Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ 19

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
October 6, 2024 6 Mins Read
8 Comments

ކުއްލިއަކަށް ފާރުގެ ސްކްރީނުން ފެނުނު މަންޒަރަކުން ބޮޑުވީ އަހަރެންގެ ދެލޯ އެކަންޏެއް ނޫނެވެ. އާހިލާއި ނައިލާއި މަލަކު ވެސް ހުރީ އެ ޙާލުގައެވެ. އަހަރެން ދެދަތްޕިލަ ޖައްސާ ބާރުކޮށްލީމެވެ. އާހިލް ވެސް މޫނު އަނެއް ފަރާތަށް އަނބުރާލައިފިއެވެ. އެ ރަވާނުގަނޑުގެ ކިބައިގައި ހުރި ނުލަފާ ކަމެވެ. ހޫދާއި ދިމާލަށް ވެސް އަހަރެން ކަޅިއަޅާލީމެވެ. މިކަން ވާނީ އޭނާގެ ޢަމަލަކަށް ކަން ޔަޤީންވާތީއެވެ. އެއީ އެރޭ އެތަނަށް ދިޔައީ އޭނާ ވިއްޔާއެވެ. އެ ހޫދުގަނޑު ނެގި ފޮޓޯގަނޑު ވަރަށް ސާފެވެ. އޭގައި ވަނީ އަހަރެން އެންމެ ފުރަތަމަ އާހިލާއި ބައްދަލުވީ ރޭ އަހަރެމެން ދެމީހުންގެ ދެމެދުގައިވީ ގާތް ކަމެވެ. އެ ހަނި ގޯޅިގަނޑުގައި ހުރި ބޮތްކެއްގެ އަލި ދެމީހުންގެ މޫނަށް އެޅިފައި ވުމުން އެއީ އަހަރެންނާއި އާހިލްކަން އެމީހުންނަށް ޔަޤީންވާނެއެވެ.

އަހަރެން ތުންފަތުގައި ދަތް އަޅާލީމެވެ. މި ރަވާނަށް ވެސް އެނގޭނީ އަހަރެން ލަދުގަންނުވާށެވެ. އޭނާގެ ހަންގަނޑު ނޮޅާ އިރާލާ ބޮލުގެ ފަތްކޮޅު ވެސް އުފުރާލަންވީއޭ ހިތަށް އެރިއެވެ. މި އެންމެން ތިއްބާ އަހަރެންނަށް ނުވެސް އެނގި ނަގައިފައި އޮތް ފޮޓޯއެއް ބޮޑު ސްކްރީނަށް ވައްޓާލަން ޖެހޭ ހެއްޔެވެ؟ އަދި އެ ފޮޓޯ އަކީ ވެސް އަހަރެންނާއި އާހިލްގަނޑާއި ދެމީހުން ހަތަރުކަޅި ހަމަވި ވަގުތު ނަގާފައިވާ އެއްޗެކެވެ.

މިކަމުގައި ގޯސް ހެދީ އާހިލެވެ. ހަމައެކަނި ގޯޅިގަނޑަށް ވައްދާލާ ދޫކޮށްލުމުގެ ބަދަލުގައި އޭނާ އަހަރެން ފާރުގައި ޖައްސާ ހައްޔަރުކޮށްލީ ވިއްޔާއެވެ. ނުވީތާކަށް އަހަރެންގެ ލޮލުގެ ޖާދުލުގަ ޖެހިފައި އެ ސޮރު ހުރި ގޮތަށް ހުރީއެވެ.

އަހަރެން ރަވާނާއި ދިމާލަށް ވައްކަޅިން ބަލައިލަމުން އެ ދިމާލަށް ދުއްވައިގަތީމެވެ. އެހެނަސް ރަވާނު މާ ހުޝިޔާރެވެ. އެ ސިކުންތުކޮޅުގައި އޭނާގެ ފޯނާއި ސްކްރީނާއި ދެމެދުގައިވީ ގުޅުން ކަނޑާލައިފައި އެ ފޯނު ލޮކް ކޮށްލުމަށް ފަހު ޖީބަށް ލިއެވެ. ކުރަން އުޅުނު ކަންތައް ނުވި ނަމަވެސް އެ ސްކްރީނުން ފޮޓޯގަނޑު ނެގިއްޖެތާއެވެ.

“ދެން ވެސް މި ކަމާ ވެގެން އުޅެބަލަ. މި ސޮރަށް ކޮންމެވެސް ވަރަކަށް އެނގެޔޭ އެ ގެއްލޭ މީހުންނަށް ވާ ގޮތް!” އަހަރެން މިފަހަރު ހުއްޓާލީ ސީދާ މައުޟޫޢަށް ވައްދާލައިފައެވެ. ނަގާ އަޅުވާލީ ‘އެ’ ރިކޯޑިން އެވެ. އޭގައި ދައްކަމުން ދިޔަ ވާހަކައިގައި ރަޙުމެއް ހަމްދަރުދީއެއްގެ ކަންފުޅެއްވެސް ނެތް ކަން ހާމަވެއެވެ. އެ އަޑު އިވިފައި މަލަކު އިސްޖަހާލިއެވެ. ނައިލާއި ހޫދު އެކަން ޤަބޫލުނުކުރެވިގެން އުޅުނެވެ. ރަވާނު ހުރީ ހުއްޓުން އަރާފައެވެ. އާހިލްގެ ދަބަހުން ދެން ނެގީ ފަށްޖަހާލެވިފައިވާ ކަރުދާސް ގަނޑެކެވެ. އޭނާ އެ ނިއުޅާލައިފައި މޭޒުމަތީގައި ބޭއްވިއެވެ. އޭގައި ފެންނަން ހުރީ އޭނާގެ ބުރަ މަސައްކަތެވެ. ގެއްލުނު މީހުންގެ ވަނަވަރާއި އެކު ތަރުތީބުންނެވެ. އެއްގޮތް ކުރެވުނު ކަންތައްތަކެވެ. އެއީ އެރޭ އޭނާ އަހަރެންނަށް ދެއްކި ބޯޑުގެ ކަރުދާސް ކޮޕީއެއް ކަން ދެނެގަންނާކަށް މާކަ އުނދަގުލެއް ނުވިއެވެ. އެހެނަސް އޭގައި އިތުރު އެހެން އެއްޗެއް ލިޔެފައި ވިއެވެ. އެންމެ ލަފުޒެކެވެ.

“އުތުރު؟”ސުވާލުގެ ރާގަކަށް އަހާލީ ނައިލެވެ. “ދެން މީހަކު ގެއްލޭނީ އުތުރުން” އާހިލް ބުނެލީ ޔަޤީންކަމާއި އެކުގައެވެ. “ކަލޭއަށް ކިހިނެއް އެނގެނީ ދެން މީހަކު ގެއްލޭނީ ކޮން ހިސާބަކުން ކަމެއް. އަނެއްކާ ތީ އޭގެ މީހެއް ތަ؟” މަލަކު ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. “އޭ ބަލަ މަލަކީ. އޭނަގެ އަންކަލް އީމާން ވަގަށް ނެގި މީހުންނަށް އޭނާ މަސައްކަތް ކޮށްދޭނެތަ. ސިމްޕަލް ލޮޖިކް” ހޫދު ބުނެލީ މަލާމާތުގެ ރާގަކަށެވެ. އެއީ ވެސް ތެދެއް ވިއްޔާއެވެ. އެހެނަސް އެ އާހިލަށް އެކަހަލަ މުހިންމު މަޢުލޫމާތެއް އެނގެން ޖެހުނު ސަބަބެއް ވެސް އޮންނަން ޖެހޭނެ ތާއެވެ.

“މަ ހަމަ އަޖައިބުވެއްޖެ ކަލޭމެންނަށް އެ ވަރު ވެސް ނޭނގުނީމަ. އެއީ އެ ރަހީނުކުރާ ގުރޫޕު ވިސްނާނުލާ ހަދައިފައި އޮތް ޕެޓާނެކޭ. އެންމެ ފުރަތަމަ މީހަކު ގެއްލުނު ކަމަށް ރިޕޯޓުކުރީ ކޮން ހިސާބަކުން؟ އުތުރުން. ދެން ގެއްލުނީ ދެކުނުން. އެއަށްފަހު މެދު ރާއްޖެތެރެއިން. ދެން އަނެއްކާވެސް ހަމަ އެގޮތަށް ތަކުރާރު ވަމުން ދިޔައީ” އާހިލްގެ ރާގު ހުރީ އަހަރެމެންނަށް މަލާމާތް ކުރާ ކަހަލަ ގޮތަކަށެވެ. ދެން އެ ސޮރު ފަކީރު އެކަނި ވެގެން މި ހުރިހާ ކަމެއް ހޯދައިގަތް އިރު އަހަރެމެންނަށް މޮޅު އެއް ކަމެއް ވެސް ކުރެވުނީއެއް ނޫނެވެ. މި ރަވާނުމެން އުޅުނީ އެކަކު ފަހަތުން އަނެކަކު ފަހަތުންނެވެ. މިހުރިހާ ބައެއް ގެއްލުނު ގެއްލުމުގައި އެއްގޮތް އެތައް ކަމެއް ހުރެފައި އެކަން ކުރަނީ ވެސް ވަކި ޚާއްޞަ ބައެއް ކަމެއް ވެސް ދެނެގަނެވުނީއެއް ނޫން ވިއްޔާއެވެ. މި އާހިލް ސޮރު ހާދަ ވަރަކަށް ދިރާސާ ކޮށްލައިފިއެވެ.

“ތެދެކޭ. އަހަރެމެން ހާދަ ގަޅިއޭ ދޯ! ވަކިވަކިން މީހުން ހޯދަން އުޅެގެން ވީވަރު. އަދި އެ ވެސް އެއްވެސް ގޮތަކުން ދެން ނުފެންނާނެ ބައެއް. ނަސީބެކެއްނު ރިފް މި ގޯލާ ހޯދިކަން ނޫންނަމަ އަބަދު ހުރިހާ ކަމެއް އަތަށް ގޮވައިގެން އުޅެން ޖެހުނީސް.” މަލަކު އާހިލަށް ތަޢުރީފު ކޮށްލިއެވެ. އަހަރެން އަނެއްކާ ވެސް އާހިލްގެ ކަރުދާސް ގަނޑަށް ބަލާލީމެވެ. އެންމެ ރަށަކުން ވެސް ދެމީހަކު ގެއްލިފައެއް ނުވެއެވެ. އެކި އަތޮޅުތަކަށް ނިސްބަތްވާ މީހުންނެވެ. އަންހެން ފިރިހެން ދެޖިންސުންނެވެ. މުޅީން ވެސް ޢާއިލާގެ ގުޅުން ކެނޑި ނޫނީ މަރުވެފައިވާ މީހުންނެވެ. ރަނގަޅު ކޮލެޓީގެ ގުނަވަންތަކެއް ވިއްކާލުމަށް އެދޭތީ އެ ރަހީނު ކުރަނީ ވެސް އެންމެ ޒުވާން ގައިގައި ބާރު ހުރި މީހުންނެވެ. ސިއްހީ ގޮތުން އެއްވެސް މައްސަލައެއް ނެތް ބަލިނޫން ދުޅަހެޔޮ މީހުންނެވެ. މިހުރިހާ ކަމަކުން ވެސް އަނގައިދެނީ މި ކަމަކީ ވަރަށް ފުރިހަމައަށް ރާވައިގެން ކުރާ ކަމެއް ކަމެވެ. އެންމެ ފަހަރަކު ވެސް އެމީހުންގެ ޕްލޭން ފްލޮޕް ވެފާ ނެތެވެ. ކިހާ ވަރަކަށް ދިރާސާ ކޮށްގެން އުޅޭ ބައެއް ހެއްޔެވެ؟

ކިރިޔާ ވެސް ޝައްކު ކުރެވޭ ކަހަލަ ފަރާތެއް ވެސް އަދި ހުރީ އެއް ނޫނެވެ. އެންމެ ވަރުގަދަ ކުޅަދާނަ ހައްދުން ނައްޓާ ގޭންގުގެ މައްޗަށް ވެސް ބަސްކިޔާލާ ވިއްޔާއެވެ. މީހާ ބާރުގަދަވެފައި ނުފޫޒު ގަދަވާނީ ކާކު ހެއްޔެވެ؟ ގައިމު ވެސް ރާއްޖޭގެ ސިޔާސަތުގެ ބައެއް ނޫނެވެ. މިހާރު އެކަހަލަ އެއްވެސް މަތީ މަޤާމަކަށް ޢަދުލުވެރި ނޫން މީހަކަށް ކުރިމަތި ވެސް ނުލެވެއެވެ. ދެން އެހެން ވިއްޔާ ކާކު ބާއެވެ. ވިޔަފާރިވެރިއެއް ހެއްޔެވެ؟ ކުންފުންޏެއްގެ ބޮޑެއް ހެއްޔެވެ؟ ރިސޯޓު ހިންގާ މީހެއް ހެއްޔެވެ؟ ޚިދުމަތްދޭ އަމިއްލަ ތަނެއްގެ ވެރިއެއް ހެއްޔެވެ؟ ނޫނީ…….

އަހަރެންނަކަށް އެއްގޮތަކަށް ވެސް އެ ވާނީ ކީއް ކުރާ ކޮން ކަހަލަ މީހެއް ކަމެއް ނޭނގުނެވެ. ހަމަ ގައިމު ވެސް އެ މީހަކު ވާނީ މުއްސަނދި މަހުޖަނަކަށެވެ. މި ޒަމާނުގައި އިންސާނެއްގެ ގުނަވަންތައް ވިއްކާލައިގެން ތިންސަތޭކަ މިލިޔަން ދިވެހި ރުފިޔާ ލިބޭނެއެވެ. އޯރގަން ޓްރާންސް ޕްލާންޓުތައް ނުލާހިކު އަގުބޮޑެވެ. އެހެނަސް ބަލިވުމާއި މުސްކުޅިވުމުގެ ސަބަބުން ވީރާނާވާ ގުނަންތައް ބަދަލު ކޮށްގެން ދިރިއުޅުމަށް އާރޯކަން ގެނެވޭނެ ފަންނިއްޔާތުގެ ގޮތްތައް އެބަހުއްޓެވެ. ރަނގަޅު ފެންވަރުގެ އޯރގަންތައް އަގުބޮޑީ މިހެން ވެގެންނެވެ. ލިބޭލެއް މަދުވުމަކީ ވެސް އަގު އަރައިދާ ސަބަބެކެވެ.

“ހާދަހާވާ މޮޅު ބައެކޭ މިކަން ކުރަނީ މި ބައެއްގެ ވިސްނުން ކިހާ ހިސާބެއްގައި ތަ ވީ! މިއީ ވާ ފަސޭހަ ބައެއް ނޫނެއްނު ކުޅެލާކަށް. މިހާ ލާއިންސާނީ ކަމެއް މިރާއްޖޭގައި ހިންގާ ބަޔަކު އުޅޭކަން އަދި ކިރިޔާ މި އެނގުނީ. ކިހާ ފުރިހަމަ އުކުޅުތަކެއް ބޭނުން ކުރާތީ ތަ އަހަރެމެންނަށް ކުރިއެރުމެއް ލިބެން ވެސް މިހާ އުނދަގުލީ.” ހޫދު ބުނީ ނުރުހުންވެފައެވެ. އާނ އެހެންޏާ މިވަރުގެ ސްކިލް މަތި ބަޔަކު އަހަރެމެންނާއި ވެސް އެ ކުޅެލަނީއެވެ.

“އުތުރުން މީހުން ގެއްލިފައިވަނީ، ށ. ފީވަށް، ހދ. ނޮޅިވަރަން، ހއ. ހުވަހަންދޫ، ނ. ލަންދޫ، ރ. އަނގޮޅިތީމު، ބ. އޭދަފުށި އަދި ށ. ކޮމަންޑޫ، މި ހަތް ރަށުން. ކަލޯ މި ހަތް ރަށް ނަގާފައި ބާކީ އެބޮތް ކަންނެ ލައްކައެއްހާ ރަށް. ކިހިނެއް އެނގެނީ ދެން މީހަކު ގެއްލޭނީ ކޮން ރަށަކުން ކަމެއް.” ރަވާނު ކަރުއެލުވާލިއެވެ. ދެން އަހަރެމެން އުޅުނީ އެ ހިސާބުގައި ހުރި ރަށްތައް ވަކިވަކިން ދިރާސާ ކުރާށެވެ. އެހެނަސް ހުރިހާ ރަށެއްގައި ވެސް މީހަކު ގެއްލިދާނެކަމަށް ބެލެވެއެވެ. މިފަހަރުގެ ޕްލޭން އެކަށް ވީ އެއިން ރަށްރަށަށް ދަތުރުކޮށް ދިއުމަށް ފަހު އެ ރަށުގައި ރަހީނުކޮށްފާނެ ހެން ހީވާ މީހުން ނުރަކަލެއްގައި ވޭތޯ ބެލުމެވެ. ނުވާނަމަ އެހެން ރަށަކަށް ދިއުމެވެ. އެ ރަހީނުކުރާ ގުރޫޕުގެ ބާވީސްވަނަ އަމާޒުފަތްގަނޑު ވަކިކޮށް އޭނާގެ ފަހަތުން އުޅޭށެވެ. އެ މީހަކު ހޯދުން ވާނީ ވަރަށް ވެސް ބޮޑު މަސައްކަތަކަށެވެ. އެހެނަސް ރަނގަޅު ޓާރގެޓް ހޯދިއްޖެނަމަ އެ ރަހީނުކުރާ މީހުންގެ ޖަގަހަ ހޯދި ދާނެއެވެ. އޭރުން އެމީހުން އަތުލައިގަތުން ވެސް ފަސޭހަ ކަމަކަށް ވާނެއެވެ.

“އޮށްގާ ގޭންގުން އެމީހުންނަށް އެހީވާނަމަ އެމީހުންނަށް އެނގިދާނެއްނު ބާވީސްވަނަ ޓާރގެޓް.” އާހިލްގެ ޚިޔާލު ވަރަށް ސަޅިއެވެ. އެގޮތަށް ވިސްނައިފައި ނައިލް އެއްކަލަ ޗާޓު ނެގިއެވެ. ގޭންގުގެ އެންމެހާ ތަފްސީލެއް ވީ އެއްޗެވެ. އެއިން އުތުރު ހިސާބުގައި އުޅޭ ގުރޫޕުތައް ނެގީމެވެ. އަހަރެމެން ނިންމީ އެ ރަށްތަކަށް ގޮސް ރަހީނުކުރާ މީހުންގެ ބާވީސްވަނަ އަމާޒުފަތްގަނޑު ހުރި ތަނެއް ނުވަތަ އެ މީހެއްގެ މަޢުލޫމާތު ހޯދާށެވެ. އެ ހިސާބުގައި ގޭންގުގެ ހަތަރު ގޮތްޕެއް އޮވެއެވެ. އަހަރެމެންގެ ތިބީ ހަ މީހުންނެވެ. އެއީ ޝެހެނާޒު ނުލައެވެ. އޭނާ މި މަސައްކަތުގައި ބައިވެރި ނުކުރުމަށް ނިންމީ އޭނާގެ ކިޔެވުމަށް ބުރޫ އަރާނެތީއެވެ. އަދި ޝާނާއަށް ވީގޮތް ބުނަން އަވަސް ކަމަށް ޤަބޫލުކުރެވޭތީއެވެ

“ދެބެން ދޭ މަކުނުދޫއަށް. ނައިލް ހޯރަފުށްޓަށް. ހޫދު ދާންވީ އޭދަފުށްޓަށް. މަ ދާނަން މިސޮރު ގޮވައިގެން ހޮޅުދޫއަށް. މި ނިމުނީއެއްނު.” މަލަކު މީހުން ދާންވީ ތަންތަން ކަނޑައެޅިއެވެ. އަހަރެން އެގޮތަށް ރުހޭކަން ބޭނުމެއް ނުވިއެވެ. މި ރަވާނު ގަނޑާއި އެއްކޮށް ގޮސްފިނަމަ އަހަރެން އެއްކަމެއް ވެސް ކުރިޔަކަ ނުދޭނެއެވެ. ހުންނަ ހޮޓެލް ކޮޓަރީގައި ގޭބަންދު ކޮށްލަފާނެއެވެ. އަހަރެން ވަގުތުން ބުނީ ރަވާނާއި އެކު ނުދާނެ ކަމަށެވެ.

“އެޔޯ. އަހަރެން ރިފް ގޮވައިގެން ދިޔައި މައެއްނު ރަނގަޅުވާނީ. ރިފް ބެލޭނެ ވަރުގެ މީހަކީ އަހަރެން ވިއްޔާ. ބަލާބަލަ ތިއްތިއަށް ނަފުރަތު ކުރާ ވަރު ހިތުގަ ޖެހިއްޖެ!” ވަރަށް ގޮތްބޮޑު ގޮތަކަށް ރަވާނު އޭނާގެ މޭމަތީގައި އަތް އަޅާލިއެވެ. “ތިއޭ ވިނަބެއްޔާގެ މައްސަލަ އަކީ. ނުރައްކާތެރިއޭ ކިޔާފަ ގޭބަންދު ކޮށްލަފާނެ ވިއްޔާ.” ފަހަތުން އަހަރެން ބުނީމެވެ. “އެހެން ވިއްޔާ ރިފް ދޭ އާހިލާ އެކު. މަށަށް ވަރިހަމަ. މަ ދާނީ ހޫދު ބްރޯ އާއި އެކު ސީދާ އޭދަފުށްޓަށް.” މި މަލަކު މިއަދު އުޅެނީ އަހަންނަށް ޖެއްސުމެއް ނުކުރެވިގެން ތޯއްޗެއެވެ.

“މަ ދާންވީ މި ބުލޫ އައި ސްޓޯކަރާ އެއްކޮށް. ނޫނޭ. މަށަކަށް ތިކަމެއް ނުވާނެ.” އާހިލް ވެސް ދެކޮޅު ހެދިއެވެ. އެހެނަސް މަލަކު އޭނާގެ ވިސްނުން ބަދަލު ކުރާކަށް ނޫޅުނެވެ. އަހަރެންނަށް ޖެހުނީ ގޮތްދޫކުރާށެވެ.

“ހެހެހެ. ތިވަރު ވާނީ އަހަންނާ އެކު ނުދަން އުޅެންޏާ. ތި ބުނާ ހަތުރަކާއި އެކު ގޮސް ކަލޭމެންނަށް ކަމެއް ވާނެ ބާ އޭ ވެސް ހިތަށް އަރާ.” ރަވާނު އޭނާގެ ކޮޓަރިއަށް ވަނުމުގެ ކުރިން ބުނެލިއެވެ. އަހަރެންގެ އަތުގައި ޖެހުނު ވަޅި ނަގާ އެ ދިމާއަށް ހޫރާލީ އޭނާއަށް އެއިން ރެކެވޭނެކަން ވެސް އެނގި ހުރެއެވެ. ވަޅި ގޮސް ޖެހުނީ ރަވާނު ލައްޕާލި ދޮރުގައެވެ. އަހަރެން އެ ވަޅި ނަގައިފައި ކޮޓަރިއަށް ވަދެ ދޮރު ޖެހީމެވެ. ދަބަސް އެއްލާފައި އެނދަށް އުއްޑުން ވެއްޓިގަނެ ދެލޯ މަރާލީމެވެ. އަހަރެންނަށް މިކަން ވެދާނެ ހެއްޔެވެ؟ ޢަދުލުވެރިކަމާއި ޚިލާފަށް ނާއިންސާފުން ކަންތައް ކުރެވުނު ފަރާތްތަކަށް ޙައްޤު އިންސާފު ހޯދޭނެ ހެއްޔެވެ؟ އެ ރަހީނުކުރާ މީހުންގެ ޙަޤީޤަތް ހޯދޭނެ ހެއްޔެވެ؟

އަނެއް ދުވަހު ޓްރައިނިންގައި އިން އިރު ވެސް ވިސްނެނީ ހަމަ އެކަމާއި މެދުގައެވެ. މާދަން ހަވީރު ހޮޅުދޫ އަށް ދާން ފުރަން ޖެހޭނެއެވެ. މި ވާނީ އަހަރެން ނޫނު އަތޮޅަށް ދާ ފުރަތަމަ ފަހަރަށެވެ. އަދި ދާން މި ޖެހުނީ ވެސް ދުނިޔޭގައި ހުރި އަހަރެން ހަތުރަކާއި އެކުގައެވެ. އަހަރެންނަށް ބެހުމުގައި ރަވާނުގެ އިސް ލަޤަބު އަތުލާ ކުރިއެރި މިސްޓަ އާހިލެވެ. ހޫދުގަނޑު ވެސް މި ސޮރާއި އެކު ދާކަށް އެއްބަހެއް ނުވިއެވެ. ނައިލް ބޭނުންވަނީ އެކަނި ދާށެވެ. އަހަރެން ރަވާނާއި އެކު ނުދާން ގަދަހެދުމުން ކަންވެ ނިމިދިޔަ ގޮތެވެ. ކުރާނެ ކަމެއް ނެތެވެ.

އެދުވަހު ހަވީރު އަހަރެމެންގެ ޖަގަހައަށް ދިޔައިރު މަލަކު ވަނީ ގެންދަންވީ މެޓީރިއަލް ބޭގް ތައްޔާރުކޮށްފައެވެ. އެ އެއްޗެހިނުގެ ނަން ކިޔާނަމަ ދިގު ލިސްޓެކެވެ. ކުދިކުދި ކެމެރާތަކާއި ރެކޯޑަރެވެ. އޭއައި އައިނާއި ސެލްފް ޑިފެންސް ގަޑިއެވެ. އެ ގަޑިން ފެއިންޓް ސައުންޑާއި ކޮންޝިއަސް ސައުންޑް ވެސް ޖެހޭނެއެވެ. ތޫނު ކުދި ހަތިޔާރު ވެސް ދޫކުރެވޭނެއެވެ. އެގަޑިއާއި ގުޅުވާލެވޭ އެހެން ގަޑިތައް ބޭނުން ކުރާ މީހުންނާއި ވާހަކަ ދެއްކޭނެއެވެ. ދެން ޕެއިން ސްޓިކާއާއި ލޮކް ވާގަނޑާއި، ބިޑިއާއި ޓްރެކް ބީންސްއާއި ވިހަ ސްމޯކް ދޫކުރާ ފުޅިއަކާއި، ކަރަންޓު ލިޕުސްޓިކާއި ބަބްލް ބޮމާއި ލޭޒަރާއި ސްމާޓް ގްލަވްސްއާއި މިނޫންވެސް އެތައް އެއްޗެކެވެ. އެ އެއްޗެހި ހުންނަނީ ވަކި ވައްތަރެއްގެ ކޮތަޅަކަށް ލައިފައެވެ. މެޓީރިއަލް ބޭގްގެ އެތެރޭގައި ހުންނަ އެއްޗެހި ކިތަންމެ ސެކިޔުރިޓީ ވަރުގަދަ އެއާޕޯޓަކަށް ވެސް ނޭނގޭނެއެވެ. އެއީ ވެސް ޑަބްލިޔު ސަރ ބައްޕަގެ އުފެއްދުމެކެވެ.

މަލަކާއި އެކު ތަނަކަށް ދާން ވިއްޔާ ގެންދަން ޖެހޭ މުހިންމު އެއްޗެހި ހަމަވާނެވެ. އެހާ ވެސް ތަރުތީބު ކަންކަން ހިންގާލަން ކެރޭ ހީވާގި އަންހެނެކެވެ. ހަތާވީސް އަހަރެން ވެފައިވާ އިރު އޭނާގެ އެއްމާބަނޑު ދެ އަންހެން ކުދިން ހުރެއެވެ. ހަ އަހަރުގެ ޒީނިޔާ އާއި މަނާލް އެވެ. އާންމު ގޮތެއްގައި އެކުދިން ބަލަނީ މަލަކުގެ މަންމަ މަދީހާއެވެ. މަލަކާއި ޒަކުވާން ވެސް އެކުދިންނާއި އެކު އުޅޭނެއެވެ.

“އިއްޔެ ބައްދަލު ކުރީމެންނު ދެ ސޮރަކާ. އެމީހުންނަށް މިއަދު ޙުކުމް ކުރެޔޯ.” ހޫދު ގޮނޑިއެއްގައި އިށީންނަމުން ބުނެލިއެވެ. “އޯ އެހެންތަ. މަށަށް ޖެހުނު ސޮރު ޔަޤީނުން ވެސް ތާށި ވާނެ ފިލި ޒަކިއްޓެއާ އެކު. އެ ސޮރު މާ ގިނަ ވާހަކަތައް އަހަރެން ގާތު ބުނި ވިއްޔާ. އެ ފަކީރުގެ ހާއަލިފު ޓިކެޓް ހަމަ އެކަށް ކެންސަލް ވީނުން.” އަހަރެން ރައްދުގައި ބުނެލީމެވެ.

“ކީކޭ؟”ބަރުބަރު އަޑަކުން އެހެން ބުނެލިތަނާ އަހަރެން ސިހުނުވަރުން ގޮނޑިން ނުވެއްޓުނީ ކިރިޔާއެވެ.

  • – ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ހަނދުވަރު ދިން އެރޭ …5

Next

އިންސާފް (ތޭވީސްވަނަ ބައި)

Next
October 8, 2024

އިންސާފް (ތޭވީސްވަނަ ބައި)

Previews
October 6, 2024

ހަނދުވަރު ދިން އެރޭ …5

8 Comments!

  1. Nawar says:
    October 6, 2024 at 7:32 pm

    Mi part vx varah varah reethi…
    Eii kaaku ge adeii baa??
    Whn next??
    Kiyaahithun keii madhuvefa..
    Avahah upload kh dheiicheyyy..
    Ehnu vaany abadhu curios kh nimman aadhavefa hunanyyaa…
    Ekm eii thi liyuntheriyaa liyuntheri kamuge hunaru dhahkuvaidhey kameii..
    Ehnve vrh ufaavey… thy vrh hunaru veri liyun theri eii v ma…
    Mee vrh kiyaahithun kiyaa vhk eii.. abadhu vx beley mi vhk nikumefa in thw🤣👌
    How old are you??

    1. White rose White rose says:
      October 6, 2024 at 9:10 pm

      Thnx Nawar.
      Next part nereveyne dhuvaheh yageen koh nubunevidhaane. ekm mi hafthaa submit kohlaanan.
      I’m between 14 and 17.. seedhaa koh neiy buneveykah.

  2. ❤ says:
    October 6, 2024 at 7:55 pm

    this story is soo good
    rifga fakeeru ulheyne haalu 😆
    when is the next part ?

    1. White rose White rose says:
      October 6, 2024 at 9:12 pm

      Thankyou for commenting..
      Ulheyne haaleh balamaa hingaa.

  3. Cutie girl says:
    October 6, 2024 at 10:27 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Kaaku ge adeh baa
    Rigfaa ah gotheh nuhadhachey
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey

    1. White rose White rose says:
      October 7, 2024 at 3:08 pm

      Thnx Cutie girl

  4. Anonymous says:
    October 10, 2024 at 6:07 am

    This part Ves varah ree thi
    Rifga and aahil gulhuvahchey plss
    Keep up the good work❤️❤️❤️🙂

    1. White rose White rose says:
      October 10, 2024 at 2:01 pm

      Thnx Anonymous. 💕

Comments are closed.

Next Episodeޙަޤީޤަތް ހޯދުމޭ 20←


All Right Reserved!