
އަނިޔާ.. 16 ވަނަ ބައި..
އިތުރަށް ދާނެ ތަނެއް ނެތުމުން އަނެއްކާވެސް އަހަރެން މިސްރާބު ޖެހީ އަހަރެންގެ ކޮޓަރިއާއި ދިމާލަށެވެ. އެކަމަކު އަހަރެންނަށްވަނީ ވަރަށް ބޮޑު ހިންހަމަޖެހުމެއް ލިބިފައެވެ. ބުނަން ނޭނގޭ ކަހަލަ އުފާވެރިކަމެއް އަހަރެންނަށް އިހްސާސް ކުރެވެމުން ދިޔައެވެ. އެއީ މިޝްކާއާއި އެކު ހެނދުނުގެ ސައިބޮވުނީމަ ބާއެވެ. ނޫނީ އަޔާޒް ރުޅި އަރުވާލެވުނީމަ ބާއެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެންނަށް މީގެކުރިން ވަރަށް މަދުން ނޫނީ މިގޮތަށް ހިތްހަމަޖެހިވިފައެއް ނެތެވެ. އަދި އެވެސް މިމަސައްކަތަށް ނިކުންފަހުންނެވެ.
އެދުވަހުގެ ބޮޑުބައި ދިޔައީ އެއްވެސް ކަމެއް ނެތިއެވެ. ކޮޓަރީގައި އެކި އެކި ކަންކަމުގައި ވިސްނުމުގައެވެ. ސިކުނޑި އެކި ކަންކަމުގައި ގޮއްވުމުގައެވެ. ހިތާއި ދިމާލަށް އެކިއެއްޗެހި ގޮވުމުގައެވެ. ކޮޓަރީތެރޭގައި އެހެން އިން ވަގުތުތަކުގައި ދެތިން ފަހަރެއްގައި އަހަރެންނަށް ނިދުނުވެސްމެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އަހަރެންނަށް ހޭލެވުނީ އަހަރެންގެ ނިދި ހަރާބުކޮއްލާ ހުވަފެން ފެނިގެންނެވެ. ހޭލެވޭ ކޮންމެ ފަހަރަކު އަހަރެންގެ ގައިގައި ހުންނަ ލޭތަށް ފެނި ހިތަށް ވެރިވެގެންދަނީ ކޮންކަހަލަ ބިރުވެރިކަމެއްކަންވެސް ނޭނގޭއެވެ. އަނެއްކާ އެކަމުގެ ސަބަބުން އަހަރެންގެ ސިކުނޑިއަށް އަސަރުކޮށް އަހަރެން މޮޔަވަނީ ބާއެވެ. އެހެންވެއްޖެނަމަ ދެން މިމަސައްކަތަށް ވާނީ ކިހިނެއް ހެއްޔެވެ. އަހަރެންނަށް މިވަރު މިވަނީ އަދި އަހަރެން މީހަކު މަރައިގެނެއްވެސް ނޫނެކެވެ. ނަމަވެސް މީހަކު މެރިތަނުގައި ހުރެގެންނެވެ. އަދި މީހަކު މަރާމީހަކަށް ކިހާވަރެއް ވާނެބާއެވެ. ނުނީ އެމީހުން އަހަރެންނަށް ވުރެއް ނަފްސާނީ ގޮތުން މާ ވަރުގަދައީ ހެއްޔެވެ. ކޮންމެގޮތެއްވިޔަސް އަހަރެންނަށް މިހުރިހާ ކަމެއް ނުކުރެވޭނެއެވެ. އަހަރެން މޮޔަވުމުގެ ކުރިން މިކަން ނިންމަން ޖެހޭނެއެވެ. އެކަމަކު އަދި މިކަމުގެ ނިމޭކޮޅު ފެނުމުގެ އެއްވެސް އަލާމާތެއް ނެތެވެ.
އަނެއްކޮޅުން ރޭގަނޑު ވުމާއި އެކު އަހަރެން ހުޝާމްއާއި ބައްދަލު ކުރަން ދާންޖެހޭނެއެވެ. އޭނައާއި ކުރަންވެފައި ހުރި ސުވާލުތަށްވެސް އެހާ ގިނައެވެ. އޭނަ ސަލާމަތް ކުރާނެގޮތަކާއި މެދުވެސް އަހަރެން ވިސްނަން ޖެހޭނެއެވެ. އަހަރެން މިކަމުގެ ތެރެއަށް ވަންއިރުގައި އަހަރެންގެ މިޝަންއަކީ މީގެ އެންމެ އަޑީގައި ތިބި ބައެއް ހޯދުމެވެ. ނަމަވެސް މިހާރު ހުޝާމް ސަލާމަތްކުރުން އަދި އަހަރެންގެ ބައްޕަ މަރާލުމަށް އަމުރުނެރުނު މީހުންވެސް ހޯދުން އެއީ އަހަރެން ކުރަން ޖެހޭ ކަމެކެވެ. މިހުރިހާ ކަމެއް ކުރެވޭނެބާއެވެ. އަހަރެންނަށް މިކަން ކާމިޔާބު ވާނެ ބާއެވެ.
ހަވީރުގެ ވަގުތެވެ. އަހަރެން އޮތީ އެނދުމަތީގައި އޮށޯވެލައިގެން އަހަރެންގެ ސިކުނޑި އެކިއެކި ކަންކަމުގައި ގޮއްވުމުގައެއވެ. އެވަގުތު އަހަރެންގެ ފޯނު ރިންގްވާން ފެށިއެވެ. ފޯނު ނަގާ ޑިސްޕްލޭ ބަލާލަމުން ފޯނު ނެގީމެވެ. “ކީކޭ މާޒިން” އެކޮޅުން ވާހަކަ ދެއްކީ މާޒިންއެވެ. “އޭ އާދެބަލަ ކޮފީއެއް ބޯލަން” މާޒިން ބުނެލިއެވެ. އަހަރެން އޮތީ ކޮންމެވެސް ކަމެއް ކޮއްލަން ބޭނުންވެފައި ކަމުން ވަގުތުން އާއެކޭ ކޮންތަނަކަށް ހޭ އަހައިފީމެވެ. މާޒިން ދާންވިތަން ބުނުމުން އަވަހަށް ރެޑީވެގެން އެދިމާލަށް މިސްރާބު ޖަހައިފީމެވެ. އަހަރެން މަޑުކޮއްލީ ހާބަރުގެ ކަޑައެއް ކައިރީގައެވެ. ސައިކަލު ޕާކް ކޮއްލުމަށްފަހު އެތެރެއަށް ވަދެއްޖައީމެވެ. މާޒިން އަހަރެން ފެނުމާއި އެކު އަތުން ހަނާއަޅާލިއެވެ. އޭރު މާޒިން ކައިރީގައި އެހެންމީހަކުވެސް އިށީދެލައިގެން އިނެވެ. ނަމަވެސް އެމީހަކު އިންގޮތުން އަހަރެންނަށް އެމީހާގެ މޫނެއް ނުފެނެއެވެ. އަހަރެން ހަމަޖެހިލަމުން އެދިމާލަށް ދިޔައީމެވެ. އަހަރެން އެތަނަށް ހުއްޓެލުމުން މާޒިން ވާހަކަ ދެއްކިއެވެ. “ހޭ ޝާމް މިއީ ނިހާދު…” މާޒިން އަހަރެންނަށް ނިހާދު ތައާރަފް ކޮށްދިނެވެ. އަހަރެން ނިހާދު އާއި ދިމާލަށް ބަލާލަމުން ހީލީމެވެ. އަދި ސަލާމް ކޮށްލުމަށް އަތްދިއްކޮށްލީމެވެ. ނިހާދު އަހަރެން ސަލާމް ބަލައިގަނުމުގެ ގޮތުން އަހަރެންގެ އަތުގައި ހިފާލިއެވެ. ނަމަވެސް ފުދޭވަރަކަށް ބާރަށެވެ. އަހަރެން ނިހާދުއާއި ދިމާލަށް ބަލާލީމެވެ. “މިއީ ދޯ ޝާމްއަކީ” ނިހާދު އަހަރެންގެ އަތުން ދޫކޮއްލަމުން ބުނެލިއެވެ. އަހަރެން ހިނިތުންވެލަމުން އިށީނީމެވެ. “ނިހާދު އާއި އެންމެ ފަހުން ބައްދަލުވީތާ ދޯ.. މާޒިން ވަރަށް ނިހާދުއަށް ތައުރީފްކުރި އިނގޭ” އަހަރެން ބުނެލީމެވެ. އެވަގުތު ނިހާދު ހިނިގަނޑެއް ޖަހާލިއެވެ.
“އަހަރެންގެ ތައުރީފް މާޒިން…. މާޒިން އަކީ ހަމައެކަނި ޝާމްއަށް ތައުރީފް ކުރާމީހެއް… ގްރޫފްގެ އެހެންމީހެއްގެ ރަނގަޅު ވާހަކައެއް މީގެކުރިން ދައްކާފައެއް ނެން… އަދި އަމުދުން އަހަރެންގެ ރަނގަޅު ވާހަކަ ނުވެސް ދައްކާނެ” ނިހާދު އެހެންބުނެލި ގޮތުން އަހަރެން މާޒިންއާއި ދިމާލަށް ބަލާލީމެވެ. “ޔަ… އަސްލު އެހާ އޯކޭއެއް ނުން” މާޒިން މަޑުމަޑުން އަހަރެންނަށް އެކަނި އިވޭވަރަށް ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ. “ސޯ ކިހިނެއްތަ ހުރިހާ ކަމެއް…” ނިހާދު އަހާލިއެވެ. “ހުރިހާ ކަމެއްވެސް އޯކޭ… ދެން އެހެންނޫނަސް މިހާރު އެއްވެސް ކަމަކާއި ވިސްނާކަން ނުޖެހޭނެތާ ދޯ” އަހަރެން ހަމަޖެހިލަމުން ބުނެލީމެވެ. އެވަގުތަކީ އަހަރުމެންގެ މޭޒަށް އޯޑަރު ގެނެސްދިން ވަގުތެވެ. ތިން މީހުންވެސް އެދުނީ ކޮފީއަކަށެވެ. އަހަރެން ކޮފީތަށި ބެހެއްޓުމުން ކޯވަރެއް ބޯލީމެވެ. “އެހެންތަ ހުރިހާ ކަމެއްވެސް އޯކޭތަ” ނިހާދު ފާޑަކަށް ބަލަހައްޓައިގެން އިދެ އަނެއްކާވެސް އަހާލިއެވެ. ހީވާނީ ބަނޑުހައިވެފައިވާ ބުޅަލެއް މަސްގަނޑަކާއި ދިމާލަށް ބަލާހެންނެވެ. “ޔަ އަހަރެން ބޭނުންވާ ހުރިހާ ކަމެއް ތިމީހުން ކޮށްދެމެއްނުން ދޯ… ” އަހަރެން ބުނެލީމެވެ. “ހޫމް ދޯ… އެކަމަކު އަހަރުމެންނަށްވެސް ހަރަދު ކުރެވޭނީ ވަކި ވަރަކަށް ދޯ…. ޝާމް ނޫޅެއްތަ ކަމެއް ފަށާކަން… މިބުނީ …. އަހަރުމެން މިއުޅެނީ ޑީލް ކުރާނެ މީހެއް ހޯދަން… ޝާމް ފަށަން ވީނުން އެމަސައްކަތް” ނިހާދުގެ ބޭނުމެއް އަހަރެންނަކަށް ނޭނގުނެވެ. ނަމަވެސް އެއީ އަހަރެންނަށް ރަނގަޅު ފުރުސަތަކަށް ވެދާނެއެވެ. ހުރިހާ އެއްޗެއް ރެޑްކޮށް އަތުލެވޭނެ ރަނގަޅު ގޮތެކެވެ. “ނޫން.. އަދި އަހަރެން ކަމެއް ފަށާކަން ބޭނުމެއް ނުވޭ… އެކަމަކު ތި ފުރުސަތު އޮވެއްޖެނަމަ ނުވިސްނާނެމެކޭ ނޫން… ބަޓް ނޮޓް ނައު” އަހަރެން ބުނެލީމެވެ. އެވަގުތު ނިހާދު ބިޑިއެއް ރޯކޮއްލިއެވެ. އަދި އަހަރެންނަށް ދިއްކޮށްލިއެވެ. އަހަރެންނަސް ވަގުތުން ބޯހޫރާލެވުނެވެ. “އޭނައަކީ ބޭރުގައި ބޭނުންކުރާ މީހެއްނޫން… ހަމައެކަނި ކޮޓަރީގަ އޭނަ ބޭނުންކުރަނީ” މާޒިން އަހަރެން ދިފާއުކޮށްދިނެވެ. “އެހެންދޯ” މޫނަށް ފާޑެއްގެ ގޮތެއް ހަދާލަމުން ނިހާދު ބުންޏެވެ.
“އަދި ތިޔެއް ނޫނޭ… މިހާރު ޝާމް ދަނީ ކޮންކުއްޖެއް ކައިރިއަށްތަ” ނިހާދު ކަމެއް ހަނދާން ވާގޮތަށް ބުނެލިއެވެ. “އަހަރެން ކާކު ކައިރިއަށް ދަނީ” އަހަރެންނަށް ނޭނގޭތީ އަހާލެވުނެވެ. “މިޝްކާ” މާޒިން އޭނަގެ ކޮފީތަށިން ކޯވަރެއް ބޯލިއެވެ. އެހެންބުނުމާއި އެކު އަހަރެންނަށް ހެވުނެވެ. “ނޫން އެއީ” “އަހަރެން ބުނީމެން ނުން ޝާމް އަކީ މީހުން ކައިރިއަށް ދާ މީހެން ނޫނޭ” މާޒިން އަހަރެންގެ ޖުމްލަ ނިންމާލަދިނެވެ. “އެހެންވެ ދޯ މިޝްކާމެންގެއިން ރޭގަ ޝާމް ފެނުނީ” ނިހާދު ބުނެލިއެވެ. އަހަރެންނަށް ހެވުނެވެ. ދެމީހުންވެސް ވާހަކަ ދައްކަމުން ދިޔަ ގޮތުން އަހަރެންނަށް ހީވީ އަހަރެންނަށް އިދެވުނީ ކޯޓެއްގެ ތެރޭގައި ކަމެވެ. ދެ ވަކީލުން އަހަރެންގެ މައްސަލަ ބަލަމުން ދިޔަކަހަލައެވެ. އެހެން ހިތަށް އެރުމާއި އެކު އަހަރެންނަށް އަނެއްކާވެސް ހެވުނެވެ. “ޝާމް އަކީ މީހުން ކައިރިއަށް ދާ މީހެއްނޫނޭ… އޭނަގެ ގޮތް އަހަރެންނަށް އެގޭތީއޭ މިބުނަނީ” މާޒިން އަޑަށް ބާރުލަމުން ބުނެލިއެވެ. “ނޫން އަހަރެން ރޭގައި މިޝްކާ މެންގެއަށް ދިޔައިން” އެންމެ ފަހުން އެދެމީހުންގެ ކަރުގައި ހިފާފާނެ ބިރަށް އަހަރެން ވާހަކަ ދެއްކީމެވެ. އެހެން ބުނެލުމާއި އެކު މާޒިން ހައިރާން ކަމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. ނިހާދުގެ މޫނުމަތީގައި ކުޅެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ. “އެކަމަކު އަހަރެން އެގެއަށް ދިޔައީ މިޝްއަށް ކަމެއްގައި ހެލްޕް ކޮށްދިނުމަށް… އެނޫން ގޮތަކަށް ނޫން” އަހަރެން ބުނެލީމެވެ. “އެހެންވެ ދޯ ދަންވަރު ދިޔަ މީހާ ފަތިހު ނިކުތީ” ނިހާދު އަހަރެންނަށް ފާރަލާކަން އެގުމުން އަހަރެން ކޮންމެވެސް ވަރަކަށް ބިރުގަތެވެ. “ނޫން އަހަރެންނަށް ވީގޮތަކީ…” “ކޮންމެ ގޮތަކަށް ކަންތަށްވިޔަސް ތިއީ ކުރަން ރަނގަޅު ކަމެއް ނޫން” ނިހާދު އަހަރެންގެ ޖުމްލަ މެދުކަނޑާލަމުން ބުނެލިއެވެ.
“ކޮބާތަ ރަނގަޅު ނޫން ކަމަކީ” އަހަރެން ހައިރާން ކަމާއި އެކު ނިހާދުއަށް ބަލާލީމެވެ. “ތިގޮތަށް މިޝްކާ އާއި ގުޅުން ބޭއްވުމަކީ… އަހަރުމެން އަބަދުވެސް ހޯދަނީ ރެއަކަށް މީހެއް… އަހަރެން މައްސަލައެއް ނުޖައްސަން އެގޮތަށް މިޝްކާ ކައިރިއަށް ދާކަން… އެކަމަކު އެއަށްވުރެއް އިތުރަށް ތި ގުޅުން ނުގެންދާތި” އަމުރުވެރި ރާގެއްގައި ނިހާދު ބުނެލިއެވެ. އަހަރެން ހައިރާންވިއެވެ. އަހަރެންގެ ލައިފްގެ ޑިސިޝަން ނަގަން މީ ކާކު ހެއްޔެވެ. “އަހަރެން ކުރާނެ ކަމެއް… އަހަރެން އުޅޭނެ ގޮތެއް ވެސް އެގޭނީ އަހަރެންނަށް… އަހަރެން ކޮންމެ މީހެއް ކައިރިއަށް ދިޔަޔަސް އެއީ އެއްވެސް މީހަކާއި ބެހޭނެ ކަމެއް ނޫން… އަހަރެންގެ ޕާސަނަލް ލައިފްގެ ތެރެއަށް ގްރޫޕްގެ އެއްވެސް މީހަކަށް ނުވަދެވޭނެ” އަހަރެން ރުޅިވެރިކަމާއި އެކު ނިހާދުއަށް ޖަވާބު ދިނީމެވެ. “އަހަރުމެންގެ އެންމެންގެ ޕާސަނަލް ލައިފް އަކީ އެކެއްޗެއް… ޝާމް ކުރާ ކަމެއްގެ ސަބަބުން އަހަރުމެން އެންމެންނަށް އަސަރު ކުރާނެ މިހާރު… މާޒިން ނުބުނޭތަ އެވާހަކަ ތަކެއް” ނިހާދު މާޒިން އާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އަހަރެން މާޒިން އާއި ދިމާލަށް ބަލާލީމެވެ. “އޭނަ ކޮންމެ ވާހަކައެއް ބުންޏަސް އަހަރެންގެ ލައިފް ގެންގުޅޭނެ ގޮތެއް އެގޭނީ އަހަރެންނަށް… ކަލޭމެން ބުނާ ކަންތައްތަށްވެސް މަ ކުރަން… އެކަމަކު އޭގެ މާނައަކީ މަގޭ ލައިފްގެ ތަޅުދަނޑި ތި މީހުންއަތަށް ދޭށެކޭ ނޫން ދޯ” އަހަރެން މާޒިންއަށް ބަލާލަމުން ބުނެލީމެވެ. އަހަރެން ހަގީގަތުގައިވެސް ރުޅި އަންނަން ފެށިއެވެ.
އެހެންކަމުން އެތަނުން ތެދުވެގެން ދިއުމަށް އަހަރެން ބޭނުންވިއެވެ. ގޮޑިން އަހަރެން ތެދުވީ އެބޭނުމުގައެވެ. “ކޮންމެ މީހެއްގެ އަތުގައި ތަޅުދަނޑި އޮތަސް ދެޑް ޑަޒަން މީން ޔޫ ކޭން ޑޫ އެނީ ތިން” ނިހާދު ބުނެލިއެވެ. “އަހަރެން ކުރަނީ އަހަރެން ކުރަން ބޭނުންވާ ކަންތަށް… އަދިވެސް އެހެން އެކަންތަށް ކުރާނަން.. ކަލޭމެން އުޅޭގޮތަކަށް މަށެއް ފާޑެއް ނުކިޔަން… އަހަރެން އުޅޭގޮތަށްވެސް ފާޑު ނުކިއްޔާ ރަނގަޅު ވާނީ… އަހަރެން އަދިވެސް ބޭނުންކަމެއް.. ބޭނުން ގޮތަކަށް ކުރާނީ …. އެކަމަކާއި ނިހާދު ކީއްކުރަން މާޒިން އަކާއި ވެސް ނުބެހެވޭނެ… ” ނިހާދުގެ ކަންފަތް ކައިރީގައި ރުޅިވެރިކަމާއި އެކު އެހެންބުނެލަމުން އެތަނުން ނިކުތީމެވެ. ސައިކަލް ކައިރިއަށް ގޮސްފައި ދެލޯމަރާ ބާރުކޮއްލަމުން ދެތިން ނޭވާ ފަޒާގެ ތެރެއަށް ދޫކޮއްލީމެވެ. “ޝާމް” އަހަރެން ލޯ ހުޅުވާލީ މާޒިންގެ އަޑު އިވުނީމައެވެ. “އާ ޔޫ އޯކޭ” އަހަރެންގެ ކައިރިއަށް އައިސް ހުޢްޓެލަމުން މާޒިން އަހާލީއެވެ. “އޭނަ އެއީ ކާކުތަ މަގޭ ލައިފްގެ ކަންތަކާއި ބެހޭކަން… އޭނައަށް ކީއްތަ މަ ކޮންމެ މީހަކާއި ރިލޭޝަން ބޭއްވިޔަސް” އަހަރެން އައިސްފައިވާ ރުޅީގައި ވާޙަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ. “ހަމަޖެހިބަލަ… އޭނަ ޝާމްއަކަށް ނޫނޭ އަސްލު އެހެން އެކީ… އަހަރެންނާއި ދިމާލަށް… އައި ނީޑް ޓޯކް ޓު ޔޫ..” މާޒިން ބުނެލިއެވެ. “އހަރެން މިދަނީ ރޫމްއަށް” އަހަރެން އެތަނުގައި ވާހަކަ ދައްކަން ހުންނާނަކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން އަހަރެން ސައިކަލަށް އަރާ ސްޓާޓް ކޮއްލީމެވެ. “އޯކޭ އަަހަރެންވެސް މިދަނީ” މާޒިން އެހެންބުނެލަމުން އަނެއްކާވެސް އެތެރެއަށް ވަދެއްޖެއެވެ.
އަހަރެން އަވަހަށް ގޮސް ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލީމެވެ. ނަމަވެސް އަހަރެންނަށް އެހެން އޮވެވުނީ އިރުކޮޅަކު އެވެ. ތެދުވެ ކޮޓަރި ތެރޭގައި ހިގެން ފެށިއެވެ. އަހަރެންގެ އެތެރޭގައި އަދަމުން ދިޔަ އަލިފާންގަނޑު ހީވަނީ ބޭރަށް ނިކުންނަށް އުޅޭހެންނެވެ. ނިހާދު އެއީ ކާކު ކަމައްހެއްޔެވެ… އަހަރެން މިގްރޫޕްގައި ކޮންމެ ގޮތަކަށް އުޅުނަސް އެކަކަށްވެސް އެއްވެސް އެއްޗެއް ނުބުނެވޭނެއެވެ. އަަހަރެންގެ ލައިފް ގެންގުޅޭނީ އަހަރެން ބޭނުންވާ ގޮތަށެވެ. ކުޅިބައި އަތުރާނީ އަހަރެން ބޭނުންވާ ގޮތަށެވެ. އެކަމަކަށް ގްރޫޕަކުންވެސް އަހަރެންގެ މަތިން ހުންނަ ވެރިއަކަށްވެސް ނުބެހެވޭނެއެވެ. ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ މާޒިން ދޮރުގައި ޓަކި ޖަހާލިއެވެ. އަހަރެން ދޮރު ހުޅުވާލުމާއި އެކު މާޒިން އެތެރެއަށް ވަނެވެ. “ސޮރީ ނިހާދު އެގޮތަށް ވާހަކަ ދެއްކީމަ” މާޒިން އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “އަހަރެން އެއްވެސް ވަރަކަށް ހިތްހަމައެއްނުޖެހޭ އެހެންމީހުން އަހަރެންގެ ލައިފްއާއި ބެހޭކަން” އަހަރެންގެ އަޑުންވެސް މާޒިންއަށް އަދިވެސް އަހަރެން ހުރީ ހިންހަމަނުޖެހިފައިކަން އެނގޭނެއެވެ. “އައި ނޯ… އަސްލު ނިހާދު އަކީ މިގްރޫޕްގައި އަހަރެން ދެކެ ރުޅި އަންނަ މީހާ… އަބަދުވެސް ނިހާދު ބޭނުންވަނީ ހުރިހާ ބާރެއް… އެކަމަކު ފުއާދު ވަނީ ދެމީހުންނަށް ދެމަސައްކަތް ދީފައި… އަހަރެންގެ މަސައްކަތަކީ ހުރިހާ މެންބަރުގެ ކަންތައްތަށް ބެލުން… ނިހާދުއަށް ހުރިހާ ބޮޑެތި ކަންތައްތަށް އޮގަނައިޒް…. އޭނަ ބޭނުންވަނީ ދެކަންތައްވެސް އޭނަ އަމިއްލައަށް ކުރަން… އެހެންވެ ކޮންމެ ދިމާލަކުންވެސް އަހަރެންގެ މިސްޓޭކްއެއް ފެނޭތޯ އޭނަ ބަލާނެ…” މާޒިން ވާހަކަ ދައްކަމުން އެނދުގައި އިށީދެލިއެވެ.
“އެކަމަކު އަސްލު ނިހާދު ބުނީ ތެދެއް އިނގޭ ޝާމް… ޝާމްއާއި މިޝްކާ އެކަހަލަ ރިލޭޝަންއެއް އޮންނަ ކަމައްވަންޏާމު ރަނގަޅެއް ނުވާނެ” މާޒިން އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ކޮންކަހަލަ… ކީކޭ ކިޔަންތަ ތިއުޅެނީ… އަހަރެންގެ ކޮންމެ ރިލޭޝަންއެއް ކޮންމެ މީހަކާއި ބޭއްވިޔަސް އެއީ މި ގްރޫޕްގެ އެއްވެސް މީހަކާއި ބެހޭނެ ކަމެއް ނޫން” އަހަރެން އެތެރޭގައި ހިންދާފައި ހުރި ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލައެވެ. “ޝާމް… ޝާމްވެސް ވިސްނީމަ އެނގޭނެ އަސްލު އެހެންމީހުންނަށްވެސް ތިކަމުން އެފެކްޓް ކުރާނެކަން… މިޝްކާއަކީ އަނެއް ގްރޫޕްގެ ބޮޑުމީހާގެ ކޮއްކޮ… އަޔާޒް ބޭނުމެއް ނުވާނެ އެކަހަލަ ރިލޭޝަންއެއް އެއްގޮތަށް މިޝްކާއާއި ބާއްވާކަން…. އަދި ބާއްވާކަން އެގިއްޖެނަމަ އޭނަ ކުރާނެ ކަމެއްވެސް ނޭނގެ” މާޒިން ވާހަކަ ދެއްކީ މަޑުން އަހަރެންނަށް ވިސްނާ ދޭ ގޮތަކަށެވެ. އަހަރެން މާޒިންނާއި ދިމާލަށް ބަލާލީމެވެ. މީގެން ކޮންމެ މީހަކުވެސް ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެއެވެ. އަހަރެން ޖެހޭނީ އެވަރު ވިސްނާށެވެ. “އޯކޭ… އެކަމަކު ރިޔަލީ އަހަރެންނާއި މިޝްކާއި ތި މީހުން ތިހީކުރާކަހަލަ އެއްވެސް ގުޅުމެއް ނުއޮންނާނެ” އަހަރެން މާޒިންއާއި ދިމާލަށް ބަލާލަމުން އަޑު މައިތިރި ކުރަމުން ބުނެލީމެވެ. “އިޓްސް ގުޑް ޓު ނޯ” މާޒިން ބުނެލިއެވެ. އަދި ތެދުވެގެން ދާން ހިގައިގަތެވެ. “ދަނީތަ.” މާޒިން ދާން ފެށުމުން އަހަރެން އަހާލީމެވެ. “ޔަ…. ކުޑަކަމެއް ނިންމަން އެބަ ޖެހޭ…” އެހެންބުނެލުމަށްފަހު އިތުރަށް މަޑު ނުކޮށް މާޒިން ބޭރަށް ނުކުތެވެ.
އަހަރެން ހަމަޖެހުމަށް ދެތިން ނޭވާއެއް ބޭރުކޮއްލީމެވެ. ނަމަވެސް އޭރުވެސް އަހަރެންގެ އެތެރޭގައި ވީ ހުރިހާ ރުޅިގަނޑެއް އަހަރެންގެ އެތެރެހަށި ކަމުންދާ ކަހަލަ އިހްސާސްއެއް އަހަރެންނަށް ކުރެވެމުން ދިޔައެވެ. އަހަރެން ހަމަޖެހުމަށް ކުރަމުންދިޔަ ހުރިހާ މަސައްކަތެއް ދިޔައީ ބޭކާރު ވަމުންނެވެ. އެންމެ ފަހުން އަހަރެން އެނދުމަތީގައި ހުރި ބާލީސްތަށް އުކާލީމެވެ. އެވަރުންވެސް މީހާ ހަމަޔަކަށް ނޭޅުނެވެ. އަވަހަށް ކޮޓަރިން ނިކުތީމެވެ. އަހަރެންގެ އަތުން ކޮޓަރީގައި ހުރި ފަރުނީޗަރުތަށް ހަލާކުވެދާނެ ކަމުގެ ބިރަށް ޓަކައެވެ. ގަޑިން އޭރު ހައެއް ޖަހަނީއެވެ. އަހަރެން ސައިކަލަށް އަރާ ސްޓާޓް ކޮށްލުގެ ކުރިން ފާރިޝްއަށް މެސެޖްއެއް ފޮނުވާލީމެވެ. ފާރިޝް ގުޅީ އަހަރެން ސައިކަލް މަތީގައި އިންދައެވެ. އެހެންކަމުން ސައިކަލް ޕާކް ކޮށްލުމަށްފަހު ފޯނު ނަގާ ކަންފަތުގައި ޖަހާލީމެވެ. “ހަލޯ” އަހަރެން ގޮވާލީމެވެ. “ކީއްކޭ.. ކިހިނެއްވީ” ފާރިޝް އަހާލިއެވެ. “އަހަރެން ކަމެއް ވެގެންތަ ފާރިޝްއަށް ގުޅަން ޖެހެނީ… ” އަހަރެން ބޭނުންވީ ފާރިޝް ރުޅި އަރުވާލާށެވެ. “މަށަށް އެނގޭ މިކަހަލަ ގަޑިއެއްގައި ޝާމް ނުގުޅާނެކަން ކަމެއް ނުވާނަމައެއް…. ސޯ ބުނެބަލަ ކިހިނެއްވީތަ” ފާރިޝް އަހާލިއެވެ. “ބައްދަލު ވެދާނެތަ މިގަޑީގައި” އަހަރެން ބުނެލީމެވެ. “މިގަޑި މިއީ ބައްދަލުވުން ހަމަޖެހިފަ އިން ގަޑިއެއްވެސް ނޫނެއްނުން… އަނެއްކާ ކިހިނެއްވީ…. އާ އިންފޮމޭޝާން” “ނޫން ދެން އޯކޭ އެހެންވެއްޖެނަމަ… މިރޭ މީޓްވާނީ” ފާރިޝްގެ ޖުމްލަ ނިންމާލުމުގެ ގޮތުން އަހަރެން ބުނެލީމެވެ. އަދި ފޯނު ކަނޑާލުމަށްފަހު ސައިކަލް ސްޓާޓް ކޮއްލީމެވެ. އަހަރެން ބޭނުންވެގެން އުޅުނު ކަންތަކެއް ނުވިއެވެ. އަހަރެން ބޭނުންވީ އަހަރެންގެ މޭމަތީގައި ވާ ‘ހިލަގަނޑެ’އްގެ ސިފައިގައިވާ ރުޅިގަނޑު ބޭރުކޮއްލާށެވެ. ނަމަވެސް އެކަމެއް ނުވިއެވެ. އަހަރެން ބޮލުގެ ތެރޭގައި ނާށިގަނޑު ނެންތަނަމަ މިހާރު ސިކުނޑި ހަށިގަނޑާއި ވަކިވެގެން ހިގައިދާނެއެވެ. އެހާވެސް ސިކުނޑީގައި ރިއްސައެވެ. އެރޭގެ ހަތެއް ޖަހަންދެން އަހަރެން މުޅި މާލޭގައި ދުއްވީމެވެ. ވަކި މިސްރާބެއް ނެތިއެވެ. ހަތެއް ޖެހުމާއި އެކު އަހަރެން ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހީމެވެ.
މިރޭ މިއީ އަނެއްކާވެސް ހުޝާމްއާއި ބައްދަލު ކުރަން ޓައިމް ހަމަޖެހިފައިވާ ރެއެވެ. އަށެއް ޖަހާއިރަށް ޓައިމް ހަމަޖެހުނު ވާހަކަ ފާރިޝްވަނީ ބުނެފައެވެ. އަހަރެން ރެޑީވާން ފެށީމެވެ. ކޮންމެ ގޮތަކަށް ކަންތައް ދިމާވިކަމުގައިވިޔަސް އަހަރެން އޭނަ ސަލާމަތް ކުރަން ބޭނުމެވެ. ނަމަވެސް އެކަމާއި ހުރެ އަހަރެން އެރެން ޖެހޭނީ ކިހާ އޮއިގަދަ ކަނޑަކަށް ކަމެއްވެސް ނޭނގޭއެވެ. އަހަރެން ފެންވަރާލުމުން ކޮންމެވެސް ވަރަކަށް މީހާ ހަމައަކަށް އެޅުނު ކަހަލަ އިހްސާސްއެއް ކުރެވުނެވެ. އަވަހަށް ރީތި ވެލައިގެން ފާރިޝްއާއި ބައްދަލުވުމަށް ދިއުމަށް މިސްރާބު ޖެހީމެވެ. އަހަރެން ސައިކަލް ޕާކް ކޮށްލީ އަމީނީ ބިލްޑިން ކައިރީގައެވެ. އަދި ސައިކަލް ކައިރީގައި މަޑުކޮއްލައިގެން އަހަރެން ހުރީ ފާރިޝްގެ ފަރާތުން ސިގްނަލްއެއް ލިބެންދެންނެވެ. އަހަރެން އެތަނުގައި ހުންނަތާ ދިހަމިނެޓް ފަހުން އަހަރެންގެ ފޯނު ރިންގް ވާން ފެށިއެވެ. އަންނޯން އަރާއިފައި އިނުމުން އެއީ ފާރިޝްކަން އަހަރެންނަށް އެގުނެވެ. “ހަލޯ” ފޯނު ކަންފަތުގައި ޖަހަމުން ސައިކަލުގައި ލެގިލީމެވެ. “ސޮރީ މިއަދު އެގަޑީގައި ގުޅުމުން ވާހަކަ ނުދެއްކުނީމަ” ފާރިޝް ބުނެލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. ނަމަވެސް ސޮރީއޭ ބުނުމުން އަހަރެން ހިތްހަމަޖެހުނެވެ. “އަހަރެން ކުޑަކޮށް ބިޒީވީމަ އެގަޑީގައި ވާހަކަ ދައްކާނުލެވުނީ… އަސްލު ކިހިނެއްވީ” ފާރިޝް އަހާލިއެވެ.
“މިއަދު ނިހާދު އާއި ބައްދަލު ވެއްޖެ” އަހަރެން ހިގައިގަންނަމުން ވާހަކަ ދެއްކީމެވެ. ހުޝާމް މިވަގުތު ހުރީ މާލޭ ޖަލުގައި ބަހައްޓާފައެވެ. އެއީ މާދަން ހުޝާމްގެ މައްސަލައިގެ އަޑުއެހުމެއް އޮތުމުން މާފުށީޖަލުން މާލެ ޖަލަށް ބަދަލުކުރީއެވެ. އެހެންކަމުން އަހަރެން މާލެ ޖަލާއި ދިމާލަށް މިސްރާބު ޖެހީމެވެ. “އެހެންތަ ކިހިނެއް ދިޔައީ” ފާރިޝް ވާހަކަ ދެއްކިއެވެ. “މާރަނގަޅެއް ނޫން… އެކަމަކު އޭނަ ކުޑަކެމެއް އޮފާކުރި… އެމީހުންގެ ސްޓަފް އަހަރެން ތްރޫކޮށް ވިއްކާ ވިއްޔޯ… އަހަރެންބުނިން އަދި އެކަހަލަ ކަމެއް ކުރާކަން ނުވިސްނަމޭ” އަހަރެން ހިގަމުން ކުރިއަށް ދިޔައީމެވެ. “ސާބަސް ޝާމްއަށް.. ކިހާ ރަނގަޅު ފުރުސަތެއް ދި ދުއްވާލީ… އާއެކޭ ބުނިނަމަ… އަޅެ ކިހާ ރަނގަޅު ވާނެ” ފާރިޝް ބުނެލިއެވެ. އަހަރެންނަށް ހީލެވުނެވެ. ސަބަބަކީ ފާރިޝް ބުނާނީ އެހެންކަން އަހަރެންނަށް އެގޭތީއެވެ… އެއްވެސް މީހަކު އަހަރެންނަށް ވާ އުދަގުލަކާއި މެދު ނުވިސްނާނެއެވެ. “ތިކަން އަހަރެންނަށްވެސް އެނގޭ… އެކަމަކު އަހަރެން ޓަސްލަފައި އެކަމާއި އެއްބަސް ވެއްޖެނަމަ އެމީހުންނަށް ޝައްކެއް ވެދާނެތީ އަހަރެން ނޫނެކޭ ބުނީ” އަހަރެން ބުނެލީމެވެ. “އަދި ތިޔެއް ނޫނޭ… އަހަރެން ޝާމް ބުނިގޮތަށް ރިކޯޑް ބަލައިފިން” ފާރިޝް ކަމެއް ހަނދާންވާގޮތަށް ބުނެލިއެވެ. “އެހެންތަ… ކޮބާ ރިސަލްޓް އަކީ” އަހަރެންނަށް ފާރިޝް ފެނުނެވެ. ނަމަވެސް އޭނަ ހުރީ އަހަރެންނަށް ފުރަގަސް ދީގެން މާލެ ޖަލުކައިރީގައެވެ. އެހެންކަމުން އަހަރެން އޭނަ ކައިރިއަށް ހިގައިގަތި ފުދޭވަރަކަށް މަޑުންނެވެ. “މިޝްކާ ކިޔާ ކުއްޖެއްގެ ރިކޯޑް އިބައޮތް…” ފާރިޝްވެސް ވާހަކަ ދެއްކީ ފުދޭވަރަކަށް މަޑުންނެވެ. “ކޮން މައްސަލަ ތަކެއް ހުރީ” އަހަރެން އަހާލީމެވެ. “މަސްތުވާތަކެތީގެ މައްސަލަ، ބަދުއަހްލާގީ މައްސަލަ، އަމުރަށް ނުކިޔަންމަންތެރިވުމުގެ މައްސަލަ” ފާރިޝް ލިސްޓް ކިޔާލިއެވެ. “ޔަ ތިއީ އެމީހަކީ” އަހަރެން ފާރިޝްގެ ފުރަގަހަށް ހުއްޓެލަމުން ބުނެލީމެވެ. ފާރިޝް ދިޔައީ ސިހިގެންނެވެ. އަހަރެންނާއި ދިމާލަށް ބަލާލަމުން މަޑުމަޑުން އެއްޗެކޭ ބުނެލިއެވެ. އަހަރެންނަށް އެބަސް އިވުމާއި އެކު ހީގަނެވުނެވެ. “ކާކު” ފާރިޝް ހަމަޖެހެމުން އަހާލިއެވެ. “މީހެއް ނޫން” ބޯ ހޫރާލަމުން އަހަރެން ބުނީމެވެ. “ވަޓް އެވަރ.. މިހާރު ވަރަށް ސީކްރެޓް ވެގެން އިނގޭ ތިއުޅެނީ… އެނީވޭ ޑޯންޓް ޓޯކް.. ބިހޭވް” އަހަރެންނާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ފާރިޝް ބުނެލިއެވެ. އަހަރެން ހީލަމުން ބޯޖަހާލީމެވެ. އަދި އަތުގައި އޮތް ވޫލްކޮޅުން އަހަރެންގެ ބުޅި އިސްތަށިގަނޑު އައްސާލީމެވެ. ފާރިޝް ހުރީ ޔުނިފޯމްގައެވެ. އަހަރެން ފާރިޝް ފަހަތުން ހިގައިގަތީމެވެ.
ފާރިޝް އެތެރެއަށް ވަނުމުން ގާޑްގެ ގޮތުގައި އޭރު އެތަނުގައި ތިބި ދެމީހުން ސުވާލުގެ ނަޒަރުން ބަލާލިއެވެ. ހަމަގައިމުވެސް އެއީ އަހަރެން ހުރީމަކަން އަހަރެންނަށް އެގެއެވެ. “މިކޮޅަށް ސިޓީ ލިބިފައެއް ނުން އޮތީ… މިރޭ ޕްރިޒަނާއަކާ ބައްދަލު ކުރަން އަންނަ ވާހަކަ ދޯ” ފާރިޝް އެމީހުންގެ ސުވާލުން ފުރިގެންވާ މޫނު ފެނުމުން އަހާލިއެވެ. އަދި އެމީހުން ޗެކް ކުރަމް ފެށިއެވެ. ފާރިޝް ޗެކް ކޮށް ނިމުމުން އަހަރެން ހުއްޓެލީމެވެ. އެމީހުން އަހަރެންގެ ހުރިހާ ހިސާބެއްގައި އަތްލައި ޗެކް ކުރިއެވެ. އަހަރެން ހުރި ގޮތުން ގަންނޭގެއެވެ. ރުޅިވެސް އައެވެ. އަތްމުއްކަވާލެވުނެވެ. ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލަމުން ދެފަރާތަށް ބޯހޫރާލީ އަހަރެންގެ އަތްވުއްކަވާލީމެވެ. ދެލޯމަރާ ބާރުކޮއްލަމުން ތުންފަތުގައި ދަތްއަޅާލެވުނެވެ. އެމީހުން ފާސްކުރަންވި ވަރަށް ފާސްކުރުމުން އަހަރެން ދުރައްޖެހިލީމެވެ. “ނިމުނީތަ” ފާރިޝް އަހާލިއެވެ. އެމީހުން ބޯޖަހާލުމުން ފާރިޝް ހިގައިގަތެވެ. ވަކި ހިސާބަކުން އަނެއްކާވެސް ސެކިއުރިޓީއަކާއި ދިމާވެގެން ދެމީހުން ހިފެހެއްޓިއެވެ. ފާރިޝް އެމީހާ ސުވާލު ކުރުމުގެ ކުރިން ޖީބުން ސިޓި ނަގާ އެމީހާއާއި ހަވާލު ކޮއްލިއެވެ. ބާޒުތަކެއް އެއްޗެހީގެ ޝިކާރައަށް ބަލަމުން ދިޔަހެން އަހަރެންނާއި ދިމާލަށް އެތަނުގައި ތިބި އެންމެން ދިޔައީ ބަލަމުންނެވެ. އަހަރެންނަށް ފާރިޝްއާއި އެކު އާދެވުނުކަން ނަސީބެކެވެ. އެހެންނޫންނަމަ އެތަނުގައި ތިބި މީހުން ވަކިވަކިން އައިސް އަހަރެންގެ ހަން ނޮޅައިގެން ކާނެކަން އެއީ ޔަގީން ކަމެކެވެ. “ކޮބަ ޕްރިޒަނާ” ފާރިޝް އެތަނުގެ ސެކިއުރިޓީއެއް ކައިރީގައި އެހިއެވެ. އެމީހާ އަހަރެންނާއި އެކު ހުޝާމް ބަހައްޓާފައިވާ ސެލް އާއި ހަމައަށް ދިޔައެވެ. އަދި ދޮރު ހުޅުވާލުމަށްފަހު މަޑުކޮއްލިއެވެ. “ޔޫ ކޭން ގޯ ނައު” އެމީހާ މަޑުކުރުމުން ފާރިޝް ބުނެލިއެވެ. އަހަރެން ހުރީ ފާރިޝްގެ ފަހަތުގައެވެ. “އެކަމަކު” “އައި ކޭން ހޭންޑިލް ދިސް… އެހެންނޫނަސް ބޭނުންވަނީ ޕްރައިވެސީ… ސިޓީގައިވެސް އެވާހަކަ ވަކިން ބުނެފަ އިންނާނެ” އެމީހާއި ދިމާލަށް ހަރުކަށިކަމާއި އެކު ފާރިޝް ބުނެލިއެވެ. އެވަގުތު އެމީހާ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. ފާރިޝްވެސް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ބުމަ އަރުވާލީ ދެމީހުންނަށެވެ. “އަހަރެންނަށް އެނގޭ ތީ ވަރަށް ރަނގަޅަށް މަސައްކަތް ކުރަން ބޭނުންވާ މީހެއްކަން.. ބަޓް ބިލީވް މީ… އައި ކޭން ހޭންޑިލް ދިސް… އައި ކޭން ހޭންޑިލް ހިމް.. ޕްލީޒް….” ފާރިޝް އެމީހާގެ ކޮޑުގައި އަތްއަޅުވާލަމުން ވަރަށް މަޑުން ބުނެލިއެވެ. އަހަރެންނާއި ދިމާލަށް ބަލާލަމުންނެވެ. އަހަރެން ހިނިތުންވެލީމެވެ. އެމީހާ ހީލުމަށްފަހު އެތަނުން ދުރަށް ހިގައިގަތެވެ. ފާރިޝް އަހަރެންނަށް އެބުމަ އަރުވާލަމުން ސެލްގެ ދޮރުހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ.
“ކިހާ ދެރަކަމެއް…. ކަލޭމެންނާއި ހުރެ މަށަށް ހަމަޖެހިލައިގެން ނިދާވެސް ނުލެވޭ… ކޮންކަމެއްތަ ކަލޭމެން ބޭނުންވެގެން ތިއުޅެނީ… އަހަރެން ހުރިހާ ކަމަކަށް އެއްބަސްވީމަވެސް” އެހާ ހިސާބަށް ހުޝާމް ލަވަމުންދިޔަ ހަޅޭ ހުއްޓުނީ އަހަރެން ފެނުނީމައެވެ. އޭނަ އެހުރިހާ އެއްޗެއްކީ ފާރިޝްއަކީ ޕޮލިހަކަށް ވީމައެވެ. “ޝާމް” ހައިރާންކަމާއި އެކު އަހަރެންނާއި ދިމާލަށް ހުޝާމް ބަލާލިއެވެ. އަހަރެން އެތެރެއަށް ވަދެ ސެލްގެ ދޮރު ލެއްޕުމަށްފަހު ހުޝާމް އާއި ދިމާލަށް ބަލާލީމެވެ. އަހަރެންނާއި ފާރިޝްއާއި ދިމާލަށް ހައިރާންކަމާއި އެކު ބަލަމުން ހުޝާމް ދިޔައެވެ. “ހުޝާމް” އަހަރެން ހުޝާމްއަށް ގޮވާލީމެވެ. “ޝާމް މިތަނުގައި ކީއްކުރަނީ” ހުޝާމްގެ އަޑުގައި ހައިރާން ކަމާއި އެއްވަރަށް ބިރުވެރިކަން ފޮރުވިފައިވެއެވެ. އަހަރެން ފާރިޝް އާއި ދިމާލަށް ބަލާލީމެވެ. ފާރިޝް މަޑުމަޑުން ފަހަތަށް ޖެހިލިއެވެ. “މިއީ ކުރިން ފަހަރުވެސް ޝާމް އަހަރެންނާއި ބައްދަލު ކުރަން ހަމަޖައްސައިދިން މީހާ ދޯ” ފާރިޝްއާއި ދިމާލަށް ބިރުވެރިކަމާއި އެކު ބަލާލަމުން ހުޝާމް އަހާލިއެވެ. “ޔަ.. ހިޒް ނޭމް އިޒް ފާރިޝް” އަހަރެން ހުޝާމް ކައިރިއަށް ފިޔަވަޅެއް އަޅަމުން ބުނެލީމެވެ. “ފާރިޝް…. ވަޓް ހީ ވޯން” އެނަން އަޑު އިވުމާއި އެކު ހުޝާމްގެ މޫނުމަތިން ފެނިގެންދިޔައީ ހިތްހަމަނުޖެހުމެވެ. އަހަރެން ހައިރާންވިއެވެ. ފުރަތަމަ ބިރުގަނެފަ މިހާރު ރުޅިވެރިކަން ފާޅު ވާންވީ ކީއްވެ ހެއްޔެވެ. “ހުޝާމް އަހަރެން މިއައި ހުޝާމްއާއި ވާހަކަ ދައްކަން… އޭނަ އެއް ނުން” އަހަރެން ހުޝާމް އާއި ކައިރިއަށް ޖެހިލީމެވެ. ނަމަވެސް މިއަދު ހުޝާމް ހީވަނީ ބިރުން އުޅޭހެންނެވެ. އޭނައަށް ކޮންމެވެސް ކަމެއް ވެއްޖެއެވެ. ޔަގީނެވެ. ހުޝާމް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ހިނިތުންވެލީމެވެ. އަދި ހުޝާމްގެ ގައިގައި ބައްދާލީމެވެ. ހުޝާމްވެސް އަހަރެންގެ ގައިގައި ބައްދާލިއެވެ
“ކޮންވާހަކައެއް ދައްކަން” ހުޝާމް އޭނަގެ އެނދުމަތީގައި އިށީދެލަމުން އަހާލިއެވެ. އަހަރެން ހަށަން ބަދެލައިގެން ހުޝާމް ކުރިމަތީގައި ހުއްޓެލީމެވެ. ފާރިޝް އޭނަގެ ޔުނިފޯމްގެ ޖީބައް އަތްޖަހާލައިގެން އަހަރެންގެ ފަހަތުގައި ހުއްޓެލައިގެން ހުއްޓެވެ. “އަހަރެންމެން ވީޑީއޯ ބަލައިފިން” އަހަރެން ހުޝާމްގެ މޫނަށް ބަލަހައްޓައިގެން ހުރެ ބުނެލީމެވެ. އެވަގުތު އަނެއްކާވެސް އެމޫނުމަތިން ފެނިގެންދިޔައީ ހައިރާން ކަމެވެ. ” ވީޑީއޯތަކޭ… އެ ވީޑީއޯތަށް އެތަނުގައި ހުރިތަ” ހައިރާން ކަމާއި އެކު ހުޝާމް އަހާލިއެވެ. އޭނަ އެތަނުގެ ނަން ބުނީ އެތަނުގައި ހުންނާނެ ކަމަކަށް ނޫން ހެއްޔެވެ. “ވީޑީއޯތަށް އެތަނުގައި ހުރި ކަމެއް ނޭނގޭތަ” އަހަރެންނަށްވެސް ހައިރާން ކަމާއި އެކު އަހާލެވުނެވެ. “ނޫނޭ އަހަރެން ހީކުރީ އެމީހުން…” އެހާ ހިސާބަށް ބުނެފައި ހުޝާމް ހުއްޓާލިއެވެ. “ކާކުގެ ވާހަކައެއް ބުނަން ތިއުޅެނީ… ކޮންކަމެއްތަ ތިފޮރުވަނީ… ހުޝާމް ރިޔަލީ ޓެލްމީ” އަހަރެން ހުޝާމްއާއި ކައިރިވެލަމުން ބުނެލީމެވެ. ހުޝާމް އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. އެއްވެސް އެއްޗެއް ނުބުނެވެ. “ކަމޯން ހުޝާމް… އައި އޭމް ހިޔާ ޓު ހެލްޕް ޔޫ… ބަޓް އަދިވެސް ހުޝާމް ތިއުޅެނީ މަށަށް ކަންތައް ސިއްރު ކުރަންތަ… އެވީޑިއޯ ތަކުން ހުޝާމް އެމީހުން ނުމަރާކަން ނުލާހިކު ރަނގަޅަށް އެނގޭ… ދެން ކީއްވެ ނުކުރާ ކަމަކަށް އެއްބަސް ވީ…” އަހަރެން ބެލީ ވަރަށް ރީއްޗަށް ވާހަކަ ދެއްކޭތޯއެވެ. ނަމަވެސް އަހަރެންގެ ރުޅި އެއީ މިހާރު އަހަރެންނަށް ކޮންޓްރޯލް ކުރެވޭ އެއްޗެއް ނޫނެކެވެ. އަހަރެން ވާހަކަ ދެއްކުމުން ހުޝާމް އިސްޖަހާލިއެވެ. ތިމަންނައަށް ތިސުވާލުގެ ޖަވާބު ނުދެވޭނެއޭ ބުނާކަހަލަ ގޮތަކަށެވެ. އެގޮތަށް ކަންތައް ކުރުމުން އަހަރެން އެހާ މަސައްކަތުން ހިފަހައްޓައިގެން ހުރި ރުޅި އަހަރެން ފަޅާފައި ނިކުތެވެ.
” ވަޓް ދަ… ބޭނުންވަނީ މި ނުލަފާ އަނދިރި ގޮޅީގައި ހުޝާމް ހުންނަންތަ… އަހަރެން މިވަރަށް މަސައްކަތް ކުރާއިރު އެންމެ ފަހަރަކު…. ހުޝާމް ޕްލީޒް… ކޮންކަމެއްތަ ތި ފޮރުވަނީ… ކާކު ދެކެތަ ތި ބިރުގަންނަނީ… ކާކު ސަލާމަތް ކުރަންތަ ތިވަރުގެ ބޮޑު ކަމެއް ބޮލުގައި ތި އެޅީ… ވާހަކަ ދައްކަބަލަ… އަޑެއް ނީވޭތަ” އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ. “ޝާމް ހަމަޖެހިބަލަ….” ފާރިޝް އަހަރެންގެ އަތުގައި ހިފަހައްޓާ ފަހަތަށް ޖައްސާލަމުން ބުނެލިއެވެ. “ހަމަޖެހެވޭތަ…. އަހަރެން މިވަރަށް މީނަ ސަލާމަތް ކޮށްދެން އުޅޭއިރު އެންމެ ފަހަރަކު ކީއްތަ ވާނީ އަހަރެންނަށް އެއްބާރުލުމެއް ދެނިކޮށް… އެހެނެއް ނޫން… އޭނައަށް ކުރެވުނީ މާމޮޅުކަމަކަށް ވެގެން މިތަނަށް މަރުވާން ވަދެއްޖެއެއް ނުން” އަހަރެންގެ ރުޅި އަހަރެންނަށް ކޮންޓްރޯލްއެއް ނުކުރެވުނެވެ. “ޝާމް” ފާރިޝް އަހަރެންގެ ކޮނޑުގައި އަތްބާލަމުން ގޮވާލިއެވެ. އޭރުވެސް ހުޝާމް އިނީ އިސްޖަހާލައިގެންނެވެ. އަހަރެންނަށް އަތްމުއްކަވާލެވުނެވެ. “ހުޝާމް އަހަރެންނަކީ ޝާމްގެ އެކުވެރިއެއް… އަހަރެންނަށް އެނގޭ ޝާމްއާއި ހުޝާމް ތީ ބެސްޓް ބަޑީސްކަން… ސޯ އައި އޯލް ސޯ ވޯންޓް ހެލްޕް… އެކަމަކު…. ޔޫ ނީޑް ހެލްޕް އަސް ފަސްޓް” ފާރިޝް ކުރިއަށް ޖެހިލަމުން ވަރަށް މަޑުން ވާހަކަ ދެއްކިއެވެ. “އޭނަ އެކަކަށްވެސް އެހީއެއް ނުވާނެ… ބަހައްޓާ… އަހަރެންނަށް މިއެޅެނީ ފޫނެއް ފަޔަށް ފެން… އޭނަ މިތަނުގައި ހުރެ ދާނެއެއް ނުން އެ ސަލާމަތް ކުރާ މީހެއް ސަލާމަތް ކުރަން” އަހަރެން ބުނެލީމެވެ. އަހަރެން ބޭނުންވީ ހުޝާމް ކޮންމެވެސް އެއްޗެއް ބުނާށެވެ. “ކަމޯން މޭން.. ޓޯކް ޓު މީ… ޕްލީޒް… ވައި އާ ޔޫ ޑިފެންޑިން ދަ ޕާސަން ހޫ ޑިޑް ދިސް… ވައި އާ ޔޫ ސްކެއާޑް… ކޮބާތަ މައްސަލައަކީ” އަހަރެން ރުޅިވެރިކަން އެންމެ ފަހުން ކަރުނައިގެ ސިފައިގައި ލޮލަށް ޖަމާވަންފެށިއެވެ.. “ބިކޯޒް އިޓްސް ޔޫ… ޝާމް.. އައި އޭން ޑިފެންޑިން ޔޫ” ހުޝާމް އަހަރެންނާއި ދިމާލަށް ބަލިއެވެ. އޭރު ހުޝާމްގެ ލޮލުންވެސް ކަރުނަ ފާޅުވަމުންދިޔައެވެ.
“ވަޓް… ވަޓް އާ ޔޫ ޓޯކިން އެބައުޓް” އަހަރެން ފާރިޝް އާއި ދިމާލަށް ބަލާލަމުން ހުޝާމްއަށް ބުނެލީމެވެ. ފާރިޝްގެ މޫނުމަތިންވެސް ހައިރާންކަން ފާޅުވަން ހުއްޓެވެ. ހުޝާމް ތެދުވެ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ޕްލީޒް ޝާމް… ޑޯންޓް މޭކް ދިސް ސޯ ހާޑް… ޔޫ ނީޑް ޓް ލީވް ދިސް ޕްލޭސް… އެންޑް ނެވާ މެންޝަން އެބައުޑް ދެޓް ވީޑީއޯ ޓު އެނީ ވަން… ޖަސްޓް ލީވް” އަހަރެންގެ މޫނަށް ބަލާލަމުން އާދޭހުން ފުރިގެންވާ އަޑަކުން ހުޝާމް ބުނެލިއެވެ. “އަހަރެން ނުދާނަން… އަހަރެންނަށް ހަގީގަތް ކިޔައިނުދެނީހެއް ނުދާނަން… ކޮންކަމެއް އަހަރެން ހާޑް ކުރާ ވާހަކަތަ ތިބުނީ… ކޮންކަމަކުން އަހަރެން ޑިފެންޑް ކުރަނީ ތި… ކޮބާތަ މައްސަލައަކީ” އަހަރެން ހައިރާން ކަމާއި އެކު އަހާލީމެވެ. ހުޝާމް ދެފަރާތަށް ބޯ ހޯރާލިއެވެ. “ޝާމް””ހުޝާމް ޕްލީޒް… އައި ނީޑް ޔޫ… މޮމް އެންޑް ސިސް ނީޑް ޔޫ… ކަމޯން… ވައި އާ ޔޫ ޑުއިން ދިސް” އަހަރެން އަންހެން ކުއްޖެއް ކައިރީގައި އާދޭސް ކުރާ ފަދައިން ހުޝާމް ކައިރީގައި އާދޭސް ކުރަން ފެށީމެވެ. ހުޝާމް އެއްވެސް ވާހަކައެއް ނުދައްކާ އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އެހެންކަމުން އަނެއްކާވެސް އަހަރެންގެ ރުޅި އޭގެ އަސްލު ސިފައިގައި ނިކުތެވެ. “އަޅެ އަޑެއް ނީވޭތަ… ހުޝާމް ކޮބާހޭ މައްސަލައަކީ” އައި ރުޅީގައި އަހަރެންނަށް ފައިން އެނދުގައި ވަރަށް ބާރަށް ޖެހުނެވެ. އެއަޑު އެހިމޭން ސަރަހައްދުގައި ގުގުމައިގެން ދިޔައެވެ. “އޭ ޝާމް” ފާރިޝް އަހަރެން އަތަށް ވަރަށް ބާރަށް ދަމައިގަތެވެ. “ސްޓޮޕިޓް… މިތަނުގައި އަޑުގަދަ ކުރަނިކޮށް މީހުން އަތުވެދާނެ…” ފާރިޝް ވަރަށް ބާރަށް އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރެ ވަރަށް މަޑުން ބުނެލިއެވެ. އޭނަވެސް ހުރީ ހިތްހަމަނުޖެހިފައެވެ. “ހުޝާމް… ބުނެބަލަ ކޮންކަމަކުންތަ ޝާމް ޑިފެންޑް ކުރަނީތި…” ފާރިޝް ހުޝާމްއާއި ކައިރިވެލަމުން އަހާލިއެވެ. ހުޝާމް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ފައިން ލީވް ދެޓް… ބަޓް އަހަރެން ކައިރީގައި ބުނެބަލަ ބައްޕަ މެރި މީހުން ހުޝާމްގެ އަތުގައި ޖެހުނު ގޮތެއް… އެމީހުންނަކީ ގްރޫޕް ތަކުގައި އުޅޭ މީހުން… އެހާ ފަސޭހައިން އަތުޖެހޭނެ ބައެއް ނޫން” އަހަރެން ނޭވާއެއް ބޭރުކޮށްލަމުން އަތުން ބޮލުގައި ފުނާއަޅާލަމުން ހުޝާމްއާއި ސުވާލު ކޮއްލީ ވަރަށް މަޑުންނެވެ.
ހުޝާމް މިފަހަރުވެސް ޖަވާބެއް ނުދެއެވެ. އަހަރެން އެނދުގައި އިސްޖަހާލީމެވެ. އެހުރިހާ އިރުގައި އަހަރެންގެ ލޮލުގައި ތާށިވެފައިހުރި ކަރުނަތަށް އޮހިގަތީ އަހަރެންނަށް އިތުރަށް ކެތްނުކުރެވިގެންނެވެ. އަހަރެންވެސް ކިހާ ފިޑިހެއްޔެވެ… ފިރިހެނަކަށްވެ ހުރެ ދެއެކުވެރިން ކުރިމަތީގައި އަހަރެންވެސް ރޮނީ ވިއްޔާއެވެ. އަހަރެން މޫނު މަތީގައި އަތް އަޅައިގެން އެނދުމަތީގައި އިށީދެލީމެވެ. ދެއަތުން ވަރަށް ބާރަށް ދެލޯ ފިއްތާލީމެވެ. އެންމެ ކަރުނައެއްވެސް ނުވެއްޓޭށޭ ހިތުން ބުނަމުންނެވެ. “އައި އޭމް ސޮރީ” ހުޝާމް އަހަރެންގެ ކޮނޑުގައި އަތްބާވަލަމުން ބުނެލިއެވެ. “އައި ރިޔަލީ ވޯންޓް ޔުރަ ހެލްޕް… ބަޓް އައި ކާންޓް” ހުޝާމް ބުނެލިއެވެ. އަހަރެން ހުޝާމްގެ އަތް ފޮޅާލީމެވެ. “ސޮރީ… ރިޔަލީ… އިފް ޔޫ އާ ސޮރި.. ޔޫ ވިލް ޓެލް މީ ވަޓް ހެޕެން… ކޮބާތަ މައްސަލައަކީ ހުޝާމް… ހުޝާމް ނުކުރާކަމަކަށް އެއްބަސްވެގެން ތިއުޅެނީ… ހަތަރު މީހުން މެރިކަމަށް…ޑޫ ޔޫ ނޯ ދެޓް… އެގޭތަ އެއީ ކިހާބޮޑު ކަމެއްކަން… ތިކަމެއް ކުރި ބަޔަކު ދެކެ ތިހާ ލޯބިވާއިރު އެމީހުން އެއީ ކިހާވަރެއްގެ ބައެއްކަން ހުޝާމްއަށް އެގޭތަ… އެމީހުން ހައްޔަރުވެދާނެތީ ނޫނީ އެމީހުންނަށް ގެއްލުމެއް ލިބިދާނެތީ ލޯބިވާ މަންމަ އާއި ބައްޕަ ދިން ތަރުބިއްޔަތު ފެނައް ދުއްވާލީ….” އަހަރެން ހަޅޭލަވައިގަންނަމުން ތެދުވީމެވެ. “ބުނަން… އަހަރެން މިހުރިހާ އިރުގައި ހުޝާމްއަށް އެހީވަން މިއުޅުނީ ތިއީ އަހަރެންގެ އެކުވެރިއަކަށް ވާތީ.. އެކަމަކު އަހަރެންނަށް މިހާރު ހީވަނީ ތިއީ އަހަރެންގެ އެކުވެރިއަކަށްވެސް އެކަށޭނެ މީހެއް ނޫންހެން… ބައްޕަގެ މަރުގެ ބަދަލު ތި ހޯދީ ހާދަ ރީތި ގޮތަކަށޭދޯ… އެންމެ ފަހަރަކު މަރުވެފައިވާ މަންމައަށް ވާނެ ގޮތަކާއި ދޭތެރޭގައި ވިސްނާލިންތަ.. ތިއީ” “ސްޓޮޕިޓް ޝާމް… ޕްލީޒް… “ހުޝާމްވެސް އެހެންބުނީ ވަރަށް ބާރަށެވެ. “އަހަރެން މިކުރާ ހުރިހާ ކަމެއްވެސް މިކުރަނީ ތި ހުރިހާ ގޮތަކަށް ވިސްނާފައި.. އެގޭތަ… އަހަރެން އެމީހުންގެ ކިބައިން މި ސަލާމަތް ކުރަނީ ކާކުކަން… އެއީ ޝާމް.. ބިކޯޒް ދޭ ނޯ އެބައުޓް ޔޫ.. ދޭ ނޯ އެވްރީތިން… އެވްރީތިން” ހުޝާމް އެބާރުމިނުގައި ވާހަކަ ދެއްކިއެވެ. “ވަޓް… ވަޓް ޔޫ މީން” އަހަރެން ވަރަށް މަޑުން ބުނީމެވެ. އެވަގުތު ހުޝާމްގެ މޫނު މަތިން ހާސްކަން ފާޅުވާން ފެށިއެވެ. އޭނައަށް ބުނެވުނީ ބުނަން ނުވާވަރުގެ ވާހަކައެއްކަން އޭނައަށް އެގުނީ ކަންނޭގެއެވެ.
އަހަރެން ހުޝާމްއާއި ކައިރިވެލީމެވެ. “ވަޓް ޔޫ ޓޯކިން އެބައުޓް” އަހަރެން ހުޝާމްގެ ކުރިމައްޗަށް އަރަމުން އަހާލީމެވެ. “ޝާމް… ދޭ ނޯ ވަޓް ޔޫ ޑޫ… މިހާރު ޝާމް ކުރަނީ ކޮންކަމެއްކަން” ހުޝާމް އިސްޖަހާލަމުން ބުނެލިއެވެ. އަހަރެން ހައިރާންވިއެވެ. އެބުނަނީ އަހަރެން ސިއްރުން ކުރާ ކަންތައް ވާހަކަ ހެއްޔެވެ… އަންޑަރކަވާއެއްގެ ގޮތުގައި އުޅޭ ވާހަކަ ހެއްޔެވެ… އަހަރެން ފާރިޝް އާއި ދިމާލަށް ބަލާލީމެވެ. އޭނާގެމޫނުމަތިން ފެންނަމުންވެސް ދިޔައި ހައިރާން ކަމެވެ. “ތިބުނީ” ފާރިޝް ކުރިއަށް ފިޔަވަޅެއް އަޅަމުން އަހާލިއެވެ.”އަހަރެން މިބުނީ ތި ވިސްނާ ގޮތަށް.. އެމީހުންނަށް ޝާމްއަކީ ކާކު ކަން އެނގޭ.. ޝާމްގެ މަސައްކަތަކީ ކޮބާކަންވެސް އެނގޭ…. އެމީހުން ބުނީ އަހަރެން މިކަން ބޮލުގައި ނާޅާއިފިނަމަ ޝާމްގެ ދުވަސް ދުއްވާލާނަމޭ” ހުޝާމް ކިޔައިދިނެވެ. އަހަރެންށް އިތުރަށް ބުނާނެ އެއްޗެއް ނޭގުނެވެ.. އެމީހުންށް އަހަރެންގެ މަސައްކަތާއި ބެހޭގޮތުން އެގެންވީ ކީއްވެ ހެއްޔެވެ… އަހަރެން މިކަން ކުރަނީ ހަތަރު މީހުންގެކުޑަ ޓީމްއަކަށް އެކަނި އެގޭގޮތަށެވެ. “ޔޫ މީން” އަހަރެން ބުނަން އުޅުނީމެވެ. ހުޝާމް އަހަރެންނާއި ދިމާލަށް ބަލާލަމުން ބޯޖަހާލިއެވެ. ފާރިޝްވެސް ހުރި އިތުރަށް ބުނާނެ އެއްޗެއް ނޭނގިފައެވެ. “އެމީހުންނަށް އެގޭ ޝާމްއަކީ އަންޑަކަވަރއެއްގޮތަށް އުޅޭ މީހެއްކަން” ހުޝާމް ބުނެލިއެވެ. އަހަރެންނަށް ފާރިޝްއާއި ދިމާލަށް ބަލާލެވުނެވެ. ހައިރާންވެ އަހަރެންގެ ރުޅިގަނޑު އިތުރަށް ބޮޑުވެގެން ދިޔައެވެ. “އެމީހުން ތިކިޔަނީ ކޮންބަޔަކަށް” އަހަރެން ދަތްކުނޑި ވިކާލަމުން ބުނެލީމެވެ. މުއްމަޅާ ބާރުކޮއްލީމެވެ.
“ކިހިނެއްތަ އެމީހުންނަށް އެގެންވީ… އެއީ އެކަކަށްވެސް އެގޭނެ ކަމެއްނޫން” ފާރިޝް ވިސްނުމެއްގައި ހުރެފައި ބުނެލާގޮތަށް ބުނެލިއެވެ. އަހަރެންވެސް އެންމެ ހައިރާންވީ އެހެންވެގެންނެވެ… އަހަރެން ކުރާ ކަންތަށް އެގޭނީ ހަތަރުމީހުންގެ ޓީމަކަށެވެ… ހަމަގައިމުވެސް ކޮންމެވެސް މީހަކު އަހަރެންނަށް ކެހިދީފިއެވެ.. “އަހަރެންނަކަށް ތިޔެއް ނޭނގެ.. އެމީހުން ބުނީ” “ކިހާ ދެރަކަމެއްތަ.. ކޮން އެމީހުންނެންހޭ” އަހަރެންނަށް އަނެއްކާވެސް ހަޅޭލަވައިގަނެވުނެވެ. “އެއީ އަހަރެންގެ ބައްޕަވެސް އަދި ޝާމްގެ ބައްޕަވެސް މާރާލުމުގައި ބައިވެރިވި މީހުން… އެގުރޫޕްގެ ބޮޑު މީހާއަށް ކިޔަނީ އަޔާޒް… އޭނަ އައީ އަހަރެންނާއި ބައްދަލު ކުރަން” ހުޝާމް ބުނެލިއެވެ.
އަހަރެންނަށް އަތް ވަރަށް ބާރަށް މުއްކަވާލެވުނެވެ. އަހަރެންގެ ދިގުކޮއްފައިވާ ނިޔަފަތިތަށް އަތަށް ހެރެމުން ދިޔައެވެ… އެހެންވުމުން އަޔާޒް އެދުވަހު އެބުނީ މިވާހަކަތާއެވެ.. އޭނައަށް އަހަރެންގެ ވަރަށް ގިނަ ކަންތަށް އެގެނީތާއެވެ… އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލުމަށްފަހު ހުޝާމްއާއި ދިމާލަށް ބަލާލީމެވެ. “ކިހިނެއް އަޔާޒްއާއި ދިމާވީ” އަހަރެން އަހާލީމެވެ. “ޝާމް އަޔާޒް ދަންނަންތަ” ފާރިޝް އަހާލިއެވެ. އަހަރެން އަނެއްކާވެސް ފާރިޝްއާއި ދިމާލަށް ބަލާލީމެވެ. “ކިހިނެއްހޭ ހުޝާމް އަޔާޒްއާއި ދިމާވީ” އަހަރެންނަށް ފާރިޝްގެ ސުވާލަށް ޖަވާބު ދިނުން އެހާ މުހިއްމެއް ނޫނެކެވެ. އެހެންކަމުން އަނެއްކާވެސް ހުޝާމްއާއި ސުވާލު ކުރީމެވެ. މިފަހަރު ތަންކޮޅެއް ހަރުކަށިކަމާއި އެކުގައެވެ. “އަހަރެން ހަމީދު ބަނދެފައި ހުއްޓަ އެތަނަށް އައީ… އެގަރާޖް ތެރެއަށް އޭނައާއި އަދި އިތުރު ދެމީހަކާއި އެތަނަށް ވަނީ… އަހަރެންނަކަށް ނޭނގޭ އެތަން އޭނަ ހޯދީ ކިހިނެއްކަމެއްވެސް….” ހުޝާމް ކިޔައިދިނެވެ. “ހަމީދު… އެއީ ދޯ ހަތަރުވަނަ މީހާއަކީ” އަހަރެން ބޮލުގައި ހިފަހައްޓާލައިގެން ހުރެ ވާހަކަ ދެއްކީމެވެ. “އާ” ހުޝާމް ބުނެލިއެވެ. އަހަރެންނަށް ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ. “ކިހިނެއްތަ ހުޝާމް އެމީހުން ހޯދީ…” އަހަހަރެންނަށް އެއްޗެއް ވިސްނެން ފެށިއެވެ. އެހެންކަމުން އަނެއްކާވެސް އަހަރެން ސުވާލު ކޮއްލީމެވެ. “ތިބުނީ” ހުޝާމް އަހަރެންނާއި ދިމާލަށް ބަލާލަމުން އަހާލިއެވެ. “އެމީހުން އެއީ ހުރިހާ ކަމަކަށް ޓްރެއިން ކުރުވާފަ ތިބޭ ބައެއް… އެވަރުގެ ބައެއް ކިހިނެއްހޭ ހުޝާމްގެ އަތުގައި ޖެހެއްވީ” އަހަރެން ބުނެލީމެވެ. “ޔަ އެވެސް ދެތެއް… ހުޝާމްއަކީ ނޯމަލް މީހެއް… އެމީހުންނަކީ އެކަމުގެ ތެރޭގައި އެތެއް ދުވަހެއް ވަންދެން އުޅެފައި ތިބި މީހުން” ފާރިޝްއަށް އަހަރެން ބުނަން އުޅުނީ ކީއްކޭކަން އެގުނީ ކަންނޭގެއެވެ. “އެއީ ވެސް އަޔާޒް ކުރި ކަމެއް” ހުޝާމް އިސްޖަހާލަމުން އެނދުގައި އިށީދެލިއެވެ. އަހަރެންނަށް ހީލެވުނެވެ. އެއީ އަހަރެންނަށް ހީކުރެވުނު ގޮތެވެ.
“އެދުވަހު އަޔާޒް ފުރަތަމަވެސް އައި ގޮތަށް ބަދެފައި ހުރި ހަމީދުގެ މެޔަށް ވަޅިއެއް އަރާލީ… އޭނަ މަރުވީ އަހަރެންގެ ކުރިމަތީގައި… އަހަރެން ވާހަކަ ދައްކަން އުޅެނިކޮށް ވާހަކަ ދެއްކީ އޭނަ.. ހަމީދު މަރުވުމުން އަހަރެންނާއި ކުރި މަތިލާފައި އަމިއްލައަށް ތައާރަފްވީ.. އަޔާޒް ބުނީ އޭނައޯ އަހަރެންނަށް އެހަތަރު މީހުން ގެނެސްދިނީ… އޭނަ އޯ އެމީހުން މަރާލީމެވެސް… އޭނައަށް އަހަރެންނާއި ބެހޭގޮތުން ވަރަށް ގިނަ ކަންތައް އެގެޔޯ… އަދި އޭނަ ބުނި އޭނައޭ އަހަރެންގެ ބައްޕަވެސް… “ހުޝާމް ހުއްޓާލިއެވެ. “ހުޝާމް މޮޔަތަ… އެމީހުން އެއީ ހުރިހާ ކަމަށް ޓްރެން ކުރުވާފަ ތިބޭ ބައެއް… އެކަހަލަ ބައެއް ހުޝާމްގެ އަތްދަށަށް އަންނާނީވެސް އަޅެ ކަމެއްވެގެން ނެއްނުން… އެވަރުވެސް ނުވިސްނޭތަ” އަހަރެން ހިތްހަމަ ނުޖެހުނީ އޭނަ ވިސްނާންވި ވަރަށް ނުވިސްނީމައެވެ. “އަހަރެންނަށް ވިސްނާނެ ޓައިމްއެއް ނުލިބުނޭ…އަހަރެންގެ ސިކުނޑި އޭރުވަނީ ބަދަލު ހިފުމުގެ ރޫހުން ފުރިފަ…. ހަމައެކަނި އޭރުގަ އަހަރެންނަށް ވިސްނެމުން ދިޔައީ ބައްޕަ މަރާލި ބައެއް ހޯދުމާއި ދޭތެރޭގައި… ތެދައް ބުނަންތަ ވާހަކައެއް… އެންމެ ފުރަތަމަ ފައިޒަން މަރުވެފަ އޮތްވަ ފެނުނީމަ އަހަރެން ބިރުން ނުވެސް ނިދޭ… އެއްހަފްތާ ވަންދެން އަހަރެން އުޅުނިން އެއީ އަހަރެންެގެ އަތުންވީ ކަމެކޭ ހީކޮށް…ނަމަވެސް އަހަރެންނަށް ނަވާރު ފެނުމުން ހުރިހާ ބިރެއް ފިލައިގެން ދިޔައީ.. އޭނަ ފެނުމާއި އެކު އަހަރެން ބޭނުންވީ އޭނަވެސް ވީހާވެސް އަހަރެންގެ ބާރުގެ ދަށަން ގެންނަން… އޭނަ މަރުވި ވާހަކަ އަޑުއިވުނީމަ އަހަރެންނަށް އެއީ އަހަރެންގެ ކަމެއް ނޫންކަށް ޔަގީންވީ… އަހަރެން ދެރައެއް ނުވޭ އަޔާޒް އެމީހުން މަރާލީމައެއް… އެކަމަކު އަހަރެން ނުލާހިކު އުފާވޭ” ހުޝާމް ޖޯޝާއި އެކު ބުނެލިއެވެ.
“ދެން މައްސަލައެއްނެތް… ވީކަމެއް ނުވާކަމަކަށް ނުހެދޭނެ… ބަޓް ދެން ހުޝާމް އަޔާޒްގެ ގޭމް ކުޅެގެން ނުވާނެ” އަހަރެން ބުނެލީމެވެ. “ޝާމް އަދި ޝާމްއަށް އަހަރެން މިކިޔާ އެއްޗެއް ނުވިސްނޭތަ… އަހަރެން މިބުނަނީ އަޔާޒްއަށް ޝާމް ރަނގަޅަށް އެނގެއޭ… އޭނަ ބުނީ އަހަރެން އެ ހަތަރުމީހުން މެރިކަމަށް އެއްބަސް ނުވާ ކަމައްވަންޏާމު ޝާމްގެ ދުވަސް ދުއްވާލާނަމޯ… އަހަރެން އޭނަގެ ގޭމްއަށް ނޫނެކޭ ބުނާއިރުން ފެށިގެން އޭނަ ޝާމްގެ ލައިފްގެ ގޭމް އެއްކޮށް އޯވާ ކޮއްލާނެ” ހުޝާމް އަހަރެންނާއި ދިމާލަށް ބަލާލަމުން އެނދުން ތެދުވިއެވެ. “އެއީ ތެދެއް… މިހާރު ހުޝާމްއަށް އެކަމުން ސަލާމަތް ވެވޭނެ އެއްވެސް ގޮތެއް ނެން” ފާރިޝް އައިސް އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. ” ނޫން… އެކަމަކު މީހެއްގެ ލައިފްގެ ގޭމް އޯވާ ވަންޏާމު ދެން އޯވާ ވާނީ އަޔާޒްގެ ލައިފްގެ ގޭމް… އޭނަ ބޭނުންވާ ގޮތެއް ދެން ނެހެދޭނެ” އަހަރެން ހުރީ އަޔާޒްދެކެ ވަރަށް ރުޅި އައިސްފައެވެ. އަހަރެންގެ ރައްޓެހިން މެދުވެރިކޮށް އޭނަ އަހަރެންގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން އުޅޭތީއެވެ.
“ޝާމް އަހަރެންނަށް އެނގޭ ޝާމް ތިހުރީ ރުޅި އައިސްފަކަން… ބަޓް ތިގޮތަށް ކަންތައް ކޮށްފިނަމަ އަސްލުވެސް ޝާމްއަށް ގެއްލުމެއް ލިބިދާނެ” ފާރިޝް އަހަރެންނަށް ވިސްނާދޭ ގޮތަށް ވާހަކަދެއްކިއެވެ. “އަހަރެންނަށް ލިބޭ ގެއްލުމެއް ލިބެންވީ… އެކަމަކު އަހަރެންގެ އެކުވެރިއަކަށް އަދި އަހަރެންނާއި ހެދި އެހެންމީހަކަށް ގެއްލުމެއް ލިބޭކަން އަހަރެން ބޭނުމެއް ނުވޭ” އަހަރެން ބުނެލީމެވެ. “ކަމޯން ޝާމް” “އިތުރު ވާހަކައެއް އަޑުއަހާކަން އަހަރެން ބޭނުމެއް ނޫން… އެކަމަކު މިރޭ މީ ހުޝާމް މިޖަލުގައި ނިދާ އެންމެ ފަހު ރޭ… މާދަން ކޯޓުގައި ހުޝާމް މިކަން ނުކުރާކަމަށް އެއްބަސް ވާންޖެހޭނެ” އަހަރެން ހުޝާމްގެ ވާހަކަ މެދު ކަނޑާލަމުން ބުނެލީމެވެ. “އަހަރުމެންނަށް ފެނުނީ ހުޝާމްގެ ތިން ވީޑީއޯ… ހަތަރުވަނަ ވީޑީއޯކޮބާ… ” އަހަރެން ހުޝާމްއާއި ސުވާލުކޮއްލީމެވެ. “އަޔާޒްގެ އަތުގައި.. އޭނަ ގެންދިޔައީ” ހުޝާމް ބުނެލިއެވެ. “އަހަރެންނަށް ހަމަ ހީވިގޮތަށް… ހުޝާމް ދެންމެ ބުނެފިދޯ އޭނަ ހުރިހާ ކަމަކަށް އެއްބަސްވިކަމަށް އެދުވަހު… އެހެންވީމަ އޭނަ އެވީޑިއޯ ގެންދާނެ… ދެން އޮތް ގޮތަކީ އެވީޑީއޯ ހޯދުން” އަހަރެން ކުރަން ޖެހޭ ކަންތަކުގެ ލިސްޓަށް އަނެއްކާވެސް ކަމެއް އިތުރުވީއެވެ. “ޝާމް… މާދަން ހުޝާމް އޭނަ އެމީހުން ނުމަރާކަމަށް ކޯޓްގައި ބުނާއިރަށް އެމީހުންގެ ފަރާތުން އަނެއްކާވެސް އެތަށް ސުވާލެއް އަންނާނެ” ފާރިޝް ކަމެއް ހަނދާން ކޮށްދޭގޮތަށް ބުނެލިއެވެ. “އެވެސް ދެތެއް…” ހުޝާމްވެސް ބުނެލިއެވެ.. “އެއީ މާބޮޑު ކަމެއް ނޫން.. ބުނޭ ބިރުން ތިމަންނަ އެއްބަސްވީއޭ.. އެމީހުންނަށް ތެދަށް ކިޔައިދީ.. ބުނޭ އެކުވެރިއެއްގެ ދުވަސް ދުއްވާލަނަމޭ ބުނީމަ ތިމަންނަ އެއްބަސްވީއޭ… އެކަމަކު އެމީހުން ކައިރީގައި އަހަރެންގެ ނަން އަދި އަޔާޒްގެ ނަން ބުނެގެން ނުވާނެ… އެހެންނޫނަސް އަދި އަދަށް ދާންދެންވެސް ޕޮލިހުންނަށް ހުޝާމްއާއި ދެކޮޅަށް އެއްެވެސް ހެއްކެއް ހޯދިފައެއް ނުވޭ” އަހަރެން ފާރިޝް އާއި ދިމާލަށް އެއްލޯ މަރާލަމުން ބުނެލީމެވެ. “ޔަ ވެރީ ފަނީ… ޕޮލިހުންނަށް ހެކި ހޯދިފަނެތަސް ހުޝާމް އެއްބަސްވީއެއްނުން… އެހެންނޫނަސް ގާޒީން ހާދަ ސުވާލެއް ކުރާނެއޭ” ފާރިޝްވެސް ވާހަކައިގައި ބައިވެރިވެލަމުން ޝައުގުވެރިކަމާއި އެކު ބުނެލިއެވެ.
“އާ ތިކަން އޮންނާނީ ތިހެން… އެކަމަކު އަހަރެން މިބުނަނީ ހުޝާމް މިމައްސަލައަށް އެއްބަސްވުން އެއީ އޭ ކުރެވިފައިވާ ކަމަކީ… އެހެންވީމާ ހުޝާމް މިކަން ނުކުރަމޭ ބުނާ ހިސާބުން އަނެއްކާވެސް އެހެން އެކި ހޯދަން ނުންހޭ ޖެހެނީ… އޭރުން ޖެހޭނީ ހުޝާމް ދޫކޮއްލަން… އަހަރެންނަށް އޭރުން އަހަރެންގެ ޕްލޭން ކުރިއަށް ގެންދެވޭނެ” އަހަރެން ބޭނުންވާގޮތް ބުނެލީމެވެ. “އެންޑް ޝާމްގެ ޕްލޭންއަކީ” ފާރިޝް ޝައްކުގެ ނަޒަރުން ބަލާލިއެވެ. އަހަރެން ރަނގަޅު ކަމެއް ނުކުރާނެކަން އޭނައަށް އެގެނީއެވެ.”އެ ވީޑިއޯ ހޯދުން.. އަހަރެން މަސައްކަތް ކުރާނަން އެވީޑިއޯ ހޯދޭތޯ” އަހަރެން ބުނެލީމެވެ. “އާ ތީ ވަރަށް މޮޅު ޕްލޭންއެއް… އޭނައަށް ޝާމްއަކީ ކާކުކަން އެނގޭ މީހެއްގެ އަތުން ވީޑިއޯ ހޯދަން ތިއުޅެނީ… ތިއުޅެނީ އަމިއްލައަށް މަރުވާނެ ގޮތެއް ނޭނގިގެން” ހުޝާމް ފަރުވާކުޑަގޮތަށް ބުނެލިއެވެ. “އަހަރެން އަމިއްލައަށް މަރުވެގެންވެސް އަހަރެންގެ އެކުވެރިއެއް ސަލާމަތް ކުރެވެއްޖިއްޔާ ރަނގަޅެއް ނުން…. އަހަރެން އެހެންވީމަ ހުޝާމްގެ ވަކީލްއާއި ވާހަކަ ދައްކާނަން… މާދަން މިބުނިގޮތަށް ވާހަކަ ދައްކައިގެން މިތަނުން ސަލާމަތް ވޭތޯ ބަލާ” އަހަރެން ވިސްނާލަމުން ބުނެލީމެވެ. ހުޝާމް ވާހަކަ ދައްކަން އަނގަ ހުޅުވާލި ވަގުތަކީ އެތަނަށް ސެކިއުރިޓީގެ މީހެއް އައި ވަގުތެވެ. އަދި ބަލާލުމަށްފަހު އެތަނުން ދިޔައެވެ. “އެހެންވީމަ މާދަން ދެން ބައްދަލުވާނީ.. މިތަނުން ބޭރުގައި… ހުޝާމްގެ ގޭގައި… އަހަރެން ވަކީލްއާއި ވާހަކަ ދައްކާނަން ވީހާވެސް އަވަހަކަށް” އަހަރެން އަތުގައި އޮތް ގަޑި ބަލާލަމުން ހުޝާމްއަށް ބުނެލީމެވެ. “އައި ހޯޕް އިޓް ވޯކްސް” ފާރިޝް ބުނެލިއެވެ. “ބަޓް ނައު ވީ ހޭވްޓް ގޯ” އަދި ބުނެލިއެވެ. އަހަރެން ބޯޖަހާލީމެވެ. ކޮންމެ ގޮތެއްވިޔަސް ކޮންމެވެސް އެއްކަމެއް ރަނގަޅަށް ކުރެވިއްޖެއްެވެ.. އަހަރެން ހުޝާމްގެ ގައިގައި ބައްދާލީމެވެ. ފާރިޝް ހުޝާމްއާއި ސަލާމް ކޮއްލިއެވެ. އަދި ހިނިތުންވެލަމުން އަހަރެންނާއި ފާރިޝްއެތަނުން ނިކުތީމެވެ.
އެތަނުން ނިކުމެވެންދެން އަހަރެން އެއްވެސް ވާހަކައެއް ނުދައްކަމެވެ. މަގުމައްޗަށް ނިކުތުމާއި އެކު އަހަރެން ފާރިޝް އާއި ދިމާލަށް ބަލާލީމެވެ. “އިޓް މީން ވީ ހޭވް ލީކް ޕޮއިންޓް” އަހަރެންގެ އަޑުގައިި މަޑުތުރުތުރު އެޅުމެއް ހުރިކަން އަހަރެންނަށް އިހްސާސްވިއެވެ. “ބަޓް ކާކު” ފާރިޝްގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހާސްކަމެވެ.
ނުނިމޭ…
21 Comments!
Comments are closed.
mi basives hurihaa kudin nah kamudhaane kamah heekuran 🙂
wowww v reeethi
thnks immu 🙂
reeethi mi bai ves
thnks nas 🙂
Just Wow?.. So curious n the best part wil b always tomorrow! Thanks?? U r the best?
thnks tulip dear… bodu bodu koh 🙂
wow! varah reethi mibai vx desperately waiting for the next part!
ekamaku keevve Shaam ge athuga hus ley hunnany komme faharaku nidhin heylevey iru? thats creepy! 😮 and kaaku ba Shaam ge masakkai leak kolly vx 😮
the story is amazing! 😀
thnks faxoo dear… 🙂 ya eiy baeh faaharu nafsaany gothun asaru kureema heevaane abadhu e kanthah alun dhimaa vany ey.. sharm ah ves ehen e vany… lets see kaaku tho dho dear 🙂
Varah kiyaa hithun mihuree. Heevanee adhi sir ge kameh ebaulhey hen. Pls maadhama ves up kohdhehchey
thnks maaya dear v bodu koh 🙂
Ammm Kai ah faahaga vey varah ginain eng words use kohfa huna kan 🙂 the story is otherwise awesome 😀
thnks kai.. 🙂 alhe kon word eh kan bunela dheefi nama fantasy v happy vaane dear 🙂
Adhi nukiyey mi varu ge interesting story eh. Ur da bst. I luv dis story v much. N waiting for nxt prt.
thnks mixu bodu koh igey 🙂
Koba tha miadhu ge part
Waiting waiting waiting
thnks for waiting dear.. fantasy bali ve ulhee thee kudakoh las vee miadhu ge part.. mihaaru up koh fin igey 🙂
when’s the next part Destinyyyyyyy?
Fantasyyyyyyyy i meannnnnn
its today dear.. ekam kuda koh las vee.. mihaaru up koh fin igey 🙂