޮށޯވެގެން އޮތް ސީމާއަށް ދޮރު ހުޅުވުނު މަންޒަރު ފެނުމުން ބޯ ހިއްލާލަމުން ބަލާލިއެވެ. މިޝްކާކަން އެނގުމުން އަވަހަށް އައުމަށް އެދުނެވެ.
ސައި ހަދައިގެން ގެނައި ތަބައް އެކޮޓަރީ ކުޑަ ދޮރު ކައިރީހުރި މެޒުމަތީ ބެހެއްޓިއެވެ. “ހިނގާ ސައި ބޯން…. ސީމައްތަ އާދޭތޯ ވަރަށް މަޑުކޮށްފިން…. އެކަމު މިހާރު ބަނޑުން އަޑުކިޔާވަރުން ނުހުރެވިގެން މިއައީ…. ސީމައްތަ ކަޅުސައި ދޯ ބޯނީ…” މިޝްކާ ސައި ހަދައިގެން އައުމުން ސީމާއަށް އެކަމަށް އިންކާރު ކުރާކަށް ނުކެރުނެވެ. އެހެން ކަމުން އަވަހަށް އެނދުން ފައިބައިގެން ފާހާނާއަށް ދިޔައީ މޫނުދޮވެގެން އަންނާށެވެ.
ސީމާ ފާހާނާއަށް ވަނުމުން މިޝްކާ ކޮޓަަރީގެ ތެރެއަށް ވަށައިގެން ނަޒަރު ހިންގާލިއެވެ. ސީމާ އެނދުން ތެދުވި އިރު އެނދުގެ މަގަތުގައި އަލްބަމެއް އޮތްތަން ފެނުނެވެ. މިޝްކާ އެ އަަލްބަމް ނަގާ މޭޒުދޮށުގައި ހުރި ގޮނޑިއެއްގައި އިށީނދެ އަލްބަމް ހުޅުވާލިއެވެ. އެއީ އަލީނާ ތުއްތު އިރުގެ ފޮޓޯތަކެވެ. ސްކޫލުގެ އެކި ހަރަކާތްތަކުގައި ނަގާފައިވައި ފޮޓޯތަކެވެ. ފޮޓޯތަކުގައި އަލީނާ ޖައްސާފައި ހުރި ވައްތަރުތައް ލޯބިކަމުން މިޝްކާއަށް ހެވެއެވެ. ބިސްކަމުން ހީވަނީ ފުށްގަނޑެއް ހެންނެވެ. ސީމާ ފާހާނާއިން ނިކުތް އިރު މިޝްކާ ހިނިއައިސްހުރެ ފަހަރަކު ފޮޓޯއެއް ބަލަމުން ދިޔައެވެ. “ލޯބި ދޯ…. ތީ އަލީނާ ފަސް އަހަރުގަ….” ސީމާގެ އަޑު ޖެހުމުން މިޝްކާ ވާހަކަ ދައްކަން ފެއްޓިއެވެ. “އަޅެ އަލީނާ ލޯބިކަން ދޯ އޭރު… މޮޑެލާ ހިތްވާ ކަހަލަ ގޮތަކަށް އިންނަނީ….”
“މިޝްކާޔޯ… އޭރު މިޝްކާވެސް ހުންނާނީ ހަަމަ ކަަރަޔެއްހެން…” ސީމާ ހެމުން ހެމުން އައިސް މިޝްކާ ގާތުގައި ހުރި ހުސް ގޮނޑީގައި އިށީނދެ މޭޒުމަތީ ތަބަކުގައި ހުރި ތަށިތައް ނަގައި މޭޒުމަތީ އަތުރާލިއެވެ. މިޝްކާ އެ ފޮޓޯތަކަށް ބަލަމުން ސައިބޮމުން ދިޔައެވެ. ފެންނަމުން ދިޔަ ކޮންމެ ފޮޓޯއަކާއި ބެހޭގޮތުން ސީމާ މަޢުލޫމާތު ދެމުން ދިޔައެވެ.
އަލްބަމްގެ ފަހަތުކޮޅަށް ދިޔަ އިރު މިޝްކާމެން ސައިބޮއި ނިމިއްޖެއެވެ. ތަށިތައް ތަބަކަށް ލުމަށްފަހު މިޝްކާ އަލްބަމް ހިފައިގެން ހަމަޖެހިލަމުން ޖެހިގެން އޮތް ގަނޑު ހުޅުވާލިއެވެ. ލިބުނީ ހައިރާންކަމެކެވެ. ނަމަވެސް ފޮޓޯގަނޑުގެ ކަނުގައިވާ ތާރީޚުންވެސް އެއީ އަލީނާ ނޫންކަން އެނގުނެވެ. “ތީ ރަނާ…. އަަހަރެމެން އެންމެ ފަހުން ނެގި ފޮޓޯތީ… އެ ދުވަހަކީ އަލީނާ ވިހަން ވާއިރަށް އަހަރެމެން ބޭނުންވާ ސާމާނުތައް ގަންނަން މާލެއަށް އައި ދަތުރުގައި މާލޭގެ ފޮޓޯނަގާ ތަނަކުން ނެގި ގަނޑެއް ތިއީ… އޭރު އަހަރެންގެ ބަނޑަށް 7 މަސް…” ސީމާގެ ވާހަކަތައް އަޑު އަހަން އިނުމަށްފަހު ގަނޑުގެ މަތީގައިވާ ތާރީޚަށް އަދި އެއްފަހަރު މިޝްކާ ބަލާލިއެވެ. “3 ޑިސެމްބަރ 2004”
ޖެހިގެން އޮތް ގަނޑު ހުޅުވާލިއިރު ސީމާއާއި ރަނާާއާއި އެކުގައި ނަގާފައިހުރި ފޮޓޯތައްވެސް ހުއްޓެވެ. އެ ފޮޓޯތަކުގައި ސީމާގެ ބަނޑު ވަރަށް ބޮޑެވެ. ދެމީހުންވެސް ލާފައިހުރީ ގަޔަށްދޫ ކުރުތާއާއި ބެލްސެވެ.
“ތީ ރަނާ ގެއްލުމުގެ 3 ހަފްތާކުރިން އަހަރެެން މާލެ އައިސް ނެގި ފޮޓޯތަކުގެ ތެރެއިން ބައެއް ފޮޓޯ…. ރަނާ ގެއްލުނު ދުވަސް އަދިވެސް އަހަރެން ހަނދާން ހުރޭ…. އެ ދުވަހުގެ ބިރު އަދިވެސް އަހަރެންގެ ހިތުން ފިލައިގެން ނުދޭ… އަހަރެންގެ ހަޔާތުގަވެސް އެކަހަލަ ދުވަހެއް އަދި ނުދެކެން…. އަހަރެން އެންމެ ފަހުން ރަނާއާއި ވާހަކަ ދެއްކީ 25 ޑިސެމްބަރ 2004 ގައި ………
*** *** *** *** *** ***
ދ.ގެމެންދޫ އަކީ ވަރަށް ކުޑަ ރަށެކެވެ. އެ ރަށުގެ ބޮޑުމަގުގެ މެދުގައި ހުރެ ބަލާލައިފިނަމަ ހަތަރު ފަރާތުން ގޮނޑުދޮށް ސާފުކޮށް ފެންނަން އޮންނަ ތިރި ރަށެކެވެ. ރަށުގައި އުޅޭ މީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ދަނޑުވެރިކަމާއި މަސްވެރިކަމެވެ. އެކަހަލަ ކުޑަ ރަށެއްގައި ދަނޑުވެރިކަން ކުރެވޭނީ ކިހިނަކުންހޭ އެއީ އުފެދޭނެ ވަރަށް ބޮޑު ސުވާލެކެވެ. ރަށުުގައި ވަލެއް ނޯންނައިރު އެ ރަށުގައި ހުސް ބިމެއް ނޯވެއެވެ. އެހެން ކަމުން ޤުދުރަތީގޮތުން އެރަށް ވަށައިގެން ގާތްގާތުގައި ހެދިފައިވާ ކުދިކުދި ރަށްތަކަކީ އެމީހުންގެ ދަނޑުތައް ހައްދާ ރަށްތަކެވެ.
ގެމެންދޫގައި ހުރިހާ ގެތަކެއްހެން ހަދާފައި ހުންނަނީ އާދައިގެ ގޮތަކަށެވެ. ގިނަ ގެތަކުގެ މަގު ފާރުވެސް ހުންނަނީ ނުރާނައެވެ. އެހެން ކަމުން ޖެހިގެން ތިބޭ ގެތަކުގެ މީހުން އެކަކު އަނެކަކާ އެކި ކަހަލަ ކަންތަކުގައި އެހީތެރިވެދީ އުޅެއެވެ. ރަށުުގައި އެންމެން މަސައްކަތްކޮށް ހަދަނީ އެކަތިގަނޑެއް ހެންނެވެ. މިރަށުގައި ބައިބައިވެ މައްސަލަ ޖެހިފައި ތިބޭ މީހުންނެއް ނޫޅެއެވެ. އެކުވެރިކަމާއި އެކަކު އަނެކަކަށް އަޅާލުމުގެ މާތް ސިފަތައް އެ ރަށުގެ ކުދިބޮޑު އެންމެންގެ ހަށީީގައި އަށަގެންފައި ވެއެވެ.
ސީމާއަކީ ކުޑަހުވަދޫއަށް އުފަން ކުއްޖެކެވެ. ކުޑަހުވަދޫއަކީ ދާލު އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. ރިޒާއާއި ސީމާ ބައްދަލުވެފައި ވަނީ ކުޑަހުވަދޫގައި ހުންނަ ދ.އަތޮޅު ތަޢުލީމީ މަރުކަޒަށް ރިޒާ ކިޔަވަން ބަދަލު ވުމުންނެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނީގެ ގޮތުން ގުޅިގެން އެ ދެމީހުން ދިރިއުުޅުން ގެމެންދޫއަށް ބަދަލުކުރީ ރިޒާގެ މަންމަމެންގެ ގާތަށެވެ. ރިޒާގެ ބައްޕައަކީ ބޮޑު ވިޔަފާރި ވެރިއެކެވެ. ރަށުގައި ފިހާރައެއް ހުޅުވައިގެން މާލޭން މުދާ ގެނެސްގެން ވިއްކައި ހަދައެވެ. ރިޒާގެ އާއިލާގައި ހުންނަނީ ރިޒާއާއި އަދި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ރަނާ އެވެ. ސީމާ އެރަށަށް ބަދަލުވީއިރު ރަނާ ހުރީ އޯލެވެލް އިމްތިހާން ނިންމާފައެވެ. ރަނާ އިތުރަށް ކިޔަވަން ގަސްތު ނުކުރާތީ ރަށު ސްކޫލުގެ އޮފީސް ބައިގައި މަސައްކަތްކުރަން ފެއްޓިއެވެ. ގޭތެރޭގައި ކުރާ ގިނަ މަސައްކަތްތައް ކުރަނީ ރަނާއާއި ސީމާއާއި ދެމީހުން އެކީގައެވެ. ރަނާގެ މަންމަ ރަށުގެ އެހެން އަންހެން ވެރިންނާ އެކީ ފަޅުރަށްތަކަށް ދަރު ހޮވާށާއި ފަން ހޮވަން ގޮސް އުޅެއެވެ. ފަން ހޮވައިގެން އައިސް ފަންވިދެ އެ ތަކެތި ކައިރީގައި ހުންނަ ރިސޯޓުތަކަށް ވިއްކައެވެ.
ރަނާގެ މަންމައަކީ ހަކުރުބަލި ހުންނަ މީހަކަށް ވަތީ ދޭތެރެ ދޭތެރެއިން ޑޮކްޓަރަށް ދައްކަން މާލެ ދާންޖެހެއެވެ. ޑިސެމްބަރ 20 ވަނަ ދުވަހު މަންމައާއި ބައްޕައާއި އެކު ރިޒާވެސް މަންމަ ޑޮކްޓަރަށް ދައްކަން މާލެއަށް ދިޔައެވެ. ރަށުގައި ތިބީ ރާނާއާއި ސީމާ އެކަންޏެވެ.
ކޮންމެ ދުވަހަކުހެން ސީމާއާއި އެކީ ބަދިގޭގައި މަސައްކަތްކުރަން ރަނާ އެހީތެރިވެދެއެވެ. ޑިސެމްބަރ 25 ވީ ހޮނިހިރު ދުވަހު ގޭގައި ކެއްކީ ދެމީހުންނަށް އެކަންޏެވެ. މަންމަމެން ނެތުމުން އެދުވަސް ވަރަށް ފޫއްސެވެ. ސުފުރާ މަތީގައި ސްޕެގެޓީ ކާން ތިބިއިރު ރަނާގެ ފަރާތުން ތަފާތުކަމެއް ފެނުނެވެ. ސީމާ ދީމާކޮށްލަމުން އަހާލިއެވެ. “ރަނާ…. ކޮންކަމަކާ ތި ވިސްނަނީ؟….”
ސިހިފައި ރަނާ ސީމާއަށް ބަލާލަމުން ޖަވާބު ދިނެވެ. “ކަމެއް ނުވޭ…. ސީމައްތާ…. މިރޭ ލުޔޫއާ އެކީ ބޭރަށް ދާން މިއުޅެނީ… އެންމެ ރަނގަޅުތަ…. އަސްލު ސީމައްތަ އެކަނި ހުރީމާ ދާން އެއްބަސް ނުވެ މިހުރީ….”
ކައި ނިމިގެން ސީމާ ތަށިތައް ނަގަން ފެށިއެވެ. އަދި މޭޒުމަތީހުރި ބާކީ ސްޕެގެތީތައް ތެއްޔަށް އަޅާލިއެވެ. “އެހެންތަ… އޯކޭ ސީމައްތައަށް… ކީއްކުރަން ދަނީ….”
ސީމާ ސުވާލުކޮށްލުމުން ރަނާ ހިނިތުން ވުމަކާއި އެކީ ޖަވާބު ދިނެވެ. “މިރޭ މިދަނީ އެންމެން ލުޔޫމެން ގެޔަށް ފިލްމެއް ބަލަން…. ފިލްމް ބަލާ ނިމޭއިރަށް އަންނާނަން…. ސީމައްތަ ކަމެއް ބޭނުން ވަންޏާ ލުޔޫގެ ފޯނަށް ގުޅާލާ….”
މޭޒުމަތީ ސީމާ އެއްކުރި ތަށިތައް ހިފައިގެން ރަނާ ބަދިގެ ތެރެއަށް މިސްރާބުޖެހީ އެތަށިތައް ދޮންނާށެވެ. ރޭގަނޑު ހަތްގަޑި ސާޅިސްފަހެއް ވީއިރު ސީމާ އިނީ ފެންޑާ ތެރޭގައި ވާހަކަ ފޮތެއް ކިޔާށެވެ. ޓީވީ، ޓީވީއެމްއަށް ޓިއުން ކޮށްލައިގެން އަޑު މަޑުކޮށްގެން ވާހަކަފޮތް ކިޔަންއިނީ ޓީވީން ޚަބަރު ކިޔަން ފަށާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ވާހަކަ ފޮތަށް ގެއްލިފައި އިންނަނިކޮށް އިވުނީ ގޭގެ ދޮރުމަތިން މީހަކު ސަލާމް ގޮވާލިއަޑެވެ.
“ވައަލައިކުމުއް ސަލާމް…. ލުޔޫ އާދޭ އެތެރެއަށް…” ސަލާމް ބަލައިގަތުމަށްފަހު ދޮރުމަތީހުރި ލުޔޫނާއަށް އެތެރެއަށް އައުމަށް އިޝާރާތްކުރިއެވެ. ލުޔޫނާއަކީ ރަނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ސްކޫލު ދައުރު ނިމެންދެން އެއްކުލާހެއްގައި ދެމީހުން ކިޔަވަން އުޅުނީއްސުރެ މިއަދާ ހަމައަށްވެސް އެދެމެދުގައިވާ އެކުވެރިކަމަށް އެއްވެސް ބަދަލެއް ނާދެއެވެ.
ސީމާގެ ގާތުގައި ހުރި ހުސް ގޮނޑީގައި އިށީންނަމުން ލުޔޫނާ ސީމާގެ ބަޑުގައި ފިރުމާލަމުން އަހާލިއެވެ. “ސީމައްތާ ކިތައް މަސް…. ކޮން އިރަކު ވިހަނީ؟….”
ވާހަކަފޮތް ލައްޕާލަމުން ސީމާ ޖަވާބު ދިނެވެ. “ހަތް މަސް…. ފެބްރުއަރީ ތިނެކޭ ޑޮކްޓަރުން ބުނަނީ…. ދެން ނޭނގެ…. ދުވަސް ޖެހުނީމަ ވިހަންވީ….” ސީމާގެ ބަޑުގައި ފިރުމާލަ ފިރުމާލަ އިން ލުޔޫނާއަށް ސިހިފައި ސީމާގެ ބަނޑުމަތީގައި އޮތް އޭނާގެ އަތް ދަމައިގަނެވުނެވެ. ލުޔޫނާއަށް ވީ ގޮތް ފެނި ސީމާއަށް ހެވުނެވެ. “އޭނަ ޓަޗެއް ޖަހާލީދޯ…. އޭނަޔަށް ވެސް އިނގެޔޭ ލުޔޫނާ….”
“ވާއު….. އަޅޭ ވަރަށް އެހެންކަހަލަ…. އޯކޭ ކޮބާތަ ރަނާ؟…. މިހާރު އެހެރަ އަށެއް ޖަހަނީ ވިއްޔަ… ރަނާ ވަރަށް ތަތްވާނެކަން އެނގިގެން އަވަހަށް މި އައީވެސް….” ލުޔޫނާ ތެދުވެ ރަނާގެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. އެވަގުތު އަށެއްގެ ޚަބަރު ފެއްޓުމުން ސީމާ ޓީވީގެ އަޑު ބާރުކޮށްލިއެވެ. ގިނަ އިރުތަކެއް ނުވެ ލުޔޫނާއާއި އެކު ރަނާ ކޮޓަރިން ނުކުމެގެން އައެވެ. ހުދުކުލައިގެ ފާކިސްތާނު ހެދުމެއް ލައިގެން ރަނާ މިރޭ އިނީ ވަރަށް ފުރިހަމައަށް ރީތިވެގެންނެވެ. ސީމާއާއި އަރާ ހަމަވެފައި ދަނީއޭ ބުނަމުން ލުޔޫނާއާއި އެކު ރަނާ ދޮރުން ބޭރަށް ނިކުތުމަށް މިސްރާބު ޖަހައެވެ.
“ރަނާ…. އަން މިއޮތީ ތަޅުދަނޑި…. ސީމައްތަ ވަރަށް ވަރުބަލި… އެހެންވެ އިރުކޮޅަކުން ނިދަން މިދަނީ…. ރަނާ އައިސް ކައިގެން އެއްޗެތި ހޫނު ކޮށްލައްޗޭ…. އެހާ ލަސްނުވާތި އިނގޭ….” ސީމާ ދިއްކޮށްލި ތަޅުދަނޑީގައި ހިފަމުން ރަނާ ބޯޖަހާލިއެވެ. އަދި ހިނިތުންވެހުރެ އެކުވެރިޔާއާއި އެކު ގެއިން ބޭރަށް ނުކުންނަމުން ސީމާގެ ހަށިގަނޑުގައި ބައްދާލިއެވެ. “ތެންކިއު ސޯ މަޗް…. ސީމައްތާ…. އައި ލަވް ޔޫ…”
ރޭގަނޑު ނުވަގަޑި ބައި ވަންދެން ފެންޑާގައި ޓީވީ ބަަލަން ސީމާ އިނެވެ. ޓީވީ ނިއްވާލުމަށްފަހު ތެދުވެ ހަށިގަނޑު ދަމާލިއެވެ. ގިނައިރު ވަންދެން އެއްތަނެއްގައި އިށީނދެގެން އިނުމުން ވަރުބަލިކަމެއް އިހްސާސް ވިއެވެ. އާ ފުރެމުން ގޮސް ގޭގެ ދޮރު ތަޅުލުމަށްފަހު ކޮޓަރިއަށް ވަދެ އޮށޯތެވެ. އަދި ސީމާގެ ނޮކިޔާ ބައްތި ފޯނުން ރިޒާއަށް ގުޑްނައިޓް މެސެޖެއް ފޮނުވާލިއެވެ.
ކާޅާއި ކޮވެލީގެ އަޑަށް ސީމާއަށް ހޭލެވުނީ އެހެން ދުވަސްތަކާއި ޚިލާފަށް ތަންކޮޅެއް ލަހުންނެވެ. ފަތިސް ނަމާދަށް ހޭނުލެވުމުން އެކަމާ ސީމާ ވަރަށް ދެރަވިއެވެ. ތެދުވެ ގިފިއްޔަށް ވަދެ ރީތިވެގެން ބަދިގެއަށް ދިޔައެވެ. ނަމަވެސް ބަދިގޭ ތެރެއިން ދުވަންފެށި ކުނިވަހުން ރޭގައި އެއްވެސް އެއްޗެއް ހޫނު ނުކޮށް ހުރިކަން އެނގުނެވެ. ރަނގަޅަށް ވިއްޔާ ރަނާ ހަނދާން ނެތުނީއޭ ހިތަށް އެރިއެވެ. ތެލިތަކާއި ތަށިތައް ދޮވެލުމަށްފަހު އެއްލާހި ފުށްމޮޑެ ދިހަ ވަރަކަށް ރޮށި ފިހެލިއެވެ. އަދި ލައިގެން ކާން ރިހާކުރުކޮޅެއް ކުޅިކޮށްލުމަށްފަހު ކަޅު ސައިތައްޓަކާއި އެކު ކާން އިށީނެވެ. ރަނާ ރޭގަ ލަހުން އައިސް ނިދުމުން ހޭނުލެވުނީ ކަމަށް ހީކޮށް ސީމާވެސް ރަނާއަށް ނުގޮވާ ނިދަން ބޭއްވީއެވެ. އާދިއްތަ ދުވަހެއް ކަމަކު ރަނާވަނީ އޮފީހުން ޗުއްޓީއެއް ނަގާފައެވެ. ރިޒާމެން އަންނަން ދެން ޗުއްޓީ ނެގީ ގޭގައި ސީމާ އެކަނި ވާނެތީއެވެ. އޮފީހަށްވެސް ދާން ނުޖެހޭނެތީ ރަނާ އަދި އިރުކޮޅެއް ވަންދެން ނިދަން ބާއްވާން ސީމާ ނިންމިއެވެ.
އެކަނި މާ އެކަނި ސައި ބޮއިގެން އެއްޗެހި ދޮންނަންް ގިފިލީގައި ހުރި މެޝިނަށް ސީމާ ފެންއަޅަން ފެށިއެވެ. މެޝިނަށް ފެންއަޅާ ނިމުމުން ދާ ހެދުންތައް ބަލާ ކޮޓަރިއަށް ވަނެވެ. ސީމާގެ ހެދުންތައް ހިފައިގެން ރަނާގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ. ދޮރުގައި ޓަކި ޖަހާ ރަނާއަށް ގޮވާލިއެވެ. އަދި ތަޅުގައި ހިފާލުމުން ވަރަށް ފަސޭހައި ދޮރު ހުޅުވިއްޖެއެވެ. ކޮޓަރީގައި ރަނާ ފެންނަން ނެތުމުން ސީމާ އިންތިހާއަށް ހައިރާންވިއެވެ. އެނދުގައި ވަނީ ތަންމަތި އަޅާފައެވެ. އެ ކޮޓަރިއަަށް ވަދެ ރަނާގެ ދާ ހެދުންތައް ނެގިއެވެ. ރޭގަ ރަނާ ލައިގެންހުރި ހުދު ހެދުން ދާ ހެދުންތަކުގެ ތެރެއިން ފެންނަން ނެތުމުން އަލަަމާރި ހުޅުވާލުމަށްފަހު އަލަމާރީގައި އަޅުވާފައިވާ ހެދުންތަކަށް ނަޒަރު ހިންގާލެވުނެވެ. ސިކުނޑީގެ ކަނަކުން ރޭގައި ރަނާ ގެއަށް ނިދަން ނާންނަނީ ބާވައޭ ހިތަށް އެރުމުން އިންތިހާ ބިރުގަތެވެ. އަތުގަހުރި ދާ ހެދުންތައް ކޮޓަރީގައިހުރި ސަރަންފީ މަތީ ބަހެއްޓުމަށްފަހު ސީމާގެ ފޯނު ހޯދުމަށް އަވަސްވެގަތެވެ. ފޯނު ފެނުމާއި އެކު އަވަހަށް ލުޔޫނާގެ ނަންބަރަށް ގުޅާލިއެވެ. ރަނާއަކީ ދުވަހަކުވެސް ލަސްވަންދެން ގެއަށް ނައިސް ހުންނާނެ ކުއްޖެއް ނޫނެވެ.
“ހަލޯ ކީކޭ ސީމައްތާ؟….” އެކޮޅުން ވާހަކަ ދެއްކީ ލުޔޫނާއެވެ. ހާސްވެ ކަންބޮޑުވަމުން ދިޔަކަން ސީމާގެ ނިތްކުރިމަތިން ހިއްލަމުން ދިޔަ ދާ ތިކިތަކުންވެސް އެނގެއެވެ. “ހަލޯ…. ލުޔޫ… ކޮބާ ރަނާ؟….” ސީމާގެ އަޑުގައި އެކުލެވިފައިވާ ކަންބޮޑުވުން ލުޔޫނާއަށް ފާހަގަ ވިއެވެ. “ނޭނގެ… އަދި މިއަދު މިގެއަކަށް ނާދޭ… ރޭގަ 11 ޖެހިތަނުން ފިލްމު ނިމުނީމަ ގެއަށް ދިޔައީ…. އެ ފަހުން އަދި ދިމައެއް ނުވޭ….”
ލުޔޫނާގެ ޖަވާބަށްފަހު ސީމާ ކަންފަތުން ފޯނު ދުރުކޮށްލުމަށް ފަހު މަޑު ފިޔަވަޅުތަކެއްގައި ގެއިން ބޭރަށް ނުކުތެވެ. ރަނާ ދާނީ ކޮންތާކަށް ބާވައޭ ހިތަށް އެރިއެވެ. ރިޒާމެންނަށް މިކަން އެނގިއްޖިއްޔާ ވާނީ ކިހިނެއް ބާވައޭ ހިތަށް އެރުމުން ފަޔަށް ބާރުލާ ހަނި މަގުތަކުން ލާފައި ގޮނޑުދޮށާއި ދިމާލަށް ހިނގައިގަތެވެ. އަތިރިމަތީ ކުޅެން ތިބި ކުދިންތަކުގެ ގާތަށް ގޮސް ރަނާ ދުށިންތޯ ސުވާލު ކޮށްލިއެވެ. ހުރިހާ ކުދިންވެސް ކޮނޑު އަރުވާލަމުން ނުދެކެމޭ ބުންޏެވެ. ސީމާގެ ހިތުގެ ވިންދު އަވަސް ވަމުން ދިޔައެވެ. ގޮނޑުދޮށާއި ކައިރީގައި ހުރި ރިޒާމެންގެ ތިމާގެ ބައެއްގެ ގެއަށްވަދެ ރަނާ އައިތޯ ސުވާލު ކޮށްލިއެވެ. ބޭރު ވަޅުދޮށުގައި ހަނޑޫ ދޮންނަން އޮތް ފާތުމާ ވާހަކަ ދެއްކިއެވެ. “ނޫން ނާދޭ…. ކިހިނެއްވީ؟….”
“ކަމެއް ނުވޭ!!!….” ސީމާގެ މޫނުމަތިން ފެންނަމުން ދިޔަ ނުތަނަވަސްކަން ފެނި ފާތުމަ ހަނޑޫ ތެލި ވަޅު ދޮށުގައި ބެހެއްޓުމަށްފަހު ސީމާ ގާތަށް ލެފިގަތެވެ. “އެކޮއި ބަނޑަށް ތަދުވަނީތަ؟…. އުނދަގުލެއް ވަނީތަ؟…” ސީމާ ދެއަތަށް ބޯހޫރާލީ ނޫނެކޭ ބުނާށެވެ. “ނޫން…. ރަނާ ގޭގަ ނެތީމަ…. ފޫހިވެގެން މި ނުކުތީ….” ރޭއްސުރެއް ރަނާ ގެއަށް ނާންނަ ވާހަކަ ބުނަން ސީމާ ފަސްޖެހުނެވެ. އެހެންކަމުން ދަނީއޭ ބުނުމަށްފަހު ފާތުމަމެން ގެއިން އަވަހަށް ނުކުތެވެ.
ގޮނޑުދޮށުގައި މަޑުކޮށްލައިގެން އިނީ ވަރުބަލިކަމެއް އިހްސާސް ވާތީއެވެ. ބަޑުގައިވާ ދަރިފުޅުގެ ތޮޅުން މަޑުކުރެވޭތޯ މަޑުމަޑުން ސީމާގެ ބަނޑުގައި ފިރުމާލިއެވެ. ޤުދުރަތީ މަންޒަރަށް ގެއްލިފައި އިނދެވުނީ ރަނާ ދާނީވެސް ދެން ކޮންތާކަށް ބާވައޭ ހިތަށް އަރަމުންނެވެ. ގެއަށް ގޮސް ރަނާގެ އިންތިޒާރުގައި އަދި މަޑުކުރަން ނިންމިނެވެ. މެންދުރު ވަންދެން ބެލުމަށްފަހު ޚަބަރެއް ނުވެއްޖިއްޔާ ރިޒާއަށް ގުޅަން ނިންމިއެވެ. ގޮނޑުދޮށުން އެއްގަމަށް އަރަން ފިޔަވަޅު އަޅާލި ވަގުތު ރަށުުގެ މޫދާ ދިމާލުން ތަފާތުކަމެއް ފާހަގަވިއެވެ. ފަސްޖެހި ފިޔަވަޅު މަޑުކޮށްލުމަށްފަހު މޫދާއި ދިމާލަށް ބަލާލެވުނެވެ.
މޫދުގެ ލޮނުގަނޑު ވަނީ ތިލަވެ ހިކިފައެވެ. ގެމެންދޫއާއި އިންވެގެން އޮތް ފަޅުރަށުގެ ފަރު އެއްކޮށް ކަހަލަ ގޮތަކަށް ހިކިފައިވާތަން ފެނި ސީމާއަށް ހުރެވުނީ އަޖައިބުވެފައެވެ. ގޮނޑުދޮށުގައި ކުޅެން ތިބި ކުޑަކުދިންތައް މަސް ހިފަންވެގެން ފަރުމައްޗަށް އެރިއެވެ. ސީމާއަށް މިމަންޒަރަށް ބަލަން އިނދެވުނީ ވާން މިއުޅެނީ ކިހާވަރެއްގެ ކަމެއްކަން ވެސް ނޭނގިއެވެ.
ހިކެމުން ދިޔަ ލޮނުގަނޑުގެ ދުރުދުރުން އުފެދެމުން އައި ބިޔަ ރާޅު ފެނުމުން ސީމާއަށް އިނދެވުނީ ގުޑާލަންވެސް ނޭނގިފައެވެ. އެ ރާޅުގަނޑު އުސްވަމުން އުސްވަމުން ދިހަވަރަކަށް ފޫޓަށް އުފުލުމުން ސީމާއަށް ދެންވާނެ ގޮތް ހިތަށް ނަގައި ގަނެވުނެވެ. ފަޔަށް ލެވުނުހާ ބާރެއްލާ އެއްގަމަށް ދިޔުމަށް ދުއްވައިގަތީއެވެ.
“ކޮއްކޮމެންނޭ…. އާދޭ އެއްގަމަށް ބޮޑުރާޅެކޭ….” އެ ބިޔަ ރާޅު ނެގި މަންޒަރު ބަލަން އެއްގަމުގައި ހުރި ހަރު އުމުރުގެ ފިރިހެނަކު މޫދުގައި ކުޅެން ތިބި ކުދިންތަކަށް ގޮވާލިއެވެ.
ސީމާގެ އަތުން އޭނާގެ ބަނޑުގައި ހިފަހައްޓައިގެން ހުރެ މަގުތަކުން އެތެރެއަށް ވަދެވުނު އިރު ރާޅު ގޮނޑުދޮށަށް މުގުރާލި އަޑު އިވުނެވެ. އެ ގަދަ އަޑުފައްގަޑުން ފަސް އެނބުރި ބަލާލެވުނީ ބޭއިޚްރިޔާރުގައެވެ. އެ އަޑުގެ ތެރެއިން މީހުން ރޯ އަޑާއި ހަޅޭއްލަވާ އަޑު އިވެމުން ދިޔައެވެ. ދުންގަނޑެއްހެން ފުސްކޮށް ފެނުނަސް ގަސްތަކުގެ ތެރެއިން ހަލުވި މިނެއްގައި ރާޅުގަނޑު އަންނަތަން ފެނުނެވެ.
ސީމާއަށް ބިރުން ރޮއެ ގަނެވުނެވެ. “ސުބުހާނަﷲ….”
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
59 Comments!
Comments are closed.






މާތް ﷲ ސުނާމީގައި ގެއްލުން ލިބުނު ހުރިހާ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދެން…. ގެމެންދޫ ނޫނަސް ރާއްޖޭގެ ކިތަންމެ ރަށެއް ވަނީ ސުނާމީއަށް ފަހު ދިރި ނޫޅޭވޭ ވަރަށް ހަލާކުވުމުގެ ސަބަބުން ފަޅުވެފައި…. އެ ރަށްރަށުގެ އާއިލާތަކަށް އެހީތެރި ވެދެއްވި ހުރިހާ ބޭފުޅުންނަށް ހިތުގެ އެންމެ ފުން މިނުން ޝުކުރު ދަންނަންވަން…. 🙁
V reethi mi part vx
thanks Naaz… 🙂
V v v v v reethi
Thanks Nisha <3 🙂
V reethi ??me first yuppy ???
Dhen vaany kihinehbaa??? V interesting kuriya dhaa goiyh… <3
oohhh…. thanks M@dhy… 🙂 dhen vaane goiy ingeyne thursdayga… 🙂 inthizaaru kollahvaaa
Oops not me hehehe
Hama heevany manaxaru fenna hen..its so touching.. keep it up gal..This story is really amazing. ♡♡♡
Shif…. thank u for reading…. and for ur support through out all my stories… <3 <3 <3
v reethi…..
thanks shaz…. 🙂
Shaz vare salh Kiyaa foosae nu vey minhaaru dhathin fahara kiyaa lavijjae vvvvvvv rse salhi
Thanks Datha…. im glad u liked it…. I want it to be perfect…. 🙂 <3
Vvv nice…plx avahah up kohdhehchey annehbbai….
Vvv nice….plx avahah anehbbai up kohdhehchey…??
masha allah…beutiful ?????
as usual sifakurunthah v furihama….keep de hard work….may god bless ur work…☺
Ken…. Thanks a lot…. readers support ge sababun varah mi rongun kuriyah dhaa hiyvey…. ithuru vaahakathah liyan gasthukuran…. Thanks a lot for these positive comments… 🙂
Haadha reechey…. mulhi ga in heebihi nagaigen dhiyaee… v v reeethi… thursday annandhen kei kollaanan. Ekamu e ah vureh las nukurachey…
Thanks Apooooo… 🙂 In-Sha Allah… Thursdayga upload kohdheynan… 🙂
Shaazooooo…. haadhahaa vaa furihamaey… dhen vane goiy ihusaasvey.. heevanee Gemendhooge emaahaulugai hurevunuhen… hithah sifavey… and this story reminded of my Own family…. gain heebihi nagaigen dhiya… aharemenge family inves kujjaku maruvi…. Shaaz… ur so awesome…. Thank u for bringing such beautiful story to us… MAY GOD BLESS U… 🙂
Am very sorry for ur loss… n Thank u so much for supporting me…. thank again…. 🙂 <3
This has brought tears to my eyes… I remember the day as if it was only yesterday… i felt the vibrations of the quake when i was feeding my 2 month old baby… as i was leaning my back against the wall.. a while later even the furniture moved… but did not realize at the time what it was… i saw the sea rising… dont know how to describe the feeling… never experienced anything like that before or after…. lost all communication.. n wen my family finally got in touch with other family members… the news was so devastating… we had lost four of our family… oh my god!!! Cannot ever forget that day… this story… this part brings back the memories n with it the heart ache…. but thank you for it shaz lyn, cos the memories of the loved ones we lost is now much clear after all this time… i love this part… n dread as well as wait for the next part… thnk u again
ooohh.. am very Sorry for ur Loss…. and Thank you for sharing ur experience… and view of my story…. 🙂 🙂 and Thank u for reading my story…. next part on Thurssday
Mee hageegy story eh tha… V salhi igey mi partvx…
Mee haQeeqee hAdhisaa akaa gulhuvaigen liyaa Khiyaalee vaahakaeh…. 🙂
tsunami eri iru aharen varah kudavaane…. but I remember how I was with the hands of my mother… 🙁 🙁 🙁 I drowned in the water for three times…. and this story has reminded me those frightful days…. mihaa reethi sifakurun thakakaai eku mivaahaka husha alhaa dheytheee varah ufaa vejjee…. heevee iyye veekameh hen emanzaru sifa vihen…. May god bless u…. and ill pray for ur success in this career <3 <3 <3 … im a big FAN of ur stories… NAJAA was awesome and KANDUFEN is superb
Thank u so much…. varah dhuvas thakakahfahu Bubblyge commenteh mi fenuneeeee… <3
Vahaka foi kiyan hunnaani eh noon hen heevany. Ehen bunyma sifa vany kolha huree kamah. 2 fahara ebain huri vahaka liyefa. Jehigen oi jumulaiga ebainn ‘ehen indha’ mihen liyrfa vs. So ethaa innaany ‘in’ kama lafaa kureveni. May b a typing mistake. Vahaka v salhi. Up veythoa hurevey hama.
Aleena.. thanks a lot… ei kuh rangalhu kuri iru nufenifa in thankolheh…. now ethankolhu islaahu kkollaifin… <3 🙂
mee ehvanaige story eh…. it really touched my heart… grt work
(y) thanks…. 🙂
Vr vr reethi mi vaahaka…. next part kiyaa hithun ken madhuvefa.
Thanks Sihaaa….. 🙂
This story is awesome.. Masha Allah.. ❤️ waiting for a new episode.. ?
thanks Mai… <3
Thee gemendhoo kujjeh tha?? Varah salhi vaahaka..
noon mee Gemendhoo kujjeh Noon…. 🙂 Thanks
am from Male but my mom is from Dhaal atoll Maaenboodhoo…
Woww v reethi next part ge inthixaaruga
🙂 🙂 thanks
Oohhh
Thiss story is so touching
Shaz u have the skill to tpuch our feelings with ur words…
Description habeys…. story ehvvana…. loved it so much.. how can i contact u… pls tell me a way to contact u… ur my favourite author.. waiting for next episode
Aslu unable to wait.. am a story addict
aharenves beynun writer aa contact kuran. how can I contact u
Awsome, beutifully described, ihave read it three times already… hatts offf
Thanks shaasha…. 🙂
It amazing I am wondering what actually happened to Rana??? Sumthing bad dho she was lost before the tsunami ennu ehenveema
Yaaa… sumthing bad happened to her…. ithink her soul is out for revenge….
Thanks aish…. ya sumthing bad happened to her…. ull know that later…. keep waiting…. n enjoy reading
wow… varah reethi mibai ves Masha Allah… Desperately waiting for the next part! 😉
aharen adhi mivaahaka ah dhuvahakuves commenteh nukuran. ekm komme epsode eh nukunna irah kiyan. mibai kiyaafa bunelan beynumy ShaXlyn akee varah molhu liyuntheriyekey. tsunami akee aharenge dhirulhunves badhal kolli dhuvaheh. aharenge ehbandu ebbafaa kokko ahannaa vakivee. fenganduthereyga aharen ulhunee kaafayaa maama salaamaiykuran. aharen kokkoah fathan ves ingeyne. ekamaku eyna maruvee. hiydhathi dhuvaheh ei. tsunami ah 11 aharuvaan ukhey iruves adhives ekanthah handhaan hurey. aharen ge rahves othy falhah. rah mathin varah handhaan vey. aharemen rashun varah gina meehunah aniyaavesvi. ei biruverikamun furigenvi dhuvaheh. mulhi rah ekkoh dhoveli. 4 aharufahun rah balaalan dhiyain. biyakoh hedhifai huri emme gahehves neiy. kudhikudhi gasthakaa vinayaa veyo thah othy. thanks writer for bringing this part so beautifully.
Shax ge vaahaka thakakee varah thafaathu adhi reethi vaahaka thakeh.v interesting …
Varah furihama … keep it up. Waiting for the next part ..
This is like soo touchy keep it up awesome
wow….. vvvvvv interesting vvv nice… keep it up shax…
Varah furihama sifakurunthah.gemendhoo ae new ge rah. Mi vaahaka kiyaleema v handhaan vey rah mathin
Awsome.story….. i wonder hw these ideas come to ur mind… keep it up… juat thinking abt episode 14..
Pls pls make it v interesting…. love ur work…
V reethi, aharenge emotions ar kulhelaifi. Vv reethi. U have magic in u. Keep it up.
Touching story …masha allah…