Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަނދުވަރު ދިން އެރޭ …3

Hudhufinifenmaa_
Hudhufinifenmaa_ Level 2100 Login10 Stories
September 28, 2024 7 Mins Read
2 Comments

ހަނދުވަރު ދިން އެރޭ … 3

 

” ފުރުމުގެ ކުރިން އަދި ބަލާނަން އާދެވޭތޯ.. “ ރީހާން އަހަންނަށް ދިން އެ އުއްމީދީ ޖަވާބާއި އެކު އޭނާ ސައިކަލަށް އެރުމުގެ ކުރިން އަހަންނާ އެކު ނެގި ސެލްފީ ވައިބަަރ ކޮއްލިއެވެ. ރީހާން ދިއުމުން އަހަރެން އެނބުރިލީ ގޭތެރެއަށް ވަންނާށެވެ. 

ކުއްލިއަކަށް އަހަރެންގެ ހިތް ފިނިވެ އަތާ ފައި ގަނޑުވެލީހެން އިހުސާސް ކުރެވުނީ މީހަކު އަހަރެންގެ ކޮނޑުގައި އަތްއަޅާލުމުންނެވެ. 

 

ސިއްސައިގެންގޮސް އަހަރެން އެނބުރިލީ ހިތް އަނގަޔަށް އައީހެން ހީވާފަދަ ގޮތަކަށެވެ. އަހަރެން ހަމަ އެނބުރިލުމާއި އެކު ލާނެތް ހިނިގަނޑެއް ޖަހާލައި ޒީނާ އަހަންނާއި ދިމާކުރަންފެށިއެވެ. ޒީނާ އަހަންނަށްވުރެ ހަގީ އެންމެ އަހަރެކެވެ. އޭނާ އަހަންނާއި އަބަދުވެސް ދިމާކޮށް ވާހަކަ ދައްކާނީ ރައްޓެއްސެއް އަބަދު ދިމާކުރާހެންނެވެ. އޭނާގެ އެ ސަމާސާ މިޒާޖު އަހަންނާއި ހާސް ތަފާތަސް ސިފަ އެއްގޮތް ކަމެއް ހުރެއެވެ. އަހަރެން ރުޅި ދައްކާލަމުން ލޯއަޅާލީމެވެ. ” ސާބަސް … އަހަރެން ހީކުރީ….“  ” ހީކުރީ ހުޝާމްބެ ކަމަށް ދޯ؟؟  ވަޓް އިފް އިޓް ވޯޒް ރިއަލީ ޔުރ ހަޒްބެންޑް ހުޝާމް؟؟؟ “ 

އަހަރެންގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް އަނެއްކާ ހީގަންނަމުން އޭނާ ބުންޏެވެ. 

” އާނ … ކީއްކުރަން މިތާ ބޮނދައި ތިއޮތީ… ؟؟ ކިހާ އިރެއްވެއްޖެ ތިހެން މި ގަސްދޮށުގަ ފިލާ އޮންނަތާ؟؟ “ 

” ހައްހައް .. އެ ސޮރު އައިއްސުރެ…. !! އައި ޓޯލްޑް ޔޫ ޓު ޝޯ މީ ހިމް.. އެކަމު މަށަށް އެނގޭ ނުދައްކާނެކަން.. އެހެންވެ ބަލާލަން އައި އިރު އެހާ އަވަހަށް ދާން އުޅުނުކަން އެނގުނީމަ ފިލީ..!! ތިއެެއް ނޫނޭ .. ހީ އިޒް ސޯ ހޭންޑްސަމް… އަނދިރީގެ ތެރެއިން އަހަންނަށް ބޮޑީ ފެނިލީމަ ވެސް ވަރަށް ހިތް ކިޔައިފި.. މަށަށް ސެޓް ކޮށްދޭންވީނު. އަ އެމް ސިންގަލް ވިއްޔަ އަދިވެސް.. “ ޒީނާ ހުރީ ހުއްޓާލާ ގޮތަކަށް ނޫނެވެ.  ” ސްޓޮޕް އިޓް !!!! “ އޭނާގެ ސަމާސާގައި އެ ބުނި އެއްޗަކުން އަހަރެންގެ ހިތަށް އުނދަގޫވެ ނުރުހުންތެރި ރާގަކަށް ބުނެލެވުނެވެ. ” ކީއްތަވީ ..؟ އަހަރެން ކަމު ނުދޭތަ ސިސްގެ ފްރެންޑް އާއި ގުޅުވަން؟ ކިހާ ސަޅި ވާނެ.. “ އަހަރެން ހަމަ ހައިރާންވިއެވެ. ލާނެތް ކަމުގެ ހައްދެއް ނެތީ ތާއޭ ވެސް ހިތައް އެރިއެވެ. 

” އޭނަ އައީ ގާރލް އެއް ސެޓް ކުރާކަށް ނޫނޭ.. ހީ އިޒް އޯލްރެޑީ މެރިޑް .. “ އަހަރެންގެ އަޑުގައި ބާރެއް ނެތްފަދައިން މަޑުމަޑުން ބުނެލީމެވެ. ” ވަޓް… އަސްލުވެސްތަ…“ ޒީނާ ގެ އަޑުގައި ވީ މާޔޫސް ކަމެވެ. އެކަމަކުވެސް އޭނާ އެހިސާބުން ހުއްޓާލީއެއް ނޫނެވެ. ” ކޮބާ މައްސަލައަކީ .. މެރިޑް އަކަސް އޯކޭވާނެ .. ދެ އަތްބަށް ވެސް ހަމަ އޯކޭ..! “ އެެއްލޯ މަރާލަމުން ޒީނާ ހީލިއެވެ. 

” ސާބަސް.. އޭނަ އޯކޭ އެއް ނޫނޭ…!! އޭނަ އަންހެނުން ވެސް އޯކޭ އެއް ނުވާނެ.. މޮޔަ ނުގޮވާ … ހީ އިޒް މެރިޑް އެންޑް ހީ ހޭޒް އަ ކިޑް“ އަހަރެންގެ ވާހަކަ އަޑުއަހަން ހުރި ޒީނާގެ މޫނުގެ ކުލަ އޮއްސުނުފަދައެވެ. ” އަޅެ… ކިޑް އެއްވެސް ހުރެއޭ…؟؟ ދެން ކިހިނެތް އޭނަ ސިސް އާއި އެހާ ފްރެންޑް ވީ؟ އޭނަ ވައިފް އަށް އެނގޭތަ ތި ދެމީހުން ފްރެންޑް ކަން؟؟ “ ޒީނާ އޭނާގެ ހިތުގައި އުފެދުނު ސުވާލު ކޮށްލީ ފަސް ޖެހުމެއް ނެތިއެވެ. ” ހްމްްމް.. އެނގޭނެ..! “ 

” އޯހ .. ހާދަ ކޫލް ވައިފް އެއް… ތި ހެންޏާ އޭނަ އޯކޭވާނެ ކަންނޭނގެ ދެ އަތްބަށް އަހަންނާ މެރީ ކުރިޔަސް…! “ އަހަރެން ދެ ލޯ ބޮޑު ކޮށްލަމުން ގޮސް ޒީނާގެ އަތުގައި ވިކައިގަތީމެވެ. ” އައްދިއްޔޯ…!! “ ތޫލި

އަޑަކުން ޒީނާ ހަޅޭކެއް ލައްވައިލިއެވެ. ” ހާދަ ވަރަކަށް ދެވަނަ އަތްބަކަށް ވާހިތުން ތިއުޅެނީ..؟ ތިހާ ވަރަށް މެރީ ކުރާ ހިތުން އުޅެންޏާ ޝަޔާން އާއި ކީއްވެ މެރީ ނުކޮށް ތި ހުންނަނީ.. އޭނަ ކިހާ ވަރަކަށް ފަހަތުން އެ ދުވަނީ.. އާނ އެކޭ ބުނުން ލަސްވާނީ.. “ އަހަރެން ބުނި އެއްޗަކުން ޒީނާ ތުން އަނބުރާލިއެވެ. ޝަޔާން ކިތަންމެ ލޯބި ވިޔަސް،ފަހަތުން ދުވިޔަސް ޒީނާއަކަށް އޭނާގެ ހިތް ޝަޔާން އަކަށް ނުދެވުނެވެ. އެހެނަސް އެހެން މީހަކާއި ރައްޓެހި ވާކަށް ވެސް ނޫޅެއެވެ. ޝަޔާން އަކީ ކުޑައިރުއްސުރެ ޒީނާގެ ގާތް އެކުވެރިއަކަށް ވުމުން އޭނާ ޝަޔާން އާއި މެދު ދެކެނީ އެކުވެރި ކަމުގެ ނަޒަރުންނެވެ. ލޯބި އެއީ އޭނާ ދަންނަ އެއްޗެއް ނޫނެވެ. ” އަހަންނަށް ހީވަނީ ތި ފްރެންޑްގެ ވައިފް އަށް ވުރެ ސިސް ހެން ކަންބޮޑުވަނީ އަހަރެން އޭނަ އާއި ގުޅެން.. ބުނެބަ.. ޔޫ ފީލް ސަމްތިންގް ފޯ ހިމް… ނޫންތަ.. ؟ ނޫންނަމަ  ސިސް އަކީ ތީ ތިހެން މީހެއްގެ ފިރިޔަކާ ފްރެންޑްޝީޕް ބާއްވާނެ މީހެއް ނޫން.  އަދި ތިގޮތަށް ރީތިވެލައިގެން އޭނައާއި މީޓްވެސް ނުކުރާނެ“  ޒީނާގެ މި ޖުމްލަތައް ވީ އަހަންނަށްވެސް އަމިއްލަ ނަފްސާއިމެދު ސުވާލު އުފެދުނު ޖުމްލަތަކަކަށެވެ. ކުޑަ ވަގުތު ކޮޅަކަށް އަހަރެން ހުއްޓުންވެ ބުނާނެ އެއްޗެއް ނޭނގުނީއެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. ރީހާންގެ ހިތުގައި އަހަންނާމެދު އެފަދަ އެއްވެސް އިހުސާސެއް ނުވާނެއެވެ. އޭނާގެ ހިތުގައި އަހަންނަށް އެފަދަ ޖާގައެއް ވާ ނަމަ އަހަރެން ހުޝާމް އާއި ކައިވެނި ކުރުމުގެ ކުރިން ބުނީހެވެ. އަހަރެން ހުހަށް ހުއްޓައި އޭނާ އެހެން މީހަކާއި ކައިވެނި ކޮށް ދިރިއުޅުމެއް ނުފަށާނެއެވެ. ޔަގީނުން ވެސް އޭނާ ކައިވެނި ކުރާނީ ލޯބި ވާތީއެވެ. 

” ޒީން … މޮޔަ ވީތަ؟ އަހަރެންވެސް މީ މީހެއްގެ އަތްބެކޭ.. އަހަރެންގެވެސް ކުއްޖަކު އެބަހުރި. އަހަރެން އޭނަ ދެކެނީ ގާތް އެކުވެރިޔެއް ގޮތަށް.. އޭނަ ވެސް.. އަހަރުމެން ދުވަހަކުވެސް ދިމާ ނުވާތީ މިރަށަށް އާދެވުނުފަހަރު މީޓް ކުރީ.. އެއްވެސް އެހެން އެއްޗެއް ހިތުގައި އޮތީމައެއް ނޫން“ އަހަރެން މަޑުމައިތިރިކަމާއި އެކު ޱޒީނާއަށް ވިސްނައިދެވޭތޯ ބެލީމެވެ. އެއަށްވުރެ ބޮޑަށް  އަހަރެންގެ އަމިއްލަ ނަފްސަށް ވިސްނައިދެވުނު ފަދައެވެ. ހިތުގައި އުފެދެމުން ދިޔަ ތަފާތު އިހުސާސް ތަކަށް ބާރު ފޯރުވަމުން އަހަރެން ޒީނާ އާއި އެކު ގޮސް ކޮޓަރިއަށް ވަދެ ލީމް އޮތްގޮތެއް ބަލައިލީމެވެ. ލީމް އޮތީ ނިދާފައެވެ. ” ސާއިމް ކައިފިތަ؟ ..“ އަހަރެން ސުވާލުކޮއްލީ ޒީނާއާއެވެ. ސާއިމް އަކީ ޒީނާއާއި ޖެހިގެން ހަގަށް ހުރި އަހަރެމެންގެ ހަމަ އެކަނި ފިރިހެން ކޮއްކޮއެވެ. ދެން ލީޝް އެވެ. އަހަންނަކީ އެންމެންގެ ދައްތައެވެ. އަހަރެމެން ދެމެދުގައި މާބޮޑު އުމުރުގެ ތަފާތެއް ނެތެވެ. އެންމެންވެސް ބޮޑުވެގެން އައީ އެއްކޮށްނެވެ. އެއްބަނޑު އެއްބަފާ ކަމަށް ވުރެ އަހަރުމެން އުޅުމުގައި ވައްތަރީ އެކުވެރިންނާއެވެ. 

”ނުކާނަމޭ ބުނި…  ކޮޓަރިއަށް ވަން ގޮތަކަށް ނުނިކުމޭ…ހިނގާ ބަދިގެއަށް އެއްޗެއް ކާލަން.. ވ ބަނޑުހައި…“ ޒީނާ އެހެން ބުނެލަމުން ބަދިގެއަށް ދާން ހިނގައިގަތެވެ. ” މި އަންނަނީ ޗޭންޖް ކޮއްލައިގެން… ލީޝް އަށް ގުޅާލައްޗޭ… މަންމަ ކޮބައިތޯ ބަލާލަން…“ އަހަރެން ދޮރު ލައްޕާލަމުން ބުނީމެވެ. 

ހެދުން ބަދަލުކޮށްލައިގެން އަހަރެން ނުކުތް އިރު ރީހާން ގެ މެސެޖެއް އިނެވެ. ” ވަރަށް އުފާ ވެއްޖެ.. ގަބޫލުވެސް ނުކުރެވޭ … އެންޑް ދަ މޫން ވޯޒް ސޯ ބިއުޓިފުލް……“  މެސެޖްގެ ތިރީގައި ރަތް ކުލައިގެ ހިތެއް ޖަހާފައި އިނުމުން އެ މެސެޖް އަހަންނަށް އިތުރަށް ހާއްސަ ވިއެވެ. އަހަންނަށް ބޭ އިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. ” ތެންކިޔު ފޯ ކަމިންގ.. އަދި ފެންނާނެ ކަމަށް ހީކުރަން..“ އަހަރެން މެސެޖްގެ ޖަވާބުޱދީފައި ބަދިގެއަށް ދިޔައިރު ޒީނާ ކާން ތައްޔާރުކޮށްގެން އަހަރެންގެ އިންތިޒާރުގައި އިނެވެ. ” ލީޝް އަށް ގުޅިން.. ވ ކަންބޮޑުވެފަ ހުރީ.. އަހަރުމެން އެކަކުވެސް ނެތި މަންމަ ގޮވައިގެން ހޮސްޕިޓަލުގަ އެކަނި އުޅެންޖެހުނީމަ ބޯގޮވާފަ.. ކިހިނެތްތަ ދެން ހަދާނީ.؟ މަންމަވެސް ބޭނުންވަނީ ރަށަށް އަންނަން.. އެކަމަކު ހީވޭތަ ރަށަށް އައުމުން ރަނގަޅުވާނޭ.. އިންޑިޔާ އަށް ގޮސް އަވަހަށް ސާރޖަރީ ކުރެވިއްޖެއްޔާ މާ ރަނގަޅުވާނެ.. “ ޒީނާ އޭނާ އަށް ފެންނަގޮތް ކިޔާދިނެވެ. ” އެކަމަކު ކިހިނެތް ކޮންތާކުން އެހާ ގިނަ ފައިސާ ހޯދާނީ ކުއްލިއަކަށް ..އިންޑިޔާއަށް ގޮސް މައިބަދައިގެ ސާރޖަރީއެކުރެވޭނީވެސް ފައިސާހުރެގެން.. ޒީން ފިހާރައެއްގަ އުޅެގެން ތި ލިބޭ ރުފިޔާ ކޮޅުންނެއްނު ހުރިހާ ކަމެއް ކުރަން މި ޖެހެނީ.. ސާއިމް އަށް ވެސް ވަޒީފާއެއް ލިބުނީއެއް ނޫން..“ އަހަރެން މާޔޫސްކަމާއެކު ބުނެލީމެވެ. ” ހުޝާމްބެ ކީކޭ ބުނީ.. ހުޝާމްބެ ކައިރީ ބުނިންތަ؟“ އަހަރެން ޖަވާބުގައި ދެފަރާތަށް ބޯ ހަލުވައި ލުމުން ޒީނާ އަނެއްކާވެސް ކޮށްލީ ސުވާލެކެވެ. ” ކީއްވެ؟ ދެން ނެތެއްނު އަހަރުމެން ކަމަކު ބުނަން އިތުރު މީހެއް .. ހުޝާމްބެ ކައިރީ ބުނަންވީނު.. ؟ “ ތެދެކެވެ. ދެން އިތުރު މީހެއް ނެތެވެ. އަހަރެން ބޯޖަހާލަމުން ފެންތައްޓެއް ބޯލައިގެން ނިކުތީމެވެ. ކާހިތް ވެސް ނެތީއެވެ. ޒީނާ ވެސް ކައި ނިމިގެން އޭނާގެ ކޮޓަރިއަށް ދިޔުމުން އަހަރެން ގޮސް ލީމް ކައިރީ އޮށޯވެލީމެވެ. ހިތުގައިވި މާޔޫސްކަމާއި އެކު އަހަންނަށް ވެސް ވިސްނުނީ ހުޝާމް އާއި ވާހަކަ ދައްކާލާށެވެ.  އޭރު ގަޑިން އެގާރަ ޖަހަނީއެވެ. އަހަރެންގެ ފޯނު ނަގައި ހުޝާމްގެ ނަންބަރ އަށް ޑައިލް ކޮށްލީމެވެ. ޖަވާބެއް ނުލިބުމުން އަހަރެން މެސެޖެއް ކޮށްލީމެވެ. ” ލަވް.. ނިދީތަ؟ “ ޖަވާބެއް ނުލިބުނެވެ. އަނެއްކާވެސް އަހަރެން ހުޝާމް އަށް ގުޅާލީމެވެ. ” ވަރަށް ޓަޔަޑް.. ކިހިނެތްވީ.. ނިދިފަ އޮތީ..“ އަހަރެންގެ ފޯނަށް ޖަވާބު ދިނުމުގެ ބަދަލުގައި ފޯނު ބިޒީ ކޮށްލުމަށްފަހު ހުޝާމް ކޮށްލީ މެސެޖެކެވެ. ” ވާހަކައެއް ދައްކާލަން.. ގުޅާލެވޭނެތަ؟…“ އަހަންނަށް ވާހަކަ މި ދެއްކެނީ ބީރައްޓެއްސަކާއި ބާއެވެ. ކައިވެނިކޮށްގެން ތިން އަހަރު ވީ އިރު އެއްފަހަރުވެސް އަހަރެންމީ ހުޝާމްގެ ހުރިހާ ވަގުތަކާއި ސަމާލުކަމެއް ހައްޤު މީހާކަން އަހަންނަށް އިހުސާސް ނުކުރެވެނީ ކީއްވެބާއެވެ. ހުޝާމް އަހަންނާއި އެ ގާތްކަން ނުބާއްވަނީ ކީއްވެކަން އަހަންނަށް އެނގެއެވެ. އެކަމަކު އަހަރެން މީ އޭނާގެ އަނބިމީހާކަން އޭނާ ހަނދާން ނުވަނީބާއެވެ.  އަހަރެން މިއީ އޭނާގެ ދަރިފުޅުގެ މަންމަ ކަން ވެސް ހަމަ ނުވިސްނޭބާއެވެ. އަހަރެންގެ މެސެޖަކަށް އިތުރު ރިޕްލައި އެއް ނުލިބުނެވެ. ހުޝާމްގެ ކޯލެއްވެސް ނައެވެ. އަހަރެންގެ ލޮލުން ކަރުނަ ހިލި ހިތުގައި ޖެހުނުލެއް ބޮޑުކަމުން ބާލީސް ދަށަށް މޫނު ލައި ރަނގަޅަށް ވެސް ރޮއިގަނެވުނެވެ. 

” އަހަރެން ޒާނާ ދެކެ ލޯތްބެއް ނުވޭ…! އަހަންނަށް މި ކައިވެނި ކުރެވުނީ އޭރު އަހަރެންގެ ބޯހާސްކަން ފިލުވައިލަން ބޭނުންވެފަ ހުރިވަރުން… އެއީ އަހަންނަށް ހެދުނު ވ ބޮޑު މިސްޓޭކެއް.. އައި ކާންޓް ލަވް ޔޫ…“ ރޮމުން ދިޔަ އަހަރެންގެ ހިތުގެ ރިހުން އިތުރު ވީ ކައިވެންޏަށް އަހަރެއް ވެސް ނުވަނީސް ހުޝާމް އަހަންނާއި ދިމާލަށް ބުނި މި ބަސް ތައް އަހަރެންގެ ސިކުނޑީގައި އެނބުރެން ފެށުމުންނެވެ. އެއީ ދުވަހަކުވެސް އަހަރެންގެ ހިތުން ނުފޮހެވޭނެ ބަސްތަކެކެވެ. އަހަރެންގެ ހިތް ކުދިކުދި ކޮށް ހުރިހާ އުއްމީދުތަކެއް ފުނޑުކޮށްލީއެވެ. ހުޝާމް އަހަރެންދެކެ ހަޤިޤަތުގައިވެސް ލޯބި ނުވަނީއެވެ. އެހެންނަމަ އޭނާއަށް އަހަންނާއި ދުރުގައި ނުހުރެވޭނެއެވެ. އަޅައިލާނެއެވެ. އަހަންނާ ވާހަކަ ދައްކައި އަހަންނާއެކު ވަގުތުހޭދަ ކުރާހިތްވާނެ އެވެ. އެތަށް ޝަކުވާއެއް ހިތާ ކުރަމުން ރޮމުން އަަހަރެން އަނެއްކާވެސް ފޯނު ބަަލައިލީ ހުޝާމް ގެ މެސެޖެއް ނަމަވެސް ލިބޭނެކަމަށް އުއްމީދުކޮށްފައެވެ. އެހެނަސް އަހަރެންނަށް އެވަގުތު ލިބުނީ ރީހާންގެ މެސެޖެކެވެ. ” ނާ.. ނިދީތަ؟ ކައިފިންތަ؟ ކީއްކޮށްލަނީ..؟ “ 

” ނުނިދަން .. މި އޮތީ..“ އަހަރެން ލޯ ފޮހެލަމުން މެސެޖް ކޮށްލިއިރަށް އަނެއްކާވެސް ރީހާން މެސެޖްކޮށްލީ ގުޅާލިޔަސް އެންމެ ރަނގަޅުހޭ އަހާފައެވެ. ރީހާން އެގޮތަށް އަހަރެންގެ ހާލުބަަލައި އަހަރެން ކައިގެންތޯ ހުރީ އަހާއިރު ހުޝާމް އެގޮތަށް ނުވާތީ އަހަރެން ދެރަވެއެވެ. އިރުކޮޅެއް ފަހުން ރީހާން އަހަންނަށް ގުޅުމުން އަހަރެން ކަރުނަތައް ހިފަހައްޓަމުން ދެލޯ ފޮހެލައި ފޯނު ނެގީމެވެ. އަހަރެންގެ އަޑު ޖެހުމާއެކު ރީހާން ކުރީ ސުވާލެވެ. ” ނާ.. އޯކޭތަ ހުރިހާ ކަމެއް.. ކިހިނެތް ވެފަ .. އަޑުން ހީވަނީ…“ ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލިނަމަވެސް ރީހާން ބުނަން އުޅުނީ ކީކޭކަން އަހަންނަށް އެނގުނެވެ. އަހަރެންގެ އަޑުން އޭނާއަށް އަހަރެން ރޮއެފައި ހުރިކަން އެނގުނީއެވެ. ” އޯކޭ… “ އަހަރެން އިތުރު އެއްޗެއް ނުބުނެ މަޑުކޮށްލުމުން އަނެއްކާވެސް ރީހާން ވާހަކަ ދެއްކިއެވެ. ” ނާ ބުނެބަ.. ކިހިނެތްވީ؟ އަނެއްކާ މަންމަ މާބޮޑަށް ބަލިވީތަ.. ؟ ބުނީމެއްނު މަންމަ ބަލިވާހަކަ ކުރިން.. މިހާރު އިތުރަށް ކަމެއް ގޯސްވީތަ؟ “ ކީއްވެ ބާއެވެ. ރީހާނަށް އަހަރެންގެ ހުރިހާކަމެއް އެނގެއެވެ. އަހަރެން އެއްޗެއް ބުނެފިނަމަ ހަނދާންވެސް ހުރެއެވެ. އަހަރެންގެ ކޮންމެ ކަމެއް ކޮންމެ ވާހަކަަައެއް ކަނުލައި އަޑު އަހައެވެ. ރީހާން އަހަރެންގެ ކޮންމެ ކަމަކަށް އެހާ ސަމާލުކަންދެނީ ކީއްވެބާއެވެ. ” ނާ…؟؟“ ރީހާން އަނެއްކާވެސް މަޑުމައިތިރި އަޑަކުން އަހަންނަށް ގޮވާލިއެވެ. ’ ނާ‘ އެއީ ހަމަ އެކަނި ރީހާން އަހަންނަށް ކިޔާ ނަމެވެ. އެހެން އެއްވެސް މީހަކު އަހަންނަށް އެނަމުން ނުގޮވާތީ ރީހާންގެ އަޑުން އަހަންނަށް ގޮވާލާ ކޮންމެ ފަހަރަކު އަހަންނަށް ކުރެވެނީ ތަފާތު އިހުސާސެކެވެ. އަހަންނަށް ހިތުގައިވި ހުރިހާ ކަންބޮޑުވުމެއް ބަންޑުންކޮށްލެވުނީ ބަރުވެ ވެހެން ތައްޔާރުވެފައިވާ ވިލާގަނޑަކުން ވެހެންފެށި ބޯ ވާރޭ ތިކިތަކެއް ހެންނެވެ. މަންމަ ބަލި ވާހަކައާއި ފައިސާގެ ދަތިކަމުގެ ވާހަކައެވެ. އަހަރެމެންނަށް އެހީތެރިކަމެއް ލިބޭނެ މަގެއް ފަނިފައި ނެތް ވާކަހައެވެ. އަހަރެންގެ ކޮންމެ ލަފްޒެއް ކަނުލައި އަޑު އަހަން ހުރި ރީހާން އަހަރެންގެ ވާހަކަ ނިމުމުން ކަންބޮޑު ނުވާށޭ ބުނެލީ އޯގާތެރި ރާގަކަށެވެ. ” އަހަރެން ނާ ބޭނުމިއްޔާ ހެލްޕް ވެދޭން ތައްޔާރު… ބުނި ކޮންމެ ކަމެއް ކޮށްދޭން އަހަރެން މިހިރީ.. “ އަހަރެންގެ މާޔޫސް ވެފައިވާ ހިތައް ދިރުމެއް ލިބުނުހެން ހީވިއެވެ. އެހެނަސް އަހަރެން ވިސްނާލީމެވެ. އަހަންނަކަށް ރީހާންގެ ހެލްޕް ހޯދަން ނުކެރޭނެއެވެ. އަހަރެން އެންމެނަށް ދޭނީ ކޮން ޖަވާބެއްބާއެވެ. ރީހާންގެ އަންހެނުންނަށް އެނގިއްޖެއްޔާ އޭނާ ވިސްނާނީ ކޮންގޮތަކަށް ބާއެވެ. ހުޝާމްއަށް އެނގިގެން ސުވާލު ކޮށްފިއްޔާ އަހަރެން ބުނާނީ ކީކޭބާއެވެ. އެތަށް ސުވާލަކުން އަހަރެންގެ ސިކުނޑި ފުރުނުހެން ހީވުމުން އަހަރެން މަޑުމަޑުން ނޫނެކޭ ބުނެލީމެވެ.  ” އެއްވެސް ކަމަކަށް ބޭނުމިއްޔާ ބުނައްޗޭ.. ވެވުނު ވަރަކުން އެހީވާނަން.. ނާ ތިހެން ދެރަވެފަ ހުންނަން އަހަރެން ބޭނުމެއް ނޫން.. “ ރީހާންގެ އެ ޖުމްލަތަކުން އަހަރެންގެ ހިތް ހަމަ ޖެހެމުންދިޔަޔަސް ހިތުގައި ވަނީ ބޮޑު ސުވާލު މާކެކެވެ. ރީހާންގެ ހިތުގައި އެވަނީ ހަމަ ހަމްދަރުދީ ބާއެވެ. ނޫނީ އޭނާގެ ހިތް އަހަންނަށް ދެވުނީބާއެވެ؟

ރީހާން ފޯނު ބޭއްވުމުން އަހަރެން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލީމެވެ. ބަރުވެ މާޔޫސްވެފައިވާ އަހަރެންގެ ހިތަށް ކުޑަނަމަވެސް ލުޔެއް ލިބުނުހެން ހީވިއެވެ. އަހަރެންގެ ކުޑަ ދަރިފުޅު ލީމްގެ މައުސޫމް މޫނަށް ބަލައިލަމުން އެ ކޮލުގައި ފިރުމާލީމެވެ. ހުޝާމްއަށް އަހަރެންގެ އިހުސާސްތައް އެނގޭނީ ކޮން އިރަކުން ބާއޭ ހިތާ ހިތުން ސުވާލުކުރަމުން ދެލޯ މަރައި ބާރުކޮށްލީމެވެ. 

ފަތިސްވެ އަލިވުމުން ހޭލައިގެން އަހަރެން ފުރަތަމަ ވެސް ބެލީ ހުޝާމްގެ މެސެޖެއް ނަމަވެސް އޮތްތޯއެވެ. އެކަމަކު އަހަރެންގެ ފޯނުގައިވީ ރީހާން ކޮށްފައިވާ އެތަކެއް މެސެޖެކެވެ. އޭނާ އަހަންނަށް އެހީވާން ބޭނުންވާ ވާހަކައެވެ. އަހަރެން ދެރަވެ ހުރިކަން އެނގުމުން ހިތް ނުތަނަވަސްވާ ވާހަކައެވެ. އެތައް އަހަރަކަށްފަހު އަލަށް ދިމާވުމުން އުފާވި ވާހަކައެވެ. އަދިވެސް އަހަންނާއި ބައްދަލުކުރަން ބޭނުންވާހަކައެވެ. 

ހެނދުނުގެ ނާސްތާ އަށް ފަހު އަހަރެން ހުޝާމް އަށް ގުޅާލީމެވެ. ހުޝާމް ފޯނެއް ނުނަގައެވެ. އިރުކޮޅަކުން ކޮށްލި މެސެޖްގައި އޮތީ ވަރަށް އާރޖެންޓް މީޓިންއެގައި އޮފީހުގައި ކަމަށެވެ. އަހަރެން ވީ ފޫއްސެވެ. އިތުރަށް ހުޝާމްއާއި ވާހަކަ ދައްކަން މަސައްކަތް ކުރުމުގެ ބޭނުމެއް އަހަންނަކަށް ނުފެނުނެވެ. އަހަރެން ފޯނު ނަގައި ރީހާން އަށް މެސެޖް ކޮށްލީމެވެ. ” އައި ނީޑް ޔުރ ހެލްޕް“ .

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Hudhufinifenmaa_
Follow Me Written By

Hudhufinifenmaa_

Level 2100 Login10 Stories

Other Articles

Previous

އިންސާފް (އެކާވީސްވަނަ ބައި)

Next

ސިހުރު

Next
September 28, 2024

ސިހުރު

Previews
September 28, 2024

އިންސާފް (އެކާވީސްވަނަ ބައި)

2 Comments!

  1. Cutie girl says:
    September 28, 2024 at 12:13 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Hushaam haadha goahey nuvaane Ehn hadhaakah
    Mi part kiyaafa rovijje
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      September 29, 2024 at 8:01 am

      Thankyou cutie girl. ☺️

Comments are closed.

Next Episodeހަނދުވަރު ދިން އެރޭ …4←


All Right Reserved!