Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށްވެރިޔަކީ… (1)

Yug Level 1
November 24, 2015 5 Mins Read
16 Comments

ރޭގަނޑުގެ މެންދަމުން އަނބުރާ 3 ޖެހީއެވެ. މުޅިދުނިޔެވެސް ފުން ނިންޖަކުން ނިދާލާފައިވާހަކަލައެވެ. އެހެންނަމަވެސް ޒީނިޔާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ރޮއިރޮއިގޮސް އޭނާގެ ދެލޯވަނީ ދުޅަވެފައެވެ. ފާރުކައިރީގައި ހުރި އޭނާގެ ނިދާ އެނދުގައި، ފާރުގައި ލެނގިލައިގެން އޭނާ އިންނަތާ މިހާރު 5ގަޑިއިރަށްވުރެވެސް ގިނައިރުވެދާނެއެވެ. އެހެންނަމަވެސް، އޭނާއަށް އެކަން އެއްވެސްވަރަކަށް އިޙްސާސްވިހެނެއް ހިޔެއް ނުވެއެވެ. އެއަށްވުރެ އޭނާގެ ހިތާއި ސިނކުޑީގައި ހިނގަމުންދާ ހައިޖާނުގަނޑުގެ ކަންތައްތައް މާގަދައެވެ. އެހެން އިން އިރު، ދާދިގާނތުގައި ނިދާފައިއޮތް އޭނާގެ ހަތަރު އަހަރަށްދާ ކުޑަ ދަރިފުޅުގެ މޫނަށް ނީނާ އިރުކޮޅަކާ ބަލާލައެވެ. އެމަޢުސޫމް މޫނަށް ބަލަންއިދެފައި ބައެއްފަހަރު ބަޑިފަޅައިގެންދެއެވެ. އެހެންނަމަވެސް، އޭނާގެ ރުއިމުގެ އަޑުބޭރުވިޔަ ނުދީ ހިފަހައްޓަނީ އެކުޑަކުޑަ ދަރިފުޅަށް ހިލަންވެގެން ހޭލެވިދާނެތީއެވެ. އެދަރިފުޅަކީ އޭނާގެ ދިރިއުޅުމުގައި މިންވަރުކުރެއްވި އެންމެ އަގުހުރި އެންމެ އުފާވެރިކަމެވެ. އެއީ، އޭނާ އެދިރިއުޅުމަކަށްޓަކައި އެތައް ހުވަފެންތަކެއް ދެކުނު، ދިރިއުޅުމުގެ ފޮނި މޭވާއެވެ. އެހެންނަމަވެސް، އާހް!.. އެވެ. މިއަދު އެދިރިއުޅުމުގެ އެއުފާވެރިކަމާއި، ދެކުނު ހުވަފެންތަކުގެ ތެރެއިން އޮތް ހަމައެކަނި ޙަޤީޤަތަކީވެސް ޒީނިޔާގެ އެދަރިފުޅެވެ. ހުރިހާކަމެއް މިވަނީ އަވާމެންދުރަކަށްވެ ނިމިގެން ގޮސްފައެވެ. މިއަދު ޒީނިޔާ ދެކެމުންދާ ދުވަސްތަކަކީ ދުވަހަކުވެސް އޭނާގެ ދިރިއުޅުމުގައި ކުރިމަތިލާންޖެހޭނެކަމަށް އުއްމީދުކުރި ދުވަސްތަކެއް ނޫނެވެ. ދަރިފުޅުގެ މަޢުސޫމް މޫނަށް ނަޒަރު ހުއްޓާލައިގެން އިން ޒީނިޔާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައިރު، އެކަރުނައިގެ ތެރެއިން އޭނާގެ ދިރިއުޅުމުގެ އުފާވެރިކަން ހިތި ކަރުނަތަށް ބަދަލުވެގެން އައިގޮތް ސިފަވަމުން ދިޔައެވެ.
ޒީނިޔާއަކީ ރާއްޖޭގެ އުތުރުގެ އަތޮޅަކަށް ނިސްބަތްވާ އަތޮޅުތެރޭގެ ރަށެއްގައި އުޅެބޮޑުވި، ޢާއިލާއެއްގެ 08 ކުދިންގެ ތެރެއިން އެޢާއިލާގެ ހުރި ހަމައެކަނި އަންހެންދަރިއެވެ. ދެވަނަ އަށް އެންމެ ދޮށީ މީހަކީވެސް ޒީނިޔާއެވެ. ރަށުން ކިޔަވާ ނިމުމުން އިތުރު ތަޢުލީމު ޙާޞިލްކުރުމަށް ބޭނުންވާތީ، ޒީނިޔާގެ މައިންބަފައިން ވަނީ މާލެފޮނުވައިގެން އޯ-ލެވެލް އާހަމައަށް ޒީނިޔާއަށް ކިޔަވައިދީ، އަދި އެއަށްފަހު ޒީނިޔާ ވަނީ ކިޔަވައިދިނުމުގެ ދާއިރާއިން ސާނަވީ މުދައްރިސްކަމުގެ ކޯސް ވެސް ހަދާފައެވެ. ކޯސްހަދައި ނިމިގެން، ރަށަށް ބަދަލުވެ، ހަނގަށްތިބި ކުދިންގެ ކިޔެވުމާއި ޢާއިލާގެ އެހެން ޒިންމާތަކުގައި ޒީނިޔާ ދިޔައީ އޭނާގެ މައިންބަފައިންނަށް އެހީތެރިވަމުންނެވެ. އަމްޖަދުއާ ޒީނިޔާގެ ލޯބީގެ ދައުރު ފެށިގެން ދިޔައީ ޒީނިޔާ ރަށަށް އެބުރި ބަދަލުވިފަހުން ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ.
އަމްޖަދު އަކީ ޒީނިޔާގެ ދެބެއިންގެ ދެދަރި ބޭބެއެއް ކަމުގައިވާ ނަސްރުގެ އެންމެ ގާތް ރަޙްމަތްރެރިއާއެވެ. ކުރިންވެސް، އެއްރަށެއްގެ މީހުން ކަމުގައިވާތީ ކޮންމެވެސް ވަރަކަށް އެކަކު އަނެކަކު ދެކެފަރިތަ ކަމުގައިވިޔަސް، އަމްޖަދުއާ ޒީނިޔާގެ ގުޅުން ބަދަހިވެ، އެގުޅުން އިތުރު ހަރުފަތަކަށް ބަދަލުވީ، ނަސްރުއާއި އަމްޖަދުގެ ގުޅުމުގެ ސަބަބުންކަމުގައި ބުނެވިދާނެއެވެ. ނަސްރު އާއެކު ދޭތެރެ ދޭތެރެއިން ޒީނިޔާމެންގެއަށް ގޮސްއުޅޭއުޅުމުގައި، އަމްޖަދު ޒީނިޔާއަށް ޚާއްޞަ ނަޒަރަކުން ބަލާކަން ޒީނިޔާއަށް ފާހަގަކުރެވެން ފެށިއެވެ. އަމްޖަދުގެ ބެލުންތަކުން ޒީނިޔާގެ މޫނުމައްޗަށް ވެރިވެގެންދާ ލަދުވެތިކަން އެއީ ޒީނިޔާގެ ފަރާތުން ލިބުނު ފެހި ސިގްނަލެއްކަމުގައި އަމްޖަދު ވެސް ދެކުނެވެ. ބައެއް ފަހަރު ނަސްރު ގާތުގައި ނުސީދާކޮށް ބުނެކިޔައިގެންނަމަވެސް ގިނަ ގިނައިން އެގެއަށް ދެވޭނެ ފުރުޞަތެއް ހޯދޭތޯ އަމްޖަދު ބަލައެވެ. ދެތިންފަހަރެއްގެމަތިން އަމްޖަދުގެ މި އާދަޔާޚިލާފު މިޒާޖު ފެނުމުން، ނަސްރުއަށްވެސް މިވާގޮތް ވިސްނިއްޖެއެވެ. އަދި އަމްޖަދުއާ ވަރަށް ދިމާކޮށް، ސީދާސީދާ އޭނާގެ ދުލުން އެކަމަށް އިޢުތިރާފްވާވަރުކޮށްލިއެވެ. އެންމެފަހުން، އަމްޖަދު އޭނާއަށް ޒީނިޔާ ވަރަށް ކަމުދާކަމާއި، ޒީނިޔާ އެގޮތް ބޭނުންނަމަ އެކަން ކުރިއަށް ގެންދަން ބޭނުންކަމުގައި ނަސްރު ގާތުގައި އެއްބަސްވިއެވެ. އަމްޖަދަކީ ނަސްރުގެ އެންމެ ގާތް އެކުވެރިޔާއަށް ވާތީއާއި އޭނާގެ ގޮތް ނަސްރުއަށް މާރަނގަޅަށްވެސް އެނގޭތީ، ނަސްރުހުރީ އެގުޅުމާދޭތެރޭގައި ވަރަށްބޮޑަށް ހިތްހަމަޖެހިގެންނެވެ. މާމައްޗަށް ކިޔަވައިގެން ނެތެއްކަމަކު އަމްޖަދު އަކީ އަމިއްލަ މަސައްކަތުން ކައިބޮއިއުޅޭ، ހަރުދަނާ ރަނގަނޅު މީހެއްކަން ރަށު އެންމެނަށްވެސް އެނގެއެވެ.

އެދުވަސްވަރަކީ ރަމަޝާންމަސް ނިމެންއައި ދުވަސްކޮޅުކަމަށްވާތީ، އަމްޖަދު ޒީނިޔާއަށް ލޯބިހުށަހެޅީ، ނަސްރުވެސް ދިން ޚިޔާލާ އެއްގޮތަށް ޢީދު ދުވަހާ ދިމާކޮށް ޢީދު މުބާރިކް ކިޔައި އަމްޖަދު ޒީނިޔާއަށް ފޮނުވި ކުޑަކުޑަ ހަދިޔާއަކާއެކުގައެވެ. ޢީދު ތަހުނިޔާ ކުޑަކުޑަ ކާޑަކާއެކު އަމްޖަދު ފޮނުވި އަތުގައި އަޅާ ކުޑަކުޑަ ކެވެލިކޮޅު ވެގެންދިޔައީ އެޢީދުގައި ޒީނިޔާއަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާކަމުގައެވެ. ޢީދު ނަމާދުން ފައިބައިގެން ޒީނިޔާމެންގެއަށް ސައިބޯން އަންނާނެކަމަށާއި، އެކެލިކޮޅު އަޅައިގެން ހުރެއްޖެނަމަ ޒީނިޔާގެ ޖަވާބަކީ ކޮބައިކަން އެނގޭނެކަމަށް އަމްޖަދު ފޮނުވި ކާޑުގައި އޭނާ ބުނެފައިވެއެވެ. ޒީނިޔާ އުފަލުންގޮސް ހީވީ މުޅިދުނިޔެ އޭނާއަށް މިލްކުވީހެންނެވެ. ހެނދުނުވުމުގެ އިންތިޒާރުގައި މުޅިރޭ ހޭދަވެގެންދިޔައީ ރަނގަޅަށް ލޮލުފިޔަވެސް ޖަހާނުލައެވެ. ގަޑިވެސް ހިނގަނީ މާލަހުންހެން ޒީނިޔާއަށް ހީވާކަލައެވެ. ފަތިސްނަމާދަށް ބަންގި ގޮވުމާއެކު އެނދުން ފުއްމާލައިގެންގޮސް އޭނާވަނީ ފާޚާނާއަށެވެ. އެއަށްފަހު، ފަތިސް ނަމާދުކޮށްލައިގެން އިލޮށިފަތި ހިފައިގެން ނުކުތްމީހާ ގޭގެ އެހެން މީހުން ހޭލަންވާއިރަށް އޮތީ ގޯތިތެރެއާއި މަގުމަތީގައި އިލޮށިފަތިއަޅައި ނިންމާލާފައެވެ. އަމްޖަދު އަންނާނެކަން އެނގޭތީ ވަގުތު ކައިރިވަމުންދިޔަ ވަރަކަށް ޒީނިޔާގެ ހިތުގެ ތެޅުންވެސް ދިޔައީ އަވަސްވަމުންނެވެ.

ބައްޕައާއި ކޮއްކޮމެން ޢީދުނަމާދަށް ދިއުމުން ޒީނިޔާ ފެންވަރައި ތައްޔާރުވެލިއެވެ. އަމްޖަދު ދިން ކެވެލިކޮޅު އަތުގައި އަޅާލަމުން އޭގައި ފިރުމާލެވުނީ ބޭއިޚްތިޔާރުގައެވެ. ލޯގަނޑު ކުރިމަތީގައިހުރިއިރު ފެންނަންހުރި އޭނާގެ ސޫރައަށް ބަލާލަމުން ރަކިވިއިރު ހީވީ އޭނާއާ ދިމާއަށް އަމްޖަދު ބަލަންހުރިހެންނެވެ. ކޮޓަރިތެރޭގައި އެކަނިމާއެކަނި މިސަކަރާތެއްގައި ހުއްޓާ “ބައްޕަމެން ޢީދުން ފައިބައިގެން އެއައީއޭ،” ސައިއަޅައިދޭށޭ ކިޔައި މަންމަ ގޮވާލިއަޑަށް ޒީނިޔާ ދިޔައީ ސިއްސައިގެންނެވެ. މިދަނީއޭ ބުނެ، އަވަސްކޮށްލައިގެން ޒީނިޔާ ނުކުތީ ބަދިގެ ފަރާތަށެވެ. އެވަގުތު ޙައިރާންކަމެއް ލިބުނީ ބައްޕަމެންނާއެކު ޖޯލީގައި އިށީނދެއިން އަމްޖަދު ފެނުމުންނެވެ. އަމްޖަދު އަންނާނަމޭ ބުންޏަސް ޒީނިޔާ ހީކުރީ އަމްޖަދު އަންނާނީ ޔާސިރުއާ އެއްކޮށް ފަހުން ކަމުގައެވެ. ޢީދުން ފޭބިގޮތަށް އެގެއަށް އަންނާނެކަމަކަށް ޒީނިޔާގެ ހިތައްވެސް ނާރައެވެ. ޙައިރާންވިވަރުންކަމެއް ނުވަތަ އުފާވިވަރުންކަމެއް ނޭނގެއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެންދިޔަވަގުތު ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި އެތަންހާސް ވާހަކައެއް އެދެމީހުންގެ ދެމެދުގައި ބަދަލުވެގެން ދިޔަކަހަލައެވެ. ނަގަނަގާހުރި ފިޔަވަޅުވެސް އަޅަން ހަނދާން ނެތިފައި ޒީނިޔާއަށް ކުޑައިރުކޮޅަކު ހުރެވުނެވެ. ނަމަވެސް، ދާދިއަވަހަށް ހަމައަކަށް އެޅިލަން މަސައްކަތްކުރަމުން އޭނާ ހަރުކޮށް ހިގައިގަތީ ބަދިގެއަށެވެ. ޒީނިޔާއަށް ވީގޮތް ފެނިފައި އަމްޖަދު އަށް އެއްމިޔަކަނުން ހީލެވުނެވެ. އަމްޖަދު ފެނުމުން، ޒީނިޔާއަށް ވީގޮތާއި ހިތުންހިތައް އެދެމެދުގައި ބަދަލުކުރެވުނު ވާހަކަތައް ޖެހިގެންހުރި ޖޯލީގައިއިން ޒީނިޔާގެ ބައްޕަގެ ތަޖުރިބާކާރު ލޮލުގެ ރާޑަރަށް ކިތަންމެ ރަނގަޅަކަށްވެސް އެރިއެވެ.

ތަށިމަތި ނަގައި، ޖޯޑުތަކަށް ސައިއަޅަމުން ސައިބޯން އަންނަން ޒީނިޔާ ގޮވާލީ އޭނާގެ ބައްޕައަށެވެ. އެންމެން އެކުގައި ކާގެއަށް ވަދެ ސައިބޮއި އިށީންއިންއިރު، އަމްޖަދު އިނީ ސައިއަޅަން ކޮޅަންހުރި ޒީނިޔާއާ އެންމެ ކައިރީގައި ހުރި ގޮނޑީގައެވެ. އެންމެން ކުރިމަތީގައި އިސްއުފުލައި ޒީނިޔާއަށް ބަލާލަން ނުކެރިގެން އަމްޖަދު އިނީ އިސްޖަހައިގެންނެވެ. ނަމަވެސް، ސައިތަށި ބަހައްޓަމުން ޒީނިޔާގެ ފޮނިފޮނި އަޑުން މަޑުމަޑުން “ޢީދު މުބާރިކް” ބުނެލުމުން އަމްޖަދުއަށް އިސްއުފުލާ ޒީނިޔާއަށް ބަލާލެވުނެވެ. ހަމައެސިކުންތުގައި އެމޭޒުގައި ތިބި އެހެންމީހުންނާ ދިމާއަށް ބަލާލެވުނީވެސް ހާސްކަމާއެކުގައެވެ. އެއްވެސް މީހަކަށް އެކަމެއް އިޙްސާސްވިހެނެއް ހިއެއް ނުވެއެވެ. އަމްޖަދަކީ އަލަށް އެގެއަށް އައި މީހަކަށް ނުވާތީ ނޫންކަމެއްވެސް ނޭނގެއެވެ. އަމްޖަދުވެސް ޢީދު މުބާރިކް އޭ ބުނެލަމުން ސިއްރު ނަޒަރެއްދިނީ ޒީނިޔާގެ އަތަށެވެ. އެވަގުތު ހިތަން ވެރިވެގެންދިޔަ އުފާވެރި އިޙްސާސްއަކުން އޭނާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ތަފާތު ވާހަކަ ތަކުގައި ތިބެ ސައިބޮއި ނިމުމުން، ފަހަރަކު މީހަކު ކާގެއިން ނުކުމެގެން ދިޔައިރު، ވަރަށް ނޫންކަމަށް ހެދިގެން އެންމެ ފަހުން މީހަކަށް ނުކުންނަން އަމްޖަދު އިނީ ހަމަ ގަސްތުގައެވެ.

ފުރަތަމަ ފަހަރަށް އަމްޖަދު ޒީނިޔާއާ ވަކިން ބައްދަލުކުރީ، އެދުވަހުގެ ރޭގަނޑު އިޝާނަމާދުގެ ފަހުން ޒީނިޔާ މެންގޭގެ ޖޯލީގައެވެ. ޒީނިޔާގެ ބައްޕައަށް ހެނދުނު ހީވި ހީވުން ޔަޤީންވީ އެރޭ އަމްޖަދުއާއި ޒީނިޔާ ޖޯލީގައި ވާހަކަދައްކަން އެކަނި ތިބިތަން ފެނުމުންނެވެ. އެހެންކަމުން، ޒީނިޔާގެ މަންމަގެ ގާތުގައިވެސް އެވާހަކަ ދެއްކިއެވެ. އަމްޖަދުއާއި ޒީނިޔާގެ ގުޅުންވީ އެދެމަފިރިންވެސް ލޮލާއިބޮލުން އެކަމަށް ނުހަނނު ބޮޑަށް ރުހޭކަމަކަށެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެތިންމަސްފަހުން ޒީނިޔާމެންގެ ކައިވެނިކުރެވުނެވެ. ކުޑަކުޑަ ހަފްލާއަކާއެކު މިކައިވެނި ކުރެވިގެންދިޔައީ ދެފަރާތުގެ ޢާއިލާގެވެސް ނުހަނު އެއްބާރުލުމާއި ރުހުމާއެކުގައެވެ. ދިރިއުޅުމުގެ ބިންގާ ދެފަރާތުގެ ޢާއިލާގެވެސް ލޯތްބާއި ހެޔޮދުޢާއާއެކު އެޅިގެންދިޔަކަމީ އެދެމަފިރިންނަށްވެސް އިތުރު އުފާވެރިކަން ގެނެސްދިންކަމެއް ކަމުގައެވެ. ކައިވެންޏަށް 01އަހަރު ފުރުނުއިރު ޒީނިޔާ އިނީ ބަލިވެއެވެ. އެއުފާވެރި ޚަބަރާއެކު ޒީނިޔާއާއި އަމްޖަދުގެ އުފާވެރި ދިރިއުޅުމަށް އިތުރު ބަހާރު މޫސުމް އައިފަދައެވެ. ދެފަރާތުގެ ޢާއިލާވެސް އެހާގުޅެއެވެ. ދަރިފުޅު ވިހެއުމާއެކު ކުރަންޖެހޭ ޚަރަދުތައް އިތުރުވެގެންދާނެތީއާއި، ވިހަންވާއިރަށް ތަނަވަސްކަމާއެކު ދިރިއުޅެވޭނެ ތަނެއް ޢިމާރާތްކުރުމަށް ބޭނުންވާތީ ރަށުގައި ހުރެގެން ކުރާ މަސައްކަތަން ހިތްހަމަޖެހޭފަދަ އާމްދަނީއެއް ނުލިބޭތީކަމަށްބުނެ އަމްޖަދު މާލެކައިރީގެ ރިސޯޓަކަށް ވަޒީފާއަކަށް ދިއުމުގެ ޚިޔާލު ފާޅުކުރިއެވެ. އަންނަންއުޅޭ ތޫފާނުގެ ހިލަމެއްނުވެހުރެ ޒީނިޔާވެސް އަމްޖަދުއަށް ތާއީދުކުރީ އެދެމަފިރިންގެ ދިރިއުޅުމުގެ މުސްތަޤުބަލަށްޓަކައެވެ. އަދި ލިބެންއުޅޭ ކުޑަކުޑަ ފުރާނައަށްޓަކައެވެ.

އަމްޖަދު ރިސޯޓު ވަޒީފާއަށް ދިއުންވީ ޒީނިޔާއާއި އަމްޖަދުގެ ދިރިއުޅުމުގައި ކިލަނބުކަން އުފެދި އެދެމަރިފިންގެ ގުޅުމުގައި ޖެހެންފެށި މައްސަލަތަކު ސިލްސިލާގެ ފެށުމަށެވެ. ރިސޯޓުގެ ވަޒީފާއަށް ބަދަލުވެ 01މަސްދުވަސް ވީތަނާހެން އަމްޖަދުގެ ފޯން ކޯލްތައް މަދުވާންފެށިއެވެ. ޒީނިޔާ ގުޅާލުމުންވެސް ގިނަފަހަރު އަމްޖަދުއަށް ފޯނު ނެގޭކަމަކަށް ނުވެއެވެ. ނަގާފަހަރަކުވިއްޔާ ބިޒީކަމުން ފޯނުނުނެގުނީކަމަށް އަމްޖަދު ބުނެއެވެ. ޒީނިޔާގެ ހިތުގައި ޝަކުވާތައް އުފެދެއެވެ. އެހެންނަމަވެސް ފިރިމީހާ އެހާ އަވަދިވެތި އުޅެމުންދަނީވެސް ހަމަ ޒީނިޔާއާއި ލިބެންއުޅޭ ދަރިފުޅަށްޓަކައިކަން އެނގޭތީ، އެހެން ހިތައްއަރުވާލާފައި އަމިއްލަ ހިތައް ވިސްނައިދެއެވެ. ފިރިމީހާ އެހާދުރުގައި ހުންނައިރު ރުޅިއަރުވައި ހިތްހަމަނުޖެހޭ ގޮތަށް ޝަކުވާކުރުމަކީ ޒީނިޔާ އެއްގޮތަކަށްވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ.

ދުވަސްތައް ހަފްތާއަށް ހަފްތާތައް މަސްތަކަށް ބަދަލުވަމުންއައިސް ޒީނިޔާގެ ބަނޑަށް 8މަސްފުރި ނުވަމަހަށް އަޅައިފިއެވެ. އެހާތަނަށް އައިއިރު ޒީނިޔާއާއި އަމްޖަދުގެ ދެމެދުގައި ވަނީ އެތައް ހާސް މޭލެއްގެ ދުރުމިން އުފެދިފައެވެ. ވިހަންވާއިރަށް ބޭނުންވާ ހުރިހާ ސާމާނެއް އަތްމަތިކޮށް ކޮޓަރިބޮޑުކޮށް ފާޚާނާލައި، ސީލިންގކޮށް ވަނީ ނަލަކުރެވިފައެވެ. މިހުރިހާ ކަމެއްވެސް ކުރީ އަމްޖަދު ލާރިއާއި ތަކެތި ފޮނުވައިގެން ޒީނިޔާގެ ބެލުމުގެ ދަށުންނެވެ. ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްދެމުންއައި ކަމުގައިވިޔަސް ފިރިމީހާ ދިޔައީ ދުވަހެއް ދުވަހަކަށް އޭނާއާ ދުރުވަމުންކަން ޒީނިޔާއަށް އައީ ފާހަގަވަމުންނެވެ. އެހެން ހިތައްއަރާ ކޮންމެ ފަހަރަކުވެސް ހިތުގެ ކަނެއްގައި ރިއްސާލައެވެ. އުދާސްތަކުން ހިތާއި ސިކުނޑި ފުރިފައިވީނަމަވެސް، ބޭރުފުށުން އެއްވެސް މީހަކަށް އެކަން ފާހަގަނުކުރެވޭހެން ޒީނިޔާ ހުންނަނީ ދެއްކުންތެރިކަން ދައްކައިގެންނެވެ.

ޒީނިޔާގެ ބަނޑަށް ނުވަމަސްފުރި އެއްހަފްތާވީތަނާ އެއްރެއެއްގެ ދަންވަރު ގަޑިއެވެ. ޒީނިޔާއަށް ހޭލެވުނީ އެހެންނާ ނުވާ ކަހަލަ އުނދަގޫތަނެއް އިޙްސާސް ކުރެވިގެންނެވެ. އުނަގަނޑުގައި ރިއްސާލާފައި ބަނޑުގައި ރިހޭހެންވެސް ޒީނިޔާއަށް ހީވިއެވެ. އެހެންނަމަވެސް އެއުނދަގުލެއް ވަނީ ހަމަ ކުޑައިރުކޮޅަކަށެވެ. ދާދިކުޑަ ވަގުތުކޮޅަކަށް އެނގުންވެލާފައި ތަދު ކެނޑިގެންދަނީއެވެ. ގަޑިއެއްހައިއިރުގެ މިއުނދަގޫތަކަށްފަހު ތަދުގެ ދޭތެރެ ކައިރިވާންހެން ހީވުމުން ހިތަންއެރި އެއްޗަކުން ޒީނިޔާގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. އަވަހަށްގޮސް މަންމައަށް ގޮވައި ހޭލެއްވިއެވެ. އާއެނއެކެވެ. ޒީނިޔާއަށް ހީކުރެވުނީ ރަނގަޅަށެވެ. ހަމަރަނގަޅަށްވެސް އޭނާގެ ބަނޑުގައި ރިއްސަން ފެށީއެވެ. ގޭމީހުންވެގެން ޒީނިޔާ ޞިއްޙީމަރުކަޒަށް ގެންގޮސް ގާތްގަނޑަކަށް ގަޑިއެއްހާ ވަގުތުގެ ތެރޭގައި ޒީނިޔާ ވިހައިފިއެވެ. ލޯބިލޯބި އަންހެން ކުއްޖެކެވެ. ދެފަރާތުގެ ޢާއިލާގެ އެންމެން ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. އެހެންނަމަވެސް، ދަރިފުޅު ވިހެއިއިރުވެސް އަމްޖަދު އަށް ރަށަށް ނާދެވުމުން ޒީނިޔާ ވަރަށް ދެރަވިއެވެ. ހިތާހިތުން ކަރުނައެޅިއެވެ. އަމްޖަދު ރަށަށް އައީ 2 ދުވަސްވަންދެން ޞިއްޙީމަރުކަޒުގައި ބޭއްވުމަށްފަހު ޒީނިޔާ ގެއަށް ދޫކޮށްލި ދުވަހުގެ ރޭގަނޑު އިރުއޮއްސުނުފަހުންނެވެ.

އަމްޖަދު ރަށަށް އައި ޚަބަރާއެކު ޒީނިޔާއަށް ލިބުނީ އުފާވެރިކަމެއް ނޫނެވެ. އިތުރު ހިތްދަތިކަމެކެވެ. އިރުއޮއްސެން އުޅެނިކޮށް ރަށަށް އާދެވުނު ނަމަވެސް، ރޭގަނޑު 8ޖެހިއިރުވެސް އަމްޖަދު ޒީނިޔާއާއި ކުޑަދަރިފުޅުގެ ކައިރިއަކަށް ނާދެއެވެ. ޒީނިޔާ ހީކުރީ އަމްޖަދު ހުންނާނީ ކުޑަމީހާ ދެކޭހިތުން ކެތްމަދުވެފައިކަމަށެވެ. ރަށަށް އާދެވޭއިރަށް ދުމެއްޖަހާފައި އެންމެކުރިން އަންނާނީ އެދެމައިން ކައިރިއަށް ކަމަށެވެ. އަމްޖަދު ރިސޯޓަށް ދިޔަފަހުން ޒީނިޔާ އުޅެމުންއައީ އޭނާގެ މައިންބަފައިންނާއެކުގައި ކަމުންނާއި އަމްޖަދު ރަށަށް އަންނަންދެން ޒީނިޔާ ބޭނުންވީ މަންމަމެންކައިރީގައި ގޭގައި މަޑުކުރުމަށްކަމުން ޒީނިޔާ އާއި ކުޑަދަރިފުޅު އޮތީ އެގޭގައެވެ. ހީކުރިގޮތަށް އެއްކަމެއްވެސް ނުހިނގިއެވެ. ނުވިތާކަށް ޚަބަރު ހިފައިގެން ޒީނިޔާ ގާތަށް އައި އޭނާގެ ތިމާގެ އަންހެނަކު ބުނީ އަމްޖަދު ދެން ޒީނިޔާ ދެކެން ނާންނާނެކަމާއި ރިސޯޓްގައި ހުރެ ކުޑަދުވަސްކޮޅެއް ކުރިން އަމްޖަދު ވަނީ ޒީނިޔާ ވަރިވެސް ކޮށްފައިކަމަށެވެ. އަދި އޭނާ ރަށަށް އައި އެންމެ ބޮޑު ބޭނުމަކީ މިހާރު އޭނާ އިންނަންއުޅޭ މީހާއާއި ކައިވެނިކުރުންކަމަށެވެ. ޒީނިޔާގެ ދުނިޔެހީވީ ފުނޑުފުނޑުވެގެން ދިޔަ ހެންނެވެ. ލިބުނު އެޚަބަރަކީ ކޮންމެވެސް ވަރަކަށް ދޫދޫމަތިން މީގެ 2މަހެއްހައި ދުވަސް ކުރީއްސުރެ ރަށުގައި ދެކެވެމުން އަންނަ ވާހަކައެއްކަމުން، އެއީ ތެދެއްކަމުގައި ޒީނިޔާގެ ހިތް ގޮވަމުން ދިޔައެވެ. އެހެންނަމަވެސް، ޒަމީރު އެތަށް ޤަބޫލުކުރާކަށް ބޭނުންނުވިއެވެ. ހިތާހިތުން ދުޢާކުރެވުނީ އެއީ ދޮގު ޚަބަރަކަށް ވުމަށެވެ.

ވަގުތު ފާއިތުވަމުންދިޔަވަރަކަށް ޒީނިޔާގެ ހިތުގެ އަޑީގައި އިން ކުޑަކުޑަ އުއްމީދުގެ ހުޅުކޮޅުވެސް މަޑުމަޑުން ދިޔައީ ފަނޑުވަމުންނެވެ. ރޭނޑު 10ޖަހައި ބޮޑުވެ އެންމެފަހުން 11ވެސް ޖަހައިފިއެވެ. 12ޖެހިއިރުވެސް އަމްޖަދުގެ ހިލަމެއް ނުވެއެވެ. އޭރު ވިއްސާރައިގެ ކުލަވަރުވެސް އޮތީ ދައްކާލާފައެވެ. އެހެންކަމުން ރޭގަނޑުގެ ކެއުމުގެ ފަހުން ގޭގެ އެންމެންވެސް ސާލުލައިގެން އޮށޯވެއްޖެއެވެ. އެހެންނަމަވެސް ޒީނިޔާގެ ލޮލުގައި ނިދީގެ ކުނޑިފުކެއްގެ މިންވަރެއްވެސް ނުވާކަހަލައެވެ. އެއަށްވުރެން އޭނާގެ ހިތާއި ސިނކުޑީގައި ހިނގަމުންދާ އުދާހުގެ ހޫނުގަނޑު މާގަދައެވެ. އެހޫނުގައި އޭނާގެ ނަފްސް ފިއްސަމުން އޭނާގެ މޭ ތޮރުފަމުން ދާއިރު އެކަމުގެ ކުޑަވެސް އިޙްސާސްއެއް އޭނާގެ ލޯބިވާ ފިރިމީހާއަށް ވޭބާވައެވެ. ހިތާމައާއި ފިކުރުތަކުގެ ކަނޑެއްގައި ވަނިކޮށް ޒީނިޔާއަށް އިވުނު އަޑަކުން އެދިމާއަށް ކަންފަތްދެވުނީ އެއިވުނު އަޑަކީ ޙަޤީޤަތެއްތޯ ޔަޤީންކުރުމަށްޓަކައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Yug

Level 1

Other Articles

Previous

ޝެރިން (18 ވަނަ ބައި)

Next

..ހާދައޭ ބޭނުމީ ކަލާ.. (ތިންވަނަ ބައި)

Next
November 24, 2015

..ހާދައޭ ބޭނުމީ ކަލާ.. (ތިންވަނަ ބައި)

Previews
November 24, 2015

ޝެރިން (18 ވަނަ ބައި)

16 Comments!

  1. liu says:
    November 24, 2015 at 3:30 pm

    varah rythii am first yippy

  2. Shelly says:
    November 24, 2015 at 3:56 pm

    Ohhh great story

  3. naf says:
    November 24, 2015 at 4:07 pm

    I’m second its beautiful. V salhi

  4. Thaathu says:
    November 24, 2015 at 5:18 pm

    Asluvess varah reeethi mi vaahaka.. thihaa dhigukoh genessdhinuma thank u

  5. misty says:
    November 24, 2015 at 6:17 pm

    When next part?

  6. Faxoo says:
    November 24, 2015 at 7:30 pm

    v. reethi waiting for the next part!!

  7. anonymous says:
    November 24, 2015 at 10:39 pm

    Beautifully worded. Emotions well expressed. Few errors here and there
    but they don’t seem to detract the rhymed flow. I loved every bit of the story though the theme sounds hackneyed, reflecting broken hearts,broken broken marriages and broken families that are the bane of our national life. A literary piece refelcting realism, nonetheless. Esfiya springs a surprise every now and then.This seems to be one of those writers. Congratulations and best wishes.

  8. Yug says:
    November 24, 2015 at 11:28 pm

    Thanks for all nice comments. insha allah nest part wd be updated soon.

  9. Yug says:
    November 24, 2015 at 11:28 pm

    Thanks for all nice comments. insha allah nest part wd be updated soon.

  10. sheynn says:
    November 25, 2015 at 12:41 am

    Nynaa r xyniyaa e ee ekehthr

  11. Xee says:
    November 25, 2015 at 12:44 am

    When next part?

  12. sumone says:
    November 25, 2015 at 1:15 am

    nasru n yasir ei ekakutha? amjad aky nasru ge bestfrnd bt zeeniya heekury amjad eid namaadhu kohgen annaany yasir r ehkoh kamashey iny. name thah use kuraa iru samaalu vumah edhen.

  13. shee says:
    November 25, 2015 at 7:49 am

    V reethi….nice…..

  14. Zeeniya says:
    November 25, 2015 at 9:30 am

    v v rythi mi part ves..asluves v rythi..i love this story

  15. lam says:
    November 25, 2015 at 6:50 pm

    wow nice. v nice story eh

  16. Naxaal says:
    July 30, 2017 at 7:39 pm

    V reethi

Comments are closed.

Next Episodeކުށްވެރިޔަކީ… (2)←


All Right Reserved!