Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

nuzha Level 110 Stories
March 31, 2016 7 Mins Read
22 Comments

އަހަރެން ފުރާވަރަށް އެޅި އުމުރެވެ. 14 ވަނަ އުފަންދުވަހުގެ ހަވީރެވެ. ޕާޓީ ބާއްވަން އަހަރެން ބޭނުންވީ ރަށުގެ ހިތްގައިމު ސަރަހެއްދެއް ކަމަށްވާ ތުޑީކޮޅެވެ. ސަބަބަކީ ތުނޑިއަށް ހަވީރު ކުޑަކުދިން ގޮވައިގެން ތިބޭ މީހުން ގިނަވުމާއި އެތަނުން އިރުއޮއްސޭ މަންޒަރުން ފޮޓޯ ނަގަން އަހަރެން ބޭނުންވީމައެވެ.

ގަޑިން 04:00 ވެއްޖެއެވެ. އަހަރެން ކަޅުކުލައިގެ ވެޑިން ޑްރެސް އެއްފަދަ ބޮޑު ހެދުމުގައި ގޮސް ކަޅުކުލައިން ޒީނަތްތެރި ވެފައިވާ ކާރަށް އެރީމެވެ. އަހަރެން ހަމަޖެހިލަމުން އަހަރެން ދައްތަ ދަޔާނާ އަތަށް ބޮކެޓް ދިނީމެވެ.

“ހމމ…. މިގަވެސް ނުހިފުނު ދޯ ކަންނެތްކަމުން… ކައި އަވަހަށް މީހަކާ އިންދާފަވެސް ހީވާގިވޭތޯ ބަލަންވެއްޖެ” ދަޔާނާ އަހަންނާ ދިމާކޮށްލިއެވެ. “އިންދާފަޔޭ…. އަހަރެންވީ މީހަކު އިންދަންތަ؟ ކިހިނެއް ވާނެކަމެއް…. މީހުން ވިހަނީ ބަޑުން… ދެން އަހަރެންވީ އޭގެ ބަދަލުގަ މީހެއް ވެލިން އިންދަން… ދިވެއްސެއް… އެކަމަކު ސްޓިލް ނޭގެޔޭ ދިވެއްސެއް.. ހމމ.. ބީ.އެފް އެއް ދޯ… މިއަދު ޕާޓީގަ ޖުހޭނާ ބުނި މިތާކައިރި ރަށަކުން އޭނަގެ ރައްޓެހި ދިހަ ވަރަކަށް ކުދިން އަންނަވާހަކަ ބުނި…. ދެން އެތަނުން ރަނގަޅު މީހެއް ހޯދަމާ!” އަހަރެން ބުނެލީމެވެ. ޖުހޭނާ އަކި އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. ފަރަންޖީބަހުން ބުނާނަމަ ބެސްޓް ފްރެންޑް އެވެ.

ޕާޓީ ފެށިއްޖެއެވެ. އެންމެ ފުރަތަމައަކަށް ޖުހޭނާ އާއި އޭނަގެ 10 ރަހުމަތްތެރިން އައިސް އަހަންނަށް މަރުހަބާ ކިޔެވެ. މީހަކު މާވަރަކަށް ބަލާތީ އަހަރެން ބަލާލީމެވެ. އަހަރެން ލާން އުޅުނު ނޭވާވެސް ތާށިވި ފަދައެވެ. ގަދަ ކަޅުކުލައިގެ ދެލޮލެވެ. ކަޅުކުލައިގެ ގަމީހަކާއި ކަޅު ޖިންސް އެކެވެ. އިސްތަށިގަނޑު ނިއްކުރީގެ އެއްފަޅި ފޮރުވައިދެއެވެ. ސްޕައިކް ޖައްސާފަ ހުރިއިރު ހަމަ އެހާ ރީއްޗެވެ. އަހަރެންވެސް ބަލާތީ އެކުއްޖާ އަހަރެން ކައިރިއަށް އައެވެ. އަހަރެން ހުރީ ފިނިވެފައެވެ. މަޑުމަޑުން ދެލޯ މަރާލީމެވެ. އެކުއްޖާ އައިސް އަހަރެން ކައިރިއަށް ހުއްޓުނެވެ. އަހަރެން ލޯ ހުޅުވާލީމެވެ.

” ހާއި…. ރައުދު ރަޒީން.” އެކުއްޖާ ސަލާމަށް އަތްދިއްކުރަމުން ބުނެލިއެވެ.

“ކައިއާ ނިކިޔާޝް … ކައި ކިޔަސް އޯކޭ. ސޮރީ… ހެއި ބުނަން ހަދާނެއް ނެތް… ހެއި” އަހަރެން ރައުދު ސަލާމަށް ދިއްކުރި އަތުގައި ހިފަމުން ބުނީމެވެ. ރައުދު އަހަރެން އަތަށް ފިއްތާލިއެވެ.

“މާދަމާ އީދެއްނު… ކޮންތާކަށް ޖައްސާލަނީ؟” ރައުދު އެއްސެވެ.

“ރައުދު ދަނީ ކޮންތާކަށް؟” އަހަރެންވެސް ކުރީ ސުވާލެކެވެ.

“އަހަރެން ދަނީ އަހަރެންގެ ރަށަށް… ތުލުސްދޫ… ވަރަށް މަޖާވާނެ.. ހިގާ އަހަރުމެންނާއެކު ޖައްސާލަން… މިރޭ ފުރާނެ… ޖުހޭވެސް ދޭ… ދާނަންތަ؟” ރައުދު އަހާލިއެވެ.

“ހމމ… ޖުހޭ ދަންޏާ އޯކޭ…” އަހަރެން ބުނީމެވެ. ރައުދު ދެން ދަނީއޭ ބުނެ އަހަރެން ކޮލުގަ ކުޑަކޮށް ހިފާލަމުށްފަހު ދިޔައެވެ. ރައުދު ދިޔުމުން އަހަރެން ރައުދު ހިފާލިތަނުގައި އަތްކާތާލީމެވެ. އަދި ހީލީމެވެ.

“އެކަނި ހުރެ ހެނިއްޔޯ؟ މޮޔަވީތަ؟” އަހަރެންގެ ބޭބެ ދީކާން އަހަރެން ކުރިމައްޗަށް އަރަމުން ބުއްޏެވެ. “ހެވުނިއްޔޭ… މި އުފާވެރި ހަފްލާގެ އަހަރެންގެ ލޯބިވާ ދޮންބެއަށް ބައިވެރި ވެވިއްޖެ ދޯ… އޭރުވެސް އަހަރެން ބުނީމޭ މަންމަ ގާތު ދޮންބެ ރޭގަ ހިތްއެދޭ ކުއްޖާ ސެޓްކުރެވޭތޯ ބަލަން ފުރިޔަސް މިއަދު އަހަރެން ޕާޓިއަށް އަންނާނެއޭ… މަންމަ ބުނީ ކިހިނެއް ހެއްޔޯ. ރޭގަ ފުރާފަ މިއަދު ޕާޓިއަށް އާދެވެނީ… ދޮންބެއަށް ޕާޓީ ލާނުގަންނާނެޔޭ ޖުހޭވެސް ބުނީ… އެކަމް ލުކް.. ޔޫ ކޭމް…”

“ހޫނނ… ވާހަކަ އޮޅުވާލަން ނޫޅޭ.. އަހަންނަކަށް ކިއިއާއެއް ނޯޅޭނެ.. ބައްޕަ މަރުވުމުން މިހާތަނަށް ބައްޕަގެ މަގާމުގަ ހުންނަ މީހާ އަށް އިގޭނެ ދޯ ކިއިއާއަށް ވާނުވާ… ކައި ވަރަށް ލޯބި ހީލާއިރު.. ރައުދުވެސް ބުނި އެހެން… އާނ.. މިހުރީ ހަދާންނެތިފައޭ.. އެހުރީނު ކޭކު ކައިރީ ބޯއި އެއް… ޕިންކް ޓީޝާޓެއް ލައިގެން…. އެއީ ރަޔާން.. ދޮންބެ ބެސްޓީ… ދެން އޭނަޔާ ޖެހިގެން އެހުރީނު ދޯ ބްލެކީ ވެގެން ބޯއި އެއް… އެއީ ރައުދު.. ރައުދު ސެއިޑް ދެޓް ހީ ލައިކްސް ޔޫ… ވަރަށް ހިތްހެޔޮ ވާނެ ރައުދު… ކުއްޖެއްގެ ހިތް ހަލާކު ކުރަން ވަރަށް އުނދަގޫ ވާނެ ރައުދުއަށް… ދެން ވަރަށް މަޖާވާނެ.. ސޯ ފަނީ…” ދޮންބެ އަހަރެން ކޮޑަށް އަތްވައްޓާލަމުން ބުއްޏެވެ.

“އެހެންތަ؟ އަހަންނާ ރައުދު ފްރެންޑްސް އޭ.. މިއުޅެނީ މިރޭ ޖުހޭ އާއި އެއްކޮށް އެރަށަށް ފުރަން… ދެން އަހަންނާއެކު ދާނީ ހޮލީ ސްޕްރިޓް ހެދި ގްރޫޕް.. ލުޖެއިން މެން…މަލާކް މެން.. ” އަހަރެން ދޮންބެ ކައިރިން ހުއްދައަކަށް އަހާ ފަދައިން  ބުނީމެވެ.

“ދޭ ދޭ… މާ ބޮލަށް ފަސޭހަވެސް ވާނެ..”

******************

އަނެއްދުވަހު އިރު އެރިއެވެ. އަހަރެން ހުރީ ތުލުސްދޫގައެވެ. ޖުހޭނާއާއި އެއްކޮށް އަހަރެން އީދު ނަމާދަށް ދިޔައީމެވެ. އެރަށު މިސްކިތް ވަރަށް ރީއްޗެވެ. ފާރުތަކުގައި ވަކަރު ހަރުކޮށްފައި ވާއިރު އެ ވަކަރުތައް ވަނީ ތޫނު އެއްޗަކުން ލިޔުންތަކެއްހެން ކަޑާ ނަގާފައެވެ. އަހަރެން ވަށާ ހޯދާލީމެވެ. އަހަރެން ދެލޯ ބަޑުވިއއެވެ. މީގެ ކުރިން އަހަންނަށް ކްރިސްޓިއެން ބޯލް ފެނިފައިވަނީ ހިންދީ ފިލްމް ތަކުންނާއި  އިގިރޭސި ދިގު ސީރީޒް ތަކުންނެވެ. އެކިސައިޒުގެ ކްރިސްޓިއެން ބޯލް އެކި ވަރަށް ހިތެއްގެ ބައްޓމަށް ހަރުކުރެވިފައި ވެއެވެ.

އީދު ނަމާދަށް ފަހު ކައިގެން އަހަރެން ދިޔައީ ޖުހޭނާ އާއި އެއްކޮށް މޫދަށެވެ. އެތަނުގައި ސަކަރާތް ގަނެފައި ގެއަށް އައިއިރު މެންދުރުން އަބުރާ 2 ޖަހައިފިއެވެ. ބިރިޔާނީ ކައިގެން އަހަރެން ކުޑަކޮށް ނިދާލީމެވެ.ދެން ހޭލެވުނީ ޖުހޭނާ ގޮވުމުންނެވެ. އޭރު ގަޑިން 4 ޖަހައިފިއެވެ. އަހަރެން ތެދުވެ ފެންވަރައި ޕާކިސްތާނު ހުދާއި ރަތް ހުރި ހެދުމަކާއި ދޯޕައްޓާއެއް އެޅީމެވެ. އަދި ފައިގަޔާ އަތުގަ ރަތް ގަހަނާ އެޅީމެވެ.

އަހަރެން ބޭރަށް ނިކުތްއިރު ޖުހޭނާ އަހަރެންގެ ފޯނު ހިފައިގެން އޭގެތިބި ފޮޓޯ ބަލަމުން ދުއްވައިގަތެވެ.އަހަރެންވެސް މަޖާ ވެލާފއި އޭނަ ފަހަތުން ދުއްވައިގަތީމެވެ. ޖުހޭނާ ފޯނު ހިފައިގެން އަތިރި މަތިން ގޮސް ވަލުތެރެއަށްވަނެވެ.އެހާހިސާބުން އަހަންނަށް ޖުހޭނާ ގެއްލުނެވެ.

އަހަރެން ޖުހޭނާ އަށް ގޮވަމުން ވަލުތެރެއަށް ވަދެގެންދިޔައީމެވެ. ތަންކޮޅަކަށް ދިޔަތަނާ ޖުހޭނާ ހީގެންފާ ދުއްވައިގަތް ފަދަ އަޑެއް އިވުނެވެ. އަހަރެން އެދިމާއަށް މަޑުމަޑުން ދިޔައީމެވެ.އެކަމަކު ދުވުމެކޭހިގުމެކޭ އެއްފަދައެވެ. އަޅާ ފިޔަވަޅާއެކު ފަތްތައް މުގުރައިގެންދާ އަޑު މިއުޒިކެއް ފަދައެވެ. ދޫނީގެ ރީތި އަޑު އިވެއެވެ.

ތަންކޮޅަކަށް ދެވުނުތަނާ ފަންގެއެއް ފެނުނެވެ. އަހަރެން އެގެޔާ ދިމާއަށް ހިގައިގަތީ އެތަނުގެ ތެރޭގައި ޖުހޭނާ ހުރެދާނެހެން ހީވާތީއެވެ. އަހަރެން ފަންގެއަށްވަދެ ދޮރު ލައްޕާލީ ޖުހޭނާ އެތަނުން ނުނެރުމަށެވެ. ދޮރުލައްޕާ ނުއެބުރެވިގެން އުޅެނިކޮށް އަހަރެން  އަގަމަތީ އަތްއަޅާ ދަމައިގަތެވެ. އަހަރެން ގެންގޮސް ފާރުގައި ތަތްކޮށްފައި އެކުއްޖާ އަތްނެގިއެވެ. އަހަރެން ކާކުތޯ ބެލިއިރު ކުރިމަތީ ހުރި ރައުދު ފެނި ފިނިވިއެވެ. ރައުދު އެއްއަތުގައި ހުރި ކުލަތައް އަހަރެން މޫނުގައި ހާކާލިއެވެ.

“….މް.” އަހަރެން އެއްޗެއް ބުނަން ތުންފަތް ހަރަކާތް ކޮށްލީމެވެ. ރައުދު އެއްއިގިލި އަހަރެން ތުންފަތުގައި ޖައްސާލިއެވެ.

“އަހަރެން ގައިގަ ކުލައެއް ނުހާކާނަންތަ؟” ރައުދު އަތް އުފުލާފައި ދައްކާލީ އޭނާ މުށުތެރޭގައި ހުރި ހިކި ކުލަތަކެވެ. އަހަރެން ދެއިނގިލި ކުރިން ކުލަކޮޅެއް ނަގާފައި ރައުދު ކޮލުގައި އަތްޖައްސާލީމެވެ. ރައުދު މަޑުމަޑުން އަހަރެން އަތުގައި ހިފާލިއެވެ. ދެމީހުން ދެމެދުގަ އޮތީ ހަމަހިމޭންކަމުގެ ސްކޫތެއް އައިސްފައެވެ. ނުވެސް ދަންނަ ދެބީރައްޓެހިން ކަމެއް މިވަގުތު އިޙްސާސްއެއް ނުކުރެވެއެވެ. ހަތަރުކަޅި ބައްދަލުވި ހިނދު ހީވީ ޖަޒްބާތުގެ އޮއިވަރެއް ދެމިގަތް ހެންނެވެ. ރައުދު ދެއަށް އަހަރެންގެ އުނަގަނޑުގައި ވަށާ ލެވުނެވެ. އަހަރެންވެސް ދުރަށް ދާ ހިތެއް ނުވެއެވެ.

އެގޭގެ ތެރެއަށް ބަޔަކު ވަން ވަޑު އިވިފައި އަހަންނަށް ދެއަތުންއަޅައި ރައުދު ކޮއްޕާލެވުނެވެ . ރައުދަށް ދެތިން ފިޔަވަޅު ފަހަތައް އަޅާލެވުނެވެ. އެގޭގެ ތަރެއަށް ވަތް ރައުދުގެ 4 އެކުވެރިން ހީނގަތެވެ. އަހަރެން ގެއިން ދުވެފައި ނުކުންނަން އުޅެނިކޮށް ދޯޕައްޓާ ވެއްޓުނެވެ. އެނަގަން ތިރިވެވުނީ އަހަންނާ ރައުދާ ދެމީހުން އެކުއެކީގައެވެ. ރައުދުގެ އެކުވެރިން ރައުދު އިން ލަވް އޭ ބުނުމުން އަހަރެން އަހަރެން އަވަހަށް ދޯޕައްޓާ ނަގާ ކަރުގައި އަޅާލަމުން އެގެއިން ނިކުންނަން ހިގާގަތީމެވެ. ދެވަނަފަހަރަށް ހުއްޓެން މަޖުބޫރުވީ ރައުދު އަހަރެން ދޯޕައްޓާގައި ހިފުމުންނެވެ. އަހަރެން ފަސްއެބުރި ބަލާލުމަށްފަހު ރައުދު ނުވިސްނާ ހުރި ވަގުތަކާ ދިމާކޮށް ދޯޕައްޓާ ދަމައިގެންފައި ދުއްވާގަތީމެވެ.

“މިހާރު ސެޓް ކުރީތަ؟” އަހަރެން އެގެއިން ބޭރަށް ނިކުތުމުން ރައުދުގެ އެކުވެރިން ސުވާލުކުރި އަޑު އަހަންނަށް އިވުނެވެ.

“ވަރަށް ޗީޕް ހެން ހީވަނީ….” ރައުދު ލާނެއް ހިނިގަނޑަކާ އެކު ބުނި އަޑު އަހަންނަށް އިވުނެވެ. އަހަރެންނަށް ހީލެވުނީ ބޭއިޚްތިޔާރުގައެވެ.

ކުއްލިއަކަށް ރައުދު އެގެއިން ނިކުތުމުން އަހަރެން ސިހިފައި ދުއްވާގަތީމެވެ. ރައުދުވެސް އަހަރެން ފަހަތުން ދުއްވައިގަތެވެ.އަހަންނަށް އަތިރިމައްޗަށް ނިކުމެ ނިކުމެ ހުއްޓާ ރައުދު އަހަރެން އަތުލިއެވެ. އަހަރެން ރައުދު ފޮޅާލަން އުޅުމުގެ ތެރޭގައި ދެމީހުން ދެމީހުންގެ ފައިގައަޅާ އަތިރި މައްޗަށް ވެއްޓުނެވެ. އަހަންނަށް އޮވެވުނީ ރައުދުގެ މޭމަތީގައެވެ. ނަސީބަކުން އެވަގުތު އަތިރި މަތީގައި ބަޔަކު ނޫޅެއެވެ. އހަރެން ދެން ދުއްވައި ގަތަކަސް ރައުދު އަހަރެން ފަހަތުން އަންނާނެކަން އަހަންނަށް އެގެއެވެ. އެހެންވެ އަހަރެން އިރުކޮޅަކު ވިސްނަން އޮތީމެވެ. ރައުދު މަޑުމަޑުން އަހަރެން މޫނު މައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ރަނގަޅު ކޮށްދިނެވެ. އހަންނަށް އޮވެވުނީ ރާޅުޖަހާ ހިސާބުގައެވެ. ހެދުމުގެ ފަސްބައި އޮތީ ރާޅުގެ އަތްދޮށުގައެވެ. އަހަރެން މަޑުމަޑުން އެއްއަތުން ރާޅުޖަހާ ހިސާބުން ވެލިކޮޅެއް ނަގާފައި އަނެއް އަތުން ރައުދުގެ ދެލޮލުގެ މަތީގައި އަތްއެޅީމެވެ.

“އަހަރެން އެއްޗެއް ބުނަންތަ؟” އަހަރެން ރައުދު ކުރެން އަހާލީމެވެ.

“ހމމ.. ކައި ބުނާ ކޮންމެއެއްޗެއްވެސް އަޑުއަހާނަމޭ… ބުނެބަ” ރައުދު އެދުނެވެ.

“އަހަރެން ދަނީ… އެއީ ބުނަން އުޅުނު އެތި” އަހަރެން ތެދުވެ ގައިން ވެލިފޮޅަމުން އެއް އަތުގައި ހުރި ވެލި ރައުދުގެ މޫނަށް ޖަހާލަމުން ބުނީމެވެ.

************************************

އަހަންނަށް ގެއަށް ދެވުނުއިރު ޖުހޭނާ އާއި ނުދަންނަ ކުއްޖަކު ވާހަކަ ދައްކަން ހުއްޓެވެ. އެދެމީހުންވެސް ހީވަނީ ކުލަމަޖާ ގަނޑެއް ހެންނެވެ. ކިރިޔާވެސް ބަލާލަން ކެރެނީ އަހަންނަށެވެ. އަހަރެން އެމީހުންނާ ދިމާއަށް ދަނިކޮށް ރައުދުގެ ރައްޓެހިން އަހަރެން ފަހަތުން އައިސް ބޮލަށް ހިކި ކުލަ އެތި އޮއްސާލިއެވެ. “ރައުދު އަށް އެހެން ހެދީމަ ރައުދު ބުނީ ކަމަނާގެ ހެދުން ހަޑި ކޮށްދޭށޭ އޭނަ އަށް އެހެން ހެދީމަ… ސޮރީ ކަމަނާ… އަހަންނެއް ގަސްތަކު ނޫން… ރައުދު އާދޭސްކުރީ…..” ރައުދުގެ ބޭބެ ބުއްޏެވެ. އޭރު ޖުހޭނާ އާއި ނުދަންނަ ޒުވާނާ އަހަންނާ އަރާ ހަމަވެއްޖެއވެ.

“މިއަދު  ރަށަށް މިއައީ…. މިހާ އަވަހަށް ކަމަނާތަ؟ ރައުދުގެ ދޯ…. ބަލާބަލަ މިއޮށް ކަމެއް” ޖުހޭނާ ފޮޓޯ ތަކެއް ދައްކާލިއެވެ. އޭގަވަނީ އަހަންނާ ރައުދު އަތިރިމަތީގައި ވެއްޓުނު މަންޒަރެވެ. ދެންފަންގެ ތެރޭ ރައުދު އަހަރެން އުނަގަނޑުގައި އަތްއެޅުވި މަންޒަރެވެ. އަހަރެން ލަދުން ކުރާނެކަމެއް ވެސް ނޭގުނެވެ. ބިންގަނޑު ފަޅާފައި އެތެރެއަށް ވަދެދާނަމޭވެސް ހިތަށްއެރިއެވެ.

“ސާބަހޭ ކައި….” އެނުދަންނަ ޒުވާނާ ބުއްޏެވެ. އަހަރެން ހައިރާން ވިއެވެ. އޭނައަށް އަހަރެން ނަން އެގުނީ ކިހިނަކުން ބާއޭ ހިތަށް އެރިއެވެ.

“ހިންދު އޭނައަށް އައްސަރިބަސް ނުބުނާނަންތަ؟ އަސްލު ސާބަސް ކިޔާއިރުވެސް ރައީސުލްޖުމްހުރިޔާވެސް ކިޔައޭ އައްސަރިބަހާ ސާބަސް… ހަމައެކަނި ސާބަސް އެމިނިކުފާނުވެސް ނުދަންނަވާ” ޖުހޭނާ ޒުވާނާ ގެ ކޮޑުގައި ޖަހާލަމުން ބުނެލިއެވެ. އަހަންނަށް އެއީ ކާކުކަން އެގުނީ ދެނެވެ.

“ހިންދޫ!!!!!!!” އަހަރެން އަޑުކޮޅަށް ހަޅޭއްލަވައިގެންފައި ހިންދުގައިގަ ބައްދައިގަތީމެވެ. ހިންދުއަކީ އަހަރެން ހަޔާތުގައިވާ އެންމެ މުހިންމު ރޯލް ކުޅެފައިވާ މީހާއެވެ. އަހަރެން އެދުވަސްމަތިން ދުވަހަކުވެސް ހަދާނެއް ނުނެތޭނެއެވެ. ދުވަހަކުވެސް ނުނެތޭނެއެވެ. އެއީ ވާނެކަމެއް ނޫނެވެ.

“ހިންދު އެކަމް ހާދަ ޗޭންޖޭ… ކުރީގަ ޖިންސާ ޓޮޕާލާމީހާ ބަލާބަލަ… ސުބުހާނަ ﷲ…  ޕިސް ޕިސް…. ހެއަރ ޑައިކޮށްފަ އޮންނަ މީހާ މިހާރު ހެއަރ ނުދައްކަން ބުރުގައި އަޅައިގެން..” އަހަރެން ހިންދުއާ ދިމާކޮށްލީމެވެ. “އަހަރެން މރަށަށް އައީ ކައި ކައިރީ ވަރަށް ބޮޑު ވާހަކައެއް ބުނަން… މިރޭ ފުރަންޖެހޭ… ޕްލީސް… ގިވް މީ އެ ޗޭންސް” ހިންދު ބުނެލިއެވެ.

އަހަރެން އެތެރެއަށް އައުމަށް ބުނެ އެތެރެއަށް ވަނީމެވެ.

ފެންވަރާ ލާނެ ހެދުމެއްނޭގިގެން ހުއްޓާ މީހަކު ދޮރު ހުޅުވާލިއެވެ. “ސާބަސް… ކުޑަކުއްޖެއްތަ ތުވާލި އޮޅާލައިގެން… ކީއްތިކުރަނީ؟ މަ ލާނެ ހެދުމެއް ނަގައި ދެންތަ؟” އެއީ ރައުދެވެ. އަހަރެން ވަރަށް ލަނދުގަތެވެ. ބުރުގާ ނޭޅިޔަސް އަހަރެން ކަކުލަށްތުރެ ކުރުއެއްޗިހި ލައިގެން ފިރިހެން ކުދިން ތެރެއަށް ނިކުމެ ނޫޅެމެވެ.

“ރައުދޫ… ސާބަސް..ހިތް ނުހުއްޓުނީ ކިރިޔާ… ނަގާބަ.. ނަގާފަ އަވަހަށް ނިކުމޭ މިތަނުން.. އޭ.. ޑޯންޓް ޔޫ ޑެއަރ ޓު ލުކް އެޓް މީ އެންޑް ކަމް އިންސައިޑް މައި ރޫމް ވިތް އައުޓް މައި ޕާރމިޝަން…” އަހަރެން އެނދުގައި އިށީންދެލީ ތުވާލި ވެއްޓިދާނެހެން ހީވާތީއެވެ.ރައުދު ހުއްޓަކާ އެއެތިވެސް ރަނގަޅު ނުކުރެވޭނެއެވެ. އެނދުގެ ބެޑްޝީޓް ނަގައި ގައި ނިވާ ކޮއްލީމެވެ. ރައުދު އަހަންނަށް ބަލަން ހުރުމަށްފަހު ހީލުމަށްފަހު އަލަމާރިން ދެތިން އަބާޔާ ހެދުމެއް ނެގިއެވެ. އެކަމުނުގޮސްގެން އެހެން ބައެއް ހުޅުވިއެވެ. އަދި ނޫކުލައިގެ ގަމީހަކާއި ކަޅު ސްކިނީއެއް ނަގާ އަހަރެން އަތަށް ދިނެވެ.

“ރައުދު…” އހަރެން ގޮވާލީމެވެ.

“ޔެސް” ރައުދު ޖަވާބުދިނެވެ.

“ބޭރަށް ނިކުމެލަބަ” އަހަރެން އެދުނީމެވެ.

“އަހަރެން ހުރިއްޔާ ކީއްތަ؟” ރައުދު ބުއްޏެވެ.

“އައި އެމް އަ ގާރލް… ޔޫ އަރ އަ ބޯއީ… އެންޑް އައި ނީޑް ޓު ޗޭންޖް..” އަހަރެން ބުނީމެވެ.

“ކައި… ޑޯންޓް ވޮރީ… މީ ރައުދެއްނު.. ކައި… ޒަމާނަށް ފެތިބަލަ! ދެން އޯކޭ! އަހަރެން މި ނިކުންނަނީ”ރައުދު ހެމުން ކޮޓަރިން ނިކުންނަން ދިޔައެވެ. އެނދު ކައިރިން ދަމުން ރައުދު އަހަރެންނަށް ބާއި އޭ ބުނެލިއެވެ. އަހަންނަށް ރައުދާ ދިމާއަށް ބަލަމުން ތެދުވެވުނެވެ. ހުދު ގަމީސް އެ ދޮން ހަށިގަނޑާ ގުޅެއެވެ. ރަތް ސޯޓުން ފުރިހަމަ ކަމެއް ގެނެސްދެނީ އަތުގައި އަޅާފައިވާ ރޮދިން ހެދި ހޭންޑްގިރީކްއެވެ.  ރައުދު ހިނިތުންވެލި ވަގުތު ސްޕައިކް ޖައްސާފައިވާ އިސްތަށިގަނޑު ނިތްކުރި މައްޗަށް ވެއްޓުނެވެ. އެ ރަނގަޅު ކުރަން އަހަރެން އަތް އުފުއްލި ވަގުތު ބެޑްޝީޓް ވެއަޓުނެވެ. އަހަރެން އެބަނޑާ ހަމައަށް ދިޔަވަގުތު ނެގިނަމަވެސް ބޭނުމެއް ނެތެވެ. ގައިގެ ބޮޑުބައެއް ރައުދަށް ފެނިއްޖެއެވެ. އަހަންނަށް ހުރެވުނު ތަނެއްވެސް ނޭގުނެވެ. ބެޑްޝީޓް ނަގައި ގައިގާ އޮޅާލަމުން ފާޚަނައަށް ދުވެފައި ދިޔައީމެވެ. އޭރު އަހަންނަށް ހުރީ ރަނގަޅަށް ރޮވިފައެވެ. ރައުދު ހިތަށް އަރާނީ ކީކޭބާއެވެ؟ ރައުދު ދިޔަކަން ޔަގީންވުމުން އަހަރެން ފާޚަނައިން ނިކުމެ ދުވެފައިގޮސް ކޮޓަރީގެ ދޮރުގައި ތަޅުލީމެވެ.

***************

އަހަރެން ކޮޓަރިން ނިކުތް އިރު ދޮރުމަތީ ކާޑަކާއި ފިނިފެންމަލެއް އޮތެވެ. އަހަރެނަށް އެއީ ރައުދު ފަރާތުން ލިބުނު އެއްޗެއްކަން އެގިހުރެވެސް އެކާޑު ހުޅުވީ އޭގައި އޮތް އެއްޗެއް ކިޔާލުމަށް ހިތް އެދޭތީވެއެވެ. އހަރެން ކާޑު ހުޅުވާ ކިޔަން ފެށީމެވެ.

“އައި ލަވް ޔޫ ކައި… އައި އޯލްވޭސް ވޯންޓް ޔޫ ޓު މައި ހާރޓް… އިފް މައި ހާރޓް ވެންޓް އަވޭ ފްރޮމް މީ ދެޓް މީން އިޒް އައި އޭމް ޑެޑް.. އައި ލަވް ޔޫ ސޯ މަޗް ކައިއާ..”އަހަރެން ހުރީ ކާޑުގައިވާ ރައުދުގެ ނަން ކިޔާލަން ކެތްމަދުވެފައެވެ. އެކަމަކު ކާޑުގެ ތިރީގައި ޖަހާފައިވާ ނަން ފެނުމުން އަހަންނަށް ވީ ގޮތެއް ވެސް ނޭގުނެވެ. “ޒިޔާން!” އަހަރެން ބަލާލީ ކުރިމަތީ ހުރި ޒިޔާނަށެވެ. އައި ރުޅިންނާއި ވީފޫހިން ޒިޔާން ކުރިމަތީ އެކާޑު ވީދާލުމަށްފަހު ކުނި ވަށިގަނޑަށް އަޅާ ލީމެވެ. މަލުގެ ފިޔަތަށް ނައްޓާލުމަށްފަހު ޒިޔާންގެ މޫނަށް އެޖެހީމެވެ. އެވަރުން ހަމަނުޖެހިގެން އޭގެ ފަތާއި ތަނޑިތައްވެސް ބިންދާ ލުމަށްފަހު ޒިޔާން ފައިބުޑަށް ޖެހީމެވެ.

“ކައި ޕްލީސް….” އަހަރެން ދާން އަބުރާލުމުން ޒިޔާން އަހަރެން އަތުގެ މުލަށްދަޑީގަ ހިފިއެވެ. “ކަލެއަކަށް ނޯންނާނެ ހައްގެއް އަހަރެން ގައިގަ އަތްލުމުގެ… ބުނަން ޒިޔާން… އަހަންނަކަށް ނެތް ވަގުތެއް… އަހަރެން ހިތް އެދޭ ކުއްޖާ އަހަންނަށް އިންތިޒާރުކުރާނެ މިހާރު… އޭނަޔާ އަޅާ ބަލާއިރު ތީ ކާކު… ނުކިޔާވާ ހުރި ކަޅު ބަބުރުގަނޑެއް… ޗީ ޗީ.. ހީވޭތަ ދުވަހަކުވެސް އަހަރެން އާ ބަސް ބުނާނައޭ… އަހަރެން ރާމާމަކުނަކާ އިންނަން ޖެހުނަސް ޒިޔާނަކާ ނިންނާނަން… ނުކިޔަވާ ހުރި އެއްޗެއް ނޭގޭ މީހެއް… ރައުދާ އަޅާ ބަލާއިރު ކާކު ތީ…. އައްޗީޑި” އަހަރެން އެވަގުތު ޒިޔާން މޫނަށް ބެލިނަމަ އެމޫނުން ފެނުނު ހިތާމަ އާއި ހިތްދަތިކަމާއި ނާކާމިޔާބީ އެމޫނުން ފެންނާނެއެވެ. އެމޫނު ފެނުނުނަމަ އަހަރެންގެ ހިޔާލުވެސް ބަދަލު ވާނެއެވެ. “އަހަރެން އަބަދުވެސް އިންތިޒާރު ކުރާނަން…” ޒިޔާން އަހަރެން އަތުން ދޫކޮށްލުމަށްފަހު ދާން ހިގާގަތެވެ. އަހަރެންނަށް ފުރަތަމަ ފަހަރު ޒިޔާނާ މެދު ވިސްނާލެވުނެވެ. އެކަމަކު ރައުދު މަތިން ހަދާންވުމުން ޒިޔާންގެ ހިޔާލްތައް ފުހޮވިގެން ދިޔައެވެ.

=ނުނިމޭ=

 

 

Share Article

Follow Me Written By

nuzha

Level 110 Stories

Other Articles

Previous

މިހިތުގެ ލޯތްބޭ ތީ 10

Next

ފިނި ހިތް (ދެވަނަ ބައި)

Next
April 1, 2016

ފިނި ހިތް (ދެވަނަ ބައި)

Previews
March 31, 2016

މިހިތުގެ ލޯތްބޭ ތީ 10

22 Comments!

  1. nuzha says:
    March 31, 2016 at 8:43 pm

    varah bodah sorry kiyuntherinnah… Nuzha forget vee Headline liyan.. recheck kuri iru ehaa lolah alhaa nugannaathee ehnve hadhaan nethunee… And really sorry for that.

  2. journalist says:
    March 31, 2016 at 9:05 pm

    ugh. alhe rangalhah liyebala. dhuvvaagathy fadha bas thakeh dhivehi bahaku nuhunnaane. dhivehi bahuge hamathakaai usoolu thakah fahthain liyumaky muhinmu kameh. and society aa nugulhey nuvatha goas message eh dhevey fadha ehchehi nuliyumaky muhinmu kameh. 🙂

    1. Aisha says:
      April 1, 2016 at 3:07 pm

      Dhuvvaagathy ge badhaluga liyaany kihineh? and dhuvvaagathy keevve nuliyeven vy? sababaaeku bunedhyba

  3. noo says:
    March 31, 2016 at 9:18 pm

    Hamathedheh mibuni mashakah reecheh nun mivaahaka eh… Sory ingey

  4. nuzha says:
    March 31, 2016 at 9:21 pm

    thankx journalist for comenting. And noo… its ok.. sometimes it heppens. its ok

  5. Ma says:
    March 31, 2016 at 9:24 pm

    Komehen noo akah reethi vaakah nujehey…. noo thy adhi kaaku?

  6. swaraa says:
    March 31, 2016 at 9:30 pm

    Haadhahaavaa mistake gina ey. .

  7. Mary says:
    March 31, 2016 at 9:33 pm

    Haadha kuda kuhjjekey Dhw… anyway story reethi….

  8. nuzha says:
    March 31, 2016 at 9:48 pm

    Thanks mary and others too for comenting my story

  9. enihs says:
    March 31, 2016 at 9:52 pm

    V v nice.. kn irakun nxt part…. avahah up kohdhehchey ingey.:):)
    WAiting:)

  10. nuzha says:
    March 31, 2016 at 10:01 pm

    hehe.. Thankyou enihs… Next part sunday or in monday

  11. Anjena says:
    March 31, 2016 at 10:09 pm

    dhuvas thakakahfahu marhabaa Nuzu… Jenna igea mee… I think that u don;t know my full name thats when i told u my name.. And nuzu.. U are a great great auther.. Ur so kind.. u are so pretty… u are so good at planing stories. Sis.. ur my fav auther. don’t forget it

  12. Nuzpees Nazra says:
    March 31, 2016 at 10:26 pm

    Alhe Nuzu. I can’t wish u… Happy b’day dhon gandaa…. Alhe salhii stry ekey ekam mubaaraathah liyunu stry ah thure hadi

  13. sss says:
    March 31, 2016 at 11:34 pm

    varah mistake gina kan faahaga kurevey…. n vaahakaiga gud message eh libey gothah liyaathi ingey…☺..

  14. Shaai says:
    April 1, 2016 at 12:01 am

    V reythi story keep it up.

  15. myf says:
    April 1, 2016 at 11:34 am

    nice.. 🙂

  16. Majnaa Maju says:
    April 1, 2016 at 2:58 pm

    Ey nazra emanje b’day akee 04th April ey… And nuz v cute mi stry and nazra bunihen mubaaraathah liyunu story ah thure kada. but i know if u try u are the one who will get loves from all. Gud luck nuz… Maju akee nuz ge v bodu feyneh ingea nux… Always. No body can tear us

  17. Zethiyaan says:
    April 1, 2016 at 9:36 pm

    NUZOOOOO!haadha goahey. 100 dhuvas vedhaanestry eh nugennathaa. And wow! Raudhu huh? Salhi. it looks me and Eethikaa. Wow! mashaa eethikaa meet vee ves eyna ge birth day ga. but it was her 18th birth day

  18. Nuzha says:
    April 2, 2016 at 12:48 pm

    thankx all for cmnting

  19. Zifa says:
    April 4, 2016 at 7:49 pm

    Reethi ingey mi story..keep it up..bt small mistake ebaulhea..try to improve ok..u can do it nd can become a good author..gd luck.x☺☺

  20. Anonymous says:
    July 27, 2016 at 10:41 am

    Wow … what a nice story. nuxu you are a great author . Wish you be successful in your life

  21. Maiha ♡●♡● says:
    July 27, 2016 at 10:45 am

    Excellent job nuxu .. iloved it. Best of luck .. waiting for next part …….
    ❤?❤❤?❤??❤❤❤❤❤❤❤?
    You are a great and wonderful auther… keep it up the gud work

Comments are closed.



All Right Reserved!