Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވާ މަންމާ މަގޭ.. 12

kamana Level 310 Stories500 Comments100 Comments
January 15, 2016 4 Mins Read
24 Comments

އަހަރެންނަށް ބަލަން އޮވެވުނީ އަކުމަލު ދިޔަ ދިމާލަށެވެ. އެބުނީ ކީކޭ ހެއްޔެވެ. އަނެއްކާ… ނޫނެކެ.. މާތް ރަސްކަލާކޯއެވެ. އަނެއްކާ އަނެއް އިމްތިހާނު މިއަޅާއާ ކުރިމަތި ކުރަނީ ހެއްޔެވެ. މޫނުމަތީގައި އަތްއަޅާ ގިސްލާ ރޮވުނީ އަމިއްލަ ހާލާމެދުއެވެ.

އަހަރެން ރޮއި ރޮއި އަހަރެންގެ ދެލޯ ވަޅީ ދުޅަވެފައެވެ. ލޮލުން ދިލަނަގަންފެށީ އިތުރަށް އަންނާނެ ކަރުނަތިއްކެއްގެ ހިސާބުވެސް ނެތީމަކަންނޭގެއެވެ. “ޖިއާ” އަހަރެންނާ ދިމާލަށް ދުވަމުން އައި ނިޝް ފެނި އިސްޖަހާލެވުނީ މޫނު ފޮރުވުމަށެވެ. އެންމެގާތް އެކުވެރިއަކަށް ސިއްރުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަން ޔަގީނެވެ. ނިޝް އަހަރެންގެ އަތުގައި ހިފާ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނެލީ މޫނުމަތީ ހިކިފައި ހުރި ކަރުނަތައް ޓިޝޫއަކުން ފޮހެދެމުންނެވެ. ނިޝްގައިގައި ބައްދައި ގަނެވުނީ އެހީއަކަށް ބޭނުންވެފައިވާ ހާލުގައެވެ.

“ޖިއާ ހުރިހާކަމެއްގައިވެސް ކެއްތެރިވާންޖެހޭނެ.. ތީ ހިތްވަރު ގަދަ ކުއްޖެއްނު.. މަންމަމެން މިހާރު އުޅޭނެ އަންނަން” ނިޝް މަންމަމެން އަންނަ ވާހަކަ ބުނުމުން އަހަރެންނަށް ދެލޯ ބޮޑުކޮއްލެވުނީ ބިރުންނެވެ. މަންމަ ރުޅިއަންނާނީ އަހަރެން ދެކެއެވެ. އެކަމަކުވެސް އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ. އަންހެން ކުއްޖަކަށްވުން ހެއްޔެވެ. ވޯޑު ދޮރާދިމާލަށް ބަލާލެވުނީ ޓޮއްޓޮއް ގޮވަމުން އައި ފައިވާނުގެ އަޑުއިވުމުންނެވެ. ހީވީވެސް ރަނގަޅަށެވެ. “ޖިއާ” މިންނު އައިސް އަހަރެންގައިގައި ބައްދާލީ ކޮއްކޮއަކަށް ރައްކާތެރިކަންދޭނެމޭ ބުނާފަދަގޮތަކަށެވެ. “ކޮބާ މަންމަ” ބައްޕައާއި ތުއްތު އަދި މިންނު އަށް ބަލާލުމަށްފަހު މަންމަ ކޮބާހޭ އަހާލެވުނީ މަންމަ ފެންނަންނެތުމުންނެވެ. “ދަރިފުޅާ ހުރިހާ އެންމެންނަކަށް ނާދެވޭނެ އެއްނު.. ދަރިފުޅާ ބައްޕައަށް މާފުކޮއްދީ…. ބައްޕަ ދަރިފުޅަށް ރައްކާތެރިކަން ނުދެވުނީމަ މިހެންމިވީ.. ދަރިފުޅާ ބައްޕައަށް މާފުކޮއްދީ” އަހަރެން އޮތް އެނދު މަގަތުގައި އިށީދެއިނދެ ބައްޕަ ދިޔައީ ގިސްލާ ރޮމުންނެވެ. “ބައްޕާ… ބައްޕަގެ ކުށެއް އަދި އެކެއްގެ ކުށެއްވެސް މީގެ ނެތް.. މިއީ އަޅުގަނޑުގެ ބަދުނަސީބުކަން.. ނޫނީ މާތް ﷲ ކުރައްވާ އިމްތިހާނެއް… ކެއްކުރާނަން.. މިއިމްތިހާނުންވެސް އިރާދަކުރެއްވިއްޔާ ފާސްވާނެ.. ބައްޕާ ނުރޮއިބަލަ.. ” ބައްޕަ ރޯއަޑު ކަންފަތުގައި ޖެހުނު މީ ފުރަތަމަ ފަހަރެވެ. މިހުރިހާ ކަމެއްމިވަނީ އަހަރެންގެ ބަދުނަސީކަމުންނެވެ. ޔާ ﷲ އެވެ. މިއަޅާއަށް ކެއްތެރިކަން ދެއްވާށި..

ޔުނިވާރސިޓީއަށްދާން އަހަރެން ފެއްޓިތާ އަދި ވާނީ އެންމެ ފަސް މެހެއެވެ. މިއީ ތަގުދީރު ނިޔާކުރިގޮތެވެ. ޑޮކްޓަރަށް ދެއްކުމުން ބުނީ އަހަރެންގެ ބަނޑަށް ދެހަފްތާކަމަށެވެ. އަހަރެންނާ ދިމާލަށް ހެޔޮހިތުން ބަލާލާނެ މީހަކު ދެނެއް މިދުނިޔޭގައި ނުހުންނާނެވެ. ގެއަށް ވަދެވުމާއެކު އަހަރެން ވަނީ ކޮޓަރިއަށެވެ. ވިސްނަންޖެހޭ ކަންތައްތަށް ގިނަކަމުން ހީވަނީ ބޯފަޅައިގެން ދާން އުޅޭ ހެންނެވެ. އަހަރެން ކިޔަވަން ބޭނުމެވެ. ފުރަތަމަ ސެމިސްޓާ ނިމެން އެހާ ގިނަ ދުވަހެއްނެތެވެ. ސެމިސްޓާ ނިމެންދެން އަހަރެން ހިތްވަރުކޮއްލާނީއެވެ.

ކޮންމެ ދުވަހެއް ފެއްޓެމުން އައީ އަހަރެންނަށް އެއްގޮތަކަށެވެ. އެހެންނަމަވެސް މިއަދު ތަފާތެވެ. އެނދުން ނުތެދުވެ ވިސްނަން އޮވެވުނީ އަކުމަލުއާ ދޭތެރޭގައެވެ. އަކުމަލު ތިކުރަނީ ކުންހީއެކެވެ. އަހަރެން އެހެން ބުނަންހާދަ ބޭނުންވިއެވެ. އެހެން ނަމަވެސް ދުލުގައި ތަޅެއް ލެވުނީ މުޑުދާރު އަންހެނެއް ކަމަށް އަމިއްލައަށް ގަބޫލުކުރެވޭތީއެވެ. މަންމަ ބުނާހެން ނުފިލާނެ ލައްގަޑެއް ހަމަ ރަނގަޅަށްވެސް ޖެހިއްޖެއެވެ.

ގޭތެރޭގެ މަސައްކަތާ މިންނު އަހަރެންނަށް އެހީވެދިނީތީ އަހަރެން ޝުކުރުވެރިވީމެވެ. އެކަންތަށް ކޮއްދެނީ އަހަރެން ހުރި ހާލުންކަންއެގެއެވެ. ފެންވަރާ ރީތިވެގެން މަޑު ރަތް ކުލައިގެ ކުރުތާއެއްލީމެވެ. ލޯގަނޑު ކުރިމަތީހުރެ ހަށިގަނޑަށް ބަލަން ހުރެވުނީ ތަފާތުކަމެއް ފެނޭތޯއެވެ. “ސާބަސް ސާބަސް… ޖިއާ ތިއުޅެނީ ކިޔަވަންދާންތަ… އަމިއްލަ މީހާ ހުރި ހާލެއް ނުވިސްނޭތަ.. އަދިވެސް ތިއުޅެނީ ބަދުނާމު ވެފައޮތްލެއް ކުޑަކަމުންތަ…ހަމަ ހައިރާންވެއްޖެ.. ތިހާ ދަރިއަކު ބޭނުން ވެގެން އުޅުނުނަމަ ފާފައެއް ނުކޮއް މީހަކާ އިންނަމަ… ލަދުން ބޯހަލާކު” މަންމަ އަހަރެންނާ ދިމާލަށް ކިޔައިފައި ދިޔަ ކޮންމެ އެއްޗެއްދިޔައީ ތަކުރާރުވަމުންނެވެ. މަންމާއެވެ. މީ އަހަރެން ކުރި ފާފައެއް ހެއްޔެވެ. އަހަރެން ބަދުނާމުވާންވީ ކީއްވެ ހެއްޔެވެ. މަންމަ ދިޔަ ދިމާލަށް އަހަރެންނަށް ބަލަން ހުރެވުނީ ކަޅިޖަހާނުލައެވެ. އޭރުވެސް ކޯތާފަތް ކައިރިން ކަރުނަތިކި ފައިބަމުންދެއެވެ.

އެއްކޮޑުގައި ދަބަސް އަޅުވަމުން އަހަރެން ނިކުތީ ޔުނިވާރސިޓީއާ ދިމާލަށް ދިޔުމަށެވެ. ކޮންމެ ގޮތެއް ހަދާފައި ވިޔަސް މިސެމިސްޓާ ނިންމަން އަހަރެންބޭނުމެވެ. “ޖިއާ” އަހަރެންނަށް ސިހުންކަން ލިބުނީ ކައިރިން މީހަކު ގޮވާލިހެން ހީވުމުންނެވެ. “ޒައިކު” ވައިއަޑުން އަހަރެނަށް ކުރިމަތީ ސައިކަލުގައި ހުރި ޒައިކުއަށް ގޮވާލެވުނެވެ. “ޖިއާ އިއްޔަ ކިހިނެއް ވީ.. ހުރިހާ ކަމެއްވެސް ރަނގަޅުތަ.. އަކޫ ހުންނަނީ ވަރަށް ފާޑަކަށް.. މިއަދު ނާންނާނަމޯ ކުލާހަކަށްވެސް.. ތިދެމީހުންގެ މެދުގައި އެއްވެސް ވާހަކައެއް ދެކެވުނީތަ.. ނުނީ ކަމެއް ވީތަ” ޒައިކު ފަހަށް ބުނެލި ކޮންމެ ބަހަކަށް އަހަރެނަށް ދެފަރާތަށް ބޯތަޅުވާލެވުނީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އަހަރެން ކުރިއަށް ހިނގައިގަތީ ޒައިކުގެ ސުވާލުތަކާ ކުރިމަތި ނުލުމަށެވެ. އެހެންނަމަވެސް ހިތުގައި ރިއްސާލީ އަކުމަލު ނުފެންނާނެތީއެވެ. އެސޫރަ ދެކިލުމަށް މިހިތް އެދޭތާ ކޮން އިރެއް ހެއްޔެވެ. އެހެން ނަމަވެސް އެނަސީބުވެސް އަހަރެންނަށް ނުލިބުނެވެ.

އަކުމަލު ނެތް ކަމުގެ ފަޅުކަން ކޮންމެ ސިކުންތަކުން އިހްސާސްކުރެވެއެވެ. ކުލާސް ނިމުމާ އެކު އަހަރެންނާ ނިޝް މިސްރާބުޖެހީ އެކީގައި ގެއަށް ދިޔުމަށެވެ. “ޖިއާ.. ކޮބާ އަކޫ.. އަކޫ ކައިރީގައި ހުރިހާ އެއްޗެއް ކިޔާދީބަލަ.. ޕްލީޒް.. ޖިއާ ކޮންމެ މީހަކަށްވެސް އުފާ ލިބުން ހައްގު” ނިޝް ހިތްހަމަ ނުޖެހި އެހެންބުނި އިރު ހުރީ އަހަރެންނާ ދިމާލަށް ވައްކަޅިން ބަލާންށެވެ. އަހަރެންނަށް އިސްޖަހާލެވުނީ ދޭނެ ޖަވާބެއް ނޭގޭތީއެވެ. “ޖިއާ.. ހެޔޮނުވާނެ.. ކިހާ ދުވަހަކު ތިހެން އުޅޭނީ… ވަގުތު ފާއިތުވެދާނެ” ނިޝް އެދައްކަނީ ކޮން ވަގުތެއްގެ ވާހަކަ ހެއްޔެވެ. ވަގުތު ފާއިތުވިތާ ކޮންދުވަހެއް ހެއްޔެވެ.

ދުވަސްތައް ހަލުވިކަމާއެކު ދަތުރުކުރަމުން ދިޔައިރު އަކުމަލު އަހަރެންނަށް ނުފެންނަތާ މިހާރު މަހެއްވާންއުޅޭނެއެވެ. ކުލާހަށްދާ ކޮންމެ ދުވަހަކު އަކުމަލުގެ ހަދާންތަށް އާވެއެވެ. ނިޝްގެ އާދޭހުގެ ސަބަބުން އަހަރެން އަކުމަލުއާ ވާހަކަދައްކަން އެކި ގޮތްގޮތަށް މަސަތްކަތްކުރީމެވެ. އެހެން ނަމަވެސް ކާމިޔާބު ނުވާނެކަން އެނގުނީ ޒައިކުދިން ހަބަރަކުންނެވެ. ނިޝް ބުނިހެން ހަމަ ރަނގަޅަށް ވެސް އޮތީ ވަގުތުފާއިތުވެފައެވެ. އިތުރަށް ކިޔެވުމަށް ޒައިކު މެލޭޝިއާއަށް ބަދަލުވިކަން އެނގުމުން އަހަރެންގެ ހިތް ކުދިކުދި ވިކަހަލައެވެ. ހުރިހާ ހުވަފެންތަކެއް ވިއްސިވިހާލިވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ.

*******

ހަވީރުގެ ވަގުތުގައި މުޅި މަގުމަތި ހަލަބޮލިކޮއްލާފައިވަނީ އެކި ކަހަލަ ދުއްވާއެއްޗެއްސާ މަގުމަތީގައި ހިނގައިބިގާވެ އުޅޭމީހުންގެ ސަބަބުންނެވެ. އަހަރެންނާ ނިޝް ހަވީރު ފިންޔަށް ނިކުތީ ކުޑަކޮއް ބާޒާރު ކޮއްލުމަށަވެ. ބަނޑަށް ހަމަސް ފުރިފައިވާއިރު އަހަރެންގެ ހަށިގަނޑު ކުރިއަށްވުރެއްވެސް ރީތިވެ އޮމާންކަމަށް ދައްކައެވެ. ކުޑަކޮއްފަލަ ވެފައިވާއިރު އަހަރެންގެ އިސްކޮޅާ ވަރަށް ގުޅެއެވެ. މާވެޔޮ މަގުގައި އިން ކުޑަކުދިންގެ ހެދުންވިއްކާ ފިހާރައަށް ވަނީ ބޭބީ ހެދުން ކޮޅެއް ގަތުމަށެވެ. “ޖިއާ ކޮންކަހަލަ ބޭބީއެއްތޯ ނުބެލީ ކީއްވެތަ…. ޖިއާ ކަހަލަ ލޯބި އަންހެން ކުއްޖެއް އެނގޭ ހޯދާނީ” ނިޝް ދައްކަމުން ދިޔަ ވާހަކަތަކަށް އަހަރެން ހިނިތުންވުމެއް ރައްދުކުރީމެވެ. މިވޭތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި އަހަރެންގެ ދަރިފުޅަށް އޮތް ލޯބި ދިޔައީ ދެގުނަ އިތުރުވަމުންނެވެ. ދަރިފުޅަށް އިންތިޒާރު ކުރެވެންފެށީ ދުވަސްތަށް ގުނަމުންނެވެ. ދަރިފުޅު ފުރަތަމަ ތޮޅެލިކަމުގެ އިހްސާސް ކުރެވުނު ދުވަހު ދެލޮލުން ފެންއައެވެ. ކޮންމެ ގޮތަކަށް ލިބުނު ކުއްޖެއް ކަމުގައި ވިޔަސް އަހަރެން ހެއްދެވި ފަރާތަށް ޝުކުތު ކުރީމެވެ.

ފިހާރަ ދޮރު ހުޅުވާލީ ހިތްފުރޭވަރަށް ހެދުން ގަނެވުމުންނެވެ. އެހެން ނަމަވެސް މަގުމަތިން މުޑި އެރި ޒުވާނާއަށް އަހަރެނަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އެސޫރަ އެއީ ހިތުން ފޮހެލެވޭނެ ސޫރައެއް ނޫނެވެ. އެ ސޫރައެއީ ދެކިލުމަށް ބޭގަރާރުވި ސޫރައެވެ. އެ ލޯތްބަށް ހިތް އެދި އާދޭސް ކުރަމުންދިޔަ ސޫރައެވެ. “އަކޫ” އަހަރެންނަށް ހިފުނީ އަކޫގެ އަތުގައެވެ. ދެވަނަ ފަހަރަށް ބީވެދާންނޭދޭތީއެވެ. “ޖިއާ” އަކަމަލުވެސް ކިޔަލީ އަހަރެންގެ ނަމަވެ. އަހަރެންނާ ދިމާލަށް ބަލަން ހުރީ ލޮބުވެތި ގޮތަކަށެވެ. އެހެންނަމަވެސް ރުޅިވެރިކަމަށް ވަދަލުވީ އަހަރެންގެ ބަނޑާ ދިމާލަށް އަކުމަލުގެ ލޯ ދަތުރުކުރުމުންނެވެ. އިހްތިޔާރަކާ ނުލާ އަކުމަލުގެ އަތުން އަތް ދޫކުރެވުނީ އެލޮލުގައިވި ނަފްރަތަށް ކެއްނުކުރެވޭނެތީއެވެ. ފަސްއެބުރި ހިނގައިގަތީ އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެކަން އެނގޭތީއެވެ.

“ޖިއާ” އަހަރެންގެ ފިޔަވަޅުތަށް ގަނޑުވިކަހަލައެވެ. “ޖިއާ ލަދެއް ނުގަނޭތަ ތި ބޮޑު ބަނޑާއެކީ މަގުމަތީގައި އުޅޭކަށް.. އަހަރެންނަމަ ނުކެރުނީސް ގެއިން ބޭރަށް އެންމެ ފިޔަވަޅެއް އަޅާންވެސް..” މަލާމާތުގެ ރާގަށް އަކުމަލު ކިޔަމުން ދިޔަ ކޮންމެ އެއްޗަކީ އެދުލުން ބޭރުވާނެކަމަށް އަހަރެން އުންމީދު ކުރި ބަސްތަކެއް ނޫނެވެ. “ޖިއާ އަދިވެސް އެކަކުން ނުފުދެނީތަ.. އަހަރެންގެ ގައިގަ މީގެ ފަހުން އަތް ނުލައްޗޭ” ދަތަށް ބާރުލަމުން އަކުމަލު އެހެން ބުނީ އަހަރެންނާ ތަންކޮޅެއް ކައިރިއަށް އައިސްއެވެ. “އަކޫ.. ކީކޭ ތިކިޔަނީ.. އަހަރެން ހިތަކަށްނާރާ އަކޫތީ ތިހާ ނުވިސްނޭ މީހެއްކަމަށް.. އަހަރެން ވަރަށް ދެރަވެއްޖެ.. ތިހަކަ މީހަކަށް ހަގީގަތް ނޭގުނިއްޔާ ރަނގަޅުވާނީ” ނިޝް އައިސް އެއްޗެހި ކިޔަން ފެށުމުން އަހަރެން އޭނަ ހުއްޓުވަން އުޅުނީ ބޮޑު ޒުވާބު ގަނޑެއް ހިގައިފާނެތީއެވެ. “އެއީ ތެދެއް.. ތީ ނުވިސްނޭ މީހެއްކަމަށް އަހަރެންވެސް ހީނުކުރަން.. އަކޫ ތީ މީހުންނަށް އިހްތިރާމް ކުރަން ނޭނގޭ މީހެއްކަންވެސް މިއެނގުނީ އަދި މިއަދު.. ޖިއާ މިތާ ހުންނަން ހަދާނެކަމެއް ނެތް.. ހިނގާ ދާން” ޒައިކު އައިސް އަހަރެން އަތުގައި ހިފާ ގެންދިޔައީ ކުރިމަތީ ފެންނަންއޮތް ރަތް ކާރާ ދިމާލަށެވެ. އަހަރެން ބަހެއް ނުބުނެ ހިނގައިގަތީ މީހުންގެ ލޯތަށް އަހަރެމެންނަށް އަމާޒުވާތަން ފެނިއެވެ.

ކާރުތެރޭގައި ހިފާލާފަވަނީ މީރުވަސްދުވާ އެއާރ ފްރެޝްނާ ވަހެއެވެ. ފިނިކަމުން ނޭފަތް ބޭދޭހާވެއެވެ. “ޖިއާ” ހަމަހިމޭންކަން ފޫބައްދާލީ ޒައިކުއެވެ. “ޖިއާ ކީއްވެ އަކޫއަށް އެއްވެސް އެއްޗެއް ކިޔާނުދެނީ… ޖިއާ އަކޫދެކެ ލޯބިވާކަން އަހަރެންނަށް އެނގޭ.. ދެން ކީއްވެ” އަކުމަލު ކުރި ސުވާލަށް އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ. އަހަރެން ހަމަހިމޭންކަން އިހްތިޔާރުކުރީ ބުނާނެ އެއްޗެއްނޭނގުމުންނެވެ. “ޖިއާ.. ވިލްޔޫ މެރީމީ… ވަރަށް ދުވަސް ވެއްޖެ ބުނަން ހުންނަތާ.. އައި ނޯ ޖަވާބަކީ ކޮބާކަންވެސް ސްޓިލް މޫވްއޮން ކުރަން ފަސޭހަވާނެ ރެޖެކްޓް ކޮއްލީމަ.. ޖަވާބެއް ދެވޭނެތަ…. ޖިއާ ބޭނުމިއްޔާ..” ޒައިކު ބުނި އެއްޗަކުން އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. މިވޭތުވެދިޔަ ހަމަސް ދުވަސް ތެރޭގައި އަހަރެންނަށް ކޮންމެ ކަމަކަށް އެހީވަމުން އެއައީ ޒައިކުއެވެ. އެ ހުށައެޅުން އަހަރެންވީ ގަބޫލު ކުރަން ހެއްޔެވެ. އެކަމަކު އަހަރެން އަކުމަލު ދެކެ ވަރަށް ލޯބިވެއެވެ. އެލޯބި އެހެން މީހެއްދެކެ ވުން އެއީ ވާނެކަމެއް ހެއްޔެވެ.

ނުނިމޭ..

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

އަލްމާޝް 19

Next

ތީ ފުރާނައިގެ ދިރުމޭ މަގޭ (9)

Next
January 15, 2016

ތީ ފުރާނައިގެ ދިރުމޭ މަގޭ (9)

Previews
January 15, 2016

އަލްމާޝް 19

24 Comments!

  1. kamana says:
    January 15, 2016 at 1:27 am

    Heyy guyss. I knw its a bit late. Sowwiii for that. Hope yu guyx will enjoy this part too. Lov u guyxx ??

  2. sadh says:
    January 15, 2016 at 1:34 am

    Whens the next part dear. Want to read more of the story. And yes. Good work ????♥️

    1. kamana says:
      January 15, 2016 at 11:58 am

      Thank u so much sadh. Insha allah tmrw. Thnkx alot ?

  3. shine says:
    January 15, 2016 at 6:05 am

    Ofcox,, I luv this part… V V V V V rythi storyeh.. Nxt prt kn irakun.. V avahah up kurachchey…

    1. kamana says:
      January 15, 2016 at 11:59 am

      Thnk u shine. So happi to knw tht u liked this part. Nxt part insha allah tmrw thnk u ?

  4. Niz says:
    January 15, 2016 at 8:58 am

    Wow..vvv reethi mi part…vvv kiyaa hithun indha nimunyves….haha…jiyaa alhe zaik aa merry kuran ehbas vaanam dhw…nxt prt avahah up kohdhyba dear…kiyaa hithun kei nuvey…

    1. kamana says:
      January 15, 2016 at 12:00 pm

      Niz beynumy xaik aa gulhuvantha jia. Thnk u so much nxt part insha allah tmrw ingeyy ?

  5. Faxoo says:
    January 15, 2016 at 10:57 am

    ވަރަށް ރީތި އިނގޭ މިބައިވެސް، ކަމަނަ 🙂 ދެން އޮތް ބަޔަށްވެސް އިންތިޒާރު ކުރާނަން… ތޭންކްސް އިނގޭ! 😀

  6. kamana says:
    January 15, 2016 at 12:02 pm

    Awwwn thnk u so much faxoo. Faxoo kahala experience writer eh thihen bunyma varah ufaa veheje. I m tryn my best miah vureh vx rangalhah liyeveythoo. Thnk u so much for supprtn ?

  7. misty says:
    January 15, 2016 at 12:47 pm

    Varah salhi.. Eagerly waiting for the next part…

    1. kamana says:
      January 15, 2016 at 1:09 pm

      Thank u so much misty. Last episode ga i missed yu. Heheh cmmnt eh nufenunyma ingeyy. Anywayx thnk u ?

  8. ny says:
    January 15, 2016 at 4:38 pm

    Haadareethi vaakaekey himidany obinoavegn. ……nxt part v v avaskodechey misty…….I like this story. …

    1. misty says:
      January 15, 2016 at 6:13 pm

      Ny misty eh noon mi vaahaka liyany… Mi kamanage vaahaka eh.. Hehehehe

    2. kamana says:
      January 15, 2016 at 7:36 pm

      Thnk u so much ny. Heheh insha allah avahah up kohdhehnan ingeyy ?

  9. Immy says:
    January 15, 2016 at 6:57 pm

    heyy mi prt vxx vrhh vrhh vrhh reethii….???? i lv this stryyy….?????????? wen nxt prt?????? cntt waiiiiitttttt……. u nyd to upld the nxt prt ASAP!!!??????

    1. kamana says:
      January 15, 2016 at 7:37 pm

      Thnk u so much lov. I will try ingeyy. ?

  10. Niz says:
    January 15, 2016 at 7:40 pm

    Ya niz beynumy jia zaik aa gulhen…cox akoo jia dheke love vaanama jiyaa kiyaa ehcheh aduvx ahaane nootha dhw kamana..

    1. kamana says:
      January 16, 2016 at 12:52 am

      Heheh alhe balamaa dhw jia libeny kaakahthoo ??

  11. Ira says:
    January 16, 2016 at 10:29 am

    ^_^

    1. kamana says:
      January 16, 2016 at 3:26 pm

      ?

  12. Nookko says:
    January 16, 2016 at 11:42 am

    Varah reethi mi story kamana..waiting for the next part… :*

    1. kamana says:
      January 16, 2016 at 3:25 pm

      Thnk u soo much nookko?

  13. Eyesh says:
    January 17, 2016 at 1:41 am

    Hi kamana kihinehtha? ? dhuvas kolheh kohlaafa 11 n 12 mi dhe part ekkoh mi kiyaalevuny. Thankolheh buxy koh ulhen jehunyma esfiya site aa thankolheh dhuruga ulhevuny ?V v reethi ingey 2 part ves. Eagerly waiting for the next part ?? i just lurrrrv mi story .. best of luck dear ?

    1. kamana says:
      January 18, 2016 at 8:15 am

      Awwwn thnk u so much eyshoo. Thnks alot. Hope u’ll like the 13th part. Thnk u ?

Comments are closed.


All Right Reserved!