މިވާހކައިގެ 3 ވަނަ ބައި އަލުން ދިގުކޮން ގެނެސްދީފައި ވާނެއެވެ. ހަތަރުވަނަ ބައި ފެށޭނީ މިހާރު ތިންވަނަބައި ނިމިފައިވާ ހިސާބުންނެވެ. ފޫހިކަމެއްނެތި މިވާހަކަ ކިޔަމުންދާ ކިޔުންތެރިންގެ ސަމާލުކަމަށްޓަކާ މިކަން އަނގާލީމެވެ. އުންމީދުކުރަން 3ވަނަ ބައި އަލުން ކިޔާލާނެކަމަށް
ގޭތެރޭގެ ހުރިހާކަމެއް ނިންމާލުމަށްފަހު ނިހާމާ އައިސް ކުންނާރުގަސްދަށުގައި ހުރި ޖޯލީގައި އޮށޯވެލިއެވެ. އެއާއެކު އަނެއަކާވެސް ރޭގެ ހަނދާންތައް އާވާން ފެށިއެވެ. “އައްސަލާމް އަލައިކުމް…” ނިހާމާ ސިހިގެންދިޔައި ދޮރުމަތީގައި ހުރި މީހަކު ސަލާމްގޮވާލުމުންނެވެ. “ވާލައިކުމުއްސަލާމް…” ނިހާމާ ސަލާން ބަލައިގަންނަމުން އެދިމާލަށް ބަލާލިއެވެ. ފެނުނީ ގަބޫލުކުރަން ދަތިމަންޒަރެކެވެ. ކުރިމަތީހުރީ ރޭން ފެށިގެން ފެނިލުމަށް އެދި އިންތިޒާރުކުރަމުންދިޔަ ޒުވާނާއެވެ. ނާއިފް އެވެ. ހީވިހީވުމެކޭ ހީކޮއްލުމަށްފަހު ނިހާމާ އިސްދަށަށްޖަހާލިއެވެ. ދެވަނަފަހަރަށް އިސްއުފުލާ ބަލާލީ ފެނުނު މަންޒަރު ޔަގީންކޮއްލުމުގެ ބޭނުމުގައެވެ. ނިހާމާ ފެނުމުން ނާއިފްއަށްވެސް […]
” ޑޯންޓް ފޮގެޓް ތީ އަހަރެންގެ ބެސްޓް ފްރެންޑް.. އެންޑް އައި ރިއަލީ ހޭޓް ދެޓް މާޒް… ކާރުގެ ކުރީ ޝީޓުގައި އިންނާނީ އަހަރެން.. އަބަދުވެސް އަހަރެން..” އާރާގެ ޖުމްލަތަކުން ޔުއާން ކައިރިއަށް ހިނި އަންނަ ގޮތްވވިއެވެ. ނަމަވެސް އާރާ ރުޅިއައިސްދާނެތީ ހިނި ކޮންޓްރޯލް ކުރިއެވެ. އާރާ ފަލަކް ކައިރިއަށް ދަމުން ދިޔައީ މާޒްގައިގަ ޖެހިގަނެފައެވެ. އެވަގުތު މާޒް ވެއްޓެން ދިޔަ ނަމަވެސް ވެއްޓުމުގެ ކުރިން އަމިއްލަ މީހާ ކޮންޓްރޯލް ކުރިއެވެ. ” ޑޯންޓް މައިންޑް ހަރ.. […]
މުޅިތަނަށް ވެރިވެފައިވަނީ ކަޅު އަނދިރިކަމެވެ. އެ އަނދިރި ގަނޑުން ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން ކޮންމެ މީހެއްގެ ހިއްސުތަކާ ކުޅެލާނެކަން ގައިމެވެ. އަރާމު ނިންޖެއްގައި ގެނބިގެންދާން ބޭނުންނުވާނެ މީހެއް ނޫޅޭނެކަން ގައިމެވެ. އެހެން ނަމަވެސް އެ ފިނި ރޭގައި އަމޭލިޔާ ވަގުތު ގުނަމުން ދިޔައީ ރުއިމުގައެވެ. ފުރާވަރުގެ އަމޭލިއާ ތަޖުރިބާ ކުރަމުން ދިޔައީ މިއިން ޒަމާނެއްގައި ތަޖުރިބާ ކޮއްފައިނުވާހާ ބިރުވެރިކަމެއްގައެވެ. އަނގަމަތީގައި އަޅާފައިވާ ފޮތިގަނޑުގެ ސަބަބުން އަޑު ބޭރުނުވިޔަސް ދިޔައީ ގައިގަ ހުރިބާރަކަށް ހަޅޭލަވަމުންނެވެ. ސަމަލާމަތަށް އެދި […]
“ނިހާ ޕްލީޒް.. އެނގޭތަ އަހަރެން މިހުންނަނީ ހަމައެކަނި ނިހާއަށްޓަކާ..! ވަރަށް ލޯބިވޭ.. ކީއްތަވާނީ އަހަރެންގެ ލޯބި ގަބޫލުކުރިއްޔާ” އަލާން ނިހާމާއާއި ކައިރިވުމައްޓަކައި އަޅާކޮންމެ ފިޔަވަޅަކަށް ނިހާމާ ފަހަތައް ފިޔަވަޅެއް އަޅައެވެ. އެންމެފަހުން ނިހާމާއަށް ފަހަތަށް ދަމުންގޮސް ޖެހެވުނީ ފާރުގައެވެ. އަލާން ނިހާމާގެ ދެފަރާތުން ފާރުގައި ދެއަތް ވިއްދާލިއެވެ. އެހެންނަމަވެސް ހުޝިޔާރުކަމާއެކު ނިހާމާ ކުއްލިއަކަށް އަލާން ފަހަތަށް ކޮއްޕާލާ ގެއާދިމާލައް ދުއްވައިގަތެވެ. މިކަމަށް ނުވިސްނާހުރި އަލާންގެ އަތްދަށުން ނިހާމާ ސަލާމަތްވެގެން ދުއްވައިގަން ވަގުތު އަލާން ވެއްޓުނީ މަގުމަތީގައިހެދިފައިވާ ފެންގަނޑަކަށްށެވެ. […]
ވެހެމުންދާ ވާރޭގެ އަޑު ފިޔަވާ އިތުރު އަޑެއް ޝާމިންއަކަށް ނީވެއެވެ. ވިއްސާރަ ވެފައި ވުމުގެ ސަބަބުން ބޭރުތެރެއިން މީހެއްގެ ހިލަމެއްނުވާއިރު ޖެހެމުންދާ ވައިރޯޅިތަކުން ވިއްސަމުންދާ ވާރޭގެ ތިކިތަށް ޝާމިންގެ ގައިގައި ޖެހުމުން އަތުގައި ހުރި ލޯލިތަށް ކޮޅަށް ޖެހެމުން ދިޔައެވެ. އެވަގުތު ޖީބުގައި އޮތް ޝާމިންގެ ފޯނު ރިންގުވާއަޑަށް ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ. “ހަލޯ؟” ފޯނު ނެގުމާއި އެކު ޝާމިން އެހެން ބުނެލިތަނާ އެކޮޅުން ވާހަކަ ދެއްކި މީހާ މިގުޅައިލީ ސަނާ ބުނެގެން ކަމަށް ބުނެ […]
“ކަލޭމެން ބުނީ މެއްނު އޭނަ ޖާހަތު އާ އިނީ ލޯތްބަކުން ނޫނޭ. ބަދަލު ހިފުމަށޭ. ދެން؟ ކީއްވެ އޭނައަށް ޖާހަތު ދޫކޮށްލަން ނުކެރިގެން އެއުޅެނީ؟” އެތަނުން ދެތިން މީހަކަށް އިޝާރާތް ކޮށްލަމުން ހުމާމު ސުވާލު ކޮށްލި އެވެ. ރުޅިވެރި ކަމާއެކީގައެވެ. އަނެއްކާވެސް ގޮސް އާއިޒުގެ ކައިރީގައި ހުއްޓިލިއެވެ. “ލޯބިވެވުނީތަ ޖާހަތު ދެކެ؟” މަޑުމައިތިރި ކަމާއެކީގައި ސުވާލު ކޮށްލިއެވެ. އާއިޒު އިސް އުފުލާލިތަން ފަހަތުގައި ހުރި ހުމާމަށް ފެނުނެވެ. “ކަލެއަށް ލޯބިވެވުނީ ހޭ އޭނަ ދެކެ؟” ހަޅޭއްލަވައިގަންނަމުން ސުވާލުތަކުރާރު […]
ނިހާމާ އިނީ ކޮޓަރިތެރޭގައެވެ. އޭރު ނިހާމާގެ ހިތަށްކޮއްފައިވާ ފުންއަސަރު ލޮލުން ކަރުނައިގެ ސިފައިގައި އޮހޮރެމުންދެއެވެ. މަޑުމަޑުން ނިހާމާތެދުވެގެންގޮސް ޑްރެސިންޓޭބަލް ކައިރީ މަޑުކޮއްލިއެވެ. ގިނައިރު ރޮއުމުގެ ސަބަބުން ނިހާމާގެ ދެލޯކައިރިވަނީ ކޮންމެވެސް ވަރަކަށް ދުޅަވެފައެވެ. ނިހާމާ ކަރުގައި އަޅާފައިއޮތް ރިހިކުލައިގެ ފަށަށް ބަލާލިއެވެ. އަދި އެފަށުގައިވާ “އެން” އަކުރުގައި އަތްޖައްސަލިއެވެ. އެއާއެކު ދެލޯމަރާލާ ބާރުކޮއްލެވުނެވެ. “ނިހާ…!” ނިހާމާ ސިހިގެންދިޔައީ ނާއިފްގެ އަޑަށްށެވެ. އެއީ ނިހާމާ އެމީހަކުދެކެ އިންތިހާއަށް ލޯބިވާ ނިހާމާގެ އަލަތުފިރިމީހާއެވެ. ނިހާމާ އަވަސްއަވަހަށް އަތުގެ ނުފުށުން ކަރުނަތައްފޮހެލަމުން […]
” ތި ފޮޓޯގަ ތިބި ދެކުދިންނަކީ ދަރިފުޅާ ދަރިފުޅުގެ އެއްމާބަނޑު ދައްތަ އައިލީން .. ނަމަވެސް ކަންދިމާކުރިގޮތުން އައިލީން މި ދުނިޔެ ދޫކޮށް ދިޔައީ .. ” އެ ހިސާބަށް ބުނެވުނު އިރު ނަޖުމާ އަށް ރޮވޭ ވަރުން ހުރީ އަނގަމަތީގައި އަތް އަޅާލައިގެންނެވެ. އައިރީން ވެސް ހުއްޓުން އަރާފަ ހުރި އިރު ހީވަނީ އެވާހަކަތަށް ގަބޫލު ނުކުރެވިފައި ހުރިހެންނެވެ. ސިޓިން ރޫމުގައި ދެން ތިބި އެންމެން ގެ ވެސް ދެލޯ ވަނީ ފެންކަޅިވެފައެވެ. ” ކީކޭ؟ […]