Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ހިތޭރި

Eyesh Level 210 Stories100 Comments
December 24, 2015 5 Mins Read
33 Comments

“ލައިލާ.. ތެދުވޭ ދެން.. މިހާރުއެއޮށް ހައެއްޖަހަނީ..” . އަހަރެންނަށް ހޭލެވުނީ މަންމައައިސް އަހަރެންގެ މޫނުމަތީގައިއޮތް ބާލީސްނަގައި ކޮލުގައި ދެފަހަރަކު މަޑުމަޑުން ޖަހައިލުމުންނެވެ. މަޑުމަޑުން ތެދުވެ ފާޚާނާއަށްވަދެ ފެންވަރައިގެންނިކުމެ ލޯގަނޑު ކުރިމަތީގައި ހުއްޓިލީމެވެ. އެވަގުތު އަހަރެންނަށް ދެލޯ މަރައިލެވުނީ އެހެން މީހުންނެކޭވެސް އެއްފަދައިން އަހަރެންވެސް އަހަރެންގެ އަމިއްލަ ހަށިގަނޑަށް ބަލަން ބޭނުން ނުވާތީއެވެ. އާދައިގެމަތިން ފޫހިވެފައިހުރެ ޔުނީފޯމު ލުމަށްފަހު މޫނުގައި ކުޑަކޮށް ފުށްކޮޅެއް ޖަހައިލައި އަހަރެންގެދިގު އިސްތަށިގަނޑު ގަތައި ޑްރެސިން ޓޭބަލްމަތީގައި އޮތް ރީނދޫކުލައިގެ ރިބަންކޮޅުން އިސްތަށިގަނޑުގެ ކޮޅުގައި އައްސައިލީމެވެ. އަދި މޭޒުމަތީގައިހުރި ފޮތްދަބަސް ނަގައިގެން ކޮޓަރިން ނިކުތްއިރު މަންމަ ސައިތައްޔާރުކޮށްފައި ހުރުމުން ރަނގަޅަށް ސައިބޮއިގެން ސުކޫލަށް ދިއުމަށް ނިކުތީމެވެ.

 
އާދައިގެ މަތިން މިއަދުވެސް އަހަރެން ސުކޫލަށް ދިޔައީ އެކަނި ހިނގައިފައެވެ.
“ބަލާބަލަ މިހިރަ ދަނީ އެއްކަލަ ޗޮސްޕަޓަސް….”
އެއީ ނިރާޝާގެއަޑެވެ. އެއަޑަށް ނިރާޝާ ކައިރީގައިތިބި ލަމްހާއާއި ޒޫނާވެސް އޭނާއާއިއެކު ބާރަށްހީގަތެވެ. އެއީކީ އަހަންނަށް އާކަމެއްނޫނެވެ. އެމީހުންނަކީ އަބަދުވެސް އަހަރެންނަށް މަލާމާތްކޮށް އަހަރެންގެ ސިފައަށް ހަޖޫޖަހާ ބައެކެވެ.

 

އެހެން ދުވަސް ތަކެކޭވެސް އެއްގޮތަށް މިއަދުވެސް އަހަރެން ކުލާސްތެރެއަށް ވަދެގެން ދާންޖެހުނީ ކޯތާފަތްމައްޗަށް ފައިބަމުން ދިޔަ ކަރުނަތައް ފޮހެމުންނެވެ.

ސުކޫލުގައި ހޭދަވާ ވަގުތުތަކަކީ އަބަދުވެސް އަހަރެން އެންމެ ފޫހިވާވަގުތު ކަމުން މިއަދުވެސް އަހަރެންއިނީ ގެއަށްދާގަޑި ނުޖެހިފައެވެ.

“މީނައާ ހެދި ބޯޑުވެސް ފެންނަ ވަރެއް ނޫން… ފަލަ ކަމުން ބޮޑު އެތެއްވަރުވޭ…. ”
އަހަރެންގެ ފަހަތުގައި ތިބި ނިރާޝާއާއި އޭނާގެ ރައްޓެހިންގެ މަލާމާތުގެ ބަސްތަށް ހުއްޓުމެއް ނެތިއޭރުވެސް އަހަރެންގެ ކަންފަތަށް އިވެމުންދިޔައެވެ. ކުލާހުގެ އެހެންކުދިންނަށްވުރެ އަހަރެން ފަލަވުން އެއީ ކުށެއްހެއްޔެވެ؟ އަހަރެންހަމަ އެހާވެސް ހުތުރީހެއްޔެވެ؟ ރޮވިފައި އިނދެ ހިތާއިހިތުން މިކަހަލަ ސުވާލުތަކެއް އަހަރެންނަށް އަމިއްލަ ނަފްސާއި ކޮށްލެވުނެވެ. އޭރުވެސް އެމީހުން ފަހަތުގައިތިބެ މަޑުމަޑުން ހެމުންދިޔައީ އަހަރެންނަށް މަލާމާތް ކޮށްފައިކަން އަހަރެންނަށް އެނގެއެވެ.

 

 

ގެއަށްދާ ރަނގަބީލު ގެއަޑު އިވުމާއިއެކު އަހަރެން ދަބަސް ކޮނޑުގައި އަޅުވައިގެން ތެދުވެ ހިނގައިގަތީމެވެ. އެވަގުތު ފަހަތުންއައި ޒޫނާ އަހަރެންގެ ގައިގައި ޖެހިގަތްލެއްބާރުކަމުން އަހަރެން އަނގަވަތަށް ވެއްޓިތަޅުމްގަނޑުމަތީގައި ޖެހުނެވެ. ވީތަދުން އަތްދޯތް އޭ ކިޔައި ރޮއިގަތުމަށްފަހު ވަރަށް އުނދަގުލުމް ތެދުވެ ކަކުލުގައި ހުރިކިލާތައް ފޮހެލީމެވެ. އޭރުކަނާތުފައިގެ ކަކުލުން ކުޑަތަންކޮޅެއް މަށައިގެން ގޮސް ލޭއަންނަމުން ދެއެވެ. ގިސްލެވެމުން އަހަރެން ލޮލުން އޮހެމުންދިޔަ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލުމަށްފަހު ކުލާސްތެރޭގައި ތިބި ހުރިހާކުދިންގެ މޫނަށް ވަކިވަކިން ބަލައިލީމެވެ. އޭރު އެންމެންވެސް ހެވިފައި އަހަރެންނަށް ބަލަންތިބ ގޮތުން އެއިން އެކަކުގެހިތުގައިވެސް އަހަރެންނަށްޓަކައި އެއްވެސް ރަހުމެއް ނުވާކަން އެނގުނެވެ.

 

 
ގެއަށްވަދެ ސިޓިންރޫމުގައި ހުރި މޭޒުމަތީގައި ފޮތްދަބަސް ބަހައްޓާފައި ގޮސް ކޮއްކޮއަށް ކާންދޭންއިން މަންމަ ކައިރީގައި މިއަދު ސުކޫލުގައި ވީކަންތައް ކިޔައިދިނުމަށްފަހު އަހަރެންނަށް ބާރަށް ރޯންފެށުނެވެ. އޭރު ގޭތެރެއަށް ވަދެގެންއައި ބައްޕަ އަހަރެންގެ ގައިގައި ބައްދައިލައި އަހަރެންގެ ލޮލުން އެހެމުންދިޔަ ކަރުނަތަށް ފޮހެލުމަށްފަހު އަހަރެންނަކީ މުޅި މިދުނިޔޭގައިވެސްހުރި އެންމެ ރީތިއަންހެންކުއްޖާކަމުގައި ބުނެ މަންމައަށް ދޯދިނެވެ. އެއީ އަހަރެންގެހިތް ހަމަޖައްސައިދިނުމަށް ބައްޕަ ބުނި އެއްޗެއްކަން އަހަރެންނަށް އެނގުނެއްކަމަކު ބައްޕަގެ ބަސްތައް އިވިފައި އަހަރެން އުފާވިއެވެ.

 

 

ކޮޓަރިއަށްވަދެ ލޯގަނޑު ކުރިމަތީގައި ހުއްޓި ވަރަށް ރަނގަޅަށް އަމިއްލަ ސޫތައަށް ބަލައިލީމެވެ. އަހަރެންގެ މޫނުގައި މަސްޖަހައިފައިވާލެއް ބޮޑުކަމުން ދަތްދޮޅީގެ ތިރިން އިތުރުމަސްގަނޑެއް އެލިފައިވެއެވެ. ދެކޯބޮޑުކަމުން ގިނަފަހަރު ހީލުމުން އަހަރެންގެ ދެލޯވެސް ފެންނަނީ ކިރިޔާއެވެ. އިސްކޮޅުގައި ފަސްފޫޓު ހައިންޗި ހުރެފައި އަހަރެންގެ ހަށިގަނޑު އެހާފަލަކަމުން އަހަރެންފެންނަނީ ވަރަށްވެސް ބިޔަކޮށެވެ. ގިނަފަހަރު މީހުންހީކުރަނީ އަހަރެންނަކީ ބާވީހަކަށް އަހަރުގެ ބޮޑު އަންހެނެއްކަމުގައެވެ.

އެތައްއިރަކު ލޯގަނޑު ކުރިމަތީގައި އަމިއްލަ ސިފައަށް ބަލަން ހުރުމަށްފަހުގޮސް އެނދުމައްޗަށް ވެއްޓިގަނެ ބާރަށް ރޯންފެށީމެވެ.
އިރުގަނޑަކު އެހެންއޮވެފައި ތެދުވެގެންގޮސް ފެންވަރައިލައިގެން ނިކުމެ ގަޔަށްދޫޓީޝާޓަކާއި ހަރުވާޅެއްލައިގެން ކޮޓަރިން ނިކުތްއިރު ކާމޭޒު ކައިރީގައި ބައްޕަކާން އިނުމުން އަހަރެންވެސް ގޮސް ބައްޕައާއި ބައިވެރިވެލީމެވެ.

“ދަރިފުޅާ.. ތަންކޮޅެއްމަދުން ކާން އާދަކޮށްބަލަ… ދެންއައިސް ކިޔާނެ މީހުން މަލާމާތްކުރާ ވާހަކަ… ތިހާވަރަށް ކަންޔާ އަދިވެސް އިތުރަށް ފަލަވާނީ…”

އަހަރެން މޮޑެންއިން ބަތްތަށިފެނިފައި މަންމަ އަހަރެންގެ ބުރަކަށީގައި ފިރުމާލަމުން އެހެންއެބުނީ އަހަރެންނަށް ރަނގަޅަކަށް ކަން އެނގުނުނަމަވެސް އެވާހަކައަށް ފަރުވާލެއް ނެތި އަހަރެން ކާންފެށީމެވެ. އަހަރެން ބަނޑުހައިވާވަރު އެއްވެސްމީހަކަށް އިހުސާސް ނުވާނެކަން އަހަރެންނަށް ޔަގީނެވެ. ފަލަވާވަރަކަށް ބަނޑުހައިވާލެއް އިތުރުވެފައި ކެވޭލެއްވެސް ގިނައެވެ. ކައިނިމިގެން އައިސްއަލަމާރީގައިހުރި ގެރިކިރު ދަޅުން ތިންސަމުސާގެ ކިރުއަޅައިގެން ފިނިކޮށް ކިރުތައްޓެއް ބޯލުމަށްފަހު ހިންދެމިލަމުން ސޯފާގައި ޓީވީ ބަލާލުމަށް އޮށޯތީމެވެ. އޭރު ޓީވީއިން ދައްކަމުންދިޔަ އިނގިރޭސި ލަވައިގައިއުޅޭ އަންހެންކުއްޖާގެ ހަށިގަނޑަށް ބަލަން އަހަރެންނަށް އޮވެވުނީ ހައިރާންވެ ސޮނިވެއްޓިފައެވެ. އޭނާ ހާދަހާ ލޫޅާފައްޗެވެ. އެމީހުން އެހާހިކިކޮށް ރީތިކޮށް އެތިބެނީ ކިހިނެއްބާއޭ އޭރުއަހަރެންގެ ހިތަށްއަރަމުން ދިޔައެވެ. ކިތަންމެ ބޭނުން ވިޔަސް އަހަރެންނަށް އެކަހަލަ ހަށިގަނޑެއް ނުލިބޭނެ ކަމުގައި ހިތަށްއެރުމުން ފެންކަޅިވެފައިހުރެ ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ ފިލާވަޅުތައް ހަދަންފެށީމެވެ..

 

 
މިއީ އަހަރެން ޖީސީހަދާ އަހަރުކަމަށްވެފައި ފުރަތަމަ ޓާމުގެ ޓެސްޓުވެސް ކައިރި ވެފައި ވުމާއިއެކު އަހަރެން އަބަދުވެސް ކިޔެވުމަށް ވަރަށްއިސްކަން ދެމެވެ. ކުލާހުގެ އެހެންކުދިންނާއި ޚިލާފަށް އަހަރެންގެ ބިޓެއްވެސް ނުހުންނާތީ ހުރިހާ ވަގުތެއް ކިޔެވުމުގައި ހޭދަކުރުމަކީ އަހަރެންގެ އާދައެވެ.
އާދައިގެ މަތިން މިއަދުވެސް ނިރާޝާމެންގެ މަލާމާތުގެ ބަސްތަކާއި އަހަރެންނަށް ކުރިމަތިލާން ޖެހުނެވެ.

“އައްސަލާމުއަލައިކުމް… ކުޑަ އެއްޗެއް އިންފޯމް ކޮށްލަން މިއައީ.. ކޭންއައި ކަމްއިން؟”
ފާލިހުގެ އަޑުއިވިފައި ބޯޑުގައި ލިޔަންހުރި ޓީޗަރު ދޮރާއި ދިމާލަށް ބަލައިލުމަށްފަހު އަތުގެ އިޝާރާތުން އޭނާކައިރީގައި އެތެރެއަށް ވަނުމަށް ބުންޏެވެ.

“މާދަމާ އަކީ ޗިލްޑްރެންސްޑޭ ކަމުން މާދަމާ ހަވީރު އެބައޮތް ޕާޓީއެއް.. ޕާޓީގެ ހުރިހާ ޑެކަރޭޝަންއެއް ކުރުމަށް ހަމަޖެހިފައިވަނީ ގްރޭޑް ދިހައެއްގެ ދަރިވަރުން ލައްވާ.. އެހެންވީމަ މިއަދުހަވީރު ހަތަރެއްޖަހާއިރު ހުރިހާކުދިންވެސް އަންނާތި.. އަންނަން ޖެހޭނީ ޔުނީފޯމްގަ.. ”

ފާލިހު މިހެންބުނެ ނިކުމެގެން ދިޔައިރުވެސް ކުލާހުގެ އެހެން ކުދިންނެކޭވެސް އެއްގޮތަށް އަހަރެންނަށްވެސް އިނދެވުނީ އޭނާއަށް ބަލަހައްޓައިގެންނެވެ. ފާލިހުއަކީ އަބަދުވެސް އަހަރެންނަށްވެސް ވަރަށްރީތި ކުއްޖެއް ނަމަވެސް ދުވަހަކުވެސް އަދި އޭނާއާއި ވާހަކަ ދައްކައިލުމުގެ ފުރުސަތެއް އަހަރެންނަށް ލިބިފައެއް ނުވެއެވެ.

“އޭތް… ކަލޭ ކީއްކުރަން ފާލިހުއަށް ތިބަލަނީ…ކިތަންމެ ވަރަކަށް ބެލިޔަސް ތިކަހަލަ ޗޮސްޕަޓަސްއަކަށް އޭނަގެ ޕްރިންސެސް އަކަށް ނުވެވޭނެ…”

އަހަރެން ސިއްސައިގެން ދިޔައީ ފަހަތުގައި އިންޒޫނާ އަހަރެންގެ އިސްތަށިގަނޑުގައި ހިފައި ފަހަތަށް ދަމައިގަތުމުންނެވެ. އޭރު ޓީޗަރުހުރީ އަހަރުމެންނަށް ފުރަގަސް ދީގެންކަމުން އޭނާއަކަށް އެމަންޒަރެއް ނުފެނުނެވެ. އަހަރެން ބޮލުގައި ފިރުމައިލުމަށްފަހު ބަހެއްނުބުނެއިނީ އެއްޗެކޭ ބުނެފިނަމަ ޒޫނާއާއި އޭނާގެ ރައްޓެހިން އަހަރެންނަށް ކޮށްލާނެވަރު ހިތަށްއަރާފައި ބިރުންނެވެ. އެހެންނޫނަސް ޒޫނާއެބުނީ ވަރަށްބޮޑު ތެދެއްކަން ހުދުއަހަރެންނަށްވެސް ގަބޫލު ކުރެވެއެވެ.
ގެއަށްގޮސް ވަރަށް ވިސްނުމަށްފަހު ޕާޓީގެ ތައްޔާރީތަކުގައި އެހީވުމަށް މިއަދު ސުކޫލަށްނުދިއުމަށް އަހަރެންނިންމީ އެތަނަށް ދިޔަޔަސް އަޑުއިވޭނީ ނިރާޝާއާއި ޒޫނާ އަދިއެމީހުންގެ ރައްޓެހިންގެ މަލާމާތުގެބަސްތައްކަން އަހަރެންނަށް އެނގޭތީއެވެ.

 

 

ދުވަހަކީ ޕާޓީ އޮންނަ ދުވަސްކަމުން އެތަނަށްދާން އަހަރެން ކިތަންމެ ބޭނުންނުވިނަމަވެސް ހުރިހާކުދިންވެސް ކޮންމެހެންވެސް އައުމަށް ސުކޫލުން އަންގާފައިވާތީ ފޫހިވެފައިހުރެ އަހަރެން ތައްޔާރުވާން ފެށީމެވެ. އަލަމާރި ހުޅުވައިލުމަށްފަހު ލާނޭ ހެދުމަކާއި ދޭތެރޭގައި އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ރަތްކުކައިގެ ކަކުލާއިހަމައަށް އަންނަ ހެދުމެއްނަގައިލީމެވެ. އަދި އަހަރެންގެ ދިގުއިސްތަށިގަނޑު ފުނަލުން އޮމާންކޮށްލައި އިސްތަށިގަނޑުގެ މަތީގައި ރަތްކުލައިގެ ކުޑަޓައީއެއްޖަހައި ފަހަތަށް ދޫކޮށްލީމެވެ. އަހަރެންނަކީ މޭކަޕްކުރާ ކުއްޖެއްކަމުގައިނުވާތީ އަނދުނާއި ލިޕްސްޓިކްއެއީ އަހަރެން ގެންގުޅޭ އެއްޗިއްސެއްނޫނެވެ. އެހެންކަމުން މޫނުގައި ފުށްކޮޅެއް ޖަހައިލުމުން އަހަރެންނަށްފުދެއެވެ.

 

ޕާޓީ ފެށޭގަޑިއަކީ ހަވީރުހަތަރެއް ޖަހާއިރުކަމުން އަހަރެންމަސައްކަތްކުރީ ބަރާބަރުގަޑިއަށް ދެވޭތޯއެވެ. ނަމަވެސް އަހަރެންނަށް ސުކޫލުގެހޯލަށް ވަދެވުނުއިރު ޕާޓީފެށިގެން ކުރިއަށްދަނީއެވެ. އޭރު ބައިބައިގަނޑަށް ކުދިންތައްތިބެ ކައިމަޖާ ކުރަމުންދެއެވެ. އަހަރެން ހަމަފެނުމާއިއެކު ނިރާޝާ އޭނާގެ ރައްޓެހިންނާއިއެކު އައިސް އަހަރެން ވަށައިލިއެވެ.

“މި ޗޮސްޕަޓަސް ގަނޑު ކަންނެތްކަމުން އިއްޔަނާދޭ މިތަން ތައްޔާރު ކުރާކަށްވެސް… އެކަމަކު ބަލާބަލަ ކާންވީމަ އައިލެއް އަވަސްކަން…މިހިރަފެންނަ ފަލަގެރިފަޅި ހުތުރުކަންބަލާބަލަ….”
ނިރާޝާ ހީގަންނަމުން މިހެންބުނުމުން ދެންތިބި އެންމެންވެސް އެއްފަހަރާ ހީގަތެވެ. އަހަރެން ބުނާނެ އެއްޗެއްނޭނގިފައި އިސްދަށަށް ޖަހައިގެންހުރީ އެމީހުންގެމޫނަށް ބަލަން ބޭނުންނުވާތީއެވެ. އޭރު ދެރަވެގެންގޮސް ބަޑިފަޅައިގެން ނުގޮސްހުރީ ހަމަކިރިޔާއެވެ.

“ބަލާބަލަ މިހިރަ ޓަޔަރުތަކެއް… މިގެންގޮސް ބޮޑު ޕިކަޕެއްގަ އަޅުވަންވީނު…. ”
ޒޫނާ މިހެންބުނެ އަހަރެންގެ ބަނޑުގައި ބާރަށްވިކައިގަތެވެ. ދެރަވީވަރުންނާއި އެވަގުތު ވީތަދުން އިތުރަށް ނުހިފެހެއްޓުމުން ބަޑިފަޅައިގެންގޮސް އަހަރެންނަށް ބާރަށްރޮވުނެވެ. އަހަރެންނަށް ރޮވެންފެށުމުން އެމީހުން ހެމުންހެމުން ދިއުމުން އަހަރެން ގެއަށްދިއުމަށް އެތަނުންނިކުމެ ދުއްވައިގަތީމެވެ.

 

 

ގެއަށް ވަތްއިރު މަންމައާއި ބައްޕަ ކޮއްކޮ ގޮވައިގެން ސިޓިންރޫމުގައި ތިއްބެވެ. އަހަރެން ބާރު ބާރަށްގޮސް ކޮޓަރިއަށް ވަދެ ތަޅުލުމަށްފަހު އެނދުމައްޗަށް ބަންޑުން ވެއްޓިގަތީމެވެ. އެހެންއޮވެ ހިތްފުރެންދެން ރޯލުމަށްފަހު ތެދުވެ ލެޕްޓޮޕް ހުޅުވައިލައި ހިކުމަށް ކުރެވޭނެ ކަސްރަތުތަކެއް އިންޓަނެޓުން ހޯދީމެވެ. އަދި ހިކުމަށްޓަކައި ކާންވީ އަދިކައިގެންނުވާނެ އެއްޗެހީގެ ލިސްޓެއް ނެގުމަށްފަހު ހިތްހަމަޖެހުމުގެ ނޭވާއެއްދޫކޮށްލީމެވެ.

ހަމައެވަގުތު އަހަރެން ހިކުމަށްޓަކައި މަސައްކަތްފެށީމެވެ. އިންޓަނެޓުންނެގި ހުރިހާ ކަސްރަތެއް ކޮޓަރިތެރޭގައިހުރެ ކޮށްނިއްމައިލިއިރު މުޅިމީހާހުރީ ދާހިއްލައިފޯވެ މާނޭވާލެވިފައެވެ. އަދިއޭރު ގައިގެ އެތަންމިތަނުގައި ރިއްސާފައި ހުރިވަރުން ފެންވަރައިލައިގެން އައިސް ނިދަންއޮށޯތީމެވެ.

*******************
ދުވަސްތައް މާޒީއާއި އެކުވަމުން ދިޔައީ ކުރިއެކޭވެސް އެއްގޮތަށް ނިރާޝާމެންނާއި ކުލާސް ކުދިންގެ މަލާމާތްތަކާއި ކުރިމަތިލަމުންނެވެ. ނަމަވެސް އަހަރެން ކުރަމުންއައި މަސައްކަތަށް އެއްވެސްބަދަލެއް ނުގެނައިސް ވަރަށްހިތްވަރާއިއެކު ކުރިއަށް ގެންދިޔައީމެވެ. ގާތްގަނޑަކަށް ތިންމަސް ދުވަސް ތެރޭގައި އަހަރެންގެ ހަށިގަނޑުން އިނގެންފެށިއެވެ. ބަނޑުގައި އެލިފައި އޮންނަބޮޑު މަސްގަނޑު ކުޑަވެ މީހާ ހިކެންފެށިއެވެ. މިކަމުގައި މަންމައާއި ބައްޕަގެ އެހީތެރިކަން ލިބުން ވެގެންދިޔައީ އަހަރެންނަށްލިބުނި އިތުރު ހިތްވަރަކަށެވެ. މަންމަ ކޮންމެދުވަހަކު އަހަރެންނަށް ތަރުކާރީއާއި މޭވާ އަޅައިގެން ރަނގަޅުކާއެއްޗެހި ކައްކައިދޭއިރު ބައްޕަ އަހަރެން ގޮވައިގެން ކޮންމެރެއަކު މޫދަށް ދާންފެށިއެވެ.
އަހަރެން ކުރަމުންއައި ބުރަމަސައްކަތުގެ އަގު ލިބެންފެށިކަމުގެ އިހުސާސް ކުރެވެންފެށީ އަބަދު އަހަރެންނާއި ދިމާކޮށް މަލާމާތް ކުރަމުންއައި ނިރާޝާމެން އަހަރެންނަށް މަލާމާތްކުރުން ހުޓައިލުމުންނެވެ.

 

 

ދުވަސްތައްފާއިތުވަމުންގޮސް ޖީސީގެ އިމްތިހާނުވެސްނިމި މިރެއަކީ ގްރޭޑްދިހައެއްގައި ކިޔެވި ހުރިހާކުދިންނަށް ސުކޫލުގެ ފަރާތުންދޭ ފެއާވެލް ޕާޓީ އޮންނަރެއެވެ.
އަހަރެން ވަރަށްހެނދުނު ތެދުވެ ރީތިވެލައިގެން ގޭކައިރީގައި ހުންނަ ސެލޫނަށްގޮސް އިސްތަށިގަނޑުގައި ރަންކުލަ ޖައްސައި ފޭޝަލް އެއްހަދައިލީމެވެ. އަހަރެން ބޭނުންވީ ވެވުނުއެންމެ ރީއްޗެއްވެގެން ޕާޓީއަށް ދާންކަމުން އެކަމަށް ވާންޖެހުނު ހުރިހާތައްޔާތީތަކެއްވެ ރީތިހެދުމަކާއި ފައިވާނެއް އަދިމޭކަޕްކުރަން ބޭނުންވާނެ ބައެއްތަކެތި ގަތީމެވެ.

*****************

 

ގަޑިން ރޭނގަޑު ހަތެއްޖަހައިފިއެވެ. ލޯގަނޑު ކުރިމަތީގައިހުރެ އަހަރެން ތައްޔާރުވާންފެށީމެވެ. އަހަރެން މިއަދުގަތް ނޫކުލައިގެ ރީތިހެދުން އަލަމާރިންނަގައި ލުމަށްފަހު މޫނުގައި ފުށްޖަހައި ތުންފަތުގައި މަޑުފިޔާތޮށިކުލައެއް ޖައްސައިލީމެވެ. އަދި އަހަރެންގެދިގު އިސްތަށިގަނޑުގައި ފުނާއަޅައި އޮމާންކޮށްލުމަށްފަހު އިސްތަށިގަނޑު ފަހަތަށް ދޫކޮށްލީމެވެ. އަދި ކަޅުކުލައިގެ ފުންނާބުއުސް ފައިވާނަށް އަރައިގެންގެން ކޮޓަރިން ނިކުތްއިރު މަންމައާއި ބައްޕަ ސިޓިންރޫމުގައި ހެވިފައި އަހަރެންނަށް ބަލަހައްޓައިގެން ތިއްބެވެ.

“ދަރިފުޅު ހާދަ ރީއްޗޭ…. މިރޭ ޕާޓީއަށްދާ އެންމެރީތި ކުއްޖަކަށްވާނީ ދަރިފުޅުކަން ޔަގީން….” މަންމަ އައިސް އަހަރެންގެ ކޮލުގައި ބޮސްދެމުން މިހެންބުނުމުން އަހަރެންގެހިތް އުފަލުން ފުރުނެވެ.

ޓެކްސީއަކަށް ގުޅިތާ މާގިނައިރެއްނުވެ ޓެކްސީއައުމުން އަހަރެންގޮސް އަވަހަށް ޓެކްސީއަށް އެރީމެވެ.

 

 

ދިހަ ވަރަކަށް މިނެޓުތެރޭގައި ސުކޫލާއި ހަމައަށް ދެވުމުން އަހަރެން މަޑުމަޑުން ޓެކްސީއިން ފައިބައިގެންގޮސް ސުކޫލުގެ ހޯލުތެރެއަށްވަދެ ވަށައިގެން ނަޒަރުހިންގައިލީމެވެ. އެތެރެއަށް ވަދެގެން ދިޔައިރު ނިރާޝާއާއި އޭނާގެރައްޓެހިން އަނގަހުޅުވިފައި އަހަރެންނަށް ބަލަންތިބި މަންޒަރު ފެނިފައިހެވުނެވެ.

ޕާޓީގައިއުޅުނު ގިނަ ބައެއްގެލޯތައް ހުއްޓުމެއްނެތި އަހަރެންނަށް އަމާޒުވަމުން ދިޔައެވެ. ދުވަހަކު ވާހަކަ ނުދައްކާ އެތައްކުއްޖަކުއައިސް އަހަރެންނާ ވާހަކަ ދައްކައި އަހަރެންނާއިއެކުގައި ފޮޓޯނެގިއެވެ. އަހަރެންވެސް ވަރަށް އުފަލުންހުރެ އެންމެންނާއި ވާހަކަދައްކައި ހެމުންދިޔައީމެވެ.

“ލައިލާ…. ” އެއީ ފާލިހުގެއަޑެވެ. އަހަރެން ސިއްސައިގެން ގޮސް ފަހަތްބަލާލިއިރު އަހަރެންނާއި ދާދިކައިރީގައި ފާލިހު ހެވިފައިހުއްޓެވެ.
“ލައިލާ މިރޭ ހާދަ ރީއްޗޭ…. ” ފާލިހުގެ މިޖުމުލަ އިވިފައި ގަތްލަދުން އަހަރެންގެ ދޮންމޫނަށް ޖަންބުކުލައަރައިގެން ދިޔަކަން ޔަގީނެވެ. އިސްޖަހައިލައިގެންހުރެ ތޭންކްސްއޭ ބުނެލިވަގު ކުއްލިއަކަށް ޒޫނާއައިސް އަހަރުމެން ދެމީހުންގެ މެދުގައި ހުއްޓުނެވެ.

“ފާލިހް… ހައު އިޒް މައި ޑްރެސް؟”
ޒޫނާ ވަރަށް ތުއިވެފައި މިހެން އެހުމުން ފާލިހު މޫނަށް ފޫހިވައްތަރެއް ޖައްސައިލިތަން އަހަރެންނަށްފެނުނެވެ.

“ތި ޑްރެސް ދެން އޯކޭ ދޯ…. އަޅެ މިގަޑީގަ މިތަނުން ދުރަށް ގޮސްލަފާނަންތަ؟ ނައު އައިއޭމް ބިޒީވިތް މައި ޕްރިންސެސް..”

ފާލިހު މިހެންބުނުމުން އަހަރެންނަށް ހައިރާންވެފައި ފާލިހުގެ މޫނަށް ބަލައިލެވުނެވެ. އެވަގުތު ފާލިހުގެ ހިތުގައި އަހަރެންނަށްޓަކައި އުތުރިއަރަމުންދާ ލޯބި ވަރަށްސާފުކޮށް އޭނާގެ ދެލޮލުން އަހަރެންނަށް ފެންނަމުންދިޔައެވެ. އަހަރެންނަށްވީ ގޮތްވެސް ނޭނގުނެވެ. އަހަރެންނަށް އެންމެރީތި އަދިއަބަދުވެސް އަހަރެން އެންމެގަޔާވާ ފާލިހުގެމީހަކަށް ވެވުމުން އުފަލުންގޮސް ދެލޯ ފެންކަޅިވިއެވެ. ފާލިހު އަހަރެންގެއަތުގައި ހިފައިގެން އެތަނުންދުރަށް ދިއުމަށް ހިނގައިގަތުމުން ޒޫނާ ރޮވިފައިހުރެ އަހަރެންނާއި ދިމާލަށް ބަލަމުންދިޔައެވެ.

“އޭރުމީ ޗޮސްޕަޓަސް އަކަސް މިހާރުމީފާލިހުގެ ޕްރިންސެސް..”
ޒޫނާއަށް އަޑުއިވޭވަރަށް މިހެންބުނެ އަހަރެން ފާލިހުގެ ގައިގައި ބާރަށް ބައްދައިލީމެވެ.

ނިމުނީ…

ނޯޓް: މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Between memories and imagination, I find stories worth telling. I write ✍️ I read 📖 I share ✍️📖🤍

Other Articles

Previous

ކުށްވެރިޔަކީ… (4)

Next

ކަނޑުފެން (ބާވީސްވަނަ ބައި) KanduFen P-22

Next
December 24, 2015

ކަނޑުފެން (ބާވީސްވަނަ ބައި) KanduFen P-22

Previews
December 24, 2015

ކުށްވެރިޔަކީ… (4)

33 Comments!

  1. Eyesh says:
    December 24, 2015 at 10:27 am

    Hello everyone ?? .. this is my 5th story. and also the 2nd short story… hope kuran hurihaakudhin nahves mivaahaka ves reethi vaane kamah ?

  2. mice says:
    December 24, 2015 at 10:43 am

    woww! varah reethi! luv it! hope to see more strys like this frm u eyesh!

    1. Eyesh says:
      December 24, 2015 at 10:49 am

      Awwwn thank u mice ?? m so happy that u loved it ?

  3. aathi says:
    December 24, 2015 at 10:50 am

    Omg…its so nice .. haha..n sum words vrh majaa.. poor zoona..hihi.. nice story.. 😉

    1. Eyesh says:
      December 24, 2015 at 10:51 am

      Yeah poor zoona dhw. Hehehe ???
      Thanx ingey swyty ??

  4. Tutu says:
    December 24, 2015 at 11:17 am

    Hitheyri ey coahcheh?

    1. Eyesh says:
      December 24, 2015 at 11:19 am

      Hitheyri akee hiy varugadha ?

  5. dha'thi says:
    December 24, 2015 at 12:16 pm

    varah salhi vaahaka eh.

    Hotheyri ge maana akee “Hivvaru huri or Hivvaru gadha” according to radheef.

    1. Eyesh says:
      December 24, 2015 at 3:19 pm

      Yess dha’thi.. “hitheyri” mibahuge thiyabunaa dhemaanaves indhey.. eyesh ves mibas hoadhee radheef in. ?

  6. Ahmed Ammu says:
    December 24, 2015 at 2:29 pm

    Wow. V habeys story eh. You are too good ????
    “Chos patas” “Falageri falhi” feeling funny

    1. Eyesh says:
      December 24, 2015 at 3:20 pm

      Thanx ammu ?
      Hehehe majaa dhw e nan thah ???

  7. Faxoo says:
    December 24, 2015 at 2:55 pm

    hehe wow. varah reethi 😀 and so cute! vvvvv reethi mi story ves! haassakoh mi story short story akah vyma. 🙂 good luck for the next story Eyesh

    1. Eyesh says:
      December 24, 2015 at 3:21 pm

      Awwwwn thank u so much faxooo ?

  8. afy says:
    December 24, 2015 at 4:09 pm

    Maasha allah mivaahaka ves v v reethi.v kiyaahithun mivaahaka mi keeves. Eyesh ge hurihaa vaahaka eh ves v v intresting

    1. Eyesh says:
      December 24, 2015 at 4:28 pm

      Awwwn afy ??? m so happy afy ah mi story ves rythi veema … and thank u v v v bodah… v v v happy vejje ??☺

  9. sadhaaa says:
    December 24, 2015 at 4:15 pm

    Eyesh haadha molhey ??masha Allah. ..mi vaahaka varah reethi ?
    And varah majaa. ..keep it up

    1. Eyesh says:
      December 24, 2015 at 4:31 pm

      Sadhaaa ???? thank u so much… v v happy sadhaaa eyesh ge hurihaa stories eh ves kiyaathy… n sadhaaa ah mi story ves rythi veema v ufaa vejje ???

  10. melaanee says:
    December 24, 2015 at 5:46 pm

    haadhahaa vaa maja stry eke dho.asluves v hihvarugadha lailaa eh thi. keep the good work Eyesh.

    1. Eyesh says:
      December 24, 2015 at 7:22 pm

      Majaa dhw Hehe ? thanx melaanee ?

  11. maahish? says:
    December 24, 2015 at 6:51 pm

    Nice story eyesh…
    Eyesh vaahaka thah vrh reethi?
    Kyp it up..love u???????

    1. Eyesh says:
      December 24, 2015 at 7:23 pm

      Awwwwn …. maahish thank u so so much ? luv u too ingey ❤❤

  12. faathun says:
    December 24, 2015 at 8:05 pm

    V v nice igey.abaduves thi gothuga hifahattalaathi thanks mifadha vaahaka eh genes dhineethee

    1. Eyesh says:
      December 24, 2015 at 11:36 pm

      Awwwwn… Thanks a lot faathun ??

  13. Immy says:
    December 24, 2015 at 8:42 pm

    vrh salhiii….. waitin fr nxt prt

    1. Eyesh says:
      December 24, 2015 at 11:37 pm

      Thanx immy ? its a short story dear… so ehen part eh nyhnaane dhen ??

  14. santhi says:
    December 24, 2015 at 11:00 pm

    V NYC story hevey varun nuvz kiyey ????

    1. Eyesh says:
      December 24, 2015 at 11:37 pm

      Hehehe assu tha ? thanx ingey santhi ?

  15. me says:
    December 25, 2015 at 1:26 am

    Eyesh… u made me cry.. same thing hpnd to me…. stry ix awesome… luvin it…. 🙂 🙂 but v v dhera vejje e dhuvas thah mathin handhaan vefa…. 🙁 🙁 🙁 🙁 🙁 n mikahala lwbi lwbi vaahaka genes dhexhey… gud luck

    1. Eyesh says:
      December 25, 2015 at 4:11 am

      Oh me .. m so sorry me rovaa levunyma ?.. n also i understand ur feelings dear. and v v v ufaa vejje me ah mi story kamudhiyaama ingey. Insha allaah mikahala lwbi lwbi adhi miah vureves loabi stories gensdheveytho eyesh abadhuves try kuraanan.. thank yuh ??

  16. Hana says:
    December 25, 2015 at 1:24 pm

    Vaahaka varah varah reethi. Keep it up ?

    1. Eyesh says:
      December 26, 2015 at 11:35 am

      Thank u hana ?

  17. yaanube says:
    January 1, 2016 at 6:06 pm

    i love this chospatass

  18. Angel says:
    December 3, 2017 at 1:50 pm

    i really lyk thix stry … 🙂 Keep it up

Comments are closed.



All Right Reserved!