Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ 18

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
October 2, 2024 10 Mins Read
14 Comments
  1. “ގެޓެއް ނުވި” އަހަރެންގެ ބޮލަކަށް އާހިލް ބުނެދޭން އުޅޭ އެއްޗެއް ނުވަނެވެ. އާހިލް މާކަރެއް ނަގައިފައި މަތީގައި ދެ އިނގިރޭސި ލަފުޒު ލިޔެލިއެވެ. އަހަރެންގެ ދެލޯ މުދުނަށް އެރިއެވެ. “އިމްޕޮސިބްލް. ހަ…ހައު… އިން މޯލްޑިވްސް…. ނޯވޭ… ނޫނެކޭ ބުނޭ” އަހަރެން އެކަން ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. އެ ބަޔަކު އެ ހިންގަނީ ހާދަހާވާ ލާއިންސާނީ ޖަރީމާއެކެވެ. މިކަން ކުރަން މީހުން ނަގައިފިނަމަ ދެން ނުފެންނާނެ ކަން އެނގެއެވެ. އެހެނަސް އެކަން ޤަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. ކުށެއް ނެތް އެތައް ބައެއްގެ ޙައްޤަކަށް އެ އަރައިގަންނަނީއެވެ. މިއީ ދެން އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި ދިއުމެވެ. ދަހިވެތިކަމުގެ ވެސް އިންތިހާއެވެ. 

“އޯ….އޯރގަން… ސެލް….ސެލިން” އަހަރެންނަށް އެ ދެ ބަސް ބުނެލެވުނީ އުނދަގުލުންނެވެ. އާހިލްގެ މޫނުމަތީގައިވީ ކުލަވަރުން ވެސް އެ ކުރަނީ ސަމާސާއެއް ނޫންކަން ދޭހަވެއެވެ. އޭނާގެ ފޯނު ނަގާ އަޅުވާލި ރިކޯޑިން އަޑު އިވިފައި އެއީ ތެދެއް ކަން ޤަބޫލުކުރަން މަޖުބޫރުވިއެވެ. އޭގައި ވާހަކަ ދެއްކި މީހާގެ އަޑު ވެސް ހުރީ އަޑުބަދަލުވާ އެއްޗެއް ބޭނުން ކޮށްގެން ބަދަލުކޮށްފައި ކަން އަހަންނަށް އެނގުނެވެ. އަހަރެން ފަހަތަށް ދެ ތިން ފިޔަވަޅު އަޅާލީމެވެ. ނޫކަށިފުރާގެ ޒުވާން ކުދިންގެ ރޫޙުން ފުރިފައިވާ ފުރާނަތައް އެ ނަގާލީ އެ ހަށިތަކުގެ ގުނަންތައް ވިއްކާލުމުގެ ނިޔަތުގައެވެ. އެ ބައެއްގެ ހިތެއް އޮވޭ ހެއްޔެވެ؟ ހަމްދަރުދީ އާއި ލޯތްބާއި ކުލުނާއި އޯގާތެރިކަމަކީ ކޮން އެއްޗެއް ކަން ހަމަ ނޭނގެނީ ހެއްޔެވެ؟ އެ ތިބެނީ އަނިޔާވެރިކަމުގައި ހައްދުން ނައްޓައިފައެވެ. 

“ފޯނު ދީބަލަ” އާހިލްގެ ފޯނު ދިނުމުން އަހަރެން އޭގައި ހިފީމެވެ. އެ ފޯނުގައި އަހަރެންގެ ނަންބަރު ޖަހާ ސޭވް ކޮށްލަމުން އަހަރެންގެ ފޯނަށް ރިންގެއް ޖަހާލީމެވެ. އެ ފޯނު އަނބުރާ އާހިލްގެ އަތަށް ދީފައި އަހަރެން އެތަނުން ނުކުންނަން އުޅެގަތީމެވެ. އަހަރެން މި ހުރީ ސާފު ވައި ކޮޅަކަށް ދަހިލަވައިފައެވެ. ‘ޕެނިކް އެޓޭކެއް’ ޖެހިގެން އުޅޭ ހެން އަހަރެން އުޅުނީމެވެ. އަވަސް އަވަހަށް އަހަރެން އެތަނުން ނުކުމެގެން ދިޔައީ ބޭރުގައި މަޑުކޮށްގެން އިން މަލަކު ގާތަށެވެ. 

އެ ހިސާބަށް ގޮސް އަހަރެން މަސައްކަތް ކުރީ ހަމަޖެހިލާށެވެ. އެހެނަސް އެ އިވުނު ވާހަކަ އަކާއި ހެދި ހަމަޖެހިލެވޭ ހެއްޔެވެ؟ ދައްތައެއްގެ ގޮތުގައި ދެކުނު ހިތްހެޔޮ ފަރާތަށް އެ ނުލަފާ ބަޔަކު އެކުރީ ކިހާ އަނިޔާވެރި ކަމެއް ހެއްޔެވެ؟ އާދައިގެ ގޯނާއެއް ކުރީއެއް ނޫނެވެ. ހަމައެކަނި މަރާލީއެއް ވެސް ނޫނެވެ. ހަށިގަނޑުގެ ބައިތައް ވަކިން ނަގައިފައި ބޮޑު އަގުގައި ވިއްކާލީއެވެ. މިކަން ޝެހެނާޒަށް އެނގުނިއްޔާ އޭނާގެ ފާރުވެފައިވާ ހިތް ހިމުންވެ ކުނޑިކުނޑިވެގެން ހިނގައިދާނެއެވެ. އަހަރެން ބޭނުމީ ޝެހެނާޒަށް މިކަން ސިއްރު ކުރާށެވެ. 

“ކިހިނެއް ވީ؟” މަލަކު ވާހަކަ ދެއްކީ އަހަރެން ހަމައަކަށް އެޅުމުންނެވެ. އަހަރެން ފޯނު ނަގާ ދައްކާލީ އެ ބޯޑުގެ ފޮޓޯއެކެވެ. “އޭނ. ކީކޭ؟ މިއީ އަސްލު ތެދުތަ؟ މި ދިވެހިރާއްޖޭގައި މިކަހަލަ ކަމެއްތަ މި ހިނގަނީ؟” މަލަކު އެއްފަހަރާ އެތައް ސަތޭކަ ސުވާލެއް ކޮށްލިއެވެ. އަހަރެން އިނީ ޖަވާބު ދޭ ކަހަލަ މޫޑެއްގައެއް ނޫނެވެ. އެކާވީސް މީހަކު ވީނުވީއެއް ނޭނގި ގެއްލުމަކީ ކިހާ ބޮޑު ކަމެއް ހެއްޔެވެ؟ އެ ގެއްލުނު މީހުންނަށް އެ ކުރާ ކަމަކީ އެއަށް ވުރެ ނުބައި ކަމެކެވެ. އެ ރަހީނުކުރާ ގުރޫޕު އެއްވެސް ބަޔަކަށް އެނގުނަކަ ނުދީ އެކަން އެ ކުރަނީ ކިހާ ކުޅަދާނަ ވީމާ ހެއްޔެވެ؟ 

މަލަކު ސައިކަލު ދުއްވައިފައި ގޮސް ހުއްޓާލީ އަހަރެމެންގެ ސިއްރު ޖަގަހަ ހުރި ތަނަށެވެ. އެތެރޭގައި ޝެހެނާޒު އިނުމުން މަލަކު އެ ވާހަކައެއް ނުދައްކައެވެ. އައި ފަހުން އަހަރެން އިނީ ނެގި މަޑުވެފައެވެ. އެހެން އިނުމުން ހޫދުމެން ދިމާ ވެސް ކުރިއެވެ. އަހަރެން އަޅައެއް ނުލަމެވެ. ފަހަތުން އެކައްޗެކޭ ވެސް ނުބުނަމެވެ. އެރޭ ގެއަށް ދިޔަ މަގުމަތީގައި ވެސް އެހެންނެވެ. ޝެހެނާޒު އަހަރެންނާއި ވާހަކަ ދައްކަން އުޅުނަކަސް އަނގަޔަކުން ނުބުނަމެވެ. ޝެހެނާޒު ފެނުމުން މިރޭ އެ އިވުނު ވާހަކަ މީނާއަށް ކިޔައިދޭން ވީއޭ ވެސް ހިތަށް އެރިއެވެ.

ގެއަށް އައިސް ޝެހެނާޒު ގާތުގައި އެވާހަކަ ބުނަން ވިސްނީމެވެ. އެހެނަސް ފަސްޖެހެވުނީ ބޯކޮށް ވާރޭ ވެހުނު ދުވަސް މަތިން ހަނދާން ވުމުންނެވެ. ބުނުން އަދި ލަސްކޮށްލާނީ އޭ ހިތާ އެރޭ އޮށޯވެލީ ނިދާށެވެ. 

އަނެއް ދުވަހު ފަތިސް ނަމާދަށް ފަހު އަހަރެން ދިޔައީ ހެދި ގޮނޑުދޮށަށެވެ. އަހަރެން އެތަނަށް ދިޔައީ ސިކުނޑި ތާޒާކޮށްލުމުގެ ނިޔަތުގައެވެ. އިރު އަރާ މަންޒަރު އެ ތަނުން ވަރަށް ފުރިހަމައަށް ފެންނާނެއެވެ. ފަޒާއަށް އަލިކަން މަރުހަބާ ކިޔަމުން ދިޔައީ ލަސްލަހުންނެވެ. ބޯ ހިއްލާލަން ތައްޔާރުވެފައިވީ އިރުގެ އަލި އޮރެންޖް ރީނދޫ، ރަތް ފިޔާތޮށި ކުލައިން އުޑުމަތި ޖަރީވެފައި ވެއެވެ. ފޮޓޯ އަކަށް ރީތިވާނެއެވެ. އެހެނަސް އެހެން ނަގާ ފޮޓޯއަކަށް މި ޤުދުރަތީ ރީތިކަމާއި ވާދަކޮށްލާކަށް ލާހިކެއްނޫނެވެ. އެ ކަހަލަ އާޓިފިޝަލް އެއްޗަކުން މިހާ ފުރިހަމަކަމެއް ނުފެންނާނެއެވެ. އެ ހަމަހިމޭން މާހައުލުގައި އިނދެގެން އެ މަންޒަރު ބަލާއިރު އިޙުސާސް ކުރެވޭ ރާޅު ބީއްސާލާ އަޑާއި ދޫނީގެ ގޮވެލިތަކާއި ޖެހޭ ފިނި ވައިރޯޅިން ލިބޭ ހިތްހަމަޖެހުން ފޮޓޯއެއް ބަލާލައިގެން ލިބޭނެ ހެއްޔެވެ؟ 

އަހަރެން އިނީ މޫދުގެ ލޮނުގަނޑަށް ފައިކޮށްޕާލައިގެން އެއާއި ކުޅެލަ ކުޅެލައެވެ. އަރަން ފެށި އިރާއި އެކު ދޫނިތަކާއި ކަކުނިތަކާއި އެހެނިހެން ދިރުންތައް ދުވަހަށް މަރުހަބާ ކިޔަން ފަށައިފިއެވެ. އެހާ ގަދަ ދުވަހެއް ނޫން ކަމުން ރާޅުތަކުގެ އަޑު މަޑެވެ. އިވެނީ ދޫނީގެ މިޔުޒިކީ ގޮވުންތަކެވެ. ލޮނުގެ ވަހަށް ގަދަވެގަންނާނެ އެއްޗެއް ނެތެވެ. ހާދަހާ ހިތްފަސޭހައެވެ. އެ ހިތްހަމަޖެހުން ނަގާލީ އަހަރެންގެ ފޯނެވެ. އޭގެ ކަންފަތަށް ދުއްތުރާ ރިންގުޓޯނެވެ. 

އެކޮޅުން ގުޅީ ހޫދެވެ. ދުވަން ނައިސްގެންނެވެ. ފޯނު ކަނޑާލާ ޖީބަށް ލަމުން އަހަރެން ތެދުވެ ދެފައި ހިއްކާލީމެވެ. ދެފަޔާއި އަތް ސްޓްރެޗް ކޮށްލަމުން އަހަރެން ދުއްވައިގަތީ ކެތްކުޑަ ހޫދު އިންތިޒާރުގައި ނުބަހައްޓަން ވެގެންނެވެ. އަހަރެން ދުވީ ލޯ މަރައިގެންނެވެ. އެ ގޮތް ގޮތަކަށް ބޮލަށް ފަސޭހަ ވީމައެވެ. ދުވަމުން ދަނިކޮށް މީހެއްގެ ގައިގައި އަހަރެން ލައިގަތެވެ. އަހަންނަށް ބެލެންސް ނުކުރެވިގެން ފަހަތަށް، ދޮންވެލިގަނޑުގެ މައްޗަށް ވެއްޓުނެވެ. ދެން ހުރި މީހަކު ވެއްޓުނީ އަހަރެންގެ ގައި މައްޗަށެވެ. ފަރުވާކުޑަވީމާ ވާހާ ކަންކަމެވެ. އާނ ދެން މީހުން މަދޭ ހިތަށް އަރައިފައި ދެލޯ މަރައިގެން ދުވަން ޖެހޭ ހެއްޔެވެ؟

އަހަރެންގެ ގައި މައްޗަށް ވެއްޓުނު ސޮރު ފޮޅުވާލައިފައި ތެދުވަންނަން އުޅުނީމެވެ. އެހެނަސް އެ ސޮރު ބަރުކަމުން އަހަރެންނަށް ކާމިޔާބު ވާ ގޮތެއް ނުވިއެވެ. އަހަރެން ހުއްޓުން އެރީ އޭނާގެ މޫނު ފެނުމުންނެވެ. މި ތަނުން ވެސް ފެންނަން އެނގުނީ މީނާ ހެއްޔެވެ؟ ވަރެއްގެ ސޮރެކެވެ. ދެލޯ މަރައިގެން ދުވިކަމަށްޓަކައި ބަވާ އަޅާލާނެއެވެ. އޭނާ ހުންނަނީ އަބަދުވެސް އަހަރެންނާއި ދެކޮޅަށް މަލާމާތަކަށް ވިޔަސް އެއްޗެއް ނުބުނެވިފަ ވިއްޔާއެވެ. ބޯ ހަލާކެވެ. 

އެ ސޮރު ދޮންވެލިގަނޑުގައި އަތްވިއްދާލަމުން ތެދުވަންނަން އުޅުނެވެ. އެހެނަސް އޭނާ ހުއްޓާލީ އަހަރެންގެ މޫނު ފެނުމުންނެވެ. އޭނާ އަހަރެންގެ ދެލޮލަށް ނަޒަރު ހުއްޓާލުމުން ހަތަރު ކަޅި ހަމަވިއެވެ. “މަ ފަހަތުން ބްލޫ އައި ސްޓޯކާ ނާންނަ ތަނެއް ވެސް ނެތެންނު. ގަރާޖު ކައިރިން، ފިހާރައިން، ގެއިން، މިތަނުން، އަނެއްކާ ކަލޭ މަށަށް ވެސް ފާރަލާން ފެށީތަ؟” އާހިލް ވާހަކަ ދެއްކީ ހަމަ އެގޮތަށް ހުރެފައެވެ. ނޭވާ އިހުސާސްވާހާ ގާތުގައި ހުއްޓަސް އަހަރެމެންގެ ހިތަށް އެކައްޗެކޭ ވެސް ނާރާ ފަދައެވެ. 

“މަ ކުރާ ކަމެއްތަ އެއީ؟ ކަލޭ ވިއްޔާ ފުރަތަމަ މަށާ ދިމާކުރީ!” އާހިލް ދުރަށް ލަމުން އަހަރެން ތެދުވީމެވެ. ތަތްވެފައި ހުރި ކުދި ހިމުން ވެލިފުއްތައް ފޮޅާލީމެވެ. “ހޫން! މަ މިހާރު މޮޔަ ހިތަށް އަރާ ކަލޭ އެ ގޯޅިގަނޑަށް ވެއްދުނު ކަމަށް. ހަމަ އެ ލިވާޒު ސޮރުމެން ބެހިލަން ދޫކޮށްލަންވީ ފަހަރެކޭ.” އަހަރެންނަށް ދެލޯ އަޅާލަމުން އޭނާ ތެދުވިއެވެ. އަހަރެން ދެކޮޅަށް ކަޅި ހިންގާލަމުން އަލުން ދުއްވައިގަތީމެވެ. މިފަހަރު ލޯ ހުޅުވައިގެންނެވެ. 

“ބްރޯ ހާދަ އިރަކުންނޭ އާދެވޭވަރު ވީ. ވެލިގަނޑަކަށް ބޯކޮށްޕާލައިފަތް ތި އައީ.” ހޫދު ބަލައިލީ ފާޑަކަށެވެ. އަހަރެން އިސްތަށިގަނޑުގައި ހުރި ވެލިތައް އެކަށް ފޮޅާލެވޭނީ ބޯ ދޮވެގެން ފެންވަރާލުމުން ކަން އެނގޭތީ އަޅާނުލާ ދޫކޮށްލީމެވެ. “ގޮނޑުދޮށުން މިތަނަށް އައި މަގުމަތީ ދުއްޕާން ބޮޑު މެއްސަކާ ދިމާވީ. އޭ މަ ފެށީ!” އެހެން ބުނެފައި އަހަރެން ދުއްވައިގަތީމެވެ. ފަހަތުން އަހަންނާއި ހަމަކުރަން ހޫދު ވެސް ދުވަމުން އައެވެ. 

އަހަރެމެން ދުވުން ހުއްޓާލީ އަށެއް ޖެހި ފަހުންނެވެ. މާގިނައިން ދުވުމުން އަހަރެމެން ތިބީ މާނޭވާ ލެވިފައެވެ. ދަލުން ފެންވެރިފައެވެ. ނިތްކުރި މައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު އެއްފަރާތް ކޮށްލަމުން ފެންފުޅީގައި ތުން ޖަހާ ދަމާލީމެވެ. ގެއަށް ދިއުމަށް ދެމީހުން ވަކިވެލީ އެ ހިސާބުންނެވެ. 

އެ ދުވަހުގެ ޓްރައިނިން ސެޝަނުގައި ޖެހުނީ ޖަލަށް ދާށެވެ. ކުށްވެރިންގެ ވިސްނުމާއި ފިކުރާއި ކުޅެލައިގެން މުހިންމު ވާހަކަތައް އެމީހުންގެ ދުލުން ނެރޭށެވެ. އެމީހުންނަކަށް އަހަރެމެންނަކީ ކޮން ބައެއް ކަމެއް ނޭނގޭނެއެވެ. އަހަންނަށް ޖެހުނީ ހައްދުން ނައްޓާ ގޭންގު ސޮރެކެވެ. ހޫދަށް ޖެހުނީ ގެވެށި އަނިޔާގެ މައްސަލައެއްގައި ހައްޔަރު ކުރި ފިރިހެނެކެވެ. އެމީހުންގެ މައްޗަށް އަދި ޙުކުމެއް ނުކުރެއެވެ. ކަންކަން ލޮލުން ދެކި އަތުން ހިފީމާ ވެސް އެމީހުން އެކަމަށް އިންކާރު ކުރާނެއެވެ. 

ޖަލުގެ މީހުންނާއި ބައްދަލު ކުރާ ހިސާބަށް ދާން ވެސް ދިޔަވަރަކަށް މިނެޓު ނެގިއެވެ. ސެކިޔުރިޓީ ވަރުގަދަ ކަމުންނެވެ. އަހަރެން ދިޔައީ ހުދުކުލައިގެ ބަނީ ހުޑީއަކާއި ކަޅު ސްޓްރައިޕްސް ދަމާލައިފައި ހުރި ހުދު ޓްރައުޒާ އެއް ލައިގެންނެވެ. ދެން އެ ސޮރު ހަމަޖެހިލައިގެން އޮފިޝަލް ކޮށް ހުންނަ މީހަކާއި ވާހަކަ ދައްކާނެ ހެއްޔެވެ؟ އެއީ ވެސް ބޯ ބޮޑު ގޮލައިންނެވެ. ވިސްނުމާއި ފިކުރު ވަނީ ނަޙަލާލު ކޮޅަށް ޖެހިފައެވެ. ކުރާނީ ހެއްދެވިހާ ނުބައި ކަމެކެވެ. ވީހާ ވެސް ސިއްރިޔާތުގައެވެ. އަތުލައިގަންނަން ވެސް އުނދަގޫ ބައެކެވެ. 

“ހޭ ބްރޯ. ޙާލު ކިހިނެއް؟” އަހަރެން ވާހަކަ ދެއްކީ އެމީހުންގެ ރާގުގައެވެ. މިތަނަށް އައީ އަހަރެންގެ މުށި އިސްތަށިގަނޑަށް ރީތި ސްޓައިލެއް ޖައްސާލައިގެންނެވެ. “ވޯވް. ތި ހޮޓް ސެކްސީ ގާރލް ތަ މަށާ މީޓްކޮށްލަން އައީ.” އެ ސޮރު ކަޅި ޖަހާ ނުލާ އަހަރެންނާއި ދިމާލަށް ބަލަން ހުއްޓެވެ. ދެލޯލަށް އުލެއް ޖަހައިފައި ނަގަން ބޭނުންވިއެވެ. އެހެނަސް ޖާދޫވީ ހިނިތުންވުމެއް ހަދިޔާކޮށްލައިގެން އަހަރެން އިނީ އޭނާގެ ޝައުގުވެރިކަން ހޯދުން މުހިންމުވީމައެވެ. ފޮރުވަން މަސައްކަތް ކުރި ނަމަވެސް އަހަރެންގެ ރީތިކަމުގެ ޖާދުލުގައި ޖައްސާފަ ކަންކަން ފާޅު ކުރާނެ ޙާލަތަށް އޭނާ ގެންދާނަމެވެ.

“ތިއޮއް ވިސްނުން ރަނގަޅު ސޮރު ކީއްވެގެންތަ މިތަނަށް އަންނަން ޖެހުނީ. ދެން ވިސްނައިގެން ފިލާ ރައްކާވާން ޖެހޭނެ ދޯ. ކޮޕުންނަށް ދުވާލާއި ރޭގަނޑު އޮޅުވާލަން އެނގޭ ވަރުގެ ކޮލެޓީ މީހެކެއްނު ތީ. މަ އަނގައިން ބަސް ހުސްވާނެ ބްރޯގެ މޮޅުކަން ކިޔައިދޭން އުޅެގެން ވެސް. ހަމަ އަޖައިބުވޭ ތީނަ ކޮށްލާ މޮޅެތި ކަންކަން ފެނިފައި. ބްރާވޯ މޭން. ޔޫ ރޮކް” އަހަރެން ދެއަތް ޖަހާލަމުން އެ ސޮރަށް ތަޢުރީފުކޮށްލީމެވެ. “މަ ދޯ. ކީކޭ ބުނާނީ ވެސް. މަށާ އެކު ޑީލް ނިންމާލަން އައި ޒަކިއްޓެ އަހަންނަށް ކެހިދިނީ. އެ ގޮލާ ސްޓަފްކޮޅު ހިފައިގެން ބެޗީ ވިއްޔާ. މަ ފަކީރު ނުވިސްނާ ހުއްޓާ ކޮށްޕާލައިފަ އޭއްޗަކު ދިޔައީ އެއް ޕެކެޓު ކަނޑާ މައެ ގަޔަށް އަޅާލާފަ. ހުވާ މިކުރި މިތަނުން ރެކި ގަނެފައި އެ ***** އަލިފާން ކާންދޭނަން. އެގޭގަ ވަޅުލާފަ ހުރިހާ އެއްޗެއް ނަގާ ވިއްކާލާނަން.” ދަތްކުނޑި ވިކާލަމުން އެ ސޮރު ވާހަކަ ދެއްކީ އެންމެ ޕާޓޭ ސްޓައިލަށެވެ. 

“އަދި ޔަޤީނެއް ނޫނެއްނު ކިހާ ދުވަހަކު ކަމެއް މިތަނުގަ ތާށި ވާނީ. ކެއްލައްވައިގެން ހުރެލާ! އޭރުން ރަނގަޅަށް ބަދަލު ހިފާލެވޭނީ.” އަހަރެން ބުނެލީމެވެ. “ބޭބް މަށާ އެކު ނައިޓަކަށް ދާން ވާނެ މަ ސަލާމަތް ވީމަ. ގޮޅިއަށް ލުމުން ލިބުނު ނަސީބެއް ކަންނެ ޔޫ އާ ދިމާވުމަކީ.” އޭނާ ދަތްދޮޅީގައި އަތް އަޅުވާލަމުން އަހަރެމެންގެ ދެމެދުގައިވީ އެތެރެފެންނަ ހުރަހާއި ގާތްވެލިއެވެ. ދޫ ބުރިކޮށްލަފާނަމޭ ހިތަށް އެރިއެވެ. އެހެނަސް އަހަރެންގެ ސިނގު ރުޅިގަނޑު ހިތަށް ފިލުވާލައިގެން އިނީމެވެ. ޓްރައިނިންގައި އަހަރެމެން ތަމްރީނު ކުރެވިފައިވަނީ އެހާ ފުރިހަމައަށް ވިއްޔާއެވެ. 

“އެ އެއްޗާއި ހެދި މައެގެ ހާ އަލިފު ޓިކެޓު ވެސް ކެންސަލް ވީ. މިތަނުން ނުކުމެވޭނެ ދުވަހެއް ދޯ އިހަށް ބަލަންވީ.” އޭނާ ދެން ބުނެ އެއްޗަކަށް އަހަރެންގެ ސަމާލުކަން ހުއްޓުނެވެ. މޫނުމަތިން އެކަން ނުދައްކާ އެ ސޮރު ހައްލާލަން މަސައްކަތް ކުރީމެވެ. “އާނ. ކޮންމެހެން ވެސް ތި ދުނިޔެމަތީ ނަރަކައިން ބްރޯ ނުކުންނަން ވާނެ. ކޮން ހާ އަލިފު ޓިކެޓެއް ތަ؟” އަހަރެން އެ މައުޟޫޢަށް ވަދެވޭ ތޯ މަސައްކަތް ކުރީމެވެ. އެހެނަސް އެ ސޮރުގެ ވެސް ބޮލެއް ހުރޭ ވިއްޔާއެވެ. ގޭންގުގެ ސިއްރުވެރި މަސައްކަތެކޭ ބުނެފައި ހިންދާލައިފިއެވެ. 

އެ ސޮރާއި އަނގަތަޅައިފައި އިރުކޮޅެއް ފަހުން ނުކުތީމެވެ. ހޫދު ވެސް އޭރު ނިމިގެން ނުކުމެއްޖެއެވެ. އެ ސޮރަށް ވީކަމެއް ޙަރާމެވެ. އަހަރެންނާއި ޖެހުނު ސޮރުގެ އަނގައިން އެތައް ވާހަކައެއް ނެރެވުނަސް އެއީ ޙަޤީގަތުގައި އަހަރެން އެކަމަށް ކުޅަދާނަ ވީމައެއް ނޫނެވެ. މަންމަގެ ފަރާތުން އަހަންނަށް މާތްﷲ ދެއްވި ރީތި ސިފައިގައި ބައެއް ވިސްނުން ކޮށި މީހުން ޖެހެނީއެވެ. މިކަހަލަ ކަންކަމަށް އެންމެ މޮޅު ވާނީ މަލަކެވެ. އެއްޗެއް ބުނެވުނުކަން ވެސް އަނެކާއަށް ނޭނގޭ ވަރު ކޮށްލާނެއެވެ. އޭނާ މީހަކާ އިންޓަރިގޭޓް ކުރާނަމަ ކަމެއް ވަންހަނާ ކުރަން ލާހިކެއްނޫނެވެ. އަހަރެމެން ތިބޭނީ އޭނާގެ މަސައްކަތް ފެނިފައި ބިންމަތީގައި ދަތްދޮޅި ޖެހޭ ޙާލަތުގައެވެ. 

ގެއަށް އައުމަށްފަހު އަހަރެން އުޅުނީ ކާށެވެ. ރަޒާނު އައިސްގެން އުޅޭތީ މަންމަ ހުރީ ރަނގަޅަށް ކައްކާލައިފައެވެ. މިއަދު ކެޔޮދޫ މާމަ ފުރާތީ އާއި އެކުގައެވެ. ގޭގެ ދޮރުމަތިން ވެސް ކާތަކެތީގެ ކުޅު ދިޔާވާ ވަސްގަނޑުގެ އަސަރު އަހަރެންގެ ނޭފަތަށް ކުރިއެވެ. އަވަހަށް ބަދިގެއަށް ވަދެލާ ބަލައިލީމެވެ. ރޯސްކުކުޅާއި ފަރާޓާއެވެ. ބިރިޔާނީއާއި ފްރައިޑް ނޫޑުލްސްއެވެ. ވައިޓް ސޯސް ޕާސްޓާއާއި ބަޓަރ ޗިކަންއެވެ. ބާބަކިޔު މީޓް ސްޓިކްސްއާއި ލަޒާންޔާއެވެ. ހުދު ބަތާއި ޕާޕަރެވެ. މެގްނަމް ޕުޑިން އާއި ޗޮކްލެޓް ފަޖެވެ. އޯރގެނިކް ސްޓޯބެރީ ޖޫހާއި ކުރުނބާ ފަންޏެވެ. 

ކާ ކޮޓަރީގައި ރަޒާނާއި އޭނާގެ އެކުވެރިން ތިބުމުން ހިތާއި ދެކޮޅަށް އަހަރެންނަށް ޖެހުނީ މަޑުކުރާށެވެ. އެމީހުން ދިއުމުން އަހަރެން އަވަހަށް ކާން އެރީމެވެ. އަހަރެން ތަށްޓަށް އެޅީ ބިރިޔާނީއާއި ރޯސްކުކުޅު ފައެއްގެ އިތުރުން ބާބަކިޔު މީޓް ސްޓިކެކެވެ. ދެތިން ޕާޕަރު ނަގާ ތަށިތެރެއަށް ފުނޑުކޮށްލާ އަޅާލަމުން އަހަރެން ކާން ފެށީމެވެ. އެ ކެއުމަށް ފަހު އަހަރެން މެގްނަމް ޕުޑިން އާއި ކުރުނބާ ފަނިތައްޓަކުން އަނގަ މީރުކޮށްލީމެވެ. ކައިނިމުމުން އަހަރެންނަށް ހީވީ ބަނޑުތެރެއަށް ތޮއްޑޫ ކަރައެއް ލެވުނު ހެންނެވެ. ކެއި އެއްޗެހި ހަޖަމުކޮށްލަން އިރުކޮޅަކު ހިނގާލީމެވެ. ގޭތެރޭގައެވެ. މިއަދު އަވިގަދަ ކަމުން ހަންގަނޑު އެއިން ފިއްސާލާހާ ހޫނުގަދައެވެ. ބޭރަށް ނުކުންނަން އަހަންނަކީ މޮޔައެއް ނޫން ވިއްޔާއެވެ. 

އިރުކޮޅެއް ފަހުން އަހަރެން ޝެހެނާޒު މިހާރު އުޅޭ ކޮޓަރިއަށް ދިޔައީމެވެ. އޭނާ މިހާރު ހަމައަކަށް އެޅިއްޖެއެވެ. އޭނާ އިނީ ހިސާބު ފިލާވަޅެއް ހަދާށެވެ. އެ އެކްސްއާއި ވައިގެ ކަސްތޮޅުތަކުން އަހަރެން ސަލާމަތްވީ ކަމަށް ވަރަށް ޝުކުރުވެރިވަމެވެ. އަހަރެންނަށް އެ މާއްދާހާ އުނދަގޫ އެއްޗެއް ނުވާއިރު ޝެހެނާޒަށް އެހާ ފަސޭހަ އެހެން އެއްޗެއް ނުވެއެވެ. އެނޫން މާއްދާތައް ވެސް އޭނާ ކިޔަވާނީ ވަރަށް ކިޔަވާ ހިތުންނެވެ. އެހާ ކިޔަވާ ހިތްވެގެން އުޅޭ އެހެން މީހަކު އަދި ނުދެކެމެވެ. އަބަދުވެސް ކުލާހުން އެއްވަނަ ހޯދަނީ މިހާ ވަރުގަދަޔަށް މަސައްކަތް ކުރާތީ ތޯއްޗެ އެވެ. 

“ކޮބާ ކޮބާ؟ އަނެއްކާ ވެސް ޝަހިކްސް ފޮތްތަކުގެ ކަނޑަކަށް ޣަރަޤުވީ ދޯ!” ޝެހެނާޒު ސިއްސުވާލުމުގެ ނިޔަތުގައި ކުއްލިއަކަށް ގޮސް އޭނާގެ ކޮނޑުގައި ހިފީމެވެ. “އޭތް! ދެން ރީފް. އެ އޮޅުނީ ދެންމެ ހޯދި ޖަވާބު ވެސް.” ތުން އަނބުރާލަމުން އަހަރެންގެ ނަމުގެ އަކުރުތަކަށް ދަމާލިއެވެ. “އޯހް، މަ މިހާރު ވީ ދޯ ކުލަކުލައިގެ މަސްމަހާމެހި ދިރިއުޅޭ މުރަކައިގެ ބަގީޗާ އަކަށް. އައިމް ސަޗް އަ ބިއުޓިފުލް މެގްނިފިސެންޓް ރީފް.” އަހަރެން ހުރީ މަޖާކޮށްލާ ކަހަލަ މޫޑެއްގައި ކަމުން ބުނެލީމެވެ. އޭނާއާއި ތޮޅެލަ ތޮޅެލާ އިންދާ އަހަރެންގެ ފޯނު ރިންގުވާން ފެށުމުން އެ ޖީބުން ނެގީމެވެ. 

ސްކްރީނަށް ލެވިފައިވަނީ ރެޑް ޕެންޑާއެއްގެ ފޮޓޯއެވެ. ނަމުގައި ވަނީ ‘އެނޮއިން ކެޓް’ ޖަހާލައިފައެވެ. ކާކުކަން އެނގުމުން މޫނަށް ހިނިތުންވުމެއް ވެރިކޮށްލީމެވެ. “ހެލޯ ބްރޯ. ކީއްތަވީ؟” އަހަރެން ފޯނު ކަންފަތުގައި ޖަހާލަމުން ވާހަކަ ދެއްކީމެވެ. “ކާކު؟ ވާންބޭ؟ ވައިޓީ ތަ؟” ޝެހެނާޒު ވައި އަޑުން އަހާލިއެވެ. އޭނާއަށް ފޯނުގެ ސްކްރީން ދައްކާލައިފައި އަހަރެން އަނެއްކާވެސް އެ ފޯނު ކަންފަތުގައި ޖެހީމެވެ. “ކޮން އިރަކުން މަސައްކަތް ފަށަނީ؟” އާހިލް އެހިއެވެ. “މިއަދު ހަވީރު ހަތަރަކަށް. ހުޅުމާލޭގެ ހަތަރުވަނަ ފިޔަވަހީގެ ނަލަ ހެދުން ފިހާރައަށް.” އަހަރެން ފުންމާލީ ސީދާ ޖަވާބަށެވެ. “ބްލޫ އައި ސްޓޯކާ މަ ގޮވައިގެން ހެދުން ގަންނަންތަ ދަނީ؟ ބަލަ މަ ނޫޅެމޭ ފިހާރަ ނުކުރެވިގެންނެއް.” އޭނާގެ އަޑުގައި ނުރުހުންތެރިކަން އެކުލެވިގެން ވިއެވެ. 

“ފަސްޓް، މަށަކީ މާ ވިޔަފާރިކުރާ ހިތަކުން އުޅޭ މީހެއް ނޫން! ސެކަންޑް، މައި ނޭމް އިޒް ރިފްޤާ. މަށަށް ބްލޫ އައި ސްޓޯކާ ކިޔައިގެން ނުވާނެ އެނޮއިން ކެޓާ! ތާރޑް، ރޭގަ މަށަށް އިއްވި ރިކޯޑިން ހިފައިގެން އަންނާތި.” އެހެން ބުނެފައި އެކީ އަހަރެން ފޯނު ކަނޑާލީމެވެ. “އެތަނަށް ކާކު ގެންނަން ތި އުޅެނީ. ބޭނުން ބޭނުން މީހަކު ގެނައުން ހުއްދަ ތަނެއްތަ އެއީ؟” ޝެހެނާޒު އިނީ ހިތްހަމަނުޖެހިފައެވެ. އަހަރެން އެ އާއި ވިއްދައިފައި އެއްޗެކޭ ބުނާކަށް ނޫޅެމެވެ. ޝެހެނާޒަށް އޭނާ ގެންނަ ގެނައުމުގައި އަހަރެން ހިފި ސަބަބު އެނގިފައި އޭނާގެ ހިތް ހުއްޓިދާނެ ވިއްޔާއެވެ. 

“އެއީ އެނެމ… ނޫން ފްރެންޑެއް” އަހަރެން އެހެން ބުނެލީ ޝެހެނާޒުގެ ތޫނު ނަޒަރު އަހަރެންނަށް އަމާޒުކޮށްގެން އިންނަން ފެށުމުންނެވެ. އެ ސޮރު ދެކެވާ ފޫއްސަކުންނާއި އަރާ ރުޅިއަކުން އެއީ އަހަރެންގެ ހަތުރެކޭ ވެސް ބުނެވިދާނެއެވެ. ސީދާކޮށް އަހަރެމެންގެ ގުޅުން ތަފްސީލު ކުރާކަށް ނޭނގެއެވެ. ގައިމު ވެސް އޭނާ ދާނީ އަހަރެން ރުޅިއަންނަ، ހޭޓް ކެޓަގަރީއަށެވެ. ނަފުރަތުގެ ލޮލަކުން ވެސް ބަލާލެވިދާނެއެވެ. އެހާ ޖެއްސުންކުރާ ދިިމާކުރާ ސޮރަކަށް އެ ނޫން މަޤާމެއް ދެވޭނެ ހެއްޔެވެ؟ އެންމެ ރަނގަޅު ވާނީ ދުޝްމަނެކޭ ބުނީމާ ކަން ނޭނގެއެވެ. ނުރުހުމުގެ ލޮލަކަށް ހެޔޮކަމެއް ނުފެންނާނެއެވެ. 

މިހެން ކިތަންމެ ވަރަކަށް އެއްޗެހި ކިޔަސް އާހިލަކީ ކޮންމެވެސް ވަރަކަށް. ނޫނެކެވެ. އެއީ ހިތުގައި ރަޙުމާއި ކުލުނު ހުންނަ މީހެކެވެ. ސަކަ މިޒާޖެއްގެ ވެރިއެކެވެ. ރަވާނާއި ހޫދާއި ގޮތަކަށް އެއްގޮތެވެ. އެހެނަސް އެމީހުންނަށް އަހަރެންނަށް ބެހޭ ވަރަށް ވުރެ ބޮޑަށް އޭނާ އަހަރެންނަށް ބެހޭނެއެވެ. ބޭރު ފުށަށް ބަލާނަމަ ރޫފަ ރަނގަޅު ދިގު އިސްކޮޅެކެވެ. އަހަރެން އަރަނީ އޭނާގެ ކޮނޑާއި ހަމައަށެވެ. ބައިމަތި ފުޅާ ވަރުގަދަ މީހެކެވެ. ހަށިގަނޑަށް ވެސް މަސް އަރާ ލައިފައި ހުރި ގޮތުން އެކަމަށް ހެކި ދެއެވެ. ދެން ހުރީ ހަޖަރުލް އަސްވަދު ހިލަ ހާ ކަޅު ކަޅިއެކެވެ. އިނގިރޭސިންނަމަ އޭނާ ލޮލުގެ ޕިއުޕިލް އާއި އައިރިސް ވަކިކުރުން ވާނީ ބޮޑު ޗެލެންޖަކަށެވެ. މި ޒާތްޒާތުގެ ސިފަތައް ހުރިއްޔޭ ކިޔާފަ މަށެއް އޭނާއަކަށް ނުލެނބޭނެއެވެ. 

ޝެހެނާޒު އޭނާގެ މަސައްކަތަށް ދޫކޮށްލަމުން އަހަރެން އެ ކޮޓަރިން ނުކުތީމެވެ. ނުކުމެގެން ދިޔައީ ސިޓިންރޫމަށެވެ. ރަޒާނާއި އެކު ރާޒުވާ ކުޅޭށެވެ. އެ ބެއްޔާ އާއި އެކަހަލަ ކަމެއް ކުރުމުގެ ފުރުސަތު ލިބުމަކީ ނާދިރު ކަމެކެވެ. ދެން ނައްޓާލާނީ އުޒްބެކިސްތާނަށް ތޯއްޗެއެވެ. ނޫނީ ފްރާންސް، އާޖެންޓީނާ، ކެންޔާ، ސްޕޭނަށް ކަމަށް ވެދާނެއެވެ. ސީދާކޮށް އަހަރެންނަކަށް ނޭނގެއެވެ. މިހާރު ވެސް ފަންސާހެއްހާ ޤައުމަކަށް ނުދާ ކަމެއް ނޭނގެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވަހާއި ރަހަ ބަލައިފިއެވެ. އެތައް ޤައުމެއްގައި ހޭޝްޓެގްގެ ބްރާންޗުތައް ހުޅުވައިފިއެވެ. ދުނިޔޭގެ ތިންވަނައަށް އެންމެ މަޝްހޫރު ޓެކް ބްރޭންޑު ވިއްޔާއެވެ. ބިޒްނަސް ކުރިއަރުވާ ޕްލޭނިން، މާކެޓިން، އޮޕަރޭޓިންގެ ބަޔަށް މޮޅު ހަރުދަނާ ޝަހުސިއްޔަތެކެވެ. ބައްޕަ ވިޔަފާރި އުފެއްދި މީހާއަށް ވުރެ ސިކުނޑި ތަރައްޤީއެވެ. އަހަރެންނާއި ރަވާނުގެ އިދިކޮޅު ‘ވާޝަން’ އެވެ. 

“އަދި އެއްފަހަރު!” ކުޅެވުނު ހަތަރުވަނަ މެޗުން ބަލިވި ސިކުންތާއި އެކު އަހަރެން ބުނެލީމެވެ. “ރިފްކޮ ދުވަހަކުވެސް ދޮންބެ ގާތުން މޮޅުވޭތަ؟ ދެން ނިންމާލާނީ!” ރަޒާނު ރާޒުވާގޮނޑި ދުރަށް ޖައްސާލިއެވެ. “އަތަށް ކޮއްލި ކަންތަކުގެ ވާހަކަ އަޑުއެހިން. ރިފްކޮ ތިކަހަލަ ޓްރައިނިން ހަދާ ޖޮބްތަކަށް ވަންނަން ނޫޅެބަލަ. އެކަހަލަ ކަމެއް ނުކޮށް ތަންކޮޅެއް ދޭން މަސައްކަތެއް ކުރަން ވެއްޖެއެއްނު. ދޮންބެމެން ހާދަ ފިކުރު ބޮޑުވެފައޭ ހުންނަނީ ތި ގޮތަށް އުޅޭތީ.” ނަސޭހަތުގެ ރާގަކަށް ދޮންބެ އިއްވާލި ބަސްކޮޅު އަހަރެންނަށް އިވުނީ ފޫހި ލެކުޗަރެއްގެ ސިފައިގައެވެ.

“ސޭފް މީންސް ބޯރިން. ބައްޕަގެ ކޮންޕެނީގައި ކުރާ މަސައްކަތްތައް ފެނިފައި ނިދި ވެސް އާދޭ. އެހެން ނޫނަސް އެއީ ވާރޭގަ އެކަނި ހިނގަން އުޅުނީމަ ވީގޮތެއް.” އަހަރެން ރައްދުގައި ބުނެލީމެވެ. “އެމީހުން އެކަން ކުރި މަގުސަދޯ؟ ރިފް މަސައްކަތުގެ ގޮތުން ބައްދަލުކުރި މީހާ ގެއްލުނީމަ އޭނަގެ މައުލޫމާތު ރިފްގެ ދުލުން ނެރެން ދޯ ކިޑްނެޕްކުރީ.” ރަޒާނު ދެންވެސް މަސައްކަތް ކުރީ އަހަރެންނަށް ވިސްނައިދެވޭތޯއެވެ. “ހެޔޮ. ރިފް ބޭނުމީ ތިއްތި ގޮތަށް އެޖެންޓަކަށް ވާން.” އަހަރެން ސޯފާގޮނޑި ތެދުވެގެން ކޮޓަރިއަށް ދާން ސިޑިއާއި ދިމާލަށް ދިޔައީމެވެ. 

ރަޒާނު ދެން އަހަރެންގެ ފަހަތުން އެއްޗެކޭ ކިޔަމުން އަޔަސް އެ ކިޔާހާ އެއްޗަކަށް މި ދެކަންފަތް ބީރުވާނެއެވެ. އެ އަޅާ ލެކުޗަރުތައް ވަން ދޮރުން ނުކުމެގެން ދާނެއެވެ. އަހަރެންނަކީ ވެސް ބޯހަރު، ގޮތުގައި ހިފަހައްޓާ މީހެކެވެ. އެހެން ނޫނަސް މިހާރު ކުރާ މަސައްކަތަށް އަހަރެން ނުލާހިކު ކުޅަދާނައެއްނު ހެއްޔެވެ؟ މިހާތަނަށް ދެ ތިން ބޮޑު މައްސަލައެއްގެ ޙަޤީޤަތް ހޯދިއްޖެއެވެ. އެތައް ކުށްވެރީންނަކަށް ޙައްޤު އަދަބު ދިނުމަށް ބޭނުންވާ ހެކި ހޯދިއްޖެއެވެ. ގިނަ ބަޔަކަށް އިންސާފު ހޯދައި ދިނުމަށް އެހީވެވިއްޖެއެވެ. އެ މީހުންނަށް އެހީވީ އަހަރެންކަން ނޭނގުނަސް މި ކުރެވެނީ ކިހާ ރަނގަޅު ކަމެއް ހެއްޔެވެ؟ މިކަން ހުއްޓާލާކަށް ލާހިކެއްނޫނެވެ. 

މިކަހަލަ މަސައްކަތެއް ކުރާ ނަމަ އަނިޔާ ނުވެއެއް ނުހުންނާނެ އެއްނޫން ހެއްޔެވެ؟ ބިރުދެއްކުންތަކާއި ތަޅައިފޮޅުން ތަކުގެތެރޭ ވެސް އުޅެން ޖެހޭނެއެވެ. މިއުޅެނީ ގޭގަ ނޫނީ އޮފީހެއް ކަހަލަ ސެކިޔުރިޓީ ވަރުގަދަ ތަނެއްގެ ތެރޭގައި އަބަދާއިއަބަދު މަސައްކަތް އިންނާކަށް ނޫނެވެ. ގައިމު ރަވާނަށް ވެސް އެކި ފަހަރު މަތިން އެކި ވަރުގެ އަނިޔާ ލިބުނެވެ. ނުރައްކާތެރި ކޭސް ތަކުގައި މަސައްކަތް ކުރިއެވެ. ގައިމު މަރުނުވެ ހުރިހާ ގުނަވަނެއް ހަމަޔަށް އެބަހުއްޓެވެ. ބަދިގޭގައި ކައްކަން އުޅޭ މީހުން ވެސް ވަޅި ބޭނުން ކުރުމުގައި އިނގިލި ކަނޑައިގެން ގޮސް ލޭ އަންނަ ޙާލަތަށް ދެއެވެ. ކުޑަ މަލަންކޮޅެއް އަޅާލާ ދެތިން ދުވަސް ފާއިތުވާއިރަށް އެ އިނގިލި ރަނގަޅުވެއެވެ. މިވަނީ ވެސް އެހެންނެއް ނޫން ހެއްޔެވެ؟ މިހާރު އަހަރެންގެ ކަނާތް ބަރާބަރަށް ބޭނުން ކުރެވެއެވެ. ވަގުތާއި އެކު އަނެއް އަތް ވެސް ރަނގަޅު ވެދާނެއެވެ. ހުރިހާ ކަމެއް ވެސް ވާނީ މާތްﷲ މިންވަރު ކުރެއްވި ގޮތަކަށެވެ. މަރުވާނީ އަޖަލު ހަމަވުމުންނެވެ. އެއްވެސް މީހަކަށް މަރަކަށް ނުފިލޭނެއެވެ. ކިތަންމެ ސެކިޔުރިޓީ ވަރުގަދަ ތަނެއްގެ ތެރޭގައި އިނަސް ހެވެވެ. މަލަކަލްމައުތުގެފާނަށް ހުރަސް ނުކުރެވޭނެ ފާރެއް ވޭ ހެއްޔެވެ؟ އެހެންވީމާ، ބޭރުގައި އުޅުނަސް އެތެރޭގައި އިނަސް ވާނީ އެއްވަރެކެވެ. ހެޔޮ ޢަމަލު ކޮށްގެން ޢަދުލު އިންސާފަށް މަސައްކަތް ކުރުމުން އަހަރެންގެ ކުށަކީ ކޮބާ ހެއްޔެވެ؟

އަހަރެން ޢަޞުރު ނަމާދުކުރީ ހަތަރުވަނަ ފިޔަވަހީގެ ކުރީގެ ކުލާސް ކުއްޖެއްގެ ގޭގައެވެ. ސީދާ ހަތަރަކަށް އަންނާށޭ ކިޔާފަ އަހަރެން ނެތިއްޖެނަމަ އެ ޖެހުނީ ކޮންތާކު ހެއްޔެވެ؟ ހަވީރުގެ ޒިކުރުތައް ކޮށް ނިންމާލައިގެން އެ ފިހާރައަށް ދާން ނުކުތް އިރު ތިންގަޑި ފަންސާސް ފަހެކެވެ. އައީ ސްނީކާސް އަކަށް އަރައިގެން ކަމުން އަހަރެން ދުއްވައިގަތީމެވެ. އެހެން ނޫންނަމަ ލަސްވެދާނެތީއެވެ. އަހަރެންގެ މަންޒިލާއި ހަމައަށް އާދެވުނު އިރު އެތަނުގައި އާހިލް ހުއްޓެވެ.

“ގަޑިއަށް ފަރުވާތެރި ގޮލައެއް ތާ!” ހިތާ ހިތުން އެހެން ބުނެލަމުން އާހިލް ގާތު އަހަރެންނާއި އެކު އަންނަން ބުނެފައި އެ ފިހާރައިގެ ތެރެއަށް ވަނީމެވެ. އާހިލް ސޮރު ހުރީ ވާނުވާ ނޭނގިފައެވެ. އަހަރެން ވަނީ ފިހާރައިގެ ތިރީގައި ހުރި އޯނާރ ރޫމަށެވެ. އެތަނުންގެ ތެރެއިން ވެއިޓިން ރޫމަކަށް ވަދެގަތީ ފާރުގެ ތަނަކަށް ފިތާލުމަށްފަހު އެ ހުރަސް ކަހާލައިގެންނެވެ. އާހިލް އަހަރެންގެ ގައިގައި ކޮއްޓަކޮއްޓައިފައި ތި ކުރަނީ ކޮން ކަމެއްހޭ އަހައެވެ. އޭނާ ގާތު ކެތްލައްވައިގެން ހުންނަން ބުނެފައި އަހަރެން އެ ވެއިޓިން ރޫމުގެ ފާރުގައި އިން ކަޅުކުލައިގެ ފިތަކަށް އޮބާލީމެވެ. 

މަލަކު އަހަރެންގެ ފޯނަށް ގުޅިއެވެ. އަހަރެން އެ ކޯލް ނެގީމެވެ. “ރިފްގަނޑާ އެ ސޮރު މިތަނަށް ގެނައީތަ؟ އިޒް އިޓް އެލޯވްޑް ޓު ޝެއާ ސަޗް ތިންގްސް ވިތް ހިމް؟” މަލަކު ވާހަކަ ދެއްކި އެވެ. “އާން. ޓްރަސްޓް މީ. އޭނާ ބޭނުން ކޮށްގެން މި ކޭސް ކުރިއަށް ގެންދަން ފަސޭހަވާނެ” އަހަރެން ރައްދުގައި ބުނެލީމެވެ. އެވަގުތު އެކޮޅުން ދޮރު ހުޅުވާލިއެވެ. “ރިފޫ. ބިޓު ގޮވައިގެން މިތަނަށް ވެސް އައީ ތަ” ހޫދު ދެލޯ ބޮޑުކޮށްލަމުން އަހަރެންނާއި ދިމާލަށް ބަލައިލީ ފާޑަކަށެވެ. “ބިޓޭ! ބަލާބަލަ ހުރި ވަގުކަން. އަހަރެންނަށް އަންގާވެސް ނުލައޭ” އަހަރެން އެއްޗެކޭ ބުނުމުގެ ކުރިން އެހެން ބުނީ ނައިލެވެ. އިންކާރު ކުރަން ބަހެއް ދުލުން ބޭރު ނުވަނީ ރަވާނާއި ހޫދު ފަށައިފިއެވެ. “ގައިމު ރިފް ބުނި ތިމަންނަ އެ ގަރާޖު ބޯއީ ދެކެ ލައިކެއް ނުވެޔޭ.” 

“ޔޫ އޯލް ޝަޓް އަޕް.” އަހަރެން އަޑަށް ބާރުލައިފައި އެހެން ބުނެލީމެވެ. މި ފިރިހެނުންގެ ވިސްނުން ހުންނަ ގޮތެއް ދޯއެވެ. އަހަރެން ބޯ ހޫރާލީމެވެ. އަބަދުވެސް އަޅުވާ ކިޔާހިތުން ދިމާކުރާ ހިތުން އުޅޭ ބައެކެވެ. މި ތަނަށް އެ އާހިލްގަނޑު ގެނައީ ޝާނާ ރަހީނުކުރި ބައެއް ހޯދުމަށް އޭނާގެ އެހީ ބޭނުންވީމައެވެ. މާޙައުލަށް ސީރިއަސްކަން އަނބުރާ ގެނެވުމުން ހަމަޖެހުމުގެ ނޭވާއެއް ލީމެވެ. 

ކުއްލިއަކަށް ފާރުގެ ސްކްރީނުން ފެނުނު މަންޒަރަކުން ބޮޑުވީ އަހަރެންގެ ދެލޯ އެކަންޏެއް ނޫނެވެ. އާހިލާއި ނައިލާއި މަލަކު ވެސް ހުރީ އެ ޙާލުގައެވެ. އަހަރެން ދެދަތްޕިލަ ޖައްސާ ބާރުކޮށްލީމެވެ. އާހިލް ވެސް މޫނު އަނެއް ފަރާތަށް އަނބުރާލައިފިއެވެ. 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ހަނދުވަރު ދިން އެރޭ …4

Next

ޝަލީން 10

Next
October 2, 2024

ޝަލީން 10

Previews
October 2, 2024

ހަނދުވަރު ދިން އެރޭ …4

14 Comments!

  1. Anonymous says:
    October 2, 2024 at 6:12 pm

    Mi. Bai. Ves varah. Salli.
    Hama. Habeas.
    Keep up the good work
    Curiously waiting for the next part❤️❤️🙂

    1. White rose White rose says:
      October 2, 2024 at 6:50 pm

      Awnnn.. Thnx Anonymous

  2. Nawar says:
    October 2, 2024 at 7:26 pm

    Wowww abadhu keeive thr curious than kolhun nimmaalany….
    Mi part vx vrh vrh reethi…
    Mee mihaaru mi site kiyan emme inthizaaru kurevey vhk thakuge therein eii vhk..
    Dhn in bai vx thankolheii avahah genesdheyne kamah ummeedhu kuran…
    Whn next??

    1. White rose White rose says:
      October 3, 2024 at 6:05 am

      Thnx Nawar.
      Hehe e gothah nimman aadha vefa. 😁😁

  3. No one 007 says:
    October 2, 2024 at 10:01 pm

    Masha Allah
    Mi vhk ves vrh reethi
    U r my fav author
    Waiting for next part

    1. White rose White rose says:
      October 3, 2024 at 6:06 am

      Thnx No one 007.

  4. Jennie says:
    October 2, 2024 at 10:35 pm

    Mi part ves V reethi!!! this story is one of my favourite!!❤️❤️!

    1. White rose White rose says:
      October 3, 2024 at 6:07 am

      Thnx Jennie.

  5. Cutie girl says:
    October 2, 2024 at 11:13 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Rifga and aahil gulhuvachey
    They both are made for each other
    Nafurathakee loabeege feshun
    Anehka Kon manzareh baa fenuni
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you ❤️😍

    1. White rose White rose says:
      October 3, 2024 at 6:08 am

      Thnx again Cutie girl.

    2. White rose White rose says:
      October 3, 2024 at 6:10 am

      Alhugandu ge bio matheega in follow me ah click kohlema fennane e baithah.
      The episodes are uploaded on 21(15th) 26(16th) 29(17th).
      Pls check and reply if this doesn’t work.
      Thnx Anonymous. ✨

  6. Anonymous says:
    October 2, 2024 at 11:38 pm

    Where is part 15, 16, 17? Enme fahun September 17 ga upload kohfa iny episode 14.

  7. gurrrrl says:
    October 4, 2024 at 3:42 pm

    mashallah vrh reethi mi part ves
    adhi alah mi comment kohleeves
    btw when next curiously waiting
    love yuu author

    1. White rose White rose says:
      October 4, 2024 at 3:59 pm

      Thnx gurrrrl.
      Next one next week IA.

Comments are closed.

Next Episodeޙަޤީޤަތް ހޯދުމޭ 19←


All Right Reserved!