Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 44

Muthahhar Ibrahim (Mutha/S.Hithadhoo)
December 29, 2015
7 Mins Read
17 Comments

އިރުއިރުކޮޅާ ހިތަށް ތޫނު ކަށްޓެއް ހެރޭހެން ވެސް ހީވެއެވެ. ޔަޝްމްއަށް މޫނުގައި އަތް އަޅާލެވުނެވެ. އޭނަ ހިތްވަރު ކުރަން ބޭނުން ވިއެވެ. ނަމަވެސް ހިތުގައި އުފެދިގެން ދިޔަ ހައިޖާން ގަނޑު އޮއްބާލެވޭ ގޮތެއް ނުވިއެވެ. އެތަދު ފާއިތުވެގެންދާ ކޮންމެ މިނެޓަކާއެކު ފުންވަމުން ދާ ކަމުގެ އިހުސާސްކުރެވުނެވެ. ހަމައެއާއެކު ހިތުގައި އޮތް އުއްމީދަށް ވެސް ފަނޑުކަން ގެނެސްދީފިއެވެ. ޔަޝްމްއަށް އިންތިޒާރު ކުރެވުނީ ނަވްރަސް އަށެވެ. ނަވްރަސް އޭނަ ބަލާ އަންނާނެ ކަމަށް ހީކުރެވުނެވެ. އޭނައަށް މަލާމާތް ކުރަމުން ދިޔަ މީހުންތަކުގެ ދޫތައް ބަންދުކުރާނެ ކަމަށް ވެސް އުއްމީދުކުރެވުނެވެ. ނަމަވެސް އެވަގުތެއް ނައެވެ. އެއީ ޔަޝްމް ހިތާމަތަކަށް އިތުރު ބޮޅުތަކެއް އިތުވެގެން ދިޔަ ހިތް ދަތި ވަގުތުކޮޅެކެވެ.

”ވައި ޑިޑް އައި ފޯލް އިން ލަވް…” ޔަޝްމްގެ ހިތް އޭނައާ ސުވާލު ކުރިއެވެ.

ސުނާމީބިނާ ކަރިންލާފައި ދިޔަ އިޒްކާންގެ ލޮލުގައި މީހުންތަކުގެ ތެރޭގައި އިން އަންހެން ކުއްޖާ އަޅައިގަތެވެ. ވަގުތުން އޭނަގެ ސަމާލުކަން އެކުއްޖާ އަތުލައިގެންފިއެވެ. މީހުން އެކުއްޖާއާއި ދިމާކުރަމުން ދާތަން ފެނި ރުޅި ވެސް އާދެވުނެވެ. އެކުއްޖާއަށް ހިމާޔަތެއްގެ އަތެއް ދިއްކޮށްލަދޭނެ މީހަކު އެތާކު ނެތެވެ. އިޒްކާންއަށް ލިބިގެން ދިޔަ ހައިރާންކަން އިތުރުވެގެން ދިޔައީ އެކުއްޖާގެ މޫނު ފެނުމުންނެވެ. އެއާއެކު ކާރުގެ ބުރަކި ވެސް ޖައްސާލެވުނެވެ. އޭނަ އެދިމާއަށް ބަލާލީ ޔަޤީންކޮށްލާ ފަދަ ގޮތަކަށެވެ. އެއީ ހަމަ ޔަޝްމް އެވެ.

”އޭނަ މިތާ ކީއްކުރަނީ؟…” އިޒްކާންއަށް އޭނަގެ އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. ބުމަ ވެސް ގޮށްޖެހިގެން ދިޔައެވެ. އޭނަ ކާރުގެ ދޮރުފަތް ހުޅުވާލަމުން ނިކަން އަވަހަށް ފޭބިއެވެ. އަދި ދިގު ފިޔަވަޅުތަކެއްގައި ގޮސް ޔަޝްމްއާ އަރާހަމަކޮށްލިއެވެ. އޭނަ ފެންނައިރަށް ވަށައިގެން ތިބި މީހުންގެ ދޫތައް ބަންދުވިކަހަލައެވެ. އޭރު އިޒްކާންގެ ހިތުގައި ރުޅިވެރިކަމަށް ވުރެ ބޮޑަށް ވީ ހަމްދަރުދީއެވެ. ގިސްލާފައި ޔަޝްމް ރޯއަޑު އިވުމުންނެވެ. އެފަދަ ހާލަތަކަށް ޔަޝްމް އަންނަން ޖެހުނު ސަބަބާ މެދު ސުވާލު އުފެދުނެވެ. ޔަޝްމްއަށް ޕާޓޭއެއްގެ އުނދަގޫ ފޯރީ ހެއްޔެވެ؟

އިޒްކާން ޔަޝްމްގެ ކޮނޑުގައި އަތްބާއްވާލުމާއެކު ސިހިގެން ދިޔަ ޔަޝްމް އިސްއުފުލާލީ ކަރުނައިގެ ތެރޭން ހިނިތުންވަމުންނެވެ. ނަމަވެސް އޭނަގެ ހިތުގެ ވެރިޔާގެ ސޫރަ ފާޅުވެގެން ނުދިޔުމުން އެހިނިތުންވުން ގެއްލިގެން ދާން ނެގީ ފަޅި ސިކުންތުކޮޅެކެވެ. ވަގުތުން މޫނުމަތި މިލައިގެން ދިޔައެވެ.

”ޔަޝްމް ތިތަނުން ތެދުވެބަލަ، ކިހިނެއް ވެގެންތަ ތިއުޅެނީ؟… ރޯނީ ކީއްވެ؟ މީހަކު އެއްޗެކޭ ބުނީތަ؟، ދެން ވެސް ތިތާ ނުއިނދެ ތެދުވެބަލަ، އެންމެން އެބަލަނީ ޔަޝްމްއަށް…” އިޒްކާން ސުވާލުތައް އަމުނާލިއެވެ. އޭނަ ހިތްހަމަނުޖެހިފައި ވިއެއްކަމަކު އަޑުން އެކަން ސިއްރުކުރެވޭތޯ ބެލިއެވެ. ޔަޝްމް ޖަވާބެއް ނުދިނެވެ. އޭނައަށް އިޒްކާންގެ ސުވާލު އަޑުއިވުނުހެނެއް ވެސް ހިޔެއް ނުވެއެވެ. ހަމަ އެއިން ގޮތަށް އިނީއެވެ.

”ޔަޝްމް!…” މިފަހަރު އިޒްކާން ގޮވާލީ ތަންކޮޅެއް ބާރަށެވެ. ސިހިގެން ދިޔަ ޔަޝްމް އިޒްކާންއަށް ބަލާލިއެވެ. ޔަޝްމްގެ މިލައިގެން ގޮސްފައިވާ މޫނު ފެނި އިޒްކާންގެ ގާތަށް އައި ސިނގުރުޅިގަނޑު ފިނިވެގެން ދިޔައެވެ. ޔަޝްމްއަށް ބޮޑު ކަމެއް ވެއްޖެކަން ގައިމެވެ. އިޒްކާން ޔަޝްމްގެ ކޮނޑުގައި ހިފާ ކޮޅަށް ނެގިއެވެ. ބަހެއް ވެސް ނުބުނެ ޔަޝްމް ތެދުވުނެވެ. އިޒްކާންގެ އަތް ފޮޅުވާލާކަށް ވެސް ނޫޅުނެވެ.

އިޒްކާން ދެން އިޝާރާތް ކުރީ ކާރާއި ދިމާއަށެވެ. އިޒްކާންއާއި އެކީގައި ޔަޝްމް ހިނގައިގަތެވެ. ކޯތާފަތުން ފިރުކެމުން ދިޔަ ކަރުނަތައް ފޮހެލަމުން އެތެރެއަށް ނޭފަތް ދަމާލިއެވެ. އޭރު ދެލޮލުގައި ފަނޑު ރަތްކަމެއް ވެއެވެ. އިޒްކާން ސުވާލުކުރަން ބޭނުން ވިޔަސް އެކަން ފަހަތަށް ޖައްސާލަމުން ގޮސް ކާރަށް އެރިއެވެ. ޔަޝްމް އެރީ ފަހަތު ސީޓަށެވެ. އިޒްކާން ކާރު ދުއްވާލިއެވެ. ކާރުގެ ތެރެއަށް ފެތުރިފައި އޮތް ހިމޭންކަން ވަކި ހިސާބަކަށް ދެވެން ދެން އޮތެވެ.

”ކީއްވެ އަލީ ގާތު ނުބުނެ ބޭރު ތެރެއަށް ނުކުމެގެން ތިއުޅެނީ؟، ޔަޝްމްއަށް ކަމެއް ވެއްޖެއްޔާ އެކަމުގެ އިލްޒާމު އެންމެން އަޅުވާނީ އަހަރެންގެ ބޮލުގައިކަން ނޭގެނީތަ؟…..” އެއްޗެއް ނުބުނެ އިޒްކާންއަކަށް ނީދެވުނެވެ. ޔަޝްމް ދެން ވެސް ހިޔާރުކުރީ ހިމޭންކަމެވެ.

ފަސްވަމުން ދިޔަ މަންޒަރުތަކަށް ބަލަން އިން ޔަޝްމް ފުން ނޭވާއެއް ދޫކޮށްލިއެވެ. ޖޯޑުކޮށްލެވިފައިވާ ދެއަތަށް ނަޒަރު ހިންގާލަމުން އޭނަ ސިއްރުން އިޒްކާންއަށް ބަލާލިއެވެ. އިޒްކާންގެ މޫނުމަތިން މީގެ ކުރިން ފެންނަ ރުޅިވެރިކަމެއް ނުފެނުނެވެ. އެއާ ޚިލާފަށް ފާޅުވަމުން ދިޔަ ކަންބޮޑުވުމެވެ. ޔަޝްމް ދެޚިޔާލެއްގައި އިނދެ އެއްޗެއް ބުނަން ދޫހަރަކާތްކޮށްލިއެވެ. ނަމަވެސް ހިތްވަރު އެލިގެން ދިޔައެވެ. އެގޮތުގެ މަތިން ފަސް މިނެޓް ފާއިތުވެގެން ދިޔައެވެ. ޓްރެފިކް ލައިޓަކަށް ކާރު މަޑުކުރި ވަގުތެވެ. ޔަޝްމް ހިތްވަރު ލިބިގަންނަމުން އިޒްކާން ގާތުން މާފަށް އެދެން ގަސްދުކުރިއެވެ. ހަމައެއާއެކު އޭނައަށް އިޒްކާންގެ މާޒީ އެނގިއްޖެކަން ވެސް ހާމަކުރަން ބޭނުން ވިއެވެ.

”އައެމް ސޮރީ…” ޔަޝްމް ބުންޏެވެ. އެއާއެކު ހައިރާންކަން ލިބިގެން ދިޔަ އިޒްކާން ޔަޝްމްއަށް އަވަސް ނަޒަރެއް ދިނީ ވާހަކަ އެދައްކަނީ އޭނައާއި ތޯ އަހާލާ ފަދަ ގޮތަކަށެވެ.

”އިޒްކާން އަހަންނަށް މާފްކޮށްދީ، އެދުވަހު އަހަންނަށް އިޒްކާންއާ ދިމާއަށް އެހެން ބުނެވުނީ ހަޤީޤަތް ނޭގޭތީ، ކުރިން އެނގިފައި ވި ނަމަ އަހަރެން އެހެން ވާހަކަ ނުދެއްކީމުސް، އެކަން ބަދަލު ކުރެވޭނެ ނަމައޭ އަހަރެންގެ ހިތަށް އަރާ، އަހަންނަށް އެނގިއްޖެ މިޝްޔާއަށް ވީ ގޮތް، އައެމް ސޯ ސޮރީ… ޔޫ އާރ ވެރީ ސްޓްރޯންގް…. އަހަންނަށް އިޒްކާންގެ ޕާސްޓް އެނގިފައި ވިނަމަ ދުވަހަކު މިކައިވެނި ނުކުރީމުސް، އިޒްކާންގެ ފެމިލީ މީހުން ވަނީ ވަރަށް ބޮޑަށް އޮޅުވާލާފައި، މަންމައަށް ވެސް ހަޤީޤަތް އެނގުނުނަމަ އެއްބަހެއް ނުވާނެކަން ޔަޤީން،  އަހަރެން ބޭނުން މިޝްޔާއާ ބައްދަލު ކުރަން، މިޝްޔާގެ ފެމިލީ މީހުންނާ ވެސް ބައްދަލުކުރަން، އަދި އެމީހުން ގާތުން މާފަށް އެދެން، އެމީހުން އަހަރެން ދެކޭ ގޮތް ބަދަލުކުރަން ވެސް، އަހަރެން ބޭނުމެއް ނޫން އިޒްކާންއާއި މިޝްޔާގެ ގުޅުމަށް އެޅިފައިވާ ހިޔަންޏަކަށް ވާކަށް ވެސް، އަހަރެން ބޭނުމީ ވަރިވާން، މިމާނައެއް ނެތް ގުޅުމަށް ވީހާވެސް އަވަހަކަށް ނިމުން ގެންނަން… އިޒްކާން އަހަންނަށް މިކަން ކޮށްދޭނަންތަ، ބުނެބަލަ މިޝްޔާގެ ފެމިލީ މީހުންނާ އަހަރެން މީޓްކޮށްދޭނަމޭ، އެނގޭ އެމީހުން އަހަރެން ދެކެ ހޭޓްކުރާނެކަން، އަހަރެން ދެކެ ފޫހިވާނެކަން، އެކަމަކު އަހަރެން ބޭނުން އެމީހުންނަށް ހަޤީޤަތް އެނގެން، މިކައިވެނީގެ އަސްލު ހާމަކުރަން، އޮޅުވާލެވިފައިވާ މިންވަރު ބުނެދޭން… އިޒްކާން، ޕްލީޒް ބުނެބަލަ މިކަންކޮށްދޭނަމޭ، އަހަރެންގެ ހިތަކަށް ފިނިކަމެއް ނުލިބޭނެ މިކަން ފުރިހަމަ ނުވަނީސް… ޕްލީޒް…. ޕްލީޒް” އަދޭހުން ފުރިގެން ވާ ރާގަކަށް ޔަޝްމް ވާހަކަ ދެއްކި އެވެ.

އިޒްކާން އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ޤަބޫލުކުރަން ދަތިވެފައެވެ. ޔަޝްމްއަށް މިހާ އަވަހަށް ހަޤީޤަތް އެނގިދާނެއެކޭ އޭނަގެ ހިތަކަށް ވެސް ނާރައެވެ. ޔަޝްމް ހަޤީޤަތް ހޯދި ގޮތާ މެދު ހިތުގައި ސުވާލު ވެސް އުފެދުނެވެ. ލިބުނު ހައިރާންކަމާއި ޝޮކު ފިލައިގެން ދިޔައީ ކާރުތަކުގެ ބަރުގޮނުގެ އަޑަ ކަންފަތުގައި ގުގުމާލުމުންނެވެ. ބޮލަށް ފާޑެއްގެ އެނބުރުމެއް ވެސް އެރިއެވެ. އޭރު އެމީހުންގެ ފަހަތުގައި އޮތް ކާރުގައި އިން މީހާ ހަޅޭއްލަވާއަޑު ވެސް އިވެއެވެ. އިޒްކާން ފުރަތަމަ ސަމާލުކަން ދިނީ ކާރަށެވެ. ކާރު ދުއްވާލަމުން ގޮސް އޭނަ މަގުގެ އެއްފަރާތުގައި ޕާކް ކޮށްލައިފިއެވެ. ޔަޝްމްއަށް ދޭނެ ޖަވާބަކާ މެދު ވިސްނާ ހާލުގައެވެ. އޭނަ ވެސް އެކައިވެންޏަށް ނިމުން ގެންނަން ބޭނުމެވެ.

”އަހަންނަށް އެނގޭ އިޒްކާން ތިއުޅެނީ ޤަބޫލުކުރަން ދަތިވެގެން ކަން، އަހަންނަށް ހަޤީޤަތް އެނގުނީ މިޝްޔާގެ ޑޮކްޓަރުގެ ފަރާތުން… އިޒްކާން ކުރީ ދުވަހަކު ސޭފްގެ ތަޅުދަނޑި ޖަހާފަ ހަނދާން ނެވިތެ ދިޔުމުން އެދުވަހު އަހަރެން އެފާސްކުރީ… ހަނދާން ވެއްޖެ ދޯ؟ އެއީ އަހަރެން ފުރަތަމަ ކޮލެޖަށް ދިޔަ ދުވަސް، ފަހުން އައިސް އިޒްކާން ތަޅުދަނޑި ގެންދިޔައީ…. އޭގެ ތެރޭން އަހަންނަށް ފެނުނު ލިޔެކިޔުންތަކުން ނަވްރަސްގެ މައުލޫމާތު ލިބުނީ، އޭގެ ކުރިން އަހަންނަށް ވަނީ އިޒްކާން އާއި މިޝްޔާ އުޅުނު ކޮޓަރިން ބޭސްތަކެއް ފެނިފަ، އެކޮޓަރީގެ ތަޅުދަނޑި އަހަންނަށް ފެނުނީ އަލަމާރި މަތިން… އެއީ އަހަންނަށް ހުރިހާ އެއްޗެއް ސާފު ވި ގޮތަކީ…. އެނގޭތަ އިޒްކާން މަންމަ ބުނެފައި ވީ ކީކޭކަން؟، މިޝްޔާ އެހެން މީހަކާއެކު ފިލީޔޯ، އަހަންނަށް އެނގުނު އެއީ ދޮގެއްކަން… މިރޭ އަހަރެން ވަރަށް ބޮޑަށް ފޫހި ވެއްޖެ އިޒްކާން މަންމަ ދެކެ….” ޔަޝްމް ތަފްސީލީ ރިޕޯޓެއް ދިނެވެ. އޭނަ އިނީ އިޒްކާން އެއްޗެއް ބުނާނެ ކަމުގެ އުއްމީދުގައެވެ.

”ޔަޝްމް މާފަށް އެދޭ ވަރުގެ ކަމެއް ނުވޭ، ވެދިޔަ ކަންތައް ބަދަލެއް ނުކުރެވޭނެ…” އިޒްކާންގެ އަޑުގައި ރިހުމެއް ވާކަން ޔަޝްމްއަށް ފާހަގަ ވިއެވެ. އިޒްކާންގެ ހަނދާންތަކުގައިވީ މިޝްޔާކަން އޭނައަށް ނަގައިގަނެވުނެވެ. ދެރަ ވެސް ވިއެވެ. އޭނަ ބޭނުންވަނީ އިޒްކާން މިޝްޔާގެ ގާތަށް ދާށެވެ. ކޮންމެވެސް އެއްދުވަހަކުން މިޝްޔާ ލޯހުޅުވާލާނެ ކަމުގެ ޔަޤީންކަން ހިތަށް ލިބިގެން ދިޔައީ ކިހިނެއް ކަމެއް ވެސް ނޭގެއެވެ. އެދުވަހަކަށް އޭނަ އިންތިޒާރު ކުރާނެއެވެ. އޭނަ އިޒްކާންގެ ދެމަފިރިންނަށް ދުޢާ ކުރާނެއެވެ. އުފާވެރިކަން މިންވަރު ކުރެއްވުމަށް އެދިއެވެ.

”އިޒްކާން އަދިވެސް އަހަރެން ބުނިކަންތައް ކޮށްދޭނަމޭ ނުބުނަމެއްނު، އަހަރެން ބޭނުން ޑިވޯސް ވާން… އަހަރެން މަންމައަށް ކަން ވެދިޔަ ގޮތް ކިޔައިދޭނަން، މަންމަ އަހަންނަށް އިތުބާރު ކުރާނެ، އެހެންނޫނަސް މިގުޅުމުން އަހަރުމެން ދެމީހުންނަކަށް އެއްވެސް ފައިދާއެއް ނުކުރާނެ… އުފަލެއް ނުލިބޭނެ، ލިބޭނީ ހުސް ހިތާމަ… ޕްލީޒް އިޒްކާން… ބުނެބަލަ މިކަން ކޮށްދޭނަމޭ…” ޔަޝްމް ބުންޏެވެ.

އިޒްކާން ބޯޖަހާލިއެވެ. ޔަޝްމްގެ ތުންފަތަށް މައުނަވީ ހިނިތުންވުމެއް ވެރި ވިއެވެ. އިޒްކާންގެ ހިތް ވަނީ ޔަޝްމްގެ މައްޗަށް ސާފުވެގެން ގޮސްފައެވެ. އޭނަ ވެސް ޔަޝްމްއާ މެދު ކަންތައް ކުރެވުނު ގޮތުން މާފަށް އެދުނެވެ. އެއާއެކު ދެޒުވާނުންގެ ދެމެދުގައި އެކުވެރިކަން އުފެދިގެން ދިޔައެވެ.

”އަހަންނަށް ކުޑަ ދުވަސްކޮޅެއް ދީ…” އިޒްކާން އެދުނެވެ. އޭނައާއި ޔަޝްމްގެ ކައިވެނި ރޫޅިގެން ދާން ރަގަޅު ސަބަބެއް ވެސް ބޭނުން އެބަ ވެއެވެ. އެހެންނޫންނަމަ މަންމަގެ ސުވާލުތަކާ ހުރެ ބޯފަޅައިގެން ދާ ވަރު ވާނެއެވެ.

”ރީޒަން އަކާ މެދު ވިސްނާނެކަމެއް ނެތް، ތެދު ހާމަ ކުރާނީ…” އިޒްކާން ވިސްނުމަކަށް ގެއްލިފައި ވާތަން ފެނި ޔަޝްމް ބުންޏެވެ. އިޒްކާން ޔަޝްމްއަށް އަވަސް ނަޒަރެއް ދިނެވެ. އޭނަ ބުނީ އަދި ދުވަސް ކޮޅަކަށް މަޑުކޮށް ލުމަށެވެ.

”ދެން މިޝްޔާއާ ބައްދަލު ވާނީ ކޮން ދުވަހަކުންތަ؟…” ޔަޝްމް ސުވާލަކަށް ފަހު ސުވާލެއް ކުރިއެވެ. އިޒްކާންއަށް ބޭއިހްތިޔާރުގައި ހިނިތުންވެވުނެވެ. އެއީ މިޝްޔާގެ ވެސް އާދެއެކެވެ.

”ޔަޝްމް އަހަރެން ބުނި ފަދައިން އަހަންނަށް ވަގުތު ދީ، އަހަރެން ޔަޝްމް ބުނި ގޮތަށް ހުރިހާ ކަމެއް ވެސް ކޮށްދޭނަން، ހެޕީ؟…” ޔަޝްމް ގޮތް ދޫނުކުރާނެކަން އެނގުމުން އިޒްކާން ބުންޏެވެ.

”އެކަމަކު އަހަރެން ބޭނުންވަނީ މާދަމާ ބައްދަލު ކުރަން…” ކެތްތެރިކަން ކުޑަ ރާގަކަށް ޔަޝްމް ބުންޏެވެ. އިޒްކާން އަނެއްކާ ވެސް އެދުނީ ކެތްތެރިވުމަށެވެ.

****

އިޒްކާން އާއި ޔަޝްމް ގޭގެ މައިދޮރުން ވަންތަން ބަލްޤީޝްއަށް ފެނުނެވެ. މާ ނޫން ކަމަށް ހަދާފައި އޭނަ އިޒްކާންމެންނަށް ބެލިއެވެ. އޭނަގެ ހިނިތުންވުން ފުން ވެގެން ދިޔައެވެ. އިޒްކާންއާއި ޔަޝްމްގެ ގުޅުން ބަދަހިވެގެން ދާތީއެވެ.

ޔަޝްމް ބަލްޤީޝްއަށް ބަލާލަމުން ގަދަކަމުން ހިނިތުންވެލިއެވެ. އޭނަ ހުރީ ބަލްޤީޝްއާ ވާހަކަދައްކާ ހިތް ވެސް ކެނޑިފައެވެ. މިޝްޔާ އެހާ ނިކަމެތި ހާލެއްގައި ވީ އިރު ކަންތައް ކުރި ގޮތުގެ ސަބަބުންނެވެ. ދުވަހަކު ބައްދަލު ނުވި ކަމުގައި ވިޔަސް އޭނަގެ ހިތުން މިޝްޔާ މަޤާމެއް ހޯދައިފިއެވެ. އެއަންހެންކުއްޖާ ވޭތުކުރި ހިތާމަވެރި ހަޔާތުގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. މިރޭ އޭނައަށް ލިބިގެން ދިޔަ ހިތާމަތަކަށް ވުރެ މިޝްޔާ ތަހައްމަލް ކުރި ހިތާމަތައް ބޮޑުވާނެކަން އިހުސާސް ކުރެވުނެވެ. ދުޢާ ކުރެވުނީ މިޝްޔާ ކޯމާއިން އެނބުރި އައުމަށް އެދިއެވެ.

****

ގެއަށް ވަދެގެން އައި ނަވްރަސްއަށް ކާކޮޓަރިން ނިކުތް ޒޯޔާގެ ސަމާލުކަން ހުއްޓިގެން ދިޔައެވެ. އޭނަ ނަވްރަސްގެ ފަހަތުން ދާން އުޅެމުން ދެފަހަރަކު ގޮވާލުމުން ވެސް ޖަވާބެއް ނުދީ ހަރުކޮށް ހިނގާފައި ދިޔައީއެވެ. އެއާއެކު ނަވްރަސް އެހުރީ ކަމަކާ މެދު ހިތްހަމަނުޖެހިފައިކަން އޭނައަށް ވަގުތުން ނަގައިގަނެވުނެވެ. ނަވްރަސްގެ ފަހަތުން ނުގޮސް މަޑުކޮށްލީ ވެސް އެހެންވުމުންނެވެ. އޭނަ ގޮސް ސުވާލުކޮށްފިއްޔާ ނަވްރަސްގެ ރުޅިގަނޑު ހައްތާހާ ގަދަ ވުން ނޫންކަމެއް ވެސް ނުވާނެއެވެ. ސުވާލުތަކުގެ ތެރެއަށް ގެއްލިފައިވި ޒޯޔާ ކޮނޑުއަރުވާލަމުން ގޮސް ވަނީ އޭނަގެ ކޮޓަރި އަށެވެ.

ނަވްރަސް އަތުގެ ކޮޅަށް ދޮރުލައްޕަމުން ތަޅުލިއެވެ. އަދި ކަރުގައި އަޅާފައި އޮތް ޓައީއަށް ދޫކޮށްލުމަށް ފަހު ދަމައިގަތެވެ. ދެން އެހޫރާލީ ޓައިލްސްތަކުގެ މައްޗަށެވެ. ލައިގެން ހުރި ސޫޓް ވެސް އަތުގެ ކޮޅަށް ހޫރާލިއެވެ. ރުޅިއައިސްފައި ހުރި މިންވަރު އޭނަގެ ކޮންމެ ހަރަކާތަކުން ހާމަކޮށްދެއެވެ. ގަމީހުގެ ގޮށްތައް ނައްޓަން އުނދަގޫވުމުން ގޮށްފަށުގައި ހިފާ ދަމައިގަތްގަތީނުން ގަމީހުގެ ގޮށްތައް މިނިވަންތަކާއެކު ކޮޓަރިތެރެއަށް ބުރުއްސައިގެން ހިނގައްޖެއެވެ. ނަވްރަސް ކޮޓަރީގައި ހުރި ސޯފާއަށް އުއްޑުން ވެއްޓިގަތެވެ. އަދި ބޫޓު ފަޔާ ވަކިކޮށްލިއެވެ.

ބޮނޑުވާއިނގިލިން ނިތުގައި ފިރުމާލަމުން އޭނަ ފުންނޭވާތަކެއް ދޫކޮށްލިއެވެ. އެތެރެހަށީގައި އުފެދެމުން ދިޔަ ދިލަ ހޫނުކަން ބޭރުކޮށްލަން ބޭނުންވެފައިވާ ވަރުންނެވެ. ދެން ވެސް މީހާއަކަށް ހަމަޖެހުމެއް ނުލިބުނެވެ. ބެލްކަނީގެ ދޮރު ހުޅުވާލަމުން އެތަނަށް ނުކުތުމުން ފިނިރޯޅިތަކުން ނޭވާލުމަށް ކުޑަ ލުޔެއް ލިބުނުކަމެވެ. ސިކުނޑީގެ ހާސްކަމަށް ނިމުމެއް ގެނެސް ދިނުމުގައި ރޯޅިތަކަށް ވެސް ކާމިޔާބެއް ނުލިބުނެވެ.

ނަވްރަސް ރެއިލިންގްގައި ދެއަތުން ހިފަހައްޓާލި ހިނދު ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އެކަރުނަ ތިކި ދެކެ ވެސް އޭނަ އައީ ރުޅިއެވެ. ހިތުގައި އުފެދިގެން ދިޔަ ވޭންތަކުގެ މައްޗަށް އޭނަ ބޭނުންވީ ރުޅިވެރިކަން އިސްކުރާށެވެ. ނަމަވެސް އެކަން ވީ ނާކާމިޔާބެވެ. ނަވްރަސްއަށް ދެއަތުން އޭނަގެ ބޮލުގައި ހިފަހައްޓާލެވުނީ ބޯ ފަޅައިގެން ހިނގައިދާނެހެން ހީވުމުންނެވެ. ކަންފަތުގައި ގުގުމަނީ ޔަޝްމްގެ ޖުމްލަތަކެކެވެ. އަޑުގެ ނެތްތަނަށް ހަޅޭއްލަވަން ވެސް އޭނަ ބޭނުން ވިއެވެ. ނަމަވެސް އޭނަ މީހާ ހަމައަކަށް އަޅުވާލިއެވެ. އެތާހުރި ސަރަންފީގޮނޑިއަށް ވެއްޓިގަންނަމުން ނިތުގައި އަތް ބާއްވާލިއެވެ. ހިތުގެ އުދާސްތަކަށް ނިމުމެއް ބޭނުން ވެފައި އޮތް ހާލުގައެވެ.

”ލޯބި ވާން އެނގުނީ ވެސް މީހެއްގެ އަންބެއްދެކެ…” އޭނަގެ ޒަމީރު މަލާމާތް ކުރި ފަދައެވެ. އޭނައަށް އަތްގަދަ މިކުރެވުނީ މީހެއްގެ ހައްޤަކަށެވެ. ނަވްރަސްއަށް ގޮނޑީގެ އަތްގަނޑަށް އެތިފަހަރެއް ވީއްލާލެވުނެވެ. މޭގައި ފިރުމާލެވުނީ މޭގައި އަޅަމުން ދާ ވޭނަށް ލުޔެއް ހޯދައި ދެވޭތޯއެވެ. ޔަޝްމް ދެކެ ރުޅި އަންނަން ބޭނުން ވިއެވެ. ނަމަވެސް އެކަމެއް ނުވިއެވެ. އެއަށް ވުރެ ހިތުގައި ވިންދުޖަހަމުން ދިޔަ ލޯބި މާ ބޮޑަށް ވެސް ފުނެވެ. ބާރުގަދައެވެ. އެލޯބި ގޮވަމުން ދިޔައީ ޔަޝްމް ގާތަށް އެނބުރި ދިއުމަށެވެ. ޔަޝްމްއަށް އިތުބާރު ކުރުމަށެވެ. ޔަޝްމްގެ ވާހަކަތައް އަޑު އެހުމަށެވެ. ޔަޝްމްގެ މަޖުބޫރީއާ މެދު ވިސްނުމަށެވެ. އެކަރުނަތައް ފޮހެލަ ދިނުމަށެވެ. އޭނަ ޔަޝްމްގެ ވާހަކަތަކަށް އިތުބާރުކުރަން ބޭނުމެވެ. ނަމަވެސް………… ނަވްރަސްއަށް އެތައް އިރެއް ވަންދެން ވިސްނަން އޮވެވުނެވެ. ޔަޝްމްއަށް އިތުބާރު ކުރުމާމެދުގައެވެ.

ނަވްރަސް ސިއްސައިގެން ދިޔައީ ފަޓްލޫނުގެ ޖީބުގައި އޮތް ފޯނު ރިންގްވާން ފެށުމުންނެވެ. ފޯނު ނަގައި ބަލާލި ހިނދު އެއީ ޔަޝްމްގެ ފޯންކޯލެކެވެ. ނަވްރަސް ފޯނު ކެނޑެން ދެން ބަލަހައްޓައިގެން އޮތީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އެހެން އޮވެފައި އޭނަ ތެދުވިއެވެ. އަދި ބެލްކަނީގެ ދޮރު ލައްޕާލުމަށްފަހު ހިމުގައި އޮތް ބެލްޓަށް ދޫކޮށްލަމުން މިސްރާބު ޖެހީ ފާޚަނާއާއި ދިމާއަށެވެ. އޭނަ ބޭނުންވީ ފެންވަރާލާށެވެ.

****

ޔަޝްމްއަށް ނަވްރަސްގެ ފޯނަށް ގުޅުނު އަދަދެއް ނޭގެއެވެ. ޔަޤީނުން ވެސް ފަންސާހަކަށް ފަހަރު ގުޅިއްޖެއެވެ. ކޮންމެ ފަހަރަކު ލިބެނީ އެއް ޖަވާބެކެވެ. އިވެނީ އެއް އަޑެކެވެ. އެންމެ ފަހުން ދިރާގުން އިއްވާ ވޮއިސްމެއިލް ދެކެ އޭނަ އައީ ރުޅިއެވެ. ފޯނު އަތުގެ ކޮޅަށް ހޫރާލަން ވެސް ހިތަށް އެރިއެވެ. އޭނައަށް ދެއަތުން މޫނު ފޮރުވާލެވުނީ ކުއްލިޔަކަށެވެ. ރުއިމުގެ އަޑު ބޭރުވެދާނެތީ ތުންފަތުގައި ބާރަށް ދަތްއަޅާލެވުނެވެ. އޭނައަށް ކެތްނުކުރެވޭނެއެވެ. އޭނަ ނަވްރަސް ބޭނުމެވެ. ކަރުހިއްކައި ގެންފައިވާ އެލޯބި ހާސިލް ކުރަން ބޭނުމެވެ. އެޅިފައިވާ ހުރަސްތަކާއެކު ވެސް މެއެވެ. އޭނަ ނަވްރަސްގެ ލޯތްބަށް ސަލާން ޖަހަމުން ފަހަތުން ދުވާނީ އެވެ. ނަވްރަސްއަށް ހުރިހާ ވާހަކައެއް ކިޔައިދޭނީ އެވެ. އޭރުން ނަވްރަސް އޭނަ ޤަބޫލުކުރާނެއެވެ.

ދަންވަރުގެ ފުން އަރާމުގެ ތެރެއަށް ދުނިޔެ ގެނބިފައި ވާ ހިނދު ޔަޝްމްއަށް ލޮލުފިޔަވެސް ޖަހާނުލެވުނެވެ. އޭނައަށް ބެލެނީ ގާތުގައި އޮތް ފޯނަށެވެ. އެއަށް ނަވްރަސްގެ ފޯނެއް އަންނާނެ އިރަކަށް އިންތިޒާރު ކުރެވެމުން ދިޔައެވެ. ފޯނެއް ނޫނަން މެސެޖެއް ވިޔަސް ހެވެވެ. ކުއްލިޔަކަށް އޭނަ ސިހިގެން ދިޔައީ އިޒްކާންގެ އަޑަށެވެ. ޔަޝްމްއަށް އެނދުން ތެދުވެވުނެވެ. އަދި ކޮޓަރީގެ ބޮކި ދިއްލާލެވުނެވެ. އިޒްކާން ނިދީގެ ތެރޭން އަޅަމުން ދިޔަ ވޭން ފެނި އޭނަ އަވަސް ފިޔަވަޅުތަކެއްގައި ގޮސް އިޒްކާން ގާތަށް ހުއްޓުނެވެ.

”އިޒްކާން…”

މިޝްޔާ ގޮވާލިއެވެ.

”އިޒްކާން، ލޯހުޅުވަބަލަ…” ޔަޝްމް ގޮވަމުން ދިޔަތަނާ ކުއްލިޔަކަށް އިޒްކާން ލޯހުޅުވާލިއެވެ. ފުންނޭވާތަކެއް ލަމުން ދިޔަ އިރު ނޭވާ ނުލެވިގެން އުޅޭހެންވެސް ހީވެއެވެ. މިމަންޒަރު ފެނި ޔަޝްމްގެ މޭގަނޑު ފިނިވިއެވެ. އިޒްކާން އިޝާރާތް ކުރީ ރީތިވާ މޭޒުގެ ޑްރޯވާރ އަށެވެ. ޔަޝްމް އަވަސް އަވަހަށް ގޮސް އެހުޅުވާލިއެވެ. އަދި އޭގައި އޮތް ކުޑަ ފޮށި ހިފައިގެން އައިސް ދިއްކޮށްލުމާއެކު އަވަސް އަހަރަކާތްތަކާއެކު އިޒްކާން ނެގީ އަސްތަމާ ޕަންޕެކެވެ. އޭރު އޭނަގެ ނޭވާހޮޅިން ނޭވާ ހުސްވާން ކައިރި ވެއްޖެއެވެ. ޔަޝްމް ހުރީ ބިރުން ގޮސް ހަރަކާތެއް ގެންނަން ވެސް ނޭގިފައެވެ. އޭނައަށް މުޅިން އަލަށް ތަޖުރިބާ ކުރެވުނު ކަމަކަށް ވުމުންނެވެ.

އިޒްކާން ހަމައަކަށް އެޅިގެން ދާން ކުޑަ އިރުކޮޅެއް ނެގިއެވެ. ފުންނޭވާތަކެއް ލަމުން ގޮސް އޭނަގެ ނޭވާ ވެސް ހަމައަކަށް އެޅުނެވެ. އޭނަ ޔަޝްމްއަށް ޝުކުރު އަދާކުރަމުން ޔަޝްމްއަށް ފުރަގަސް ދެމުން ސޯފާގައި އޮށޯތެވެ.

ޔަޝްމް ގޮސް އެނދުގައި ޖައްސާލިއެވެ. އަދިވެސް މީހާ ވަނީ ފިނިވެފައެވެ. އޭނަ ސިހިގެން ދިޔައީ ކައިރީގައި އޮތް ފޯނުން އެލާރމެއް އަޅާލި އަޑަށެވެ. ފޯނަށް މެސެޖެއް އައީ އެވެ. ފޯނަށް އަވަސް ނަޒަރެއް ދެވުނު އިރު ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެއްޖެއެވެ. އޭނަގެ ހާސްކަމާއި ކަންބޮޑުވުމައި ހިތާމަތަކަށް ނިމުމެއް އައި ކަހަލައެވެ. ޔަޝްމް ފޯނުގެ ސްކްރީނަށް ނަޒަރު ހިންގާލުމާއެކު ހިތަށް ގޮށްމުށުގެ އެތިފަހަރެއް އަރައިގެން ދިޔަ އެވެ. މަންޒަރު ފުސްވެ ކަރުނަތައް ބޮނޑިވެގަތެވެ.

”ޔަޝްމް ދެން އަހަންނަށް ނުގުޅުން އެދެން!…” ނަވްރަސްގެ މެސެޖްގައި ވިއެވެ.

(ނުނިމޭ)

57
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Other Articles

Previous

ލޯބީގެ ވާރޭ 3

Next

ފޮހެވޭނޭ ބާއޭ… 45

Next
December 30, 2015

ފޮހެވޭނޭ ބާއޭ… 45

Previews
December 29, 2015

ލޯބީގެ ވާރޭ 3

17 Comments

  1. Emy says:
    December 29, 2015 at 11:02 pm

    Muthaa u r the best writer ever I saw. Luv u muthaa.. Story is awesome. Avahah up kihdhehchey ingey dhen part vx

  2. Fathun says:
    December 29, 2015 at 11:08 pm

    Waiting for next part.. Vv nice

  3. Naash says:
    December 29, 2015 at 11:11 pm

    Tnxs a lot muthaaa…… Alhey yashmu haadha dheravaaney….. Story was awesome….❤❤❤❤❤❤❤❤❤❤❤❤

  4. FAN STAR says:
    December 29, 2015 at 11:14 pm

    OMG… DHN KIHINEHBBAA VAANY… ALHEY.. I WANT NAVRAS ND YASHAM GULHEN.. MISHYAA ND IZKAAN EKKON.. DHEEM ND YOOSHAU TOGETHER AGAIN.. MIHAARU YOOSH ND FALAK GE HAALAKY KOBAABAA .. V V V REETHI.. HAMA 1 VANA.. V SALHI..

  5. Zuha says:
    December 29, 2015 at 11:15 pm

    Very nice

  6. ken? says:
    December 29, 2015 at 11:19 pm

    ?????

  7. aisha says:
    December 29, 2015 at 11:24 pm

    Me v salhi vaahaka ah adhi a haa vahan up ves kondhay .ti han vaahaka liyan vaani

  8. princess sajix says:
    December 29, 2015 at 11:25 pm

    No plxxxxx ehennahadhahchey…Nauras plx try to understand..Alhe mutha konirakun aneh part up vaany..

  9. Naxoo says:
    December 29, 2015 at 11:37 pm

    Super fantastico..like like like…hehe…v salhi…muthaa ur the best…love the story…plx..plx upload soooon 🙂

  10. Kai says:
    December 29, 2015 at 11:47 pm

    Oh no dhen navras ves dw huh 🙁 🙁 I hate the way he is behaving now seriously story varah obi muthaa 😛 😛 and thanxs for uploading so fast 😀 😀 u are one of the best writers I have ever seen 🙂 🙂

  11. my says:
    December 29, 2015 at 11:56 pm

    no i think yashm n izkaan z best..

  12. faru.. says:
    December 30, 2015 at 12:00 am

    Wow wow muthaaa u r the best writer ever. Love you so much

  13. ?? says:
    December 30, 2015 at 12:32 am

    Varah salhi mi story.. waitin for the next part.. mutha plx nxt part avahah upload kohdhehchey…

  14. monarch butterfly says:
    December 30, 2015 at 12:43 am

    It’s a really nice story. I love it…

  15. Kudi says:
    December 30, 2015 at 1:49 am

    Enmneh reethi hisaabah dhiya e rah thi ninmaaki. Wow v v reethi. Dhen vaani kihinehbaa…

  16. vily says:
    December 30, 2015 at 3:40 am

    Wow… vvvvv nice
    happy to read course ure uploading so quickly
    grt writer muthaaaa
    dis way please finish the story ingeyyy
    love to readdd
    love love love story

  17. laila says:
    December 30, 2015 at 9:00 am

    yashmu & izkan gulhuvyma salhi vaany

Comments are closed.

All Right Reserved!