Skip to content
އެސްފިޔަ

ކަނޑުފެން (ފަނަރަވަނަ ބައި) KanduFen P-15

ސީމާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެމުން ދިޔައިރު މިޝްކާ ހުރީ ސީމާއަށް ފުރަގަސްދީގެން ކުޑަދޮރުން ބޭރުބަލާށެވެ. ސީމާގެ ވާހަކަތަކުން މިޝްކާއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ސީމާއަށް ފުރަގަސްދީގެން މިޝްކާ ހުރީ ރޯށެވެ. މީހުން ސުނާމީގެ ވާހަކަ ދައްކާތީ އަޑުއެހިއެވެ. ނަމަވެސް މިހާ އަސަރެއް އަދި ދުވަހަކުވެސް ނުކުރެއެވެ.

މިޝްކާގެ ހިތަށް އަރަމުން ދިޔައެވެ. ރަނާއަށް ވީގޮތަކީ އެއީހެއްޔެވެ. ސީމާގެ ދިރިއުޅުން ޣަރަގުވެގެން ދިޔައީ ސުނާމީގައެވެ. އަދިވެސް ވަކި ނުވެވިގެން މި އުޅެނީ އެ ޒަމާންވީ އޮއިވަރާއެވެ. އެ ޖަޒުބާތާއެވެ. އެއީ ހިތުގައި ބިންވަޅު ނެގިފައި ބޮޑު ޒަޚަމްތަކެކެވެ. އެ ޒަޚަމްތަކުގެ ލަކުނުތައް ހަނދާނުން ފޮހެލަން ދަތިވާނެކަން ކަށަވަރެވެ.

ދޮރުގައި މީހަކު ޓަކި ޖަހާލި އަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ.

މިޝްކާގެ ކޯތާފަތުގައިވާ ކަރުނަތައް ފޮހެލަމުން ސީމާއާއި ކުރިމަތިލިއެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަނީ ސޯފީއެވެ. މެންދުރު ކެއުމަށް ދެމީހުން ނާންނާތީވެ ކޮބައިތޯ ބަލަން އައީ ކަމަށް ބުންޏެވެ.

ސީމާ އަތުކުރީގައި އަޅާފައިވާ ވައިޓް ގޯލްޑް ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން ހަވީރު ހަތަރެއް ޖަހަނީއެވެ. “ސޯފީ… އަހަރެން ކާ ހިތެއް ނެތް… އަނެއްކޮޅުން މިހާރު ހަވީރު ހަތަރެއް ޖަހަނީ…. އަހަރެން ބޭނުމީ އަރާމު ކޮށްލަން…” ސޯފީއަށް ޖަވާބުދެމުން ސީމާ އޭނާގެ އެނދަށް އަރާ މަޑުމަޑުން އޮށޯވެލިއެވެ. އެ ވަގުތު ސޯފީ މިޝްކާއަށް ބަލާލަމުން އެއްޗެއްކާން ބޭނުންތޯ ސުވާލުކޮށްލިއެވެ. މިޝްކާ ދެއަތަށް ބޯހޫރާލަމުން ސީމައްތައާއި ސަލާމް ކޮށްލުމަށްފަހު ކޮޓަރިން ނުކުތީއެވެ.

ރިޒާބެ ވީ ތަނެއް އޮޅުން ފިލުވާލަން ސޯފީ ގާތުގައި އަހާލިއެވެ. ޖަވާބުގައި ސޯފީ ބުނެލިއެވެ. “ބޮސްވީ މެލޭޝިޔާގަ… މާދަމާ ދުރުވާނެ ވާހަކަ ވިދާޅުވި… ކިހިނެއްވީ މިޝްކާ ކަމެއް ބޭނުންވީތަ؟…”

“އުހުން.. އަސްލު ވަރަށް ފޫހިވެފަ މީނީ… ފިހާރައަކަށް ގޮސްލަންވެސް ބޭނުން… އެހެންވެ އަހާލީ…” މިޝްކާގެ ބޭނުން ހާމަކުރިއެވެ.

“މިތާ އަތިރި މައްޗަށް ނުކުމެލަބަލަ… އަބަދު ގޭތެރޭގައި އިންނާކަށް ނުވާނެ… ސޯފީ ގޭގައި މަޑުކުރާނަން… އެހެންނޫނީ މެޑަމް އެކަނިވާނެ… މިޝްކާ ދޭބަލަ ހިނގާލަން…. މިގޭ މައިދޮރާށި ކުރިމައްޗަށް ފެންނަން އޮތް މަގުގައި ބައިވަރު ފިހާރަތައްވެސް ހުންނާނެ…” ގާތް ރަޙްމަތްތެރިއެއް ފަދައިން މިޝްކާ ގާތު ބޭރަށް ދިޔުމަށް ސޯފީ ނަސޭހަތްތެރި ވިއެވެ. އެހެން ކަމުން މިޝްކާ ލައިގެންހުރި ހެދުން ޖިންސަކާއި ޓީޝާޓް ކޮޅަކަށް ބަދަލުކޮށްލުމަށްފަހު ބޭރަށް ދާން ގެއިން ނުކުތީ ލުއި މޭކަޕަކާއި އެކީގައެވެ.

ގެއިން ނުކުތުމަށްފަހު ފިހާރަތަކާއި ދިމާލަށް ހިނގައިގަތެވެ. ރީތިވާ ސާމާނު ވިއްކާ ފިހާރައަކަށް ވަދެ ބޭނުންވާ ބައެއް ސާމާނު ގަތެވެ. ކޮނޑުގައި އަޅުވައިފައިވާ އަތް ދަބަހަށް ފިހާރައިން ގަތް ސާމާނުތައް އެޅުމަށްފަހު ހިނގައިގަތީ އަތިރި މައްޗަށެވެ. އަތިރިމަތީ ހަދާފައިވާ ޖޯލިފަތިން ޖޯއްޔެއްގައި އޮށޯވެލިއެވެ. އަދި މޫދުގެ ހިތްފަސޭހަ މާހައުލަށް ބަލަން އޮވެވުނެވެ.

ސީމާ ކިޔައިދިން ހިތްދަތި ވާހަކަ ސިކުނޑީގައި އެނބުރެން ފެށީ މޫދުގެ ރާޅުޖަހާ މަންޒަރު ފެނުމުންނެވެ. ސީމާ ސިފަކޮށްދިން ވާހަކައިން އެ ދުވަހު މީހުންގެ ހިތްތަކުގައި އުފެދޭނެ ބިރު އިހްސާސް ވިއެވެ. ފޯނު ހުޅުުވާލުމަށްފަހު ހަވީރު ނޫހަށް ވަދެ 2004 ވަނަ އަހަރުގެ ސުނާމީއާއި ގުޅުންހުރި ލިޔުންތައް ހޯދަން ފެށިއެވެ. މިގޮތުން ސުނާމީގައި ގެމެންދޫއަށް ލިބިފައި ހުރި ގެއްލުންތައް ދައްކުވައިދޭ ފޮޓޯތަކާއި އެކި ލިޔުންތަކަށް ބަލަމުން ދިޔައެވެ. އެއިން ކޮންމެ ލިޔުމެއްގައިވެސް ފާހަގަކޮށްފައިވާ ގޮތުގައި އެރަށުން ހަމީހުން މަރުވިއެވެ. އަދި ދެމީހުން ވަނީ ގެއްލިފައެވެ.

ސިއްސައިގެންގޮސް ބަލާލެވުުނީ މިޝްކާއާއި ޖެހިގެން އިން ޖޯލީގައި މީހަކު އިށީނުމުންނެވެ. ލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޮރުވަން މަސައްކަތް ކުރަމުން މިޝްކާގެ ފޯނު ދަބަސް ތެރެއަށް ލިއެވެ. އަދި މޫދުން ފެންނަމުން ދިޔަ ހިތްފަސޭހަ މާހައުލަށް ބަލަން އަނެއްކާވެސް އޮވެވުނެވެ.

“މިޝްކާ…. ކޮންކަމަކާ ތިވިސްނަަނީ؟….” އިވުނު ފިރިހެންވަންތަ ބަރު އަޑުން މިޝްކާއަށް ސިހުންވިއެވެ. އަދި ޖޯލީގައި އޮތް މީހާއަށް ބަލާލެވުނެވެ. ސަލީމްކަން އެނގުމުން މިޝްކާގެ ހިތުގެ ވިންދު އަވަސްވެެގެން ދިޔައެވެ.

“ކަމެއްނުވޭ…” ލަދުރަކި ގޮތަކަށް މިޝްކާ ޖަވާބު ދިނެވެ.

ސަލީމްގެ ފުރިހަމަ ހަށިގަނޑަށް މިޝްކާއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. މިޝްކާއަށް ކުރަމުން ދިޔަ އިހްސާސްތައް ފޮރުވަން މަސައްކަތް ކުރިއެވެ. އަނެއްކާވެސް އަނބުރާ މޫދާ ދިމާލަށް ނަޒަރު ހުއްޓާލައިގެން އޮތީ ސަލީމަށް ކަމެއް ފާހަގަ ވެދާނެތީއެވެ. ނަމަވެސް ސަލީމްގެ ހަރަކާތްތަކަށް ވަށްކަޅިން ބަލަމުން ދިޔައީ މިޝްކާއަށް ނުބަލާ ނުހުރެވޭތީއެވެ.

“މިކޮޅަށް އައި ފަހުން މުޅިންވެސް ފެންނަނީ މިޝްކާ ހިތާމަކުރާތަން…. މީ… މީ… މިޝްކާތީ އަލީނާއާއި ތިމާގެ ކުއްޖެއްތަ؟…” އަހަން ނާހަން ހުރެ އަހާފަދައަކުން ސަލީމް އޮޅުން ފިލުވަން ބޭނުންވާ ސުވާލު އޭނާގެ ދުލުން ބޭރު ކޮށްލިއެވެ.

މިޝްކާގެ ހިތަށް އެރިއެވެ. ސަލީމް ހާދަވަރަކަށް މަށަށް ބަލައޭ… އެހެންނޫނީ ކިހިނެއް އަހަރެން ހިތާމަކުރާކަން ފާހަގަވީ… އަނެއްކޮޅުން ސަލީމް ހާދަ ރީއްޗޭ… ސަލީމްގެ އަޑުވެސް ހާދަ ހިތްގައިމޭ… އަޅެ މީނަ އަހަރެންނަށް ސެޓުވާނެބާ!…..

ޖަވާބެއްގެ އިންތިޒާރުގައި އިން ސަލީމް މިޝްކާގެ މޫނަށް ބަލާލިއެވެ. އޭރު އަމިއްލަ ހިތާ ވާހަކަ ދައްކަމުން ދިޔަ މިޝްކާގެ ތުންފަތް މަތިން ފާޅުވަމުން ދިޔަ ހިނިތުންވުން ފެނުމުން ސަލީމް ކަރުކެހިލިއެވެ. ޚިޔާލީ ދުނިޔެއެއްގައި އިން މިޝްކާ ހަމަބިމަށް ފޭބުމުން ސަލީމް އޭނާގެ ސުވާލު ތަކުރާރު ކޮށްލިއެވެ.

“އާން… ތިމާގެ ވާނެ…. ވީއާ ކަޒިންސް… ބަޓް މޯ ލައިކް ބެސްޓީސް….. ސީމައްތަ އެއީ އަހަރެންގެ ބޮޑުދައިތަ…” މިޝްކާގެ ޖަވާބަށްފަހު ސަލީމް ޖޯލިން ތެދުވިއެވެ. އަދި ފުން ނޭވާއެއް ދޫކޮށްލަމުން އެއްގަމާ ކުރިމަތިލަމުން ވާހަކަ ދެއްކިއެވެ. “އަޅުގަނޑު ދަނީ….. މިޝްކާވެސް ލަސްނުކޮށް ގެއަށް ދުރުވާތި… މިހިސާބުގަނޑުގައި ވަރަށް ޕާޓޭން އުޅޭނެ… ދެން ގޮސްލަނީ…” އެއް ފައްޗަކަށް ވާހަކަ ދައްކާލުމަށްފަހު މިޝްކާއާއި ދިމާލަށް ބަލާވެސްނުލާ ހޭޅިފަށުގައި ހުރި ގަސްތަކުގެ ތެރެއިން އެއްގަމަށް ސަލީމް ހިނގައިގަތެވެ.

ސަލީމްގެ ހަރަކާތްހުރި ގޮތް ފެނި މިޝްކާއަށް އޮވެވުނީ ވަރަށް ހައިރާންވެފައެވެ. އެހާ ރީތިކޮށް ވާހަކަ ދައްކަން ފައްޓާފަ ކުއްލިއަކަށް ރާގުގަނޑު ބަދަލުވެ މާތްބަަހުން ވާހަކަ ދެއްކުމުން މިޝްކާ ވަރަށް ހައިރާންވިއެވެ. “ވަޓްސް ރޯންގް ވިތު ހިމް…. މިތާ މަޑުކުރިނަމަ…. އަހަރެން އޭނަ ކާލާކަށް ނޫޅެންވިއްޔަ… ހަހް… ވަރަށް ފޫހިވޭ..” ސަލީމް އޭނާ އެކަނި އެތާ ބާއްވާފަ ދިޔުމުން އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ.

އިރު އޮއްސި އަނދިރިވާން ފެށުމުން މިޝްކާ ގެއަށް ދިޔުމަށް ޖޯލިފަތިން ތެދުވެ ހިނގައިގަތެވެ. ގޭގެ ގޭޓާއި ހަމަޔަށް ދިޔައިރު ދެކޮޅަށް ހިނގަހިނގާ ސަލީމް ހުރިތަން ފެނުމުން މިޝްކާ ވަރަށް ހިތް ހަމަޖެހުނެވެ. ގޭޓުން އެތެރެއަށް ވަދެ ސަލީމާއި ދިމާލަށް ފިޔަވަޅު އަވަސް ކޮށްލިއެވެ.

ސަލީމާއި އަރާ ހަމަވުމަށް ފަހު މިޝްކާ ހިނތުންވެލިއެވެ. ނަމަވެސް ސަލީމް ރައްދުގައި ހިނތުންވުމެއް ފާޅުނުކުރުމުން މިޝްކާ ވަރަށް ދެރަވިއެވެ. “ސަލީމް… ރުޅިއައިސްފަތަ؟… ކުރިން ދުވަހު ކަންތައް ވީ ގޮތުން ވަރަށް ބޮޑަށް ސޮރީ… އަސްލު ސަލީމްކަން ނޭނގި ހޮސްޕިޓަލުން އެގޮތަށް ވާހަކަ ދެއްކީ….. ސޮރީ އިނގޭ….” ސަލީމާ މުޚާތަބުކޮށް މިޝްކާ ވާހަކަ ދެއްކުމުން ސަލީމްގެ ހިތަށްވެސް ވަރަށް އަސަަރުކޮށްފިއެވެ. “މިޝްކާ… އަޅުގަނޑު މިޝްކާ ދެކެ ރުޅިއެއް ނާދޭ…. އަޅުގަނޑު މީ ކާކު މިޝްކާ ދެކެ ރުޅިއަންނަން…” ސަލީމްގެ ޖަވާބުގައި ހުރީ މަޑުމައިތިރިކަމެވެ. ވާހަކަ ދައްކަމުން ދިޔަ އިރު ހީވީ ނޯކަރަކު އޭނާގެ ސާހިބާއި ވާހަކަ ދައްކަމުން ދިޔަހެންނެވެ.

“ސަލީމް ކީއްވެތަ އަހަރެންނާ މާތްބަހުން ތި ވާހަކަ ދައްކަނީ….” ސަލީމްގެ ވާހަކަ ދެއްކުން ހުރިގޮތުން މިޝްކާއަށް ވަރަށް އުނދަގޫ ވިއެވެ. މިޝްކާގެ ސުވާލަށް ޖަވާބު ނުދީ ގޭޓުން ބޭރަށް ނުކުތުމަށް ސަލީމް ހިނގައިގަތެވެ.

ސަލީމްގެ އަމަލުތައް ހުރިގޮތުން މިޝްކާ އިންތިހާއަށް ދެރަވިއެވެ. ގެއަށް ވަދެ ސިޓިންގް ރޫމުގެ ސޯފާގައި އިށީނދެ ހަމަޖެހިލަމުން ކަންހިނގައި ދިޔަގޮތާމެދު ފުންކޮށް ވިސްނާލެވުނެވެ. ޓީވީއިން އަޅުވާފައިވާ ޗެނަލްއިން އެވަގުތު ދައްކަމުން ދިޔަ ޕްރޮގްރާމަށް މިޝްކާ ބަލަން އިނެއްކަމަކު މިޝްކާގެ ސިކުނޑިވަނީ މުޅިން އެހެން މާހައުލެއްގައެވެ.

ސޯފީގެ އަޑަށް ސިހިފައި މިޝްކާއަށް ބަލާލެވުނެވެ. މިޝްކާއަކަށް ސޯފީ ކީއެއްޗެއް ރަނގަޅަށް ސާފެއް ނުވިއެވެ. މިޝްކާ އަވަސް އަވަހަށް ސޯފީއަށް ޖަވާބުދެމުން ކާގެއާ ވީ ފަރާތަށް ހިނގައިގަތެވެ. “އާން އަހަރެން ގަންނަން ބޭނުންވި ހުރިހާ އެއްޗެއް ލިބުނު…. މީ ސޯފީއަށް ގެނެސްދިން ހަދިޔާއެއް….” ކުޑަ ސެންޓު ފުޅިއެއް ދަބަހުން ނަގަމުން ސޯފީއަށް ދިއްކޮށްލިއެވެ. ބައްތިރީސް ދަތް އަވީލައިގެން އައިސް ސޯފީ އެ ސެންޓު ފުޅީގައި ހިފަމުން ޝުކުރު އަދާކުރިއެވެ.

ކާ ކޮޓަރިން ދުވި މީރުވަހުން މިޝްކާ ހަށިފުރާ ނޭވާ ދަމާލިއެވެ. “ހޫން…. ހާދަ މީރުވަހެކޭ…. ކޯއްޗެއްތަ ހެދީ…. ވަރަށް ބަޑުހައި ވެއްޖެ…”

ކާމޭޒުމަތީގައި މަތި ޖަހާފައިވާ ތަށިތަކުގެ މަތި ނަގަމުން ރޭގަނޑުގެ ކެއުމަށް ތައްޔާރުކޮށްފައި ހުރި ތަކެތީގެ ލިސްޓު ސޯފީ ކިޔަން ފެށިއެވެ. ސުފުރާމަތި ފެނުމުން މިޝްކާ އަވަހަށް ކާން އިށީނެވެ. އަދި ސީމައްތަ ކޮބައިތޯ އަހާލިއެވެ. ދެބުމަ ގޮށް ޖަަހައިގެން ހުރެ ސޯފީ ވާހަކަ ދެއްކިއެވެ. “މިޝްކާ ދެންމެ ޓީވީ ބަލަންއިންދާ ސީމައްތަ ކައިގެން އެ ދިޔައީ ކޮޓަރިއަށް… މިޝްކާ ކައިރީ ކާން އަންނާށޭވެސް ސީމައްތަ ބުނި….” ސޯފީގެ ވާހަކަތަކުން މިޝްކާއަށް ހައިރާން ކަމެއް ލިބުނެވެ. ސީމައްތަ ފެނުނު ކަމެއް މިޝްކާއަކަށް ނޭނގުނެވެ. ސޯފީ ސަމާސާ ކުރަނީކަމަށް ހީކޮށް ދެވަނަ ފަހަރަށް އެހުމުންވެސް ސޯފީ ދިނީ ހަމަ އެއް ޖަވާބެކެވެ.

ރޭގަނޑުގެ ކެއުމަށްފަހު ކޮޓަރިއަށް ވަދެ ގައި ދޮވެލައިގެން އައިސް އެނދުގައި އޮށޯވެލީ ފޯނު ޗާޖަށް ޖެހުމަށް ފަހުގައެވެ. ކުރިން ރޭ ނުނިދާ ހުރުމުން މިރޭ އެނދުގައި އޮށޯތުމާއި އެކީ މިޝްކާގެ ލޮލުން ނިދި ކުރި ހޯދިއެވެ.

ޖެހިގެން އައި ދުވަހަށް އިރުއެރުމާއި އެކީ މިޝްކާ ރީތިވެ ނަލަހެދިލައިގެން ބެލްކަނިން ބޭރު ބަލާލިއެވެ. އޭރު ސަލީމް ރީތިވެގެން ގަމީހުގެ އަތުކުރި އޮޅަމުން ވަލު ދޮރާށިން ނުކުމެގެން ދިޔަ މަންޒަރު ފެނުނެވެ. ސަލީމްގެ ފަރާތުން ފެންނަމުން ދިޔަ ކަންތައް މަތިން ހިތަށް އެރުމުން މިޝްކާއަށް ލަފާކުރެވުނީ އަލީނާއާއި ތިމާގެ ވާހަކަ ބުނުމުން ސަލީމް އޭނާ ދުރުކޮށްލީ ކަމަށެވެ. އެކަމަކު އެކަމުގެ ސަބަބުން މިޝްކާ ދުރުކޮށްލަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް މިޝްކާއަކަށް ޤަބޫލެއް ނުކުރެވުނެވެ. ގަޑިއަށް ބަލާލުމަށްފަަހު ހެނދުނުގެ ސައި ބުއިމަށް ތިރިއަށް ދާން ހިނގައިގަތެވެ. ސިޑި ކައިރިއަށް އައި އިރު ތިރީގައި ބަޔަކު އުޅޭކަން އިހްސާސް ވިއެވެ. މަޑު ފިޔަވަޅުތަކެއްގައި ސިޑިން ފޭބިއިރު ކާ ކޮޓަރި ތެރޭގައި ދެކެވެމުން ދިޔަ ވާހަކަ ވަރަށް ސާފުކޮށް އަޑު އިވުނެވެ.

“ރިޒާ…. އަހަރެންގެ ދަރިފުޅު ފަނާވާން އެތަނަށް ދޫކޮށްލުން އެއީ އެންމެ ރަނގަޅު ގޮތްތަ؟…. އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟… އޭނާއަށް ކުރާނެއަސަރު…. އަހަރެން ޤަބޫލެއް ނުކުރަން މި ކހަލަ ކަންތަައްތަކަކީ ބޭސް ފަރުވާއިން ރަނގަޅު ކުރެވިދާނެ ކަންތައްތައް ކަމަކަށް.. ރިޒާ އަދި އެއްފަހަރު ވިސްނާލަބަލަ…. އެއީ އަހަރެމެންގެ ހުރި ހަމައެކަނި ދަރިފުޅޭ….” ސީމާ ގެ އާދޭހުގެ އަޑު ކަންފަތުގައި ޖެހުމުން މިޝްކާގެ ފިޔަވަޅު މަޑުކޮށްލިއެވެ.

ކާ ކޮޓަރިތެރޭ ދެކެވެމުން ދިޔަ ވާހަކަތަކަށް ކަންފަތް ދީގެން މިޝްކާ ހުއްޓެވެ. ދެން އިވުނީ ރިޒާބެ ވާހަކަ ދައްކަންފެށި އަޑެވެ. “ސީމާ… އަހަރެން މި ހުރިހާ ކަމެއް މިކުރަނީ އަލީނާ ހަލާކު ކުރާކަށް ނޫނޭ….. އަހަރެން ބޭނުމެއް ނޫން ފަންޑިތަ ހަދާ ފާލުބަލާކަށް…. މަންމައަށް ވީގޮތް ހަނދާން ނެތުނީތަ؟… މި ވާހަކަ މިހެން ދެކެވޭ އިރުވެސް ސީމާއަށް ރަނގަޅަށް އެނގޭނެ އަހަރެން މިކަހަލަ ކަންތައް ކުރުމާ ނުރުހޭ ވަރު…. ދެން އެކޮޅަށް ގެންދިޔައިމަ އެނގިދާނެތާ ވާގޮތެއްވެސް…. އަހަރެން މި އައީ މެލޭޝިޔާގައި ދިރިއުޅޭ ރައްޓެއްސެއް ކައިރިއަށް ގޮއްސަ… އަލީނާ ގޮވައިގެން ޓްރެވަލް ކުރެވޭވަރު ވީމަ އޭނާ ގޮވައިގެން މެލޭޝިޔާއަށް ދާނީ…. ފިޒާމްގެ ދަރިފުޅަކީ ވަރަށް މޮޅު ސައިކްއޭޓްރިސްޓެއް…. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވަމުން ދާނީ… ދެން…”

ރިޒާގެ ވާހަކަ މެދުކަނޑާލީ ކާ ކޮޓަރި ތެރެއަށް ވަދެގެން އަައި މިޝްކާ ފެނުމުންނެވެ. މޭޒުދޮށުގައި އިށީނދެގެން އިން ސީމާ ގޮނޑިން ތެދުވަމުން މިޝްކާ ގާތު ސައިބޯން އައުމަށް އެދުނެވެ. ރިޒާއާއި ޖެހިގެން ހުރި ހުސް ގޮނޑީގައި މިޝްކާ އިށީނދެ ޕާން ފޮއްޗެއް ނަގައި އޭގައި ބަޓަރާއި ޖޭމް ހާކަން ފެށިއެވެ. ސޯފީ އިނީ ތަރުކާރީތަކެއް ކޮށާށެވެ. އެހެން ކަމުން މިޝްކާއަށް ކޮފީތަށި ތައްޔާރު ކޮށްދިނީ ސީމާއެވެ. ކާ ކޮޓަރި ތެރޭގައި ތިބި އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. އެ ހަމަހިމޭންކަމުގެ ތެރެއިން އިވެމުން ދިޔައީ ތަށިތަކުގައި ސަމުސާ ކޭތޭ އަޑެވެ. ވަކި ވަކިން އެންމެންގެ މޫނުތަކަށް މިޝްކާ ނަޒަރު ހިންގާލުމަށްފަހު ވާހަކަ ދައްކަން ފެއްޓިއެވެ.

“ރިޒާބޭ…. ކޮންއިރަކުންތަ އަލީނާ ކައިރިއަށް ދާނީ…. އަލީނާ ވަރަށް ދެކިލާ ހިތުން މީނީ… ހިނގާބަލަ ދާން… ނޭނގެ އެ ފަކީރު އެތާ އަހަރެމެންނާ ނުލާ އުޅޭނެ ގޮތެއްވެސް…..”

ސައިބޮއި ނިމުމުން މޭޒުމަތީ ހުރި ހުސްތަށިތައް ސީމާ ނަގަން ފެށިއެވެ. އެވަގުތު ދުރުގައި މަންޒަރު ބަލަންއިން ސޯފީ އައިސް ސީމާގެ އަތުގައިވާ ތަށިތައް ހިފައިގެން ސިންކުދޮށަށް ދިޔައެވެ. ފޯނުގެ ޑިސްޕްލޭއަށް ބަލަމުން ރިޒާ މޭޒުދޮށުން ތެދުވިއެވެ. އަދި އަލީނާއާއި ބައްދަލުކުރަން ދިޔުމަށް ތައްޔާރުވެގެން އަންނާށޭ ބުނަމުން ސިޓީންގްރޫމުގެ ސޯފާގައި އިށީނެވެ.

ރިޒާގެ މި ނިންމުމަށް މިޝްކާއާއި ސީމާ ވަރަށް އުފާވިއެވެ. އަވަހަށް ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހީ ރީތިވެގެން އައުމަށެވެ.

މިޝްކާ ކޮޓަރިން ނިކުމެ ތިރިއަށް ފޭބި އިރު ރިޒާމެންގެ ދެމަފިރިން ތިބީ މިޝްކާގެ އިންތިޒާރުގައެވެ. ސިޑިން ފައިބައިގެން އައި މިޝްކާ ފެނުމުން ދެމީހުން އެކީގައި ސޯފާއިން ތެދުވެގެން ދޮރާ ދިމާލަށް ހިނގައިގަތެވެ. ގޭޓު ކުރިމަތީގައި އޮތް ކާރުގައި މަޑުކޮށްލައިގެން ސަލީމް ހުރީ އެމީހުންގެ އިންތިޒާރުގައެވެ. ރިޒާ އެރީ ކުރީ ސީޓަށެވެ. މިޝްކާއާއި ސީމާ އެރީ ކާރުގެ ފަހަތު ސީޓަށެވެ. އެންމެން ކާރަށް އަރާ ހަމަޖެހުމުން ހުޅުމާލޭގެ ބޮޑެތި މަގުތަކުން ދުއްވާފައި މެންޓަލް ހޮސްޕިޓަލާއި ދިމާލަށް ކާރު މިސްރާބު ޖެހިއެވެ.

ދުވަހަކީ އުޑުމަތި ސާފު ދުވަހެކެވެ. ހެނދުނު އެގާރަ ޖެހީއެވެ. ތާރު އަޅާފައިވާ ހުޅުމާލޭގެ މަގުތަކުން އިރުގެ ހޫނުން އާވި އަރަމުން ދިޔަ މަންޒަރު ފެނެއެވެ. ކާރުގެ ކުޑަދޮރުން ބޭރު ބަލަން މިޝްްކާ އިނެވެ. ފްެލެޓްތަކާއި ގެތައް ފަހަނައަޅާ ދިޔުމުން ދެން ފެންނަމުން ދިޔައީ މަގުގެ ދެފަރާތުން ބޯކޮށް ހެދިފައިވާ ގަސްތަކެވެ. “މީ ކޮންތަނެއް؟… މިހިސާބުން ގެއެއްވެސް ފެންނާކަށް ނެތް……”

މިޝްކާގެ ސުވާލަށް ޖަވާބުދެމުން ރިޒާ ފަހަތަށް އެނބުރި މިޝްކާއަށް ބަލާލިއެވެ. “މީއަދި ހުސް ބިންތަކެއް….. މިހާރު މިހުރީ މިތާ ބޯކޮށް ގަސް ހެދިފަ… ހީވަނީ ޖަންގައްޔެއް ހެން ދޯ…. ކިހާ ހިތްފަސޭހަ…. އެކަމަކު ރޭގަނޑުގެ ވަގުތުތަކުގައި މި މަގުތަށް ވަރަށް ބިރުވެރި ގޮތަކަށް ހުންނަނީ….” ރިޒާ ބުނި ވާހަކައިން މިޝްކާ ފަސްޖެހޭގޮތް ވިއެވެ. އަނެއްކާވެސް ރިޒާ ވާހަކަ ދައްކަން ފެއްޓިއެވެ. “މީ 2015 ގައި ހިއްކި ބިމެއް…. އަހަރެމެން ދާން މިއުޅޭ މެންޓަލް ހޮސްޕިޓަލް އަޅާފައި އެހެރީ ކުރީގެ ފަރުކޮޅުފުށި އޮތް ތަން….”

މިޝްކާއަށް އެއީކޮންތަނެއް ކަމެއް ނޭނގިގެން ސުވާލުކޮށްލިއެވެ. “ފަރުކޮޅުފުއްޓޭ… އެއީ ކޮންތަނެއް؟…”

މި ފަހަރު މިޝްކާއަށް ޖަވާބުދިނީ ސީމާއެވެ. “އެއީ ކުރީގަ ހުޅުމާލެ ކައިރީގައި އޮތް ރިސޯޓެއް… އެ ރިސޯޓަށް ކިޔަނީ ކްލަބް ފަރު… ހުޅުމާލެ ބޮޑު ކުރުމަށް ހިއްކަމުންދިޔަ ދުވަސްވަރު އެއީ…. އެފަހަރު އެ ރިސޯޓާ އެކީ ވަަރަށް ބޮޑު ސަރަހައްދެއް ހިއްކި…. އަލީނާއަށް އޭރު ވާނީ ދިހަ އަހަރު… ސްކޫލް ފަރާތުން އެ ބިމުގައި ގަސް އިންދުމަށް ބައިވެރިވުމުން އަހަރެންވެސް އެތަނަށް ދިޔައިން…..”

މަގުގެ ދެފަރާތުގައި ހެދިފައިވާ ބިޔަ ފިތުރޯނު ގަސްތަކަށް ބަލަމުން ދިޔަ މިޝްކާ އިނީ އަނގަ ހުޅުވިފައެވެ. ދިގުކޮށް ފެންނަން ހުރި މަގުގެ ކޮޅާއި ހަމައަށްވެސް ދުއްވާ އެއްޗެއްގެ ނޫނީ މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ދެފަރާތުން ދުއްވޭ ގޮތަށް ހަދާފައިވާ އެ މަގުގައި މިޝްކާމެން ތިބި ކާރު ފިޔަވާ އިތުރު ވެހިކަލެއް ފެންނާކަށް ނެތެވެ. ހައިރާންވެ އެ މަންޒަރަށް ބަލަންއިން މިޝްކާ އަހާލިއެވެ. “މިހިސާބުން މީހަކުވެ ނުފެނޭ…. ދުއްވާ އެއްޗެއްވެސް ނުފެނޭ… ހާދަ ފަޅޭ…”

މިޝްކާ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލީ ކުރިމަތިން ބޮޑު އިމާރާތެއް ފެންނަން ފެށުމުންނެވެ. އޭރު އެ އިމާރާތުގެ މައި ދޮރާށި ކުރިމަތީގައި ބަހެއް އޮތެވެ. ބަސްފުރާ މީހުން އެރުމުން މީހުން ދިރިއުޅޭ ދިމާލަށް ބަސް ދަތުރު ފެއްޓިއެވެ. “އެއީ މި ހޮސްޕިޓަލްގެ މުވައްޒަފުންނާއި ބަލިމީހުންނަށް ޒިޔާރަތްކުރަން އަންނަ މީހުން ދަތުކުރާ ބަސް……” އެ ބަހަށް އިޝާރާތް ކުރަމުން ރިޒާއަށް ލިބިފައިވާ މަޢުލޫމާތު ހިއްސާކޮށްލިއެވެ.

އިމާރާތުގެ ބޭރުގައިވާ ޕާކިން ޒޯނުގައި ކާރު ޕާކު ކޮށްލިއެވެ. އަދި އެހިސާބުން ރިޒާމެންގެ ދެމަފިރިންނާއި އެކީ މިޝްކާ އެ އިމާރާތުގެ ތެރެއަށް ވަނުމަށް ހިނގައިގަތެވެ. ސަލީމް ކާރުގައި މަޑުކޮށްލައިގެން އިނީއެވެ. އިމާރާތުގެ ތެރެއަށް ވަދެ ސެކިއުރިޓީ ގޭޓާއި ދިމާލުން އެމީހުން މަޑު ކުރުވިއެވެ. އަތުގައިވާ ފޯނާއި ދަބަހާއި ވޮލެޓާއި ހުރިހާ ސާމާނެއް ބެހެއްޓުމަށް ލޮކަރެއް ދައްކާލިއެވެ. އެލޮކަރަށް އަތުގައިވާ ހުރިހާ ސާމާނެއް ލުމުން އެ ސެކިއުރިޓީ މީހުން ގަނޑުކޮޅެއް ދިއްކޮށްލިއެވެ. އެ ގަނޑުކޮޅުގައި ވަނީ އެ ލޮކަރު ހުޅުވުމަށް ބޭނުންކުރާ ކޯޑެވެ.

ދެން އެމީހުން ގާތަށް އައީ ހުދުކުލައިގެ ޔުނީފޯމުގައި ތިބި ދެ ޒުވާނުންނެވެ. އަންހެނަކާއި ފިރިހެނެކެވެ. އެމީހުން އައިސް ތިން މީހުންގެ ހަށިގަނޑުގައި މެޓަލް ޑިޓެކްޓަރ ހާކާލަމުން ސްކޭން ކޮށްލިއެވެ. އަދި އެއަށް ފަހު މިޝްކާގެ ކަންފަތުގައި އަޅުވާފައިވާ ބޮޑު ބޮޅު ނެގުމަށް އެންގިއެވެ. އަދި ސީމާގެ ބުރުގަލާއި އެކީ ޖަހާފައިވާ ބޮޑު ދަތިވެސް ނެގުމަށް އެދުނެވެ. އެތަކެތި ހަވާލުކުރުމާއެކީ ދެން އެންމެ ރަނގަޅުކަމަށް ބުނުމުން ތިން މީހުން އެކީގައި ކުރިމަތިން ފެންނަންހުރި ކައުންޓަރާ ދިމާލަށް ހިނގައިގަތެވެ.

ކައުންޓަރުގައި އިނީ އަންހެން މުވައްޒަފެއްކެވެ. އޭނާވެސް ލާފައިވަނީ ހުދު ކުލައިގެ ޔުނީފޯމެކެވެ. އެ ހޮސްޕިޓަލަށް އެމީހުން އައި ބޭނުން ބަޔާން ކުރިއެވެ. ހޮސްޕިޓަލުގެ ގަވާއިދާއި އެއްގޮތަށް ފޯމެއް ފުރުމަށް ފަހު ކައުންޓަރު މަތީގައި އިނގިލީގެ ނިޝާން ސްކޭން ކުރާ މެޝިނެއް ބެހެއްޓިއެވެ. ތިން މީހުންގެ ދެއަތުގެ ފަސް އިނގިލީގެ ނިޝާން ޖެހުމަށްފަހު ޒީޔާރަތް ކުރާ މީހުންނަށް ދޭ ކާޑް އެމީހުންނަށް ހަވާލުކުރިއެވެ. ކާޑުގައި ބޮޑުއަކުރުން ‘ވިޒިޓަރސް’ ޖަހާފައި އޮތެވެ. ކައުންޓަރުގައި ހުރި ކުއްޖާގެ އިރުޝާދާއި އެއްގޮތަށް ދެން އެމީހުން މިސްރާބު ޖެހީ އެ ކައުންޓަރުގެ ކަނާތް ފަރާތުގައި ހުރި ލިފްޓާއި ދިމާލަށެވެ.

ތިން މީހުންނަށްވެސް ހިމޭނުން ބަހެއް ނުބުނެ ތިބެވުނީ މިފެންނަ އާދަޔާ ޚިލާފް މަންޒަރު ތަކުންނެވެ. އެއީ ވަރަށް ބޮޑު ހޮސްޕިޓަލެކެވެ. މުޅި ހޮސްޕިޓަލުގައި ވަނީ މަޑު ނޫކުލަ ލާފައެވެ. ހޮސްޕިޓަލުގައި އުޅޭ ގިނަ މުވައްޒަފުން ލާފައި ހުންނަނީ ހުދު ކުލައިގެ ޔުނީފޯމެވެ. ތަން ފޮޅާ ސާފުކޮށް މަސައްކަތް ކުރަމުން ދިޔަ މީހުން ލާފައި ހުރީ މަޑު ނޫކުލައިގެ ޔުނީފޯމެވެ.

އެ ހޮސްޕިޓަލުގެ ލިފްޓު ހުރީ ބޭރު ފެންނަގޮތަށް ވަށައިގެން ބިއްލޫރި ޖަހާފައެވެ. އެ ލިފްޓަށް އެރުމަށް ފަހު ދާންޖެހެނީ ހަތަރުވަނަ ބުރިއަށް ކަމަށްވާތީ ނަންބަރު ހަތަރަކަށް އޮބާލިއެވެ. ލިފްޓު މައްޗަށް ދާން ފެށިއެވެ. އެއްވަަނަ ބުރީގައި ތިބިމީހުން ފެނި ހައިރާންވެ މިޝްކާއަށް ސީމާއާއި ދިމާލަށް ބަލާލެވުނެވެ. އުމުރުން ދުވަސްވެފައި ތިބި ނުކުޅެދޭ މީހުންނެވެ. ގިނަމީހުން ތިބީ ވީލްޗެއާރ ގައެވެ. އެ ބައިގައި ހޮސްޕިޓަލުގެ ވަރަށް ގިނަ މުވައްޒަފުން ހަރަކާތްތެރިވާ މަންޒަރު ފެނުނެވެ. ކޮންމެ ބަލި ދެމީހަކަށް މުވައްޒަފެއް ހުއްޓެވެ. ދެވަނަ ބުރިން ފެންނަމުން ދިޔައީ ކޮޓަރިތަކެކެވެ. ތިންވަނަ ބުރިން ފެންނަމުން ދިޔައީ ކުޅިވަރު ކުޅުމަށް ހާއްސަކޮށް ހަދާފައިވާ ތަނެއް ގޮތަށެވެ. ދިމަ ދިމާލުގައި މޭޒު ޖާހާފައިވާއިރު އެކި މޭޒުތަކުގައި އެކި ކަހަލަ ކުޅިވަރުތައް ކުޅެވެން ހުއްޓެވެ. އޮށްވަޅު ގޮނޑިއާއި، ކެރަމްއާއި، ތާސްބަޔާއި، ރާޒުވާއާއި، ސްކްރޭބަލްއާއި، މޮނޮޕޮލީއެވެ. އޭރުވެސް ބައެއް ބަލިމީހުން ކުޅެން ތިބިތަން ފެނުނެވެ. ހަތަރުވަނަ ބުރިއަށް ލިފްޓް އައިސް ހުޅުވުމުން މިޝްކާމެން އަވަހަށް ލިފްޓުން ފޭބިއެވެ.

އެބައިގައި ފެންނަންހުރި ކުޑަ ކައުންޓަރ ކައިރިއަށް ތިންމީހުން ދިޔައީ ތެޅިތެޅި އޮތް ހިތަކާއި އެކުގައެވެ. ކައުންޓަރު ދޮށުގައި އެއްވެސް މީހަކު ފެންނަން ނެތުމުން ވަރަށް ހައިރާން ވިއެވެ. ކައުންޓަރ މަތީގައިވާ ބެލްއަށް ފިތާލިއެވެ. ބެލްގެ ތޫނު އަޑު މުޅިތަނުގައި ގުގުމާލިއެވެ. ކުޑަ ވަގުތު ކޮޅަކަށް ފަހު ކައުންޓަރު ދޮށަށް ފިރިހެން މުވައްޒަފެއް އަތުވެއްޖެއެވެ. އޭނާވެސް ހުރީ ހުދުކުލައިގެ ޔުނީފޯމެއް ގައެވެ. ބަލިމީހާގެ ނަން ބުނުމުން ސިސްޓަމްގައި އެނަންޖަހާ ސާރޗް ކޮށްލިއެވެ. އަދި ވަކިވަކިން ތިން މީހުންގެ މޫނަށް ބަލާލުމަށްފަަހު މޭމަތީގައި ޖަހާފައިވާ ވިޒިޓަރސް ކާޑަށް އެ މީހާ ނަޒަރު ހިންގާލިއެވެ.

= ނުނިމޭ =

 

އަޅުގަނޑާއި ކޮންޓެކްޓް ކުރަން ބޭނުންފުޅުވާ ކިޔުންތެރިން އަޅުގަނޑުގެ ފޭސްބުކް ޕޭޖުން ކޮންޓެކްޓް ކުރެއްވުން އެދެން!….

https://www.facebook.com/SHAZ-ge-Vaahaka-1476226249369838/?ref=aymt_homepage_panel/

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (35)

  1. Firu

    Awesome

    1. Shax Lyn
      Firu

      First to comment.. wow… tahnks Firu <3

  2. Faxoo

    varah reethi ingey <3 waiting for the next part!! 🙂

    1. Shax Lyn
      Faxoo

      🙂 Awwn thanks….

  3. naaz

    Awesome.. Ur the best ☺

    1. Shax Lyn
      naaz

      :)…am happy u all like this story….

  4. Siha

    Vr nice…. keep it up…

    1. Shax Lyn
      Siha

      Thanks Siha

  5. nuzoo

    v hadi mihaaru hus haasaru… vaahaka liyan neygeyya nuliye

    1. Ibrahim
      nuzoo

      Kaley vaahakaige kunnu liyan dhn madu kohlan v nu .. Eyrun kaley haasaru gandu kiyaaka nujeheynu

    2. Ibrahim
      nuzoo

      Vaahaka v hott

    3. shif
      nuzoo

      Kiyaa hiy nuvanyaa nukiyan v ennu…This is the best story published in esfiya so Farr. .

    4. fcuk
      nuzoo

      Comment kuranya thankolheh thaahiru comment kohbala. thaahiru ehcheh nuliyevenya maithiri vegen indhebala. Mi story hama habeys. Hes kiyaafa salhi

  6. Qaffar

    haa………. salhi but…. monopoly ,chess ,scramble game mental hospital ga huri vaahaka buneema kada….. ekahal game eiee moyain kulhey ecehinoon dhwww shazzzz……..

    1. Anonymous
      Qaffar

      Beyruge baeh mental hospitals thakuga ves mikahala games kulhevey gothah hure… but ei stable vamun anna meehunna… emeehun rangalhuvamun anna iru mind games thah kulhuvvumakee sikundeege kurierun fennaane kameh…. vaahaka v salhi

    2. Shax Lyn
      Qaffar

      Thanks Qaffar and Thanks Anonymous…. 🙂

  7. Lovely Xu

    Dhuvas kolhehge medhukendumakah fahu 5 part ehkoh mi kiyaalevuny… Buneveynee vaahaka hama v v v v v v v v furihamaey… Shax thikuraa hiyyvarah hama saabas dhen.. keep it up shax <3 <3 <3

    1. Shax Lyn
      Lovely Xu

      Ooohh.. Thaanks Lovely Xu…. shaz hithah eri Lovely-Xu nufeneye mihaaru… anyways thank u for reading 🙂 <3

  8. Aleem

    wow.. haadha molhu kujjekey dhw meee… maa lahee up kuraaleh.. anyways keep it up….. 🙂

    1. Shax Lyn
      Aleem

      Thank you Aleem…. According to my busy schedule vaahak upload kuraa dates vaahaka nerunu iruves bunelin… iraadha kurevviyya every MOnday n Thrsdayga vaahak upload kohdheynan…. thank u for reading 🙂

    2. Lillygirl
      Aleem

      vvv rythi inge shazz sissy ur de best 🙂 ;p

  9. aru

    Nuzoo thi buny vrh rangalhu vaahaka eh.. Vaahakayge kury kolhu vrh salhi but nw hurihaa kamehge thafseel hunnaany vrh bored..

  10. Aleena

    I was waiting n waiting.. n then i got bxy.. n dhen u uploaded… mi part ga kameh vs nuvey dhw.. ehen vs vaane dhw shaxlyn. Masha heevany saleem mee goaheh hen. Eyna vara badhal vey eba. Engidhaanethaa shaxlyn hadhaa gotheh vs.. story salhi as alwax..

  11. shif

    Keep it up …. varah wait kurevey mi story up vaa dhuvahah. .. varah furihama describe kohffa hunnna goi

  12. shany

    Mental hospital.salhi…. next episode ga aleenaa fennaane dhw…. waiting to see how she wud be…

  13. Aby

    V thafseelkoh kiyajdheefa othyma fenna hen heevany… best hama…aleena ge baeh ainama v v furihama vees… thumbs up to shaax…keep it up.

  14. Aish aleena

    Awesome as always

  15. nuzoo

    ibrahim nd shif ah… ma mi bunee mashah hafi vaahaka… dhn kaley thi varu araigannaakah adhi nuvey dhw… anekka iburaahim ge kamettha… hrhee

    1. shany
      nuzoo

      Mashah fennanee mulhin ehen gothakah… nuzoo ge comment ga inee vaahaka liyan neyngeyyaa nuliyaashey. ithink this author ah thaaeedhukuraa varah gina meehun ulhey… so vaahaka liyan neyngenee yey thibunaa maaana varah olhey… aharenves mivaaahaka kiyan… varah salhi mivaahaka…heheheee.. so maves bunelan beynumee hadeeyyaaa nukiyaashey…. lol

    2. zee
      nuzoo

      Readersge commemts ah balaafa vaahaka change nukuraathi…. writer vaahaka gennan beynunvaa gothah genesdhinun edhen… so far i like most of the episodes but mi episode varah low…. iknow all episodes ehaa hot koh naannaanekan.. ulheune baey episodes ga maa bodu kameh nuvaa baibaives… so keep it up… i like the flow

    3. shif
      nuzoo

      Nuzoo kaley kiyan v kuru vaahaka. ..hageegathuga kaley mi vaahaka kiyaa hiyvefa hunna varun thihen buneveny. ..I can understand. .dnt worry..thi kahala meehun ves ulheyne

  16. Shau

    Wowwww vvv reethi. Vaahaka kiyamun dhaairu hama sifakurevey. Ehaavex furihama sifakohdheefai vaa goiy. Waiting 4 da next part <3

  17. Shau

    Vaahaka hadhi vegen ulhay kuhjjaa yah bunelan othy ehvex meehaku kaleykah majubooreh nukurey mi vaahaka kiyaakah so mashah heevanee kakey kiyaahiy vaaleh bodeehen..

  18. Xai

    nuzoo kaley vaahaka kiyan neyngenyaaa nukiyaaa hurebala… Shaz ge vaahaka hama habeys as alweixx… kyyyp it up????

  19. anu

    Koba anebbai…. avaha upkodhdhyba…. waiting

Comments are closed.