Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ސިއްރު
އެހެނިހެންލޯބި

ސިއްރު-8

pumpkin girl Level 1
October 1, 2024 3 Mins Read
4 Comments

*********************

އެގޮތުގައި އުޅުނިކޮއް އަހަރެމެންނަްއް ދިމާވީ ވަރަށް ރަނގަޅު ބޭބެ އެކެވެ. ވަރަށް ހިތް ހެޔޮ ވެފައި އަހަރެމެންގެ ހާލަތު އިގުމުން އެހީވާން ވެސް އެއްބަސް ވިއެވެ. އެގޮތުން އެ ބޭބެ އަހަރެމެން މާލެ ތިބިހައި ހިނދަކައް އަހަރެމެންގެ ކުލިތައް ދައްކާނެ ކަމައް އެއްބަސް ވިއެވެ. އަދި އަހަރެމެން އެބޭބެ އުޅޭ ގެޔައް ވެސް ގެނައެވެ. އެ ބޭބެގެ ވެސް ކުޑަ އަންހެން ކުއްޖަކަު ހުރެއެވެ. އެބޭބެ ބުނި ގޮތުން ނަމަ އެކުއްޖާ މައްމަ އެއް ނެތެވެ. އޭނާ އަކީ މާލޭގެ ފުޅާ ވިޔަފާރިވެރިއެކެވެ. އެހެންކަމުން ގިނަ ވަގުތު ހޭދަ ވެގެން ދަނީ ގެއިން ބޭރުގައެވެ. އަހަރެމެންނައް އެގޭގައި ހޭދަކުރެވިގެން ދިޔައީ ހަފްތާ އެއް ވަރަކަށެވެ. ނިންމައިގެން ތިބީ މައްމަ ޑޮކްޓަރައް ދެއްކުނުހާ އަވަހައް ރަށައް ދާށެވެ.

އެ ބޭބެ ގެއިން ދާއިރު އޭނާގެ ދަރިފުޅު ބަލަން އަދި ކޮންމެ ވެސް އެހެން މީހަކު އާދެ އެވެ. ވަރަށް ޒުވާން ފުރައިގެ ދައްތައެކެވެ. އެއީ އަމްޝާއެވެ. އަމްޝާ އެއްކޮއް އަދި އެހެން އަންހެން ކުއްޖެއް ވެސް އަންނާނެއެވެ. އަދި ބައެއް ދުވަސް ދުވަހު އަހަރެންގެ ބޭބެގެ އުމުރުގެ ފިރިހެން ކުއްޖެއް ކަމައްވަ ހިޔާން ވެސް އަންނާނެއެވެ.

މި ގޮތުން ގޮސް އަހަރެމެންގެ ގުޅުން ބަދަހި ވެއްޖެއެވެ. ކޮންމެ ދުވަހަކު ވެސް އިންތިޒާރު ކުރެވެނީ އެމީހުން އަންނާނެ އިރަކަށެވެ. އެއީ މިހާރު އަހަރެންގެ ވަރަށް ރަހުމަތްތެރިިޔެކޭ ވެސް ބުނެވިދާއެވެ. އެ ކުއްޖާ ބުނީ އެއީ ޝިރާ ކަމަށެވެ. އަހަރެން ވެސް އަހަރެންގެ އަމިއްލަ ނަފްސު ތައާރަފު ކޮއްލީމެވެ. ކޮންމެ ދުވަހެއް ހޭދަ ވެގެން ދަނީ މަޖަލާ ސަކަރާތުގައި އެކި ކުޅިވަރު ތައްތަކުގައި އުޅެނިކޮށެވެ. މި ގޮތައް ގޮސް އަހަރެމެން ފުރަން ދާން އޮތް ދުވަސް ވެސް އައިސް ޖެހިއްޖެއެވެ.

އަހަރެން ހުރީ ދާ ހިތަކުން ނޫނެވެ. މިގޭގަ ހުންނަ ނަޝްވާ އެކީ އުޅެން ވަރަށް މަޖަލެވެ. ދެން މިގެޔައް އަންނަ އަމްޝާތައް ވެސް ވަރަށް ހިތް ހެޔޮ ވާނެ އެވެ. އަނެއް ކޮޅުން ދޭތެރެއަކުން އައިސް އުޅޭ ޖިނާހު ވެސް ވަރަށް ގުޅޭނެއެވެ.

ނަމަވެސް އަހަރެމެން ރަށަށް ދާން ފުރަން ހަމަޖެހިފައި އޮތް ދުވަހު ޝަފީއުބެ ކުރި ސުވާލުން އަހަރެމެން މަޑު ކުރީމެވެ. އޭނާ އެހީ މައްމަ ކައިރީ އިންނާށެވެ. މައްމަ ވެސް ހެޔޮ ހިތުން އެކަމާ އެއްބަސްވެ ރުހުނީ އަހަރެމެންނާ ދޭތެރޭގައި ވިސްނަފަައެވެ. ނަމަވެސް އެ އިރު މައްމަ ހުރީ އަދި ބައްޕަ އާއި ވަރި ވެސް ނުވެއެވެ. އެފަހުން ލަސް ނުކޮއް ކޯޓައް ފޯމު ލައިގެން މައްމަ ވަރިވިއެވެ.

ދެން އަހަރެމެން ދިރިއުޅެމުން ދިޔައީ މާލޭގައެވެ. އެއިރުން ފެށިގެން ވެސް ބޭބެ ޝަފީއު ބެއާ އެކީ އޮފީހު ކަންތަކައް ގޮސް އުޅޭނެއެވެ. ތިން މަސް ފަހުން މައްމަ ޝަފީއު ބެއާ ކައިވެނި ކުރިއެވެ. އޭގެ ފަހުން އަދި މިއަދާ ޖެހެން ދެން ވެސް އަހަރެން ރަށަށް ނުދަމެވެ.

ނަމަވެސް ބައްޕަގެ ހާލަތެއް އަހަންނަކައް ނޭގެއެވެ. ޖަލު ހުކުމް ކީ މުޅި އުމުރައް ހެން ހީވެއެވެ. އެހެންކަމުން ދެން ދުވަހަކު ވެސް ބައްޕަ ކުރިން ފެނުނު ގޮތައް ނުފެންނާނެ ކަން އިގުނެވެ. އެހްނަމަވެސް އަހަރެން އެކަމާ މާ ބޮޑައް ހާސްވެ ދެރަނުވަމެވެ. ބައްޕައެއް ނެތް ދުވަހަކު ބައްޕަ އެއްގެ ލޯތްބާއި އަޅާލުން ދޭން ނިންމީ ދޮންބައްޕައެވެ.

ދެން އެގޮތުން ގޮސް އަހަރެން ސުކޫލު ނިމުނު އިރު އަހަންނާ ޝިރާއާ ދެމީހުންނައް އެކަކު އަނެކަކު ދެކެ ވެސް ލޯބިވެވިއްޖެއެވެ. ލަސްނުކޮއް އެންމެ ފުރަތަމަ ވެސް ރައްޓެހިވާން އެދުނީ އަހަންނެވެ. ނަމަވެސް މި އުފާވެރި ދިރިއުޅުން މާ ގިނަ ދުވަހަކައް ދެމި އެއް ނުދެއެވެ. އެހެން އުޅެނިކޮއް ބޭބެ އައް ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގެ ސަބަބުން ވަރަށް ބޮޑު ގެއްލުންތައް ވިއެވެ. މީގެ ސަބަބުން ބޭބެ ދެން އިތުރައް މާލޭގައި ހުންނާކައް ވެސް ބޭނުން ނުވިއެވެ. އަދި މާލެ ދޫކޮއް އެހެން ރަށަކައް ގޮސް އުޅުނީ ރައްޓެއްސެއް ކައިރީގައެވެ. މިހެން އުޅުމުގެ ތެރެއިން ބޭބެ އައް ޔަނާލް އާ ވެސް ދިމާވިއެވެ.

ކުރީގެ ހަދާންތައް އާކުރަމުންގޮސް އަހަންނާ ބޭބެއާ ދެމީހުން ގޮސް ކޮޓަރިޔައް ވަނީމެވެ. ޝަހާ އުޅުނީ ލިއުޝާ ނަގައިގެން ފަހަރީއާ އެއްކޮށެވެ. ބޭބެ އާއި އައްޒާމް އާ ވެސް ނުލާހިކު ގުޅެއެވެ. ހިޔާން ވެސް މިހާރު މީހަކާ އިދެގެން އުޅޭ ކަމުގެ ހަބަރު ވަނީ ލިބިފައެވެ. ހިޔާން އަކީ ހަމައެކަނި ބޭބެގެ ރައްޓެއްސެއް ނޫނެވެ. އެއީ ޝިރާގެ ބޭބެ ކަމުން ހިޔާން އާ އަހަރެންގެ ގުޅުން ވެސް ވަނީ ވަރުގަދަ ވެފައެވެ.

ދެން އަހަންނާ އިޒްޔާން އާ ދެމީހުން ބޭރައް ދާން ނުކުމެލީ އައް ބްރޭކް ގަޑިއޭ ބުނުމުން އޭނާ ކައިރިއަށެވެ. ހަގީގަތުގައި ބޭބެ އަންނަ ވާހަކައެއް އެކަކު ވެސް ކައިރީ ނުބުނެއެވެ. އެހެންކަމުން އަހަރެން ހުރީ ކަރުން ދިޔައިރު ޝަކުވާ ކޮއްކޮށެވެ. އައްޒާމް އައް ވެސް ވީ އެވަރެވެ. އިޒްޔާން ފެނުމާ އެކީ ނުބުނެ އައީތީވެ ޝަކުވާ ކުރަން ފެއްޓެވެ.

އަހަރެމެން ތިން މީހުން ދެން އެރީ ކައިރީ ރެސްޓޯރަންޓްއަކަށެވެ. އެތާގައި އެކި ވާހަކަތައް ދައްކަމުން ގޮސް ރިސޯރޓައް ދާ ވާހަކަ ވެސް ދެކެވުނެވެ. އިޒްޔާން ބުނީ ތިމަންނަ ވެސް ދާނެ ކަމަށެވެ. ޔަނާލް އާއި ދަރިފުޅު ގޮވައިގެން ވެސް މެއެވެ. އިޒްޔާނއ މެންނައް މިދަތުރު ކުރަން ކެތް މަދު ވެފައި ހުއްޓަސް އަހަރެން ހުރީ މާ ދާހިތަކުންނެއް ނޫނެވެ. ދެކޮޓަރި ހިފާފަ ފިރިހެން ވަކިން އަންހެން ވަކިން ހުރުމައް ވެސް ބުނީމަ އެމީހުން ވަކި ގޮތް ދޫކުރަން ނޫޅުނެވެ. ހަމަ ތިން މީހުންނައް ތިން ކޮޓަރިއެވެ. އައްޒާމް ވަނީ މިހާރު ވެސް ދެ ކޮޓަރި ބުކް ކޮއްފައެވެ. އަދި އިތުރު ކޮޓަރިއެއް އަތު ޖައްސަން މާ އުދަގުލެއް ނުވާނެއެވެ. މުޅިން ވެސް ބުކް ކޮއްފަ ހުރީ ސަންސެޓް ވިލާތައް ކަމުން އަގު ވެސް ބޮޑީއެވެ. އަހަރެމެން ގެޔައް ދިޔައީ މީގެ ތިން ދުވަސް ފަހުން ފުރާ ގޮތައް ނިންމައިގެންނެވެ. އެއީ ހޮނިހިރު ދުވަހެކެވެ. އަދި އަހަރެން ޝަހާ ކައިރީ ނުވެސް ބުނަމެވެ.

އަހަރެން ޝިރާގެ ފުޓްއޭޖް އާ ބެހޭ ގޮތުން ވެސް އައްޒާމްއާ ސުވާލު ކުރީމެވެ. އެެހެންނަމަވެސް އޭނާ ބުނީ އެވަގުތު ލެޕްޓޮޕް ނެތް ކަމަށާ މިރޭ އަބުރާ އައުމަށެވެ. މިފަހަރު ގެޔައް ދިޔައީ ބޭބެ އާއި އެކީ އަޞްރު ނަމާދައް ވެސް އަރާފައެވެ. ކުޑަ އިރުއް ސުރެ މައްމަ އަހަރެމެން ދެބެއިން ދީނީ ކަންކަމައް ހޭލުންތެރިކުރުމުގެ ނަތީޖާ ވަރަށް ރަނގަޅެވެ.

ގެޔައް ދިޔަ އިރު ޝަހާ ވެސް ނަމާދު ކޮއްނިންމައިގެން ފޯނާ ކުޅެން ކޮޓަރީގައި އިނެވެ. މައްމަ އާއި ފަހަރީގެ ހިލަމެއް އެވަގުތު ނުވުމުން ކީއް ކުރަނީ ކަމެއް ނޭގެއެވެ. އަހަރެެން އަހަރެންގެ ކޮޓަރިޔައް ވަތް އިރު ހުރީ ހުރިހާ ބޮކިތައް ނިއްވާލާފައެވެ. އެހެން ނަމަ ވެސް ދޮރުފޮތި ތަކުން ފުރޭނިގެން އަލި އައިސް ހުރީ ކޮޓަރިޔައް އެޅިފައެވެ.

އަހަރެން ކުޑަކޮއް ކަރު ކެހިލީމެވެ. އަދި އެޔައް ފަހު ގޮސް ޝަހާގެ ކުރިމައްޗައް ވާ ގޮތައް އިށީދެލީމެވެ. ޝަހާ އަހަންނައް ބަލަން ހުރީ ވަރަށް ބިރުންނެވެ. ހަގީގަތުގައި ފައިތުވި މަސް ދުވަސް ތެރޭ އަހަރެން ޝަހަ ކައިރިޔައް ހެޔޮ ނިޔަތަކާ އެކީ ނުދަމެވެ. ކައިރި ވާން ވެސް އަސްލު ބޭނުން ނުވަމެވެ. ވާހަކަ އެއް ބުނަން މަޖްބޫރު ވެއްޖެނަމަ ނޫނީ ބަސް ކިޔަން ވެސް ނަހަދަމެވެ. އަގައިން ބުނަން ޖެހިއްޖެ ނަމަ ދެނަ ވަރަށް ފޫހި ކޮއް ބުނެލަމެވެ. އެގޮތައް އިން އިރު އަހަންނާ ޝަހާއާ ދެމެދު ހުންނާނީ ދެފޫޓު ހާ ވަރެވެ. ޝަހާ އިނީ ގުޑިލާން ވެސް ނުކެރިފައެވެ. އަހަރެން މަޑުމަޑުން ވާހަކަ ދައްކަން ފެށީމެވެ.

 

 

 

 

Share Article

Follow Me Written By

pumpkin girl

Level 1

Other Articles

Previous

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…51

Next

އެ ހަނދާން ޓްރެއިލަރ

Next
October 2, 2024

އެ ހަނދާން ޓްރެއިލަރ

Previews
October 1, 2024

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…51

4 Comments!

  1. Cutie girl says:
    October 1, 2024 at 11:56 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Izaan and Sahaa dhuru nukurachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you

  2. Anonymous says:
    October 2, 2024 at 3:21 pm

    amazing!! soo curious atp
    may i ask which days ga u post?

    1. pumpkin girl says:
      October 4, 2024 at 3:00 pm

      i’m srry but ehn vaki dhuvaheh nubalan… busy dhuvas kolheh vejjiyyaa las vedhanee…

  3. Yo babe says:
    December 10, 2024 at 1:02 pm

    Hi

Comments are closed.



All Right Reserved!