Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަ ލޯބިންނޭ (25)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
March 31, 2016 5 Mins Read
14 Comments

 

ނީރާ ދޮރެއް ނުހުޅުވިއެވެ. “ނީރާ… ދަރިފުޅާ.. ނީރާ..؟ އަކޫ އަހަރެން ބިރުގަނޭ ނީރާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ…” އާޝިޔާ ބުނެލިއެވެ. އަކުރަމްވެސް ނީރާއާއި ދިމާ ބަލާލުމަށްފަހު ހިންދިރުވާލިއެވެ. އަދި ދޮރުގައި ތަޅަމުން ދިޔައެވެ. ނީރާގެ ބޫޓް ދޮރުމަތީ ހުރުމުން ނީރާ ގޭގައި އުޅޭކަން އިނގުނެވެ. ރާހިލް ބިރުންހުރެ ނީރާގެ ދޮރުގައި ޓަކިދެމުން ދިޔައެވެ.

………

ނީރާ އަތުން ވަޅި ހިފަހައްޓާލައިގެން ހުރީ ކަރުނައިން ފުރިފައެވެ. ކުރީގެ އެތަކެއް ހަނދާންތަކެއް އާކުރަމުންނެވެ. ރާހިލް ކީ ކޮންމެ އެއްޗެއް އަދިވެސް ނީރާއަށް އިވެމުން ދިޔައެވެ. ނީރާ ގެ މަންމައެއް ބައްޕައެއްނެތެވެ. އެކަކުވެސް ނެތެވެ. ޝާއިންވެސް މިހާރު ނެތެވެ. ނުވެސް ލިބޭނެއެވެ. އަމިއްލަ އަތުން  ހުރި ހަމައެކަނި މީހާވެސް ގެއްލުވާލީއެވެ. ދެން ނީރާ ހުރުމުގެ ބޭނުމެއް ނެތެވެ. ނީރާ ވަޅި އަތަށް ހެޔޮވަރުކޮށްލިއެވެ. “ޝައިން…. އަބަދުވެސް އުފަލުގައި އުޅޭތި…. އައި ލަވް ޔޫ…” ނީރާ އެހެން ބުނެލުމަށްފަހު ދެލޯމަރާލިއެވެ. އަދި ވާއަތުގައި އެ ބޮޑު ވަޅި އަޅާލިއެވެ. ސިކުނޑީގައި އެނބުރެމުން ދިޔަ ހިޔާލުތަކުގެ ސަބަބުން ނީރާއަށް މިކުރެވެނީ ކިހާ ބޮޑު ފާފައެއްކަންވެސް ނޭނގުނެވެ. ސިކުންތެއްވެސް ނުވެ އެ އަތުން ލޭތަށް ހޯސްލާފައި ނިކުމެގެން ދިޔައެވެ. ނީރާ ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ. އޭރުވެސް އޭނާގެ އަތުގައި ވަޅި އޮތެވެ. އަދި އަތުން ލޭ އައުން މަނައެއްނުވެއެވެ. އެ ހުދު ތަށިމުށިތަށް ދިޔައީ ނީރާގެ ލެއިން ރަތްވަމުންނެވެ.

……….

ރާހިލް ނީރާ އަބަދުވެސް ތަޅުދަނޑި ބައިންދާތަން ބަލާލުމަށްފަހު ތަޅުދަނޑި ނަގާ ތުރު ތުރު ލަމުން ދިޔަ އަތުން ތަޅަށް ހެޔޮވަރުކޮށްލާ ހުޅުވާލިއެވެ. ތިންމީހުންވެސް އެތެރެއަށް ވަދެގެން ދިޔައީ ހަމަކުށްލިއަކަށެވެ. ނަމަވެސް ތިންމީހުންގެ ފިޔަވަޅުތަށް މަޑުޖެހުނެވެ. ނީރާ އޮތީ ލެއިން ފުރިފައިވާ ތަށިމުށިމަތީ ބަންޑުންނެވެ. “ނީރާ…” އޭ ކިޔާ އާޝިޔާއަށް ރޮއެގަނެވުނެވެ. އެއަށްފަހު ހުރި ތަނަށް ތިރިވެވުނެވެ. ރާހިލް އާއި އަކުރަމް ނީރާއާއި ދިމާލަށް ދިޔައީ ދުވެފައެވެ.

………

ނީރާއަށް ލޯ ހުޅުވާލެވުނެވެ. ނަމަވެސް ހަމަވަގުތުން ލޯ މަރާލިއެވެ. މި ދުނިޔޭގެ އަލިކަން ނުދެކެން މަރާލި ލޯ އަނެއްކާވެސް ހުޅުވަންޖެހުނީއެވެ. ނީރާ ސަލާމަތްވީ ކީއްވެބާއެވެ. ނީރާ މަރުވިނަމައެވެ. ނީރާ އަނެއްކާވެސް ލޯ ހުޅުވާލިއެވެ. އަދި ކަރުނައިން ފުރިފައިވާ ލޮލަކުން މުޅިތަނަށް ބަލައިލިއެވެ. ނީރާ އޮތީ ހޮސްޕިޓަލުގެ ވާޑްގައެވެ. ނީރާ އޭނާގެ އަތަށް ބަލައިލިއެވެ. އަދި އަތަށް ގުޅާފައި އިން އައިވީ ފުޅިއަށް ބަލާލިއެވެ. “ކީއްވެ…؟ ކީއްވެ….؟ މަރުނުވީ ކީއްވެ..؟؟” ހީތާ ހިތުން ޝަކުވާ ކުރަމުން ނީރާ ލޮލުން ކަރުނަ އޮއްސަމުން ދިޔައެވެ. ނީރާ ލޯމަރާލިއެވެ. ނަމަވެސް މެރިފައިވާ ލޮލުން ކަރުނަތަށް އަންނަމުން ދިޔައެވެ. ނީރާ އަށް ކުއްލިއަކަށް ލޯ ހުޅުވާލުމަށްފަހު ކަނާއަތަށް ބަލައިލެވުނީ އޭނާގެ ލޮލުން އަންނަމުން ދިޔަ ކަރުނަތަށް މީހަކު ފޮހެދިންހެން ހީވެގެންނެވެ. ނީރާއަށް ފެނުނީ ރާހިލްއެވެ. ނީރާ ވަގުތުން އަނެއް ފަޅިއަށް އެނބުރެލިއެވެ. ރާހިލްއާއި ހަތަރުކަޅި ހަމަކުރަން ބޭނުންނުވީއެވެ. ރާހިލް އެއްޗެހި ކިޔާ ނީރާ ދެރަކޮށްލީމައެއްނޫނެވެ. ރާހިލްގެ އެންމެ ގާތް އެކުވެރިޔާއަށް ދެރައެއް ދެވުނީމައެވެ. ހަތަރު ކަޅި ހަމަކުރާނެހާ ހިތްވަރެއްވެސް އޭނާގެ ނެތެވެ. “ބެލީ……..!” ރާހިލް މޮޅިވެރިކަމާއި އެކު ގޮވާލިއެވެ. ރާހިލް ގޮވާލިގޮތުން ނީރާއަށް ރާހިލްއާއި ދިމާ ބަލައިލެވުނީ ކުއްލިއަކަށެވެ. “އައި….. އައި އެމް ސޮރީ…… އަހަރެންނަކަށް ނޭނގެ ކުރިއަކުން…. ” ރާހިލް ނީރާގެ އަތުގައި ހިފަހައްްޓާލަމުން ބުނެލިއެވެ. ނީރާ ދެފަރާތަށް ބޯ ހަރަކާތްކޮށްލީ މާފަށް ނޭދޭށޭ ބުނާފަދަ ގޮތަކަށެވެ.

ނީރާގެ މޫނު ވަނީ މިލާފައެވެ. މުޅި ދުވަހު ރުއިމުގައި ހޭދަ ކުރުމުން އެ ލޯ ކައިރި ވަނީ ދުޅަވެ ވަޅުޖަހާފައެވެ. އަދި ތުންފަތް ހިކި މުޅި މޫނު ފިޔާތޮށި ކުލައަކަށް ގޮއްސައެވެ. ނީރާގެ ހާލު ފެނި ރާހިލްއަށް އަމިއްލަ ނަފްސް ކުށްވެރި ކުރެވެމުން ދިޔައެވެ. “ޝަ..ޝައިން ފު.. ފުރީތަ؟” ނީރާ އުނދަގުލަކުން ނަމަވެސް އަހާލިއެވެ. ރާހިލް ނީރާގެ އަތަށް ކުޑަކޮށް ބާރުކޮށްލިއެވެ. އަދި އާއެކޭ ބުނެލީ އިސްޖަހާލައިގެން ހުރެއެވެ. އޭރު ރާޙިލްއަށް ނީރާ ނުހުއްޓެވުނު ނަމަ ޝާއިންއެއް ނުދާނެއެވެ. ނީރާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. “ރާ..ރާހިލް… ޝަ.ޝައިން ކައިރި އެކަ..ކައްޗެއެއްވެސް ނު.. ނުބުނާތި…. ޕްލީސް.. ޕްރޮމި..ސް މީ…” ނީރާ އަނެއްއަތްވެސް ރާހިލްގެ އަތްމަތީ ބާއްވާލަމުން އަހާލިއެވެ. “އެކަމް.. ބެލީ… ހައު ކޭން އައި؟؟ އެޑީ ގެންނަން އެބަޖެހޭ.. ތިދެމީހުން ގުޅެން…. ސީ ޔޫ ބޯތް ލަވް އީޗް އަދަރ އޭ..” ރާހިލް ބުނެލިއެވެ. “ނޯ…. އޭނަ އެ ޑިޒިޝަ..ން ނެގީ އޭނާއަށް ރަ..ރަނގަޅަކަށް… ނީ ބޭނުމެއް .. ނޫން އިތުރަކަށް…… ޝައިން އަދި… އަންނާނެ.. އަހަރެންނަށް ޔަޤީން…. ޝައިން އައީމަ… އައީމަ އަހަރެން ބޭނުންވަނީ ބުނަން…

އަހަރެންނަށް ޔަޤީންކަން އެބައޮތް ޝައިން އެހެން ދުރަށް ދިޔަޔަސް އަހަރެން ދެކެ ލޯބިވާނެކަން… އަދި އަންނާނެކަން… އަހަރެން އިންތިޒާރުކުރާނީ… ޕްލީސް ރާހިލް… މިގޮތަށް މިހެންވީވެސް ތަޤުދީރުގައި… ލިޔެފައި ވާތީ…. ދެން ތަޤުދީރަށް ބަރޯސާވެ…. އަހަރެން ލޯތްބަށް ޓްރަސްޓްކޮށްގެން އަހަރެން …. ހުންނާނީ… ތަޤްދީރުގައި އަހަރެމެން ދެމީހުން ގުޅޭން އޮތްނަަމަ ވީ ވިލް.. ވަން ޑޭ އިން ޝާ ﷲ.. ގުޅެން ނެތްނަމަ ނުގުޅޭނީ…. ޝާއިން އާ ދިރިއުޅުމެއް ފެށި ދުވަހަކުން އަހަރެންވެސް ފަށާނަން…. އަހަރެން ކަންތަށް ކުރާނީ ޝާއިން ކުރާ ގޮތަށް… ޝާއިން އަހަރެންގެ އިންތިޒާރުގައި ހުރެ އައިނަމަ ގުޅޭނަން…. އެހެން ދިރިއުޅުމެއް ފަށައިފިނަމަ އަހަރެންވެސް…… ފަށާނަން…. އެކަމް ރާހިލް.. ޕްލީސް.. ޕްރޮމިސް މީ.. ފޯރ މީ.. ޕްލީސް” ނީރާ ރާހިލް ކައިރި އާދޭހުގެ ރާގަށް ބުނެލިއެވެ. ރާހިލް ބޯ ޖަހާލިއެވެ. ހިތާ ދެކޮޅަށެވެ. “ތެންކްސް..” ނީރާ އަށް އެހެން ބުނެލެވުނުއިރު އަނެއްކާވެސް އެދެލޯ ކަރުނައިން ފުރުނެވެ. އެކަމުން ރަހިލްއަށް އިނގުނު އެއްޗަކީ ނީރާއެހެން ބުނީ ހިތާއި ދެކޮޅަށްކަމެވެ. ޝަރާ އެތެރެއަށް ވަދެގެން އައީ އެވަގުތުއެވެ. ދެމީހުންނަށްވެސް ދޮރާއި ދިމާލަށް ބަލައިލެވުނެވެ. ޝަރާއަށް އެދެމީހުންގެ ގުޅާލެވިފައިވާ އަތް ފެނުނެވެ. ނަމަވެސް މާ ބޮޑުކަމަކަށް ނުހަދާ ހިނިތުންވުމަކާއި އެކު ދެމީހުން ކައިރި އައިސް މަޑުކޮށްލިއެވެ.

“ބެލީ….. ކިހިނެއް މިހާރު؟؟؟” ޝަރާ ނީރާގެ ބޮލުގައި ފިރުމާލަމުން އަހާލިއެވެ. ނީރާ ހިނިތުންވެލަމުން ބޯޖަހާލީ ރަނގަޅޭ ބުނުމުގެ ގޮތުންނެވެ. “އެބަ އަންނަން ދައްތަމެން ގޮވައިގެން… ޝަރާ އިނދޭ އިނގޭ….” ޝަރާއަށް ގޮނޑީގައި އިނުމަށް ތަންދިނުމަށްފަހު ރާހިލް ނިކުމެގެން ދިޔައީއެވެ. “ބެލީ ކީއްވެތަ ތިހެން ހެދީ؟؟؟ ބެލީ އަހަރެން ކްލޯސް ފުރެންޑެއްގޮތަކު ނުދެކެން ދޯ.؟ ކީއްވެތަ ޝެއަރ ނުކުރީ ނީ….” ޝަރާ ނީރާގެ ބޮލުގައި ފިރުމަމުން ޝަކުވާކޮށްލިއެވެ. “ސޮރީ ޝަރާ…. ދެން އަހަރެން އެކައްޗެއްވެސް ނުފޮރުވާނަން….” ނީރާ އެހެން ބުނެލުމުން ޝަރާ ހިނިތުންވެލިއެވެ. “ދެން ތިހެން ނަދަންޗޭ…. އަހަރެން ބިރުވެސް ގަތް ރާހިލް ހަބަރު ދިނުމުން.. ހިއެއް ނުކުރަން ބެލީ ތިހެން ހަދާނެކަމަކަށް… ބެލީއަށްވެސް އިނގެއެއްނު ތީ ކިހާ ބޮޑު ފާފައެއްކަން….” ޝަރާ ވިސްނައިދިނެވެ. “އަހަރެންނަކަށް ނޭނގެ ވީ ގޮތެއްވެސް…. އެވަގުތު ބޮލުގައި އެނބުރެމުން ދިޔައީ އެންމެ ކަމެއް… އެންމެ ފަހަރަކުވެސް މިއީ ފާފައެއްކަން ހިތަކަށް ނާރާ… އެކަލާނގެ ނުރުއްސަވާ ކަމެއްކަން ހަނދާނެއް ނެތް… އަހަރެން… ދެނެއް މިހެނެއް ނުހަދާނަން……” ނީރާ އެހެންބުނެލިއެވެ. އެއަށްފަހު ހިތާހިތުން ދުޢާކޮށްލީ އޭނާގެ ފާފަ ފުއްސަވާތޯއެވެ. އަދި ތައުބާވުމަށް އަޒުމްކަނޑައެޅިއެވެ.

“ޝަރާ… އަމް ސޮރީ… މިގަޑީގަވެސް އަހަރެންނާއި ހެދި……..” ނީރާ ހުއްޓާލީ ޝަރާ ތުންދަމާލިތަން ފެނިފައެވެ. “އަދިވެސް ފްރެންޑެއްކަމަކަށް ނުދެކެމެއްނު.. ދެން ނުވާނެ ތިހެން ބުނެގެންނެއް.. ބެލީގެ ކޮންމެ ޕްރޮބްލަމް އަކީ އަހަރެންގެ ޕްރޮބްލަމްއެއް މިއަދަށްފަހު…” ޝަރާ ބުނެލިއެވެ. ނީރާ ހިނިތުންވެލަމުން ހުމްމް އޭ ބުނެލިއެވެ. މިދުވަސްކޮޅު އެންމެންވެސް ނީރާގެ އެހީ ބޭނުންވާނެކަން ޝަރާ ދަނެއެވެ. އަދި ނީރާ ޝާއިން އާއި ކައިރި ވަރަށް ޝަރާވެސް ވާންބޭނުންވިއެވެ. ނީރާ ބުނަން ބޭނުންވާ ވާހަކައެއް ޝަރާ ކައިރި ފަސްނުޖެހި ބުނެވޭނީ އޭރުންނެވެ. އިރުކޮޅެއްނުވެ އާޝިޔާމެންވެސް ވަދެގެންއައެވެ. ނީރާ ފެނުމާއި އެކު އާޝިޔާ އައިސް ނީރާގެ ގައިގާ އޮޅުލައިގަތެވެ. އަދި ނީރާއަށް ނަސޭހަތްތެރިވީ ދެން އެހެން ނޫޅުމަށެވެ. އަކުރަމްވެސް ނީރާއަށް ނަސޭހަތްތެރިވިއެވެ. ނީރާ ޝާއިންގެ މަތިން ވަރަށް ހަނދާންވިއެވެ. ނީރާ އާޝިޔާމެން ލައްވުވާވެސް ޝާއިން ކައިރި އެއްވެސް ވާހަކައެއް ނުބުނުމަށް ވައުދުކުރުވިއެވެ. އެމީހުންވެސް ހިތާ ދެކޮޅަށް ނީރާއާއި ވައުދުވިއެވެ. ނީރާ ޝާއިންގެ ލޯތްބަށް ކުރާ އިތުބާރު އެމީހުންވެސް ކުރާތީއެވެ.

ނީރާ ހޮސްޕިޓަލުގައި އޮތް ދެ ދުވަހު ނީރާ ކައިރި އެމީހުން އަބަދުވެސް ތިއްބެވެ. ނީރާއަށް ހުރިހާ ކަމެއްކޮށްދީ ހަދައިދިނެވެ. ރާހިލް އާއި އަކުރަމް އޮފީހަށް ދިޔައެއްކަމަކު ނީރާގެ ހާލުބަލަމުން ދިޔައެވެ. ޝަރާ އޮފީހަށް ނުގޮސް މަޑުކޮށްލީއެވެ. ނީރާ މުޅިންހެން ހަމަޔަކަށް އެޅުމާއި އެކު ގެއަށް ބަދަލުކުރެވުނެވެ. ނީރާ ދެކޮޅުހަދަމުން ދިޔައެއްކަމަކު އާޝިޔާ ނީރާ ގެންދިޔައީ އެމީހުންގެ ގެއަށެވެ. ނީރާގެ އުކުޅު ނީރާއަށްވެސް އެމީހުން ބޭނުންކުރީއެވެ. ނީރާ އެގޭގައި ނޫޅޭނަމަ ޝާއިން ކައިރި ހުރިހާ ވާހަކައެއް ބުނާނަމޭ ބުނުމުން ނީރާ އެއްބަސްވިއެވެ. ނީރާގެ ހުރިހާ އެއްޗެހިތަށް އެގެއަށް ބަދަލުކުރީ ޝަރާއާއި އާޝިޔާއެވެ. ނީރާ އަށް ކުރިންވެސް ހާއްސަ ކޮށްފައި އިން ކޮޓަރި ތެރެ އަނެއްކާވެސް ނީރާގެ އެއްޗެހިން ފުރުނެވެ. އެއީ ނީރާ ކުރިން އައިސް އުޅުނު ކޮޓަރިއެވެ. އަދިވެސް ހަމަ އެގޮތަށެވެ. ނީރާ އުޅެމުންދިޔަ ކޮޓަރި ނީރާ ދޫކޮށްލީ އާޝިޔާގެ އެދުމަށެވެ.

ނީރާ ކޮޓަރިންވެސް ނިކުތުމަށް އާޝިޔާ މަނާކުރިއެވެ. ނީރާ ޖެހުނީ އޭނާ ރަނގަޅުވަންދެން އަރާމްކުރާށެވެ. އެކަމާ އެތަކެއް ޝަކުވާއެއް ކުރިއެއްކަމަކު އާޝިޔާ އަބަދުވެސް ނީރާ ހުއްޓުވާލައެވެ. ފާތުމަތުވެސް ނީރާ އައުމުން އުފާވިއެވެ. ޝާއިންއާއި ނީރާ އެކީއުޅޭނެނަމައެވެ. ކުރިންވެސް ފާތުމަތު ކައިރި އެދެމީހުން އުޅުނުހެންނެވެ. ފާތުމަތު އަށް ހުރިހާ އެއްޗެށް އިނގިގެންދިޔައީ ނީރާ އެވާހަކަ ކިޔައިދިނުމުންނެވެ. ފާތުމަތުވެސް ނީރާގެ ހިތްވަރަށް ތައުރީފުކުރިއެވެ. ނަމަވެސް ނަސޭހަތްތެރިވީ ޝާއިންގާތު ބުނުމަށެވެ.

ޝާއިން މެލޭއަށް ދިޔަފަހުން 4 ދުވަސް ވީ އިރު ގުޅީ އެންމެ ދެފަހަރުއެވެ. ގުޅާލާ ކޮންމެފަހަރަކު ނީރާ ގެ ވާހަކަ އަހާލަން ބޭނުންވިޔަސް އޭނާ ނާހައެވެ. ނީރާގެ ވާހަކަ އެހިދާނެތީވެސް ޝާއިންއަށް ގުޅާކަށް ނުކެރެއެވެ. އެކޮޅުގައި ހޭދަކުރި 4 ދުވަސް ވެގެންދިޔައީ  ޝާއިންގެ ހިތުގެ ވިންދާ ނުލައި އުޅުނު 4 ދުވަހަށެވެ. އެ ހިތް ތެޅުނެއް ކަމަކު އޭގައި އެއްވެސް ދިރުމެއްނުވެއެވެ. ނީރާގެ ހާލަކީވެސް އެއީއެވެ. ނީރާ މިހާރު އުޅެމުންދާ ކޮޓަރީގައިވެސް އެދެމީހުންގެ އެތަކެއް ހަނދާނެއް ގައިދުވެފައި ވާނެއެވެ. ކޮންމެދިމާލަކަށް ބަލާލިޔަސް އެ ހަނދާންތަށް އާވެގެންދިޔައެވެ. އެންމެންގެ ކުރިމަތީ ޕްލާސްޓިކް ހިނިތުންވުމެއް ދީގެން ހުއްޓަސް ނީރާ އެކަނިވާ ކޮންމެފަހަރަކު ރޮއެ އެތަކެއް ޝަކުވާއެއް ކުރެއެވެ. ޝާއިންގެ ކުރިމައްޗަށް އެ ޝަކުވާތަށް ބަންޑުންނުކޮށްލެވުނެއް ކަމަކު ނީރާގެ ޑައިރީއަށް އެ ޝަކުވާތަށް އޮއްސަމުން ދިޔައީ ކަރުނައިން ފުރިފައިވާ ހާލުގައެވެ.

އޭގެ އަނެއް ހަފްތާ ނީރާ އޮފީހަށް ދާންފެށިއެވެ. އޮފީހުގައިވެސް ޝާއިންގެ ހަނދާންތަށް ނީރާއާއި ދުރަށް ނުދެއެވެ. ކޮންމެ ދުވަހަކު ކޭންޓީންގައި ތިބެ ކުރާ މަޖާކަންތަށް ނީރާއަަށް މިއަދުވެސް ވާ ކަމެއްހެން ސިފަވަމުންދިޔައެވެ. ޝާއިން ގެ ހަބަރު ރާހިލްގެ ފަރާތުން މަދުން ނަމަވެސް ލިބެމުންދިޔައެވެ. ޝާއިންވެސް ނީރާގެ ހާލު މަދުންނަމަވެސް ބަލައެވެ. ރާހިލް ޝަރާ އަދި އަކުރަމްއާއި އާޝިޔާ ވެސް ނީރާއަށް ކުރި ވައުދު ގެ މަތިން ޝާއިންކައިރި ނީރާގެ އެއްވެސް ވާހަކައެއް ނުދައްކައެވެ ޝާއިން އުފާވެރި ދިރިއުޅުމެއް އުޅެވޭތޯ މަސައްތްކުރަމުން ދިޔައެވެ. ނަމަވެސް ނީރާގެ އެ ހަނދާންތަކެއް އަދި ނީރާވެސް އެ ހިތުން ފޮހެވިގެންނެއް ނުދެއެވެ.

އެކަމަކުވެސް ޝާއިން ހުރީ ނީރާ މަތިން ހަނދާންނެތޭނެ ހުރިހާކަމެއް ކުރާށެވެ. އާ ދިރިއުޅުމެއް ފަށައިގެން ނަމަވެސް ޝާއިން އެކަން ކުރާނެއެވެ. ލޯބިވުމަކީ ފަސޭހަކަމެކެވެ. ތިމާ ލޯބިވާ މީހަަކަށްވުރެ ބޮޑަށް ތިމާދެކެ ލޯބިވާ މީހަކާއި އެކު އުޅެގެންވެސް އުފާވެރި ދިރިއުޅުމެއް އުޅެވިދާނެތާއެވެ.

ނީރާ ހުރީ ޝާއިންގެ އިންތިޒާރުގައެވެ. ޝާއިން އާ ދިރިއުޅުމެއް ފެށި ދުވަސް ވެގެންދާނީ ނީރާވެސް އާ ދިރިއުޅުމެއް ފަށާނެ ދުވަހަކަށެވެ. ޝާއިން ގެ ހަބަރެއް ނުވާނެނަމަ ނީރާ ޝާއިން އަންނަންދެން އޭނާގެ އިންތިޒާރުގައި އިންނާނެއެވެ. އެކަކު އަނެކަކުގެ ލޯތްބަށް ނީރާ ދޭ ކުޑަ އިމްތިހާނެއް ކަންނޭނގެއެވެ.

 

-4 އަހަރު ފަސް-

 

“އައްސަލާމް އަލައިކުމް…” ދޮރުހުޅުވާފައި ހުރުމުން ބެލްޖެހުމުގެ ބޭނުމެއް ނެތި ސަލާމް ގޮވާލިއެވެ. ކައިރި ހުރި އަންހެންކުއްޖާއަށް ބަލާލަމުން ލުއި ހިނިތުންވުމެއް ދީ އޭނާގެ އުނަގަނޑުގައި އަތް ވަށާލިއެވެ. އަދި އިތުރަށް އެ ޒުވާނާއާއި ކައިރިކޮށްލިއެވެ.

“ވާއަލައިކުމް ސަލާމް………………………”

-ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ފުންއަސަރު 19

Next

މިހިތުގެ ލޯތްބޭ ތީ 10

Next
March 31, 2016

މިހިތުގެ ލޯތްބޭ ތީ 10

Previews
March 31, 2016

ފުންއަސަރު 19

14 Comments!

  1. Ryn says:
    March 31, 2016 at 11:15 am

    hellw …. hwp mi prt vx rythi vaane kamah n this prt is shrt too bt thts cx i wanna cntinue tht in nxt prt ehnve… mi prt ga maa avahah kaakukan naangan hehe.. sry.. thnkyw fr readin… ??

  2. naxu says:
    March 31, 2016 at 11:27 am

    Dhnn mihaaaru story gendhaagoi v hadi

  3. Mannhaa says:
    March 31, 2016 at 11:44 am

    Whn. Nxt put up kohla dheynee

  4. naaanu says:
    March 31, 2016 at 11:54 am

    ryyn aa rulhi..shine dho e aee wife govain…no no no ??????????alhe poor neee…next part miadhu up kurey. ketheh nuvaane dheneh ????

  5. laimaan says:
    March 31, 2016 at 12:02 pm

    Alhey aeee shaain eh nuun dho. Eyna ehen myhakaa nugulhuvaathi. Anyways mi part vs v reethi

  6. Emy says:
    March 31, 2016 at 12:46 pm

    Alhe shaain DW ea ai merry khgen ?…. Eahen nuhadhachey… BTW mi prt ves hama varah salhi ..?. Avhah next prt up kurahchey dhigu dhigukh..?…… Waiting waiting

  7. Anonymous says:
    March 31, 2016 at 1:03 pm

    plxxx dnt be shaain… he cnt merry to another gal…. Ryn alhe nee ah ehn nuhadhabala….

  8. Ninni says:
    March 31, 2016 at 1:05 pm

    Omg…
    Alhe shaain r nee gulhuvabrr plx

  9. nukko says:
    March 31, 2016 at 1:10 pm

    omg 😮 shine tha????????
    no shineeh noon hehe v salhi mi part vs hama can’t wait to see who it is 😀 TC

  10. Zaanaa says:
    March 31, 2016 at 1:36 pm

    Shaain nee hahdaalan ganay kuhjeh dhw a ee

  11. Ryn says:
    March 31, 2016 at 3:52 pm

    hehehe thnkxx all…. i cnt say anythin ryt nw.. bt i jxt cn say tht true luv nvr dies.. n if u truly wait fr sumthin it wil b urs sumday… if nt tht sumthin bttr than tht… so lts hwp fr the bst… 😉 thnkyw n enjoy.. 😉 n sry if its makin it too lng or blah blah…. bt its hw cncpt is 😉 tc

  12. nnaaaaahi says:
    March 31, 2016 at 7:23 pm

    Mihaaru dhen v hadi mivaahaka maa kanthahgadu boduvany

  13. ainy says:
    March 31, 2016 at 8:01 pm

    Wow…heart breaking….jxt luv it

  14. Aimsithu says:
    March 31, 2016 at 11:44 pm

    Shine. …plz noooooo

Comments are closed.

Next Episodeހާދަ ލޯބިންނޭ.. (26)←


All Right Reserved!