Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (ހަތަރުވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
March 31, 2016 9 Mins Read
63 Comments

ނިދިފައި އޮތް އާމިނައާއި ދިމާލަށް ރޫހީ ބަލަން އޮތީ ބުޅާ މަސްގަނޑާ ދިމާލަށް ބަލާ ފަދަ ގޮތަކަށެވެ. ރޫހީގެ ދެލޮލުގެ ކަޅީގެ ކުލަވަނީ ބަދަލުވެފައެވެ. ވަޅުވަދެފައިވާ ލޮލުގެ ތެރެއިން އަޅިކުލައިގެ ކަޅި ފެންނަނީ އެހާވެސް ބިރުވެރި ގޮތަކަށެވެ. ކުރަކިވެފައިވާ ތުންފަތާއި ހޭވިފައިވާ އިސްތަށިގަނޑުންވެސް ފާޅުވަމުން ދިޔައީ ބިރުވެރިކަމެވެ. ރޫހީގެ ހަށިގަނޑަށް ބާރު ފޯރުވަމުން ދިޔަ މަޚްލޫގު ވިސްނަމުން ދިޔައީ އާމިނަމެންގެ ކިބައިން ބަދަލު ހިފުމަށެވެ. ކަޅި ޖަހާނުލާ އާމިނައަށް ބަލަމުން ދިޔައީ ވަރުގަދަ ހަސަދައެއް ފިލުވާލާށެވެ.

“އަލިބެ ނިގެނޭހެތިޔައު ބެނިމެއިއަސް ތަފިރިން އެޔަ ގިނައި މަ ރިޑިއަރުވާށާ…. އަވަ ކުރިނަސް ބެނިން…. އަލިބެ ގިނާފެހޭ ރޫހީގެ ދުވަސް ދިއްވަލާށުމައު…..” ހިތާހިތުން އެ މަޚްލޫގު ވާހަކަ ދައްކަމުން ދިޔައީ އޭނާގެ އަމިއްލަ ނަފްސާއެވެ.

އެނދުގައި އޮވެ ރޫހީ ގުންފައި ޖަހާ އަޑަށް ސިއްސައިގެންގޮސް އާމިނައަށް ލޯ ހުޅުވާލެވުނެވެ.

އެނދުމަތީ އިށީނދެގެން އިން ރޫހީ ފެނުމުން އާމިނަ ގާތްވެލިއެވެ. އޭނާ ތެދުވީ އެއްޗެއް ބޭނުންވެގެންތޯ ބަލާށެވެ. އިސްއޮބާލައިގެން އިން ރޫހީގެ ކޮނޑުގައި ހިފަހައްޓާލަމުން އާމިނަ ވާހަކަ ދެއްކީ ލޯބިން ފުރިގެންވާ ރާގަކުންނެވެ. “ރޫހީ… ދިޔޭ.. އެއްތައް ބޭނުމީ؟….”

އާމިނަ ކުރި ސުވާލަށް ރޫހީގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ރޫހީގެ ގައިމަތީގައި އަޅާފައިވާ ރަޖާގަނޑު އަތުން އޮޅާލަ އޮޅާލަ އިންތަން ފެނުމުން އާމިނައަށް ރޫހީގެ މިނިވަން ވެފައިވާ ދެއަތް ފެނުނެވެ. އޭނާގެ އަތުގެ ކުޑަހުޅުގައި އައްސާފައިވާ ވާތައް ވަނީ މޮހެލާފައެވެ.

“ދިޔޭ… ކެއިޔަށް މިއަށް މުހީ…..” އެވާތަށް މޮހުނީ ކާކުތޯ ބަލަން އާމިނަ ހާސްވެހުރެ ސުވާލުކޮށްލިއެވެ. ހުޅުވާފަ ހުރި ކުޑަދޮރުން ޖެހުނު ވައިރޯޅިއާއި އެކީ ރޫހީގެ މޫނު މައްޗަށް ވެއްޓިފައި ހުރި އިސްތަށިތައް ވިހުރިލިއެވެ.

“އަވަ މުހީ… ކެންކެރާނެއި…. އަވަ ބެނިންދީ ތައިކެހި އަލިބެ މިތާން ނިގެނޭހެތިޔައު….” ރޫހީގެ ދުލުން ބޭރުވަމުން ދިޔައީ ހަރުކަށި ބަސްތަކެކެވެ.

އެ އަޑުގައި ހުރީ ކުރިންވެސް އާމިނަމެންނަށް އިވުނު ކަހަލަ ބިރުވެރި ގޮތެކެވެ. ރޫހީގެ އަޑާއި އެކީ އެހެން ފިރިހެނެއްގެ ބަރު އަޑު އެކުލެވިފައިވާ އިރު އެ އަޑު ވަރަށްވެސް ނާމާނެވެ. އިސްއޮބައިގެން އިނދެ ލޯ އަޅާލަމުން އާމިނައާއި ދިމާލަށް ރޫހީ ބަލާލިއެވެ. ރޫހީގެ ލޯ ހުރިގޮތް ފެނި އާމިނައަށް ތެޅިގަނެވުނެވެ. ސިހިފައި ދުރަށް ޖެހެވުނީ ދުވަހަކުވެސް އެމަންޖެގެ ލޮލުގެ ކަޅި ބަދަަލުވެފައި ހުރިތަން އާމިނައަށް ފެނިފައި ނުވާތީއެވެ. ބިރުންހުރެ ފަސްފަހަތަށް ޖެހެމުން ދިޔަ އާމިނަ ފާރުގައި ލައްވެލިއެވެ. އެއީ އޭނާގެ ދަރިފުޅުކަމާއި މެދު ޝައްކު އުފެދުނެވެ.

ރޫހީގެ އަތަށް އޮޅާލާފައިވާ ރަޖާގަނޑު ހީވަނީ ވާގަނޑެއް ހެންނެވެ. އެނދު މައްޗަށް އެ ރަޖާގަނޑު ވައްޓާލުމަށްފަަހު ރޫހީ ފުންމައިގެން އެނދު މައްޗަށް ކޮޅަށް ތެދުވިއެވެ. ހީވަނީ ތަނެއް ހިސޯރުކުރަން އުޅޭހެންނެވެ. މެދު ހަށި ކުރިއަށް ލަންބާލައިގެން، ތުންފަތް އޫކޮށް، ދެލޯ ބޮޑުކޮށްގެން އާމިނައާއި ދިމާލަށް ބަލަންހުރުމަށްފަހު އަތުގައިވާ އައިވީ ހޮޅި ނައްޓާލިއެވެ. ކެނިއުލާ މެދުވެރިކޮށް ހޯސްލާފައި އަތުން ލެއި ފައިބަމުން ދިޔައެވެ. އެނދާ ދިމާލު މަތީގައި ވާ ފަންކާއަށް ރޫހީ ބަލާލިއެވެ. އަނގަ ތަންމިނަށް ހުޅުވަމުން ބިރުވެރި ގޮތަކަށް ހޭން ފެށީ ބަރު އަޑަކުންނެވެ.

އާމިނަގެ ހިތް ބާރަށް ތެޅިގަތެވެ. ރޫހީ ލައިގެން ހުރި ހެދުން ތެންމަމުން ދިޔައީ އޭނާގެ އަތުން ފައިބަމުން ދިޔަ ލެއިންނެވެ. ދުވެފައިގޮސް ކޮޓަރި ދޮރު ކައިރީގައި ހުރި ސްވިޗްތަކުން އާމިނަ ފަންކާ ނިއްވާލިއެވެ. ރޫހީގެ ހަރަކާތް ހުރިގޮތުން ކޮންމެވެސް ކަމެއް ކޮށްފާނެކަމާއި މެދު އާމިނަ ކަންބޮޑުވިއެވެ. އެހެންކަމުން ނަރުސް ކުއްޖެއް ގެނައުމަށް ކޮޓަރީގައި ހަރުކޮށްފައި ހުރި ފޯނުގެ އަތްގަނޑު ނަގާ ނަރުހުންގެ ޖަހަގައިގެ ނަންބަރަށް ގުޅޭތޯ ބެލިއެވެ. އެވަގުތު ފޯނުގެ ލައިން މަސައްކަތެއް ނުކުރިއެވެ. އާމިނަ ހަދާނެގޮތް ހުސްވި ކަހަލައެވެ.

އާމިނަގެ ނިކަމެތި ހާލު ފެނުމުން ރޫހީގެ ތުންފަތާ ކުޅެލީ ލާނެއް ހިނިތުންވުމެކެވެ. އާމިނައާ ކުރިމަތިލައި ބޮޑު ހިނިގަނޑެއް ޖަހާލަމުން ރޫހީ ވާހަކަ ދެއްކިއެވެ. “އެކޯ އަވަ ބެނިންދީ އަލިބެ ނިގެނޭހެތިޔައު…. ތަފިރިން ހައުދަހައި ސުންޕާއޭ ދީ… ތަފިރިން ހީ ކެރަނީ ތަފިރިންހެއި ދެޅަހި ބާކިން ނެތްކަމަށާ…. ހައް ހައް ހައް ހާ… ރޫހީ ދުވަަސް ދިއްވަލާށުން…. ދުވަސް ދިއްވަލާށުން…”

ކޮޓަރީގައި ދިއްލާފައިވާ ހޮޅިބުރީގެ އަލިކަނި ކެނޑިކެނޑިފައި ނިވި ދިއްލެން ފެށުމުން އާމިނަ އިތުރަށް ބިރުގަތެވެ.

“ނޫން… ދަރުމަވޭހެ… ތެހެން ނިހަދައި… ރޫހީ ދޫކޮށްލާފެލަ… އެ ކާލޯ ތައް ކެޑެއި ކޮން އުނދަގުލަށް…” އާމިނައަށް މަޑަކުން ނުހުރެވުނެވެ. އެ މަޚްލޫގު ގާތު ކުރަން ބޭނުންވެފައިވާ ޝަކުވާތައް ބަންޑުން ކޮށްްލިއެވެ.

ރޫހީ އެނާގެ ދެއަތުން އިސްތަށިގަނޑުގައި ހިފާ ދަމަންފެށިއެވެ. ބޮނޑި ބޮނޑިއަށް އިސްތަށިތައް ބޮލުން ވަކިވެގެން އައެވެ. އެނދުމަތީގައި އޮތް ރަޖާގަނޑު ނަގާ އޭނާގެ ކަރުވަށާ އޮޅަން ފެށިއެވެ. ބަލާކަށް ނުހުރެ އާމިނަ އެކޮޓަރިން ނުކުމެގެން ނަރުސް ކުދިންގެ ޖަގަހައާ ދިމާލަށް ދުއްވައިގަތީ މީހެއްގެ އެހީ ހޯދާށެވެ. އާމިނަ އެކޮޓަރިން ނުކުތުމާއި އެކީ ބަންލާފައި ދޮރުފަތް ލެއްޕުނެވެ.

*** *** *** *** *** ***

ކޮޓަރީގެ ދޮރު ހުޅުވުމާއި އެކީ މަންޝާ އިސްއުފުލާ ބަލާލި އިރު ކޮތަޅުތަކެއް ހިފައިގެން ނަވާފް އައިސް ކޮޓަރިއަށް ވަނީއެވެ. އެނދުގައި ނިދިފައި އޮތް ކުޑަމީހާއާއި ޒުހާއަށް ބަލާލި އިރު ނަވާފްގެ މޫނު މައްޗަށް އުފާވެރިކަން ލިބިގެން ދިޔައެވެ. ނަވާފް އެ އައީ ގެއަށް ގޮސް ފެންވަރާ، ތާޒާ ވެލައިގެންނެވެ. ރޭގައި އެ ދެމައިން ނުނިދާ އުޅެން ޖެހުމުން ނަވާފް ހުރީ އިންތިހާއަށް ދެރަވެފައެވެ.

ސޯފާއިން ތެދުވެ ވައި އަޑުން މަންޝާ ވާހަކަ ދެއްކީ ޒުހާއަށް އުނދަގޫ ވެދާނެތީއެވެ. “އަހަރެން ދެން ގޮސްލަނީ… ރިޕޯޓްވެސް ނަގަން ޖެހޭ…. މާދަމާ އަންނާނަން… ޑިސްޗާޖް ކުރަންޏާ ލެޓް މީނޯ އިނގޭ….” މަންޝާ ދެއްކި ވާހަކަތަކަށް ނަވާފް ބޯ ޖަހާލިއެވެ. އަދި މަންޝާ ކޮޓަރިން ނުކުތުމުން، ނަވާފް ކޮޓަރީގެ ދޮރު މަޑުމަޑުން ލައްޕާލަމުން އެތެރެއިން ތަޅުލިއެވެ.

އަނގަޔަށް ޗޮކްލެޓެއް ލައިގެން ފޯނުގެ ސްކްރީނަށް ބަލަމުން ނަރުސް ކުދިން ތިބޭ ޖަގަހައާ ދިމާލަށް މަންޝާ ހިނގައިގަތީ ލިފްޓު ހުރި ދިމާލަށް ދިޔުމަށެވެ. ފޯނާ ކުޅެމުން ވަކި ހިސާބަކަށް ގޮސް މަންޝާ ފިޔަވަޅު މަޑުކޮށްލިއެވެ. ޒުހާގެ ބޭބީއާއި އެކީ ނެގި ސެލްފީ އެޑިޓް ކޮށްލުމަށްފަހު އިންސްޓަގްރާމަށް އަޕްލޯޑްކޮށްލީ ‘މައި އޭންޖަލް’ އޭ ޖަހާލަމުންނެވެ. އެ ފޮޓޯ އަޕްލޯޑް ކޮށްލި އިރު މަންޝާއަށް ހުރެވުނީ އުފަލުން ދަތްޕިލަ އަތަށް ލައިގެންނެވެ.

ކުއްލިއަކަށް އަރިމަތީ ހުރި ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. ފިނި ވައި ރޯޅިއެއް މަންޝާގެ ހަށިގަނޑުގައި ބީހިލިއެވެ. މަންޝާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކަނދުރާމަތީ ހުރި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. ދެކޮނޑު އަރުވާލަމުން މަންޝާގެ ކަދުރާގައި އަތުން ފިރުމާލަމުން ބޮލުގެ އިސްތަށިގަނޑު އެއް ކޮނޑުމަތިން ގެނެސް ކުރިމައްޗަށް ވައްޓާލިއެވެ.

މަންޝާ ކުރިއަށް ހިނގައިގަތީ އަވަހަށް ރިޕޯޓް ބަލާ ދިޔުމަށެވެ. އޭރު މަންޝާގެ ކުރިމަތިން ކަޅުކުލައިގެ ކޯޓެއް ލައިގެން ދާ ޒުވާނެއް ފެނުނެވެ. އޭނާ ލައިގެން ހުރި ކޯޓުގެ ހުޑުން އޭނާގެ ބޯމަތި ނިވާ ކޮށްފައި ވުމުން އެއީ ކާކުކަން ދެނެގަންނަން ވަރަށް އުނދަގުލެވެ. ކޯޓުގެ ދެފަރާތުގެ ދެޖީބަށް އަތް ޖަހައިގެންހުރެ ނަރުސްކުދިންގެ ޖަގަހައާ ދިމާލުން އެމިހާ ލަނބާލީ އިސްޖަހައިގެން ހުރެއެވެ. އެއީ ދިވެއްސެއް ކަމާމެދު މަންޝާގެ ހިތުގައި ޝައްކެއް އުފެދުނީ އޭނާގެ ދިގު އިސްކޮޅާއި ލާފައިވާ ހެދުމުގެ ސަބަބުންނެވެ.

ނަރުސްކުދިންގެ ޖަގަހައާއި އަރާ ހަމަވިއިރު ކުރިންވެސް މަންޝާއަށް ފެނުނު އަންހެން މީހާ ފެނުނެވެ. އޭނާ ހުރީ އެ ޖަގަަހައިގައި ތިބި ނަރުސް ކުދިންނާ ވާހަކަ ދައްކާށެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އަބުއިކަމެވެ. ކައުންޓަރު ތެރޭގައި ތިބި ހުރިހާ ނަރުސް ކުދިން އެކުއެކީގައި ކޮޓަރިތަކާއި ދިމާލަށް ދިޔައީ ކަމެއް ގޯސްވެގެން ދާ ފަދައަކުންނެވެ. އެއްބަޔަކު ދުއްވައިގެން އިރު އަނެއް ބަޔަކު ދިޔައީ ހަލުވި ފިޔަވަޅުތަކެއްގައި ހިނގާފައެވެ. އެ މަންޒަރަށް ބަލަމުން ކުރިޔަށްގޮސް ލިފްޓުގެ ސްވިޗަށް ފިތާލައިގެން ލިފްޓްގެ އިންތިޒާރުގައި މަންޝާ މަޑުކޮށްގެން ހުރީއެވެ. މަންޝާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެންމެ ސުވާލެކެވެ. “އަނެއްކާ ކިހިނެއްވެގެންބާ އެ އުޅެނީ؟”

ލިފްޓުގެ ދޮރު ހުޅުވުމާއިއެކީ މަންޝާއަށް އޭގެތެރޭގައި ތިބި ޒުވާނުންނަށް ވަކިވަކިން ބަލާލެވުނެވެ. އެ އެންމެންގެ ތެރޭގައި ހުރި ބިޔަ ފިރިހެން މީހާ، މަންޝާއާއި ދިމާލަށް ކަޅި ޖަހާނުލާ ބަލަން ހުއްޓެވެ. އެމީހާގެ ބެލުމަށް ފަރުވާލެއް ނުބަހައްޓާ މަންޝާ ލިފްޓަށް އަރަން ހިނގައިގަތެވެ. އެންމެ ފަހުން ލިފްޓުން ފައިބަން ހުރީ ވަރަށް މުސްކުޅި މީހެކެވެ. އެމީހާ ނުކުންނަން ފެށުމުން މަންޝާ ލިފްޓުގެ ދޮރުފަތް ދޭތެރެއަށް އަތް ލައްވާލަމުން ދޮރުފަތް ލެއްޕުނަ ނުދީ ހިފަހައްޓާލިއެވެ. މަންޝާ ހިނިތުން ވެލިއެވެ. ނަމަވެސް އެ މުސްކުޅި މީހާ ނުކުތް އިރު ޝުކުރުއަދާ ނުކުރިތާނގައި ރައްދުގައި ހީވެސް ނުލައެވެ. އަނގަ ޗޭ ކޮށްލާ ދެކޮނޑު އަރުވާލަމުން މަންޝާ ލިފްޓަށް އެރިއެވެ. އަދި ތިރިއަށް ދާން ‘ޖީ’ އަކުރަށް ފިތާލިއެވެ.

ދޮރުފަތް ލެއްޕިލެއްޕި ހުއްޓާ މީހަކު ލިފްޓަށް އަރަން ދިމާކުރިއެވެ. ލެއްޕިލެއްޕި ހުރި ލިފްޓުގެ ދޮރު ދޭތެރެއަށް އޭނާ އަތްލާން އުޅުނުތަން ފެނިގެން ލިފްޓުގައިވާ ސްވިޗަކަށް ފިތާލަމުން މަންޝާ އެ ދޮރު ހުޅުވާލަދިނެވެ. އެ ޒުވާނާ ލިފްޓަށް އެރުމަށްފަހު ބޯމަތީގައިވާ ހުޑް ނަގާ ބޮލުގެ ދިގު ފަން އިސްތަށިގަނޑު ތަޅުވާލިއެވެ. އަދި އަތުން އެ ފަން އިސްތަށިގަނޑު އޮމާން ކޮށްލަމުން މަންޝާއާއި ދިމާލަށް އެ ޒުވާނާ ބަލާލީ ވަރަށް ވަގު ގޮތަކަށެވެ. އޭނާގެ މޫނުމަތިން އެއްވެސް ކަހަލަ އިހްސާސެއް ފާޅު ނުވާކަހަލައެވެ. އެއީ ހަމުގެ ކުލަ ދޮން ވަރަށް ރީތި މީހެކެވެ. ކޮނޑާހަމައަށް އަންނަ ފަން ދިގު އިސްތަށިތަކުގެ ކޮޅުގައިވަނީ ރަތްކުލަ ޖައްސާފައެވެ. ލޮލުގެ ކަޅި ހުރީ މުށި ކުލައަކަށެވެ.

“ޔަގީން މީ ބޭރު މީހެއް… ހާދަ ރީއްޗޭ ދޯ..” އެ ޒުވާނާއާއި ދިމާލަށް މަންޝާ ބަލަންހުރީ އޭނާގެ ރީތިކަމުންނެވެ. ފިލްމުތަކުން ފެންނަކަހަލަ ފުރިހަމަ ކަމެއް ލިބިފައި ހުރި މި ޒުވާނާ ފެނުމުން މަންޝާގެ ހިތް ބާރަށް ތެޅެން ފެށިއެވެ.

*** *** *** *** *** ***

އެންމެންނަށް ވުރެ ކުރިން ނަރުހުންގެ ތެރޭގައި އިސްކޮށް އުޅޭ ނަރުސް ކުއްޖާ ރޫހީ އެނދުމަތިކޮށްފައިވާ ކޮޓަރިއާ ހަމަޔަށް ދިޔައެވެ. ކައުންޓަރު ދޮށުން ހިނގައިގަތް އާމިނައަށް ފަހަތުން މީހަކު ގޮވާލިއެވެ. އާމިނަ ފަސް އެނބުރި ބަލާލިއިރު ލިފްޓުން ފައިބެގެން ޟިރާރުއާއި ރިޔާޒާއި އެކު އަލިބެވެސް އާމިނަަގެ ފަހަތުގައި ހުއްޓެވެ.

“ކެހެނަކަށްވީ؟.. އާމިނާ ކިޔެންވީ މިތާން އާއްސެއި ތެހިށީ؟…” ޟިރާރު ކުރަމުން ދިޔަ ސުުވާލަށް އާމިނައަށް ޖަވާބު ދެވޭ ގޮތެއް ނުވިއެވެ.

“ރޫހީ…. މަ ކޮއްޔާ…” ރަނގަޅަށްވެސް އާމިނައަށް ރޮވިއްޖެއެވެ. މީހާ ބިރުންގޮސް ތުރުތުރު އަޅަނީއެވެ. ޟިރާރު އައިސް އާމިނަ ހަށިގަނޑުގައި ހިފާ ތަޅުވާލިއެވެ. ރޫހީ އޮތް ކޮޓަރިއާ ދިމާލަށް އިނގިލި ދިއްކުރަމުން އާމިނަ އިޝާރާތްކޮށްލިއެވެ. އާމިނަމެން ގާތަށް އައިސް ވަށައިގެން އެ މާހައުލަށް އަލިބެ ބަލަމުން ދިޔައީ ނުބައި އިހްސާސެއް އޭނާއަށް ކުރަމުން ދާތީއެވެ. ރޫހާނީ އެފަދަ އެއްޗެހި އުޅޭ ކަމުގެ އިހްސާސް އަލިބެއަށް ކުރާތީ އޭނާ މަޑުމަޑުން ކިޔަވަން ފެއްޓިއެވެ.

އާމިނަ އިޝާރާތްކުރި ކޮޓަރިއާއި ދިމާލަށް ރިޔާޒް ދުއްވައިގަތެވެ. އޭރު ނަރުސް ކުދިންތައް ރޫހީ އޮތް ކޮޓަރީގެ ދޮރު ކައިރީގައި ހުއްޓިގެން ތިއްބެވެ. އެ އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ. ރިޔާޒް އެދިމާލަށް އަންނަތަން ފެނުމުން ނަރުސްކުދިން އޭނާ އެތެރެއަށް ވަނަނުދީ ހުއްޓުވިއެވެ. ނަމަވެސް ރިޔާޒް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

“ބައްލަވާ… އެއީ އަޅުގަނޑުގެ ކޮއްކޮއޭ… އަޅުގަނޑު ތި ހުއްޓުވަނީ ކިހިނެއްވެގެންތޯ؟….” ރުޅި މައިތިރި ކުރަމުން ނަރުސް ކުއްޖަކާ ރިޔާޒް ސުވާލުކުރީ ވެގެން އުޅޭގޮތް ޚުދު އޭނާއަށްވެސް ނޭނގޭތީއެވެ.

އާމިނައާއި އެކީ ޟިރާރުއާއި އަލިބެއަށް އެހިސާބަށް އާދެވުނު އިރު ނަރުސް ކުދިން ރިޔާޒް ކުރިއަށް ދިޔަ ނުދީ ހިފަހައްޓާތީ އެމީހުންވެސް ތިބީ ހިސާބަކަށް ހައިރާންވެފައެވެ. ނަރުސް ކުއްޖާ ގާތު ޟިރާރު ސުވާލުކޮށްލަމުން މިއީ ރޫހީގެ ބައްޕަ ކަމަށް ބުންޏެވެ. ވެގެން އުޅޭގޮތް ކިޔައިދިނުމަށް ނަރުސްކުދިންގެ ތެރެއިން އިސްކޮށް ހުރި ނަރުސް ޟިރާރުއާއި އެކީ ދުރަށް ޖެހިލިއެވެ.

“މިވަގުތަކީ ތި އާއިލާ ވަަރަށް ބޮޑަށް ކެތްތެރިވާންޖެހޭ ވަގުތެއް…. އަޅުގަނޑުމެން މިކޮޓަރިއަށް އައީ ރޫހީގެ މަންމަ ރޫހީ ޖައްސަމުން ދިޔަ ވައްތަރުތަކުގެ ވާހަކަ ދެއްކުމުން…. ނަމަވެސް އަޅުގަނޑުމެންނަށް އާދެވުނު އިރު މާލަސްވެއްޖެ… ރޫހީ މި ދުނިޔެ ދޫކޮށް ހިނގައްޖެ…. ހިތްވަރު ކުރާތި…. މިހާރު ފުލުހުންގެ ޓީމަކާއި ހޮސްޕިޓަލުގެ ޓީމެއް މައްޗަށް އެބަ ދުރުވޭ… އަޅުގަނޑުމެންނަށް އިތުރު މަޢުލޫމާތެއް ދެވޭނީ އެބޭފުޅުން މިކޮޅަށް ދުރުވުމުން…. އިހަށް ވެއިޓިން އޭރިއާގައި މަޑުކޮށްލަ ދެއްވާ!…”

ނަރުސް ކުއްޖާ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ހިމޭނުން ޟިރާރު ހުރިކަމުގައި ވީނަމަވެސް އެޚަަބަރުން ޟިރާރަށް ވަރަށް ބޮޑު ހިތްދަތިކަމެއް ލިބުނެވެ. ހުއްޓުމެއްނެތި ޟިރާރުގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ދެ ލޯ ފޮހެލުމަށްފަހު ދުރުގައި ހުރި އާމިނައާއި ދިމާލަށް ޟިރާރު ބަލާލީ ކަރު އެލުވާލައިގެން ހުރެއެވެ. ހަތަރު އުދަަރެސް ފެނުޖެހިފައިވާ ފަދައެވެ. ރޫހީ ސަލަމަތްކުރަން ހިތްވަރާއެކީ ފެއްޓި މަސައްކަަތް ފަނުފުލުން ދިޔައީއެވެ. ޟިރާރުގެ ހަރަކާތުން އާމިނައަށްވެސް ކަމެއް ގޯސްވެއްޖެކަން ކަށަވަރުވިއެވެ.

މަޑު ހިނގުމެއްގައި ރިޔާޒްމެން ގާތަށް ޟިރާރު އައިސް ހުއްޓުމަށްފަހު ވެއިޓިންގް ރޫމުގައި މަޑުކުރަން ދާން ބުނެލި އިރު އޭނާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔަތަން ފެނުނެވެ. ދުވަހަކުވެސް ބައްޕަ މިގޮތަށް ރޯން ހުއްޓައެއް ރިޔާޒް ނުދެކެއެވެ. ބައްޕައަށް ވަމުން ދިޔަ ގޮތް ފެނި ރިޔާޒްގެ ހިތަށްވެސް ވަރަށް ފުން އަސަރުތަ ކުރިއެވެ. އެހެންކަމުން ވެއިޓިންގް ރޫމަށް ދާން ހިނގައިގަތް އެންމެންގެ ތެރޭގައި ހުރި ރިޔާޒް އެނބުރި ނަރުސް ކުދިންނާ ދިމާލަށް ދާން ފިޔަވަޅު އަޅާލިއެވެ. އެ ފިޔަވަޅަށް ހުއްޓުމެއް އައީ ރިޔާޒްގެ އަތުގައި ޟިރާރު ހިފެހެއްޓުމުންނެވެ.

*** *** *** *** *** ***

ލިފްޓުގެ ދޮރުފަތް ލެއްޕުމާއި އެކީ ލިފްޓް ދާންފެށީ މައްޗަށެވެ. އެހެންކަމުން މަންޝާ ލިފްޓުގެ އެއް ފަރާތުގައި ލެގިލައިގެން މަޑުން ހުރީއެވެ. ހަތަރުވަނަ ބުރިއަށް ގޮސް ލިފްްޓުގެ ދޮރުފަތް ހުޅުވުނެވެ. އެހިސާބުން މީހަކު ފެންނާކަށް ނެތެވެ. އަނެއްކާވެސް ދޮރު ލެއްޕުމަށްފަހު ލިފްޓު މައްޗަށް ދާން ފެށިއެވެ. އިރުއިރުކޮޅާ ލިފްޓު ތެރޭގައި ހުރި ޒުވާނާއާ ދިމާލަށް މަންޝާއަށް ބެލެމުން ދިޔައެވެ. މިހެން ހުއްޓާ އަނެއްކާވެސް ލިފްޓްގެ ދޮރު ހުޅުވިއްޖެއެވެ. މިފަހަރުވެސް މީހަކު ފެންނަން ނެތުމުން މަންޝާއަށް ހައިރާންކަމެއް ލިބުނެވެ. ނަމަވެސް ހިތަށް ދެން އައި ޚިޔާލުން އެހެންވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ނިންމިއެވެ. އެއީ ހޮޮސްޕިޓަލުގައި އެލިފްޓާ ޖެހިގެން އިތުރު ލިފްޓެއް ހުންނާތީއެވެ. ކުރިން އަނެއް ލިފްޓު އައިސް އެއަށް މީހުން އަރައިފިނަމަ މި ލިފްޓަށް ދެވޭއިރު މީހުން ނެތިދާނެ ކަމެވެ. މިފަހަރު ލިފްޓު ދޮރު ލެއްޕުމާއި އެކީ ތިރިއަށް ދާން ފެށިއެވެ. އަވަހަށް އެ ލިފްޓުން ފައިބަން ބޭނުންވެފައި ހުރި މަންޝާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

ކުއްލިއަކަށް ލިފްޓުތެރޭގައިވާ ބޮކި ނިވިދިއްލެން ފެށިއެވެ. ސިއްސައިގެން ގޮސް މަންޝާއަށް ކައިރީގައި ހުރި ޒުވާނާގެ އަތުގައި ހިފާލެވުނެވެ. ދެވަނަ ފަހަރަށް ބޮކީގެ އަލި ނިވި ދިއްލެން ފެށުމުން، ބިރުންހުރި މަންޝާއަށް ހަޅޭއްލަވައި ގަނެވުނެވެ. ލިފްޓު ތެޅިލިހެންވެސް ހީވިއެވެ. ދެލޯ ހުޅުވާލެވުނު އިރު ލިފްޓްގެ ދޮރުވަނީ ހުޅުވިފައެވެ. ދުވެފައި މަންޝާ އެބަޔަށް ފޭބިއެވެ. ދެފަރާތުން ދެވެން ހުރި މަގުން ވާތް ފަރާތުން އެތެރެއަށް ވަނުމަށް ލިފްޓުން ފޭބި ޒުވާނާ މިސްރާބުޖެހިއިރު މަންޝާއާ ދިމާލަށް އޭނާ ބަލާވެސް ނުލައެވެ.

ރިޕޯޓްބަލާ ދިޔުމަށް ސްލިޕްކޮޅު ނަގަން މަންޝާގެ އަތްދަބަސް ހާވާލަމުން އަތުގައި އޮތް ފޯނު ދަބަސްތެރެއަށް ލިއެވެ. ކުއްލިއަކަށް މަންޝާގެ ސަމާލުކަން ދަމައިގަތީ އެވަގުތު އިވެންފެށި އާދަޔާ ޚިލާފް އަޑެކެވެ. ދަބަހުން ނަޒަރު ދުރުކޮށްލަމުން އެ އަޑު އަންނަ ދިމާލަށް މަންޝާ ބަލާލަން ބޯ އުފުލާލިއެވެ.

ބާވެފައި ހުންނަ ދުއްވާ އެއްޗެތީގެ ފުރޮޅު އެނބުރޭ އިރު ގޮވާ ފާޑުގެ ތޫލި އަޑެއް އިވެމުން ދާތީއެވެ. ދަތް ހީލިކަރުވާތީ މަންޝާއަށް ދެބުމަ ގޮށްޖަހާލަމުން ދަތްކުނޑި ވިކާލެވުނެވެ. އެ ހަމަހިމޭން މާހައުލުން އިވެމުން ދިޔަ އަޑަށް ސަމާލުކަން ދެމުން އެ ޒުވާނާ ދިޔަ ފަރާތަށް މަންޝާ ފިޔަވަޅެއް އަޅާލަމުން ބޯ އަރިކޮށް ބަލާލެވުނެވެ.

ޓްރޮލީއެއް ފާޑު އެއްޗެއްގައި ސާމާނުތަކެއް ހިފައިގެން އަންނަ މީހެއް ފެނުނެވެ. އެ ސާމާނުތައް ނުފެންނާނެހެން މަތީގައި ވަނީ ހުދު ފޮތިގަނޑެއް އަޅާފައެވެ. އެ ޓްރޮލީ ދުއްވަން ހުރި މީހާގެ މޫނަށް މަންޝާ ބަލާލީ ޖެހިލުންވެ ހުރެއެވެ. ހިތް ނުތަނަސްވެ ބިރުގަންނަ ގޮތްވީ އެމީހާގެ ސޫރަ މަންޝާއަށް ސާފުކޮށް ފެންނަ ހިސާބަށް އައުމުންނެވެ.

އޭނާގެ މޫނުމަތީގެ އެއްފަޅިވަނީ ފިހިފައެވެ. ދެލޯމަތީގައިވެސް އައިބުގޮތެއް ހުއްޓެވެ. ބޮލުގައި އެއްވެސް އިސްތައްޓެއް ނެތެވެ. ބުމަ އަދި އެސްފިޔައެއްވެސް ނެތެވެ. ގައިގެ ހަންގަނޑު ހީވަނީ ހިކިގެން ތޮށަލި ލާފައި ހުރިހެންނެވެ. އެމީހާގެ ނަޒަރު ހުއްޓިފައި ހުރީ މަންޝާއާ ދިމާލަށެވެ. ފަހަތަށް ޖެހެމުން ގޮސް ފާރުގައި މަންޝާ ލަށްވެލިއެވެ. ކުރިމަތިން އެމީހާ ހުރަސްކޮށްފައި ދިޔައިރު ކޮންމެވެސް މީހަކު ވައިއަޑުން މަންޝާގެ ކަންފަތް ދޮށުގައި ގޮވާލި އަޑު އިވުނެވެ.

“މަންޝާ…..”

“ކާކު… ކާކު…” މަންޝާ ބިރުން ހުރެ ފަހަތް ބަލާލަމުން ކަންފަތުގައި އަތްހާކާލިއެވެ.

އަނެއްކާވެސް ޓްރޮލީ ދުއްވާފައި ދިޔަ ދިމާލަށް މަންޝާ ބަލާލިއެވެ. ޓްރޮލީ ހިފައިގެން ދިޔަ މީހާ އެމަަގުން ފެންނާކަށް ނެތެވެ. އެމީހާ ލޮލުކޮޅަށްގޮސް ގެއްލޭނެހާ ވަގުތެއް ނުވާކަން މަންޝާއަށް އެނގުނެވެ. އެއީ ހާދަ ބިރުވެރި ގޮތަކަށް ހުރި މީހެކޭ މަންޝާގެ ހިތަށް އެރިއެވެ. އެމީހާ އެހާ އަވަހަށް އެދިޔައީ ކޮންތަނަކަށް ބާވައޭވެސް ހިތަށް އެރިއެވެ.

ގަބޫލުކުރަން ދަތި އެ މަންޒަރު ހިތުން ފޮހެލުމަށްފަހު މަންޝާ ހަނދާންކުރަން މަސައްކަތް ކުރީ އޭރު އޭނާ ކުރަން އުޅުނު ކަންތަކެވެ. އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސަމާލުކަން ގެއްލުމުގެ ސަބަބުން ކުރަން އުޅުނު ކަންތައް މަންޝާގެ ހަނދާނުން ކައްސާލިއެވެ. އެކަމާ ވިސްނަން ފެށުމުން މަންޝާގެ ސިކުނޑިއަށް އައީ އޭނާ ލިފްޓަށް އަރަން ފުރަތަމަ އައިސް ހުރި އިރު ހޮސްޕިޓަލްގެ ތިރީބުރި ހުރި ގޮތެވެ. ވީރާނާވެފައިވާ ފާރާއި، ސީލިންގުމަތިން ފެންނަން ހުރި ކޭބަލްތަކެވެ. އެއިން އެއްވެސް ކަމެއް އެ ތަނުން ފެންނަން ނެތުމުން މަންޝާ ވަރަށް ހައިރާން ވިއެވެ. ނުކުންނަން ދާ ފަރާތަށް ނަޒަރު ހިންގާލުމުންވެސް ނުކުންނަން ހުރި ދޮރު އެދިމާލުގައި ނެތުމުން ކޮންމެވެސް ނުބައެއް އުޅޭކަން އޭނާއަށް އެނގުނެވެ. މިއާދެވިގެން އުޅެނީ އަދި ރަނގަޅު ބަޔަށް ނޫންކަން އެނގުނެވެ.

ލިފްޓު ކުރިމައްޗަށްވާ ގޮތަށްހުރި ސިޑިއާއި ދިމާލަށް ހިނގައިގަތީ އެކަނި ލިފްޓަަށް އަރަން ޖެހިލުން ވީމައެވެ. ސިޑިން މައްޗަށް އަރަމުން މަންޝާ ދިޔައީ ނުބައި ފްލޯއަކަށް އާދެވުނީ ކަމަށް ހީކޮށް ހުރެއެވެ. ސިޑިން މައްޗަށް އަރާ އަރާ ވަރުބަލިވީ އިރުވެސް މަންޝާއަށް އެރެމުން ދިޔައީ އެއް ފްލޯއަކަށެވެ. ހަމަ އެ ހަމަހިމޭން ބަޔަށް ކޮންމެ ފަހަރަކު އާދެވުމުން މަންޝާ އަނެއްކާވެސް ސިޑިން މައްޗަށް އަރަން މަސައްކަތް ކުރަމުން ދިޔައެވެ.

ފަސްފަހަރު އެގޮތަށް ސިޑިން އެރުމުންވެސް އިތުރުއެހެން ބަޔަކަށް ދެވޭގޮތެއް ނުވިއެވެ. ވަރުބަލިވެފައި ހުރި މަންޝާ ހިނގަމުންދިޔަ އިރު ފައި އޮޅޭ ފަހަރުވެސް އާދެއެވެ. މިހެން ގޮސް ހަވަނަ ފަަހަރު ސިޑިން މައްޗަށް އެރި އެރުމުގައި މަންޝާގެ ފަހަތުން ހިޔަންޏެއް އަންނަހެން ހީވިއެވެ. ފަޔަށްބާރުލާ ސިޑިމަތިން ދުއްވައިގަންނަން މަސައްކަތްކުރިއެވެ. މަންޝާގެ ފަހަތުން ޖެހުނު ވައިރޯޅިއެއް އޭނާގެ އިސްތަށިގަނޑާ ކުޅެލިއެވެ. އެ ދަނޑިވަޅުގައި ސިހިގެންދިޔަ މަންޝާގެ ފައި ފުރޮޅުނެވެ. އުސްފައިވާނުގެ ކަށި ސިޑީގައި ހަމަޔަށް ނުޖެހުމުގެ ސަބަބުން ސިޑިން ނުވެއްޓުނީ ކިރިޔާއެވެ. ރޭލިންގް ދަގަނޑުގައި ހިފަހައްޓައިގެން ހުރެވުނުކަން އެއީ މަންޝާގެ ނަސީބެވެ.

ފައި ފުރޮޅުމުން ފަޔަށް ވަރަށް ތަދުވިއެވެ. އުސްފައިވާން ގަނޑު ބާލާފައި އެއްލާލަންވެސް ހިތަށް އެރިއެވެ. ދެން ސިޑިން މައްޗަށް ދާން އިތުރަށް ބޭނުން ނުވާތީ ފޯނު ނަގާ އަޒީމްއަށް ގުޅޭތޯ ބެލިއެވެ. ނަމަވެސް މަންޝާގެ ފޯނު އެވަގުތު އޮތީ ބެޓެރި ހުސްވެގެން ނިވިފައެވެ. “ނޯ.. ނޯ.. މިގަޑީގަތަ އަދި ފޯނު ނިވެންވެސް އެނގުނީ….”

އެންމެފަހުން ވަރުބަލިވެގެން މަންޝާ އައިސް ލިފްޓު ކައިރިއަށް ހުއްޓުނެވެ. ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުން އުނަގަނޑުގައި އަތް ވިއްދާލައިގެން ގުދުވެލީ ހަމަޔަށް ނޭވާ ލެވޭތޯއެވެ. ފައިގެ ކުޑަހުޅުގައި ފިރުމާލީ ކުޑަ ތޫނު ތަދެއް ހުރުމުންނެވެ.

އަނެއްކާވެސް މަންޝާގެ ކަންފަތުގައި ޖެހުނީ އެއްކަލަ އަޑެވެ.

(ނުނިމޭ)

އައްޑޫ ބަަހުން ހުރި ބައިތައް ދިވެހި ބަހަށް ބަދަަލުކޮށްފަ
އަލިބެ ނިގެނޭހެތިޔައު ބެނިމެއިއަސް ތަފިރިން އެޔަ ގިނައި މަ ރިޑިއަރުވާށާ…….. އަވަ ކުރިނަސް ބެނިން…. އަލިބެ ގިނާފެހޭ ރޫހީގެ ދުވަސް ދިއްވާލާށުމައު… އަލިބެ ނުގެންނާށޭ ބުނީމަވެސް ކަލޭމެން އޭނަ ގެނައީ މަ ރުޅިއަރުވަންތަ… މަ ކުރިންވެސް ބުނިން… އަަލިބެ ގެނެސްފިއްޔާ ރޫހީގެ ދުވަސް ދުއްވާލާނަމޭ…..
ރޫހީ… ދިޔޭ.. އެއްތައް ބޭނުމީ؟… ރޫހީ… ދަރިފުޅާ… އެއްޗެއް ބޭނުންތަ؟…..
ދިޔޭ… ކެއިޔަށް މިއަށް މުހީ… ދަރިފުޅާ… ކާކު މިއަތް މޮހުނީ؟….
އަވަ މުހީ… ކެންކެރާނެއި…. އަވަ ބެނިންދީ ތައިކެހި އަލިބެ މިތާން ނިގެނޭހެތިޔައު… މަ މޮހުނީ…. ކީއްކުރާނީ؟…. މަ ބުނިންދޯ ކަލޭކައިރީ އަލިބެ މިތަނަށް ނުގެންނައްޗޭ….
އެކޯ އަވަ ބެނިންދީ އަލިބެ ނިގެނޭހެތިއައު…. ތަފިރިން ހައުދަހައި ސުންޕާއޭ ދީ… ތަފިރިން ހީ ކެރަނީ ތަފިރިންހެއި ދެޅަހި ބާކިން ނެތްކަމަށް ދީ…. ހައް ހައް ހައް ހާ… ރޫހީ ދުވަަސް ދިއްވަލާށުން…. ދުވަސް ދިއްވަލާށުން… އޭރު މަބުނިންދޯ އަލިބެ ނުގެންނައްޗޭ…. ކަލޭމެން ހާދާ ސުންޕައޭ ދޯ… ކަލޭމެން ހީކުރަނީ ކަލޭމެން ހާ ވަރުގަދަ ބަޔަކު ނެތްކަމަށްދޯ… ހައްހައްހައް ހާ…. ރޫހީގެ ދުވަސް ދުއްވާލާނަން… ދުވަސް ދުއްވާލާނަން…
ނޫން… ދަރުމަވޭހެ… ތެހެން ނިހަދައި… ރޫހީ ދޫކޮށްލާފެލަ… އެ ކާލޯ ތައް ކެޑެއި ކޮން އުނދަގުލަށް. ނޫން…. ހެޔޮނުވާނެ…. ތިހެން ނުހަދާ…. ރޫހީ ދޫކޮށްލާ…. އެ މަންޖެ ކަލެއަށްކުރީ ކޮން އުނދަލުލެއް…
ކެހެނަކަށްވީ؟.. އާމިނާ ކިޔެންވީ މިތާން އާއްސެއި ތެހިށީ؟… ކިހިނެއްވީ؟…. އާމިނާ… ކީއްވެ އައިސް މިތާ ތިހުރީ؟….

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ބިރުވެރި

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

މިހިތުގެ ލޯތްބޭ ތީ 9

Next

ފުންއަސަރު 19

Next
March 31, 2016

ފުންއަސަރު 19

Previews
March 30, 2016

މިހިތުގެ ލޯތްބޭ ތީ 9

63 Comments!

  1. mary says:
    March 31, 2016 at 12:42 am

    Superbbbbb…… Mirey kiyunu moya heevejje… Mashah laahikeh noon faahaanaayah vannaakah… Descriptions hama habeys…. Varah molhu kujjeh thee.

    1. Shax Lyn says:
      March 31, 2016 at 12:53 am

      ooh mary… thanks a lot for the compliment… n I feel really sorry…. 🙂

  2. mary says:
    March 31, 2016 at 12:43 am

    Hey… Am the first to comment…. 😉 😀

    1. Shax Lyn says:
      March 31, 2016 at 1:08 am

      yeah… hehehehe

  3. Aimsithu says:
    March 31, 2016 at 12:45 am

    Waow.. nice story.. keep it up grl

    1. Shax Lyn says:
      March 31, 2016 at 1:08 am

      Thanks Aimsithu….. 🙂

  4. Aimsithu says:
    March 31, 2016 at 12:46 am

    Hama inthixaaaruga ovva thi up kohllee. ..

    1. Shax Lyn says:
      March 31, 2016 at 12:14 pm

      🙂

  5. Shaax says:
    March 31, 2016 at 12:48 am

    V v v v reethi..??waiting to nxt part…??

    1. Shax Lyn says:
      March 31, 2016 at 1:11 am

      thanks thanks…. next part Monday……

  6. Nawho says:
    March 31, 2016 at 1:21 am

    Konme episode eh kiyaafr hithah araa mivaahaka ekkoh nimen dhn nukiyrr wait kuraanii eii. Ekm keiy vanii kii nun hamrr kiyeii. Dhn hithah araa night gadii mivaahaka eh nukiyaanameii nidhrrkah nukereiineii birunn ekm iru arandhn vxx keiyy vaniikii noon nukiyrr. Varah habbu ingeii. Btw Rooohi maraa nuli namrr eii hithah araa ?

  7. Shax Lyn says:
    March 31, 2016 at 1:25 am

    varah ufaa vejeee mivaahaka ah ehaabodu interest eh hurivaahaka faalhu kureema… roohee ah vee goiy is sad… ya I knw… keep waiting for the next episode…. 🙂

  8. Anonymous says:
    March 31, 2016 at 1:29 am

    Haadha buruveri ey… vv reethi mivaahaka.. n guess kurevun gothah roohee maraalaafa manshaa ah balany dho

    1. Shax Lyn says:
      March 31, 2016 at 1:48 am

      Thanks Anonymous…. 🙂

  9. Mancha says:
    March 31, 2016 at 1:39 am

    evarah sidin arai feybi iruves nengeytha nubarh ulhey kameh? bireh ves nuganey?

    1. Shax Lyn says:
      March 31, 2016 at 1:50 am

      Mansha ah ingey nubaeh uheykan… mansha masakkaiy kuree ehen floor akaha dheveytho…. dhen vaa goiy aneh episode in ingeyne… 🙂 thanks a lot for viewing ur idea..

  10. Ricky says:
    March 31, 2016 at 2:46 am

    Shax u hav become my fav author!! Dis story is so beautiful.. N thanx for thr translations.. Addu bas ves eba engey konmes varakah mihaaru.. Insha allah u wil be a great author.. U can.. All the best

    1. Shax Lyn says:
      March 31, 2016 at 11:57 am

      Thanks a lot Ricky….. 🙂 🙂

  11. thoo says:
    March 31, 2016 at 4:57 am

    ehman nakah neygene rashu bahehe dhw…

    1. Jumbo says:
      March 31, 2016 at 7:01 am

      Emmennah neygeyne thee dhoo, addu bas translate koddheefa eh innaanee vaahaka nimmaafa….rangalhah kiyaafa comment kobbala…jessumah comment kurevey tho balaaathi adhives….:p

    2. samy says:
      March 31, 2016 at 9:41 am

      vaahaka nimmaafa ayas v undagu,ei jessumah kura comment eh nun,, konme faharaku vaahka nimmaafa vaahka in ebas hoadaafa translate balaafa ,anekkaa vaahaka in aneh bas hoada translate belumaky faseyha kameh nun…vaahakaige baeh bastah neyngi vaahaka kiyan v ma undagu ,,2 baheh varu huttas translate balan undagu nuvius gina bas huryma v undagu,, aduu bas engey myhunakah mi undaguleh ihsaaseh nuvaane

    3. Shax Lyn says:
      March 31, 2016 at 12:01 pm

      I agree.. emmenah addu baheh neyngeyne… even I don’t know… dhen huri episodes thakuga miah vureh faseyhain inngeyne gothah genesdheynan…. sorry u had to go through up n down again n again to see the translation…. 🙂 😀 adhi effaharu varah bodah sorry ey bunelaanan… I promise after next episode u wont face that disturbance…

  12. princess says:
    March 31, 2016 at 6:07 am

    Shaaz e hunnaniinu enmennah ingeygothah translate khdhyfa dhww…vrh riithi mi prt…gd luck

    1. Shax Lyn says:
      March 31, 2016 at 12:11 pm

      Thanks.. princess… 🙂

  13. Anonymous says:
    March 31, 2016 at 8:43 am

    vaahaka ninmaafa addu bas translate kohdhyfa huttas v undhagu…. dhn vaahakaige medhuthereyga vaanuvaa neyngifa hunnan jeheny…. btw story is amazing…

    1. Shax Lyn says:
      March 31, 2016 at 12:12 pm

      thanks Anonymous… next time translation bai eyah vureh faseyhain ingeyne gothakah genesdheynan 🙂

  14. Siha says:
    March 31, 2016 at 9:22 am

    Shax v molhu ingey sifakurun thah heevany filmeh ge therey ulhevey hen… dhn nukereyne hospital ah dhaakah ves v biru veri…

    1. Shax Lyn says:
      March 31, 2016 at 12:13 pm

      Thanks Siha…. ekani nudhaachchey hospital ah 🙂 😉

  15. mashay says:
    March 31, 2016 at 11:11 am

    Shaz ma varah nugulhay commteh kohlaanan.rayga huvafenun fennananee konmes vaahaka eh liyanfeshi liyuntheriyaku filaigen ulhenikoh. Kiyuntherin nna vaahaka site in emeehaku hodhany.

    1. Shax Lyn says:
      March 31, 2016 at 12:09 pm

      hehehe… Im sure… its not me … 🙂
      thi huvafenakee varah thfaathu huvafeneh… 😉 it shows how much u read stories online koh…. and maybe that writer vaahaka fattaafa ekkoh nunimmaa fileekamah…. 🙂 mi vahakayaa nugulhunas thee varah fun maanaeh dheyhavaa cmmenteh…

  16. someone who loves shaax says:
    March 31, 2016 at 11:40 am

    i love addu bas.. kiyethy v ufaavey

  17. someone who loves shaax says:
    March 31, 2016 at 11:41 am

    i love addu bas.. addu bahun kiyethy v ufaavey.. waahaka v v salhi.. ibaraai kurun habeys.. mansha ge relative eh dhw aamina ei

    1. Zully says:
      April 2, 2016 at 9:08 pm

      Mansha n aimina aa relative vaane gotheh nuvisnunu. I think they met for the first time at hospital.

    2. Shax Lyn says:
      April 3, 2016 at 1:04 am

      vaahaka kiyamun dhaairu ingeyne mansha n amina yaa gulhumeh othas nethas…. 🙂 thanks for ur love n support…:)

  18. Sienna says:
    March 31, 2016 at 1:49 pm

    shaazz… Good job sis ingea… v salhi…. ekam birun goss virenee mi… moonu fihifaey buneema hadhaanvee reyga beli film akun ves ekahala trolly eh hifaigen moonu fihifa huri meehaku dhiyaee… adhi efilm ga ulhunee ves siennaa aai v vatharu kujjeh.. birun goss halaaku nuvee kiriyaa… hadhaan nethifa huttaa dhenme thi remind kohdhinee… Anyways shaax your story is so cool sis

    1. Shax Lyn says:
      April 3, 2016 at 1:05 am

      hehehe thanks Sienna…. 🙂

  19. Ammadey says:
    March 31, 2016 at 3:47 pm

    Monday is too late >,<

    1. Shax Lyn says:
      April 3, 2016 at 1:06 am

      🙁 sorry if im making u wait so long….

  20. ram says:
    March 31, 2016 at 5:26 pm

    wow nice keep itup

    1. Shax Lyn says:
      April 3, 2016 at 1:06 am

      ram thanks a lot 🙂

  21. iffa says:
    March 31, 2016 at 10:22 pm

    Iffa a heevany e jinni kanneage e dhigu dhon kuhjjaa akyves adhi e trolly dhuvvamun dhiyaeeves… Anehkka roohi maraalaafa eulheny manshaa a alhaaganegen kanneage.. Oh god… I can image it.. Any way vvvvvvvv reeethi hama superp ?hama rose e dheveany shaxx a…

    1. Shax Lyn says:
      April 3, 2016 at 1:07 am

      thanks for the lovely rose… n red rose is my favorite… thank u 🙂

  22. ken? says:
    March 31, 2016 at 10:55 pm

    i feel v scared so even if it’s uploaded in nyt time i read it only in day time….heheh…shax hama molhy sifakurunthakah ehenveema vaa gothekey mee…i cn imagine everything wen m reading it…feel like m thr too ehnve aslu bodah birugannanee…ekamves heyo vaahaka nimendhen kiyaanan..
    thankx fr de lovely story ?

    1. Shax Lyn says:
      April 3, 2016 at 1:08 am

      thank u so much… ehaa birun hureves vaaahaka kiyaathy varah ufaa vejje…. 🙂 ;*

  23. shiff says:
    April 1, 2016 at 12:07 am

    mivaahaka biruveri kamun reygandu nukiye .. bt hama varah varah habeysss… birugathas kiyaanan.. latly ur the only writer u presents the best stories in this site… keep it up gal.. love u

    1. Shax Lyn says:
      April 3, 2016 at 1:09 am

      this means a lot shiff….thanks a lot…. 🙂

  24. gurey says:
    April 2, 2016 at 1:34 am

    Wow… Beautifully described…. This story is superbbbbbbbb. Mwaah

    1. Shax Lyn says:
      April 3, 2016 at 1:10 am

      hey gurey.. thanks a lot … mwaahhh

  25. livee says:
    April 2, 2016 at 5:01 am

    vaahakaa medhe nikandai nimeythaan ginaas dhei wa… v v nala vaahakaah.. komme gothah hadhai as nimmaahethi plz

  26. livee says:
    April 2, 2016 at 5:01 am

    vaahakaa medhe nikandai nimeythaan ginaas dhei wa… v v nala vaahakaah.. komme gothah hadhai as nimmaahethi plz

    1. Shax Lyn says:
      April 3, 2016 at 1:14 am

      mi vaahaka nimeythikoh ginaas dheyshun… varah bondah shukuriyyaa mi vaahaka keyhedhi… 🙂

  27. Reesham says:
    April 2, 2016 at 5:21 pm

    Mee v interesting story eh.. shax v molhu..mivaahakaiga addu bas beynun khfa huryma adhi v kiya hiyy vey.. shaxx plx avahah up khdheycheyy

    1. Shax Lyn says:
      April 3, 2016 at 1:15 am

      mi vaahaka upload kuranee komme hafthaaehggee Monday n Thursday….. thanks a lot 🙂

  28. Zully says:
    April 2, 2016 at 9:06 pm

    Habeyskamaeve. U have been a fine writer. Hope mi level ga hifahattaane kamah. Liyumuge pattern salhi. Zul ah ves masaalakah v addu bahuge translation thiryga inyma. Liked it a lot. Goodluck

    1. Shax Lyn says:
      April 3, 2016 at 1:17 am

      In-Sha Allah… ill try my best….. next episodes thakuga addu bahun huri bai kiyan faseyha vaaney gothah gennesdheynan…. thanks a lot…:)

  29. Maisha says:
    April 3, 2016 at 12:49 am

    Vrh reethi mi vaahaka ! ?

    1. Shax Lyn says:
      April 3, 2016 at 1:17 am

      Thanks Maisha… 🙂

  30. shimayaa says:
    April 3, 2016 at 5:46 pm

    V v rythi mivahaka, hama hyvani vahakaige thereyga ulheveyhenn, manxaruthah bunethyfa hurileh v v furihama, Gud luck, waiting 4 next part 🙂

  31. Kalw says:
    April 4, 2016 at 12:54 pm

    Mi dhn evves biruveri eh nun.. Nidhan nukerigen thelheykah… Haadha findi baekey dhw…

  32. aish aleena says:
    April 4, 2016 at 2:26 pm

    shaaxu ingeytha i am really scared of hospitals adhi specially igmh varah creepy thaneh eii dhethin faharaku gehlen ves gelunu i hate it
    i love this story ingey awesome wordings

  33. Haw says:
    August 12, 2016 at 10:32 am

    Dhen addu bas neyngeythy v foohi kiyan.. Addu meehunah khaassa vaahaka eh dhw..maana balan mijeheny hoadhan

  34. zau says:
    October 22, 2016 at 6:42 pm

    i want addu words to be included in this story. aslu story ge reethi kamaky ae kama zau dheken. aadu bas dhaskuran beynunva meehuna vara rangalhu furusateh mee.. so enjoy guys. don’t be so dump. konme faharak translation ge baibalaafa anekaa story continue kuranya foohivx vaane neygunas eko kiyaalafa translation ge bai go through kolyma i think it wiil be easy for those who don’t understand. im also doing same. even i don’t understand some words. but learning new words is lot of fun. so shax i requesting you to not to cut aadu words in this story. pretty please………………… love the story………

  35. Buffulhi says:
    November 5, 2017 at 12:10 pm

    vaahaka kiyaairu addu baithah evves varakah saafeh nuvey..anekkaa ekkoh nimmaafa translation keema vaahakaiga veegoih olhunfilanee 🙁

Comments are closed.

Next Episodeމަންޝާ (ފަސްވަނަ ބައި)←


All Right Reserved!