Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބީގާ ވާތީފަނާ… (12ވަނަ ބައި)

Eyesh Level 210 Stories100 Comments
December 24, 2015 6 Mins Read
20 Comments

“ޒައިން … ބުރޯ… ކައެ ހޭލާކަށް ނުވޭތަ… މިހާރު އެއޮށް ސައި ގަޑިޖެހެނީ..”
ޒައިންއަށް ހޭލެވުނީ ނަދީމު ދެފަހަރަކު އޭނާގެކޮލުގައި މަޑުމަޑުންޖަހައިލުމުންނެވެ. ޒައިން ތެދުވެ ތަޅުންގަނޑުމަތީގައި އިށީންނަމުން ދެލޯއުނގުޅައިލައި ވާޅަށްދެމިލަމުން ނަދީމް ކައިރިން ގަޑި އަހައިލިއެވެ.

“ކައެ ރޭގަ ކޮންފާޑަކަށްތަ އުޅުނީ؟ ޕިސް ޕިސް… މަ ވާހަކަ ދައްކަން ފެށީމަ މަވެސް ފޮޅުވާލާފަ… ތިވަރުގެ މީހުން ބިޑި ބޯނެކަމެއް ނެތް..”
ފާޚާނައިން ނިކުމެގެން އައި އާސިމް ޒައިންެމެން ކައިރީގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.
އެވަގުތު ޒައިންގެ ސިކުނޑީގައި ރޭގައިވީ ހުރިހާ ކަމެއްގެ ހަނދާންތައް އާވެގެން ދިއުމުން އެއިން އެއްވެސް ކަމެއް އަފާއަށް އެނގިއްޖެނަމަ އޭނާ ދެރަވާނެވަރު ހިތަށްއަރައިފައި ފެންކަޅިވިއެވެ.

 

 

ހެނދުނު ދިހައެއް ޖެހިއިރުވެސް އަފާ ސައިބޯން ނުނިކުންނާތީ ސަމީރާގޮސް ކޮޓަރީގެ ދޮރުގައި ދެފަހަރަކު ޓަކިޖަހާލަމުން އަފާއަށް ގޮވިއެވެ.
“ކީކޭ މަންމާ؟” ދޮރު ނުހުޅުވަނީސް ސަމީރާ އެތަނުން ނުދާނެކަން އެނގޭތީ އަފާފޮސް ދޮރުހުޅުވައިލުމަށްފަހު އަނެއްކާވެސް އެނދުގައި އޮށޯތެވެ.
“ދަރިފުޅުގެ ދެލޯ ހާދަރަތޭ… ރޮއިފަދޯ ތިހުރީ… ކިހިނެއްވީ؟” އަފާގެ މޫނުފެނިފައި އޭނާ އެއުޅެނީ ކޮންމެވެސް ކަމަކާއި ދެރަވެގެންކަން ސަމީރާއަށްއެނގުމުން ވެގެންއުޅޭގޮތެއް އަފާކައިރިން އަހައިލިއެވެ.

ބޮލުގައި ރިއްސަނީކަމުގައި ބުނެއަފާ ސަމީރާއަށް ދޮގުހެދީ ވެގެންއުޅޭގޮތް ސަމީރާއަށް އަންގަން އޭނާ ބޭނުންނުވާތީއެވެ.
އަދި އަމުދުން ޒައިންއާއި ވާހަކަ ދައްކާކަން އެނގިއްޖެއްޔާ ސަމީރާއާއި މޫސަ ރުޅިއަންނާނެވަރު ހިތަށްއެރުމުން އޭނާގެ ކުދިކުދި ވެފައިވާހިތަށް ވިސްނައިދިނުމަށްފަހު ހިނިތުން ވެލިއެވެ.

“ކޮއްކޯ…. ކޮއްކޯ… ދޮންބެމިއައީ ކޮއްކޮއަށް ވަރަށް ހެޕީނިއުސް އެއްދޭން… ”
ކޮޓަރިތެރެއަށް ވަދެގެންއައި ވަސީމު ހެވިފައިހުރެ އެނދުމަތީގައިއޮތް އަފާގެ މަގަތުގައި އިށީނެވެ. ތިދައްކާ ވާހަކައެއް ދައްކާފައި ސައިބޯން އަންނާށޭ ކިޔައި ސަމީރާ ނިކުމެގެން ދިއުމުން ވަސީމް އަފާގެ އަތުގައިހިފައި ނަގައި އެނދުމަތީގައި ބޭންދިއެވެ.

“ކޮއްކޮ ހަނދާން ވޭތަ… ކޮއްކޮ އުޅުނީމެއްނު ވަރަށް ރާއްޖެތެރެއަށް ދާހިތުން… ދޮންބެ އެބަވިސްނަން މިތާކައިރީގަ މިއޮއްނަ ތުލުސްދޫއަށްދާން.. މިހަފްތާ ކޮއްކޮމެންނަށް ބަންދެއްނު.. އެއްދުވަހަށް ދޯ ދާނީ.”

ވަސީމް މިހެން ބުނުބުން އަފާ އުފަލުން ތޭންކްސް އޭކިޔައި ވަސީމްގެ ގައިގައި ބައްދާލުމަށް ފަހުތެދުވެ ދެމީހުން އެކުގައި ސައިބުއިމަށްޓަކައި ކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ.

 

ދަތުރުގެ ކަންތައް ރޭވުމަށްޓަކައި ގަޑިން މެންދުރު ބާރަޖެހިއިރު ސަމީރާގެއެދުމަށް ރީޝާއާއި ޝާމްވެސް އެގެއަށް އައެވެ.

އަދި އެންމެން އެކުގައި ތިބެ ދަތުރުގެ ހުރިހާކަމެއް ރޭވުމަށްފަހު މާދަމާ ހަތްގަޑި ބަޔަށް އެންމެން ތައްތާރުވެގެން ތިބުމަށް ވަސީމް ބުންޏެވެ.

 

 

ހެނދުނު ހަތެއް ޖެހިއިރު ހޭލައިގެން އަފާތައްޔާރުވެލައިގެން ނިކުތްއިރު ސިޓިންރޫމުގައި ހުރިސޯފާގައި ވަސީމްއާއި ރީޝާ އަދިޝާމް ތިބުމުން އަފާމަޑުމަޑުން އައިސް އެމީހުން ކައިރީގައި އިށީނުމުން ވަސީމްގޮސް ސަމީރާމެންގެ ކޮޓަރީގެ ދޮރުގައި ޓަކިދެމުން މަންމާއޭކިޔައި ގޮވައިލިއެވެ.އޭގެ ކުޑައިރުކޮޅެއް ފަހުން މޫސައާއި ސަމީރާ ތައްޔާރުވެގެން ނިކުތުމުން ބޮޑު ޕިކަޕަކަށް ގުޅައިގެން ގެނެސް ޝާމްއާއި ވަސީމް ހުރިހާދަބަހެއް އެއަށް އެރުވުމަށްފަހު އެންމެންވެސް ޕިކަޕަށްއެރީ އެންމެންއެކުގައި ދިއުމުން އިތުރަށް މަޖާވާނެތީއެވެ.

 

ދުވަހަކީ މޫސުން ވަރަށްރީތި ދުވަހެއްކަމުން ކަނޑުމަޑުވެފައި ދަތުރުކުރުމަށް ވަރަށްވެސް ހިތްގައިމެވެ. ނިޔާމަދަތުރަކަށްފަހު ބަރާބަރު ގަޑިއެއްގެ އިރުތެރޭގައި ރަށަށްލެފުނެވެ. އޭރު ރަށުގެޖެޓީމަތީގައި ވަސީމްގެ ރައްޓެހި ނަބާހު އެމީހުންނަށް މަރުހަބާކިޔުމަށް އައިސްހުއްޓެވެ. އެންމެން ފެރީއިން ފޭބުމާއިއެކު ނަބާހު ޕިކަޕެއްގެނެސް އެންމެންނާއި ދަބަސްތައް އެއަށް އަރުވައިގެން އެމީހުން ތިބުމަށް ހަމަޖައްސާފައިވާ ގެސްޓުހައުސްއަށް ދިޔައެވެ.

ެއެންމެން އެކުގައިގޮސް އިމާރާތުގެ މައިދޮރުން ވަދެގެންއައިސް ގޯތިތެރޭގައި ހައްދާފައިވާ ރީތިމާގަސްތަކުގެ މެދުގައި ޕޭމްންޓުގާޖަހައިގެން ހަދާފައިވާ ހަނިމަގުން ހިގާފައިއައިސް ގެސްޓުހައުސްގެއިމާރާތުގެ އެތެރެއަށްވަނެވެ. އެތެރެއަށްވަންނަ ދޮރުކައިރީގައި ލަކުޑިން ހަދާފައިހުރި ރީތި ބޮޑު ކައުންޓަރުގައި އިންއަންހެން ކުއްޖާއަތަށް ވަސީމްގެ އައިޑީކާޑު ދިއްކޮށްލުމާއިއެކު އެކުއްޖާ އޭގެ ފޮޓޯކޮޕީއެއް ނެގުމަށްފަހު ތިންކޮޓަރީގެ ތަޅުދަނޑިއާއި އަދިވަސީމްގެ އައިޑީކާޑު ދިނުމުން އެންމެން ދަބަސްތައް ހިފައިގެން ސިޑިން މައްޗަށްއެރީ ކޮޓަރިތައް ހުންނަނީ ފުރަތަމަ ފަންގިފިލާގައި ކަމަށްވާތީއެވެ.

މޫސައާއި ސަމީރާ އެއްކޮޓަރިއަށް އަދި ވަސީމްއާއިޝާމް އަނެއްކޮޓަރިއަށް ވަނުމުން އަފާއާއި ރީޝާވެސް އެދެމީހުން ތިބުމަށް ހަމަޖެހިފައިވާ ކޮޓަރިއަށްވަދެ ދަބަސްތައް ބަހެއްޓައި ހަމަޖެހިލިއެވެ.
އެއީތަނަވަސް ބޮޑު ކޮޓަރިއެކެވެ. ފާރުތަކުގައި ހުދުކުލަ ލާފައިވާއިރު ކޮޓަރީގެ ކަނާތްފަރާތާއި އަދި ވައަތްފަރާތުގައިވެސް ފާރާއި ޖައްސާފައި ކުއީންސައިޒުގެ ބޮޑު ދެއެނދު ހުއްޓެވެ.

ކޮޓަރީގެ ދޮރުކައިރީގައި ކަޅުކުލައިގެ ބޮޑުޑްރެސިން ޓޭބަލަކާއި ބޮޑުއަލަމާރިއެއް ހުރިއިރު ކޮޓަރިތެރޭގައި ބަހައްޓާފައިހުރި ކުޑަސޯފާގޮނޑިން ތަނުގެރީތިކަން އިތުރަށް ފުރިހަމަކޮށްދެއެވެ.
ކޮޓަރިއަށް ވަދެވުމާއިއެކު އަފާގޮސް އޭސީ ޖައްސައިލުމަށްފަހު އެނދުގައި އޮށޯވެލިއެވެ.

“އޯމައި ގޯޑް… މަހީ ނުކުރަން މިތަންމިހާ ރީތިވާނެކަމަކަށް.. ބަލާބަލަ ޓޮއިލެޓްވެސް ސާފުކަން… އަދި މިހުރިހާ ފަރުނީޗަރެއް ކަޅުކުލައިގަ ހުރީމަ އަޅެ ހާދަރީއްޗޭ ދޯ..”
ފާޚާނައިގެ ދޮރުހުޅުވާލުމަށްފަހު އެތެރެބަލައިލަމުން އުފާވެފައިހުރެ ރީޝާ ވާހަކަދެއެކިއެވެ. އަފާއަށް ރީޝާ ދައްކަމުން ދިޔަ ވާހަކަ އަޑުވެސްނީވޭ ކަހަލައެވެ. ދަތުރުކުރުމުން ވެފައިވާ ވަރުބަލިކަމުގެ ސަބަބުން އެއޮތްގޮތަށްއޮވެ އަފާއަށް ނިދުނީއެވެ.

 

 

“އަފާ.. އަފާ..ތެދުވެބަލަ… މިހާރު އެއޮށް ބާރަޖެހީ.. އެކެއްޖަހާއިރު ކާންދާންވެސްޖެހެއެްްނު…” އަފާއަށް ހޭލެވުނީ ޑްރެސިންޓޭބަލް ކައިރީގައި ރީތިވާންހުރި ރީޝާ ބާރަށް ގޮވަންފެށުމުންނެވެ. މޯޅިއަކަށް ދެމިލުމަށްފަހު ތެދުވެ ފާޚާނާއަށްވަދެ ފެންވަރާލައިގެން ނިކުމެ އަފާވެސް ތައްޔާރުވާން ފެށިއެވެ. އަލަމާރިކައިރީގައިހުރި ބޮޑުމޭޒުމަތީގައި ބަހައްޓާފައިހުރި ދަބަހުން ރަތްކުލައިގެ އަތްކުރު ޓީޝާޓަކާއި މަޑުނޫކުލައިގެ ޖިންސެއް ނަގައިގެން ލުމަށްފަހު ތުންފަތުގައި ރަތްކުލަ ޖައްސައިލައި މޫނުގައި ފުށްޖަހައިލިއެވެ. އަދި އެފަން ކަޅު އިސްތަށިގަނޑުގައި ފުނާއަޅައިލައި ފަހަތަށް ދޫކޮށް ލުމަށްފަހު ލޯގަނޑުކުރިމަތީގައިހުރެ ފަރިބަލަން ފެށިއެވެ.

“ހްމް… ރީއްޗޭ ރީއްޗޭ… ދޭބަލައަޅެ ބޭބެ ކޮބާތޯބަލާލަން.. މިހާރު ބަނޑުހައިވެގެން ބަނޑުން އަޑުގޮވަންވެސް ފަށައިފި..” ރީޝާ ހެމުން މިހެންބުނެ އަފާގެ ބުރަކަށީގައި އަތްއަޅައި ދޮރާއިދިމާލަށް ކޮއްޕައިލިއެވެ. އަފާވެސް ހެމުންހެމުން ނިކުމެގެން ގޮސް ވަސީމުމެން ކޮޓަރީގެ ދޮރުގައި ބާރަށް ތަޅަމުން ވަސީމުއަށް ގޮވަންފެށިއެވެ.
އެވަގުތު ކުއްލިއަކަށް ދޮރުހުޅުވައިލި ޝާމްފެނިފައި އަފާއަށް ހުއްޓުން އަރާގޮތްވިއެވެ. އުނަގަނޑުގައި އޮޅާފައިވާ ހުދުކުލައިގެ ތުވާލީގައި ހުރިއިރު އެކަސްރަތީ ރީތިހަށިގަނޑާއި ތަނަވަސްމޭމަތި ހާމައަށް ފެންނަން ހުރުމުން އޭނާގެ ފިރިހެންވަންތަކަން އިތުރަށް ސިފަވެގެންދެއެވެ. އޭރުވެސް ޝާމްގެ ތެމިފައިވާ އިސްތަށިގަނޑުން ވެއްޓެމުންދިޔަ ފެންތިކިތައް ކޯތާފަތްމަތިން އައިސް ކަނދުރާމައްޗަށް ފައިބަމުން ދިޔަމަންޒަރު ބަލަން ބަސްހުއްޓިފައި އަފައަށް ހުރެވުނެވެ.

“އޭތް… އަފާ.. ކޯއްޗެއްތިބަލަނީ.” ޝާމް އޭނަގެއަތުން ބާރަށް ފުށްޓަތްކެއް ޖަހައިލަމުން އަފާއަށް ގޮވައިލިއެވެ.

“އޭނ..ނުބަލަން.. މީ… ދޮންބެ… ” ޝާމްގެ މޫނަށް ބަލަހައްޓައިގެން ގެއްލިފައިހުރި އަފާއަށް ސިއްސައިގެގޮސް ބުނެވުނީ މިހިސާބަށެވެ. އަފާ ޝާމްދެކެ ލޯބި ނުވިއެއްކަމަކު އެރީތި ފިރިހެންވަންތަ ހަށިގަނޑު ފެނިފައި އަފާއަށްވެސް އޭނާގެ އެރީތިމަކަށް ހިތާއިހިތުން ތަޢުރީފު ކުރެވުނެވެ.

“ވަސީމް ހޯދަންދޯ…. އޭނަ އެވަނީ ފެންވަރަން..އަހަރުމެން ވަރަށް އަވަސްކޮށްލާނަން އިނގޭ.”
މިހެންބުނެ ޝާމް ކޮޓަރީގެދޮރު ލައްޕައިލުމުން އޭނައާއި ދިމާލަށް ބަލަން ހުރެވުނުގޮތް ހަނދާންވެފައި އަފާ ލަދުންހުރެ ހެމުންގޮސް ކޮޓަރިއަށް ވަނެވެ.

 

އެންމެން ތައްޔާރުވެގެން ބަރާބަރު އެކެއްޖެހީރު ތިރިއަށް ފޭބިއިރި ކައުންޓަރުކައިރީގައި ހުރި ބޮޑުސޯފާގައި ނަބާހު އެމީހުންގެ އިންތިޒާރުގައި އިނެވެ. އެންމެން އެކުގައި ހިނގާފައި ގޮސް ގެސްޓުހައުސްއާއި މާދުރުނޫން ހިސާބެއްގައިހުރި ބޮޑު ކެފޭއަކަށްވަދެ ބޮޑުމޭޒެއްކައިރީގައި އިށީނެވެ.

މިއަދުގެ ކެއުމަކީ ނަބާހުދޭ ކެއުމެއްކަމުން ކާއެއްޗިއްސަށް އޯޑަރު ކުރީވެސް އޭނާއެވެ. އޯޑަރުދިންތާ ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު ފަހުން ވެއިޓަރު މީހާއައިސް މޭޒުމަތީގައި ކާއެއްޗެހިއަތުރަންފެށިއެވެ. ބޮޑު ބަތްކަހަނބަކާއި، ގަރުދިޔައާއި، ފެނުކެއްކި އަލައާއި، ރޯމިރުހާއިލުބޯ އަދި ފިހެފައިއޮތް ބޮޑު ފަރުމަހެއް ތަބަކަކަށް ލައިގެން އައިސް މޭޒުމަތީގައި ބެހެއްޓިއެވެ.

” ސަޕްރައިޒެއްވީމަ އޯޑަރުކުރި އެއްޗެހި ނުބުނީ… އަވަހަށް ކާންފަށާ…”
ނަބާހު މިހެންބުނެ އޭނާގެ ތައްޓަށް ބަތްއަޅަން ފެށިއެވެ. މޭޒުމަތީގައިހުރި ކާއެއްޗެހި ފެނިފައި އެންމެންވެސް ވަރަށް ގަޔާވެފައިތިބެ ކާންފެށީ މިފަދަ އެއްޗެއްކާން ނުލިބޭތާ އެތައްދުވަހެއް ވެފައިވާތީއެވެ.

 

އެކިކަހަލަ ސަކަރާތުގައި އެންމެން އެކުގައި މުޅިދުވަސް ހޭދަކޮށްލުމަށްފަހު އެނބުރި ގެސްޓުހައުސްއަށްއައީ އިރުއޮށްސުމުންނެވެ. ރޭގަނޑުގެ ކެއުމަށްދާން ހަމަޖެހިފައިއޮތީ އަށެއްޖަހާއިރު ކަމުން އެންމެންވެސް ފެންވަރައި ތައްޔާރުވެގެން ބަރާބަރުގަޑިއަށް ތިރިއަށްފޭބިއެވެ.
ކައިގެން ރަށުތެރޭގައި ހިނގާލުމަށްފަހު އައިސް އެންމެންވެސް ކޮޓަރިތަކަށްވަދެ އަވަހަށް ނިދީ އޭގެއަނެއްދުވަހު ވަރަށް ހެނދުނާ ހޭލައިގެން މަސްދަތުރުދާން ރާވައިފައިވާތީއެވެ.

 

 

ފަތިހު ފަހެއްޖެހީރު ނަބާހު އައިސް ވަސީމްމެންގެ ކޮޓަރީގެދޮރުގައި ތަޅައި ވަސީމުއާއި ޝާމް ހޭލެއްވިއެވެ. އަދިއެތިން މީހުންވެގެން ބާކީތިބި އެންމެން ހޭލައްވައި ތައްޔާރުވެގެން ޖެޓީއާއި ހަމައަށްދެވުނުއިރު ގަޑިން ހައެއްޖަހަނީއެވެ.
ނަބާހުގެ އެހީއާއިއެކު ޖެޓީގެ ބޭރުގައި އޮތް ކުޑަދޯންޏަށް އެންމެން އަރައި ހަމަޖެހިލުމުން ދުއްވަންހުރި ނަބާހުގެ ބޭބެ ސޯބިރު ދޯނި ސްޓާޓް ޖކޮށްލިއެވެ.

“އަވަހަށް އުޅެމާ ސައިބޯން… މިހުރީ ހެދިކާއާ މައިލޯ..” ނަބާހު އަތުގައި އޮތް ބޮޑު ހެދިކާކޮތަޅާއި މައިލޯ ޕެކެޓުތައް އަޅާފައިހުރި ކޮތަޅު ދޯނިތެރޭގައި ބެހެއްޓުމުން އެންމެން ވެސް އެދިމާލަށް ކައިރިވެލައި ކާންފެށިއެވެ. ސަމީރާގޮސް ދޯނި ދުއްވަން ހުރި ސޯބިރުއަށްވެސް ހެދިކާއާއި މައިލޯ ޕެކެޓެއް ދިނުމަށްފަހު މަސްބޭނުމަށް ތައްޔާރުވާން ފެށިއެވެ. މަސްބާނާ ކަންވާރު އޮޅާފައިވާ ފުޅިއެއް ކޮންމެމީހެއްގެ އަތަށް ދިނުމަށްފަހު ބުޅީގައި އެންކޮޅު އަޅުވާގޮތް ނަބާހު ކިޔައިދިނުމުން ކޮންމެމީހަކުވެސް އަމިއްލައަށް އެމީހެއްގެ އަތުގައި އޮތް ކަންވާރުގެ ބުޅީގައި އެންކޮޅު އެޅުވުމަށްފަހު މޫދަށް ދޫކުރިއެވެ.

“އަނހާ…. އެދިޔައީ ކޮށާލާފަ.. މިމަސްތައް މަގޭ ނަނުގައި ނުޖެހެން އުޅޭހެން ހީވަނީ… ”
މޫސަ ޕިސް ތަޅައިގަންނަމުން މިހެން ބުނުމުން އެންމެން އެއްފަހަރާ މޫސައާއި ދިމާލަށް ބަލައި ހީގަތެވެ.

“މިއޮތީ އަޅާފަ…. ” އަތުގައިއޮތް ނަނަށްއައި ކުއްލި ލޮޅުމާއިއެކު ޝާމް ފުންމައިގެން ކޮޅަށް ތެދުވިއެވެ. ވަސީމްގެ އެހީއާއިއެކު ނަނުގައި ގަނެފައިއޮތް އެބޮޑު ރަތްމަސް ނަގައި ދޯންޏަށް އެރުވިއެވެ. މިތަންފެނި އަތްތިލަބަޑި ޖަހަމުން ނަބާހު އައިސް މަހުގެ އަނގައިގައި އެޅިފައި އިންބުޅިނައްޓައި މަސްނަގައި ދޯނީގެ ވަތުތެރެއަށް އެއްލައިލިއެވެ. ދަތުރު ނިމުނުއިރުވެސް ސަމީރާއާއި އަފާއަދި މޫސައަށް އެއްވެސް މަހެއް ނުބޭވޭއިރު ރީޝާއާއި ވަސީމު ހަތަރުމަސް ބޭނުމުން އުފަލުން ފުމެނީއެވެ. ޝާމްއަށް ފުރަތަމަ ބޭވުނު ބޮޑުރަތްމަހުގެ އިތުރުން އެހެންމަހެން ބޭވެގޮތެއްނުވިއެވެ. ދަތުރުމަތީގައި ވަރަށް މަޖާކުރުމަށްފަހު އެނބުރިއައިސް ދޯނި ރަށާއިކައިރިކުރިއިރު އެގާރަޖަހަނީ ޖަހަނީއެވެ.

 

އޭރު އެންމެންވެސް ބަނޑުހައިވެފައި ތިބިވަރުން ގެސްޓުހައުސްއަށް އައީ އައިމަގުމަތީގައި ކެފޭއަކަށްވަދެ ކައިގެންނެވެ. އެންމެން ގެސްޓުހައުސްއަށް ވަނުމުން ނަބާހުވެސް ބޭވުނު މަސްތައް ހިފައިގެން ގެއަށްދިޔައީ ގޭގެ ފުރިޖަށް ލުމަށްޓަކައެވެ.

 

ވެފައިވާ ވަރުބަލިކަމުން އެންމެންވެސް ބޭނުންވީ ފެންވަރާލައިގެން ނިދާލުމަށެވެ. ރޭގަނޑު ހަތެއްޖެހިއިރު ނަބާހު އައިސް އެންމެންނަށް ގޮވުމުން ތެދުވެ ތައްޔާރު ވެލައިގެން މިއަދު ބޭވުނު މަސްތައް ފިހުމަށް އަތިރިމައްޗާދިމާލަށް ދިޔައެވެ. އޭރު އަތިރިމަތީގެ ވަކިހިސާބެއްގައި ބައި ބައިގަނޑަށް މީހުން މަސްފިހެ އެޅެއެވެ. މަސްފިހުމަށް ބޭނުންވާ ހުރިހާ ތަކެތި ތައްޔާރުކޮށްގެން އޭރު ސޯބިރު ވެސް އެދިމާލުގައިހުއްޓެވެ.
މަސްތަކުގައި ޅިޔައަޅައި މިރުސްވެސް ކާއްތައިފައި ހުރުމުން ހަމައެކަނި އެމީހުންނަށް ޖެހުނީ އަލިފާންގަނޑެއް ޖަހައި މަސްތައް ފިހެލާށެވެ.

 

 

މަސްފިހެ ކައި ހަދައިގެން އެންމެންވެސް ބޭނުންވީ އަތިރި މަތީގައި އިރުކޮޅަކު ތިބެލަންކަމުން މޫދުގެ ލޮނުގަނޑު ބީއްސާ ހިސާބާއި ކައިރީގައި ފައިން ފަސްގަނޑު އެއްވަރު ކޮށްލުމަށްފަހު ވައްބުރަކަށް ވާނެހެން އެންމެން އިށީނެވެ. އަދި ނަބާހުގެ ހިޔާލާއި އެއްގޮތަށްް “ޓްރޫތް އޯ ޑެއާ” ކުޅުމަށް އެންމެންގެ މެދުގައި ކުނަލެއް އަޅައި ހޯސްޓެން ހުސްކުރި ފުޅިއެއް ބޭއްވިއެވެ.

“މި ގޭމް ކުޅޭގޮތް އެއްމެންނަށްވެސް އެނގޭ ދޯ.. އެކަމަކު އަދިވެސް ކިޔާލަދޭނަން އިނގޭ.. ފަހަރަކު މީހަކު ފުޅި އަނބުރާލާނީ.. ފުޅީގެ އަނގަ އިންނަކޮޅު ހުއްޓޭ ދިމާލުގައި އިންނަ މީހަކަށް ޖެހޭނީ ޓްރޫތް ނޫނީ ޑެއާނަގަން.. ޓްރޫތް ނަގައިފިއްޔާ އެންމެންވެގެން ކުރާނަން އެއްސުވާލު. އެސުވާލަށް ތެދަށް ޖަވާބުދޭންޖެހޭނެ… ޑެއާ ނަގައިފިއްޔާ އެންމެން ބުނާ ކަމެއް ކުރަންޖެހޭނީ…އޯކޭތަ؟”
ކުޅިވަރު ކުރިއަށް ދާނެގޮތް ކިޔައިދިނުމަށްފަހު ނަބާހު ފުޅިއަނބުރައި ލިއެވެ. އިރުކޮޅަކު އެނބުރި ލުމަށްފަހު މޫސައާއި ދިމާލަށް ފުޅިހުއްޓުމުން އެންމެންނަށް އެއްފަހާރާ ހަޅޭއްލަވައިގަނެވުނެވެ. މޫސަ ނެގީ ޓްރޫތް ކަމުން އެންމެން ވަރަށް ސިއްރުން ސައްލާ ކުރުމަށްފަހު މޫސައާއި ކުރާނެ ސުވާލެއް ނިންމިއެވެ.

“މަންމަ ގެ ކުރިން ބައްޕަ އެހެން ކުއްޖަކާ ރައްޓެހި ވީންތަ؟ ”
ހެވޭ ވަރުން އަނގަ މަތީގައި އަތްއަޅައިގެން އިނދެ އަފާ ސުވާލު ކުރިއެވެ.
“އާނ… އޭނައަށް ކިޔަނީ ޒުހުރާ”
މޫސަ ސަމީރާގެ މޫނަށް ބަލައި ލުމަށްފަހު އިސްޖަހައިލަމުން ޖަވާބު ދިނެވެ. އޯ އޭކިޔައި އެންމެން އެއްފަހަރާ ހަޅޭއް ލަވައިގަނެ ހޭންފެށިއެވެ.

މިފަހަރު ފުޅިއަނބުރައިލީ ނަބާހުއާއި ޖެހިގެންއިން ޝާމްއެވެ. ބާރަށް އެނބުރިލުމަށްފަހު ފުޅި ހުއްޓުނީ ވެސް ޝާމްއާއި ދިމާލަށެވެ. ޝާމްވެސްނެގީ ޓްރޫތް ކަމުން އޭނާއާއި ސުވާލު ކުރަން ބޭނުންވީ ސަމީރާއެވެ.

“ޝާމް ލޯބިވާ ކުއްޖަކު ހުރޭތަ؟ ”
ސަމީރާ ވަރަށް ހެވިފައި މިހެން އެހުމުން ޝާމް އިސްޖަހައިގެންއިނދެ އިރުކޮޅަކު ވިސްނައިލުމަށްފަހު ތެޅިތެޅިއޮތް ހިތަކާއިއެކު އޭނާ ލޯބިވާ އެއްވެސް ކުއްޖެއް ނެތްކަމުގައި ބުންޏެވެ. ޝާމްއަށް ގަސްދުގައި ދޮގުހަދަންޖެހުނީ އެގޮތަށް ކަންތަށް ނުކޮށްފިނަމަ އޭނާއާއި އަފާއާއި ދެމެދުގައި ވެފައިވާ އެއްބަސް ވުމާއި ޚިލާފު ވާނެކަން ކަންއެނގޭތީއެވެ. އެވަގުތު ޝާމް ވަރަށް ސިއްރުން އަފާގެމޫނަށް ބަލައިލިއިރު އަފާ ހެވިފައި ޝާމްގެ މޫނަށް ބަލަންއިންތަންފެނުމުން އޭނާއަށް ހިތްހަމަ ޖެހުމުގެ ނޭވާއެއްލެވުނެވެ.

އެންމެން އެކުގައި އެތައް އިރަކު މަޖާކުރުމަށްފަހު އެނބުރި ގެސްޓުހައުސްއަށް ދިޔައީ ދަންވަރު އެކެއްޖަހަން އުޅެނިކޮށެވެ.

 

މާލެދިއުމަށް ފުރަން ހަމަޖެހިފައިވަނީ ހެނދުނު އަށެއް ޖަހާއިރުގައި ކަމުން ވަރަށް ހެނދުނާތެދުވެ ސައިބޮއި ހަދައިގެން ޖެޓީއަށް ދެވުނުއިރު ހަތްގަޑި ސާޅިސް ފަހެއްހިނގައިފިއެވެ. ނަބާހުގެ އެހީތެރިކަމަށް ޝުކުރު އަދާކޮށް އެންމެންވެސް ނަބާހުއާއި ސަލާމްކޮށް ހެދުމަށްފަހު ގޮސް ފެރީއަށް އެރިއެވެ. ބަރާބަރު އަށެއް ޖެހިއިރު ފެރީ ނައްޓައިލުމުން އެންމެންވެސް އެމީހަކުއިން ގޮނޑިއެއްގައި ރަނގަޅަށް ހަމަޖެހިލިއެވެ. އަފާވެސް ކަންފަތަށް ހެޑްސެޓް ޖަހާލައިގެން ރީތި ލަވައެއް އަޑުއަހާލުމަށް ސަމީރާގެ ކޮނޑުގައި ބޯއަޅާލައިގެންއިނެވެ.

 

ނުވައެއް ޖެހީރު ފެރީ މާލެއާއި ކައިރި ކުރިއެވެ. ޖެޓީމައްޗަށް ފޭބުމާއިއެކު ވަސީމު ޕިކަޕަކަށް ގުޅުމުން ޖެޓީ ކައިރީގައި އިށީނދެވޭ ގޮތަށް ހަދައިފައިހުރި އަށްޓެއްކަހަލަ ތަނެއްގެ މަތީގައި ދަބަސްތައް ހިފައިގެން އެންމެން އިށީނެވެ.

“މަޖާ ދޯ ވަރަށް.. އަދިވެސް ވާނެ ދޯ ދާން ..”
ރީޝާއާއި ވާހަކަ ދައްކަންއިން އަފާ ކުއްލިއަކަށް ހުއްޓުންއެރީ އޭނާއަށްފެނުނު މަންޒަރު ގަބޫލުކުރަން ދަތި ވުމުންނެވެ. އެމީހުންގެ ކުރިމަތިން ބޫންކަނޑާފައި އެދިޔަ ސައިކަލުގައި އެއިނީ ޒައިން އެވެ. އާނއެކެވެ. އަފާއަކަށް ޒައިންއެއް ނޯޅޭނެއެވެ. އެއީ ހަމަ ޒައިންއެވެ.

 

ނުނިމޭ…

Share Article

Follow Me Written By

Eyesh

Level 210 Stories100 Comments

Other Articles

Previous

ހާދަ ލޯބިންނޭ.. (2)

Next

މިއީ ތަޤްދީރު ހޭ؟ (އެގާރަވަނަ ބައި)

Next
December 24, 2015

މިއީ ތަޤްދީރު ހޭ؟ (އެގާރަވަނަ ބައި)

Previews
December 23, 2015

ހާދަ ލޯބިންނޭ.. (2)

20 Comments!

  1. Eyesh says:
    December 24, 2015 at 1:56 am

    Hei everyone ? here is the 12th episode of this story. Eyesh hope kuran hurihaa kudhin nahves mi part reethi vaane kamah ? enjoy ???

  2. Ahmed Ammu says:
    December 24, 2015 at 2:30 am

    Varah salhi. Eyesh haadha molhey

    1. Eyesh says:
      December 24, 2015 at 2:32 am

      Thank u ammu ?

  3. lidhoo says:
    December 24, 2015 at 2:47 am

    Varah reethi

    1. Eyesh says:
      December 24, 2015 at 7:59 am

      Thanx lidhoo ?

  4. aathi says:
    December 24, 2015 at 7:37 am

    Aww eyesh..story is jst awsum.. bt ehthankolhu ebain shaam innan jehey thanehga zain jahaafa..hehe.. story is suprrb..luv it..mwah..;)

    1. Eyesh says:
      December 24, 2015 at 7:58 am

      Awwwn swyt swyt aathi…. thank u so much thivahaka mention kohleema. Mihaaru ihnaanee ranagalhu kohlaafa.. thank u swyty ??

  5. faathun says:
    December 24, 2015 at 8:43 am

    V v kiyaalaaaa hitun indhaa enimuee.v v v habeys ingey koniraku n part

    1. Eyesh says:
      December 24, 2015 at 9:24 am

      Oh ehentha… ? thank yuh faaathun ? insha allaah 2 days thereyga upload kuraanan ingey ?

  6. mice says:
    December 24, 2015 at 8:54 am

    awsom! waitin fo the nxt prt!

    1. Eyesh says:
      December 24, 2015 at 9:25 am

      Thank u dear mice ☺?

  7. maahish? says:
    December 24, 2015 at 9:52 am

    Eyesh r the best writer…love u.vaahaka hama vrh vrh vrhhh reethi
    ??kyp it up.ummwah

    1. Eyesh says:
      December 24, 2015 at 10:34 am

      Awwwn thank u so, so, so much maahish .. mmmwah??

  8. sadhaaa says:
    December 24, 2015 at 10:13 am

    Eyesh you are the best hama. …☺☺

    1. Eyesh says:
      December 24, 2015 at 10:35 am

      Thank u sadhaa ?? varah happy vey ingey mihaa lwbi comments libeythee ??

  9. maahish? says:
    December 24, 2015 at 9:19 pm

    Vrh reeeeethi…??????
    Waiting waiting next part ah..??
    Eyesh..hehe..nice name..?EYESH?

    1. Eyesh says:
      December 24, 2015 at 11:38 pm

      Thanx maahish ??

  10. zero says:
    December 24, 2015 at 10:30 pm

    Dhathurunama bai maa dhigu

    1. Eyesh says:
      December 24, 2015 at 11:40 pm

      Assu mi bai thafaathu kohlee… ekamaku zero ah kamu nudhiyaama v dheravejje ? i hope u will like the next part ??

  11. Nish says:
    December 26, 2015 at 3:56 pm

    Eyesh alhe haadha slw ey up kuraalhe

Comments are closed.


All Right Reserved!