Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައި ވިޔަސް… ( 11ވަނަ ބައި)

writer Level 310 Stories100 Comments
January 13, 2016 6 Mins Read
23 Comments

އަވަސް އަވަހަށް ހިނގާފައި މާޔާ ދިޔައިރު އިރު އިރުކޮޅާ ލޯ ފުހެލައެވެ. މާޔާއަށް މިކުރެވުނީ ކީއްެހެއްޔެވެ. ނަކީލްގެ ލޯތްބަށް ބޭނުންވެފައި ހުއްޓާވެސް އެއަށް އިންކާރުކުރެވުނީ ކީއްވެހެއްޔެވެ. މާޔާ އަމިއްލަ ނަފްސަށް މަލާމަތް ކުރާ ކަހަލައެވެ. ލޯބި ވާންވެސް އެނގުނީ ތިމާއާއި އެކަށީގެން ނުވާ މީހަކާއިއެވެ. ނަސްލުގެ ގޮތުންވެސް ނަސަބުގެ ގޮތުން ވިޔަސް މާޔާއާއި ނަކީލް އެއްހަމައެއް ނުކުރެވޭނެކަން މާޔާވަނީ އަމިއްލަ ހިތަށް ވިސްނައިދީފައި ކަހަލައެވެ.
ހައިފާވެސް ބޭރުގައި އުޅެފައި ކޮޓަރިއަށް އައިވަގުތެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ އަދިރިކަމުގެ ތެރެއިން މާޔާގެ ގިސްލުމުގެ އަޑު އިވެމުންދެއެވެ. ހައިފާ ފާރުގައި އަތް ހާކަމުން ގޮސް ސްވިޗަށް ފިއްތައި ކޮޓަރި ތެރެ އަލިކޮށްލިއެވެ. އެދުގެ ކަނަކަށް ބޮޑިވެގެން މާޔާ ރޯން އިންއިރު ދެ ލޯ ވަނީ ދުޅަވެފައެވެ. ދުވެފައި ކަހަަލަގޮތަކަށް އެކުވެރިޔާ ކައިރިއަށް ދިޔައީ މިފަދަ ގޮތަކަށް މާޔާ ރޯތަން ދުވަހަކުވެސް ފެނިފައި ނުވާތީއެވެ. އެތަށް ގޮތަކުން ސުވާލު ކުރަން ފެށުމުންވެސް މާޔާގެ ފަރާތުން ޖަވާބެއް ނުލިވުނެވެ. ކެތްތެރިކަން ކޮޅުން ލާ އަތަށް ދިޔުމުން އެކުވެރިޔާ އަށް ވަގުތު ދެމުން ހައިފާ ދިޔުމަށް ނިންމިއެވެ. މާޔާ ހައިފާގެ އަތުގައި ހިފައި ހުއްޓުވީ އެކަނި ކޮށްފައި ނުދާށޭ ބުނާ ފަދަައަކުންނެވެ.
” މާޔާ އަހަރެން ފޮނުވާކަށް ބޭނުމެއް ނުވޭ… ބަހައްޓައިގެން ކިޔައިދޭކަށް ބޭނުމެއް ނުވޭ… ދެން ފަހެ…” ހައިފާ ކުދިކިޔައިގަތެވެ.
” ސޮރީ… ” މާޔާ މާފަށް އެދުނެވެ. އަދި މިރޭ ކަންތައް ވެގެން ދިޔަގޮތް ހައިފާއަށް ކިޔައިދިނުމުން ހައިފާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެކުވެރިޔާގެ މޮޔަކަމާއި މެދު ހައިރާންވެފައެވެ.
“އެކަމަކު ސާބަސް މައި އަށް… ނަކީލް ދެކެ އެހާ ލޯބި ވާއިރު ފުރަގަސް ދިނީ ކީއްކުރަންތަ… ” ހައިފާ އަށް ބުނެވުނެވެ.
” އެކަމަކު މަންމަ ނޭނގެ ގަބޫލުވާނެކަމެއްވެސް އެހެން ގައުމެއްގެ މީހަކާއި … އެހެން ނޫނަސް އެއީ މުސްލިމެއް ނޫނެއްނު..” މާޔާ ނޯއްދަމާލަމުން ބުނެލިއިރު ރުއިމުގެ ސަބަބުން އަޑުކުޑަކޮށް ބަދަލުވެފައިވެއެވެ.
” ޕިސް ޕިސް ޕިސް…. އެކަމަކު ވާ ދޯ… މައި ތިއޮށް ވިސްނާ ގޮތެއް ދޯ… އެކަމަކު އަހަންނަށް މީގެ ކުރިން ނޭނގެ ތިއީ ތިހާ މޮޔަ ކުއްޖެއްކަމެއް… ހާދަ މޮޔައޭ ދޯ… ބަލަ ދައްތައެއް ނޫންތަ ބުނީ މައިގެ ހޮވުމަކަށް ދެކޮޅެއްވެސް ނަހަދާނަމޭ.. ދެން އެއީ އަދި މާ ފަހުގެ ކަމެއްތާ… ނަކީލް މާޔާ އެހާ ވަރަށް ބޭނުމިއްޔާ އިސްލާމްވެސް ވެދާނެއެއްނު…” ހައިފާ މަސައްކަތްކުރަމުން ދިޔައީ މާޔާއަށް ވިސްނައިދެވޭތޯއެވެ.
” ނަކީލް ގެ ނަމުގައި އިނދޭ މުހައްމަދު ވެސް… އޭނގެ މާނައަކީ އެއީ މުސްލިމް ނަމެއް ނު… އެހެންވީމަ އެއީ މުސްލިމެއް ނު.. ތިހެން ވާނީ ކްލާހުގައި ދައްކާ ވާހަކަ އަޑު ނާހަންޏާ ” ކުއްލިއަކަށް އެއްޗެއް ހަދާންވެގެން ބުނާ ފަދައަކުން ހައިފާ ބުނެލިއެވެ. މާޔަ ހައިފާ އާއި ދިމާލަށް ބަލަން ހުރީ ޔަޤީން ނުވެފައެވެ. އަނެއްކާވެސް އިސްޖަހާލީ މިރޭ ކުރެވުނު ކަންތައް ހިތަށް އެރުމުންނެވެ.
” އަދިވެސް މާލަސް ނުވޭ ކަންނޭނގެ… މައި ބޭނުމިއްޔާ އަދިވެސް މައި ހިތުގައިވާ އެއްޗެއް ބުނެވިދާނެ…” ހައިފާ ހިއްވަރުދިނެވެ.
އެބަސްތަކުން މާޔާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނު ފަދައެވެ. އެކުވެރިޔާގެ ގައިގައި ބައްދާލީ އުފަލުންނެވެ.
………………………………………………………………………………
‘ނަކީލް… ކީލް..” މާޔާ ނަކީލްގެ ފަހަތުން ދުވެފައި ކަހަލަ ގޮތަކަށް ކޮލެޖް އިން ނިކުމެގެން އައީ ނަކީލް އަޅާވެސް ނުލާ ދިޔުމުންނެވެ. ބޭރުގައި ޕާކްކޮށްފައިވާ ރަތް ކުލާގެ ކާރަށް އަަަރަން ތައްޔާރަށް ހުރި ނަކީލް ފަހަަތް ބަލާލީ މީގެ ކުރިން ދުވަހަކު ވެސް އެނަމުން ނަކީލް އާާއި މުހާތަބުކޮށްފައި ނުވާތީއެވެ. މާޔާ ނަކީލް ކައިރީގައި މަޑުޖެހިލިއިރު މާނޭވާ ލެވެމުން ދެއެވެ.
” އައި އެމް ސޮރީ…” މާޔާ ނަކީލް ކިބައިން މާފަށް އެދުނެވެ.
” އަހަންނަށް އެނގޭ އަހަންނަށް ކަންތައް ކުރެވުނީ ވަރަށްވެސް ގޯސް ކޮށްކަން އެކަމަކު ވެސް އެއީ އަހަންނަށް ނުވިސްނިގެން… ކުއްލިއަކަށް އެފަދަ އެއްޗެއް ބުނުމުން ހަދާނެ ގޮތް ނުވިސްނުނީ… އައި އެމް ސޮރީ..” މާޔާ މޮޅިވެފައިވާ ރާގެއްގައި މާފަށް އެދެމުން ދިޔައިރު ނަކީލް ހަމަ އެއްވެސް ހަރަކާތެއް ނެތި މާޔާއަށް ބަލައިގެން ހުރީއެވެ.
” މާޔާ… އައި ޑޯންޓް ހޭވް ޓައިމް ފޯ ޔުރަ ނޮންސަންސް… ” ނަކީލް ހިތްހަމަނުޖެހިފައި ބުނެލިގޮތުން މާޔާ އަށް އިސްއުފުލާ ބަލާލެވުނެވެ.
” ޓެސްޓް ކައިރިވާތީ މާކްސް ބޭނުންވެގެންތަ ތިއައީ… އެހީއެއް ބޭނުމީ ދޯ… ލުކް މާޔާ .. މިހާރުން ފެށިގެން މާޔާއާއި އެހެން ކުދީންނާއި އެއްވެސް ތަފާތެއް އަހަރެންގެ ނަޒަރުގައި ނެތް… މާޔާ އަށް ރަގަޅު ވާނީ އަހަރެން ހަމަ އެކަނި މާޔާގެ ޓީޗަރެއްގެ ހައިސިއްޔަތުން ދެކުނިއްޔާ…” ނަކީލް އަޑު އެއްހަމައެއް ގައި ހިފަހައްޓަމުން ބުނެލިއެވެ. ކާރާށް އަރާ އެންމް ފަހަރަކު މާޔާއަށް ބަލައިވެސް ނުލައި ސްޓާޓްކޮށްލިއެވެ.
ނަކީލްއަށް މޭގައި އަތް އަޅާލެވުނީ ހިތަށް އުދަނގޫ ވަމުންދާތީއެވެ. މާޔަ ބޭނުންވަނީ ކޯއްޗެއް ހެއްޔެވެ. ނަކީލްގެ ލޯތްބަށް އެގޮތަށް އިންކާރުކުރުމަށް ފަހު ދެން އެހެން އުޅުމުގެ ބޭނުމަކީ ކޮބައި ހެއްޔެެވެ. ކޮންމެ ދުވަހަކު ކްލާހުން އެސޫރަ ފެންނާތީވެސް ނަކީލްގެ ހިތް ޒަހަމްވެެއެވެ. އަމިއްލަ ހައްޤަކަށް ނުވާނެކަން އެނގޭތީވެސްމެއެވެ. މާޔާ ބުނި ގޮތުންނަމަ ނަކީލް މާޔާއާއި އެކަށީގެން ނުވެއެވެ.
އެއް ސެމިސްޓަރ ނިމިގެން ދިޔައީ މާޔާ ހިތުގެ ހާލަތު ބަޔާންކޮށްދޭން މަސައްކަތް ކުރަނިކޮށެވެ.ނަކީލް ކައރީ އެވާހަކަ ބުނަން ކުރާ ކޮންމެ މަސައްކަތަކީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމެކެވެ. އެހެންނަމަވެސް މާޔާ އެމަސައްކަތް ހުއްޓާލާކަށް ބޭނުމެއް ނުވެއެވެ.
ފާރިލްއާއި އެކީ މާޔާ ވަގުތު ހޭދަކުރާ މަންޒަރު ފެންނަ ކޮންމެ ފަހަރަކު ނަކީލް ހިތުގައި މިހާކު ވިކާލާ ކަހަލައެވެ. ނަކީލްގެ ސިކުނޑީ ނަކީލް އަށް ވިސްނައިދިނީ އެހެން ގޮތަކަށެވެ .މާޔާ ލޯބިވަނީ ފާރިލް ދެކެ ކަމެވެ. އެހެން ކަމަށް ވާނަމަ އެދުވަހު ރީއްޗަށް ބުނެލި ނަމައެވެ. އޭރުން ނަކީލް އެގޮތަށް ބޭޒާރުވާކަށް ވެސް ނުޖެހުނީ ހެވެ.
………………………………………………………………………………
ނަކީލް ބޭރަށް ދާންވެގެން ގެއިން ނިކުތީ ސިކުނޑި ތާޒާކޮށްލުމުގެ ބޭނުމުގައެވެ. ކާރަށް އަރަން ދޮރުހުޅުވާލިތަނާ ފޯނަށް މެސެޖެއް އައި ކަމުގެ ނޮޓިފިކޭޝަން ލިބުނެވެ. ނަކީލް ކާރަށް އަރައި ހަމަޖެހިލަމުން ފޯނަށް ބަލައި ހިނިތުންވެވުނީ މެސެޖްކުރި ފަރާތުގެ ނަން ފެނުމުންނެވެ.
“ވަރަށް ދުވަސް ވެއްޖެ މިހެން ބުނަން ބޭނުން މަސަައްކަތްކުރާތާ… އެކަމަކު ކީލް އަހަންނަށް އެކަމުގެ ފުރުސަތެއް ނުދިން…” މާޔާ މެސެޖްގައި އިގިރޭސިން ލިޔެފައިވާ އިބާރާތްކޮޅު ކިޔާލަމުން ދިޔައީ ފަރުވާތެރިކަމާއި އެކުގައެވެ.
މާޔަ ގުޅުމުން ފޯނު ނުނެގިކަމުގައި ވިޔަސް މާޔާ ފޮނުވާ މެސެޖްތަށް ނަކީލް ބާރާބަރަށް ކިޔައި ހަދައެވެ. އެހެންނަމަވެސް އެހެން ދުވަސް ތަކާއި ހިލާފަށް މިއަދު މެސެޖްގައި ވަނީ މުޅިން އެހެން އިބާރަތްތަކެވެ.
“އަހަންނަކަށް ނޭނގެ ކީލް މި މެސެޖް ކިޔާނެ ކަމެއްވެސް… އެހެން ނަމަވެސް ދެން އިތުރަކަށް ކެތެއްނުވާނެ… މިހުރިހާ ދުވަހަކު ކީލް ކައިރީ ބުނަން ބޭނުންވީ އެންމެ ވާހަކައެއް… އަހަންނަށް ކަންތައްކުރެވުނީ ރަގަޅަކަށް ނޫން.. އަހަންނަށް މާފްކޮށްދީ…” މާޔާ މެސެޖް ކުރީ ހަމަ އެކަނި މާފަށް އެދެން ހެއްޔެވެ. ނަކީލް ފޯނު ބާއްވަން ހިތާވެސް އަނެއްކާވެސް މެސެޖް ކިޔުމާއިގެން ކުރިއަށް ދިޔައެވެ.
” ކީލް ބޭނުމިއްޔާ ދެން ދުވަހަކު ވެސް ކީލް އަކަށް މެސެޖެއް ނުކުރާނަން … އުދަގުލެއް ވެސް ނުކުރާނަން… އަހަރެންގެ ސަބަބުން އެއްވެސް މީހަކަށް އުދަނގޫ ކުރާކަށް ބޭނުމެއް ނުވޭ… އަހަރެން ކީލް ދެކެ ވަރަށް ވަރަށް ލޯބިވޭ..”
ނަކީލްގެ ހިތްއުފަލުން ނަށައިގަތް ކަހަލައެވެ. އެންމެ ފަހަރަކުވެސް މާޔާއަށް ވާހަކަދެއްކުމުގެ ފުރުސަތެއް ދެވުނު ނަމައޭ ހިތަށް އެރިއެވެ. ނަކީލް ފޯނު ނަގައި ނަންބަރަކަށް ޑައިލް ކޮށްލިއެވެ. އަދި ކާރު ބާރު ސްޕީޑްގައި ދުއްވަމުން ދިޔައިރު ނާކީލް ގެ ހިނިތުންވުން އެންމެ މިނިޓްއަކަށް ވެސް ފިލައިގެން ނުދެއެވެ.
ކާރުގޮސް މަޑުކޮށްލީ އިންޓަރނޭޝަނަލް ޑޯމް ކުރިމައްޗަށެވެ. ޑޯމްގެ ކުރިމަތީގައި މަޑުކޮށްގެން ހުރި މާޔާ ފެނުމުން ނަކީލްއަށް ކަޅިޖަހާވެސް ނުލައި ނަލައިގެން ހުރެވުނެވެ.
މާޔާ މަޑު ހިގުމެއްގައި އައިސް ނަކީލް ކުރިމަތީ މަޑުކޮށްލީ އިސްއުފުލާލަން ނުކެރި ހުރެއެވެ. އަނެއްކާ އެ މެސެޖް ނަކީލްއަށް ފެނުނު ބާވައެވެ. ނަކީލް އަހަންނާއި މުޅި އުމުރަށް ދުރުވަނީ ހެއްޔެވެ. ހިތަށް ވެރިވަމުން ދިޔަ ހިޔާލުތަކުގެ ސަބަބުން މާޔަ ހާސްވެފައި ހުރިވަރުން ދެއަތް ދެއަތާއި މޮޑެމުން ދިޔައެވެ. ފަސްމިނިޓް ފާއިތު ވި އިރުވެސް ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ވެރިވެފައިވަނީ ހަމަ ހިމޭންކަމެވެ.
ނަކީލްއަަށް އިތުރަށް ކެތްނުވީ ކަންނޭނގެއެވެ. ކުއްލިއަކަށް މާޔާ މެޔާ ލާ ބޮޑިކޮށްލުމުން މާޔާއަށް ހުރެވުނީ ހައިރާންވެފައެވެ. މާޔާވެސް އަތުން ނަކީލް ގައިގައި ބައްދާލީ ނަކީލްއަށް ބޭނުން ވެފައި ހުރި ވަރުންނެވެ.
” ކުރިންވެސް ބުނިނަމަ… އަހަންނާއި ދުރަށް ދާ ވަހަކަ ދެން ދުވަހަކުވެސް ނުދައްކާތި… އައި ލަވް ޔޫ އަލޮޓް ” ނަކީލް މާޔާ އެންމެ މިނިޓްއަކަށް ވެސް ދުރަށް ފޮނުވާކަށް ބޭނުން ނުވާފަދައެވެ.
” ކީލް އެއްނު އަހަރެން ދޫކޮށްލީ…” މާޔާ ޝަކުވާކުރިއެވެ. މާޔާ ޝަކުވާކުރިއިރު ހީވަނީ ކުޑަކުއްޖެއްެހެންނެވެ. ނަކީލް ނުހޭން ހުރި ކަމުގައި ވިޔަސް ހެވުނީ މާޔާ އެހެން ބުނިލެއް ލޯބިކަމުންނެވެ.
” އަދިވެސް ހެނީތަ… އެއްވެސް މަޖަލެއް ނޫން…” މާޔާ ތުން ފިއްތަމުން ބުނެލިއެވެ.
” އޯކޭ.. ސޮރީ ޕްރިންސެސް…. އިރާދަކުރެއްވިއްޔާ މިހަށީގައި ފުރާނަ ހުރިހާ ހިނދަކު މާޔާ ދޫކޮށެއް ނުލާނަން… ” ނަކީލް މާޔާގެ ލޮލަށް ސީދާ ބަަލާލަމުން އިތުބާރާއި ޔަޤީންކަން ދިނެވެ.
…………………………………………………………………………..
އެރޭގެ ފަހުން ނަކީލް އާާއި މާޔާ ވެސް ލޯބިވެރިންގެ ލިސްޓް އިން ޖާގަހޯދިއެވެ. މުޅި އުމުރަށްވެސް އެކީ އުޅުމުގެ ފޮނި ހުވަފެން ތަށް ދެކެމުން އައީ އުފާވެރިކަމާއިއެކުގައެވެ. ދުވަހަކުވެސް ވަކި ނުވާނެ ކަމުގެ ވައުދާއި ހުވާކުރަމުންނެވެ. މާޔާ އަހަރީ ޗުއްޓީ ލިބުމާއި އެކު ރަށަށް ދާން ބޭނުންވީ މަންމް ދެކިލަން ބޭނުންވާތީއެވެ. އަދި ނަކީލްގެ ވާހަކަ ވެސް މަންމަ ކައިރީ ދެއްކުމުގެ ފޮނި އުއްމީދުގައެވެ. ދެ ލޯބި ވެރިން ވެސް އެދުވަހު ސަލާން ކުރީ ދުރުގައި ވިޔަސް އަބަދުވެސް ލޯބި ވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެމުންނެވެ.
މާޔާގެ މަންމަ އާރިފާ ކައިރީ ކުއްޖަކާ ރަށްޓެހިވި ވާހަކަ ބުނުމުން އާރިފާ އުފާވިއެވެ. އަދި ނަކީލް އާއި ބެހޭ މައުލޫމާތު މާޔާއަށް އެނގިފައިވާ މީންވަރަކުން ކިޔައިދިނީ މަންމަ ފަރާތުން އެދެވޭ ކަހަލަ ޖަވާބެއް ލިބޭތޯއެވެ. އާރިފާގެ ޖަވާބުން މާޔާ އުފަލުން ނަށައިގަނެވުނެވެ. ދަރިފުޅުގެ އުފަލަށް ހުރަސް އަޅާކަށް މަންމަ ބޭނުން ނުވާކަމާއި މާޔާ އިންޓާންޝިޕް ހަދަން އެކޮޅަށް ޗައިނާއަށް ދިޔުމުގެ ކުރިން ނަކީލް އާއި ވާހަކަ ދެއްކުމަށްފަހު ކައިވެނި ކުރުމަށް އެދުނެވެ. އެހެނީ ޒުވާން އަންހެން ކުއްޖަކު އެކަނި އެކަހަލަ ގައުމެއްގައި އުޅޭއިރު ފާފައަކށް އެރިދާނެ ކަމުގެ ބިރަށްޓަކައެވެ. އަދި މާޔާއަަށް ފުރިހަމަ އަށް އިތުބާރު ކުރާ ވާހަކަ ބުނެ މާޔާގެ ގައިގައި ބައްދާލީ ނުހަނު ލޯބިންނެވެ.
………………………………………………………………………..
” ބައްޕަ ދައްކާ ވާހަކަ އަޑު އަހަންޏާ ހަމަ މިހާރު ތިކުއްޖާއާއި ރުޅިވޭ… ” ނިހާލް އަމުރުވެރިގޮތަކަށް ބުނެލީ ނަކީލް ދައްކަމުން ދިޔަ ވާހަކަ ރަގަޅަށް ފުރިހަމަވެސް ނުކުރެވެނީސް އެވެ.
” އެކަމަކު ބައްޕާ.. ކޮބާ މައްސަލައަކީ..” ނަކީލް ބައްޕަ އާއި ސުވާލުކޮށްލީ ބައްޕަ ނުރުހުނު ސަބަބު ނޭނގުމުންނެވެ.
” މިހާވަރަށް ބުނުމުން ފުދެން ޖެހޭނެ… ޖަދަލް ވެސް ކުރަން ފެށީތަ…” ދެން އިވިގެން ދިޔައީ މެލީސާގެ އަޑެވެ.
ބައްޕައާއި އެއްގޮތަށް މަންމަ ވެސް މިކަމުގައި ދެކޮޅު ހަދަނީ ކީއްވެ ހެއްޔެވެ. މިހާތަނަށް ނަކީލްގެ އެންމެ އެދުމަކަށް ހުރަސް އަޅާފައި ނުވާއިރު މިކަމަށް ހުރަސް އަޅަނީ ކީއްވެ ހެއްޔެވެ. މާޔާގެ ކިބައިގައި ހުރީ ކޮން އުނި ކަމެއް ހެއްޔެވެ.
” މަންމާ… ބައްޕާ… އަޅުގަނޑަކަށް ނޭނގެ މިކަމާ ބައްޕަމެން ނުހުރޭ ސަބަބެއް… މާޔާ އެއީ ވަރަށް ރަަގަޅު ކުއްޖެއް..” ނަކީލްގެ ބުނެލީ މަޑުމައިތިރި ކަމާއި އެކުގައެވެ. ނަކީލް އަބަދުވެސް މައިންބަފައިންނާއި ވާހަކަ ދައްކައި ހަދަނީ އަދަބު ވެރިކަމާއި އެކުގައެވެ.
” ނަކީލް… ދަރިފުޅުގެ ކައިވެނި އިނީ މާކުރިންވެސް ޖެނީ އާއި އެކީ ކުރުމަށް ހަމަޖެހިފަ… މިހެން މިވީ މަންމަ މެން ނުބުނުމުން ކަންނޭނގެ..” ރުޅިމަޑުކޮށްފައި މެލިސާ ބެލީ ނަކީލްއަށް ވިސް ނައިދެވޭތޯއެވެ.
” އެހެން ވިއްޔާ އަޅުގަނޑުގެ ޖަވާބަކީ ތިކައިވެންޏެއް ދިރިހުރިހާ ހިދަކު ނުކުރާނަމޭ..” ނަކީލް ޖުމްލައަށް ބާރުލާފައި ބުނެލިއެވެ. ކޮންމެ ހާލެއްގައިވެސް މާޔާ ގެއްލޭކަށް ނަކީލް ބޭނުމެއް ނޫނެވެ.
” ނަކީލް..” ގޭގެ ބޮޑު ހޯލުގައި ނިހާލްގެ ހަޅޭކުގެ އަޑު އެވަގުތު ގުގުމާލިއެވެ. ދުވަހަކުވެސް އެމީހުންގެ އެދުމަކާއި ނަކީލް ދެކޮޅު ހަދާފައި ނުވުމުންނެވެ.
” މިހާރު ތި ބުނާ އަންހެން ކުއްޖާތަ މުހިއްމީ މައިންބަފައިންނަށް ވުރެ.. ބޭނުން އެއްޗެއް ބުނާހާއިރަށް ހޯދައިދީ އެހާ ލޯބިދީގެން ބޮޑުކުރީމަވެސް އިސްވަނީ އެހެންމީހެއް ދޯ… ނަކީލް އަކަށް ލާހިކެއް ނޫން އެކުއްޖާއާއި ކައިވެނި ކުރެވޭކަށް… އެކަހަލަ ރަށްފުށުގެ ކުއްޖަކު ކިހިނެތް ގެންނާނީ… އެންމެންގެ ތެރޭގައި އަަހަރުމެންގެ އަގުވައްޓާލަންތަ ބޭނުންވަނީ…އޭން… އެހެން ނަސްލުގެ މީހަކާއި އިންނަން ތިއުޅެނީ ރީތި ކޮރެއާ ކުދިން މަދުވީމަތަ…ދެން ނިކަން އިދެބަ ތިކުއްޖާ އާއި… ލާހިކެއް ނޫން..” ނިހާލު ރުޅިއައިސްގެން ތުރުތުރުއަޅާ ކަހަލައެވެ.
މަންމާއާއި ބައްޕަ އެހާ ޒަމާނީ ބައްޔަކަށް ވެފައިވެސް އެކަހަލަ ހިޔާލެއް ގެންގުޅޭތީ ނަކީލް ދެރަވިއެވެ. ދެނަސްލަށް ނިސްބަތް ވުމަކީ ކުށެއްހެއްޔެވެ. ލޯބިވުމުގެ ހައްޤު އޮންނަނީ އެބައެއްގެ ތެރޭގައި އެކަނި ހެއްޔެވެ. މިފަދަ ލޯތްބެއް ވުމަކީ ކުށެއް ހެއްޔެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

މި ހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ

Next

އަލްމާޝް 18

Next
January 14, 2016

އަލްމާޝް 18

Previews
January 13, 2016

މި ހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ

23 Comments!

  1. ummm says:
    January 13, 2016 at 10:25 pm

    toooooooooooooooooooooooooooooooooooooooooooooooooooooooooooooo short

  2. xee says:
    January 13, 2016 at 10:25 pm

    Varah salhi, waiting for next part

  3. ummm says:
    January 13, 2016 at 10:26 pm

    but nice. end the past soon. wanna see the future.

  4. Niz says:
    January 13, 2016 at 10:28 pm

    Yeyyy me first…ooh so romantic…vvvv reethi mi part….waiting for nxt
    ..

  5. Niz says:
    January 13, 2016 at 10:29 pm

    No me 4th hahaha

  6. ummm says:
    January 13, 2016 at 10:31 pm

    when is next part?

  7. shine says:
    January 13, 2016 at 11:17 pm

    V Nice. Bt its too short dhww…
    Plx plx, make this little bit longer…

  8. aisha says:
    January 20, 2016 at 3:17 pm

    koba new part up kodhdhyba

  9. WAR says:
    January 20, 2016 at 5:41 pm

    WAITING FOR NEXT PART ITS VERY INTERESTING

  10. Mary says:
    January 20, 2016 at 11:16 pm

    Kobaatha new part konirakutha up kol any plx plx avahan up koladybal dhee bala

  11. Mary says:
    January 31, 2016 at 11:13 pm

    Mivaahakaige new paate denkiyaa lakan nulibeyne do? Whiter

  12. Senorita says:
    February 20, 2016 at 2:07 am

    mi vaahaka nuliyan ninmytha

  13. NaAi says:
    March 21, 2016 at 8:24 am

    Heyyy write kobaatha meyge aneh prt hadha laheyyy…

  14. Maishu says:
    March 24, 2016 at 11:35 pm

    Vaahaka liyaane fenvaru neh meehun vaahaka thah liyan fashanee me keekey hithah araigen baa?????

  15. Mirus says:
    March 24, 2016 at 11:36 pm

    Vaahaka liyaane fenvaru neh meehun vaahaka thah liyan fashanee me keekey hithah araigen baa?????

  16. Ishu says:
    March 24, 2016 at 11:42 pm

    I think mikamuge respinsibility nagan jeheynee ESFIYA site ge admin.in…
    Coz they heve the right to make the writers do finish the story….whether the stry is nice or boring…
    So for a website like ESFIYA means must be responsible enough to make the READERS happy…. ????

  17. Ishu says:
    March 24, 2016 at 11:44 pm

    Kobaibaa mi site gai huri vaahakatha nunimmaa hureema ekamuge zinmavaa faraathakee???

  18. Amee says:
    March 24, 2016 at 11:45 pm

    I think mikamuge respinsibility nagan jeheynee ESFIYA site ge admin.in…
    Coz they heve the right to make the writers do finish the story….whether the stry is nice or boring…
    So for a website like ESFIYA means must be responsible enough to make the READERS happy…. ????

  19. xenn says:
    August 29, 2016 at 6:22 am

    Mi vahaka liyaaa kuhjaa kobaa tha…vahaka nuninmanyaa liyan nufashaa nama dhw..

  20. jee says:
    October 16, 2016 at 9:39 pm

    Mivaahaka miothy nimifa….nimuny liyan handhaan nethifa:-P

  21. koo says:
    December 4, 2016 at 11:55 pm

    kobaa next

  22. ?? says:
    March 4, 2017 at 11:35 am

    Vhk ekkoh up koh nudhevengnaa vhk nuliyuny r rangalhuvaanyy…

  23. Book lover says:
    April 7, 2017 at 9:41 pm

    V reethi

Comments are closed.


All Right Reserved!