Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބަލާލީމާ 19

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
September 29, 2024 9 Mins Read
15 Comments

“އާލާ، ނާއިކްއާ އިނދެގެން އުޅެން ބޭނުން ނުވަންޏާ ބުނޭ. ނާއިކްއާ އެކީ އާލާ އުޅެން ބޭނުން ނުވަންޏާ ނާއިކް އާލާ ވަރިކޮށްދީ. އާލާއާ އެކީ އުޅެން ބޭނުން ނުވަންޏާ ނާއިކްވެސް ބުނޭ. މިއަދު ކޮންމެސް އެއް ގޮތަކަށް ނިންމަން ޖެހޭނެ” ފަހަރަކު މީހަކަށް ބަލާލަމުން އާޒިމް ބުންޏެވެ.

އާޒިމްގެ ވާހަކަ ހުރި ގޮތުން ސާއިމާއަށް ކަންބޮޑުވުމާ އެކު އާޒިމްއަށް ގޮވާލެވުނެވެ. ރަމްލާއަށްވެސް ކައިރީގައި އިން އަމީންގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ.

އާޒިމްގެ ބަސްތައް އަޑު އިވުމުން ގިސްލެވުމާއެކު އަނގަމަތީ އަތް އަޅާލަމުން އާލާ ބާރަށް ގޮސް ކޮޓަރިއަށް ވަނެވެ.

“އާލާ…” އާލާގެ ނަމުން ގޮވާލަމުން ނާއިކް އާލާގެ ފަހަތުން ދިޔައެވެ.

“އާލާ ލަވް، އައިމް ސޮރީ!” ކޮޓަރިއަށް ވަދެ އާލާ ގައިގައި ބައްދާލަމުން ނާއިކް ބުންޏެވެ.

އާލާ ރޮމުން، ގަދަކަމުން ކަހަލަ ގޮތަކަށް ނާއިކްގެ އަތުތެރެއިން ނިކުތެވެ.

“އައިމް ސޮރީއޭ އާލާ، އައިމް ސޮރީ… ދެން ކީކޭތަ އަހަރެން ބުނަން ވީ؟ އަހަންނަށް ވެގެން ވާނަމަ އެ ދުވަސް އަލުން އަނބުރާ ގެނެސް އާލާއާ ނުލާ އަހަރެން މާލެއަށް ނުވެސް އަންނާނަން، މިންހާލް ގެއަކަށްވެސް ނުގެންނާނަން. ޕްލީޒް އާލާ… ގަބޫލު ކޮށްބަލަ… އާލާއަށް ޔަގީން ކޮށްދޭން އަހަރެން ކިހިނެއްތަ ހަދަންވީ؟” ނާއިކްވެސް ރުޅި އައިސްގެން ބާރަށް ބުންޏެވެ.

އާލާ ޖަވާބެއް ނުދީ މޫނުގައި ދެ އަތް އަޅައިގެން އެނދުގައި އިށީން އިރުވެސް ބާރަށް ރޮވެނީއެވެ.

ދެ އަތުގެ ތެރެއަށް އާލާ ގެނެސް ބައްދާލަން ބޭނުންވެފައި ހުރެވެސް ނާއިކް ދުރަށް ޖެހިލާ ދޮރު ކައިރީ ފާރުގައި ލެނގިލައިގެން އާލާއަށް ބަލަން ހުރީއެވެ. އާލާ ރޯތަން ބަލަން ހިތަށް ކުޅަދާނަ ނުވިޔަސް ނާއިކްއާ ކައިރިވާން އާލާ ބޭނުން ނުވާނެކަން އެނގޭތީ ދުރުގައި ހުރުމަށް އަމިއްލަ ނަފްސަށް މަޖުބޫރު ކޮށްގެންނެވެ.

އެހެން ތިބެވުނީ ކިހާ އިރަކު ކަމެއް އެކަކަށްވެސް ނޭނގެއެވެ. އާލާ ނޭފަތް ދަމާލަމުން ތެދުވެ ފާހާނާއަށް ވަދެ މޫނު ދޮވެގެން ނިކުތެވެ.

“އާލާގެ ބައްޕަ ބުނިހެން ކަންތައް ކުރަންތަ އާލާ ބޭނުމީ؟ އެ ގޮތް ބޭނުމިއްޔާ އެހެންވެސް ބުނޭ” ދުރުގައި ހުރެ ނާއިކް ބުނެލިއެވެ.

އެއްޗެއް ނުބުނެ އާލާ ހުރީއެވެ. ނާއިކްވެސް އިތުރު އެއްޗެއް ނުބުނެ ހުރީ އާލާ އިސްވެ ވާހަކަ ދައްކަން ފަށާތޯއެވެ. ނަމަވެސް އާލާ ވާހަކަ ނުދައްކަން ހުވާ ކޮށްގެން ހުރި ކަހަލައެވެ.

“އާލާ…” ނާއިކްއަށް ކެތް ނުވެގެން ކުރިއަށް ފިޔަވަޅެއް އަޅާލަމުން ގޮވާލިއެވެ.

“އަހަރެން ނައި ނަމަ ނާއިކް ހަމަ އޭނައާ ދުރަށް ދާނަންތަ؟ ދޮގު ނުހަދާ ބުނޭ… ނާއިކް ބުނީ އޭނައޭ ކުރި ކަމެއް ކުރީ، އަހަންނަށް ފެނުނީވެސް އެހެން. އެކަމަކު އޭނަ ދެންވެސް އިސް ނަގައިގެން ފުރުސަތު ދިންނަމަ ނާއިކްއަށް ދުރުގަ ހުރެވުނީސްތަ؟ އެ ދުވަހު އަހަރެން ނައި ނަމަ އަހަރެންގެ މީހެއްގެ ގޮތުގަ އަހަރެން އަންނަން ދެން ނާއިކްއަށް ހުރެވުނީސްތަ؟ އެ ޔަގީން ކަން ނާއިކްއަށް ދެވިދާނެތަ؟” ރޮއެރޮއެ ބަރުވެފައި ވާ އަޑަކުން އާލާ ސުވާލު ކޮށްލިއެވެ.

“އައި ޑޯންޓް ނޯ އާލާ، އައި ޑޯންޓް ނޯ…” ދެ އަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލަމުން ނާއިކް ބާރަށް ބުންޏެވެ.

“ނާއިކް!” ގަބޫލު ނުކުރެވިފައި އާލާއަށް ނާއިކްގެ ނަން ކިޔާލެވުނެވެ. ނަމަވެސް އާލާ ވާހަކަ ދައްކާނެ ފުރުޞަތެއް ނާއިކް ނުދިނެވެ. ދައްކަން ބޭނުންވެ، ނުދެއްކިފައި ހިތުގައި ހުރި ވާހަކަތައް ނާއިކް ކިޔަން ފެށިއެވެ.

“އާލާ އަޑު އަހަން ބޭނުން ވާ ޖަވާބު އަހަންނަށް ނުދެވިދާނެ. އެކަމަކު އަހަރެން ދައްކާ ވާހަކަ އާލާ ޖެހޭނީ އަޑު އަހަން. އެއަށް ފަހު އާލާ ގޮތެއް ނިންމާ….” ނާއިކް ފާރު ކައިރިން ދުރަށް ޖެހި ދެކޮޅަށް ހިނގަން ފެށިއެވެ. ނާއިކް ރުޅި އައިސްފައި ހުރިކަން އެނގި އެ ވަގުތު އާލާވެސް އެއްޗެއް ނުބުނެ ނާއިކް ދައްކާ ވާހަކައެއް އަޑު އަހަން އިންތިޒާރުގައި ހުއްޓެވެ.

“އާލާ ތި އަހަނީ އެ ވަގުތު އާލާ ނައި ނަމަ އަހަރެން މިންހާލްއަށް ފުރުޞަތު ދޭނެހޭ؟ އޭނަ ވިޔަސް، އެހެން އަންހެނަކާ އެކީ ވިޔަސް ކަމެއް  ކުރާނެ ނަމަ މިހާ ދުވަހު އަހަރެން ނުކޮށް ހުރީސްތަ؟ އާލާއަށް ޔަގީން ނުވިޔަސް، އަހަންނަށް އެނގެނީ އަހަރެން އާލާ ނޫން މީހަކު ބޭނުން ނޫން ކަން… އާލާ ހަނދާނެއް ނެތްތަ އަހަރެން އާލާއަށް ބޭނުން ވެގެން ބުނީ ކިހާ ވަރަކަށް ކަން؟ އަހަރެން ކެތް ކުރީ ކިހާ ވަރަކަށް ކަން އާލާއަށް އެނގޭތަ؟ އަހަރެން ކައިރި ވާ ކޮންމެ ފަހަރަކު އާލާ ދަނީ ދުރަށް، އަހަރެން އެދުނު ކޮންމެ ފަހަރަކު އާލާ ދެކޮޅު ހެދީ. އެއްފަހަރުވެސް އާލާ އަހަންނާ މެދު ވިސްނާލިންތަ؟ އާލާ ބޭނުން ވާހާ ގޮތަކަށް ކަންތައް ކޮށްދެވޭތޯ އަހަރެން ނުބަލަންތަ؟ އާލާގެ ފަރާތުން ކިރިޔާ ނުރުހުމެއް ފެންނަ އިރަށް އަހަރެން ދުރަށް ނުދަންތަ؟ ދެންވެސް ދުރުގަ ނުހުރެވިގެން އަހަންނަށް ބުނެވެނީ… ކިތައް ފަހަރު އާލާ؟ ތީ އަހަރެންގެ އަންހެނުންނަށް ވީ އިރު އަހަރެންގެ އެދުން އާލާއަށް ނުވިސްނޭ.

އަހަރެން ގަބޫލު ކުރަން އާލާއަށް ދިމާވީ އެކަމުން އަރައިގަނެ ކުރިއަށް ދާން އުނދަގޫ ކަމެއް ކަން. އެހެންވެ އާލާއަށް އަހަރެން ބޭނުން ވެދާނެ ހެން ހީވާ ކޮންމެ ވަގުތަކު އަހަރެން އާލާއާ އެކީ ހުރިން. އެއްފަހަރުވެސް އާލާ އެދުނު ގޮތަކާ އަހަރެން ދެކޮޅެއް ނުހަދަން. އާލާ އެދުނު ކޮންމެ ކަމެއް ކޮށްދިނިން، އާލާއަށް ބުނަން އުނދަގޫ ވިޔަސް އަހަންނަށް ވިސްނިގެންވެސް ކޮށްނުދެންތަ؟ އެކަމަކު އާލާ އެއްފަހަރުވެސް އަހަންނާ މެދު ވިސްނިންތަ؟

އެ ބޭބީ އުފެދުނީ އާލާގެ ބަނޑުގަ، އަދި ވަކިވެގެން ދިޔައީވެސް އާލާގެ ބަނޑުގަ އޮވެގެން، އެކަމަކު އަހަރެންވެސް އެ ބޭބީ ސަލާމަތުން ދުނިޔެއަށް އައުމަށް އެދުނިން. އާލާ ތީ މަންމައަށް ވީ އިރު އަހަންނަކީ އެ ދަރިފުޅުގެ ބައްޕަ… ކަންތައް ވީ ގޮތުން އަހަރެންވެސް ދެރަވި، އާލާއެކޭ އެއްގޮތަށް އަހަރެންގެ ހިތްވެސް ކުދިކުދިވި. އެހެން ވިޔަސް އަހަރެންގެ ހިތަށް ވަމުން ދިޔަ ތަދާ މެދު ނުވިސްނާ އަހަރެން ބެލީ އާލާއަށް އެހީ ވެދެވޭތޯ. އެންމެންވެސް، އަހަރެންގެ މަންމައާ ބައްޕަވެސް އަހަންނަށް ވުރެ އިސްކަން ދިނީ އާލާއަށް.

އައި ޑިޑްންޓް މައިންޑް އާލާ … އައި ވޯންޓެޑް ޔޫ ޓު ގެޓް ބެޓަރ … އައި ޖަސްޓް ވޯންޓެޑް ޔޫ ބެކް … އާލާއަށް ގެއްލުނީ ބޭބީ އެކަނި،  އެކަމަކު އަހަންނަށް އެ ބޭބީއާ އެކީ އާލާވެސް ގެއްލުނީ. އަހަރެން ބޭނުންވީ އަހަންނަށް އާލާ އަލުން ލިބުން. އާލާ ތީ އަހަރެންގެ އަންހެނުންނަށް ވީ އިރު، ދުލުން ބުނުމަކާ ނުލާ އިހުސާސް ކުރެވެން ޖެހޭ ކަންތައް ކިޔާދީގެންވެސް އާލާއަކަށް ނުވިސްނުނު …

އަހަރެން އާލާއަށް ބޭވަފާތެރިއެއް ނުވަން، އަހަންނަށް ނުކުރެވޭނެ ކަމެއް އެއީ … އެކަމަކު އާލާއަށް ގަބޫލެއް ނުކުރެވޭ. ކަމެއް ކުރަން ބޭނުން ވުމާ، ފުރުސަތު ލިބިވެސް އެކަމެއް ނުކޮށް ދޫކޮށްލުމުގަ ތަފާތެއް ވާކަން އާލާއަށް ވިސްނޭތަ؟

އަހަރެން އާލާ ކުށްވެރި ކުރަނީއެއް ނޫން. އަހަރެން ކަމެއް ކުރި ނަމަވެސް އާލާއަށް ބްލޭމްއެއް ނުކުރާނަން. އަހަންނަށް ބުނެވިދާނެ އެ ހިސާބަށް އަހަރެންގެ ވިސްނުން ދިޔައީ އާލާއާ ހެދިއޭ، ކަމެއް ކުރެވުނު ނަމަ ކުރެވުނީހީ އާލާގެ ސަބަބުންނޭވެސް ބުނެވިދާނެ. އެކަމަކު އާލާ ހުރި ޙާލަތުގަ އެއީ އަހަންނަށް ދެއްކޭނެ އެކްސްކިޔުޒްއެއް ނޫން، އެވަރު އަހަންނަށް ވިސްނޭ. އެހެން ވިޔަސް އަހަރެންވެސް މީ އިންސާނެއް، ކުށެއް ކުރެވިދާނެ.

ބޭނުން ވާ ކަމެއް އެއް ގޮތުން ނުވިއްޔާ އަނެއް ގޮތަކުންވެސް ފުރިހަމަ ކުރެވޭތޯ ބެލުމަކީ ކޮންމެ މީހަކަށްވެސް ވާ ގޮތް. އަހަރެންގެ ހިތަށް އަރާ ކޮންމެ އެއްޗަކީ އަހަންނަށް ކޮންޓްރޯލް ކުރެވޭ އެއްޗެއް ނޫން، އެކަމަކު އަހަރެން ހަމަހޭގަ ހުއްޓާ އާލާއަށް ބިޓްރޭއެއް ނުކުރާނަން. އަހަންނަށް ދޮގު ހަދާފަ ބުނެވިދާނެ އަހަރެންގެ ހިތަށް އެހެންނެއް ނާރައޭވެސް، އެކަމަކު ތެދަށް މި ބުނަނީ. އާލާއަށް ޔަގީން ކޮށްދޭނެ ގޮތެއް އަހަންނަކަށް ނޭނގެ. އިތުރަށް ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގެ” ނާއިކް ވާހަކަ ދައްކަމުން ދިޔަ އިރު، އާލާ އެއްޗެއް ބުނަން އުޅުނު ކޮންމެ ފަހަރަކު އާލާ ހުއްޓުވާފައި ހިތުގައި ވި ރުޅިއާ ހިތާމަ ޝަކުވާގެ ގޮތުގައި ބޭރު ކުރަމުން ދިޔައެވެ.

އެކަކުވެސް އެއްޗެއް ނުބުނެ ހިމޭންކަމުގައި ވަގުތު ފާއިތު ވަމުން ދިޔަ އިރު ނާއިކް ދެއްކި ވާހަކަތައް އާލާގެ ސިކުނޑީގައި ތަކުރާރުވަމުން ދިޔައެވެ. ނާއިކް އެ ދެއްކީ ތެދު ވާހަކައެވެ. އެތައް އަހަރެއް ވަންދެން ކުރަމުން ދިޔަ އިންތިޒާރަށް ނިމުން އައި އިރު، އެ އުފާވެރިކަން ވީ އަވާމެންދުރަކަށެވެ. ދަރިއަކު ލިބުމަށް އަބަދުވެސް ނާއިކްއަށް ވުރެ ބޮޑަށް އެދުނީ އާލާއަށް ވީ ނަމަވެސް އެއީ ނާއިކްވެސް ހިތުގެ ފުންމިނުން އެދުނު އެދުމެކެވެ. އެ ދަރިފުޅާ ވަކިވާން ޖެހުމުން އެ ހިތާމައިގައި އާލާ އެހެން ހުރިހާ ކަމެއް ހަނދާން ނެތުނު އިރު އާލާއެކޭ އެއްފަދައިން ނާއިކްގެ ހިތަށްވެސް އެ ވަކިވުމުން އަސަރު ކުރާނެ ކަން އާލާއަށް ނުވިސްނުނީއެވެ. ނާއިކް ބުނިހެން ނާއިކްގެ އެހީއާ އެއްބާރުލުން ބޭނުންވި ކޮންމެ ވަގުތަކު އާލާއާ އެކުގައި ނާއިކް ވިއެވެ. ހަމަ އެހެން ނާއިކްއާ ކައިރި ވާން ބޭނުން ނުވި ކޮންމެ ފަހަރަކު އެއްވެސް ޝަކުވާއެއް ނެތި އާލާ އެކަނިވުމަށް ނާއިކް ވަގުތު ދިނެވެ.

ލިބުނު ހިތާމައިން އަރައިނުގަނެވި އާލާ ހުރި އިރު ނާއިކްވެސް ހުރީ ހަމަ އެ ޙާލަތުގައި ކަން އާލާއަށް ނުވިސްނުނީއެވެ. ނާއިކް ބުނި ހެން އެންމެންވެސް ވިސްނީ އާލާއާ މެދުގައެވެ. ނާއިކް ކުރަމުން ދިޔަ ހިތާމަ އިހުސާސް ކުރެވުނު މީހަކު ނެތެވެ. ނަމަވެސް ޝަކުވާއެއް ނުކޮށް ނާއިކް އެދުނީ ހަމައެކަނި އާލާއާ އެކުގައި ވުމަށެވެ. އާލާއަކީ ނާއިކްގެ އަނބިމީހާއަށް ވީ އިރު ނާއިކްގެ އެދުމަށް އާލާއަށް އިޖާބައެއް ނުދެވުނެވެ. ކޮންމެ ފަހަރަކު އާލާއަށް ވިސްނުނީ އަމިއްލަ ނަފްސާ މެދުއެވެ. ނަމަވެސް އެއް ފަހަރުވެސް ނާއިކް ޝަކުވާއެއް ނުކުރެއެވެ. ހިތްހަމަނުޖެހި ރުޅިއައިސްގެން އެއްޗެއް ނުބުނެއެވެ.

ވީ އިރު ނާއިކްއާ މެދު ޝަކުވާ ކުރުމަށް އާލާއަށް އޮތީ ކޮން ޙައްގެއް ހެއްޔެވެ؟ މާފަށް އެދެން ޖެހެނީ ނާއިކް އެކަނި ހެއްޔެވެ؟ ކުށެއް ކުރެވުނީ ނާއިކްއަށް އެކަނި ހެއްޔެވެ؟ ނޭނގި ވިޔަސް، ނާއިކް އެ ހިސާބަށް ދިޔުމަށް މަޖުބޫރު ވުމުގައި އާލާގެ އިހުމާލެއް ނުވޭ ހެއްޔެވެ؟

“އަހަރެން ދައްކާ ވާހަކަ ގަބޫލު ކުރާކަށް އަހަންނަށް އާލާއަށް މަޖުބޫރެއް ނުކުރެވޭނެ. ހަމަ އެހެން އަހަންނާ އެކީ އިތުރަށް އުޅެން ބޭނުން ނުވާ ނަމަ އެކީ އުޅޭކަށްވެސް މަޖުބޫރެއް ނުކުރެވޭނެ. އަހަންނަށް ކުށެއް ކުރެވިއްޖެ ހެން އާލާއަށް ހީވާ ނަމަ އާލާ ބުނި ވަރަކަށް މާފަށް އެދެން ތައްޔާރަށް މިހިރީ، އާލާ ބުނި ކޮންމެ ކަމެއް އަހަރެން ކުރާނަން، އެކަމަކު އަހަންނަށް މާފު ކުރާކަށް އާލާއަށް މަޖުބޫރެއް ނުކުރެވޭނެ. ދެން އިތުރަށް ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގެ… އާލާއަށް އަހަންނަށް މާފު ނުކުރެވެންޏާ…” ބުނަން ބޭނުން ވި ނަމަވެސް ނާއިކްއަކަށް ނުބުނެވުނެވެ. ކޮޅަށް ހުންނަން އުނދަގޫވެ ޑްރެސިންގްޓޭބަލް ކައިރީ ހުރި ގޮނޑީގައި ނާއިކް އިށީނެވެ.

އެކަކުވެސް އެއްޗެއް ނުބުނެ ތިބި އިރު ފާރުގައި ހުރި ގަޑީގެ ކަށި ހިނގާ އަޑު ނޫން އަޑެއް ނެތި ކޮޓަރި ތެރެއަށް ހިމޭންކަން ވެރިވެފައި އޮތެވެ.

ނާއިކް ކުށްވެރިކޮށް އެއްޗެހި ކިޔުނު އިރު، އާލާއަށްވެސް ކުށެއް ކުރެވިއްޖެ ކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ.

ނާއިކް ނޭފަތް ދަމާލި އަޑު އިވުމުން، އިސްޖެހިފައި އިން ނާއިކްއަށް އާލާ ބަލާލިއެވެ. އެއާއެކު އާލާއަށް އަނެއްކާވެސް ރޮވުނީއެވެ. ތުންފަތުގައި ދަތްއަޅާލަމުން އާލާ ދެ އަތުން މޫނު ފޮހެލިއެވެ. ފަސްޖެހިފައި ހުރެވެސް އާލާ ތެދުވެގެން ގޮސް ނާއިކް ކައިރީ ހުއްޓުނެވެ.

“ނާއިކް…” ނާއިކްގެ ބޮލުގައި އަތް ޖައްސާލަމުން އާލާ ގޮވާލިއެވެ.

ސިހިފައި ކަހަލަ ގޮތަކަށް ނާއިކް އިސް އުފުލާ އާލާއަށް ބަލާލި އިރު ނާއިކްގެ ލޮލުގައި ހުރި ކަރުނަ ފެނި އާލާއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ނާއިކް ކުރިމަތީ ކަކޫ ޖަހައިގެން އިށީނދެ ނާއިކްގެ ދެ އަތްތިލައިގައި ހިފާލިއެވެ.

“އައިމް ސޮރީ… އައިމް ސޯ ސޮރީ…” ރުއިމުގެ ތެރެއިން އާލާ މާފަށް އެދެމުން ދިޔައެވެ.

އާލާއާ އެއް ވަރަށް ތިރިވަމުން ނާއިކް އާލާ ގެނެސް މޭގައި ޖައްސާލި އިރު ލޮލުގައި ގިނަވެފައި ހުރި ކަރުނަ ނާއިކްއަށްވެސް އިތުރަކަށް ނުހިފެހެއްޓުނެވެ.

“ޝްޝްޝް… އާލާ ލަވް…” އާލާގެ ރުއިން ހުއްޓުވަން ބޭނުންވެ ނާއިކް ގޮވާލިއެވެ.

“އަހަންނަށް މާ ސެލްފިޝް ވެވުނީ… ނާއިކްއާ މެދު ވިސްނާނުލެވުނީ… ސޮރީ ނާއިކް… އައިމް ސޯ ސޮރީ…” ރުއިން ހުއްޓާނުލެވި އާލާ މާފަށް އެދެމުން ދިޔައެވެ.

“އާލާ… ލަވް…” ނާއިކް އަނެއްކާވެސް ގޮވާލިއެވެ. ނާއިކްގެ މޭގައި މޫނު ފޮރުވައިގެން ރޮއެރޮއެ އިން އާލާ ދުރުކޮށްލުމާ އެކު އާލާގެ ތުންފަތުގައި ނާއިކް ބޮސްދިނެވެ. އެއާއެކު ނާއިކްގެ ކަރުގައި އާލާ ދެއަތުން ބައްދާލީ ދުވަހަކުވެސް ދުރުވާން ނޭދެމޭ ބުނާ ފަދައިންނެވެ.

“އާލާ… އާލާ… ވެއިޓް…” އެ ހާދިސާގެ ފަހުން ކޮންމެ ފަހަރަކުވެސް ނާއިކްއާ ދުރަށް ދާ އާލާގެ ދެ އަތުގައި ހިފަހައްޓާލަމުން މަޑުކުރުމަށް އެ ފަހަރު އެދުނީ ނާއިކްއެވެ.

“ބޭނުމެއް ނޫން ދެން މަޑު ކުރާކަށް” ނާއިކްގެ މޭގައި ބޮނޑިވެލަމުން އާލާ ބުންޏެވެ.

“އަހަރުމެން ދެ މީހުންގެ ފެމިލީ އެކީ ބޭރުގަ އެބަތިބި. އެންމެންވެސް ތިބީ އަހަރުމެން ނިކުމެ ޖަވާބެއް ދޭތޯ. އިހަށް ހިނގާ ބޭރަށް” ނާއިކް ބުނީ އާލާ އުޅޭ ގޮތުން ހިނިއައިސްފައި އިނދެއެވެ.

“އައި ޑޯންޓް ކެއަރ!” ދެއަތް ނާއިކްގެ ބުރަކަށީގައި ވަށާލާ ބާރުކޮށްލަމުން އާލާ ބުންޏެވެ.

ނާއިކްއަށް ބާރަށް ހީލެވުނެވެ. އަދި އަނެއްކާވެސް އާލާގެ މޫނުގައި ދެ އަތުން ހިފާލަމުން ކައިރިވެލިއެވެ. ދުވަސްތަކަކަށް ފަހު އާލާގެ ފަރާތުން އެ ސިފަ ފެނުމުން ނާއިކްވެސް ދުރަށް ދާކަށް ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް އެ ވަގުތު އެހެން ތިބެވެން ނެތް ކަން ނާއިކްއަށް އެނގެއެވެ.

“އާލާ ލަވް…” ހިތާ ދެކޮޅަށް އާލާއާ ދުރަށް ޖެހިލަމުން ސިއްރުން ކަހަލަ ގޮތަކަށް ނާއިކް ގޮވާލިއެވެ.

“ލެޓްސް ގޯ ހޯމް” ނާއިކްގެ މޭގައި ބޯ ޖައްސާލަމުން އާލާ ބުނެލީ ވީހާވެސް އަވަހަށް ނާއިކްއާ އެކު އެކަހެރިވެލަން ބޭނުންވެފައި އިނދެއެވެ.

ބޯ ޖަހާލަމުން ނާއިކް ތެދުވެ އާލާގެ ދެ އަތުގައި ހިފާ އާލާ ނެގިއެވެ. ކޮޓަރިން ނިކުތުމުގެ ކުރިން ދެ މީހުންވެސް ތާޒާވެލިއެވެ.

ނާއިކްއާ އާލާ އެކުއެކީގައި ކޮޓަރިން ނިކުތުމާއެކު އެންމެންގެ ނަޒަރު ދެ މީހުންނަށް އަމާޒުވިއެވެ. އާޒިމްއާ ސާއިމާއާ ޝާދިޔާ އަދި ރަމްލާއާ އަމީންގެ އިތުރުން ނިޝްވާ ސިޓީންގްރޫމްގައި ތިއްބެވެ. އާލާއާ ނާއިކްއަށް ބަލަން އިން ނިޝްވާއަށް އެ ދެމީހުންގެ މޫނުމަތިން ހުރިހާ ކަމެއް ދޭހަވިއެވެ. ނިޝްވާގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުން ފެނި އާލާއަށްވެސް ހީލެވުނެވެ.

“ސޯ… އޯލް އޯކޭ؟” ނިޝްވާ އަހާލިއެވެ. ޖަވާބުގައި އާލާއާ ނާއިކް އެކުގައި ބޯ ޖަހާލިއެވެ.

“ސާބަސް ދަރިފުޅުމެންނަށް!” ރަމްލާއަށް ބުނެވުނެވެ.

އާލާއާ ނާއިކްގެ މެދުގައި ޖެހުނު މައްސަލަ ހައްލުވެއްޖެ ކަން އެނގުމުން އެންމެންގެ މޫނުމަތިން ހިތްހަމަޖެހުމުގެ ކުލައާ އެކު ހިނިތުންވުން ފެނުނެވެ. އެކަކުވެސް އިތުރަށް ސުވާލު ކުރާކަށް ނޫޅުނެވެ. ހުރިހާ ކަމެއް ރަނގަޅު ވުމުން އިތުރަށް އެ ވާހަކަ ދައްކަން އެކަކުވެސް ބޭނުން ނުވީއެވެ.

“ސާއިމާއްތާ، ދެން އެންމެންނަށް ސައި ދޭންވީނު؟” ނިޝްވާ ތެދުވެ އަތްޖަހާލަމުން ބާރަށް ބުންޏެވެ.

“އާނ، ރަނގަޅު ޚިޔާލެއް ތީ، ރަމްލާއާ އަމީންވެސް ސައި ބޮއެގެން ދާން ވާނީ އިނގޭ” ސާއިމާ ތެދުވަމުން ބުންޏެވެ.

“މަންމާ… އަހަންނާ ނާއިކް ގެއަށް ދިޔަޔަސް އޯކޭތަ؟” ސާއިމާއާ ޝާދިޔާގެ ފަހަތުން ބަދިގެއަށް ވަދެ އާލާ އަހާލިއެވެ.

ކަބަޑުން މަގުތައް ނަގަން ހުރި ސާއިމާ އެނބުރިފައި އާލާއަށް ބަލާލިއެވެ. އާލާގެ ހިތުގައި ވީ އެއްޗެއް ދެ މަންމައިންނަށް ވިސްނުނެވެ. އެކަކު އަނެކަކަށް ބަލާލާފައި ޝާދިޔާއާ ސާއިމާ ބާރަށް ހީލިއެވެ. އާލާ ލަދުން އިސްޖަހާލިއެވެ. ޝާދިޔާއާ ސާއިމާ އެކުގައި ދަރިފުޅު ގެނެސް މޭގައި ޖައްސާލިއެވެ.

“ދޭ!” ސާއިމާ ބުންޏެވެ.

“ހުރިހާ ކަމެއް ރަނގަޅު ވީ ކަމަށް ޓަކާ އަލްޙަމްދުﷲ!” މޭގައި އަތް ޖައްސާލަމުން ސާއިމާ ބުންޏެވެ.

 

ގެއަށް ވަދެވުމާ އެކު ނާއިކް އެންމެ އިރުކޮޅެއްވެސް ލަސް ނުކޮށް އާލާ އުރާލިއެވެ. ދުވަސްތަކެއް ވަންދެން އެދެމެދުގައި ވި ދުރުކަން ނައްތާލުމަށް ނާއިކްއާ އެއްވަރަށް އާލާވެސް ބޭނުންވެފައި ހުރިކަން އާލާގެ އަވަސްވެފައި ވި ޙަރަކާތްތަކުން ދޭހަވެއެވެ. އާލާ ބޭނުން ވާ ވަރަށް ވުރެ ނާއިކް ލަސްވަމުން ދިޔައީތީ އެންމެ ފަހުން އިސްނަގަމުން ދިޔައީ އާލާއެވެ. އާލާގެ ފަރާތުން ފެންނަމުން ދިޔަ އެ ސިފަ ނާއިކްއަށް ވަރަށް ކަމުދިޔައެވެ. ނާއިކް ކުރަމުން ދިޔަ އިންތިޒާރުގެ ނިމުން އެންމެ ފޮނި ގޮތުގައި ތަޖުރިބާ ކޮށްލަން ލިބުނެވެ. އާލާ ފަސްޖެހުނު ވަގުތު  ނާއިކްގެ ލޯބިވެތި ބަސްތަކުންނާ ފިރުމުންތަކުން އާލާގެ ހިތުގައި ވި ބިރު ފޮހެލިއެވެ. ކުއްޖަކު ނުލިބުނު ނަމަވެސް ނާއިކްގެ ހިތުގައި އާލާއަށް ޓަކާ ވާ ލޯބި ދުވަހަކުވެސް ފަނޑު ނުވާނެ ކަމުގެ ޔަގީންކަން ނާއިކްގެ ފަރާތުން އާލާއަށް ލިބުނެވެ.

 

ދެ ހަފްތާ ފަހެވެ. ފެހި ކުލައިގެ “މެކްސީ”އާއެކު ވިދުމެއް ހުރި ހަމަ އެކުލައިގެ ޝޯލްއެއް އަޅައިގެން އާލާ ތައްޔާރު ވާން ހުރި އިރު، ފެހި ކުލައިގެ ގަމީހަކާ އެކު ގަދަ ކްރީމް ކުލައިގެ ފަޓްލޫނުގައި ތައްޔާރުވެގެން އެނދުމަތީ އާލާއަށް ބަލަން ނާއިކް އިނެވެ.

“މާ ބޮޑަށް ތި ރީތި ވަނީ، އަހަރެން ނޫން މީހަކަށް ޓަކާ އާލާ ތިހާ ރީތި ވާކަށް ބޭނުމެއް ނޫން” ފަހަތުން އައިސް އާލާ ގައިގައި ބައްދާލަމުން ނާއިކް ބުންޏެވެ.

“ޑޯންޓް ބީ ޖެލަސް! ނާއިކްއަށް ޚާއްސަކޮށް އަހަރެން ތައްޔާރު ވަނީ މިހެންނެއް ނޫނެއްނު؟” ނާއިކްގެ އަތުތެރޭ ހުރެ އެނބުރިލަމުން އާލާ ހިނިއައިސްފައި ބުންޏެވެ.

“ތީވެސް ތެދެއް” އާލާގެ މޫނުގައި ހިފާލަމުން ނާއިކް ކައިރިވިއެވެ.

“ނާއިކް… އަހަރެން ލަސް ވެއްޖެއްޔާ ނައުގެ ޝަކުވާ ހުސްނުވާނެ… ހިނގާ ދެން” ނާއިކްގެ މޭގައި އަތް އަޅާ ދުރުކޮށްލަމުން އާލާ ބުންޏެވެ.

“މަޑުކޮށްބަލަ… އަދި ކުޑަ އިރުކޮޅެއް…” އާލާއާ ދުރަށް ދާ ޚިޔާލެއް ނާއިކްގެ ހިތުގައި ނެތެވެ.

“ނާއިކް ދުވަހަކުވެސް ހިތް ނުފުރޭނެ… މިހާރަކު ނޫން ނާއިކް… ޕްލީޒް…” ނާއިކްއަށް ފުރުސަތު ދީގެން ހުރެފައި ނާއިކް ދުރަށް ނުދާނެހެން ހީވެ އާލާ ގަދަ ކަމުން ނާއިކްގެ އަތުތެރެއިން ނިކުތެވެ.

“އޯކޭ، އާލާ ބުނީމަ ދާން ޖެހޭނީ” ނާއިކް ދުރަށް ޖެހިލިއެވެ.

 

ހުދު ކުލައިގެ ވެޑިންގް ޑްރެސްގައި އިން ނައުރީންއަށް ކޮޓަރިއަށް ވަން އާލާ ފެނުނީ ލޯގަނޑުންނެވެ.

“އަދި ކިރިޔާ ތި އާދެވުނީ؟” ނައުރީން ޝަކުވާގެ ރާގުގައި ބުންޏެވެ.

“ލަސްތަ؟ އަދި ނައު ތި އުޅެނީ ތައްޔާރު ވެ ނުނިމިގެން. އަހަންނަށް މި ގެއިން ދެވުނީ ކިހާ އިރަކު ކަން އެނގޭތަ؟ ތައްޔާރު ވާން އަހަންނަށް ލިބުނީ އެންމެ ބައިގަޑި އިރު” އާލާވެސް ޝަކުވާ ކޮށްލިއެވެ.

“އާލާއަށް ތައްޔާރު ވާން ވަގުތު ނުލިބުނީ ކީއްވެ ކަން އަހަންނަށް އެނގެޔޭ. އަހަރެންގެ އަނގަ ގޮއްވަން ނޫޅެ އާދޭ ދެންވެސް” ހިނިއައިސްފައި އިނދެ ނައުރީން ބުނެލިއެވެ.

“އާނ މަވެސް ބަލާނަން މިރެއަށް ފަހު ނައުއަށްވެސް ބުނާ ގަޑިއަށް ތަންތަނަށް ދެވޭތޯ. ތި ހީކުރާހާ ފަސޭހައިން ޔައީޝްގެ އަތުތެރެއިން ދުރަށް ދެވޭތޯ ދެން ބަލާނަން. ނައު ހުރޭ، އެ ދުވަހަކުން އަހަރެންވެސް ދިމާ ކުރާނަން” އާލާ ނައުރީންއާ ދިމާ ކުރަމުން ނައުރީންގެ ޝޯލް އަޅައިދޭން ފެށިއެވެ. ނައުރީން ތައްޔާރުވެ ނިމެންދެން ދެ އެކުވެރިން އެ ގޮތަށް އެކަކު އަނެކަކާ ދިމާ ކޮށްލަކޮށްލާ ތިއްބެވެ.

ޔައީޝްގެ އަނތްބަކަށް ނައުރީން ވީ އިރު ދެ ފަރާތުގެ އާއިލާގެ އިތުރުން އެ ދެމީހުންގެ އެންމެ ގާތުގައި އާލާއާ ރިވާއު ހުއްޓެވެ. ގާތްގަނޑަކަށް ފަސް އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ޔައީޝްއާ ނައުރީންގެ ހުވަފެން ސީދާވިއެވެ. ދެ ހިތުގައި އޮތް ލޯބި އެކަކު އަނެކަކަށް މިލްކުވީއެވެ. އަދިވެސް އެކަން ގަބޫލު ނުކުރެވިފައި ތިބި ހެން ޔައީޝްއާ ނައުރީން އިރުއިރުކޮޅާ އެކަކު އަނެކަކަށް ބަލާލަމުން އަތުގައި ހިފާލައެވެ. ކައިވެނި ކުރެވުމާ އެކު ޔައީޝްގެ ދެމަފިރިންނަށް އެންމެން މަރުޙަބާ ކިއެވެ.

ޔައީޝްގެ ދެމަފިރިންގެ އެދުމަށް ވުރެ ބޮޑަށް ދެ އާއިލާއިން އެދިގެން ބޭއްވި ޕާޓީ ނުނިމި ލަސްވެފައި ތިބި ދެ މީހުންނަށް ޕާޓި ނިމުމުގެ ކުރިން އެތަނުން ނިކުތުމަށް އެހީ ވެދިނީ އާލާއާ ޝިޔާހްއާ ރިވާއުއެވެ. އެރޭ އެ މީހުން ހޭދަ ކުރަން ހަމަޖެހިފައި ވަނީ ހޮޓެލްގައި ކަމަށް ވާތީ ރޫމްއާ ހަމައަށް ދިޔަ ޖޯޑާއެކު އެ މީހުންގެ ފަހަތުން ދިމާ ކުރަމުން އާލާމެން ދިޔައެވެ.

ކޮޓަރިއަށް ވަދެވުމާއެކު ޔައީޝްއަށް ނައުރީންއާ ދުރުގައެއް ނުހުރެވުނެވެ. ކުރިން އެދެމެދުގައި ހިނގާފައިވީ ކަންތައް ދުރު ހަނދާނެއްގެ ގޮތުގައި ދެ ހިތަށް އުނދަގޫ ކުރަމުން ދާތާ ދުވަސްތަކެއް ފަހުން އެ ހަނދާން އާ ކުރުމަށް ލިބުނު ފުރުޞަތުގެ ބޭނުން، އެއްވެސް ހުރަހެއް ބިރެއް ނެތި ނައުރީންއާ ޔައީޝް ބޭނުން ކުރިއެވެ. ހަ އަހަރުގެ ދިގު އިންތިޒާރަކަށް ފަހު މިލްކުވި ލޯބީގައި އެންމެ ފުރިހަމައަށް ކުލަ ޖައްސަމުން ދިޔައީ އެކަކު އަނެކަކު ދެކެ ވާ ލޯބި އެންމެ ފުރިހަމައަށް ފާޅު ކުރަމުންނެވެ.

 

ޔައީޝްމެން ނެތް ނަމަވެސް ޕާޓީގެ ފޯރި ކުޑައެއް ނުވިއެވެ. ނަވީދުއާ ނޫމާ އަދި އިލްހާމްއާ ހިދާޔާ މެހެމާނުންނަށް މަރުޙަބާ ކިޔަމުން ދިޔައީ އެމީހުންގެ ދަރިން ބޭނުންވި ފުރުޞަތު އެ ކުދިންނަށް ލިބުނީތީ އުފަލުން ތިބެއެވެ.

ޔައީޝްގެ އެކުވެރިންތަކަކާ އެކު ރިވާއު އިން މޭޒަށް އިރުއިރުކޮޅާ ޔަޝާގެ ނަޒަރު ހުއްޓެމުން ދިޔަކަން އެއްވެސް މީހަކަށް ފާހަގައެއް ނުކުރެވެއެވެ. ފާހަގަ ކުރެވުނު ނަމަ އެ ބެލުމުގައި ވި އިހުސާސްތައް ސިއްރެއް ނުވީއެވެ. އެ ދިމާއަށް ބަލަން ނީންނަ ވަގުތެއްގައި ނަމަ ޔަޝާއަށް ބެލެނީ ހިދާޔާގެ އަތުގައި އިން ކުޑަކުޑަ ރީޢާއަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 17

Next

އިންސާފް (ބާވީސްވަނަ ބައި)

Next
September 30, 2024

އިންސާފް (ބާވީސްވަނަ ބައި)

Previews
September 29, 2024

ޙަޤީޤަތް ހޯދުމޭ 17

15 Comments!

  1. Mar Sha Mar Sha says:
    September 29, 2024 at 4:08 pm

    ސަލާމް، މިއޮތީ މާޝާގެ ފަރާތުން ދޭ ސަޕްރައިޒްއެއް، ހީކުރަން ކަމުދާނެ ކަމަށް، މިއަދު މި ބައި ޓައިޕްކޮށް ނިންމާލެވުނީމަ އަޕްލޯޑް ކޮށްލީ. ހީކުރަން ކުދިން އުފާވާނެ ކަމަށް. ރިވާއުގެ ކުޑަ ތަންކޮޅެއް ހިމަނާލާފަ އިންނާނެ، އެ ވަރުން ކިޔުންތެރިންނަށް ރިވާއުގެ ފިއުޗަރ ގެސް ކުރެވޭތޯ .ބަލަމާ ދޯ

  2. Nawar says:
    September 29, 2024 at 4:28 pm

    Wow marsha
    What a big surprise 🤭🤭🤗🤗
    Ummeedheii vx nukuran monday ey kiyaafa miadhu upload koh dheyne kamakah…
    Wow wow mi part vx vrh vrh reethi…
    Riwaau ge future akee yasha 🤔🤔
    Aala aa naaik aa dhw… i’m happy for them…
    Aala and naaik hama eii emme best couple..
    Vrh ufaavehje mi part ga e dhemyhunge mahsa hallu v ma…
    Once mi part vx varah varah reethi…
    You’re amazing , wonderful and creative writer…
    I love you sooooooo much 🥰🥰🥰🥰

    1. Mar Sha Mar Sha says:
      September 29, 2024 at 8:02 pm

      aan dhen huriha kameh wrap up kollevuny dho, so happy Nawar ehaa like vyma, thank u dear

  3. Cutie girl says:
    September 29, 2024 at 5:39 pm

    Mi part vx v Reethi masha allah
    Curiously waiting for nextpart
    Keep it up
    Finally Aaala and naaik OK vee
    Yaish and nau ves marry kuree
    Rivaau and yasha gulhuvachey
    They all are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you maash ❤️😍

    1. Mar Sha Mar Sha says:
      September 29, 2024 at 8:03 pm

      huriha couples happy vaan vaane dho, thank u cutie

  4. :) says:
    September 29, 2024 at 6:29 pm

    Yayy!.. Finally hurihaa kameh vx rangalhu vehji..So happy for both couples.. Nau n yaishs wedding was a surprise tho.. Well…mi part vx hama vrh vrh reethi .. dhn othy riwaau ge bai.. curiously waiting for the next part…✨️

    1. Mar Sha Mar Sha says:
      September 29, 2024 at 8:05 pm

      nau aa yaeesh ge wedding aima surprised tha? i thought ehen vaane kan engeyne kamah. thank u 🙂

  5. Reeshh says:
    September 29, 2024 at 7:24 pm

    Yhh, finally naaik and aala ohk vy dhw.. So happy for them.. Nau and yaish vx finally marry kurevuny, Aala bunaahn yaish nau dhookohnulaane enme sec akah vx.. Aala and naaik vx hama Ehn dhw.. I didn’t know aala was so restless before 😏.. Is yasha yaish ge sister? I prolly don’t remember it know.. By the way yasha and rivaau dhw next.. Mi part vx vrh reethi, it was a lovely surprise..

    1. Mar Sha Mar Sha says:
      September 29, 2024 at 8:07 pm

      thank u Reeshh, ya Yasha ei Yaeesh ge sister. couples happy vejje dho mihaaru.

  6. Nadhoo says:
    September 29, 2024 at 9:11 pm

    What a suprise ❤️ Alheyy ufaavejje varah miadhu up veema rivaau ah ves bai verieh libeniey dho Aalla happy veema v salhi. Waiting for next maarsha is my fav i am still crying 🥹 but ufalun

    1. Mar Sha Mar Sha says:
      September 29, 2024 at 10:40 pm

      thank u Nadhoo, aslu vaguthu vaa nama konme dhuvahakuves aa baeh upload kolleveyne, ekamu thats not possible viyya, vaahaka kiyaafa nurohchey dear.

  7. :) says:
    September 29, 2024 at 9:34 pm

    Yh.. emeehun ge wedding ge bai annaane kan inge.. was expecting kuda koh adhi nau n yaish ge bai aissa dhn wedding ah.. but it’s okay.. well vhk hama vv reethi..keep it up sis..✨️

    1. Mar Sha Mar Sha says:
      September 29, 2024 at 10:41 pm

      nau aa yaeesh 6 yrs vandhen wait koffi dho, ehenve dhen avahah marry kuruvy.

  8. Anonymous says:
    September 30, 2024 at 10:50 am

    When is next..barely waiting anymore..

    1. Mar Sha Mar Sha says:
      September 30, 2024 at 2:13 pm

      InShaAllah Tuesday

Comments are closed.

Next Episodeލޯބިން ބަލާލީމާ 20 (ފަހުބައި)←


All Right Reserved!