Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަ ލޯބިންނޭ (24)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
March 30, 2016 6 Mins Read
13 Comments

 

“ތަދުވެޔޭ….؟؟ މިހާ މަޑުން ހިފީމަވެސް ތިބުނީ ތަދުވެޔޭ ވިއްޔަ….” ރާހިލް ހިތްހަމަނުޖެހި ހުރެ އެހެން ބުނެލުމަށްފަހު ނީރާގެ އަތުން ދޫކޮށްލިއެވެ. ޝާއިންގެ އަމާނާތެކޭ އޭނާ ބުނި ހަނދާންވެގެންނެވެ. އެހެންނޫންނަމަ މިއަދު އޭނާ ނީރާއަށް ރަނގަޅު އަދަބެއް ދިނީހެވެ. “ރާހިލް.. ކީކޭތަ ތިކިޔަނީ.؟؟؟ ޝައިން ކޮބައިހޭ މި އަހަނީ.. ކޮބާތަ؟؟؟؟” ނީރާ ރާހިލްއަށް ބަލަންހުރެ އަހާލިއެވެ. އޭނާވެސް ކުޑަކޮށް ރުޅިއައެވެ. ރާހިލްގެ ހިތުގައި އުފެދެމުން ދިޔަ ނަފްރަތުގެ ހުޅުކޮޅުގެ ސަބަބުން ނީރާ ހުރި ހާލުވެސް އޭނާއަށް ނުފެނުނެވެ. ނީރާ ގެ ދެލޮލުގައިވާ ހިތާމައެއް ނުފެނުނެވެ. ނީރާ ރޮމުން ދިޔަކަމެއް ފާހަގައެއްނުވިއެވެ. މިހާރު ނީރާ ދައްކާ ދަޅައަަކަށް ރާޙިލް ނުހެއްލޭނެއެވެ. އަދި ގަބޫލެއްވެސްނުުރާނެއެވެ.  އެއީ ހުސް އެކްޓެވެ. “ކީއްކުރަން އޭނަ ހޯދަނީ؟؟؟” ރާހިލް ކައިރިއަށް އައީ ރުޅިއެވެ. ނީރާ ޝާއިން ހޯދާކަށް ނުޖެހޭނެއެވެ. މިހާރުވެސް ދެވުނު އަނިޔާ ކުޑަވީހެއްޔެވެ؟

ރާހިލްއާއި ވާހަކަ ދެއްކުމުން ވަގުތު ބޭކާރުވާނީއޭ ނީރާ ހިތަށްއެރިއެވެ. އެހެންކަމުން ރާހިލްއަށް ފަސްދީ ހިނގައިގަތެވެ. ނަމަވެސް މިފަހަރުވެސް ރާހިލް ހިފެހެއްޓިއެވެ. އަދި ނީރާގެ އަތަށް ފިތާލަމުން އޭނާއާއި ވީ ފަޅިއަށް އަނބުރާލިއެވެ. “އާހްހް… ރާހިލް!! ތަދުވެޔޭ ބުނެފީމެއްނު. ކިހިނެއްވެގެންތަ ތިއުޅެނީ؟؟..” ނީރާއަށް ވާނުވާއެއް ނޭނގުނެވެ. ރާހިލް އޭނަދެކެ މިއަންނަނީ ކޮން ރުޅިއެއް ހެއްޔެވެ؟ ޝާއިން އަނެއްކާ ރާހިލް ކައިރި އެވާހަކަ ބުނީބާއެވެ.

“ހެވޭ.. ޝާއިންއަށް ތަދުވީވަރެއް ނޭނގުނުތަ؟؟؟؟ ތިހާ ބޮޑު ކުޅިގަނޑެއްކުޅުނުއިރު ހިތަށް އެރިތަ އޭނާއަށް ވާނެވަރެއް؟؟؟؟ އޭނާގެ ހިތަށް ވާނެ ގޮތެއް.. ނީރާ ތި ކުރިކަމަކުން ޝާއިންގެ މުޅި ދިރިއުޅުން ހަލާކުވިކަމެއް ނޭނގޭތަ؟؟؟ އޭނާ އެދަނީ އެންމެންނާއި ވެސް ދުރަށް.. ހަމަ ތި މަކަރުވެރިޔާއާއި ހެދި… ނީރާއަށް ތަދު އެއީ ކޯޗެއްކަން އިނގޭނަމަ ޝާއިންއަށް އެހާ ބޮޑު ލަނޑެއް ނުދިނިސް… އަހަރެން ދެކޭ ގޮތުގައި ނީރާއަށް އެވީވެސް ރަނގަޅަށް.. ރަޔާން.. ހަހަ ރަޔާން ކުރިވަރު އަދި ކުޑަހެން ހީވަނީ… އެކަމް ބުނަން ޔޫ ޑިސާރވް ދިސް…. އެން ސްޓިލް މޯރ ސޭޑްނެސް… އަހަރެން ދުވަހަކުވެސް ތި ނީރާއަކަށް މާފެއްނުކުރާނަން.. ހަނދާން ބަހައްޓާތި… އެކަމް ބުނަން އަހަރެން މިހާރު ނީރާއާއި ހަވާލުވާންޖެހިފަ މިހިރީ….. ހަމައެކަނި ޝާއިންއަށްޓަކައި… އަހަރެންގެ އެންމެ ގާތް އަދި ނީރާ ދެެކެ އެންމެ ލޯބިވި އަދި ނީރާ އެންމެ ދެރަ ދިން ޝާއިންއަށްޓަކައި.. ޝާއިން އެހެން ނުބުނިނަމަ ތި ނުބައި ކުއްޖާގަނޑުގެ މޫނު ބަލަންވެސް އަހަރެން ބޭނުމެއްނޫން….. ތީ ނުބައި ސުންފާ އަންހެނެއް…. ތިހާ މަކަރުގަދަ ވާނެކަމަކަށް އަހަރެން ހިއެއް ނުކުރަން..؟ މިހާރު ޝާއިން އެދަނީވެސް ނީރާއަށް ޓަކައި… ނީރާގެ ލޯބި ހަނދާންނެތެން… ނީރާއަށް ޝާއިންގެ ފަރާތުން ދެރައެއް ދެވިދާނެތީ…. ދަމުންވެސް ވިސްނީ ހަމައެކަނި ނީރާއާއި މެދު.. މިކަން ނިންމީވެސް ހަމަ ނީރާއަށްޓަކައި… އޭނާ ދިރިއުޅުމުގައި އޭނާއަށްވުރެ މުހިންމު ތި އަންހެނާ… އޭނަ ދެން ހޯދަނީ ކީއްކުރަން؟؟؟؟ މިހާރުވެސް ދެވުނު އަނިޔާ ކުޑައީތަ؟؟؟ އޭނާ ދެނެއް ދުވަހަކުވެސް ތި ނީރާގެ މޫނު ބަލާކަށް ބޭނުމެއް ނުވާނެ… ދުވަހަކުވެސް…. ހަނދާންބަހައްޓާތި… ދެން އޭނާގެ ފަހަތުން ދުވިޔަސް ނުވާނެ އެއްކަމެއްވެސް…. ދެން އޭނާ އެއް ނުހެއްލޭނެ….

އަދި ކީއްކުރަން އަހަރެން ދެން ޝާއިންގެ ދިރިއުޅުމަށް ނީރާ ވަނަކަ ނުވެސް ދޭނަން.. ހަމަ މިހާރު މިތަނުން ވެސް އަދި އަހަރެމެންގެ ދިރިއުޅުމުންވެސް ނިކުމެގެންދޭ.. ޔޫ ޑިސާވް ދިސް…. އަދި އެއްފަހަރު އަހަރެން ތަކުރާރުކޮށްލާނަން.. ޝާއިންއެއް ދެނެއް ތި ނީރާއަކަށް ބަރޯސާއެއް ނުކުރާނެ…. ތި ނީރާ ދެކެ ލޯބިވިޔަސް ދެނެއް ތި ސިފަ ބަލާކަށް ބޭނުމެއްނުވާނެ.. އެވަރު ކޮށްފައެއްނު ދޫކުރީވެސް… އެހެންވެ ދެން ނުވާނެ ޝާއިން ކުރިމައްޗަށް އަރައިގެންވެސް.. ދިރިއުޅުމަށްވަދެގެންވެސް.. ޑޯންޓް އިވެން ޓްރައި……އަހަރެން އަބަދުވެސް ޝާއިންކައިރި ބުނަން ޔޫ ޑިޒަރވް ނީރާއޭ… ސަމްވަން ލައިކް ހަރ އޭ.. އެކަމް މިހާރު އެހެން ބުނެވުނުތީވެސް ހިތަށް އެރުނީތީވެސް އަމިއްލަ ނަފްސަށް މަލާމާތްކުރެވޭ.. ނީރާ…. އަދި ޝާއިން…. ނެވަރ…. އައި ވިލް ނެވަރ ލެޓް ދެޓް ހެޕަން…. އަދި ބުނަން ނައު ހީ ހޭޓްސް ޔޫ… ކުރިން ނީރާދެކެ ލޯބިވިވަރަަށް މިހާރު ނަފުރަތް ކުރޭ….. މިހާރު ލޯބީގެ ކުޑަ ތަންކޮޅެއްވެސް ނީންނާނެ…. އެ ހިތުގައި އޮތް ލޯބި ފޮހެވިއްޖެ… ދެން އޭނާ  ހޯދިޔަސް ނީރާ ބޭނުންވާކަމެއް ނުވާނެ…. ހީ ހޭޓްސް ޔޫ އެން ދުވަހަކުވެސް ތި ނީރާއަށް ޓްރަސްޓެއްނުކުރާނެ…ކުރިންވެސް އޭނަ ސަފަރ ކުރީ… ހީ ނުކުރަންޗޭ ދެން ވެސް އޭނާއޭ ވާނީ.. ނޯ ނީ ނޯ…. ދެން ޝާއިންއެއް ސަފަރ އެއް ނުކުރާނެ… ދެން ކުރާނީ ނީރާ… ތި ނީރާ…….. ދެން ދޭ… އަހަރެންގެ އަނގައިން ދެން ނެތް ނިކުންނާނެ ރީތި ބަހެއް…. ދެއްކޭނެ އެންމެ ރީއްޗަކަށް ދެއްކިއްޖެ ދެން މިތާ މަޑުކޮށްފިނަމަ………!!! ގޯ ޓު ހެލް….. ޖަސްޓް ގޯ ފުރޮމް ހިއަރ………” ރާހިލް ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި ނީރާ ގެ އަތުގައި ހިފައި ދުރަށް ކޮށްޕާލިއެވެ. ނީރާއަށް ގަނޑުވެފައި ހުރެވުނީއެވެ. ލޮލުތެރޭ ފުރިގެން އަންނަމުން ދިޔަ ކަރުނަތަށް ވެސް ހުރީ ގަނޑުވެފައެވެ. ފައިބަންނޭނގިފައެވެ. ނީރާއަށް އެސްފިޔަވެސްޖަހައި ނުލެވުނެވެ. އެތެރެއަށްލެވުނު ނޭވާވެސް ބޭރަކަށް ނައެވެ. ރާހިލް ދެއްކި ކޮންމެ ވާހަކައެއް އެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ނީރާ ހުރި ގޮތަށް ހުރެ ފަހަތްބަލާލިއެވެ. ރާހިލް އެތަނުން ދާތަން ފެނުުނެވެ. އެންމެ ފަހަރަކުވެސް ނީރާއަށް ބަލައި ނުލައެވެ. ނީރާއަށް އޮތީ ހުސް މިކަންތަށްހެއްޔެވެ؟ ހުސް ދެރަހެެއްޔެވެ؟ އުފަލެއް ނުލިބެނީ ހެއްޔެވެ؟

ރާހިލް އެދެއްކީ ތެދުވާހަކައެކެވެ. ޝާއިން ދެން ނީރާއަކަށް ބަރޯސާއެއް ނުކުރާނެއެވެ. ނީރާ ދައްކާނެވާހަކަ ގަބޫލެއްނުކުރާނެއެވެ. ޝާއިން އެހެން އެހެދީވެސް ނީރާއާއި މެދު ވިސްނާފައެވެ. ނަމަވެސް ދެން ޝާއިންއާއި ނުލާ އުޅެން ހާދަ އުނދަގޫވާނެއެވެ. މިހެންމިވީވެސް ނީރާ ވިސްނައިނުލާ އެޅުނުފިޔަވަޅަކުންނެވެ. ދެން މިކަން ރަނގަޅެއްނުކުރެވޭނެއެވެ. ދެން އޮތް ހަމައެކަނި ގޮތަކީ ކަންތަށް ވަމުން ދާ ގޮތަށް ވިޔަ ދިނުމެވެ. ނީރާ ހެދި ދޮގު ގެ އަދަބު ލިބުމެވެ. ޝާއިން ދެކެ ލޯބިވިއެއްކަމަކު ދެން ޝާއިން ނުލިބޭނެކަމުގެ ހިތި ތެދު ގަބޫލުކުރުމެވެ. ނީރާ އެ ހުރި ގޮތަށް ހުރެ ފެރީއާއި ދިމާލަށް ދިޔައެވެ. ކަރުނަތަށްވެސް އޭނާގެ އިޝާރާތަކަށް މަޑުކޮށްގެން ހުރި ކަހަލައެވެ. ނީރާއަކަށް ނުއެއް ރޮވެއެވެ. އެ ހިތުގައި އެތަކެއް ވޭނެއް އަޅަމުންދިޔައެވެ. މިއަށްވުރެ މަރުވުން ރަނގަޅެެވެ. ނީރާ ބޭނުންވަނީ މަރުވާށެވެ.

………

“ކޮބާ ރާހިލް؟؟؟ ނީ ނާދޭތަ؟؟؟” އާޝިޔާ ރާހިލް އަންނަތަން ފެނުމުން އަހާލިއެވެ. އާޝިޔާ ރާޙިލް ފެރީ އަންނަ ދިމާލަށް ފޮނުވީ ފާތުމަތު ގުޅާފައި ނީރާ ގެއަށް އައި ވާޙަކަ ބުނުމުންނެވެ. އޭނާއަށް ނީރާ ހުޅުމާލެ އަންނާނެކަން އިނގޭތީއެވެ. “ނޫން…. ނާދެ…..” ރާހިލްއަށް ޖަވާބުދެވުނީ އިރުކޮޅެއްފަހުންނެވެ. އާޝިޔާ އެހެންހޭ އަހާލުމަށްފަހު އަކުރަމްއާއި ދިމާލަށް ބަލާލިއެވެ. ފަހުގެ އުއްމީދުވެސް ކެނޑެނީއޭ ހިތަށް އެރިއެވެ. ތިންމީހުންވެސް ތިބީ ކައިރިހޮޓަލެއްގައެވެ. ޝާއިން ފުރީމަ ނޫނީ ނުދާންށެވެ. އާޝިޔާމެން ތިބީ ނީރާ އަންނާނެ އިރަަކަށެވެ. އަދި އޭނާގެ ދަރިފުޅު ހުއްޓުވާނެ އިރަކަށެވެ.

“ރާހިލް.. އެބައޮތް ވާހަކައެއް ދައްކަންވެފަ.. ނީރާ………..” “ދައްތާ… ފަހުން ދޯ.. އެބަޖެހޭ ގުޅާލަންވެސް ޝާއިން ދިޔުމުގެ ކުރިން…” އެހެން ބުނެލުމަށްފަހު ރާހިލް އާޝިޔާމެންނާއި ދުރަށްޖެހިލިއެވެ. ދައްކަން އުޅެނީ ނީރާގެ ވާހަކައެއްކަމުން ރާޙިލް އެވާހަކަ އަޑުއަހަން ބޭނުމެއްނުވިއެވެ. ރާހިލް ޝަރާއަށް ގުޅާލިއެވެ. އަދި އޭނާ އައިސްފައިވާ ރުޅި ފިނިކުރަމުން ދިޔައެވެ. ޝަރާ ކައިރި ނީރާގެ ވާހަކަ ނުދެއްކީ ހަމަޖެހިލައިގެން ދައްކާލާށެވެ. ޝަރާގެ ލޮބުވެތި ބަސްތަކުން ރާހިލް ހިތްހަމަޖެހެމުން ދިޔައެވެ.

“ހޭ މިހާރު އެޑީ އަށް ގުޅާލަންވީ ކަންނޭނގެ… ދޯ.. އެބަ ގުޅަން އިނގޭ.. އެން ކޮންފެރެންސް ހަދަން…” ރާހިލް އިރުކޮޅެއްފަހުން ބުނެލިއެވެ.

“ހޭ… ދެން ބެލީއަށްވެސް ގުޅަންވީނު..އެއަށްފަހު އެޑީއަށް” ޝަރާ ބުނެލިއެެވެ. “އުނހު ނުގުޅާނަން… ޝަރާވެސް ނުގުޅާތި… ޝާއިން ހުއްޓާ ނުވާނެ އޭނާގެ ވާހަަކަވެސް ދައްކައިގެން އިނގޭ.. ފަހުން ބުނާނަން.. އެވްރީތިން.. އޯކޭ..” ރާހިލް މަޑުމައިތިރިކަމާއި އެކު އެހެން ބުނިއެއްކަމަކު އަޑުގައި ހަރުކަށިކަމެއްވިއެވެ.. ޝަރާ ހުމްމް ބުނެލިއެވެ. ރާހިލް ޝާއިންއަށް ގުޅާލިއެވެ. ޝާއިން އެވަގުތު އިނީ ފޯނުން ނީރާގެ ފޮޓޯތަށް ބަލަންށެވެ. ގޮނޑީގައި އިށީނދެ އިނީ 3 ޖަހާނެ އިރެއްގެ އިންތިޒާރުގައެވެ. ޝާއިންއަށް ރާހިލްގެ ކޯލްއައުމުން ވަގުތުން ނެގިއެވެ. “ހޭ… ކޮބާ… އޯކޭތަ ހުރިހާ ކަމެއްް” ޝާއިން ފޯނުނެގުމާއި އެކު ރާހިލް ބުނެލިއެވެ. ޝާއިން އާއެކޭ ބުނެލިއެވެ. “ވެއިޓް ޝަރާއާއި އެބަ ކަނެކްޓް ކުރަން އެން ތި މޫޑް ޗޭންގްކުރޭ އިނގޭ ޔޫ ނޯ އެއްނު ހައު މައި ޝަރާ އިޒް.. ހެހެ” ރާޙިލް އެހެން ބުނެލުމަށްފަހު ހޮޓަލުގެ އެތެރެ ބަލައިލީ އާޝިޔާމެން ތިބިތޯއެވެ. އެއަށްފަހު ޝަރާއާއި ކަނެކްޓްކޮށްލަމުން ފޯނު ކަންފަތުގައި ޖަހާލިއެވެ.

“ހޭ ޝާންޓިކޯ…. އެޑީ ހީކުރީ ނިދީކަމަށް..” ޝާއިން މަޖާކޮށްލަން މަސައްކަތްކޮށްލީ އޭނާގެ މޫޑް ރަނގަޅުކޮށްލަންށެވެ.

“ނޫން… ނުނިދާނެއެއްނު.. ކިރިޔާ 1 ޖެހީ.. ހެހެ ޗެކިން ނިމުނީތަ..؟”

“ޔާ މި އިނީ އައިސް ގޮނޑީގައި… ވެއިޓިންގަ ހެހެހެ. ކޮބާ ރާހިލް؟؟”

“ހެހެ ހުމްމް އެބައުޅެމޭ…. އޭ އެޑީ މަމްމެންނާއި ޓޯކްކޮށްލަންވީނު އަދިވެސް ނުގޮސް އެބަތިބި…. ފުރީމަކަންނޭނގެ ދާނީ..” ރާހިލް ބުނެލިއެވެ. ޝަރާ އަވަހަށް އޭނާގެ ފޯނު މިއުޓްކޮށްލީ އޭނާގެ އަޑު ނީއްވަންވެގެންނެވެ. ރާހިލް ގޮސް ފޯނު އާޝިޔާއާއި ހަވާލުކުރިއެވެ. ޝާއިން އާޝިޔާ އާއި އެކި ވާހަކަދެއްކިއެވެ. އަކުރަމްވެސް ވާހަކަދެއްކިއެވެ. ޝާއިން ވެސް އެދެމީހުންނާއި ވާހަކަދައްކަމުން ހިތްހަމަޖައްސަމުން ދިޔައެވެ. އާޝިޔާ ނީރާގެ ވާހަކަ ދައްކަން އުޅެފައިވެސް ނުދެއްކުނެވެ. އެތަކެއް އިރަކު ވާހަކަ ދެއްކުމަށްފަހު ފަހު ފަހަރަަށް ޝާއިންއަށް “ބައި” ކިޔާލުމަށްފަހު ހިނިތުންވުމަކާއި އެކު ރާހިލްއަށް ފޯނު ދިނެވެ. ރާހިލްވެސް ހިނިތުންވުމެއް ދިނެވެ. “ކޮންއިރަކުން ދައްތަމެން ދަނީ؟؟” ރާހިލް ފޯނު ކަންފަތުގައި ޖެހުމުގެ ކުރިން އަހާލިއެވެ. “ފުރީމަ ދާނީ…… ދޯ އަކޫ..” އާޝިޔާ އެހެން ބުނެލުމަށްފަހު އަކުރަމްއަށް ދޯ އެއްލިއެވެ. އަކުރަމް އާއެކޭ ބުނެލިއެވެ. “ހެހެ އަޅުގަނޑުވެސް އެހެންވިއްޔާ ހުންނާނީ.. ދައްތަމެން މިތާ ދޯ ތިބޭނީ.. އަޅުގަނޑު މިއިނީ ބެންޗުގައި އިނގޭ..” ރާހިލް ނިކުމެލަމުން އެހެން ބުނެލިއެވެ. އަދި ފޯނު ނަގައި ހަލޯ ބުނެލިއެވެ. އެއާއި އެކު ޝަރާވެސް މިއުޓްއިން ކަނޑާލާ ވާހަކަދައްކަން ފެށިއެވެ.

ޝާއިން ފުރަން ގަޑި ޖެހެންދެންވެސް އެތިންމީހުންވާހަކަ ދެއްކިއެވެ. ޝާއިން އަށް ނީރާގެ މަތިން ހަނދާންވަމުން ދިޔައެވެ. އެ ހަތަރު މީހުން އެކީގައި އުޅުނު ދުވަސްތަކެވެ. ކުރި މަޖާކަންތަކެވެ. ނަމަވެސް ދެނެއް ނީރާއާއި މެދު ވިސްނާކަށް އޭނާ ބޭނުމެއްނުވެއެވެ. ނީރާއަށް ޝާއިން އަދި ޝާއިންގެ އިހްސާސްތަކެއް އެކައްޗަކަށް ނުވިއެވެ. ދެން ޝާއިންއަކަށްވެސް ނުވާނެއެވެ. މިއަދަށްފަހު ނީރާއަކީ އެކައްޗެއްވެސް ނޫނެވެ.

“ގާއިޒް….. ޓައިމް އަޕް….. މިދަނީ ދެން އިނގޭ…. ހެހެހެ.. ވަރަށް ވަރަށް ވަރަށް މިސްވާނެ އިނގޭ…. ބައި… ލަވް ޔޫ ބޯތު އަލޮޓް….. އަލޮޓް.. އެކޮޅަށް ގޮއްސަވެސް އިން ޝާ ﷲ ގުޅާނަން.. ބައި.. ގުޑް ނައިޓް އެން ހޭވް ދަ ސްވީޓަސްޓް ޑްރީމްސް….”

“އޯކޭ އެޑީ…. ވަރަށް މިސްވާނެ…. ޓޭކް ކެއަރ…” ޝަރަ ބުނެލިއެވެ. އެއަށްފަހު ރާހިލް ކައިރި ފަހުން ގުޅާށޭ ބުނެ ފޯނު ކަނޑާލިއެވެ. ”

“ބައި ޑޫޑް…” ޝާއިން މަޑުމަޑުން ބުނެލިއެވެ. ރާހިލްވެސް ހުމްމް އަޅުވާލުމަށްފަހު ފޯނު ކަނޑާލިއެވެ. ޝާއިން ނީރާގެ ނަމްބަރ އަށް ބަލާލިއެވެ. ގުޅާލަން ހިތަށްއެރިއެވެ. ނަމަވެސް އޭގެ ބަދަލުގައި އާޝިޔާއަށް ގުޅާލުމަށްފަހު ބޯޓަށް އަރަނީއޭ ބުނެ ފޯނު ކަނޑާލިއެވެ. އާޝިޔާމެންވެސް ބާއްޖަވެރި ދަތުރަކަށް އެދި ފޯނުކަނޑާލީ ރޮވިފައި ހުރެއެވެ.

ރާހިލް އެދެމީހުން ކައިރިއަށް އައީ އެވަގުތުގައެވެ. އާޝީޔާ އާއި އަކުރަމް ތެދުވެލިއެވެ. އަދި ރާހިލްއާއި އެއްވަރަށް އަރާލަމުން ހޮޓަލުން ނިކުމެގެން ދިޔައެވެ.

“ރާހިލް…. ދައްތަ ވަރަށް ބޮޑު ވާހަަަކައެއް ދައްކަން ވެފަ އެބައޮތް…” އާޝިޔާ ބުނެލިއެވެ. ރާހިލް އާޝިޔާއަށް ހުރިހާ ސަމާލުކަމެއް ދިނީ އާޝިޔާ އޭނާ ކައިރި ވާހަކައެއް ދައްކަން އުޅޭތާ ވަރަށް ގިނައިރުވެއްޖެކަން އިހްސާސްވުމުންނެވެ. އަދި އާޝިޔާ ވާހަކަ ދެއްކި ގޮތުން ކުޑަ ވާހަކައެއް ނޫންކަން އިނގުނީމައެވެ. ރާހިލް ގެ އެ ބަލާލުމާއި އެކު އާޝިޔާ އަކުރަމްއަށް ބަލާލިއެވެ. އަކުރަމްގެ އެހީއަކަށް އެދޭފަދައެވެ. އޭރު އެ ތިން މީހުންގެ މިޝްރާބް ހުރީ ފެރީ ދޮށަށެވެ.

“ރާހިލް…. ނީރާ!! ނީރާ ހެދީ ހުސް ދޮގު….” އަކުރަމް މަޑުމަޑުން ބުނެލިއެވެ. ރާހިލްއަށް އަކުރަމްއާއި ދިމާލަށް ބަލައިލިއެވެ. “އިނގެޔޭ ސަރ… އެހެންވެ ނީރާ ފޮނުވާލީވެސް.. ސޮރީ ނުބުނީމަ އެކަމް ނީރާ އައި.. އަޅުގަނޑު ނީރާ ފޮނުވާލީ….. ނީރާ ދެން ޝާއިން ހޯދަން އައުމުގެ ބޭނުމެއް ނެތީމަ.. ޝާއިންއަށް އިތުރު ދެރައެއް ނުދޭން…” ރާހިލް އަވަސްއަވަހަށް އެހެން ބުނެލިއެވެ. އަކުރަމްއަށާއި އާޝިޔާއަށް ހީވީ އެމީހުންގެ މޫނުމަތީ މީހަކު ޖެހިހެންނެވެ. ދެމީހުންނަށް އެއްފަހަރާ ރާޙިލްއާއި ދިމާ ބަލައިލަމުން ފިޔަވަޅުތަށް މަޑު ޖައްސާލިއެވެ. “ކީކޭ… ރާހިލް.. ނީރާ އައޭ؟؟؟” އާޝިޔާ ހައިރާންވެފައި އަހާލިއެވެ. އިތުރު ތަފްސީލް ބޭނުންވާ ފަދަ ޝުއޫރުތަކެއް އެދެމީހުންގެ ފަރާތުން ފެނުމުން ރާހިލް ނީރާ އައި ގޮތާއި ރާހިލް ފޮނުވާލި ގޮތް ކުޑަގޮތަކަށް ކިޔާލަދިނެވެ. އާޝިޔާއަށް އަކުރަމްއާއި ދިމާ ބަލައިލެވުނެވެ. އޭނާގެ ލޮލުން ކަރުނަ އަންނަން ހުރީ ތައްޔާރަށެވެ.

“ރާހިލް…..  ރާހިލް ނީރާ އެހެނެއް ނަހަދައޭ… ރާހިލް ކިހިނެއްތަ ތި ހެދީ..؟؟ ރާހިލް ނީރާ ދޮގު ހެދީ އޭ މިކިޔަނީ ޝާއިން ކައިރި އެ ހުރިހާ ވާހަކައެއް އެ ދެއްކީ ދޮގު ހަދައިގެންނޭ….. ނީރާ މިރޭ ޝާއިންއަށް ޓަކައި ޤުރުބާންވީ ދޮގު ހަދައިގެން…. ޝާއިން އުފަލުގައި އުޅެން ދޫކޮށްލަން.. ނީރާ ބޭނުންނުވީ ޝާއިންއަށް ނީރާ ލިބެން.. ނީރާ ގަބޫލްކުރާ ގޮތުގައި ޝާއިންއަށް ނީރާއަށް ވުރެ ރަނގަޅު ކުއްޖެއް ލިބޭނެ.. ނީރާ ޝާއިންއަށް އެ ފުރުސަތު ހުޅުވައިދިނީ ޝާއިންގެ ހިތުގައި އޮތް ލޯބި ނަފްރަތަށް ބަދަލުކޮށްގެން……. ރާހިލް.. ނީރާ އެއައީ ޝާއިން ހުއްޓުވާށޭ…. ފާތުންވެސް ބުނީ ނީރާ ހުރީ ރޮއެ ރޮއެ ހަލާކުވެފައޭ… ރާޙިލްއަށް އެވަރުވެސް ނޭނގުނުތަ؟.. ރާހިލް ނީރާ ޝާއިންދެކެ ލޯބިވޭ…… ދައްތަ ދުށިން އެ ދެލޮލުން.. ނީރާ ގަބޫލުނުކުރިޔަސް.. ދައްތަ ނީރާ އަށް ވިސްނުމަށް މަޖުބޫރުކޮށްފައި އައީ…. ނީރާ ޝާއިން ހުއްޓުވޭނެކަން އިނގޭތީ… ނީރާ އައީ ޝާއިން ހުއްޓުވާށޭ ރާހިލް.. އެންމެ ފަހަރަކު އަޑުއަހާލިނަމަ……..” އާޝިޔާ އަށް ރޮއެގަނެވުނެވެ. އަކުރަމް އާޝިޔާ ގެނެސް މޭގައި ޖައްސާލިއެވެ. ރާހިލްއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރާހިލްއަށް ދެ ދުނިޔެ އެނބުރުނު ކަހަލައެވެ.

“އޯ ޝިޓް…. ޝިޓް.. ދައްތާ.. އަޅުގަނޑަކަށް ނޭނގެ….. އަޅުގަނޑު ހިއެއް ނުކުރަން.. ޝިޓް.. ދައްތާ އަހަރެން ބޭނުން ވީހާވެސް އަވަހަށް ނީރާ ކައިރިއަށް ދާން… އޯ ގޯޑް…” ރާހިލް އަމިއްލަ ބޮލުގައި ހިފަހައްޓާލައިގެން ހުރެ ބުނަމުން ދިޔައެވެ. އަމިއްލަ ނަފްސަށް އެތަކެއް ފަހަރު އެއްޗެހި ގޮވާ ކުށްވެރިކުރަމުންނެވެ. އޭނާއަށް ކިޔެނު އެއްޗެއްސާއި މެދު ވިސްނާލެވުނެވ. “ހިނގާ އަވަހަށް ދާން…” އަކުރަމް ވަގުތުގެ ގޮތުން އަވަހަށް މާލެ ދިޔުން މުހިއްމުކަމަށް ދެކުނެވެ. އެހެންކަމުން ލޯންޗެއް ނަގައިގެން ތިންމީހުންވެސް މާލޭ ދިޔައެވެ.

އާޝިޔާ އާއި އަކުރަމް އަދި ރާހިލް ކާރުގައި ނީރާ އުޅޭ ތަނަށް ހުއްޓީ ތެޅި ތެޅި އޮތް ހިތަކާއި އެކުގައެވެ. އެތެރެއަށް ދުވެފައި ދިޔައީ މަޑު ދުވުމެއްގައެވެ. އަދި ނީރާގެ ދޮރުގައި ގޮސް ޓަކި ޖަހާލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އިންސާފް

Next

މިހިތުގެ ލޯތްބޭ ތީ 9

Next
March 30, 2016

މިހިތުގެ ލޯތްބޭ ތީ 9

Previews
March 30, 2016

އިންސާފް

13 Comments!

  1. Ryn says:
    March 30, 2016 at 9:12 am

    hey guys hre is the nxt prt.. hwp lyk vaane kamah n m sry fr the incnvenience.. ehn link eh opn khfa ehn link eh.. hehe.. sry fr tht.. thnkx fr readin… enjoy tc 😉

  2. Ninni says:
    March 30, 2016 at 9:27 am

    Haadhr kurey…
    Dhn vrnee kihineh??
    Aneh part avahah up kohdheebr… plxxx

    1. Ryn says:
      March 30, 2016 at 9:29 am

      hehe… sry if its shrt…. n lts c dhw.. thnkx fr readin… n tmrw aneh prt vx.. 😉 enjoy tc

  3. Emy says:
    March 30, 2016 at 10:53 am

    Alhe haadha kurey….. BT vvvvv nice ..love it…. Next part avhah up khdeichey … Waiting waiting

    1. SARA says:
      March 30, 2016 at 11:44 am

      ???????

  4. nukko says:
    March 30, 2016 at 12:49 pm

    jus amaizin….. 😀
    ps moya budhooo raahil
    eyna nee ah nubalaa hama ehchis
    kee ey dw
    poor ny 🙁
    dhn kihinw baa vaaby 😮
    thuths avassssssss
    hehe miss you tvgc 😀

  5. rediiii says:
    March 30, 2016 at 2:54 pm

    Wooww.. nice.. but kudakon kuru. Ryn vaahaka liye nimmaafa othiyyaa up kohlabrr… kiyaa hiyhvaneee ey hama ??

  6. Anonymous says:
    March 30, 2016 at 3:21 pm

    omg…. raahil haadha varakashey e ehchis ky… dhn nee ah ehn nuhadhabala dhw….. story is jst amazing…… um really curious to knw wats gonna happn next….

  7. Shaai says:
    March 30, 2016 at 3:42 pm

    Alhe v riythi Inge.

  8. Aimsithu says:
    March 30, 2016 at 3:58 pm

    Shine Hutttuuvaane kamah heekuran. .. neee ah varah trust kuran..raahil gandu

  9. ainy says:
    March 30, 2016 at 5:13 pm

    Kyp going… n remember to end this beautifull story..um saying this bcx most of the stories in this site are unfinished

  10. Ryn says:
    March 30, 2016 at 5:35 pm

    thnkyw all… n in sha allah nxt prt tmrw …n dnt wry ainy i wil uplwd it nimendhn in sha allah… ?? n sry if its shrtt… thnkxx fr readin.. enjoy ??

  11. naaanu says:
    March 30, 2016 at 9:37 pm

    shit shit..kihineh mi v ..kada eyyyyy..avahah next paaaart..mibai ves varaaaaah saaaaalhi..love you ryynoooooo

Comments are closed.

Next Episodeހާދަ ލޯބިންނޭ (25)←


All Right Reserved!