Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

..ހާދައޭ ބޭނުމީ ކަލާ.. ( ނުވަވަނަ ބައި )

suha Level 110 Stories
November 30, 2015 4 Mins Read
36 Comments

” އާޗާ.. ރީއްޗޭނުން ބުނެލި ވާހަކަ.. ލޮލުން ދެކެ އަތުން ހިފާފަ ބުނީމަވެސް ދައްކާލި ވާހަކަ މޮޅޭނުން.. ” އިތުރަށް ޒައިންއަށް ކެތް ނުވެގެން ފޯން ކަނޑައިލައި އޮފް ކޮށްލިއެވެ. އެއަށްފަހު ފުންކޮށް ވިސްނާލުމަށްފަހު ޒައިން ނިންމީ އައިރީންއާއި ވާހަކަ ނުދެއްކުމަށެވެ.

 

މަންމަގެ އެދުމަށް އައިރީން ދިޔައީ އައިރީނެ މަންމަގެ ރަށަށެވެ. މިއީ އައިރީން އެރަށަށް ކުރާ ފުރަތަމަ ދަތުރު ކަމުން އައިރީން ދާހިތުން ތެޅިފޮޅެނީއެވެ. ކަނޑުމައްޗަށް ބަލި އައިރީން މިއަދު އިނީ ކަނޑުގެ ރާޅުތަކަށް ބަލަހައްޓައިގެން ހެވިފައެވެ.

 

ރަށަށް ދެވުމާއިއެކު އެންމެ ފުރަތަމަވެސް ގުޅީ ޒައިން އަށެވެ. ނަމަވެސް ޒައިންގެ ފޯން ނިވައިލައިފައި އޮތުމުން އަޅައިނުލީ ޒައިންވެސް ހުރީ ރަށުން ބޭރުގައިކަން އެނގޭތީއެވެ.

 

އައިރީންގެ ކުރިމަތީގައި ހުރި ބޮޑު ގެއަށް ބަލަހައްޓައިގެން ހުރީ ސޮނި ވެއްޓޭވަރު ވެފައެވެ. މަޑުމަޑުން ކުރިއަށް ހިނގަމުން ގޭގެ މައިދޮރާށިން އެތެރެއަށް ފިޔަވަޅެއް އެޅިއެވެ. އަނގަ ހުޅުވުން ގޮތަށް ލައްޕަން ނޭނގިފައިހުރި އައިރީންއަށް ވަށައިގެންވާ މާގަސްތަކަށް ބަލަން ހުރެވުނީއެވެ. ދުވާ ތާޒާ މާތަކުގެ ވަހުން މުޅި ތަން ވަނީ އެއްވަސް ކޮށްލައިފައެވެ.

 

” މަންމާ.. މީތަ މަންމަގެ ގެއަކީ..؟ ” އައިރީން ދޫކޮށްލި ތީރު ސީދާ އަމާޒުވީ އަސްމާގެ ހިތަށެވެ.

 

” ދަރިފުޅުގެ ބައްޕަގެ ގެ.. މަންމަ އަށް ޓަކައި އަޅައިދިން ގެ.. ބައްޕަ ނިޔާވުމުން މަންމަ މި ގެ ދޫކޮށް، މި ރަށް ދޫކޮށް ދަރިފުޅު ގޮވައިގެން ދިޔައީ މަންމައަށް މިތާ އުޅެން އުނދަގުވާތީ.. ވިސްނޭތީ.. އެ ދުވަސްކޮޅު ހީވީ މަންމަ ދުނިޔޭން މޮޔަވެދާނެހެން.. އެކަމް ދަރިފުޅާ ދޭތެރޭ ވިސްނާލާފަ މަންމަ ކެތްކުރީ.. ” އަސްމާ ކުރަކިވެފައިވާ އަޑުން ކިޔައިދިނެވެ. އަސްމާ އައިރީންދެކެ ވާ ލޯބި ސާބިތުކަމާއިއެކު އަންގައިދިނުމުން އައިރީން ފެންކަޅިވިއެވެ. ދުވަހަކުވެސް މަންމަ ހިތުގައި ޖެހޭފަދަ ކަމެއް ނުކުރުމަށް ހިތުން ވައުދުވިއެވެ.

 

ހަލުވި ކަމާއި އެކު ދުވަސްތައް ފާއިތުވަމުންގޮސް އައިރީންގެ އޮފްޑޭ ހަމަވުމުން އޮފީހަށް ނުކުތް ފުރަތަމަ ދުވަހެވެ. ޒައިންގެ ފަރާތުން މިއަދު ފެންނަމުން ދިޔައީ އެހެޏާ ދުވަހަކުވެސް އައިރީންއަށް ނުފެންނަ ސިފަތަކެކެވެ. ގޮވައިލިއަސް އަޅައެއް ނުލައެވެ. ފެންނަކަމަށްވެސް އިވޭ ކަމަށްވެސް ނަހަދައެވެ. މިތަންފެނި އައިރީން ގޮވައިގެން އަރޫޝާ ވަނީ ސައި ކޮޓަރިއަށެވެ. ސައި ކޮޓަރިއަށް ވަދެވުމާއިއެކުހެން އައިރީންގެ ބަޑި ފަޅައިގެން ދިޔައެވެ. އެތަނަށް ގެނައި ސަބަބު އައިރީންއަށް ނަގައި ގަންނަން ސިކުންތެއްވެސް ނުނެގި ކަހަލައެވެ.

 

” ކީއްވެތަ ކޮންމެ މީހަކުވެސް އަހަރެންނާ ދުރަށްދަނީ..؟ ކީއްވެތަ ކޮންމެ މީހަކު އަހަރެންނަށް ލަނޑުދެނީ..؟ އަހަރެންގެ ކުށަކީ ކޮބާތަ..؟ ލޯބިވެވުން އެއީ ކުށަކަށް ވާނަމަ އަހަރެންނަށް އެ ކުއް ކުރެވިއްޖެ އަރޫ.. ” ދެކަކޫ މައްޗަށް ތިރިވެ އަރޫޝާގެ ފައިގައި ހިފަހައްޓައިގެން އިނދެ އައިރީން ރޮމުން ދިއުމުން އަރޫޝާ އަށްވެސް ރޮވެމުން ދިޔައެވެ. ލޯބީގައި ދީވާނާވާ މަންޒަރު ހަމަ ލޮލަށް ފެންނަ ފުރަތަމަ ފަހަރު ކަމުން އަރޫޝާވެސް ހުންނަނީ ހަދާނެ ގޮތެއް ދޭނެ ނަސޭހަތެއް ނޭނގިފައެވެ.

 

” ހުއްޓާލާ.. ތިވަރަށް ރޯކަށް ނުވާނެ.. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. ” އަނގަ އޮޅެމުން އަރޫޝާ ވާހަކަ ދެއްކީ ނުފަރިތަ މީހެއް އެއްޗެއް ބަލައިގެން ކިޔާ ފަދައިންނެވެ.

 

ނެގިމަޑުވެފައި ހުރި އައިރީންއަށް ވެފައި ހުރީ ކީއްތޯ ބަލަން ޒައިންގެ ހިތް އެދެމުން ދިޔައެވެ. ނަމަވެސް އަޅައިނުލާ ހިތްވަރު ކޮށްލައިގެން ހުރީ ލޯބިވާ އަނބިމީހާއަށް ވަފާތެރިވުމުގެ ގޮތުންނެވެ.

 

ދުވަސްތައް ފާއިތުވެގެން ދިޔައީ ބައެއް މީހުންގެ ހިތްތައް ކަތިލަމުންނެވެ. އަނެއްބައި މީހުން ބޭވަފާތެރިވަމުންނެވެ. ދެންތިބި މީހުން ލޯބީގައި ދީވާނާ ވަމުންނެވެ. އައިރީން އާއި ވާހަކަ ނުދައްކާތާ މަހެއް ވީއެވެ. ޒޯރާ އާއި ފިރާޒްގެ ގުޅުން ދުވަހެއް ދުވަހަކަށް ވަރުގަދަ ވަމުން ދެއެވެ. ކޮންމެ ދުވަހެއް މިހާރު ނިމިގެންދަނީ އައިރީން ރޮއެ ގިސްލަމުން ދަނިކޮށެވެ.

 

މާ ވަރަކަށް މެއި ނުބައި ކުރާތީ ޒޯރާ އިނީ ލުނބޯ ކޮޅެއް އަނގައަށް ލައިގެންނެވެ. ގޮނޑީގައި ދެކޮޅަށް ހެލިލަ ހެލިލައި އިނީ މޫނު ކުނިކޮށްގެނެވެ. ޓެސްޓްގެ ނަތީޖާ ހިފައިގެން ނިކުތް ނަރުސް ކުއްޖާގެ މޫނުމަތީގައި އުފާވެރިކަމެއް ވިއެވެ. ރަނގަޅަށް ރިޕޯޓަށް ބަލައިލެވުމާއިއެކު ހީވީ ފައިދަށުން ބިންގަނޑު ދަމައިގަތް ހެނެވެ.

 

ރޭގަނޑުގެ ވަގުތެވެ. ޒައިން ހިތް ނުތަނަވަސް ވަނީ ކީއްވެކަމެއް ޒައިން އަކަށް ނުވިސްނުނެވެ. ނަމަވެސް ކުށެއްނެތް އައިރީން އާއި ދޭތެރޭ ކަންތައް ކުރެވޭގޮތް އަބަދުވެސް ޒައިންގެ ހިތަށް އަރައެވެ. ފުން ވިސްނުމެއްގައި ހުރެ އަތިރިމައްޗާއި ހަމައަށް ހިނގައިލައިފައި ދެވުނުތަނާހެން ޒައިންއަށް މީހަކު ގޮވާލިހެން ހީވެގެން ބަލާލިއިރު އައިރީން މި ހުރީ ޒައިންގެ ކައިރީގައެވެ. ފާޑަކަށް ހީލަމުން މިތާ ކީއް ކުރަނީތޯ ޒައިން ސުވާލު ކޮށްލިއެވެ. ޖަވާބުގައި ކޮންމެ ރެޔަކުހެން މިހާރު މިތަނަށް އާދެވެޔޭ ބުނެލިއެވެ. ” ޒައިން.. ” އައިރީން ގޮވައިލިއެވެ. ޒައިން ބަލައިލުމަށްފަހު ކިހިނެއްވީތޯ ސުވާލު ކޮށްލިއެވެ.

 

” ކީއްވެ މިހާރު އަހަރެންނާ ވާހަކަ ނުދައްކަނީ..؟ އަހަރެންގެ ފަރާތުން ޒައިންއަށް އުނދަގުލެއް ވަންޏާވެސް ބުނީމަ ދޯ އެނގޭނީ.. ކުށެއް ކުރެވިފަ އޮތިއްޔާ މާފަށް އެދެން.. ” އައިރީން ދެރަވެފައިހުރެ މަޑުމަޑުން ބުނެލިއެވެ. ކުޑަކޮށް ވިސްނާލުމަށްފަހު ޒައިންއަށް ވިސްނުން އެންމެ މޮޅު ގޮތަކީ ހަގީގަތް ކިޔައިދިނުމެވެ. ވަކި ހިސާބަކަށް ދެވުނު ތަނާހެން ޒައިން އަނގަ ހުޅުވައިލުމާއިއެކު ކަންފަތުގައި އައިސް ޖެހުނީ ޒޯރާގެ އަޑެވެ. އެ އަޑު އައި ދިމާއަށް އެނބުރުން ވަގުތު ފެނުން މަންޒަރުން ޒައިންއަށް ހީވީ ދުނިޔެއިންވެސް ޒައިން ބޭރުކޮށްލި ހެނެވެ. އެ ފިރިހެނާއަށް ޓަކައި ޒޯރާ ކުރަމުން އެދާ އާދޭސް ޒައިންގެ ކަންފަތަށް ސާފުކޮށް އިވެމުން ދިޔައެވެ. އެހެން ހުއްޓައި އިވުނު ޖުމްލައިން ޒައިން އަނބުރައިގަނެފަ ނުވެއްޓުނީ ކިރިޔާއެވެ.

 

” އަހަރެންގެ ބަނޑުގަ މިއޮތީ ފިރާޒް ނޫން ދެވަނަ މީހެއްގެ ދަރިއެއް ނޫނޭ.. ” ޒޯރާ ގިސްލަ ގިސްލައިފައި ކުރާ އާދޭސް ފިރާޒް އިވޭ ކަމަށްވެސް ނަހަދައި ހުރީ އެއް މިޔަކަނުން ހެވިފައެވެ.

 

ހިތާމައިން ފުރިގެންވީ ލޮލަކުން ޒައިން އަައިރީން އަށް ބަލާލި ވަގުތު އަައިރީން ވެސް އެދިމާލައް ބަލާލާ އިސްޖަހާލިއެވެ. ޒައިން ގެ ދިރިއުޅުމަށް މިވީ ކީއް ހެއްޔެވެ. ޖާނާ މާލުން ގުރުބާންވި މީހާ ވެސް މިއަދު ވިއްސި ވިހާލި ވެގެން އެ ދިޔައީ ޒައިންގެ ލޯކުރިމަތީގައެވެ.

 

ބާރު ހިނގުމެއްގައި ދިޔަ ޒައިންގެ ފަހަތުން އައިރީންވެސް ދިޔައެވެ. އެ ދިޔަ ގޮތަށްގޮސް ޒޯރާއަށް އަޑުގެ ނެއްތަނަށް ގޮވައިލުމާއިއެކު ޒޯރާގެ ގިސްލުމުގެ އަޑު ކެނޑުނެވެ. ރަނގަޅަށް މީހުންގެ މޫނު ސާފުވާ ހަމައަށް ދެވުމާއިއެކު ފިރާޒްއޭ އައިރީންއަށްވެސް ބުނެލެވުނީ ތަންކޮޅެއް ބާރަށެވެ. ޒައިން ކައިރީގައި އައިރީން ހުރިތަން ފެނުމުން ޒޯރާ ގާތަށް އައީ ރުޅިއެވެ. އެ އައި ރުޅީގައިގޮސް އައިރީންގެ ކަންކަށިމަތީ ހޫނު އެތިފަހަރެއް ޖެހިއެވެ.

 

” މީ ހުސް ކަލެޔާ ހެދި ވާހާ ކަންކަން.. ކަލޭ އަހަރެންގެ މުޅި ދިރިއުޅުން ހަލާކު ކޮށްފި.. އެންމެ ފަހުން އަހަރެންގެ ފިރިމީހާވެސް ކަލޭ ޖަހައިގަނެފި.. ” އަދިވެސް ބެލީ އައިރީން ކުއްވެރިކޮށްފައި ލަދުން ސަލާމަތްވެވޭތޯއެވެ.

 

” އާން.. އަހަރެން ޒައިންދެކެ ލޯބިވޭ.. މީގެ އެތަށް ދުވަހެއް ކުރިން އަހަރެން ޒައިންދެކެ ވަމުން އައީ ޒޯރާ ތި ވާކަހަލަ ދަށު ދަރަޖައިގެ ލޮތްބެއް ނޫން.. ލަދެއް ނުގަނޭތަ ފިރިޔަކު ހުއްޓަ ތިކަހަލަ ނުބައި ފާހިޝް ކަންތައްތައް ކުރާކަށް.. މި ވީހާ ތަނަށްވެސް ޒައިން އަހަރެން ދެކުނީ ރައްޓެއްސެއްގެ ގޮތުގަ.. އަބަދު މަށާ ޒައިންއާ އަޅުވާ ކިޔަ ކިޔާފަ މައްސަލަ ޖައްސަނީ ގަސްތުގަ ތިވައްތަރަށް އުޅެންހަމަ.. ޒައިންވާ ކެތްގަދަ.. އެވަރު ނުވިސްނުނީތީ އަހަރެން ހަމަ އަޖައިބުވަން.. ” އައިރީންގެ ވާހަކަތައް އަޑުއިވުމާއިއެކު ޒައިން ސިހިގެން ދިޔައެވެ. ހުދު އައިރީންއަށްވެސް މި ހިތްވަރު ލިބުނީތީ އައިރީން ހައިރާންވިއެވެ.

 

” ކަލޭ އަހަރެންނަށް އަނިޔާ ކުރީ.. އަހަރެންގެ މުޅި ދިރިއުޅުން އެފުއް މިފުށަށް ޖަހާލީ.. މި ވަރު ގޮތްކުޑަ މީހަކަށްޓަކައި ޒޯރާ ފިދާވަމުން ތި ދިޔައީ..؟ ” ފިރާޒް އަށް އިޝާރަތްކޮށް އައިރީން ވާހަކަ ދެއްކީ ރޮމުންނެވެ. އެހެން ބުނުމާއިއެކު މީގެ އަހަރެއްހައި ދުވަސް ކުރިން އައިރީން އަތިރިމަތީގައި އިން ހާލު ހިތައް އެރުމުން ޒޯރާ ދެރަވިއެވެ.

 

” ހުއްޓާލާ.. އަހަރެން ލަދުގަނޭ ތިވަރު އަންހެނަކާހެދި އަހަރެންގެ އުމުރުގެ ބޮޑުބައެއް ބޭކާރު ކޮށްލެވުނީތީ.. ތި ޒޯރާއަށް ދުވަހަކުވެސް މި ޒައިން މާފެއް ނުކުރާނަން.. ކިތައް ދުހު ކިތައް ގޮތަށް ނަސޭހަތް ދިނިން.. ހަތަރު އަހަރު… ހަތަރު އަހަރު މަދުތަ މިގޮތަށް އަހަރެން ކެތްކުރަން..؟ ދެން ނުވާނެ.. އިތުރަކަށް ދެން ނުވާނެ ތިހިރީ ވަރިކޮށްފަ.. ޒޯރާ އަށް ނުވެގެން އުޅުން ކަންތައް މި ވީ ދެން ޒައިން ނުހޯދާތި.. ” ޒޯރާ އާއި ހޫނު ނޭވާ އެޅޭހާ ކައިރީގައި ހުރެ ބުނެލީ ރުޅިއައިސްފައި ހުރެއެވެ.

 

” ނޫން.. ހެޔޮނުވާނެ.. ތިހެން ނަހަދާ.. ” ޒައިންގެ ޓީޝާޓްގައި ހިފައިގަންނަމުން ޒޯރާ ޒައިން ކައިރީގައި ރޮއެގަތެވެ. އަރައިގަތް ރުޅިން ޒޯރާގެ ކޮނޑުގައި ހިފައި ދުރަށް ކޮއްޕައިލުމަށްފަހު ތި އަތުން އަހަރެން ގައިގަ އަތް ނުލުމަށް ބުނެލިއެވެ.

 

” ޒައިން.. އައި ލަވް ޔޫ.. އައި ރިއަލީ ލަވްޔޫ ސޯމަޗް.. ޕްލީސް އެކްސެޕްޓް މީ.. ” ޒޯރާއަށް ބަލައިލުމަށްފަހު ގަސްތުގައު ޒޯރާ ދެރަކޮށްލަން އައިރީންގެ އަތުގައިހިފައި އައި އެކްސެޕްޓެޑް ޔޫ އޭ ބުނެލީ އައިރީންއާއި ދޭތެރޭ ޒައްރެއްގެ މިންވަރުގެ ލޮތްބެއް ހިތުގައި ނެތް އިރުއެވެ.

 

….3 އަހަރު ފަސް….

 

” ލަވް ސްޓޯރީ ވަރަށް ރީތި.. މިހާރުގެ ވައިފް ކިހިނެއް..؟ މިހާރު ޒޯރާ ކޮބާ..؟ އަހަރެން ލިޔަން ވާހަކައެއް ލިބުނީ.. ހެހެ.. ” ޒައިން ދައްކަމުންދިޔަ ވާހަކަތައް ޝައުގުވެރިކަމާއިއެކު އަޑުއަހަން އިން ސުހާ ބުނެލިއެވެ.

 

” ހެހެ.. އާން ދޯ.. ޒޯރާ ވީ ތަނެއް ނޭނގެ.. އަޑުއެހިން އެބުނާ ފިރާޒްވެސް އެހެން މީހަކާ އިން ވާހަކަ.. އެރޭ ވަރަށް އާދޭސް ކުރި ފަހުންވެސް.. ރީން ވަރަށް ރަނގަޅު.. މީހަކަށް އެވަރުގެ އަތްނބެއް ލިބޭނެ ހެނެއް ހިޔެއްނުވޭ.. ” މޫދުކައިރިން ހިނގަމުން އަންނަ އައިރީން އާއި ދެ އަހަރަށްދާ ކުޑަކުޑަ ޒެންއަށް ބަލައިލަމުން ޒައިން ބުނެލީ އުފަލުން ހުރެއެވެ.

 

( ނިމުނީ )

Share Article

Follow Me Written By

suha

Level 110 Stories

Other Articles

Previous

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (5)

Next

މިލަހަނދުވަރު

Next
November 30, 2015

މިލަހަނދުވަރު

Previews
November 30, 2015

ހަޔާތަށް ދިރުން ގެނެސްދިނީ ކަލާ (5)

36 Comments!

  1. shif says:
    November 30, 2015 at 8:54 am

    E nimunee ? ???seriously. .mee kuru vaahaka etha

  2. reader says:
    November 30, 2015 at 8:59 am

    varah reethi mi story…

  3. suha says:
    November 30, 2015 at 9:09 am

    Hmmmm.. Dhigu vaahaka eh adhi liyaanan insha Allah.. First story vyma dhn kuru kohlyy..

  4. bubbles says:
    November 30, 2015 at 9:11 am

    Mi v kihineiy ?

  5. afu says:
    November 30, 2015 at 9:15 am

    Vrh salhi .. haadha avahey nimun leh

  6. suha says:
    November 30, 2015 at 9:21 am

    Hmm.. Tym nuwaathy kuru kohly.. Iraadhkurehvihyaa dhigu vaahaka eh adhi genesdheynan.. Eki waahaka vaany Eki varuthaa.. Egothun alhuganduge mi vaahaka aky kuru vaahaka eh..

  7. eshal says:
    November 30, 2015 at 9:27 am

    thankolheh avas nimunuleh ekamakuves v reethi keep it up Shuha

  8. zee says:
    November 30, 2015 at 9:29 am

    is this a real story anyway the story is awesome

    1. zee says:
      November 30, 2015 at 9:29 am

      suha

  9. Shaiba Ana says:
    November 30, 2015 at 9:51 am

    Maa avas aruvaalaafa ninmaaly mi part ge one paragraph dhethin faharu kiyan jehunu dheyha nuvegen :p hehe

  10. mash says:
    November 30, 2015 at 10:19 am

    Wow vv reethi suha ehves ebaulhey dho hehe

  11. maakanaa says:
    November 30, 2015 at 10:40 am

    Haadha kuru vaahakaeh.bt v reethi ingey

  12. suha says:
    November 30, 2015 at 10:52 am

    Hehe.. Yea.. Me ah fenun manzareh.. Dhn hiyaaly bay bayvx.. Mulhiyakun hageegatheh noon fahu part eh.. Hehe.. Thnkx guys.. ??

  13. nisha says:
    November 30, 2015 at 11:13 am

    V reethi

  14. Shabee says:
    November 30, 2015 at 11:15 am

    Cheh! Mi dhn koahcheh hadi

    1. ifa says:
      November 30, 2015 at 11:27 am

      Kaey dhn nukiyaga.. Lol..

    2. Jamal says:
      November 30, 2015 at 1:41 pm

      Dhen keekuran kiyanee aharenna varah varah reethi

  15. suha says:
    November 30, 2015 at 11:32 am

    Dear Shabee.. Alhugandu ehvx haalathehga naahan alhugandu liyaa vaahaka rythi hey.. Anyways knmehen rythi vaahakah vx nujehey.. Vaahaka kuriyah gendhaane gothaa ehchehi engeyny vaahaka liyaa faraathah.. Alhugandu vaahaka liyany liyaa hithun.. So hehe.. I don’t care if u don’t like my story’s so don’t read my story’s.. Ifa u plx don’t tk like that.. Thnkx nishaa..

    1. baby girl says:
      December 1, 2015 at 2:17 am

      my dear suha. thiya liyuntheriyaage maqsadhu haasilvaany thiya liyuntheriyaa liyaa vaahaka hiyhama jehumaa eku kiyaane kiyuntherin thibenya. ehves myhaku liyaa vaahaka eh enmennakah kamaku nudhaane. bt as a writer thi gothah readers ge cmmnt ah reply dhinumaky varah unprfssnal kameh. kaamiyaabu liyuntheri akah veveyny positive hiyaala eku negative hiyaaluves accept kuran engigen. thi gothah libey konme negative cmmnt akah thifadha ibaaraathakun rahdhu dheyn vejjeyya salaamatheh koba? i dnt care ey like nuvanya nukiyaashey…chi chi its rediculous……..plx b professional nd yea behave well next time. 🙂

  16. zai says:
    November 30, 2015 at 12:11 pm

    Mivaahaka v v reethi. Adi ehme salhi thankolhakee gavaidun up vaathee. Negative comment deykudin ragalhkonlanjehey kamehge vaahaka possitive kon bunnun ragalhu vaane. Eyge badaluga writer ehkon disapoit vaahaka dehkumakey ragalhu gotheh noon dho. Keep up the great work shuha.

  17. Sanmu says:
    November 30, 2015 at 12:21 pm

    Mee hama hageegatuga ves mihaaru kanhigaa goi..hama mihen magey life ah ves vee..hama enme tankolhe furihama nuvanee….anyways nice stry..keep it up

  18. sadhaaa says:
    November 30, 2015 at 12:26 pm

    Nice story??

  19. yash says:
    November 30, 2015 at 1:02 pm

    Vvvv reethi mi story.. kiyaahithun kiyaalevun story eh mi… dhen kon irakun mikahala reethi story eh up kuraany??

  20. Jamal says:
    November 30, 2015 at 1:43 pm

    Varah reethi ummeedhu kuran suha adhi mikahaluge reethi vaahaka eh liyaane kama thanks suha good luck

  21. xuh says:
    November 30, 2015 at 2:36 pm

    Seriously nimuny ???mi jehuny knthaaku. Haadha fake ey ! Aslu bunanya mivaahaka nuvey kuru vaahaka akahvx.dhigu vaahaka akahvx :/ vaguthu nuvanyaa nuliyan veenu .hehehe

    1. aru says:
      November 30, 2015 at 5:53 pm

      Vaguthu viyas nuviyas emeehaku kuran beynunvaa kameh kuraane..

  22. suha says:
    November 30, 2015 at 2:38 pm

    Sanmu.. Yea me ah vx hama lolah eh manzaruthah fenunyma hury hama kosvefa.. Anhenunnah vx huthuru dhw..
    Zai.. Very ture… 😉
    Yash.. Yea.. Assu kiyaa hithun kiyany daily koh up kuryma.. Hehe.. Hama mivaahaka up kurigothah dhigu vaahaka eh up kohdheynan..
    Thnkx all.. ??

  23. anonymous says:
    November 30, 2015 at 5:47 pm

    Hi Suha
    Wiriting a story is by itself an achievement.You deserve credit for the job.As a reader my thanks.I don’t know if you would like to continue writing stories.In case you do, let me offer my thoughts borne by years of experience. Your crticis are really friends in disguise, helping you expand your creative horizon and be a better writer. So please don’t be disheartenned by criticism. Take it in stride and benefit from it. I know you can do much better, and sincerely hope you will never again make an excuse to your readers or to yourself by making a quick dash to the shore, abandonning them at mid sea, telling them you have no time! You can always find time if you are interested.
    Best wishes

    1. shany says:
      November 30, 2015 at 8:51 pm

      Agree …. aslu maa avas aruvaala hureee….

    2. Shabee says:
      November 30, 2015 at 11:01 pm

      Kaaku buny thagreeru dheyn?

    3. xuh says:
      November 30, 2015 at 11:39 pm

      oh please aru . Emyhaku beynunvaa kameh nukuraashekey nubunamey .vaguthu nuvanya nuliyun dhw ehme rangalhuvaany .vaahaka kuru kohly vaguthu nuvaathy ey bunyma ehn mi buny .

  24. Ammu says:
    November 30, 2015 at 9:51 pm

    Nic. Keep up the good work. ☺?

  25. Angel says:
    November 30, 2015 at 10:02 pm

    nice story 🙂

  26. Sodhu says:
    December 1, 2015 at 1:05 am

    Varah varah reethi☺

  27. lam says:
    December 1, 2015 at 4:32 pm

    varh varah varah rythi story eh

  28. melaany says:
    December 2, 2015 at 3:18 pm

    suha ah vaahaka liyevidhaane. story v nice. keep up the good work. readers pls give possitive comments. don’t make others dissapointed. its good for u. mihaathanah kiyaahithun kiyunu vaahaka aky mi vaahaka. cos writer upload the story regularly. she dont let the readers to be waiting more longer

Comments are closed.



All Right Reserved!