Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯތްބަށް އެދެވޭތީ… 10

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
September 30, 2024 8 Mins Read
24 Comments

ލޯގަނޑު ކުރިމަތީ ހުރެގެން އަޒަލް ތައްޔާރުވަމުން ދިޔައީ ރިއާންއާއި އެކީ ބޭރަށް ދިޔުމަށެވެ. މިއަދަކީ އެދެމީހުންގެ ގުޅުމަށް ހަތަރު މަސްވީ ދުވަސް ކަމުން ރިއާން އޭނާއަށްޓަކައި ރާވާފައިވާ ޚާއްސަ ކެއުމަކަށް ދިޔުމަށް އަޒަލް ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ތިންމަސް ދުވަސް ވީއިރުވެސް، އެ ގުޅުން އޮތީ އެ އޮޮތް ގޮތަށެވެ. އިތުރު ހަރުފަތަކަށް އެ ގުޅުން ގެންދިޔުމަށް އަޒަލް ކުރާ ހުރިހާ މަސައްކަތެއް ބޭކާރުވަމުން ދަނީ، ރިއާންގެ އެއްވެސް އެއްބާރުލުމެއް އެކަމަށް ނުލިބޭތީއެވެ.

ރަތްކުލައިގެ ލިޕްސްޓިކަކުން ތުންފަތް ފަވައިލުމަށްފަހު، އަޒަލް އޭނާ ލައިގެން ހުރި ކަޅު ކުލައިގެ ބަޓަރފްލައި އަބާޔާ ރީތިކޮށްލިއެވެ. އެއާއެކު އަޅާފައި ހުރި ކަޅު ކުލައިގެ ޝޯލް ވެސް ރީތިކޮށްލަމުން ގަޔަށް ސެންޓުކޮޅެއް ބުރުވައިލިއެވެ. ހުސް ކަޅުގައި ހުރި އިރު، އަޒަލްގެ ރީތިކަން ދެގުނަވެފައިވާ ފަދައެވެ. އެ މޫނުމަތީގައި ވީ ލުއިލުއި މޭކަޕުން އިތުރަށް އަޒަލްގެ މައުސޫމު ސޫރަ ފުރިހަމަކޮށްދޭ ކަހަލައެވެ.

ހިތްހަމަޖެހޭ ވަރު ވުމުން އަޒަލް ފައިވާން ހަރުގަނޑުން ކަޅުކުލައިގެ ހައިހީލްއަކަށް އަރާފައި، އެނދުމަތީގައި އޮތް އަތްދަބަހާއި، ފޯނު ހިފައިގެން ތިރިޔަށް ފޭބިއެވެ. ސިޑިން ފައިބަމުން، އަޒަލް މި ނުކުންނަނީ ކަމުގައި ބުނެފައި ރިއާނަށް މެސެޖހެއް ކޮށްލިއެވެ.

“އަނހަ ދަރިފުޅާ.. ހާދަ ރީތިވެލައިގެން.. އަނެއްކާ ކޮންތާކަށް؟” ސޯފާގައި ޓީވީ ބަލަން އިން އަފާން އަޒަލް ފެނުމާއެކު އަހައިލީ، ހިނިތުންވަމުންނެވެ.

“ލޯވ ފަރމްގަ ވޯރކް ކުރާ ކުއްޖެއްގެ ބަރތްޑޭ ސެލެބްރޭޝަން އަކަށް.. މިތާ ކައިރި ހުންނަ ރެސްޓޯރެންޓަކަށް ދާނީ.. ހިނގާލާފަ ދެވޭނެ އެހިސާބަށް..” އަޒަލް ވެސް އަފާންއަށް ހިނިތުންވެލަމުން ޖަވާބު ދިނެވެ. އެއަށްފަހު އަފާންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި އަޒަލް ގެއިން ނުކުތެވެ.

މަގުމައްޗަށް ނުކުމެފައި އަޒަލް ފުން ނޭވާއެއް ދޫކޮށްލިއެވެ. މިގޮތަށް އަބަދު ބައްޕައަށް ދޮގު ހެދޭނީ ކިހައި ދުވަހެއް ވާންދެން ބާވައޭ އަޒަލް ހިތަށް އެރިއެވެ. އަވަސްވެފައިވީ ހިތުގެ ހިނގުން ހަމައަކަށް އަޅުވައިލަން މަސައްކަތް ކުރަމުން އަޒަލް ފޯނު ނަގައި، ރިއާންގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. ނަމަވެސް ދެތިން ފަހަރު ރިންގުވެފައި، ނަމްބަރު ބިޒީކަމަށް ފޯނުގެ ޑިސްޕްލޭއަށް އެރީ އަޒަލްގެ ހިތް މާޔޫސްކޮށްލަމުންނެވެ. ނުވައެއް ޖަހާ އިރަށް އަޒަލް ބަލައި އަންނާނަމޭ ބުނެފައި ރިއާން އެ ހެދީ ކިހިނެއް ބާވައެވެ؟ އަތުކުރީގައި އޮތް ގަޑިއަށް އަޒަލް ބަލައިލި އިރު، ގަޑިން ނުވަގަޑި ފަނަރަ ހިނގީއެވެ.

ފަސްވަރަކަށް މިނެޓު އެގޮތުގައި ހުރުމަށްފަހު އަޒަލް އަނެއްކާވެސް ރިއާންގެ ނަމްބަރަށް ގުޅައިލިއެވެ. ތިންވަނަ ރިންގާއެކު މިފަހަރު އެކޮޅުން ފޯނު ނެގުމުން އަޒަލްގެ ހިތުގައި އުފާވެރިކަމުގެ ރާޅުބާންޏެއް ދަތުރު ކޮށްލިއެވެ.

“ހަލޯ އަޒް.. ސޮރީ ވަރަށް ވަރަށް ބޮޑަށް.. އަހަންނަށް ނިދުނީ.. މި ދަނީ އިނގޭ މިހާރު ބަލައި..” އެހެން ބުނެފައި އަޒަލްއަށް ވާހަކަ ދައްކާނެ ފުރުސަތެއް ވެސް ނުދީ، ރިއާން ފޯނު ކަނޑައިލިއެވެ. އެއާއެކު އަޒަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އިރު، ދާދި ދެންމެއަކު ރިއާންއާއި މެދު އުފެދިފައިވީ ޝަކުވާތައް ފުހެވިގެން ދިޔަ ފަދައެވެ.

އިރުކޮޅެއް ފަހުން ކަޅުކުލައިގެ ސައިކަލެއްގައި އައިސް އަޒަލް ކުރިމައްޗަށް ހުއްޓުނު ރިއާންއަށް އަޒަލް ފުން ނަޒަރެއް ދިނެވެ. އަޒަލްއެކޭ އެއްފަދައިން ރިއާންވެސް ކަޅުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ސްކިނީ ޖިންސެއްގައި އިން އިރު، ބަލައިލަން ނުހަނު ހިތްގައިމެވެ. ރިއާންގެ މުށިިކުލައިން ހައިލައިޓްކޮށްލާފައި އޮތް ފަން އިސްތަށިކޮޅު ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައި އޮތް ގޮތް އަޒަލްއަށް ވަރަށް ކަމުދިޔައެވެ.

“ނާރަންތަ ތި ހުންނަނީ؟” އާދައިގެ މަތިން ރިއާންގެ އަސަރުގަދަ ހިނިތުންވުން އަޒަލްއަށް ހަދިޔާކޮށްލަމުން ރިއާން އެއްސެވެ. އެއާއެކު ހަމަބިމަށް އާދެވުނު މީހެއް ފަދައިން އަޒަލް އަވަސްއަވަހަށް ބޯހޫރުވައިލަމުން، ރިއާންގެ ފަހަތަށް އެރިއެވެ. އެއާއެކު ރިއާންގެ ގައިން ދުވަމުން ދިޔަ ހިއުގޯ ސެންޓުގެ މީރު ވަހުން، އަޒަލްއަށް ދެލޯ މަރައިލަމުން ނޭފަތް އެތެރެޔަށް ދަމައިލެވުނެވެ. ރިއާންގެ އުނަގަނޑުގައި ހިފައްޓައިލަމުން، އިތުރަށް ރިއާންއާއި ކައިރިވެލީ ހިތަށް ލިބުނު ހަމަޖެހުމަކާއި އުފާވެރިކަމަކުންނެވެ.

“ޔޫ ލުކް ރިއަލީ ރިއަލީ ގޯރޖަސް ޓުނައިޓް، ލަވް..” ރިއާންގެ ދުލުން ބޭރުވި ތަޢުރީފާއެކު އަޒަލްގެ މޫނަށް ފަޑު ރަތްކުލައެއް ފާއްދައިލިއެވެ.

“ތެންކިޔު.. ރިއާވެސް ވަރަށް ސްމާޓް.. ފުލް ބްލެކްގަ ހުންނަ އިރު ރިއާއާ ވަރަށް ގުޅޭ..” ލަދުގަތް ނަމަވެސް، ހިތްވަރުކޮށްލާފައި އަޒަލް ރިއާންއަށް ވެސް ތައުރީފު ކޮށްލިއެވެ. އެއާއެކު ސައިކަލުގެ އަޑާއި، ރިއާންގެ ފިިރިހެންވަންތަ ލުއި ހުނުމުގެ އަޑު ފަޒާގެ ތެރޭގައި ގުގުމައިލީ އެއްފަހަރާއެވެ.

ދިހަވަރަކަށް މިނެޓު ތެރޭގައި އެމީހުންނަށް އެމީހުންގެ މަންޒިލަށް ވާސިލް ވެވުނެވެ. ސައިކަލުން ފައިބާފައި، ރިއާން އޭނާގެ އަތް ދިއްކޮށްލުމުން އަޒަލް އެ އަތުގައި ހިފައިލިއެވެ.

“ކޮންތާކަށް މި ދަނީ..؟” ކުރިމަތީގައި ހުރި ގެސްޓް ހައުސްއަށް ނަޒަރެއް ދެމުން އަޒަލް އަހައިލިއެވެ.

“ދިޔައީމައެއްނު އިނގޭނީ..” ރިއާންގެ ޖަވާބު ކުރުވެފައި ފޮންޏެވެ. އެޔާއެކު އަޒަލްގެ ހިތް ތެޅިލި ނަމަވެސް، ރިއާންއާއި އެކު އެ ގެސްޓްހައުސްއަށް ވަންނަން ހިނގައިގަތީ، ރިއާންއަށް ފުރިހަމައަށް އިތުބާރު ކުރަމުންނެވެ.

ރިއާން އަޒަލް ގޮވައިގެން ގޮސް އެރީ ގެސްޓް ހައުސްގެ އެންމެ މަތީ ފްލޯރ އަށެވެ. ރިސްޕްޝަނުން ހޯދި ތަޅުދަނޑި ހިފައިގެން ގޮސް ރިއާން ހުއްޓުނީ ރޫމް ނަމްބަރ ސަތާރައިގެ ކުރިަތީގައިއެވެ. ފަރިތަކަމާއެކު ތަޅުދަނޑިން ދޮރު ހުޅުވައިލުމަށްފަހު، ރިއާން އަޒަލްއަށް ވަނުމަށް އިޝާރާތް ކޮށްލީ ހިނިތުންވަމުންނެވެ. އެޔާއެކު އަޒަލް ވެސް ނުތަނަވަސް ވެފައި ހުރި ނަމަވެސް، އެތެރެޔަށް ވަނީ ރިއާންގެ އެއްވެސް އެދުމަކަށް އިންކާރު ކުރާނެހާ ހިތްވަރު އެ ހަށިގަނޑުގައި ނެތީތީއެވެ.

ކޮޓަރިއަށް ވަން އަޒަލްއަށް ދެލޯ ބޮޑުކޮށްލަމުން އަނގަމަތީގައި އަތް އަޅައިލެވުނީ ފެންނަމުން ދިޔަ މަންޒަރާއި މެދު ޔަގީން ނުވެފައި ހުރެއެވެ. ހުދު ކުލައިގެ ފާރުތައް ފަޅުފިލުވައިލެވިފައިވަނީ، އެތައް ދުވަހެއްގެ މަތިން އަޒަލްއާއި ރިއާން އެކުގައި ނަގާފައިވާ ފޮޓޯތަކުންނެވެ. ގަބޫލު ނުކުރެވިފައި ހުރެ، ތިރީގައިވީ ފިނިފންމަލުގެ ދޫލައެއް ފަދަ ތަޅުންގަނޑުގައި އަޒަލް ގޮސް އެތަނުން ފޮޓޮއެއްގައި އަތް ޖައްސައިލިއެވެ. އެއާއެކު ދެލޮލަށް ބޮނޑިވި ކަރުނަތަކުގެ ސަބަބުން އަޒަލްއަށް އެނދުމަތީގައި ރަތް ކުލައިގެ ފިނިފެންމަލުގެ ފިޔަތަކުން ލިޔެފައިވީ އިބާރާތްކޮޅު ފެނުނީ ފުސްކޮށެވެ.

“ހެޕީ ފޯރ މަންތް އެނިވަރސަރީ މައި ލަވް” ފިނިފެންމަލުގެ އެ ޢިބާރާތްކޮޅު ކިޔައިލެވުމާއެކު އަޒަލްގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. ވަގުތުން ރިއާންއާއި ދިމާއަށް ބަލައިލެވުނު ހިނދު، އެ ހިތުގައި ވީ އުފާވެރިކަން ބަޔާންކޮށްދޭންވެސް ދައްޗެވެ.

“ހެޕީތަ..؟” އަޒަލްގެ ގައިގައި ބައްދައިލަމުން ރިއާން އަހައިލީ ނިކަން ލޯބިންނެވެ.

“ވަރަށް ހެޕީ.. ވަރަށް ވަރަށް ހެޕީ..” ރިއާންގެ ހަށިގަނޑުން ދޫކޮސްލަން ބޭނުން ނުވެފައި ހުރެ، އަޒަލްއަށް ބުނެވުނެވެ.

“އެކަމަކު އަދި ނުނިމެ އިނގޭ..” އަޒަލް އޭނާގެ ގަޔާ ދުރުކޮށްލަމުން، ރިއާން އަޒަލްގެ ކަރުނަތައް ފުހެލައިދިނެވެ. އެއަށްފަހު ޖީބުން ނެގި ރިހި ކުލައިގެ ފަށް އަޒަލްއަށް ދައްކައިލިއެވެ. އެއާއެކު އަޒަލްގެ ދެލޯ ވިދައިގަތީ އުފަލުގެ ކޮޅެއް ނެތް ފަދައަކުންނެވެ.

“ތެންކްޔޫ ސޯ މަޗް ރިއާން.. އައި.. އަހަރެން.. އަހަންނަކަށް ނޭނގޭ ބުނާނެ އެއްޗެއް ވެސް..” އުފާވެފައި ހުރެ އެ ފަށުގައި ހިފަން އަޒަލް ދިއްކޮށްލި އަތް މަތަކުރީ ރިއާންއެވެ.

“އަޒްއެއް ނޫން.. އަހަރެން ބޭނުން މި ފަށް އަޅުވައިދޭން..” އާދޭހުގެ ރާގެއްގައި ރިއާން ބުނެލި ގޮތުން އަޒަލްގެ ޙަރަކާތްތައް ވަގުތުން މަޑު ޖެހުނެވެ.

“އެކަމް.. އޭރުން.. އަހަރެން.. ބުރުގާ.. މީ..” ބުނަން ބޭނުންވި ވާހަކަ އިބާރާތް ކުރަން އަޒަލްއަށް އުނދަގޫ ވިއެވެ.

“ޕްލީޒް އަޒް.. އަހަރެން މި ކޮންދިން ކަންތަކުގެ ބަދަލުގައި ހަމައެކަނި މިވަރު އަހަންނަށް ކޮށްލަދީ.. އަހަރެން ބޭނުމީ އަހަރެންގެ އަތުން އަޒްގެ ކަރުގަ މި ފަށް އަޅުވަދޭން..” ރިއާންގެ އަޑުގައި ވީ އާދޭހުގެ ރާގާއެކު އަޒަލްއަށް އިންކާރު ކުރަން އުނދަގޫ ވިއެވެ.

“ޕްލީޒް..؟” ރިއާން އެ ލަފްޒު ބުނެލި ގޮތުން އަޒަލްގެ ހިތް އޭގެ މަގާމުން ދޫވެގެން ދިޔަ ގޮތް ވެސް ނޭނގުނެވެ. ހިނިތުންވެލާފައި، އަޒަލް ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓި ހުރެ، ލަސްލަހުން އޭނާގެ ޝޯލްގައި ހުރި ޕިންތައް ނައްޓަން ފެށިއެވެ. ޝައުގުވެރިކަމާއެކު އަޒަލްގެ ހަރަކާތްތަކަށް ބަލަން ހުރި ރިއާންގެ ދެލޮލުގައިވާ ވިދުވަރު ބަދަލުވީ، އަޒަލްގެ ބޯމަތިން ޝޯލް އޮހިގެން ދިޔުމުންނެވެ. އެއާއެކު ދަގައްފާނަށް ދަގަނޑު ދަމާ އުސޫލުން ރިއާންއަށް އަޒަލްގެ ކައިރިޔަށް ދެވުނެވެ.

ރިއާންގެ ހޫނު ނޭވާގެ އިހުސާސް އޭނާގެ ކަނދުރާއަށް އެޅުމުން އަޒަލްއަށް ސިހިފައި ރިއާންއާ ދިމާއަށް އެނބުރެވުނެވެ. އެއާއެކު ރިއާންގެ ބެލުމުގައިވީ ތަފާތުކަން ފެނި އަޒަލްއަށް ވަގުތުން އިސްޖަހައިލެވުނެވެ.

“މޭ އައި..؟” އަތުގައި އޮތް ފަށް ދައްކައިލަމުން ރިއާން އެއްސެވެ. އެއާއެކު އަޒަލް ލަދުވެތި ހިނިތުންވުމަކާއެކު އަނެއކާވެސް ރިއާންއަށް ފުރަގަސް ދިނެވެ. ލޯގަނޑުން ފެންނަމުން ދިޔަ އެކަކު އަނެކެއްގެ ސޫރަޔަށް ނަޒަރު ހުއްޓާލައިގެން ދެމީހުން ތިބެފައި، ކުއްލިއަކަށް ރިއާންގެ އަތް ޙަރަކާތް ކުރަން ފެށިއެވެ. އަތުގައި އޮތް ފަށް އަޒަލްގެ ކަރުގައި އަޅައިދިން އިރުވެސް، ރިއާން ތޫނު ނަޒަރު، ލޯގަނޑުން ފެންނަމުން ދިޔަ އަޒަލްގެ ސޫރަޔާ ވަކި ނުވެއެވެ.

ރިއާންގެ ފިނިކަން އެކުލެވިގެންވީ އިނގިލިތައް އަޒަލްގެ ކަނދުރާގައި ބީހިލި ހިނދު އަޒަލްގެ ދެލޯ މެރިގެން ދިޔައެވެ. ލޯގަނޑުން އެ މަންޒަރު ބަލަން ހުރި ރިއާންގެ ތުންފަތަށް ވަގުތުން ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އެއް އަތުން އަޒަލްގެ އިސްތަށިގަނޑުގައި އައްސާފައި އިން ވޫލްކޮޅުގައި ހިފައި ދަމައިލިއެވެ. އެއާއެކު މިނިވަން ވެގެން ދިޔަ އަޒަލްގެ ދިގު، ރާޅު އިސްތަށިގަނޑު ފެނި ރިއާންގެ ތަލިން ކުޅު ހިކުނު ފަދައެވެ. ވަގުތުން އަޒަލްގެ އެ ރީތި އިސްތަށިގަނޑުގެ ތެރޭގައި އަތް ހިންގައިލެވުނު ހިނދު، ތެޅިގަނެފައި އަޒަލް ރިއާންއާއި ދުރުވިއެވެ.

“ވާއު އަޒް.. ޔޫ އާރ ސޯ ސޯ ޕްރިޓީ.. އަހަރެން މޮޔަވާހާ އަޒް ރީތި..” އަނެއްކާވެސް އަޒަލްގެ އަތުގައި ހިފައި، ކައިރިޔަށް ދަމައިލަމުން ރިއާން އަޒަލްއަށް ތައުރީފު ކޮށްލިއެވެ. އެއަށްފަހު މަޑުމަޑުން އަޒަލްގެ ކަނދުރާއާ ދިމާއަށް ރިއާން ގުދުވާން ފެށުމުން އަޒަލްގެ ހިތް ގެނބިގެން ދިޔަ ގޮތް ވެސް ނޭނގުނެވެ. ރިއާންގެ އަތް އަޒަލްގެ މުޅި ހަށިގަނޑުގައި ދަތުރު ކުރަން ފެށުމާއެކު ރިއާންގެ މޭގައި އަތް އަޅައި ކޮއްޕައިލެވުނީ، ރިއާންގެ އެ ގާތްކަމުން އަޒަލްއަށް އުނދަގޫ ވީތީއެވެ.

“ކިހިނެއްތަ ވީ އަޒަލް..؟ އަހަރެމެން މި އުޅެނީ ރައްޓެހި ވެގެންނޭ.. ކޮބާތަ މައްސަލައަކީ..؟” ރިއާންގެ އަޑާއި ރާގު ބަދަލުވީ ކުއްލިއަކަށެވެ. އެއާއެކު އަޒަލްއަށް ގަބޫލު ނުކުރެވިފައި ރިއާންއާއި ދިމާއަށް ބަލައިލެވުނެވެ. ދާދި ދެންމެއަކު ލޯބިން އެ ހިތް ފުރައިލަދިން ރިއާންއަށް މިހާރު އެހުރީ ކިހިނެއް ވެފައި ބާވައޭ އޭނާގެ ހިތަށް އެރިއެެވެ.

“ރިއާން.. ނޫން.. ދިސް އިޒް ނޮޓް ރައިޓް.. މީ އަހަރެމެން ކޮށްގެން ވާނެ ކަމެއް ނޫން.. ޕްލީޒް..” ދެލޮލުން ކަރުނަ އޮހެ ޙާލު، އަޒަލްގެ އަޑު އައީ ކެނޑި ކެނޑިގެންނެވެ.

“އަހަރެން އަޒަލްއަށް ކަންތައް ކޮށްދޭންވީމަ އެވްރީތިންގް އިޒް ރައިޓް.. އެކަމަކު ބަދަލުގަ އަޒަލް އަހަންނަށް ކަމެއް ކޮށްދޭންވީމަ ކުއްލިއަކަށް އިޓްސް ރޯނގް.. އަހަރެން މި ހުރިހާ ކަމެއް ކޮށްދިނީކީ ތިގޮތަށް އަޒަލް ދުރަށް ދިޔަ ދޭކަށް ނޫނޭ.. އަޒަލް ހިތްހަމަޖެހުނީމަ އެކަނި ނިމުނީތަ..؟ ދެން ކޮބާ އަހަރެންގެ ހިތްހަމަޖެހުން..؟ އަހަރެންގެ އުފާ..؟ އަހަރެން އަޒަލްއާ ދޭތެރޭގައި ވިސްނާ ގޮތަށް އަޒަލް ކީއްތަ ވާނީ އަހަންނާ މެދުވެސް ވިސްނައިލިއްޔާ..؟ ވައި އާރ ޔޫ ސޯ އިންކޮންސިޑަރޭޓް؟!” ރިއާންގެ ރުޅިގަނޑު ފަޅައިގެން ދިޔައީ ކުއްލިއަކަށެވެ. އެއާއެކު އަޒަލްއަށް ބިރުން އަތުގައި އޮތް ޝޯލް، އިތުރަށް އަތުތެރެޔަށް ބޮނޑި ކޮށްލެވުނެވެ.

“ރިއާން ޕްލީޒް.. ތިހެން ނުވިސްނަބަލަ.. އަހަރެން ރިއާން ދެކެ ވަރަށް ވަރަށް ލޯބިވޭ.. އަހަރެން-” އަޒަލްއަށް ޖުމުލަ ފުރިހަމަ ކުރާނެ ފުރުސަތެއް ރިއާން ނުދިނެވެ.

“އަޒަލް އަހަރެން ދެކެ ލޯބި ވަމޭ ދެން ނުބުނާތި.. ލޯބިވާ ނަމަ އަޒަލް ކަންތައް ކުރާނީކީ ތިހެންނެއް ނޫން.. އަހަރެންގެ މިހައި ރަނގަޅަށް އަޒަލްއަށް ކަންތައް ކޮށްދޭ އިރު ބަދަލުގަ އަޒަލްއަށް އަހަންނަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް.. އަޒަލް އަހަރެން ދެކެ ލޯބިވާ ނަމަ އަހަންނަށް އިތުބާރު ކުރާނެ.. އަހަރެން އަޒަލްއަށް ބޭނުންވީމަ ތިގޮތަށް ދުރަކަށް ނުދާނެ..” ރިއާންގެ އަނގައިން ނުކުތް ކޮންމެ ލަފްޒެއް ރުވާފައި ދިޔަ ތީރެއް ފަދައިން ހެރުނީ ސީދާ އަޒަލްގެ ހިތަށެވެ. ހޯސްލާފައި ދެލޮލުން ކަރުނަތައް ފައިބައިގަތް ހިނދުން އަޒަލްގެ ހިތް ވެސް ފޮތިފޮތިވެގެން ދިޔަ ފަދައެވެ.

“ޕްލީޒް ރިއާން.. ތިހެން ނުބުނޭ.. އަހަރެން.. އަހަރެން ރިއާން ދެކެ ލޯބިވާ ވަރު ދެނެވޮޑިގެން ވާނީ ހެއްދެވި ފަރާތް.. ހެޔޮނުވާނެ.. ރިއާން މި ހުރިހާ ކަމެއް ބޭނުންވި އިރު އޭރުވެސް އަހަރެން ބުނި ގޮތަށް ރީތި ގޮތުގަ ކައިވެންޏާ ހިސާބަށް މި ގުޅުން ގެންދިޔަ ނަމަ.. ރިއާންގެ އަނތްބެއްގެ މަގާމުގަ ހުރިހާ ދުވަހަކު އަހަރެން ރިއާންގެ އެއްވެސް އެދުމަކަށް ފުރަގަހެއް ނުދޭނަން.. އެކަމަކު މިއަދު… މިއަދު ރިއާން ތި ބޭނުންވާ ފަދަ ބޮޑު ފާފައަކަށް އަރައިގަނެވޭކަށް އަހަންނަކަށް ނެތް.. ޕްލީޒް.. އަހަރެން ރިއާން ދެކެ ވާ ލޯބި މި ގޮތަށް ސާބިތުކޮށްދޭން ނޭދޭ.. އަހަންނަށް އެކަމެއް ނުވާނެ..” ގިސްލެވޭ ޙާލުވެސް އަޒަލް ބެލީ ރިއާންއަސް ވިސްނައިދެވޭތޯއެވެ. ނަމަވެސް އަޒަލްގެ އެއްވެސް ވާހަކައަކުން ރިއާންއަކަށް އަސަރެއް ކުރިހެންނެއް ހީނުވެއެވެ.

“ދެން އަޒަލް ކިތަންމެ ފަހަރަކު އަހަރެން ދެކެ ލޯބިވެޔޭ ބުންޏަސް އަހަންނަކަށް ގަބޫލެއް ނުކުރެވޭނެ.. އަހަންނާ ދޭތެރޭ ކުޑަވެސް އިތުބާރެއް އަޒަލްގެ ހިތުގައި ނެތްކަން މި އެނގުނީ.. އަޒަލް ކުޑަކޮށްވެސް އަހަންނާ މެދު ވިސްނައިލި ނަމަ، މިއަދު އަހަރެންގެ އެދުމެއްގަ ތިގޮތަށް ކޮޅުފައިން ޖަހާފަކައި ނުދާނެ.. ދެން އަނެއްކާވެސް ހަމަ އެއްކަލަ ކައިވެނީގެ ބަނދިވަރު.. އަޒަލް ހެޔޮނުވާނެ! އިރު އަރާފަ އިރު އޮއްސޭ ދުވަހެއް ނުދެޔޭ އަޒަލްގެ އަނގައިން ކައިވެނީގެ ވާހަކަ ބޭރުނުވާ ދުވަހެއް.. ވީ އާރ ނޮޓް އިން ދަ ނައިންޓީސް އެނީމޯރ! އަހަރެން ހީކުރީ އަޒަލްވެސް ރަނގަޅަށް ކިޔަވައިގެން ހުރި ހަރުދަނާ މީހެއް ވީމަ ތި ބޯދާ ވިސްނުންގަނޑު ދޫކޮށްލާނެ ކަމަށް.. އެކަމަކު އަހަރެން ހީކުރި ކަހަލަ މީހަކަށް އަޒަލްއެއް ނުވި.. އަހަރެން ބޭނުންވާ ކަހަލަ ބައިވެރިއކަށް ވެސް އަޒަލްއަކަށް ނުވެވުނު!” ރިއާންގެ ކޮންމެ ޖުމުލައަކުން އަޒަލްގެ ހިތުގައި ވީ ޒަޚަމް ދިޔައީ ފުންވަމުންނެވެ. އިތުރަށް އެއްޗެސް ބުނާނެ ހިތްވަރު ނެތި، އަޒަލްގެ ދެފައިން ވާގި ދޫވި އިރު، އަޒަލްއަށް ދެކަކޫ މައްޗަށް ތިރިވެވުނެވެ. މޭގައި އަތް އަޅާލައިގެން އިނދެ ގިސްލަމުން ދިޔަ އަޒަލްއަށް ފަރުވާކުޑަ ނަޒަރެއް ދީފައި ރިއާން އެ ކޮޓަރިން ނުކުތެވެ. އަޒަލްގެ ޙާލާއި މެދު ހަމްދަރުދީ ވެގެން ނަމަވެސް، އެންމެ ފަހަރަކުވެސް އަޒަލްއާއި ދިމާއަށް ބަލައިވެސް ނުލައެވެ.

ރިއާން ދިޔަ ފަހުން ވެސް އެ ގޮތުގައި ބައިގަޑިއިރެއްހާ އިރު އިނުމަށް ފަހު، އަޒަލް ގިސްލުމުގެ އަޑު މަޑުވެގެން ދިޔައެވެ. ނޭފަތް ދަމައިލަމުން، އަޒަލް އޭނާގެ ދުޅަވެފައިވާ ދެލޯ އުނގުޅައިލިއެވެ. އަދި ރުއިމުގެ ސަބަބުން މަޑު ރަތްކަމެއް ވެރިވެފައިވީ މޫނުގައި އަތް ފުހެލަމުން ނޭފަތް ދަމައިލިއެވެ. ކަށީގައި ނެތް ހިތްވަރު ލައި، އަޒަލް އިން ތަނުން ތެދުވެ، ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން މިފަހަރު އަޒަލްގެ ހިތަށް ވެރިވީ ތަފާތު އިހުސާސްތަކެކެވެ. އިސްދަށަށް ޖަހައިލެވުނު އިރު، ދެންމެ ކަރުގައި ރިއާން އަޅުވަދިން ފަށުގައި ހިފަހައްޓައިލެވުނެވެ. އިރުކޮޅަކު އެގޮތުގައި ހުރުމަށްފަހު އަޒަލް އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލިއެވެ. އަދި ގޮނޑިމަތީގައި އޮތް އޭނާގެ ޝޯލް ނނަގާފައި، ސާދާ ގޮތަކަށް ބޮލުގައި އޮޅައިލިއެވެ. މޫނުމަތި ކުޑަކޮށް ރީތިކޮށްލަމުން އަޒަލް ބެލީ އަވަހަށް އެތަނުން ނުކުމެވޭތޯއެވެ. ގެސްޓްހައުސްއިން ނުކުމެވެންދެންވެސް އަޒަލް ހުރީ އިސްދަށަށް ޖަހައިގެންނެވެ. މިވަގުތު އަމިއްލަ ނަފްސު ކިލަނބުވެފައި ހުރި ހާލަތުން އަޒަލްއަށް އެހެން މީހަކާ ހަތަރުކަި ހަމަކުރާނެ ހިތްވަރު ވެސް ނުލިބުނީއެވެ.

ގެސްޓްހައުސްއިން ނުކުމެ، އަޒަލް މަގުގެ ދެފަރާތަށް ބަލައިލިއެވެ. އެއްވެސް ހިސާބަކުން ރިއާންގެ ހިލަމެއް ވާން ނެތުމުން އަޒަލްގެ ހިތް ވަގުތުން މާޔޫސް ވިއެވެ. މިފަދަ ތަނެއްގައި އޭނާ އެކަނި ކޮށްލާފައި، އެއްވެސް ވިސްނުމެއް ނެތި ރިއާން އެ ދިޔައީ ހަމަ އެއްވެސް ވަރަކަށް އަޒަލް ދެކެ ލޯބި ނުވާތީ ހެއްޔެވެ؟ ރިއާން ހަމަ އެއްވެސް ވަރަކަށް އޭނާއާ ދޭތެރޭގައި ނުވިސްނަނީ ބާވައެވެ؟

އަތުކުރީގައި އޮތް ގަޑި ބަލައިލަމުން އަޒަލްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ދިހައެއްޖަހައި ބޮޑުވެފައި ހުރި އިރު، އޭނާ ބޭނުންވީ އަވަހަށް ގެޔަށް ދާށެވެ. އެހެނަސް ހިނގާފައި އެހިސާބަށް ދިޔުމަކީވެސް އަވަސްވާނޭ ކަމެއް ނޫނެވެ. މިވަގުތު އެ ހުރި ހާލުގައި ހުރެގެން އަފާން ކުރެން ބަލައި އައުމަށް އެދިއްޖެ ނަމަ، އަފާންގެ ސުވާލުތަކާ ކުރިމަތިލާން ޖެހޭނެކަން އަޒަލްއަށް ޔަގީން ވެއެވެ. ބައްޕަގެ އެއްވެސް ސުވާލަކައި ކުރިމަތިލާނޭ ހިތްވަރެއް މިވަގުތު ނެތީތީ، އިތުރު އެއްވެސް ގޮތެއް ނެތިގެން އަޒަލް ފޯނު ނަގައި، ޔައިލްގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ.

“ހަލޯ އަޒް..” ޔައިލްގެ އަޑުގައިވީ ނިދީގެ އަސަރުތަކުން އަޒަލް އޭނާގެ ބޭނުން ހާމަކުރުމަށް ފަސްޖެހުނެވެ. މި ހޭދަވީ ދެތިން މަހުގެ ތެރޭގައި އެއްވެސް ވަރަކަށް ޔައިލްއާ ވާހަކަ ދައްކާފައި ނުވާ އިރު، އެގޮތަށް ޔައިލްގެ ކިބައިގެން ކަމަކު އެދެން ވުމުން އަޒަލް ލަދުގަތެވެ.

“މީ.. އުނދަގޫ ގަޑިއެއްތަ..؟” އަޒަލް އަހައިލީ ޔަގީންކޮށްލުމަށެވެ.

“ދެން އަޒް ގުޅީމަ އަހަންނަށް އުނދަގޫ ގަޑިއެއް ފަސޭހަ ގަޑިއެއް އޮންނާނެތަ..؟ ކިހިނެއް ހަދައިދޭންވީ..؟” ލުއި ހުނުމަކާއެކު ޔައިލް ބުނެލި ގޮތުން އަޒަލްގެ ހިތް މާޔޫސްވީ ހަމަ އެފަދައިން ރިއާން ވެސް އޭނަޔާ މެދު ކަންތައް ކޮށްދޭނެ ނަމައޭ ހިތަށް އެރުމުންނެވެ. ރިއާން ނިދާފަ އޮންނަ ގަޑިއަކު އަޒަލްއަށް ގުޅުނަސް ކޮށްލާ ވަރު ހަނދާން ވުމުން އަޒަލް ހިތުގައިޖެހުނެވެ. ބޭއިޚްތިޔާރުގައި ރިއާންއާއި ޔައިލް އަޅައިކިޔައިލެވުނެވެ.

“ހަލޯ.. ހަލޯ..؟ އަޒް..؟ އެބަ ހުރިންތަ..؟” ޔައިލް ދެތިން ފަހަރަކު ގޮވައިލީ އަޒަލްގެ ޚަބަރެއް ނުވުމުންނެވެ.

“އަ.. އާނ.. މީ.. އަހަރެން ބަލައި އާދެވިދާނެތަ..؟” ހަމަބިމަސް އާދެވުނު މީހެއް ފަދައިން އަޒަލް އަހައިލިއެވެ.

“ކޮންތާކަށް..؟ ލޯވ ފަރްމް އަށް..؟” ޔައިލް އަހައިލީ އަޒަލް މިވަގުތު އޮފީހުގައި އުޅެފާނެތީއެވެ.

“ނޫނޭ.. މީ.. ބޯގަންވިލާ ގެސްޓްހައުސް ކުރިމައްޗަށް..” ގެސްޓްހައުސްގެ ނަން ބޯޑަށް ބަލައިލަމުން އަޒަލް ބުނެލިއެވެ.

“ވަޓް..؟ ގެސްޓް ހައުސްއެކޭ..؟ އަޒް ތިތާ ކީއް ކުރަނީ..؟” ވަގުތުން ޔައިލްއަށް އަހައިލެވުނީ އަޒަލް އެތަނުގައި ހުންނަން ޖެހޭ ސަބަބެއް ނުވިސްނުމުންނެވެ.

“ދެން މާ ވާހަކަ ގިނަނުކޮށް އާދެބަލަ..” އަޒަލް އެހެން ބުނުމާއެކު މި ދަނީއޭ ބުނެފައި ޔައިލް ފޯނު ބޭއްވިއެވެ. އެޔާއެކު އަޒަލް ފުން ނޭވާއެއް ފަޒާގެ ތެރެޔަށް ދޫކޮށްލީ ޔައިލްގެ ސުވާލުތަކާ ކުރިމަތިލުމަށް ތައްޔާރު ވަމުންނެވެ.

ދިހަވަރަކަށް މިެޓު ތެރޭގައި ޔައިލް އައިސް އަޒަލްގެ ކުރިމައްޗަށް ސައިކަލު ހުއްޓައިލިއެވެ. ހުދުކުލައިގެ ޓީޝާޓަކާއެކު ޑެނިމް ސޯޓެއް ލައިގެން އިން ޔައިލްގެ އިސްތަށިގަނޑު ވަނީ ހޭވިފައެވެ. މޫނުމަތީގައި އަދިވެސް ނިދީގެ އަސަރުތައް ހުރި އިރު ޔައިލް އިރުއިރުކޮޅާ އެސްފިޔަ ޖަހައިލަނީ ރަނގަޅަށް ނިދިން ހޭލުމަށެވެ.

“އަޒް.. ކިހިނެއް.. ކިހިނެއް ވެފަ ތިހުރީ..؟” އަޒަލްގެ މޫނުމަތިން ތަފާތުކަމެއް ފެންނަހެން ހީވުމުން ޔައިލްއަށް އަހައިލެވުނެވެ. އެއާއެކު އަވސްއަވަހަށް އިސްދަށަށް ޖަހައިލަމުން އަޒަލް ޔައިލްގެ ފަހަތަށް އެރީ އެެއްވެސް ކަމެއް ނުވެޔޭ ބުނާ ފަދައަކުންނެވެ. ދެލޯ ހަނިކޮށްލަމުން ޔައިލް ސައިކަލު ދުއްވައިލި ނަމަވެސް އެ ހިތުގައިވީ ޝައްކުތަކާއި ވަހުމުތައް ފިލައިގެނެއް ނުދިޔައެވެ. ވޭތުވެގެން މި ދިޔަ ހަތަރުވަރަކަށް މަހުގެ ތެރޭގައި އަޒަލްއަށް އައިސްފައި އެވާ ބަދަލުތަކުގެ ސިއްރުތައް މިރޭ ހޯދުމަށް ޔައިލް އަޒުމް ކަނޑައެޅިއެވެ.

އިރުކޮޅަކު ދުއްވައިލުމަށްފަހު ޔައިލް ސައިކަލު ހުއްޓައިލީ ރަސްފަންނަށެވެ. ޔައިން ސައިކަލު ޕާކު ކޮށްލުމުން ދެބުމަ ގޮށްޖަހާލައިގެން ހުރެ އަޒަލް ސައިކަލުން ފޭބިއެވެ.

“ކީއްވެ މިތަނަށް އައީ..؟” އަޒަލްގެ ސުވާލަށް ޖަވާބެއް ދިނުމެއް ނެތި ޔައިލް ހިނގައިގަތީ ކުރިޔަށެވެ. ހިލަތަކުގެ މައްޗަށް ޔައިލް އެރުމުން، އަޒަލްވެސް ހެދުން ކޮށިކޮށްލާފައި، އެތަނަށް އެރިއެވެ. ތަންކޮޅެއް މީހުން މަދު ހިސާބަކަށް ގޮސް ޔައިލް އިށީން އިރުވެސް އެއްވެސް އެއްޗެއް ބުނެނުލައެވެ.

“އިށީންދޭ..” ޔައިލް މިފަހަރު ހީވީ އަމުރެއް ކޮށްލިހެންނެވެ. އެއްވެސް ދެކޮޅު ހެދުމަކައި ނުލައި އަޒަލް ޔައިލްގެ ގާތުގައި އިށީނީ ޔައިލްއަށް ކުރެވުނު އިތުބާރެއްގެ ސަބަބުންނެވެ.

“އަހަރެން ދުވަސްކޮޅެއް ވެއްޖެ އަޒްއާ މިވާހަކަ ދައްކަން އުޅޭތާ.. އެކަމަކު އަޒް އަހަންނަށް ފުރުސަތެއް ދީގެން ދޯ ވާހަކައެއް ވެސް ދެއްކޭނީ.. ދީސް ޕާސްޓް ފޯރ މަންތްސް ތެރޭ އަޒް ވަރަށް ބޮޑަށް ބަދަލު ވެއްޖެ.. އަޒްގެ މިޒާޖަށް ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އައިއްސި.. އަޒްގެ ފެމިލީއާ ފްރެންޑްސްއާވެސް އަޒް ވަރަށް ދުރުވެއްޖެ.. އަޒްގެ ވޯރކްއާވެސް ވަރަށް ދުރުވެއްޖެ.. އަދި.. އަދި އަހަންނާވެސް އަޒް ވަރަށް ދުރުވެއްޖެ..” އެންމެ ފަހު ޖުމުލަ ބުނެލި އިރު ޔައިލްގެ އަޑުގައިވީ ޝަކުވާގެ އަސަރުތަކުން އަޒަލްއަށް އިސްއުފުލައިލާ، ޔައިލްއާ ދިމާއަށް ބަލައިލެވުނެވެ. އޭރު ޔައިލްވެސް އިނީ ކަޅިޖަހައިލުމެއް ނެތި އަޒަލްއަށް ނަޒަރު ހުއްޓާލައިގެންނެވެ. އެހިނދު ޔައިލްގެ ކަޅުކުލައިގެ ފުން ދެލޮލުން ތަފާތު ވިދުވަރެއް ފެނިލިހެން އަޒަލްއަށް ހީވީ ކީއްވެ ކަމެއް ނޭނގުނެވެ.

 

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

އިންސާފް (ބާވީސްވަނަ ބައި)

Next

ނުލިބޭނެހޭ އަލުން އެހީ (ފަހު ބައި)

Next
September 30, 2024

ނުލިބޭނެހޭ އަލުން އެހީ (ފަހު ބައި)

Previews
September 30, 2024

އިންސާފް (ބާވީސްވަނަ ބައި)

24 Comments!

  1. RIFSHA says:
    September 30, 2024 at 1:23 pm

    Hey nayoo loabee…
    Mi part vx vrh reethi ingey.
    Kon irakun next
    Varah kiyaalaa hithun mi hury.e riaan eh ulhey goi dho.massala akee az burugaa negyma.ekam loabi vaa thy dho dhennn.ekam riaan vany loabbei noon ehen nama eyna ekahala gulhumei kaivenin beyruga hingan huthu vx naalhaane.aneika loabi vaam meehaku enme kuda minvarakah burugaa baalan vx nubunaane.
    Hey nayaa varah reethi ingey mi part and yaleen ge bayeh gennahchey ingey next ga.yail and az ey.not Riaan.
    Curiously waiting for the next part
    Love you nayaa ❤️

  2. Reader says:
    September 30, 2024 at 1:41 pm

    Vrh vrh reethi mi part Ma Sha Allah.. 💞
    Dhen huri part thakah vrh inthizaaru kurevey.

  3. Reem says:
    September 30, 2024 at 1:59 pm

    Vrh reethi Ekm I think thankolheh Kuru hn😩
    Why so late😩.. Waiting for next…

  4. Girly says:
    September 30, 2024 at 3:02 pm

    Masha Allah mi part vx varah varah reethi…
    E riaan dheke vrh foohi vey…
    Alhe next part ga yaleen aa shayaam ge baeii genes dhehcheyy?.
    Whn next

  5. Repunzil says:
    September 30, 2024 at 3:39 pm

    Mi part ves vv reethi
    Curiously waiting for the next part

  6. Dhonthi says:
    September 30, 2024 at 4:36 pm

    Finally…..
    Baaghi up vejje dhw..😀
    Ummeedhu kuran nxt prt vrh avahah kiyaalan libeyne kamah

    1. Dhonthi says:
      September 30, 2024 at 4:39 pm

      Vaahk*** aslu eyny
      Baaghi eh noon
      Typing error eh eiii

  7. gurrrrl says:
    September 30, 2024 at 4:58 pm

    this is hama ehme perfect
    when next partcuriously waiting

  8. Army girl says:
    September 30, 2024 at 5:05 pm

    Woww v reethi mi part when next curiously waiting 💜

  9. Fream gurll says:
    September 30, 2024 at 8:47 pm

    Maashaa allah ❤️❤️…. It is a beutiful story readed for ever. I can’t wait for the next part…. 😊
    Appreciated your hard work☺️

    1. Anonymous says:
      September 30, 2024 at 8:48 pm

      Dream gurll ge commenteh

  10. Cutie girl says:
    September 30, 2024 at 10:33 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Azal andyYail gulhuvachey
    They both are made for each other other
    Shayaam and yaleen ves gulhuvachey
    Riyaan haadha goahey
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you naayoo ❤️😍

  11. Sheia says:
    October 1, 2024 at 5:55 am

    Please upload the next part soon!! Can’t wait!

  12. Nayaa Nayaa says:
    October 1, 2024 at 10:20 am

    Hurihaa comment akah vakivakin reply nukurevunas comment kuri hurihaa kudhinnah ves varah bodah shukuriyyaa! hurihaa comment eh ves hama baraabarah kiyan.. varah ufaavey support kuraa mihaa baivaru kudhinnaa meehun thibeethy.. next part liyumuge masakkathuga mihaaru ves mi ulheny hama… In Sha Allah mi week nimumuge kurin genesdheveythoa balaanan.. mihaaru alhuganduge alevel feshifaivaathy baraabarah vaahaka genesnudhevunas In Sha Allah vee varakun vaahaka upload kohdheynan.. love you all <333

    1. Anonymous says:
      October 6, 2024 at 9:47 pm

      Dear just focus on your exams these days, you need to get a good result , you can continue when it’s over so there won’t be further delay🤗 good luck on your exams

    2. Nayaa says:
      October 9, 2024 at 6:29 pm

      Aww this means sm to mee!! Things have been pretty hard like focusing on studies and extracurricular activities and exams..alevel is no joke fr😭😭..have been thinking about taking a break from writing..will let you guys know after I take a decision! Once again, thank you so so soo muchbfir understanding.. I love you!! 🥹❤️

  13. Army girl says:
    October 7, 2024 at 6:42 pm

    I agree you anonymous

  14. Ashwerr says:
    October 12, 2024 at 11:37 pm

    Next episode when?

  15. Ian😊 says:
    October 12, 2024 at 11:49 pm

    Comment nukuriyas, I read this story regularly and it has become one of ky favs. I’m always eagerly waiting for the next part. Aah!! Every morning I visit esfiya, just to see if u uploaded, abadhuvx vrh inthixaar kureve up kuraane dhuvahakah. But these days are very important for your future ehnma focus on your studies for now. Hope you get an awesome result on your Alevel exams!! I’ll keep you in my duas. all the best nayaa 🙂👍🏻 I will he devastated if u do take a break from writing but It’s completely your decision and will support you no matter what; insha Allah😊. Sorry for this super long comment😂

    1. Dream gurll says:
      October 22, 2024 at 6:49 pm

      Hey nayaa i always understood your buzy life. always appreciated you hard work. i hope you get a good result for your a level exams.. ❤️😉so I’ve been waiting for the next part soon☺️❤️🙂❤️..
      Always My fav author I luv you❤️❤️..

  16. White rose White rose says:
    October 20, 2024 at 2:14 pm

    When is next?

  17. Dra says:
    October 22, 2024 at 1:34 pm

    Next episode konirakun

  18. Dream gurll says:
    October 22, 2024 at 1:34 pm

    Next episode konirakun

  19. Jennie says:
    November 15, 2024 at 3:08 pm

    Next part konirakun

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެވޭތީ… 11←


All Right Reserved!