Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (5)

kamana Level 310 Stories500 Comments100 Comments
November 30, 2015 3 Mins Read
11 Comments

“މިއޮތީ މީހަކު ދިން އެއްޗެއް” ލަމްހާ އައިސް ލީނާ އަތަށް ދިން ގަނޑުކޮޅު ބަލާލިއެވެ. އޭގައި ލިޔެފައޮތް އެއްޗެއް ފެނުމުން ލީނާގެ ދެލޮލުން ކަރުނައިގެ ރޮނގެއް ފާއްދާލިއެވެ.

“ލީނާ ކީއްވެ ތި ރޮނީ” ލަމްހާ އެހެން އެހެމުން ލީނާދިޔައީ ސިހިގެންނެވެ. “ލަމް ބަލާބަލަ.. އަހަރެން ހީކުރީ ފަޔާ އަހަރެން ދެކެ ރުޅި އައިސްފަކަމަށް.. އޭނަ ކުއްލިގޮތަކަށް މާލެ ދާންޖެހުނީއޯ..ސޮރީ އޭވެސް ބުނެފަ އިބެން…. ލަމް ފަޔާ އަސްލުވެސް އަހަރެންދެކެ ހާދަ ލޯބިވެއޭ ދޯ” ލީނާ އުފަލުން ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ލަމްހާވެސް ހެވިލާފަ އެވީ ރަނގަޅައްށޭ ބުނެލީ ލީނާވެސް މާލެ ދާތީއެވެ. “ލީނާ މާލެ އަރާގޮތަށް ތި ފައި ޑޮކްޓަރަކަށް ދައްކާތި” ލަމްހާ އަމުރުވެރި ރާގަކަށް އެހެން ބުނުމުން ޔެސް މެޑަމް އޭ ލީނާ ބުނެލިއެވެ. ފަހު ފަހަރަށް ލަމްހާ އާއި ލީނާ ވަދާއި ސަލާމް ކުރިއެވެ.

******

“މަންމާ… އައްދޯއި.. މަންމާ” ލީނާގެ ވޭނީ ހަޅޭކުގެ އަޑު އިވި ދިޔާނާއާއި ގޭ ނޯކަރު މީހާ ދިޔައީ ދުވެފައެވެ. ” މަގޭ ދަރިފުޅާ ކިހިނެއްވީ.. ކީއްވެ ތި ރޮނީ” މަންމާ އަޅުގަނޑު.. އަޅުގަނޑަށް ނުއެއް ތެދުވެވޭ.. ފަޔަތް ބަރުވެފަ އިންނަނީ.. މަންމާ ވަރަށް ތަދުވޭ..ފައި ނުހިއްލޭ..” ލީނާ ވޭނުން ފުރިގެންވާ ރާގަކަށް އެހެން ބުނުމުން ދިޔާނާއަށް ކެތެއް ނުވިއެވެ. ޖީބުން ފޯނުނަގާ ރީޔާޒްއަށް ގުޅާލިއެވެ. ” ރިޔާޒް މަގޭ ދަރި. މަގޭ ދަރި” ދިޔާނާއަށް ރޮވޭވަރުން ވާހަކަވެސް ނުދެއްކުނެވެ. ރިޔާޒްއަށް ކަމެއްގޯސް ވެއްޖެކަން އިހްސާސްވީ ދިޔާނާއެއީ ކަމެއް ނުވަނީސް އެގޮތަށް ރޯމީހަކަށް ނުވާތީއެވެ. އަވަހަށް މިދަނީއޭ ކިޔާ ފޯނު ބޭއްވީ ދިޔާނާއަށް ވެގެން އުޅޭގޮތް ނުބުނެވޭނެކަން އެނގޭތީއެވެ.

މުޅި ހޮސްޕިޓަލްތެރެވަނީ މީހުންނާއިގެން ފުރިފައެވެ. ދެކޮޅަށް ހިނގާލަ ހިނގާލަ އިން ރިޔާޒްގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. އެހެން ނުވާންވި ސަބަބެއްވެސް ނެތެވެ. ފުރާނައަށް ވުރެއް ލޯބިވާ ދަރިފުޅުގެ ހާލު ހިތަށް އަރާލިއަސް ހިތް ކުދި ކުދިވާވަރުވެއެވެ. އަނެއްކޮޅުން ލޯބިވާ އަނބިމީހާގެ ގިސްލުމުގެ އަޑު ނުކެޑެއެވެ.

އެމެޖެންސީ ރޫމް ދޮރުހުޅުވާލި އަޑަށް ރިޔާޒްގެ ދެމަފިރން އަދި އިސްހާގް އެއްފަހަރާ ޑޮކްޓަރު ކައިރިއަށް ޖެހިލިއެވެ. ” މަގޭ ދަރިއަށް ކިހިނެއްވީ” ޑޮކްޓަރު ފެނުމާއެކީ ދިޔާނާއަށް އަހާލެވުނެވެ. ޑޮކްޓަރު ފުންނޭވާއެއް ދޫކޮއްލިއެވެ. “ލީނާއަށް އެއްވެސް ކަމެއް ވެފަ ވާކަމަކަށް ޓެސްތަކުން ނުދައްކާ.. އަދި އިތުރު ޓެސްޓް ތަކެއް ހެދީމަ ޔަގީން ވާނީ” އެއްވެސް އުންމީދެއްނެތް ގޮތަކަށް ޑޮކްޓަރު އެހެން ބުނުމުން އިސްހާގު ރުޅިގަދަވިއެވެ. ” ކަމެއް ނުވެއޭ.. ކަމެއް ނުވާނަމަ މަގޭ ކޮއްކޮ އެވަރަށް ރޯނެތަ.. އޭނަ އެއުޅެނީ ފައި ހިއްލާ ނުލެވިގެންނޭ… މޮޅަށް ކިޔަވައިގެން އަޔަސް އެނގޭ އެއްޗެއް ނޯވޭ ދޯ..” އިސްހާގް ރުޅިގަދަވެފަ ހުރިވަރުން ކިޔޭ ނުކިޔޭ އެއްޗެއް ނޭގެއެވެ. ރިޔާޒް އިސްހާގް ހަމައަކަށް އެޅުވިއެވެ. އެހެން ނަމަވެސް ރިޔާޒް ވެސް ހުރީ ފުދޭވަރަކަށް ހިތް ހަމަނުޖެހިފައެވެ. ކަމެއް ނުވާނަމަ އޭނާގެ ދަރިފުޅު އެހާވޭން އަޅާތީ ނޫޅޭނެނޫންހެއްޔެވެ.

“ދިޔާނާ ދޭގެއަށް.. ދަރިފުޅާ ދޭ މަންމަ ގޮވައިގެން ގެއަށް. މިރޭން މިރޭން ފުރަން ރެޑީވޭ.. ދަރިފުޅު ވިޔަފާރި ހަމައަކަށް އަޅުވާ.. ބައްޕަމެން ކޮއްކޮ ގޮވައިގެން ލަންކާއަށް ދާން މިއުޅެނީ.. މިތާ ތިބި މީހުންނަށް ވެގެން އުޅޭގޮތް ނޭގެންޔާ އެހެން މީހުންނަށްވެސް ދެއްކޭނު”

*****

“އިއްޓޫ ލީނާ މިހާރު ކިހިނެއް” އިސްހާގްއާ ފަޔާޒް ތިބީ ބްރޭކް ވޯޓާރ ގައެވެ. ހަވީރު އެވަގުތުގައި އެތަކެއް ކުޑަކުދިން މަޖާކޮއް ކުޅެ ހަދާތަން ފެނެއެވެ. އިސްހާގް ލޮލުން ފެންއައީ ލީނާއާއެކު އެކަހަލަ މަޖާ ދުވަސް ތަކެއް ވޭތުކޮއްފައިވާ ހަނދާން އާވަމުންނެވެ. އެކަމަކު.. އާހް.. އިސްހާގް މޭގައި އަތްޖައްސާލާ ފިރުމާލިއެވެ. އަދި ހިތަށް ވިސްނަދިނީ ދެން އެގޮތަށް ދުވެލާ ސަކަރައި ނުޖެހޭނެކަން އެގޭތީއެވެ. “ނުވޭ ރަނގަޅެއް… މިހާރު ތިންމަސް ވަނީ އެކޮޅުގަ އުޅޭތާ.. މަންމަމެން މާދަމާ އަންނާނެ..” އިސްހާގް އެހެން ބުނުމުން ފަޔާޒް ވެސް ދެރަވިއެވެ. ލީނާ ހާދަ ދެރައެއްވާނެއެވެ. އަބަދު ކޮންމެވެސް މީހަކަށް އުދަގޫކޮއްލާ ލީނާގެ މިޒާޖައް ހާދަބަދަލެއް އަންނާނެއެވެ. އަހަރެންވެސް އޭނައާއެކީ އުޅޭނީ ކިހިނެއް ހެއްޔެވެ. އިސްހާގް ހިތާ ހިތާ އެތަކެއް ވާހަކައެއް ދައްކަމުން ދިޔައެވެ.

“ފަޔާ. އަހަރެން ވަރަށް އުފާވޭ ފަޔާ ލީނާއާ އުކު އުޅޭތީ.. ލީނާ މާދަމާ މާލެ އަންނާނެ.. ފަޔާގެ އަޅާލުމާ ލޯބި ބޭނުންވާނެ.. ފަޔާ މަގޭ ކޮއްކޮއަކީ ނުކުޅޭދޭ މީހެއްކަން އިހްސާސް ވިޔަ ނުދެއްޗޭ” އިސްހާގް އެހެން ބުނުމުން ހިތާ ދެކޮޅަށްވެސް ފާޔާޒް ބޯޖަހާލިއެވެ. އެކަމު އޭނަ ޒަމީރު އަމިއްލައަށް ވިސްނާ ދެމުން ދިޔައެވެ. އޭނައަށް އެކަމެއް ނުވާނެއެވެ. ލީނާއަކީ ނުކުޅެދޭ މީހެކެވެ. ފަޔާޒް ހަދާނެގޮތަކާމެދު ދިޔައީ ވިސްނަމުންނެވެ.

“އެކަކު ބުނި ލީނާގެ ފައިގެ ނާރުތަކަށް ބާރުކުރަނީއޭ.. އަނެކަކު ބުނި ޓިޝޫތަށް ހުރީ ހަލާކުވެފައޭ..އެންމެ ފަހުން ދެއްކި މީހާ ބުނީ ފައި ބުރި ކޮއްލަންނޯ ޖެހޭނީ. ދެމީހަކު އެކައްޗެކޭ ނުކިޔާ.. އެހެންވެ މިއައީ.. ލީނާވެސް ބޭނުންވީ ދެން ބޭސް ނުކުރަން.. އޭނަވެސް އެހުރީ ވަރުބަލިވެފަ ބޭސްކޮއް ކޮއް” ސިޓިން ރޫން ސޯފާގައި ރިޔާޒް ދިޔައީ އިސްހާގްއަށް ހުރިހާ މައުލޫމާތެއް ދެމުންނެވެ. “ބައްޕާ އަޅުގަނޑު ބުނެފިން ލަމްހާ ކައިއިރީގައި މިކޮޅަށް އާދެވެންޔާ އަންނާށޭ.. ލީނާވެސް ހިތްހަމަ ޖެހޭނީ އޭރުންނެއްނު. ދެން ލަމްހާ ބޭނުމިއްޔާ ކިޔެވިދާނު.. ބައްޕައަށް އެންމެ ރަނގަޅުތޯ” އިސްހާގް ރިޔާޒް ކުރެން ހުއްދަ ހޯދިއެވެ. ލަމަހާ ގެނައުންވީ ރިޔާޒްވެސް ވަރަށް ހިތްހަމަ ޖެހޭކަމަކައްށެވެ.

****

އުޑުމަތިވަނީ ބަނަ ކޮއްލާފައެވެ. ތަންކޮޅެއް ކުރިން ދިއްލިފަ އިން ހަނދު މިހާރު އެވަނީ ބޯދެ ވިލާގަނޑުގެ ޝިކާރައަކަށް ވެފައެވެ. ޖެހޭ ބާރުގަދަ ވައިރޯޅިން ހީވަނީ ގަސްތަށް އުފުރާލަފާނެހެންނެވެ. ވީލްޗެއާރގައި އިން ލީނާ އިނީ ވިސްނުމަކަށް ގެއްލިފައެވެ. ޓެރަސް މަތީގައި ހުރި އިރު ބަލާލި މީހަކަށް ލީނާ ހުރީ ފިނިވެފައިކަން އެގޭނެއެވެ. ފޫކޮޅަށްވުރެއް އެދިގު އިސްތަށިގަނޑު ވިހުރިލާއިރު އެހާމެ ފުރިހަމައެވެ. އެހެން ނަމަވެސް މޫނުމައްޗައް އެޅެމުން ދިޔަ އިސްތަށިކޮޅު ލީނާއާ ތޮޅޭހެން ހީވެއެވެ. ކޮންމެފަހަރަކު ކޯތާފަތް މައްޗަށް ވެއްޓެންޖެހޭ ކަރުނަތިކި ވެއްޓުނަނުދީ ވަޔާއެކީ ގެންދަނީ އެހެން ވިޔަ ނުދޭންނޭ ބުންޔަސް ދޮގަކަށްނުވާނެއެވެ.

“ދަރިފުޅާ” ލީނާ އޭނާގެ މަންމަގެ އަޑު އިވުމުން އަވަހަށް މޫނުމަތި ރީތި ކޮއްލިއެވެ. އޭނައާ ހެދި މަންމަ ރޯތަން ދުށުމީ ކެއްވާނެ ވަރުގެ ކަމެއްނޫނެވެ. “މަންމަ ކިހިނެއް ވީ.. އަޅުގަނޑު ގެއްލިގެންދޯ ތިއުޅޭނީ” ލީނާ ހަމަޖެހިލާފަ ވާހަކަ ދެއްކިޔަސް މަޔަކަށް ފޮރުވޭނެ އެއްޗެއް އޮންނާނެ ހެއްޔެވެ. ލީނާގެ ހިތުގަ އަޅާވޭން އެންމެ ރަނގަޅަށް އެގޭނެ އަކަކަކީވެސް ހަމަ ދިޔާނާއެވެ. “ހޫމް ހޫމް މަގޭ ދަރި ވީނުވީ ތަނެއް ނޭގިގެން މުޅިގެ އަތްފުނަ އަޅައިފިން.” ދިޔާނާވެސް އޭނާގެ ހިތާމަތަށް ފޮރުވަން މަސައްކަތް ކުރިއެވެ. “ދަރިފުޅާ ހިނގާ އެތެރެއަށް.. ފިނިވެއެއްނު.. ބަލިވެދާނެ” ދިޔާނާ އެހެން ބުނުމުން ލީނާ އިސްޖަހާލިއެވެ. މިއަށް ވުރެށް ބަލިވާނެހޭ ބުނެލީ ދިޔާނާއަށް އަޑުނީވޭ ވަރަށެވެ.

“އަހާން ފަޔާޒް.. ކޮންއިރު އައީ.. ލީނާ ގޮވައިގެން އިރު ކޮޅަކުން އެތެރެއަށް ވަންނަށްޗޭ” ދިޔާނާ އެހެން ބުނެ ގޭތެރެއަށް ވަނެވެ.

“ފަޔާ” ލީނާ ގޮވާލީ ވޭނުން ފުރިގެންވާ ގޮތަކަށްށެވެ. “ލީނާ ކިހިނެއް.. ރަނގަޅު ދޯ..” ފަޔާޒް އެހެން ބުނެ އިރުކޮޅެއް ނުވެ ލީނާގެ ގިސްލުމުގެ އަޑު އިވުނެވެ. “ފަޔާ.. އަޅެ އަހަރެން ދެން ނުވާނެ ދޯ ރަނގަޅެއް. ފަޔާ އަހަރެން ބޭނުން ހިނގާ އުޅެން.. އަހަރެން ކިހިނެއް އަބަދު މި ގޮނޑީގަ އިންނާނީ.. ފަޔާ.. ފަޔާ.. އެއްޗެކޭ ކިޔާބަލަ.” ލީނާ ގިސްލަމުން ފަޔާގެ އުނަގަނޑުގައި ބައްދައިގެން އޮވެ ކިޔަމުން ދިޔައެވެ. “ލީނާ.. އަހަރެން ވާހަކައެއް ބުނަން ބޭނުން..” ފަޔާޒް އެހެން ބުނުމުން ލީނާގެ ހިތުގެ ކަނަކުން އެވާހަކަ ބުނިޔަ ނުދޭށޭ ބުނީ ކީއްވެކަމެއް ނޭގުނެވެ. ހިތްވެސް ތެޅެމުން ދިޔައީ އެހާމެ ބާރަށެވެ.

 

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ހަންހާރަ

Next

..ހާދައޭ ބޭނުމީ ކަލާ.. ( ނުވަވަނަ ބައި )

Next
November 30, 2015

..ހާދައޭ ބޭނުމީ ކަލާ.. ( ނުވަވަނަ ބައި )

Previews
November 29, 2015

ހަންހާރަ

11 Comments!

  1. Xani says:
    November 30, 2015 at 8:28 am

    Yey..im first..vvv reethi vaahaka….alhe dhn kihinebbaa vaane….next part avahah up kurahchey…plxxx

  2. lillygirl says:
    November 30, 2015 at 8:32 am

    wow am 1st itx awesome………………………..

  3. kidy says:
    November 30, 2015 at 10:02 am

    Varah reethi mi vaahaka

  4. mash says:
    November 30, 2015 at 10:21 am

    Leena govaigen india ah dhebala maa rangalhuvaane beysverikan :p hehe anyways v reethi

  5. kamana says:
    November 30, 2015 at 10:26 am

    Mash rangalhu vaahaka eh ??? anywayxx thnxx guyxx. ??

  6. kamana says:
    November 30, 2015 at 10:30 am

    N MASH india ahvx dhiya eyy ingey 😉

  7. nisha says:
    November 30, 2015 at 11:22 am

    Black magic henhyvanydho. Ehenvethaa ehves bahyeh nuhunnaany

  8. Petite says:
    November 30, 2015 at 7:01 pm

    Next part kn irakun?

  9. kamana says:
    November 30, 2015 at 9:58 pm

    Nxt part insha allah wed dayga ??

  10. Hmmmm says:
    December 1, 2015 at 10:01 pm

    Ahchee hadi name eh…… Fayaax fayaa foohi ehenve aslu story Salhi

  11. kamana says:
    December 30, 2015 at 2:21 pm

    heheh thank u :*

Comments are closed.


All Right Reserved!