އިވާން ކައިޒެން އަށް ހުރިހާ ވާހަކެއް ކިޔައިދިނެވެ. އެލްވިން ފޮނުވި ސްކްރީން ޝޮޓްވެސް އޭނާ ދެއްކިއެެވެ. ކައިޒެން ވެސް ގަބޫލު ކުރި ކޮންމެވެސް މީހަކު އެލްވިން ގެންދިޔައީ ކަމުގައެވެ. ދެމީހުންވެސް ތިބީ ހިތް އަވަސް ވެފައެވެ. އެލްވިން ހެޔޮ ހާލުގައި ހުންނާނެ ކަމެއްވެސް ނެއިންގެއެވެ. *ޕާރްޓް-14* އެލްވިން އަށް ހަމަހޭވެރިކަންވީރު އޭނާ އޮތީ ބިންމަތީގައެވެ. ތެދުވަން އުޅުމުން އެނބުރުން އަރައި ލޯމަށްޗަށް އަދިރިވިއެވެ. އެކަމަކުވެސް އެލްވިން ހިތްވަރު ކޮށްލާފައި އިށިނެވެ. އޭނާގެ ހަދާނަށް މަޑުމަޑުން އަންނަންފެށީ ކުރިން […]
އެތާ ހުރީ ނިޔަލް ނޫން ދެވަނަ މީހެއް ނޫނެވެ. އޭނާގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލައި ބޮޑު ނަރަކައަކަށް ހަދައިލި ނުލަފާ އިބިލީހެވެ. އޭނާގެ ކައިރީގައި ޕާޓޭ ވައްތަރު ޖަހާ ދެ މީހަކުވެސް ހުއްޓެވެ. ބަލާ ބެލުމަށް އެ އެންމެންވެސް ތިބީ ހަމަ ހެއަކު ނޫނެވެ. ދެން ވާން އުޅޭ ގޮތް އެނގުމާއިއެކު އޭނާގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. ހިފަހައްޓައިގެންހުރި ކަރުނަތައް ބަންޑުންވެ، ރޮވެން ފެށިއެވެ. “ޝްޝްޝް.. ނުރޮއެ، ކަނބުލޯ. އަހަރެން ބުނީމެއްނު؟ މަގޭ ގާތަކުން އަދި […]
ގިނަ ދުވަހަށް ދެމިގެން ދާނެ ފަދަ ހެޔޮ ކަމެއް ކުރަން ވިސްނީމެވެ. އެންމެ ރަނގަޅު ގޮތަކަށް ފެނުނީ މި ގޮތެވެ. ލޯބިވާ މަންމަ އާއި ބައްޕަގެ ހަނދާނުގައި ލޭ އަޅާ ބަލީގެ ވޭނުގައި އުޅޭ ކުދިންނަށް ހާއްސަކޮން ލޭ ހަދިޔާ ކުރާ ބޮޑު “ހޮސްޕިޓަލެ” އް އެޅުމެވެ. ބޮޑު އަގުދީފައި އެކަމަށް ސަރުކާރުން ބިމެއް ގަތީމެވެ. މިކަމުގައި އަހަރެން މަސައްކަތް ކުރަން ފެށި ކުލިނިކުގެ ވެރިޔާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނެވެ. ބިމެއް ހަމަ ޖެހިގެން ދިޔައީ […]
ގެއިން ނިކުން ނިޔާލް ޝިވާއާއި ދިމާލަށް ބަލައިލިއެވެ. އެދެލޮލުގައި ވީ އަނގުރު އަލިފާނެވެ. އެހެންނަމަވެސް ޝިވާގެ ތުންފަތުގައި ވީ ފުރިހަމަ ހިނިތުންވުމެކެވެ. މިއަދު ޝިވާ މިނިވަން ވީއެވެ. ޝިވާއަކީ މިއަދު މިނިވަނެކެވެ. އަދި ޝިވާގެ ހަނު ހުރުމުގެ ސަބަބުން ނާއިންސާފުގައި މަރުވި އެންމެނަށް އިންސާފު ލިބޭ ދުވަހެވެ. ސުވާލު ކުރާ ކޮޓަރީގައި އިން ނިޔާލްއާ ދިމާލަށް ބަލަން ނިކާލް އިނެވެ. ޕޮލިހުގައި އެހާ ގިނަ ދުވަހު އުޅުނު ނަމަވެސް ދުވަހަކު ވެސް އެއްބަނޑު އެއްބަފާ ބޭބެ ތަހުގީގު ކުރަން […]
އެއީ މީގެ ފަސް އަހަރު ކުރިއެވެ. އޭރު އަހަރެންގެ އުމުރުން ވާނީ 18 އަހަރެވެ. ރަން ވަނަ ތަކާއެކު ސުކޫލު ދައުރު ނިންމާލީ ފަޚުރުވެރި ދެވަނަ ދަރިވަރެއްގެ ގޮތުގައެވެ. ސުކޫލު ދައުރު ނިންމާލުމަށްފަހު އަހަރެން އިންގުލެންޑަށް ފުރުން ވީ އަަހަރެންގެ ދިރިއުޅުން ބަދަލު ކޮށްލި ކަމަކަށެވެ. ރުކާޝް އަކީ ތުއްތު އިރުއްސުރެ މިއަދާ ހަަމައަށް ޖެހެންދެންވެސް ދެބަސްވުމެއް ނުވާ އެކުވެރިޔާއެވެ. ކޮންމެ ކަމެއްވެސް އެންމެ ފުރަތަމަ ހިއްސާކޮށް ޚިޔާލު ހޯދާ އެކުވެރިޔާ އަކީ ރުކާޝްއެވެ. ސުކޫލު ދައުރު […]
ޔާސިންގެ ހިމޭންކަން ހުޝާމް އަށް ދެނެގަނެވުނެވެ. ނަމަވެސް ނޫރާ މިހާރު ލޯބިވަނީ ހުޝާމް ދެކެއެވެ. އެހެންކަމުން ޔާސިންގެ އިހުސާސްތަކާ ދޭތެރޭ އެއްވެސް ފަރުވާލެއް ނެތެވެ. ދެބެންގެ މެދުގައިވާ ހިމޭންކަން ކަޑުވާލަން ޔާސިރު ބޭނުންވިއެވެ. “ޔާސިން ވެސް މީހަކާ އިންނަ ހިތުން އުޅެނީ.. އެއްކަލަ ޑޮކްޓަރު މަންޖެއާ..” ޔާސިރު ހިނިގަނޑެއް ޖަހާލާފަ ބުނެލިއެވެ. “ތެދެއް… އެހެންވިއްޔާ އަހަރުން ދެމީހުން އެއްފަހަރާ ނުން ކައިވެނި ކުރަންވީ..” ހުޝާމް ގަސްދުގައި ޔާސިން ކަޑަކޮށްލަން ބުނެލިއެވެ. “އެ ދޮގެއް އަހަރެން ނޫޅެން އިންނަން.. […]
އިރުގަނޑެއް ވަންދެން ސޯފާގައި އޮވެފައި ނާއިލް ތެދުވެއްޖެއެވެ. ކޮޓަރިން ވެސް ނުކުމެފައި އޭނާ ގޮސް ވަނީ ބައްޕަގެ ކޮޓަރިއަށެވެ. ނާއިލްގެ ކޮޓަރިއަށް ވުރެ އެތައް ގުނައެއް ހައިބަތު ބޮޑު އެ ކޮޓަރީގައި އެކަކު ވެސް ފެންނާކަށް ނެތެވެ. ނާއިލް ވަކި ހިސާބަކަށް ހިނގައިފައި ދިޔަ ތަނާ އޭނާގެ ފިޔަވަޅުތައް ހުއްޓާލަން މަޖުބޫރުވިއެވެ. އެހެނަސް އަނެއްކާވެސް ފަޔަށް ބާރުލައިފައި ކުރިއަށް ހިނގައިގަތެވެ. ކޮޓަރީގެ ބިއްދޮށު ފާރާއި އަރާ ހަމަވުމުން އެކޮޅުން ދައްކަމުން ދިޔަ ވާހަކަތައް ސާފުވިއެވެ. އެ ދައްކަމުން […]
“ނިކަން އަވަހަށް އަހަރުމެން ހަނދުވަރުގެއަށް ގެންގޮސްދީ..” ރުޅި އައުމުގެ ސަބަބުން ލަމްހާމެން އަޑު ވެސް ތުރުތުރު އަޅައެވެ. ޒައިދް ލޯގަނޑުން ފަހަތުގައި ތިބި ލަމްހާމެންނަށް ބަލައިލިއެވެ. އެއާއެކު އޭނާގެ ދެލޯ ހީވީ ތަރަތަރަޖަހައިގެންދިޔަހެނެވެ. “އަދި މަގުތަކަށް ވަރަށް އާވާނެ. މަގު ބުނެލަދީ..” ޒައިދް އެއިން ގޮތަށް ލޯގަނޑުން ލޫނާގެ މޫނަށް ބަލައިލަމުން ބުންޏެވެ. “ލިންކް ރޯޑް…” ޖަވާބުދިިނީ ލޫނާއެވެ. ހިނިތުންވެލަމުން ޒައިދް ކާރުދުއްވާލިއެވެ. ކޮން މަގެއްހޭ އޭނާ އެހީ އެ ގެ ނޭންގޭތީއެއް ނޫނެވެ. “ހަނދުވަރު” ގެ […]
ޔާސިން ޔަޝްފާގެ އަތުގައި ހިފާލުމަށްފަހު ޔަޝްފާގެ ދެލޮލަށް ބަލާލިއެވެ. “އާރ ޔޫ އޯކޭ؟” ޔާސިން ފުރަތަމަވެސް އަހާލީ ޔަޝްފާ ކިހިނެއްތޯއެވެ. އޭނާ މަރާ ހަގުރާމަ ކުރި ހަދާނެއްވެސް ނެތް ކަހަލަ އެވެ. “އަހަރެން ރަގަޅުތޯތަ އަދިވެސް ބަލަނީ.. ޔާސިން ރަގަޅުތަ؟ ބޮލުގަ ރިއްސާތަ؟ ” ޔަޝްފާ ޔާސިން ބޮލުގައި ފިރުމާލަމުން އަހާލިއެވެ. “ހޫމްމް.. ވަރަށް ރަގަޅު.. ރޭގަވެސް އެކަން އިނގޭނުން…” ޔަޝްފާ ރޭގަވީ ކަންތަކާ ދޭތެރޭ ދެކޭގޮތް ބަލަން ޔާސިން ބޭނުންވިއެވެ. “ރޭގަ ކިހިނެއްވީ؟ އަހަންނަށް ރޭގަ […]