Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަލްމާޝް 18

Ushaali Level 810 Stories100 Comments100 Stories500 Comments
January 14, 2016 9 Mins Read
11 Comments

މާޝަލްގެ ބުށްފުޅި ގިރާލައިގެން ބަގީޗާއަށް ނިކުތް އަލްމާޝް އަންޖޫގެ އުނގުގައި އިން މާޝަލް ނަގާ އުނގުމަތީގައި ބައިންދަމުން އަންޖޫއާއި ޖެހިގެން އިން ޖޯލީގައި އިށީނެވެ. އަންޖޫ ތެދުވެގެން ބަދިގެއާއި ދިމާލަށް ދާން ނިކުތްއިރި ނިމާން ވަދެގެން އަންނަީއެވެ.
“ޑެޑީގެ ޕްރިންސަސް… ހާދަ ލޯބިކޮށް ހީލީ”  ނިމާން ފެނުމުން އަލްމާޝްގެ އުނގުގައި އިން މާޝަލް ހީލިތަން ފެނުމުން ނިމާންއަށް ނުހުރެވިގެން މާޝަލް ނަގާ ކޮލުގައި ތިންހަތަރު ފަހަރު ލޯބިކޮށްލިއެވެ.

“ހިނގާދާން އެތެރަށް… މާބޮޑަށް ހަވީރުވީ.. މާލް ބޭރުގައި ބަހައްޓާކަށް ނުވާނޭ މާލްގެ މާމާ ބުނި”  ނިމާންގެ ބަސްގަބޫލުކޮށް އަލްމާޝް ދާން ހިނގައިގަތުމުން ނިމާން އެއްއަތުން އަލްމާޝްގެ އުނަގަނޑާ ހަމައިގާ އަޅުވާލިއެވެ. އަލްމާޝްއަށް ނޭނގުނީ ނިމާން މާޝަލްގެ މާމަ ނިސްބަތް އެކުރީ ފަޒްނާއަށް ކަމެވެ.

 

“މިއަދު ގުޅި ބޮޑުބެ… ބުނީ މާލޭގަޔޯ…ކުރިން އަންނަން އުޅެނިކޮށް ޖޫލް މާބޮޑަށް ބަލިވީމަ ނާދެވުނީއޯ ބުނީ… މިރޭ ގުޅާނަމޭވެސް ބުނި…” ޑްރެސިންގްޓޭބަލް ކުރިމަތީގައި ޝޯލް އަޅަން ހުރި އަލްމާޝްއާއި ވާހަކަދައްކަމުން ނިމާން ޑްރެސިންގްޓޭބަލްގެ އެއް އަރި ކައިރީގައި ފާރުގައި ލެގިލައިގެން ހުއްޓިލިއެވެ. ނިމާންގެ ކަޅި ހުއްޓިފައިވަނީ އަލްމާޝްގެ މަޑު ފިޔާތޮށިކުލާއިގާ ހުރި ތުނިތުނި ތުންފަތަށެވެ. މޭކަޕްއާ ނުލާ ވެސް އަލްމާޝްގެ މޫނުމަތި އޮމާންވެފައި ރީތިކަމުން ނިމާން ހުރީ އަލްމާޝްގެ މޫނުން ނަޒަރު ވަކިކޮށްލަން ހަނދާންނެތިފައެވެ. އެންމެ ފަހު ކަމަކަށް ތުންފަތުގައި މަޑުމަޑުން ލިޕްބާމް ކޮޅެއް ހާކާލާ ހެދުމަށް ދަމާލާ އަރިއަރި ވެލާފައި އަލްމާޝްގެ ބައްޓަމަށް ރީތިކޮށް ބަލާލިއެވެ. ކުއްލިއަކަށް އަލްމާޝް ހަމަހިމޭންވީ ނިމާން ބަލަމުން އައިސް ވަރަށް ކައިރިއަށް ހުއްޓިލުމުންނެވެ. އަލްމާޝްގެ މޫނާއި ނިމާން މޫނު ކައިރިކުރަން ފެށުމުން ހީލާފައި އަލްމާޝްގެ މޫނު ދުރުކޮށްލިއެވެ. “ދެން ނޫން މާން… މިވަގުތަކު ނޫން” އަލްމާޝް ދެފިޔަވަޅު ފަހަތަށް ޖެހިލުމުން ނިމާން ދެފިޔަވަޅު ކުރިއަށް ޖެހިލާ އަލްމާޝްގެ އުނަގަނޑުގައި އެއް އަތް އަޅުވާ ނިމާންއާއި ކައިރިއަށް ދަމާލިއެވެ.

“ޖަސްޓް ވަން ހަގް” ނިމާން ތޫނު ކަޅިރަަވަ އަލްމާޝްގެ ތުންފަތަށް އަމާޒުވެފައިވާތަން ފެނި  މޫނު އަނބުރާލީ ވާހަކަދައްކަން ދޫ ނުކުޅެދުނީމައެވެ. އަލްމާޝް ހީކުރިގޮތާއި ހިލާފަށް ނިމާން އަލްމާޝްގެ ތުންފަތުގައި މަޑުމަޑުން ތުންފަތް ޖައްސާލުމަށްފަހު ހަށިގަނޑުގައި ބާރަށް ބައްދާލީ ނިމާންގެ ހިތުގައި އަލްމާޝްގެ ލޯބި އުތުރި އަރަން ފެށުމުންނެވެ.

“ލެޓްސް ގޯ….ޝޯނާ ލަދުގަންނަ ވަރުން ކަމެއް ވާވަރެއްނޫން…މަރާލެވިފައިވާ އަލްމާޝްގެ ލޯމަތީގައި ނިމާން ތުންފަތް ޖައްސާލަމުން ކަންފަތް ކައިރިއަށް ފުމެލިއެވެ. ތެޅިގަނެފާ އަލްމާޝް ދެލޯހުޅުާލަމުން ހީލާފައި ނިމާންގެ އަތުގެ މުލައް ދަނޑީގައި ހިފާ ކޮޓަރިން ބޭރަށް ނިކުންނަމުން އަންޖޫއަށް ގޮވާލާފައި މާލްގެ ބުށްފުޅި ހުންނާނީ ކޮޓަރީގައި ކަމަށް ބުންޏެވެ.

 

ސިޓިންގްރޫމުގައި އިން އަޒްމާ ހީލާފައި އައިސް އަލްމާޝްގެ އަތުގައި ހިފާލިގޮތުން ނިމާންއަށް ހީލެވުނެވެ.

“މަންމަ ކިހާ އިރެއް މާޝްދައްތައަށް އިންތިޒާރުކުރާތާ…” އަޒްމާ ގޮނޑި ދެއްކުމުން ނިމާން އިށީނުމާއެކު ދިޔާ ވާހަކަދެއްކިއެވެ. އެވަގުތު ބެލްކަނީގައި ފޯނެއްގައި ހުރެފައި އެތެރެއަށް ވަން އަދުނާންވެސް އަލްމާޝަށް ބަލާލަމުން ހީލިއެވެ. އަދި ނިމާނާއި ސަލާންކޮށްލަމުން ޖެހިގެން އިން ގޮނޑީގައި ޖައްސާލިއެވެ. އަޒްމާ އަލްމާޝް ކައިރީގައި މާޝަލްއާއި ބެހޭ ގޮތުން ސުވާލުކުރިއެވެ.  އަލްމާޝް އަޒްމާ ހިތްހަމަޖައްސާދިނީ ދުވާލުގެ ކޮންމެސް ވަގުތެއްގައި މާޝަލް އެގެއަށް ގެންނާނަން ކަމުގައި ބުނެއެވެ.

“ދަރިފުޅާ…ކޮބާ ބޮޑުބެ ފޯނެއްގައި ހުރެ ޓެރަސްއަށް އަރައިފި… ބުނޭ ބައްޕަ ބުންޏޭ މެހްމާނުން އައިސް އެބަ ތިއްބޭ… އަންނަމުން ދޮންތަ ކައިރީގަވެސް ބުނައްޗެ އަންނަން” ކައިރީގައި ހުރި ދިޔާއަށް އިޝާރާތް ކުރަމުން އަދުނާން ބުންޏެވެ. އިރުކޮޅެއްފަހުން ދިޔާ އައިސް އިށީންނަމުން އަދުނާނަށް ބަލާލަމުން ބޮޑުބެ އެބަ އާދެޔޭ ބުންޏެވެ.

“ދަރިފުޅު ކޮބާ ދޮންތަ” ސުވާލުކުރީ އަޒްމާއެވެ.

“ދޮންތަ ބޮލުގަ ރިއްސަނީޔޯ… ބޭސް ކައިގެންނޯ މިއޮތީ” ދިޔާގެ ޖަވާބު ނިމުމުން އަޒްމާގެ މޫނުމަތީގެ ކުލަވަރު ފަނޑުވިއެވެ. ދީމާ ހަމަ ގަސްދުގައި ނާންނަނީ އަޒްމާގެ ހިތަށް އެރީ ކީއްވެކަމެއް ނޭނގެއެވެ. އެންމެފަހަށް ދީމާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ ގަދަކަމުން ވެސް ދީމާ އެތަނަށް ގެންނަން ހިތު އަޅައިގެން ހުރެއެވެ.

ދީމާގެ ކޮޓަރި ދޮރުގެ ތަޅުގައި މީހަކު ހިފިހެން ހީވުމާއެކު މޫނުގައާއި އެއްކޮށް ކުއިލްޓް އަޅާލީ މަންމަކަން އެނގުމުންނެވެ. އެނދާއި ކައިރިވެ މަޑުމަޑުން އަޒްމާ ދީމާއާއި ދިމާލަށް ގުދުވެ ކުއިލްޓް ތިރިކޮށްލިއިރު މެރިފައިވާ ދީމާގެ ދެލޯ ފެނުމުން ދީމާ އޮތީ ނިދާފައި ކަމުގައި އަމިއްލަ ހިތަށް ވިސްނައިދީ ކޮޓަރިން ބޭރަށް ނިކުމެ ދޮރު ލައްޕާލިއެވެ. އަޒްމާ ނިކުތުމާއެކު ދީމާ ތެދުވެ ކުޑަދޮރުން ބޭރު ބަލާލިއިރު ނިމާން އަލްމާޝްގެ އަތުގައި ހިފާލައިގެން އިންތަން ފެނުމުން ރުޅިއާދެވުނެވެ.

“ނިދިފައި އޮތީ” އަދުނާން ބަލާލުމުން ގޮނޑީގައި އިށީންނަން ދިޔަ އަޒްމާ ވާހަކަދެއްކިއެވެ. ކުއްލިއަކަށް އަޒްމާ ސިހުނީ ދީމާގެ ކޮޓަރީ ކުޑަދޮރުން ފެންނަން ހުރި ހިޔަނީ ފެނުމުންނެވެ. އެވަގުތު ދީމާ މަކަރު ހެދީކަން އަޒްމާއަށް ނަގައިގަނެވުނެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ ދީމާ މި މީހުންނާއި ބައްދަލު ނުކުރާނޭ ކޮންމެސް ސަބަބެއް އޮންނާނޭ އަޒްމާގެ ހިތް ބުންޏެވެ. ވަގުތުގެ ގޮތުން އަޒްމާ ނިންމީ ގޭގައި މީހުން މަދުވާ ވަގުތު ދީމާއާއި ވާހަކަދައްކާށެވެ.

މިއޮށް އައީ ބޭބެ…” އަޒްމާއާއި ދިމާލަށް ހިނގާފައި އައި ސަމަދު ފުރަގަހަށް އިން އަލްމާޝް އިނީ ފޯނަށް ބަލަހައްޓައިގެން އަންޖޫއަށް މެސެޖެއްކުރާށެވެ. ނިމާންގެ އަރިމަތިން އައިސް ކުރިމަތީގައި އިށީނދެލި ސަމަދާއި ނިމާންގެ ހަތަރުކަޅި ބައްދަލުވީ ވަގުތު ދެމީހުންނަށްވެސް ހެވި ކޮޅަށް ތެދުވެވުނެވެ. ހަމައެސިކުންތުކޮޅުގެ ތެރޭގައި ސަމަދަށް ނިމާން ކައިރީގައި ފޯނަށް ނަޒަރު ހުއްޓާލައިގެން އިން އަލްމާޝް ފެނީ އެއަށް ވުރެ ފުޅާ ހިނިތުންވުމެއް ތުންފަތަށް  ވެރިކޮށްލިއެވެ. “ދަރިފުޅުމެންތަ….” ސަމަދުގެ އަޑު ކަންފަތުގައި ޖެހިމާއެކު އަލްމާޝް އިސް އުފުލާ ބަލާލިއެވެ. ދެން ފެނުނީ އަލްމާޝް ސަމަދު ކުރިމަތީގައި ހުއްޓިލުމުން ސަމަދު އަލްމާޝް ގަޔާ ކައިރިކޮށްލާ ކުޑަކޮށް ބައްދާލިތަނެވެ. އަދި ނިމާން ގައިގަ ވެސް ބައްދާލާ ބުރަކަށީގައި މަޑުމަޑުން ސަމަދުގެ އަތުން ޖަހާލިއެވެ. ކުރިންވެސް އަލްމާޝާއި ލޭގެ ގުޅުމެއްވެޔޭ ބުނަމުންދިޔަ އަޒްމާ ހުރީ ކޮޅަށް ތެދުވެވި ކަރުނުން ފުރިިފައިވި ލޮލަކުން އަލްމާޝަށް ބަލަހައްޓައިގެނެވެ. އަޒްމާ ކައިރީގައި ހުއްޓިލި އަދުނާން އަޒްމާގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ. ދިޔާ އިނީ ވާނުވާ ނޭނގިފައެވެ. “ކިހިނެއް ދަރިފުޅުގެ ހާލު… ކޮބާ ބޮޑުބެގެ ކުޑަކުޑަ ބޭބީ” އަލްމާޝްގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލައިގެން ހުރި ސަމަދު ކައިރީގައި އަލްމާޝް ބައިންދަމުން ބުނެލިއެވެ.

“އިރާދަކުރެވިއްޔާ މާދަމާ ބޮޑުބެ ކައިރިއަށް އަންނާނަން މާލް ގޮވައިގެން…ރޫހީ އާއި ޖޫލް ރަނގަޅުތަ؟ މަރިއްތަ ރަނގަޅުތަ؟” ސަމަދާއި ސުވާލުތައް ކުރަމުން ދިޔަ އަލްމާޝް ސިހުނީ ކައިރީގައި އައިސް ހުއްޓުނު އަޒްމާ ފެނިފައެވެ. އަޒްމާގެ ލޮލުން ހުއްޓުމެއްނެތި ފައިބާ ކަރުނަތައް ފެނި އަލްމާޝް ދެރަވިއެވެ. ނޭނގުނީ އަޒްމާ ދެރަވާންވީ ސަބަބެވެ. އަލްމާޝް ވެސް އަޒްމާއާއި އެއްހަމައަށް ތެދުވެލީ އެކަމާއި ސުވާލުކޮށްލަންވެގެންނެވެ. އަޒްމާ ދެއަތް ފުޅާކޮށްލާފައި އަލްމާޝް ގައިގާ ބައްދާލިއިރު މިފަހަރު ބާރަށް އަޑު ވެސް ނިކުމެއްޖެއެވެ. “މަގޭ ދަރިފުޅާ” …..އަލްމާޝްގެ ބުރަކަށީގައި ފިރުމަމުން ދިޔަ އަޒްމާ ހުރީ އަލްމާޝް ގައިން އަތް ދޫކޮށްލަންވެސް ހަނދާންނެތިފައެވެ. އަލްމާޝް ހީކުރީ އޭނާ އުފާވެފައި ހުރި ވަރު ފެނުމުން އަޒްމާ ވެސް އުފާވީ ކަމަށެވެ.

“ބޭބޭ” މިފަހަރު އަޒްމާ ކައިރިވެލީ ސަމަދާއެވެ.

“ދަރިފުޅާ… މީ ދަރިފުޅުގެ ބޮޑުދައިތަ…މިދުނިޔޭގައި ހުރި ހަމައެކަނި ބޮޑުދައިތަ” ސމަދުގެ މި ޖުމްލަ އިން އަލްމާޝަށް ލިބިގެން ދިޔައީ އިންތިހާދަރަޖައިގެ ހިތްހަމަޖެހުމެވެ.

“މި މާލޭގައި ދަރިފުޅު ހުރެ ކީއްވެ ބޮޑުދައިތައަށް ނުފެނުނީ…ކިތައް އަހަރު މިވީ….ކީއްވެ ބޮޑުދައިތައަށް ގުޅާ ނުލީ… އަޅެ އެންމެފަހަރަކުވެސް ހުރި ތަނެއް އަންގާލިނަމަ ދަރިފުޅު ހުރި ހިސާބަކަށް ބޮޑުދައިތަ ކަނޑުފަޅު ފަތާފަ ނަމަވެސް ދިޔައީމުސް…ދަރިފުޅު ތީ މިދުނިޔޭގައި ހުރި ހަމައެކަނި ދޮންބެގެ ނިޝާނަކީ” އަޒްމާގެ ވާހަކައިން އަލްމާޝް ހައިރާންނުވީ އެއީ ކުރިންވެސް އަލްމާޝަށް އެނގިފައިވާ ކަމަކަށް ވާތީއެވެ.

“ކޮއްކޯ… އެމަންޖެ އުޅުނީ މާލެއަކު ނޫން… މެލޭޝިޔާގަ… ބޭބެ އާއި އެއްފަސްގަނޑުގަ…” ސަމަދު އަޒްމާއަށް އަލްމާޝާއި ދިމާވި ގޮތުގެ ވާހަކައާއި ނިމާނާއި ކައިވެނި ކުރަން ޖެހުނު ހުރިހާ ގޮތްތަކެއް ކިޔާދިނެވެ. އޭރު އަލްމާޝް އިނީ އަޒްމާއާއި ސަމަދު ދެމެދުގައެވެ.

“ދަރިފުޅާ…މަންމަމެންގެ ހާލު ރަނގަޅުތަ؟… ބުނާތި ބޮޑުބެ އައިސް އުޅޭ ވާހަކަ” ސަމަދު މިހެން ބުނުމުން އަލްމާޝްގެ ދެލޯ ފުރިގެންދިޔަތަން ފެނުނީ ކުރިމަތީގައި އިން ނިމާނަށެވެ. އިސާހިތަކު އަލްމާޝްއަށް މާބޮޑަށް ރޮވެން ފެށުނެވެ. އަޒްމާގެ ކޮނޑުމަތީގައި ބޯ އަޅާލި ގޮތަށް އަލްމާޝްއަށް ހަމަ ރޮވެނީއެވެ. ނިމާން އެހެން ދިމާލަކަށް މޫނު އަނބުރާލީ އެމަންޒަރު ބަލަން ހިތަށް ކެއްނުވުމުންނެވެ.

“ކިހނެއްވީ ދަރިފުޅާ… ކީއްވެ މަންމަމެން ވާހަކަ ދެއްކީމަ ތިރޮވުނީ… އަނެއްކާ މަނިކުގެ ދެމަފިރިންގެ ހާލު ރަނގަޅުބާ” ސަމަދުގެ ސުވާލު އަމާޒުވީ ނިމާނަށެވެ. ޖަވާބުދިނުމަށް އަނގަ ހުޅުވާލި ނިމާން ހުއްޓުންއެރީ ރޮވިފައިވާ އަލްމާޝްގެ އަޑު ޖެހުމުންނެވެ.

“މަންމަ އާއި ބައްޕަ ވީތަނެއް ނޭނގޭ….”  އަލްމާޝްގެ މިޖުމްލަ އިން ސަމަދުގެ ދެލޯ ބޮޑުވިއެވެ. އަދި އަވަސް އަވަހަށް އަޒްމާއަށް ނަޒަރެއްދީ ކަޅީހުއްޓާލީ އަލްމާޝްއަށެވެ.

“މީ ކޮން ކަންތައްގަނޑެއް… ކޮންމެސް ބޮޑުކަމެއްވެއްޖެ… ކޮންމެސް މީހަކު ވެގެންއުޅޭ ގޮތެއް ކިޔާދޭންވީނުން” އަލްމާޝަަށް ރޮވޭ ވަރުން ސަމަދު އިނީ ނުލާހިކު ދެރަވެފައެވެ. އެހިނދު އަލްމާޝް ހުރިހާ ވާހަކައެއް ސަމަދާއި އަޒްމާއަށް ކިޔާދިނެވެ. ސަމަދު ރުޅި އައީ މަނިކާއިި ފަޒްނާދެކެއެވެ.

“މީގެ މަހެއްހާ ދުވަސް ކުރިން އަހަރެން މަނިކަށް ހުރިހާ ވާހަކައެއް ކިޔާދިނިން… އެމީހުންނަށް ހުރިހާ އެއްޗެއް އެނގޭނެ މިހާރު..” ސަމަދު މިހެން ބުނުމުން އަޒްމާގެ ކޮނޑުމަތީގައި ބޯއަޅާލައިގެން އޮތް އަލްމާޝަަށް ލިބުނީ ކުއްލި ސިހުމެކެވެ.

“މައްސަލައެއެްނެތް… ވީކަމެއްވީ… އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް…މިގޮތަށް ވާހަކަދައްކަން ތިބެވިދާނެ ކިތަންމެ އިރެއްވަންދެން ވެސް… ހިނގާ ބަތްކާން” އަޒްމާ ތެދުވެލުމަށްފަހު އަލްމާޝްގެ ދެލޯ ފޮހެލަދެމުން އެންމެންނަށް އިޝާރާތްކޮށް ބުނެލިއެވެ.

މިއަދަކީ މާޝަލްއަށް ހަމަސް ފުރުނު ދުވަހެވެ. އެކަމުގެ އުފަލުގައި ބޭއްވި ކުޑަކުޑަ ސައިފޮދު ނިންމާލުމަށްފަހު ނިމާން މާޝަލް ގޮވައިގެން މިސްރާބުޖެހީ ފަޒްނާއާއި މަނިކާއި ބައްދަލުކުރުމަށް އެގެއަށް ދިއުމަށެވެ. އަލްމާޝް ދޮރާއި ހަމައަށް ނުގޮސް މަޑުކޮށްލީ އެތެރޭގައި އަޒްމާއާއި ސަމަދު ތިބީމައެވެ. އަފާފް އޭނާގެ ދަރިފުޅު އާރާވް އަދި ޝަހާނާ އޭނާގެ ދަރިފުޅު ޖައިން ގޮވައިގެން އެއް ޓެކްސީއަށް އެރީ އަވަހަށް ގެއަށް ދިއުމަށްޓަކައިއެވެ. ސަމަދަށް ފެންތައްޓެއް ބަލާ އަލްމާޝް އެތެރެއަށް ވަތް ވަގުތު އަޒްމާއާއި ސަމަދު ރާވާލީ ކޮންކަމެއްކަން ނޭނގެއެވެ.

ދޮރުން އެެތެރެއަށް ނިމާން އަޅާލި ފުރަތަމަ ފިޔަވަޅާއެކު ފެނުނީ މާޝަލް ފަޒްނާގެ އަތްމަތީގައި އޮށްވައެވެ. ކޮޓަރިން ނިކުތް މަނިކު ވެސް އަނގައިގާވާ ހުރިހާ ދަތެއް ފެންނަ ވަރަށް ހީލައިގެން ހުރީ މާޝަލްއާއެކު ނިމާން ފެނުމުންނެވެ.

“ކޮބާ ދަތުރު ކިހިނެއް؟….ބޭބެމެންތީ އެންމެ ހަފްތާއަކަށް ރަށަށް ދިޔަ ބައެއް….ފޯނަކަށް ވެސް ނުގުޅޭ…” ނިމާން މަނިކާއި ސަލާން ކޮށްލަމުން ގޮނޑީގައި ޖައްސާލިއެވެ. މާޝަލް މަޖާ ކަމުން ފަޒްނާއަށް އެމީހުން ދައްކާ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ.

“ހޫމް.. މިއައީ ގެ ބަޔަކަށް ކުއްޔަށްދީފައި. އަލްމާޝް އައިފަހުން ކުށްޔަށް އުޅުނު މީހުން ހުރީ ތަން ވަރަށް މުޑުދާރުކޮށްފަ… ބައެއް ތަންތަން މަރާމާތު ކުރަންވެސް ޖެހުނު.. ދިޔަތަނާ ފޯނުތައް ގެއްލިއްޖެ.. އެއްވެސް ކުއްޖެއްގެ ނަންބަރެއް ހިތަކުން ނޭނގޭވިއްޔާ.. ނަމްބަރުތައް ނޯޓްކުރި ފޮތް ބާއްވާފައި ދެވުނީ.. ދަރިފުޅާ ގުޅަން ވަރަށް މަސައްކަތްކުރިން…”

“އެހެންތަ… ބޭބެމެން ކައިރިއަށް ކަމަކުއޭ މިއައީވެސް.. އެބަޖެހޭ މ.ޕިންކްވިލާ ކިޔާ ގެއަކަށް މިރޭ ނުވައެއްޖަހާލާ ހާއިރު ޖައްސާލަން.. ހުންނާނަން އަހަރެންވެސް… މާލްއާއި އަންހެނުންވެސް ހުންނާނެ. އެއީ ދައްތައެއް އުޅޭ ގެ.. ހިތަށް އެރީ ރަނގަޅު ކެއުމަކާއެކު ބޭބެއާއި ދައްތަވެސް ބައިވެރިކުރާނީޔޭ” ނިމާން މަނިކުގެ އަތް މަތީގައި އަތް ބާއްވާލަމުން ނިމާން ވާހަކަދެއްކިއެވެ.

“ތީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެއްނު…. އިރާދަކުރެއްވިއްޔާ ދާނަން.. ދަމުން ދަރިފުޅަށް ގުޅާނަން… މި މަންޖެގެ މަންމައާވެސް ބައްދަލުކުރަން އުޅޭތާ އަހަރެއް ވަނީ މިހާރު… އިރާދަކުރެއްވިއްޔާ މިރޭ ފެންނާނެތާ ދޯ” މަނިކު މި ޖުމްލަ އިން އެވަގުތު މާޝަލް އުރާލައިގެން އެތަނަށް ހުއްޓުނު ފަޒްނާ ހިތް ތެޅިލީ ކީއްވެކަމެއް ނޭނގެއެވެ. އެނގޭ އެއްޗަކީ މިރޭ ވަރަށް ހާއްސަ ކަމެއްވާން އުޅޭ ކަމެވެ.

ރާވާފައިވާ ރޭވުންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން އަޒްމާ ހުރިހާ ކަމަކާ ހަވާލުވެ އެރޭގެ ކެއުންގަނޑުވެސް ވަރަށް ފުރިހަމައަށް ކައްކާލިއެވެ. މާޝަލްގެ ޕާރޓީ ނިންމާފައި އަޒްމާއާއި ސަމަދު އެނބުރި ގެއަށް އައީ އަލްމާޝް އަދި އަންޖޫ ވެސް ގޮވައިގެންނެވެ. މިރޭ ނިދަންވާނީ ބޮޑުދައިތަމެން ގޭގައޭ ބުނުމުން އަލްމާޝް ހުއްދަ ހޯދީ ހަމައެކަނި ނިމާން ކައިރީގައެވެ. މާޝަލްއަށް ބޭނުންވާނެ ބައެއް ސާާމާނު ހިފައިގެން އެގެއަށް އައީ ވާންއުޅޭ ކަމެއްގެ ހިލަމެއްވެސް ނުވާ ހާލުގައެވެ. އަޒްމާއާއި އެކު ކެެއްކުމުގައި އަންޖޫ ވެސް ބައިވެރިވިއެވެ. ނިމާން މާޝަލް ގޮވައިގެން އައިސް ގެއަށް ވަނުމުން އަލްމާޝް އަވަސްވެލީ އެކުއްޖާއަށް ކާއެއްޗެއް ދެވޭތޯއެވެ. ކޮޓަރިއަށް ވެސް ނުވަދެ ނިމާން ސަމަދު އަދި އަދުނާނާއެކު ދިޔައީ މިސްކިތަށެވެ. މާޝަލްއަށް ކާންދީ ނިންމާލުމާއެކު އަލްމާޝްގެ ފޯނު ރިންގްވާން ފެށުމުން ޓީވީ ރެކްމަތީގައި އޮތް ފޯނަށް އަލްމާޝް ޖަވާބުދެންފެށިއެވެ.

“މާޝް… ޝަހާ ގުޅިތަ؟  އެބައުޅޭ ޖެން ފިޓްޖެހިގެން…އަޅެ ގުޅާބަލަ… މަވެސް މިއުޅެނީ މިއަދު ރާވްބޭބީ ވެކްސިން ދިނީމަ ހުންއައިސްގެ ރޯވަރުން” އަފާފް ރަނގަޅަށް ވާހަކަދައްކާވެސް ނުނިމެނީސް އަލްމާޝް ފޯނު ކަނޑާލާފައި ގުޅާލީ ޝަހާނާއަށެވެ. އަލްމާޝް ގުޅިއިރު ނަސީބަކުން ޝަހާނާ ހުރީ ހަމައަކަށް އެޅިފައެވެ. ޖައިން ވެސް މިހާރު ރަނގަޅުކަމުގައި ބުނުމުން އަލްމާޝްގެ ހިތަށް ފިނިކަމެއް ލިބުނެވެ. ޖިނާން ހިތްހަމަނުޖެހޭތީ މާދަމާ ހެނދުނު ފްލައިޓުން މެލޭޝިޔާއަށް ދާން ފުރަން އުޅޭކަމަށް ބުނުމުން އަލްމާޝް ދެރަވިއެވެ. އަދި ޝަހާނާއަށް ހިތްވަރުކުރުމަށާއި ކުދިން ބޮޑެތިވާނީ އަނިޔާތަކާއި ބަލިތައްވެސް ތަހަންމަލުކޮށްފައި ކަމުގައި ޝަހާނާއަށް ބުނެދިިނެވެ. ފޯނު ކަނޑާލާފައި އަލްމާޝް އެނބުރުނުއިރު އެނދުމަތީގައި ބައިންދާފަ އިން މާޝަލް އިނީ ކާއެއްޗެހިތަކާއެކު އެނދުމަތީގައި އަލްމާޝް ފަތް ޖަހާފައި ބޭއްވި ނިމާންގެ ބޮކްސާގައި އަނގަ ޖަހައިގެން ކުޅޭށެވެ. އަލްމާޝް އަނގަމަތީގައި އަތް އަޅާފައި ހޭން ފެށުމުން މާޝަލްއަށް ވެސް މަޖާވެގެން އަނގައިން އަޑެއް ލައްވާލާފައި ހީލިއެވެ.

“ދެމައިންގެ ހަރަކާތްތަކަށް ބަލަން ކޮޓަރި ދޮރުމަތީގައި ހުރި ނިމާންވެސް ހުރީ ހިނިއައިއްސައެވެ.

“ޕްރިންސަސް…. މިރޭ ޑެޑީ ނިދަން ދެން ކޯއްޗެއް ލާނީ…. މަންމިގެ އަންޑަރވެއަރ އެއްނު މިޖެހުނީ ލާން… ނޭނގެ އެކްސްޓްރާ އެއްޗެއް މަންމި ގެނާ ކަމެއް ވެސް..” އެނދުމަތީގައި އިން މާޝަލް ނަގާ ނިމާންގެ ބަނޑުމަތީގައި ބައިންދަމުން ނިމާން ބުންޏެވެ.

“ނިދަން ވާއިރަށް އަހަރެން މި ދޮވެލާފައި ހިއްކާލާނަން…” ނިމާންގެ ބޮކްސާ ނަގައިގެން އަލްމާޝް ފާހާނާއަށް ވަނުމުން ފަހަތުން ނިމާންވެސް މާޝަލް އުރާލައިގެން ހުރެ ފާހާނާއަށް ވަނެވެ.

“ހެވޭ ނުދޮވުނަސް… އެއްވެސް އެއްޗެއް ނުލާ ނިދަން މާ ފަސޭހަވާނެ… ދެން ޝޯނާ ވެސް މަށަށް ކޮމްޕެނީދިނީމަ އޯކޭވާނެ…އެހެންނޫނަސް ހަތް ދުވަހުގެ ޗުއްޓީދީފައި ތިހުރީ… މިރޭ ކޮންމެހެންވެސް ޗުއްޓީ ކަނޑަންޖެހޭނެ… މަ ދެކުނިން އަޞްރު ނަމާދުކުރަނިކޮށް” ފާހާނާއިގެ ތެރޭގައި މާޝަލްގެ ބާތްޓަބަށް ފެން އަޅަން ހުރި އަލްމާޝްެގެ މޫނުގައި އެއްއަތުން ފިރުމާލަމުން ނިމާން ވާހަކަދެއްކިއެވެ. އަނެއް އަތުގައި އިން މާޝަލް އަޑުލައްވަމުން ދިޔައިރު ހީވަނީ މަންމައާއި ބައްޕަގެ ސަމާސާގައި ބައިވެރިވާހެންނެވެ.

“އެއްކަލަ މާން….” އަލްމާޝްގެ މޫނުމައްޗަށް އެރި ކުލަވަރުން އެކަނިވެސް ނިމާންއަށް އޭނާ ލަދުގަތްވަރު އެނގިގެން ދިޔައެވެ.

“ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ… ނިމާން ކައިރީގައި ހުއްޓި މާޝަލްގެ ނެޕީ ނައްޓުވަމުން އަލްމާޝް އަހާލީ ނިމާންގެ ތޫނު ނަޒަރު މޫނަށް ހުއްޓުފައިވާތީއެވެ. އެހިނދު ނިމާން ކައިރިވެލާ އަލްމާޝްގެ މޫނު ނިމާންގެ މޫނާއި ކައިރިކޮށްލުމަށްފަހު މަޑުމަޑުން އެތުންފަތުގައި ނިމާންގެ ތުންފަތްޖައްސާލިއެވެ. “ވަރަށް ލޯބިވޭ” މާޝަލްއާއި އަލްމާޝްއާއ އެކީގައި ކައިރިކޮށްލާ ވަރަށް ބާރަށް ބައްދާލަމުން ނިމާން ބުނެލިއެވެ.

“މިރޭ މާން ހާދަ ތަފާތޭ…” މާޝަލްގެ ގައި ހުސް ފެންކޮޅަކުން ދޮއްވާލަމުން އަލްމާޝް ނިކުމެ މާޝަލް ބާއްވާލީ އެނދުމަތީގައެވެ.

“ނޭނގެ.. މިރޭ ވަރަށް ހާއްސަ…ބޭނުންވަނީ މިރޭ ޝޯނާ ވަރަށް އުފާވާ ކަމެއް ކުރަން” އަލްމާޝް މާޝަލްގެ ނެޕީ ޖަހަމުން ދިޔައިރު ނިމާންވެސް ބައިވެރިވިއެވެ.

“އެހެންވިއްޔާ އަހަރެން ވަރަށް އުފާވާނެ މާން ވަރަށް އަވަހަށް ފެންވަރާލައިގެން ނިކުމެބަލަ. އެބަޖެހޭ ހޮސްޕިޓަލަށް ގޮސް ޝަހާއާއި ބައްދަލުކޮށްލަން”  މާޝަލް ނިދާ ހެދުން ލައްވާލުމަށްފަހު އެނދުގެ ހެޑްބޯޑްގައި ލެގިލާ ދެފައި ދަމާލާ ފައިމަތީގައި ބާލީސް ބާއްވާލަމުން އެނދުގެ އެއްފަރާތުގައި ފުށްދަޅުގެ މަތިގަނޑު ހިފައިގެން އޭގެއާއި ކުޅެން އޮތް މާޝަލް ނަގާ ބާއްވާލީ އަލްމާޝްގެ ފައި މައްޗަށްލި ބާލީސް މަތީގައެވެ.

“ޝިޓް… މި ހަނދާންވީ އަދި… ޖިނާ ބުންޏޭ ޖެން ބަލިވެގެން މާދަމާ ފުރާ ވާހަކަ… އެކަމުގައި އެބަޖެހޭ ކުޑަކޮށް އުޅެލަން ދާން…. ޝޯނާ… އެބަ އަންނަން ވަރަށް އަވަހަށް”  މާޝަލްގެ ކޮލުގައި ދޮނެއްދެމުން އަލްމާޝްގެ މޫނުގައި ފިރުމާލާފައި ނިމާން ނިކުމެގެން ދިޔައެވެ.

 

“އަދުނާން… އަހަރެން މިހިރީ ވަރަށް ކަންތައްބޮޑުވެފަ… އަހަރެމެންގެ ލޯބިވާ ދަރިފުޅު ވަރަށް ބޮޑަށް ބަދަލުވެއްޖެ… ގެއަށް އަންނަ މީހަކާވެސް ބައްދަލުކުރަނީކީ ނޫން…މިއަދު ހެނދުނު ޑިއުޓީއަށް ދިޔަ ގޮތަށް އެއުޅެނީ… ލަހުންނޯ ގެއަށް އާދެވޭނީ… މަށަށް ހަމަ ޔަގީން އެއީ ހުސް ބަހަނާކަން” ނަމާދުކޮށް ނިމިގެން މުސައްލަ ނަގާ ގޮނޑިމަތީގައި ބާއްވަމުން އަޒްމާ ވާހަކަދެއްކީ އެނދުމަތީގައި ހުރަހަށް އޮށޯވެގެން އޮތް އަދުނާނާއެވެ.

“އަޒްމާ ހާސްނުވޭ… މިރޭ އަހަރެން އޭނާޔާ ވާހަކަދައްކާނަން” އަދުނާންގެ ރާގު ހުރި ގޮތުން ދީމާގެ ކަންތަކާއި ހިތްހަމަނުޖެހިފައި ހުރިވަރު އަޒްމާއަށް ނަގައިގަނެވުނެވެ.

“ނޫން… އަދުނާން އިހަށް މަޑުކުރޭ… އަހަރެން މިރޭ ވާހަކަދައްކާފައި ވާއެއްޗަކުން އަދުނާން ވާހަކަދައްކާނީ” އަޒްމާ ބިރުގަތީ އަދުނާން މާބޮޑަށް ހިތްހަމަނުޖެހިގެން ބުނަން ނުވާ ވަރުގެ އެއްޗެއް ބުނެވިދާނެތީއެވެ.

އަލްމާޝްގެ އެތައް މަސައްކަތަކުންވެސް މާޝަލް ނުނިދިއެވެ. ނިންދަވަން ބާލީސް މަތީގައި ބާއްވާލުމާއެކުހެން ކުޑަކުޑަ މާޝަލް މަސައްކަތްކުރަނީ ކިރިޔާ ބޯއުފުއްލައިގެން ތެދުވެވޭތޯއެވެ. އެހެން ދުވަސްދުވަހު މިގަޑި މީ މާޝަލް އެންމެ ނިދަން ބޭނުންވާގަޑިއެވެ. އެންމެފަހަށް އަލްމާޝް ޖެހުނީ ދަރިފުޅަށް ދޫކޮށްލާށެވެ. މާޝަލް އުރާލައިގެން ކޮޓަރިން ބޭރަށް ނިކުތުމުން ޓީވީ ބަލަން އިން ދިޔާ އައިސް މާޝަލް އުރާލައިގެން އޭނާގެ ކޮޓަރިއަށް ވަނެވެ. އަލްމާޝް އެނބުރި ކޮޓަރިއަށް ވަނީ ނަމާދުކޮށްލަންވެގެންނެވެ.

 

މ.ޕިންކްވިލާގޭ ކައިރިއަށް މަޑުކޮށްލި ކާރުން ފަޒްނާއާއި މަނިކު ފޭބުމަށްފަހު ކުރިމަތީހުރިގޭ ފާރުގެ އެއްފަރާތުގައި ހުރި ނަންބޯޑަށް ބަލާލިއެވެ. ކުރިމަތީހުރިގޭ ދޮރު ކައިރީގައި ހުއްޓިލައިގެން ހުރި ފަޒްނާ ވާހަކަދެއްކުމަށްފަހު މަނިކުގެ އެއްވެސް ޖަވާބެއް ނުލިބުމުން އެނބުރި ބަލާލިއިރު މަނިކު ހުރީ ތަންކޮޅެއް ދުރުގައި ފިރިހެނަކާއި ވާހަކަދައްކާށެވެ. އެމީހަކު ފަޒްނާއަށް ފުރަގަސްދީގެން ހުރުމުން ކާކުކަމެއް ނޭނގުނެވެ. ސަލާންކޮށްލިގޮތަށް އެމީހާގެ އަތާއި މަނިކުގެ އަތް ގުޅިފައިވާތަނާއި މަނިކުގެ ތުންފަތްމަތީގައިވާ ހިނިތުންވުން ފެނުމުން އެއީ ކޮންމެސް ހެެޔޮއެދޭ ރައްޓެއްސެއްކަން ފަޒްނާއަށް އެނގުނެވެ. ފަޒްނާ ކުރިއަށް ފިޔަވަޅެއްއަޅާލީ އިޝާރާތުން މަނިކު އައުމަށް ބުނުމުންނެވެ.

“އަނހާ… މިހިރީ ފަޒްނާވެސް…. ހާދަ ދުވަހެއްކޮށްފައޭ ތިދެމަފިރިންނާއި މި ދިމާވީ… ކޮބާތަ އެމަންޖެ މިހާރު” އަދުނާންގެ ސުވާލުން މަނިކު އަދި ފަޒްނާ އެކަކު އަނެކަކުގެ މޫނަށް ބަލާލުމުން އަދުނާން ކައިރިއަށް ކުޑަކޮށް ހިނިއައެވެ.

“އެމަންޖެ މީހަކާ އިނދެގެން ގޮށްސަވީ..” ޖަވާބުދިނީ ފަޒްނާއެވެ.

“މީ އަހަރެމެންގެ… އެތެރޭގަ އެބައުޅޭ އަޒޫވެސް… ހިނގާ ވަންނަން… މި ހިސާބަށް ކީއްކުރަން އައިސް ތިއުޅެނީ”  މަނިކުގެ ކޮނޑަށް އަތްލަމުން އަދުނާން އަހާލިއެވެ.

“އަސްލު މި އާދެވުނީ ނުބައި އެޑްރެހަކަށް ކަންނޭނގެ.. ގެއަކަށް މިދަނީ… މިފަހަރު ދެން މިގެއަށް ވަދެލާނީ… ގާތްމީހުން ފެނުނީމަ ފުރަގަސްދީފަ ދާކަށް ނުވާނެތާދޯ….އެކަމު މާގިނައިރު މަޑެއް ނުކުރެވޭނެ”  އަދުނާން ފަހަތުން ފަޒްނާއާއި މަނިކު ހިނގައިގަތް އިރު އަދުނާންގެ ތުންފަތްމަތީގައިވި ހިނިތުންވުން އެކަކަށްވެސް ފާހަގައެއް ނުކުރެވެއެވެ. ކުރިއަށްއަޅާ ކޮންމެ ފިޔަވަޅަކާއެކު ފަޒްނާގެ ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއްވަމުން ދިޔައެވެ. މިރޭ ކޮންމެސްކަމެއް ވާންއުޅެޔޭ އޭނާގެ ހިތް ބުނަނީ ކީއްވެކަމެއް ނޭނގެއެވެ.

އެގޭ ސިޓިންގްރޫމުން އެމީހުންނަށް މަރުހަބާ ކިއީ އަޒްމާއެވެ. ފަޒްނާ ފެނުމުން އަޒްމާ ފަޒްނާގެ ގައިގާ ބައްދާލިއެވެ. އަދި މަނިކަށް ބަލާ ހީލަމުން އިށީންނަން ގޮނޑިދައްކާލިއެވެ.

ޒަމާންތަކަށްފަހު ވަރަށް އުފާވެއްޖެ ތިދެމަފިރިންނާއި ބައްދަލްވީމަ…އަބަދު ރާއްޖޭންބޭރުގަ އުޅޭ ބައެއްވީމަ ހިއެއް ނުކުރަން މާލޭގަ އުޅޭނެކަމަކަށް” ފަޒްނާ ވާހަކަ ދެއްކިއެވެ. އެވަގުތު މަނިކު ނިމާނަށް ގުޅާ ކާރުގެ ޑްރައިވަރއަށް ނޭނގި ނުބައި ގެއެއް ކައިރިއަށް އެމީހުން ބޭލުމުން ނިމާން ބުނި ގެއަށް ދާން ކުޑަވަގުތުކޮޅެއް ނަގާނެކަމަށް ބުންޏެވެ. ނިމާންވެސް ހީލާފައި އޯކޭއޭ ބުނުމުން މަނިކު ފޯނު ބޭއްވިއެވެ.

“އަޒޫގެ މާމަދަރިފުޅު އަޑުތަ އެއިވެނީ”  މާޝަލްގެ ސަކަރާތުގެ އަޑު ފަޒްނާގެ ކަންފަތުގައި ޖެހުމުން އަޒްމާ ކައިރީގައި އަހާލިއެވެ.

“ހޫމް… އެއީ ރޭގަނޑަށް ނިދާ މަންޖެއެއް ނޫން… މާމަ މިވަގުތު ގޭގަ އިނީމަ އުފަލުން އެއުޅެނީ”  ފަޒްނާއަށް ނޫންގޮތަކަށް ބަލާލަމުން ބުނެލިއެވެ.

“ފަޒޫގެ މަންޖެ ނޫޅޭތަ މާމަކިޔާ ދަރިއަކު ފަޒޫއަށް ހޯދަދޭކަށް” އަޒްމާ މިހެން ބުނުމުން ފަޒްނާ މިފަހަރުވެސް ބަލާލީ ކައިރީގައި އިން މަނިކުގެ މޫނަށެވެ. ހީވަނީ އެސުވާލަށް މަނިކު ކައިރީގައި ޖަވާބުދޭށޭ ބުނާހެންނެވެ.

“އަސްލު ތީ ދުރުބައެއްވެސް ނޫން ދޯ.. އެއްގޮތަކުން ބުނަންޏާ ތީ އަލްމާޝްގެ ބޮޑުދައިތަ… އަހަރެމެންނަށް ވަރަށް ބޮޑު ކުށެއް ކުރެވިިއްޖެ… އަހަރެމެންނަށް ކުރެވުނު ކުޑަކުޑަ ކުށަކުން މިއަދު މިވަނީ އަހަރެމެންގެ ދަރިފުޅު ގެއްލިފައި. އެމަންޖެވީ ތަނެއްވެސް ނޭނގޭ… ނަންބަރުވެސް ބަދަލުކޮށްގެން އުޅެނީ…އެމަންޖެ ދުވަހަކުވެސް އަހަރެމެންނަށް މާފެއް ނުކުރާނެ”  މަނިކު ލޮލުން ކަރުނަ ހިލުނުތަން ފެނުމުން އަޒްމާ ވެސް އަދި އަދުނާން ވެސް އިންތިހާއަށް ދެރަވެއްޖެއެވެ.

“ތިހެން ނުބުނޭ… މަށަށް އެއްކަމެއް ޔަގީން… އެމަންޖެ ތަރުބިއްޔަތު ކުރީ ފަޒޫ.. އެހެންވިއްޔާ އެދަރި އެހާ ނުބައި މީހަކަށް ނުވާނެ…. ބަލާތި… އުފަލުން މާފުކުރާނެ”  އަޒްމާ ތެދުވެގެން އައިސް ފަޒްނާ ކައިރީގައި އިށީންނަމުން ފަޒްނާގެ އަތްތިލައިގާ ހިފާލިއެވެ.

“އުއްމީދަކީ ތީ… ލަގޮނޑިއަށް ކެތްނުވޭ އެމަންޖެ ދެކިލާހިއްވާވަރުން” މިފަހަރު ފަޒްނާއަށް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ.

“މިކަންތައް ސަމަދަށް އެނޖިއްޖިއްޔާ އޭނަ ހިތަށް އަރާނެ އެއްޗެއް ނޭނގޭތީ އަހަރެމެން ވަރަށް ކަންތައްބޮޑުވެފަ މިތިބެނީީ…ދުލުން އެއްޗެއް ނުބުންޏަސް ހިތުގައި އޮންނާނެދޯ” މަނިކު އޭނާގެ ހިޔާލު ފާޅުކޮށްލިއެވެ.

“އަހަރެންގެ ހިތުގައި ތިދެމަފިރިންނަށްޓަކައި އެއްވެސް ބުރަކަމެއް ނެތް…” ފަހަތުން އިވުނު އަޑަށް އެންމެން ފަހަތް ބަލާލިއިރު ސަމަދު ހުރީ ފަހަތުގައި ހެވިަފއެވެ.

“ސަމަދު އެބައުޅެންތަ؟.. ކޮންއިރަކު އައިސްގެން ތިއުޅެނީ…އަންގާވެސް ނުލަމެއްނު” މަނިކު ސަމަދާއި ސަލާންކުރުމުން ސަމަދު ވަކިން ހުރި ސޯފާ ގޮނޑީގައި ޖައްސާލިއެވެ.

“މިހާރު ލައްކަ ދުވަސްވެއްޖެ އުޅޭތާ….” އެއްފައިމަތީގައި އަނެއްފައި ބާއްވާލަމުން ސަމަދު ބުންޏެވެ.

“މިހާރު އެނގިއްޖެއްނު ބޭބެގެ ހިތް އޮތްގޮތް” އަޒްމާ ތެދުވެގެން ބަދިގެއާއި ދިމާލަށް ދަމުން ބުނެލިއެވެ.

“އަލްމާޝަކީ ތެދަމަފިރިންގެ ދަރިއެއް…. އެދަރިއަށް ރަނގަޅަށް ތިދެމަފިރިން ކުރި ކަމެއް ކުރާނީ… އޭނާދެކެ ލޯބިނުވެޔޭ މަށެއް ނުބުނާނަން. އެންމެ ފުރަތަމަ ފަޒްނާ އެދަރި އުރާލުމަށްފަހު ރޯންފެށިގޮތުން ވެސް މަށަށް އެނގުނު ތިހިތުން މައެއްގެ ލޯބި އެކުއްޖާ ކަށަވަރު ކޮށްފިކަން…. ދެން އެވާހަކަ ބާއްވަމާ… އެންމެ ފުރަތަމަވެސް ބޭނުންވަނީ ހުރިހާ ކަމެއްވެސް ރަނގަޅުތޯ އަހާލަން” ސަމަދު މައުލޫ ބަދަލުކޮށްލުމުން މަނިކު ހިތްހަމަޖެހުނު ނަމަވެސް ވިސްނާލަން ޖެހުނީ އަލްމާޝާއި ބެހޭ ގޮތުން ސަމަދުު އޮޅުންފިލުވަން ނޫޅުނީމައެވެ.

“މިރޭ ގެއަކަށް ދަމުން މިގެއަށް ވަދެލަން މިޖެހުނީ…އަހަރެމެން އުޅެނީ މާފަންނުކޮޅުގައި ހުރި ގެއަކު… މާދަމާ މިގޭ ހުރިހާ މީހުންވެސް ހަވީރު ސަޔަށް ވާނެ އެގެއަށްދާން” ފަޒްނާ މިހެން ބުނެލުމުން ސަމަދާއި އަދުނާން އެއްކޮށް ޔަގީންތާއޭ ބުނެލިއެވެ.

“މަނިކު ޓެކްސީއަކަށް ގުޅާ… މަ މިއަންނަނީ އަޒޫ ކައިރީގައި ދާ ވާހަކަ ބުނެލާފައި…… މިދިމާލަށް ދޯ އަޒޫ ދިޔައީ” ބަދިގެއާއި ވީ ދިމާލަށް ފަޒްނާ އަތް ދިއްކޮށްލުމުން އަދުނާން ބޮލުގެ އިޝާރާތުން އާއެނކޭ ބުނެލިއެވެ. ގޭގެ އެކިދިމަދިމާލަށް ލޯހިންގަމުން ފަޒްނާ ބަދިގޭ ދޮރަށް އެރިއިރު އެތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކުޑަކޮށް އެތެރެއަށް ޖެހިލާ ދެކޮޅަށް ލޯހިންގާލުމުން ފުރިޖް ދޮރު ހުޅުވާލައިގެން ފުރަގަހަށް ގުދަށް ކަހަލަ ގޮތަކަށް އޮތް އަންހެންކުއްޖަކު ފެނުމުން ފަޒްނާ ކުޑަކޮށް މަޑުޖެހިލިއެވެ.

“އަޒޫ” ފުރިޖުން ފެން އަޅާފައި ހުރި ބިއްލޫރިފުޅި ހިފައިގެން ސީދާވެލި އަލްމާޝް ކުއްލިއަކަށް ދޮރާ ދިމާލަށް އެނބުރިލިއެވެ. އެވަގުތު ދޮރުމަތީގައި ހުރި މީހާ ފެނިފައި އަތުގައި އޮތް ފުޅި ތިރިއަށް ދޫކޮށްލެވުނެވެ. ފަޒްނާވެސް އަތުގައި އޮތް އަތްދަބަސް ތިރިއަށް ދޫކޮށްލެވުނީ ސިހުމަކާއެކު އެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ދުރުގައި ވިޔަސް… ( 11ވަނަ ބައި)

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 37

Next
January 14, 2016

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 37

Previews
January 13, 2016

ދުރުގައި ވިޔަސް… ( 11ވަނަ ބައި)

11 Comments!

  1. Ushaali says:
    January 14, 2016 at 12:48 am

    hellow… mi part ves kiyaala… kiyuntherinnah kamudhaane kamah ummydhu kuran??

  2. yumna says:
    January 14, 2016 at 1:15 am

    Woow vvv reethi

  3. beauty queen says:
    January 14, 2016 at 1:25 am

    Yay me first o varah reethi story eh

  4. vaahaka kiyaa kuhjaa says:
    January 14, 2016 at 1:35 am

    Wen next part genes dhenyy??

  5. Yooha says:
    January 14, 2016 at 2:18 am

    avas avas! nice story keep it up… luv u ushaaly….. u are the best… plesase uplode the next part a lil faster… LOVE YA… and most importantly me 3rd… yeyyyy

  6. shine says:
    January 14, 2016 at 7:20 am

    Nice….. whn nxt part??¿¿

  7. Aishaa says:
    January 14, 2016 at 1:20 pm

    Wow nice.. next part avahah up kohdheebala☺☺

  8. Shai says:
    January 14, 2016 at 4:19 pm

    Hm v salhi

  9. ?????????? says:
    January 14, 2016 at 8:42 pm

    Vrh vrh vrh reethi..?????? u r the best ushaali…??love this story???? wow wow wow ?????

  10. roassy says:
    January 14, 2016 at 10:39 pm

    real lyfgagaves wife dheke eha loabiva firin ulheynama kn fadha

  11. nimaa says:
    January 14, 2016 at 11:40 pm

    Nice story …keep it up

Comments are closed.

Next Episodeއަލްމާޝް 19←


All Right Reserved!