Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފޮހެވޭނޭ ބާއޭ… 45

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
December 30, 2015 7 Mins Read
23 Comments

ދެހަފްތާ ފަސް……

ކޮޓަރިއަށް ވެރިވެފައި ވަނީ އުށްބައްތި ތަކުގެ ފަނޑު އަލިކަމެވެ. އެނދުގެ އަރިމަތީގައި ހުރި ކަބަޑު މަތީ ބޮޑު ތިން އުށްބައްތި ބަހައްޓާފައި ހުއްޓެވެ. ހަމައެއާއެކު ރީތިވާ މޭޒު މަތީގައި ވެސް މެއެވެ. އުށްތައް ވިރެމުން ދިޔަ އިރު އޭގެ ލުއި މީރު ވަސް ކޮޓަރި ތެރެއަށް ފެތުރިފައި އޮތެވެ. މަސްތުކަމެއް އެކުލެވިގެން ވާ މަހުލެކެވެ. އެމާހައުލަށް އިތުރު ދިރުމެއް ގެނެސް ދެމުން ދިޔައީ ރީތިވާ މޭޒުގެ ގޮނޑީގައި އިށީންދެލައިގެން އިން ފަލަކްގެ ރީތި ކަމުންނެވެ. ފަށުވިކޮޅެއް ފަދަ އިސްތަށިގަނޑު އޮތީ މިނިވަންކަމާއެކު ދޫކޮށްލެވިފައެވެ. އޭގައި ތެތްކަމުގެ އަސަރު ވެސް އެކުލެވިފައި ވެއެވެ. ފައިގެ ފަލަމަސްގަނޑާ ހަމައަށް އަންވަރުގެ ސިލްކް ނައިޓީގައި އޭނަގެ ހަށިގަނޑުގެ ފުރިހަމަ ވަނާތައް ވަނީ ފާޅުކަން ބޮޑު ގޮތަކަށް ހާމަވެފައެވެ. ނައިޓީގެ އަތުގެ ބަދަލުގައި ހުރީ ވާކޮޅެކެވެ. އުށްބައްތީގެ އަލި އެދޮން މޫނަށް އެޅި ވަކިން ފުރިހަމަ ކަމަށް ދައްކައެވެ.

ފަލަކް ދިޔައީ އޭނަގެ އަތުގަޔާއި ފައިގައި ލޯޝަނުން މަސާޖް ކުރަމުންނެވެ. އެހެން އިނދެފައި އޭނަ ކޮޓަރީގެ ދޮރާ ދިމާއަށް ނަޒަރު ހިންގާލާނެއެވެ. އޭނަ އިންތިޒާރުކުރަމުން އެދަނީ ޔޫޝައު އަށެވެ. އެސޫރަ ފެންނާނެ ވަގުތަކަށެވެ.

ފާއިތުވެގެން ދިޔަ ދުވަސްތަކުގައި ދެމަފިރިންގެ ދެމެދުގައި ވާހަކަ ދެކެވިފަކާ ނެތެވެ. ޔޫޝައު ބަލަނީ ވީހާވެސް ގިނައިން ބޭރުގައި އުޅެވޭތޯއެވެ. ފަލަކް ފެންނަ ހިސާބަކަށް ވެސް އޭނަ އަންނަނީ މަޖުބޫރު ވީމައެވެ. މިހާރު ފަލަކް އުޅޭ ގޮތަކުން ޔޫޝައުގެ ހިތުގައި ޝައްކު ވެސް އުފެދެން ފަށައިފިއެވެ. ފަލަކްގެ އަމަލުތައް ހުންނަ ގޮތުންނެވެ. އެފަދަ ހާދިސާއަކާ ކުރިމަތިލީ ކުއްޖެއް ހެން ވެސް ހިޔެއް ނުވެއެވެ.

ޔޫޝައު ގެއަށް ވަދެގެން އައިއިރު ގެއަށް ވެރިވެފައި އޮތީ ޗާންދެލިއާރ ތަކުގެ ފަނޑު އަލިކަމެވެ. މައި ދޮރު ލައްޕާލަމުން ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނީ ކުރިމަތީގައި ހުރި ބަލްޤީޝް ފެނުމުންނެވެ. ސިހޭ ގޮތް ވެސް ވިއެވެ.

ބަލްޤީޝްގެ ދެލޮލުން ފާޅުވަމުން ދަނީ ކަންބޮޑުވުމުވެ.

ޔޫޝައުއަށް އިސްޖަހާލެވުނެވެ. އޭނަ ކުރިއަށް ހިނގަމުން ދަނިކޮށް ބަލްޤީޝް ގޮވާލިއެވެ. އޭނައަށް ފަސްއެނބުރި ބަލާލެވުނީ ނިކަން އަވަހަށެވެ. އެކަމަށް އޭނަ ބޭނުންވެފައި ވާ ފަދައިންނެވެ. ބަލްޤީޝް ކުދި ފިޔަވަޅުތަކެއްގައި އައިސް ޔޫޝައުއާ އަރާހަމަކުރިއެވެ.

”ދަރިފުޅު ތިހުރީ ކައިގެންތަ؟، ކީއްވެތަ މިހާރު ކާމޭޒު ދޮށުން ނުފެންނަނީ…” ބަލްޤީޝް ސުވާލުކުރިއެވެ.

”ރެސްޓޯރެންޓުން ކައިގެން މިހުރީ…” ޔޫޝައު މަންމަގެ ސުވާލަށް ޖަވާބު ދިނެވެ. މަންމަގެ މޫނަށް ބަލަން އުނދަގޫވެފައި ހުރެއެވެ. އެހާދިސާއަށް ފަހު ބަލްޤީޝް ޔޫޝައުއާ ވާހަކަ ދެއްކި މީ ފުރަތަމަ ފަހަރެވެ. އެހިތަށް ކުޑަ ހަމަޖެހުމެއް ވެސް ލިބިގެން ދިޔަ އެވެ.

”މަންމަ ބޭނުން ދަރިފުޅާ ވާހަކަ ދައްކާލަން، އާދެބަލަ މަންމައާއެކު…” ބަލްޤީޝް ބުންޏެވެ. އަދި މަޑުކުރުމެއް ނެތި އޭނަ ހިނގައިގަތީ ހާމަފެންޑާއަށް ދިއުމަށެވެ. ބަލްޤީޝްގެ ފަހަތުން ކަހަލަ ގޮތަކަށް ޔޫޝައު ދިޔަ އެވެ.

ބަލްޤީޝް ގޮސް އިށީނީ ހާމަފެންޑާގައި ހުރި އުނދޯލީގައެވެ. ވަގުތުގެ ގޮތުން މާހައުލު ވަރަށް ވެސް ފިންޏެވެ. އެކަމަށް އޭނަ ފަރުވާލެއް ނުބެހެއްޓިއެވެ.

ޔޫޝައު ހުރީ ރެއިލިންގް ކައިރީގައެވެ. ބަލްޤީޝް އެނދުނީ އުނދޯލީގައި އިށީނުމަށެވެ. ޖެހިލުން ވެފައި ހުރެ ޔޫޝައު އައިސް އިށީނެވެ.

”ދަރިފުޅުގެ ތި އާދަތައް ދޫކޮށްލާފަ ހަރުދަނާ ވާން މަންމައަށް ފެންނަނީ، ބޭރުތެރޭގައި ތިހާ ގިނައިން އުޅުމަކީ މަންމަ ހިތްހަމަޖެހޭ ކަމެއް ނޫންކަން ޔޫޝައުއަށް ރަގަޅަށް އެނގޭނެ، ދެން ކީއްވެ ތިހެން ތިއުޅެނީ؟… ޔޫޝައުއަށް ކަމެއް ވެއްޖެއްޔާ މަންމަ ދެރަވާނެ ވަރު ނުވިސްނެނީތަ؟…. މީގެ ފަހުން މަންމަ ބުނި ފަދައިން ކަންތައް ކުރާނެ ކަމަށް އުއްމީދުކުރަން…” ބަލްޤީޝް ބުންޏެވެ. އެއާއެކު ޔޫޝައުއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

”މަންމާ… އަހަންނަށް… އަހަންނަށް މާފްކުރޭ…” ވެރިވެފައި އޮތް ހަމަހިމޭންކަމުގެ ތެރޭން ޔޫޝައުގެ އަޑު އިވުނު ހިނދު ބަލްޤީޝްގެ ހިތަށް އަސަރުކުރިއެވެ. އޭނައަށް ޔޫޝައުގެ މޫނަށް ބަލާލެވުނެވެ. އިސްޖަހާލައިގެން އިންއިރު ހިތާމަވެރި ތަސްވީރެއް ފަދައެވެ.

”ކޮންމެ އިންސާނަކަށް ވެސް ކުށްކުރެވިދާނެ… މަންމަ ދަރިފުޅަށް މާފްކޮށްފިން، މަންމަ ބައްޕައަށް ވެސް ވިސްނައިދޭނަން، އެނގޭ ރަސަލް ވެސް ޔޫޝައުއަށް މާފްކުރާނެކަން، ބައްޕައަށް ބޭނުންވާނީ ކުޑަ ދުވަސް ކޮޅެއް… ދަރިފުޅު މާޒީ މަތިން ހަނދާން ނައްތާލާފައި އާދިރިއުޅުމަކުން ފަށަންވީ…”

ބަލްޤީޝް މިހެން ބުނި ކަމުގައި ވިޔަސް ޔޫޝައުއާއި ފަލަކް ގުޅުން އެއީ އޭނަގެ ހޭ ހުރެގެން ވިޔަކަ ދޭނެ ކަމެއް ނޫނެވެ. މިހާރު ވެސް އޭނަ އެދަނީ ފަލަކް އެގެއިން ބޭރުކޮށްލާނެ މޮޅު ރޭވުމެއް ރާވަމުންނެވެ. ހަމައެއާއެކު މާހުތާބްގެ އަނގަވެސް ބަންދުކުރާނެ ގޮތެކެވެ. ހަމަހިލާ އޭނަ ފަލަކްއަށް އެގެއިން ދާއިމީ ފުރުސަތެއް ނުދޭނެއެވެ. އޭނަގެ ހުނަރު މިފަހަރު އޭނަ މާހުތާބްއަށް ދައްކާލާނެއެވެ.

****

”ކޮބާތަ ޔޫޝް، ހާދަ ލަސްވަނީ…” ގަޑި ބަލާލަމުން ފަލަކް އޭނަގެ ހިތާއި ޝަކުވާ ކުރިއެވެ. އިންތިޒާރުގެ ގިޓާ ކުޅެލަމުން ދަނިކޮށް ދޮރު ހުޅުވުނު އަޑު އިވުނެވެ. ފަލަކްގެ ހިތް އުދުއްސައި ގަތެވެ. ފުޅާ ހިނިތުންވުމަކާ އެކު ފަލަކް ޔޫޝައުއަށް މަރުހަބާ ކިޔަން އަވަސް ވެގަތެވެ. ގޮނޑިން ތެދުވެލަމުން އޭނަ ފަސްއެނބުރި ބަލާލި އިރު ޔޫޝައު ހުރީ ބުމަގޮށްޖަހާލައިގެން ކޮޓަރިއަށް ނަޒަރު ހުއްޓާލައިގެންނެވެ. ފަލަކްއާ ހަމައަށް އޭނަގެ ނަޒަރު ދަތުރުކުރީ މާ ފަހަކުންނެވެ. އެއާއެކު އެމޫނުމަތިން ފޫހިކަން ފާޅުވިއެވެ. ރުޅިވެރިކަން ވެސް މެއެވެ. ފަލަކް އުޅޭ ގޮތަކުންނެވެ. ކޮޓަރިން ނުކުމެގެން ދާން ވެސް ހިތަށް އެރިއެވެ. ނަމަވެސް ފަލަކްއަށް ކަމެއް ވިސްނައިދޭން ޖެހިފައި އެބަ އޮތެވެ. އޭނަ ދޮރު ލައްޕާލިއެވެ. އަދި ފަލަކްއާ ކުރިމަތި ލިއެވެ.

ފަލަކް ބަޑިބަޑި ލައްވަމުން އައިސް ޔޫޝައުއާ ގާތްވާން އުޅުނެވެ. އެއާއެކު ޔޫޝައުގެ އަތުގެ އިޝާރާތުން ދުރުގައި ހުރުމަށް އެންގިއެވެ. ފަލަކްގެ މޫނަށް ދިލަ ހޫނުކަން އެކުލެވިގެންވާ ބާރު އެތިފަހަރެއް ވީއްލާލެވުނުހެން ހީވިއެވެ. ހިތަށް ތަދުވިއެވެ. ވަގުތުން ހިނިތުންވުން ގެއްލިގެން ދިޔައެވެ.

”މީ ކޮންކަމެއް؟…” ޔޫޝައު ރުންކުރު ރާގަކަށް ބުންޏެވެ.

”ނިއު ބިގިނިންގް…” ފަލަކް ދެރަވެފައި ވިޔަސް ބުންޏެވެ. ހިނިތުންވެލަމުންނެވެ.

”ވަޓް؟ އަހަރެން ދައްކާ ވާހަކަތައް އަޑު ނީވެނީތަ؟…” ޔޫޝައުގެ އަޑުން ރުޅިވެރިކަން ފިލައިގެން ނުދެއެވެ.

”ޕާސްޓް މަތިން ހަނދާން ނައްތާލާފަ އަހަރެން ބޭނުންވަނީ ނިއު ބިގިނިންގް އަކުން ފަށަން، ޔޫ އެންޑް މީ…” ފަލަކް ކުރިއަށް ޖެހިލިއެވެ. އޭނަ ޔޫޝައުގެ މޫނުގައި ފިރުމަން އުޅުމުން ޔޫޝައު ފަލަކްގެ އަތުގައި ހިފެހެއްޓިއެވެ. އަދި ފޮޅުވާލައިފިއެވެ. އެހަރަކާތުން ފަލަކް ވިއްސައިގެން ގޮސް ގުޅަޔަކަށް ވެސް ނުޖެހުނީ ހަމަ ކިރިޔާއެވެ.

”ޔޫޝް މިކަން ބޭނުން ވެގެންނެއްނު އަހަރެން ރޭޕްކުރަން އުޅުނީ؟، މިހާރު އެކަން މަތިން ހަނދާން ނައްތާލާފަ އަހަރެން ހޮޔެހިތުން އަހަރެންގެ ހަށިގަނޑު ޔޫޝައުއަށް ވެދުން ކުރަން އުޅުމުން ތިހެންތަ އަހަންނާ މެދު ކަންތައް ކުރަން އެނގުނީ، އެދުވަހު ބޭނުންވީ ގަދަކަމުން ވެސް އުފާ ހާސިލުކުރަން، މިއަދު އަހަރެން ބޭނުން ވީމަ ފަހަތަށް ތި ޖެހެނީ ކީއްވެ؟، ޔޫޝައު އަހަންނަށް ތިހެން ނުހަދާ… އައި ލަވް ޔޫ…” ލޮލަށް ކަރުނަ ގެންނަމުން ކުރެހިފައިވާ އަޑަކުން ފަލަކް ބުންޏެވެ.

”ކިތައް ފަހަރު އަހަރެން ބުނާނީ އެއީ މިސްޓޭކެކޭ، މާފަށް އެދެވުނު އަދަދެއް ނޭގޭ….” ޔޫޝައު މިފަހަރު ވާހަކަ ދެއްކީ ވިސްނައިދޭ ރާގަކަށެވެ. ރުޅިގަނޑު ކޮންޓްރޯލް ކުރަމުންނެވެ.

”މިސްޓޭކެއް ނޫން އެއީ، ޔޫޝް އަހަންނަށް އެދުވަހު ހުރީ ބޭނުން ވެފަ… ކީއްވެ ހިތަށް އޮޅުވާލަން ތިއުޅެނީ؟….” ބަލާކަށް ނުހުރެ ނައިޓީގެ ވާކޮޅުތަކަށް ފަލަކް ދޫކޮށްލިއެވެ. ސިލްކްގެ ނައިޓީ ފަލަކްގެ ހަށިގަނޑުން ސޮހިގެން ގޮސް އެހަށިގަނޑުގެ ވަނާތައް މުޅިން ހެން ފާޅުވެގެން ދިޔައެވެ. ފަލަކް ހުރީ އެތެރެއިން ލާ އެއްޗެހި ވެސް ނުލައެވެ. ކޮންމެ ގޮތަކުން ވެސް އޭނަގެ ބޭނުން ހާސިލު ކުރަން އޭނަ ވަނީ ދުރާލާ ރާވާފައެވެ.

ޔޫޝައު ބޭނުން ނުވިޔަސް ބަލަން ހުރެވުނީއެވެ. ފަލަކްގެ ޒުވާން ހަށިގަނޑުގެ ފުރިހަމަ ކަމާހެދިއެވެ. ހިތުގެ ތެޅުން ވެސް އަވަސް ވެގެން ދިޔައީ ކުއްލިޔަކަށެވެ. އޭނަގެ ނަޒަރު ވަކިނުކުރެވުނެވެ. ތަލިން ކުޅުވެސް ހިކިގެން ދިޔަ ފަދައެވެ. ނޭވާ ފުންވެ ހިތް ކަމަކަށް އެދެން ފަށައިފިއެވެ. އުށްބައްތީގެ ފަނޑުއަލީގެ ތެރޭން ފަލަކްގެ އޮމާން ހަށިގަނޑުގެ ފެންނަ ގޮތް ވަކީން ރީއްޗެވެ. އޭނަގެ އަމިއްލަ ނަފްސު އަތުން ދޫވެގެން ދިޔައީ ކުއްލިޔަކަށެވެ. ހުޅުކޮޅަކަށް ޕަރުވާނާތައް ދަމައިގަންނަ އުސޫލުން އޭނަ ވެސް ފަލަކްގެ ރީތިކަމުގެ ދަޅައިގަ ޖެހުނެވެ. ދުރަށް ނުދެވޭހާ ބޮޑަށެވެ.

”ވީ ބޯތް ނީޑް ދިސް…” ލިބުނު ކާމިޔާބީއާއެކު ފަލަކް ހިނިތުންވެލިއެވެ. އަދި ފިޔަވަޅެއް އަޅާލަމުން ފަހަތަށް ޖެހިލިއެވެ. އަދި އަތުގެ އިޝާރާތުން އޭނަ ގާތަށް އައުމަށް ބުންޏެވެ. އެހަށިގަނޑުގައި ބޭނުން ވަރަކަށް ބޮސްދިނުމަށް ދައުވަތު ދެމުންނެވެ. އޭނަގެ ހަށިގަނޑު ޔޫޝައުއަށް ހެޔޮހިތުން ވެދުން ކޮށްފީމޭ ބުނަމުންނެވެ.

ޗާބީ ދީފައިވާ ބުދެއްހެން ޔޫޝައު ކުރިއަށް ހިނގައިގަތެވެ. ދަމުން ޓީޝާޓް ވެސް ހަށިގަނޑާ ވަކިކޮށްލިއެވެ. އެއާއެކު ފަލަކްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ޔޫޝައުގެ ރީތިކަމުން ހިތް ގަނޑުފެނުން ތެތްމާލި ކަހަލައެވެ. އެޖިސްމުގެ ހޫނުކަމަށް އޭނަ ފެންބޮވައިގަތެވެ. އެހިތުގެ ތެޅުން އިހުސާސްކުރަން ބޭނުން ވިއެވެ. ޔޫޝައު ފަލަކް ގާތަށް ހުއްޓެމުން އެކަނދުރާގައި ބޮސްދިނެވެ. ފަލަކްއަށް ފިރުމާލެވުނީ ޔޫޝައުގެ މޭގައެވެ. ދެޒުވާނުންގެ ވެސް ލޭގެ ހިނގުން އަވަސް ކުރުވައި ތަފާތު ޖަޒުބާތުތައް އުފަން ކުރުވައިފިއެވެ. ތުންފަތުގެ ބޮސްދިނުން ތަކާއި ފިރުމުންތައް އިތުރުވާން ފެށިއެވެ.

ކޫރުމެއް ނޭޅޭނެހާ ލޯބިން ޔޫޝައު ފަލަކް އެނދުގައި ބޭއްވިއެވެ. އޭނަ ފަލަކްއާ ދިމާއަށް ގުދުވަމުން ބެލްޓަށް ދޫކޮށްލިއެވެ. ފަލަކްގެ ދައުވަތު ޤަބޫލުކޮށްފީމޭ ބުނަމުންނެވެ.

”ހެ ހެ ހެ ހެ، ޔޫޝްއަށް އަހަރެން އަތު ނުލެވޭނެ…………” ކުއްލިޔަކަށް ޔޫޝައުގެ ކަންފަތުގައި ގުގުމާލީ އަންހެންވަންތަ ހުނުމެއްގެ އަޑެވެ. އެއަޑުން އޭނަ ގެނބެމުން ދިޔަ ލައްޒަތުގެ ދުނިޔެއިން ހޭލައްވާލައިފިއެވެ. އެއާއެކު އޭނައަށް ފަލަކްއާ ދުރަށް ޖެހިލެވުނެވެ. އޭނައަށް ފަލަކްއަށް ބަލަން ހުރެވުނީ ބޮޑު ބިރެއް ފެނުނު ފަދަ ގޮތަކަށެވެ. އެއަށް ފަހު އަމިއްލަ ނަފްސަށް ނަޒަރު ހިންގާލެވުނެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ. އެހާ ދުރަށް ނުދެވުނުކަން އެއީ ކާކުގެ ނަސީބެއް ކަމެއް ނޭގެއެވެ. ޔޫޝައު ޖިންސްގެ ގޮށްތައް އަޅުވަމުން ދުރަށް ޖެހުނެވެ. އެދިޔަ ބާރުމިނުގައި ގޮސް އޭނަ ވަނީ ފާޚަނާ އަށެވެ. ދޮރު ލައްޕާލި އަޑުން ހީވީ ގުގުރިއެއްގެ އަޑު އިވުނު ހެންނެވެ.

ފަލަކްއަށް ނުރޮވުނީ ކިރިޔާއެވެ. ބެޓްޝީޓް އަތަށް ބޮނޑިކޮށްލެވުނެވެ. އޭނައަށް ހަމަ އެހެން އޮވެވުނީއެވެ. ހިތަށް ތަދުވިވަރުންނެވެ. އޭނަ ހީކުރީ ޔޫޝައު އޭނަގެ އަވާގައި ޖެހި އޭނަ ގެންދަން ބޭނުންވި ހިސާބަށް އެހިތް ގެންދެވޭނެ ކަމަށެވެ. ނަމަވެސް ކަންތައް މިވީ ދިމާ އޭގެ އިދިކޮޅަށެވެ. އެންމެ ހޫނު ވާންވީ ހިސާބުން ޔޫޝައުއަށް ހަމަހޭވެރިކަން ވީއެވެ. އޭނަ އޮތް ހާލާ މެދު ވިސްނާލެވުނީ ދެނެވެ. ކަރުނަތައް ފޮހެލަމުން އޭނަ އެނދުން ތެދުވުނެވެ. އަދި ލަސް ހިނގުމެއްގައި ގޮސް ނައިޓީނަގައި ހަށިގަނޑު ނިވާކޮށްލިއެވެ. އޭރުވެސް ކަރުނަތައް ހިފެހެއްޓުމެއް ނެތި ފައިބައެވެ.

ފެންމާގަނޑަށް ދޫކޮށްލި ޔޫޝައު ހުރީ ފާރުގައި ދެއަތް ވިއްދާލައިގެންނެވެ. ފެންމާގަނޑުން އޮހެމުން ދިޔަ ފެންތައް ހުރަހެއް ނެތި އެހަށިގަނޑުގައި ބޮސްދެމުން ދިޔައެވެ. ފައިބަމުން ދިޔަ ފިނިކަން އެކުލެވިގެންވާ ފެނަށް ވެސް އޭނަގެ ރުޅިގަނޑު ފިނިކޮށް ނުލެވުނެވެ. ދަތްކުނޑިވިކާލައިގެން ހުރިއިރު ދަތްތައް ބިންދައިގެން ދާހާ ވެއެވެ. ފާރަށް ވެސް ގޮށްމުށުގެ އެތިފަހަރެއް ވީއްލާލިއެވެ. ކޮންމެ ފަހަރަކު އޭނަގެ އަމިއްލަ ނަފްސުގެ ކޮންޓްރޯލް ގެއްލެނީ ކީއްވެގެން ހެއްޔެވެ؟ ފަހުން ހިތާމަކުރަން ޖެހޭ ފަދަ ގުޅުމެއް ނުބޭވުނު ކަމާމެދު އޭނަ ޝުކުރުވެރި ވިއެވެ. ހަމައެއާއެކު ދީމްގެ ޚިޔާލުތަކުން އޭނަގެ ހިތުގައި ވޭން އަޅުވާލައިފި އެވެ. ހުރިހާ ޚިޔާލުތައް ސިކުނޑިއަށް ޖެހިގަތީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ.

****

ޔޫޝައު ފާޚަނާއިން ނިކުތް އިރު ފަލަކް އޮތީ އެނދަށް އަރައި ފުރަގަސް ދީގެންނެވެ. ފަރުވާލެއް ވެސް ބެހެއްޓުމެއް ނެތި އަލަމާރި ހުޅުވާލާފައި ޓީޝާޓަކާއި ސޯޓެއް ނަގައި ލައިގެން އޭނަ ކޮޓަރިން ބޭރަށް ނުކުމެގެން ދިޔައީއެވެ. އޭނަ ގޮސް އެރީ ހާމަ ފެންޑާއަށެވެ. ވަށައިގެން ވަނީ ފުން ހިމޭންކަމެކެވެ. އެހިމޭންކަމުގެ ތެރޭން ތަރިތައް ވިދާބަބުޅަމުން ދާއިރު ރޭގަނޑުގެ ފޭރާން މެދުން އިރާލައި ހަނދު ވެސް ފަރިވެލައިގެން އިނެވެ. ހަނދަށް ގޯނާ ކުރަމުން ދިޔަ ވިލާތަކާ ހަނދު ހަނގުރާމަ ކުރަނީ ވަރަށް ވެސް ހުޝިޔާރުކަމާއެކުގައެވެ.

ޔޫޝައު ގޮސް އުނދޯލީގައި ޖައްސާލި އެވެ. ފެންނަން އޮތް ޤުދުރަތުގެ ތަސްވީރުގެ ތެރެއަށް ފީނައިގަންނަމުން އޭނަ މަސައްކަތް ކުރީ ސިކުނޑިއަށް ލުޔެއް ހޯދައި ދެވޭތޯއެވެ. މިރޭ އޭނަ ވަކިން ބޮޑަށް ފަލަކް ދެކެ ފޫހިވެއްޖެ އެވެ.

ޔޫޝައުއަށް ހޭލެވުނީ މީހަކު ގޮވާލި އަޑަށެވެ. ކަންނެތް ގޮތަކަށް ލޯހުޅުވަން އުޅެފައި ވެސް އޭނަ އެމީހެއްގެ އަތް ލީ ދުރަށެވެ. ދެވަނަ ފަހަރުވެސް އެމީހަކު ގޮވާލިއެވެ. ޔޫޝައު ބުމަ ކައިރިކޮށްލަމުން ދެލޯ ހުޅުވާލުމުން ލޮލަށް އުނދަގޫވެގެން ދިޔައީ ހާމްފެންޑާއަށް ވެރިވެފައި އޮތް އިރުގެ އަލިންނެވެ. އޭނައަށް އިޒްކާން ފެނުނީ ވެސް ދެނެވެ. ފުންމައިގެން އޭނަ އުނދޯލިން ތެދުވުނެވެ.

”ގުޑް މޯރނިންގް ސްލީޕިންގ ބިއުޓީ…. މިތާނގަ ޖައްސާލަބަ…” އިޒްކާން އުނދޯލީގައި އިށީންނަމުން ބުންޏެވެ. ޔޫޝައު އާފުރިލަމުން އުނދޯލީގައި އިށީނެވެ. އިޒްކާން ކުރިމަތި ކޮށްފާނެ ސުވާލަކަށް ދޭނެ ޖަވާބަކާ މެދު ވިސްނާލަމުންނެވެ. އެހެނަސް އިޒްކާން ފެށީ މުޅިން އެހެން ވާހަކަ އެކެވެ. ދެބެއިން މަސް ޓްރިޕަކު ދާ ވާހަކައެވެ. ދާނެ ދުވަހާއި ވަގުތާއި ގެންދާނެ އެއްޗިއްސަށް ދާން ދެން ހަމަޖެހިގެން ދިޔައެވެ. އެއާއެކު ޔޫޝައުއަށް ހަމަޖެހުމެއް ވެސް ލިބުނެވެ.

****

ބަލްޤީޝް ހެނދުނުއްސުރެ ހުންނަނީ ފިކުރެއްގެ ތެރޭގައެވެ. އޭނައާއި މިހާރު ދެފަހަރެއްގެ މަތިން ރަސަލް ސުވާލު ވެސް ކޮށްފިއެވެ. ބަލްޤީޝް ކޮންމެ ފަހަރަކު ފަށުވި ދޮގެއް ހަދާލައެވެ. އޭނަ އެހުންނަނީ ރަސަލް އޮފީހަށް ނުގޮސްގެންނެވެ. ހެނދުނުގެ ނާސްތާ ނިމި ރަސަލް އޮފީހަށް ދިއުމާއެކު ބަލްޤީޝް ޑްރައިވަރަކަށް ގޮވާލިއެވެ. އެމީހާ ދުވަމުން އައިސް ބަލްޤީޝްއާ އަރާހަމަކޮށްލި އެވެ. ބަލްޤީޝް އެންގީ ކާރު ނެރުމަށެވެ. ޑްރައިވަރު ގަރާޖުން ކާރު ނެރެން ވާއިރަށް އޭނަ ހުރީ އަތްދަބަސް ކޮނޑުގައި އަޅުވާލައިގެން ފެންޑާއަށް ނުކުމެއެވެ. މާހުތާބްގެ ލޮލުގައި ބަލްޤީޝް އަޅައިގަތެވެ. ހައިރާންކަން ވެސް ލިބުނެވެ. ބަލްޤީޝްއަކީ ދުވަހަކު މިގަޑީގައި ބޭރަށް ދާ މީހަކަށް ނުވާތީއެވެ. ބަލްޤީޝްއާ ސުވާލުކޮށްލަން ވެސް ހިތަށް އެރިއެވެ. ނަމަވެސް ގޯސްވެފައިވާ ދެމީހުންގެ އެކުވެރިކަމުގެ ގުޅުމުގެ ސަބަބުން އެހިތްވަރު އެލިގެން ދިޔައީއެވެ. މާހުތާބް ”ހުއް” ކިޔާފައި ތުންފަތް އަރިއަކަށް ދަމާލަމުން ގޮސް އޭނަގެ ކޮޓަރިއަށް ވަދެއްޖެއެވެ.

”މިތަނަށް މަޑުކުރޭ…” ބަލްޤީޝް އޭނަ ދާން ބޭނުންވާ މަންޒިލާ ތަންކޮޅެއް ދުރު ހިސާބަކަށް ކާރު މަޑުކޮށްލުމަށް އަމުރުކޮށްލިއެވެ. ޑްރައިވަރު ބަލްޤީޝް ބުނި ފަދައިން ކަންތައްކޮށްދިނެވެ. ބަލްޤީޝް ކާރުން ފައިބަމުން އަދްދަބަސް ތެރޭ އޮތް އޭނަގެ ފޯނު ނެގިއެވެ. އަދި މީހަކަށް ގުޅާލިއެވެ. މަގުން ދުއްވާ އެއްޗިއްސަށް ސަމާލުވަމުން އޭނަ ކުރިއަށް ހިނގައިގަތެވެ.

”މިކައިރި ކުރަނީ…” މިހެން ބުނެ އެކޮޅުން ވާހަކަ ނުދެއްކެނީސް ބަލްޤީޝް ފޯނު ކަނޑާލިއެވެ. މަންޒިލާ ހަމައަށް ދެވުނުއިރު ގޯޅިއެއްގެ ކަންމަތިން ބޮލުގެ އިސްތަށިގަނޑު ދިގުކޮށްލާފައި ހުރި ޒުވާނަކު ފެނިއްޖެއެވެ. ބަލްޤީޝް އެދިމާއަށް ހިނގައިގަންނަމުން ފަހަތުން މީހަކު އަންނަތޯ ވެސް ބަލާލިއެވެ. ބަލްޤީޝް ފެނުމާއެކު އެޒުވާނާ އިޝާރާތް ކޮށްލީ ގޯޅިގަނޑުގައި ހުރި ގެއަކަށެވެ. އަދި އޭނަގެ ފަހަތުން އައުމަށް ބުންޏެވެ. ދެމީހުންގެ ދެމެދުގައި ދެކެވޭ ވާހަކަތައް އެހެން މީހަކަށް އަޑުއިވެން ބޭނުން ނުވާތީއެވެ. އެޒުވާނާގެ ފަހަތުން ގޮސް ބަލްޤީޝް ވަނީ ތިން ބުރިއަށް ނަގާފައިވާ ގެއަކަށެވެ. ދޮރާށިން އެތެރެއަށް އެޅި ފިޔަވަޅާއެކު ބަލްޤީޝް ހުއްޓުމުން ޒުވާނާ ހިނިތުންވެލިއެވެ.

”ގިނަ ވާހަކަތައް ދެއްކޭކަށް ނެތް، މަ ބުނި ކަންތައް މިރެއަށް ފުރިހަމަވެ ނިމެން ޖެހޭނެ، ނޯ ޑިލޭއި…” ބަލްޤީޝްގެ އަޑުގައި އަމުރުވެރި ގޮތެއް ހުއްޓެވެ. އޭނަ އަތްދަބަސް ތެރޭން ފައިސާ ބޮނޑިއެއް ނެގިއެވެ.

”ވިހި ހާސް؟…” އޭނަ ފައިސާ ބޮނޑި އަތުލަމުން ޔަޤީންކޮށްލަން އެހިއެވެ.

”އާނ، ކަލޭ ބޭނުންނަމަ ގުނިޔަސް މަށަށް ވަރިހަމަ، ބުނަން މިކަން ޕްރޮފެޝަނަލް ކަމާއެކު ވެ ނިމެން ޖެހޭނެ، ޝައްކެއް ވުމުގެ ފުރުސަތެއް ވެސް އޮވެގެން ނުވާނެ!، ޕޮލިހުންނާ މެދު ހާސްވާނެ ކަމެއް ނެތް، އެކަން އަހަރެންގެ އަތްމައްޗަށް ދޫކޮށްލާ…. ބުނަން، އަހަރެންގެ ނަން ވެސް މިކަމުގެ ތެރެއަށް އައިސްގެން ނުވާނެ!… ސާފު ވެއްޖެ؟….” ބަލްޤީޝް އިއްވާލިއެވެ.

ހެވިފައި ހުރެ ޒުވާނާ އާނ ބަސް ދެމުން ބޯޖަހާލިއެވެ. ފައިސާ ފެނި އޭނަގެ ހޭބުއްދި ފިލާ ދިޔަ ކަހަލައެވެ. އޭނަ އެފައިސާ ގެންދިއުމަށް އެދި މީހަކަށް ގޮވާލިއެވެ.

”އަން މިއޮތީ އެދެމީހުންގެ ފޮޓޯ، ކިޑްނޭޕްކުރުމަށް ފަހު ހަދަން ވީ ގޮތެއް އެނގޭނީ ކަލޭ މެންނަށް…” ބަލްޤީޝް ދެފޮޓޯއެއް ނަގައި ދައްކާލިއެވެ. އެއާއެކު ޒުވާނާއަށް ހައިރާންކަން ލިބިގެން ދިޔަ ކަން މޫނަށް އަރައިގެން ދިޔަ ކުލަވަރުން ފާޅުވެގެން ދިޔައެވެ. އޭނަ އަތުލީ ފަލަކްގެ ފޮޓޯއެކެވެ. އަދި ކުރިން ގޮވި ކުއްޖާއަށް އަނެއްކާ ވެސް ގޮވާލިއެވެ. ޕިސް ޕިސް ލައްވަމުން އޭނަ އައީ ރުޅި އައިސްފައި ހުރެއެވެ. އޭނަ ފެންނައިރަށް ފަލަކްގެ ފޮޓޯ ދައްކާލަމުން ދެޒުވާނުން ވާހަކައެއް ދެއްކިއެވެ. ބަލްޤީޝްއަށް ރަގަޅަށް އަޑު އިވޭ ގޮތެއް ނުވިއެވެ.

”މިމަންޖެ ދޯ ފިރިހެނަކާއެކު އައީ އެއްކަލަ ޓެބްސް ގަންނަން؟، މަށަށް ހީވަނީ މީނަ ހެން، ވަރަށް ގައްޑާވެލާފައެއްނު ވާހަކަ ދެއްކީ ވެސް…. އޭނައަށް ވެއްޖެއްޔާ ކިތަންމެހާ ވެސް ރަގަޅު…. ބޮޑު ފައިދާ ގަނޑެއް ވެސް ލިބޭނެ، ހެ ހެ ހެ ހެ…….” ޒުވާނާ ޔަޤީންކޮށްލަން އެހި އެވެ. އެއާއެކު އަނެއް ޒުވާނާ އެއްބައި ވެލުމުގެ ގޮތުން ބޯޖަހާލިއެވެ. ދެމީހުންގެ ތުންފަތުގައި ވެސް ވަނީ ފުޅާ ހިނިތުންވުމެކެވެ. އެއަށްފަހު ބަލްޤީޝްއަށް އެދެމީހުންގެ ސަމާލުކަން ހުއްޓިގެން ދިޔައެވެ.

”މައްސަލައެއް ނެތް، މިރެއަށް މިކަން ކޮށް ނިމޭނެ، ޕްލޭންގެ ދެން އޮތްބައި ފުރިހަމަ ކުރަން އެނގޭނީ ބަލްޤީޝްއަށް…” އޭނަ ބުންޏެވެ.

”މަޑުކޮށްބަލަ، އެ ދަންނަ މީހަކީތަ؟…” މިއޮއް ހުރިހާ އިރުވަން ދެން ބަލްޤީޝްގެ ހިތުގައި ވިކާލަމުން ގެން ދިޔަ ސުވާލު އޭނަ ފެންމަތިކޮށްލިއެވެ. ހިތް އަވަސް ވެފައި ހުރެއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ފޮހެވޭނޭ ބާއޭ… 44

Next

އަނިޔާ… 22 ވަނަ ބައި

Next
December 30, 2015

އަނިޔާ… 22 ވަނަ ބައި

Previews
December 29, 2015

ފޮހެވޭނޭ ބާއޭ… 44

23 Comments!

  1. vily says:
    December 30, 2015 at 3:54 am

    Wowwww
    Muthaaaa ure story z nice
    love to read
    a lovely story

  2. Sanmu says:
    December 30, 2015 at 5:13 am

    Its awesome

  3. Sandy says:
    December 30, 2015 at 6:00 am

    Quick please…..waitingg

  4. mice says:
    December 30, 2015 at 6:18 am

    hurihaa baeh vex varah varah reethi………….

  5. sadh says:
    December 30, 2015 at 7:13 am

    Mutha hama evvana 😉 thanks for the lovely story

  6. areesh says:
    December 30, 2015 at 8:19 am

    dhen fashaanee blackmail kuranhen haadha heeveyey

  7. Kai says:
    December 30, 2015 at 9:37 am

    Wow the story is awesome 😛 😛 waiting 4 the nxt prt 😀 😀 dhen vaanee kihinei baa hehehe 😉

  8. Shabee says:
    December 30, 2015 at 10:03 am

    muthaa please aneh Bai avas kiyaa hithun hurevenee eh noon please avas

  9. handi says:
    December 30, 2015 at 10:12 am

    dhen alhe mihaaru mi story ga vaa goih foohi.. izkaan n yasm gulhuvabala..

    1. SARA says:
      December 30, 2015 at 11:55 am

      V salhi.. raakin baa anekkaa. V reethi ..

  10. hadhee says:
    December 30, 2015 at 10:17 am

    Wow its really v nice… Plx avahah up kohba…

  11. Ainth says:
    December 30, 2015 at 11:59 am

    V salhi

  12. mixoo88 says:
    December 30, 2015 at 12:46 pm

    Wow….. Great job mutha…
    Waiting for the next part…..:)

  13. reema says:
    December 30, 2015 at 12:54 pm

    hey assluvess varah reethi vaaahak ekko liye nimuneema kiyan hureevess. ekamu kudhin reachey kiyaavarun hama nuhurevigen mihaaru mi kee 45 part aa hama ah. i cant wait mihaaru hama gadi aku effaharu belenee up veyto

  14. Shaaa says:
    December 30, 2015 at 1:45 pm

    V nice…. I love this story…

  15. MarSha says:
    December 30, 2015 at 1:58 pm

    Koba muthaaaa??? When next part???????

  16. angel says:
    December 30, 2015 at 4:14 pm

    Izkaan aa yashm aa gulhuvaba plxxx…

  17. Anonymous says:
    December 30, 2015 at 4:16 pm

    Haadha haasaru gina ey.. foohivey mivaahaka kiyanves mihaaru. Kurin ok. Mihaaru v hadi. Muthaa ah egenee haasaru dhaman. Mihaaru mi site ah vaahaka liyaa aalaathun nah neygey reethi vaahaka eh liyaakah .. shame on u esfiya site ge all writers

    1. ifaa says:
      December 30, 2015 at 4:31 pm

      mind your launguage

    2. zaha says:
      December 30, 2015 at 9:39 pm

      write ur own story. dhn think of how to continue it. vaahaka liyumakee ves hunare. e varah vaguthu benun vakame. vaahaka kuriya gen dhaane gothaa vahaka reethi vaane go igeyny vaahaka liyaa meehaka. so u try to wtie one and dhn think how u have written it. after that comment

  18. maasha says:
    December 30, 2015 at 7:55 pm

    Plx next part up kohlaba… Till morning i am waitin for the nex part…?

  19. saf says:
    December 30, 2015 at 11:21 pm

    Abadhu vx mivaahaka tha hunnany dhen thi ninmaalan vehje ehnu dw vaahaka ryhchakas maa gina bai thah knme dhuvahaku hunnaathy v foohi

  20. fathun says:
    December 31, 2015 at 10:36 am

    haadha lahey next part ah inthizaaru koh koh varubalivany muthaa… plx avahah up kollabala.. n story hama habeys.. v rythi

Comments are closed.


All Right Reserved!