ސާހިލް އައުމާއި އެކު ޝާއިން ކޮޓަރިން ނިކުމެލީ ކުޑަކޮށް ދޮރު ކައިރިކޮށްލަމުންނެވެ. “ޑޫޑް… އިހަކަށް މިތަން ހަދާލަން ވީނު.. ކޮޓަރި ބަހައްޓާ.. އިނގޭ..” ޝާއިންް ސާހިލް އާއި ދިމާލަށް އެހެން ބުނެލީ ވަރަށް މަޑުންނެވެ. “އެކަމު ޝޭން.. މިތަނަކުން ނުހަދައިދޭތަ؟ ޔަޤީން ހަދައިދޭނެކަން..” ސާހިލް އެހެން ބުނެލީ ތަޅު ހެދުމަށް ގެނައި ބައެއް ސާމާނުތަށް ނަގަމުންނެވެ. “ކުޑަކޮށް ޕާސަނަލް ކަމެއް ވީމަ.. ޕްލީސް އިނގޭ މަޑު މަޑުން ހަދާނީ” ޝާއިން އެހެން ބުނެލީ ނީރާގެ ކޮޓަރިއާއި ދިމާ ބަލާލަމުންނެވެ. “ހުމްމް ތިއެއް ނޫނޭ.. ހާދަ ހަބަރެއް ނުވޭ ދޯ.. އެއްކަލަ ނީރާގެ ކަންތަށް ކިހިނެއް؟؟” ސާހިލް މަޑުމަޑުން އޭނާގެ މަސައްކަތައިގެން ކުރިއަށް ދަމުން ޝާއިން އާއި ސުވާލުކޮށްލިއެވެ. “އޭނަ ދޯ.. ދެން ފަހުންނެއްނު.. ތިކަން ނިންމަބަލަ އަވަހަށް..” ޝާއިން ސޯފައިގައި އިށީންނަމުން އެހެން ބުނެލިއެވެ. ސާހިލް އޭނާގެ ކަމައިގެން ކުރިއަށްދިޔައެވެ.
……
“ކޮބާ މިިއޮތީ ވެފަ….” ސާހިލް އޭނާ ގެނައި ސާމާނުތަށް ދަބަހަށް އަޅަމުން އެހެން ބުނެލިއެވެ. “އޯކޭ.. ކިހާވަރެއް ދޭ…….” “އުނހު އެއްޗެއް ދޭން ހަދާނެކަމެއްނެތް… އަހަރެން އުފާވި ޝޭން އަހަރެންނަށް ގުޅާލީމަވެސް.. ބީ އިން ކޮންޓެކްޓް…” ސާހިލް އަވަސް އަވަހަށް އެ ގެއިން ނިކުމެގެން ދިޔައީ ޝާއިން އޭނާއަށް ލާރި ދީފާނެތީއެވެ. ޝާއިން ލުއި ހިނިތުންވުމަކާއި އެކު ދޮރު ލައްޕާ ތަޅުލިއެވެ. އޭނާ ހުރީ ވަރަށް ބަނޑުހައިވެފައެވެ. ނަމަވެސް އޭނާ ކާހިތެއް ނެތެވެ. އެހެންކަމުން ފްރިޖް ކައިރިއަށް ގޮސް ފެން ފުޅިއެއް ނަގައި އަނގަޔާއި ދިމާކޮށްލި ވަގުތު އޭނާ ހަނދާނަށް އައީ ތަންކޮޅެއް ކުރިން ނީރާ އާއި އޭނާ އެކުގައި އުޅުނު ދުވަހެއްގެ މަތިންނެވެ.
“ބަލަ ޝާއިން…!!!!! ތަށިތަށް އީޖާދުކުރީކީ ރީއްޗަކަށް ބަހައްޓާކަށް ނޫނޭ…”
ވަރަށް ކުރިން އެއްދުވަހަކު ނީރާ އެހެން ބުނެލި ހަނދާން ވިއެވެ. އަދިވެސް އެއަޑު އިވޭ ކަހަލައެވެ.
ޝާއިން ގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެއާއި އެކު ތަށްޓަކަށް ފެން އަޅާލާ ފެން ފޮދެއް ބޯލިއެވެ. ކުރީގެ އެތަކެއް ހަނދާންތަކެއް އާލާ ކުރަމުންނެވެ.
ޝާއިން ކޮޓަރިއަށް ވަދެ ނީރާއާއި ވާ ފަރާތް ނޫން އަނެއްފަރާތުގައި އިށީނދެލައި ހެޑް ބޯޑްގައި ބޯ އަޅާލިއެވެ. ލޯ މަރާލުމާއި އެކު ސިފަވެގެން ދިޔައީ ދެންމެޔަކު ހިނގާދިޔަ ހާދިސާއެވެ. އޭނާ ފެންކަޅިވިއެވެ. ނީރާގެ އެ އޮމާން ދޮން މޫނުމަތީ ރަޔާންގެ އަތްތިލަ ތައްގަނޑަށް އަރާފައި އިންކަހަލައެވެ. ޝާއިންއަށް ނީރާ އެކަނި ދޫކޮށްލާފައި ނުދެވުނު ނަމައެވެ. ނީރާ ކައިރި ހުރެވުނު ނަމައެވެ. ޝާއިން ކުށްވެރިކުރީ އަމިއްލަ ނަފްސެވެ. ކުއްލިއަކަށް އޭނާ ދެލޯ ހުޅުވާލީ ނީރާ މައި ނޭވައި ތަކެއް ލަމުން ދާ އަޑު އިވުމުންނެވެ. އޭރު ނީރާ ދެފަރާތަށް ބޯ ހޫރަމުން ދިޔައީ ނޫނެކޭ ކިޔަމުންނެވެ. އޭނާ އޮތީ ދާހިއްލަން ފަށާފައެވެ. އަދި މައި ނޭވައިތަކެއްވެސް އޭނާ ދިޔައީ ލަމުންނެވެ. ޝާއިން އިރުކޮޅަކު އެހެން އިނުމަށްފަހު ނީރާއަށް ގޮވަންފެށިއެވެ.
“ނީ..! ނީ…! ނީ ހޭލަބަލަ.. ނީ ޕްލީސް..” ނީރާ ދެލޮލެއް ނުހުޅުވިއެވެ. ނަމަވެސް އޭނާ އަށް ދިޔައީ ރޮވެމުންނެވެ. ކަރުނަތަށް މެރިފައިވާ ދެލޮލުން ފައިބައިގެން ދިޔައެވެ. “ނީ…!” ޝާއިން ނީރާ ގެ ކޮލުގައި ޖަހާލަމުން އެހެން ބުނެލިއެވެ. ކުއްލިއަކަށް ނީރާ ލޯ ހުޅުވާލިއެވެ. އޭރު އެ ލޮލުން ފެންނަމުން ދިޔައީ ބިރުވެރިކަމެވެ. އަވަސް ހަރަކާތަކާއި އެކު ތެދުވެ ޝާއިންގެ ކަރުގައި އަތް އަޅާލަމުން ބައްދާލިއިރު ހުރީ ދެލޯ ބޮޑުވެފައެވެ. “ޝައިން.. ރަޔާ…ރަޔާން.. ޝައިން.. ޝައިން.. ” ނީރާ ރޮމުން ރޮމުން އެހެން ކީއިރު ޝާއިންއަށް އިރުކޮޅަކު އެ އިންގޮތަށް އިނދެވުނެވެ. “ނީ.. ރަޔާންއެއް ނެތޭ.. ހަމަޖެހިބަލަ..” ނީރާ ދެލޯމަރާ ތަގުޅިކޮށްލުމަށްފަހު ކުރިއަށް ވުރެ ބާރަށް ޝާއިންގެ ގައިގައި ބައްދާލިއެވެ. “ނޫން.. ނޫން..ޝައިން…” ނީރާ ރޮވެ ރޮވެފައި އެހެން ކީއިރު އޭނާ ބިރުގަނެފައި މިންވަރު ޝާއިން އަށް އިނގުނެވެ. “ނީ….!!!” ޝާއިން ގަދަކަމުން ނީރާ ދުރަށް ލިއެވެ. އޭނާގެ ބިރު ކަނޑުވައިގެން ނޫނީ ރަނގަޅެއް ނުވާނެކަން ޝާއިންއަށް ވިސްނުނެވެ. ޝާއިން ނީރާ ދުރަށް ލުމުންވެސް އޭނާ ދެފަރާތަށް ބޯހޫރަމުން ރޮމުން ގެންދިޔައެވެ. އޭނާގެ އަޑު ހުރީ ކުރެހިފައެވެ. ޝާއިން ނީރާގެ މޫނުގައި ދެއަތުން ހިފައިލިއެވެ. “ނީ… ލޯ ހުޅުވަބަލަ.. ނީ…! ބަލާބަލަ ނެތޭ އެކަކުވެސް.. ނީ…” ޝާއިން ނީރާއަށް ވިސްނައިދެމުން ދިޔައެވެ. ނީރާ އަދިވެސް ހުރީ ނިދީގައެވެ. ނިދި ފިލައެއް ނުދެއެވެ.
“ނީ.. ބަލާބަ ނެތޭ އެކަކުވެސް…. ދެން ނުރޮއެ.. ނީ ކައިރި އަހަރެން ހުންނާނަމޭ… ” ޝާއިންގެ ރާގު ބަދަލުކޮށްލިއެވެ. “ނޫން… ރަޔާ..ން…އަންނާ..ނެ…” ނީރާ އެވަރުންވެސް ގޮތް ދުލެއްނުކުރިއެވެ. އޭނާއަށް އަދިވެސް ހީވަނީ ރަޔާން އޭނާ ކައިރިއަށް އަންނާނެހެންނެވެ. “ނީ ޕްލީސް..” ޝާއިން ނީރާގެ ނިތްކުރީގައި އޭނާގެ ނިތްކުރި ޖައްސާލަމުން އެހެން ބުނެލިއިރު އޭނާ ވެސް ހުރީ ރޮވޭ ނުރޮވޭގައެވެ. އޭނާގެ އަޑުވެސް ދިޔައީ ކުރެހިގެންނެވެ. “ނީ ޕްލީސް..އަހަރެން ހުރިހާ ހިނދަކު ނުކެރޭނެ އެކަކަށްވެސް ދެން އެއްކަމެއްވެސް ކުރާކަށް.. ޕްލީސް ހަމަޖެހިބަލަ” އެއިންގޮތަށް އިނދެ ޝާއިން ލޯ މަރާލަމުން އެހެން ބުނެލިއެވެ. ނީރާގެ ހިތަށް ބުނަން ނޭނގޭ އުފާވެރިކަމެއް އެ ކުޑަ ކުޑަ ޖުމްލައިން ލިބުނުކަމުގައިވިޔަސް އޭނާ ގެ ބިރަކަށް ބަދަލެއް ނައެވެ.
“ޝައިން.. އޭނަ……..” “ޝްޝް.. ދެން އެވާހަކަ ނުދައްކާ… ..” ޝާއިން ނީރާ ދައްކަމުން ދިޔަ ވާހަކަ ހުއްޓުވާލަމުން އެހެން ބުނެލިއެވެ. އެދެމީހުންގެ މޫނު ހުރީ ޖެހޭ ނުޖެހޭގައެވެ. އެދެމީހުންގެ ހޫނު ނޭވައި އެކަކު އަނެކަކުގެ މޫނަށް ދިޔައީ އެޅެމުންނެވެ.. ނީރާގެ ހިތްބުނާކަހަލައެވެ. ޝާއިން ކައިރި މާ ރައްކާތެރިއެވެ. އަބަދުވެސް މިދެއަތުން މި ހަށިގަނޑު ރައްކާ ކޮށްދެންޗެވެ. ޝާއިންގެ ހިތްބުނާކަހަލައެވެ. އަބަދުވެސް ހިމާޔަތްކޮށްދޭނަމެވެ. އަބަދުވެސް ކައިރީގައި ހުންނާނަމެވެ.
“ނީ…! އުޅޭ އެއްޗެއް ކާން..” އެދެމެދަށް ވެރިވި ހަމަހިމޭކަން ފިލުވާލީ ޝާއިންއެވެ. އޭނާ ނީރާ ކައިރިން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ޝާއިން އެންމެ ކަންބޮޑުވީ ނީރާ ނުކައި ހުރުމުންނެވެ. ނީރާ އެއްވެސް އެއްޗެއް ނުބުނެ އިންގޮތަށް އިނދެ ނޭފަތް ދަމާލިއެވެ. “ނީ އުޅެބަ ކާން ދޯ؟؟؟” ޝާއިން އަނެއްކާވެސް ސުވާލުކުރިއެވެ. “އޯކޭ އެހެންވިއްޔާ ހިނގާ ބުރެއް ޖަހާލަން.. ދޯ؟” ޝާއިން މަސައްކަތް ކުރީ ނީރާ ހިތްހަމަޖައްސުވާލާށެވެ. ނީރާ އެންމެ ބޭނުންވަނީވެސް ދަންވަރު ގަޑީގައި ބޭރުގައި ބުރުޖަހަންށެވެ. ނީރާ އެއްވެސް އެެއްޗެއް ނުބުނެ އިސް ޖަހާލިއިރު ނީރާގެ ލޮލުން ފޭބި ކަރުނަތަށް ކޯތާފަތް ހުރަސްކޮށް އަތަށް ވެއްޓެމުން ދިޔައެވެ. “ނީ… އުޅެބަ ދެން ބުރެއް ޖަހާލަން ދާން..” ޝާއިން އެހެން ބުނެ ނީރާގެ ދަތްދޮޅީގައި ހިފާލާ އުފުލާލީ ޝާއިން ގެ ލޮލާއި ނީރާގެ ލޯ ސީދާވާހެންނެވެ. “ދާނަންތަ؟ ޕްލީސް…” ޝާއިން އާދޭހުގެ ރާގަކަށް އެހެން ބުނެލުމުން ނީރާ ބޯޖަހާލިއެވެ. ޝާއިންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
“އެެކަމު.. މި އެއްޗެހީގަ……” ނީރާ މަސައްކަތް ކުރީ ކޮންމެވެސް ބަހަނާއެއް ހަދައިގެން ނަމަވެސް ނުދާށެވެ. އާއެކޭ ބުނީވެސް ޝާއިން ކިޔާވަރުންނެވެ. “ދެން ކާރުގައެއްނު އިންނާނީ ކާކަށް އިނގޭނީ..އެހެން ނޫނަސް މިގަޑީގަ ބިޓުން ނޫނީ ނޫޅޭނޭ މީހުންނެއް ނިކުމެއެއް… އަވަސް.. ހިނގާ….!” ޝާއިން ތެދުވެގެން ނީރާގެ އަތަށް ދަމަން ފެށިއެވެ. ނީރާ ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލިއިރު ހީވީ ހަތިޔާރު ބެހެއްޓީހެންނެވެ. ޝާއިން ނީރާގެ އަތުގައި ހިފައިގެން ހިނގައިގަތީ ނީރާ އެނދުން ފޭބުމުންނެވެ. ނީރާ ދިޔައިރު ހީވަނީ ގަދަކަމުން މީހަކު ގެންދާހެންނެވެ. އޭނާގެ ބާރުގައި އެއް ނޫންހެންނެވެ. ކާރާއި ހަމާލަށް އަންނަންދެން އެކަކުވެސް އިތުރު ވާހަކައެއް ނުދައްކައެވެ. ނީރާ ކާރަށް އެރުވުމަށްފަހު ޝާއިން ކާރު ސްޓާރޓްކޮށްލިއެވެ.
ނީރާ ލޯގަނޑުން ބޭރު ބަލަން އިނެވެ. ވާރޭގެ އަސަރު އަދިވެސް މަގުމަތިން ފެންނަން ހުއްޓެވެ. ފެންތަށް ނުހިކި ބައެއް ތަންތާ ހުރިއިރު ޖެހޭ މަޑު ރޯޅިއާއި އެކު ގަސްތަކުން ފެންތިކިތަށް ފައިބާތަން ވަރަށް ހިތްގައިމެވެ. ނަމަވެސް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ރަޔާންގެ އެ ނުލަފާ ހަރަކާތްތަކެވެ. ނީރާގެ ހަށިގަނޑުގެ އެތަން މިތާ ފިރުމަމުން ދިޔަ ގޮތެވެ. ނީރާ ތުންފަތުގައި ދަތްއަޅާލިއެވެ. ރޯކަށް އޭނާ ބޭނުމެއްނުވެއެވެ. ކިރިޔާވެސް އަޑެއް ލައްވާލާކަށް އޭނާ ބޭނުމެއްނުވެއެވެ. އޭނާ ދިޔައީ ނުރޯން ވަރުގަދަ ހަނގުރާމައެއްކުރަމުންނެވެ. އެތެރެއިން ގިސްލެވެމުން ދިޔައިރު އެ އަޑު ނުނެރެވޭތޯ އޭނާ ދިޔައީ މަސައްކަތްކުރަމުންނެވެ. ލޮލުން ކަރުނަތަށް ފައިބައިގެން ދިޔައެވެ. ޝާއިންއަށް އޭނާގެ މޫނު ނުފެންނަހެން އެފަޅިއަށް ބަލަން އިނދެވުނުކަން އެއީ ނަސީބެވެ.
“އިންތިޒާރުން ހިތުގަ އުފެދޭ ޖަޒުބާތެއް ލޯތްބަކީ..
އިންތިޒާރުން ހިތުގަ އުފެދޭ ޖަޒުބާތެއް ލޯތްބަކީ..
ހިތްހަވާލޭ ހިތުގަ ވާނޭ މިބުނާ ޖަޒުބާތާއި އިހްސާސާ….”
ރޭޑިއޯ އޮންކޮށްލި ބާރުމިނުގައި ޝާއިން އޮފްވެސް ކޮށްލިއެވެ. އޭނާއަށް ނީރާއާއި ދިމާލަށް ބަލާލެވުނެވެ. އެއާއި އެކު ނީރާވެސް ބަލާލިއެވެ. ކުއްލިއަކަށް ޝާއިންއަށް ކާރު ހުއްޓުނީ ނީރާގެ މޫނުފެނިފައެވެ. އެ މޫނު މިލާފައިވާއިރު ދެލޮލުން ފެން އައިސް ރަތްވެފައި ހުއްޓެވެ. ކާރު ހުއްޓުނީ ކުއްލިއަކަށް ކަމުން ދެމީހުންވެސް ކުރިއަށް އެއްލިގެންދިޔައެވެ. ބެލްޓްއަޅާފައި އިނުމުން އެއީ އެމީހުންގެ ނަސީބެވެ. އޭރުވެސް އެދެމީހުންގެ ނަޒަރު ވަކިއެއްނުވެއެވެ. ހިތްބުނާކަހަލައެވެ.
“ޔާރު ތީއެ މިހިތުގެ ޝިފާ.. ލޯބިއަދު ދެއްވާނުހޭ..
ދެހިތުގެ ވިންދުން މިރޭ ރާގު މީއޭ އިޤްރާރު ވޭ..
އާއެކޭ ލޯބިވޭ… އާއެކޭ ލޯބިވޭ…..”
ކުއްލިއަކަށް ޝާއިން ދެކޮޅަށް ބޯ ހޫރާލިއެވެ. އަދި އަވަސް ނަޒަރެއް މަގުމައްޗަށް ދެމުން ކާރު ސްޓާރޓްކޮށްލިއެވެ. ނީރާ އެއިންގޮތަށް ގަނޑުއަރައިފައި އިނީ ޝާއިންގެ ލޮލުން ފެންނަމުން ދިޔަ އަސަރު ގެ މާނަ ދޭހަވޭތޯއެވެ.. ޝާއިންގެ ހިތުގެ ގޮވުން ނީރާއަށް އަޑުއިވޭތޯއެވެ.. އޭނާއަކަށް ޝާއިންގެ ލޮލުން ފެންނަމުން ދިޔަ އަސަރެއްގެ މާނައެއް ނޭނގުނެވެ. އަނެއްކާ އެއީ ލޯބިހެއްޔެވެ؟ މިއީ މީގެ އެތައް އަހަރެއް ކުރިންވެސް އޭނާއަށް ހީވި ހީވުމެކެވެ. އިހްސާސްވާ އިހްސާސްވުމެކެވެ. ނަމަވެސް އޭނާއަކަށް އެކަމުން ނަގާނެ މާނައެއް ނޭނގެއެވެ. ޝާއިން ލޯބިވަނީ ހެއްޔެވެ؟ ނޫނީ މީ ހަމައެކަނި ރައްޓެހިކަމުގެ ގުޅުންހެއްޔެވެ؟
ޝާއިންގެ ނަޒަރު ކުރިމަތިން ފެންނަ މަގުމައްޗަށް ވިއެއްކަމަކު އޭނާއަށް ނީރާ ބަލާކަން އިނގެއެވެ. އޭނާ އިނީ ނޭވައި ހިފަހައްޓައިލައިގެންނެވެ. އެތެރެއަށް ލީ ނޭވާ ދޫކޮށްލަން ނޭނގިފައެވެ. އަނެއްކާ ނީރާއަށް ޝައްކުވީބާއެވެ.؟ ނީރާ އަށް އިނގިއްޖެނަމަ މި އެކުވެރިކަންވެސް ނޯންނާނެކަން ޔަޤީނެވެ. އޭނާއަށް އެއްކަމެއް ސާފްވިއެވެ. ނީރާ އިތުރު މީހެއްދެކެ ލޯތްބެއް ނުވާނެއެވެ. ނުވެސް ވެވޭނެ ކަންނޭނގެއެވެ. ހަމައެހެންމެ ޝާއިންއަކަށްވެސް ނުވެވޭނެއެވެ.
ނީރާގެ ހިތަށް އަރަމުންދިޔަ އެއްޗެހީގެ ސަބަބުން ހިތަށް ލިބުނީ އިތުރު ވޭންތަކެކެވެ. އެހެންކަމުން އަނެއްކާވެސް ކުރިން އިން ހާލަށް ރުޖޫއަ ވީ އޭނާގެ ހިތަށް ދެކޮޅުހެދުމުގެ ގޮތުންނެވެ. އެއާއިއެކު ޝާއިން ހިފަހައްޓާލައިގެން އިން ނޭވާ ދޫކޮށްލިއެވެ.
ނީރާގެ ހިތުގައި އެތަކެއް ކަންތައްގަނޑެއް ދިޔައީ ހިނގަމުންނެވެ. އިތުރަކަށް އޭނާގެ ހިތަކުން ލޯބްތަކަށް ޖާގައެއް ނުދެވޭނެއެވެ. ޝާއިން ދެކެ ލޯތްބެއް ނުވެވޭނެއެވެ. ނޫނީ ކުރިންވެސް މިހިތުގައި ވަނީ ޝާއިންގެ ލޯބިހެއްޔެވެ؟؟؟ ނޫނެކެވެ. އޭނާ ލޯބިވީ ރަޔާން ދެކެއެވެ. ޝާއިންދެކެއެއްނޫނެވެ.
ނޫނެކެވެ ޝާއިންދެކެއެވެ. ނޫނެކެވެ. ނީރާއެެވެ. ތިޔައީ މޮޔައެއްހެއްޔެވެ؟ ހިތުގެ އަޑު ނީވެނީހެއްޔެވެ؟ ކަންފަތުގައި އަތް އަޅައިގެން ހުންނަނީ ކީއްވެހެއްޔެވެ؟ ހިތުގެ ވެރިޔާ ނޭނގެނީހެއްޔެވެ؟ ނީރާއެވެ. އެންމެ ދެފަހަރު ރަޔާންގެ ރީތިކަމުގައި އަޅައިގަތަކަސް އެއީ ލޯބި ނޫންކަން ނޭނގެނީހެއްޔެވެ؟؟ ތިޔަހިތުގައި އަބަދުވެސް މިހާރުވެސް ރަސްކަން ކުރަނީ ޝާއިންއެވެ. ޝާއިންގެ ނަމުގެ މަތީ ރަޔާންގެ ނަން އަޅައިގެން ތިއުޅެނީ ނީރާއެވެ. ނީރާ ހަމައެކަނި ލޯބިވީ ޝާއިންދެކެއެވެ. ހަމައެކަނި ޝާއިންދެކެއެވެ.
ނީރާގެ ބޯ ފަޅައިގެން ދިޔައެވެ. ނަމަވެސް އޭނާ މަޑުންއިނެވެ. ބާރަށް ހަޅޭލަވައިގަންނަން ބޭނުންވިއެވެ. ނަމަވެސް މަޑުމައިތިރިކަން އިހްތިޔާރުކުރިއެވެ. އޭނާގެ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދުނެވެ. އޭނާގެ ސިކުނޑި ހީވަނީ ގޮވާފާނެހެންނެވެ.
“ނީ! ސުނާމީ ބިނާއަށް ދޯ ދާނީ؟؟” ޝާއިން އެ އިންގޮތަށް އިނދެ އެހެން ބުނެލީ ކާރުގައިވާ ހަމަހިމޭންކަން ފިލުވާލަމުންނެވެ. ނީރާ ހުމްމް އަޅުވާލީ ދެތުންފަތް ފިއްތާލައިގެން އިނދެއެވެ. މަޑު ތުރުތުރެއް އެ ތުންފަތުގައި ވެއެވެ. އޭނާ އެހެން ހެދީ އަނގަ ހުޅުވާލާއިރަށް އޭނާގެ ހުރިހާ އިހްސާސްތަކާއި ޝަކުވާތަށް ބަންޑުންވެދާނެ ކަމުގެ ބިރު އޮތީމައެވެ. އޭނާގެ އެތެރޭގައި އުފެދެމުން ދިޔަ ހައިޖާނުގަނޑު ނެރެލަން އޭނާ ބޭނުންވެއެވެ. ނަމަވެސް ޝާއިން ކުރިމަތީ އެކަމެއް ނުވާނެއެެވެ. އެހެނީ މިކަމަކީ ޝާއިންއާއިވެސް ގުޅުން ހުރިކަމެކެވެ. ކެތްތެރިކަމާއި އެކު އިނީ އެެހެންވެގެންނެވެ. މަގުމަތީގައި ދުއްވަމުން ދިޔަ ކާރުތަކާއި ސައިކަލުތަކެއް މަދެއް ނޫނެވެ. ސައިކަލުގައި ގިނައިން ފެންނަނީ ދެޖިންސްގެ ދެމީހުން އިށީނދެތިއްބައެވެ. އެތަންފެނި ނީރާ ކުޑަކޮށް ދެރަވިއެވެ. އޭނާވެސް އެހަާ ލޯބިން އުޅެލަން ބޭނުންވެއެވެ.
ކާރު އޭގެ މަންޒިލަށް ދެވުމުން ޝާއިން ކާރު މަޑުކޮށްލިއެވެ. އެއަށްފަހު ބޭރު ބަލަން އިން ނީރާއާއި ދިމާ ބަލާލިއެވެ. ޝާއިން ދޮރު ހުޅުވާލިއެވެ. އެއާއި އެކު ނީރާ ދިޔައީ ސިއްސައިގެންނެވެ. އަރާ ހުރި ގަހެއްގެ ސަބަބުން ނީރާއަށް ކާރު ހުއްޓުނުކަންވެސް ނޭނގުނެވެ. ނީރާ ލަސްލަހުން ދޮރު ހުޅުވާލިއެވެ. އެއަށްފަހު މުޅި މާހައުލަށް ނަޒަރު ހިންގާލިއެވެ. މާހައުލު ވަނީ ފިނިވެފައެވެ. ޖެހޭ ވައިރޯޅީން ހީބިހި ނަގައިގެންދެއެވެ. އަދި ބޭރުން ބިންދަމުން ދިޔަ ރާޅުތަކުގެ އަޑުވެސް ފަޒާގައި ގުގުމައިގެން ދެއެވެ. ނާމާން ޒާތެއްގެ އަޑެކެވެ. ނަމަވެސް މީ ނީރާއަކަށް އާ އަޑުތަކެއްނޫނެވެ. އެހެނީ އެތަކެއް ރެއަކު ނީރާ ވަނީ މިކަހަލަ ނާމާން ރޭތަށް އެކަނިމާ އެކަނި އިނދެގެން ހޭދަކޮށްފައެވެ.
ނީރާ ހަށަންބަނދެލީ ޖެހޭ މަޑު ވައިރޯޅިތަކުން ފިނިކަން އިހްސާސްވުމުންނެވެ. ނީރާ ގޮސް އިށީނދެލީ ކަނޑު ފެންނަގޮތަށް އެދިމާލަށް އެނބުރިލަމުންނެވެ. އޭރު ޝާއިން ވީތަނެއް އޭނާއެއް ނުބަލައެވެ. އެއަށްވުރެ އޭނާގެ ސިކުނޑީގައި ހިނގާ ކަންތައްތަކަށް އިސްކަންދެވުނެވެ. ޝާއިން ނީރާއާއި ދިމާލަށް ބަލަން ހުރީ ނީރާ ގެ ހަރަކާތުން ހައިރާންވެ ހުރެފައެވެ. އޭނާ ހުރިކަމަކަށްވެސް ނުހަދާލާއެވެ. ޝާއިން ލަސްފިޔަވަޅު ތަކެއްގައި ނީރާ ކައިރިއަށް އައިސް އިށީނދެލިއެވެ.
“ނީ!! ދެން ހަމަ ނުކައި އިންނަނީ؟؟؟” ޝާއިން ނީރާ ގެއްލިފައި އިން ދިމާލަށް ބަލާލަމުން އެހެން ބުނެލިއެވެ. ނީރާ ލަސްލަހުން ޝާއިން އާއި ދިމާ ބަލާލިއެވެ. “ޝައިން…. ރަޔާން ކީއްވެ އެހެން ހެދީ؟ ކީއްވެ އޭނަ އެ އައީ އެވެސް 5 އިޔާސް ފަހުން…ހީ ޓްރައިޑް ޓް ކިސް މީ…” ނީރާ ތުންފަތުގައި ދަތް އަޅާލަމުން އެހެން ބުނެލީ ދެލޯ މަރާލަމުންނެވެ. އޭރު އޭނާއަށް ރަނގަޅަށް ވެސް ރޮވުނެވެ. މޭގައި އަތް އަޅާލައިގެން އިނދެ ގިސްލަ ގިސްލާފައި ރޮމުން ދިޔަ ނީރާ ގެ އަޑު ދިޔައީ ބަދަލުވަމުންނެވެ. “ނީ ދެން އެވާހަކައެއް ނުދައްކާނެއޭ… އިނގޭ؟ އިން ޝާ ﷲ އެއްވެސް ކަމެއް ނުވެއެއްނު ސޯ ޖެހޭނީ ޝުކުރު ކުރަން… އިނގޭ…” ޝާއިން ނިރާގެ ބޮލުގައި ފިރުމާލަމުން އެހެން ބުނެލިއެވެ. ނީރާ ބޯޖަހާލިއެވެ. “ނީ.. ހީކަރުވާތަ؟ ބަލިވެއޭދޯ އިނީވެސް… އުޅޭ އަވަހަށް ގެއަށް ދާން އަނެއްކާ ހުން އަންނާނީ…” ޝާއިން އެހެން ބުނެލީ ކުއްލިއަކަށް ނީރާ ބަލިވެފައި ކަން ހަނދާންވުމުންނެވެ. ނީރާ ދެފަރާތަށް ބޯ ހޫރާލިއެވެ. “ދެން؟؟ އެހެންވިއްޔާ އުޅޭ ދޯ ކާން ދާން..” ޝާއިން އަނެއްކާވެސް އަހާލިއެވެ. ނީރާ އެއްވެސް އެއްޗެއް ނުބުންޏެވެ. ޝާއިން އެންމެ ފަހުން ހަތިޔާރު ބެހެއްޓީ ނީރާ ގެ ގޮތް އިނގޭތީއެވެ.
“ނީ.. ބަލާބަލަ ހަނދުވެސް އޭނީ ވިލާތަކު ތެރޭ ފޮރުވިފަ… އެއީ ނީ ދެރަ ވެފަ އިނީމަ ހަނދުވެސް ދެރަވީ އޭ.. އެހެންވެގެން މި ބުނަނީ ދެން ދެރަ ނުވާށޭ..” ޝާއިން މަތީގައި ވިލާތަކުގެ ފަހަތުގައި ފޮރުވިފައި އިން ހަނދު ދައްކާލަމުން އެހެން ބުނެލިއެވެ. ނީރާވެސް މައްޗަށް ބަލާލިއެވެ.
-ނުނިމޭ-
33 Comments
Comments are closed.
hey guys hre is the nxt prt hwp lyk vaane kamah… n nxt prt vx in sha allah vrh avahah up khdheynan.. thnkx fr readin.. enjoy 😉
Vaaa vaaaa…. hama v v v salhi alhe dhn ny… listen to ur heart stupid……. dhnnnnn shain vs dw…. ryn e myhun gulhuvaxhey v v v rythi mi part vs… wen nxt part..? L N M 😛 tc
hahahaha dhw… she is so stupid i gues u hve to go n lectr dhenings to hr 😛 😛 hahah thnkx n dhn lts see dhw nxt prt thakuga vaa goii 😛 😉 thnkx fr readin.. hahah l n m.. thts wht sam says hahaha miss it.. <3 tc 😉
Thank you Ryn, Varah Salhi. Dhen avahah dhemeehunves confess kuruvaba. They love and care for each other so much. Wanna see them together soon <3 And next part ves avahah upload kohdhehchey. MI reethi vaahaka genesdheythee varah bodah thank you 🙂
heheheh thnkx alt… hehehe lts see wht they wil do.. n yrh in sha allah i wil uplwd nxt prt soon.. thnkx fr readin.. n its my plsure darlin… 😉 thnkx fr the supprt.. enjoy 😉
v reethi… waiting for the next part… 🙂
thnkx 😉
ryn kon kon dhuvas thakehga vaahaka upload kurany… aslu v inthizaaru kurevey mi vahaka ah.. ryn ge hurihaa vahaka eh ves v reethi… tc ryn.. 🙂
ummm i cnt say exct days cx i may nt b able to uplwd… kurin vx egwthah v ehnve..bt wil uplwd it soon. hehehe thnkx n sry fr makin u wait fr so lng.. n thnkx alt again 😉 tvgc 😉
Alhe ryn it’s so beautiful…. I love it hama mi inee mihaarun suren inthixaaruga up vaa ne irehge thanks Ryn mi Haa nice story eh genedythee…. ☺okeii bye bye tvgc love you ???
hehehehe thnkx eeamy…. hehehe thts so swyt of u. glad tht u lyk it.. n it ws my plsre 😉 hehe oks bye tc luv u mre 😉 enjoy n thnkx once again..
alheyyyyy haaadha reeechey ryyyn mibai vesss….speeeechlessss…wow wow wow wow ????????ryn aky hama best mwah ..waiting for next part impatiently
awwww thnkx naanu.. it myns alt to me… thnk u soo much.. alheyy hehehehe u jxt made my day 😉 <3 thnkx n wil nt lt u wait fr so lng in sha allah.. enjoy 😉 tvgc 😉
Ryn.. u r a gud writer.. really love this story.. dhn oiy bai avahah up kohdhehcchey.. kehtherikan kolhun lany..
awww thnkx sara.. thts so swyt of u.. yrh in sha allah vrh avahah up khla dheynan.. thnkx fr readin.. enjoy 😉
Wowwewwww wowww rynnn vrh vrh vrh nice mi part vx…:-waitin 4 nxt prt
hehehe awww thnkx ina… <3 kyp waitin.. tc enjoy 😉
wowwwwwwwww vvvvv reethiii
..when is the next part???
waiting…..
aww thnkx… in sha allah vrh avahah.. thnkx fr readin.. kyp waitin 😉 :*
Nice story ryn. Avahah up kurahchey. Waiting for next part
thnkx.. yrh in sha allah.. thnkx fr readin.. enjoy 😉
wowwwwwwwwwwwww rynuu .. haudhahaa ryhcheyy mi part vess hehehe … vvvvvvvvvvv rythiiiiiii .. i love this stry dhn ur ehn vaahaka thah vess hehe .. alheyyy .. moya nee ah visneyny kon dhuvahakun tha ryn? hehe .. dhn shaain aa nee avahah gulhuvabala rynuuuu .. dhn nee ge past vess egen v beynun .. ryn ur the best .. this part is also jst amzing 😉 . eagerly waiting fr next part .. miss u alot rynuu .. tgc .
hahaha laithuu… ehnthr hahaha happy tht it ws nyc n u luv it n u luv my othr stries 😛 😉 hahaha ryn akah neynge hama ny ah ingeyny 😛 hehehe lts see dhw dhn… n yrhh vrh avahah nyge pst ingeyne cx nw m writin it.. 😉 thnkx fr readin.. enjoy 😉 😉 hehehe miss u mre.. tc 😉
nee heekaruvaatha? balive ey dhw inyves? anhenunnah balive inun beynun kuraany preg vyma… u have talent bt need to improve. story ga baeh scene thah maa detail kohfa hunnany. and eh jumla in describe kureveyne kahala scene thah kuru ethah jumla in describe kohfa hunnany. ibaaraaiy thakuga ehaa fashuvi gotheh nuhurey. do think abt these thingx. gud luck 🙂
owwwh.. thnkx fr tellin me. i will imprve thm on my furthr stries plus the prts m writin ryt nw.. 😉 thnkx 😉
ryn missin u kokky … sis ge phn halaaku veeyma viber eh nuvadhavanee… vvv reethi stry luv u miss u …. kookky
alheyy asluthr.. ryn hithah ery ey kwbaa baa ey sis.. dhn ol thw vx balan.. alheyyy.. hwp we cn tlk soon sis.. i miss u soooo mch.. babies ah hugs n ummwahxx. tc miss u mre luv ya….
Adhi hama varah salhi…..waiting for next part….I hope it’s gonna be amazing too…. ☺
Plxx avaha up koladhyba
Cant wait vvvv loabi story.
V v salhi ingey
Up kohdeeba avahah story
Kobaa tha mi vaahakaige next part. Please Avahah up kohdhyba