Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަލްމާޝް 20

Ushaali
January 16, 2016
9 Mins Read
87 Views
10 Comments

ދީމާގެ މޫނުމަތީގައި ޖެހި އެތިފަހަރާއެކު ނިމާންގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އެންމެ ހިނދުކޮޅަކުވެސް އެތާ މަޑުނުކޮށް ހިނގައިގަތުމަށްފަހު ހުއްޓިލީ އަޒްމާއާއި އެއްހަމައިގައެވެ. “މާފްކުރޭ ބޮޑުއްތާ… ދީމާއާއި ސުވާލުކުރުމުން ހުރިހާ ސުވާލުތަކެއްޖެ ޖަވާބު ލިބޭނެ”……… އަޒްމާ ދޭނެ ޖަވާބަކަށް ބެލުމެއްނެތި ބާރު ހިނގުމުގައި ނިމާން އެގެއިން ނިކުތީ ހިތްހަމަޖެހިފައިވާ ހިތަކައިގެންނެވެ.

 

 

“އާނ މަންމާ…އަފޫ ބުނީ ދިފޫއަށް ކޯސް ލިބުނީމަ ފެމެލީ އެއްކޮށް ދާނީއޯ…. ވަރަށް ދެރަވޭ އަފޫވެސް ޝަހާވެސް ދިޔާމަ. ޝަހާވެސް ހިއެއްނުވޭ މިކޮޅަށް ބަދަލުވާނެހެން. ޝަހާ ބުނި ޖެން ތިންމަހުން ތިންމަހުން ޓެސްޓް ހަދަންޖެހޭ ވާހަކަ” އަލްމާޝްގެ އިސްތަށިގަނޑުގައި ކްރީމް ހާކަން އިން ފަޒްނާއާއި ވާހަކަދައްކަމުން ދިޔައިރު އަލްމާޝް އިނީ ކުރިމަތީގައި ކުޅެން އިން މާޝަލްއަށް ނަޒަރު ހުއްޓާލައިގެންނެވެ.

“އެއީ ވަރަށް ހުލްޤު ހެޔޮ ދެކުދިން… އެކުދިން މަންމައަށް ހުރިހާ ވާހަކައެއް ކިޔާދިނީ” ފަޒްނާ ބުނި އެއްޗަކުން އަލްމާޝް ސިހުނެވެ. އަވަސް އަވަހަށް ފަޒްނާއާއި ވީ ދިމާލަށް އެނބުރިލަމުން މަންމާއޭ ބުނެލެވުނެވެެ.

“އާނ… ދަރިފުޅަކަށް ނޭނގޭތަ… ނުބުނޭދޯ އެކުދިން އެވާހަކަ… ނިކަން ލާނެއް ކުދިންތަކެއް އެއީ” ފަޒްނާ ހުރިހާ ވާހަކައެއް އަލްމާޝަށް ކިޔާދިނުމުން އެކުވެރިންނަށްޓަކައި އެހިތުގައި ވީ ލޯބު ދެގުނައަށް އިތުރުވެގެން ދިޔައެވެ. ދޮރުން ވަދެގެން އައި ނިމާން އަލްމާޝަށް ވެސް މާޝަލްއަށް ވެސް ބަލާނުލާ އަވަސް ފިޔަވަޅުތަކެއްގައި ސިޑިން އަރައިގެން ދިޔުމުން އަލްމާޝަށް އިނދެވުނީ ބަލަހައްޓައިގެންނެވެ. ކޮންމެސް ކަމެއްވެއްޖެކަން އޭނާގެ ހަވަނަ ހިއްސު ބުނެދިންކަހަލައެވެ. ފަޒްނާއަށް ބަލާލަމުން އެމޫނުމަތީގައި ވެސް ވަނީ ހައިރާންކަމެވެ. އަލްމާޝް ސިޑިން އަރާ ދުއްވައިގަތުމުން ޓައިލްސްމަތީގައި އިން މާޝަލް ނަގާ އުރާލަމުން ފަޒްނާ ވަނީ އޭނާގެ ކޮޓަރިއަށެވެ.

ކޮޓަރީގެ ތަޅުހިފާ އަނބުރާލުމާއެކު ވަރަށް ފަސޭހައިން ދޮރު ހުޅުވިގެން ދިޔައެވެ. ކޮޓަރިތެރޭގައި ނިމާން ފެންނަން ނެތުމުން އަލްމާޝް އެތެރެއަށް ވަދެ ބެލްކަނި ވެސް ބަލާލިއެވެ. އެނދިުމަތީގައި ހުރި ނިމާންގެ އަންނައުނު ފެނުމުން ނިމާންވީ ފާހާނާއިގާ ކަން އަލްމާޝްއަށް އެނގުނެވެ. ނިމާން ނިކުންނަން ވާއިރަށް ބޭލި ޓީޝާޓާއި ސޯޓް ދާވަށިގަނޑަށް ލުމަށްފަހު އަލަމާރިން އާއެއްޗެހި ނަގާފައި ބެހެއްޓިއެވެ. އަދި ޑްރެސިންގް ޓޭބަލް ކުރިމަތީގައި ހުރެ މަޑުމަޑުން އިސްތަށިގަނޑުގައި ފުނާ އަޅަން ފެށިއެވެ. އަލްމާޝް ހީކުރިގޮތާ ހިލާފަށް ބައިގަޑީރު ވީއިރުވެސް ނިމާނެއް ނުނިކުތެވެ. އަލްމާޝް ހިތުިގައި ބިރުވެރިކަން އުފެދުމާއެކު ފާހާނާއިގެ ދޮރުގައި ތަޅަންފެށިއެވެ. އަލްމާޝް މައިތިރިވީ ދޮރު ހުޅުވާލާފައި ނިކުތް ނިމާން ފެނުމުންނެވެ. “މާން…ބިރުންހަލާކުވެއްޖެ… ކީއްތަކުރީ…ހާދަ އިރެއް ވެއްޖޭ” އަލްމާޝްއަށް ޖަވާބެއް ނުދީ ނިމާން ގޮސް އެނދުގައި އިށީނދެލާ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. ” ވަޓް ހެޕެން މާން” ކައިރީގައި އިށީނދެ އަލްމާޝް ނިމާންގެ އަތް ބޮލުން ވަކިކޮށްލާ އަހާލިއެވެ.

“ޝޯނާ… ވަރަށް ބޮޑު މިސްޓޭކެއް ހެދިއްޖެ….ސޮރީ….ވަރަށް ބޮޑަށް ސޮރީ…. ނޭނގެ ބޮޑުއްތަ ހީކުރާނީ ކީކޭ ކަމެއް ވެސް… ދެން ބޮޑުއްތައާއި ކުރިމަތިލާނެ ގޮތެއް ވެސް ނޭނގެ… ބަޓް އައި ޕްރޮމިސް ޝޯނާ… އެވަގުތު ނޭނގެ ވެފައި ހުރި ގޮތެއް ވެސް… ސިކުނޑި ބުނެދިންގޮތަށް ކަންތައް ކުރެވުނީ” ނިމާން އެއްފައްޗަކަށް ކިޔާލިއިރު އަލްމާޝްގެ މޫނުމަތިން ފެންނަނީ ހައިރާން ކަމެވެ.

“ވީކަމެއް ބުނެބާ” ނިމާންގެ އަތުގައި ހިފައި ތަޅުވައިގަންނަމުން އަލްމާޝްއަށް މިހެން ބުނެވުނު އިރު އިނީ ކުޑަކޮށް ރޮވިފައެވެ. ބޮޑުއްތަ ދެރަވާވަރުގެ ނުވަތަ ހިތްހަމަނުޖެހޭ ވަރުގެ ކޮންކަމެއް މާން ކުރީ ބާއޭ އެހިތަށް އަރަމުން ދިޔައެވެ.

“ބޮޑުއްތަގެ ބޮޑުދަރިފުޅު އެއީ އެރޭ މިތާ މިރޫމުގަ” ނިމާނަށް ބުނެވުނީ މިހާ ވަރަށެވެ. އަލްމާޝްއަށް އެނގުނީ ކަންނޭނގެއެވެ.

“ނޫން… ތީދޮގެއް…” އަލްމާޝް އިނީ ނިމާން ބުނި އެތި ގަބޫލު ނުކުރެވިފައެވެ. ދެކަންފަތް މަތީގައި އަތް އަޅައިގެން މޫނު ދެފަރާތަށް ތަޅުވަމުން ދިޔައެވެ.

“ޔެސް ޝޯނާ.. އެއީ އެގާރލްއަކީ… އެނގޭ ޝޯނާ މަށަށް ޓްރަސްޓް ނުކުރާކަން…އެހެންވެ ތި ގަބޫލު ނުކުރެވެނީ…. އެކަމު ކުރިންފަހަރު ވެސް ބުނިގޮތަށް މިފަހަރުވެސް މިހާމަކުރީ ތެދު…” ނިމާން ތެދުވެލާ އުނގަނޑާ ހަމައިގާ އޮތް ތުވާލި ނައްޓުވާލާ ސޯޓަކަށް ބަދަލުކޮށްލާ އަނެެއްކާވެސް އަލްމާޝް ކައިރީގައި އިށީނދެލިއެވެ.

“އާނ… ބޮޑުއްތަގެ ބޮޑު އަންހެން ދަރިފުޅަކީ މަށާ ފާވި ޖިންނި… އަހަރެން މިއައީ ބޮޑުއްތަ ކުރިމަތީގައި އެޖިންނި މޫނު މަތީގައި ބާރު އެތިފަހަރެއް ޖަހާފަ…ދެރަވަނީ ބޮޑުއްތަ ހުރި ގޮތް ފެނުނީމަ… އެގަޑީގައި ކޮންޓްރޯލް ނުކުރެވުނީ ހަމަ… އަގެއިން… އަމް ސޮރީ” ނިމާން ސިހުނީ އަލްމާޝް ނިމާން ކަރުގައި ދެއަތް އަޅުވާލާ ބައްދާލީމައެވެ… އަލްމާޝް ނިމާންއަށް ޓްރަސްޓް ނުކުރާ ވާހަކަ އެފަދަ ގޮތަކަށް ބުނީމަ ދެރަވީ ކަންނޭނގެއެވެ.

“އިޓްސް އޯކޭ މާން…. ހިނގާބާ ބޮޑުއްތައަށް ގުޅާލަން ރުޅިއައްސަތޯ ބަލާލަން”  ކައިރީގައި އޮތް ފޯނު ނަގާ ދެފަހަރަކު އަޒްމާއަށް ގުޅުމުން ވެސް ފޯނަށް ޖަވާބުނުދެއެވެ. އެންމެ ފަހުން ގޭ ލޭންޑް ލައިނަށް ގުޅުމުން އަލްމާޝްއަށް ލިބުނު ހަބަރަކުން ސިހުންވެ ދެލޯ ބޮޑުވިއެވެ. ފޯނަށް ޖަވާބުދިނީ ދިޔާ ކަމަށާއި ދޮންތަ ކޮޓަރީގަ ބޮޑުއްތަ އުޅޭ ކަމަށާއި އިވެނީ މަންމަ ހަޅޭއްެލަވާ އަޑު ކަމަށް ދިޔާ ބުނުމުން ނިމާން ބުނީ ތެދުކަން އަލްމާޝްއަށް ހާމަވެގެން ދިޔައެވެ.

“އަޅާނުލާ…. ދެން މާދަމާ ގުޅާނީ… ބޮޑުއްތަ ވީ ދޮންތަ ކޮޓަރީގަޔޯ ދިޔާ ބުނީ” ނިމާން އިތުރަށް ހާސްކުރުވަން އަލްމާޝް ބޭނުންނުވާތީ ދޮގެއް ހަދާލީއެވެ.

” ކޯފީއެއް ގެނެސްދީ….” އަލްމާޝްގެ ކޮލުގައި ލޯބިކޮށްލަމުން ނިމާން ކޮފީއަކަށް އެދުމުން އަލްމާޝް ކޮޓަރިން ނިކުތީ ހެވިލާފައެވެ.

 

ގަޑިން އިރު އޮށްސި ހަތެއް ޖަހަން ގާތްވެފައި ވަނިކޮށް އަދުނާނާއި ސަމަދު އެކީގައި އައިސް ގެއަށް ވަނެވެ. އާދައިގެ މަތިން ދެނަމާދު ދޭތެރެ ގުރުޢާން ކިޔަވާ ދިޔާ މިރޭވެސް ސޯފާ އަށް ދެފައި އަރުވައިގެން އިނީ ކިޔަވާށެވެ. ސަމަދު ލޯބިން ދިޔާގެ ބޮލުގައި ފިރުމާލުމަށްފަހު އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ޖަހާލިއެވެ. އަދުނާން ވެސް ދިޔާއަށް ހިނިތުންވެލުމަށްފަހު ގޭގެ ދެފަރާތް ބަލާލީ އަޒްމާ ފެނޭތޯއެވެ. ކޮންމެ ރެއަކުވެސް މިގަޑީ އަދުނާން ގެއަށް ވަނުމުން އަޒްމާ ފިނި ފެންތައްޓަކުން ފިރިމީހާއަށް މަރުހަބާ ކިޔާތީއެވެ. މިރޭ އަޒްމާގެ ހަބަރެެއް ނުވާތީ އަދުނާން މިސްރާބުޖެހީ ބަދިގެއާއި ދިމާލަށެވެ. ނަމަވެސް ބަދިގެއިން ވެސް އަދުނާން އަށް މަރުހަބާ ކިއީ ހަމަހިމޭންކަމެވެ. ފުރިޖުން އަމިއްލައަށް ފެން ފުޅިއެއް ނެގުމަށްފަހު ކާމޭޒު ކައިރިއަށް އައިސް ތައްޓަކަށް  އަޅައިގެން އެއްނޭވައިން ދަމާލިއެވެ.

“ދަރިފުޅު މިރޭ މަންމަ ނުފެނެއެއްނު… ކޮބާތަ އަނެއްކާ” އަދުނާންގެ ސުވާލަށް ދިޔާއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ދެލޯ ބޮޑުކޮށްގެން ބައްޕައަށް ބަލަން އިނދެވުނީ އަމިއްލަ ކޮޓަރި ތަޅުލައިގެން މަންމަ ކުރާ ކަމެއް ދިޔާއަށް ވެސް ނޭނގުނީމައެވެ. އެނގެނީ މަންމަ ރޯކަން އެކަންޏެވެ.

“މަންމަ ކޮޓަރި ތަޅުލައިގެން… ދޮންތައާއި ފައިޓް ކޮށްފަ” ދިޔާއަށް ބުނެވުނީ މިވަރަށެވެ.

“އެހެންތަ؟ ދެން މިހާރު ކޮބާ ދޮންތަ؟” އަދުނާން ނިކަން ލޯބިން ދިޔާ ކުރެން އަހާލިއެވެ.

“ދޮންތަ ކޮޓަރިން ނުނިކުމޭ” އަދުނާން ދިޔާގެ ބޮލުގައި ފިރުމާލަމުން ދަރިފުޅު ކިޔެވުން ކުރިއަށް ގެންދާށޭ ބުނެފައި މިސްރާބު ޖެހީ ކޮޓަރިއާއި ދިމާލަށެވެ. ކޮޓަރީގެ ތަޅުގައި ހިފާލިއިރު އެތެރެއިން ތަޅުލާފައި ހުރުމުން އަދުނާން ދެތިން ފަހަރު ޓަކި ޖެހުމުންވެސް ހަބަރެއް ނުވިއެވެ. ޖީބުގައި އޮތް ތަޅުދަނޑި ނަގާ ތަޅަށް ކޮށްޕަން އުޅެ ނުކޮށްޕުމުން އެތެރެއިން ހުރީ ތަޅުދަނޑި ޖަހާފަކަން އަދުނާނަށް އެނގުނެވެ. އަނެއްކާ ވެސް އަދުނާން ކުރިއަށް ވުރެ ބާރަށް ދޮރުގައި ޓަކި ދޭން ފެށިއެވެ. މިއަޑަށް ނަމާދަށް ދާން ނިކުތް ސަމަދަށް އިވުމުން އަދުނާނާއި ކައިރިވެލާ ވީކީއްތޯ އެހުމުން އަދުނާން ކުޑަކުޑަކޮށް ވީކީއްކަން ބުނެދިނެވެ. އަދުނާންގެ މޫނުމަތިން ހާސްކަމާއި ކަންބޮޑުވުން އިންތިހާއަށް ފެންނަން ހުއްޓެވެ. ދިޔާ ވެސް އައިސް ބައްޕަ ކައިރީގައި ހުއްޓުނީ އެވަގުތުއެވެ. މޫނު މަތިން ނުދެއްކިނަމަވެސް ސަމަދު ހުރީ ދުނިޔޭގައި ހުރި ހަމައެކަނި ކޮއްކޮއަށް ވީގޮތެއް ނޭނގުމުން ހަދާނެގޮތް ހުސްވެފައެވެ. އޭރުވެސް އަދުނާން އެއްވާނަކަށް އަޒްމާއަށް ގޮވަގޮވާ ހުއްޓެވެ. ސަމަދަށް ލިބިފައިވާ ތޫނު ވިސްނުމުގެ ބޭނުންކޮށް ކޮޓަރީގެ އެއްފަރާތުގައި ހުޅުވާފައިވާ ކުޑަދޮރު ފެނުމުން ދުވެލާފައި ގޮސް ކޮޓަރިތެރެ ބަލާލީއިރު އަޒްމާ ފެންނާކަށް ނެތެވެ. ކުޑަދޮރުގެ ދޮރުފަތް އެތެރެއަށް ހުރުމުން ބޮޑު ދޮރު ހުރީ ނިވާވެފައެވެ.

“ދަރިފުޅަށް ވަދެވޭނުން މިތަނުން އެތެެރެއަށް.. އާދޭ އަވަހަށް”  އަޒްމާގެ ކޮޓަރީ ދޮރުގެ އެއްފަރާތު ފާރުކައިރީ މާ ޖަހާފައިވާ ވާސްއެއް ބަހައްޓާފައި ހުރި ކުޑަ މޭޒު މަތީގައި ދިޔާ އަތުގައި އޮތް ހަތިމް އަދި ކުޑަކުޑަ ބުރުގާ ކޮޅު ބޭއްވުމަށްފަހު ސަމަދު ކައިރީގައި ހުއެްޓުމުން ދިޔާ އުރާލާ ކުޑަ ދޮރުން އެތެރެއަށް ވައްދާލިއެވެ. ދިޔާ އަށް ފެނުނު މަންޒަރަކުން މަންމާއޭ ކިޔާ ބާރަށް ރޯން ފެށިއެވެ. ސަމަދު ދޮރުހުޅުވަން ބުނުމުން ދޮރު ބުޑަށް ވެއްޓިފައި އޮތް އަޒްމާގެ ގައި މަތިން ގިރާ ކޮށްލަމުން ދޮރު ހުޅުވާލިއެވެ. އަދުނާން އެތެރެއަށް ވަން ގޮތަށް ލުއި ފަތެއް ހެން އަޒްމާ އުރާލައިގެން ގޮސް އެނދުގައި ބާއްވާލިއެވެ. އަޒްމާގެ އެއްފަރާތުން އަރާ ދިޔާ ވެސް އިށީނުމުން ސަމަދު އަޒްމާއާއި ކައިރިވެލާ ވިންދު ބަލާލިއެވެ. އަދި އަދުނާނަށް ބަލާލަމުން ހުރިހާ ކަމެއް ރަނގަޅުކަމުގައި ބުނެލިއެވެ. ކައިރީގައި ހުރި ފެންޖަގުން އަދުނާން އަތުން ފެން ގޮށްޓެއް ބުރުވާލުމުން އަޒްމާ ދެލޯ ފިއްތާލަމުން ދެފަހަރަކު ތަޅުވާލުމަށްފަހު ހުޅުވާލިއެވެ. އަޒްމާ ކައިރީގައި އެއް އަތުގައި ހިފައިގެން އިން ދިޔާ ބާރަށް އަޒްމާގެ ހަށިގަނޑުގައި ބައްދާލިއެވެ. އަދި ރޯން ފެށުމުން އަޒްމާގެ ހިޔާލަށް ވެދިޔަ ހުރިހާ ކަމެއް އަންނަން ފެށިއެވެ. އިސާހިތަކު އަނެއްކާ އަޒްމާގެ ދެލޯ ފުރިގެންއައީއެވެ. މާބޮޑަށް ރޮވެން ފެށުމުން އަޒްމާ ކަނާތްފަރާތު ކައިރީގައި އިން އަދުނާންގެ ފައިގެ ފަލަމަސްގަނޑުގައި މޫނުޖައްސާ ފިއްތާލިއެވެ. އެހިނދު ދީމާއާއި އަޒްމާ ޒުވާބުކުރީ އާދައިގެ ކަމަކާ ނޫންކަން އަދުނާންއަށް އެނގުނެވެ. އަޒްމާ ގިސްލާފައި ރޯވަރުން އަދުނާން ހުރީ ހިތްފަޅައިގެންދާން ކައިރިވެފައެވެ. ދިޔާވެސް އިރުކޮޅަކާ ނޭފަތް އެތެރެއަށް ދަމާލައެވެ. އަޒްމާގެ ފައިކޮޅުގައި އިން ސަމަދުވެސް އިނީ ވީގޮތެއް ނޭނގޭތީ ކަންތައްބޮޑުވެފައެވެ.

“އަޒޫ… ރުއިމަކީ އެއްވެސް ކަމެއްގެ ހައްލެއްނޫން… ވީކީއްކަން ބުނެބަލަ. އޭރުންތިހިތަށް ހަމަޖެހުން ލިބޭނީ” އަދުނާން ވާހަކަދައްކާ ނިމުމާއެކު އަޒްމާ ދެފަރާތަށް ބޯހަލުވާ ވީކަމެއް ބުނަން އިންކާރު ކުރިއެވެ. ނުވަތަ ފަސްޖެހެވުނީއެވެ.

“ކޮއްކޯ… ބުނެބަލަ ވީކަމެއް… ފެމެލީ މައްސަލައެއްވިއްޔާ އެންމެންވެގެން ހައްލު ކުރެވިދާނެ” އަޒްމާގެ ފައިމަތީގައި އަތް ބާއްވާލަމުން ސަމަދުވެސް ބުނެލިއެވެ.

“އެންމެރަނގަޅު. މިއަންނަނީ ދީމާގެ ކޮޓަރިއަށް ވަދެފަ” އަޒްމާ ދުރަށް ޖައްސާލާ އަދުނާން ތެދުވާން އުޅުމުން އަޒްމާ ވަގުތުން އަދުނާންގެ ފައިގާ ހިފާ ހުއްޓުވިއެވެ. އަޒްމާގެ މޫނުމަތި ފެނުމާއެކު އަދުނާންގެ ހިތަށް ވަރަށް އަސަރުކޮށްފިއެވެ. ދެލޯ ދުޅަވެގެން ބަޑިއަރާފައި ހުރިއިރު ލޮލުންނާއި އެއްވަރަށް ނޭފަތުން ވެސް ފެން ފައިބަމުންދޭއެވެ.

“ވީކަމެއް ކޮއްކޮ ބުނީއެއްނޫން… ދެން ދީމާ ކައިރީއެއްނު އަހަން ޖެހޭނީ” ސަމަދު ބުނެލިއެވެ.

“ނޫން ނޫން… އޭނާ ކައިރިއަށް ނުދާތި… ވީކަމެއް އަހަރެން ބުނެފާނަން” އަދުނާންގެ އެހީގައި ކުޑަކޮށް ތެދުވެލާ އެނދުގެ ހެޑްބޯޑުގައި އަޒްމާ ލައްވެލީ ދޭތެރެއަށް އަދުނާން ބާލީހެއް ލައްވާލީމައެވެ. ދެއަތުން ކަރުނަތައް ފޮހެލާ ލޮލުގެ އިޝާރާތުން އަޒްމާއަށް ދިޔާ ދައްކާލިއެވެ. އަޒްމާ ބުނީ ކީކޭ ކަން އެނގުމުން އަދުނާން ކޮންމެސް އެއްޗެކޭ ކިޔާ އެތަނުން ދިޔާ ފޮނުވާލިއެވެ. ބައްޕައަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން ދިޔާ މަޑުމަޑުން ހިންގާލާފައި އެކޮޓަރިން ނިކުތެވެ.

“ވީގޮތަކީ……………………………………..:

ނިމާން ނިކުމެގެންދިޔަ ގޮތުންވެސް ހުސްއެކަނި އޭނަ ރުޅި އައިއްސަ ހުރިވަރު އަޒްމާއަށް އެނގުނެވެ. މަޑުމަޑުން ދީމާއާއި ކައިރިވެލާ އަތުގައި ހިފައިގެން އައިސް އެނދުގައި ބޭންދިއެވެ. ވަގުތުން ނިމާން ދީމާގެ ގައިގާ ޖެހީ ކީއްވެތޯ ސުވާލުކުރުމާއެކު ދީމާ ފަސްޖެހުނީ މަންމަދެކެ ޖެހިލުންވީ ވަރުންނެވެ. “ޖަވާބުދީ ދީމާ” އަޒްމާގެ އަޑު ބާރުވުމުން ދީމާ ރުއިން ހުއްޓާލެވޭތޯ މަސައްކަތްކުރިއެވެ. މަންމައަށް އެއްވެސް ކަމެއް ސިއްރުނުކޮށް ކިޔާދޭށޭ ހިތް ބުނުމުން ހިތްވަރުކޮށްފައި ދީމާ ވާހަކަދެއްކިއެވެ.

“މަންމާ…. އަހަރެންނަކީ ވަރަށް ނުބައި މީހެއް… ސޮރީ މަންމާ….. މަންމަ އާއި ބައްޕަ ފަހުރުވެރިވާފަދަ ދަރިއެއްނޫން މީ…. އުމުރުން 22 އަހަރުވީއިރު މިހާތަނަށް އަހަރެންނަށް ހެޔޮ ކަމެއް ކުރެވިފައެއް ނެތް މަންމާ… މަންމާ…. ޝައިތާނާ އަހަރެންނަށް މަގުއޮޅުވާލީ… މިއަދު މަންމަގެ މިދަރިފުޅު ނުކުރާ ނުބައިކަމެއް ނެތް… ބޭރުގައި ކިޔަވަން ހުރިއިރު އެތާ ކުއްޖަކާ އެއްކޮށް އެންމެފުރަތަމަ އަހަރެންނަށް…..ޒިނޭއަށް މަގުފަހިކުރީ އަހަރެން އަމިއްލައަށް… އެގޮތަށް އުޅެވުނީ ކިތައް މީހުންނާއެއްކޮށް ކަމެއް މިގޮތަށް އިނގިލިން ގުނިއަސް ހަމައެއް ނުވާނެ…. މިއަދު އަހަރެން މަންމައަށް އެއްވެސް ކަމެއް ސިއްރު ނުކުރާނަން…. ހުރިހާ ހަގީގަތެއް މަންމައަށް ކިޔާދިނުމަށްފަހު ދިރިއުޅުން އަލުން ފަށަން ބޭނުމީ…… މަންމާ…. އަހަރެން….އަހަރެން…. ތިން ފަހަރަށް ބަލިވެއިނދެއްޖެ…… ފުރަތަމަ އެއީ އުމުރުން ސަތާރަ އަހަރުގަ…. މިފަހުން ރާއްޖޭންބޭރަށް ދިޔައީ ތިންވަނަ ފަހަރަށް ބަނޑު ދޮންނަން….. މަންމައަށް މިހުރިހާ އެއްޗެއް ކިޔާދޭން މިހިއްވަރު ލިބުނު ގޮތެއްވެސް ނޭނގޭ….ނިމާން…..ނިމާންވެސް އެއީ އަހަރެންގެ އުނދަގުލާ އެތަކެއް ފަހަރަކު ކުރިމަތިލާފައި ހުރި މީހެއް… ނިމާންގެ ދިރިއުޅުމާ ކުޅުނީ އަހަރެން… ނިމާން އެއީ ވަރަށް ރަނގަޅު އިންސާނެއް… ނިމާން ގަޔަށް ބޮލަށް އަރަމުން ފަހަތުން އަހަރެން ދުވިއިރިވެސް ނިމާން ކުރިން އަހަރެން ހަށިގަނޑުގައި އިނގިލީ ކުރި ވެސް ޖައްސާނުލާ….މަންމާ…. އަހަރެން ވަޒީފާއަށް ނުދަނީ މުސާރަ ނުލިބޭގޮތަށް ވަޒީފާއިން ސަސްޕެންޑް ކުރީމަ… އެދުވަހު އޮފީސް ފާހާނާއިން އެގޮތަށް އުޅެނިކޮށް ވެރިންނަށް ފެނުނީ ދެވަނަ މީހެއް ނޫން… މަންމަގެ ދަރިފުޅު…އެގޮތަށް އުޅެންފެށީމަ ހިތް ޖެހިފައި ހުރީ ހަމައެކަނި އެކަމަށް… ނަމާދަކާ ދޭތެރެ ކުޑަކޮށްވެސް ވިސްނާނުލެވޭ…. ހެއްދެވި ފަރާތެއްވާކަމަށް ހިތަށްވެސް ނާރާ…. ފެންނުވަރާ ގިރާއެއްމަތީ އުޅެވޭކަމުގެ އިހުސާސެއް ނުކުރެވޭ… އަހަރެން ލޯބި ޖެހިފައި ހުރީ ހަމައެކަނި އެކަން ކުރަން…. ދެރެއިން އެއްރޭ އެކަން ނުކުރެވުނިއްޔާ ވަރަށް އުނދަގޫވޭ….އެހެންވެ ކުރިން ފިރިހެނުން ކައިރީގައި އެކަމަށް އެދެވެން ފެށީ…ނިމާން އެކަމަށް އިންކާރުކުރީމަ އޭނައަށް ދިން ދެރައެއް އެއީ……މަންމާ މަންމަގެ މިދަރިފުޅަށް މާފްކުރޭ… މިކަމުން ސަލާމަތްވާން އަހަރެން ބޭނުން… މަންމަ އެހީވެދީ… ސޯލިހް ދަރިއަކަށް ހަދާދީ މަންމާ……..” ދީމާ ވާހަކަދައްކަމުން ދިޔައިރު ހަށިގަނޑަށް ގުޑުމެއްވެސް ނާރާ އަޒްމާ ހުރީ ގަބުވެފައެވެ. ދެންމެ މިއިވުނީ ހަގީގަތެއްބާވައޭ ހިތަށް އެރިއެވެ. ހުވަފެނެއްކަމަށް ހީކޮށް ދެފަހަރަކު އަމިއްލަ އަތުގައި ވިކާލިއެވެ. ދީމާ ދެއްކި ވާހަކަތައް އަޒްމާގެ ކަންފަތުގައި ގުގުމާލާފައި ހުރުުމުން ދެކަންފަތުގައި އަތް އަޅާލެވުނެވެ. ބޮލަށް އެނބުރުންއަރާ ވެއްޓެންދިއުުމުން އަތް ދިއްކޮށްލެވުނު ވަގުތު ދީމާ ކައިރިވެލާ އަޒްމާގެ އަތުގައި ހިފަން އުޅުމުން އަޒްމާ ހަށިގަނޑަށް ބާރުލާ ދީމާ ފަހަތަށް ކޮށްޕާލިއެވެ. އަދި ކުޑަކޮށް ހަމަޖެހިލުމަށްފަހު ހަށިގަނޑު ހަމައަކަށް އަޅުވާލުމަށްފަހު ދީމާއާއި ދިމާލަށް ދާންފެށިއެވެ. އަޒްމާގެ އަތް ތިލައިގެ ހޫނު އެތިފަހަރު ދީމާގެ މޫނު މައްޗަށް އެރި އަދަދު ބުނެދޭންވެސް ނޭނގެއެވެ. އެންމެ ފަހުން ދީމާގެ ތުންފަތަށް ދަތް ވަދެ ލޭއަންނަން ފެށުމުން ވެސް އަޒްމާގެ ހަމަހޭ ވެރިވެ ދެކޮޅު ބަލާލުމަށްފަހު ކޮޓަރީގެ އެއްފަރާތުގައި ހުރި ފިހިގަނޑު ނަގާ ދީމާގެ ބުރަކަށީގައި ތަޅަންފެށީ އެތެރެހަށީގައި ކެކިއަރަމުންދާ ރުޅިގަނޑު މައިތިރިނުވެގެންނެވެ. ދީމާ ރޯއަޑެއް އަޒްމާއަށް ނީވޭކަހަލައެވެ. އަޒްމާ ފިހިގަނޑު އަތުން ދޫކޮށްލީ އޭގެ ދަނޑިބުރި މެދުން ބިންދައިގެން ދިޔުމުންނެވެ. އެއަށްފަހު ކަބަޑެއް ހުޅުވާލާއި އޭގައި އޮތް ބޮޑު ކަތުރުނަގާ އެގޮތްމިގޮތަށް ދީމާގެ ބޮލުގެ އިސްތަށިގަނޑު ބުޑުން ބުރިކޮށްލީ ވެސް ރުޅިގަނޑު މައިތިރިނުވީމައެވެ. މަންމަދޭ ކޮންމެ އަދަބަކަށް މިއަދު ދީމާ ކެއްކުރާނެއެވެ. ރުޅިއައުން މިއަދު މަންމައަށް ހައްގެވެ. އަޒްމާ ވަރުބަލިވީކަންނޭނގެއެވެ. އެނދުގައި އިށީނުމާއެކު މޫނުމަތީގައި ދެއަތް އަޅާ ވަރަށް ބާރަށް ރޯން ފެށިއެވެ. އޭނާގެ ހަޔާތުން މިފަދަ ދުވަހެއް ދެކެންޖެހޭނެ ކަމަކަށް ދުވަހަކުވެސް ހިއެއް ނުކުރެއެވެ. އޭނާގެ ދަރިފުޅަކީ ކޮންފަދަ ނުބައި ދަރިއެއް ހެއްޔެވެ؟ ހަރާން ދަރިންނަށް ވިއަސް ހެވެވެ. އަޒްމާ އަށް މާމަކިޔަން މިދުނިޔެއަށް ނޭވާލާން ތައްޔާރުވި ތިން ފުރާނަ މަރާލާފައި ހުރި ނުބައި ޑައިނެކެވެ. ދީމާއަކީ ހަމަ އަޒްމާގެ ފަރާތުން މިދުނިޔެއަށް އުފަންކުރި ކުއްޖެއްބާވައޭ އަޒްމާގެ ހިތަށް އަރަން ފަށައިފިއެވެ. ދީމާގެ ސަބަބުން އަޒްމާގެ އަމިއްލަ ތަރުބިއްޔަތަށް އިނގިލިދިއްކުރަން މިއަދު މަޖްބޫރުވެއްޖެއެވެ. ދެން ހުރި އަންހެންދަރި އަނެއްކާ ދީމާގޮތަށް ނުވާނެބާއޭ އަޒްމާގެ ހިތަށް އަރަންފެށުމާއެކު ރުއިން ބާރުކޮށްލެވުނެވެ.

“މަންމާ…. ހެޔޮނުވާނެ މާފްކޮށްދީ” އަޒްމާގެ ފައިތިލައިގާ ބޮސްދީ ދީމާ މާފަށް އެދުނެވެ. އެހިނދު އަޒްމާ ދީމާގެ ދެކޮނޑުގައި ހިފާ ދުރަށް ކޮށްޕާލިއެވެ.
“މާފޭ… ކަލެއަށް މާފު ހައްގެއްނޫން…. ކަލޭގެ ތިމުޑުދާރު އަނގައިން މަށަށް މަންމާއޭ ދެން ނުކިޔާތި…މަމީ ކަލޭގެ އަމައެއް ނޫން… މީގެ ފަހުން އަހަރެން ބަނޑުން ވިހޭ ދީމާއެއް ނުހުންނާނެ… މަގޭ ހުންނާނީ އެންމެ ދަރިއެއް. އެއީ ދިޔާ…. އަޑުއިވިއްޖެތަ؟.. މަގޭ އެއްވެސް އެހީއެއް ޒަމާނެއްގެ ކޮޅުންވެސް ކަލެއަށް ނުލިބޭނެ.. މަގޭ ދަރިއެއް ތިހާ ނުބައި ނުލަފާ ނުވާނެ… ތީ މަގޭ ވައްތަރެއް ނޫން…. މިއަދު ކަލޭ މަށަށް މަލާމާތް ތިކުރީ… މަގޭ ތުރަިބިއްޔަތުގެ ކޮންކަމެއް އުނިވީ ކަލެއަށް؟ މިގެއިން ކަލެއަށް ނުލިބެނީ ކޯއްޗެއް؟ ތިވަރުގެ ނުބައި ފާފަތައް ކުރަމުން މަގުމަތީގައި ދުވިއިރު ކަލޭ ދެލޯ ހުރީ ކަނުވެފައިތަ؟ ރެއަކާއި ދުވާލު މި މާލޭގެ އެކި ސަރަހައްދުތަކުން އިވޭ ބަންގީގެ އަޑު ނީވެން ކަލޭ ބީރުތަ؟ އާނ އިވޭނީ ކިހިނެއް ފާހިޝްމަލުތަކުން ފެންވަރައިގެން ހުރި ނުބައި ޝައިތާނެއްވިއްޔާ މީ…. ބުނަންތަ ކަލޭގެ ތި މުޑުދާރު ސިފަ މަގޭ ދިޔާއަށް ދައްކައިގެން ނުވާނެ… ތިވައްތަރަށް ތެޅުނުއިރު އެންމެ ފަހަރަކުވެސް ﷲ މަތިން ހަނދުމަ ނުވީތަ؟ އެކަލާނގެއަށް ބިރުވެތިނުވީތަ؟ ﷲ ތިމާއަށް ބައްލާވޮޑިގެންވާކަން ހަނދާންނެތުނީތަ؟ އެވަރު ނުވިސްނެން ތީ ގަމާރެއްތަ؟ ……ތިމާގެ ފުރާނަ ނޭވާހޮޅިއަށް އެޅޭނެވަގުތުގެ މަތީން ހަނދާންނެތް ދޯ…” އަޒްމާގެ ވާހަކަތަކުން ދީމާގެ ގައިން ހީބިހި ނަގައިގަނެެގެން ދިޔައެވެ. ދޮރުން ނިކުންނަން އަޒްމާ ދޮރުގާ ހިފާލި ވަގުތު ދީމާ އަނެއްކާވެސް އަޒްމާގެ އަތުގައި ހިފިއެވެ.
“މަންމާ”…………………………

“ހަބަރުދާރު… މަށަށް މަންމަ ކިޔައިގެން ނުވާނެ” ދީމާ ދޫނުކުރުމުން މިފަހަރުވެސް އަޒްމާ ދީމާގެ މޫނުމަތީގައި ޖެހުމާއެކު އަޑެއްކިޔާ ދީމާގެ ނޭފަތުން ލޭއޮހިގަތެވެ. ނަމަވެސް އެމަންޒަރު އަޒްމާއަށް ނުފެނެއެވެ. ދީމާގެ ކޮޓަރީ ދޮރު ބާރަށް ލައްޕާފައި ނިކުމެގެން ލަސްފިޔަވަޅުތަކުގައި ދިޔައިރުވެސް ދިޔައީ ރޮމުންނެވެ.

 

 

އަޒްމާ ވާހަކަދައްކާ ނިމުމާއެކު އަދުނާން ފުންމައިގެން ތެދުވެ ކޮޓަރީ ދެކޮޅު ބަލާލުމަށްފަހު އެގޭ ހަދަން ފަށާފައި ހުރި ބައި މަރާމާތުކުތަން ހުރި ކޭސިންފަތި ތަކުން ފައްޗެއް ނަގައިގެން ދީމާގެ ކޮޓަރިއަށް ދާން ހިނގައިގަތުމާއެކު ސަމަދު ތެދުވެ ހިފެހެއްޓިއެވެ. އޭރުވެސް އަޒްމާ އިނީ ރޯށެވެ.

“އަދި ތީ އެންމެ ރަނގަޅު ގޮތެއްނުން… ތަޅާ މަރާލިޔަސް އެކަން ނުވާކަމަކަށް ނުވާނެ…. މިއަދު އެދަރިފުޅަށް ބޭނުންވަނީ ތިދެމަފިރިންގެ އަޅާލުން… އެދަރިފުޅަށް ތެދުމަގު ދެއްކުމަކީ ތިދެމަފަިރިންގެ ވާޖިބެއް…..” އަދުނާން ގޮތްހުސްވެފައިވާ މީހަކު ފަދައިން ހުރި ދިމާ ތިރީގައި އިށީނުމަށްފަހު ރޯން ފެށި ގޮތުން އެނދުގައި އިން އަޒްމާއަށް ކެތެއްނުވިއެވެ. އެނދުން ތެދުވެގެން އައިސް އަދުނާން ކައިރީގައި އިށީނުމާއެކު އަދުނާން އަޒްމާގެ ގައިގާ ބައްދާގަނެގެން ބާރަށް ރޯން ފެށިއެވެ. ދެމަފަރިން ވާހަކަ ދައްކައިގެން ގޮތެއް ނިންމުމަށްޓަކައި ވަގުތު ދިނުމަށްފަހު ސަމަދު އެކޮޓްރިން ނިކުތީ ވެދިޔަ ކަންތަކާ ހިތާމަ ކުރަމުންނެވެ.

 

ދުވަސްތައް ހަލުއިކަމާއެކު ފާއިތުވަމުން ގޮސް މިއަދު މީ މާޝަލްއަށް  ދިހަ މަސް ފުރުނު ދުވަހެވެ. ރޭގަނޑުގެ ކެއުމުގައި އެންމެން ތިބިއިރު މާޝަލް ކޮށްޓަށް ލާފައި ސިޓިންގްރޫމަށް ދޫކޮށްލާފައި ހުއްޓެވެ. އަޑުލައްވާލާފައި މާޝަލް ކޮށި ދުއްވާ އަޑު މުޅި ގޭތެރޭގައި ހިފާލާފައި ހުއްޓެވެ.

“މަންމާ މާލް ދަތް ފަޅާނީ ކޮންދުވަހަކުން”  އަލްމާޝް ކޮށްލި ސުވާލުން ފަޒްނާ ހިނިއައެވެ. ނިމާން ވެސް ހީލާފައި އަލްމާޝްއަށް ބަލާލިއެވެ.

“މިހާރު ދެން ދަތްވެސް ފަޅަން ފަށާފާނެ… ދަރިފުޅު ދަތް ފަޅައިފި ދިހަމަސް ވީތަނާ….ދޯ މަނިކު” ކައިރީގައި އިން މަނިކަށް ދޯ ދިިނުމުން މަނިކު ވެސް ހީލާފައި އެއްބަސް ވެލިއެވެ. މާޝަލް ކޮށި ދުއްވާ އަޑުގެ އިތުރުން އެތަނުން ދެން އިވެންފެށީ ނިމާންގެ ފޯނު ރިންގްވާއަޑެވެ. ފޯނު ނެގުމަށް ނިމާން އެއްކައިރިވެލީ ގޭތެރޭ މާޝަލް ކޮށި ދުއްވާއަޑު މާބާރަށް އިވޭތީއެވެ.

އެނބުރި ކާމޭޒު ކައިރިއަށް އައި ނިމާންގެ މޫނުގެ ކުލަ އޮށްސިފައި ހުރުމުން އަލްމާޝް ކަންބޮޑުވިއެވެ.

“ކިިހިނެއްވީ؟” އަނގައަށް މަސްކޮޅެއް ލަމުން އަލްމާޝް އަހާލިއެވެ.

“އެކޮޅުގައި ހުރި ދައްތައެއް އެގުޅީ…. މަންމަ ވަރަށް ބައްޔޯ… ވީއެންމެ އަވަހަކަށް އަންނާށޯ….” ނިމާން އެންމެންގެ މޫނަށް ބަލަން އިނދެ ބުންޏެވެ.

“އެހެންވިއްޔާ ދަރިފުޅު ލަސްކުރާނެކަމެއް ނެތް… މަންމައެއްނު ކޮންމެހެންވެސް ދާންވާނެ…. ވީއެންމެ އަވަހަކަށް ޓިކެޓް ކަންތައް ހަމަޖައްސާ” ނިމާން ދެރަވެފައި އަލްމާޝްގެ މޫނަށް ބަލާލުމުން އަލްމާޝްގެ ބޮލުގެ އިޝާރާތުން އާއެނކޭ ބުނެލިއެވެ.

އެނދުމަތީގައި ނިމާންގެ އަތްދަނޑިމަތީގައި އޮތް އަލްމާޝް އޮތީ އަނެއްދުވަހު ހެނދުނު ނިމާން ފުރަން ހަމަޖެހުނީތީ އިންތިހާއަށް ދެރަވެފައެވެ. އެކަމަކު މޫނުމަތިން އެކަން ނުދައްކާވޭތޯ ބެލީ ނިމާން ދެރަވެދާނެތީއެވެ.

“ޝޯނާއަށް އެނގޭތަ… އެކޮޅުން ގުޅި ދައްތައަކީ މީގެ ކުރިން ދުވަހަކުވެސް މަށާ ވެސް މަންމައާވެސް އަދި މޯނާ ކޮއްކޮއާވެސް އަނގައިން ބުނި މީހެއްނޫން… އެއީ މަންމަގެ އެއްބަފާ ދައްތަ…. ގައިގަ ޖެހިގަނެފަ ދިޔަސް އަހަރުމެންކަން އެނގުނިއްޔާ އިސް އުފުލާ ބަލާވެސްނުލާނެ… ދެން މިހާރު މާހެޔޮވެގެން މިއުޅެނީ ކީއްވެތަ؟ ނިމާން ސީލިންގްއަށް ނަޒަރު ހުއްޓާލައިގެންނެވެ.

“މިހާރު ތިބުނާ ދައްތަ ރަނގަޅުވީ ކަންނޭނގެ… ވަގުތުޖެހުނީމަ ކަންމެ މީހަކުވެސް ރަނގަޅުވާނެ….ކިހާ ރަނގަޅު ތިބުނާ ދައްތަ މަންމަ ބަލި ހަބަރުދޭން ގުޅިކަން” އަލްމާޝް ވެސް ނިމާންގެ މޫނަށް ބަލަން އޮވެ ވާހަކަދެއްކިއެވެ.

“ނޫން… ކޮންމެސް ނުބައެއް އެބައުޅޭ… މަންމަގެ ފޯނު ކީއްވެ ނިއްވާލާފައި އޮންނަނީ… މަންމައަށް ނުވެސް ގުޅޭ… މޯނާކޮއްކޮގެ ހަބަރެއް ވެސް ނުވޭ” ނިމާން ވިސްނުމެއްގެ ތެރޭގައި އޮވެ ބުނާކަހަލަ ގޮތަކަށް ބުނެލިއެވެ.

“ދެން މާން…..ތިންކް ޕޮޒިޓިވް” ނިމާންގެ ކަރުދަށުގައި އަލްމާޝްގެ މޫނު ފޮރުވާލުމުން އަލްމާޝްގެ ހޫނު ނޭވާތައް ނިމާންއަށް އިހުސާސްވާން ފެށުމުން ހިއްސުތައް ހޭލައްވާލަން ހިނދުކޮޅެއްވެސް ނުނެގިއެވެ. ހަށިގަނޑަށް ގެނައި ކުއްލި ހަރަކާތަކާއެކު ނިމާން އަލްމާޝްގެ ގައި މައްޗަށް ޖެހުނެވެ.

ނުނިމޭ

60
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ushaali

Other Articles

Previous

ތީ ފުރާނައިގެ ދިރުމޭ މަގޭ (9)

Next

ދީފާ އުފާ – 5

Next
January 16, 2016

ދީފާ އުފާ – 5

Previews
January 15, 2016

ތީ ފުރާނައިގެ ދިރުމޭ މަގޭ (9)

10 Comments

  1. Ushaali says:
    January 16, 2016 at 1:18 am

    enjoy☺☺

  2. Fathun says:
    January 16, 2016 at 1:39 am

    Yeyy I’m first!! It’s interesting and very nice!! Just loved it. Keepit up!!?✌✌?????

  3. shaph says:
    January 16, 2016 at 1:44 am

    luv the story… 😀

  4. Yooha says:
    January 16, 2016 at 2:27 am

    emme rythi thanun thi nimaaly…

  5. xaaxaa says:
    January 16, 2016 at 9:20 am

    Wow this story is amazing I love this story waiting for next part…… And gud luck ^-^

  6. Ira says:
    January 16, 2016 at 10:27 am

    Wow 🙂 amazing story 😛 hehehe 😀

  7. shau says:
    January 16, 2016 at 11:36 am

    Nice….I luv it…waiting for the nxt prt

  8. liushaa says:
    January 16, 2016 at 2:20 pm

    ushaali haadha molhey vaahaka liyan… asluves varah varah reethi mi story… heevany filmeh balan indheveyhen mi story kiyan innairu. God bless you my dear.

  9. nihaa says:
    January 16, 2016 at 2:28 pm

    V v v nice…..i luv this story…….keep it up…..avahah up kohdehchey….

  10. jeen says:
    January 16, 2016 at 8:06 pm

    Oh… I love this story… Ushaa. Mi Story nimmaalanii tha… Adhi ehen stories liyaane kamah ummeedhu kuran…

Comments are closed.

All Right Reserved!