Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބަލާލީމާ 18

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
September 28, 2024 9 Mins Read
12 Comments

“ހައު ކުޑް ޔޫ ނާއިކް؟ އަހަރެން ހިތަށްވެސް ނާރާ ނާއިކް ދުވަހަކުވެސް…” ނާއިކް ދެއްކި ވާހަކަ މެދުކަނޑާލަމުން އާލާ ބުނަން ފެށި ނަމަވެސް ވާހަކަ ނުދެއްކި އާލާއަށް ރޮވުނީއެވެ.

“އާލާ ލަވް… އަޑު އަހާބަލަ… ތި ހީކުރާ ކަހަލަ ކަމެއް އަހަރެން ނުކުރަމޭ… އާލާ ނޫން މީހަކާ އެކީ އަހަރެން އެހެން އުޅެފާނެޔޭ ހީކުރާ އިރު އަހަރެން ލޯބި ވާ ވަރު އާލާއަށް ނޭނގެނީތަ؟” އާލާގެ މޫނުގައި ހިފާ ނާއިކްއަށް ދިމާއަށް އަނބުރާލަމުން ނާއިކް އެހިއެވެ.

“ތިހެން ބުނީމަ އެއީ ނުވާ ކަމަކަށް ވޭތަ؟ އަހަންނަށް ފެނުނު މަންޒަރު ނުފެންނަ ކަމަށް ވޭތަ؟” އާލާ ނާއިކްގެ މޭގައި އަތް އަޅާ ކޮއްޕާލިއެވެ.

“މިންހާލް އައީ އަހަރެން ބަލިވެ އުޅޭތީ އޮފީސް ކަމެއްގަ، އޭނަ އެކަންޏެއްވެސް ނޫން އައީ. މިންހާލްއާ އެކީ ބާސިތުވެސް އައި. އޭރު މިންހާލް ހަމައެކަނި މަސާޖްކޮށްލަ ދިނީ އަހަރެން ބުރަކަށީގަޔާ ކޮނޑުމަތީ ރިއްސާތީ… ނަތިންގް އެލްސް… އަހަރެން އެހެން މީހަކާ އެކީ އެގޮތަކަށް ނޫޅޭނެ ކަން އާލާއަށް އެނގެއެއްނު؟ މިންހާލް އިސް ނެގިޔަސް އަހަރެން ނުކުރާނަން އާލާ، ޕްލީޒް ބިލީވް މީ…” ނާއިކް ކިޔާދިނެވެ.

“އައި ވޯޒް ދެއަރ ނާއިކް، އަހަންނަށް ފެނުނޭ. އޭނަ އެކަންޏެއް ނޫން، ނާއިކްވެސް ބޭނުން ވެގެން އެއީ… އަހަރެން ހުރީ ބަލާށޭ، އަހަންނަށް ނާއިކް އެނގޭ، ހިތުގަ އެހެން ނުވާ ނަމަ އެހާ އިރު ނާއިކް ނީންނާނެ. އަހަންނަށް އެ ވަގުތު ނުދެވުނު ނަމަ ނާއިކްއަށް އޭނައާ ދުރަށް ދެވުނީސްތަ؟ އެހެން ނަމަ ނާއިކްއަށް އަހަރެން ކައިރިއަށް އައިސް ތިހެން ބުނެވުނީސްތަ؟” އާލާއަށް ނާއިކްގެ ވާހަކަ ގަބޫލެއް ނުކުރެވުނެވެ.

“އޭރުވެސް އަހަރެން ބޭނުން ވީ އާލާ، އެހެން މީހެއް ނޫން… އަހަރެން ދުރަށް ދިޔައީ އެހެންވެ، އެއީ އާލާ ނޫން ވީމަ” އިސްޖަހާލަމުން ލަސްލަހުން ނާއިކް ބުންޏެވެ.

އާލާއަށް ހީވީ މުޅިން ރަނގަޅަކަށް ނޫނެވެ. ތެދެކެވެ. އެ ވަގުތު ނާއިކްގެ ހިތުގައި އެ ޚިޔާލު ވިއެވެ. އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލާފައި ނަފްސުގެ އެދުމަށް އިޖާބަ ދިނުމަށް ހިތް ގޮވާލި ވަގުތުކޮޅެއް އައެވެ. އެހެން ނަމަވެސް އެ ގޮވާލުމުގައި ނާއިކްގެ ހިތާ ސިކުނޑި ބެހިގެން ދިޔަނުދީ ހިފެހެއްޓުނު ސަބަބަކަށް ވީ ހިތަށް ވެރިވި އާލާގެ ސޫރައެވެ. މިންހާލްގެ އިސްނެގުމަށް ނަފްސު ދޫކޮށްލުމަށް އެދެމުން ދިޔަ ނަމަވެސް ނާއިކްގެ ހިތް ގޮވަމުން ދިޔައީ އާލާއަށެވެ.

“އަހަރެން ބޭނުމޭ ނާއިކް ބުންޏަސް ނާއިކްގެ ކައިރީގަ ހުރީ މިންހާލް. އެތާ ތިބީ ނާއިކްއާ މިންހާލް. އަހަރެން އެ ވަގުތު ނައި ނަމަ މިންހާލް އެހާ ފަސޭހައިން ދިޔައީސްތަ؟ އޭނަ އިތުރަށް ޓްރައި ކުރި ނަމަ ނާއިކްއަށް ނޫނެކޭ ބުނެފަ ހަމަ ދުރުގަ ހުރެވޭނެތަ؟ އަމަލުން ނުކުރިޔަސް ހިތުގަ އެހެން ނުވެޔޭ ނާއިކް ބުނެބަލަ!” އެނދުން ތެދުވެ ނާއިކްއާ ދުރަށް ޖެހެމުން އާލާ އެހިއެވެ.

“އާލާ ޕްލީޒް… އަހަންނަށް އެ ވަރުގެ އިތުބާރެއްވެސް ނުކުރަންތަ؟ އަހަރެން އެ ގޮތަށް އާލާއަށް ބިޓްރޭ ކުރާނެ ހެން އާލާއަށް ހަމަ ހީވޭތަ؟” ނާއިކްގެ އަޑުގައި ވި އާދޭސް އާލާގެ ހިތާ ހަމައަށް ފޯރާތޯ ހިތާހިތާ ދުޢާ ކުރަމުން ނާއިކް އެހިއެވެ.

“ޕްލީޒް ނާއިކް، އަހަންނަށް ފެނުނު ކަމެއް ނުފެންނަ ކަމަށް ހަދާފަ ލޯ މަރާފަ ނާއިކް ބުނާހާ އެއްޗެއް ގަބޫލެއް ނުކުރެވޭނެ… ޕްލީޒް ގޯ. މި ވަގުތު ނާއިކް މިތާ ހުންނާކަށް އަހަރެން ބޭނުމެއް ނޫން… ނާއިކްއާ ކުރިމަތިލާ ޒުވާބު ކުރާކަށް ބޭނުމެއް ނޫން… ޕްލީޒް ޕްލީޒް ގޯ!” ދެ އަތުން ބޮލުގައި ހިފާލަމުން އާލާ ބާރަށް ބުންޏެވެ.

“އާލާ ޕްލީޒް…” ނާއިކް އަދިވެސް އާލާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

“ގޯ ނާއިކް، ޕްލީޒް….” ރޮމުން އާލާ ހަޅޭލަވައިގަތެވެ. އެ އަޑަށް ބޭރުގައި ތިބި އާޒިމްއާ ސާއިމާއާ ޝާދިޔާ ދޮރު ހުޅުވާލާފައި ވަނެވެ.

“އާލާ، ކިހިނެއް ވީ؟” އެންމެންނަށް ވުރެ ކުރިން ސާއިމާ ގޮސް ރޮއެރޮއެ އިން އާލާ ގައިގައި ބައްދާލަމުން އެހިއެވެ.

“ނާއިކް…؟” ސުވާލުން ފުރިގެން ވީ ނަޒަރަކުން އާޒިމް ބަލާލީ ނާއިކްއަށެވެ.

އިސްޖަހާލަމުން ޖަވާބެއް ނުދީ ނާއިކް ނިކުމެގެން ދިޔައީއެވެ.

ސާއިމާއާ ޝާދިޔާ އެތައް މަސައްކަތެއް ކޮށްގެންވެސް ވެގެން އުޅޭ ގޮތެއް އާލާ ނުބުންޏެވެ. އެތައް ވަރަކަށް ސުވާލު ކޮށްގެން އާލާ ދިން ޖަވާބަކީ، ދުވަސްކޮޅަކު ގޭގައި މަޑުކޮށްލަން ބޭނުން ވާ ކަމެވެ.

އޭގެ ހަފްތާއެއް ރަމްލާމެންވެސް މާލެއަށް އައެވެ. ރަމްލާމެން ބަލާ އެއަރޕޯޓަށް ނާއިކް އެކަނި ދިޔުމުން އާލާ ކޮބާ ތޯ ރަމްލާ އެހުމުން ނާއިކް ވަކި ޖަވާބެއް ނުދެއެވެ. އެ މީހުން އައި ދުވަހު، އެކަކަށްވެސް ނާންގާ ދެ ކުދިން ގޮވައިގެން ނިޝްވާވެސް އައެވެ. އާލާއާ ނާއިކްގެ މެދުގައި މައްސަލައެއް ޖެހިގެން އުޅޭ ކަން ރަމްލާމެންނަށް އެނގުނީ ނިޝްވާގެ އެދުމަށް އެރޭ ނިޝްވާއާ އެކު ނާއިކްމެން ގެއަށް ދިޔުމުންނެވެ.

ނުވައެއް ޖެހި ތަނާ ބެލް ޖަހާލުމުން ސިޓިންގްރޫމް ސޯފާގައި އޮތް ނާއިކް ތެދުވެ ދޮރު ހުޅުވާލި ގޮތަށް އެއްޗެއް ނުބުނެވިފައި ހުރީ މަންމައާ ބައްޕައާ ދޮންތަ އަންނަ ކަން އެނގިފައި ނެތުމުންނެވެ. އަދި ނިޝްވާ ފެނުމުން ހައިރާންވެފައި ބަލަހައްޓައިގެން ހުރެވުނީ ނިޝްވާ އައި ކަންވެސް ނޭނގޭތީއެވެ.

“ސަޕްރައިޒް!” ނާއިކްގެ ކޮނޑުގައި އެލިގަންނަމުން ނިޝްވާ ހަޅޭލަވައިގަތެވެ.

“ދޮންތާ! ކޮން އިރަކު އައީ؟ މަންމަމެންވެސް ނުވެސް ބުނެތަ ތި އައީ” ހާސްވެފައި ހުރެ ނާއިކް އަހާލިއެވެ.

“ދޮންތަ އައީ މަންމަމެންނަށްވެސް ނޭނގި. ނާއިކް ކައިރިއަށް ދާން ދޮންތަ ބުނީމަ މަންމަވެސް ހިތަށް އެރީ އަންނާނީއޭ” އަމީންއާ އެކު ސޯފާގައި އިށީންނަމުން ރަމްލާ ބުންޏެވެ.

“ކޮބާ އާލާ؟ އަންނާނަން” ނިޝްވާ އެހެން އަހާލުމާ އެކު ނާއިކްގެ ކޮޓަރިއާ ދިމާއަށް ދިޔައެވެ.

“ދޮންތާ… އާލާ ނެތް” ނިޝްވާގެ އަތުގައި ހިފަމުން ނާއިކް ބުންޏެވެ.

“ކޮންތާކު ވީ؟ ސާއިމާ ކައިރިއަށް ދޯ ދިޔައީ؟” ރަމްލާ އެހިއެވެ.

“ކިހާ އިރަކު އާލާ އަންނާނީ؟ ނާއިކް ދޭބަ އާލާ ގޮވައިގެން އަންނަން” ނިޝްވާވެސް އިށީނެވެ.

ނާއިކް އެއްޗެއް ނުބުނެ ރަމްލާ ކައިރީ އިށީނެވެ.

“ނާއިކް، ގުޅާބަލަ އާލާއަށް” ނިޝްވާ އަނެއްކާވެސް އެދުނެވެ. ނިޝްވާ ހުރީ އާލާ ދެކިލާ ހިތުންނެވެ. އެކޮޅުން ޑޮކްޓަރަށް ދެއްކި ފަހުން އާލާއަށް ބަދަލެއް އައިތޯ ބަލަން ބޭނުން ވެފައެވެ.

ނާއިކް ދެންވެސް އަނގައިން ނުބުނެ އިނުމުން ނިޝްވާ އަމިއްލައަށް އާލާއަށް ގުޅަން ފޯން ނެގިއެވެ.

“ދޮންތާ… ނުގުޅާތި… ޕްލީޒް” ނާއިކް ކުއްލިއަކަށް ތެދުވެފައި ނިޝްވާގެ އަތުން ފޯން އަތުލިއެވެ.

ތިން މީހުންނަށްވެސް ހައިރާންވެފައި ނާއިކްއާ ދިމާއަށް ބަލަން ތިބެވުނެވެ.

ކަމެއް ގޯސްވެއްޖެ ކަން ފުރަތަމަ ނަގައިގަނެވުނީ ރަމްލާއަށެވެ.

“ނާއިކް… ކޮން އިރަކު އާލާ ދިޔައީ؟” ރަމްލާ އެހިއެވެ.

ނާއިކް ޖަވާބެއް ނުދީ ސޯފާގައި އިށީނދެ ދެ އަތުން މޫނު ފޮރުވާލިއެވެ.

“ނާއިކް!” އަމީންއަށް ގޮވާލެވުނީ ހިތުގައި ޝައްކެއް އުފެދިގެންނެވެ.

“ދަރިފުޅު، އާލާއާ ދެ ކުދިން މައްސަލައެއް ޖެހުނީތަ؟ ރުޅި އައިސްގެންތަ އާލާ ދިޔައީ؟ ނޫނީ ނާއިކްތަ އާލާ ދެކެ ރުޅި އައީ؟” ކައިރީގައި އިން ފިރިހެން ދަރިފުޅުގެ ކޮނޑުގައި އަތް ޖައްސާލަމުން ރަމްލާ އަހާލިއެވެ.

“ނާއިކް، މަންމަ ކުރާ ސުވާލަށް ޖަވާބު ދީބަލަ!” އަމީންއަށް ނީނދެވިގެން ބުންޏެވެ.

“ނާއިކް! އެއްޗެއް ނުބުނެ އިނަކަސް ނުވާނެ. ވީ ގޮތެއް ބުނެބަލަ” ނާއިކްގެ ކޮނޑުގައި އަތް ޖައްސާލަމުން ނިޝްވާ ބުންޏެވެ.

“އަހަރެން ދެކެ ރުޅި އައިސްގެން އާލާ ދިޔައީ… އަހަރެން ބަލާ ދިޔައީމަވެސް ނައި…” ނިޝްވާއާ ރަމްލާ ހުއްޓާނުލާ ސުވާލު ކުރަން ފެށުމުން އެންމެ ފަހުން ނާއިކް ބުނީ އެވަރަށެވެ.

“މަންމާ، އިހަށް މަންމަމެން ގެއަށް ދާން ވީނު؟ އަހަރެން ތަންކޮޅެއް ފަހުން ދާނަން” ރަމްލާއަށް ގޮވާލަމުން ނިޝްވާ އެދުނީ ނާއިކް ހުރި ޙާލަތު ވިސްނިގެންނެވެ.

އަމީންވެސް ނިޝްވާއާ އެއްބަސް ވެ ރަމްލާ ގާތު އިހަށް ގެއަށް ދިޔުމަށް ބުންޏެވެ. މަންމައާ ބައްޕަ ދިޔުމުން ނިޝްވާ އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި އައިސް ނާއިކް ކައިރީ އިށީނެވެ.

“ކައިފިންތަ؟” ނިޝްވާ އަހާލިއެވެ. ނާއިކް ދެ ފަރާތަށް ބޯ ހަލުވާލިއެވެ.

ނިޝްވާ ތެދުވެގެން ގޮސް ބަދިގޭ ކަބަޑުތައް ހާވަން ފެށިއެވެ. ގޭގައި ހުރި އެއްޗެހިން ކެއްކެން ހުރީ ނޫޑްލްސް ކަމަށް ވުމުން ފަނަރަ ވަރަކަށް މިނަޓް ތެރޭ ނިޝްވާ ކައްކާ ނިންމާލާފައި ދެ ތައްޓަށް ނޫޑްލްސް އަޅައިގެން މޭޒުމަތީ ބަހައްޓާފައި ނާއިކްއަށް ގޮވާލިއެވެ. ދެންވެސް ނާއިކް ނުތެދުވުމުން ނިޝްވާ އައިސް ނާއިކްގެ އަތުގައި ހިފާ ދަމާލިއެވެ. ދެކޮޅު ނުހަދާ ނާއިކް ނިޝްވާއާ އެކު މޭޒު ކައިރީ އިށީނދެ ކާން ފެށީ ބަނޑުހައިވެފައި ހުރި ވަރުންނެވެ.

“ކިޔައެއް ނުދޭނަންތަ؟” ކައި ނިމިގެން އިރުކޮޅަކު ތިބެފައި ނިޝްވާ އަހާލިއެވެ.

“ދޮންތަ ގެއަށް ދާންވީނު؟ ހިނގާ، އަހަރެން ގެންގޮސްދޭނަން” ނާއިކް ބުންޏެވެ.

ނިޝްވާ އިރުކޮޅަކު އެއްޗެއް ނުބުނެ އިނެވެ. ނާއިކް ނުބުނާ ނަމަ ވެގެން އުޅޭ ގޮތެއް ނޭނގޭނެއެވެ. ނަމަވެސް ނާއިކްއާ ސުވާލުކޮށް އުނދަގޫ ކުރާކަށް ނިޝްވާ ބޭނުމެއް ނޫނެވެ. ބޯ ޖަހާލާފައި ދަބަސް ހިފައިގެން ނިޝްވާ ތެދުވިއެވެ.

“ވީ ކަމެއް ނުބުނަންޏާ ހަދާނެ ގޮތެއް ބުނެދޭކަށްވެސް ނޭނގޭނެ، އިތުރު މީހެއްގެ އެހީއާ ނުލާ ހައްލު ކުރަން އުނދަގޫ ކަންތައްވެސް ހުންނާނެ. ކޮންމެ ކަމެއް ވިޔަސް ދޮންތަ މިހިރީ ނާއިކްއާ އެކީ. ހެލްޕެއް ބޭނުމިއްޔާ ކޯލް މީ އިނގޭ” ގޭ ކުރިމައްޗަށް މަޑުކޮށްލުމުން ސައިކަލުން ފައިބާފައި ނާއިކްގެ ބޮލުގައި ފިރުމާލަމުން ނިޝްވާ ބުންޏެވެ.

ނާއިކް ކޮންމެ ދުވަހަކު އެތައް ފަހަރަކު އާލާއަށް ގުޅައެވެ. އެތައް މެސެޖެއް ކުރެއެވެ. ނަމަވެސް އާލާ ނާއިކްގެ ކޯލަކަށް އަދި މެސެޖަކަށް ޖަވާބެއް ނުދެއެވެ. ނާއިކްއަށް ކެތް ނުވެގެން ކޮންމެ ދެތިން ދުވަހަކުން އާލާމެން ގެއަށް ދެއެވެ. ނަމަވެސް އެއް ފަހަރުވެސް އާލާ ކޮޓަރީގެ ދޮރުވެސް ނުހުޅުވައެވެ. ސާއިމާއާ ޝާދިޔާ ބުނެބުނެވެސް އާލާ ނާއިކްއާ ވާހަކައެއް ނުދައްކައެވެ. ދެގަޑިއެއްހާ އިރު މަޑުކޮށްފައި އެންމެ ފަހުން ނާއިކް ދަނީއެވެ. ނަމަވެސް ދެންވެސް އާލާއަށް ފޯން ކުރުމާ މެސެޖް ކުރުމެއް ނާއިކް ނުހުއްޓައެވެ.

ނާއިކްގެ ކޯލްތަކަށް ޖަވާބު ނުދީ ނާއިކްގެ މެސެޖެއްވެސް އާލާ ނުކިޔައެވެ. އާލާ ފޯނުގައި އަތްވެސް ނުލައެވެ. މާލެއަށް އައިތާ ތިން ދުވަސް ފަހުން އާލާގެ ފޯން ނިވުނީ ބެޓެރި ހުސްވެގެންނެވެ. އެ ހުރިހާ ދުވަހު އާލާ އޮތީ ކޮޓަރީގައެވެ. ބަނޑުހައި ވެގެން ކެތް ނުވާ ވަރު ވުމުން ނިކުމެ އައިސްއަލަމާރިން ކޮންމެވެސް ޖޫހެއް ނުވަތަ ކިރުތައްޓެއް ބޯލައިގެން އަނެއްކާވެސް ވަންނަނީއެވެ. ސާއިމާމެން އާދޭސް ކޮށްގެންވެސް ކާ އެއްޗެއް ނުކައެވެ. އެ ކޮޓަރިއަށް އެހެން މީހަކުވެސް ވަނަނުދީ އާލާ އަބަދުހެން އިންނަނީ ދޮރު ތަޅު ލައިގެންނެވެ. ސާއިމާއާ ޝާދިޔާ އާދޭސް ކޮށްގެން ކޮޓަރިއަށް ވެއްދިޔަސް، އެމީހުންގެ ސުވާލުތަކަށް އާލާގެ ފަރާތުން ޖަވާބެއް ނުލިބުމުން އެންމެ ފަހުން ގޮތްދޫކޮށް ހުއްޓާލަނީއެވެ. ޝާދިޔާއަށް ވުރެ ބޮޑަށް ސާއިމާ އާލާއާ މެދު ކަންބޮޑުވެ ހާސްވެއެވެ.

 

އޮފީހަށް ނުނިކުންނަތާ ދެ ހަފްތާ ފަހުން ނާއިކް އޮފީހަށް ނިކުތުމުގެ ކުރިން ބާސިތުއަށް ގުޅިއެވެ. ނާއިކް ކުރި ސުވާލުން ހައިރާންވެފައި ހުރެވެސް ބާސިތު ޖަވާބު ދިނެވެ. ހަ ދުވަސް ވަންދެން އޮފީހަށް ނައިސް ހުރެފައި މިންހާލް އޮފީހަށް ނިކުތީ އެ ހަފްތާގެ އާދީއްތަ ދުވަހުއެވެ.

ނާއިކް ތައްޔާރު ވެގެން އޮފީހަށް ދިޔައީ އެކަން އެއްވެސް މީހަކަށް ނާންގައެވެ. އަމީން އައި ފަހުން ނާއިކްއަށް ނުޖައްސާ އޮފީހުގެ މަސައްކަތާ އަމީން ހަވާލުވީ ނާއިކްގެ ޙާލަތުގެ ގޮތުންނެވެ.

ނާއިކް އޮފީހަށް ވަން އިރު މިންހާލްގެ މޭޒު ކައިރީ މިންހާލް އިނެވެ. ބަލާވެސް ނުލާ ކެބިންއަށް ވަދެ ނާއިކް ގޮވީ ބާސިތުއަށެވެ. ބާސިތު އައުމާއެކު ނާއިކް އެންގީ މިންހާލް ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުމެއް ތައްޔާރުކޮށް، ތިންމަހުގެ މުސާރަ މިންހާލްއަށް ހަމަޖެއްސުމަށެވެ.

“ސަރ… ކީއްވެ؟” ހައިރާންވެފައި ހުރެ ބާސިތު އެހިއެވެ.

“ސުވާލު ނުކޮށް ދިހަ މިނަޓް ތެރޭ މިކަން ނިންމާ. އެންޑް އެއްވެސް މީހެއް ކައިރީ އެއްވެސް އެއްޗެއް ބުނާނެ ކަމެއް ނެތް. ކްލިއަރ؟” ނާއިކް ބުނެލި ގޮތުން އަވަސްއަވަހަށް ބޯ ޖަހާލާފައި ބާސިތު ނިކުތެވެ. އަދި ބަރާބަރު ދިހަ މިނަޓް ތެރޭ އެކަންތައް ފުރިހަމަކޮށް، ލިޔުން ހިފައިގެން ނާއިކްގެ ކެބިންއަށް ވަނެވެ.

“ސެލެރީ؟” ލިޔުން ބަލާލާފައި ނާއިކް އެހިއެވެ.

“ޑަން” ބާސިތު ޖަވާބު ދިނެވެ.

“މިންހާލްއަށް ގޮވާ” ލިޔުމުގައި ސޮއި ކޮށްލަމުން ނާއިކް ބުންޏެވެ.

ބޯ ޖަހާލަމުން ބާސިތު ނިކުތެވެ. ގިނަ އިރެއް ނުވެ ދޮރުގައި ޓަކި ޖަހާލާފައި މިންހާލް ވަނެވެ.

“ނާއިކް… އައިމް ސޮރީ—” ނާއިކްގެ މޭޒު ކުރިމަތީ ހުއްޓިފައި މިންހާލް ލަސްލަހުން ބުނަން ފެށި ނަމަވެސް ނާއިކް އެ ފުރުޞަތެއް ނުދިނެވެ.

“މިއަދުން ފެށިގެން ތީ ހޮރައިޒަންގެ އެމްޕްލޮއީއެއް ނޫން” މޭޒުމަތީ އޮތް ލިޔުން ދައްކާލަމުން ނާއިކް ބުނެލީ މިންހާލްއާ ދިމާއަށް ބަލާލުމަކާ ނުލައެވެ.

މިންހާލް ލިޔުން ނަގާ ބަލާލި އިރު އެ މޫނުން ހައިރާންކަމެއް ނުވަތަ ހިތްހަމަނުޖެހުމެއްގެ އަސަރުވެސް ފާޅެއް ނުވިއެވެ. ކަންތައް ވާނީ އެހެން ކަން މިންހާލްއަށް އެނގޭ ކަހަލައެވެ.

ބޯ ޖަހާލަމުން މިންހާލް ދާން ވެގެން އެނބުރުނެވެ.

“އައި ތޯޓް ޔޫ ވަރ މައި ފްރެންޑް… އެކަމަކު އަހަންނާ އާލާގެ މެދަށް މިންހާލް ވަނީ… ނޭނގި ވިޔަސް އަހަންނަށް މިންހާލްއަށް އެ ކަހަލަ ސިގްނަލްއެއް ދެވުނުތަ؟” ނާއިކްގެ ސުވާލާއެކު މިންހާލްގެ ފިޔަވަޅު ހުއްޓުނެވެ.

“ނޫން” މިންހާލް ޖަވާބުދިނެވެ.

“ދެން ވައި؟” ނާއިކް އަހާލިއެވެ.

“އައިމް ސޮރީ…” ޖަވާބެއް ނުދީ އިރުކޮޅެއް ދިޔަފަހުން މިންހާލް އެހެން ބުނެފައި ކެބިން އިން ނިކުތެވެ.

ނާއިކް މޭޒުގައި އުޅަނބޮށި ވިއްދާލަމުން ދެއަތުން މޫނު ފޮރުވާލިއެވެ. އާލާއަށް ވިސްނައިދޭން ކުރާނެ ކަމެއް ނާއިކްއަކަށް ނޭނގެއެވެ. ކުރެވޭނެ އިތުރު ކަމެއް ނުވިސްނުމުން އަމިއްލަ ނަފްސާ މިންހާލް ދެކެ އައި ރުޅި ނާއިކްއަށް އެ ވަގުތު ބޭލުނީ މޭޒުމަތީ ހުރި އެއްޗިއްސަށެވެ. އަތުން ޖަހާ އެ ހުރިހާ އެއްޗެއް އެއްފަރާތަށް އުކާލުމާއެކު ގޮނޑިން ތެދުވެ ކެބިން އިން ނިކުތް ގޮތަށް ނާއިކް އޮފީހުން ނިކުމެގެން ސައިކަލަށް އެރިއެވެ.

ނާއިކް އާލާމެން ގެއަށް ވަދެ ބެލް ޖަހާލުމުން ދޮރު ހުޅުވީ ރާޔާއެވެ.

“ކޮޓަރީގަ” ނާއިކް ސުވާލު ނުކުރަނީސް އެއްފަރާތަށް ޖެހިލަމުން ރާޔާ ބުންޏެވެ.

ނާއިކް ވަދެ އާލާގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާލިއެވެ.

“އާލާ…؟” ނާއިކް ގޮވާލިއެވެ.

ފޯން ހިފައިގެން އެނދުމަތީ އިން އާލާ ސިހިފައި ދޮރާ ދިމާއަށް ބަލާލިއެވެ. އިރުކޮޅެއް ކުރިން ސާއިމާ އެ ކޮޓަރީގައި އިނދެފައި ދިޔަ އިރު ދޮރު ތަޅު ނުލާ ހުރިކަން ހަނދާންވެ އާލާ އެނދުން ފައިބައިގެން ބާރަށް އައީ ތަޅުލާށެވެ. ނަމަވެސް އެއަށް ވުރެ ކުރިން ނާއިކް ދޮރު ހުޅުވާލިއެވެ. އެ ދޮރު ތަޅުނުލާ ހުރީތީ ނާއިކްވެސް ހުރީ ހައިރާންވެފައެވެ. އާލާ ކުރިއަށް ފިޔަވަޅެއް އަޅާލަމުން ދޮރު ލައްޕާލަން އުޅުނެވެ. ނަމަވެސް ނާއިކް އެކަން ވިސްނި ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.

“އާލާ ލަވް…” އެތައް ދުވަހެއް ފަހުން އާލާ ފެނުމުން ނާއިކްއަށް ދުރުގައި ނުހުރެވިގެން އައިސް އާލާ ގައިގައި ބައްދާލަން އުޅުނެވެ.

“ޑޯންޓް ކޯލް މީ ދެޓް!” ނާއިކްގެ މޭގައި އަތްއަޅާ ކޮއްޕާލަމުން އާލާ ނާއިކްއާ ދުރަށް ދާން ގަދަ ހަދަމުން ބުނެލިއެވެ.

“އާލާ… ޕްލީޒް… އަޑު އަހާބަލަ… ގަބޫލު ކޮށްބަލަ…” އާލާއާ ދުރަށް ޖެހިލަމުން ނާއިކް އާދޭހުގެ ރާގެއްގައި ބުންޏެވެ.

“ޖަސްޓް ގޯ ނާއިކް… އަބަދުއަބަދު އައިސް އެކައްޗެއް ކިޔަސް އަހަންނަށް ނުފެންނަ ކަމަކަށް ނުވާނެ. ވީ ކަމެއް ނުވާ ކަމަކަށް ނުވާނެ” ނާއިކްއާ ދުރަށް ގޮސް ކޮޓަރީގެ ކަނެއްގައި މަޑުކޮށްލަމުން އާލާ ބުންޏެވެ.

“ކޯޗެއްތަ އާލާއަށް ފެނުނީ؟ ކޮން ކަމެއްތަ ވީ؟ އަހަރެން ކީއް ކުރަނިކޮށްތަ އާލާއަށް ފެނުނީ؟ އާލާ ކިޔާދީބަލަ ފެނިގެން ތިއުޅޭ އެއްޗެއް. ނޫނީ އާލާ ތި ހީކުރާ ހުރިހާ ކަމެއް ކޮށްފަ އާލާއަށް އަހަރެން ދައްކަންތަ؟ އޭރުން އާލާއަށް އެނގޭނެ ކިޔާދޭން. ނުކުރާ ކަމެއް ބޮލުގަ އަޅައިގެން އުޅުމަށް ވުރެ ތިކަމެއް ކޮށްގެން އަހަންނާ ދިމާއަށް ތިހެން ކިޔުން މާ ރަނގަޅު” ނާއިކްއަށް އެ ވަގުތު ރުޅި އާދެވުނީ ކިހިނެއް ކަމެއް ނޭނގުނެވެ. އެ ހުރިހާ ދުވަސް ވަންދެން އާލާ ގާތު އާދޭސް ކޮށްކޮށް ނާއިކް ވަރުބަލި ވެއްޖެއެވެ. ނާއިކްގެ ކުށެއް ނެތި ބޮލުގައި އެޅިފައިވި ދޮގު ތުހުމަތުން ސަލާމަތްވާނެ ގޮތެއް ނާއިކްއަކަށް ނޭނގުނެވެ. ނާއިކް ދައްކަނީ ތެދު ވާހަކަ ކަން އާލާއަށް ޔަގީން ކޮށްދޭނެ ގޮތެއް ނުވިސްނުނެވެ. އެ ހުރިހާ ދުވަސް ވަންދެން ކެތްކުރަމުން އައި ނަމަވެސް ނާއިކްއަށް އިތުރަށް އެ އިހުސާސްތަކެއް ނުހިފެހެއްޓުނެވެ. އާލާ ދެކެ ރުޅި އާދެވުނީ ނާއިކްގެ ބަހަށް އެއްވެސް ވަރަކަށް އާލާ އިތުބާރު ނުކުރީތީއެވެ.

ނާއިކްގެ ވާހަކަ ހުރި ގޮތުން އާލާއަށްވެސް ރުޅި އާދެވުނެވެ. އައި ގޮތަށް ދެ އަތުން ނާއިކްގެ މޭގައި އަތް އަޅާ ދެތިން ފަހަރަށް ފަހަތަށް ކޮއްޕާލިއެވެ.

އާލާގެ ދެ އަތުގައި ހިފެހެއްޓުމާއެކު ނާއިކް އާލާ ގެނެސް ގައިގައި ޖައްސާލަމުން ދެ އަތުން އާލާގެ މޫނުގައި ހިފާލުމާއެކު ތުންފަތުގައި ބޮސްދިނެވެ. އައިސްފައި ހުރި ރުޅީގައި އާލާ ދެކޮޅު ހަދަމުން ދިޔަކަން ނާއިކްގެ ސިކުނޑިއަށް ނަގައެއް ނުގަނެވުނެވެ. ނޭވާ ހުސްވެދާނެ ހެން ހިވާހާ އިރު ފަހުން ނާއިކް ދުރަށް ޖެހިލުމާއެކު އާލާއަށް ލިބުނު ފުރުޞަތުގައި ނާއިކްގެ މޭގައި އަތް އަޅާ ދުރަށް ކޮއްޕާލީ ގައިގައި ހުރި ހުރިހާ ބާރަކާ އެކުއެވެ.

“އާލާ….” ކުރެވުނު ކަންތައް އިހުސާސްވުމާއެކު ނާއިކްއަށް އާލާގެ ނަމުން ގޮވާލެވުނެވެ. ނަމަވެސް އިތުރަށް ނާއިކްއަށް އެއްޗެއް ނުބުނެވެނީސް އާލާ އަތް ދަމާލާ ނާއިކްގެ ކޯމަތީ ޖެހިއެވެ.

“ޖަސްޓް ގެޓް އައުޓް ނާއިކް!” ރޮވިފައި ހުރެ އާލާ ބުންޏެވެ.

ނާއިކްއަށް އިސްޖަހާލަމުން ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ކުށެއް ކުރެވިއްޖެ ކަމުގެ އިހުސާސްއާ އެކުއެވެ. އާލާ އެއީ ނާއިކްގެ އަނބިމީހާ ނަމަވެސް އާލާގެ ރުހުމާ ނުލާ އެ ގޮތަށް ކަންތައް ކުރުމުގެ ހައްގު ނާއިކްއަށް ލިބިގެން ނުވާކަން ނާއިކްއަށް އެނގެއެވެ.

“އައިމް ސޮރީ!” ނާއިކް ބުންޏެވެ. ނަމަވެސް އާލާގެ ފަރާތުން އެއަށް ރައްދެއް ނުލިބުނެވެ. އިސް އުފުލާ ނާއިކް ބަލާލި އިރު އާލާ ރޮމުން ދިޔަ ތަން ފެނި ނާއިކްގެ މެއަށް ބާރުވެގެން ދިޔައީ އެ ވަގުތު އާލާ އެ ރޮނީ ނާއިކްގެ ސަބަބުން ކަން އެނގޭތީއެވެ. ދެ އަތުގެ ތެރެއަށް އާލާ ގެންނަން ހިތް ގޮވަމުން ދިޔަ ނަމަވެސް، އެ އެދުމާ ދެކޮޅު ހަދަމުން ނާއިކް ނިކުމެގެން ދިޔައީއެވެ.

އެ ދުވަހުގެ ފަހުން ނާއިކް އާލާމެން ގެއަކަށް ނުދެއެވެ. ނަމަވެސް އާލާއަށް ފޯން ކުރުމާ މެސެޖް ކުރުމެއް ނާއިކް ނުހުއްޓައެވެ. ނަމަވެސް ކުރިއެކޭ އެއް ފަދައިން ނާއިކްގެ ކޯލަކަށް އާލާ ޖަވާބެއް ނުދެއެވެ. ނާއިކްގެ މެސެޖެއްވެސް އާލާ ނުކިޔައެވެ.

 

ރަމްލާއާ އަމީން ސާއިމާމެން ގެއަށް ދިޔައީ އާލާ މާލެ އައިތާ މަހެއް ވާން އުޅެނިކޮށެވެ. ނާއިކްއާ ސުވާލު ކޮށްކޮށް އެއްވެސް ޖަވާބެއް ނުލިބިގެން އާލާއަށް ގުޅުމުން އާލާ ފޯނަށް ޖަވާބުވެސް ނުދިނުމުން އެހެން ގޮތެއް ނުވިސްނިގެން އެ ގެއަށް ދިޔައީ ސާއިމާގެ ފަރާތުންވެސް ޖަވާބެއް ލިބިދާނެ ކަމަށެވެ. ނާއިކްގެ ފަރާތުން އެނގުނު ހަމަ އެކަނި ކަމަކީ ނާއިކް އާލާ ވަރި ނުކުރާ ކަމެވެ.

“އާލާ އެއްގޮތަކަށްވެސް ނުބުނި ވީ ކީއް ކަމެއް. ތި ބުނީ ނާއިކްވެސް ނުބުންޏޭ. ދެން ކާކު ކައިރީ އަހާނީ؟ އާލާ ހަމަ ރޮނީ. ނާއިކްއާ ވާހަކަ ދައްކާކަށް އެއްބަހެއް ނުވި. އަހަރުމެން ގުޅާކަށްވެސް ގަބޫލެއް ނުވި” ރަމްލާގެ ފަރާތުންވެސް ކަމެއް އޮޅުން ނުފިލުމުން ސާއިމާ ބުންޏެވެ.

“މިހާރު ދެން މާ މައްޗަށް ކަންތައް މި ދަނީ. ވީ ގޮތެއް ނުބުނެ ދެ މީހުން ދެތާ ތިއްބަކަސް ޖެހިގެން އުޅޭ މައްސަލައެއް ހައްލެއް ނުވާނެ. އެކީގަ އުޅެން ބޭނުމިއްޔާ އެކަކު އަނެކަކާ ވާހަކަ ދައްކަންވީ، އެހެން ނޫނީ އިނދެގެން އުޅެން ބޭނުން ނުވަންޏާ އެހެންވެސް ބުނަންވީ” ހިތްހަމަނުޖެހިފައި އިން އާޒިމް ބުންޏެވެ. އަދި ފޯން ނަގާ ނާއިކްއަށް ގުޅިއެވެ. ފޯނަށް ޖަވާބު ނުދޭނެހެން ހީވާހާ އިރު ފަހުން ނާއިކްގެ އަޑު އިވުނެވެ.

“ނާއިކް، ވީހާވެސް އަވަހަކަށް މި ގެއަށް އައިސްދީބަލަ” އާޒިމް ބުންޏެވެ.

“މި ދަނީ” ނާއިކްގެ ޖަވާބު އައެވެ.

ދިހަ ވަރަކަށް މިނަޓް ފަހުން ނާއިކް އައިސް ވަން އިރު އެ ގޭގައި ނާއިކްގެ މަންމައާ ބައްޕަ ތިއްބާ ފެނުމުން ނާއިކް ހައިރާނެއް ނުވިއެވެ.

“ސާއިމާ، އާލާއަށް ގޮވާ!” އާޒިމް ސާއިމާއަށް ބުންޏެވެ.

ސާއިމާއާ އެކު އާލާ ނާންނަން އުޅުމުން އާޒިމް ތެދުވެގެން ގޮސް ގޮވުމުން އާލާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ސިޓިންގްރޫމްގައި ނާއިކްއާ ރަމްލާއާ އަމީން ތިއްބާ ފެނުމުން އާލާގެ ފިޔަވަޅު ހުއްޓުނެވެ. ނާއިކްއަށް އާލާއާ ދިމާއަށް ބަލަން ހުރެވުނެވެ. އޭރުވެސް އާލާގެ ލޯ ކައިރި ހުރީ ރަތްވެފައެވެ. ކަރުނައިގެ ތެތްކަން ހުރި އެ ދެ ލޯ ފެނުމުން ނާއިކްގެ މެއަށް ބާރުވެގެން ދިޔައެވެ. އެ މޫނަށް ބަލަން އުނދަގޫވެގެން ނާއިކް އިސްޖަހާލިއެވެ.

“ދެން ވާހަކަ ދައްކަބަލަ. ވީ ގޮތެއް ކިޔާދޭތޯ ކިހާ ވަރަކަށް އާދޭސް ކުރެވިއްޖެ؟ އަހަރުމެންނަށް ކިޔާދޭން ބޭނުން ނުވަންޏާ ދެ މީހުން ވާހަކަ ދައްކައިގެން ދިމާ ވެގެން ތި އުޅޭ ކަމެއް ހައްލު ކުރޭ. ހައްލު ނުކުރެވޭ ވަރު ކަމެއް ވިއްޔާ، ނޫނީ ހައްލު ކުރަން ބޭނުން ނުވަންޏާ ދިގު ނުދަންމާ ތި ކަންތައް ނިންމާލާ” އާޒިމްގެ އަޑުގައި ކުރިން ނުވާ ރުންކުރުކަމެއް ވިއެވެ.

އާޒިމްގެ ވާހަކައާ އެކު ނާއިކްއަށް އާލާއާ ދިމާއަށް ބަލާލެވުނެވެ. އިސްޖަހައިގެން ހުރި އާލާގެ ލޮލުން ކަރުނަ ތިއްކެއް ކޯމައްޗަށް ފައިބައިގެން ދިޔައެވެ.

“އާލާ، ނާއިކްއާ އިނދެގެން އުޅެން ބޭނުން ނުވަންޏާ ބުނޭ. ނާއިކްއާ އެކީ އާލާ އުޅެން ބޭނުން ނުވަންޏާ ނާއިކް އާލާ ވަރިކޮށްދީ. އާލާއާ އެކީ އުޅެން ބޭނުން ނުވަންޏާ ނާއިކްވެސް ބުނޭ. މިއަދު ކޮންމެސް އެއް ގޮތަކަށް ނިންމަން ޖެހޭނެ” ފަހަރަކު މީހަކަށް ބަލާލަމުން އާޒިމް ބުންޏެވެ.

އާޒިމްގެ ވާހަކަ ހުރި ގޮތުން ސާއިމާއަށް ކަންބޮޑުވުމާ އެކު އާޒިމްއަށް ގޮވާލެވުނެވެ. ރަމްލާއަށްވެސް ކައިރީގައި އިން އަމީންގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ސިހުރު

Next

ދަރިފުޅު

Next
September 29, 2024

ދަރިފުޅު

Previews
September 28, 2024

ސިހުރު

12 Comments!

  1. :) says:
    September 28, 2024 at 3:51 pm

    Owhh dear.. Aala anehkaa nubunachey naaik r ehkoh ulhey kah beynumeh nooney.. mi part vx vv reethi.. let’s see what’s gonn hppn.. Curiously waiting for the next part.. <3

    1. Mar Sha Mar Sha says:
      September 29, 2024 at 11:55 am

      thank u dear, next part InShaAllah on Monday

  2. Nnilukix says:
    September 28, 2024 at 4:50 pm

    Next part kn iraku up kuranee.
    Varah salhi mi part vs.
    Curiously waiting for the next part.

    1. Mar Sha Mar Sha says:
      September 29, 2024 at 11:56 am

      thank u dear

  3. Nawar says:
    September 28, 2024 at 4:53 pm

    Naaik aala vari nukurahcheyy….
    Eyrah vaahaka mulhin hadi vaane….
    aala naaik kameii nukureyey…
    Aadheys kohfa bunan naaik dhahkaa vaahaka ehfaharu nama vx aala adu ahaabala..
    Mi part vx varah varah reethi.whn next

    1. Mar Sha Mar Sha says:
      September 29, 2024 at 11:56 am

      thank u Nawar, 19 on Monday

  4. gurrrrl says:
    September 28, 2024 at 7:10 pm

    alheyy thihen nuhadhaa aala n naaik ah curiously waiting for next
    keep it up

    1. Mar Sha Mar Sha says:
      September 29, 2024 at 11:57 am

      thank u gurrrl

  5. Reeshh says:
    September 28, 2024 at 7:34 pm

    Noo, naaik Aala vari nukurahchey..eyrun story kiya hiy vx kendeyne.. Demyhun vhk dahkain Massala hallu kohbala, Aala gaboolu kohba naaik Ehvx kameh nukuraanan. Naaik Aala mathin handaan huryma Eyru vx Ehvx kameh nukury Dhn Aala please ekn understand vefa naaik ah Loabi deyn try kohba.vrh reethi mi part vx, Waiting for next curiously

    1. Mar Sha Mar Sha says:
      September 29, 2024 at 11:58 am

      thank u Reeshh, next on Monday

  6. Cutie girl says:
    September 28, 2024 at 8:46 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Naaik aaala vari nukurachey
    They both are made for each other
    Yaish and nau ves marry kuraa
    V interesting story eh
    V kiyaala hithun kiyani
    Kithamme las viyas eves shakuvaa eh neih i understand
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you maash ❤️😍

    1. Mar Sha Mar Sha says:
      September 29, 2024 at 11:59 am

      thank u Cutie

Comments are closed.

Next Episodeލޯބިން ބަލާލީމާ 19←


All Right Reserved!