އަނިޔާ… 22 ވަނަ ބައި
“ފާރިޝް” ފާރިޝްއާށް ވެފައިހުރި ގޮތް ފެނިފައި އަހަރެން ގޮވާލީމެވެ. ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ވަޓް ހެޕެން” އަހަރެން އެތަނުން ތެދުވެގެން އައިސް ފާރިޝް ކައިރީގައި މަޑުކޮއްލީމެވެ. ފާރިޝް ބޯހޫރާލިއެވެ. އަދި މަޑު ހިގުމެއްގައި އައިސް ސޯފާގައި އިށީނެވެ. “ވަޓް ދަ ހެލް ހެޕެން ފާރިޝް” ފާރިޝް އެހާ މަޑުން އިންނަން ފެށުމުން އަހަރެން ބިރު ގަންނަން ފެށިއެވެ.
އަނެއްކާ މިފަހަރު ކަމެއްވީ ކާކަށް ބާއެވެ. “ޑޫ ޔޫ ރިމެންބަރ ދަ ޕާސަން ހޫ އިންޓަރަގޭޓް ޔޫ” ފާރިޝް ބޮލުގައި އަތް އަޅާލަމުން ވަރަށް މަޑުން ވާހަކަ ދެއްކިއެވެ. “އޮފް ކޯޒް…. އިޒް ނޭމް އިޒް ޝަރީފް” އަހަރެން ފާރިޝްގެ މޫނަށް ބަލާލަމުން ބުނެލީމެވެ. “ޔަ… ހީ އިޒް ޑެޑް” ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ، އަހަރެން ދިޔައީ ސިހިގެންނެވެ. ބޮލުގައި އެބުރި އުތުރިގަތީ އެތަށް ސުވާލުތަކެވެ. “ވަޓް… ހައު.. ވެން… ވައި…” އަހަރެން ހައިރާންވި ވަރުން ފާރިޝް ކައިރިގައި ސުވާލުތަށް އެހުނީ ފުދޭވަރަކަށް ބާރަށެވެ. ފާރިޝް އަހަރެންގެ މޫނަށް ބަލާލިއެވެ. “އައި ޑޯންޓް ނޯ” ފާރިޝް އެހެން ބުނެލިއެވެ. އަހަރެންނަށް މޫނުގައި އަތްޖައްސާލެވުނެވެ. މިއީ ދެން ކިހާ ބޮޑު ވެއްޖެ ކަމެއް ހެއްޔެވެ. އެކަހަލަ ކަމެއް ކުރާނީ ކާކު ހެއްޔެވެ. “ކިހިނެއް ފާރިޝްއަށް އެކަން އެގުނީ” އަހަރެން ފާރިޝް ކައިރީގައި އިށީދެލަމުން އަހާލީމެވެ. ހުޝާމްވެސް ގޮޑިއެއް ހިފައިގެން އައިސް އަހަރުމެން ކައިރިގައި އިށީނެވެ.
“އަހަރެން ދިޔައީ އޭރު އޮފީހަށް… އަހަރެން، އަހަރެންގެ ގޮޑީގައި އިށީދެވުނުތަނާ ކަހަލަ ގޮތަކަށް ކުއްޖަކު ބުނީ އާދިލްސަރ އަހަރެންނާއި ބައްދަލު ކުރަން ބޭނުންވެއޭ… އެހެންވެ އަހަރެން ދިޔައީ އާދިލްސަރ ކެބިންއަށް… އޭރު ހާނިމްސަރ ވެސް އެތަނުގައި އިން… އަހަރެން ފެނުމުން އާދިލްސަރ ވާހަކަ ދެއްކީ ހާނިމްސަރއާ… އާދިލްސަރ އެހި ހާނިމްސަރ ކައިރީގައި ކާކުހޭ ޝާމްގެ ލޮކޭޝަން ބުނެދިނީ ޕޮލިހުންނަށް… އޭނައަށް އެގޭކަމަކަށް ނުހެދި… އެކަންތަށް ނޭނގޭކަމަށް ހެދުމުން އާދިލްސަރ ބުނި ޝަރީފްގެ ވާހަކަ… އެވާހަކަ ބުނުމުން އޭނައަށް ޝަރީފްއަކީ ކާކުކަމެއް ނުވެސް އެގުނު… ދެން އާދިލްސަރ އެދުނީ ޝަރީފް ގެނައުމަށް… އެކަމަކު ހޯދާ ހޯދާވެސް އޭނަ އޮފީހަކުން ނުފެނުނު… އިރުކޮޅެއް ނުވެ ޕޮލިހެއް އައިސް ބުނީ ޝަހީދުއަލީ ހިގުމުގައި މީހަކު މަރުވެފައި އޮތްވާހަކަ… ދެން އަހަރުމެން އެތަނަށް ދިޔައީ… އެއީ ޝަރީފް… އޭނަ އޮތީ އެއްކޮށް ނޮޅާލާފައި…” ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެންނަށް ލިބިގެން ދިޔައީ ހައިރާން ކަމެވެ. އެހާ އަވަހަށް އެކަން ކުރާނީ ކާކު ހެއްޔެވެ.
“ހީ ހޭޒް އަ ވައިފް” އަހަރެންނަށް ބުނެވުނެވެ. “ޔަ އެންޑް ނައިން މަންތް ކިޑް” ފާރިޝް ފުރިހަމަ ކޮއްލިއެވެ. އަހަރެން ފާރިޝްގެ މޫނަށް ބަލާލީމެވެ. ބުނާނެ އެއްޗެއް އަހަރެންނަކަށް ނޭގުނެވެ. ކޮންމެ މީހަކު ކުރިޔަސް އޭނަގެ އާއިލާއަށް އެލިބުނީ ކިހާ ބޮޑު ދެރައެއް ހެއްޔެވެ. “ހާނިމް ކީއްވެތަ ޝަރީފް ނޭނގޭ ކަމަށް އެބުނީ… ބަލަ އަހަރެންވެސް ހުއްޓައޭ އޭނަ ހާނިމްގެ ނަން ބުނީ” އަހަރެންނަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. “އޭނަ އެކަހަލަ ކަމެއް ކޮއްފާނެތަ” ހުޝާމް އަހާލިއެވެ. އަހަރެންނާއި ފާރިޝްއަށް ހުޝާމްއާއި ދިމާލަށް ބަލާލެވުނެވެ. “ނޫން އޭނައަށް އެއްވެސް މީހަކު މަރާކަށް ނުކެރޭނެ. އެކަމަކު އޭނަގެ ގްރޫޕް މީހުން” އަހަރެން ބުނީ އެވަރަށެވެ. އާއެކެވެ. އަޔާޒްމެން އެކަހަލަ ކަމެއް ކޮއްފާނެއެވެ. “ހާނިމްސަރއަށް އެމީހާ ނޭނގެއޭ ބުނީމަ އިތުރަށް ހާނިމްސަރ އާއި ދެކޮޅަށް ދެއްކޭނެ ހެއްކެއް ނުއޮންނާނެ… އެކަމަކު މިއަދު އިންޓޮރޮގޭޓް ކުރި އިރު ވީ ކަންތަކަށް ބެލޭނެ” ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އަހަރެން ސުވާލުގެ ނަޒަރަކުން ފާރިޝްއާއި ދިމާލަށް ބަލާލީމެވެ. “ކަމޯން ޝާމް… ޔޫ އާ ދަ ލާސްޓް ޕާސަން ހީ ސްޕީކް… ޑޯންޓް ޔޫ ތިންކް އިޓިއިޒް ކޯ އިންސިޑެންޓް ދެޓް ހީ ޑައި އާފްޓާ އިންޓޮރޮގޭޝަން” ފާރިޝް ވާހަކަ ދެއްކީ ތަންކޮޅެއް ބާރަށެވެ. އޭނަވެސް މާބޮޑަށް ހާސްވީން ކަންނޭނގެއެވެ.
އަހަރެންނަށް ވިސްނާލެވުނީ ފާރިޝް އެހެންބުނީމައެވެ. އިންތަނުން ތެދުވެވުނެވެ. “ޔޫ މީން” “ޔޭސް… އެވްރީ ވަން ވިލް ތިންކް ދެޓް ޔޫ ޑިޑް އިޓް” ފާރިޝް އަހަރެންގެ ޖުލްމަ ނިންމާލަދިނެވެ. “ބަޓް އައި ޑިޑިންޓް” އަހަރެން ހާސްކަމާއި އެކު ބުނެލީމެވެ. “އައި ނޯ ދެޓް.. އާދިލްސަރ ނޯ ދެޓް… އެންޑް ހުޝާމް ނޯ ދެޓް… ބަޓް ނޮޓް އެޓަޔަރ ޕޮލިސް ފޯސް” ފާރިޝް ވާހަކަ ދެއްކީ އަހަރެންނަށް ވިސްނާދޭ ގޮތަށެވެ. “ސޯ ހީ ވޯންޓް މީ ޑު ގޯ ޑައުން ވިތް ދިސް” އަހަރެން ދެއަތް ދެއަތާއި ގުޅާލީމެވެ. އާއެކެވެ. ހާނިމްސަރ ބޭނުންވަނީ މިކަމުގެ ބްލޭމް އަހަރެންގެ ބޮލުގައި އަޅުވާށެވެ. އޭރުން ހުރިހާ ޕޮލިހުން އަންނާނީ އަހަރެންނާއި ދިމާލަށެވެ. އަހަރެންނަށް ދަތްކުނޑި ވިކާލެވުނެވެ. ކޮލުގެ ކަށިގަނޑަށް ތަދުވާވަރަށެވެ. “ޔޭސް… އޭނައަށް އެނގޭ ޕޮލިހުން ދެން އުޅޭނީ ޝާމް ހޯދަންކަން…” ފާރިޝް ބުނެލިއެވެ. އަހަރެންނަށް އެތަނުގައި ހިނގެން ފެށުނެވެ. މަޑުމަޑުން ނޭވާލަމުން އަހަރެންގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވޭތޯ ބަލަމުން އަހަރެން ދިޔައީމެވެ.
“ޑިޑް ޔޫ ތްރެޓް ހިސް ލައިފް އިން އިންޓްރޮގޭޝަން…” ފާރިޝް އަހާލިއެވެ. “ނޯ” އަހަރެން ބުނެލީ ވަރަށް މަޑުންނެވެ. “އެނގޭ ދޯ އެމީހުން ހުރިހާ އިންޓްރޮގޭޝަންތަކެއް ވީޑީއޯ ކުރާކަން… ސޯ އެމީހުން އެންމެ ފުރަތަމަ ކުރާނެ ކަމަކީ އެވީޑިއޯ ބަލާނީ… އިފް ޔޫ ސޭ އެނީތިން ޓު ތުރެޓް ހިމް…” ފާރިޝް އެހާ ހިސާބަށް ބުނެފައި ހުއްޓާލީ އަހަރެން ބަލާލުމުންނެވެ. ” ހީވޭތަ ޝާމްގެ ގްރޫޕް މީހުން އެކަހަލަ ކަމެއް ކޮއްފާނެހެން” ފާރިޝް އަހާލިއެވެ. “ނޯ.. ނޯ … ނޯ..” އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ. އެހާވަރުން މަސައްކަތް ކުރީމަވެސް އަހަރެންގެ ރުޅިގަނޑު ކޮންޓްރޯލްއެއް ނުކުރެވުނެވެ. “ނޯ… އެމީހުނަށް ނުވެސް އެނގޭނެ އަހަރެންނާއި ވާހަކަ ދެއްކީ ކާކުކަމެއް… މިއީ އެމީހުން ކުރި ކަމެއް ނޫން.. މިއީ އަޔާޒްމެން ކުރި ކަމެއް” އަހަރެން ވާހަކަ ދެއްކީމެވެ. “އޭނަ ބޭނުންވަނީ ޝާމް އެތެރެއަށް ލާން” ހުޝާމް ވާހަކަ ދެއްކިއެވެ. “އިޓް މީންސް ހީ ނޯ ދެޓް ޔޫ ނޯ އެބައުޓް ހިމް” ފާރިޝް ބުނެލިއެވެ. އަހަރެން ދެއަތުން މޫނު ފުހެލީމެވެ. “އަހަރެން އެތެރެއަކަށް ނުދާނަން… އެކަމަކު މިހާރު އޭނަގެ ޓައިމް ޖެހިއްޖެ” އަހަރެން ބުނެލީމެވެ. ހުޝާމްއާއި ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލީ އަހަރެން ބުނެލި ގޮތުން ކަންނޭނގެއެވެ.
“އިތުރަށް އޭނައަށް އެވަޒީފައި ހުރެވޭނެ އެންމެ ފަހުމަސް މިއީ… މިމަސް ނިމޭއިރު އޭނަ ހުންނާނީ އެތެރޭގައި ނޫނީ ބިމު އަޑީގައި” އަހަރެން ވާހަކަ ދެއްކީ ރުޅިވެރިކަމާއި އެކުގައެވެ. އޭރު އަހަރެން މަޑުމަޑުން ތުރުތުރު އަޅަން ފަށައިފިއެވެ. ހާނިމްއާއި ހެދި ގެއްލިގެން އެދަނީ ކިތައްމީހުންގެ ދިރިއުޅުން ހެއްޔެވެ. އޭނަގެ ސަބަބުން ކިތައް މީހުންގެ ދިރިއުޅުން ހަލާކުވެއްޖެ ހެއްެޔެވެ. އަހަރެންގެ ކޮއްކޮ އަހަރެންނަށް ނުގެއްލުނީ ކިރިޔާއެވެ. ހުޝާމްގެ މައްޗަށް މަރުގެ ހުކުމް ނައީ ކިރިޔާއެވެ. އެކަމަކު ދެން އެހެންނެއް ނުވާނެއެވެ. މިފަހަރު އޭނަގެ ދުވަސް އަހަރެން ދުއްވާލާނަމެވެ. އޭނައަށް ދުނިޔޭގައި އުޅުން އެއީ ކިހާވަރެއްގެ ކަމެއްކަން އަހަރެން ދައްކާލާނަމެވެ. “ޝާމް” ފާރިޝް އަހަރެންނަށް ގޮވާލިއެވެ. އޭނައަށް އަހަރެންގެ އިހްސާސް ދެނެގަނެވުނު ކަހަލައެވެ. “ޝާމް ވިސްނާފަ” “ވިސްނާފަ… އެހެންމީހުން ހެޔޮ ދޯ ނުވިސްނާ ކޮންމެ ކަމެއް ކުރިޔަސް… އަހަރެން ވީމަ ވިސްނާފަ ކުރަންވީ…” ފާރިޝްގެ ޖުމްލަ މެދު ކަނޑާލަމުން އަހަރެން ހަޅޭލަވައިގަތީމެވެ. އެވަގުތު ހުޝާމް އިންތަނުން ދެތުވިއެވެ. ފާރިޝްވެސް ތެދުވިއެވެ. “ދެން ނުވިސްނޭނެ… އިތުރަކަށް ނުވެސް ވިސްނާނަން… ދެން އަހަރެންވެސް ކަންތައް ކުރާނީ އެމީހުންވެސް ކަންތައް ކުރާގޮތަށް… އޭނަ އެގޮތަށް އަހަރެންނާއި ދިމާކުރަން ވިސްނުންވެސް އެއީ އޭނައަށް ކުރެވުނު ނުބައިކަމެއް…ހުހް” އަހަރެން ވާހަކަ ދެއްކީމެވެ. ފާރިޝްއާއި ހުޝާމް ހުރީ އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެމީހުންނަށް އަހަރެންގެ އިންޒާރު ބިރުވެރި ހުވަފެނެއްހެން ކުރިމަތިން ފެންނަ ކަހަލައެވެ. “ޝާމް.. ޕްލީޒް” ހުޝާމް ކުރިއަށް ޖެހިލިއެވެ. އަހަރެން ހުޝާމްއާއި ދިމާލަށް ބަލާލީމެވެ. އަހަރެންގެ ލޮލުން އަލިފާން ކަނި ބުރާކަހަލައެވެ. އޭރު އަހަރެން ހުރީ ރުޅިއައިސް ރަތްވެފައެވެ. މީހާދާހިއްލާ ފޯވެއްޖެއެވެ. “އެގޭތަ މާޒިން ގްރޫޕުން އުޅެނީ އޭނަ މަރާލުމަށް ޕްލޭންއެއް ކުރަން… އަހަރެން ކައިރީގައި ބުނުމުން އަހަރެން ބުނިން އެހީއެއް ނުވާނަމޭ… އެކަމަކު އަހަރެންނަށް ހީވަނީ މިހާރު އަހަރެންގެ ޑިސިޝަން ބަދަލު ކުރާ ވަގުތު ޖެހިއްޖެހެން…” އަހަރެން އެއްކޮލުން ހީލަމުން ބުނެލީމެވެ. އެދެމީހުންވެސް ދިޔައީ ސިހިގެންނެވެ. އެމީހުންނަށް އެއީ އަހަރެން ބުނި އެއްޗެއްކަން ޔަގީން ނުވާ ގޮތަށް އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ތިއްބެވެ. އެމީހުންނާއި ދިމާލަށް ބަލާލަމުން އަނެއްކާވެސް ކުރިން ހީލި ގޮތަށް ހީލައިފީމެވެ. “ޝާމް ޔޫ އާ ނޮޓް ސީރިއަސް ރައިޓް” ހުޝާމް އަހަރެންނާއި ކައިރިއަށް ފިޔަވަޅެއް އަޅާލަމުން ބުނެލިއެވެ.
“ވައި… ކީއްވެ އަހަރެންނަށް މީހަކު ނުމެރެންވީ… ހުޝާމްއަށް މީހުން ގައިގައި ކަރަންޓު ޖައްސާ ދަނޑިގަނޑަކުން މީހަކަށް ބިރު ދެއްކެންޏާ އަހަރެންނަށް ކީއްވެ މީހަކު ނުމެރެންވީ” ހުޝާމް އިސްޖަހާލިއެވެ. “ޝާމް ތިވިސްނަނީ ރަނގަޅަކަށް ނޫން.. މިހާރު ތިހިރީ މާބޮޑަށް ރުޅިއައިސްފައި” ފާރިޝް އަހަރެން ހުޝާމްއާއި އެއްވަރު ކުރަމުން ވާހަކަ ދެއްކިއެވެ. “ހުހް.. އަހަރެން ރުޅި އައިސްފައި” ޗޮކެއް ކަނޑާލަމުން އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލީމެވެ. “ނޫން ފާރިޝް… އަދި ތިމީހުންނަށް އަހަރެން ރުޅިއައިސްފައި ހުއްޓާ ނުފެނޭ… އެހެންނޫނަސް އަދި އަހަރެން ނުވެސް ވިސްނަމޭ.. އަހަރެން ވިސްނާފަ ކުރާނަމަ މިހާރު އެމީހާ އޮންނާނީ ކަލޭމެންގެ ކުރިމަތީގައި ލޭގުޅައަކަށް ވެފައި… އެކަމަކު އަދި އެހެނެއް ނުވެނެއެއްނުން…. ސޯ އޭގެ މާނައަކީ އަދި އަހަރެން ނުވިސްނަމޭ….” އަހަރެން ދެލޯ ހަނިކޮއްލަމުން ބުނެލީމެވެ. “ހާނިމްއަށް އެންމެ ފަހުން ވިސްނާފައި ކުރެވޭނެ ކަންތައް އެކުރީ… އަހަރެންގެ ކޮއްކޮއާއި ދިމާލަށް ދިއުމަށް އަޔާޒް ކައިރީގައި ބުނުން އެއީ… ދެން އެކަހަލަ ކަމެއް ކުރަން ވިސްނާކަށް އޭނަގެ ސިކުނޑި ބޮލުގެ ނާށިގަނޑު ތެރެއަކު ނުބާވާނަން” އަހަރެން ރުޅިއައިސްފައި ހުރުމުން ވާހަކަ ދެއްކުނީ މީގެ ކުރިން އަހަރެން ދުވަހަކުވެސް ވާހަކަ ދެއްކި ގޮތަކަށް ނޫނެކެވެ. އަހަރެންގެ ރުޅިގަނޑު ކޮންޓްރޯލްއެއް ނުކުރެވުނެވެ. ރުޅި ދިޔައީ އަހަރެންގެ ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް ބާރުފޯރުވަމުންނެވެ. “ޝާމް… ޔޫ ރިޔަލީ ނީޑް ކާމް ޑައުން އޯކޭ” ހުޝާމް ބިރުގަނެފައިވާ އަޑަކުން ވާހަކަ ދެއްކިއެވެ.
އެމީހުންނަށް އަހަރެން އެހުރިހާ ކަމެއް ކޮއްފާނެކަން އެނގެނީ ކަންނޭގެއެވެ. “ޔޭސް…ކަމޯން މޭން… ކަމް އެންޑް ސިޓް” ފާރިޝް އަހަރެންނާއި ކައިރިވެލަމުން ބުނެލިއެވެ. “އެގޭތަ… ހާނިމްއަކީ އަޔާޒްމެންނަށް އެހީވެދޭ މީހާކަން އަހަރެންނަށް ޔަގީން ވެއްޖެ… މިހުރިހާ ދުވަހު އޭނަ އެތެރޭގައި ހުރެގެން އަޔާޒްމެންނަށް އަހަރުމެންގެ ހުރިހާ މޫވްއެއް ބުނެދެމުން އެދަނީ… އެގޭތަ… އޭގެ ސަބަބުން ކިތައް ކަންތައް ނާކާމިޔާބު ވެއްޖެކަން” އަހަރެން އެމީހުންނަށް ސުވާލު ކުރީމެވެ. އޭރުވެސް އަހަރެން ތުރުތުރު އަޅަމުން ދިޔައެވެ. “ހުރިހާ ކަމެއް… ޑްރަގް ކޭސްއެއް ވިޔަސް.. ވައްކަމުގެ ކޭސް އެއްވިޔަސް… މާރާމާރިއެއްވިޔަސް.. އޭނަ އެކަމެއްގައި ހުޅޭ ހުރިހާ ކަމެއް.. ކޮންމެވެސް ހިސާބަކުން އެމީހުނަށް އެގިގެން އަހަރުމެންނަށް ކާމިޔާބު ވާގޮތެއް ނުވޭ… އެންމެ ފަހަރެއްގައިވެސް…. އެކަމަކު ނައު އިޓް ޓައިމް ޓު ޓާން… ހީ ހޭޒް ޓު ގޯ ޑައުން.. ވިތް އެވްރީތިން” އަހަރެން މުއްމަޅާލަމުން ބުނެލީމެވެ. “ޝާމް ވީ ކޭން ފައިންޑް އެނަދާ ވޭ” ފާރިޝް ބުނެލިއެވެ. “ޔޭސް… އައި ނޯ ދެޓް ވޭ… ހީ ހޭޒް ޓު ޑައި” އަހަރެން ބުނެލީމެވެ. “ކަމޯން ޝާމް.. ވިސްނާފަ ތި ކިޔާ އެއްޗެއް ކިޔާބަލަ… ހެޔޮނުވާނެ… އޭނައަކީ ދެކުޑަކުދިންގެ ބައްޕައެކޭ… މީހަކާއި އިނދެގެން އުޅޭ މީހެކޭ… ބައްޕައެއްގެ ތިބި ތިންދަރިން ދެރެއިން ދަރިއެއް” ފާރިޝް ވާހަކަ ދެއްކީ ތަންކޮޅެއް ބާރަށެވެ. “ބަލަ އޭނަގެ ސަބަބުން މަރުވި ޝަރީފްއަކީވެސް މީހަކާއި އިނދެގެން އުޅޭ ނުވަމަހުގެ ދަރިއެއް ހުރި މީހެކޭ…. އޭނަގެ ސަބަބުން ޖަލަށް ދާން ޖެހުނު ތިހުރި ހުޝާމްއަކީ ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިއެކޭ” އަހަރެން ފާރިޝްގެ އަޑަށް ވުރެއް ބާރަށް ހަޅޭލަވައިގަތީމެވެ. އަހަރެން މަޑުމަޑުން ފަހަތަށް ޖެހުނީމެވެ. އަހަރެންނަށް އަހަރެންގެ ރުޅިއެއް ކޮންޓްރޯލްއެއް ނުކުރެވުނެވެ. އުޅެއުޅެވެސް އެކަމެއް ނުވިއެވެ. އަހަރެން ފާރިޝް އަދި ހުޝާމްއަށް ގެއްލުމެއް ދޭކަށް ބޭނުމެއް ނޫނެކެވެ. “ޕްލީޒް… ލީވް މީ އެލޯން… އެންޑް ޕްރޮޓެކްޓް ހިމް ފްރޮމް މީ އެންޑް އެވްރީވަން އެލްސް” އަހަރެން ފަހަތަށް ޖެހެމުން އެހެން ބުނަމުން އަވަހަށް އެގެއިން ނިކުތީމެވެ.
އޭރު އަހަރެންނަށް ރަނގަޅަށް ނޭވާ ނުލެވެއެވެ. މޭމަތީގައި ހީވަނީ ބޮޑު ހިލަގަނޑެއް ބާއްވާފައި އޮތްހެންނެވެ. މީހާ ދާހިއްލާ ފޯވެފައި ހުރިވަރުން ހީވަނީ ދެންމެ ފެންވަރައިގެން ނިކުމެ ހުރި މީހެއް ހެންނެވެ. އަހަރެން ބޭރަށް ނިކުމެ އެދޮރު ލެއްޕުމުގެ ކުރިން އެތެރޭގައި ތިބި ދެމީހުންގެ މޫނަށް ރަގަޅަށް ބަލާލީމެވެ. ފާރިޝް ހުރީ ހާސްވެ ހަނދާނެގޮތެއް ނޭނގިފައެވެ. ހުޝާމް ހުރީ ބިރުގަނެފައެވެ. ބޭރަށް ނިކުންގޮތަށް އަހަރެން ދުއްވައިގަތީމެވެ. ނޭވާލާން ކިތައްމެ އުދަގޫވިޔަސް އަހަރެން ބޭނުންވީ ރުޅިގަނޑު ކޮންޓްރޯލް ކުރާށެވެ. އެހެންކަމުން އަހަރެން ދުވެފައި ނިކުތީ އަމީނީމަގުން ބޮޑުތަކުރުފާނު މަގަށެވެ. އެގަޑިއަކީ މީހުން ކަސްރަތަށް ދުވާގަޑިކަމުން ނަސީބަކުން މީހެއްގެ ލޮލުގައި އަހަރެން އަޅައެއް ނުގަތެވެ. އަހަރެން ދުވަމުން ގޮސް މަޑުކޮއްލީ ޓްރެކް ސަރަހައްދުގައެވެ. އެތަނުގައި ބައިވަރު މީހުން މޫދައް އެރެން އުޅުނެވެ. އަހަރެން ބަލާކަށް ނުހުރެ މޫދަށް ފުއްމާލީމެވެ. ލިބިފައިވާ ވަރުބަލިކަމާއި އެކު މޫދުގެ ލޮނުގަނޑުގައި އަހަރެންގެ ހަށިގަނޑު ޖެހުމާއި އެކު ލިބިގެންދިޔައީ ކޮންކަހަލަ އަރާމެއްކަމެއް ބުނާކަށް ނޭގުނެވެ. އެހެންކަމުން ވަރަށް އަޑިއަށް ފީނައިގަތީމެވެ. އެތަށް އަރަކު އަހަރެން މޫދުގައި ފެތީމެވެ. ފީނީމެވެ. މީހާގެ ބޮލުގައި ހުރި ހުރިހާ ވިސްނުމެއް ފަހަރަކު އިސްތައްޓަކުން ނިކުމެގެން މޫދުގެ ލޮނުކަނޑާއި އެއްވަމުން ދިޔަ ކަހަލައެވެ. އަހަރެންގެ ބޮލަށް ލިބިގެން ދިޔައީ ބުންނަން ނޭނގޭ ކަހަލަ ލުޔެކެވެ. އެތަށް އިރަކު މޫދުގައި އުޅުމަށްފަހު އަހަރެން އެރީމެވެ. އޭރު މީހާއަށް ފިނިވެގެން ތުރުތުރު އަޅައެވެ.
މޫދުން އެރިގޮތަށް އަހަރެން މިސްރާބު ޖެހީ އަހަރެންގެ ކޮޓަރިއަށެވެ. ހިގައިގަންނަމުން އަހަރެންނަށް އަހަރެންގެ ޖިންސުގެ ޖީބުގައި އަތްޖައްސާލެވުނެވެ. އެވަގުތު އަނެއް އަތުން ބޮލުގައި ޖަހާލެވުނެވެ. އަދި ޖީބުގައި ތެމިފައި އޮތް ވޮލެޓާއި ފޯނު ނެގީމެވެ. ދެފަރާތަށް ބޯހޫރާލެވުނެވެ. ރުޅިއައިސްފައި ހުރުމުން މިއެއްޗެހި ޖީބުގައި ހުރިކަންވެސް އަހަރެންނަށް ނޭނގުނެވެ. ވޮލެޓުގައި ހުރި ހުރިހާއެއްޗެއް ހުރީ ތެމިފައެވެ. މޫދުގެ ތެރެއަށް ވެއްޓި ނުގެއްލުނުކަން ނަސީބެކެވެ. އަވަސް ހިގުމެއްގައި އަހަރެން ގޮސް ގެސްޓް ހައުސްއަށް ވަދުނީމެވެ. ކޮޓަރިއަށް ވަދެވުމާއި އެކު ފޯނު އެއްކޮށް ރޫޅާލުމަށްފަހު މޭޒުމަތީގައި ބޭއްވީމެވެ. އަދި އަވަހަށް ފާހާނައަށް ވަނީމެވެ. މާގަނޑު ދޫކޮއްލުމާއި އެކު ހަށިގަނޑަށް އަނެއްކާވެސް އެފިނި ފެނުން އަރާމް ވެގެން ދިޔައެވެ. އަހަރެން ދެލޯ މަރާލީމެވެ. މަޑުމަޑުން ފާރުގައި އަހަރެންނަށް ބޯޖައްސާލެވުނެވެ. ހުޝާމް އާއި ފާރިޝް ކައިރީގައި ކީ ހުރިހާ އެއްޗެއް އޭރުވެސް އަހަރެންގެ ސިކުނޑީގައި އެބުރެމުން ދިޔައެވެ. އަހަރެން ރުޅި އައިވަރުން އަހަރެން ކިޔަން ނުޖެހޭ އެތަށް އެއްޗެއް ކިޔުނެވެ. އެކަން އަހަރެންނަށް އެނގެއެވެ. ހުޝާމް އެކަންތަށް ސީރިއަސްކޮށް ނުނެގިޔަސް ފާރިޝް އެކަންތަށް ސީރިއަސްކޮށް ނަގާނެވެ. އޭނަ އެވާހަކަތަށް އާދިލްސަރއަށް ވެސް ކިޔައިދޭނެއެވެ. އެކަން އަހަރެންނަށް އެނގެއެވެ.
އަހަރެން ހާނިމް ދެކެ އެހާ ރުޅި އައީ ކީއްވެ ހެއްޔެވެ. އޭނަ ޝަރީފްއަށް އަނިޔާ ކުރީމަ ހެއްޔެވެ. ނޫނީ އޭނަގެ ސަބަބުން އަހަރެންގެ ތިންއަހަރުގެ މަސައްކަތް ފެނަށްދާތީ ހެއްޔެވެ. އާއެކެވެ. އަހަރެން އޭނަދެކެ އެންމެ ރުޅި އަންނަނީ އެހެންވެގެންނެވެ. އޭނައާއި ހެދި އަހަރެންނަށް ލިބެމުން މިދަނީ ކިހާ ބޮޑު ގެއްލުމެއް ހެއްޔެވެ. އާއެކެވެ. އޭނަ އަހަރެންނާއި ލައިކް ނުވާކަން އެންމެ ފުރަތަމަ ދުވަހަކުވެސް، އަހަރެން މިމަސައްކަތަށް ހޮވި ދުވަހު އެގިގެން ދިޔައެވެ. އެދުވަހުން ފެށިގެން އޭނަ އަހަރެންގެ ދިރިއުޅުން އެފުންމިފުށަށް ޖަހަން ނިންމީތާއެވެ. އެކަމަކު މިހާރު އަހަރެންނަށް އޭނައާއި ބެހޭގޮތުން ހުރިހާ މައުލޫމާތެއް އެނގެއެވެ. އޭނަ އަހަރެން ބޭނުންކޮށްގެން އެތަށް މަސައްކަތެއް ކޮށްފިއެވެ. ދެން އޮތީ އަހަރެން އޭނަގެ ބޭނުން ކުރުމެވެ. ނަމަވެސް އަހަރެން ކުރާ ކަންތައް އަހަރެން ޖެހޭނީ ވިސްނާފައި ކުރާށެވެ. އެހެންނޫންނަމަ އަހަރެން ލޯބިވާ އެތަށް ބަޔަކަށް ގެއްލުންވާނެއެވެ. އެކަމަކު މިހާރު ފާރިޝް ހީކުރަނީ އަހަރެން ހަގީގަތުގައިވެސް އޭނައަށް ގެއްލުން ދޭން ވިސްނާނެ ކަމަށެވެ.އޯކޭއެވެ. އެގޮތަށް އޭނަ ވިސްނުން ބެހެއްޓުމުން އަހަރެންނަށްވެސް ފައިދާތަކެއް ވެދާނެއެވެ. ދޫކޮއްފައިވާ މާގަނޑު ބަންދުކޮއްލުމަށްފަހު ތުވާލު އަދެލައިގެން އަހަރެން ބޭރަށް ނިކުތީމެވެ.
ފާހާނައިން ބޭރަށް ނިކުން އިރުގައި ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހަމުން ދިޔައެވެ. އަހަރެން އަވަހަށް ގޮސް ދޮރުހުޅުވީ އެމީހަކު އެދޮރު ވައްޓާލާފާނެތީއެވެ. އަހަރެން ދޮރުހުޅުވުމާއި އެކު މާޒިން ކޮޓަރިތެރެއަށް ވަނެވެ. “މިހާރު ކިހާ އިރެއްތަ ދޮރުގަ ޓަކި ޖަހާތާ…” ކޮޓަރިއަށް ވަދުން ގޮތަށް މާޒިން ބުނެލިއެވެ. “ސޮރީ ފާހާނައިގައި ހުރީމަ ނޭނގުނީ” ދޮރު ލައްޕަމުން އަލަމާރިއާއި ދިމާލަށް ދަމުން އަހަރެން ބުނެލީމެވެ. “އައި ވޯސް ވޮރީޑް.. ހާދަ ވަރަކަށް ގުޅައިފީމޭ.. ކޮބާތަ ފޯނު.. ކިހިނެއްތަ ހަދައިގެން ތިއުޅެނީ… ކޮއްކޮ ގޮވައިގެން ދިޔަގޮތަށް ހަބަރެއްވެސް ވީއެއް ނޫން” މާޒިން އެނދުގައި އިށީނަމުން ބުނެލިއެވެ. އަހަރެން އަލަމާރިން އެއްޗެއް ނަގައިގެން ގަޔަށް މަހާލީމެވެ. އަދި މާޒިންނާއި ދިމާލަށް ބަލާލީމެވެ. “ހައު އިޒް ޔުއަރ ސިސް” އަހަރެން ބަލާލުން މާޒިން އަހާލިއެވެ. “ފައިން… ތެންކްސް” އަހަރެން ފްރިޖްއިން ދެދަޅު ނަގަމުން މާޒިންއަށް އެއްދަޅު ދިނީމެވެ. “އައި އޭމް ސޮރީ އެބައުޓް ދެޓް” މާޒިން ބުނެލިއެވެ. އަހަރެން އަނެއްކާވެސް މާޒިންއާއި ދިމާލަށް ބަލާލީމެވެ. މިކަމުގައި އުޅޭ މީހުންނަކީ އެއްވެސް ވަރަކަށް އެހެން މީހުންގެ އިހްސާސްތަށް ދެނެގަންނަ ބައެއް ނޫނޭ އަބަދުވެސް އެހެން މީހުން ބުނެއެވެ. އެކަމަކު މާޒިން ތަފާތެކެވެ. އަބަދުވެސް އޭނައަށް އަހަރެންގެ އިހްސާސްތަށް ދެނެގަނެވެއެވެ. “ފޯނަށް ކިހިނެއްވީ” މޭޒުމަތީގައި ބައިބައިތަށް ވަކިކޮއްލާފައި އޮތް ފޯނު ފެނުމުން މާޒިން އަހާލިއެވެ. “މޫދަށް ފުއްމާލީ” އަހަރެން ފޯނާއި ދިމާލަށް ބަލާލަމުން ބުނެލީމެވެ.
“ވަޓް” ހައިރާން ކަމާއި އެކު މާޒިން އަހާލިއެވެ. “އަހަރެން މޫދަށް އެރުނު އިރު ފޯނު ޖީބުގައި އޮތްކަން ހަނދާން ނެތުނީ.” އަހަރެން ބުނީމެވެ. “ކީއްވެ މޫދަށް… އައި މީން… މިގަޑީގައި” މާޒިން އޭނަގެ ދަޅުން ކޯވަރެއް ބޯލިއެވެ. އަހަރެން މާޒިންއާއި ދިމާލަށް ބަލާލީމެވެ. ބޮލުން ފެށިގެން ފަޔަށެވެ. އަހަރެން މިކަމުގައި އުޅޭ އެންމެން ހައްޔަރު ކުރަން ބޭނުންނަމަ މާޒިންގެ އެހީވެސް އަހަރެން ބޭނުންވާނެއެވެ. އެކަމަކު އޭނައަކީ ރަނގަޅު ސިކުނޑިއެއް ލިބިފައިވާ މީހެކެވެ. މީހަކު އަދި ހެދިގޮތެއް ހަދައިގެން އޭނަ ނުވެސް ހުންނާނެއެވެ. “އަހަރެން ވާހަކައެއް އަހާލަންތަ” އަހަރެންނަށް މާޒިން ކުރި ސުވާލެއް މުހިއްމެއް ނޫނެކެވެ. މާޒިން ބޯޖަހާލިއެވެ. “ޑިޑް ޔޫ ކިލް ޝަރީފް” އަހަރެން މާޒިންގެ މޫނާއި ދިމާލަށް ބަލަހައްޓައިގެން އިނދެ އަހާލީމެވެ. އެވަގުތު މާޒިން ހައިރާން ކަމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އޭނަގެ ލޮލުން ކޮން ޝަރީފްއެއްހޭ އަހަރެން ކައިރީގައި އަހާލި ކަހަލައެވެ. “އޯ ޑިޑް ޔޫ ގިވް އެނީ އޯޑަރ ޓު ކިލް ހިމް” އަހަރެން އޭނަގެ އެސުވާލުން ފުރިފައިވާ ބެލުމަށް އެއްވެސް ޖަވާބެއް ނުދީ އަނެއްކާވެސް އެހީމެވެ. “ކޮން ޝަރީފެއް” މާޒިން އަހާލިއެވެ. “ދަ ޕާސަން ހޫ އިންޓްރޮގޭޓް މީ” އަހަރެން ހަމައެގޮތަށް ބަލަން އިނދެ އަހާލީމެވެ. “ނޯ… އަހަރެންނަކަށް ނޭނގޭ އެއީ ކާކު ކަމެއްވެސް…. އޭނައަށް ކިހިނެއްވީ” އަހަރެންނާއި ދިމާލަށް ބަލާލަމުން މާޒިން އަހާލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. “އިޒް ހީ ޑެޑް” މާޒިން ބުނެލިއެވެ. އަހަރެން ފުން ނޭވާއެއް ބޭރުކޮއްލީމެވެ. އަދި ބޯ ޖަހާލީމެވެ. “ޕްލީޒް ޓެލް މީ ޔޫ ޑޯންޓް ހޭވް އެނީތިން ޓު ޑޫ ވިތް ދެޓް” އަހަރެން ބުނެލީމެވެ. މިހާރު އަހަރެން މާޒިންވެސް ސަލާމަތް ކުރަން ބޭނުންވެއެވެ.
“އަހަރެންނަށް ތިބުނާ މީހާ ނުވެސް އެނގޭ… އެހެންނޫނަސް ޝާމް ބުނީމަ އަހަރެންނަށް މިއެގުނީ އެއީ ކަން ޝާމްއާއި ވާހަކަ ދެއްކި މީހަކީ… އެއީ ދޯ މަރާލާފައި އޮއްވާ ފެނިގެން އެއުޅޭ މީހަކީ… ޕޮލިހަކީ…” މާޒިން ބުނެލިއެވެ. އަހަރެން ބޯޖަހާލީމެވެ. “ދެން ޝާމް ހީކުރީ އެއީ އަހަރުމެން ގްރޫޕްއިން ކުރިކަމެއް ކަމަށްތަ” މާޒިން އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “އެކަމެއް ނުކުރަންތަ” އަހަރެންވެސް ބުނެލީމެވެ. “އަހަރުމެންނަނީ އެގޮތަށް ކަންތައް ކުރާ ބައެއްނޫން… އަދި އަމުދުން މިހާރު އަހަރުމެންގެ އާޓާގެޓެއް އިންދަ އެހެން ދިމާލަކަށް ގްރޫޕްއެއްވެސް މީހަކު އެޓޭކެއް ނުދޭނެ… އެއީ އަހަރުމެން ގްރޫޕްއިން ކުރިކަމެއް ނޫން” އަހަރެންނާއި ދިމާލަށް ބަލާލަމުން ހިނިތުންވެލަމުން ޔަގީންކަމާއި އެކު މާޒިން ބުނެލިއެވެ. “އެކަހަލަ ކަމެއް އަޔާޒްމެން ގްރޫޕްއިން ކޮށްފާނެތަ” އަހަރެން އަހާލަމުން ބުނެލީމެވެ. “ހިޔެއް ނުވޭ… އެކަމަކު ތިބުނާ މީހަކު އޭނަގެ ގްރޫޕް މީހަކަށް ގެއްލުމެއް ލިބޭކަހަލަ ކަމެއް ކޮއްފަ ހުރިކަމައް ވަންޏާމު ނުކުރާނެއެކޭ ނުބުނެވޭނެ” މާޒިން ކިޔައިދިނެއެވެ. “ހީ މެންޝަން ހާނިން ނޭމް” އަހަރެން ވިސްނުމެއްގައި އިނދެ ބުނެލީމެވެ. “ހަހަހާ… އެހެންވިއްޏާ އޮފްކޯޒް ދޭ ވިލް ކިލް ހިމް” މާޒިން ހީގަންނަމުން ބުނެލިއެވެ. އަހަރެން ސިހިގެން ދިޔައެވެ. “ވަޓް ޔޫ މީން” މީހާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އަހަރެން އަހާލީމެވެ. “ދެންމެ ތި ބުނީނުން އޭނަ ހާނިމްގެ ނަން ބުނި ވާހަކަ… ސޯ އޭނަ ނައްތާލަން ޖެހޭނެ…” މާޒިން ބުނެލިއެވެ. “ވަޓް” އަހަރެންނަށް މާޒިން ބުނި އެއްޗެއް އެއްގޮތަކަށްވެސް ނަގައެއް ނުގަނެވެ. އެވަގުތު އަނެއްކާވެސް މާޒިން ހީގަތެވެ. “ކަމޯން ޝާމް… ޔޫ ރިޔަލީ ޑޯންޓް ނޯ… ގްރޫޕް މީހެއް ހައްޔަރުވުމުން ނުނީ އެހެން މީހެއް ކައިރީގައި ގްރޫޕް މީހެއްގެ ނަން ބުނުމުން އެއީ އެގްރޫޕް މީހުންނަށް ލިބޭ ތްރެޓް އަކަށް ވިސްނާފައި އެމީހަކު އަވަހަށް ދުއްވާލާނެ” މާޒިން ބުނެލިއެވެ. އަހަރެން މާޒިންއާއި ދިމާލަށް ބަލަހައްޓައިގެން އިނީމެވެ. ‘ޔޫ މީން ޝަރީފް އަކީ ގްރޫޕް މީހެކޭތަ” އަހަރެން މާޒިން އާއި ދިމާލަށް ހައިރާން ކަމާއި އެކު ބަލާލަމުން އަހާލީމެވެ.
“މޭބީ” މާޒިން ހަމަޖެހިލަމުން ބުނެލިއެވެ. އަހަރެން ހައިރާން ދިޔައީ ބޮޑުވަމުންނެވެ. މާޒިން އަހަރެންގެ މޫނަށް ބަލާލިއެވެ. “އެއީ ގްރޫޕްގެ ރޫލްއެއް… އެއްވެސް މީހަކު ބޭރު މީހެއް ކައިރީގައި ގްރޫޕްގެ މީހުންގެ ވާހަކައެއް ނުދެއްކޭނެ… ދެއްކިކަން އެނގޭ ވަގުތުން އެމީހާ މަރާލެވޭނެ… ” މާޒިން އަހަރެންނަށް ކިޔައިދެމުން ދިޔައީ ސްކޫލަކު ޓީޗަރެއް އޭނަގެ ދަރިވަރަކަށް ފިލާވަޅު ކިޔައިދެމުން ދާ ކަހަލަ ގޮތަކަށެވެ. “އަޔާޒްގެ ގްރޫޕްއަކީ ވަރަށް ބޮޑު ގްރޫޕެއް… އޭގެން އެކެއްގެ ނަން ބޭރު ވިޔަސް ނުލާހިކު އަވަހަށް އެހެން މީހުންވެސް ބޭޒާރު ވެދާނެ.. އެގްރޫޕްގައި ސަރުކާރުގެ މަތީ ވަޒީފާގައި އުޅޭ އެތަށް ބައެއް ހިމެނޭ… އެހެންވީމަ އޭގެން އެކެއްވެސް ބޭނުމެއް ނުވާނެ ދޯ އެމީހެއްގެ ނަން އެގޮތަށް ލީކްވާކަން… ޕޮލިހުންގެ ތެރޭގައިވެސް މިހާރު ގްރޫޕް ތަކުގައި އުޅޭ މީހުން އެހާ ގިނަ… އެމީހުންގެ ކަމަކީ އެތެރޭގައި ވަމުންދާ ހުރިހާ ކަމެއް ބޮޑެތި މީހުންނާއި މިބުނީ ގްރޫޕް ހިންގާ މީހުންނާއި ހަމައަށް ގެނެސްދިނުން… އަހަރެންނަށް ހީވާގޮތުން ތިބުނާ ޝަރީފްއަކީ ގްރޫޕް މީހެއް… އޭނަ ހާނިމްގެ ނަން ބުނި އިރު އެތަނުގައި އެގްރޫޕް އެހެން މީހެއްވެސް ހުރީ… ދެން އޭނަ ބޮޑެތި މީހުންނަށް އެކަން އެންގީމަ އޭނަގެ ދުވަސް ދުއްވާލީ” މާޒިން އަހަރެންނަށް ފިލާވަޅު ނަގައިދެމުން އެކްސްޕްލެއިން ކޮށްދެމުން ދިޔައެވެ.
“ތިބުނީ ޝަރީފްއަކީ އެގްރޫޕް މީހެކޭތަ… އެކަމަކު އޭނަ އަކީ އަދި ނުލާހިކު ފަހުން ޕޮލިހަށް ވަތްމީހެއް ކަންނޭނގެ… ” އަހަރެންގެ ހައިރާންކަމަށް ބަދަލެއް ނާދެއެވެ. “ޔާ.. މޭބީ އޭނަ އަކީ އެތަނަށް ވަނުމުގެ ކުރިންވެސް ގްރޫޕްއާއި ގުޅުން އޮތް މީހަކަށް ވެދާނެ.. ނުނީ އެތެރެއިން އޭނައަށް އޮފާއެއް އައީ ކަމަށް ވެދާނެ” މާޒިން ބުނެލިއެވެ. “އޮފާ” އަހަރެންނަށް އެއްވެސް އެއްޗެއް ނުވިސްނެއެވެ. އެހެންކަމުން ސުވާލު ކުރާ ގޮތަކަށް އަނެއްކާވެސް މާޒިން ކައިރީގައި އަހާލީމެވެ. “ޔަ މޭން.. އޮފާ.. މަނީ އޮފާ… ލާރި ދެނިކޮށް މިޒަމާނު މީހުން ނުކުރާނީ ކޮންކަމެއް” މާޒިން އޭނަގެ ދަޅު ހުސްކޮއްލާފައި މޭޒު މަތީގައި ބަހައްޓަމުން ބުނެލިއެވެ. “އަހަރެންނަށް ހީވަނީ އަދިވެސް ޝާމް މިއަދު ވީ ކަންތަކުގެ ސަބަބުން ތިހުރީ ކުޑަކޮށް ސަކަރާތް ވެފައެއް.. އާ މީތި ބޭނުން ކޮއްލާ.. މާގަދައަށް ނުވިސްނާ… މީތި ބޭނުންކޮއްލައިގެން ނިދާލާ” މާޒިން މޭޒު މަތީގައި ކުޑަ ކޮތަޅު ކޮޅެއް ބާއްވަމުން ބުނެލިއެވެ. “ކިހިނެއް ނުވިސްނާނީ… އޭނަ އެންމެ ފަހުން ވާހަކަ ދެއްކީ އަހަރެންނާއި… އަހަރެންނަކީ މިގްރޫޕްގައި އުޅޭ މީހެއްކަން އެންމެންނަށް އެނގޭ… ޕޮލިހުން ދެން އަންނާނީ އަހަރެންނާއި ދިމާލަށް… ނޫނީ ގެންދާނީ ގްރޫޕްގެ މިހެއް… އަހަރެންނާއި ހެދި ގްރޫޕްގެ މީހުން ޑޭންޖަރ އެއްގެ ތެރެއަށް ވެއްޓުނީ..” އަހަރެން އިސްޖަހާލަމުން ބުނީމެވެ. “ދެޓްސް ނޮޓް ޔުއަރ ފޯލްޓް މޭން…. ޑޯންޓް ވޮރީ އެބައުޓް ދެޓް… މިރޭ ދެން ރެސްޓް ކޮއްލާ” މާޒިން ތެދުވަމުން ބުނެލިއެވެ. “އައި އޭމް ސޮރީ ބްރޯ” އަހަރެން މާޒިންއާއި ދިމާލަށް ބަލާލމުން ބުނެލީމެވެ. މާޒިން ހިނިތުންވެލަމުން ކޮޓަރިން ބޭރަށް ނިކުތެވެ. މާޒިން ނިކުތުމާއި އެކު އަހަރެން ދޮރު ލައްޕާލަމުން ތަންޑު ލީމެވެ. އަދި ހިނިތުންވެލީމެވެ.
އަހަރެން އެނދުގައި އޮށޯވެލީމެވެ. އާއެކެވެ. ޕޮލިހުން ދެން އަންނާނީ އަހަރެންނާއި ދިމާލަށެވެ. އެމީހުން އަހަރެން ސަސްޕެކްޓެއްގެ ގޮތުގައި ބަލާނެއެވެ. އެހެންކަމުން އެކަމުގައި އަހަރެން ވިސްނަން ޖެހޭނެއެވެ. އަހަރެން ބޯމަތީގައި އަތްބާވާލީމެވެ. މިހާ ވެފައިވާ ވަރުބަލީގެ ސަބަބުން އަހަރެންނަށް ނިދުނީ ނުލާހިކު އަވަހަށެވެ.
އަހަރެންނަށް ސިހިގެން ގޮސްފައި ހޭލެވުނެވެ. މީހާ އޭރުވަނީ ރަނގަޅަށްވެސް ދާހިއްލާ ފޯވެފައެވެ. ހޭލެވުމާއި އެކު ތެދުވެ އެނދުގައި އިށީދެލީމެވެ. ހަމަޖެހުމަށް ތެދިން ނޭވާ ބޭރުކޮއްލީމެވެ. އަދި އަތުން މޫނު ފޮހެލީމެވެ. ފާރުގައި ހުރި ގަޑިއަށް ބަލާލިއިރު ދަންވަރުން އަނބުރާ ތިންގަޑި ބައިވަނީއެވެ. އަހަރެން ކައިރީގައި ފޯނު އޮތްތޯ އެނދުމަތި ބަލާލީމެވެ. އެވަގުތު ރޭގައި ވީކަންތައް މަތިން ހަނދާން ވިއެވެ. އަވަހަށް އެނދުން ތެދުވެ މޭޒުމަތީގައި ހުރި ފޯނުގެ އެތިކޮޅުތަށް ރާވަން ފެށީމެވެ. އެއްވެސް އުއްމީދެއް ނެތިއެވެ. އަވަހަށް ފޯނު އެއްކޮށް ރާއްވާ ނިންމާލުމަށްފަހު ފޯނު ހުޅުވާލުމަށް ފިއްތާލީމެވެ. އަހަރެންގެ ނަސީބުވެސް ގަދައީއެވެ. ފޯނު ހުޅުވުނެވެ. މައިނޭވާއެއް ލެވުނެވެ. އެހާ ގިނައިން ފެން އެޅުމުންވެސް ފޯނަށް ގޮތެއް ނުވުމުން ޝުކުރުކުރެވުނެވެ. ފޯނު ހުޅުވުނުތަނާހެން ފޯނު ރިންގުވާން ފެށިއެވެ. ޑިސްޕްލޭގައި އިނީ ޕްރީޓީ ގާލް މިހެން ޖަހާފައެވެ. އެއީ އަހަރެން މިޝްކާގެ ނަމްބަރ ސޭވްކޮއްފައި އިންނަ ނަމެވެ. މިޝްކާ ގުޅުމުން ހިނިތުން ވެލާފައި ފެހި ފޯނަށް ފިއްތާލަން އުޅެނިކޮށް ކުއްލިއަކަށް ސިކުނޑީގައި އެބުރެގަތީ އަޔާޒްގެ އިންޒާރެވެ. ކޮއްކޮއަށް ކުރި އަނިޔާއެވެ. އެހުރިހާ ކަމެއް އެކުޑަ ވަގުތު ކޮޅުގެ ތެރޭގައި އަހަރެންގެ ސިކުނޑީގައި އެބުރިގަތެވެ. އަހަރެން އަޔާޒްއަށް ޕްރޮމިސްއެއް ވެފައިވާކަން ހަނދާންވިއެވެ.
އަދި އަހަރެންނަށް ފެނުނު ހުވަފެންވެސް މެއެވެ. އެހެންކަމުން ފޯނު ނަގާކަށް އަހަރެންނަކަށް ނުކެރުނެވެ. ފޯނުގެ ޑިސްޕްލޭއަށް އިރުކޮޅަކު ބަލަން އިނދެފައި ފޯނު ސައިލެންޓްއަށް ލީމެވެ. އިރުކޮޅަކު ރިންގު ވުމަށްފަހު ފޯނު ކެޑިއްޖެއެވެ. އެވަގުތު ފޯނަށް މިސްކޯލް އެލާޓް މެސެޖް އައެވެ. އަހަރެންނަށް ރަނގަޅަށް މެސެޖް ނުކިޔެގެން އުޅެނިކޮށް އަނެއްކާވެސް މިޝްކާ ގުޅައިފިއެވެ. އަހަރެން މިފަހަރު ފޯނު ބިޒީކޮއްލީމެވެ. ހަމަ ބިޒީކޮއްލުމާއި އެކު އަނެއްކާވެސް ގުޅައިފިއެވެ. އެހެންކަމުން އަނެއްކާވެސް ބިޒީކޮއްލުމަށްފަހު އަވަހަށް ފާރިޝްއަށް ގުޅީމެވެ. އެއީ ފާރިޝް އަހަރެންނަށް ގުޅާފައި އިންކަން މިސްކޯލް އެލާޓްއިން އެގުނީމައެވެ.
ފޯނު ބިޒީކޮއްލުމަށްފަހު ފާރިޝް ގުޅިއެވެ. “ކިހިނެއްތަ ފޯނަށް ހަދައިގެން ތިއުޅެނީ.. ނޭނގޭތަ ތިގޮތަށް ކަންތައް ކުރީމަ އެހެންމީހުން ހާސްވާނެކަމެއްވެސް” އަހަރެންނަށް ވާހަކަ ދައްކާނެ ފުރުސަތު ނުދީ ފުރަތަމަވެސް ފާރިޝް ހަޅޭލަވައިގަތެވެ. އަންހެން ކުއްޖަކު އޭނަގެ ލޯބިވެރިޔާ ކައިރީގައި ޝަކުވާ ކުރާ ގޮތަށެވެ. ފާރިޝްގެ އަޑު ޖެހުމާއި އެކު އަހަރެންނަށް ބުނަން ނޭނގޭ އުފާވެރިކަމެއް ލިބުނެވެ. އަދި ހިނިތުންވެލެވުނެވެ. ” އާ ޔޫ ވޮރީޑް” އަހަރެން ބޭނުންވީ އިތުރަށް ފާރިޝް ރުޅިއަރުވާލާށެވެ. “ނޫން.. އެހެންނޫނަސް ތިއީ މީހަކު ވޮރީ ވާ ވަރުގެ މީހެއްތަ…… ޔޭސް މޭން… ނޭނގޭތަ އެކަމެއް… ކަލޭގެ ކޮއްކޮ އަހަރެން ކައިރީގައި ކިޔަނީ ގުޅާދޭށޭ…. އަނެއްކާ ހާޝިމްގެ ގެއިން ނިކުމެގެން ދިޔަ އިރު ހީވަނީ ޖަންގަލީ ތެރޭގައި މޮޔަވެފައި، ބަނޑުހައިވެފައި ހުރި ސިންގާ އެއްހެން… ކޮންމެ އެއްޗެއް އަތުގައި ޖެހުނު ކަމުގައިވިޔަސް ކުދިކުދިކޮށް ކޮށާލައިގެން ކާލާފާނެހެން..” ފާރިޝް ވާހަކަ ދެއްކީ ކިތައްމެ ރުޅި އައިސްފައި ކަމުގަވިޔަސް އޭނަ އަޑު މަޑުކުރެވޭތޯ މަސައްކަތް ކުރާކަން އަހަރެންނަށް އެގުނެވެ. ފާރިޝް އެގޮތަށް ވާހަކަ ދެއްކުމުން އަހަރެން ގާތަށް ހިނިއައެވެ.
“އަދި އެބަ ހެޔެއްނުން… އެގޭތަ ކޮއްކޮ ޝާމް އާއި ވާހަކަ ދައްކަން ބޭނުންވެފައި ހުރި ވަރު… އެހާ އަވަހަށް ދިޔައީމަ އަހަރެން ކައިރީގައި ޝަކުވާ ކުރި ވަރު… އަނެއްކާ މަންމަވެސް އަހަރެން ކައިރީގައި ބައިވަރު ވާހަކަ ސާފު ކުރަން އުޅުނު… އަހަރެން ބުނިން ޝާމް މަންމައަށް ހުރިހާ ވާހަކައެއް ރަނގަޅަށް ކިޔައިދޭނޭ… ސުވާލެއް އޮތަސް ޝާމްއާއި ކުރާށޭ… ” ފާރިޝް އަޑަށް ބާރު ލަމުން ވާހަކަ ދެއްކިއެވެ. “ދެން އަވަހަށް ދީބަލަ ކޮއްކޮއަތަށް… އަހަރެންނަށް އެނގޭ އަދިވެސް ފާރިޝް ތިއިނީ ގޭގަ ކަން” އަހަރެން ބުނެލީމެވެ. “ނޫން… އަހަރެން ގެއަށް އައިތާ މިހާރު އިރުކޮޅެއް ވެއްޖެ…” އެހެން ބުނުމާއި އެކު އަހަރެންގެ ހިތުގައި އަނެއްކާވެސް ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. “ވަޓް… ކީއްވެ އެގެއިން ތި އައީ… ބަލަ ކޮއްކޮ ބިރުގަންނާނެ ކަމެއް ނޭނގޭތަ… އަނެއްކާ އެހާ އަވަހަށް އެމީހުން އެކަނި ކޮއްލީތި… ކޮންމެފަދަ މީހަކުވެސް ގެއަށް ވަދެދާނެ…ފާރިޝް” “އޯހް ހާސްވާންވެސް އެނގޭ ދޯ” އަހަރެންގެ ވާހަކަ މެދު ކަނޑާލަމުން ފާރިޝް ބުނެލިއެވެ. “ކަމޯން ފާރިޝް.. ސޮރީ…. އަހަރެންގެ ފޯނު މޫދަށް ވެއްޓުނީ…. އެހެންވެ ނިވުނީ….” އަހަރެންނަށް ފާރިޝް ކޮންމެވެސް ވަރަކަށް ދަސްވެއްޖެއެވެ. އޭނަ ކަމަކާއި ކަންބޮޑު ވެއްޖެނަމަ ދެން އޮންނާނެ އެންމެ ފަސޭހަ ގޮތަކީ އަވަހަށް އެކަމަށް މާފަށް އެދުމެވެ. އަންހެނަކަށް ވުރެއް ކަންތައް ފަލަވާނެއެވެ.
“ފޯނު މޫދަށް ވެއްޓުނީތަ… ނޫނީ އެއްލާލީތަ” ފާރިޝް ޝައްކުގެ އަޑަކުން ވާހަކަ ދެއްކިއެވެ. އަހަރެންނަށް ހީލެވުނެވެ. “އަސްލު އެގަޑީގައި ރުޅި އައިސްފައި ހުރިވަރުން އަވަހަށް ގޮސް މޫދަށް އެރުނީ… ހަނދާން ނެތުނީ ފޯނު ޖީބުގައި އޮތްކަން… އެހެންވެ… ވޮލެޓާއި އެކު.. ތެމުނީ” އަހަރެން ވީގޮތް ކިޔައިދިނީމެވެ. “ތިވަރުންވެސް ރުޅި އަންނަން ވާނެ އިނގޭ…” ފާރިޝް ބުނެލިއެވެ. “ކީއްވެ ގެއިން އައީ” އަހަރެން ބިރުގަންނަނީ ބަޔަކު ގެއަށް ވަދެދާނެތީއެވެ. “ސާބަސް.. ހީވޭތަ އަހަރެން މިކަހަލަ ރެއެއްގައި އެމީހުން އެކަނި ކޮއްފައި ދާނެހެން… އަހަރެން މިހުރީ ސިޓިން ރޫމްގައި.. މަންމަ އަހަރެންނަށް ހުއްދަ ދީފި ޝާމްގެ ކޮޓަރީގައި ނިދަން… ޝާމާއަށް ނިދުނީ ދެންމެ… އެހެންވެ އެތަނުގައި އިނދެ ވާހަކަ ނުދައްކަންވެގެން ސިޓިން ރޫމްއަށް މިނިކުތީ… މަންމަވެސް މިހާރު ނިދައިފި” ފާރިޝް ވާހަކަ ދެއްކިއެވެ. އަހަރެންނަށް މައިނޭވާއެއް ލެވުނެވެ. “ޝާމް އަހަރެން ޝާމާއާއި މަންމައަށް ބަލާނަން… އެކަމަކު ޝާމްވެސް ޖެހޭނެ މިހާރު ޝާމްއަށް ބަލައިގެން އުޅެން… އަދި އަމުދުން މަންމަމެންނަށް ހަގީގަތް އެގޭއިރު… ޝާމް ޕްލީޒް ނުބައި ކަމެއް ނުކުރައްޗޭ” ފާރިޝް ހުރީ މިރޭ އިރާކޮޅު ދެއްކި ވާހަކަތަކުން ބިރުގަނެފައެވެ. “ޑޯންޓް ވޮރީ އެބައުޓް މީ އިނގޭ… އަހަރެން ފަހުން ފާރިޝްއަށް ގުޅާނަން.. ޖަސްޓް ޓޭކް ކެއަރ އޮފް މައި ސިސް އެންޑް މަން… އެންޑް ޔުރަ ސެލްފް ޓޫ..” އެހެން ބުނުމަށްފަހު ފާރިޝް އެއްވެސް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ފޯނު ކަޑާލީމެވެ. ފޯނު ކަނޑާލުމުން މިސްވެފައިވާ ކޯލްތަށް ފެނުނެވެ. އަހަރެން ފޯނުގައި ހުއްޓާ މިޝްކާ ދިހަ ފަހަރު ގުޅިއެވެ. ފޯނު ބޭއްވުމާއި އެކު އަނެއްކާވެސް މިޝްކާގެ ކޯލް އަންނަން ފެށިއެވެ.
އަހަރެން ދެލޯ މަރާލަމުން ފޯނު ކަނޑާލީމެވެ. ނޭނގިނަމަވެސް އެވަގުތު އަހަރެންގެ ހިތަށް ތަދުވެގެން ދިޔައެވެ. އަހަރެންވެސް މިޝްކާއާއި ވާހަކަ ދައްކަން ބޭނުމެވެ. ވަރަށް ބޭނުމެވެ. މިޝްކާއާއި ވާހަކަ ދެއްކުމުން އަހަރެންނަށް ލިބިގެންދަނީ ބުނަން ނޭނގޭ ކަހަލަ އުފާވެރިކަމެވެ. އެ ރީތި އަޑު ކަންފަތުގައި ޖެހުމުން ހުރިހާ ވޭނެއް ފިލައިގެން ދާކަހަލައެވެ. އަހަރެން ފޯނު ސައިލެންޓްއަށް ލުމަށްފަހު ބޭރަށް ނިކުތުމަށް ރެޑީވެލީމެވެ. އަހަރެންނަށް މިރޭވެސް ދެން އިތުރަކަށް ނުނިދޭނެއެވެ. އެހެންކަމުން އަހަރެން ވިސްނީ ގެ، ކައިރީގައި ފާރައަށް ހުރުމަށެވެ. އޭރުން އަހަރެންނަށް ހުރެވޭނީ މަންމަމެންނާއި ނުލާހިކު ކައިރީގައެވެ. އެމީހުންނަށް އެހީއެއް ބޭނުންވެއްޖެނަމަ އަހަރެންނަށް އެހީވެސް ވެނޭނެއެވެ.އެހެން ހިތަށް އެރުމާއި އެކު ސައިކަލް ތަޅުދަނޑި ނަގައިގެން އަދި ވޮލެޓުން ބޭނުންތެރި ކާޑުތަށް ޖީބަށް ލައިގެން ބޭރަށް ނިކުތީމެވެ. އަހަރެން ގެއަށް ދިއުމުގެ ކުރިން ބޭނުންވީ ފަތިހުގެ އެފިނި ގަޑީގައި ދުއްވާލާށެވެ. ސިކުނޑީގައި ހުރި ވިސްނުންތަކާއި ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ދުރުވާށެވެ. އެހެންކަމުން ސައިކަލްގައި ބޮޑުތަކުރުފާނު މަގުގައި މަޑުމަޑުން ދުއްވަން ފެށީމެވެ. އަހަރެންނަށް ދެވުނީ ދަރުބާރުގެއާއި ހަމައަށެވެ.
އެތަނުގައި ޓްރެފިކް ބަލަހައްޓަން ތިބި ތިން ޕޮލިހުން މަޑުކުރުމަށް ބުނުމުން އަހަރެން މަޑުކޮއްލީމެވެ. “ކޮންތާކަށް ތި ދަނީ” އަހަރެން ކައިރިއަށް ޕޮލިހެއް އައިސް މަޑުކޮއްލަމުން އަތްދިއްކޮށްލަމުން އަހާލިއެވެ. އަހަރެން ޖީބުން އަހަރެންގެ ލައިސެންސް ކާޑް ނަގާ އެމީހާއަތަށް ދެމުން ހިނިތުންވުމެއް ރައްދުކޮއްލީމެވެ. “ގެއަށް” އެމީހާއަށް ޖަވާބު ދިނުމުގެ ގޮތުން އަހަރެން ބުނެލީމެވެ. “ކޮންތާކުން” ލައިސެންސް ކާޑް ހިފަމުން އެމީހާ އަނެއްކާވެސް އަހާލިއެވެ. “ގެއިން” އަހަރެން ހަމައެގޮތަށް އިނދެ އެމީހާއަށް ޖަވާބު ދިނީމެވެ. “އާދަމް ޝާމް” އޭގެ އިން ނަން ކިޔާލިއެވެ. އެވަގުތު ތަންކޮޅެއް ދުރުގައި ހުރި ޕޮލިހަށް އެއަޑު އިވިގެން އަހަރުމެންނާއި ކައިރިވެލިއެވެ. އަދި އެކާޑް އެމީހާއަތުން އަތުލުމަށްފަހު ދުރަށް ޖެހިލިއެވެ. އަހަރެން އެމީހާއާއި ދިމާލަށް ބަލާލީމެވެ. “ކިހިނެއްވީ މައްސަލައެއް އުޅެނީތަ” އަހަރެން ކައިރީގައި ހުރި ޕޮލިސް މީހާއާއި ދިމާލަށް ބަލާލަމުން އަހާލީމެވެ. އަދި ދުރަށް ޖެހިލި ޕޮލިސް މިހާއާއި ދިމާލަށް އަނެއްކާވެސް ބަލާލީމެވެ. އޭރު އޭނަގެ ޓޯކީ ބޭނުންކޮށްގެން ކޮންމެވެސް މީހަކާއި ވާހަކަ ދައްކަނީއެވެ. “އެހަށް ސައިކަލުން ފައިބަން ވީނުން” ކައިރީގައި ހުރި ޕޮލިސްމީހާގެ ޖުމްލައަށް ސިހިގެން ގޮސްފައި އަހަރެން އެމީހާއާއި ދިމާލަށް ބަލާލީމެވެ. “ކިހިނެއްވީ… އަހަރެންނަށް ކަމެއް ކުރެވުނީތަ” ސައިކަލް ޕާކްކޮށްލަމުން އެމީހާ ބުނިގޮތަށް ސައިކަލުން ފައިބައިފީމެވެ.
ދުރުގައި ހުރި ޕޮލިސް މީހާ ޓޯކީގެ އެހީގައި އެހެންމީހަކާއި ވާހަކަ ދެއްކުމަށްފަހު އަހަރުމެންނާއި ކައިރިއަށް ޖެހިލިއެވެ. “އާދަން ޝާމް ދޯ” ކާޑު އަހަރެންގެ އަތަށް ދެމުން އެމީހާ ވާހަކަ ދެއްކިއެވެ. އަހަރެން ބޯޖަހާލީމެވެ. “ކުޑަ ވަގުތު ކޮޅަކަށް ޕޮލިސް ސްޓޭޝަންއަށް ދެވިދާނެތަ” އަހަރެން ކައިރީގައި އެމީހާ އެދުނީ ވަރަށް ރީތިކޮށެވެ. “ކިހިނެއްވީ… އަހަރެން ކީއްކުރީ” އެމީހާއާއި އަހަރެން ސުވާލު ކުރީމެވެ. “ވީ ވޯންޓް އާސްކް ސަމް ކުއިޝަން… މިހާރު އަހަރުމެންނާއި އެކު ގޮސްފިނަމަ ވަރަށް އަވަހަށް ދޫކޮއްލެވޭނެ… ” އެމީހާ އެދުނެވެ. “އަހަރެން ނުގޮސްފިނަމަ” އަހަރެން އަހާލީމެވެ. “ކޯޓް ޗިޓަކާއި އެކު އޭރުން ދާން ޖެހޭނީ… އޭރުން ރަނގަޅަކަށް އެއްވެސް ކަމެއް ނުދާނެ” އެމީހާ ވާހަކަ ދެއްކީ ވަރަށް ރީތިކޮށެވެ. އަހަރެން އެތަނުގައި ހުރި އަނެއްމީހާ އާއި ދިމާލަށް ބަލާލީމެވެ. ތިންވަނަ މީހާ ހުރީ އަހަރުމެންނާއި ތަންކޮޅެއް ދުރުގައެވެ. ނަމަވެސް އޭނަވެސް ހުރީ އަހަރުމެންނާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އަހަރެން އެމީހުންނާއި އެއްވެސް ވަރަކަށް ޖަދަލު ކުރާކަން ބޭނުމެއް ނުވިއެވެ. އެހެންކަމުން އެމީހުން ބުނީމައި އެކަމަށް އެއްބަސް ވީމެވެ. އަދި އެހެންނޫނަސް މިކަމަކީ އަހަރެންނަށް އަންނާނެ ކަމެއްކަން އަހަރެންނަށް ނުލާހިކު ރަނގަޅަށް އެގެއެވެ.
އަހަރެން އެމީހުންނާއި އެކު ދިއުމަށް އެއްބަސްވުމުން އަހަރެން ކައިރީގައި ހުރި މީހާ އަނެއް މީހާއަށް ބަލާލަމުން ބޯޖަހާލިއެވެ. އެވަގުތު އެމީހާ ދުރަށް ޖެހިލާ ޓޯކީއިން ކޮންމެވެސް މީހަކާއި ވާހަކަ ދެއްކިއެވެ، އޭގެ އިރުކޮޅެއްފަހުން ދެމީހުން ވޭނުގައި އެތަނަށް އައިސް މަޑުކޮއްލިއެވެ. އަހަރެންނަށް ބަލާލަމުން އެކަކު ބޮލުން އައުމަށް އެންގިއެވެ. އަހަރެން އެހާ ހިސާބަށް ދިއުމާއި އެކު ވޭނުން ފޭބި މީހާ ބިޑި ނެގިއެވެ. އަހަރެން ނޭވާއެއްލަމުން އެމީހާއަށް އަތްދިއްކޮށްލީމެވެ. އެމީހާ ހައިރާންކަމާއި އެކު އަހަރެންގެ މޫނަށް ބަލާލަމުން އަހަރެންގެ އަތުގައި ބިޑި އެޅުވިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ވޭނަށް އަރާ ހަމަޖެހިލީމެވެ. އެމީހާ އަހަރެންނާއި ދިމާލަށް ފާޑަކަށް ބަލަހައްޓައިގެން ހުރުމަށްފަހު ދޮރުޖެހިއެވެ. އަދި ދެންތިބި މީހުންނާއި ވާހަކަ ދައްކާލުމަށްފަހު ވޭން ނައްޓާލިއެވެ. ވޭން މަޑުކޮއްލީ އަތޮޅުވެހި ކައިރިއަށެވެ. އަދި ވޭނުން ފޭބި މީހާ އަހަރެން ގެންގޮސް ސެލްއަކަށް ލުމަށް ފަހު ހިގައްޖެއެވެ. އޭރު ގަޑިން ހަތަރެއް ޖެހީއެވެ.
ހެނދުނު ހަތްގަޑި ބައިވީ އަހަރެން އެސެލްތެރޭގައި ހިގާލަ ހިގާލާ ހުއްޓައެވެ. އޭރު އަހަރެން ސެލްއަށް ލާފައި ދިޔަ ގޮތަށް އެއްވެސް މީހެއްގެ ހަބަރެއް ނުވެއެވެ. އެއީ އެކަންތައް ވާގޮތްކަން އަހަރެންނަށް އެނގެއެވެ. އާއްމުކޮށް ރޭގަނޑުގައި މީހަކު ހައްޔަރު ކޮއްފިނަމަ އެމީހަކު ދުވާލުގެ ގަޑީގައި މީހަކު އަންނަންދެން ބަހައްޓާފައި ހުރެއެވެ. އަހަރެން ސިހިގެން ދިޔައީ ދޮރު ހުޅުވާލާފައި މީހަކު ވަތް އަޑަށެވެ. އޭރު އަހަރެންނަށް ހުރެވުނީ ދޮރަށް ފުރަގަސް ވާގޮތަށް ކަމުން އަވަހަށް އެދިމާލަށް އެބުރުނީމެވެ. އަހަރެން ކުޑަކޮށް ނަމަވެސް ސިހިގެންދިޔައެވެ. އެއީ އެމީހަކީ އަހަރެން އެއްގޮތަކަށްވެސް އެކަހަލަ ގޮތަކަށް ފެންނާނެ މީހެއްކަން ހީކުރި މީހެއް ނޫނެކެވެ. “ޝާމް” ހައިރާން ކަމާއި އެކު އަހަރެން ގެ މޫނަށް ބަލާލަމުން އެމީހާ ގޮވާލިއެވެ. އަހަރެން ހިނިތުންވެލީމެވެ. އެމީހަކީ އަހަރެން ޕޮލިހުގައި ހުރި އިރު އަހަރެންގެ ސެކްޝަންގެ ހެޑެއްގޮތަށް މަސައްކަތް ކުރި ނާއިލްއެވެ. ދެތިން ފަހަރެއްގެ މަތިން އަހަރެން ނާއިލްސަރއާއި ވާހަކަ ދެއްކިފައިވެއެވެ. އޭގެން ކޮންމެ ފަހަރަކު އަހަރެންގެ ކުރިއެރުމާއި ބެހޭގޮތުން ވާހަކަ ދެއްކިފައިވެއެވެ. “ސަރ” އަހަރެންނަށް އޭނަގެ ނަމުން މުހާތަބް ކުރާކަން ނުކެރުނެވެ. އެހެންކަމުން އަހަރެން މަޑުމައިތިރިކަމާއި އެކު ނާއިލްސަރއަށް ގޮވާލީމެވެ. “ޔޫ ލުކް ޑިފަރެންޓް…. ވަޓް ހެޕެން” ނާއިލްސަރ ގޮޑީގައި އިށީދެލަމުން އަހަރެންނާއި ދިމާލަށް ހައިރާންކަމާއި އެކު ފުރިގެންވާ ލޮލަކުން ބަލަމުން އަހާލިއެވެ. އަހަރެން ހިނިތުންވެލީމެވެ. އެވަގުތު އަހަރެން އިށީނުމަށް އަތުން ނާއިލްސަރ ބުނެލިއެވެ. ނާއިލްގެ ފަހަތުން ވަތް އެހެން ފުލުހެއް ދޮރުކައިރީގައި މަޑުކޮއްލައިގެން ހުއްޓެވެ. “އަހަރެން މިއަދު އޮފީހަށް އައިތަނާ އެގުނީ ޝާމް މިތަނުގައި އިންކަން… “ނާއިލްސަރ އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ޝާމް ކިހިނެއް ވެފަތަ ތިހުރީ.. ވަޒީފާ ގެއްލުނީމަ ތިއީތަ އުޅެން އެގުނު ގޮތަކީ” ނާއިލްސަރއަކީ އަބަދުވެސް އަހަރެންނަށް ހެޔޮ އެދޭ މީހެކެވެ. އެހެންކަމުން އޭނަ ކުރިމަތީގައި އަހަރެން މިސިފައަށް އިންނަވެސް ލަދުގަނެއެވެ.
” އަޅުގަނޑު ރޭގައި މިތަނަށް ގެނައީ… އެކަމަކު ކީއްވެ ކަމެއް ނުބުނޭ” އަހަރެން ބޭނުންވީ އެތަނުން ވީހާވެސް އަވަހަށް ސަލާމަތް ވާށެވެ. “އަސްލު ޝާމް ގެނެވުނީ ޝަރީފްގެ މަރުގެ ތަހްގީގް ކުރަމުންދާތީ… އެކަމާއި ބެހޭގޮތުން ވާހަކަ ދައްކާލަން ވެގެން” ފަހަތުގައި ހުރި ޕޮލިސް މީހާއާއި ދިމާލަށް ބަލާލަމުން ނާއިލްސަރއަތަށް ފައިލްއެއް ދިނުމުން އެފައިލް ބަލާލަމުން ނާއިލްސަރ ޖަވާބު ދިނެވެ. “ކޮންކަމަކާއި ބެހޭގޮތުންތޯ” އަހަރެން ގޮޑީގައި ހަމަޖެހިލަމުން އަހާލީމެވެ. “ދަންނަންތަ ޝަރީފް.. މުހައްމަދު ޝަރީފް” ނާއިލްސަރ އަހަރެންނާއި ދިމާލަށް ބަލާލަމުން އަހާލިއެވެ. އަހަރެން ދެފަރާތަށް ބޯހޫރާލީމެވެ. “ނޫން އެކަމަކު އެއީ ދޯ އަހަރެންނާއި ސުވާލު ކުރި ޕޮލިހަކީ އިއްޔެގަ” އަހަރެން ހަނދާންވާގޮތަށް ބުނެލީމެވެ. “އާ އެއީ އެމީހަކީ… ޝާމް ދޫކޮއްލިތާ މާގިނަ އިރެއް ނުވެ އަހަރުމެންނަށް ފެނުނީ ޝަރީފް މަރާލާފައި އޮތްތަން” ނާއިލްސަރ ބުނެލިއެވެ. “ސޯ” އަހަރެން ހަމައެއިންގޮތަށް އިދެ އަހާލީމެވެ. “ޝާމްއަކީ ޝަރީފް އެންމެފަހުން ވާހަކަ ދެއްކި މީހަކީ…” ނާއިލްސަރ ބުނެލިއެވެ. “ޝާމް ވާހަކަ ދެއްކި އިރު އޭނައަށް އެއްވެސް ކަހަލަ އިންޒާރެއް ދިނިންތަ” ނާއިލްސަރ ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއި އެކުގައެވެ. “ހެހެ… ސަރ އަޅުގަނޑަށް އެނގޭ އެ އިންޓޮރިގޭޝަންނަކީ ރިކޯޑް ކުރެވޭ އެއްޗެއްކަން.. ސޯ ވައި ޑޯންޓް ޔޫ ވޮޗް ދެޓް… ޔޫ ވިލް ނޯ ދަ އާންސާ” އަހަރެން ބުނެލީމެވެ. “ޝާމް އޭނައަށް އެއްވެސް އިންޒާރެއް ދިނިންތަ” އަހަރެން ދިން ޖަވާބުން ނާއިލްސަރ އަނެއްކާވެސް ސުވާލުކުރިއެވެ. “ނޫން…” އަހަރެންނަށް ބުނެވުނީ އެވަރަށެވެ. އެވަގުތު ސެލްގެ ދޮރު ހުޅުވާފައި އެތެރެއަށް އާދިލްސަރ ވަނެވެ.
“ސަރ” ނާއިލްސަރ ދޮރާއި ދިމާލަށް ބަލާލަމުން އާދިލްސަރ ބުނެލިއެވެ. “ސަރ ތިގޮތަށް ޝާމް ގެނެސްގެން ސުވާލު ކުރުމުގެ ބޭނުމަކީ ކޮބާތޯ… ޝާމްއެއް އެކަހަލަ ކަމެއް ނުކުރާނެ… އައި ކޭން ގިވް ގެރެންޓީ ޓު ދެޓް” އާދިލްސަރ އައިސް ނާއިލްސަރގެ ކުރިމައްޗަށް ހުއްޓެލަމުން އިހްތިރާމްއާއި އެކު ބުނެލިއެވެ. ނާއިލްސަރ އާދިލްސަރ އާއި ދިމާލަށް ބަލާލީ ނުރުހުމުގެ ނަޒަރަކުންނެވެ. “އާދޭ ބޭރަށް ވާހަކަ ދައްކާލަން” ހިތްހަމަނުޖެހުނު ކަމުގައިވިޔަސް ނާއިލްސަރ އާދިލްސަރ އަށް ރައްދު ދިނީ މަޑުމައިތިރި ކަމާއި އެކުގައެވެ. އަދި އެހެން ބުނުމަށްފަހު އެތަނުން ނިކުތެވެ. އާދިލްސަރ އަހަރެންނާއި ދިމާލަށް ބަލާލުމަށްފަހު ބޭރަށް ނިކުތެވެ. އަހަރެންނަށް ބޭއިހްތިޔާރުގައި ހީލެވުނެވެ.
އިރުކޮޅެއް ނުވެ ވަދެގެން އައި ޕޮލިސްމީހާ އަހަރެން އަތުގައި އަޅުވާފައިވާ ބިޑި ނައްޓާލިއެވެ. އެވަގުތު ނާއިލްސަރ އެތެރެއަށް ވަނެވެ. “އާދިލް ޔަގީންކަން ދީފި އެއީ ޝާމް ކުރި ކަމެއް ނޫންކަމަށް… އަދި ފާރިޝްވެސް އެކަމަށް ހެކިބަސް ދީފި… އެހެންކަމުން މިވަގުތު ޝާމް މި ދޫކޮށްލަނީ… އެކަމަކު ހަނދާން ކުރާތި… ވީ ހޭވް އައިސް އިން އެވްރީ ވެއަރ” ނާއިލްސަރ އަހަރެން އިންޒާރު ދިނެވެ. އަހަރެން ހިނިތުންވެލަމުން ބޭރަށް ނިކުތީމެވެ. އެވަގުތު ތަންކޮޅެއް ދުރުގައި އާދިލްސަރއާއި ފާރިޝް ތިއްބެވެ. އަހަރެން އެމީހުންނަށް ހިނިތުންވުމެއް ރައްދު ކޮއްލަމުން ބޭރަށް ނިކުތީމެވެ. އަހަރެން މިސްރާބު ޖެހީ ސައިކަލް ޕާކްކޮއްފައިވާ ސަރަހައްދަށް ދިއުމަށެވެ. އަދި އެތަނުން ނިކުމެ މާޒިންއަށް މެސެޖްއެއް ލިޔުނީމެވެ. ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވާހަކަ އާއި މިހާރު ދޫކޮއްލި ވާހަކައެވެ. ފަހުން ހުރިހާ ވާހަކައެއް ކިޔައިދޭނެ ކަމަށް ބުނެ އެމެސެޖް ފޮނުވާލީމެވެ.
ސައިކަލަށް އަރައިގެން އަހަރެން މިސްރާބު ޖެހީ އަހަރެން ހުޝާމްގެ ގެއާއި ދިމާލަށެވެ. އެގެ ކައިރީގައި ސައިކަލް ޕާކް ކުރުމަށްފަހު ދޮރުގައި ޓަކި ޖަހައި އަތުން ތަޅައިގަތީމެވެ. އަދި ބެލްއަށް ފަސްވަރަކަށް ފަހަރު އޮއްބާލީމެވެ. ތެޅެމުން ފޮޅެމުން އައިސް ދޮރުހުޅުވާ ގޮތަށް ހުޝާމް ދޮރު ހުޅުވިއެވެ. އޭނަ ފެނުމާއި އެކު އަހަރެންނަށް ހެވުނެވެ. މިހާއަށް އޭރު ރަނގަޅަށް ދެލޯ ނުހުޅުވެއެވެ. “ޝާމް ކަލޭތަ… އަހަރެން ހީކުރީ ތަނެއްގައި ރޯވީ ކަމަށް” އެތެރެއަށް ހިގައިގަންނަމުން ހުޝާމް ވާހަކަ ދެއްކިއެވެ. “ސާބަސް ދެން… މިހާރު މެންދުރު ވަނީ ވިއްޔަ… އަދިވެސް ނިދަންވީ ދޯ” އަހަރެން އެތެރެއަށް ވަންނަމުން ބުނެލީމެވެ. “އަހަރެން ޖަލުގައި ހުރިހާ އިރެއްގައި ނިދީއޭ” ސޯފާ މައްޗަށް ވެއްޓެގަންނަމުން ހުޝާމް ބުނެލިއެވެ. “ޔާ.. ބަޓް ދިސް އިޒް ނޮޓް ޖެއިލް… ގެޓް އަޕް ނައު” އަހަރެން ދިޔަ ގޮތަށް ހުޝާމްގެ ފައިގައި ހިފާފައި ސޯފާއިން ވައްޓާލީމެވެ. ވެއްޓުނު ގޮތުން ހުޝާމްއަށް ތަދުވީ ކަންނޭނގެއެވެ. ހަޅޭލަވައިގަތީ އެވަރެއް ބަލާފައެއް ނޫނެވެ. ނަމަވެސް ދެން އަހަރެން އޭނައަށް ނިދުނަކަ ނުދެމެވެ. އެހެންކަމުން ކިތައްމެ ރުޅިއައިސްފައި ހުރެވެސް ހުޝާމް ތެދުވެއްޖެއެވެ.
އޭނަ ފާހަނައަށް ވަނުމުން އަހަރެން ސޯފާގައި ޖައްސާލީމެވެ. އަހަރެން ސިހިގެން ދިޔައީ މޫނުމައްޗަށް ވެއްޓުނު ކުޝަންއިންނެވެ. “ސާބަސް.. އަދިވެސް ބުނާނެ އެހެން މީހުންނޭ ނިދަނީ… އަމިއްލަ މީހާ ތިއޮތީ ލޯ ހުޅުވައިގެން ނިދާފައެއްނުން… ކޮންކަމަކާތަ ތި ވިސްނަނީ” ފެން ހޫނުކުރަން ޖައްސަމުން ކޮފީ ރެޑީކުރަން ހުޝާމް ފެށިއެވެ. އަހަރެން ތެދުވެ ހުޝާމްއާއި ދިމާލަށް ބަލާލީމެވެ. “ބޭނުންތަ” އަހަރެންނާއި ދިމާލަށް ބަލާލަމުން ކޮފީ ގިރަމުން ހުޝާމް ބުނެލިއެވެ. އަހަރެން ބޮލުން އާއެކޭ ބުނީމެވެ. ދެކޮފީތަށި ހިފައިގެން އައިސް ސޯފާގައި އިށީދެލަމުން އަހަރެންނަށް ތަށި ދިއްކޮށްލިއެވެ. “ދެން ބުނެބަލަ ކޮންކަމަކާއިތަ ތި ވިސްނަނީ” އަހަރެންނާއި ދިމާލަށް ބަލާލަމުން ހުޝާމް އެހިއެވެ. އަހަރެން ހިނިތުންވެލީމެވެ. “އެއީ ތެދެއްތަ… ހުޝާމް ޖަލުގައި އޮއްވަ އާދިލްސަރ ދިޔަތަ ހުޝާމްއާއި ބައްދަލު ކުރަން” އަހަރެން ކޮފީ ކޯވަރެއް ބޯލަމުން އަހާލީމެވެ. ހުޝާމް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ހޫމް… އޭނަ އަހަރެންނަށް ކިޔައިދިނީ ޝާމްގެ ގްރޫޕްގެ ވާހަކަ” ހުޝާމް ބުނެލިއެވެ. “ކިހިނެއްވީ” ހުޝާމް އަހަރެންގެ މޫނަށް ބަލާލަމުން އަހާލިއެވެ. “ކަމެއް ނުވޭ…. އަހަރެންނަށް އަދިވެސް ޔަގީން ނުކުރެވިގެން މިއުޅެނީ މިކަމުގައި ހާނިމް އެކަނި ބައިވެރި ވެދާނެކަމަށް… އަހަރެންގެ ހިތްބުނަނީ މިކަމުގައި އާދިލްވެސް” އަހަރެން ބުނީމެވެ.
“ނޫން އާދިލް އަކީ އެކަހަލަ މީހެއް ނޫން… އަހަރެން އެދުވަހު އާދިލްއާއި ވާހަކަ ދެއްކުމުން އެގުނު އާދިލް ޝާމްއަށް ކެއަރ ކުރާ މިންވަރު… އެހެންވީމަ އަހަރެންނަށް ހިޔެއް ނުވޭ އާދިލް ޝާމްއަށް ގެއްލުމެއް ދީފާނެހެން…” ހުޝާމް ބުނެލިއެވެ. އަހަރެން ބޯޖަހާލީމެވެ. އާއެކޭ ބުނުމުގެ ގޮތުންނެވެ. ނަމަވެސް އަހަރެންގެ ހިތް އެކަމަށް އެއްބަސްވާން ބޭނުން ނުވަނީ ކީއްވެ ކަމެއް ހުދު އަހަރެންނަކަށްވެސް ނޭނގެއެވެ. “ރޭގައި ދެއްކި ވާހަކައަކީ ހަމަ ޝާމް ވިސްނާފައި ކީއެއްޗެއްހި” ހުޝާމް ބުނެލިއެވެ. “ކޮންވާހަކައެއް” އަހަރެން ކޮފީއިން ކޯވަރެއް ބޯލީމެވެ. ހުޝާމް އެދައްކަނީ ކޮންވާހަކައެއްކަން ރަނގަޅަށް އެގިހުރެ އެކަން އެނގޭކަމަކަށް ނަހަދަމެވެ. “ހާނިމްގެ ވާހަކަ… އޭނައަށް ގެއްލުން ދޭ ވާހަކަ” ހުޝާމް ބުނެލިއެވެ. “އެކަހަލަ މީހުންނަކީ އަސްލު އަދަބު ލިބެން ޖެހޭ މީހުން” އަހަރެން ބުނީމެވެ. “އާ އެކަމަކު ގާނޫނުގައި އޮންނަ އަދަބު” ހުޝާމް ބުނެލިއެވެ. އަހަރެން ހައިރާން ކަމާއި އެކު ހުޝާމް އާއި ދިމާލަށް ބަލާލީމެވެ. “ތި ވާހަކަތި ދައްކަނީ ހަމަ ހުޝާމްތަ… ކުރިން އަބަދުވެސް ހުޝާމް ބުނަނީ ތިހެނެއް ނޫން… އެކަމަކު މިއަދު ހާދަ ވަރަކަށޭ ބަދަލެއް ތިވީ” އަހަރެން ބުނެލީމެވެ. “ޔާ.. މީހަކު ބަދަލު ވެދާނެއެއްނުން ހަމަ… އަހަރެންނަށް އެނގޭ” “އާ މީހަކު ބަދަލުވެދާނެ…. އެހެންވީމަ އަހަރެންވެސް ހަމަ ބަދަލު ވެދާނެއެއް ނުން…. އެހެންވީމަ އަހަރެންގެ ވިސްނުން ބަދަލު ކުރަން ދެން އިތުރަށް މަސައްކަތް ނުކުރޭ ޕްލީޒް” ހުޝާމްގެ ޖުމްލަ މެދު ކަނޑާލަމުން އަހަރެން ބުނީމެވެ.
އެވަގުތު އަހަރެންގެ ފޯނު ރިންގްވާން ފެށިއެވެ. އަހަރެން ބަލާލުމަށްފަހު ފޯނު ނަގާ ކަންފަތުގައި ޖެހީމެވެ. “ކީކޭ މާޒިން” އަހަރެން ބުނީމެވެ. “އޭ ކޮންތާކު… އާދެބަލަ ވަރަށް އަވަހަށް އައި.ޖީ.އެމް.އެޗްއަށް” މާޒިން ބުނެލިއެވެ. “ކިހިނެއްވީ” އަހަރެން އަހާލީމެވެ. ނަމަވެސް އިތުރަށް އެއްވެސް އެއްޗެއް ނުބުނެ އަވަހަށް އައުމަށް އެދި މާޒިން ފޯނު ކަނޑާލިއެވެ. “އަހަރެން ދާން ޖެހިއްޖެ… އަންނާނަން ފަހުން.. ޖަސްޓް ބީ ކެއާ ފުލް…” އަހަރެން ހުޝާމް އާއި ދިމާލަށް ބަލާލަމުން އެހެން ބުނެލުމަށްފަހު ބޭރަށް ނިކުމެ ސައިކަލްގައި އައި.ޖީ.އެމް.އެޗްއާއި ދިމާލަށް މިސްރާބު ޖެހީމެވެ. ސައިކަލް އައި.ޖީ.އެމް.އެޗް ކައިރީގައި ޕާކްކުރުމަށްފަހު މާޒިންއަށް އަނެއްކާވެސް ގުޅީމެވެ. އެވަގުތު އެތެރެއަށްވަދެ އެމެޖެންސީއާއި ދިމާލަށް އައުމަށް މާޒިން ބުންޏެވެ. އަހަރެން އެތެރެއަށްވަދެ އެމެޖެންސީއާއި ދިމާލަށް ހިގައިގަތީމެވެ. އަހަރެންނަށް އެހާ ހިސާބަށް ދެވުނު އިރު މާޒިން ބޭރުގައި ހުއްޓެވެ. އަހަރެން އޭނަ ކައިރިއަށް ހުއްޓުމާއި އެކު އިތުރު އެއްވެސް ވާހަކައެއް ނުދައްކާ އެމެޖެންސީ ރޫމް ތެރެއަށް ވަނެވެ. “ކިހިނެއްވީތަ” އަހަރެން ވަރަށް މަޑުން މާޒިން ކައިރީގައި އަހާލީމެވެ. އެމެޖެންސީ ރޫމްވަނީ ފުރިފައެވެ. އެކިކަހަލަ ބަލިތަށް ޖެހިފައިވާ މީހުން އެނދުމަތީ ކުރެވިފައިވެއެވެ. އެމީހުންގެ އެހީތެރިންގެ މޫނުމަތިން އެކިކަހަލަ އިހްސާސްތަށް ފާޅުވަމުންދިޔައެވެ. އަދި އޭގެ އިތުރަށް މާޒިންގެ ގްރޫޕްދެތިން މީހެއްވެސް އެތަނުގައި ތިއްބެއެވެ. އަހަރެން އެރޫމްތެރެއަށް ބަލަމުން ދަނިކޮށް އަހަރެންގެ ލޯ އަމާޒްވީ އެނދުމަތި ކުރެވިފައިވާ މީހަކަށެވެ. އެއްއަތަށް އައިވީ ކުޅާފައިހުރިއިރު އަނެއް އަތަށް ލޭ ގުޅާފައިހުއްޓެވެ. ނޭފްތަށް އޮކްސިޖަން ގުޅާފައި ހުއްޓެވެ. އަހަރެންނަށް އެމީހަކު ކައިރިއަށް ދިއުމަށް ދެތިން ފިޔަވަޅު ކުރިއަށް އެޅުނެވެ. އެވަގުތު އެނދުކައިރީގައި ހުރި އަޔާޒް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެހެންކަމުން އަހަރެންނަށް ހުއްޓުން އެރިއެވެ. އެކުޑަވަގުތު ކޮޅުގައި އަޔާޒް އަހަރެންގެ އާއިލާއަށް ދީފައިވާ އިންޒާރު އަހަރެންގެ ސިކުނޑީގެ ކަންކަނަށް ދުވެގަތެވެ. އަހަރެން އަޔާޒްގެ މޫނަށް ބަލާލީމެވެ. އެމޫނުމަތިން ފެންނަމުންދިޔައީ މީގެ ކުރިން އަހަރެން އެމޫނުމަތިން ދެކިފައިވާ އިހްސާސްއެއް ނޫނެވެ. ނަމަވެސް އަހަރެން އެތަނުގައި އިތުރަކަށް ނުހުންނަމެވެ. ވަގުތުން އެތަނުން ނިކުމެއްޖައީމެވެ. އަހަރެން ނިކުތުމުން މާޒިންވެސް އަހަރެންގެ ފަހަތުން ނިކުތެވެ.
“ކިހިނެއްވީ މިޝްކާއަށް” އަހަރެންނަށް ވާހަކަ ދައްކަން އުދަގޫވިއެވެ. އެގޮތަށް މިޝްކާ އޮތްތަށް ފެނުމުން އޭނަ ކައިރިއަށް ދިއުމަށް އަހަރެންގެ ހިތް ގޮވަމުން ދިޔައެވެ. އޭނަގެ އަތުގައި ފިރުމާލުމަށް އަހަރެންގެ މޮޔަ ހިތް ގޮވަމުން ދިޔައެވެ. އޭނަކައިރިއަށް ނުގޮސް އަހަރެން ނިކުތުމުން އަހަރެންގެ ދޫވެސް ހަރަކާތް ކުރަން އުދަގޫވިއެވެ. އަހަރެންގެ ހިތް ދިޔައީ ނޭނގޭ ބާރުމިނެއްގައި ތެޅެމުންނެވެ. “ނޭނގެ… ” މާޒިން ބުނެލިއެވެ. އަހަރެން މާޒިންގެ މޫނަށް ބަލާލީމެވެ. ނޭނގިނަމަވެސް އަހަރެންގެ ދެލޯ އޭރުވަނީ ކަރުނުން ފުރިފައެވެ. ” ޝާމް އެއީ ޝާމްގެ މައްސަލައެއް ނޫނޭ” އަހަރެންގެ ކަރުނުން ފުރިފައިވާ ދެލޯ ފެނުމުން މާޒިން ބުނެލިއެވެ. އަހަރެން މާޒިންއަށް ފުރަގަސްދިނީ އަހަރެންގެ ފިޑިކަން އެހެންމީހަކަށް ނުދައްކަން ވެގެންނެވެ. އަދި ނޭނގޭގޮތަށް ދެލޯ ފުހެލީމެވެ. “ރޭގައި ޝާމްއަށް ގުޅާފައި ފޯނު ނުނެގީމަ… އަޔާޒް ކިޔައިދިނިން މިޝްކާއަށް ވީގޮތް… އަދި ދެން ޝާމް ނުގުޅާނެ ވާހަކައާއި ޝާމްއާއި ދުރައްދާން ޖެހޭނެ ވާހަކަ…. ދެން މިޝްކާ ކޮޓަރިއަށް ވަނީ… އޭގެ އެތަށް އިރެއްފަހުން މިޝްކާގެ ހަބަރެއްނުވެގެން އަޔާޒްއައިސް ދޮރު ހަލާކުކޮއްލި އިރު އޮތީ އަތުގައި ކަޓަރު އަޅައިގެން… މުޅިތަނުގައި ލޭ… ނަސީބެއް ހޮސްޕިޓަލްއަށް އަވަހަށް ގެނެވުނުކަން… ޑޮކްޓަރުން ބުނަނީ ކުޑަކޮށް ލަސްވިނަމަވެސް ފުރާނަ ސަލާމަތް ކުރަން އުދަގޫވާނެއޯ…. އޭނަ ހޭރުމަށްފަހު އިތުރު މީހަކާއި ވާހަކައެއް ނުދައްކާ …. އެއްވެސް އެއްޗެއް ނުވެސް ކައި… ހަމައެކަނި ބޭނުންވަނީ ޝާމްއާއި ވާހަކަ ދައްކަން…. އެހެންވެ އަހަރެން ޝާމްއަށް ގުޅީ” މާޒިން ކިޔައިދިނެވެ. “އެކަމަކު…. އަހަރެންނަށް އޭނަކައިރިއަކަށް ނުދެވޭނެ… އަހަރެން ވަނީ މީހަކަށް ވައުދެއް ވެފައި…. އަހަރެންނަށް އެއެއް ބްރޭކްއެއް ނުކުރެވޭނެ” އަހަރެން ބުނީމެވެ. “ޕްލީޒް” އަހަރެން ސިހިގެން ދިޔައީ އަޔާޒްގެ އަޑަށެވެ. އަހަރެން ފަހަތަށް އެބުރި ބަލާލީމެވެ. އަޔާޒް ހުރީ މާޒިންގެ ފުރަގަހުގައި ހުއްޓިލައިގެންނެވެ. އަޔާޒްގެ ދެލޮލުން ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ. ނޫނީ އެއީ އަހަރެންނަށް ހީވިގޮތް ބާއެވެ.
“ޕްލީޒް ޝާމް… ހެލްޕީ މީ” އަޔާޒްގެ އަޑުގައިވަނީ މޮޅިވެރިކަން އެކުލެވިފައެވެ. އެއަޑުގައި އެހުރި ހިތާމަވެރިކަމަކީ ކޮންމެ މީހެއްގެ ހިތަށްވެސް އަސަރު ކުރުވާފަދަ ގޮތެވެ. “އައި ކާންޓް… އައި ލަވް މައި ސިސް މޯ” އަހަރެން އެތަނުން ހިގައިގަންނަމުން ބުނެލީމެވެ. “ޕްލީޒް… ހެޔޮނުވާނެ… ކޮއްކޮ އިތުރު މީހަކާއި ވާހަކައެއް ނުދައްކާ… އިތުރު މީހެއް އަތުން އެއްޗެއް ނުކައި…. އަދި އަމުދުން އަހަރެން ދެކެ ކޮއްކޮ ހުރީ ވަރަށް ރުޅި އައިސްފައި… ” އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓަމުން އަޔާޒް ތަންކޮޅެއް ބާރަށް ބުނެލިއެވެ. އަހަރެން އަޔާޒްއާއި ދިމާލަށް ބަލާލަމުން ހޮސްޕިޓަލްގެ ތެރެއަށް ބަލާލީމެވެ. ބޭނުންވީ އޭނައަށް އޭނަ ހުރިތަން ހަނދާން ކޮށްދޭށެވެ. އަޔާޒް އަހަރެންގެ އަތުން ދޫކޮއްލިއެވެ. އަހަރެން އަޔާޒްއާއި ކުރިމަތި ލީމެވެ. ” އަހަރެންގެ ކޮއްކޮ އަހަރެން ދެކެ ނުލާހިކު ލޯބިވޭ… އަދި އަހަރެންވެސް… އަހަރެންނަށް އެނގިހުރެ އަނެއްކާވެސް ކޮއްކޮ ފުންވަޅުގަނޑެއް ތެރެއަކަށް ވައްޓައެއް ނުލާނަން… ސޯ އައި އޭމް ސޮރީ” އަހަރެން ބުނީމެވެ. “އަހަރެން ޝާމްގެ ކޮއްކޮއަށް އެއްވެސް އުދަގުލެއް ނުކުރާނަން… ޕްރޮމިސް” އަޔާޒް ބުނެލިއެވެ. އަހަރެން އަޔާޒްއާއި ދިމާލަށް ބަލަހައްޓައިގެން ހުރީމެވެ. “ޖަސްޓް ހެލްޕް މީ ޓު ސޭވް މައި ސިސް…. އައި ވޮންޓް ޓަޗް ޔުއަރ ސިސް… އައި ޕްރޮމިސް” އަޔާޒް އަޑަށް ބާރުލަމުން ބުނެލީމެވެ. “ހަނދާން ކުރާތި… ކަލޭ ކަލޭގެ ވައުދާއި ހިލާފު ވެއްޖެނަމަ” އަހަރެން އަޔާޒްއާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ރުޅިވެރިކަމާއި އެކު އިންޒާރެއްގެ ދިނުމުގެ ގޮތަށް ބުނެލީމެވެ. އަދި އިތުރަށް އެތަނުގައި މަޑުނުކޮށް އެމެޖެންސީ ރޫމް ތެރެއަށް ވަނީމެވެ.
އޭރު އަހަރެންގެ ހިތްވަނީ އުފަލުން ފުރިފައެވެ. އަހަރެންގެ މަސައްކަތަށް އަނެއްކާވެސް ފަސޭހަވީއެވެ. ކޮންމެ މީހެއްގެވެސް ބަލިފައެއް ވާނެއެވެ. އަހަރެންގެ އާއިލާ އަހަރެންގެ ބަލިފަޔަށް ވީގޮތަށް އަޔާޒްގެ ބަލިފަޔަކީވެސް އޭނަގެ އާއިލާއެވެ.
ނުނިމޭ…
24 Comments!
Comments are closed.
މި ބައިވެސް ހުރިހާ ކުދިންނަށް ކަމުދާނެ ކަމަށް ހީކުރަން… ހުރިހާ ކުދިންގެ ކޮމެންޓް ތަކަށް މަރުަޙަބާ 🙂
Yey!!! Me first! V.nice maasha allah
thnks yaania 🙂
Vvv reethi waiting 4 next part….
v bodah thnks Anonymous 🙂
Wow is beautiful fantasy I luv this story
thnks nuxu 🙂
Omg…mi part vex v reethi…waiting for the next part….mi site ah vadhefa furathamavx balaa leveny mi story up koffa in thw..cox mi vaahaka vvvv reethi…keep it up dear…
thnk v bodah niz thihaa lobi comment eh koh leema 🙂
aww furathama kolhu varah varah majaa ingey.. haassakoh shaam rulhi ai gadyga hehe.. 😀 ekam fahun ai baithah varah hithaama veri.. i cant BELIEVE ayaaz badhal vy goi, hama kokko ah ttaka. 😮 yaa i agree with Niz, mi site ah vadhefa emme furathama ves balaalevuny mi story up vefa inthw. komme dhuvahaku ves school ah dhiyumuge kurin mi story kiyaalan libeythy varah happy vey 😉
thanks so much Fantasy!!
thnks faxoo dear .. v happy vejje faxoo thihaa lobi comment eh koh leema 🙂
Masha Allah furihama story.
thnks nihad 🙂
wow fantasy… mi varu ge vaahaka eh adhi nukiyan.. ehaa vex furihama.. keep it up..
thnks mee v bodah 🙂
wow mind blowing amazing..keep up teh good work
thnks v bodah Shain 🙂
Wow v v reethistory eh
thnks v bodah ahmed 🙂
V salhi.. i also suspect aadil sir.. 😉
thnks v bodah sara 🙂
Maa ginain English word beynukuraakan faahagakurevay.
reethi … mi vaahaka kurin up kuree con site akah kan bunedheefaanan tha plz
Mi part vx v nice. , nd nxt part avahah up khdhehchey:):):)