Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ލޯތްބޭ ތީ 10

Marsha
March 31, 2016
8 Mins Read
83 Views
24 Comments

“އަނޫ، މަންމަ ވާހަކައެއް ބުނަންތަ؟” ނަސީރާ އަނޫޝާ ކައިރީ ގޮނޑިއެއްގައި އިށީނެވެ. “މިޝާލްއަކީ މަންމަގެ ދަރިއަކަސް އޭނަގެ ހުރި ގޯސް ކަމެއްގެ ވާހަކަ ނުބުނެ ސިއްރު ކުރާކަށް ނެތިން، އަދި މަންމަ ނުބުންޏަސް މިހާރު އަނޫއަށް އެނގިފަ އޮންނާނީވެސް… މިބުނަނީ ކީކޭ ކަން އެނގޭތަ؟” ނަސީރާ އަނޫޝާގެ މޫނަށް ބަލާލަމުން އަހާލިއެވެ.

އަނޫޝާ ބޯޖަހާލިއެވެ.

“މިޝާލްއަކީ ރުޅި ގަދަ މީހެއް، އަދި އަމްދުން އޭނަ އެބޭނުން ކުރާ އެއްޗެއް ބޭނުން ކޮށްގެން ހުންނަ އިރު އެރުޅިގަނޑު ވަކިން ގަދަ… ރުޅި އައިއްސިއްޔާ އޭނައަކަށް ނޭނގޭނެ ކުރެވޭ ނުކުރެވޭ ކަމެއް… ކޮންމެ ކަމެއްވެސް ކޮށްފާނެ، ކުރިން އޭނަ ހަލާކު ކުރަނީ މިގޭގަ ހުންނަ އެއްޗެހި، މީގެ ކުރިން ދުވަހަކުވެސް މީހަކަށް އަނިޔާއެއް ނުކުރޭ… ގައިމުވެސް އެކަހަލަ ކަމެއް މަންމައަށް އެނގިގެނެއް ނެތް ކޮށްފައެއް. އެކަމަކު މިއަދު މަންމައަށް އެނގިއްޖެ އެއީ އޭނަ ކޮށްފާނެ ކަމެއް ކަން… ކޮށްފާނެއެއް ނޫން، ކޮށްފި. އަނޫ ނުބުންޏަސް މަންމައަށް އެނގިއްޖެ މިޝާލް ޖަހާފަކަން ތީ… އަސްލު މިޝާލްއަށް އެހެން އެވީ މަންމަމެންގެ ސަބަބުން، އެގޮތަށް އޭނަ ގެންގުޅެވުނީތީ މިއަދު ވަރަށް ދެރަވޭ… އެކަމަކު މަންމައަށް އަނޫއަށް އެހީ ވެދެވޭނީ ތިކަހަލަ ކަންތައް ސިއްރު ނުކޮށް މަންމައާ ހިއްސާ ކުރިއްޔާ، މަންމަ ބުނާނަން މިޝާލް ކައިރީގަ ކިތަންމެ ރުޅި އަޔަސް އަނޫ ގައިގަ ޖަހައިގެން ނުވާނެޔޭ”

ނަސީރާ އެހެން ބުނުމުން އަނޫޝާއަށް ނަސީރާގެ އަތުގައި ހިފާލެވުނެވެ.

“ނޫން މަންމާ… އޭރުން މިޝާލް ހީކުރާނީ އަހަރެން މަންމަ ކައިރީގަ ބުނީ ކަމަށް” އަނޫޝާ އަވަސްއަވަހަށް ބުންޏެވެ.

“އޭނައަށްވެސް އެނގޭނެ އަނޫ ނުބުންޏަސް މިކަން އެނގޭނެކަން، މިހިރީ ފެންނަން ވިއްޔަ” ނަސީރާ އަނޫޝާގެ މޫނުގައި އަތް ޖައްސާލިއެވެ.

“ދެންވެސް ބުނެބަލަ، ކީއްވެތަ އޭނަ ރުޅި އައީ؟” ނަސީރާ އަހާލިއެވެ.

ނަސީރާގެ އެއޯގާތެރި ކަމާ، ލޯބިން ފުރިގެން ވީ އަޑު އިވުމުން އަނޫޝާއަށް އަނެއްކާވެސް ރޮވުނެވެ.

“މިޝާލް ރުޅި އަންނަ ވަރުގެ ކަމެއް އަހަރެން ނުކުރަން… ނޭނގެ ކީއްވެ ކަމެއް އޭނަ ރުޅި އައީކީ…” މިޝާލް ރުޅި އައީ އަނޫޝާ ޒިހާންއާ ވާހަކަ ދެއްކިކަން އެނގިނެންނޭ ބުނާކަށް އަނޫޝާ ބޭނުމެއް ނޫނެވެ. އެވަގުތުވެސް އެކަން މިޝާލްއަށް އެނގުނު ގޮތަކާ މެދު އަނޫޝާގެ ހިތުގައި ސުވާލު އުފެދުނެވެ.

އަނޫޝާ އެވާހަކަ ދައްކަން ބޭނުން ނުވާކަން ނަސީރާއަށް އެނގުނެވެ.

“އެންމެ ރަނގަޅު، ދެން ހުއްޓާލާ، އެކަމަކު މަންމަ މިޝާލްއާ ވާހަކަ ދައްކާނަން. ކިތަންމެ ރުޅި އަޔަސް ގަޔަށް ބޮލަށް އަރާކަށް ނުވާނެއެއްނު؟ މިޝާލް ދެން ޖެހޭނީ އެއުޅުން ބަދަލު ކުރަން، މިހާރު ދެން ކޮން ފާޑަކަށް އުޅޭކަށްތަ؟ އެވައްތަރަށް އުޅެންޏާ ކީއްކުރަން މީހަކާ އިނީ؟ އަހަރުމެންނަށް މިހާރުވެސް ވިސްނަން ހުރި ކަންތައް މަދުވެގެންތަ މީހަކާ އިނދެފަ އަންހެނުންނަށްވެސް ރުޅި ބާލަން ފެށީ؟” ނަސީރާ ތެދުވެގެން ގޮސް އެކި މަސައްކަތް ކުރަމުން މިޝާލްއާ ދިމާއަށް އެއްޗެހި ކިޔަމުން ދިޔައެވެ.

“މަންމަ މިއަދު ކޮން ކަމަކާ ހައިޕަރ ވެގެން އުޅޭ ދުވަހެއް؟” ނަސީރާއާ އަނޫޝާ ބަދިގެއަށް ވަދެގެން އައި މިޒްނާގެ އަޑަށް ބަލާލިއެވެ. ނަމަވެސް އެކަކުވެސް އެސުވާލަށް ޖަވާބެއް ނުދެއެވެ.

“މަށަށްތަ އަނެއްކާ މަންމަ ނުރުހޭ ކަމެއް ކުރެވުނީ؟” މިޒްނާ ވަނުމާއެކު ނަސީރާ ވާހަކަ ދެއްކުން ހުއްޓާލުމުން މިޒްނާ އަހާލިއެވެ.

“ބަލާލަބަލަ އަނޫއާ ދިމާލަށް، އޭރުން އެނގޭނެ މަ އެއްޗެހި މިކިޔަނީ ކާކާ ދިމާލަށް ކަން” ނަސީރާ ސިންކުތެރޭ ހުރި ތަށިތައް ދޮންނަން ފެށިއެވެ.

މިޒްން އިތުރު ސުވާލެއް ނުކޮށް އަނޫޝާއާ ދިމާއަށް ބަލާލިއެވެ. އެއާއެކު އަނގަމަތީ އަތް އަޅާލިއެވެ.

“އަނޫ… ކިހިނެއްވީ؟” މިޒްނާ އަހާލިއެވެ.

“ދިރުން ނެތް އެއްޗެހި މަތިން ފޫހިވީ، މިހާރު ދެން އާކަމެއް ފެށީ ކަންނޭނގެ” މިޒްނާގެ ސުވާލުގެ ޖަވާބުގައި ނަސީރާ ބުނެލިއެވެ.

“ދޮންބެތަ؟” މިޒްނާ އަހާލިއެވެ.

“އެހެން ކާކު؟” މިފަހަރުވެސް މިޒްނާގެ ސުވާލުގެ ޖަވާބު ދިނީ ނަސީރާއެވެ.

ނަސީރާ އިރުކޮޅަކު އެހެން އެއްޗެހި ކިޔަން ހުރެފައި ބޭރަށް ނިކުތީ ޒަރީރު ސައިބޯން ނިކުތުމުންނެވެ.

“އަނޫ، އެނގޭ މިހާރު މި ސުވާލު ކުރުމުގެ ބޭނުމެއް ނެތްކަން، އަދި އަހަރެން ކުރަން ޖެހޭވެސް ސުވާލެއް ނޫން މީކީ… އެކަމަކުވެސް… ކީއްވެތަ އަނޫ ޒިހާން ދޫކޮށްލާފަ ދޮންބެއާ އިނީ؟” ނަސީރާ ދިޔުމުން މިޒްނާ އަނޫޝާ ކައިރީ އިށީނދެފައި އެހިއެވެ.

“ތިވާހަކަ ނުދައްކާ ދެން… ރޭގަވެސް ތިކަމާ ހެދި—” އެހިސާބަށް ބުނެފައި އަނޫޝާ ހުއްޓާލިއެވެ.

“ދޮންބެއަށް އެނގުނީތަ؟” މިޒްނާ އަހާލިއެވެ.

އަނޫޝާ ހަމަ އެކަނި ބޯޖަހާލީއެވެ.

“ކިހިނެއް؟” މިޒްނާ އަނެއްކާވެސް ކޮށްލީ ސުވާލެކެވެ.

އަނޫޝާ ޖަވާބެއް ނުދެއެވެ.

“އަނޫ ބުނީތަ؟” މިޒްނާ އެހިއެވެ.

“އަހަންނެއް ނުބުނަން، ނޭނގެ މިޝާލްއަށް އެނގުނު ގޮތެއް… މިޒޫ… މިޒޫ ބުނިންތަ އެކަހަލަ އެއްޗެއް؟ އިއްޔެ އަހަރެން ބޭރަށް ނިކުތް ތަނާ ޒިހާންވެސް ނިކުތް، އެވަގުތު އޭނަ އަހަންނާ ވާހަކަވެސް ދެއްކި… އެކަން މިޝާލްއަށް އެނގިގެން…” އަނޫޝާ މިޒްނާއަށް ބަލަން އިނީ އެސުވާލުގެ ޖަވާބު މިޒްނާގެ ފަރާތުން ލިބިދާނެ ކަމަށް ހީކޮށެވެ.

“ނޫން، އަހަންނެއް ނުބުނަން އަނޫ، ހަމަ ތެދެއް… އަހަރެން ކީއްކުރަން އެވާހަކަ ދޮންބެ ކައިރިގަ ދައްކަންވީ؟” މިޒްނާ އަނޫޝާގެ އަތުގަ ހިފާލާފައި އެހެން ބުނީ އަނޫޝާ މިޒްނާގެ ވާހަކަ ގަބޫލު ނުކޮށްފާނެތީ ކަންބޮޑުވެފައި އިނދެއެވެ.

“ކޮންމެސް މީހަކު ބުނެގެން އެނގޭނީ، ގައިމުވެސް އެގަޑީގަ މިޝާލްއެއް ނުދޭ ހޮސްޕިޓަލަކަށް، އަދި އޭރަކު ނޫން އެނގުނީކީވެސް، އަހަރެން ހޮސްޕިޓަލުން އައި އިރު މިޝާލް ހަމަ ރަނގަޅު، އެހި ކޮން ކަހަލަ ބޭބީއެއް ހޭވެސް… އެކަމަކު އޭރު ބޭރަށް ގޮއްސަ އައި ގޮތަށް… ނޭނގެ…” އަނޫޝާ ރޭގެ ހަނދާން ވުމުންވެސް ދެރަވެ ރޮވެން އުޅުނެވެ.

“އަނޫ، އަސްލުވެސް، އަހަރެން ނުބުނަން، އަހަންނަށް އެނގޭ އަނޫ ދެރަ ވާނެ ކަހަލަ ކަމެއް ކޮށްފިއްޔާ ޝިޔާޒް ރުޅި އަންނާނެ ވަރު، އަދި ދޮންބެގެ އެރުޅިގަނޑުވެސް އަހަންނަށް އެނގޭ، އޭނަ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ… އަހަރެން ނުބުނަން…” އެކަމުގައި މިޒްނާގެ ކުށެއް ނެތްކަން އަނޫޝާއަށް ޔަގީން ކޮށްދޭން މިޒްނާ ބޭނުން ވިއެވެ.

“އަހަރެން ގަބޫލު ކޮށްފީމޭ މިޒޫ ނުބުނާކަން” އަނޫޝާ މިޒްނާގެ އަތުގައި ހިފާލިއެވެ.

މިޒްނާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

“މިޒޫ، ދޮންބެ ކައިރީގަ ބުނިން ދޯ މިޝާލް ޖޮބަކަށް ދާން އުޅޭ ވާހަކަ؟” އަނޫޝާ އެކަން ހަނދާން ވެގެން އަހާލިއެވެ.

“އާނ، ބުނިން. ކިހިނެއްވީ؟” މިޒްނާ އަހާލިއެވެ.

“ކުރީރޭ ގެޔަށް ގޮސް ތިއްބާ ދޮންބެ މިޝާލް ކައިރީގަ އެވާހަކަ ދެއްކީމަ މިޝާލް ހީކުރީ އަހަރެން ކަމަށް ދޮންބެ ކައިރީގަ އެވާހަކަ ބުނީ، އެހެން ހީކޮށް ރުޅި އައިއްސަ ހުރީ، އެކަމަކު ފަހުން އޯކޭ ވެފަ ހުރީ، ރޭގަވެސް އެވާހަކަ ދެއްކި، ބުނީ އޭނަގެ އެއްވެސް ވާހަކައެއް އެއްވެސް މީހެއް ކައިރީގަ ނުދައްކާށޯ… އެވާހަކަ ދައްކާފަ ބޭރަށް ގޮއްސަ އައިސް ރުޅި އައީ” އަނޫޝާ ބުނެދިނެވެ.

“އަހަރެން ހިއެއް ނުކުރަން ޝިޔާޒް ދޮންބެ ކައިރީގަ އެވާހަކަ ދައްކާނެ ކަމަކަށް، ޝިޔާޒްއަކަށްވެސް ނޭނގޭނެއެއްނު ދޮންބެ އެވަރުގެ ކަމަކާ އަނޫދެކެ ރުޅި އައިސްދާނެ ކަމެއް؟ އެހެން ނަމަ އޭނަ ނުބުނާނެ އެވާހަކައެއް. އެކަމަކު ދެން ދުވަހަކުވެސް ނުދައްކާނަން އެކަހަލަ ވާހަކައެއް، ދެއްކިޔަސް ޝިޔާޒް ކައިރީގަ ބުނާނަން ދޮންބެ ކައިރީ އެވާހަކައެއް ނުދައްކާށޭ” މިޒްނާ ޔަގީން ކަން ދިނެވެ.

އަނޫޝާ އެއްޗެއް ނުބުނެއެވެ.

“އަނޫ، އަހަރެން ވަރަށް ދެރަ ވެއްޖެ އަނޫއަށް ދޮންބެ ތިހެން ހެދީތީ… އަސްލުވެސް… އަހަރެންގެ ބޭބެއަކަސް ގޯސް ކަމެއް ވިއްޔާ ވާނީ ހަމަ ގޯސް ކަމަކަށް. އޭނަ ދުވަހަކުވެސް ނޭނގެ ރަނގަޅު ވާނެ ކަމެއް” އަނޫޝާއާ މެދު ކަންތައް ވާގޮތުން މިޒްނާ ހަގީގަތުގައިވެސް ދެރަ ވެއެވެ.

“ދެން އަޅާނުލާ، މިކަމުގަ މިޒޫ ކުރާނީ ކީއް؟” އަނޫޝާ ބުންޏެވެ.

“އަނޫއާ ޒިހާން ވާހަކަ ދައްކަން ތިއްބާ އެހެން މީހަކު އެތަނަށް އައިތަ؟” މިޒްނާ އަހާލިއެވެ.

“ނުދެކެން އަހަންނެއް. އެހެން ނޫނަސް އަހަރެން ނުބަލަން މީހަކު އާދޭތޯއެއް… އަހަރެންގެ ހިތުގަ އެކަހަލަ އެއްޗެއް ނެތިއްޔާ އަހަރެން ކީއްކުރަން މީހަކަށް ފެނޭތޯ ބަލަންވީ؟” އަނޫޝާ ބުނެލިއެވެ.

“އަނޫ ހިތުގަ ނެތަސް އަދި ޒިހާންގެ ހިތުގަ ނެތަސް ތިވާހަކައެއް ދޮންބެ ކައިރީގަ ދެއްކި މީހެއްގެ ހިތުގަ އެހެން އޮތީމައެއްނު އެގޮތަށް އެވާހަކަ އެދެއްކީ” މިޒްނާގެ ހިތުގައި ޝައްކެއް އުފެދުނެވެ. އަނޫޝާ ބޭރަށް ނިކުތް ފަހުން ޒިހާންވެސް ނިކުތްކަން މިޒްނާއަށް އެނގެއެވެ. ނަމަވެސް އެކަމާ މިޒްނާގެ ހިތުގައި މާބޮޑު ސުވާލެއް ނުއުފެދެއެވެ. ނަމަވެސް އެދެމީހުން ނިކުތްތާ ފަސް ވަރަކަށް މިނެޓް ފަހުން ޝަމްހާ ނިކުތް ހަނދާން މިޒްނާ ވިއެވެ. ފަހަރެއްގައި ޒިހާންއަށް އެކަން އެނގިދާނެއެވެ. މިޒްނާ ތެދުވީ ހަމަ އެވަގުތު ޒިހާންއަށް ގުޅައިގެން އެސުވާލު ކުރަން ބޭނުންވީތީއެވެ.

“އެބަ އަންނަން” މިޒްނާ ނިކުތެވެ.

“ޒިހާން، ވަރަށް ބޮޑު ސުވާލެއް ކޮށްލަން ވެގެން އިނގޭ” ފޯނުން ޒިހާންއަށް ގުޅުމުން ޒިހާން ފޯން ނެގުމާއެކު މިޒްނާ ބުންޏެވެ.

އޮފީހަށް ވަދެ ވަދެ ހުރި ޒިހާން އަނބުރާލާފައި ބޭރަށް ނިކުތީ މިޒްނާ ބުނި ގޮތުން އެއީ އާދައިގެ ސުވާލަކަށް ނުވާނެ ކަން ވިސްނުމުންނެވެ.

“ކުރީރޭ ހޮސްޕިޓަލުގަ ޒިހާން އަނޫއާ ވާހަކަ ދައްކަން ހުއްޓާ އެއްވެސް މީހަކަށް ފެނުނުތަ؟” މިޒްނާ އަހާލިއެވެ.

މިޒްނާގެ ސުވާލާ އެކީ އެކަން މިޒްނާއަށް އެނގުނީ ކިހިނެއް ބާއޭ ޒިހާން ހިތަށް އެރިއެވެ.

“ކިހިނެއްވީ؟” ޒިހާންއަށްވެސް ކޮށްލެވުނީ ސުވާލެކެވެ.

“އިހަށް ބުނެބަލަ” މިޒްނާ އެދުނެވެ.

“ޝަމްހާއަށް ފެނުނު، އަނޫ ދިޔަތަނާ އައިސް އަހަރެން ކައިރީގަ އެހި އަނޫއާ މަށާ ދެއްކީ ކޮން ވާހަކައެއްހޭ” ޒިހާން ބުންޏެވެ.

“ހިތަށްވެސް އެރިއޭ…” މިޒްނާއަށް ބުނެވުނެވެ.

“ކިހިނެއްވީ މިޒޫ؟ އަނެއްކާ ކަމެއް ވީތަ؟” ޒިހާން ކަންބޮޑުވެފައި އަހާލިއެވެ.

“ކަމެއް ނުވޭ… ހަމަ އަހާލީ، އޯކޭ އިނގޭ، ދެން ބޭއްވީ” މިޒްނާ އެވާހަކަ ޒިހާން ގާތު ދައްކާކަށް ބޭނުމެއް ނުވިއެވެ. އަދި އެވާހަކަ އަނޫޝާ ގާތުގައިވެސް ބުނާކަށް މިޒްނާގެ ހިތަކު ނެތެވެ. މިޒްނާ އެވާހަކަ ދައްކާނީ ޝިޔާޒްއާއެވެ. އެކަމާ ދެން ހަދަންވާ ގޮތެއް ހަދާނީ ޝިޔާޒްއެވެ.

 

މެންދުރު ދޭއް ޖަހަން އުޅެނިކޮށް މިޝާލް ހޭލައިގެން ނިކުތް އިރު އަނޫޝާއާ ނަސީރާ ތިބީ ޓީވީ ބަލާށެވެ.

“އަނޫ، ކާން ހަދާބަލަ” އަނޫޝާ ފެނުމުން އެހެން ބުނެފައި މިޝާލް ސޯފާއަށް ވެއްޓިގަތެވެ. އަނޫޝާ ތެދުވެގެން ބަދިގެއަށް ދިޔައެވެ.

“މިޝާލް، ކޮން އިރަކުންތަ ތިއުޅުން ބަދަލު ކުރާނީ؟” އަނޫޝާ ދިޔަތަން ބަލަން ހުރެފައި ނަސީރާ މިޝާލްއާ ސުވާލު ކޮށްލިއެވެ.

“އަނެއްކާވެސް މަންމަ އެވާހަކަ ފެށީދޯ!” ހިތްހަމަ ނުޖެހިފައި މިޝާލް ބުންޏެވެ.

“މަންމަ ދައްކާނަން މިވާހަކަ. މިޝާލް ކިހިނެއް އުޅެންތަ ތިއުޅެނީ؟ މިޝާލް އަމިއްލައަށް އައިސް މަންމަ ކައިރީގަ ބުނީ އަނޫއާ އިނދެވިއްޖެއްޔާ ތިއުޅުން ބަދަލު ކުރާނަމޭ، މަންމަ ބުނެގެނެއް ނޫން… އެކަމަކު އަދިވެސް މިޝާލް ތިއުޅެނީ ހަމަ އެހެން” ނަސީރާ ފުރަތަމަ ބެލީ މަޑުމައިތިރި ކަމާއެކީ މިޝާލްއަށް ވިސްނައިދެވޭތޯއެވެ.

“މިގަޑީގަ ތިވާހަކަތައް އަޑެއް ނޭހޭނެ މަންމާ” މިޝާލް ރުޅި އައިސްފައި ބުންޏެވެ.

“ބުނަންތަ ވާހަކައެއް މިޝާލް؟ އަނޫ އަކީ ނުލާހިކު ރަނގަޅު ކުއްޖެއް. އޭނައެއް ނުބެހޭ މިޝާލް ކުރާ ކަންތައްތަކަކާ… އެކަމަކު މިޝާލް އޭނައަށްވެސް ތިހަދަނީ ހިތަށް އެރި ގޮތެއް… އެކަމަކު ބުނަން؟ މީގެ ފަހުން އަނޫއަށް އަނިޔާއެއް ކުރުމުގެ ނިޔަތުގަ އޭނަ ގައިގަ އަތް ނުލާތި!” ނަސީރާވެސް ރުޅި އައިސްފައި ބުނެލިއެވެ.

“މިހާރު އެވާހަކަ އޭނަ މަންމަމެން ކައރީގަ ދެއްކީ ދޯ؟” މިޝާލް ވަގުތުން ރުޅި އައެވެ.

“އޭނަ ނުބުނޭ އެކައްޗެއްވެސް، އެހީމަވެސް ނުބުނި… އެކަމަކު ލޯ ސަލާމަތުން ހުރި މީހަކަށް ވިއްޔާ ފެންނާނެ މިޝާލް އޭނަގެ މޫނުމަތީ ޖަހާފަ ހުރި ތަން. އަހަރެން ހީކުރީ މިޝާލް އެހާ ވަރުން އޭނަޔާ އިންނަން އުޅުނީ އޭނަ ދެކެ ވަރަށް ލޯބި ވާތީ ކަމަށް… އެނައާ ދޭތެރޭ މިޝާލް ތިގޮތަށް ކަންތައް ކުރާނެ ކަން އެނގުނު ނަމަ މަންމަ މިޝާލް އަނޫއާ ކައިވެނި ކުރިޔަކަ ނުވެސް ދޭނަން” ނަސީރާ ސޯފާއިން ތެދުވިއެވެ.

މިޝާލް އެއްޗެއް ނުބުނެ އިނެވެ.

“ހަނދާން ކުރާތި މިޝާލް—” ނަސީރާ އެނބުރިފައި ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުވީ އަނޫޝާ މިޝާލްއަށް ކާން ހަދާފައި ގޮވުމުންނެވެ.

ނަސީރާ ކޮޓަރިއަށް ވަންތަން ބަލަން މިޝާލް އިނެވެ.

“މިޝާލް، ކާން…” އަނޫޝާ މިޝާލް ކައިރިއަށް އައިސް ބުންޏެވެ.

މިޝާލް ކާން އިށީނެވެ. ކައި ނިމިގެން އަތް ދޮވެގެން އަނޫޝާއާ އެއްވެސް ވާހަކައެއް ނުދައްކާ މިޝާލް ދިޔައީ ބޭރަށެވެ. އެރެއަކީވެސް މިޝާލް ލަހުން އަންނާނެ ރެއެއް ކަން އަނޫޝާއަށް ޔަގީން ވިއެވެ.

ކުރީރޭ ނުނިދުމުން އެރޭ އިރު އޮއްސުނު އިރަށް އަނޫޝާ ނިދި އަންނަން ފެށިއެވެ. ދިހައެއް ޖެހި އިރު އަނޫޝާގެ ބޮލުގައިވެސް ރިއްސަން ފަށައިފިއެވެ. ނަމަވެސް ކޮޓަރިއަށްވެސް ނުގޮސް ބޭސް ގުޅައެއް ކާލައިގެން ސިޓިންގރޫމް ސޯފާގައި އަނޫޝާ އިނީ މިޝާލް އައުމުގެ ކުރިން ނިދިދާނެތީއެވެ.

ބާރަ ޖަހަން އުޅެނިކޮށް މިޝާލް އައިސް ވަނެވެ. އަދި ސިޓިންގރޫމްގައި އިން އަނޫޝާ ފެނުމުން މަޑު ކޮށްލިއެވެ.

“ކީއްވެ މިތާ ތީނީ؟” މިޝާލް އަހާލިއެވެ.

“ކަމެއް ނުވޭ… ހަމަ އިނީ” އަނޫޝާ އަވަސް އަވަހަށް ތެދުވަމުން ބުންޏެވެ.

މިޝާލް އިތުރު އެއްޗެއް ނުބުނެ ސިޑިއާ ދިމާއަށް ދިޔައެވެ.

“ކާން ހަދަންތަ؟” އަނޫޝާ އަހާލިއެވެ.

“ނުކާނަން” ފަހަތަށް ބަލާވެސް ނުލާ މިޝާލް ބުންޏެވެ.

އަނޫޝާވެސް މިޝާލްގެ ފަހަތުން މައްޗަށް އަރާ ކޮޓަރިއަށް ވަނެވެ. ދޮރު ލައްޕާލާފައި އަނޫޝާ ދޮރު ކައިރީ މަޑު ކޮށްލީ މިޝާލް ދެން ހަދާނީ ކިހިނެއް ކަމެއް ނޭނގޭތީއެވެ.

މިޝާލް އެއްޗެހި ބަދަލު ކޮށްގެން އޮށޯތުމުން އަނޫޝާ ފާހާނާއަށް ވަދެފައި އައިސް އޮށޯތެވެ. މިޝާލް އޮތީ ނިދިފަ ބާއޭ ހިތާ ހިތާ ސުވާލުކޮށްލަ ކޮށްލާ އޮތް އަނޫޝާ ސިހުނީ މިޝާލް އަނޫޝާ ގައިގައި ބައްދާލުމުންނެވެ. ވަގުތުން އަނޫޝާގެ ހަށިގަނޑު އެކީ ހަރުކަށި ވެގެން ދިޔައެވެ. ރޭގެ ހަނދާންތައް ހިތާ ސިކުނޑި ވަށާލުމާއި އެކު އަނޫޝާއަށް ރޮވުނީ ގަސްތަކު ނޫނެވެ.

“ރޭގަ ވީ ހެނެއް މިރޭ ނުވާނެ…” މިޝާލް ބުންޏެވެ. އަދި އަނޫޝާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި މިޝާލްއާ ގާތަށް އަނޫޝާ ދަމާލިއެވެ.

ބާރުގެ ބޭނުން ނުކުރި ނަމަވެސް އެރޭވެސް މިޝާލްގެ ފަރާތުން އަނޫޝާއަށް ލިބުނީ ވޭނެވެ. އަނިޔާއެވެ. ނަމަވެސް މިޝާލްއަށް އެކަމުގެ އިހުސާސެއްވެސް ނުވެއެވެ. ދެކޮޅު ހަދަން ކިތަންމެ ބޭނުންވި ނަމަވެސް އަނޫޝާ އެންމެ ބަހެއްވެސް ނުބުނެއެވެ. ކުރީރޭ ފަދައިން އެރޭވެސް މިޝާލްގެ ބޭނުން ފުދުމުން އޭނަ އަނެއް ފަރާތަށް އެނބުރި ނިދީއެވެ. މިޝާލްގެ ފަރާތުން އަނޫޝާއަށް އަނިޔާއެއް ވެއްޖެޔޭ މިޝާލްގެ ހިތަށްވެސް ނާރައެވެ.

މިޝާލް ނިދުމުން އަނޫޝާ މޫނުގައި ބާލީސް ޖައްސާ ބާރުކޮށްގެން އޮވެ އެތައް އިރެއް ވަންދެން ރުޔެވެ. މިޝާލް އެރުއިމުގެ އަޑެއް ނާހާނެކަން އެނގި ހުރެއެވެ. އެކަރުނަ މިޝާލްގެ އަތުން ފޮހެ ނުދޭނެކަންވެސް އެނގި ހުރެއެވެ. ނަމަވެސް އަމިއްލަ ނަފްސާމެދު ހަމްދަރުދީ ވެވުނީތީ ރޮވެނީއެވެ. އަމިއްލަ ހާލާމެދު ދެރަވަނީއެވެ. ކުރިޔާ ޚިލާފަށް އެދެރޭވެސް ޒިހާންގެ ހަނދާންތައް އަނޫޝާއަށް އުނދަގޫ ކުރަމުން ދިޔައެވެ.

އަނޫޝާގެ ހަޔާތަށް މިޝާލްގެ ބަދަލުގައި ޒިހާން އައިނަމަ ދިރިއުޅުން ކިހާ ތަފާތުވީސް ހެއްޔެވެ. ކިހާ އުފާވެރިވީސް ހެއްޔެވެ. އެހެން ނަމަ ފިރިމީހާގެ ފަރާތުން ލިބުނީހީ ލޯތްބާ އަޅާލުމެވެ. އުފަލާ ހިތްހަމަ ޖެހުމެވެ. ނަމަވެސް…

އަނޫޝާ ލޯފޮހެލިއެވެ. އެހެން ހިތަށް އެރުވުމުގެ ބޭނުމެއް ނެތެވެ. މީ އަނޫޝާ އަމިއްލައަށް ނިންމި ނިންމުމެކެވެ. ޒިހާން އެކަމާ ދެކޮޅު ހަދަހަދާ ހުއްޓާ އަނޫޝާ ޒިހާންއާ ވަކިވީ އަމިއްލައަށެވެ. މަޖުބޫރު ވެގެން ވިޔަސް އަނޫޝާ ވަނީ އެނިންމުން ނިންމާފައެވެ. މިހާރު އެވަނީ އަލުން އެކަން ބަދަލު ނުކުރެވޭނެ ހިސާބަކަށް އާދެވިފައެވެ. އަލުން އެދުވަސް އައި ނަމަވެސް އަނޫޝާ ނިންމާނީ ހަމަ އެނިންމުމެވެ. ޝިޔާޒްގެ އުފަލަށް ވުރެން އަމިއްލަ އުފާ އިސް ކުރާނެ ދުވަހެއް އަނޫޝާއަކަށް ދުވަހަކުވެސް ނާންނާނެއެވެ. އެފަދަ އެތައް ފުރުސަތެއް އަދި އަނޫޝާއަށް ލިބުނު ނަމަވެސް އަނޫޝާގެ ނިންމުން ބަދަލެއް ނުވާނެއެވެ.

އެހެން ނަމަވެސް އަނޫޝާގެ ހިތަކީ ޒިހާންގެ މިލްކެކެވެ. އެހިތް ދުވަހަކުވެސް މިޝާލްއަކަށް ނުދެވޭނެއެވެ. އެހިތަށް މިޝާލް ދިން ޒަޚަމް ދުވަހަކުވެސް ހަނދާން ނުނެތޭނެއެވެ. އެޒަޚަމް ފަސޭހަ ވިޔަސް އެލަކުނެއް ނުފިލާނެއެވެ. އަދި އެލަކުނުގެ ސަބަބުން މިޝާލް ދިން އަނިޔާގެ މަތިން އަނޫޝާ އަބަދުވެސް ހަނދާން ވާނެއެވެ.

އަމިއްލަ ހާލާމެދު ދެރަވެ ނުރޯން އެވަގުތު އަނޫޝާ އަޒުމް ކަނޑައެޅިއެވެ. އަނޫޝާ ކިތަންމެ ވަރަކަށް ރުޔަސް މިޝާލްއަށް އެކަރުނައެއް ނުފެންނާނެ ކަން އަނޫޝާއަށް އެނގެއެވެ. އެހެން ނޫނަސް އެކަރުނަ މިޝާލްއަށް ދައްކައިގެން މިޝާލްގެ ހަރު ހިތް މަޑު ކުރާކަށް އަނޫޝާ ބޭނުމެއްވެސް ނޫނެވެ. މިޝާލްގެ ލޯތްބެއް އަނޫޝާ ބޭނުމެއް ނޫނެވެ. މިޝާލް ބޭނުން ވަނީ އެރޭ އަނޫޝާ މިޝާލްގެ ހުށަހެޅުމަށް ދެކޮޅު ހެދީތީ އެކަމުގެ ބަދަލު ހިފަން ކަމުގައި ވާނަމަ އެކަމަށް މިޝާލްއަށް މަރުހަބާއެވެ. ހިތް ފުރެން ދެން ބަދަލު ހިފާށެވެ. ކުރެވެން އޮތް އަނިޔާއެއް ކުރާށެވެ. އަނޫޝާ ދެކޮޅެއް ނަހަދާނެއެވެ.

މަންމައާ ބައްޕައަށް ފަހު އަނޫޝާ ދެކެ ލޯބިވީ ހަމަ އެކަނި ޝިޔާޒްއާ ޝައުފާއެވެ. އެދެމީހުންނަށް ޓަކާ އަނޫޝާ ކޮންމެ ކަމެއްވެސް ކުރާނެއެވެ. ޝިޔާޒްއާ މިޒްނާގެ ލޯތްބަށް އަނޫޝާގެ ސަބަބުން އެއްވެސް ހުރަހެއް އެޅޭކަށް އަނޫޝާ ނޭދެއެވެ. އެދެމީހުންނަށް ގުޅެވެން އޮތީ އަނޫޝާ މިޝާލްގެ އަނިޔާއަށް ކެތް ކޮށްގެން ކަމަށް ވާނަމަ އަނޫޝާ ކެތް ކުރާނެއެވެ.

އަނޫޝާއަށް ނަސީރާއާ މެދު ވިސްނާލެވުނެވެ. އެފަދަ ކަމަކަށް އަނޫޝާއަށް މަޖުބޫރު ކުރުމުގައި ނަސީރާވެސް ހިމެނެއެވެ. ނަމަވެސް އެފަދަ ކަމެއް ނަސީރާ ކޮށްފާނެ ކަމަށް އަނޫޝާއަށް ގަބޫލު ކުރަން ދަތިވިއެވެ. ނަސީރާއަކީ އެއަށް ވުރެން ރަނގަޅު މީހެކެވެ. އެގެޔަށް އައުމަށް ފަހު ނަސީރާގެ ފަރާތުން އަނޫޝާއަށް ލިބުނީ މަންމައެއްގެ ލޯތްބެވެ. މިޒްނާއާ މިލްނާ އަދި މަޒްނާއާ އެއްވަރަށް ނަސީރާ އަނޫޝާ ދެކެވެސް ލޯބިވެއެވެ. ނަސީރާ އަނޫޝާ ދެކެ އެވަރަށް ލޯބި ވަނީ އެއީ ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅުގެ އަންހެނުންނަށް ވުމުން ކަމަށްވެސް ވެދާނެއެވެ.

ނިދާފައި އޮތް މިޝާލް ފުރޮޅިލާފައި އަނޫޝާގެ މޭމައްޗަށް އަތް އެއްލުމާއެކު އަނޫޝާ ސިހިގެން ދިޔައެވެ. އަނޫޝާއާ ވީފަރާތަށް އެނބުރި އޮތް މިޝާލްގެ މޫނަށް ބަލާލިއެވެ. ހޭލާ ހުންނަ އިރު އެމޫނުގައިވާ ރުޅިވެރި ކަމެއް މިހާރަކު އެމޫނަކު ނެތެވެ. ބަލާ މީހަކަށް މިހާރު ފެންނާނީ އެމޫނުގެ ރީތިކަމެވެ. ނިދީގައި އެމޫނުން ފެންނަނީ މައުސޫމް ކަމެވެ. ސާފު ކަމެވެ. ކޮންމެ ޒުވާން އަންހެން ކުއްޖަކުވެސް އެފަދަ މީހެއް އެކުއްޖެއްގެ މިލްކަކަށް ވުމަށް އެދޭނެއެވެ. ނަމަވެސް އަނޫޝާއަށް އެރީތި ކަމުން އަސަރެއް ނުކުރިއެވެ. އެމޫނާ ހަށިގަނޑު ފެނުމުން ހިތުގެ ތެޅުމަކަށް ބަދަލެއް ނާދެއެވެ. މިހާރު އެމޫނުން އެފެންނަ ރީތިކަމާ ސާފުކަން އެހިތުގައިވެސް ވާނަމައެވެ. އެހެން ނަމަ ކޮންމެވެސް ދުވަހަކުން މިޝާލްއަށް އަނޫޝާގެ ހިތާއި ކުޅެލުމުގައި ކާމިޔާބު ވީސް ކަންނޭނގެއެވެ.

އަނޫޝާ މިޝާލްގެ އަތުގައި ހިފާ ގަޔާ ދުރުކޮށްލިއެވެ. ހަށިގަނޑަށް ލިބިފައިވާ ވަރުބަލި ކަމާ ނިންޖަށް ބޭނުން ވެފައި ހުރި ވަރުން އެނދުން ތެދުވެގެން ފާހާނާއަށް ވަދެ ފެން ވަރާލުން އެވަގުތު އަނޫޝާއަށް ވީ ބޮޑު ކަމަކަށެވެ. މިޝާލްއަށް ފުރަގަސް ދީފައި އަނޫޝާ އެނދުގެ ބިއްދޮށަށް އެނބުރި ލޯމަރާލުމާއެކު ގިނަ އިރެއް ނުވެ އަނޫޝާއަށް ނިދުނެވެ.

“އަނޫ…؟” ދޮރުގައި ޓަކި ޖަހާލުމާ އެކު އަނޫޝާގެ ނަމުން ގޮވާލި އަޑަށް އަނޫޝާއަށް ހޭލެވުނެވެ. ތެދުވެ ބެޑްޝީޓާ އެކު އަނޫޝާ އެނދުން ފައިބައިގެން ގޮސް ދޮރު ކައިރީ މަޑު ކޮށްލިއެވެ.

“އަނޫ…؟” އަނެއްކާވެސް ނަސީރާގެ އަޑު އިވުނެވެ.

“އޯއި މަންމާ… އެބަ ނިކުންނަން” އަނޫޝާ އަވަސްއަވަހަށް ބުންނެވެ. އަދި އެނބުރިފައި އެނދާ ދިމާއަށް ބަލާލީ މިޝާލްއަށް ހޭލެވުނުތޯ ބަލާލާށެވެ.

“ލަސްވީމަ މަންމަ ގޮވާލީ…” ނަސީރާ ބުނި އަޑު އިވުނެވެ.

“މި ނިކުންނަނީ…” އަނޫޝާ ބުންޏެވެ.

ނަސީރާ ދިޔުމުން އަނޫޝާ ފާރުގައި ހުރި ގަޑިއަށް ބަލާލިއެވެ. ނުވަ ގަޑި ބައިވީއެވެ.

ވިއްސަކަށް މިނެޓް ފަހުން އަނޫޝާ ތިރިއަށް ފޭބި އިރު މަޒްނާއާ ނަސީރާ ކާމޭޒު ދޮށުގައި ތިއްބެވެ.

“ގެނޭ އަހަރެން އަތަށް” ނަސީރާ ކޮށަން އިން ތަރުކާރީ ތަށީގައި ހިފާލަމުން އަނޫޝާ ބުންޏެވެ.

“އިހަށް ދޭ ސައި ބޮއެގެން އަންނަން” ނަސީރާ ބުންޏެވެ.

“ތެދެއް އަނޫ، ހިނގާ، މަވެސް އެއްޗެއް ކާލަން ވެއްޖެ” މަޒްނާ ތެދުވެ އަނޫޝާގެ އަތުގައި ހިފައިގެން ގޮސް ބަދިގެއަށް ވަނެވެ.

“ދޮންތައަށް ކޯޗެއް ގިރައިދޭންވީ؟” މަގުތައް އަޅުވާފައި ހުރި އެތިން ދެމަގު ނަގަމުން އަނޫޝާ އަހާލިއެވެ.

“މައިލޯ ތައްޓެއް” ބަތްކާ ދެތަށި ނަގާ މޭޒުމަތީ ބަހައްޓާފައި މަޒްނާ ބުންޏެވެ.

“ރޭގަ ނުނިދުނީތަ؟ ނޫނީ ދޮންބެ އަނޫ ނިދިޔަ ނުދިނީތަ؟” އަނޫޝާ ކައިރިއަށް ޖެހިލާފައި މަޒްނާ އަހާލިއެވެ.

ނުނިމޭ

67
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Marsha

I love to read stories and that led to writing stories. I hope readers like my stories and I would love any ideas from readers that would improve my writing. Thank you.

Other Articles

Previous

ހާދަ ލޯބިންނޭ (25)

Next

Next
March 31, 2016

Previews
March 31, 2016

ހާދަ ލޯބިންނޭ (25)

24 Comments

  1. 619 says:
    March 31, 2016 at 5:32 pm

    He heyyyyyyyyy

  2. me says:
    March 31, 2016 at 5:38 pm

    reethi….

  3. A says:
    March 31, 2016 at 5:47 pm

    mi part wes v reethi

  4. shif says:
    March 31, 2016 at 6:03 pm

    Mihisaabun mashage vaahakathah kiyun nimunee hadhanee aniyaakurantha noonee loabi kurantha thivahtharah vaahaka liyumahvuren ragalhuvaane madun huhtas

  5. noo says:
    March 31, 2016 at 6:09 pm

    Koacheh kiyaa namey hithaa ulhey meehaagadeh… Huh.. Kaley nukeema v nun. Aharemen kiyaafaanamey… He he poh… Marsha vaahaka v obi… Keep it up….

    1. reader says:
      March 31, 2016 at 6:36 pm

      “Hehe poh” noo ethankolhu v majaa ingey..
      Nd thibuny hama thedhah, aharumn marsha ge vaahakathah kiyafaanamey dhww..

  6. Nnn says:
    March 31, 2016 at 6:31 pm

    V v reethi.mivaahaka.meesal anoosaa aranaglhu koh dheebala?

  7. swaraa says:
    March 31, 2016 at 7:05 pm

    Vaahaka ge namaa vaahaka gulhuvaalabala. Marsh mishaal eccident kohlaafa viyas maraalabala. Nulafaa meeheh.

  8. ken? says:
    March 31, 2016 at 7:05 pm

    marsha is one of de best writer…n v all support her st diz beutiful journey…dnt worry abt negative comments n do ur best..love you ?

    1. ken? says:
      March 31, 2016 at 7:06 pm

      at*

  9. ken? says:
    March 31, 2016 at 7:09 pm

    The less u respond to negative ppl the more beautiful ur life will bcum. ..❤ no hard feelings 4 anyone but try to appriciate wat others do for u…enjoy reading???

  10. adeeb bro says:
    March 31, 2016 at 7:14 pm

    Shif kon echeh kiyaakah. Vaahaka nukiyas heyo. Masha echehi nukiyachey ekam. Vaahaka hama obi. Keep it up masha. Plx next part upload kohdhee avahah.

  11. Marsha says:
    March 31, 2016 at 7:39 pm

    Hi every one… i know that hurihaa readers eh like eh nuvaane kan vaahaka dhaa gothun.. n even my writing style.. ekamaa haaheh nuveyy ekamu baeh faharu i feel a litl sad… but i want to say that i do this bcos i like writing.. n i will not stop wen i get negative comments.. positive cmnts anna gothah negative cmnts annaane kan gaboolu kuran.. adhi e cmnts welcum ves kuran positive ekey eh gothah… so its ok.. n mi vaahaka thafaathu vaane ehen vaahaka thakaa… like nuvaa kudhin nukiyanya thats their decision… ekamu marsha edhen vaahaka nimen dhen kiyaalun… anyways thanx all readers.. luv u all.. ☺☺☺

    1. hero says:
      March 31, 2016 at 10:10 pm

      Luv u too marsha,.. n I’m so happy, bcox u understand evrythng..
      .. N story ix awesome .. luv to read n waiting 4 nxt part..:)

  12. swaraa says:
    March 31, 2016 at 9:35 pm

    Ok marsh love u too

  13. Niz says:
    March 31, 2016 at 9:46 pm

    Vaahaka hama vvv reethi…lyk nuvvaa kudhin kada ehchis nukiyas vaahaka nukiyaa thibey…waitin 4 next part

  14. zero says:
    March 31, 2016 at 10:00 pm

    Luv u too marsha, bcox of ur understanding..
    .. Nd story is awesome .. luv to read n waiting 4 nxt partt:)…

  15. zero says:
    March 31, 2016 at 10:04 pm

    Luv u too marsha, bcox of ur “understanding”:)..
    .. N story ix awesome .. luv to read n waiting 4 nxt part..:)

  16. Yu mee says:
    March 31, 2016 at 10:17 pm

    We all love you. N your stories are awesome. Please zihaan n anoo gulhuvabala.

  17. Aleena says:
    March 31, 2016 at 10:23 pm

    Kurin rey aniyaa kohfa hureema, dhen heal nuvanis, kithanme loabin ulhunas aniyaa vaane dhw marsha.. May b shiff ebai understand nuvee kanneyge dhw.. Anywax u rocks marsha.. I like hw u bring such scenes. No over describing, simple bt understood.

  18. Aimsithu says:
    March 31, 2016 at 11:16 pm

    Vaahaka varah obi.. keep it up marrsha

  19. sss says:
    March 31, 2016 at 11:39 pm

    Marsha ge hurihaa vaahaka eh ves varah reethi kan faahaga kurevey…. mi vaahaka ves v v v v v v v v v reethi… waitin 4 next part…. keep it up…??☺☺

  20. 619 says:
    April 1, 2016 at 8:34 am

    Shif thedheh maves salaandhen

  21. sheynn says:
    April 3, 2016 at 8:22 am

    Awlhey marshaa kobaathr reyge r kury reyge part…avahah up kohdhybr

Comments are closed.

All Right Reserved!