ހަނދުވަރު ދިން އެރޭ …4
ހަނދުވަރުދިން އެރޭ …4
ހެނދުނުގެ ނާސްތާ އަށް ފަހު އަހަރެން ހުޝާމް އަށް ގުޅާލީމެވެ. ހުޝާމް ފޯނެއް ނުނަގައެވެ. އިރުކޮޅަކުން ކޮށްލި މެސެޖްގައި އޮތީ ވަރަށް އާރޖެންޓް މީޓިންއެގައި އޮފީހުގައި ކަމަށެވެ. އަހަރެން ވީ ފޫއްސެވެ. އިތުރަށް ހުޝާމްއާއި ވާހަކަ ދައްކަން މަސައްކަތް ކުރުމުގެ ބޭނުމެއް އަހަންނަކަށް ނުފެނުނެވެ. އަހަރެން ފޯނު ނަގައި ރީހާން އަށް މެސެޖް ކޮށްލީމެވެ. ” އައި ނީޑް ޔުރ ހެލްޕް“ .
މާގިނަ އިރުތަކެއް ނުވެ ރީހާން އަހަންނަށް ގުޅީ އަހަރެން އެދުނު ގޮތަށް ހުރިހާ އެހީއެއް ހަމަޖައްސައި ނިންމާފައެވެ. ” އަހަރެންގެ ރައްޓެއްސަކު މެދުވެރިކޮށް ނާ އަށް ފައިސާ ޓްރާންފަރ ކޮށްދޭނަން.. އިތުރު ކަމެއް ބޭނުމިއްޔާ ބުނޭ.. އަހަރެން ވީ ވަރަކުން އެހީވެދޭނަން..“ ރީހާން ގެ ވާހަކައިން އަހަރެންގެ ހިތް ހަމަ ޖެހުނެވެ. ” ތޭންކްސް.. ސޯ މަޗް.. ނާ ބަލާނަން ކޮންމެވެސް ދުވަހަކުން ތި ފައިސާ އަނބުރާ ދެވޭތޯ.. “ އަހަރެންގެ ވާހަކަ މެދުކަނޑާލަމުން ރީހާން އަނެއްކާވެސް އަހަންނަށް ހަނދާންކޮށް ދިނީ އެއީ ފަހުން އަދާ ކުރަން ދޭ ދަރަންޏެއް ނޫންކަމެވެ.
” ނާ..! “ ރީހާން މަޑުމަޑުން އަހަންނަށް ގޮވާލިއެވެ. ” ޔެސް.. ޓެލް މީ.“
” މައިރާ .. މައިރާ ބޭނުން ނާ އާއި މީޓްކޮށްލަން… އޯކޭތަ؟ މާދަން ފުރަން ޖެހޭ..“ ޖެހިލުން ވެފައިވާ ރާގަކަށް ރީހާން ބުނި އެއްޗަކުން އަހަރެންވެސް ހުއްޓުންވިއެވެ. އަހަންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ” އެނގޭނު މައިރާގެ ގޮތް.. އަހަރެން ނުބުނަން އަހަރުމެން ރޭގަ ދިމާވި ވާހަކައެއް. މައިރާ ބޭނުންވަނީ އަހަރެން މައިރާ ގޮވައިގެން ތިގެޔަށް ދާން.. “ އަނެއްކާވެސް ރީހާން އޭނާގެ އަނބިމީހާ މައިރާ އަހަންނާއި ބައްދަލުކުރަން ބޭނުން ވާހަކަ ބުނުމުން އަހަންނަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. މައިރާ އަހަންނަކާއި ރައްޓެއްސެއް ނޫނެވެ. އޭނާ އަށް އަހަރެން ކާކުކަން ކިޔައިދިނީ ރީހާން އެވެ. އެނާ އަހަންނާއިމެދު ދެކޭ ގޮތެއް ވެސް އަހަންނަކަށް ނޭނގެެއެވެ. ރީހާން ގެ ފަރާތުން އަހަންނަށް އެނގޭހާވެސް އެއްޗަކީ އަހަރެން ރީހާން އާއި ވާހަކަ ދައްކާކަން މައިރާ ކައިރީ ބުނެފައިވާ ވާހަކައެވެ. ” އޯކޭ މިއަދު ހަވީރު އާދޭ ގޮވައިގެން.. “ އަހަރެންގެ ޖަވާބު ލިބުމުން ރީހާން ފޯނު ބޭއްވިއެވެ.
ހުޅުވިފައި ހުރި ކުޑަދޮރުން ގޭގެ ބޭރު ފެންޑާއާއި އެތަނުގެ ވަށައިގެން ބަހައްޓާފައި ހުރި ބޯގަންވިލާ މާ ވަށިތަކާއި ގޯތި ތެރޭގައި ވާ ގަސްތައް ފެނެއެވެ. ރީތި ނޫ އުޑުގައި ހުދު ކަފަކޮޅުތަކެއްހެން ކުދި ވިލާކޮޅު އުދުހެމުން ދެއެވެ. ކުލަ ކުލައިގެ މާތަކުގެ ރީތިކަން އެ މަންޒަރު ބަލާ މީހެއްގެ ހިތްފުރާލާފަދައެވެ. ދޭތެރެއަކުން ޖެހިލާ ފިނި ވައިރޯޅިތަށް ހުޅުވާފައިވާ ދޮރުތަކުން ކޮޓަރިތެރެ ތާޒާ ކޮށްލަދެއެވެ. ކުޑަ ދޮރުކައިރީ އިން ޖޯލިފަތޯގައި ބޮޑު އޮލަ ވާހަކައެއްގައި ފޯނުގައި އިން ޒީނާ ކައިރީ މާތަކާއި ކުޅެލަން ލީމް އުޅެއެވެ. އިރުކޮޅަކާއި މަލެއް ބިނދެލައިގެން އައިސް ޒީނާގެ ބޮލުގައި ޖަހައިދެއެވެ. އަހަރެން ކުޑަ ދޮރުން ބޯދެމުން ޒީނާއަށް ގޮވާލީމެވެ. ” ޒީން…މިއަދު މިގެއަށް ރައްޓެހި ބަޔަކު އާދޭ.. ހަވީރު އަންނާނެ.. ތިހެން ތި ޖޯލިފަތީގަ އަނގަ ތަޅަން ނޯވެ އާދެބަލަ …“
އަހަރެންގެ އަޑު ހަމަ އިވުމާއެކު ޖޯޝާ ފޯރީގައި ފުންމައިގެން ތެދުވެ އޭނާގެ މޫނަށް ލާނެތް ހިނިތުންވުމެއް ވެރިކޮށްލަމުން އަޑުގެ ކޮޅަށް ކާކުހޭ އެހި ގޮތުން އަހަރެން ގާތަށްވެސް ހިނި އައެވެ.
” ރޭގަ މިގެއަށް އައި ހޭންޑްސަމް ތަ؟؟؟ … އައި ރިއަލީ ވޯންޓް ޓު ސީ ހިމް އިން ދިސް ޑޭއި ލައިޓް..ވަޓް އިޒް ހިޒް ނޭމް؟ ރޭވެސް ނުބުނަމެއްނު ނަންވެސް.. “ ޒީނާ ގެ މޫނުމަތިން ފެންނަމުން ދިޔައީ ޝައުޤުވެރިކަމެވެ. ” ރީހާން… އޭނަގެ ވައިފް ވެސް އާދޭ…!!“ ޒީނާ ކަރު އެލުވާލިގޮތުން އަހަރެންނަށް ބާރަށް ހީގަނެވުނެވެ. ” ދެން… ނޯ..!! “ ތުން އަނބުރަމުން މޫނަށް ވައްތަރެއް ޖައްސަމުން އައިސް ކޮޓަރި އަށް ވަދެ އެނދުމައްޗަށް ވެއްޓިގަތް ޒީނާގެ މާޔޫސްވީ މޫނުގައި އަތް އެޅިއެވެ.
” ހްމްްމް .. ދެން ތިހެން އޮތަކަސް ވާނެ ކަމެއް ނެތް.. ސައި ހަދާނެތަ؟ .. ތިޔެއް ނޫނޭ .. ރީހާން ރޭގަ މިގެއަށް އައި ވާހަކަ އަނެއްކާ ނުކިޔައްޗޭ…“ އެ ތަނަވަސް ކޮޓަރީގެ އެނދާ ދިމާލުން ކުޑަދޮރު ކައިރީ ބަހައްޓާފައި އިން ސޯފާގައި އިށީންނަމުން އަހަރެން ބުނީ މައިރާ ހުއްޓާ ޒީނާ އެ ވާހަކަ ދައްކަފާނެތީއެވެ. އޭނާގެ އަނގަ ގަދަ ކަމަކީ އާދައިގެ ކަމެއް ނޫންކަން އަހަންނަށް ވުރެ ބޮޑަށް އެނގޭނެ މީހަކު ނެތެވެ. ” ހްމްމް.. އައި ނޯ ޔޫ ބޯތް ހޭވް ސަމްތިންގ ޓު ހައިޑް.. އެހެންވީމަ ސިއްރުން ބައްދަލުކުރާނީ..ކުޑަކޮށް ސައި ތައްޔާރު ކޮށްލާނީ ދޯ.؟ “ ޒީނާ އަހަންނަށް ދޯއެއް އެއްލަމުން އަނެއްކާވެސް ހަމަޖެހިލައިގެން އެދުގައި އަހަރެންގެ މޫނަށް ބަލަން އިށީނދެލީ އޭނަގެ ސުވާލު ތަށް އަހަންނާއި ކޮށްލުމަށް ނިޔަތް ގަނެގެންކަން އަހަންނަށް އެގުނީ އޭނާގެ މޫނަށް ބަލައިލުމުންނެވެ.
” ބުނެބަ.. ލީޝް ބުނި މަންމަގެ ސާރޖަރީ ކުރަން މީހަކު އެހީ ދިނިއްޔޯ..! ކާކުތަ؟ އޭނަ އަހަރެން ކުރި އެއްވެސް ސުވާލަކަށް ޖަވާބެއް ނުދޭ.. އައި ނޯ އިޓްސް ނޮޓް ހުޝާމްބެ.. އެހެން ނޫންނަމަ ކާކުހޭ އަހާއިރަށް ބުނާނެ…! ތި ރީހާން އަކީ ސިސް އާ ކޮން އިރަކު ކިހިނެތް ފްރެންޑްވި މީހެއް؟ .. ހީ ގޭވް ޔޫ ދެޓް މަނީ؟؟ “
” ތިހުރިހާ ވާހަކައެއް ދައްކަން ތިބެގެން ވަގުތު ގޮސްދާނެ… އަދި މެންދުރަށް ކައްކަން ޖެހޭނު..ސާއިމް ވީ ބޭރަށް ގޮސް ދޯ.. “ އަހަރެން ބެލީ ޒީނާގެ ސުވާލުތަކުން ރެކެވޭތޯއެވެ. އަހަރެންގެ ޖަވާބުން ޒީނާ މޫނަށް ކުލަވަރެއް އަރުވާލައި އަނެއްކާވެސް އޮށޯވެލިއެވެ. ލީޝް އަށް އަހަރެން ހުރިހާ ވާހަކައެއް ކިޔައިދިނީ އަހަންނަށް އިތުރު ގޮތެއް ނެތީމައެވެ. އެހެން ނޫނަސް އަހަރެން ސިއްރު ކުރަން ބުނާ އެއްޗެއް ލީޝް އެއްވެސް މީހަކާއި ހިއްސާ ނުކުރާނެ ކަމުގެ އިތުބާރުވެސް އަހަންނަށް އޮތީމައެވެ. ލީޝް އާއި ހިލާފަށް ޒީނާގެ މިޒާޖު ތަފާތު ވެފައި ވާހަކަ ގިނަވުމުން އަހަރެން ބޭނުންވީ ޒީނާ އަށް އެއީ ރީހާން ވެ ދިން އެހީއެއްކަން ނާންގާށެވެ.
އަސްރު ނަމާދު ކޮށްލައިގެން އަހަރެން ފެންވަރާލައި ލީމްވެސް ފެންވަރުވާ ރީތިކޮށްލީމެވެ. ޒީނާ މުޅި ގެ މެހެމާނުންނަށް ތައްޔާރުކޮށް ސައިގެ ކަންތައް ހަމަޖައްސާފައި ރީތިވެލައިގެން އައިސް ޖޯލިފަތީގައި އިށީނދެ އޭނާގެ ފޯނުން ފަރި ބަލަން އިދެ އިރުކޮޅަކާއި ގޭޓާ ދިމާލަށް ބަލައިލައެވެ. އަހަންނަށް ވުރެ ބޮޑަށް ރީހާން ދެކިލަން އޭނާ ކެތް މަދުވެފައިވާހެން އަހަންނަށް ހީވިއެވެ. އޭނާއާއި ޚިލާފަށް އަހަރެންގެ ހިތުގައިވީ ހާސް ކަމެވެ. މައިރާ ފެނުމުން އަހަރެން ބުނާނީ ކީކޭބާއެވެ. މައިރާ އަހަންނާ ކުރާނީ ކޮންކަހަލަ ސުވާލުތަކެއްބާއެވެ. އޭނާ އަހަރެންނާއި ބައްދަލު ކުރަން އެހާވަރުން އުޅެނީ ކީއްވެބާއެވެ. އަހަރެން ހުރީ ކުއްވެރިއެއް އޭނާގެ މައްސަލަ ބަލާ ގާޒީ ކައިރިޔަށް ހާޒިރު ކުރަން އަންގާފައިވާފަދައިން ވިސްނާށެވެ.
”ލީމް … ލީމް .. ދަރިފުޅާ ނުދުވާނެ… “ ކޮޓަރިން ނުކުތް ގޮތަށް ހުޅުވާފައި ހުރި ގޭޓް ފެނުމުން މަގުމައްޗައް ދާން ދުއްވައިގަތް ލީމް ފަހަތުން އަހަރެން ވެސް ދުވެފައި ކަހަލަ ގޮތަކަށް މަގަށް ނިކުތީމެވެ. އޭރު ރީހާން އާއި މައިރާ އަދި އެމީހުންގެ ހަތަރު އަހަރަށް ދާ ފިރިހެން ދަރިފުޅު އެކުގައި ހިނގާލާފައި އައިސް ގެއާއި ހަމަ ވަނީއެވެ. މަގުމަތީގައި މާ ގިނަ މީހުނެއް ފެންނާކަށް ނެތެވެ. އަހަރެން ލީމް އުރާލަމުން ހިނިތުންވެލަން މަސައްކަތްކުރީމެވެ. އަހަރެން ފަހަތުން ނިކުމެގެން އައި ޒީނާ ވެސް ކަޅި ޖަހާ ނުލާ ބަލަން ހުރީ ރީހާންއަށެވެ. އެ ރީތި ކަމާއި ފިރިހެންވަންތަ ކަސްރަތީ ހަަށިގަނޑެވެ. ކުރުކޮށް ކޮށާލާފައިވާ ބޮލާއި މެދުމިނަކަށް ދިގުކޮށްފައި ވާ ތުނބުޅިއެވެ. ރޭގެ އަނދިރިކަމަށްވުރެ ދުވާލު ހަމަލޮލުން ބަލާލަން ނުހަނު ފުރިހަމައެވެ. އަހަންނަށް ރީހާން ރަނގަޅަށް ފެނިލީ އަދިކިރިޔާއެވެ. ކަޅުކުލައިގެ އަތްދިގު ގަމީހެއްގައި ކަޅުކުލައިގެ އަވި އައިނަކުން ދެލޯ ފޮރުވައިގެން ހުރި އިރުވެސް އެ ނަޒަރު ހުއްޓިފައި ހުރީ އަހަރެމެންނާ ދިމާލަށްކަން އެނގެއެވެ.އަހަރެން ލޮލުގައި އަޅައިގަތީ އެ ހިނިތުންވުމެވެ.ރީހާން އާއި އެކު މަޑު ހިނގުމެއްގައި މަޑު ފިޔާތޮށި ހެދުމެއްގައި ހެޔޮވަރު އިސްކޮޅެއްގައި ހިމަ ތޮޅި ކޮށް ހުރީ ރީހާންގެ އަންހެނުން މައިރާއެވެ. އަހަންނަށް ވުރެ ދޮންވެފައި މާ ރީއްޗޭ ހިތާ ހިތުން ކިޔާލެވުނެވެ. ވަރަށް ގުޅޭ ޖޯޑެކެވެ. ފުރިހަމަ އާއިލާއެކެވެ. އަހަރެންގެ ފަހަތުގައި ހުއްޓިލައިގެން ހުރި ޒީނާ އަށް ދުނިޔެ ހިނގަމުންދާ ކަމުގެ އިހުސާސްވެސް ނުވާފަދައިން ގަބުވެފައި ހުރީ ރީހާންގެ މޫނަށް ކަޅި ހުއްޓާލައިގެންނެވެ. އެންމެން އައިސް އަރާ ހަމަ ވުމުން އަހަރެން ހީލީމެވެ. އަހަރެންގެ ހާސްކަމާއި ނުތަނަވަސްކަން ފޮރުވާލަމުން ކިހިނެތްހޭ އަހައި ސުވާލުކޮށްލީ މައިރާއާއެވެ. ” މިއީ ޒާނާ..ޒާނާ މިއީ މައިރާ.. ދެން މިއީ އަހަރެމެންގެ ދަރިފުޅު ކައިސް “ ރީހާން އަހަންނަށް އިޝާރާތް ކޮށްލަމުން މައިރާއަށް އަހަރެން ތައާރަފު ކޮށް ދިމުން ހީލިއެވެ.
”ކިހިނެތް؟ މީ ލީމް.. އަހަރެންގެ ދަރިފުޅު.. ދެން މީ ޒީނާ އަހަރެންގެ ކޮއްކޮ.. ހިނގާ އެތެރެއަށް.. “
އަހަރެން ގޭތެރެއަށް އައުމަށް ދިން ދައުވަތަށް ލަސްތަކެއްނުވެ މައިރާ އިންކާރު ކޮށްލީ އެހެންތަނަކަށް ދާން ލަސްވާ ކަމަށް ބުނެއެވެ. ކައިރީގައި ހުރި ރީހާން މައިރާގެ މޫނަށް ބަލައިލީ ސުވާލު އުފެދިފައިވާ ގޮތަކަށެވެ. ” މިގެއަކަށް ނޫންތަ ތި އައީ…؟ އާދެވުނު ދުވަހު ވާނެ ދޯ ސައިބަޮއެލައިގެން ދާން.. ހިނގާ އެތެރެއަށް.“ ބުނާނެ އެއްޗެއް ނޭނގިފައި ހުރި އަހަރެން ސަލާމަތްކޮށް ދިނީ ޒީނާއެވެ. ތެދެއް އާދެވުނު ފަހަރު ވާނެ ދޯ ސައިބޯން.. މާދަން ދޯ ފުރަނީ..؟ “ މާއިރާގެ މޫނަށް ބަލއިލަމުން އަހަރެން ޒީނާގެ ވާހަކަތަކަށް ބާރުލައިދެމުން އެތެރެއަށް ދާން އިޝާރާތް ކޮށް ލަމުން ތަން ދެއްކީމެވެ. ” ނޫން.. އެމީހުންނަށް ލަސްވާނެ.. “ މައިރާ ރީހާންގެ މޫނަށް ބަލައިލަމުން އަނެއްކާވެސް ނޫނެކޭ ބުނީ އޭނާ އަންނާން ބޭނުން ނުވާ ތަނަކަށް އާދެވުމުން އަވަހަށް ނުދެވިފައިވާ މީހެއް ހެންނެވެ. ” އެ މީހުން ނުވެސް ގުޅާ އަދި.. ހިނގާ ވަދެލަން .. އެތަނަށް ދާން އަދި ވަގުތު އެބަ އޮތެއްނު.. “ ރީހާން ހަމަ ޖެހޭ ގޮތް ދައްކަމުން ހިނިތުންވެލިއެވެ. ރީހާން އެހެން ބުނެފައި އެތެރެއަށް ދާން ހިނގައިގަތުމުން މަޑުމަޑުން މައިރާ ވެސް އަހަރެމެން ފަހަތުން ވަނީ އެވެ. އެހެނަސް އަހަރެން ހުރީ ވާނުވާ ނޭނގިފައެވެ. އަމިއްލަ އަށް އެދިގެން އަހަންނާއި ބައްދަލު ކުރަން ބޭނުންވެގެން އައި މީހަކު އަހަރެންނާއި އަނގައިންވެސް ބުނެ ނުލައި އަވަހަށް ނުދެވިގެން އުޅެނީ ކީއްވެބާއެވެ.
”ހާދަ ވަރަކަށް ސައި ތައްޔާރު ކޮށްފައި.. “ ޒީނާގެ ފަހަތުން ކާގެއަށްވަދެ މޭޒު ދޮށުގައި އިށީންނަމުން ރީހާން މައިރާ އަށް އިށީންނަން ގޮނޑި ދައްކާލަމުން ޒީނާ އަށް ބަލާފައި ހިނިތުންވެލިއެވެ. މައިރާ މާ ޝައުޤެއް ނެތެވެ. ކުޑަކޮށް ހީލާފައި އެ އިން ގޮތަށް އެއްވެސް އެއްޗެއް ނުކައި އިނީއެވެ. ރީހާން އާއި ކައިސް ސައި ތައްޓަކާއި ދެތިން ވައްތަރެއްގެ ހެދިކާއާއި ކައި ނިމުނު އިރުވެސް މައިރާ ހަމަ އިނީއެވެ. އެހެންޏާ ވާހަކަ ގިނަ ޒީނާވެސް އެއްޗެެއް ބުނެ ނުލައި ހަނު ހުރީ އެމީހުންގެ ޚިދުމަތުގައެވެ. ލީމް ވެސް ބޭރުގައި މާތަކާއި ކުޅެލަން ހުރީއެވެ. ” މާދަން ދޯ ފުރަނީ.. މި ކޮޅުގަ ކޮން ގެއެއްގަ ތިބެނީ ..؟ މަޖާތަ މި ރަށް..“ ވެރިވެފައިވާ ހަމަ ހިމޭންކަން ގެއްލުވާލަން އަހަރެން ވާހަކައެއް ދައްކާލެވޭތޯ ބެލީ މައިރާ އެއްޗެއް ބުނޭތޯ އެވެ. އެކަމަކު އޭނާ އަނެއްކާވެސް ކުޑަކޮށް ހީލަމުން ރީހާންގެ މޫނަށް ބަލައިލިއެވެ. ” މާދަން ހެނދުނު.. މައިރާގެ ބޮޑުބޭބެ އެއް ކައިރީ މި އުޅެނީ.. “ ފެން ތައްޓެއް ބޯލަމުން ޖަވާބު ދިނީ ރީހާނެވެ. ރީހާން ނިމުމުން މައިރާ އަވަހަށް ގޮނޑިން ތެދުވެގެން ދާން ހިނގައިގަތެވެ. ” ވަރަށް ލަސް ވެއްޖެ ދެން ހިނގާ އަވަހަށް.. “ މަޑުމަޑުން ރީހާން ކައިރީ ދާން ހިނގާށޭ ބުނެފައި ކައިސް ގެ އަތުގައި ހިފައިގެން މައިރާ ހިނގައިގަތީ އަހަންނާ ދިމާއަށް ބަލައިވެސް ނުލައެވެ. މަންޒަރު ބަލަން ހުރި ޒީނާ ވެސް ސުވާލުގެ ނަޒަރަކުން އަހަންނަށް ބަލަން ހުރީ މިވަނީ ކިހިނެތްބާއޭ އަހަން އުޅޭހެނެވެ.
” ޝުކުރިއްޔާ .. ސައި ވ ބަރާބަރު.. ޒީނާ ދޯ ތީ.. “ ރީހާން ވެސް ގޮނޑިން ތެދުވަމުން ހިނިތުން ވެލަމުން ދެން ދަނީ އޭ ބުނެފައި ދާން ހިނގައިގަތެވެ. އަހަރެން ވެސް ފަހަތުގައި ހުރެގެން ދިޔައީ މަގުމައްޗަށް ނިކުމެލާށެވެ. އޭރު މައިރާ ގޭގެ ދޮރޯށިން ނުކުމެ މަގުމަތީ މަޑުކޮށްލައިގެން ހުރީ ރީހާން އަންނަތަން ބަލާށެވެ.
” އެއީތަ ރީހާންގެ ވައިފް ހަމަ؟؟ ހީވާނީ މަޖުބޫރުކޮށްގެން ގެނައި މީހެއްހެން.. ހަމަ ޔަޤީން ޝީ ހޭޓްސް ޔޫ..!! “ އަހަރެން ފަހަތުން އައި ޒީނާ އަހަރެންގެ ކަންފަތް ދޮށުގައި އޭނާއަށް ހީވާގޮތް ބުނެލީ ރީހާންމެން ގޮސް އޮބާލުމުންނެވެ. ” އާނ ދޯ.. އައި ފެލްޓް ސޯ އޮކްވާޑް… އެކަމަކު ދެން އަޅާ ނުލާ .. އެކަންތައް އެ ނިމުނީނު… “ ލީމް ގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަންނަމުން އަހަރެންވެސް އަހަންނަށް ފެންނަގޮތް ބުނެލީމެވެ.
” ރީހާންއަކާ ނުވެސް ގުޅޭ.. “ ޒީނާ ހުރީ މައިރާގެ ގޮތް ފެނި ހިތްހަމަ ނުޖެހިފައެވެ. ” ޝްޝް… ދެން އެ މީހުންގެ ވާހަކަ ނުދައްކާ .. “ އަހަރެން މައިރާގެ ވާހަކަ އިތުރަށް ދައްކަން ބޭނުމެއް ނުވީއެވެ.
***
ރޭގަނޑު ގަޑިން ދިހައެއް ޖަހަން ކައިރި ވީއެވެ. ލީމް އޮތީ ނިދާފައެވެ. ސާއިމް އާއި ޒީނާ ވީ އެމީހެއްގެ ކޮޓަރީގައެވެ. އަހަރެން ބޭރަަށް ނުކުމެ ޖޯލިފަތީގައި އޮށޯވެލީމެވެ. މުޅި ދުވަސް ނިމުނު އިރުވެސް ހުޝާމްގެ ހަބަރެއް ނުވެއެވެ. ލީމް ކައިރިޔަށް ވަދެ ނުލާތާވެސް ތިން ދުވަސް ވީއެވެ. އަހަރެންގެ ފޯނު ނެގީ ހުޝާމް އަށް މެސެޖް ކޮށްލަން ހިތުލައިގެންނެވެ. އެކަމަކު އަހަރެން ބޭނުން ވީ ހުޝާމް އަމިއްލައަށް ފެނިގެން އަހަރެން ކޮބައިތޯ ބަލަންދެން މަޑު ކުރާށެވެ.
” ނާ.. ވ އަވަހަށް ނިކުމެބަ.. ބޭރުގަ މީނީ.. “ ރީހާން ގޭދޮށުގައިކަން އެނގުމުން އަހަރެން ކޮޓަރިއަށް ވަދެ ކުޑަ ބުރުގާއެއް އަވަސް އަވަހަށް އަޅައިގެން ގޮސް ގޭޓް ހުޅުވާލީމެވެ.
އަހަރެން ދޮރު ހުޅުވުމާއި އެކު ރީހާން އެތެރެއަށް ވަދެލައި އަހަންނަށް ދިއްކޮށްލީ އޮޅާފައި އޮތް އޭފޯ ސައިޒުގެ ގަނޑެކެވެ. ”މީތި ދޭން މި އައީ.. މާދަން ވަރަށް ހެނދުނާ ފުރަންޖެހޭތީ ދެން ހިއެއްނުވޭ އާދެވޭނެހެން. “ މާޔޫސް ވެފައިވާ ރާގަކަށް ރީހާން އެހެން ބުނުމުން އަހަރެން ހަމަޖެހޭ ގޮތް ދައްކާލީމެވެ. ” އެހާ އަވަހަށް ފުރަންޖެހޭތީ ވަރަށް ދެރަ.. ދެން ނާ ނުވެސް ފެންނާނެ ދޯ.. “ ރީހާން ކައިރިވެލުމުން އަހަރެންނަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އަހަރެން ގެ ހިތް ބާރު ބާރަށް ތެޅެންފެށިއެވެ. ރީހާން އަހަރެންގަ މޫނަށް ރަނގަޅަށް ބަލައިލިއެވެ. ދެން ނުފެންނާނެތީ ހިތުގައި ފޮރުވާލާ ތަސްވީރެއް ފަދައިންނެވެ. ” ދެން ދަނީ އިނގޭ .. ވ އަވަސް އަރުވާލާފަ ގެއިން ނުކުމެގެން މި އައީ ފިހާރައަކަށޭ ކިޔާފަ.. މިހާރު އުޅޭނީ ފިހާރަތައް ބަންދު ކުރަން ދޯ..“ އަހަންނާ ސަލާން ކޮށްލަން އަތް ދިއްކޮށްލަމުން އަހަރެންގެ އަތުގައި ހިފާލައި އިރުކޮޅަކު މަޑުކޮށްގެން ރީހާން ހުރީ ތިއަތުން ދޫކޮށްލަން ބޭނުން ނޫނޭ ބުނާފަދައިން އަހަންނާ ހަތަރު ކަޅި ހަމަ ކޮށްގެންނެވެ. އިރުކޮޅަކު އެގޮތަށް ހުއްޓުންވެފައި އަހަންނަށް ބަލަން ހުރި ރީހާންގެ ލޮލުގައި ފޮރުވިފައި ވަނީ ކޮންއެއްޗެއް ކަމެއް އަހަންނަކަށް ނޭނގުނެވެ. އެހެނަސް އެ ފުން ނަޒަރުގައި އަހަރެން ކައިރީ ބުނަން ބޭނުންވެ ނުބުނެވިފައިވާ އެތައްވާހަކައެއް ވާކަން އަހަންނަށް ވިސްނުނެވެ.
” ދެން އަވަހަށް ދޭ.. މައިރާ އުޅޭނެ ނުފެނިގެން “ އަހަރެންގެ ޖުމްލައިން ރީހާނަށްވެސް ވަގުތު ހަމަވެއްޖެ ކަމުގެ އިހުސާސް ކުރެވުމުން ދާން ހިނގައިގަތެވެ.
ރީހާން ދިއުމުން އަހަރެން ގޮސް އެ ގަނޑު ނިއުޅައިލަމުން އެއީ ކޮން އެއްޗެއްތޯ ބަލާލީމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.



Vv reethi mi part ves….
What was in the paper🤔….Im just curious to know … waiting for the next part ……
Thankyou repunzil, ☺️ Guess what’s in that paper.. must be something very special dhw.. 😉
ALLAHUMMA BAARIK JUST WOW! literally hama aneh part kiyaalaa hithun keith madhu vefa!
JAZAKALLAH KHAIR.. ☺️ Anonymous. Your comments and support means a lot.
Wow this was amazing story readed for together☺️
Appreciated your hard work….☺️😉😍😘
Thankyou dream gurll.. ☺️
ހާދަ ސަޅި ވާހަކައެެއް. ކޮބާ ކުރީ ތިންޕާރޓް؟
ޝުކުރިއްޔާ ފިޒާ ☺️ އަނެއް ތިން ޕާރޓް ފެންނާނެ ހުދުފިނިފެންމާ ޕޭޖް ފޮލޯ ކޮށްލީމަ…
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Hushaam haadha goahe
Koncheh baa paper ga
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Thankyou cutie girl, Aneh part ves avahah upload kohdheveytho balaanan. ☺️
varah reethi vaahaka eh, varah shauguveri, dhen oiy bayah inthizaaru kuran.
Thankyou Mar Sha ☺️