ކަޅު ސަފުހާ – 6
ކައިވެނީގެ ބޭރުން މިފަދަ ގުޅުމެއް ހިންގުމަކީ ކިހާ ވަރެއްގެ ކަމެއްކަން އިވީއަށް އޮޅިފައެއް ނުވެއެވެ. ކުއްލިއަކަށް ޖެހި ލުތްކަކާ އެކު އިވީ ޒައިކް ކޮއްޕާލިއެވެ. ޒައިކް ދިޔައީ ސިއްސައިގެންނެވެ. އިވީ މަސައްކަތް ކުރީ ކުއިލްޓުން ހަށިގަނޑު ނިވާކުރެވޭތޯ އެވެ.
” އިވީ. އަހަރެން ދުރައްނުލާ. ތީ އަހަރެންގެ ފުރާނަ. ވަރަށް ލޯބިވޭ. ” މަސްތީ އަޑަކުން ޒައިކް ބުންޏެވެ. އެއްއަތުން ކުއިލްޓް އަތުން ބޮޑުކޮށްލެވިފައިވާއިރު އެސްފިޔަތައްވަނީ ތިރިކޮށްލެވިފައެވެ. ޒައިކް އާ ދިމާލަށް ބަލާވެސް ނުލާ އަނގައިން އެންމެ ލަފުޒެއްވެސް ބޭރުކޮށްނުލާ އިވީ އިނީއެވެ.
އިވީ އިންހާލު ޒައިކް އަށް ނަގައިގަނެވޭކަށް އިތުރު ވަގުތެއް ނުނަގައެވެ. މަޑުމަޑުން އިވީ ކައިރިއަށް ޖެހިލާ ކުއިލްޓް ދުރުކޮށްލަން ޒައިކް މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ޒައިކް އަށް އެކަން ކާމިޔާބެއް ނުވިއެވެ. ކުއިލްޓް ގާ އިވީ ހިފަހައްޓާލާފައިވަނީ އެއަށްވުރެ ބާރަށެވެ. އިވީގެ ދައްދޮޅީ ހިފާ ޒައިކްގެ މޫނާ ދިމާވާނޭހެން އިވީގެ މޫނު ސީދާކޮށްލުމަށްފަހު ޒައިކް އަހާލިއެވެ.
” އިވީ އަހަރެންދެކެ ލޯބި ނުވަނީދޯ ” ނޫނެކޭ ބުނުމުގެ ގޮތުން ކުޑަކުއްޖަކު ފަދައިން އިވީ ދެފަރާތަށް ބޯހޫރާލިއެވެ. ޒައިކް ގަބޫލުކުރާ ގޮތުގައި ލޯބިވާ ނަމަ އިވީ ޒައިކް އެގޮތަށް ދުރުނުކުރީހެވެ. އިވީއަށް އެކަން ވިސްނައި ދިނުމަށް ޒައިކް ވަރަށް މަސައްކަތް ކުރިއެވެ. އަންހެން ކުއްޖެއްގެ އިހުސާސްތަކާ ކުޅެލާނެ ހުރިހާ އުކުޅެއް ޒައިކް ދަސްކޮށްފަވާ ކަހަލަ އެވެ. ޒައިކްގެ ކުޅަދާނަ ހަރަކާތްތަކުން ކުއިލްޓުން އަތްދޫކޮށްލަން އިވީއަށް މަޖުބޫރުވި އެވެ. ފުރުސަތުގެ ބޭނުންކޮށް ދެއަތުގާ ހިފާ ދެވަނަ ފަހަރަށް އިވީ އެނދުމަތީ ބާއްވާލިއެވެ. ދެހަށިގަނޑު ދެމެދަށް ވައިރޯޅިއަކަށްވެސް ނުވަދެވޭނެހޭ ބާރަށް އިވީގެ ހަށިގަނޑުގައި ޒައިކް ބަައްދާލިއެވެ. އެފަދަ ކޮންމެ ހަރަކާތަކުން އިވީގެ ހިއްސުތައް ހޭލަމުން ދިޔައެވެ. ދެވަނަ ފަހަރަށް ޒައިކް ދުރައްޖެއްސުމަކީ އިވީއަށް ވާނެކަަމެއް ނޫނެވެ. ލަދުވެތި ކަމާއެކު ޒައިކް ގެ ކޮންމެ އަމަލަކަށް ދެލޯ މަރާ ބާރުކޮށްލުން ފިޔަވާ އިތުރުކަމެއް އިވީއަކަށް ނުކުރެވުނެވެ. ޒައިކް މަސައްކަތް ކުރަމުން ދިޔައީ ވީހާވެސް ބޮޑަކަށް އިވީއާ ކައިރިވެ ކައިވެނީގެ ބޭރުން އިވީގެ އެންމެ އަގުބޮޑު ހަޒާނާ އަތުލާށެވެ. އެކަމެއް ނުކުރުމަށް ހިތުގެ އަޑީން އަޒުމު ކަނޑައަޅާފައި ވީ ނަމަވެސް މިއަދު އިވީ އެދަނީ އެފުރުސަތު ޒައިކް އަށް ދެމުންނެވެ. ކައިވެނީގެ ބޭރުން ކުރަންނުޖެހޭ އެތައްކަމެއް ކުރުމުގެ ފުރުސަތު އިވީ ޒައިކް އަށް ދީފިއެވެ. ހިތްފުރޭވަރުވުމުން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޒައިކް އިވީ ގައިމަތިން ތެދުވެ އެއްފަރާތެއްގަ އޮށޯވެލިއެވެ. އިވީ ދެލޯ މެރިގޮތަށް ހުޅުވާވެސް ނުލާ އޮތެވެ.
އިވީ ކޯތާފަތުގަ ފިރުމާލަމުން ޒައިކް ބުންޏެވެ. އަދިވެސް ތިހެން އޮންނާނީ ހެއްޔެވެ؟ ނޫނީ އަނެއްކާވެސް ފަށަންވީ ހެއްޔެވެ؟ ލޯހުޅުވާލުމާއެކު ކުރެވުނު ކަންތަކާ ދޭތެރޭ އިވީއަށް ވިސްނެން ފެށިއެވެ. ދެލޮލުން ކަރުނަހިލޭކަށް ގިނަ އިރެއްނުނެގިއެވެ. ކުއްލިއަކަށް ތެދުވެ ބާލީހަކުން ހަށިގަނޑު ނިވާކޮށްލަމުން އިސްޖަހާލިއެވެ. އެއިން އެއްވެސް ކަމަކަށް ސަމާކަން ދިނުމަކާނުލައި ޒައިކް ދިޔަގޮތަށްގޮސް ވަނީ ފާހާނާ އަށެވެ. ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމުގެ ސަބަބުން ކޮޅަށްތެދުވަން އިވީއަށް އުނދަގޫވިއެވެ. އެހެންނަމަވެސް ހިތްވަރު ކުރުމަށްފަހު ތެދުވިއެވެ. ޒައިކް ފާހާނާއިން ނުކުތްއިރު އިވީ ހުރީ ހެދުންލައިގެންނެވެ. އިވީ މަޑުމަޑުން ހިނގާފަގޮސް ފާހާނާއަށްވަނެވެ. އެނދުކައިރީ ހުރި ޒައިކް އަށް އެވަގުތު ބެޑްޝީޓްގާ ހޭކިފައިވާ ލޭ ފެނުނެވެ. އެއްފަހަރު ފާހާނާ ދޮރަށް އަނެއްފަހަރު ބެޑްޝީޓަށް ބަލާލިއެވެ. އެބެލުމުގާ ވަނީ ކޮންފަދަ އަސަރެއް ބާވައެވެ. އިވީ ނުކުންނަންދެން އެނދުމަރީ އިށީނދެލައިގެން ޒައިކް އިނީއެވެ.
ފާހާނާއިން ނުކުމެ ހޭވިފައިވާ އިސްތަށިގަނޑު ރަނގަޅު ކުރުމަށް އިވީ މަސައްކަތް ކުރިއެވެ. ޒައިކް މެންގެ ގެއަށް އައިއިރު އެމޫނުމަތިން ފެންނަން ހުރި އެއްވެސް އުޖާލާކަމެއް މިހާރު އެމޫނުމަތިން ފެންނާކަށް ނެތެވެ. އެނދުކައިރިއަށް ވެއްޓިފަވާ ދަބަސް ނަގަން ގުދުވި ވަގުތު ޒައިކް އިވީ ގެނެސް އަތުތެރެއަށްލާ ބޮނޑިކޮށްލިއެވެ. އަދި މޫނުގާ ދެފަރާތުން ހިފަހައްޓާލުމަށްފަހު ނިތްކުރީގާ ބޮސްދިނެވެ. ދެލޯމަރާލުމާއެކު ޒައިކް ހަށިގަނޑުގާ ދެއަތުން ވަށާލީ ދުވަހަކުވެސް ދޫކޮށްނުލާށޭ ބުނާ ފަދައިންނެވެ.
” ޒައިކް އަހަރެން ބިރުގަނޭ. މީ ދުވަހަކުވެސް ކައިވެނީގެ ބޭރުން އަހަރެން ކުރަން ބޭނުންވި ކަމެއްނޫން. ” އިވީ އަށް ރޮވޭގޮތްވިއެވެ. ޒައިކްގެ ވިސްނުން މުޅިން ތަފާތެވެ. ޒައިކް ދެކޭ ގޮތުގައި މިކަހަލަ ގުޅުމެއް ނުބާއްވާ މީހަކު މިޒަމާނުގަ މިހާރު ނޫޅެއެވެ. އެތައްގޮތަކުން އެތައް ވާހަކައެއް ދައްކައިގެން އިވީ ހަމައަކަށް އެޅުވުމަށްފަހު ދެމީހުން އެގެއިން ނުކުތީ އިވީ ގެއަށްލާށެވެ.
އިވީގެ ނަސީބު ރަނގަޅުކަމުން ގެއަށް އައިއިރު ނާޒިމާ އަށް އޮތީ ނިދިފައެވެ. އެހެންނޫން ނަމަ އެމަންމަ އަށް އިވީ ހުރި ހާލު ވިސްނައިގަންނާކަށް އުނދަގުލެއް ނުވީހެވެ.
ޝަވަރު ދޮށުގައި އެތައް ވަގުތެއް އިވީ ހޭދަކުރިއެވެ. އިވީ ޒައިކް ދެކެ އިންތިހާއަށް ލޯބިވެއެވެ. އެކަމަކު ލޯބި ސާބިތުކޮށްދިނުމަށް ކުރެވުނީ ކިހާ ވަރެއްގެ ފާފައެއްކަން ހުދު އިވީއަށްވެސް އެނގެއެވެ. ނަމާދުކޮށްލުމުން ހިތްހަމަ ޖެހުން ލިބުނު ނަމަވެސް ކުރެވުނު ކަންތައްމަތިން ހަނދާން ނައްތާލެވޭނެ ގޮތެއް ނުވިއެވެ. ދެން ކުރެވެން އޮތްހާވެސް ކަމަކީ އެކަމަށް ތައުބާ ވުމެވެ.
ނިދާހެދުންލައިގެން އޮށޯވެ ފޯނު ހުޅުވާލިއެވެ. އާދައިގެ މަތީން ޒައިކް ގެ މެސެޖެއް ލިބޭނެ ކަމަށެވެ. އެއްވެސް މެސެޖެއް އަދި މިސްކޯލް އެއްވެސް ނެތެވެ. ފޯނަށް ބަލަން މަޑުކޮށްލުމަށްފަހު އިވީ ޒައިކްގެ ފޯނަށް މެސެޖް ކޮށްލިއެވެ. ރިޕްލައިއެއް ނާދެއެވެ. ގުޅާލުމުންވެސް ހަަބަރެއް ނުވިއެވެ. ނިދުނީ ކަމަށްބަލާފަ އިވީ ވެސް މަސައްކަތް ކުރީ ނިދާލެވޭތޯ އެވެ.
އޮފީހަށްދާން ތައްޔާރުވެލުމަށްފަހު އިވީ އަމިއްލަ ސިފައަށް ލޯގަނޑުން ބަލާލިއެވެ. އިތުރު ބަދަލެއް އައިސްފައެއް ނުވެއެވެ. އައިނަމަ އައި ބަދަލެއް އައިސްފަވަނީ ހިތަށާ ސިކުނޑިއަށެވެ. އިވީގެ އެތެރެހައްޓަށެވެ. ކޮންމެ ބަދަލަކީ ބޭރަށް ފެންނަން ހުންނާނެ ކަމެއް ނޫނެވެ. ނާޒިމާ އާދައިގެ މަތީން އުޅުނީ ސައިހަދާށެވެ.
އޮފީހަށް ވަދެވުނު އިރުވެސް އިވީއަށް ހައްތަހާވެސް ހީވަނީ އެންމެން އިވީއަށް ބަލާހެންނެވެ.
” އަނހާ.. މިއޮށްއައީނު އިވީވެސް. ހިނގާބަލަ ކޮފީ ބޯން މިއަދު އަވަހަށް. ” ޒައިކް އާ ގުޅުނުފަހުން ދުރުގޮތެއް ބަހަައްޓަމުން އައި ނޫރާ މިއަދު ހީވަނީ ހަމަ ކުރީގެވެސް ނޫރާ ހެންނެވެ. ހަމަ އެމަޖާ މިޒާޖެވެ. އެހިނިތުންވުމެވެ. ނޫރާ އަކީވެސް ބަލާބެލުމަށް ރީތި ޒަމާނީ އަންހެން ކުއްޖެކެވެ. އިވީ ބުނާނެ އެއްޗަކަށް ނުބަލާ އަތުގަ ހިފައިގެން ނޫރާގޮސް ކޮފީ ރޫމަށް ވަނެވެ.
” މިއޮށް އައީނު އަހަރުމެންގެ ވާންއުޅޭ ފަސްޓް ލޭޑީ ” ނިހާ ދިމާކޮށްލާ ރާގެއްގަ ބުންޏެވެ. އިވީ ލުއި ހިނިތުންވުމެއް ދިން ނަމަވެސް އަނގައަކުން ނުބުނެއެވެ. އެކި މީހުން މަޖަލުގަ ކޮފީ ބޯން ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އެމީހެއްގެ މަސައްކަތާ ހަވާލުވިއެވެ. ރެއިން ފެށިގެން އަދިވެސް ޒައިކްގެ އެއްވެސް ހަބަރެއް އިވީއަކަށް ނުވެއެވެ. އިވީ ހީކުރީ ޒައިކް އޮފީހުގަވެސް ނޫޅެނީ ކަމަށެވެ.
” އިވީ. ކޮންވިސްނުމެއްގަ ” ރަޔާލް ގެ އަޑަށް އިވީ ދިޔައީ ސިއްސައިގެންނެވެ. ރަޔާލް އަކީ އޮފީހުގެ ހިއްސާދާރުންގެ ތެރެއިން އެކެއްގެ ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅެވެ. މަދުމަދުން ބައްޕަގެ މަސައްކަތުގާ އެހީތެރިވުމަށް އޮފީހަށް އައިސް އުޅޭ ޒުވާނެކެވެ. ވެރިއެއްގެ ދަަރިއަކަށްވިޔަސް ރަޔާލް އަކީ ވަރަށް އާދައިގެ ގޮތަކަށް ކަންތައްތައް ބަހައްޓާ ޒުވާނެކެވެ. އޮފީހުގެ އާދައިގެ މުއައްޒަފުންނެކޭޭ އެއްގޮތަށް އެންމެންގެ މަސައްކަތް ތަކުގާ ވެސް އެހީތެރިވެދީ އުޅުމަކީ ރަޔާލް ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. ރަޔާލްއަކީ އުމުރުން ތިރީސް އަހަރުގެ ޒުވާނަކަށްވިޔަސް ބަލާބެލުމަށް ރަޔާލް އަދިވެސް ހީވަނީ ފަންސަވީހަކަށް އަހަރުގެ މީހެއް ހެންނެވެ. ސްޕައިކް ޖައްސާލާފައިވާ އިސްތަށި ގަނޑާ، ޓްރިމް ކޮށްލެވިފައިވާ ތުނބުޅީގާ ރަޔާލް ފެންނަނީ ވަރަށް ހިތްގައިމު ކޮށެވެ. ހަޔާތުގަ ދިމާވި ހިތާމަވެރި ހާދިސާއަކަށްފަހު ރާއްޖެއިން ބޭރުގާ ގިނަދުވަސްތަކެއް ހޭދަކުރުމަށްފަހު މިއަދު މީ މިއޮފީހަށް ރަޔާލް ނުކުތް ފުރަތަަމަ ދުވަހެވެ. އިވީއާ ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާލުމަށްފަހު ރަޔާލް ނުކުމެގެން ދިޔައީ އެވެ.
ގޭތެރޭގެ ބައެއް ކަންތައް ތައް އަދިވެސް ހަމައަކަށް އަޅުވާލާ، އަލަށްގެނެވުނު އާޔާގެ އުޅުންވެސް ބަލާލަން ބޭނުންވާތީ އާ އެކު ރަޔާލް ބައްޕަގެ ހުއްދަ ހޯދުމަށްފަހު ގެއަށް ދިޔައެވެ.
ހަމަ އެވަގުތެވެ. ޒައިކް އޮފީހަށް ވަދެގެން އަންނަތަން އިވީއަށް ފެނުނެވެ. އަޅާފައިވާ އަވި އައިނުގެ ސަބަބުން ޒައިކް އިވީއަށް ބަލާލި ކަމެއް ނުބަލާ ކަމެއް ނޭނގެއެވެ. އޭރުވެސް ޒައިކް އަތުގާ އޭނަގެ ފޯނު އޮތެވެ. އެތައް ފަހަރަކު ޒައިކް ކެބިންގެ އަށްވަދެފާނަމޭ އިވީ ހިތަށް އެރިއެވެ. ނަމަވެސް މީ އޮފީސްކަން އިވީ ހަނދާނެއް ނުނެތެއެވެ. އޮފީހުގަ ޒައިކް އަކީ އޭނާގެ ވެރިމީހާ އެވެ. އިވީ އަކީ ޒައިކްގެ ދަށުން މަސައްކަތް ކުރާ މުއައްޒަފެކެވެ. އެގޮތުން ކުރަންޖެހޭ އިހުތިރާމް އިވީ ޒައިކް އަށް ކުރާނެއެވެ. އިވީ އިންތިޒާރު ކުރަމުން ދިޔައީ އޮފީސް ގަޑި ނިމޭނެ އިރަކަށެވެ. އެންމެން ދިއުމުން ޒައިކް އާ ވާހަކަ ދައްކާށެވެ.
މީހަކަށްފަހު މީހަކު ނުކުމެގެންގޮސް މިހާރު އޮފީހުގަ އިނީ ހަމައެކަނި އިވީއެވެ. ޒައިކް އޭރުވެސް އޭނަގެ ކެބިންގ ގައި މަސައްކަތަކާއިގެން މަސްއޫލުވެގެން އިނެވެ. ޓަކި ޖެހުމަކާނުލައި އިވީ ދޮރުހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. ޒައިކް ކޮންމެވެސް ވަރަކަށް ސިއްސައިގެން ދިޔަ ނަމަވެސް ހަމަޖެހޭގޮތް ދެއްކޭތޯ މަސައްކަތް ކުރަމުން އިވީއަށް ބަލާވެސް ނުލާ އިނދެ ބުނެލިއެވެ.
” ވެރިމީހާގެ ކެބިންގ އަށް ވަންނައިރު ހުއްދަހޯދާލާފަ ވަނުން ރަނގަޅުވާނެ ” އިވީއަށް އަޑުއިވުނުގޮތް ކަމަށް ހީކުރެވުނު ނަމަވެސް އެއީ ހަމަ ޒައިކްގެ ދުލުން ނުކުތް ޖުމްލައެކެވެ.
” ޒައިކް ތީ ދެން ކޮންކަމެއް. އަހަރެން މިހިރީ ހަމަ އަސްލުވެސް ޒައިކްދެކެ ރުޅިއައިސްފައޭ. ރެއިން ފެށިގެން އަހަރެން ތިތަޅުވަނީ ” އިވީ ކުޑަކުއްޖަކު ފަދައިން ބޮޑާހާކާލުމަށްފަހު މޭޒުގެ އަނެއްފަރާތަށް، ޒައިކް އިންފަރާތަށް ދިއުމަށް ހިނގައިގަތެވެ.
” ހަމަ މިހާރު ތިހުރި ފިޔަވަޅުމަތީ ހުއްޓޭ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް މިކޮޅަށް ނާޅާތި ” ޒައިކް ހަރުކަށިކަމާއެކު ބުންޏެވެ. ދެލޯބޮޑުކޮށްލެވުނީ ބޭއިހުތިޔާރުގައެވެ. ހުރި ފިޔަވަޅު މަތީ ހުއްޓި ހުރިގޮތަށް ހުރީއެވެ.
ޒައިކްގެ ބަހުގެ ތޫނު ހަމަލާތައް ކުރިމަތިވާންފެށީ އެވަގުތު އެވެ. ޒައިކް އަށް ކުރެވުނު އިތުބާރު ފެނަށްވެގެން ދާން ހިނދުކޮޅެއްވެސް ނުނެގިއެވެ. ޒައިކްގެ ދުލުން އިވީއާއިއެކު މިވޭތުވެދިޔަ ދުވަސްކޮޅު ކުޅުނު ޑުރާމާގެ ތަފްސީލު ކިޔައިދެމުންދިޔައިރު އިވީގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. އެދޮންދޮން މޫނު ވަނީ ރަތްވެފައެވެ. ޒައިކް ގެ ބަދަލު ހިފުމުގެ ކުޅިވަރު ފެށިގެން ދިޔަ ހިސާބުން ނިމެންދެން އަޑުއަހަން ހުރުންފިޔަވާ އިތުރު އެއްވެސް ކަމެއް އިވީއަކަށް ނުކުރެވުނެވެ. ޒައިކްގެ މަންމަ އާ އިވީ އާ ދިމާކުރުވުންވެސް އެއީ ޒައިކްގެ ޕްލޭންގެ އެއްހިއްސާއެވެ. އިވީގެ އިތުބާރު ހޯދުމަށް ޒައިކް ބޭނުންކުރި އެންމެ ބާރުގަދަ ހަތިޔާރަކީ އެއީ އެވެ. އެވަރަށް މަތީ ތައުލީމް ހާސިލްކޮށްގެން ހުރި އޮފީހެއްގެ ވެރިޔަކު އެފަދަ ވިޔާނުދާ ކަމެއް ކޮށްފާނެ ކަމަކަށް އަދިވެސް އިވީއަކަށް ގަބޫލެއް ނުކުރެވެއެވެ.
ރޮމުން ރޮމުން އިވީ ޒައިކް ކައިރިއަށް ގޮސް ޒައިކްގެ ގައިގަ އަތްލަން މަސައްކަތް ކުރިއެވެ. ނަމަވެސް އެެއްވެސް ރަހުމަތް ނެތް ޒައިކް ހުރިބާރެއް އަތަށްލުމަށްފަހު އިވީގެ ކޯތާފަތްމަތީ ޖެހިއެވެ. ޖެހި ބާރުމިނުގަ އިވީ ގޮސް ވެއްޓުނީ މޭޒުމައްޗަށެވެ. މިވަގުތު އޮފީހުގަ އިތުރު މީހަކު ނޫޅޭނެކަން ޒައިކް އަށް ޔަގީންވިއެވެ. އެހެންކަމުން ހިތުހުރި ހުރިހާ އެއްޗެއް މިއަދު ޒައިކް ބޭރުކުރާނެއެވެ. އިވީއަށްޓަކައި އެހިތުގައިވާ ނަފުރަތު މިއަދު ހާމަކުރާނެއެވެ. އޮފީސް ހުރިހާ މުއައްޒަފުން ކުރިމަތީ ޒައިކް ފަޟީހަތް ކުރި ދުވަސް އިވީއަށް ހަނދާންކޮށްދިނެވެ. އެއަށްފަހު ދެން ޒައިކްގެ ފަރާތުން ފެނިގެން ދިޔަ ހުރިހާ ޢަމަލަކީވެސް ދެއްކިވާހަކަ ތަކަކީވެސް އޭގައި އެއްވެސް ހަގީގަތެއްނެތް ކަންތައް ތަކެކެެވެ.
” މިކަންކުރަން އަހަންނަށް އެންމެ ފަސޭހަކޮށްދިން މީހަކީވެސް ތީ ހަމަ. ތިހިތުގަ އަހަންނަށްޓަކައި ލޯބި އުފެދިގެން އައި ވާހަކަ ނޫރާ ގާތު ނުބުނި ނަމަ އަހަންނަކަށް ނޭނގުނީސް ” ނޫރާގެ ނަންް ޒައިކް އެގޮތަށް ބޭނުންކުރުމުން އިތުރު ހައިރާންކަމެއް އިވީއަށް ލިބިގެންދިޔައެވެ.
” ހޫނ ތިހީވީ ރަނގަޅަށް. މިކަމުގަ އަހަރެން އެއްއަތަކީ ނޫރާ. އިވީގެ ބެސްޓް ފްރެންޑް ނޫރާ ” ލާނެތް ހިނިގަނޑެއް ޖަހާލުމަށްފަހު ޒައިކް އިތުރަށް އެވާހަކަތައް ތަފްސީލުކޮށްދެމުން ދިޔައެވެ. އެންމެ ގާތް ރަހުމަތްތެރިޔާއަށްވެ ހުރެ އެފަދަ ކަމެއް ނޫރާ ކޮށްފާނެކަމަށް ގަބޫލުކުރަން އިވީގެ ހިތެއް ނުރުހުނެވެ.
” އެކަމަކު ބުނަން. ތިހަށިގަނޑުގެ ފިނިކަންއަދިވެސް ބޭނުން ” ޒައިކްގެ ކޮންމެ ޖުމްލައަކުން އިވީގެ ހިތްތޮރުފާލަމުން ދިޔައެވެ. ޒައިކްގެ ހިތްފުރޭވަރު ވުމުން އިވީ އަށް އެތަނުން ނުކުތުމަށް އަމުރު ކުރިއެވެ. ދައްކާނެ ކިތަންމެ ވާހަކައެއް ހުރި ނަމަވެސް ރަހުމަތްނެތް އިންސާނެއް ކުރިމަތީ އެވާހަކަތައް ދައްކާކަށް އިވީ ބޭނުމެއްނޫނެވެ. އަތުގެ ނުފުށުން ކަރުނަތައް ފޮހެމުން އިވީ ނުކުތީ ހިނގައިގަންނާށެވެ.
” މިހިފައިގެންދޭ ” އިވީ ކުރިމައްޗަށް ހުއްޓެމުން އިވީގެ އަތަށް ސިޓީއުރައެއްލަމުން ޒައިކް ބުންޏެވެ.
” ނުނިމޭ “
28 Comments!
Comments are closed.
zaik aa noora ah ufaleh nudheythee vvv foohi vehje dhemyhun mathin…evee ah dhera gothe nahadhacheyyy…
i think rayaal nd evee dhn gulheyny……..story vvvvv reethi…
when next part??
……..waiting..
me first yayyy…hehehe
Alhey hadha kiyahithava vahaka ekey…v reethi????
V ryti story
So far one of best story…
Pls avahuh upload kurahchey new part tha…
Cnt wait
V reethi. Kn irakn next part up kurany
Vvv reethi.next part avahah upload kohdhehchey
Aharen buneemay zaik evy dkeke loabeh nuveye.. Emme reyakun preg nukuraathi Aneka..eyrun evy ge mulhi life spoil vegen dhaaney… STORY VARAH NICE
Alhe evee preg nukurahchay Zaik ah landeh dayn baynumee vvvv reethi story
Vv reethi,
Zaik. How dare you..
Ivee haadhr dheravaaneyey..
Zaik hithah ehchekey vx naaraa thr??
U hate you Idiot.. huhh
Ivee ah dhera gotheh nahadhahchey.. plxxx..
Vvv reethi kn irakn next paat up kurany
Mi noora ah varugadha landeh dheythi.ivy bandubodukoh nulahchey eyrun hadivaane huriha vaahakathakehgaves ehfaharun preg kohlaane.vaahaka vvvvreethi.
Nyc story…v v v nyc….nxt prt avahah genes dhehccheyyyy…..v kiyaa hiyy vejje…
Dhen haadha foohseyyyyyyyyu.next prt konirakun….?vvvaahaka vvv reethi♥♡♥♥♡★☆♣♧
alhe ivy ah dhera gotheh nahadhahchey
Hama heekuri gothah mi vee.. badhalu hifan dho aslu zaik ves miulhuny
So enme fahun ivy and zaik vaany dhebennah, eyruonnaanyvaane echchehve nimifa,,, intrstn!
alhe ivy a dera gothe nahadrthi tht stupid zaik aa noora aa demyhuna ladey dheythii..
Varah rythi story ey..
than kolhe avaha upload kolachey waiting for next part badly.. 😀
V reethi
When next part will come????
Ivee ah evee hama vaan v gothah. Amila nafsu dhookohleemaa vaani hhrihaa ehcheh vaane dhen. Zaik bunee eyy kiyaafa vey dhw bunaahaa gotheh hadhan loabi proof kuran. Thimanna v loabi thihaa dgrade eh nooney kiyaafa annaaka neygun. Mee mihar kudhinge haalath hama. Anywax waiting for the nxt part.
Next part avahah up kohdhebala…..
Next part avahah up kohdeeba please
konirakun tha up vaaani,,, mihaar mioh halaaku vani miii
next part avahah geaneas dheeba plx
Alhey zaik haadha gohey.. ivy job in ves kandaalaneetha.. ps ps ps.. zaik ah eyge adhabu innan vaane.. mu bae varah varah reethi.. avahah upload kohlaba pls… kehmadhuveye..
Me vaahaka keevetha mehaaru kohme duvahaku up nukuranee
Mi story kohmeh dhuvahaku up koh dheebala.. Story up kurun las veema so boring.. Foohi vanyyyyy. Plz plz