ނުލިބޭނެހޭ އަލުން އެހީ (ފަހު ބައި)
ހުކުރު ދުވަހު މެންދުރު ކާން ދިޔައިރު ގަސްތުގައި ޖެނީ ގޮވައިގެން ރީޝާ ރާއިލް މެންގެޔަށް ދިޔައެވެ. ” މަންމާ ދޮންބެވެސް މީހަކާ ދެވަން ހިނގާބަލަ ދޯ ؟” ރީޝާ އަހާލިއެވެ. ” ރިއަލީ ރީޝާ ތީ މަންމަގެ ފެވަރިޓް ޓޮޕިކް އެކަމަކު އަހަރެން ވެސް އެބަ ވިސްނަން މީހަކާ އިންނަށް ” ރާއިދު އެހެން ޖެނީގެ މޫނަށް ބަލަން އެހެން ބުނުމުން ޖެނީގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔަތަން ފެނުމުން ރާއިދު އަށް ހިނިތުންވެވުނެވެ. ” ކުއްޖަކު ހޯދައިފިންތަ؟ ” ރީޝާ އަހާލިއެވެ. ” މަންމަ ހޯދާ ދީބަލަ ކުއްޖެއް ” ރާއިދު ބުނެލިއެވެ. ” ޖެނީ އެތަނުން ތެދުވެގެން ގޮސް ސިންކް ކާރީ ހުއްޓުނީ ކަރުނުން ފުރުނު ދެ ލޯ ފޮރުވުމަށްޓަކައެވެ. ކައިނިމިގެން އިލްޝާ ގޮވައިގެން ރީޝާ ދިޔައީ ނިންދަވާށެވެ. ” ރާދް ދޭބަލަ ޖެނީއަށް ޓެރެސް ދައްކާލަން ” ފަރީދާ ބުނެލުމުން ރާއިދު ބޯ ޖަހާލާފައި ސިޑި އާ ދިމާލަށް ދާން ފެށުމުން ޖެނީވެސް ގޮސް ފަހަތުން މައްޗައް އެރިއެވެ. ” މީ މަންމަގެ ގާރޑެން ވަރަށް ގަސް ހައްދާ ހިތްވާނެ މިހާ ހޫނު ގަދަ ގަޑިއެއްގަވެސް މިތަން އެހާ ހިޔާކޮށް ފިނިކޮށް މި އޮތީ މަންމަގެ ބުރަ މަސައްކަތުން ދެން މީ ބައްޕަގެ މަސް ފެންގަނޑު” ރާއިދު ޖެނީއަށް ހުރިހާ އެއްޗެއް ކިޔާދެމުން ދިޔައިރު ޖެނީގެ ނަޒަރު ރާއިދުގެ މޫނުން ވަކިނުކުރެވެއެވެ. ” ރާއިދު ހަމަ މަންމަމެން ބުނި މީހަކާ މެރީ ކޮށްފާނަން ތަ؟ ” ޖެނީ ކުރީ ރާއިދު އަޑު އަހަން ބޭނުންވި ސުވާލެވެ. ” އާން ދެން އަބަދު މިހެން ނޫޅެވެނެތާ ދޯ ؟ އަހަރެންވެސް އަހަރެންދެކެ ލޯބިވާނެ އަހަރެންގެ ކަންތައް ޝެއާރ ކުރަން މީހަކު ބޭނުން ވޭ!” ރާއިދު މަޑުމަޑުން ބުނެލިއެވެ. ” އެކަމަކު ނުވެސް ދަންނަ މީހަކާ އެކީ އުޅޭވޭނެތަ ރާއިދުއަށް؟ ” ޖެނީގެ ސުވާލުތަކުން ޖެނީ ރާއިދު ގެއްލިދާނެތީ ބިރުން އުޅޭހެން ހީވުމުން ރާއިދު ގެ ހިތް އުފަލުން ނަށަމުން ދިޔައެވެ. ” ދެން ކީއްކުރާނީ އެނޫން ގޮތެއް ނެތެއްނު ޖެނީ ބުނެބަލަ އަދިވެސް ލޯބިވޭތަ އަހަރެންދެކެ އަހަރެންނާ އިންނާނަން ތަ؟” ރާއިދު އަހާލުމުން ޖެނީ ރާއިދު އާ ދިމާލަށް ބަލާލިއެވެ. ރާއިދު ކައިރިވުމުން ޖެނީ ފަހަތައް ފިޔަވަޅު އަޅަމުން އެންމެ ކާއިރީގައި ހުރި ރޫމަށް ވަނެވެ. ” ނޫން! ނޫން! ޖެނީ ” އެއީ ރާއިދުގެ ރޫމް ކަމުން ރާއިދުއަށް ތެޅި ގަނެވުނެވެ. ދޮރު ލެއްޕުނަ ނުދީ ރާއިދު ހިފަހައްޓާލަފައި ޖެނީގެ ފަހަތުން ވަނެވެ. ރޫމުގެ އެކި ހިސާބުތަކަށް ނަޒަރު ހިނގަމުން ދިޔަ ޖެނީ އަށް އެތާ ޖެނީގެ ފޮޓޯ ހުރުމުން ފަހަތައް އެނބުރި އިސްޖަހާލައިގެން އިން ރާއިދުއާއި ދިމާލަށް ބަލާލެވުނެވެ. ” މީ ރާއިދުގެ ރޫމް ދޯ؟ ” ޖެނީ އަހާލުމުން އެ ހުރިގޮތަށް ހުރެ ރާއިދު ބޯ ޖަހާލިއެވެ. ” މިތާ ކީއްވެ އަހަރެންގެ ފޮޓޯ މިހިރީ ؟ ” ރާއިދު އިސް އުފުލާފައި ޖެނީ އާއި ދިމާލަށް ބަލާލިއެވެ. ” އަހަރެން ޖެނީ އާއި ދުރުވީ މަންމަމެން އެހެން ގައުމެއްގެ ކުއްޖެއްވީމާ ނުރުހޭނެހެން ހީވާތީ ރާލް ވެސް އެމީހުންނާ ގުޅުމެއް ނެތީމާ ނުކެރުނީ މަންމަމެން ދެރަވާނެ ފަދަ ކަމެއްކުރަން އެކަމަކު އަހަރެންގެ ހިތުން ޖެނީ ގެ ހަނދާންތައް ނުފޮހެވުނު އެހެންވެ މުޅި އުމުރު އެކަނި ހޭދަކުރަން ނިންމީ ޖެނީގެ ހަނދާނުގައި އެކަމަކު މިހާރު އަހަރެން ޖެނީ ބޭނުން ދެން ނުހުރެވޭނެ ދުރަކު މަންމަމެން ބުނީ އަހަރެން ލޯބިވާ ކުއްޖަކީ ކޮންމެ ގައުމެއްގެ ކުއްޖަކަސް އެމީހުން ރުހޭނަމޭ މަންމަ އަށް ޖެނީ ނުލާހިކު ކަމުދޭ ކުރީ ދުވަހު ބުނެވެސްފި ޖެނީ މިގެޔަށް ގެންނާށޭ ބުނެބަލަ އަންނާނަން ތަ؟ ” ރާއިދުގެ ވާހަކަތައް އަޑު އަހަން ޖެނީ އިސްޖަހާލައިގެން އިނުމަށް ފަހު ނިކުންނަން ހިނގައިގަތެވެ. ” ޖޫން އައި ލަވްޔޫ ސޯމަޗް ކަމް ބެކް ޕްލީޒް ” ރާއިދު އިއްވާލި ބަހުން ޖެނީގެ އަތްފައި ފިނިވެގެން ދިޔަ ނަމަވެސް އަވަސް އަވަހަށް އެތަނުން ނިކުމެގެން ދިޔައެވެ. ޖެނީ ނިކުމެގެން ދިޔުމުން ރާއިދުގެ ހިތުގައިޖެހުނެވެ. އިރު އޮއްސުނު އިރުވެސް ވާރޭ ހުއްޓާނުލާތީ ގެޔަށް ދާންބޭނުން ވެފައި އެކަމަކު ބުނަން ނުކެރިފައި ޖެނީ އިނެވެ. ” ޖެނީ އަދިވެސް ވަރަށް ވެހޭ އެބަ ކާރުވެސް ދުއްވޭވަރެއްނޫވޭ ވަރަށް ފެން ބޮޑުވެފައި މިރޭ މިގޭގައި މަޑުކޮށްލަން ވީއެއްނު ދޯ ” ރާއިލް އަހާލުމުން ޖެނީ ބޯ ޖަހާލިއެވެ. ” ޓެރަސްގައި ރާދްގެ ރޫމް އާ ޖެހިގެން އިން ރޫމްގައި ޖެނީ ނިދާލާ ” ފަރީދާ ބުނެލުމުން ޖެނީ ބޯ ޖަހާލިއެވެ. ނިދަންވެގެން ކުޑަ އެއް އަޅައިގެން މައްޗަށް ދިޔަ ޖެނީ އަށް ހަމަ އެކަނި ޖީންސްލައިގެން ވާރޭތެރޭގައި ރެއިލިންއަށް ލެނގިލައިގެން އިން ރާއިދުއަށް ބަލާލެވުނެވެ. ޖެނީ ގޮސް ރާއިދުގެ ކުރިމަތީގައި ހުއްޓުނެވެ. މަސްޖަހާފއި ވާ ރާއިދުގެ ރީތީ ހަށިގަނޑަށް ބަލަން ޖެނީ އަށް ހުރެވުނީ އާޝޯހްވެފައެވެ. ލޯމަރާލައިގެން އިން ރާއިދުއަށް މީހެއްގެ ހިލަމެއްވީހެން ހީވެގެން ލޯ ހުޅުވާލިއިރު ކުރިމަތީގައި ޖެނީ ހުރުމުން ގަބޫލުކުރަންވެސް ދަތިވެފައި ބަލަން އިނެވެ. ” ޖޫން ” ރާއިދުއަށް ގޮވާލެވުނެވެ. ނަމަވެސް ޖެނީ އަނގައިންވެސް ނުބުނުމުން ރާއިދު އެތަނުން ދިޔައެވެ. ނަމަވެސް ރާއިދު ދިޔުމުން ދެރަވެފައި ޖެނީއަށް ހުރެވުނެވެ. ވައި ގަދަކަމުން ކުޑަވެސް ޖެނީގެ އަތުން ދުވެގެން ދިޔައެވެ. ރާއިދު ދިޔަ ދިމާލަށް ބަލަން ހުރި ޖެނީގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ވާރޭގެ ތިކިތަކާ އެކުވެގެން ފައިބަން ފެށުމުން ޖެނީ ރެއިލިންގައި ބޯ އަޅާލިއެވެ. ” ޖޫން ހިންގާ އެތެރެޔަށް ބަލިވެދާނެ ” ކައިރިން އިވުނު ރާއިދުގެ އަޑުން ޖެނީއަށް ފަހަތަށް ބަލާލެވުނު އިރު ނުހަނު ކާރީގައި ރާއިދު ހަމަ ކުރިންވެސް އިން ގޮތަށް އިނެވެ. ޖެނީ ރާއިދުގެ ގައިގަ ބައްދާލުމުން ރާއިދުއަށް ގުޑިލަން ވެސް ނޭންގިފައި ހުރެވުނެވެ. ރާއިދުގެ އެ ދުރުކަމުން ޖެނީއަށް އިތުރަށް ރޮވެން ފެށުމުން ރާއިދުއާއި ދުރެވެލާފައި ޖެނީ ރާއިދުގެ މޫނަށް ބަލާލިއެވެ. ” ޖެނީ އެތެރެޔަށް…………” ރާއިދުއަށް ބުނެވުނީ އެވަރަށެވެ ޖެނީ ރާއިދުގެ ތުންފަތުގައި ބޮސްދިނެވެ. ރާއިދު ޖެނީގެ އުނަގަޑުގައި ހިފާ ކާރިކޮށްލާފައި ބައްދާލިއެވެ. ” ޖޫން މައި ލަވް އަހަރެންނަށް މާފު ކުރީތަ؟ ” ރާއިދު އަހާލުމުން ޖެނީ ދުވެފައި ގޮސް ރޫމަށް ވަނެވެ. ދެންމެ ކުރެވުނު ކަމަކުން ޖެނީ ހުރީ ލަދުން މަރުވާވަރުވެފައެވެ. މޫނުގައި ތުވާލި އަޅާލަމުން މޫނު ފޮރުވާލީ ލޯގަނޑުން ފެންނަން ހުރި އަމިއްލަ މޫނަށް ބަލަން ނުކެރިގެންނެވެ. ޖެނީ ދިޔުމުން ކުރެވުނު ކުޑަ އުއްމީދުވެސް ގެއްލި ރާއިދު މުޅިން މާޔޫސް ވިއެވެ. ޖެނީ ދިޔައީ ލަދުން ނަމަވެސް ރާއިދުއަށް ހީކުރެވުނީ ޖެނީ ދިޔައީ ރުޅިންކަމަށެވެ. ކަބަޑުގައިން ބާރތްރޯބް ލުމަށް ފަހު ލައިގެން ހުރި ހެދުންތައް މެށިނުން ހިއްކާލުމަށްފަހު ހިއްކަން އަޅާލަމުން ޖެނީ ނިދާލީ ވަރަށް އުފަލުން ހުރެއެވެ.
” މަންމާ މިރޭ ހާދަ ފަޅޭ ދޯ މިގެ އިލްކޮ ނެތީމާ ދޮންބެދައްތަވެސް ނިދީތަ؟ ” ލާރާ ނަސީމާ ކާރިން އަހާލިއެވެ. ” އާން ދަރިފުޅާ ފިނި ރެއެއްނު އެހެންވެ ނިދީ މަންމަވެސް މިދަނީ ދެން ނިދާލަން ކަމެއް ބޭނުން ވެއްޖެއްޔާ ގޮވާލާތި ހެނދުނު ތެދުވަންވެސް ޖެހެއެއްނު މާދަމާ ނަން ކިޔާ ދުވަސްވީމާ އެންމެން އަންނާނެ ވަރަށް ހެނދުނު ” ނަސީމާ ލާރާގެ ބޮލުގައި ފިރުމާލާފައި ނިކުމެގެން ދިޔައެވެ. ނިދި ނައަންނާތީ ކާން ކުދި ގުޅަ ދަޅާއި ފެން ފުޅި ހިފައިގެން އައިސް ވަން ލާރާ ސިއްސައިގެން ދިޔައީ ރޫމް ކުޑަދޮރުން މީހަކު އެތެރެޔަށް ފުންމާލުމުންނެވެ. އަތުގައި ހުރި އެއްޗިހިތައް ސޯފާ ކައިރީގައި އިން މޭޒުމަތީ ބެހެއްޓުމަށްފަހު ދޮރު ކައިރިޔަށްގޮސް އެތާ ހުރި މީހާގެ މޫނުމަތީގައި ލާރާ ޖެހިއެވެ. ” ކީއްވެ އަހަރެން ދޫކޮށްލާފައި ދިޔައީ އަޔާއަކަށް ނޭންގޭތަ އަހަރެން ދެރަވާނެ ވަރު މިސްވާނެވަރު ކީއްވެ ކީއްވެ ލާރާ އަޔާޒްގެ މޭމަތީގައި ތަޅަމުން ދިޔައެވެ. ” އަޔާޒް ލާރާގެ އަތުގައި ހިފާލިއެވެ. ” ކީއްވެ ތި ތަޅަނީ ؟ ” އަޔާޒް ލާރާގެ އަތުން ދޫކޮށްލިއެވެ. ” އަހަރެން ދޫކޮށްލާފަ ފިލީމައެއްނު ” އަޔާޒް އާއި ދިމާލަށް ބަލަން ހުރުމަށްފަހު އަޔާޒް އާއި ލާރާ ދުރުވެލިއެވެ. “ނުލިބޭނެހޭ އަލުން އެހީ ނުރުހިފަ ތިހެން ނުދާށޭ……އެލަވައިގެ އެތަންކޮޅު އަޔާޒް ކިޔާލީ ގޮތުން ލާރާގެ ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރިއެވެ. ” ސޮރީ ލާރާ އަހަރެން… ” އަޔާޒް އަށް ބުނެވުނީ އެހާވަރަށެވެ. ލާރާ އަޔާޒްގެ ގައިގަ ބައްދާލުމުން އަޔާޒްއަކަށް އިތުރު އެންމެ ލަފްޒެއް ވެސް ނުބުނެވުނެވެ. އަޔާޒް ލާރާ ގައިގަ ދެއަތް ވަށާލާ ބާރަށް ބައްދާލިއެވެ. “އަޔާއަށް އަހަރެންގެ އެހީ މުޅި އުމުރަށްވެސް ލިބޭނެ. އަޔާ ތި ދިޔައީ ކުރެވުނު ކަންތަކާ ގިލްޓީ ފީލްވެގެން ދޯ ؟ އެކަމަކު އަހަރެން އަޔާއަށް މާފުކުރިތާ ކޮންދުވަހެއް އެކަމަކު އެވާހަކަ ނުވެސް ބުނެވޭ ދޯ މާ ބޮޑައް ދުރުކޮށްލެވުނީ އޭ ދެން ނުވާނެ އެހެންނެއް ސޮރީ އަހަރެންގެ ފަރާތުންވެސް ” ލާރާ ބުނެލީ ދުރުވެލަމުންނެވެ. ” އަހަރެންނަށް އިނގޭ އަޔާ އަށްވީގޮތް އެވަގުތު ބޭބީ ބޭނުންނުވީ އެއީ އަހަރެމެން ދެމީހުންގެ ގުޅުން ރަގަޅުވީ ދުވަސްކޮޅުވީމާ އަޔާ ބޭނުންވީ އަހަރެން ގޮވައިގެން އެކިތަންތަނަށް ޓްރެވެލްކޮށްލާ ހަދަންކަން އެކަމަކު ޕްރެގްވުމުން އެ ހުރިހާ ޕްލޭންއެއް ފެނަށް ދިޔައީ އެހެންވެ އަޔާ ހިތްހަމަނުޖެހިފަ ހުރީ އެކަމަކު ފަހުން ފަހުން އަޔާ އަހަރެންނަށް ހާދަ ކެއާރކުރިއޭ ކާއެއްޗިހި ގެނެސްދީ ވިހަން ބޭނުންވާ އެއްޗިހި ގަތީވެސް އަޔާއެއްނު ބޭބީއަށްޓަކާ ރޫމް ހަދާ އަހަރެންނާ އެކީ ޑޮކްޓަރަށް ގޮސް ހިނގާލަންގޮސް އަޔާހުރީ ކުރެވުނު ކަންތަކާ ދެރަވެފަކަން އެދުވަހު ހޮސްޕިޓަލްގަ އަޔާ ރުއީމާ އަހަރެންނަށް އެނގުނު އަޔާ ހަނދާންވޭތަ އެންމެ ފުރަތަމަ ހިނގާލަން ދިޔަރޭ އެރޭ އަހަރެން މަގުމަތީގައި ހަގްކުރީމެއްނު އެއީ އަހަރެން އަޔާއަށް މާފުކުރި ރޭ އަޔާ ހަމަ އަހަރެމެން ދޫކޮށްލާފައި ދިޔައިރު އެއްވެސް އެއްޗެއް ހިތަކަށް ނާރާތަ؟” ލާރާ ދެރަވެލާފައި އަހާލިއެވެ. “ނޫން ވަރަށް ދެރަވި ވަރަށްހިތްވަރުކުރަން ޖެހުނު މިރޭވެސް ހަމަ މިސްވާވަރުނެ ކެތްނުވެގެން މި އައީ ލާރާ ހިނގާބަލަ އޮށޯވެލަން އަދި ނުވާނެ އެހާ ގިނަ އިރު ކޮޅަށް ހުންނާކަށް” އަޔާޒް ބުނެލިއެވެ. “ނޫން އަހަރެން ނިދާއިރަށް އަނެއްކާ އަޔާ ފިލާނެ ” ލާރާ ބުނެލުމުން އަޔާޒް އަށް ހެވުނެވެ. ” ނުދާނަން ތި ދެމީހުން ދޫކޮށްލާފައެއް ދެން ދުވަހަކުވެސް ” ލާރާ އެނދުމަތީގައި ނިދާފައި އޮތް ދަރިފުޅު ނަގާ އުރާލިއެވެ. ” އަޔާ އަދި ނުވެސް ދެކެމެއްނު ދަރިފުޅު ” ލާރާ އަހާލުމުން އަޔާޒް ބޯ ޖަހާލިއެވެ. ” ލާރާ ބުނީމެއްނު ޕްރެގްވީމާ އެހެން ހަދާފަ ބޭބީ ބަލަން ނޫޅެއްޗޭ އެހެންވެ ދެރަވެގެން ދިޔައީ ރިސޯޓް ސައިޓަށް ” އަޔާޒް ޖަވާބު ދިނެވެ. ލާރާ ދަރިފުޅު އަޔާޒްގެ އަތަށް ދިނުމުން އެކުޑަ މޫނުގައި ބޮސް ދިން އިރު އަޔާޒްގެ ލޮލުން ކަރުނަ ހިލުނެވެ. ” އަޔާ އައިލަވްޔޫ ” ލާރާ އެހެން ބުނެލުމުން އަޔާޒް ލާރާ އޭނާގެ ގަޔާ ކާރިކޮށްލާފައި ލާރާގެ ނިތްކުރީގައ ބޮސް ދިނެވެ. ” ލާރާ ގޮސް ބޭބީ އެނދުގައި ބާއްވާފައި އޮށޯތުމުން އަޔާޒްވެސް ލާރާގެ ކައިރީގައި އޮށޯވެ ފަހަތުން ބައްދާލިއެވެ. “މާދަން ބޭބީއަށް ނަން ކިޔާ ދުވަސް އަޔާ ނަމެއް ބުނެބަލަ ” ލާރާ އަހާލިއެވެ. ” އަޔާނީ” އަޔާޒް އަށް ބުނެވުނެވެ. ” އުންހޫ އަޔާ އާ ބޭބީ ވައްތަރީވެސް ދެން މަށާ ގުޅޭ ނަމެއް ކިޔާނީ ” ލާރާ ބުނެލުމުން އަޔާޒް ހީލިއެވެ. ” އަސްލުވެސް ހާދަ ވައްތަރޭ މިހާ ވަރަކަށް ދެން ގާރލްއެއް ބައްޕަޔާ ވައްތަރުވާނީ ދޯ އެހެން ވީމާ ޔައިރާ ކިޔަމާ ” ވާވް ވަރަށް ރީތި ނަމެއް ފާސްކުރަން ކަންނޭންގޭ ޖެހޭނީ ދޯ؟” ލާރާ އަހާލިއެވެ. ” ނޫން ފާސްކޮށްފަ އޮތް ނަމެއް އަހަރެން ބެލީމޭ” އަޔާޒް ޖަވާބު ދިނުމުން ލާރާ ފައިނަލް ކަމަށް ބުނެލިއެވެ. ” ދެން ދުވަހަކުވެސް ނުދާތި އެހެން އަހަރެން މޮޔަވެދާނެ އަޔާ އަށް އިނގެއެއްނު އަހަރެން އަޔާ ދެކެ ލޯބިވާވަރު” ލާރާ އަނެއް ފަރާތައް އެނބުރި އަޔާޒް ގެ މޫނަށް ބަލާލިއެވެ. އަޔާޒް ލާރާގެ ތުންފަތުގައި މަޑުމަޑުން ބޮސް ދިނެވެ. ” ދުވަހަކުވެސް ނުދާނަން ” އަޔާޒް ލާރާ އޭނާގެ ގަޔާލާ ބޮނޑިކޮށްލިއެވެ. އެހެން ތިބެ އެތައް ދުވަހެއް ފަހުން ދެމީހުންނަށްވެސް އެކަކު އަނެކަކުގެ އަތުތެރޭގައި ނިދުނެވެ.
ހެނދުނު ހެނދުނާ ލާރާމެންގެޔަށް އައިސް އެންމެން ވެސް ތައްޔާރުވަމުން ދިޔައީ 7 ދުވަސް ވުމުން ނަންކިޔާ މުޅި އާއިލާ އެކީ ސައި ބޯލުމަށެވެ. ” ނަސީމައްތާ އަދިވެސް ލާރު ނު ތެދުވަނީ ތަ؟” ރީނާ އަހާލިއެވެ. ” މިހާރު ހޭލަފާނެ “އެމަންޖެ ވަރަށް މޮޅުވާނެ ދަރިފުޅު ގެންގުޅެން ވެސް މިހާރު ތިއްތިވެސް ކޮށްފާނެ ދޭ ބަލަ ގޮވައިގެން އަންނަން” ނަސީމާ ޖަވާބު ދިނެވެ. “މަންމާ ޔާނާއަށް ބަލައްޗޭ ހޭލާ އެއޮތީ ޔާން އޮތީ ނިދާފަ އެބަ އަންނަން ލާރު ގޮވައިގެން ތިރިޔަށް ” ރޫމަށް ވަން ރީނާ އަށް ފެނުނު މަންޒަރުން ދެ ލޯ ބޮޑުވެގެން ދިޔައެވެ. ” އެންމެ ފުރަތަމަވެސް ފޯނުން ފޮޓޯއެއް ނަގާ ލަޔާން އަށް ފޮނުވާލިއެވެ. ދެން އަތަށް ފެން އެޅުމަށް ފަހު ދަރިފުޅުގެ ގަޔަށް ނުދާނެހެން ދެމީހުންގެ މޫނަށް ފެން ޖަހާލިއެވެ. ދެމީހުން ތެޅިގެންފައި ތެދުވިއެވެ. ” ރީން ކީއްކުރަނީ މިހާ ފަތިހު؟” ލާރާ އަހާލިއެވެ. ” ފަތިހޭ 9 ޖަހާ ބޮޑުވެއްޖެ ކަމަނާގެ މައިދައިތަ ބުނީ މިހާރު ތެދުވެ ދަރިފުޅު ރީތި ވެސް ކޮށްފާނެޔޭ އެކަމަކު މި އޮތީ ދެފައި ދަމާ ނިދަން އަހަރެން ކަމަނާގެ މައިދައިތައަށް ދައްކާނީ ކޮން މޫނެއް” ރީނާ ދަރިފުޅު އުރާލަމުން ބުނެލިއެވެ. ” ރީން ގަނޑާ ދާން އުޅޭ މިތަނުން ” ލާރާ ބާރަށް ބުނެލިއެވެ. ” ހޫން މަ ގޮސް ދާނަން ތިރިޔަށް އަންނަ ހިޔާލެއް ނެތް ދޯ؟ އެކަމަކު އަދި ދުވަސް ކޮޅެއް ޖެހޭނެ ކެތްކޮށްލަން “ރީނާ ބުނެލި އެތިން އަޔާޒްވެސް ލަދުން އިސްޖަހާލިއެވެ. ” މަންމާ މި ރީން ނެރޭ މި ތަނުން” ލާރާ ހަޅޭލަވައިގަތެވެ. ” ދަރިފުޅާ ކިހިނެތްވީ އެތެރެޔަށް ވަން ނަސީމާގެ ދެލޯވެސް ބޮޑުވެގެން ދިޔައެވެ. ” އަޔާޒް ދަރިފުޅު ކޮން އިރަކު އައީ ؟ ކޮންތާކަށް ދިޔައީ؟ ކީއްވެ ދިޔައީ؟ ” މަންމާ ދެން އެވާހަކަ ނުދައްކާ އަޔާ މިހިރީ އައިހެއްނު ” ލާރާ ޖަވާބު ދިނެވެ. ” ނަސީމައްތާ ހިންގާ މި ދެމީހުން މިއަދު އެނދުން ތެދުވާނެހެނެއް ހީޔެއް ނުވޭ ” ރީނާ ދެންވެސް ދިމާކޮށްލިއެވެ. ” މަންމާ ހެޔޮނުވާނެ މި ރީން ގޮވައިގެން ދޭ މިތަނުން ” ލާރާ ހީލާފާއި ބުނެލިއެވެ. ” އޯކޭ އަހަރެން މި ދަނީ މި އޮތީ ތި ދެމީހުންގެ ދަރިފުޅު އަންނަ ހިތްނުވިޔަސް ބޭބީ ރީތިކޮށްލަދީ ” ލާރާ ބާލީހެއް ނަގާ ރީނާ އާއި ދިމާލަށް އެއްލިއެވެ. ރީނާ ހީލާފައި ނަސީމާގެ އަތުގައި ހިފާލައިގެން ނިކުތެވެ. ” ހާދަ އަޑު ގަދަވީ މަތީގާ ކިހިނެތްވީތަ؟ ” މަރީނާ އަހާލިއެވެ. ” މަންމަގެ ދަނބި ދަރިފުޅު އައީ އެއްނު އެކަމަކު ނެތް ސުވާލެއް ކުރެވޭކަށް އޭނާގެ އަންހެނުން މަނާ ކުރީ ދޯ ނަސީމައްތާ؟” ރީނާ ބުނެލުމުން މަރީނާ ވަރަށް އުފާވިއެވެ.
” އަހަރެން ބެބީ ފެންވަރުވައިގެން އައީމާ އަޔާ ދޭ ފެންވަރަން މިއަދު ތިން މީހުން ވެސް ލާނީ ވައިޓް ހެދުން ދޯ ” ލާރާ ބުނެލުމުން އަޔާޒް ހީލިއެވެ.
ގެޔަށް ދާން ތައްޔާރުވެގެން އިން ޖެނީ އާއި ދިމާލަށް ރާއިދު ބަލާވެސް ނުލައި ނިކުމެގެން ދިޔައެވެ. ރާއިދު އެހެން ކަންތައް ކުރުމުން ޖެނީގެ ހިތަށް ތަދުވިއެވެ. ރޭގަ ރާއިދު ކުރި ސުވާލުގެ ޖަވާބު ނުދެވޭކަން ޖެނީ ހަނދާންވެސް ވުމުން ރާއިދުއަށް ވީ ގޮތް ޖެނީއަށް އެނގުނެވެ ވި އެންމެ އަވަހަކަށް މާފުކުރި ވާހަކަ ބުނަން ޖެނީ ނިންމިއެވެ.
ލާރާ ދަރިފުޅު ރީތިކޮށްލާ ފީޑް ކޮށްލާފައި އަޔާޒް ފެންވަރައިގެން ނިކުމެ ތައްޔާރުވުމުން އަޔާޒް އަތައް ދަރިފުޅު ދީފައި ތައްޔާރު ވާންފެށިއެވެ. ” އަޔާ ހާދަވަރަކަށް ތި ބަލަނީ؟” ލޯގަނޑު ކުރިމަތީގައި ރީތިވާން އިން ލާރާ އަހާލިއެވެ. ” ރީތި ކަމުން ހަމަ ބެލެނީ އޭ ” ދަރިފުޅު އެނދުގައި ބާއްވާލާފައި ފަހަތުން ގޮސް ލާރާގެ ގައިގަ އަޔާޒް ބައްދާލިއެވެ. ” ލަވްޔޫ ސޯމަޗް ބޭބީ ” އަޔާޒް ލާރާގެ ކޮލުގައި ބޮސްދިން ވަގުތު ބޭބީ ރޯލިއެވެ. ” މަންމި އާ ބައްޕި ކައިރިވީމާ ޖެލަސްވީތަ ދޫނީ އަޔާޒް ދަރިފުޅު އުރާލަމުން ބުންޏެވެ. ” ހިންގާ އަނެއްކާ ރީން ނައަންނަނީސް ދާން ” ލާރާ ބުނެލުމުން އަޔާޒް ލާރާގެ އަތުގައި ހިފާލައިގެން ދިޔައެވެ. ” ތިއްތިބޭ! ކޮން އިރަކު އައީ؟” އަޔާޒް ފެނުމުން ރީޝާ ހައިރާންވީ ވަރުން އަހާލިއެވެ. ” ރޭގަ ހެން ހީވަނީ އެކަމަކު އެއްވެސް ސުވާލެއް ކުރުން މަނާ” ރީނާ ޖަވާބު ދިނެވެ. ” އަޔާ އައުމުން ނިމުނީ ” ރީޝާވެސް ރީނާ އާއި ބައިވެލީމާ ލާރާ އެ ދެމީހުންނަށް ލޯ އަޅާލިއެވެ. ޖެނީ ގޮސް ކުޑަކޮށް ލާރާގެ ގައިގަ ބައްދާލިއެވެ. ” އައިޝަތު ޔައިރާ އަޔާޒް ” ރީތިތަ؟ އަޔާޒް އަހާލުމުން އެންމެންވެސް ވަރަށް ރީތިކަމަށް ބުންޏެވެ. އެންމެން މަޖާކޮށް ކަމުން ދިޔައެވެ. ލާޔާން ވެސް އަޔާޒް ފެނުމުން ވާހަކަ ފެށިއެވެ. ރީޝާ ލާރާގެ ކަންފަތް ދޮށުގައި ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ. ” ރިޝް ރާއިދު ދަނީދޯ ؟” މަޑުމަޑުން ޖެނީ އަށް އެކަނި އިވޭ ވަރަށް ލާރާ އަހާލިއެވެ. ” އާން ދަނީ ބުނީ ދެން ނޭންގެޔޭ އާދެވޭނެ ދުވަހެއްވެސް ހީވަނީ ކަމަކާ ވަރަށް ދެރަވެފަހެން ހުރީ” ރީޝާވެސް ބުނެލީ ދެރަވެލާފަ ކަމަށް ހަދާފައެވެ. ” ދޮންބޭ ކޮބާ ގަޑި ޖެހެނީ އޭ އަވަހަށްދޭ ބަލަ ” ރީޝާ ބުނެލިއެވެ. ރާއިދު ދާން ފެށުމުން ޖެނީގެ ހިތުގެ ހިނގުންވެސް ބާރުވެގެން ދިޔައެވެ. ” ރާއީ ޕްލީޒް ނުދޭ ” ޖެނީ އަށް ބާރަށް ބުނެވުނެވެ. ޖެނީގެ އަޑަށް ހައިރާންވެގެން ރާއިދުއަށް ބަލާލެވުނެވެ. ” ކީކޭ ؟” ރާއިދު އަހާލިއެވެ. ” ކީއްވެ އެހާ ދުރަށް ތިދަނީ ރޭގަ ވެސް ރާއީ އަކަށް ނޭގުނުތަ އަހަރެން ބޭނުންވާ ގޮތެއް” ދުރަށް ދަނިއޭ ޖެނީ ބުނެލުމުން ހައިރާންވެފައި ފަހަރަކު މީހަކަށް ރާއިދުއަށް ބެލުނެވެ ލާރާ އެއްލޯ މަރާލުމުން ރާއިދުއަށް ޕްލޭނެއްކަން އެނގުމުން ހީލެވުނެވެ. ” ކީއްވެ ނުދާންވީ ކާކަށްޓަކާ؟ ” ރާއިދު އަހާލި ހަރުކަށި ގޮތުން ޖެނީގެ ލޮލުން ކަރުނަ ހިލުނެވެ. ރާއިދު ފަސް އެނބުރުމުން ޖެނީ ގޮސް ރާއިދުގެ އަތުގައި ހިފާލިއެވެ. ” ރާއި ހެޔޮނުވާނެ ނުދޭ އައި ސްޓިލް ލަވްޔޫ ” ޖެނީ ބުނި ޖުމްލައިން ރާއިދުގެ ފައިގަ ކަސްތަޅު އެޅުވުނު ކަހަލަ އިހްސާސެއް ވެގެން ދިޔައެވެ. އަނެއް ފަރާތަށް އެނބުރި ޖެނީ އާ ދިމާލަށް ބަލާލީ ލޯބިންފުރިގެންވީ ބެލުމަކުންނެވެ. ” ކީކޭ އަޑެއް ނީވުނު ؟” ރާއިދު ދެންވެސް ބުނެލިއެވެ.
” އައި ލަވްޔޫ ރާއި ” ރާއިދު ޖެނީ އާއި އިތުރަށް ކާރިވެލިއެވެ. ” ބާރަށް ބުނެބަލަ ތިބުނާ އެއްޗެއް ” ރާއިދު ދެންވެސް ބުނެލިއެވެ. ” އައި ލަވްޔޫ ރާއީ! އައި ލަވްޔޫ ރާއީ! އައި ލަވްޔޫ ރާއީ! އައި ލަވްޔޫ ރާއީ!” ޖެނީ ބާރަށް ބުނެލިއެވެ. ” ސޮރީ އެންމެން އެކަމަކު ދެން ކެތެއް ނުކުރެވޭނެ ވަރަށް އިންތިޒާރު ކުރެވިއްޖެ ” ރާއިދު ޖެނީގެ ގައިގަ އެންމެންގެ ކުރިމާތީގައި ބައްދާލިއެވެ. ޖެނީ ލަދުން ދުރުވުމުން އެންމެންނަށް ހެވުނެވެ. ” ފައިނަލީ މަންމަ ބޭނުންވީ ޅީދަރި ލިބެނީ އޭ ދޯ ؟ ރާއިލް ބުނެލިއެވެ. ” މަންމަ އެއްނޫނޭ ދޮންބެގެ ޖޫން އަކީ ޖެނީ އޭ ” ރީޝާ ބުނެލުމުން ރާއިލްގެ އިތުރުން ރާއިދުގެ ދެލޯވެސް ބޮޑުވިއެވެ. ” ލާރު ދޯ ބުނީ ” ރާއިދު އަހާލިއެވެ. ” އުނހޫ މަށެއް ނުބުނަން ” ލާރާ އަވަސްއަވަހަށް ބުނެލިއެވެ. ލާރާ އެ ދެމީހުންގެ ވާހަކަ އެންމެންނަށް ކިޔާ ދިނެވެ. “ރާދް ކީއްވެ އެހެން ހީކުރީ މަންމަމެންނަށް ދަރިފުޅުގެ އުފަލަށްވުރެ އެއްވެސްކަމެއް މުހިމެއް ނުވާނެ” ފަރީދާ ބުނެލީ ޖެނީގައިގަ ލޯބިން ފިރުމާލާފައެވެ. ” މިދަނީ އެއާރޕޯޓަށް ” ރާއިދު ބުނެލުމުން ޖެނީގެ ހިތުގައި ރިއްސާލިއެވެ. ” އަދިވެސް ފުރަނީ ތަ؟ ” ޖެނީ އަށް އަހާލެވުނެވެ. “އެއަރޕޯޓަށް ދަނީ ހަމައެކަނި ފުރަންތަ؟ މިދަނީ ރީންގެ މަންމައާއި ބައްޕަ ބަލައޭ ލަޔާން އާއެކީ ” ރާއިދު ޖެނީގެ ނޭފަތުގައި ހިފާލިއެވެ. ” އެކަމަކު ލާރާ އާއި ރިޝް ބުނީ ރާއި ދަނީ އޭ ދެން އާދެވޭ ދުވަހެއް ވެސް ނޭންގެޔޭ ދެރަވެފައޭ ހުރީ ” ޖެނީ އެނބުރި ބަލާލުމުން ލާރާ އާއި ރީޝާ އައިސް ޖެނީގެ ގައިގަ ބައްދާލިއެވެ. ” އެހެން ނުބުނި ނަމަ ތި ދުލުން އެއްބަސްވާނެ ތަ ރާއީ ކުރިމަތީ އަދިވެސް ލޯބިވާކަމަށް ” ލާރާ އަހާލުމުން ޖެނީ ދެމީހުންގެ އަތުގައި ދެ ބޮނޑި އަޅާލިއެވެ. ” ދޮންބެ ދޭ ޖެނީ ގޮވައިގެން ވާހަކަ ދައްކާލަން އަހަރެން ގޮސްދާނަން ލަޔާން އާ އެކީ ” ރާއިލް ބުނެލުމުން ރާއިދު ބޮލުގައި އަތް ހާކާލިގޮތުން އެންމެންނަށް ހެވުނެވެ. ” ދޮންބޭ ރޭގަ ކޮންކަމެއް ވީ ވާހަކަ ތަ ޖެނީ އެ ބުނީ ރޭ ނުލާހިކު ތޫފާނީ ރެޔެއް ނު ދެމީހުން ޓެރަސްގަ ކީއްކުރީ” ރާއިލް އަހާލުމުން ރާއިދު ބަލާލުމުން ޖެނީ ލަދުން އިސްޖަހާލިއެވެ. ” ހޫން ދާން އުޅޭ ރާއިދު ރާއިލްގެ ގައިގަ އަތް އަޅާ ކޮށްޕާލިއެވެ. ” މަންމާ އަހަރެން ދަންތަ ޖެނީ އާ އެކީ ކުޑަކޮށް އެކަނިވެލަން ؟” ރާއިދު އަހާލުމުން ޖެނީ ލަދުން ދުވެފައި ގޮސް ޖެނީގެ ރޫމަށް ވަނެވެ. ” ދޭ ބަލަ ދެންވެސް ލިމިޓްގަ އުޅޭނީ ކައިވެނީގެ ކުރިން ” ލާރާ ބުނެލުމުން ރާއިދު ބާރު ބާރަށް ދިޔައެވެ.
ރާއިދު ގޮސް ދޮރު ހުޅުވާލި އިރު ޖެނީ ކުޑަދޮރުކާރީ މަޑުކޮށްގެން އިނެވެ. ރާއިދު ގޮސް ޖެނީގެ ކައިރީގައި ހުއްޓުމުން ޖެނީ ރާއިދު އާ ދިމާލަށް ބަލާލިއެވެ. ” ކަމޯން ގިވް މީއަ ހަގް ބޭބީ ” ރާއިދު ބުނެލުމުން ޖެނީ ލަދުން އިސް ޖަހާލިއެވެ. ރާއިދު ޖެނީގެ މޫނުގައި ދެއަތުން ހިފާ އުފުލާލާފައި ދެމީހުންގެ ހަތަރު ކަޅި ހަމަކުރުވިއެވެ. “ޖޫން ދެކެ ލޯބިވާވަރު އިހްސާސްވެސް ނުކުރެވޭނެ” ރާއިދު ޖެނީގެ ނިތްކުރީގައި ބޮސްދިނެވެ. ޖެނީ ރާއިދުގެ ގައިގަ ބާރަށް ބައްދާލިއެވެ. ” ރޭގަ ދިން ކަހަލަ ކިސް އެއް ނެތްތަ މިއަދު ؟” ” ރާއި އައި މިސްޔޫ ސޯ މަޗް ” ޖެނީ ރާއިދުގެ މޫނާ ކައިރިވެލާފައި ރާއިދުގެ ތުންފަތުގައި ބޮސްދިނެވެ. ރާއިދުވެސް ވަގުތުން ޖެނީގެ އެ އަމަލުގައި ބައިވެރި ވިއެވެ. ” ޖެނީ ރޭގައި ދިޔައީ ލަދުން ތަ އަހަރެން ހީކުރީ ރުޅިން ކަމަށް” ރާއި ދު އަހާލިއެވެ. ” ހޫން ލަދުން ދިޔައީ ހީކުރީ ރާއީ އަށް އިނގޭނެކަމަށް” ޖެނީ ވެސް ބުލެނީ ލޯބިންނެވެ. ” ދެންމެ ފުރަތަމަ ރާއިދުގެ ބަދަލުގައި ރާއީ އޭ ގޮވާލުމުންވެސް އެނގުނު ރޭގަ ލަދުން ކަން ދިޔައީ މާފު ލިބިއްޖެކަން ހަމަ ތަޅުވާލީ ލާރާ މެންގެ ޕްލޭންގައި ޖެހިގެން ޖޫން މެރީ މީ ” ރާއިދު އޭނާގެ ޖީބުގައި އޮތް އަނގޮޓީ ނަގާފައި އަހާލިއެވެ. ” މީ ހަމަ ކުރިންވެސް މަށަށް ޕްރޮޕޯސްކުރަން ބޭނުން ކުރި ރިންގްދޯ؟ ” ޖެނީ އަހާލުމުން ރާއިދު ބޯ ޖަހާލިއެވެ. “ދެން ބުނެބަލަ މެރީ ކުރާނަންތަ؟ ” ރާއިދު އަހާލުމުން ޖެނީ ބޯ ޖަހާލިއެވެ. ” ޖެނީގެ މަންމަމެން ގަބޫލުވާނެތަ؟ އަހަރެން ބޭނުން އެމީހުންގެ ރުހުންވެސް ” ރާއިދު އަހާލިއެވެ. ” މަންމަވެސް ބައްޕަވެސް ގަބޫލު އެމީހުންނަށް އިނގޭ އަހަރެން ރާއި ދެކެ ލޯބިވާވަރު އެންޑް މިހާރު މަންމަމެންވެސް އިސްލާމް ވެއްޖެ އޭ ” ޖެނީ ބުނެލިއެވެ. ” އަސްލުވެސް ވަރަށް އުފާވެއްޖެ ހިންގާ ބަލަ ގުޅަން ދޯ ބައްޕައަށް ” ރާއިދު ފޯނު ނަގާފައި ޖެނީގެ ބައްޕައަށް ވީޑިއޯ ކޯލްއެއް ކޮށްލިއެވެ. ” ހެ ލޯ ރާއި ހާދަ ދުވަހެއް ފަހުން ތި ގުޅާލީ ؟” އިނގިރޭސިން ޖެނީގެ ބައްޕަ އަހާލިއެވެ. “ބައްޕާ އަހަރެން މި ގުޅާލީ ވަރަށް ބޮޑު ކަމަކު އެދެންވެގެން އަހަރެން ބޭނުން ޖޫން އާ މެރީ ކުރަން ބައްޕަ އޯކޭތަ؟ ” ރާއިދު އަހާލިއެވެ. “ޖެނީ މާލެގައި ހުރީ ޖެނީ ހުރީ ވަރަށް ދެރަވެފައި ރާއިދު ދިޔުމުން ވަރަށް ރުއި ޖެނީ ގަބޫލު ނަމަ ބައްޕަގެ ނެތް މައްސަލައެއް ” ޖެނީގެ ބައްޕަ ބުނެލުމުން ރާއިދު ހީލާފައި ޖެނީ ކާރިކޮށްލިއެވެ. ” ބައްޕާ! އަހަރެން ގަބޫލު ބައްޕަމެން ޕާސްޕޯރޓް ހަދާ އަވަހަށް ރެޑީވޭ މިކޮޅަށް އަންނަން ޕާރޓީއަށް ” ޖެނީ ހިނިތުން ވެލާފައި އޭނގެ ބައްޕައަށް ބުނެލިއެވެ. “ޕާސްޕޯރޓް ރެޑީ މިހާރުވެސް ދުވަސް ފައިނަލްކޮށްފަ އަންގާ ފުރަން ރެޑީ” ޖެނީގެ މަންމަ ބުނެލިއެވެ. ފޯނު ބާއްވާލާފައި ރާއިދު ޖެނީގެނެސް ބައްދާލިއެވެ.
“މަންމާ! ބައްޕާ! އަހަރެމެން ކައިވެނި ކުރަން ނިންމައިފިން ދެން ޖެނީ އާ ދުރުގަ ކެތެއް ނުވާނެ” ރާއިދު ބުނުމުން ޖެނީ ލަދުން މޫނު ފޮރުވާލިއެވެ. ” މަންމާ ހެޔޮ ނުވާނެ ހިނގާ އަވަހަށް މިކަން ނިންމަން މި ދޮންބެ ހަލާކު ނުވަނީސް ” ރާއިލް ބުނެލުމުން ރާއިދު އައިސް ރާއިލްގެ ގައިގަ ބައްދާލިއެވެ. ” ޖޫންގެ މަންމަމެން ވެސް އަންނާނެ އެމީހުން ވަރަށް އުފަލުން ތިބީ އެ މީހުންވެސް މިހާރު އިސްލާމްވެއްޖެ. ” ރާއިދު ބުނެލިއެވެ. “އަލްހަމްދުލިއްލާހި ވަރަށް އުފާވެރި ހަބަރެއް މާދަމާ ފޯމުލާންވީއެއްނު އޭރުން 7 ދުވަސް ފަހުން ކާވެނިކުރެވެނެ އެއްނުދޯ ” ވަހީދު ބުނުމުން އެންމެން އެއްބަސްވެލިއެވެ. ” އަހަރެމެންގެ ނިއު ރިސޯޓް “އަލާރާ މޯލްޑިވްސް ” ނިމިއްޖެ ސޯ ހިންގާ އެ ރިސޯރޓްގަ ޕާރޓީ ބާއްވަން އޭރުނެ ރިސޯރޓް ވެސް ޕްރޮމޯޓް ކުރެވުނީ ރާއިދު އާ ޖެނީ އޯކޭތަ؟ ” އަޔާޒް އަހާލިއެވެ. ” އަހަރެމެންގެ ނެތް އެއްވެސް މައްސަލައެއް 3 ދުވަސްކުރިން އެންމެން ދާނީ ރިސޯޓަށް ގޯބިގް އިން އައިސް ޑެކަރޭޓް ކުރާނީ އަވަހަށް އަންހެންވެރިންގެ ހެދުން ކުލަ ފައިނަލް ކުރޭ މަށާ ޖެނީގެ ހެދުން މަ ގެންނާނަން ޒާން އަންނައިރު މެލޭ އިން ” ރާއިދު ބުނެލިއެވެ. ” ރިސޯރޓްވީމާ ސަންސެޓް ތީމްއަކަށް ހަދަމާ އޭގެ ކުލަތައް ލާނީ ސަޅިވާނެ ދޯ ” ރީނާ ބުނެލުމުން އެންމެނަށްވެސް ކަމު ދިޔައެވެ. ” އަހަރެން ބޭނުން މެރީ ކުރާ ދުވަހު ބުރުގާ އަޅަން ދެން ލާނީވެސް ލާރު ލާ ކަހަލަ ބަޓާރފްލައި އަބާޔާ ހެދުން ރާއީ އަށް އޯކޭތަ؟” ޖެނީ އަހާލުމުން ރާއިދު ބުނީ ޖެނީގެ ކޮންމެ އުފަލަކަށް މަރަހަބާ ކިޔާނެކަމަށެވެ. ” އަހަރެންވެސް ބޭނުން ބުރުގާ އަޅަން ރީޝާވެސް ބުނެލިއެވެ. ” އަހަރެންވެސް މިރެޑީ ވަނީ ތި ކަމަށް” ރީނާވެސް ބުނެލިއެވެ. ” މާރަނގަޅެއްނު ތިން މީހުން އެކީ ދަމާ ދޯ ޝޮޕިންކުރަން ” ރީޝާ ބުނެލިއެވެ. ” ޖޫން މިއޮތީ މަގޭ ކޭޝް ކާރޑް ބޭނުންވަރަކަށް ހެދުން ގަންނަން ވީ ޕިން މެސެޖް ކޮށްފިން ” ތެންކިޔޫ ރާއި” ޖެނީ ބުނެލުމުން ރާއިދު ހިނިތުންވެލިއެވެ. ” މަންމާ ލަޔާން އަހަރެމެން މިރޭ ދާނީ ޝޮޕިންއަށް ދަރިން ކޮޅު ބަލާ ދޭތި އިނގޭ” ރީނާ ބެނެލުމުން މަރީނާ ބޯޖަހާލިއެވެ. ” ވަހީދުބޭ އަވަހަށް ގުޅާ ޖެނީގެ މަންމަމެންނަށް އެމީހުންގެ ދަތުރު ކަންތަކާ ހަވާލުވޭ ފާރޓީގެ ހުރިހާ ހަރަދެއް މަށަށް އެއީ ޖެނީ އަކީ ލާރާއަށް ވަރަށް ހާއްސަ ކުއްޖެއް އެހެންވެ ބޭނުންވަނީ ޖެނީގެ ހަޔާތުގައި އަންނަ އެންމެ ހާއްސަ ދުވަހު ވީ ވަރަކުން އެހީވާން ” އަޔާޒް ބުނެލުމުން އެންމެން އެކަމަށް އެއްބސްވީ ދޫ ނުކުރާނެކަން އެނގޭތީ އެވެ. އެއްވެސް މީހަކަށް ނުފެންނަހެން އަޔާޒް އަށް ލާރާ ފްލައިން ކިސް އެއް ފޮނުވާލިއެވެ. އަޔާޒް ވެސް ފޮނުވާލއެވެ. ” ސާބަސް ލާރު މިތާ އެހެން މީހުންވެސް އެބަތިއްބޭ” ރީނާ ދިމާކޮށްލިއެވެ. “ތި މީހުން މިރޭ އަހަރެން ނުލާ ޝޮޕިންއަށް ވަރަށް ޖެލަސްވޭ” ލާރާ ބުނެލިއެވެ. “އަހަރެން ހުންނާނީ ވީޑިޔޯ ކޯލް ކޮށްގެން އޯކޭ އެއްނު އޭރުން ލާރުއަށްވެސް އައިޑިޔާ ދެވޭއެއްނު ދޯ” ރީނާ ބުނެލުމުން ލާރާ އޯކޭކަމަށްބނެލިއެވެ.
އެންމެންވެސް އެމީހަކާ ހަވާލުކުރެވުނު ކަމުގައި އަވަދި ނެތި އުޅުނެވެ. ނަސީމާ އާއި ފަރީދާ މަރީނާ ގެ އިތުރުން ހަސީނާވެސް އާއިލާމީހުންގެ ހެދުންތައް ފެހުމުގައި އަވަދި ނެތި އުޅެމުން ދިޔައެވެ. އެންމެންގެ ފައިވާން އަދި ދަބަސް ކްލަޗް ހޯދުމުގައި ރީޝާ އާއި ރީނާ އަވަދި ނެތި އުޅެއެވެ. އެއްވެސް ކަމެއް ކުރުމަށް އަޔާޒް އޮތީ ލާރާ އާއި ހަވާލުކުރުން މަނާކޮށްފައެވެ. އެކަމަކުވެސް ކޭކު ހަދަން އޯކޭ ދިނީ ހަމަ ކުރު ނުކުރުމުންނެވެ. ” މިތިބީ ޖެނީގެ މަންމަމެން ” ވާހީދު ގެ އަޑަށް އެންމެން އެއްފަހަރާ ދޮރާ ދިމާލަށް ބަލާލިއެވެ. ޖެނީ ދުވެފައި ގޮސް އޭނާގެ މަންމަގެ ގައިގަ ބައްދާލިއެވެ. ” މީ އަހަރެންގެ މަންމަ އަމީރާ އަދި ބައްޕަ ރަހީމް އަދި އަހަރެންގެ ކޮއްކޮ ސާރާ ދެން މިހިރީ އަހަރެންގެ ބޭބެ އަމިތް އާއި ފަހަރި އަދި ފަހަރި ޝާނީ އަކީވެސް ދިވެހި ކުއްޖެއް އައްޑޫ ހިތަދޫ ކުއްޖެއް އަމިތްބޭބޭ އަކީ ޝެފެއް އައްޑޫ ޝަންގްރިއްލާ ހިންގި އިރު އެތާ އުޅުނީ އެތަނުން ޝާނީ އާ ދިމާވީ ވެސް ” ޖެނީ އޭނާގެ އާއިލާ އެންމެނަށް ތާރަފް ކޮށްދިނެވެ. ޖެނީ އަށް އެހާ ރަގަޅު އާއިލާއެއް ލިބުމުން އެމީހުން ތިބީ ވަރަށް އުފަލުންނެވެ.” ޝާނީ ” ސިޑިން އެރިގެން ތިރިޔަށް އައި ރީނާ އާއި ލާރާ އެކު އެކީ ބުނެލިއެވެ. ” ލާރޫ ރީން ” ޝާނީއަށް ވެސް ގޮވާލެވުނެވެ. ” ޔޫ ގައިސް ނޯ ތަ ޝާނީ ؟ ” ރީޝާ އަހަލިއެވެ. ” އިނގޭ ހެއްޔޭ ޝާނީ އެއީ އޭލެވެލްގަ ކްލާސް ކުއްޖެކޭ ވަރަށް ކްލޯޒްކޮށް އުޅުނީ ” ލާރާ ބުނެލިއެވެ. ” މާރަގަޅަކަށް މި ދިމާވީ ކޮންމެ ގުޅުމަކުން އިތުރު އެހެން ގުޅުމެއް އެބަ އުފަންވޭ ވިއްޔާ” ރީޝާ ބުނެލުމުން އެންމެން ވެސް ހީލިއެވެ. ދެން އެންމެން އެންމެނަށް ތާއާރަފް ވަމުން ދިޔައެވެ.
އަލާރާ މޯލްޑިވްސްގެ ހިތްފަސޭހަ މާހަލުގައި ކުރިޔަށް ދިޔައީ ޖެނީ އާއި ރާއިދު ކައިވެންޏެވެ. ތަން ޒީނަތްތެރިކޮށްފައިވަނީ ދެގޮތެއް ނުވާ ގޯބިގް މޯލްޑިވްސްއިންނެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ އުފާވެރިކަމެވެ. ހުދުކުލައިގެ ވެޑިން ޑްރެސްގައި ހުދު ޝޯލް އަކާ އެކީ ހުދު ލޭސް ފޮތީގެ ވެއިލްގައި ޖެނީ ހީވަނީ ދެންމެ އައިސް ތިރިކޮށްލާފައި އިން ޕަރީއެއްހެންނެވެ. ހުދު ގަމީހާ އެކު ކަޅު ކޯޓުފަޓްލޫނުގައި ރާއިދުވެސް ހީވަނީ ހަމަ މިނިސްޓަރެއް ހެންނެވެ. ކައިވެނީގެ މަޖިލިސް ފެށިގެން ކުރިޔަށް ދިޔައެވެ. ރާއިދު ގެ ދުލުން “އަނބި ގަބޫލުކޮށްފީމޭ” ބުނި ވަގުތު ޖެނީގެ ހިތަށް ލިބިގެން ދިޔައީ މިއިން ދުވަހަކުވެސް ލިބިފައިނުވާކަހަލަ ހަމަޖެހުމެކެވެ. “ކޮންގްރާ މޭން މިއަދު ވަރަށް އުފާވެއްޖެ ” ޒާން ބުނެލިއެވެ. ” އަދި ތާއާރަފްވެސް ނުކޮށްދެވޭ ދޯ ޖޫން މީ އަހަރެންގެ ބެސްޓްފްރެންޑް ޒާން ދިމާނުވިޔަސް އިނގެއެއްނު ދޯ ދެން މީ ޒާންގެ ވައިފް މިޒްނާ އަދި ބޭބީ ޒޫލިން ” ރާއިދު ބުނެލިއެވެ. ” ޖެނީ ރާއިދު ޖެނީ ދެކެ ހާދަ ލޯބި ވެޔޭ އެފަކީރު އުޅުނު ހާލު އެންމެ ގާތުން ފެނުނީ މަށަށް ދެން އުފަލުގައި އުޅޭ” ޖެނީ ބޯ ޖަހާލިއެވެ.
ޕާރޓީއިން ރާއްޖޭގެ ނަން މަޝްހޫރު ސިޔާސީ މީހުން ބޮޑެތި މަހުޖަނުން ފިލްމްސްޓާރުން ލަވަކިޔުންތެރިން ވެސް ފެންނަމުން ދިޔައެވެ. އެންމެންގެ ދުލުންވެސް ރިސޯރޓުގެ ރީތިކަމަށް ތައުރީފްކުރަމުން ދިޔައެވެ. އިރު އޮއްސޭމަންޒަރުން ފެންނަން ހުންން ކުލަތަކުން ހެދުން އަޅާ ޒީނަތްތެރެވެގެން ތިބި އާއިލާގެ މިހުންގެ މޫނުމަތިން ވެސް ފެންނަމުންދަނީ އުފާވެރިކަމެވެ. މެހެމާނުން ދިޔުމުން އާއިލާ އެންމެން އެކީ ވާހަކަ ދައްކާލަން މަޑުކޮށްލިއެވެ. ” މަންމާ ބައްޕާ އަހަރެން ދެން ވިސްނަނީ ގެޔަށް ބަދަލުވާން އެއީ ރީޝާގެ ވެސް އެދުމެއް ރީޝާގެ މަންމަވެސް ގޮވައިގެން ” ރާއިލް އާއިލާ އެންމެންނާ ވާހަކަ ދައްކާލިއެވެ. ” މަނިކުފާނުގެ އަނބިމީހާ އާއި ދަރިފުޅު ގެންދޭ ދޮންބެދައްތައެއް ނުގެންދެވޭނެ ” އަޔާޒް ބުނެލިއެވެ. ” އެކަމަކު މަންމަ އަދިވެސް އެހާ ފިޓްއެއް ނޫން ކެއާރ ބޭނުންވާނެ” ރީޝާ ބުނެލިއެވެ. ” ރިޝް ތިއްތިބޭއަށް ޝައްކު ކުރަނީތަ ދޮންބެދައްތަ ނުބެލޭނެ ކަމަށް މަންމަވެސް ވަރަށް އެކަނި ވާނެ ދޮންބެދައްތަ ދިޔައިމަ އެދެމީހުން އެއީ މިހާރު އެކަކު އަނެކަކުގެ އެހީތެރިޔާ ނުލާހިކު އުފަލުގައި އެ އުޅެނީ ގެ އެހާ ދުރެއްވެސް ނޫނެއް ނު ރިޝް ބޭނުން އިރކު އާދޭވޭނެ އެއްނު އޯކޭތަ ؟” އަޔާޒް އަހާލިއެވެ. ” އޯކޭ ތިއްތިބެ ތިބުނީ ތެދެއް މަންމަވެސް އުފާވާނީ މިގޭގަ އުޅެން މީ ބައްޕަ އާ އެކީ އުޅުނު ގެ ވީމާ ދޯ މަންމާ ” ރިޝާ އެހެންބުނުމުން ހަސީނާ އުފަލުން ބޯޖަހާލާފައި ރީޝާ ގަޔާ ކާރިކޮށްލިއެވެ. ” ބައްޕަގެ އެބަ އޮތް އެދުމެއް ކުދިން ކޮންމެ ތާކު ކިތަންމެ ބިޒީކޮށް އުޅުނަސް ކޮންމެ ހުކުރު ދުވަހަކު ވާނީ އާއިލާ ކޮންމެވެސް އެއް ގެޔަކުން އެންމެން ވެސް ދިމާވާ އާއިލީ ދުވަހަކަށް ހަދަން ހަފްތާއިން ހަފްތާއަށް ލޮކޭޝަން ބަދަލުވާނީ ސޯ މިއަންނަ ހުކުރު އެންމެސް ވެސް އަހަރެމެން ގެޔަށް ދެން ހުކުރެއް ރީނާގެ މަންމަމެންގެޔަށް ދެން އަޔާޒް މެންގެ ދެން ލަޔާންމެންގެ ދެން އަނެއްކާވެސް ބަދަލުވާނީ ދެން އެއްފަހަރަކު ނޭޕާލަށްވެސް ދާނީ އެންމެން އެކީގާ މަޖާވާނެ” ވާހީދުގެ ނިންމުން އެންމެނަށްވެސް ވަރަށް ކަމުދިޔައެވެ. ކޮންމެ ބަޔަކުވެސް އެމީހެއްގެ ރޫމަށް ގޮސް ދިޔައީ ވެފައިވާ ވަރުބަލި ފިލުވާލުމަށް އަވަހަށްނިދާލުމަށެވެ.
ވޯޓާ ވިލާއަށް އަތު ގުޅާލައިގެން ވަން ރާއިދު އާއި ޖެނީގެ ދެ ލޯ ބޮޑުވެގެން ދިޔައީ އެތަން ތައްޔާރު ކޮށްފައިވާ ރީތިކަމުންނެވެ. ރޫމް ހީވަނީ ފިނިފެންމާ ފިޔައިގެ ދޫލައެއް އަޅާފައި ވާހެންނެވެ. އެނދުމަތީގައ ރީތިކޮށް މާމެލާމެލިން ކޮންގްރާ އަޅާފައި އޮތެވެ. ރޫމުގެ ކާރޓެއިން ކަހާލުމުން ކުރިމަތިން ފެންނަން އޮތް 14 ވިލޭ ރޭގެ ފުރިހަމަ ހަނދާއި އޭގެ ލަޝްކަރު ކަމުގައިވާ ތަރިތަކުން ފުރިފައިވާ އުޑާއި ކަނޑު ފެންނަލެއް އެހާވެސް ފުރިހަމައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތް އެއީ އެކަހަލަ އުފާވެރި ރޭތަކަށް ތައްޔާރުކޮށްފައިވާ ރިސޯޓުގެ އެންމެ ފުރިހަމަ ހަމީމޫންސޫޓް ވިއްޔާ. ކާރޓެއިން ދަމާލުމަށް ފަހު ރާއިދު ގޮސް ޖެނީގެ ކައިރީގައި ހުއްޓުނެވެ. “ހާދަ ލޮތްބޭ މިރޭ! ޖޫން އަހަރެން މި ދުވަހަށް ހާދަ އިންތިޒާރެއް ކުރީމޭ! ދުވަހަކުވެސް ޖޫން ނުލިބޭނެޔޭ ހީވެ ވަރަށް ހިތާމަވެސް ކުރިން އެކަމަކު މިއަދު ވަރަށް އުފާވެއްޖެ ” ރާއިދު ޖެނީ ގެނެސް ބާރަށް ބައްދާލިއެވެ. ” ރާއި އަހަރެންވެސް ވަރަށް އުފާވެއްޖެ އަހަރެންގެ ހުރިހާވެސް އުފަލަކީ ތީ އިސް އުފުލާލި ޖެނީއަށް ރާއިދުގެ މޫނު އެހާ ކާރިން ފެނުމުން ބަލަން ހުރެވުނެވެ. ރާއިދު ޖެނީގެ ތުންފަތުގައި ލޯބިން ބޮސްދިނެވެ. އަދި މަޑުމަޑުން ޖެނީ ގޮވައިގެން އެނދުކާރިޔަށް ގޮސް ޖެނީ އުރާލާފައި އެނދުގައި ބާއްވާލިއެވެ. ފަރުދާ އަކަށްފަހު ފަރުދާއެއް ކެހެމުން ދިޔައީ ލޯތްބާ އޯގާތެރިކަމާއެކުގައެވެ. ކޮޓާރީގައި ޖަހާފައިވާ އުއްބަތީގެ ހުޅުކޮޅުތައް ނަށަމުން ދިޔަގޮތުން ހީވަނީ އެދެމީހުންގެ އުފަލުގައި ބައިވެރިވެ ނަށަމުން ދިޔަހެންނެވެ.
ދަރިފުޅު ރޯތީ އުރާލައިގެ ދެކޮޅަށް ހިންގާލާ ހިންގާލަ ލާރާ އިނެވެ. “އަޔާ އުރާލަބަލަ ފަހަރެއްގަ ހުއްޓާލަފާނެ ތަން ބަދަލުވީމާ ނިދަން އުނދަގޫވެގެން އެއުޅެނީ ” ލާރާ ބުނެލުމުން އަޔާޒް ދަރިފުޅު އުރާލިއެވެ. އިރުކޮޅަކުން އަޔާޒް ގެ މޭމަތީގައި އޮވެ ދަރިފުޅު ނިދާލިއެވެ. ” ލާރާވެސް ދެން ނިދާލަބަލަ އަދި ވިހައިގެން ނުވެއެއްނު މަންތެއްވެސް ދަރިފުޅުވެސް މިހާރު ނިދި އެއްނު ދޯ ” އަޔާޒް ލޯބިން ބުނެލުމުން ލާރާ އަޔާޒްގެ ކޮލުގައި ބޮސް ދިނުމަށްފަހުން ނިދާލިއެވެ. ދަރިފުޅު މަޑުމަޑުން ދެމީހުންގެ މެދުގައި ބެއްވުމަށްފަހު އަޔާޒްވެސް ނިދާލިއެވެ. މާލެ އައިސް ހަމަ އެދުވަހު ހަވީރު ޖެނީ އާއި ރާއިދު ޖެނީގެ މަންމަމެންމާ އެކީ ނޭޕާލަށްދާން ފުރިއެވެ. އެއީ ރާއިދު ބޭނުންވީ ހަނީމޫނަށް ދެމީހުންގެ ލޯބި ފެށުނު ތަނަށްދާން ކަމަށްވާތީއެވެ.
ދަރިފުޅު އުނގުމަތީ ބާއްވައިގެން އިން ލާރާފެނިފައި ފާހާނާއިން ނިކުމެގެން އައި އަޔާޒް ގޮސް ލާރާ ކައިރީގައި އިށީނދެ ދަރިފުޅު އުރާލިއެވެ. ” ތެން ކިޔު އެން ސޮރީ ލާރާ ” އަޔާޒް ލާރާގެ މޫނަށް ބަލާލަމުން ބުނެލިއެވެ. ” ކޮންކަމަކަށް؟” ލާރާ ސުވާލުކޮށްލީ ހައިރާންވެފައެވެ. ” ތެންކިޔު މި ބުނީ އަހަރެންގެ ނުރުހުމާ ދެކޮޅަށްވެސް ބޭބީ މި ދުނިޔެއަށް ގެނެސްދިނީތީ އަހަރެންގެ ބަސް އެހި ނަމަ މި ލޯބި ލޯބި ޔައިރާ ބައްޕިއަކަށް ނުވެސް ފެންނާނެ ދޯ ސޮރީ އެހާ އަމިއްލަ އެދުން ބޮޑު ވެވުނީތީ ލާރާގެ ހިތުގައި ޖެއްސުނީތީ އަބަދުވެސް އަހަރެން ލާރާ ދެރަކުރީ ލާރާ ގެ ލޯތްބަށް އެންމެ ކުރިން އިންކާރު ކުރީ އެކަމުގެ އަބަދު އަހަރެންނަށް 2 އަހަރު ދުވަސް ވަންދެން ލިބުނު ލާރާ ލިބުމަށްފަހުވެސް ލާރާގެ ލޯބިވެސް ލިބުނީ އެހާ ލަހުން އެކަމުގަވެސް ނެތް ލާރާގެ ކުށެއް ދެން ޕްރެގް ވުމުން އެބޯޓްކުރަންވެސް ބުނިން ލާރާގެ ހިތުގައި ވަރަށް ޖެއްސުނު އައިމެއް ސޮރީ ފޯރް އެވްރީތިން ލަވް ދެން ދުވަހަކުވެސް އެހެން ނުވާނެ އަބަދުވެސް ލާރާ އުފަލުގައި ގެންގުޅެވޭތޯ ބަލާނަން އަހަރެން މަގުން ކައްސާލިޔަސް މަގަށް އަޅުވާތި ” އަޔާޒް ބުނެލުމުން ލާރާ ކުޑަކޮށް ދުރަށް ޖެހިލިއެވެ. ދެން އަހާލަން ބޭނުން ވަނީ ނުލިބޭނެހޭ އަލުން އެހީ؟ ” އަޔާޒް ލޯބިން ލާރާގެ އަތުގައި ހިފާލިއެވެ. ” އަޔާ ތިހެން އަހަންވެސް ނުޖެހޭނެ މުޅި އުމުރަށްވެސް ލިބޭނެ އެކަމަކު ދެން ނުވާނެ އެކަންތަކުގެ ވާހަކަ ދައްކާ ސޮރީ ބުނެގެން ބޭނުންވަނީ އެކަންތައް ހަނދާން ނައްތާލަން ހަމައެކަނި ލޯބި މެމޮރީސް ހަނދާންކުރާނީ އަބަދުވެސް ތިހެން ހުންނާތި އައި ލަވްޔޫ އަޔާ ” ލާރާ އަޔާޒްގެ ކޮނޑުގައި ބޯ އަޅާލިއެވެ. ” އައި ލަވްޔޫ ޓޫ އެކަމް އަހަރެން އަބަދު މިހެނެއް ނުހުންނާނެ މުސްކުޅިވެސްވާނެ އެކަމަކު އޭގެ ކުރިން އަދިވާނެ ފިރިހެން ކުއްޖަކު ހޯދަން ދޯ ” އަޔާޒް އެހެން ބުނާއިރަށް ބޭބީ ރޯންފެށިއެވެ. ” ދޫނީ ޖެލަސްވި އޭ ދޯ އެހެން ބުންޏަސް ކޮއްކޮ އަދި ފަހުންނޭ ގެންނާނީ ” އަޔާޒް ދަރިފުޅު ލާރާއަށް ދިނެވެ. ލާރާ ދަރިފުޅު އުރާލުމުން އަޔާޒް އެ ދެމައިން ގަޔާ ކާރިކޮށްލީ ވަރަށް ވެސް ލޯބިންނެވެ. ހުރިހާ އެންމެންނަށްވެސް އެމީހުން އުއްމީދު ކުރި އުފާވެރިކަން ލިބުނެވެ.
-ނިމުނީ-
6 Comments!
Comments are closed.

woww this is hama ehme perfect
mi vhk ves vrh reethi nadhoo thii my ge fav author eh vhk liyaa kudhin therein
btw uhmeedh kuran adhi miah vure reethi vhk thakehves nadhoo ge faraathun fenigen dhaane kamah
love yuu author 😍
varah ufaavejje fav ey buneema. varah avaha aa vaahaka eh liyaa nan. Love you too
Mi part vx v Reethi masha allah
Curiously waiting for next story
Finally emmen gulhuni
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you nadhoo ❤️😍
Vrh reethi story line, Ekm don’t take me bad maabodah explain kohdeyn ulhefa huhnany Dhn shifa kurun vx vrh furihama.. Meehakah kiyai deyhn vhk genes dhevifa huhnaanyy dhw.. Next story ehga improve kuran try kohlaane kamah hykuran.. Vrh reethi hurihaa story ehge idea vx.
Wow this story is very beautiful and waiting for a next story like this .
Vrh reethi mi vhk 😊😊