ލޯބީގެ ވާރޭ 3
ކޮންފަދަބޮޑު އިއްތިފާގެން ހެއްޔެވެ؟ހަޔާތުގެ ދުވަހަކުން އައި ކުޑަ ސިކުންތުކޮޅަކުން އަލަށް ވެވެންފެށި އިހުސާސްތަައް މާހީގެ މުޅިހަށިގަނޑަށްވެސްބާރުހިންގެނީހެއްޔެވެ؟މާހީ ފިނިވާންފެށިއެވެ.ހިތްތެޅެންފެށުނެވެ. އާއެކެވެ. ގަބޫލުކުރަންވެސް ދަތިވަނީއެވެ. މާހީގެ ލޮލުގެ ކުރިމަތިން ފެންނަންހުރީ އެ ސޫރަ ދެކިލުމަށް ހިތްއެދޭ ސޫރައެވެ. އެ މީހަކާ ބައްދަލުކުރާހިތުން އަބަދުވެސް އިންތިޒާރުކުރާ މާހީގެ ހިތް އަބަދަށް އެދޭ ހިތުގެ ވެރިޔާއެވެ. އިތުރަށް ވިސްނާކަށް ނުހުރެ މާހީ ދުއްވައިގަތީ އެދިމާލަށެވެ. ފުރުސަތުގެ ބޭނުންކުރަން ނިންމީ އެފަދަ ދެވެނަ ފުރުސަތެއް ހޯދަން އުނދަގޫވާނެތީއެވެ. ޖެހިލުންވެ މޭ ތެޅޭގޮތްވިނަމަވެސް މިއަދު ކުރިއަށް ނޭޅި ފިޔަވަޅަކުން ނޫނީ މާހީގެ ހިތަށް ހަމަޖެހުމެއްލިބޭކަށް ނެތެވެ.ނަސީބަކުން މާހީއަށް އެ ހިސާބަށް ދެވުނުއިރުވެސް އެ ކުއްޖާ އެތާ މަޑުކޮށްގެން ހުއްޓެވެ. ތަޤުދީރުގެ ނިޔާއަކީ މިވަގުތުކޮޅަކީ މާހީ އަށް އޮތް ފުރުސަތެއްތާއޭ މާހީ ހިތަށް އެރިެއެވެ.ކައިރިއަށް ޖެހިލުމަށްފަހު މާހީ ގޮސް އެކުއްޖާގެ ކުރިމަތީގައި ހުއްޓުނެވެ. އެވަގުތުވީ އެ ކުއްޖާވެސް މާހީއާވީ ފަރާތައް އެނބުރި ބަލާލި ވަގުތަށެވެ.ދެމީހުންވެސް އެކަށް ފުންނަޒަރަކުން ބަލާލިއެވެ. ހަމަ އެވަގުތު މާހީ ފުރުސަތުގެ ބެނުންކޮށް ސަލާމަކުން ވާހަކަ ދެއްކުމުގެ ހުއްދައަށް އެދުނެވެ.” އައްސަލާމް ޢަލައިކުމް.އަހަންނަށް ކިޔަނީ މާހީ.ބިޒީ ނޫނިއްޔާ ވާހަކަ ދައްކަން މަޑުކޮށްލެވިދާނެތައް؟” މާހީ ވާހަކަދައްކަން ފެށިއެވެ.އެވަގުތު އެކުއްޖާގެ ތޫނު ނަޒަރުން އަބުއިކަމާއެކު މާހީގެ މޫނަށް ބަލާލިއެވެ.ފައިކޮޅުގެ ތިރިން ފެށިގެން ބޮލުގެ އިސްތަށި ކޮޅަށް ދާންދެން ބެލުމަށްފަހު މާހީއާ ހަތަރުކަޅި ހަމަކޮށްލިއެވެ.މަހީ ފިނިވެ ހާސްވާގޮތްވިއެވެ.ކޮންމެވެސް ވަރަކަށް ބިރުވެސް ގަތެވެ. ކުރެވުނީ ގޯސްކަމެއްބާއޭ ކިތަންމެފަހަރަކު ހިތަށްއެރިއެވެ.ފައިގެ ތުރުތުރުއެޅުންވެސް މާހީ އަކަށް ނުހިފެހެއްޓުނެވެ.މާހީ ހުރީ ވާންއުޅޭގޮތްނޭގޭތީ ހަދާނެގޮތްހުސްވެފައެވެ.މާހީ އަށް ހިތްހަމަޖެހުމެއް ލިބެންފެށީ އެކުއްޖާ ވާހަކަ ދައްކަން ފެށުމުންނެވެ. “ވަޢަލައިކުމުއްސަލާމް.ނުދަންނަން.ކާކުތީ؟”ހައިރާންކަމާއެކު އެކުއްޖާ ސުވާލުކުރިއެވެ.ދޭންވީ ޖަވާބެއްނޭނގި މާހީ ވިސްނަން ހުރެފައި ވާހަކަދެއްކިއެވެ.”ނޭނގުނު ދޯ.މީ ސާޝާގެ ކަޒިން އެއް.ތީ ސާޝާގެ ފްރެންޑެއްނު….އަސްލު މިއުޅެނީ އެކަނިވިމަ ފުހިވެގެން.އަނެއްކާ ގޯސްކަމެއްތަ މިކުރެވުނީ.” ސަމާލުކަން ހޯދުމަށް މާހީ މޮޅު ބަހަނާއެއް ދައްކާލިއެވެ. “އޯހް… ސޮރީ ނޭނގުނީ ކުރިން ފެނިފަ ނެތީމަ.ބިޒީއެއްނޫން.މަޑުކޮށްލެވިދާނެ.ބައިދަވޭ އަހަނަށްކިޔަނީ މީޝާ” ލުއި ހިނިތުންވުމަކާއެކު މީޝާ ވާހަކަދައްކަންފެށިއެވެ.އެންމެފަހުން މާހީ އޭނާގެ މޮޅު ބަހަނާގައި މަގުސަދު ޙާސިލްކުރީއެވެ.ހިތްހަމަ ޖެހުމުގެ ނޭވާއެއްލުމަށްފަހު މާހީ ހިނގައިގަތީ މީޝާގެ ވާހަކަތަކަށް ސަމާލުކަންދެމުންނެވެ. އެދުވަހުގެ ހިތްގައިމުކަމުގެ ތެރޭގައި ދެމީހުންގެވާހަކަތައް ނިންމާލައި ގެއަށްދިޔައީ ޖެހިގެން އަންނަ ދުވަހުގައިވެސް ބައްދަލުވާނެ ކަމަށް ބުނެފައެވެ.
މާހީ ހެނދުނުގެ ނާސްތާ އިންސާފުކޮށްނިންމާލުމަށްފަހު ގެއިންނުުމެގެން އެދަނީ ވަރަށް ހިތްހަމަ ޖެހިލައިގެންނެވެ.މީޝާއާ ބަދަހި ކުރެވުނު ގުޅުމަށް ބޮޅެއް އިތުރުކުރުމަށް މިއަދުވެސް ބައްދަލުކޮށް ވަގުތު ހޭދަކޮށްލުމަށް ރާވައިގެންނެވެ.އިއްޔެއެކޭ އެއްގޮތަށް މާހީ ކްލާސް ނިންމާލުމަށްފަހު ކެމްޕަސް ޕާކުގައި މަޑުކޮށްލައިގެން އެހުރީ މީޝާ އަންނާނެއިރަކަށެވެ.މަދުވަގުތުކޮޅަކަށް މީޝާ އަށް އިންތިޒާރުކުރުން ވެގެންދިޔައީ އެތައް ގަޑިއިރަކު ލަސްވެގެން ހުންނަންޖެހުނު ކަހަލަ ކަމަކަށެވެ.އެންމެފަހުން އިރުކޮޅެއްވަންދެންކުރި އިންތިޒާރު ނިމުމަކަށްއައީ ލުއިލުއި ހިނިތުންވުމަކާއެކު ފަރިހިނގުމެއްގައި ހިނގާފައި އައިސް މާހީގެ މަގަތުގައި މީޝާ ހުއްޓިލުމުންނެވެ.ވަގުތުގެ ހަމަހިމޭންކަމުގެތެރެއަށް ގެއްލި އެކަކު އަނެކަކަށް ހަތަރުކަޅިހަމަވި ވަގުތު ދެމީހުންނަށްވެސް އެއް އިހުސާސެއް ކުރެވޭހެން ހީވުމުން އެއްފަހަރާކަހަލަގޮތަކަށް ދެމީހުންވެސް މޫނު ދެފަރާތަށް އަބުރާލީއެވެ.ހިނދުކޮޅަކަށްފަހު މާހީ އިސްނެގިއެވެ….”ހިނގާ ދަމާ…”. ކުދިފިޔަވަޅުތަކުގައި މަޑުމަޑުން ހިނގަމުންދާއިރު ހީވަނީ ދެމީހުންނަށްވެސް ދާންޖެހޭ މަންޒިލަށް އަވަހަށްދެވިދާނެތީ އުޅޭހެންނެވެ.މާހީގެ ވާހަކަތަކުން ބައެއްފަހަރު މީޝާ ހެއްވާލައެވެ.އަނެއްބައިފަހަރު ވަރަށް އަބުއި ކަމާއެކު ކަނުލާއަޑުއަހަމުންދެއެވެ.އެންމެ ފަހުވަގުތާ ހަމައަށްވެސް މާހީ އޭނާގެ ވަހަކަތައް ހުއްޓުމެއްނެތި ކުރިއަށްގެންދަނީ މީޝާ ގާތުގައި ހުންނަން ބޭނުވާތީކަން މަޑުމަޑުން މީޝާ އަށްވެސް އެނގެންފަށައިފިއެވެ.ގިނަފަހަރު ގެއާ ހަމައަށް އާދެވުނު ނަމަވެސް މީޝާ އަށްވެސް އަޅާނުލާ އެވާހަކަތައް އަޑުއަހާ ވަގުތު ހުސްކޮށްލެވެނީވެސް މީޝާއަށްވެސް އެގޮތްކަމުދާތީއެވެ. ދާހިތްނުވާތީއެވެ.ދުވަސްތައް ފާއިތުވެ،ކޮންމެ ދުވަހެއްގައިވެސް ދެ އެކުވެރިންގެ ވާހަކަތަކާއި އެކުއެކީގައި ހެދަވާ ވަގުތު ދިޔައީ އިތުރުވަމުންނެވެ.އެކަކު އަނެކަކަށް ބުނެދޭންވެސް ނޭގޭހާވަރަށެވެ.މާހީގެ ފޮނިވަގުތުތަކާއި ހެއްވާމަޖާ ވާހަކަތަކުން މީޝާގެ ހިތް ފަތަޙަވެއްޖެއެވެ.ނަމަވެސް މީޝާވެސް އިސްވެ ބުނަންޖެހިލުންވަނީއެވެ.ކޮންމެސް ޚާއްސަ އިހުސާސްތަކެއް މާހީއަށް ބުނެދޭން ބެނުންވަނީއެވެ.މާހީގެ ހާލުވެސް ހަމަ އެފަދައެވެ.
މިއަދަކީ ދެމީހުންގެ ދިރިއުޅުމުގެވެސް ޚާއްސަ ދުވަހެކެވެ.އެކީގައި ވަގުތުތައް ހޭދަކުރުމަށް ހޯދި ގަޑިތަކަށް މިއަދަށްފަހު ބަދަލުއަންނާނެކަން ޔަަޤީނެވެ.ކްލާސްނިމޭގަޑިއެއް ދެނެއް ނޯންނާނެއެވެ.އެވަގުތުގައި ދެން ޕްލޭން ކުރެވިގެން ދާނީ ދެން ކޮންކަމެއްކަމެއްވެސް ޚުދު ދެމީހުންނަކަށްވެސް ނޭނގެއެވެ.ދެން މީޝާއާއި ބައްދަލުވާނީ ކޮންއިރަކުން ބާވައެވެ.ދެން މީޝާއާއި ބައްދަލުވާނެހެއްޔެވެ.މިހާ ދުވަސްވީއިރު މީޝާގެ އާއިލާމީހެއްވެސް މަޙީއަށް ފެނިފައެއްނުވެއެވެ.މާހީގެ ސިކުނޑީގައި އެކިއެކި ޚިޔާލުތައްކުރެވެމުންދެއެވެ.ގްރެޖުއޭޝަން ހަފްލާއަށް ތައްޔާރުވާން ލޯގަނޑުކުރިމަތީގައި ހުރި މާހީއަށް ހައްތާވެސް ކުރެވެނީ މީޝާގެ ޚިޔާލެވެ.ހިތަށް އަރާފައިބަމުންދާ އެތައްވާހަކަތަކުން މީޝާއާއިމެދު މާހީގެ ހިތްއޮތްގޮތް ބުނެދޭން މިއަދު ކޮންމެހެންވެސްބޭނުމެވެ.ޚިޔާލުގެ ފުންކަނޑުން ހޭވެރިކަމުގެ އައްސޭރިއަށް މާހީއަށް އާދެވުނީ މޭޒުމަތީގަިހުރި ގަޑި ސޯނާވާންފެށުމުންނެވެ.ގަޑިއަށްބަލަމުން އަވަސްހިނގުމެއްގައި މާހީގޮސް ކާރަށް އަރައި އިށީނުމާއެކު ޑްރައިވަރ ސަމާލުކަމާއެކު ކާރުދުއްވާލިއެވެ.އަދި ހެނދުނުގެ ތާޒާކަމުގެ ބާއްޖެވެރިކަން އިހުސާސް ކުރުވާ ޖުމުލައިން މާހީ ދިމާއަށް އެނބުރިލުމަށްފަހު ސަލާމްކުރިއެވެ.”ގުޑްމޯނިންނގ ޔުއަރ ހައިނެސް”….. ހަމަ އެވަގުތު ކުއްލިއަކަށް ކާރުގެ ކުރިމަތިން ހުރަސްކުރި ޓްރަކްގައިޖެހި މާހީއިން ކާރު ވިއްސައިގެން ގޮސް އެއްއަރިއަކަށް ފުރޮޅާލައިގެން ކާރުއޮތީއެކޮޅުކޮޅުން ޖެހިފައެވެ.ހޫނުކަމުގެ އިހުސާސެއްވުމާއެކު މާހީ ލޯ ހުޅުވައި ބަލައިލިއިރު ކާރުގެ އަރިމަތީ ދޮރުފަތުގައި އަޅައިގެންފައިވާ މާހީގެ ސޫޓް ގައި ކުޑައަލިފާންކޮޅެއް ރޯވެފައި ހުއްޓެވެ.މާހީގެ ވާތުން ތަޅައި އަލިފާންކޮޅު ނިއްވާލިއެވެ.ކުރިއަށްބަލާލިއިރު ލެއިން ތަތްތެޅިފައި އޮތް ޑްރައިވަރުގެ ހުދުކުލައިގެ ސޫޓުން އެނަގެ މޫނު ނިވާވެފައި އޮތްއިރު އެއްވެސް ހަރަކާތެއްނެތުމުން އެނާ އޮތީމަރުވެފައިކަން މާހީއަށްއެގުނެވެ.މާހީ ހަނދާންވީ އެނާގެ އެންމެތުއްތު އިރުގައި ހިނގައިދިޔަ ކާރުއެކްސިޑެންޓުގެ މަތިންނެވެ.އެ ހަނދާންތަކާއެކު ހިތްވަރުކޮށަލައިގެން އޮތް މާހީގެ ލޮލުން ކަރުނަ ފާއްދާލިއެވެ.އެވަގުތު މޫނުމައްޗަށް އަނދިރިކަމެއްވެރިވެފައި ދެންވީގޮތެއް މާހީ އަކަށް ނޭނގެއެވެ.
މާހީއަށް ހޭލެވުމާއެކު ލޯ ހުޅުވައި ވަށައިގެންވާ މާހައުލަށް ކަޅި ހިންގާލިއެވެ.މާހީއޮތީ ވަށައިގެން ބަންދުކުރެވިފައިވާ ތަނެއްގައެވެ.ކައިރީގައި ޒާތްޒާތުގެ މެޝިންތަކާއެކު އެއްތަނުން އަނެއްތަނަށް ހަރަކާތްތެރިވާ ޑޮކްޓަރުންނާ ނަރުހުން ފެންނަން ފެށުމުން މާހީ އަށް އޮވެވުނީ ހޮސްޕިޓަލުގައިކަން ޔަޤީންވިއެވެ.އެއްފަރާތަކަށް މޫނު އެބުރިގެން އޮތްއިރު ލައްޕާފައިވާ ކުޑަދޮރުގެ ބިއްލޫރިގަޑުގެ ބޭރުން ތުނި ވާރޭ ވެހެމުން އެއްވެސް ހިފެހެއްޓުމެއްނެތި ވެހެމުން އޭގެ ދުންފިނިން ކުޑަދޮރުގެ އެ ބިއްލޫރީ ނުސާފުވަމުން،ފަނޑުކަމެއް އެއަށްފެތުރެމުންދެއެވެ.ފަހެ މިނިވަންކަމާއެކު ވާރޭ ވެހެމުންދާއިރު އޭގެ ފިނިން އެ ބިއްލޫރިގަޑަށް އަސަރުކުރަންވީ ފަހެ ކީއްވެހެއްޔެވެ؟އޭގެ ކުށަކީ ކޮބާހެއްޔެވެ؟ހަމަ އެގޮތައް އޮވެ މަޑުމަޑުން ވިސްނާ ފިކުރުކުރެވެންފެށުނެވެ. މާހީގެ ހިތްދަތި ހަޔާތަމެދުގައެވެ.ދުވަސްތަކަކަށްފަހު ހަޔާތުގައި އުފާވެރިކަމުގެ ކޮޅުމަތިފެނި އޭގެފޮނި ރަހަ ނުލިބެނީސް ގެއްލިގެންދިޔުމުގެ ހިތި އިހްސާސްތަކެވެ.އެ ކުޑަދޮރުގެ ބިއްލޫރިއެކޭ އެއްފަދައިން މާހީގެވެސް އޮތީ ކޮން ކުށެއްބާއެވެ.ވާރޭއެކޭ އެއްފަދައިން ލޯތްބާއި،އުފާ ހޯދުމުގެ މިނިވަންކަން މާހީއަށް ނެތީބާއެވެ.އެ ހިތާމައިގެ ކަނޑުގެ ތެރެއަށް ޣަރަޤުވަކަށްމާގިނަ އިރުތަކެއްނުނެގިއެވެ.ހިތްދަތިކަމުގެ ކަރުނަތައް ލޮލުން ނީރާލީ އެއްވެސް ހިފެހެއްޓުމަކާނުލައެވެ.އެ ފުންވިސްނުމުގެ ތެރެއިން މާހީ ވަނިކޮށް ސިއްސައިގެންގޮސް…..
(ނުނިމޭ)
8 Comments!
Comments are closed.
Sorry to uploading so late…due to my login error I could not reach to this….its been resolved now….sorry all….in return of happy new year…this part as a gift…
me first dhw:) varah reethi vaahaka i guess mihaaru its different from love rain 😀
Ohh I guess in the first to comment after a long time 😛 😛 hmm quite relieved 😀 oh my goodness fair princess after a long time huh welcome back 🙂 🙂 the story is awesome although it’s a quite different story that I had to read the previous part to know what story is this 🙁 hope that h will upload the story a lil bit early 😛 😛
Maahee akiy anhen kujjeh tha? ? v confused
mee ‘love rain’ ge copy ehtha???
Mee love hama love rain ge copy eh. Amilla ehcheh liyan neygenyaa nuliyehurey. Mee Korean series eh ge copy eh.
Anonymous ah positive comment eh liyevey story yai mi site aku up eh Nuvey dhen thivaru vanyaa vaahaka nukiyabala nimunee yei nu 😀 😀 and amilayah vaahaka yei liyefa up kohbala thimaage huri fenvarei dhahkaalhan
Anonymous bunan tha vaahaka eh..thiha varah meehuna jessumah comment kurahyya vaahaka nukiyabala..dhn thi huri molhu kameh dhahkkalan story ey liyan feney….eyrun dhw ingeyny