ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 5..
” އަތޫޝާ”….. އަތޫޝާއަށް އެއްފިޔަވަޅު ފަހަތަށް ޖެހިލެވުނީ މަމްދޫހުގެ މޫނުމަތިން ފެނަމުންދިޔަ ކުލަވަރު ފެނިއެވެ.
“މަމްދޫހް.. ތަދުވޭ…” އަތޫޝާގެ އަޑުގައިވީ ރިހުމެވެ. އަތޫޝާ މަގުގެ ދެކޮޅަށް ބަލާލީ މީހުންގެ ނަޒަރު އަތޫޝާއާއި މަމްދޫހަށް އަމާޒުވަމުން ދާތީއެވެ. ” ތަދުވެއޭ… އަތޫޝާ އަކަންޏަށްތަ ތަދުވަނީ.. ބަލަ އަތޫޝާގެ ސަބަބުން އަހަރެންގެ މަންމައަށް ކިހާ ގެއްލުމެއްވި” އަތޫޝާގެ މުލައްދަނޑީގައި ހިފާ ބާރުކޮއްލަމުން މަމްދޫހު ދަތްކުނޑި ވިކާލިއެވެ. “މަމްދޫހު… ކީކޭ ތިކިޔަނީ.. އަހަރެން” އަތޫޝާގެ އަތުގައިއޮތް ކޮތަޅަށް ބާރުކޮއްލެވުނީ މަމްދޫހު ލޯއަޅާލުމުންނެވެ. “އަތޫޝާ ކަހަލަ މީހަކު ދެކެ އަހަރެންނަށް ލޯބި ވެވުނީތީ އަހަރެން ދެރަވަން… އަތޫޝާ އާއި ހެދި ކިހާ ވަގުތެއް ބޭކާރުވީ…. އަހަރެނގެ ހަޔާތަށް ތިކަހަލަ އަންހެނަކު ނުގެނެވުނުކަން ނަސީބެއް… ޔަގީން ކޮންމެވެސް އެހެން ފިރިހެނަކު ފެނުނީކަން.. ބުނަން އަތޫޝާ.. އަހަރެން ދިރި ހުއްޓައި ތި އަތޫޝާއަކަށް އުފަލުގަ ނޫޅެވޭނެ..” މަމްދޫހުގެ ކޮންމެ ލަފްޒެއް ދިޔައީ އަތޫޝާގެ ހިތް ރޮއްވަމުންނެވެ. ގަދަކަމުން ހިފަހައްޓައިގެން އިން ކަރުނަތަށް ފައިބައިގަތީ އަތޫޝާއަށް ނޭނގި ހުއްޓައެވެ. “އައްޗި… އަތޫޝާ ރޮއޭ ކިޔާފަ އަހަރެންގެ ހިތައް އަސަރެއް ނުކާރެ…. ކަލޭތީ އަންހެނުންނަށްވެސް ހުރި ލަދެއް” މަމްދޫހު އަތޫޝާގެ އަތް ފޮޅުވާލީ ގައިގަ އޮތްހާ ބާރެއް ލަމުންނެވެ. އަތޫޝާގޮސް މަތަވީ ޕާކު ކޮއްފައިވާ ސައިކަލެއްގެ މަޑިއަށެވެ. ދެލޯ ފޮހެލަމުން އަތޫޝާ ހިނގަމުން ދިޔަ މަމްދޫހަށް ބަލާލިއެވެ. ކުއްކުރީ މަމްދޫހުއެވެ. ދުނިޔެއަށް ބޭޒާރުވީ އަތޫޝާއެވެ. އަތޫޝާގެ ލޮލުން އެތަށް ހާސް ޝަކުވާއެއް ފާޅުވެ ހުއްޓެވެ. އެހެން ނަމަވެސް އެންމެ ފަހަރަކުވެސް މަމްދޫހު ފަސްއެނބުރި ބަލާނުލިއެވެ.
………..
“އަތްދޯއި” އެއްފައި ހިއްލައިގެން ހުރި ޝައިމަން ގޮސް ފާރު ބުޑަށް ވެއްޓުނީ ދުވެފައި އައި އަތޫޝާ ޖެހުމުންނެވެ. “ޕިސް ޕިސް…އަހަރެން ހިތައް އަރާ” ބިންމަތިން ތެދުވަމުން ޝައިމަން ބުނަން އުޅުނު ޖުމްލަ ހުއްޓާލަން މަޖުބޫރުވީ އަތޫޝާގެ ދެލޯ ފެނުމުންނެވެ. އަތޫޝާއަށް ބަލާލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ޝައިމަންގެ ބެލުމުން އަތޫޝާ އިސްޖަހާލީ އެބެލުމުން އުދަގޫވުމުންނެވެ.
“ސޮރީ” އަތޫޝާ އިސްޖަހާލަމުން ބުންޏެވެ. “ސޮރީއޭ… އަހަރެންނަށް އަދި ރަނގަޅަށް އަނިޔާއެއް ދީފަ މައިތިރި ވާނީ ދޯ.. އަހަރެންގެ ގޭގަވެސް އަހަރެން އުޅެން ޖެހޭނީ ވަރުގަދަ ޝީލްޑެއް އަޅައިގެން… ” އެއްބޫޓަށް އަރައި އަނެއް ބޫޓުކިބަ އަތަށް ލައިގެން ޝައިމަން ނިކުތީ ބޭރަށެވެ.
“ޝާޝާ… ކިހިނެއްވެފަ… ކޮބާ ކޮތަޅު… ” އަތޫޝާ އިންގޮތުން ޝަމްހާ އަހާލީ އެއްޗެއް ހަނދާންވާ ކަހަލަ ގޮތަކަށެވެ. “މަގުމަތީގައި..” އަތޫޝާ ދެއަތް މޮޑެލަމުން ތުންފަތުގައި ދަތްއަޅާލީ އިތުރަށް ކެތް ނުކުރެވިގެންނެވެ. “ޝާޝާ… ކިހިނެއްވީ” އަތޫޝާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން ޝަމްހާއަށް އެނގުނެވެ.
ހަވީރުގެ އެ ހިތްފަސޭހަ ވަގުތުގައި ޖެހެމުން ދިޔައީ ނަލަ ވައިރޯޅިއެވެ. ހުޅުވާފައި އިން ކުޑަދޮރުން ކޮޓަރިއަށް ވަންނަމުންދިޔައީ ފިނި ވަޔެވެ. އަތޫޝާ އާއި ޝަމްހާ ޝައިމަންގެ ކޮޓަރީގައި އެތަކެއް އިރެއްވަންދެން ތިއްބެވެ. އަތޫޝާ ހިތް ފުރޭވަރަށް ރުއިމަށްފަހު ޝަމްހާއަށް ހުރިހާ ވާހަކައެއް ކިޔައި ދިނެވެ. ގިސްލަމުން ދިޔަ އަތޫޝާ ފެނި ޝަމްހާގެ ލޮލުންވެސް ކަރުނަ ނިރާލިއެވެ. “ޝާޝާ… އަހަރެން ބުނާ ބަހެއް އަޑުއަހަންޏާ މަމްދޫހު މަތިން ހަނދާން ނައްތާލާ… މީހުން ބުނެ އުޅެއެއްނު ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށޭ…. ޕްލީޒް” އަތޫޝާގެ ގައިގަ ބައްދައި ގަންނަމުން ޝަމްހާ ބުންޏެވެ. “ޝަމް އަހަރެންވެސް ބޭނުން… އެކަމް އެއީ.. އެއީ އަހަރެންގެ މަންމަ އާއި ބައްޕަ ފިޔަވައި އަހަރެން އެންމެ ލޯބިވި މީހާ…” އަތޫޝާވެސް ޝަމްހާ ގައިގަ ބައްދައި ގަތީ ގިސްލަމުންނެވެ.
*************
“ކުންފުންޏަށް ގެއްލުންވާކަހަލަ އެއްވެސް ކަމެއް އަހަރެން ބޭނުމެއްނޫން… މި އަހަރުގެ ޕްރޮފިޓް ކުރީ އަހަރުތަކާ ބަލާފަ ރަނގަޅުވިކަމަކަށް އަހަރެންނަކަށް ނުފެނޭ…. އަހަރީ ޕްލޭން ހަދަން ފަށާ… މަމްދޫހު ނިކުންނާނެ މާދަމާ…. އޭނައަށް ބޭނުންވާ ހުރިހާ އެއްޗެއް ރެޑީ ކުރާތި… އަދި ބުނަން ބޯޑު މީޓިންއަށް ޖެހޭނެ ވަރަށް ފުރިހަމައަށް ރެޑީވާން،….. އާން އަދި އެއްވާހަކަ ބާރީ ބުނީ ކީކޭ… އޭނަ ހިތްހަމަ ޖެހޭތަ ހުށައެޅުންތަކާ” އާދިލް އޭނާގެ ސެކެޓްރީ ހިލްމީ އާއި ވާހަކަ ދައްކަމުން ދިޔައީ ބޮޑު އަކުރުން އާދީ ކޮންސްޓަރަކްޝަން ޖަހާފައިވާ ބޮޑު ބިލްޑިންއަށް ވަންނަމުންނެވެ. އެންމެ މަތީ ފަންގި ފިލާއަށް އަރާ ހުއްޓުމައްފަހު އާދިލް މަގުމައްޗަށް ނަޒަރު ހުއްޓާލިއެވެ. ހަތް ބުރީގެ ބޮޑު އިމާރާތުގެ އެންމެ މަތީ ފަންގި ފިލާގައި ހުރެ ބޭރު ބަލާލުމުން ފެންނަނީ މާސިނގާ ކަނޑެވެ. ދޯނިފަހަރާއި ރައްތަކުގެ މަލަމައްޗެވެ. “އާދެ…. އަޅުގަނޑު ހުރިހާ ކަމެއް ހުރީ ތައްޔާރައްތޯ ބަލާ ޗެކްކުރާނަން… އަންނަ ހަފްތާގައި ބާރީ އާއި ބައްދަލު ކޮއްލަން ބުނެލާފައި އޮތީ.. އަޅުގަނޑަށް ހީވަނީ އެ މީޓިންއަށް ހާޒިރުވާނީ ބާރީގެ ފިރިހެން ދަރިހެން” ހިލްމީއަށް ހީވާ އެއްޗެއް ފާޅުކުރިއެވެ. އާދިލް ފުން ނޭވާއެއް ދޫކޮއްލުމައްފަހު ވިސްނާލިއެވެ. ބާރީއާއި ގުޅުން ބަދަހި ކުރަން މިއަށްވުރެއް ރަނގަޅު ފުރުސަތެއް ދެން ނުލިބޭނެއެވެ. މިހާ ހިސާބަށް ވިޔާފާރި ކުރިއަރާފައި މިއޮތީ އާދިލްއާއި އޭނަގެ ބައްޕަގެ ބުރަ މަސައްކަތުންނެވެ.
…………..
ކޮންމެ ދުވަހެކޭ އެއްގޮތަށް ޝައިމަން ކުޅެ ނިންމާލުމައްފަހު ހެންވޭރު ދަނޑުން ނިކުތީ ވިޝާލްއާ އެކީގައެވެ. “ކޮބާ،… ތި ދެމީހުން މިހާރު އެކްސިޑެންޓެއް ނުވޭތަ..” ވިޝާލް ޝައިމަން ރުޅިއަރުވާލާ ހިތްވިއެވެ. “ނޭނގެ… މަށެއް ނުދެކެން އޭނައެއް…. އެއްދުވަސްވީ… އެހެން ނޫނަސް އަހަރެން އޭނައަށް ގޮތެއް ނަހަދަން… އޭނައޭ ފޯރި ހުންނަނީ މަށާ ބެހެން..” ޝައިމަން އެހެން ބުނެ އަތުގައި އޮތް ފެންފުޅިން ފެންކޯވަރެއް ބޯލިއެވެ. އަތޫޝާ ނުފެންނަތާ މިހާރު އެއްދުވަސްވާނެއެވެ. އެމޫނު ނުފެނުމުންވެސް ހިތްހަމަ ޖެހުމެއް ނުލިބެއެވެ. ޝައިމަން ފުން ވިސްނުމެއްގައި ހުރެ ހުރަސްކޮއްލީ މަގުމައްޗަށް އެހާ ބޮޑު ސަމާލުކަމެއް ނުދީއެވެ. “ޝައިމަން” ވިޝާލްގެ ބަރު ހަޅޭކުގެ އަޑު ފަޒާގައި ގުގުމާލިއެވެ.
“އޯ… ހިނގާ ހޮސްޕިޓަލްއަށް..ސޮރީ… ސޮރީ… ހިނގާ.. އަވަހަށް ހިނގާ..” ކާރުގައި ހުރި ޒުވާނާ ބިންމަތީގައި އޮތް ޝައިމަން ނަގަމުން ބުންޏެވެ.
“މާބޮޑު ގެއްލުމެއްނުވޭ… ދެތިން ދުވަހު ބޮލުގެ ބޭސްގަނޑާއި ފައިގެ ބޭސްގަނޑު ބަދަލު ކޮއްލީމަ ރަނގަޅުވާނެ…” ޓްރީޓްމެންޓު ރޫމްއިން ޝައިމަންއާއި އެކު ނިކުތް ނަރުސްކުއްޖާ ބުނެލިއެވެ. “ވަރަށް ބޮޑަށް ސޮރީ…. ކަމެއްވެއްޖެއްޔާ އަހަރެންނަށް ގުޅިއަސް މައްސަލައެއްނެތް… އަހަރެންނަށް ކިޔަނީ މަމްދޫހު” ސަލާމް ކޮއްލުމަށް އަތް ދިއްކޮއްލަމުން މަމްދޫހް ތައާރަފް ވެލިއެވެ. “އެއީ މައްސަލައެއް ނޫން.. އެހެން ނޫނަސް މާބޮޑު ގެއްލުމެއް ނުވެއޭނު އެބުނީ…” ޝައިމަން ހީލަމުން ބުންޏެވެ. “އެކަމެއް ނޭނގެ ކޮރުޖަހާ އިރު… ހިނގާދާން… ގުޅާނަން އެނގޭ ގެއްލުމެއް ވެއްޖެއްޔާ” ދެފަރާތުގެ ނަންބަރު ބަދަހި ކުރަމުން ވިޝާލްވެސް އެއްބައި ވެލިއެވެ. “ހިހހި… ހަމަ ގުޅަންވީ….. އަހަރެން ހުރި ތަނަކުން އަންނާނަން ދުވެފަ… ސޮރީ މޭން…” މަމްދޫހު އަނެއްކާވެސް މައާފަށް އެދުމުން ޝައިމަން އާއި ވިޝާލް ބޯ ތަޅުވާލަމުން ހީލިއެވެ.
*********
ރޭނގަޑުގެ ހަމަ ހިމޭން ވަގުތުގައި އިވެމުންދިޔައީ ގަސްތަށް ހެލިލާ އަޑެވެ. މުޅިގެ އަލި ވެފައިވަނީ ގޭތެރޭގައި ދިއްލާފައިވާ ބޮކިންނެވެ. ފެހި ބޮޑު ކާޕެޓް ވަށާ ކުދި ކުދި އޮރެންގް ލައިޓްތަކެއް ދިއްލާފައިވުމުން ފެންޑާއަށް އެޅިފައިވަނީ ރަން އަތްޔެކެވެ. ދެފައި ނަގައިގެން އުނދޯލީގައި އިށީދެލައިގެން އިން ސަނާ ދިޔައީ އަތޫޝާއާއި މެދުގައި ވިސްނަމުންނެވެ.
“ސަނާ.. އާދޭ ކާން” ބޮޑު ދޮރާށިން ވަދެގެން އައި މަމްދޫހު ސަނާ އިންގޮތުން ގޮވާލިއެވެ. ސަނާގެ ފަރާތުން ޖާވާބެއް ނުލިބުމުން އަނެއްކާވެސް މަމްދޫހު ސަނާއާއި ކައިރިއަށް ޖެހިލާގައި ބާރަށް ކާން އަންނާށޭ ބުނެލިއެވެ. “އަހަރެން ނުކޭއްޔާ ދޮންބެގެ އަރުތެރެއިން ކާއެތިކޮޅެއް ނުދިރެނީތަ…” އައި ރުޅި މަތީގައި ސަނާ އުނދޯލިން ފައިބައިގެން ދިޔައީ ދުވެފައެވެ. މަމްދޫހުއަށް ފާހަގަވިއެވެ. މަމްދޫހު މާލެ އެރިފަހުން ސަނާ އަދި ހިތުން ރުހުމުން އަނގައިން ބުނެފައެއްނެތެވެ. ޔަގީނެވެ. އަތޫޝާ ނޫން ދެވަނަ މީހެއްގެ ކަމަކަށް މިކަންތަށް ނުވާނެއެވެ. އައި ރުޅި މަތީގައި މަމްދޫހު އުނދޯލީގެ ވާގަނޑުގައި ހިފާލީ އެ ލުއްސާލަފާނެހެންނެވެ.
………..
“އައުޗް.. އައުޗް” ޝައިމަން އަމިއްލައަށް ނިއްކުރިމަތީގައި އިން ބޭސްގަނޑު ނައްޓަމުން ދިޔައެވެ. އެމަންޒަރު ބަލަން ދުރުގައި އިން އަތޫޝާއަށް ހެވެނީއެވެ. އެހެން ނަމަވެސް ޝައިމަން އުޅުނު ހާލުން ނުގޮސް ނުވިއެވެ. “އަހަރެން… އަހަރެންގެ ހެލްޕެއް ބޭނުންތަ” އަތޫޝާ އަހަން ނާހަން އިނދެ އެންމެ ފަހުން އަހާލިއެވެ. އަތޫޝާއާއި ދިމާލަށް ބަލަން ހުރެ ޝައިމަން ތުންފަތަށް ގޮތެއް ހަދާލަމުން އަތުގެ އިޝާރާތުން އަންނާށޭ ބުނެލިއެވެ.
“އަން…. ތަދު ނުކުރާތި…..” އަތޫޝާގެ އަތަށް ބޭސްފުޅިއާއި މަލަންތަށް ދެމުން ޝައިމަން ގޮސް އިށީނީ ސޯފާގައެވެ. ފަހަރަކު ފިޔަވަޅެއް ކުރިއަށް އަޅަމުން އައިސް އަތޫޝާ އިށީނީ ސޯފާ ކުރިމަތީގައި ބަހައްޓާފައި ހުރި ކުޑަ މޭޒުމަތީގައެވެ.
އަތޫޝާ އިށީނުމާއެކު ޝައިމަން އަމިއްލައަށް އެ ފަން އިސްތަށި ގަނޑު ކުޑަކޮށް ހިތްލާލީ އަތޫޝާއަށް ފަސޭހައަށެވެ. ތުރުތުރު ލަމުން ދިޔަ އަތަކާ އެކު އަތޫޝާ އަޅާފައިވާ މަލަން ގަނޑުގައި ހިފާލިއެވެ. އަތޫޝާގެ އަތް ނިތްކުރީގައި ބީހުމާއެކު ޝައިމަންއަށް ދެލޯ ހުޅުވާލެވުނެވެ. ހަމަ އެކަނި އެބީހުމުންވެސް އެ އަތުގެ މަޑުކަން އިހްސާސްވިޔެވެ. އަތޫޝާގެ ކޮންމެ ހަރަކާތަކަށް ޝައިމަން ބަލަން ހުރީ ޝައުގުވެރިކަމާއެކީގައެވެ. އެބެލުން ތަކުން އަތޫޝާގެ ހިތަށް ކުރަމުންދާ އިހްސާސް ނޭނގި ޝައިމަން ދިޔައީ ނޭނގި ނަމަވެސް އަތޫޝާގެ ހިތުގައި ބިރުވެރިކަމާއި ހާސްކަން އުފައްދަމުންނެވެ. އަތޫޝާގެ މޫނު އެހާ ގާތުން ފެނުމުން މާޝަﷲ އޭ ބުނެވުނީ ހިތަށް އަޑުއިވޭ ވަރަށެވެ. ލައިގެން އިން އަތްކުރު ޓީޝާޓުން މީހާގެ ދޮންކަން ހާމަވެއެވެ. ޝައިމަންއަށް އަތޫޝާގެ ދޮން ކަނދުރާއަށް ބަލަން ހުރެވުނީ އަމިއްލަ އިހްތިޔާރަކާނޫނެވެ. “އައްދޯއި” މަލަން ގަނޑު ތަތް ކޮއްލުމަށް އަތޫޝާ ބާރަށް ޝައިމަންގެ ނިތްކުރީގައި ޖެހިއެވެ. އަދި ދުވެފައި ގޮސް ކޮޓަރިއަށް ވަނީ ޝައިމަން ކިޔާނެ އެއްޗެއް އަޑު އެހުމެއް ނެތިއެވެ. ޝައިމަންއަށް ހުރެވުނީ ދުވެފައި ދިޔަ އަތޫޝާއަށް ބަލަންށެވެ. އަތޫޝާ އެހާ ގާތުގަވީ ވަގުތުކޮޅު އަދިވެސް ހިތުން ފިލައިގެން ނުދެއެވެ.
ކޮޓަރީގެ ދޮރު ޖެހުމާއެކު އަތޫޝާ ދޮރުގައި ލެގިލީ ފުންނޭވާތަކެއް ލަމުންނެވެ. އަތޫޝާގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. އަތޫޝާ ނިތްކުރި ފޮހެލީ ދާތިކި ހުރުމުންނެވެ. “މިވަނީ ކީއް…” އަތޫޝާ މޭމަތީގައި އަތް އަޅަމުން ދެކޮޅަށް ހިނގަންފެށީ ހާސްކަން ފިލުވުމަށެވެ.
“އޭ އެކްސިޑެންޓް ފްރީ… ދޮރުހުޅުވަބަލަ” ދޮރުގައި ތަޅަމުން ޝައިމަން ކިޔަމުންދިޔައެވެ. ޝައިމަން އެއުޅެނީ ކީއްކުރަންބާއެވެ. އަތޫޝަގެ ސިކުންޑިއަށް އައި ހިޔާލުތަކުން އަތޫޝާ ބިރުގަތެވެ. އަދި ދޮރާ ދުރަށް ޖެހިލެވުނީ ޝައިމަންގެ އަޑު ގަދަވަމުންދާތީއެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.




v nice
okyy vvvv nice hope mivaahaka kome dhuvahaku genes dheyne kama
Waow
Me 1st. vara nice..alhe haadha kurey konme part e miavure dhen upkuraa part dhigukolachey…so intresting story…
Wow nice story eh
And i lobe shiman and athoosha prt
Waiting 🙂 😉 😛
Love*
Vaahak varah reethi masha allah.
Varah reethi avaha up koh dheh chey
Vrh riithi
Varah reeeeeethi… Eagerly waiting for the nxt prt
Vaahaka varah reethi …wowwww