Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފެންނާތީ ޔާރާގެ މޫނު (8)

Sinnu
April 6, 2016
5 Mins Read
42 Views
17 Comments

“އަޅުގަނޑު ވަރަށް ގިނައިން ތި ގެއަށް ދަން… އެކަމް ދުވަހަކުވެސް ދުކެގެން ނާވީ މެންގެ ބައްޕައެއް.. ކޮބާ ނާވީމެންގެ ބައްޕަ؟ ނައި ކައިރީގައި އަހާލިޔަސް ބުނާނެ އެވާހަކަ ދައްކާކަށް ބޭނުމެއް ނޫނޭ” މިޝިޔާގެ އެހެން އަހާލުމުން ނާވީގެ މޫނުގައި އުފާވެރިކަން އެއްކޮށް ފިލައިގެން ހިނގައްޖެއެވެ.

“ބައްޕަ ފެނުން އެއީ އެހާ މުހިންމު ކަމެއްތަ؟” ނާވީގެ ވާަކަ ދެއްކުމުގެ ރާގަށް ކުއްލިއަކަށް ބަދަލު އައުމުން މިޝިޔާ ދުރަށް ޖެހިލިއެވެ.

“އޯ.ކޭ… އެހެން ވިއްޔާ!! ނާވީ ތި ކިޔަވަނީ ކޯއްޗެއް؟” ހިނިތުން ވެލަމުން މިޝިޔާ އަހާލިއެވެ. ހީވަނީ ގަނެފައިވާ ބިރު ފިލުވާލަމުން ބުނެލިއެވެ.

“މެޑިސިން…” ދުރަށް އެނބުރިގެން ހުރި ނާވީ ބުނެލިއެވެ. ކޮންމެވެސް ކަމެއް ގޮސްވެއްޖެކަސް މިޝިޔާއަސް އެނގުނު ނަމަވެސް އަހާކަށް ނުކެރުނެވެ. ދެމީހުންގެ މެދުގައިވެސްވީ އާދަޔާ ހިލާފު ހިމޭން ކަމެކެވެ. އެންމެ ފަހުން ނާވީ  މާލެދާން ބޭނުން ވުމުން މިޝިޔާ އެއްވެސް ދެކޮޅެއް ނުހެދިއެވެ.

ގެއަށް ވަން މިޝިޔާ ފެނުމުން މާޒް ވަރަށް ސުވާލު ކޮއްލިއެވެ. އޭނާގެ ފައިގައި ހުރި ދޮންވެލިތައް ފެނުމުން އައީ ކޮން ތަނަކުން ތޯވެސް އަހާލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއްނުދީ އެތެރެއަށް ވަދެގެން ދިޔަ މިޝިޔާއަށް ބަލަން މާޒްއަށް ހުރެވުނީއެވެ. ކޮޓަރީގައި އޮތް މިޝިޔާގެ ކަންފަތް ބުޑުގައި އިވެމުން ދިޔައީ ނައުޝާގެ ބަސްތަކެވެ. ނާވީއަކީ ހަމަ އެކަހަލަ މީހެއް ހެއްޔެވެ؟ ދެހިޔާލެއްގައި އޮވެފައި މިޝިޔާ ގުޅާލީ ނައުޝާއަށެވެ. އަދި ނާވީގެ ނަންބަރު ހޯދީ އޭނާ އަހަން ބޭނުންވި ވަރަށް ގިނަ ވާހަކަ ހުރުމުންނެވެ.

ޖެހިގެން އައި ދުވަހަކީ ވަރަށްވެސް ވިއްސާރަ ދުވަހެކެވެ. މާލޭގެ މަގުތައްމަތިވަނީ ވަރަށް ބޮޑަށް ފެންބޮޑު ވެފައެވެ. ނާވީއާއި ފިރާޝާ ދެމީހުން ތިބީ ބާގަރ ޕޮއިންޓްގައެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭއަށް ބަލަންއިން ނާވީ ދޭތެރެއަކުން ހިނިތުން ވެލައެވެ. ފަޒާގައި ހިފާފައިވާ ފިނީގެ ސަބަބުން އޭނާގެ ނޭފަތްވެސް ވަނީ ރަތްވެފައެވެ. ފިރާޝާއިނީ އޭނާގެ މިލްޝޭކްގައި ހިފަހައްޓާލައިގެންނެވެ. ދޭތެރެއަކުން ފޯނަށްވެސް ބަލާލަމުން ނޭފަތް ދަމާލައެވެ.

“ނާވީ ޔު ލައިކް މިޝީ ދޯ؟” ކައިރީގައި ފޯނު ބާއްވަމުން ފިރާޝާ ތުންފަތުގައި ހުރި މިލްކްޝޭކް ކޮޅު ބޮއެލިއެވެ.

“ހޫމް.. އެކަމް ނޭނގެ ކީއްވެ ކަމެއް ސީރިއަސްވާން ބޭނުން ނުވަނީ..” ވެހެންމުން ދިޔަ ވާރެއަށް ގެއްލި އިނދެގެން ނާވީ ބުނެލިއެވެ.

“ދެން އަހަންނާއެކު ތިއުޅެނީ.. އައި ނޯ ޔު ލަވް ހަރ..” ފިރާޝާގެ އެ ޖުމްލައިން ނާވީގެ މޫނު އެއްކޮށް ހުދުވެގެން ހިނގައްޖެއެވެ.

“ފިރާ އަހަންނެއް ބޭނުމެއް ނޫން އެކަހަލަ ކުއްޖެއް ބުރޭކް ކޮއްލާކަށް.. މިޝީ އިނޮސެންޓް އޭ” ނާވީ އެހެން ބުނެލަމުން ފިރާޝާގެ އަތުގައި ހިފާލިއެވެ.

“ޔޫ މީން އަމް އީވެލް” ފިރާޝާ އެހެން ބުނުމުން ދެމީހުނަށް އެއްފަހަރާހެން ހީގަނެވުނެވެ. ފިރާޝާގެ ފޯނު ރިންގް ވާން ފެށުމުން އޭނާ ނާވީއަށް ސްކްރިނަށް އަރާފައިވާ ޒަޔާންގެ ނަން ދައްކާލިއެވެ. އަދި ފޯނު ނަގަމުން ވަރަށް ރީތިކޮށް ވާހަކަ ދައްކާލިއެވެ. ހީވަނީ ރީތި ލޯބީގެ ޑްރާމާއެއް ކުޅެލި ހެންނެވެ.

“ނާވީ އަމިއްލަ މީހާގެ އިހުސާސްތައް ނޭނގުނަސް އެހެން މީހުންނަށް ދެރަ ދޭކަށް ނުވާނެ.. އެއީ އެހާ ރަނގަޅު ގޮތެއް ނޫން” ފިރާޝާ ނާވީގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“ވަރަށް މޮޅު.. ދެން ފިރާ ޒަޔާންއަށް އޮޅުވާލަނީ” ނާވީ އެހެން ބުނުމުން ފިރާޝާ މޫނުގެ ކުލަވަރު އޮއްސިއްޖެއެވެ. ވާރޭ ތުނިކޮށްލިތަން ފެނުމުންގެއަށް ގެންގޮސް ދިނުމަށް ބުނީވެސް އެހެން ވެގެންނެވެ.

ކޮޓަރިއަށް ވަތްގޮތަށް އެންމެ ފުރަތަމަވެސް ނާވީ ބޭނުންވީ ފެންވަރާލާށެވެ. ފިނި ދުވަހެއް ކަމުން ފެންވަރާލައިގެން އައިސް އޮށޯތުމާއެކުހެން އޭނާއަށް ނިދިއްޖެއެވެ. ހޭލެވުނީ ނުދަންނަ ނަންބަރަކުން ފޯނަށް  ގުޅާވަރުންނެވެ. މޯޅިއަކަށް ދެމިލަމުން ނާވީ ފޯނު ކަނޑާލިއެވެ. ކަނޑާލުމާއެކުހެން އަނެއްކާވެސް އެ ނަންބަރުން ގުޅައިފިއެވެ. ފޯނު ވައިބްރޭޓްއަށް ލުމަށްފަހު ނާވީ އަނެއްކާވެސް ފެންވަރާލައިގެން ތާޒާ ވެލިއެވެ. އެފަން އިސްތަށިގަނޑު ފެނާއި ތެމެމުން ދާވަރަކަށް އޭނާގެ ރީތިކަން ދިޔައީ އިތުރު ވަމުންނެވެ. ފާހާނާއި ހުރެފައި ކުއްލިއަކަށް ނާވީ މިޝިޔާގެ މަތިން ހަނދާން ވިއެވެ. އެހެން އަންހެން ކުއްޖެއްނަމަ މިހާރު އޭނާއަށް ގުޅައިފީހެވެ.

ބޭރާށްދާން ހިތަށް އަރާފައިވެސް ނާވީ މަޑޫކޮށްލީ ގޭގައެވެ. މަންމަމެންވެސް ވިލިގިއްޔަށް ގޮސް ވުމުން މުނިގެ ވަނީ އޭނާއަށް ލިބިފައެވެ. އެ ފިނި މާހައުލުގައި ކޮފީއެއް ހިފައިގެން ހުރި ނާވީ ސިއްސުވާލީ ގޭގެ ދޮރުގައި މީހަކު ޖެހުމުންނެވެ. މޭޒުމަތޫގައި ތަށި ބަހައްޓާލުމަށްފަހު އަވަހަށް ދޮރާއި ދިމާލަށް ހިނގައި ގަނެފިއެވެ. ކުރު ސޯޓު ކޮޅުގައި ގޮސް ގޭގެ ދޮރުގައި ހުޅުވާލި ނާވީ ފުރަތަމަ ފަހަރަށް ލަދު ގަންނަގޮތް ވިއެވެ. ގޭގެ ދޮރުމަތީގައި ހުރި މިޝިޔާ ފެނުމުން މިފަހަރު ރަތް ކުލަ ވެރިވީ ނާވީގެ މޫނަށެވެ. އެ ދޮން ރީތި ހަށިގަނޑު ފެނުމުން މިޝިޔާވެސް ހީލިއެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އޭނާގެ މޫނުވަނީ ހުދުވެފައެވެ.

އެތެރެއަށް ވަނުމަށް އިޝާރާތް ކޮއްލަމުން ނާވީ ގޮސްވަނީ ކޮޓަރިއަށެވެ. ފެހި ކުލައިގެ ޓީޝާޓެއް ހިފައިގެން އައިސް ބޮލަށް މަހާލި ގޮތްވެސް މިޝިޔާއަށް ކަމުދިޔައެވެ. ގޭގައި ދެމީހުން އެކަނި ވެފައި އެކަކަށްވެސް ދައްކާނެ ވާހަކައެއް ނޭނގުނެވެ. ފަހަރަކު ޟިހަކަށް ބަލާލާފައި ހީލުން ނޫން ކަމެއް ނުވެއެވެ. ހީވަނީ ލަދުންގޮސް ވިރޭ އުޅޭހެންނެވެ. ސޯފާގައި އިށިނދެއިން މިޝިޔާ އިނީ އިނގިލި ތަކާއި ކުޅެލަ ކުޅެލައެވެ. ނާވީ ކުޑަކޮށްވެސް މިޝިޔާއާއި ކައިރި ވާކަށް ބޭނުމެއް ނުވެއެވެ. އަތުން ފައިން ގޯހެއް ހެދިދާނެއެވެ. އޭނާ އެކަހަލަ ކުއްޖަކަށް އަނިޔާއެއް ދޭކަށް ބޭނުމެއް ނުވެއެވެ. އޭނާއަކީ ަބަދުވެސް ބޭނުން ފުދުމުން އަންހެން ކުއްޖާ ދޫކޮއްލާ މީހެކެވެ.

ފޯނެއް އައުމުން މިޝިޔާ ފޯނު ނަގައި ވާހަކަ ދައްކާލުމަށްފަހު ބާއްވައިފިއެވެ. ނާވީ ވާހަކައެއް ބުނަން އުޅެފައިވެސް ބޯ ހޫރާލުމުން މީޝިޔާ ވާހަކަ ފެށިއެވެ. ހީވަނީ ލެތްމަދުވެފައި ހުރިހެންނެވެ.

“އަޅުގަނޑު ދާން ވީތަ؟ ވަރަށް ގުޅިން ނާވީއަށް.. ފޯނު ނުނަގާތީ މިއައީ” ދުރަށް ބަލަހައްޓައިގެން ހުރި ނާވީއަށް ބަލާލަމުން މިޝިޔާ ބުނެލިއެވެ.

“ނޫން..” މިޝިޔާ ހިފަހައްޓާ ކަހަލަ ގޮތަކަށް ނާވީ ބުނެލިއެވެ. އޭރު އޭނާގެ ލޮލުން އެހެންނާ ނުފެންނަ ކުލަވަރެއްވެސް އެބަހުއްޓެވެ.

“މިޝީ… އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފަ.. މިޝީތީ ބޮޑު ކުއްޖެއްނު ދޯ” ނާވީ އެހެން ބުނެލުމުން މިޝިޔާގެ އަތް އެއްކޮށް ފިނިވެއްޖެއެވެ. ނޭވާވެސް އަވަހަށް ލެވެން ފެށުނީ ކީއްވެ ކަމެއް ނޭނގެއެވެ. އަނގައަށް ހަދާލި ގޮތުން އެއްޗެކޭ ބުނަން އުޅުނު ހެންވެސް ހީވިއެވެ. ނާވީ ފުންކޮށް ބަލާލުމުން އެބުނަން އުޅުނު އެއްޗެއް އޭނާއަށް އިނގުނު ފަދައެވެ. ނައުޝާ ބުނީ ތެދު ވާހަކައެއް ހެއްޔެވެ.

“މިޝީ… ބޭބީ އައި” ނާވީއަށް އެހެން ނުބުނެވިގެން އުޅޭނިކޮށް މިޝިޔާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ފެނުމުން އޭނާ މަރުނުވީ ކިރިޔާއެވެ. އަންހެން ކުއްޖަކު ރޯތަން ފެނުމުން ދުވަހަކުވެސް އޭޏާ އެހާ ދެރައެއް ނުވެއެވެ. އަނގައިން އެންމެ އަޑެއްވެސް ލައްވާ ނުލާ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކަށް ބަލަން ނާވީއަކަށް ނުހުރެވުނެވެ. ބާރަށް ހިނގާލާފައި ގޮސް މިޝިޔާގެ ތުންފަތަށް ބޮސްދިނެވެ. ކޮންޓްރޯލް ކުރަން ބޭނުންވި އިހުސާސްތައް އޭނާއަކަށް ދެނެއް ކޮންޓްރޯލްއެއް ނުވާނެއެވެ.

“ކަމް ވިތް މީ” މިޝިޔާގެ އަތުގައި ހިފާ ދަމާލަމުން އޭނާ ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. މިޝިޔާއަށް ދުނިޔޭގައިވެސް އެހާ ފޮނި އިހުސާސްތަކެއް ނުކުރެވެއެވެ. އެންމެފަހުން ވަރުބަލިވި ކުއްޖާއަށް ނާވީގެ އަތްމަތީގައި އޮވެ ނިދުނީއެވެ. ގައިގައި އެންމެ ފޮތިކޮޅެއް ނެތްއިރު އެހަށިގަނޑު މާ ތުނިހެންވެސް ނާވީއަށް ހީވެއެވެ. އެހެން މީހަކާއިއެކު ގޯސްގޮތަކަށް ނޫޅޭކަންވެސް ނާވީއަށް އެނގި ޔަޤީން ވިއެވެ. ނަމަވެސް ދެން މިޝިޔާ މީހަކާ އިނުމުން ފިރިމީހާއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ. ނާޥީއަށް ބޮލުގައި ހިފަހައްޓާލެވުނެވެ. ކުރެވުނު ކަންތައް މިއެނގުނީ އަދި ކިރިޔާއެވެ. ޒިނޭއަކީ މާތް ﷲ އެންމެ ބޮޑު ފާފަތަކުގެ ތެރޭން ލައްވާފައިވާ އަމަލެކެވެ. މިކަމުގެ އަދަބު ދުނިޔެއިންވެސް އާހިރަތުންވެސް އޭނާއަށް ލިބޭނެއެވެ.

މިޝިޔާއަށް ހޭލެވުނުއިރު ރޭނގަޑު ވެއްޖެއެވެ. އަވަހަށް ތައްޔާރު ވެލައިގެން ނާވީގައި ބައްދާލުމަށްފަހު އޭނާ ދިޔައީ ގެއަށެވެ. ނާވީ ނިދާފައި ކަމަށް ހެދިގެން އޮތޫވެސް މިޝިޔާއަށް ބަލަން ބޭނުނ ނުވުމުންނެވެ. ހިތުގައި ޖެހެމުން ދިޔަ ނާވީ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. ދުވަހަކުވެސް އޭނާ މިކަހަލަ ރީތި މައުސޫމ އަންހެން ކުއްޖަކު ނުދެކެއެވެ. ނަމަވެސް އެ މައުސޫމްކަންވެސް މިއަދު އޭނާއަށް މިލްކު ވެއްޖެއެވެ.

ގެއަށްއައި މިޝިޔާ ހުރީ ވަރަށްވެސް ހިނިތުން ވެފައެވެ. ހީވަނީ ދުނިޔޭގެ ހުރިހާ އުފަލެއް ލިބިގެން އައިސް އުޅޭހެންނެވެ.  ނަމަވެސް ނައުޝާ ބުނި ވާހަކަ ތަކަކީ ދޮގެއްކަން މިއަދު އޭނާއަށް އިނގިއްޖެއެވެ. އޮޅޫމެއްގެ ތެރޭގައި ހުރި ނަމަވެސް މިޝިޔާ ހުރީ ވަރަށް އުފަލުންނެވެ. ނާވީގެ މޫނު ފެންނަ ކޮންމެ ފަހަރަކު މިޝިޔާގެ މެޔަށް ފިނިކަމެއް ލިބުގެން ދިޔައެވެ. ނިދަން އަރާއޮތް މިޝިޔާއަށް ކުރެވުނީ ކިހާބޮޑު ކަމެއްކަން ވިސްނުނީ ބަންގިދިން އަޑު އިވުމުންނެވެ. ވަގުތުން ރޮވިއްޖެއެވެ. އޭނާއަށް ފާހާނާއަށް ވަދެ ފެންވެރުނު އަދަދެއްވެސް ނޭނގުނެވެ. ނަމާދު ކުރަމުން ދިޔައިރުވެސް އެ ރީތި ދެލޮލުން ކަރިނަ އޮހެމުން ދިޔައެވެ.

ނާވީގެ ޗުއްޓިވެސް ނިމެން ދިޔައީ ކުޑަ ދުވަސް ކޮޅަކަށް ވަމުންނެވެ. ދެތިން ދުވަހަކު މިޝިޔާ ބައްދަލު ކޮއްލުމަށްފހު ނާވީ އުޅެން ފެށީ މިޝިޔާއާއި ވަރަށް ދުރުންނެވެ. އޭގެ ފަހުން 15 ދުވަސް ވީއިރުވެސް މިޝިޔާއަކަށް ނާވީގެ ހަބަރެއް ނުވެއެވެ. ކާމޭޒު ކައިރީގައި އިން މިޝިޔާއަށް ކުޅިމަހުން ނުބައި ވަސް ދުވަން ފެށުމުން ނޭފަތުގައި ހިފާލިއެވެ.

“މަންމާ ކުނިވެފަ ހުރި އެއްޗެއް މީ؟” އޯކާ ދެމެމުން ގޮސް މިޝިޔާ ފާހާނައަށް ވަންނަމުން މިޝިޔާ ބުނެލިއެވެ.

“ނޫނޭ ދަރިފުޅާ.. މަންމަ ދެންމެ ކެއްކި އެއްޗެއް ތީ” ކޮޓަރިއަށް ދުވެފައި ދިޔަ މިޝިޔާއަށް ބަލާލަމުން ޔާސްމީން ބާރަށް ބުނެލިއެވެ.

“އެކަމް ވެސް ހާދަ  ނުބައި ވަހެކޭ” މިޝިޔާވެސް ބާރަށް ބުނެލިއެވެ. ބޮލަށް އެނބުރުން އަރާހެން ހީވުމުން މިޝިޔާ އެނދުގައި އޮށޯވެލިއެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ މިއަދު ކެއްކި އެއްޗަކުން އެވަސް ދުވަންވީ ކީއްވެ ހެއްޔެވެ؟ ފޯނުން ކަލަންޑަރ ބަލާލުމުން މިޝިޔާ މެޔަށް ހީވީ ފެންއެއްޗެއް އަޅާލިހެންނެވެ. އޭނާގެ ތާރީހު ބަދަލު ވީ ހެއްޔެވެ! އެހެން އޮއްވައި ހޮޑު ލަވައި ގަތުމުން ދުވެފައި މިޝިޔާ ފާހާނައަށް ވަދެއްޖެއެވެ.  ހޮޑުލެވިލެވި ގައިގައި ވަރެއްވެސް މިޝިޔާގެ ނެތެވެ.

އެނދުން ތެދުވެގެން ގޮސް ލެޕް ޓޮޕް ހުޅުވާލަމުން މިޝިޔާ ޕްރެގްނެންސީ ސިމްޓޮމްސް ސާޗް ކޮއްލިއެވެ. ލެޕްޓޮޕުން ފެންނަމުން ދިޔަ އެއްޗެހި ކިޔަމުން ދިޔަ ވަރަކަށް މިޝިޔާގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. އޭނާ ދިރިއުޅުން މި ފަދަ ބަދަލި ގޮތަކަށ  ބަދަލު ވެދާނެ ކަމަކަށް އެންމެ ފަހަރަކުވެސް ހިއެއް ނުކުރެއެވެ. އެންމެ ފަހުން ލެޕްޓޮޕް ސޮކިރީން ފުސްވަމުން ދިއުމުން އޭނާ އެވެސް ލައްޕާލިއެވެ. ކުޑަ ރިހުމެއް ގައިގާ ހުރުމުން މިޝިޔާ ރީތިކޮށް އެނދުގައި ލެގެލިއެވެ. ޔަޤީން ކުރަން ބޭނުން ވެފައި ހުރި މިޝީޔާ އަކަށް ކެތެއް ނުވިއެވެ. ތައްޔާރު ވެލައިގެން އަވަހަށް ފާމަސީއަކަށް ދިޔައީވެސް އެހެންވެއެވެ.

މަގުމަތިން ދިޔައިރުވެސް މިޝިޔާއަކަށް އެއްވެސް ތަނެއް ނުފެނެއެވެ. އެއްވެސް ކަމެއް ނުވެސް ވިސްނެއެވެ. ޕްރެގްނެންސީ ކިޓް ގަތް އައިސް ވަންއިރު މިޝިޔާގެ ހިތް ވަރަށް ބާރަށް ތެޅެމުން ދިޔައެވެ. އަވަހަށް ގޮސް ފާނާއަށް ވަދެ ޓެސްޓް ހަދާލިއެވެ. ނަތީޖާއަށް ދެތިން މިނެޓް މަޑުކޮއްގެން ހުރިއިރުވެސް އޭނާއަށް ހީވީ ދެ އަހަރު ހެންނެވެ. މިޝިޔާ ބަލަން ހުއްޓައި އަރައިގެން ދިޔަ ރަތް  ދެ ރޮނގު ފެނުމުން މިޝިޔާއަށް ބާރަށް ރޯން ފެށިއްޖެއެވެ. އެންމެފަހުން އެ ރުއިން ގިސްލުމަށްވެސް ބަދަލު ވެގެން ހިނގައްޖެއެވެ.

nunimey

12
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Sinnu

Other Articles

Previous

ހާދަހާވޭ ކުރާހިތް ސަމާސާ 9 ވަނަ ބައި

Next

ފުންއަސަރު 21

Next
April 6, 2016

ފުންއަސަރު 21

Previews
April 6, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 9 ވަނަ ބައި

17 Comments

  1. aish says:
    April 6, 2016 at 11:46 am

    haadha kurey stry v nice

  2. Mari says:
    April 6, 2016 at 11:51 am

    V salhi …ekam hadha kureyyyyy..avahah up koh dhehcheyy..waiting for the nxt part..

  3. rediiii says:
    April 6, 2016 at 11:52 am

    Haadha kurey.. n ehaa lahun up kuranee.. bt story is nice.

  4. Nishoo says:
    April 6, 2016 at 12:10 pm

    Sinnu kyhvetha ehaa lahun up kurany

  5. Rix says:
    April 6, 2016 at 12:14 pm

    V reethi ekamaku maa kuru bunymehnun dhigu kuraanamey ekamaku……………….

  6. fahy says:
    April 6, 2016 at 12:30 pm

    Vaahaka reethi akam ahaalahun up kuraairuvex v kuru ahanve foohi

  7. ❤shinni❤ says:
    April 6, 2016 at 1:12 pm

    Hmmmm Nice nice… bt miahvure thankolheh dhigukh genesdhyba.. Eyrah ufalun indhegnn kiyeyny.. mihaaru thankolheh kiyaalaafa scroll khlaaa irah mi innany nimifa.. Ehnve foohi… plx, make it little bit longer.. k?

  8. Sinnu says:
    April 6, 2016 at 1:27 pm

    Okay guys.. in shaa allah dhigu kuraanan.. and adhives ehfaharu sorry

  9. resshhhh says:
    April 6, 2016 at 1:36 pm

    buni dhigukoshey

  10. mash ahy says:
    April 6, 2016 at 1:54 pm

    Thi dhenn maaa kuryyy dhwww stryy genes dheylehh vexx.. vvvv nice story ehh…. thankolheh dhigu koh genes dheebala

  11. aimsithu says:
    April 6, 2016 at 1:56 pm

    vaahaka varah reeethi.. thankolheh avahah up kohlladheythi…

  12. aish says:
    April 6, 2016 at 8:20 pm

    maadhan ves up ko bala plx.

  13. Mal Mal says:
    April 6, 2016 at 8:52 pm

    v reethi mi part ves…

  14. ..... says:
    April 14, 2016 at 6:47 pm

    Kobr next part

  15. A says:
    April 15, 2016 at 9:29 pm

    vahaka nimuneetha

  16. Nnn says:
    April 17, 2016 at 7:57 pm

    mee mi meehunna vaavarakeee.vaahaka lhiyaane avaha up e nukuraane.alhe fahe ver gothe ves ingey nee buneema e nun ?????

    1. Kiyuntheriyaa says:
      April 19, 2016 at 2:28 pm

      Aaan dhw. Enme furathama dhuvaskolhu daily koh up kohffa eh hisaabun huttalany. Mihen mihaaru kithah vaahaka ebahuri mi site ga.. liyuntheriyaa vaa gotheh angaala namaves thankolheh rangalhuvees..

Comments are closed.

All Right Reserved!