Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ޝެރިން (18 ވަނަ ބައި)

Faxoo Level 310 Stories100 Comments500 Comments
November 24, 2015 4 Mins Read
12 Comments

ޝެރިންގެ މޭ ހީވަނީ ހަމަ ދެންމެ ދެންމެ ފަޅައިގެން ގޮސްފާނެ ހެންނެވެ. ހިފަހައްޓާފައި ވުމުން ދުއްވައި ނުގަނެވުނު ތާންގައި، ފަރާތަކަށް ހިރިވެސް ނުލެވުނެވެ. ފިސްތޯލަ ހިފައިގެން ހުރި މީހާ އޭނާގެ ޝަހާދަތް އިނގިލި ފިސްތޯލައިގެ ޓްރިގަރ އާއި ދިމާއަށް ގެންދަން ފެށުމުން ޝެރިނަށް ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ. އެވަގުތު ކުއްލިއަކަށް އިވުނީ ފިސްތޯލައިގެ ވަޒަން ފޮނުވާލި އަޑެވެ. ވޭނީ ހަޅޭކަކާއިއެކު ލޭތައް މުޅިތަނަށް ބުރައިގެން ދިޔަ އެވެ. އެއާއިއެކު އިރުގަނޑަކަށް އެހެން ހުރުމަށްފަހު ދެމީހުންވެސް ހުރިތަނަށް ތިރިވި އެވެ.

ފިސްތޯލަ ޖެހި މީހާ ދުވެފައި ގޮސް ހުއްޓުނީ ވެއްޓިފައިވާ ގާޑު މީހާއާއި ޝެރިން ގާތަށެވެ. އަދި ޝެރިންގެ ކޮލުގައި މަޑުމަޑުން ޖަހާލި އެވެ. ދެން ފެނުނީ ޝެރިން މެރިފައިވާ ދެލޯ ބާރުކޮށްލި ތަނެވެ. އާއެކެވެ. ޝެރިން މަރެއް ނުވެ އެވެ. ވަޒަން އެރީ އޭނާއަކަށް ނޫނެވެ. އޭނާ ހިފެހެއްޓި މީހާގެ ނިތްކުރިއަށެވެ.

“ޝެރިން…”

ދަންނަ އަޑެކެވެ. ޝެރިނަށް ދެލޯ ހުޅުވާލެވުނީ ގާތުގައި، އެއް ކަކޫ ޖަހައިގެން އިން މީހާ އޭނާގެ ނަމުން ގޮވާލުމުންނެވެ. އެވަގުތު އެމީހާގެ މޫނު ފޮތިކޮޅު ނަގާލުމުން އޭނާގެ މޫނު ކިތަންމެ ރަނގަޅަކަށްވެސް ޝެރިނަށް އެނގުނެވެ. ހައިރާންވެފައި ހުރެ ޝެރިން އެމީހާއާއި ދިމާއަށް ބަލަމުން ގެންދިޔަ އެވެ. ކުރިމަތީގައި އެހުރީ ޖާވިނެވެ. ޝެރިންމެންގެ ނަމުންނަމަ ޖޭޑެވެ.

“ތެދުވޭ! އަވަހަށް ހިނގާދާން…! ވަގުތެއް ނެތް!” ޖޭޑްގެ އަޑުން އޭނާހުރީ ވަރަށް ހާސްވެފައިކަން ދޭހަ ވެއެވެ.

ޝެރިނަށް އަދިވެސް ވާހަކައެއް ނުދެއްކެ އެވެ. މުޅި ހަށިގަނޑު ރޫރޫއަޅަމުން ދިޔައިރު، ގިސްލެވި، އެމަޢުޞޫމް ދެލޮލުން ކަރުނަވެސް އަންނަން ފަށައިފި އެވެ.

“ޝެރިން! ވަގުތެއް ނެތޭ!! ހަމަ މިހާރު ތެދުވޭ!!” ޖޭޑް ތަންކޮޅެއް ހަރުކަށިވެލި އެވެ. އޭރު ހާސްވެގެން ގޮސް އޭނާގެ ނިތްކުރީގައި ދާތައް މުތީތަކެއްހެން ވިދާ ބަބުޅަމުންގެންދިޔަ އެވެ.

“ނޫން… އަނެއްކާވެސް އަނިޔާ ކުރާކައްނު ތިގެންދަނީ…!! ނުދާނަން… މިއީ އަޒާބު ދައްކާ ތަނެއް!” ޝެރިނަށް ރޮއިގަނެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ޖޭޑް އޭނާގެ އަތުގައި ހިފުމުން ކުއްލިއަކަށް އަތް ފޮޅުވާލަން އުޅުނެވެ. ނަމަވެސް ޖޭޑް މާ ހުށިޔާރެވެ. “ނޫނެކޭ! ހަމަ މިހާރު އަހަރެން ދޫކޮށްލާ!”

“ޝެރިން… މިއީ ޖަދަލު ކުރަންވީ ވަގުތެއް ނޫނޭ! އަހަރެން ނޫޅެމޭ ކަމެއް ކުރާކަށް… ޝެރިން ސަލާމަތްކޮށްދޭށޭ މިއުޅެނީ!!” ޖޭޑް އޭނާގެ ރުޅި ހިފަހައްޓާލަމުން ބުންޏެވެ. ޝެރިންގެ ގޮތްދޫނުކުރުންވީ ޖޭޑަށް ލިބުނު އިތުރު ކަންތައް ގަނޑަކަށެވެ.

އެވަގުތު ފަހަތުން ބަޔަކު ދުވަމުން އަންނަ އަޑުއިވެން ފެށުމުން ޖޭޑާއި ޝެރިންވެސް ނުތަނަވަސްވި އެވެ.

އެވަގުތު ޝެރިންގެ އަތުގައި ހިފައިގެން ޖޭޑް ދުއްވައިގަތީ ކުރިމަތީގައި ހުރި ދޮރާއި ދިމާއަށެވެ. ޝެރިނަކަށް ދެވޭ ނުދެވޭއެއް ނޭނގެ އެވެ. ޖޭޑް ދެއްކި ދިމާއަކުން ދާން އޭނާއަށް މަޖުބޫރު ވެފައިވާ ކަހަލަ އެވެ.

ޖޭޑް ގޮސް ޝެރިން ވެއްދީ ކުޑަވަރެއްގެ ދަގަނޑު ކޮޓަރިއެއްގެ ތެރެއަށެވެ. އެތަން ފުރިފައިވަނީ ހުސް ދަގަނޑު ފޮށިތަކަކުންނެވެ. އެއްފަރާތު ފާރު ކައިރީ ބަރިބަރިއަށް ހުރީ ފުރިޖު ތަކެއް ފާޑު އެއްޗެހި ތަކެކެވެ. ޖޭޑްގެ މިސްރާބު ހުރީ ކޮޓަރީގެ އެއްކަނަކަށެވެ. އެތަނުގައި ތިރިއަށް ފޭބޭނޭ ސިޑިއެއް ހުއްޓެވެ. ރޭގަނޑުގެ ވަގުތުކަމުންނާއިއެކު، އެހަނި ސިޑީގެ އަނދިރިކަމުން ތަންދޮރު ފެންނަނީ ކިރިޔަކިރިޔާ އެވެ. އެވަރުންވެސް ޖޭޑް ހިނގަމުން ގެންދިޔައީ ފަރިތަކަމާއި، ހަލުވި ކަމާއެކުގަ އެވެ. ނަމަވެސް ޝެރިން ދެފަހަރަކު ކައްސާވެސް ލިއެވެ.

ދެން ޝެރިންމެން ވަނީ ކުރިން ވަތް ކޮޓަރިއަށްވުރެން ކުޑަކުޑަ ތަނަކަށެވެ. ނަމަވެސް މިފަހަރު މިއީ ކޮޓަރިއެއް ކަހަލަ ތަނެއްވެސް ނޫނެވެ. ކުޑަ ހޮހޮޅައެއް ކަހަލަ ތަނެކެވެ. އެތަނަށް ޝެރިން ވައްދާ ދޮރު ބޭރުން ނުހުޅުވޭގޮތަށް އެއްކޮށް ބައްދާލި އެވެ.

“މީ ކޮންތަނެއް؟ މިތަނަކަށެއް ނޫން އަހަރެން ވައްދަންވީ…!! ކޮބާ އަހަރެންގެ މަންމަމެން؟ ކީއްކުރަން އަހަރެން ސަލާމަތްކުރީ؟؟” ޝެރިން ހިފަހައްޓައިގެން ހުރި އުދާސްތައް، ލަފްޒުތެކެއްގެ ސިފައިގައި ބޭރުކޮށްލި އިރު، އޭނާއަށް ބާރަށް ގިސްލެވެމުން ދިޔައެވެ.

“ސަލާމަތް ވެވޭނެ ގޮތެއް ހޯދެންދެން މިތާ ތިބެން ޖެހޭނީ… ޕްލޭނަކާ ނުލާ މިތަނުން ނިކުމެގެން އުޅެނިކޮށް އަނެއްކާވެސް އަނިޔާއަކާ ކުރިމަތި ވެދާނެ. ޝެރިނަކަށް ނުވިސްނޭތަ؟؟” ޖޭޑް ވާހަކަ ދެއްކީ ސީދާ ޝެރިންގެ ލޮލަށް ބަލަމުންނެވެ. “އަހަންނަކަށް މިހާރު އެމީހުންނެއް އިތުބާރެއް ނުކުރޭ! އެދުވަހު ކަލޭ ހިމާޔަތް ކުރީމަ… އެކަމަކު އަހަންނަށް ހެޔޮ! އަހަރެން މިއުޅެނީ ހައްޔަރުން ފިލައިގެން… އެއީވެސް… އެއީވެސް ހަމަ ޝެރި…” ޖޭޑް އޭނާގެ ޖުމުލަ ފުރިހަމަ ނުކޮށް ހުއްޓާލި އެވެ.

“އާން! އަހަންނަކަށް އެކައްޗެއްވެސް ނުވިސްނޭ! ޖޭޑް ތީ އަހަރެންގެ ހަތުރެއް! އަހަރެން މިތަނުގަ ހައްޔަރު ވުމުގެ އަސްލަކީވެސް ތީ… ދެން ކީއްކުރަން އަހަރެން ކަލެއާއެކު އެޅެންވީ…؟”

“ޝެރިން! އެއްފަހަރު ނަމަވެސް އަހަންނަށް އިތުބާރު ކޮށްބަލަ!!” ޖޭޑް އެންމެ ފަހުން ޝެރިންގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. އެވަގުތު ޝެރިންގެ ދަނބު ކުލައިގެ ދެލޯ ޖޭޑްގެ ހޭޒަލް ދެލޮލާއި ސީދާވި އެވެ. އެވަގުތު ދެން ޖޭޑް ބުނި އެއްޗަކުން ޝެރިންގެ ގައިގައިވި ލޯލިތައް ކޮޅަށް ޖެހުނެވެ.

“އަހަންނަށް ޝެރިން ދެކެ ވަރަށް ބޮޑަށް ލޯބި ވެވިއްޖެ!” ޖެހިލުމަކާއި ނުލާ ޖޭޑް މިހެން ބުނުމުން ޝެރިނަށް ޤަބޫލު ނުކުރެވިގެން މަޑުމަޑުން ބޯ ހޫރާލެވުނެވެ.

 

…………………………………………..

ދެދުވަސް ފާއިތުވެއްޖެ އެވެ. ޝެރިންގެ ކެއުމާއި ބުއިމުގެ ކަންތައް ޖޭޑް ދަނީ ހަމަޖައްސަމުންނެވެ. ޝެރިން ހީކުރި ގޮތާއި ޚިލާފަށް ޖޭޑް އޭނާއަށް މާހެވެވެ. ކުރިން ގެންގުޅެމުން އަންނަ ހަރުކަށި ގޮތްގަނޑު މިހާރު ޖޭޑްގެ ގަޔަކުން ނުފެނެ އެވެ. ނަމަވެސް ޝެރިން ހުންނަނީ އޭނާގެ ބަދަލު ވަމުން އަންނަ އިޙުޞާޞްތައް ފޮރުވައިގެންނެވެ. ދުވަހަކުވެސް ޖޭޑަކަށް ރުހުމުގެ ލޮލަކުން ނުބަލަން ޢަޒުމް ކަނޑައަޅައިގެންނެވެ.

 

ރޭގަނޑުގެ ވަގުތެވެ. ޝެރިން އިނީ އެކުޑަކުޑަ ކޮޓަރިގަނޑުގައި ރަޖާގަނޑެއް އަޅައިގެން އޭގެ މަތީގައި އިށީއިނދެގެންނެވެ. އޭރު ޖޭޑް ވީ ކޮންމެވެސް ތަނަކަށް ގޮހެވެ. އެހެންޏާ ފަސް މިނިޓް ތެރޭ ކޮންމެފަހަރަކުވެސް ޝެރިން ގާތަށް އަންނަ ޖޭޑް މިފަހަރު ނައިސް ގިނައިރުވާތީ ޝެރިން ތަންކޮޅެއް ކަންބޮޑުވި އެވެ. ނަމަވެސް އޭނާ ހާސްވާންވީ ކޮންކަމަކާއި ހެއްޔެވެ؟ މިތަނަކު އޭނާ ހެޔޮ އެދެން ޖެހޭ އެކަކުވެސް ނެތެވެ. ހެޔޮ އެދެން ތިބި ދެކުދިން ވެސް ދުނިޔޭގައި ތިބިކަމެއް ވެސް ނޭނގެ އެވެ. އަދި އެހެން ކުދިންގެ ޙާލެއްވެސް ނޭނގުނު ތާނގައި، ޚުދު އޭނާއަށް ވާމުންދާ ގޮތެއްވެސް ނޭނގެ އެވެ. މިހާރު އޭނާގެ ލޮލުން ކަރުނަވެސް ހުސްވެފައިވާ ކަހަލަ އެވެ. އިތުރަށް ދިރިހުރުމުގެ ބޭނުމެއްވެސް ނެތޭ އޭނާގެ ސިކުނޑި އަންގައިދެމުންދިޔަ އެވެ. ހަމައެއާއެކު ބަދަލު ހިފުމުގެ ރޫޙުވެސް ޝެރިންގެ ކުޑަކުޑަ ހިތުގެ ތެރޭގައި އެނބުރެމުން އަންނަން ފަށައިފި އެވެ.

ޖޭޑް ނައިސް، ބަރާބަރު ދެގަޑިއިރު ވީފަހުން ޝެރިނަށް މަޑަކުން ނީނދެވުނެވެ. މަޑުމަޑުން ކުރިއަށް ދާން ފަށައިފި އެވެ. އެ ހޮހޮޅައެއް ފަދަ އުދާސްގަނޑުގެ ތެރެއިން ސިޑިން މައްޗަށް އެރުމަށްފަހު ޝެރިނަށް ނިކުމެވުނީ އެއްކަލަ ދަގަނޑު ކޮޓަރިގަނޑަށެވެ.

އެކޮޓަރިން ނިކުންނަން ނުނިކުންނަން ހުރެފައި ޝެރިން އެންމެފަހުން ތަޅުގައި ހިފީ މަރުވާނީ އެއްފަހަރު ކަމުގައި ހިތަށް އަރުވަމުންނެވެ. އޭރުން މިވޭން ދެނިވި ތަނުގައި އިތުރު އަދަބަކާއި ނުލާ އެއްފަހަރުން ސަލާމަތްވާނެކަން ގަބޫލުކޮށްގެންނެވެ.

ކިރިޔާ ބޭރުފެންނަ ވަރަށް ޝެރިން ދޮރު ހުޅުވާލި އެވެ. ކުރިމަތީގައިވާ ހޯލުގައި މެއްސެއް މާބުރެއްވެސް ނެތެވެ. އެހެންކަމުން ފޮނުވާލި ތީރެއްހެން ޝެރިން ހޯލުގެ އަނެއް ފަރާތަށް ދުއްވާގަތެވެ. އެކި ގޮތްގޮތަށް މިސްރާބު ބަދަލު ކުރަމުން ދަނިކޮށް ކުއްލިއަކަށް ސިއްސައިގެން ދިޔައީ މީހަކު އޭނާގެ ގައިގައި ހިފައި އެއްފަރާތުގައިވި ބޮޑު ދެއަލަމާރިއެއް ކަހަލަ އެއްޗެއްގެ ނިވަލަށް ވެއްދުމުންނެވެ. އަގަމަތީ އަތް އަޅާފައިވުމުން ޝެރިނަށް ހަޅޭއްލަވައެއް ނުގަނެވުނެވެ.

“ޝްސްސް…! ހިމޭނުން ހުރެބަލަ! މީ މަށޭ!”

ޝެރިން ހަމައަކަށް އެޅުނީ ޖޭޑް އޭނާގެ ގައިން ދޫކޮށްލުމުންނެވެ.

“ކީއްތަ ތިކުރަނީ؟؟” ޝެރިނަށް ބުނެވުނެވެ.

“އަހަރެން ކަންނޭނގެ ތި ސުވާލު ކުރަން ޖެހޭނީވެސް… ކީއް ކުރަން ތި ނިކުތީ؟ ޝެރިނަށް ރައްކާތެރިކަން ލިބޭނީ އެތަނުގައޭ!” ޖޭޑްވެސް ރައްދުގައި ބުންޏެވެ.

ޝެރިންވެސް އޭގެ ރައްދުގައި އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އޭނާ ބުނަން އުޅުނު ޖުމުލަ ކަރުގައި ތާށިވީ އޭނާގެ ނަމުން ބަޔަކު ގޮވަމުން އެދިމާއަށް ދުވެފައި އަންނަ ތަން ފެނުމުންނެވެ.

އެވަގުތު ޝެރިންގެ ގަނޑުވެފައިވާ ނަޒަރު އަމާޒުވެފައިވާ ދިމާއަށް ފަހަތަށް އެނބުރިލި އެވެ. ހަމަ އެސިކުންތު ތެރޭ އެބަޔަކު އަތުގައި އޮތް ބަޑިން ވަޒަން ދޫކޮށްލި އަޑާއިއެކު، ޖޭޑްގެ ބަނޑުގެ އެއްފަރާތް ކުއްލިއަކަށް ލެއިން ކަޅިވި އެވެ. އެވަގުތު ‘އާހްހް..!!’ އޭ ކިޔާ ޖޭޑް ހުރިތަނަށް މަޑުމަޑުން ތިރިވާން ފަށައިފި އެވެ.

ޝެރިނަށް ހަޅޭއްލަވާގަނެވުނެވެ. ދުވެފައި ގޮސް ޖޭޑްގެ ގާތުގައި އިށީއިނދެއްޖެ އެވެ. އޭރު ޝެރިން ހުރީ ދެލޯ ބޮޑުވެފަ އެވެ. އޭނާއަށް ކުރެވުނު ކަމަކީ އަނގަމަތީ ދެއަތްއަޅައިގެން ބުދެއްހެން ހުއްޓުން އަރާފައި އިނދެވުނީ އެވެ. އޭރު އެއްކަލަ ހައެއްކަ މީހުން ޝެރިންގެ ނަމުން ގޮވަމުން އޭނާއާއި ދިމާއަށް އާދެ އެވެ. މިކްޔާލްމެންގެ ޓީމެވެ. ޔައިނެވެ. ރާނީ އެވެ. އެމީހުންނަށް އެތަނަށް އާދެވުނީ އެވެ. ނަމަވެސް ހުރިހާ އެންމެން އަންނަން ފެށުމުންވެސް ޝެރިނަށް ގުޑިވެސް ނުލެވިފައި އިނދެވުނީ އެވެ.

އޭރު ޖޭޑް ބިންމަތީ އޮވެ ތެޅި ފޮޅެމުންދިޔަ އެވެ. މިކްޔާލް އައިސް ޝެރިން ގައިގައި އޮޅުލައިގަތެވެ. ނަމަވެސް ޝެރިން ކުއްލިއަކަށް މިކްޔާލްގެ އަތްދަށުން ދެމިގަތެވެ. އެވަގުތު މިކްޔާލަށާއި، ޔައިނާއި ދެން ތިބި މީހުންނަށްވެސް ލިބުނީ ކުއްލި ޝޮކެކެވެ.

“ކޮއްކޯ…؟؟” މިކްޔާލަށް ބުނެވުނެވެ. އޭރު ޝެރިން ކަޅިޖަހާވެސް ނުލާ ޖޭޑާއި ދިމާއަށް ބަލަން ހުއްޓެވެ.

“ޖާވިން…” ޝެރިންގެ އަނގައިން ނުކުތް ލަފްޒު މިކްޔާލްގެ ކަންފަތާ ހަމައަށް ފޯރުމާއިއެކު މިކްޔާލްގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލަ އެވެ.

“ޖާވިން…؟؟” މިކްޔާލަށްވެސް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

Share Article

Follow Me Written By

Faxoo

Level 310 Stories100 Comments500 Comments

Other Articles

Previous

ފޮހެވޭނޭ ބާއޭ… 6

Next

ކުށްވެރިޔަކީ… (1)

Next
November 24, 2015

ކުށްވެރިޔަކީ… (1)

Previews
November 23, 2015

ފޮހެވޭނޭ ބާއޭ… 6

12 Comments!

  1. Naaz says:
    November 24, 2015 at 11:43 am

    V kiyaahithun indhaa nimihje…..hehehe
    V v v reethi

    1. Faxoo says:
      November 24, 2015 at 11:59 am

      Thankx naaz

  2. jeesh says:
    November 24, 2015 at 11:54 am

    Faxu angaaves nulaaa….varah reethi ingey

    1. Faxoo says:
      November 24, 2015 at 11:58 am

      nope. i did 😉 and thankx ingey Jeesh

  3. ann says:
    November 24, 2015 at 12:14 pm

    oooohhh… vvvv rythi… emyhun nah jeyd ingey dhw? wen next part??? waitiinin……… nd sherin vex jeyd dheke lwbi vey dhw. jeyd avahah salaamai kurey… plxxx. faxooooooooooooooo … 🙁

  4. Meera says:
    November 24, 2015 at 12:24 pm

    V reethi

  5. RAVOO says:
    November 24, 2015 at 12:28 pm

    jeyd ah dhera gotheyh nudheythi ingey……. asluvarah reethi ingey. my favourite writer…………when is next part…..waiting….waiting..

  6. gurey says:
    November 24, 2015 at 1:03 pm

    vaahaka nimuneetha

  7. Anonymous says:
    November 24, 2015 at 2:20 pm

    When next part?

  8. shaz says:
    November 24, 2015 at 5:02 pm

    waiting

  9. naax says:
    November 24, 2015 at 7:44 pm

    V kiyaahiyvaa kahal salhi vaahaka eh mee.. mi part vc v nice.. masha allah.. faxoo keep it up..

  10. Faxoo says:
    November 25, 2015 at 7:12 pm

    Next part tonight In Sha Allah… 🙂 Maadhan kommeves sababakattaka ;Faxoo’ ah vaahaka up nukurevey nethy.. Thankx all!!

Comments are closed.


All Right Reserved!