Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ސިހުރު

EXO
EXO Level 210 Stories100 Login
September 28, 2024 4 Mins Read
0 Comments

ގިނަ މީހުން ގަބޫލްކުރާގޮތުންނަމަ ސިހުރަކީ ވާއެއްޗެއްނޫނެވެ. ނަމަވެސް އެކަން ދެކި އަތުން ހިފައި އެކަމުގެ އަސަރު ކޮއްފައިވާ މީހުންވެސް މަދެއްނޫނެވެ. މިކަން އެންމެ ގާތުން ތަޖުރިބާކޮއްފައިވަނީ އަހަރެންގެ އެކުވެރި އަޝްރަފްއެވެ.

އަޝްރަފްއަކީ ކެރޭ ޒުވާނެކެވެ. އަތޮޅުތަކަށް ދަތުރުކޮއް މީސްމީހުންނާ ގުޅި ސަކަރާތްޖަހާ އެކުވެރިކަން އާލާ ކުރާ އެތައް އަންހެނުންނެއްގެ ހިތްތައް ދަމައިގަނެފައިވާ މީހެކެވެ. ލޯބީގެ ގޮތުން އަދި އަޝްރަފް މީހަކާ ގުޅޭކަށް ނުވިސްނައެވެ. ޒުވާން އުމުރު ހޭދަކުރަމުން އަންނަނީ މުޅިންވެސް މަޖާ ކުރުމުގައެވެ. މިގޮތައް ދުވަސްތައް ގުނަމުންދަނިކޮށް އަޝްރަފް އެންމެ ދާހިތްވާ 2 މަންޒިލްކަމަށްވާ ހުވަދު އަދި އައްޑޫ އަތޮޅަށް ދަތުރުކުރަން ލިބުނެވެ. ވެފައި ހުރި އުފަލުން އަވަހަށް ދަތުރަށް ތައްޔާރުވެ ފުރަން ދިޔައެވެ. އެންމެ ފުރުތަމަވެސް ހުވަދު އަތޮޅަށްށެވެ. އެ އަތޮޅުގައި އޭނާ މަސްދުވަހު މަޑުކުރަން ބޭނުންވިއެވެ. އަދި ރަށްރަށު މީހުންނާ ބައްދަލްކޮއް އެކުވެރިކަން އާލާ ކުރަން ދަތުރުތަށް ފަށައިގަތެވެ. ދެތިން ރަށަކަށް ދަތުރުކޮއް ރޭކުރަން ރަށެއްގައި މަޑުކޮއްލިއެވެ. ގެސްޓްހައުސް އެއް ހޯދުމަށް އެކި މީހުންކައިރީ އަހަމުން ދަނިކޮއް މުސްކުޅިވަރެއްގެ މީހަކު އައިސް އަޝްރަފް އެގޭގައި ބަހައްޓާދެވިދާނެ ވާހަކަ ބުނެލިއެވެ. އެމީހާއާއެކު އަޝްރަފް އެގެއަށް ދިޔައެވެ. އަދި ވަނުމުން މަރުހަބާ ކިޔާ މެހެމާންދާރީ އަދާކުރީ އޭނާގެ އަންހެން ދަރިފުޅުވެ. އެކުއްޖާއަކީ އަޝްރަފް ދުވަހަކުވެސް ދެކިފައި ނުވާފަދަ ރީތި ކުއްޖެވެ. ލޫޅާފަތި ރީތި ހަށިގަނޑެއްލިބިފައިވާ ކަޅުހެދުމުން ފޮރުވިގެންވާ ކުއްޖެކެވެ. އެކުއްޖާ އަޝްރަފް ނިދަންވާ ކޮޓަރި ދެއްކިއެވެ. އަދި ކާން ތައްޔާރުކުރަނީކަމަށް ބުނެ ބަދިގެއަށް ދިޔައެވެ. އަޝްރަފްއަށް ނުހުރެވިގެން މުސްކުޅިބޭ ކައިރި ސުވާލުކޮއް ކުއްޖާއާ ބެހޭ މައުލޫމާތު އޮޅުންފިލުވަންފެށުއެވެ. އެ ބޭ ކިޔާދޭންފެށިއެވެ.

” އަހަރެންގެ ދަރިފުޅަކީ އެކަނިވެރިއެވެ. އޭނާ މައި މީހާވަނީ އޭނާ ވިހެއުމުގެ ތެރޭގައި މަރުވެފައެވެ. އޭނާ ބަލާ ބޮޑުކުރީ އަހަރެން އެކަންޏެވެ. މިއަދު އަހަރެން އޭނާއަށް އެއްވެސް ދެރައެއްލިބޭކަށް ބޭނުމެއްނޫނެވެ. ކޮއްކޮ ބޭނުމިއްޔާ ވާހަކަ ދައްކައިގެން ކުރިއަށްގޮސް އޭނާ ހިތްރުހެންޏާ ކައިވެނި ކުރާށެވެ. ބޭބެގެ އެއްވެސް މައްސަލައެއްނެތް އެކަމު ހަނދާންކޮއް އޭނާއަށް ދެރައެއްނުދޭތި ”

މިވާހަކަތައް އަޑުއަހާފައި އަޝްރަފް ބަދިގެ ފަރާތަށް ގޮސް އެކުއްޖާއާ ވާހަކަ ދައްކައިގެން ހިތްރުހުން ހޯދިއެވެ. ދެމީހުން އުފަލުގައި ވަގުތުތައް ގުނަމުން ގޮސް ދަންވެއްޖެއެވެ. ނަމަވެސް އެކަކު އަނެކަކު ލޮލަށް ނިދި ނާންނަނީސް ޝައިތާނާ ދެމީހުންތެރެއަށްވަދެ މަސްތީ އުފާތަކަށް ދެމީހުން ގަންބާލިއެވެ. އެދުވަހަށް ފަހު ކުރެވުނު ކަންތަކާމެދު އެކުއްޖާވެސް ހުންނަނީ ލަދުންނެވެ. ނަމަވެސް ހެއްވާ ކަމަކީ އަޝްރަފް ލަދުވެސް ނުގަންނަކަމެވެ. މުޅި މަސްދުވަސް ހުސްކުރީ އެކުއްޖާ ހައްލާގެން އުފާ ހޯދުމުގައެވެ. ނުވިތާކަށް އެތައް ދޮގެއްހަދާ ކައިވެނިކުރަން ވައުދުވެ މުސްކުޅި ބޭބެއަށްވެސް އޮޅުވާލުމަށްފަހު ފިލައިގެން ފުރާގެން ދެންއޮތް މަންޒިލްކަމަށްވާ އައްޑޫ އަތޮޅަށް ދިޔައެވެ.

އައްޑުގައި އަޝްރަފް ދުވަސްތައް ހޭދަކުރަމުން ދިޔައީ ފިސާރެ އުފަލުގައިއެވެ. ހުވަދޫ އަތޮޅުން ދިމާވި ކުއްޖާމަތިން ހަނދާންވެސް ނައްތާލީ ފިސާރެ އަވަހަށްށެވެ. އެއީ ވީކަމެއްހެންވެސް ހިތަށް އަރުވާލަން ބޭނުންވެސް ނުވަނީއެވެ. ވާނީވެސް އެހެންތާއެވެ. އައްޑޫގެ ރީތި ކުދިން ފެނިފައި އޭނާވީ ހަމަ ހޭބައްޔެވެ. މިހެން އުޅުމުގެ ތެރޭގައި އަޝްރަފް ގެ ނަސީބު އަތުގައި ހިފީ އެއްރޭ ކެފޭއެއްގައި ކޮފީއެއްބޯލަން އެކަނި އިންދާއެވެ. ވަރަށް ހާސްވެފައި އިން ކުއްޖަކު މޭޒެއްދޮށުގައި އިންދާފެނުނެވެ. އެކުއްޖާއަށް ވެގެން އުޅޭގޮތް އަޝްރަފް ތެދުވެގެން ގޮސް އޮޅުންފިލުވައިލިއެވެ. އެކުއްޖާ އަޝްރަފް ކައިރިން އޭނާ ގެއަށް ލާދިނުމަށް އެދުނެވެ. އަޝްރަފް އެއްވެސް ޖެހިލުމެއްނެތި ބިލް ދައްކާ ނިންމާލުމަށްފަހު އެކުއްޖާ ސައިކަލްފަހަތަށް އަރުވައިގެން ގެއަށް ގެންގޮސްދިނެވެ. ޝުކުރު އަދާކުރުމުގެ ގޮތުން އެތެރެއަށް އައުމަށް ދައުވަތު ދިނެވެ. އެ ގެއަށްވަނުމާއެކު މަރުހަބާކީ އެކުއްޖާގެ ދެދަރިންނެވެ. އެންމެން އެއްކޮށް ވަގުތު ހޭދަކުރުމަށްފަހު އަޝްރަފް ދާން ނުކުންނަން އުޅުނިކޮއް ބޯކޮއް ވާރޭ އޮއްސާލިއެެވެ. އަދި ވާރޭ އަވަހަށް ހުއްޓާލަން ނެތުމުން އެގޭގައި އޭނާ ރޭކުރަން ދައުވަތު ލިބުނެވެ. ދަރިން ނިންދެވުމަށްފަހު އެކުއްޖާ އައިސް އަޝްރަފް އުނގަށް ވެއްޓިގަތެވެ. އަޝްރަފްގެ ހިތަށް އިސާހިތަކު ޝައިތާނާ ވެރިވެގަތެވެ. ދެމީހުން މަސްތީ ވަގުތުތަށް ހޭދަކޮއް ނިންމާލުމަށްފަހު އަޝްރަފް އެގޭން ނުކުންނަން ހިނގައިގަތެވެ. އިސާހިތަކު މީހާ ހުރިތަނަށް ހުއްޓުން އެރިއެވެ. މުޅި ހަށިގަނޑުގައި ރިހެންފެށިއެވެ. ވާތަދުން ސޯފާގައި އޮށޯތުމަށް އެނބުރިގަތެވެ. ނަމަވެސް ސޯފާ ހުރި ތަނުގައި ހުރީ މަހާނައެކެވެ. އަދި މަހާނަ ކައިރީގައި ހުރީ އޭނާ ގޮވައިގެން އައި ކުއްޖާއާ އެކުއްޖާގެ ދަރިންނެވެ. އެމީހުން ތިބީ އިންސާނުންގެ ސިފައަކު ނޫނެވެ. އެއަށްވުރެ މާ ބިރުވެރި ސިފައެއްގައެވެ. އަޝްރަފް ހުރިތަނަށް ހޭނެތިގެން ވެއްޓުނެވެ.

އަޝްރަފްއަށް ހޭވެރިކަންވީ ގުރުއާން ކިޔަވާ އަޑަށްށެވެ. އެއިރު 10 މީހުން އޭނާ ގައިގާ ބާރަށް ހިފަހައްޓާން ތިއްބެވެ. މުޅި ކޮޓަރިއަށް ނަޒަރު ހިންގަމުންދަނިކޮށް އަޝްރަފް ލޮލުގައި އަޅާގަތީ ކޮޓަރި ފުރާޅު ކަނުގައި ރުޅިމޫނު ހަދައިފާވާ ކަޅު ބިޔަ ރަތް އަނގުރުފަދަ ދެލޯ ލިބިފައިވާ މަޙްލޫގްއެއް އެލިގަނެގެން އޮއްވާއެވެ. އޭތީގެ ދެ ފިޔަ ދަށުން ނުކުމެ އޭގެ ދެ ދަރިން ބޯދިކޮއްކޮއްފައި ގޮވުނު އަވުގުރާނައެއް ދިޔައީ ގޮވަމުންނެވެ. އަދި މަރުގެ އިންޒާރު ދިޔައީ ދެމުންނެވެ. އަޝްރަފްއަށް މިމަންޒަރުފެނި އަނެއްކާވެސް ހޭނެތުނެވެ. އިރުގަނޑަކަށްފަހު ހޭވެރިކަން ވުމުން ރުގްޔާ ކުރާމީހާ ދިނީ ހިތާމަވެރި ޙަބަރެކެވެ. އަޝްރަފްއަށްވަނީ ސިހުރު ޖެހިފައިކަމެވެ. އެސިހުރު ވަނީ ފިސާރެ ވަރުގަދައަށް ރައްކާކުރެވިފައެވެ. ވީމާ މިކަން ރަނގަޅުކުރަން ވަރަށް ދުވަސްވާނެކަމަށްށާ އަދި ރަނގަޅު ވަންދެން ދަތުރު ނުކުރުމަށް އިންޒާރުދިނެވެ.

އެދުވަހަށްފަހު އަޝްރަފްއަށް ދަނީ އެތަށް އުނދަގޫ ތަކެއްވަމުންނެވެ. ގައިގެ ހަން ކަޅުވެ ކުރަކިލާ އެހާވަރަށް ހިރުވައެވެ. އަދި ބިރުވެރި އެތައް ހުވަފެން ތަކެއްފެނެެވެ. ބައެއްފަހަރު ހަރުފަ ތަކެއްގެ މެދުގައި ހުންނަތަނެވެ. އަނެއްފަހަރު ގަބުރެވެ. އަޝްރަފް ކައިރީ އަބަދުވެސް މީހަކު ބަހައްޓަންޖެހެއެވެ. އޭނާ ސަކަރާތްވާގަޑީ ހިފަހައްޓަންޖެހޭތީއެވެ. ޖިންނި އަވަލާފައި ހުންނައިރު ގެންދަން ޖެހެނީ ބޮލުގައި ދެ އަތް އޮޅާލާގެންނެވެ. ގެންދާ ގަޑީ ކައިރީ މީހެއް ހުރެއްޖެނަމަ އެމީހަކާ ދިމާލަށް ހިމާރެއް ފައި އުކާހެން އުކައެވެ. އަދި ހީލާ ވަގުތު ލޮލާ ހަމައަށް މިޔަކަނު ހުންނަނީ ދަމާލާފައެވެ. ދެލޯ ހުންނަނީ ބޮޑުވެގެންގޮސް ނުކުމެފައެވެ. ބައެއްފަހަރު ފުންމައިގަނެ ފާރުގައި ތަތްވެ ގަންނާނެއެވެ. ނުނީ މީހަކު ގައިގާ އަތްލާފިނަމަ ހުރިބާރެއްލާފައި އަނބުރާ ޖަހައެވެ.

އެތައް ދުވަހެއްގެ ރުގްޔާކުރުމަށްފަހު އަޝްރަފް ފުދޭވަރަކަށް ރަނގަޅުވިއެވެ. ރުގްޔާ ކުރާމީހާ ހުރިހާ ވާހަކައެއް އަޑުއެހުމަށް ތައްޔާރުތޯ އަހާލުމުން އަޝްރަފް ބިރުންހުރެ ބޯޖަހާލިއެވެ. ރުގްޔާ ކުރާ މީހާ ކިޔާދޭންފެށިއެވެ.

” ކޮއްކޮއަށް ތި ކަންތައް ދިމާވާން ޖެހުނު ސަބަބަކީ މީހަކަށް ދެރައެއް ދިނުމުން. ކޮއްކޮ ހުވަދޫ ރަށެއްގައި ރޭކުރިއިރު ދިމާވި ކުއްޖާއަކީ ވަރަށް ދެރަކޮއް ކަންތައްތައް ދިމާވެފައިވާ ކުއްޖެއް. އޭނާގެ ބައްޕައަކީ އެރަށަށް މަޝްހޫރު ސިހުރުވެރިއެއް. ކޮއްކޮ އޭނާގެ ދަރިއަށް ދެރަކޮއްހިތާ އޮޅުވާލާ ނަޖައިޒްފައިދާ ނަގާ އެކުއްޖާއާ ކައިވެނި ކުރާނަމޭ ކިޔާފަ ފިލީމަ މިއަދު ކޮއްކޮއަށް އޭނާވަނީ ވަރުގަދަ ސިހުރެއް ހަދާފައި އެ ސިހުރުވަނީ ތިން ތަނެއްގައި ފޮރުވިފައި. ފުރުތަމަ ސިހުރު ހަދާފައި ވަނީ ކޮއްކޮއަށް ކާންދީގެން ދެވަނަ ސިހުރުވަނީ އެރަށު ވަލުތެރޭ ހުންނަ ބިޔަ ވަރުގަދަ ނިކަގަސްދޮށުގައި ވަޅުލެވިފައި ތިންވަނަ ސިހުރު ވަނީ އެމީހާ މުންޑުގައި އޮޅާފައިވާ ތަވީދެއްގައި. އަހަރެންނަށް މިހުރިހާ އެއްޗެއް ކިޔާދިނީ ކޮއްކޮއަށް އަވަލާފައިވާ އަބިޔާލް ކިޔާ ޖިންނިއާ އޭނާގެ ދަރިން. މިކަން އެންމެ ރަނގަޅަށް ނިމެންއޮތި ކޮއްކޮ އެމީހާއާ ބައްދަލްކޮއް މައާފްއަށް އެދިގެން އެއީ ދެފަރާތައްވެސް އިތުރަށް ގެއްލުމެއްވާން ބޭނުންނުވާތީ ވީމާ ސަލާމަތް ބޭނުންނަމަ އަވަހަށް އެގޮތައް ނިންމާ ބޭބެވެސް ދާނަން ކޮއްކޮއާއެކީ ”

މިވާހަކަތައް އަޑުއިވިފައި އަޝްރަފް ބާރަށް ރޮއެ ހޭރިގަތެވެ. އަދި އަވަސް އަވަހަށް ދަތުރު ރޭވުމަށްފަހު ރުގްޔާކުރާ މީހާ ގޮވައިގެން އެރަށަށް ދިޔައެވެ. ރަށަށް ފޭބުމަށްފަހު ވަރަށް ހިތްވަރުކޮއްފައި އެގެއަށް ދިޔައެވެ. ދޮރުގައި ޓަކި ދިނުމުން ހުޅުވާލީ މުސްކުޅި ބޭބެއެވެ. އެމީހާ ފުންނޭވައެއް ލުމަށްފަހު އެތެއަށް އަޝްރަފް އެކަނި ވަނުމަށް ދައުވަތުދިނެވެ. ވަރަށް ބިރުންހުރެ އަޝްރަފް އެތެރެއަށްވަނެވެ. ވަނުމާއެކު ދޮރު ޖެހުމަށްފަހު އިށީނުމަށް ބުނިއެވެ. އަދި އަޝްރަފް އައީ ކޮންކަމެއްގައިކަން އެނގޭކަމަށް ބުނިއެވެ. މުސްކުޅިބޭގެ ދަރިފުޅު އައުމުން މުސްކުޅިބެ ގެއިން ބޭރަށް ދިޔައެވެ. އަދި އަޝްރަފް ލޮލުން ކަރުނަ އޮހޮރާ ހާލު އެކުއްޖާ ގާތުން މައާފްއަށް އެދި ކައިވެނި ކުރުމަށް ހުށެހެޅިއެވެ. ނަމަވެސް އެކުއްޖާ ދިނީ އެޔަށްވުރެ ހިތާމަވެރި ޖަވާބެކެވެ. އެކުއްޖާ މައާފް ދީފާނެކަމެވެ ދުވަހަކުވެސް އަޝްރަފް ކަހަލަ މީހަކާ ކައިވެނި ނުކުރާނެކަމެވެ. ސަބަބަކީ އެކުއްޖާގެ ބައްޕަ އަޝްރަފްއާ އިނދެގެން އުޅުނަސް ކޮންމެ ވަގުތެއްގައިވެސް އަޝްރަފް މަރާލަފާނެތީއެވެ. އަދި އެއަށްފަހު އަޝްރަފްއަށް ހެޔޮ ނަސޭހަތްތައް ދިނުމަށްފަހު ދެންވެސް މީހުންނަށް ދެރަނުދިނުމަށް އެންގިއެވެ. އެއީ މިއަށްވުރެ ބޮޑު ކަމަކާ ދެންވެސް ކުރިމަތިވެދާނެތީއެވެ.

އަޝްރަފް އެގޭން ނުކުތްތަނުން މުސްކުޅިބެ އައިސް އަރާ ހަމަކޮއް ކަންފަތް ބުޑުގައި ބުނެލިއެވެ. ” އަދި ނިމުނީކީ ނޫން ކަލެއަށް އަދި ހަޓުކާ އޮތީ. ދެންވެސް މިތަނުން ދާންއުޅޭ ”

އެދުވަހަށްފަހު އަޝްރަފް ކުރަމުން އައި ދަތުރުތައް ހުއްޓާލިއެވެ. މީހުންނަށް ހެޔޮކޮއް ހިތުން ގިނަކުރިއެވެ. ގުރްއާން ކިޔަވާ ނަމާދުކުރަންފެށިއެވެ. ދިމާވި ހާދިސާގެ ފަހުން ދޭތެރެއަކުން ރުގްޔާކުރަން ޖެހެއެވެ. މިއަދު އޭނާއަށްވަނީ އުމުރަށް ހަނގުރާމަކުރަން ޖެހޭވަރު ސިހުރަކާ ކުރިމަތިލާންޖެހިފައެވެ.

  • – ނިމުނީ –

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

ހަނދުވަރު ދިން އެރޭ …3

Next

ލޯބިން ބަލާލީމާ 18

Next
September 28, 2024

ލޯބިން ބަލާލީމާ 18

Previews
September 28, 2024

ހަނދުވަރު ދިން އެރޭ …3



All Right Reserved!