Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…51

Anonymous Level 4100 Login10 Stories100 Comments
October 1, 2024 8 Mins Read
12 Comments

އެންމެ ސިކުންތަކަށް ވެސް މަޑު ކުރުމެއް ނެތި ރަޔާން ލައިނީ އަށް ފަސް އެނބުރި ދިޔަ މަންޒަރު ބަލަން ހުރި ލައިނީގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.އެދެލޮލުން ފެންނަމުން ދިޔައީ ވޭނާއި ހިތްދަތި ކަމެވެ.

********************

ރަޔާން ލޮލު ކޮޅަށް ގެއްލުމާއި އެކު ލައިނީ އަތުގައި އޮތް ރޮލެކްސް ގަޑި މޭގައި ޖައްސާލިއެވެ.އޭރު ވެސް ލައިނީގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަތައް އޭގެ މަގާމު ދޫކޮށް އަންނަމުން ދިޔަ އެވެ.ސާފު ބިއްލޫރި ކޮޅެއް ތެޅިގެން ދިޔަ ފަދައިން ލައިނީގެ ހިތް ވަނީ ތަޅައިގެން ގޮސްފައި އެވެ.ހިތުން ލޭ ކަރުނަ ފައިބަމުން ދިޔަ ހާލު ލައިނީ އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަށް ފޮހެލަމުން ދިޔަ އެވެ.ނަމަވެސް ފޮހޭ ވަރަކަށް ކަރުނަތައް ދިޔައީ ގިނަ ވަމުން ނެވެ.

 

ފޯނާއި ކުޅެމުން މަޑު ހިނގުމެއްގައި ގޮސް އާޓިފިޝަލް ބީޗަށް ވަން އާޔަން މީހެއް ގައިގައި ލައި ގަތުމުން އިސްއުފުލާ ބަލާލަން މަޖުބޫރުވިއެވެ.”ސޮރީ”ދެލޯ މަރާލަމުން ރައިނާ އަށް ނުވޭތޯ ހިތާހިތުން ދުޢާ ކޮށްލަމުން އާޔަން އިސްއުފުލާލިއެވެ.ވާނީ ވެސް އެހެން ތާ އެވެ.ރައިނާ އޭނާ ވަނީ ހާލުގައި ވެސް ޖައްސާފައި ވިއްޔާ އެވެ.

 

އިސްއުފުލާ އެޒުވާނާގެ މޫނާއި ދިމާއަށް ބަލައިލި އާޔަން އަށް ފެނުނީ ހިތާމަ ވެރިކަން ވެރިވެފައިވާ މޫނެކެވެ.ފާޑަކަށް އެޒުވާނާ އާއި ދިމާލަށް އާޔަން ބަލައިލި ވަގުތުވީ އެޒުވާނާ ވެސް އާޓިފިޝަލް ބީޗުގައި ބަހައްޓާފައިވާ ބެންޗަކާއި ދިމާލަށް ބަލައިލި ވަގުތަށްށެވެ.”ލައިނީ”މަޑު މަޑުން އާޔަންގެ އަނގައިން ފޫ އަޅުވާލާފައި ނިކުން ނަން ގާތުގައި ހުރި ރަޔާން އަށް ވެސް އަޑު އިވުނެވެ.

 

ރަޔާން އަަށް އާޔަން އާއި ދިމާލަށް ބަލައިލުމުގެ ކުރިން އާޔަން ލައިނީ އިން ބެންޗާއި ދިމާލަށް ދުއްވައިގަތެވެ.ލައިނީގެ މޫނު އެކީ ނުފެނުނު ކަމުގައި ވީ ނަމަވެސް ލައިނީގެ މޫނުގެ އެއްފަޅި ފެންނަން ހުރުމުން ލައިނީގެ ކޯތާފަތުގައި ނުހިކި ހުރި ކަރުނަތައް ދިޔައީ ފެންނަމުންނެވެ.

 

އާޔަން ލައިނީ އާއި ދިމާލަށް ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރި ރަޔާންގެ ހިތުގައި އުފެދިފައިވަނީ ސުވާލު މާކެކެވެ.މިއީ ލައިނީގެ ގާތަށް ދާން ކާކު ހެއްޔެވެ؟އަނެއްކާ ލައިނީގެ އޮފީހުގެ މީހެއް ހެއްޔެވެ؟ލައިނީ މަސައްކަތް ކުރާ އޮފީހުގެ މީހެއް ނަމަވެސް ލައިނީ އިން ހާލު ފެނުމުން ދުވެފައި ދާނީ އެމީހެއްގެ ހިތުގައި ލައިނީ އަށްޓަކައި ތަފާތު ލޯތްބެއް ވާތީކަން ކަށަވަރެވެ.އަނެއްކާ އޭނާ އަށް ލައިނީ ގެއްލެނީ ހެއްޔެވެ؟މި ފިރިހެން މީހާ ޔަގީނުން ވެސް އޭނާ ލައިނީ ދޫކޮށްލުމުން އޭނާގެ ލައިނީ އޭނާގެ އަތުން ޖަހައިގަންނާނެއެވެ.

 

“ކަމޯން ރަޔާން.ރަޔާން ލައިނީ ދޫކޮށްލީ ލައިނީ އާއި މެދު ވިސްނާކަށް ނޫނެއްނުން.އެހެންވީމަ ކޮންމެ މީހަކު ލައިނީ ކައިރި އަަށް ދިޔަސް އެއީ ރަޔާން އާ ބެހޭ ކަމެއް ނޫން”ރަޔާން އޭނާގެ އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ނިންމުން ބަދަލު ނުކުރާށެވެ.އޭނާ އަށް ނިންމުނީ އެންމެ ރަނގަޅު ނިންމުން ކަމަށް އަމިއްލަ ހިތަށް ވިސްނައިދޭށެވެ.

 

ލައިނީ އިން ބެންޗުގައި އިށީން އާޔަން ލައިނީ އަށް މަޑުމަޑުން ގޮވާލިއެވެ.އާޔަންގެ މޫނަށް ބަލައިލި ލައިނީ ގެ ދެލޮލުން އޮހެމުން ދިޔަ ކަރުނަތައް އާޔަން ފެނުމާއި އެކުވީ އިތުރެވެ.އޭނާ އިނީ އެވަގުތު މީހެއްގެ އެހީތެރިކަމަށް ބޭނުންވެފައި ކަމުން އާޔަން ލައިނީގެ ގާތުގައި އިށީނުމާއިއެކު ލައިނީ އާޔަންގެ ކޮނޑުގައި ބޯ އަޅާލިއެވެ.ލައިނީ ރޯނެ ވަރަކަށް ރޯން ދޫކޮށްލައިގެން އިން އާޔަން އިނީ ލައިނީ ކިޔައި ދިނުމުން ނޫނީ ލައިނީ ގެ ގާތުގައި އެއްވެސް ސުވާލެއް ނާހާށެވެ.އެހެންނޫނަސް ލައިނީ އޭނާ އަށް އަމިއްލަ އަަށް ކިޔައިދޭނެ ކަން އާޔަން އަށް ޔަގީނެވެ.

ފައިހާ އާއި އެކު ދުއްވާލަން ގޮސް އައިސް އަލީކް އަށް ގެ އަށް ވަދެވުން އިރު ގަޑިން އެގާރަ ޖަހާ ބޮޑު ވެއްޖެ އެވެ.އައި ގޮތަށް އައިސް އަލީކް އަަށް އެނދު މައްޗަށް ވެއްޓި ގަނެވުނީ ވެފައި ވާ ވަރުބަލި ކަމާއި އެކު ހަށިގަނޑު ކަންނެތް ކުރުވާފައިވާތީއެވެ.

 

އެނދު މައްޗަށް ވެއްޓި ގަނެގެން އޮތް އަލީކް ގެ ލޯ ކުރިމަތީގައި އައިކާގެ ފުރިހަމަ ސޫރަ ކުރެހިގެން ދިޔަ އެވެ.”އައިކީ އައި ލަވް ޔޫ”އަލީކްގެ އަނގައިން ވައި އަޑުން ނުކުމެގެން އައި ޖުމުލަ އާއި އެކު ޚުުދު އަލީކް އަށް ވެސް ފުންމައިގެން ތެދުވެވުނެވެ.ފައިހާ އާއި ކައިވެނި ކުރަން ނިންމައިގެން އައިސްފައި ވެސް އަައިކާ އާއި މެދު ވިސްނެން ފެށުމުން އަލީކް އަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔަ އެވެ.އެއީ ފައިހާ އާއި މެދު ވެވޭ ކިހާ ބޮޑު ބޭއިންސާފެއް ހެއްޔެވެ؟

 

އޭނާގެ އަމިއްލަ ނަފްސަަށް އަޑު ލަމުން އަލީކް ފާހަނަ އާއި ދިމާލަށް މިސްރާބު ޖެހި އިރު އޭނާގެ ދެލޮލުގައިވާ ނިންޖާއި އެކު ވަރުބަލި ކަން ވެސް ފިލައިފިއެވެ.ވާނީ ވެސް އެހެންތާ އެވެ.އޭނާ އެވަނީ ކޮށްގެން ނުވާނެ ފަދަ ބޮޑު ކުށެއް ކޮށްގެންނެވެ.

 

އާޔަން ގެ ކޮނޑުގައި ބޯ ފަޅާލައިގެން އޮތް ލައިނީގެ ލޮލުން ކަރުނަތައް ފުހެލަމުން ލައިނީ އާޔަން އާއި ދިމާލަށް ބަލައިލީ ނޭފަތް ދަމަމުން ނެވެ.”ސޮ…ރީ އިނގޭ”އެހާ ގިނަ އިރު ރުއިމުގެ ސަބަބުން ލައިނީގެ އަޑު ނިކުތީ ކެނޑި ކެނޑިގެންނެވެ.އޭރު ވެސް ލައިނީގެ ގިސްލުމުގެ އަޑު ނުކެނޑެއެވެ.”އިޓްސް އޯކޭ”އާޔަން ލައިނީ އާއި ދިމާލަށް ބަލައިލަމުން ތެދުވީ ލައިނީ ތެދުވުމުންނެވެ.”އަސްލު…. އެހާ ދެރަވެފަ…ހުރީމަ އިނގޭ…. އެހެން އެވީ”ލައިނީ އާޔަންގެ ޓީޝާޓުގެ ކޮނޑާއިވީ ފަޅި އާއި ދިމާލަށް ބަލައިލަމުން ބުނެލި އިރު ލައިނީގެ މޫނަށް ރަތްކުލަ ވެސް ފާއްދާލައިިފިއެވެ.

 

އެހެން ނުވާންވީ ސަބަބެއް ނެތި އެއް ނޫނެވެ.ނުދަންނަ މީހެއް ކައިރީގައި އިނދެގެން އޭނާ އަށް އެވަރަށް ރޮވިއްޖެ ވިއްޔާއެވެ.ދެވަނަ ފަހަރަށް އާޔަންގެ ކުރިމައްޗަށް އަރަން ވެސް ދެން ލައިނީ އަކަށް ނުކެރޭނެ އެވެ.

 

“ގަޑިން ކިހާ އިރެއް”ލައިނީ އާޔަން ގާތު އަހާލީ އޭނާގެ މޫނުމަތި ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުންނެވެ.އޭނާ ރޮއެފައި ހުރިކަން ލައިޝާ އަށް އެނގުމާއި އެކު ސުވާލުތައް އޮހޭނެކަން އޭނާ އަށް ޔަގީނެވެ.އެހެން ކަމުން ގެއަށް ދާން ޖެހޭނީ ވަރަށް ތައްޔާރީތައް ވެގެންނެވެ.އަދި ލައިޝާ އަށް ތަދު ތެދަށް ވީ ގޮތް ކިޔާދޭނީ ވެސް ކިހިނެތް ހެއްޔެވެ؟ރިޔާނާ އަށް ނޭނގޭތާނގައި ރަޔާން އާއި ލައިނީގެ ގުޅުން ލައިޝާ އަށް ވެސް އެނގެނީ އެއް ނޫން ވިއްޔާ އެވެ.

 

“ގަޑިން އެގާރަ ގަޑި ބައި ވަނީ”އާޔަން ގަޑި ކިޔައި ދިނީ ކިތަންމެ ހަމަޖެހިފައި ހުރެ ކަމުގައި ވީ ނަމަވެސް ލައިނީގެ ދެލޯ ވަގުތުން ދިޔައީ މުދުނަށް އަރައިގެންނެވެ.ލޮލުން ތަރި ބުރައިގެން ދިޔައީ މިނޫނީ ރަށުގައި އުޅުނު އިރު ވެސް މިހާ ދަން ވަންދެން އޭނާ ބޭރުގައި އުޅުނު ދުވަހެއް ހަނދާނަށް ނައުމުންމެވެ.ލައިޝާ އޭނާ ލަސްވެގެން ޕޮލިހުންނަށް ނުގުޅައިފިއްޔާ ވާ ރަނގަޅެވެ.

 

ދުވެފައި ލައިނީ އާޓިފިޝަލް ބީޗުން ނިކުންނަން ދިޔައީ ތަނެއް ދޮރެއް ބެލުމެއް ނެތިއެވެ.”ލައިނީ”އާޔަން ލައިނީ އަށް ގޮވާލި އަޑާއި އެކު ލައިނީ އާޔަން އާއި ދިމާލަށް ބަލައިލީ ސުވާލުގެ ނަޒަރަކުން ނެވެ.”އާޔަން ލައި ގެންގޮސް ދީފާނަން.އެކަނި ނުވާނެ އެއްނު ދާކަށް.އަދި އަމުދުން މިހާ ދަން އިރު”އާޔަން ބެލީ ލައިނީގެ ރައްކަލަށްށެވެ.

 

ފާޑަކަށް ހުރެފައި ލައިނީ ބޯ ޖަހާލިއެވެ.އާޔަން އައީ ސައިކަލެއްގައި ކަން އެނގުމުން އަނެއްކާ ވެސް ލައިނީގެ ހިތަށް ރަޔާންގެ އެކިއެކި ހަނދާން ތައް އާވާން ފެށިއެވެ.މަދު ފަހަރަކު ނޫނީ ނުކްޝާންމެންގެ ސައިކަލަށް އަރާފައި ނުވާ ލައިނީ އަށް އަބަދު ވެސް “ރައިޑު”ލިބެނީ ރަޔާންގެ ފަރާތުންނެވެ.ދުވަހަކު ވެސް “އެމެޖެންސީ”ކަމެއްގައި ނޫނީ ނުކްޝާންމެންގެ ސައިކަލަށް އަރާފައި ނުވާތީ އާޔަންގެ ސައިކަލު ފަހަތަށް އަރަން އުޅުނު ލައިނީ އަަށް ރަޔާންގެ ހަނދާން ތަކުން އުނދަގޫ ކުރަން ފެށިއެވެ.މިކަހަލަ ވަގުތެއްގައި ވެސް އާންމު ކޮށް ކިރިޔާ ވެސް ބޭރުތެރޭގައި އުޅެފައި ލަސް ވެއްޖެ ނަމަ ބަލާ އައުމަށް އެދި ވެސް އޭނާ ގުޅަނީ ރަޔާން އަށްށެވެ.

 

އާޔަންގެ ސައިކަލު ފަހަތުގައި އިން ލައިނީގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށުމުން ކަށީގައި ނެތް ހިއްވަރެއް ލައިގެން ލައިނީ ދިޔައީ ލޮލުން ކަރުނަ ހިންދަން މަސައްކަތް ކުރަމުން ނެވެ.

 

ލައިނީ ނައިސް ލަސްވެގެން ލައިޝާ އަަށް ލައިކާ އަަށް ވެސް ނުގުޅީ ކިރިޔާއެވެ.ލައިނީ އެގާރަ ގަޑި ސާޅީސް ހިނގުމުގެ ކުރިން ނައިސްފި ނަމަ ލައިކާ އަށް ގުޅަން ހިތު އަޅައިގެން ލައިޝާ ބެލްކަނީ ގައި މަޑުކޮއްލައިގެން ހުރީ ލައިނީގެ ކުޑަ ކުޑަ ނިޝާން އެއް ވެސް ފެނޭތޯއެވެ.އެގާރަގަޑި ފަންސާސް ނުވަ އެއް ހިނގުމުން ފޯނުގެ ކޮންޓެންޓް ބައި އަޅުވާލަމުން ލައިކާ އަށް ގުޅަން ތައްޔާރުވެލި ލައިޝާ ގެ އަތުގެ އިނގިލިތަކަށް ވެސް ހުއްޓުމެއް އައީ ފިރިހެނެއްގެ ސައިކަލު ފަހަތުގައި އިން ލައިނީ ފެނުމުން ނެވެ.ފިރިހެނެއްގެ ސައިކަލު ފަހަތުގައި ލައިނީ އިނުމުން ހިތުގައި ސުވާލު އުފެދުނު ނަމަވެސް ލައިޝާ ގެ ހިތް އެވިސްނުމަށް ތަން ދިނުމުގެ ބަދަލުގައި ލައިނީގެ ހާލެއް ބަލަން ދާން މަޖުބޫރު ކުރަން ފެށިއެވެ.އަމިއްލަ ދަރިފުޅު ގެ ހާލެއް ނުބަލާ އެއްވެސް މަޔަކަށް ވަކި ކެތް ވާނެ ހެއްޔެވެ؟

 

“ތޭންކްސް އާޔަން”އާޔަން އަށް ޝުކުރު އަދާ ކުރުމަށްފަހު ގޭތެރެ އަށް ވަންނަން އެނބުރިލި ލައިނީ އަށް ސިހުމެއް ލިބުނީ ގާތުގައި ހުރި ލައިޝާ ފެނުމުން ނެވެ.ލައިނީ އަށް ވީވަރަށް ވުރެ ބޮޑު ވަރު ވީ އާޔަން އަށް ށެވެ.ދެލޯ ބޮޑު ކޮށްލައިގެން ހުރެ އާޔަން ލައިޝާ ގެ މޫނާއި ދިމާލަށް ބަލަމުން ދިޔައީ ގަބޫލު ނުކުރެވިފައި ހުރެއެވެ.ލައިޝާގެ މޫނު ފެނުމާއި އެކު އާޔަން އަށް ކުރުވީ އެންމެ ފުރަތަމަ ދުވަހު އޭނާ އޭނާގެ ބައްޕަ އާއި ދިމާވި ދުވަހު ކުރި އިހުސާސްތަކާއި އެއްފަދަ އިހުސާހެކެވެ.

 

ލައިޝާ ވަކި އާޔަން އަށް ދުލެއް ނުދެއެވެ.ފާޑަކަށް ހުއްޓުން އަރާފައި ހުރެ ލައިޝާ އަށް އާޔަން އާއި ދިމާލަށް ބަލަން ހުރެވުނެވެ.ލައިޝާ އަށް ކުރިމަތިން ފެންނަން ހުރި އޭނާގެ ކޮޕީ އާއި ދިމާލަށް ބެލެމުން ދިޔަ އެވެ.އެއީ އޭނާގެ ދެ ފިރިހެން ކުދިންގެ ތެރެއިން ކުއްޖެއް ކަމާއި މެދު ލައިޝާ އަށް ޝައްކެއް ވެސް ނުކުރެވެއެވެ.

 

ލައިޝާ އާއި އާޔަންގެ ޙަރަކާތްތަކަށް ނަޒަރު ހިންގާލައިގެން ހުރި ލައިނީގެ މޫނުމަތިން ފެންނަނީ ވާނުވާ ނޭނގިފައި ހުރި ކަމުގެ އަސަރުތަކެކެވެ.ވާނީ ވެސް އެހެން ތާ އެވެ.ލައިޝާ އާއި އާޔަން ވަރަށް ވެސް ވައްތަރެވެ.އެހެން ނަމަވެސް ލައިޝާ އާއި އާޔަން ވައްތަރު ވުމުގެ ސިއްރަކީ ކޮބާކަން ނޭނގިފައި ހުރި މީހަކަށް ވާ ނުވާ އެއް ނޭނގޭނެ އެއް ނޫން ހެއްޔެވެ؟

 

“ދަނީ”އިރުކޮޅަކަށް ލައިޝާ އާއި ދިމާލަށް ބަލަން ހުރެފައި އާޔަން އޭނާގެ ސައިކަލު ސްޓާޓް ކޮށްލީ އަދި ވެސް އެއް ފަހަރު އޭނާގެ މަންމަ އާއި ދިމާލަށް ބަލައިލުމަށްފަހުއެވެ.ކައިޔަން އަަށް މިހަބަރު ދޭން އޭނާ އަށް ދެނެއް ކެތެއް ނުކުރެވޭނެއެވެ.

 

“އެއީ ކޮން ކުއްޖެއްތަ ދަރިފުޅާ.އަނެއްކާ ދަރިފުޅު މެން ދެކުދިން…”ލައިޝާ ލައިނީ އާއި ދިމާލަށް ބަލައިލީ ޝައްކުގެ ނަޒަރަކުން ނެވެ.”ނޫނޭ މަންމާ.އެއީ އާޔަން.ލައި އާ އާޔަން ގެ ދެމެދުގައި މަންމަ ތި ހީކުރާ ކަހަލަ ގުޅުމެއް ނެތް”ލައިޝާގެ ޝައްކު ފިލުވާލަ ދެމުން ލައިނީ ބުނެލި ވާހަކައިން ލައިޝާ އަށް ފުން ކަނޑެއްގެ ތެރެ އަށް ފީނައިގަނެވުނެވެ.

 

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ.އެނދުގައި އޮށޯވެލައިގެން އޮތް ރަޔާން ގެ އަތުގައި އޮތް ފޯނު ސްކްރީން އަަށް ނަޒަރު ހުއްޓާލައިގެން އޮތް ރަޔާންގެ ލޮލުގެ ހިމަ ކޮޅުން ކަރުނަ ތިއްކެއް ވެއްޓުނެވެ.އެހެން ނަމަވެސް ހިއްވަރު ކޮށްލަމުން ރަޔާން ލޮލުން ކަރުނަ ފޮހެލިއެވެ.ފޯނު ސްކްރީން އިން ފެންނަމުން ދިޔައީ އޭނާ އާއި ލައިނީ މިއަދު ހެނދުނު ނެގި ފޮޓޯ އެކެވެ.ދެމީހުން އެކުއެކީގައި ހޭދަ ކުރި އުފާވެރި ދުވަސްތައް ހަނދާން ވުމާއި އެކު ރަޔާން ގެ ހިތުގައި ދިލަ ތަދެެއް ނަގައިގެން ދިޔައީ ދެން ދުވަހަކު ވެސް އޭނާ އަށް އެކަހަލަ އުފާވެރި ދުވަސްތަކެއް ލައިނީ އާއި އެކު ހޭދަ ނުކުރެވޭނެހެން ހީވާން ފެށުމުންނެވެ.

 

ދެމީހުން އެކުގައި ނަގާފައި ވާ ފަހަރަކު ފޮޓޯ އެއް ބަލަމުން ދިޔަ ރަޔާންގެ ހިތް ޗިސް ޗިސް ވަމުން ދިޔަ އިހުސާސެއް ރަޔާން އަަށް ކުރެވެމުން ދިޔަ އެވެ.ހިތަށް ކެތް ނުވާ ވަރު ވުމުން ރަޔާން އަތުގައި އޮތް ފޯނު އަތުކޮޅަށް ހޫރާލިއެވެ.”އާހ”ވޭނީ އާހެއްގެ އަޑު ރަޔާން ގެ އަނގައިން ނުކުތުމާއި އެކު ދެން ފެނުނީ ރަޔާން އޭނާގެ ފަން ފަން އިސްތަށިގަނޑު ގެ ތެރެއަށް އަތް ލަމުން އިސްތަށިގަނޑަށް ބާރު ކޮށްލިތަނެވެ.މަންމަ އެބުނާ ކުއްޖަކާއި ކައިވެނި ކުރި ނަމަވެސް އޭނާ އަށް ލައިނީ ހަނދާން ނައްތާލަން ވާނީ އުނދަގޫ ކަމަކަށްށެވެ.އެހެން ގޮތަކަށް ބުނާނަމަ އޭނާ އަށް ލައިނީގެ ހަނދާން ތަކުން ދުރަށް ނުވެސް ދެވޭނެ އެވެ.

 

އިރުކޮޅަކަށް އެހެން އިނދެލުމަށްފަހު ރަޔާން އޭނާގެ ފޯނާއި ދިމާލަށް ދިޔައީ ފޯނުގެ ހާލެއް ބަލާލާށެވެ.ފޯނު ތަޅައިގެން ގޮސްފައި އޮތެއް ކަމަކު ފޯނު ހުޅުވުނެވެ.ފުން ނޭވާ އެއް ލަމުން ރަޔާން ފޯނު ހިފައިގެން އެނދުގައި ޖައްސާލިއެވެ.ފޯނުން އިންސްޓަގްރާމް އަޅުވާލި ރަޔާން ލައިނީ އާއި އޭނާ ދެކެވިފައި ހުރި ވާހަކަ ތައް ބަލަން އޮތީ އެހަނދާން ތަކުން ހިތަށް ފިނިކަމެއް ލިބޭތީއެވެ.އެހެން ނަމަވެސް އެއީ ވަގުތީ އުފަލެކެވެ.ދެން އިތުރަށް އޭނާ އަށް ލައިނީ އަކާއި އެއް އެހެނެއް މެސެޖެއް ނުކުރެވޭނެއެވެ.

 

އިރު ކޮޅެއް ވަންދެން އެދެމީހުންގެ ދެމެދުގައި އެންމެ ފަހުން ދެކެވިފައި ވާ ވާހަކަތައް ކިޔަން އޮތް ރަޔާންގެ އިނގިލިތައް ދަތުރު ކޮށްލީ ލައިނީ އަށް މެސެޖެއް ލިޔާށެވެ.ދިގު މެސެޖެއް ލިޔުމަށް ފަހު ވެސް ރަޔާން އެ މެސެޖު އެކީ ހެން ފުހެލީ އޭނާ އާއި ލައިނީ ގެ ދެމެދުގައި އެއްވެސް ގުޅުމެއް ނުވާކަމަށް ހިތަށް ވިސްނައިދޭން މަސައްކަތް ކުރަމުން ނެވެ.

 

އެހެން ނަމަވެސް ރަޔާންގެ މަަސައްކަތް އެއްވެސް ގޮތަކަށް ކާމިޔާބީ އާއި ހިސާބަށް ވާސިލްވާ ގޮތެއް ނުވި އެވެ.ލައިނީ އާއި އޭނާ ޔާއި ދެމެދު ގުޅުމެއް ނުވާނަމަ އަބަދު ލައިނީގެ މަތިން ނުވިސްނޭނެ ކަމަށް ރަޔާން ގެ ހިތުގައި ހިތް ބުނަން ފެށިއެވެ.އާދަކޮށް ލައިނީ އަަށް ގުޑްނައިޓް މެސެޖު ފޮނުވާ ރަޔާން އަަށް މިރޭ އޮވެވުނީ ލައިނީ އަަށް ގުޑްނައިޓް ފޮނުވަންވީތޯ ނޫނީ ނުފޮނުވަންވީތޯ ނޭނގިފައި އެވެ.”އެންމެ ފަހު މެސެޖު ދެން ހަމަ ފޮނުވިދާނެ އެއްނު”ރަޔާން ހިތް އެކަމަށް އެދި ގޮވަން ފެށުމުން ރަޔާން ލައިނީ އަށް ގުޑްނައިޓް މެސެޖު ފޮނުވާލީ އެންމެ ފަހު މެސެޖޭ ހިތަށް އަރުވަމުންނެވެ.އެހެން ނަމަވެސް އެހެން ކިތަށް ފަހު މެސެޖު ފޮނުވޭނެ ކަމެއް ޚުުދު ރަޔާން އަކަށް ވެސް ނޭނގުނެވެ

 

ރޮއެ ރޮއެ ދެލޮލުން ކަރުނަ ހުސްވާން ކައިރި ވެފައި އޮތް ލައިނީގެ ކޮޓަރި ތެރެއިން އިވެމުން ދިޔައީ މަޑު ގިސްލުމުގެ އަޑެވެ.އެއަޑު އިވޭ މީހެއްގެ ހިތް ރޮއްވާލާ ފަދަ ވޭނީ އަޑެކެވެ.ރަޔާން އޭނާ ދޫކޮށްލުމުގެ ފަހަތުގައި މީހެއްގެ މަޖުބޫރީ ކަމެއް ވާކަމަށް ލައިނީގެ ހިތް ކެނޑި ނޭޅި ބުނަމުން ދިޔަ އެވެ.އެހެން ނަމަވެސް ޔަގީނެއް ނޫނެވެ.

 

ލޮލުން ކަރުނަ ފުހެން އޮތް ލައިނީ ނޭފަތުން ފެން ފައިބަން ފެށުމުން ކައިރީގައި ހުރި ކުޑަ ކުޑަ މޭޒެއްގެ މަތީގައި އޮތް ޓިޝޫ ބޮނޑި އަކުން ޓިޝުލެއް ނަގާ ނޭފަތް ފޮޅާލިއެވެ.ހޭވިފައިވާ އިސްތަށިގަނޑު ރީތިކޮށް ހުޅިއެއް ޖަހާލި އިރު ވެސް ލައިނީގެ ދެލޮލުން ކަރުނަތައް ހިއްލާފައި ފައިބަމުން ދިޔަ އެވެ.

 

ކައިރީގައި އޮތް ފޯނު ހުޅުވާލަމުން ލައިނީ ގަޑި ބަލާލި ވަގުތު ރަޔާންގެ މެސެޖެއް ފެނުމުން ހިތުގައި އުފާވެރި ކަމުގެ ރާޅު ބާންޏެއް ދަތުރު ކޮށްލި އެވެ.ދެންމެ ރޮއެ ރޮއެ ފައި އިން މީހާ ހެން ހީވެސް ނުވެއެވެ.ވަގުތުން ލައިނީ އަށް ރަޔާންގެ އެ މެސެޖު ހުޅުވާލެވުނެވެ.ރަޔާންގެ ފަރާތުން އައިސްފައި ވާ ހަމައެކަނި ގުޑްނައިޓް މެސެޖުން ލައިނީގެ ހިތަށް އަސަރުކުރިއެވެ.އަބަދު ވެސް ގުޑްނައިޓް އާއި އެކު ރަތް ކުލައިގެ ހިތެއް ފޮނުވާ ރަޔާން މިއަދު ހަމައެކަނި ގުޑްނައިޓް މެސެޖުއް ފޮނުވުމުން ރަޔާން ހަމަ ހަގީގަތުގައިވެސް ލައިނީ އާއި ދުރުވުމަށް ނިންމައިފިކަން ޔަގީންވިއެވެ.

 

ފޯނުގެ ސްކްރީނާއި ދިމާލަށް ބަލަހައްޓައިގެން ހުރި ލައިނީ ގެ ލޮލުން އަނެއްކާާ ވެސް ކަރުނަ އޮހެން ފެށިއެވެ.ފޯނު ނިވާ ލަމުން ލައިނީ އެންމެ ފަހުން ބާލީހުގައި ބޯ އަޅާލަމުން ނިދަން މަަސައްކަތް ކުރަން ފެށިއެވެ.ނުނިދޭނެ ކަން އެނގި ހުރެ ނިދަން މަސައްކަތް ކުރުމަކީ ބޭކާރު ކަމެއް ކަން ޚުދު ލައިނީ އަަށް ވެސް އެނގެއެވެ.އެހެން ނަމަވެސް ތަހައްޖުދު ނަމާދު ކުރެވޭނީ ވެސް ނަމާދު ކުރެވޭ ނަމަތާ އެވެ.

 

ދުނިޔެ މައްޗަށް އިރުގެ ރީތި ދަޅަތައް ދައްކާލީ ރައިނާ އާޓިފިޝަލް ބީޗުގައި ހުއްޓައި އެވެ.އިސްތަށިގަނޑު ވަޔާ ވިހުރެން ދޫކޮށްލައިގެން ހުރި ރައިނާ ފޯނުން ދިޔައީ ރާއިލް އަށް މެސެޖު ކުރަމުން ނެވެ.ފޯނުން މެސެޖު ކުރަމުން ދިޔަ އިރު ވެސް ރައިނާ އިރު އިރުކޮޅާ އެކި ދިމަ ދިމާލަށް ލޯ ހިންގަމުން ދިޔައީ އޭނާ އެހޯދާ ސޫރަ ފެނޭތޯ އެވެ.

 

އާޔަންގެ ފުރަތަމަ ފެނިލުމުން ވެސް ރައިނާ ގެ ހިތް ހޯދުމުގައި އާޔަން ކަމިޔާބު ކުރި އެވެ.ރައިނާ އާއި ރުޅި ހަދާލާފައި ދާ ގޮތާއި އިރު އިރު ކޮޅާ އޭނާ އާއި ދިމާލަށް ލޯ އަޅާގޮތް ވީ ރައިނާ ގެ ހިތް އާޔަން އަށްޓަކައި ފިދާވި ކަމަކަށްށެވެ.އެހެން ނަމަވެސް އާޔަންގެ ކުރިމަތީ ގައި އެއްބައި ފަހަރު ރުޅި ދައްކާލަނީ އާޔަން އަށް އޭނާގެ ހިތުގައި އޮތް އެއްޗެއް އެނގި ދާނެ ކަމުގެ ބިރު ހީވާތީ އެވެ.

 

ރައިނާގެ ދެލޯ ހޯދަމުން ދިޔަ ސޫރަ އާޓިފިޝަލް ބީޗަށް ވަދެގެން އައީ އާޓިފިޝަލް ބީޗުގައި އެވަގުތު ތިބި ޒުވާން އަންހެން ކުދީންގެ ހިތްތައް ފަތަހަ ކުރަމުންނެވެ.ލޯބިވެރީންނާއި އެކު އައިސް ތިބި އެތައް އަންހެންކުދިން ގެ ދެލޯ ވެސް އާޔަން އަށް ހުއްޓިފައި ވާ އިރު އެކުދިންގެ ލޯބިވެރިންގެ މޫނުމަތިން ފެންނަމުން ދިޔައީ ހަސަދަވެރިކަމުގެ އަސަރުތަކެކެވެ.ވާނީ ވެސް އެހެންތާ އެވެ.ގާތުގައި ލޯބިވެރިޔާ ހުންނަ އިރު ވެސް އެހެން ފިރިހެނުންނަށް ބަލަންޏާ ރުޅި ނާންނާނީ ކާކު ހެއްޔެވެ؟

 

ކަޅު ކުލައިގެ ޓީޝާޓަކާއި އެކު ކަޅު ކުލައިގެ ސޯޓެއް ލައިގެން ހުރި އާޔަން ގެ ފަން އިސްތަށިގަނޑު ދިޔައީ ވަޔާއި ދެކޮޅަށް ހަނގުރާމަ ކުރަމުން ނެވެ.ޖެހިލާ ހިތް ފަސޭހަ ވައިރޯޅިން ހިތަށް ހަމަޖެހުން ގެނެސްދެމުން ދިޔަ އެވެ.އެހެން ނޫނަސް ވައި ނުޖެހުނެއް ކަމަކު އާޔަންގެ ހިތަށް ވަނީ ވަރަށް ބޮޑު ލުޔެއް ލިބިފައި އެވެ.އެއީ އޭނާގެ މަންމަ އާއި ވިހި އަހަރު ފަހުން ބައްދަލު ވުމުން ހިތަށް ލިބިފައި ވާ ހިތްހަމަ ޖެހުމެކެވެ.

 

ސޯޓުގެ ޖީބަށް އަތް ޖަހައިގެން ހުރި އާޔަން ރައިނާ އާއި އަރާ ހަމަވީ ގަސްތުގައި އެއް ނޫނެވެ.އާޔަން އާއި ތިން ވަރަކަށް ފޫޓު ދުރުގައި ހުރި އަންހެން ކުއްޖާ އަކީ ރައިނާ އަަށް ވެދާނެ އެކޭ އާޔަން ހިއެއް ނުކުރެއެވެ.

 

ނުނިމޭ

 

 

 

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

ލޯބިން ބަލާލީމާ 20 (ފަހުބައި)

ސިއްރު
Next

ސިއްރު-8

Next
ސިއްރު
October 1, 2024

ސިއްރު-8

Previews
September 30, 2024

ލޯބިން ބަލާލީމާ 20 (ފަހުބައި)

12 Comments!

  1. Naureen says:
    October 1, 2024 at 9:52 am

    Hihi manjey..
    Mi part vx varah varah reethi…
    Rayaan aa lainy ah ehn nahadhaa plzzz…
    Dhn mi oh ulhey aleek eii vx ulhey gotheii dhw… dhn aika kairy bunan v nun thr… faiha dheke maa loabi vaa kamah nuhedhi….

    1. Rauha says:
      October 1, 2024 at 1:15 pm

      Aslu vx..
      Mi nishva ah badhalu vany ingey.hurihaa comment akah reply dheyn vaane ehnun dho

  2. Cutie girl says:
    October 1, 2024 at 10:08 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Rayaan and lai ah Ehn nuhadhaa
    Mish and zeek ves gulhuvachey
    Aleek and aika ves
    Mi part kiyaafa rovijje Rayaan and lai ah vee gothun
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you rifoo ❤️😍

  3. Rauha says:
    October 1, 2024 at 1:14 pm

    Hey Rifoo
    I think naureen buni hen mihaaru aleek dhen bunan vejje kanneynge dho
    Kobaa tha e nishva vaahaka las vegen ulhe ulhe fa.
    And mi part ves varah reethi Masha Allah 😊
    Kon irakun next oh i forget Thursday ga dho.
    Dhen hama inthizaaru kureveynee Thursday ah… Tuesday Wednesday Thursday really adhi ves haadha gina vaguthei eba othey dho.
    Hehe 😂
    Love you rifoo 💕

  4. Shimmer says:
    October 1, 2024 at 9:02 pm

    Vv reethi mi part ves…
    Curiously waiting for the next part……
    Love you rifoo ❤️

  5. Someone says:
    October 1, 2024 at 11:25 pm

    Hi. I like this story and your writing style but I have some constructive criticism. This story has too many characters in general and also sooo many main characters. Its almost impossible to keep track of everyone and who is who and who is related to who and how. I feel like maximum there should be like 4 couples maximum. And a few side characters like their parents and villains or exs. And these side characters should also not be so much that we can’t keep track of them. For example in this story I dnt knw who is who and who is related to who and how cause there are so many.
    But overall your writing is really good and you have soo much potential. But maybe for your next story you should keep like 3 couples or something. Btw zeekans character is soo hot and interesting.

    1. Nishva says:
      October 2, 2024 at 1:15 pm

      Dhen zeek veema vaany ehennu someone 😊

    2. Mailee says:
      October 2, 2024 at 4:21 pm

      yes rifoo this is true. But I love your stroy and your writing.
      AND Most importantly I love mish and zeek

  6. Dhooni says:
    October 2, 2024 at 9:49 am

    Mii part ves varah reethi masha Allah
    Kon irakun next??

  7. Nishva says:
    October 2, 2024 at 1:13 pm

    Hey rifoo
    Sorry ingey lahun comm kohlevunyma kiyaa ninmaafa ves trip eh dhaan ulheythee comment nukoh dhevuny…
    Anyways story varah reethi Masha Allah.
    Next part maadhan dhw can’t wait ingey…
    Lai and rayaan ah thihen nahadhabaaa…and raina and aayan salhi ingey…I think mi aayan ge boa varah haru vaane kanneynge dhw.
    E dhekudhin gulhey ingey…
    Love you rifoo 💕

  8. Minnu says:
    October 3, 2024 at 12:52 pm

    Next submitted thr

  9. Minnu says:
    October 3, 2024 at 12:52 pm

    Next submitted thr

Comments are closed.



All Right Reserved!