Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަލްމާޝް 19

Ushaali Level 810 Stories100 Comments100 Stories500 Comments
January 15, 2016 9 Mins Read
11 Comments

“މަނިކު ޓެކްސީއަކަށް ގުޅާ… މަ މިއަންނަނީ އަޒޫ ކައިރީގައި ދާ ވާހަކަ ބުނެލާފައި…… މިދިމާލަށް ދޯ އަޒޫ ދިޔައީ” ބަދިގެއާއި ވީ ދިމާލަށް ފަޒްނާ އަތް ދިއްކޮށްލުމުން އަދުނާން ބޮލުގެ އިޝާރާތުން އާއެނކޭ ބުނެލިއެވެ. ގޭގެ އެކިދިމަދިމާލަށް ލޯހިންގަމުން ފަޒްނާ ބަދިގޭ ދޮރަށް އެރިއިރު އެތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކުޑަކޮށް އެތެރެއަށް ޖެހިލާ ދެކޮޅަށް ލޯހިންގާލުމުން ފުރިޖް ދޮރު ހުޅުވާލައިގެން ފުރަގަހަށް ގުދަށް ކަހަލަ ގޮތަކަށް އޮތް އަންހެންކުއްޖަކު ފެނުމުން ފަޒްނާ ކުޑަކޮށް މަޑުޖެހިލިއެވެ.

“އަޒޫ” ފުރިޖުން ފެން އަޅާފައި ހުރި ބިއްލޫރިފުޅި ހިފައިގެން ސީދާވެލި އަލްމާޝް ކުއްލިއަކަށް ދޮރާ ދިމާލަށް އެނބުރިލިއެވެ. އެވަގުތު ދޮރުމަތީގައި ހުރި މީހާ ފެނިފައި އަތުގައި އޮތް ފުޅި ތިރިއަށް ދޫކޮށްލެވުނެވެ. ފަޒްނާވެސް އަތުގައި އޮތް އަތްދަބަސް ތިރިއަށް ދޫކޮށްލެވުނީ ސިހުމަކާއެކު އެވެ.

“މަ..މަ….މަންމާ” އަނގައިގާ އެއްވެސް ވަރެއްނެތި އަލްމާޝްގެ ހިކިފައިވާ ދެތުންފަތް ދޭތެރެއިން ނިކުތް މި ލަފްޒުގެ އަޑު ކިތަންމެހާވެސް ރީތިކޮށް ފަޒްނާއަށް އިވުނެވެ. ހަށިގަނޑު ވާގިދޫކޮށްލާފައި ފަޒްނާ ދެތުންފަތް ފިއްތާލިތަން ފެނި އަލްމާޝްގެ ހިތް ފުނޑުފުނޑުވި ކަހަލައެވެ. ކުއްލިއަކަށް އަލްމާޝަށް ފަހަތަށް ދެތިންފިޔަވަޅު އަޅާލެވުނީ އެހަށިގަނޑުގައި ފަޒްނާ ބައްދައިގަތުމުންނެވެ. އެފިރުމުންތަކަށް އަލްމާޝްގެ ހިތް އެދޭތާ އެތައް ދުވަހެއްވެފައިވުމުން ކެތްނުކުރެވި ފަޒްނާގެ ގައިގާ ބާރަށް ދެއަތުން ހިފަހައްޓާ އަލްމާޝްއަށް ރޯންފެށުނީ މާބާރަށެވެ.

އަލްމާޝްގެ ރޮއެގަތް އަޑަށް ސަމަދާއި އަދުނާން އެކަކު އަނެކަކަށް ބަލާލުމަށްފަހު ދުރުގައި ހުރި އަޒްމާއަށް ބަލާލުމުން ބޮޑުވައި އިނގިލި އުފުލާލައި ހުރިހާ ކަމެއް ރަނގަޅުކަމުގައި ބުންޏެވެ. ޓެކްސީއަށް ނުގުޅިގެން ފޯނަށް ބަލަހައްޓައިގެން އިން މަނިކަށް އެއިވޭ އަންހެންކުއްޖާގެ ރުއިމުގެ އަޑަށް ކަންފަތް ކޮޅަށް ޖެހުނު ސަބަބެއް ނޭނގުނެވެ. އިސާހިތަކު ގޮނޑިން ތެދުވެގެން އަޑު އަންނަ ދިމާލަށް ހިނގައިގަނެވުނީ ދެންތިބި ދެމީހުންނަށް ބަލާވެސް ނުލައެވެ. މަނިކަށް ފުރަގަސްވާގޮތަށް ފަޒްނާގެ ހަށިގަނޑުގައި ބައްދައިގަނެގެން ހުރި އަންހެންކުއްޖާ ފެނުމުން ފިޔަވަޅުތަކަށް ބާރުލާ ގޮސް ހުއްޓުނީ ދެމައިން ކައިރީގައެވެ. އަލްމާޝް އަޅާފައިހުރި ބުރުގަލުގެ މޫނުން ބައެއް ތިރިއަށް އެލިފައިކަހަލަ ގޮތަކަށް އޮތުމުން ކިރިޔާ ފެންނަނީ އަލްމާޝްގެ އަނގަ އެކަންޏެވެ. އެއީ އަލްމާޝްކަން މަނިކަށް އެނގުނީކަންނޭނގެއެވެ. ބުރުގާ މަތިން އަލްމާޝްގެ ބޮލުގައި ފިރުމާލުމާއެކު ބޯ ސީދާކޮށްލާ ކާކުތޯ ބަލާލިއެވެ. މަނިކުގެ ރޮވިފައިވާ މޫނު ފެނުމުން އަލްމާޝަށް ނުހުރެވި މަނިކުގެ ގައިގާ އޮޅުލައިގަތެވެ. ރޮމުން ރޮމުން ތިންމައިން ފުރިޖު ބުޑުގައި އިށީނދެވުނީ ގައިން ވާގިދޫވާން އުޅޭހެން ހީވުމުންނެވެ. އޭރުވެސް ފަޒްނާ އަލްމާޝްގެ މޫނުގެ އެކިތަންތާ ބޮސްދެމުން ދިޔައެވެ. އަނގައިން ބޭރުވަނީ އެންމެ ލަފްޒެކެވެ. “މަންމައަށް މާފްކުރޭ” ރޮވެމުން ގޮސް ނޭވާ ހުސްވާން ކައިިރިވުމުން އެންމެފަހު ވަގުތުކޮޅޭ ވެސް ކިތަންމެ ފަހަރަކު ފަޒްނާގެ ހިތަށް އަރައިފިއެވެ. އަލްމާޝްގެ ދެފަރާތުގައި ފަޒްނާ އަދި މަނިކު ިއިންއިރު އަލްމާޝް އިނީ މަނިކުގެ ކޮނޑުގައި ބޯއަޅާލައިގެންނެވެ. އަލްމާޝްގެ އަތް ތިލައިގާ ފަޒްނާ ބޮސްދެމުންދިޔައިރު ބަދިގެ ދޮރުމަތީގައި ތިބި އަޒްމާ ، އަދުނާން އަދި ސަމަދަށް ވެސް ހުރީ ރޮވިފައެވެ.

“މަންމާ ބައްޕާ… މަށަށް މާފްކުރޭ.. ދުވަހަކުވެސް ދެން މަންމައާއި ބައްޕައަށް ކަމެއް ސިއްރު ނުކުރާނަން.. އަހަރެން ދޫކޮށްފަ މަންމައާއި ބައްޕަ ދެން ނުދައްޗެ” ގިސްލެވޭވަރުން އަލްމާޝް ބުނި ޖުމްލަ އެދެމަފިރިންނަށް ނަގައިގަނެވުނީ ވަރަށް އުނދަގުލުންނެވެ.

“އަޒޫ… ހިނގާ ސިޓިންގްރޫމަށްދާން… ފެންތަކުގެ ތެރޭގައި ތިތިބީ”  ކުރިއަށް ޖެހިލާ އަޒްމާ ވާހަކަދައްކުމުން ތިން މީހުން ތެދުވެލިއެވެ.

“ބަލައިގެން” ވެއްޓުނު ފުޅި ތަޅައިގެން ދިޔަ ބިއްލޫރިތައް އެތާ ހުރުުމުން އަޒްމާ ބުނެލިއެވެ. ބަދިގޭ ދޮރުން އެމީހުން ބޭރަށް ނިކުތުމާއެކު ބަދިގެ ތެރެއިން ބޭރަށްހުރި ހުސްތަންކޮޅުގައި ބޯދިއްކޮށްލައިގެން ހުރި އަންޖޫ ހަށިފުރާނޭވައެއްލިއެވެ. އަދި ދެލޮލުން އައި ކަރުނަތައް ފޮހެލުމަށްފަހު ނޭފަތް އެރެއަށް ދަމާލާ މޮޕް ހިފައިގެން އައިސް އެތަން ސާފުކުރަން ފެށިއެވެ.

“މިހުރިހާ ދުވަހު ދަރިފުޅު މިގޭގަތަ؟” މަނިކުއާއި ފަޒްނާ ދެމެދުގައި އިން އަލްމާޝް ކައިރީގައި ފަޒްނާ އަހާލިއެވެ.

“ނޫން…. ވަރަށް ފަހުން އެނގުނީ އަޒޫދައްތަ އެއީ ބޮޑުދައިތަކަން” ރުއިމުގެ ސަބަބުން ދެލޯރަތްވެ އަދި ކުޑަވެފައި ހުރުމުން އަލްމާޝް ހީވަނީ ޗައިނާ ކުއްޖެއްހެންނެވެ.

“ދެން ކޮންތާކު ދަރިފުޅު އުޅެނީ.. މިރޭވާނީ މަންމައާއެކު ދާން” މިހެން ބުނިއިރު އަލްމާޝް އެއީ މީހެއްގެ އަންބެއްކަން ވެސް ފަޒްނާ ހަނދާންނެތެވެ.

ފަޒްނާ އަލްމާޝް ދޫކޮށްލި ދުވަހުން ފެށިގެން އުޅުނު ގޮތް ކިޔާދީ ނިމުނު އިރު އަނެއްކާވެސް ފަޒްނާ އިނީ ފެންކަޅި ވެފައެވެ. މާގިނައިން ރުޔުމުގެ ސަބަބުން ވާހަކަދައްކަން އުނދަގުވެފަ އިން މަނިކު އަލްމާޝްގެ ބޮލުގައި ފިރުމާލުމާއެކު އަނެއްކާވެސް މަނިކު ކޮނޑުމަތީގައި ބޯއަޅާލިއެވެ.

“ކޮބާ ދަރިފުޅުގެ ފިރިމީހާ… މަންމަގެ މާމަ ދަރިފުޅު ކޮބާ؟ އެއްޗެއް ހަނދާންވާ ކަހަލަ ގޮތަކަށް ހަށިގަނޑު ތެދުކޮށްލާފައި ފަޒްނާ އަހާލިއެވެ.

“އެއޮށް ގެންނަނީ” އެންމެން ބަލާލިއިރު ދިޔާ މާޝާލް އުރާލައިގެން ހުރެ އަންނަނީއެވެ. އަލްމާޝް ތެދުވެގެން ގޮސް މާޝަލް އުރާލިއިރުވެސް މާޝަލް އިނީ ފަހަތުގައި ހުރި ދިޔާއަށް ބަލާފަ މަޖާކުރާށެވެ. ފަޒްނާ ކައިރިއަށް ހުއްޓި އުނގަށް މާޝަލް ބާއްވާލަން އަނބުރާލި ވަގުތު މަނިކުއާއި ފަޒްނާގެ ދެލޯ އެއްފަހަރާ ބޮޑުވެގެން ދިޔައެވެ. އަލްމާޝް އެންމެ ހައިރާންވީ ނުދަންނަ މީހެއް ފެނުމުން ބާރަށް ރޯންފަށާ މާޝަލް ފަޒްނާއާއި މަނިކު ފެނުމުން އަނގަފުޅާ ކޮށްލާފައި ހީލި ގޮތުންނެވެ. އަދި ފަޒްނާ ކައިރިއަށްދާން ތެޅިގަތްވަރު ފެނުމުން އެންމެން ކައިރިއަށް ހިނިއައެވެ.

“މީތަ ދަރިފުޅުގެ…..” މާޝަލް އުރާލަމުން ފަޒްނާ އަށް އަހާނުލެވިގެން އުޅެނިކޮށް އަލްމާޝް ބޯ ޖަހާލިއެވެ.

“އެކަމު މާލް މީ ނިމާންގެ ދަރިއެއްނޫންތަ؟”  އެއްޗެއް ނުބުނެ އިން މަނިކުވެސް ހައިރާންވީ ވާންމިއުޅެނީ ކޮންކަމެއްހޭ ހިތާއެވެ.

“މަންމަމެންނަށް އެނގޭތަ ބޭބީއަށް ކިޔާ ނަންވެސް… ކިހިނެއް މާން އެނގުނީ” އަލްމާޝްގެ ސުވާލާއެކު ދެން ތިބި މީހުންވެސް ފަޒްނާއަށް ބަލާލީ އެމީހުންވެސް ޖަވާބު ބޭނުމޭ ބުނާކަހަލަ ގޮތަކަށެވެ.

“މާނައަކީ މަންމަމެންގެ ދަނބިދަރިފުޅަކީ ނިމާނޭތަ؟ ފަޒްނާވެސް ކޮށްލީ ސުވާލެކެވެ. އަލްމާޝް ބޯޖަހާލުމާއެކު ފަޒްނާ ބަލާލީ މަނިކަށެވެ.

“ސާބަސް ދަރިފުޅާ.. ނިމާންއެއީ ރާއްޖޭގެ ނެތްވަރުގެ މަޝްހޫރު ޑޮކްޓަރެއް.. މި ރާއްޖޭގަ އޭނަ ނޭނގޭނެ މީހަކު އުޅޭނެތަ” އަޒްމާ ބުނެލިއެވެ.

“އެކަމަކު އަހަރެމެންނަށް ނިމާން އެނގެނީ ޑޮކްޓަރެއް ގޮތަށްނޫން.. އެންމެ ފުރަތަމަ ބައްދަލުވީ ޑޮކްޓަރެއްގޮތަށް.. އެކަމު މިހާރު އަހަރެމެންގެ މިދަރިފުޅު ނެތްތަންކޮޅު ފޫބައްދަދިން ދަރިއަކީ އެއީ” އަލްމާޝްގެ ދެލޯ ބޮޑުވިއެވެ.

“ކީކޭ ބައްޕާ…” އަލްމާޝް އަހާލިއެވެ.

“އާނ ދަރިފުޅާ މީ ހަމަތެދު” އެންމެފުރަތަމަ ނިމާނާއި ބައްދަލުވި ދުވަހުން ފެށިގެން މިއަދާއި ޖެހެންދެން ނިމާންގެ ހުރިހާ ވާހަކައެއް މަނިކު އެމީހުންނަށް ކިޔާދިނެވެ.

ކޮންމެ ދުވަހަކު މާޝަލް ރީތިކުރީމާ ގޮވައިގެން މިދަނީ ކޮންތާކަށްކަމާއި އަލްމާޝް އެގެއަށް ނުގެންދާން އުޅުނު ސަބަބާއި އަބަދު މާމައެއްގެ ވާހަކަ މިދައްކަނީ މިހެންވެތާއޭ އަލްމާޝްގެ ހިތަށް އެރިއެވެ.

މާތްﷲ ގެ ކުޅަދުނވަންތަކަން ނިކަން ދެކިބަލަ…ކޮންފަދަ ބޮޑު އިއްތިފާގެއްމީ” އަލްމާޝްގެ ހިތުގައި ނިމާާނާއި ދޭތެރެވީ ލޯބި އިންތިހާއަށް ފުންވެގެން ދިޔައެވެ.

“ކޮބާ މިހާރު އެސޮރު…ޔަގީން އަހަރެމެން ކުރިމައްޗަށް އަރަންވެސް ނުކެރޭނެކަން މިހާރު” މަނިކު ބުނެލިއެވެ.

“ނެތް ގެއަކު” އަލްމާޝް ޖަވާބުދިނެވެ.

“ނޫން ދަރިފުޅާ… އިރުތަކެއްވެއްޖެ ގެއަށް އައިތާ… ބަދިގޭގަ އެވީ ކަމެއް ވީއިރު ގެއަށް އައިތަން ބޮޑުބެ ދެކުނިން…ކޮޓަރީގަ ކަންނޭނގެ… ދަރިފުޅު ގޮވާލަންވީނުން” އަލްމާޝް ހިނގައިގަތުމުން މަނިކު ހުއްޓުވިއެވެ.

“ކޮޓަރިދައްކަން ހިނގާ ދަރިފުޅު. މިފަހަރު އޭނަ ކައިރިއަށް ދާނީ މަންމައާއި ބައްޕަ” އަލްމާޝް ކުރީގައި ހުރެގެން ހިނގާފައި ދިޔައިރު ފަޒްނާ އަތް މަތީގައި މާޝަލް ވަރަށް ލޯބިކޮށް ނިދާލާފައި އޮތެވެ.

ދެއަތް ޖޯޑުކޮށްލައިގެން ގެނެސް ނިއްކުރިމަތީގައި ޖައްސާލައިގެން އެނދުގައި އިން ނިމާން ސިއްސައިގެންދިޔައީ ދޮރު ހުޅުވާލާފައި ކުރިމަތީގައި އައިސް ހުއްޓުނު ފަޒްނާއާއި މަނިކު ފެނިފައެވެ. ކުއްލިއަކަށް ކޮޅަށްތެދުވި ނިމާން އެދެމަފިރިން ކުރިމަތީގައި އިސްޖަހާލީ ކުށްވެރިއެއް ފަދައިންނެވެ. ނިމާން ސިއްސައިގެންދިޔައީ އެހަށިގަނޑުގައި ބައްދާލި މަނިކު ހީލިއަޑު އިވުމުންނެވެ.

“ކުށްވެރިއަކީ އަހަރެން… ވަރަށް ބޮޑަށް މާފްކޮށްދީ… މިއަދު ދައްތައާއި ބޭބެގެ ކުށްވެރިއަކީ އަހަރެން” އިސް އުފުލާލައި ކުރިމަތީގައި ހުރި ފަޒްނާއަށް ބަލާލަމުން ނިމާން ބުންޏެވެ.

” ހުރިހާ ކަމެއް އެނގުނީމަވެސް ދައްތަ އާއި ބޭބެތަ ކިޔާނީ” ފަޒްނާ ބުނެލި ޖުމްލައިން ނިމާން ކައިރިއަށް ހިނިއައެވެ.

“ދަރިފުޅާއި މެދު މިއަދު ބައްޕަ ފަހުރުވެރިވަން.. މިދުނިޔެއިން މީހަކަށް ތިވަރުގެ ފިރިހެން ދަރިއަކު ލިބޭނީ…. މިދުނިޔޭގެ ހުރިހާ އުފަލެއް ދަރިފުޅުމެންނަށް ލައްވާށި” ނިމާންގެ ބުރަކަށީގައި ފިރުމާލަމުން މަނިކު ބުންޏެވެ.

“ވަދޭ ދަރިފުޅާ” ފަޒްނާގެ އިޝާރާތަކަށް ދޮރާ ނިވާވެގެން ހުރި އަލްމާޝް އެތެރެއަށް ވަދެގެން އައިސް އެނދުމަތީގައި މާޝަލް ބާއްވާލި އިރުވެސް ނިމާން ހުރީ އެމޫނަށް ނަޒަރު ހުއްޓާލައިގެންނެވެ.

“ކުރިންވެސް ވާނީ ދަރިފުޅު ކައިރީގައި ބުނެފައި. އެކަމަކު އަދި އެއްފަހަރު ބުނެލާނަން…. މީ ބައްޕަގެ ދެލޮލުގެ ދެނޫރު… ބައްޕަގެ މުޅި ދުނިޔެ….މިދަރިފުޅުގެ އަތުން ދުވަހަކުވެސް ދޫކޮށްނުލައްޗެ” އަލްމާޝްގެ އަތް ނިމާންގެ އަތަށް ލައިދެމުން މަނިކު ބުންޏެވެ.

“ދަރިފުޅާ މަންމަ މިދަނީ ބޭރަށް….ދަރިފުޅުމެންގެ ދެކުދިންވެސް އާދޭ” ފަޒްނާ ނިކުންނަމުން ދޮރު ޕައްޕާލުމުން އަލްމާޝް އިސް އުފުލާ ނިމާންގެ މޫނަށް ބަލާލިއެވެ. އަދި ނިމާންގެ ހަށިގަނޑުގައި ވަރަށް ބާރަށް ބައްދާލިއެވެ.

“އޯހް……ތަދުވެޔޭ ލަވް،…. ކީއްވެ މިރޭ…..” ނިމާންގެ ބަސް ހުއްޓުނީ އަލްމާޝް ނިމާންގެ ތުންފަތުގައި އިނގިލި ހުރަސްކޮށްލުމުންނެވެ.

“މާން ކީއްވެތަ ތިހާ ބޮޑަށް ލޯބިވަނީ….” ކުޑަކުއްޖެއް ފަދައިން އަލްމާޝް ކޮށްލި ސުވާލުން ނިމާން ކައިރިއަށް އައީ ހިންޏެވެ.

“ނޭނގެ މައި ޕްރިޓީ ގާރލް” ނިމާންގެ ދެއަތްދަނޑި މައްޗަށް އަލްމާޝް އުފުލާލަމުން އެނބުރިލުމާއެކު އަލްމާޝްގެ މަޑުމަޑު ހުނުމުގެ އަޑު ކޮޓަރިތެރޭގައި ގުގުމާލިއެވެ.

ހުރިހާމީހުން ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން ދިޔައިރު ފިރިހެންވެރިންގެ މައިގަނޑު މައުލޫއަކީ މިހާރު ރާއްޖޭގެ ސިޔާސީ ކުޅިވަރުތަކުގެ ވާހަކައެވެ. ވާހަކައިގެ ތެރެއިން  އެންމެން ހީލާ އަޑުވެސް އިވެމުންދެއެވެ. އަޒްމާ މޫނުމަތީގެ ކުލަ އޮށްސިފަ އިނީ ލޯބިވާ ދަރިފުޅު ދީމާގެ ބަދަލުވަމުންދާ މިޒާޖާ ދޭތެރެ ވިސްނާލުމުންނެވެ.

“މަންމާ….” އަލްމާޝް ގޮވާލުމުން އެންމެން އެއްފަހަރާ އަލްމާޝާއި ވީ ދިމާ ބަލާލިއެވެ.

“ވަރަށް އިރު ވެއްޖެ އޭނަ މަންމަ ކައިރީގައި މާފަށް އެދޭހިތުން އުޅޭތާ… މަންމާ އޭނައަށް މާފުކޮށްދެއްޗެ….އެކަމުގައި އޭނަގެ ކުށެއްނެތް” އަލްމާޝް ބުންޏެވެ.

“ކާކުތަ ދަރިފުޅާ….” ފަޒްނާ ވެސް ކޮށްލީ ސުވާލެކެވެ.

“އާދޭ”  ބަދިގޭ ދޮރަށް ބަލާލަމުން އަލްމާޝް ބުނެލިއެވެ. އެވަގުތު ފަޒްނާ ކެއްސާ ގަނެގެން ފެންތަށި ތުނބުގައި ޖައްސާލި ވަގުތު މީހަކު އުނގުގައި ބޯއަޅާލި އިހުސާސް ވުމުން ބަލާލިއިރު އެއީ އަންޖޫކަމެއް ނޭނގެއެވެ.

“ދައްތާ… މާފްކުރޭ… އަހަރެން ދޮގުހެދީ މާޝްކޮއްކޮއަށްޓަކައި” އެއީ އަންޖޫކަން އެނގުމުން ފަޒްނާގެ ހިތްހަމަޖެހުނުވަރު ހުސްއެކަނި އެތުންފަތަށް ވެރިވި ހިނިތުންވުމުންވެސް ދޭހަކޮށްދޭއެވެ.

“ކަނބުލޮއަށް ދައްތަ މާފުކޮށްފިން…. ދައްތަ މިއަދު ވަރަށް އުފާވެއްޖެ މިއަދާއި ޖެހެންދެން އަންޖޫ ދައްތަގެ އަލްމާޝް ކައިރީގައި ދެގޮތެއްނުވެ ހުރީތީ”  އަންޖޫގެ ބޮލުގައި ފިރުމާލަމުން ފަޒްނާ ބުންޏެވެ.

މޭޒުދޮށުން ކައިގެން ފޭބި އެންމެންގެ ތުންފަތްމަތީގައި ވަނީ ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެކެވެ. އަލްމާޝް ބުނިބުނުމަށްޓަކައި މަނިކާއި ފަޒްނާ އެރެއިން އެރެއަށް ހަވޭލީއަށް ބަދަލުވީއެވެ. އެދަރިފުޅާއި އެންމެ ސިކުންތެއްވެސް ވަކިވާން ބޭނުންނުވާތީ ފަޒްނާ ދެކޮޅުހަދަން ބޭނުންނުވީއެވެ. އެންމެ ފަހު ނޭވަޔާ ޖެހެންދެން ވެސް ފަޒްނާ ބޭނުންވަނީ އަލްމާޝް ފެންނަ ހިސާބުގައި ހުންނާށެވެ.

 

ހޮސްޕިޓަލުން ދެދުވަހުގެ ކުރު ޗުއްޓީއެއް ނެގުމަށްފަހު ނިމާން އުޅުނީ މަނިކާއި ބައިވެރިވެގެން އެމީހުން ކުރިން އުޅުނުގޭ އެއްޗިހި ހަވޭލީއަށް ބަދަލުކުރުމުގައެވެ. މެންދުރުގެ ގަދަ އަވީގައި ދެބަފައިން އައިސް ގޯތިތެރޭގައި ހުރި ބަނބުކެޔޮ ގަސްދޮށުގައި ހުރި ޖޯލީގައި ޖައްސާލީ އިރު ލައިގެން ހުރި ގަމީސްހުރީ ގައިގާ ތަތްލާފައެވެ. އެވަގުތު ފަޒްނާ ކައިރިވެލާ ދެމީހުންނަށް ވަރަށް ފިނިކޮށް ހުރި ދެއަނބުފަނިތަށި ދިނުމުން ކޮންމެ މީހަކުވެސް އެއް ނޭވައިން ބޯލިއެވެ.

“އަނހާ… މާމަގެ މާލް ނިންދަވާފައި އައިތާ އަދިނުވޭ ދިހަމިނެޓްވެސް… އެހާ އަވަހަށް ހޭލީ” އަލްމާޝް އުރާލައިގެން އައި މާޝަލް ފަޒްނާ އުރާލަމުން އެކުޑަ ތުއްތު މޫނުގައި ލޯބިކޮށްލިއެވެ.

“ފެންވަރާލަން ދާންވީނުން” ނިމާނާއި ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން އަލްމާޝް ބުނެލިއެވެ.

“ކިހާ ފިނިވައެއް މިޖެހެނީ މިތަނަށް… ނިދާލަން ބޭނުމީ މިތާ އޮވެ” ޖޯލީގައި ނިމާން ހަށިގަނޑު ދަމާލުމުން އަލްމާޝް ތަންކޮޅެއް ދުރުގައި ވަކިން ހުރި ދަގަނޑު ޖޯއްޔެއް ކުޑަކޮށް ދަމާލާފައި ނިމާނާއި ކައިރިކޮށްލަދިނީ އޭގެ މަތީގައި ނިމާން ފައިދަމާލުމުން ހަށިގަނޑަށް އަރާމުވާނެތީއެވެ.

ކޮބާ ހިނގަ މިސްކިތަށްދަމާ ފެންވަރައިގެން” ލޯމެރެމުންދިޔަ ނިމާންގެ ކޮނޑުގައި ޖަހާލަމުން މަނިކު ބުންޏެވެ. އެވަގުތު ނިމާން ދެވަނަ ބަހެއް ނުކިޔާ މަނިކު ފަހަތުން ތެދުވެގެން ގޮސް ގޭތެރެއަށް ވަނެވެ.

“މަންމަ ދާންވީނުން ނަމާދުކޮށްލަން” މާޝަލް އުރާލައިގެން އިން ފަޒްނާ އެތެރެއަށް ހިންގައިގަތުމުން އަލްމާޝްވެސް އެތެރެއަށް ވަނެވެ.
******************************************************************************

ފުންވިސްނުމަކަށް ގެއްލިފައި އެނދުމަތީގައި އޮތް ދީމާ ސިއްސައިގެން ދިޔައީ މީހަކު ދޮރުފަތުގައި ޖަހާލި އަޑަށެވެ. އެއީ އަޒްމާގެ އަޑު ކަން ދީމާއަށް އެނގުނީ ދެވަނަ ފަހަރަށް އަޒްމާ ދީމާގެ ނަމުން ގޮވާލުމުންނެވެ. ދެލޮލުގެ އަރިމަތިން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ލޯގަނޑު ކުރިމައްޗަށް ހުއްޓި މޫނު ބަލާލީ ދީމާ އެއްވެސް ކަމަކާއި ވިސްނާކަން އަޒްމާއަށް އެނގުނަ ނުދިނުމަށޭވެ. މަޑުމަޑުން ހިނގާލާފައި ގޮސް ދޮރު ހުޅުވާލީ އަޒްމާގެ އަޑު ފަހަރަކަށް ވުރެ ފަހަރެއް ބާރު ވުމުންނެވެ.

“ދީމާ ހާދަ އިރެއް ވެއްޖޭ ކޮޓަރި ތަޅުލައިގެން އުޅޭތާ… ނަމާދު ކުރީތަ މިހާރު” އަޒްމާ ކޮޓަރިއަށް ވަދެ އެނދުގައި އިށިން އިރުވެސް ދީމާ ހުރީ ހުރި ހިސާބުގައި ކޮޅަށެވެ.

” ކިހިނެއްވެފަ ތިހުރީ.. އާދެބަލަ މިތާ މަންމަ ކައިރީގައި އިށީންނަން” ދުރުގައި ހުރި ދީމާއަށް އަޒްމާ ބުނެލިއެވެ. އެހިނދު މަޑު ފިޔަަވަޅުތަކެއްގައި ދީމާ އައިސް އަޒްމާ ކައިރީގައި އެނދުގައި އިށީނދެލިއެވެ. އެހެންދުވަސް ދުވަހާއި ހިލާފަށް މިއަދު ދީމާގެ އަމަލުތައް ހުރީ ވަރަށް މަޑުމައިތިރިކޮށެވެ.

“ބަލީތަ؟ ވަޒީފާއަށް ނުދާތާ ތިން ދުވަސްވެއްޖެ” ދީމާ ކުރެން އަޒްމާ އަހާލިއެވެ. “އަ….އާނ…..ނޫން…ބައްޔެއްނޫން….” ދީމާ ނޫންގޮތަކަށް ބުނެލި ޖުމްލައިން އަޒްމާގެ ބޮލުގައި ކޮށްޓާލިއެވެ.

“މަންމަ ބުނީމެއްނު ދިޔާކޮއްކޮގެ ހޯމްވޯރކް ހަދަން މިއަދު އެމަންޖެއަށް އެހީވައްޗޭ… ދަރިފުޅުގެ އެއްވެސް ހަބަރެއް ނުވޭ..ކޮޓަރި ތަޅުލައިގެން ކީއްކުރީ” އަޒްމާ އިނީ ސީދާ ދީމާގެ މޫނަށް ބަލަހައްޓައިގެންނެވެ. “އަ…އަހަރެން…ޖައްސާލީތަނާ ނިދުނީ” ޖުމްލަ ނިންމާލުމަށްފަހު ދީމާ ދެލޯމަރާލިތަން ފެނުމުން ދީމާ އެހެދީ ދޮގެއްކަން ވަރަށް ރަނގަޅަށް އަޒްމާއަށް އެނގުނެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ ކޮޓަރި ދޮރު ހުޅުވާލަމުން ދިޔާ ވާހަކަދެއްކިއެވެ. “ކިހިނެއްވީ ދަރިފުޅު. ހުރިހާ ހޯމްވޯރކްތަކެއް ހަދާ ނިމުނީތަ؟” އަޒްމާ ލޯތްބާއެކު ދިޔާ ގާތު އަހާލިއެވެ.

“ލައްބަ މަންމާ….އެބުހުރި ނިމާންބެ މަންމަ ހޯދަން އައިސް… މާޝްދައްތަ ދިން ކޮތަޅެއް ހިފައިގެން އައިސް ހުރީ” ދިޔާގެ ޖުމްލަ ރަނގަޅަށް ނުނިމެނިސް ދީމާ ކުއްލިއަކަށް ކޮޅަށް ތެދުވި ގޮތުން ހީވީ ފޫކޮޅަށް ކައްޓެއް ހެރިގެން ތެދުވިހެންނެވެ.

“އެހެންތަ؟ ނިމާންބެއަށް މިކޮޓަރި ދައްކާފަ ދަރިފުޅުދޭބާ މަންމަ ކޮޓަރި އެނދުމަތީގައި ހުރި ހެދުންތައް ފަތް ޖަހާލަދޭން” ދިޔާ ހިނގައިގަތީ ކޮޓަރިދޮރު ކުޑަކޮށް ހުޅުވާލާފައެވެ.

“އެބަ އަންނަން ފާހާނާއަށް ވަދެލާފަ… މަންމަ ދޭ ތިރިއަށް” ދީމާ ހާސްވެފައި ހުރި ވަރުން ފާހާނާކަމަށް ހިނގައިގަތީ އެކޮޓަރިތެރޭގައި ހުރި ދީމާގެ ބޮޑު އަލަމާރި ހުންނަ ރޫމާއި ދިމާލަށެވެ.

“ދީމާ… ފާހާނަ އެހެރީ… އެކަމު މިފަހަރު މަންމައަށްޓަކައި ނިމާނާއި ބައްދަލްކޮށްލާފަ ފާހާނާއަށް ވަންނަން މަޑުކޮށްލަންވީނުން…. ދަރިފުޅު ތިހެން ފިލައިގެން ތިއުޅެނީ ކީއްވެ؟؟ އެއީ ދަރިފުޅުގެ ޅިޔަނެކޭ… އެމީހުން އަހާ އަބަދުވެސް ދަރިފުޅުގެ ވާހަކަ” ފުރަގަހަށް އެނބުރި ހުރި ދީމާގެ އަތުގެ މުލައްދަނޑީގައި ހިފައިގެން ހުރެ އަޒްމާ ވާހަކަދެއްކިއެވެ. އަޒްމާއަށް ނޭނގުނީ ދީމާގެ ހިތް ބިރުގަނެފައިވާ ވަރެވެ. އޭނާގެ ހަގީގަތް މަންމަ ކުރިމަތީ ބޭޒާރުވާން ދެން އޮތީ މަދު ސިކުންތުކޮޅެކެވެ. ކުޑަކޮށް ހުޅުވިފައި ހުރި ދޮރުގައި ނިމާން ޓަކި ޖަހާލިއެވެ. ދޮރާއި ދިމާލަށް އެނބުރުނު އަޒްމާއަށް ދޮރުމަތީގައި ހުރި ނިމާން ފެނުނެވެ. އަޒްމާއަށް ބަލާލަމުން ނިމާން ހީލިއެވެ. އަޒްމާ ކައިރީގަިއ ހުރި ދީމާ ނިމާނަށް ނުފެނެއެވެ. އެކަން ދީމާއަށް ޔަގީން ވުމާއެކު އަޒްމާގެ އަތުން ވީއްލިގެން ދުވެފައި ގޮސް ފާހާނާއަށް ވަދެ ދޮރު ތަޅުލިއެވެ. ދީމާ ދިޔަ ދިމާލަށް ބަލަން ހުރި އަޒްމާއަށް ހުރެވުނީ ބަސް ހުއްޓިަފއެވެ. ނިމާންގެ ދިރިއުޅުމާއި ދީމާއާއި ކަމެއް ގުޅިފައިވާކަން މިފަހަރު އަޒްމާއަށް ޔަގީން ކުރެވިއްޖެއެވެ. އެކަމަކު ކޮންކަމެއް ހެއްޔެވެ؟ މިފަހަރު އަޒްމާ އެހާ ފަސޭހައިން ދުލެއް ނުކުރާނެއެވެ. ދަރިންނަށް ރަނގަޅު މަގު ދެއްކުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. ދީމާއަކީ އަޒްމާގެ ދެލޮލުގެ ދިރުމެވެ. އެއީ އަންހެން ދަރިއެއްކަމަށް ވީތީ އެދަރިފުޅަށް ވިސްނާދިނުމަކީ އަދުނާނަށް ވުރެ ބޮޑަށް އަޒްމާގެ ޒިންމާއެއް ކަމުގައި ހިތް ބުނެލިއެވެ.

“މީ… މަންމަ ބޮޑުއްތަ އަށް ދިން ހެދުން… ފަހާ ނިމުނީ މިއަދުއޯ ބޮޑުއްތަ ކައިރީގައި ބުނާށޯ…ދެން ޝޯނާ ބުނީ ބޮޑުއްތަ ކައިރީގައި އަހާފައި އަހްޝަމް ފިލްމަށް ޓިކެޓް ނަގާށޭ” ނިމާން ވާހަކަދެއްކީ ގަބުވެފައި ނިމާނަށް ބަލަން ހުރި އަޒްމާއާއެވެ.

“އެހެންތަ… ބުނޭ ބޮޑުއްތަ ފިލްމަށް ދާނަމޭ… އާދެބަލަ އެތެރެއަށް ތިތާ ނުހުރެ.. މީ ބޮޑުއްތަގެ ބޮޑު ދަރިފުޅުގެ ކޮޓަރި… އެބައުޅޭ ފާހާނާއިގަ… އާދޭ މިފަހަރު ބައްދަލުކޮށްލާފައި ދާން” ދެބަހެއް ނެތި ނިމާން އެކޮޓަރިއަށް ވަދެ ސޯފާ ގޮނޑީގައި ޖައްސާލީ އަޒްމާގެ ބަހަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ.

“ކޮބާ ބޮޑުބެ؟ ބޮޑުއްތަބޭ ވެސް ގޭގަ ނޫޅެނީތަ؟ ނިމާން އަހާލިއެވެ. “ބޮޑުބެ ވީ ފުރުމުގެ ކުރިން ބޭންކަށް ޑޮލަރުގެ ކަމެއްގަ ގޮސް… ދެން ބޮޑުއްތަބެ ވީ އޮފީހުގަ….އަންނާނެ މެންދުރުކާން ގެއަށް….. ބޮޑުއްތަ އެބަ އަންނަން ފިނި އެއްޗެއް ހިފައިގެން” އަޒްމާ ކޮޓަރިން ނިކުތުމުން ނިމާން ކުރިމަތީހުރި ކުޑަ މޭޒު މަތިން މެގަޒިންއެއް ނަގާ ހުޅުވާލިއެވެ.

ފާހާނާއިގެ ދޮރުގައި ލެގިލައިގެން ހުރި ދީމާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަނީއެވެ. މަންމަގެ އަތްމަތިން މިވަގުތަށް ސަލާމަތް ވިޔަސް އަދި މީ ސަލާމަތެއް ނޫންކަން ދީމާއަށް އެނގެއެވެ. އުޅެވުނު ގޮތާ ދޭތެރޭ މިއަދު ދީމާ ހިތާމަ ކުރެއެވެ. ނަމަވެސް ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. ދުނިޔޭގައި އުޅޭ އިރު މަންމަގެ ސުވާލުތަކަށް ފިލައިގެން ނޫޅެވޭނެކަން ދީމާއަށް އެނގެއެވެ. ނިމާނަކީ އާއިލީ ގޮތުން ގާތް މީހަކަށް ވުން އެއީ ދީމާގެ ބަދުނަސީބެވެ. އަލްމާޝް ކަހަލަ މާތް އަންހެން ކުއްޖެއްގެ ދިރިއުޅުން ހަލާކުކޮށްލަން ދީމާއަށް ކުރެވުނު މަސައްކަތަކީ މާފަށް އެދޭ ވަރުގެ ކުށަކަށް ވުރެ ވެސް ބޮޑު ކުށެކެވެ. މިއަދު ދީމާއަށް ވަރަށް ރަނގަޅަށް އެކަން އިހުސާސް ކުރެވިއްޖެއެވެ. ދީމާގެ ކަޅު ހަގީގަތާއި އެއްކޮށް މަންމައާއި ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟ ދީމާއަކީ ތިން ފަހަރު ނަހަލާލަށް ބަނޑުބޮޑު ވެފައިވީ މީހެކޭ ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ ދީމާއަކީ ކުރިން އިސްނަގައިގެން ނިމާންގެ ގަޔަށް އެރި މީހެކޭ ބުނާނީ ވަކި ކޮން ދުލަކުން ހެއްޔެވެ؟ އޭޑީކޭ ހޮސްޕިޓަލާއި މުޅިން އަލަށް ޖޮއިން ކުރި ދިވެހި ޑޮކްޓަރަކާއި އެއްކޮށް އޮފީހުގެ ފާހާނާއިގާ ގުޅުން ހިންގަނިކޮށް އިސްވެރިންނަށް ފެނުނީ ދީމާގެ ހަށިގަނޑުގައި އެއްވެސް އަންނައުނެއް ނެތިއެވެ. މިއަދު ދީމާގެ ހަށިގަނޑަކީ މުޅި ދުނިޔެއަށް ނީލަން ކިޔާފައިވާ އެއްޗެކެވެ. އެ މައްސަލައިގާ ދީމާ ވަޒީފާއިން ސަސްޕެންޑް ކުރި ވާހަކަ ބުނާނެ ހިއްވަރެއް ދީމާ ހޯދާނީ ކޮންތާކުން ހެއްޔެވެ؟ ނުވަތަ ދީމާ އެހެން ބުނާ އަޑު އަހަން އެނިކަމެތި މަންމަގެ ކަންފަތަށް ކުޅަދާނަ ވާނެ ހެއްޔެވެ؟ ނޫސްތަކުގެ އެންމެ ފަލަ ސުރުހީގައި އެވާހަކަ އޮތް އިރު އޭގައި އަންހެންކުއްޖާގެ ވަނަވަރު ނެތްކަން އެއީ ދީމާގެ ނަސީބޭ ކިތަންމެ ފަހަރަކު ހިތަށް އެރިިއެވެ. އެހަބަރު އަހާފައި އަދުނާން އެއަންހެންކުއަޖާއަށް ގޮވި އެއްޗެހި މިހާރުވެސް ދީމާގެ ކަންފަތުގައި ހުރީ ހަރުލާފައެވެ. މިހުރިހާ ހިޔާލުތަކެއް ދީމާގެ ސިކުނޑިި ވަށާލަން ނެގި މަދު ސިކުންތުން މުޅި މީހާ ދާހިއްލާލިއެވެ. ދެކަންފަތުގައި އަތް އަޅާ ހުރި ދިމާލުން ތިރިއަށް ސޮހި ގަތީ ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ. ރުޔުމުގެ އަޑު ބޭރުވެދާނެތީ އަނގަމަތީގައި އަތް އަޅާ ބާރުކޮށްލިއެވެ. ކިހާ ދެރަ ހެއްޔެވެ؟ ވަގުތު ފާއިތުވުމުގެ ކުރިން ވިސްނުނުނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ ޒަމާންތަކަށްފަހު ހެއްދެވިފަރާތްމަތިން ހަނދުމަވުމާއެކު  ދީމާގެ ހަށިގަނޑުން ހީބިހިނަގާލިއެވެ. އެކަލާނގެއަށް ސަޖިދައެއް ނުޖަހާތާ ކޮންދުވަހެއް ހެއްޔެވެ؟ ދީމާ ތައުބާވާން ބޭނުމެވެ. އެކަމަކު ދީމާގެ ތައުބާ އެކަލާނގެ ގަބޫލު ނުކުރާނޭ ހީވުމުން ކުރިއަށް ވުރެ ވެސް ބޮޑަށް ރޮވުނެވެ. ޝައިތާނާ އޭގެ މަގާމުގައި ކުރި ހޯދީ ދީމާއަށް ރޭކާވެސް ނުލާ ހުއްޓައެވެ. ފާހިޝް އަމަލުތަކަށް އަރާއިގަނެވުނީ ފަހުން ވާނެ ގޮތަކާމެދު ވިސްނާނުލާ ހުއްޓައެވެ. މިއަދު ދީމާއަކީ އެއާއިލާއަށް ހުރި ބޮޑު ލަދެކެވެ. އޭނާއަކީ ކޮންކަހަލަ އަންހެއްކުއްޖެއްކަން އެނގޭ ހިނދު މަންމައާއި ބައްޕަ ލަދުން މަރުނުވިއްޔާ ރަނގަޅެވެ. އެމީހުންނާއި ކުރަިމަތިލާނެހާ ހިތްވަރެއް މިއަދު ދީމާގެ ނެތެވެ. އެންމެ ރަނގަޅުގޮތަކީ މަރުވުމޭ ދީމާގެ ހިތަށް އަރަން ފެށުމާއެކު އިންތަނުން ފުންމައިގެން ތެދުވެ ފާހާނާއިގެ ދޮރު ހުޅުވާލާފައި ކޮޓަރިއަށް ނިކުތެވެ.

މެގަޒިންއަށް ނަޒަރު ހުއްޓާލައިގެން އިން ނިމާނަށް ކުރިމަތީގައި ހުރި ދީމާ ފެނުމާއެކު އެތެރެހަށިން ލޭކެކިގެން ދިޔައެވެ. ބޭނުންވީ ސިންގާއެއް ފަދައިން އަރާ ދީމާގެ މޫނުމަތީ ލޭ ކޮށާލާށެވެ. ނިމާނާއި އަލްމާޝް ވަކިވި ދުވަހުގެ ފަހުން ނިމާނަށް އަދި ދީމާ މިފެނުނީއެވެ. މިހުރިހާ ދުވަހު ދީމާ އުޅުނީ ނިމާނަށް ފިލައިގެންނެވެ. ނިމާންގެ މުށްކަވާލެވިފައިވާ ދެއަތް ފެނުމުން ދީމާއަށް ބިރުގަނެފައި ދެތިން ފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ. ދީމާއަށް ނިމާން ބަލަހައްޓައިގެން ހުރިއިރު އެލޮލުން ވެސް ދީމާއަށް ފެންނަނީ އަލިފާން ކަނި ބުރާ ތަނެވެ.

“މުޑުދާރު އަންހެނާ…. ކަލޭތަ ބޮޑުއްތަގެ ބޮޑު ދަރިއަކީ”…. ނިމާންގެ މިޖުމްލަ ދީމާގެ ކަންފަތަށް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ.

“ވަރަށް ލަސްވެއްޖެދޯ… ބޮޑުއްތަ މިއައީ ކައިރީގައި ހުރި ފިހާރައިން އެއްޗެހި ގަނެގެން ޖޫސް ގިރައިގެން….” ނިމާންގެ ކުރިމަތީގައި ހުރި ކުޑަ މޭޒުގެ އެއްފަރާތުގައި ތަބަށް ބަހައްޓާލަމުން އަޒްމާ ނިމާނަށް ބަލާލިއެވެ. ނިމާންގެ ރުޅިވެރި ދެލޯ ދީމާއަށް އަމާޒުވެފައިވާތަން ފެނުމުން އަޒްމާއަށް ކުރެވުނު ޝައްކު ޔަގީނަށް ބަދަލުވެގެން ދިޔައެވެ. އަޒްމާއަށް ދީމާއަށް ބަލާލެވުނީ ޝަކުވާގެ ނަޒަރަކުންނެވެ. އަޒްމާ ބަލާލުމާއެކު ދީމާ އިސްޖަހާލީ ބޭޒާރުވީކަން ޔަގީންވި ފަދައިންނެވެ. ނިމާންގެ ތުރުތުރު އަޅަމުން ދިޔަ ހަށިގަނޑު ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް އަޅަމުން ގޮސް ހުއްޓިލީ ދީމާގެ ކުރިމަތީގައެވެ. އެހިނދު ވިސްނާވެސް ނުލާ ދީމާގެ ކަންފަތްފިލާ މަތީގައި ނިމާންެ ގޮށްމުށްކަވާފައި ޖެހުމާއެކު ދުރުގައި ހުރި އަޒްމާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ދީމާގެ މޫނުމަތީގައި ޖެހި އެތިފަހަރުގެ ދިލަ އަޒްމާގެ މޫނުން ނަގާހެން ހީވުމާއެކު ދެލޯ ހުޅުވާ ބަލާލީ ދީމާއަށެވެ. ނިމާން ޖެހި ތަނުގައި ހިފަހައްޓައިގެން ޓައިލްސް މަތީގައި އިން ދީމާ ރޮމުން ދިޔައިރު އެހިތުގައި ނިމާނަށް އެއްވެސް ބުރަކަމެއް ނެތެވެ. އޭނާ ދެކޭ ގޮތުގައި ނިމާން އެދިން ހަދިޔާއަކީ ދީމާއަށް ހައްގު ހަދިޔާއެކެވެ. މަންމައާއި ބައްޕަގެ ފަރާތުން ވެސް ބޭނުންވަނީ އެފަދަ ހަދިޔާތަކެވެ. އެގޮތުންވެސް އޭނަ ކޮށްފައިވާ ކުށްތަކަށް މަޢާފް ބޭނުންވެއެވެ.

ދީމާގެ މޫނުމަތީގައި ޖެހި އެތިފަހަރާއެކު ނިމާންގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އެންމެ ހިނދުކޮޅަކުވެސް އެތާ މަޑުނުކޮށް ހިނގައިގަތުމަށްފަހު ހުއްޓިލީ އަޒްމާއާއި އެއްހަމައިގައެވެ. “މާފްކުރޭ ބޮޑުއްތާ… ދީމާއާއި ސުވާލުކުރުމުން ހުރިހާ ސުވާލުތަކެއްޖެ ޖަވާބު ލިބޭނެ”……… އަޒްމާ ދޭނެ ޖަވާބަކަށް ބެލުމެއްނެތި ބާރު ހިނގުމުގައި ނިމާން އެގެއިން ނިކުތީ ހިތްހަމަޖެހިފައިވާ ހިތަކައިގެންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ދީފާ އުފާ – 4

Next

ލޯބިވާ މަންމާ މަގޭ.. 12

Next
January 15, 2016

ލޯބިވާ މަންމާ މަގޭ.. 12

Previews
January 14, 2016

ދީފާ އުފާ – 4

11 Comments!

  1. shaph says:
    January 15, 2016 at 12:54 am

    story w w rythi 😀 thankx for uploading daily 😀

    1. Ushaali says:
      January 15, 2016 at 12:56 am

      thnq shaph☺

  2. Ushaali says:
    January 15, 2016 at 12:55 am

    hello readers…. thnx for the lovely comments… here is a new part…enjoy…☺☺☺

  3. sadh says:
    January 15, 2016 at 1:13 am

    Alhe dhen annaany emme last part tha ? Varah rythi inge mi part ves. ♥️?

  4. Zen says:
    January 15, 2016 at 5:53 am

    V v rythi. Btw nimentha e ulheny?.,.
    Knirakun nxt prt???

  5. Shiu says:
    January 15, 2016 at 6:53 am

    V v salhi nimenytha

  6. Niz says:
    January 15, 2016 at 8:22 am

    Oh mee vvvvv reethi vaahaka kiyamun dhaairu gina faharah lolou karuna nuhikey….hahaha.whn nxt prt…waiting..

  7. neem says:
    January 15, 2016 at 9:04 am

    haada reehcey alhe ehaa avahah nunimma bala . waiting waiting.

  8. Luvna❤ says:
    January 15, 2016 at 3:04 pm

    ??????
    ??????
    ❤❤❤❤❤❤❤❤❤

    1. shau says:
      January 15, 2016 at 6:11 pm

      I luv the story…v v v v v nice…waiting for the nxt prt

  9. shau says:
    January 15, 2016 at 6:10 pm

    I luv the story…v v v v v nice…waiting for the nxt prt

Comments are closed.

Next Episodeއަލްމާޝް 20←


All Right Reserved!