Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 21

Ushaali Level 810 Stories100 Comments100 Stories500 Comments
April 6, 2016 8 Mins Read
34 Comments

”

ޝިފްނީގެ އަތްތިލައިގާ އޮތް ޓިޝޫ ނިއްކުރީގައި ޖައްސާލަމުން ލޮލުގައި އަޅާފައި އޮތް އައިނު ބުރުގާ މަތިން ބޮލުގައި އަޅުވާލިއެވެ. “މައިގޯޑް.. މިހާރު ވަކިން ލޯބި” އެކުއްޖާ ހަށިގަނޑު ފަހަތަށް ޖައްސާލަމުން ބުނެލިއެވެ. “އެކްސްކިއުޒްމީ… ކިހިނެއްވެގެން ތިއުޅެނީ. ޝިނީ ނޫނީ މިތަނުން ކުއްޖަކު ނުފެނުނީތަ. މަންމަ ކައިރީގައި ބުނާނަން. ދޮންބެ ކައިރީގަވެސް” ޝިފްނީ ހުރި ހިސާބުގައި ހުއްޓިލަމުން ކުރިމަތީގައި އިން ޒުވާނާއަށް ބުނެލިއެވެ.

 

ވާއު. ނައިސް ނޭމް. ޝިނީ” ޒުވާނާ ހިނިތުންވެލިއެވެ. “ނޭނގުނެއްނު. ޝިނީ އެއް ނޫން ކިޔަނީ. އަސްލު ކިޔަނީ ޝިފްނީ. ގޭމީހުން ލޯބިން ޝިނީ ކިޔަނީ. އެކަމު ތިމީހާ ނުވާނެ އެއްވެސް ނަމަކުން ގޮވައިގެން” ޒުވާނާގެ މޫނަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ޝިފްނީ ބުންޏުެވެ. “އޯކޭ. ބިއުޓިފުލް އަރާބާ ފަހަތަށް. ބިއުޓިފުލް ތިދާ މަންޒިލަށް މިއަޅާ ވެސް މިދަނީ. ވާރޭ ވެހެން އުޅޭހެން ހީވަނީ” ޒުވާނާ އުޑުމައްޗަށް ބަލާލަމުން ބުނެލިއެވެ. “އައްޗީ. ނޫޅެން އަރާކަށް” ޝިފްނީ ގަދަކޮށްލިއެވެ. މަގު ހުރަސް ކުރަން ޝިފްނީ ހިނގައިގަންނަން އުޅުނު ވަގުތު ޒުވާނާ ލޮލުގައި އިން އައިނު ނަގާ ޝިފްނީއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ޒުވާނާގެ ލޮލުގެ ޖާދޫގައި ޖެހި ޝިފްނީގެ ފައިގާ ކަސްތޮޅު އެޅުނު ކަހަލައެވެ. ޝިފްނީގެ މުޅި ހަޔާތުގައި ވެސް އަދި އެވަރުގެ ރީތި ދެލޯ ފެނިފައެއް ނުވޭއެވެ. “ހާދަ ރީތި ލޮލެކޭ. ހުނ މަށަށް ދައްކަންދޯ ތިއުޅެނީ. އެއްވެސް ރީއްޗެއް ނޫން ތިލޯ” ޝިފްނީ ރަކިވެގެން އިސްޖަހާލީ ޒުވާނާގެ ތޫނު ކަޅިރަވަ މޫނަށް ހުއްޓިފައި ހުރުމުންނެވެ. “ހެހެހެ… ތިހެން ބުންޏަސް އަމިއްލަ އަށް ވެސް ގަބޫލު ކުރަން ލޯ ރީތިކަމަށް. އެހެންވެ އަބަދު ފޮރުވައިގެން އުޅެނީ” ޒުވާނާ ފަހުރުވެރިވެލާފައި ބުނުމުން ޝިފްނީ ހިތާ ހިތުން މަލާމާތް ކުރިއެވެ. ” މީ ކިނާން. ފްރެންޑްސް” ކިނާން ދިއްކޮށްލައިގެން ހުރި އަތުގައި ހިފާ ސަލާން ކޮށްލަން ޝިފްނީ ބޭނުންވީ ކީއްވެ ކަމެއް ނޭނގުނެވެ. ހީލަމުން އެއަތުގައި ހިފާލިއެވެ. މަޑުކަފަކޮޅެއްހާ އަތްތިލައިގާ ކިނާން އަށް ތަފާތު އިހުސާސް އެއް ކުރެވިގެން ދިޔައެވެ. އެ އަތް ތިލައިން ދޫކޮށްލާ ހިތެއް ނުވިއެވެ. ” މީ ޝިފްނީ. ޝިނީ ކީމަ ރަނގަޅުވާނެ” ސިކުނޑީގައި ތަފާތު އޮއެވަރެއް ދައުރު ވަމުން ދިޔަ ޝިފްނީ އަށް ކުރިން ނަން ބުނެވުނު ހަނދާނެއް ވެސް ނެތެވެ. “ހެހެހެ.. އެނގޭ އެކަމަކު ހުއްދަ ލިބިދެން ބިއުޓިފުލް ކިޔާނީ” ކިނާން ހީލާފައި ބުނެލިއެވެ. ޝިފްނީ ވެސް ހީލިއެވެ. “ހިނގާ ނައްޓާލަމާ” ރަކިވެފައި ހުރި ޝިފްނީ ކިނާންގެ ފަހަތުގައި އިން އިރު ލަދުން އިސްޖަހާލަނީ ސައިކަލްގެ ލޯގަނޑުން ކިނާންގެ ލޯ ޝިފްނީއަށް އަމާޒުވެފައިވާތަން ފެނުމުންނެވެ. ނޫކުލައިގެ ކަޅިއެއްވާ ދެލޮލުގެ ޖާދުލުގައި ޝިިފްނީ ޖެހެމުންދާކަން އިހުސާސް ވެސް ނުވާ ކަހަލައެވެ. ޝިފްނީ އަށް ނޭނގުނީ ޝިފްނީ އަކީ މީގެ އަހަރެއްހާ ދުވަސް ކުރިން އެމީހަކު ހޯދުމަށް ކިނާން ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައެޅި ފަރާތެއް ކަމެވެ. އެހިތުގައި ޝިފްނީ އަށްޓަކައި ވާ ލޯބި މިހާރު ވަނީ ދެގުނަ އިތުރުވެފައެވެ. މިހާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި ޝިފްނީގެ ލޯބި ކާމިޔާބު ވާނެ ކަމުގެ ފެހި ސިގްނަލެއް ކިނާނަށް ލިބުނީ ކިނާންގެ މަންމަ އަރާއިނާގެ ބެސްޓްފްރެންޑް ސާރާ ޝިފްނީގެ މަންމައަށް ވެ ސާރާ ވެސް އެކަމަށް އެދިފައިވުމުންނެވެ. ޝިފްނީ އަށް ނޭނގި ދެފަރާތުގެ މައިންބަފައިން ވަނީ މި ގުޅުން ރާވާފައެވެ.

މެންދުރު ކާވަގުތަށް ކާމޭޒުމައްޗަށް ތަށިތައް އެރުވޭތޯ ޝިޔާރާ ހަލުވި ކަމާއެކު ބަދިގެ ފަރާތުގައި އުޅޭއެވެ. ޝިޔާރާގެ ނަސީބު ރަނގަޅުކަމުން މާބަނޑު މީހުންނަށް ވާ އެެއްވެސް އުނދަގުލެއް ކުރިމައްޗެއް ނުވޭއެވެ. ކުޑަކޮށް ބޯއަނބުރާލިޔަސް އަރާމުކޮށްލުމުން އެކަން ވެސް ފިލާދޭއެވެ. ޝިޔާރާގެ މޫނުމަތިން އެއްވެސް ހިމާތަމައެއް ކުރާކަން އެމޫނަށް ވަރަށް ރަނގަޅަށް ބަލާލިލ މީހަކަށް މެނުވީ ނުފެންނާނެއެވެ. އެގޭ ހަތަރުފާރުން އެތެރޭގައި އެގޮތުގައި ކިތަންމެ ދުވަހަކު ވެސް ޝިޔާރާއަށް އުޅެވިދާނެއެވެ. އެއީީ އެގޭގައި ޝިޔާރާއަށް އިސް އުފުލާ ބަލާލާ އެއްވެސް މީހަކު ނޫޅޭތީއެވެ. ރާކީ ވެސް ޝިޔާރާ އުއްމީދު ކުރިހާ ނުލަފައެއް ނޫނެވެ. ޝިޔާރާ ބަދިގޭގައި ކައްކާ އުޅުނަސް އަމިއްލަ ހިތަށް ފެނިގެން މަސައްކަތްކޮށްލައެވެ. ޝިޔާރާ ޒޯހަންގެ އަންބަކަށް ނުވާއިރު ރާކީގެ ފަރާތުން ލިބުނު އޯގާތެރި ހިނިތުންވުން މިހާރު އެއްކޮށް ވަނީ ކެނޑިފައެވެ.

ނޫރީއާއި އެއްކޮށް ގޭ ހުރިހާ މީހުން ކާން އެރުމާއެކު ޝިޔާރާ އެއްކައިރިއަކަށް ޖެހިލީ އެތަނުން މީހަކު އެއްޗަކަށް ބޭނުންވެދާނެތީއެވެ. އެންމެ ކުރީގައި ހެދުން އަޅާ ގޮތަށް މިއަދުން ފެށިގެން ޝިޔާރާ ހެދުން އަޅަން ނިންމިއެވެ. ބޮޑު ވަމުން އަންނަނ ބަނޑު އެއްވެސް މީހަކަށް ނުދެއްކުމުގެ ބޭނުމުގައެވެ. އެހެން ހުރެ ވެސް ޝިޔާރާ އަށް ވަށް ކަޅީން ބަލާލެވެނީ ކުރިމައްޗަށް ވާ ގޮތަށް އިން ޒޯހަން އަށެވެ. ނިއާ އާއި ސަމާސާ ކުރުމުގައި ޒޯހަން ހެވިލާފައި އިން އިރު އިހްތިޔާރަކާއި ނުލާ ޝިޔާރާއަށް ވެސް ހީލެވުނެވެ. ޒޯހަން އުފާ ކުރާ ކަމަކާއި ޝިޔާރާ ވެސް އުފާ ކުރަން ބޭނުންވެއެެވެ. “ކިހިނެއްވީ ދޫނީ…ތަދުވީތަ މާބޮޑަށް” ހޭން އިނދެފައި ދަށްބަނޑުގައި އަތްއަޅާލި ނިއާގެ ބުރަކަށީގައި ލޯތްބާއެކު ފިރުމާލަމުން ޒޯހަން ބުނެލިއެވެ. “އެހެންނޭވާނީ ދަރިފުޅު މާ ސަކަރާތް ބޮޑުވީމަ. ޒޯން ނިއާއަށް ފެންފޮދެއް ދީބަލަ” ތަށި ތެރޭގައި ސަމްސާ ބާއްވާލަމުން ނޫރީ ބުނެލިއެވެ. ޒޯހަން އަތްމަތި އަވަސްކޮށްލާފައި ފެން ތައްޓެއް ނިއާގެ ތުނބުގައި ޖައްސާލިއެވެ. މަންޒަރު ބަލަން ހުރި ޝިިޔާރާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ހަމަ އެހިނދުގައި އިސްޖަހާލުމަށްފަހު ކަރުނަތައް ފޮހެލީ އެފަދަ އުފަލެއް ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ޝިޔާރާއަށް ވެސް ޒޯހަންގެ ފަރާތުން ލިބިފައިވީތީ އެކަމާއި އުފާ ކުރާ ހާލުގައެވެ. ޝިޔާރާގެ ހަރަކާތްތަކަށް ސިއްރު ނަޒަރެއް ދިން ނޫރީ އާއި ނިއާގެ ތުންފަތްމަތީގައި ކުޅެލީ މަލާމާތުގެ ހިނިތުންވުމެކެވެ.

ދުވަސްތައް ފާއިތު ވަމުންދޭއެވެ. ޝިޔާރާގެ ދުވަސްތަކާއި ރޭތައް އެކަނިވެރިކަމުގައި ގުނަމުން ދިޔައިރު ޒޯހަންގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބިއެވެ. ވަގުތެއް ވުމާއެކު ނިއާގެ ކަމަކީ ޝިޔާރާއަށް ބެވުމެވެ. އެއްމަސް ދުވަސްތެރެ ޝިޔާރާގެ ބަނޑު ކިރިޔާ އުފުލިލާފައި ހުރި ކަމެވެ. ޝިޔާރާ އިންތިޒާރުކުރަނީ ލަތާ އެނބުރި އަންނާނެ ދުވަހަކަށެވެ. އޭރުން ޝިޔާރާގެ ހިތާމަތަކަށް ކޮންމެސް ވަރެއްގެ ލުޔެއް ލިބޭނެކަމުގައި އަމިއްލަ ނަފްސަށް އޮތް އިތުބާރެއްގެ ބޮޑުކަމުންނެވެ.

މަޤްރިބް ނަމާދަށް ގޮވި ވަގުތެވެ. ބޭރުގައި ހިއްކަން އަޅުވާފައި ހުރި ހެދުންތައް ހިފައިގެން ޝިޔާރާ ކޮޓަރިއަށް ވަނެވެ. އަދި ފަތްޖެހުމަށްފަހު އެމީހެއްގެ ކޮޓަރިއަކަށް އެމީހެއްގެ އެއްޗެއް ލިއެވެ. އެންމެ ފަހަށް ހުރީ ނިއާގެ ހަރުވާޅުތަކެކެވެ. މަޑުމަޑުން ހިނގާފައި ގޮސް ނިއާގެ ކޮޓަރީ ދޮރުގައި ޖަހާލިއެވެ. ފަސްވަރަކަށް މިނިޓް މަޑުކުރުމަށްފަހު އެއްވެސް ހަބަރެއެއް ނުވުމުން ކޮޓަރިއަށް ދާން ހިނގައިގަތްތަނާ ދޮރު ހުޅުވާލިއެވެ. ހުސް ބޮކްސާ ކޮޅުގައި ކުރިމަތީގައި ހުރި ޒޯހަން ފެނުމާއެކު ޝިޔާރާ އިސްޖަހާލިއެވެ. އޭރުވެސް ޝިޔާރާގެ ކަންފަތުގައި ޒޯހަންގެ ނޭވާގެ އަޑު ހިފާލާފައި ހުއްޓެވެ. ހެދުންތައް ލާން ދޮރުން އެތެރެއަށް ވަން ވަގުތު މެއާއި ހަމައަށް ތުވާލި އޮޅާލައިގެން ހުރި ނިއާ ރަނގަޅަށް ނުލެއްޕި ހުރި ދޮރުން ފާހާނާ ތެރެއިން ޝިޔާރާއަށް ފެނުނެވެ. އެހިސާބުން ވަގުތުގެ ނާޒުކު ކަން ޝިިޔާރާއަށް ވިސްނި ބާރަށް ހިނގާފައި ކޮޓަރިން ނިކުތެވެ. ދޮރު ކައިރީގައި އިސްޖަހާލައިގެން ހުރި ޒޯހަން ޝިޔާރާ ނިކުތުމާއެކު ބާރަކަށް ދޮރުޖަހާ އެތެރެއިން ލޮކް ކޮށްލި އަޑުވެސް އިވުނެވެ. ހިތަށް ކުރި އަސަރުން ޝިޔާރާއަށް ދުއްވައިގަނެވުނު ދިމާލެއް ވެސް ނޭނގުނެވެ.

ސިޓިންގްރޫމުގައި ހުރި ބޮޑު ސޯފާގެ ލެގޭ ބައިގާ ދެފައި އަޅުވާލައިގެން ތިިރިއަށް ބޯއެލުވާލައިގެން ފޯނަށް ބަލަން އޮތް ޝިފްނީގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. ފޯނަށް ބަލަހައްޓައިގެން އޮތް ޝިފްނީ ފެނި ސާރާގެ ތުންފަތްމަތިގައި ކުޅެލީ ހިނިތުންވުމެކެވެ. މެންދުރަށް ކައްކަން އުޅުނު ހާލާއަށް އެހެން އޮތް ޝިފްނީ ފެނުމާއެކު އަތުގައި ހުރި ބިއްލޫރި ތަށިތައް ސާރާގެ އަތަށް ދިނުމަށްފަހު ދެއަތް ޓިޝޫއަކުން ފޮހެލާ ޝިފްނީއާއި ކައިރިވެލީ ދިމާކޮށްލާށެވެ. ޝިފްނީ ކައިރީގައި އިށީނުމަށްފަހު އަތުގައި ހިފާ ގޮނޑިއަށް ސީދާ ކޮށްލަމުން ހާލާ ޝިފްނީއަށް ބަލާ ހީލިއެވެ. “ހޫމް..ހޫމް….ސަމްތިންގް އިޒް ފިޝީ” ހާލާގެ ޖުމްލަ އިން ޝިފްނީ ލަދުގަތެވެ. އަދި ހަމަ އެހާ އަވަހަށް ހާލާގެ ކަރުގައި ދެއަތް އަޅުވާ ބައްދާލިއެވެ. އެވަގުތު ޝިފްނީ އަތުގައި އޮތް ފޯނުގެ ޑިސްޕްލޭ ގައި ހުރި އެއްޗެހި ހާލާ ކިޔަމުންދާ ކަމެއް ހުދު ޝިފްނީއަށް ވެސް ނޭނގެއެވެ. “ލަވް ޔޫ މޯރ ބޭބީގާރލް” ކުއްލިއަކަށް ޝިފްނީ ހާލާގެ އަނގަމަތީގައި އަތް އެޅިއެވެ. “ދެން ދޮންބެދައްތާ… މަންމައަށް ނޫނީ ދޮންބެއަށް އިވުނިއްޔާ ޔޯ” ހާލާ ހީލިއެވެ. “ކާކަށް ކޯއްޗެއް ނާންގަން މާމަގެ ދަރިފުޅު ތިއުޅެނީ. ކާފާ ވެސް ބޭނުން ތިދެކުދިންނަށް އެނގުނު އެއްޗެއް އެނގެން” ދޮރުން ވަދެގެން އައި އިބްރާހީމްގެ މަންމަ އާއި ބައްޕަ ހަރީރާ އަދި މޫސަ އަށް ހާލާއާއި ޝިފްނީ ދައްކަމުން ދިޔަ ވާހަކަ އަޑު އިވުމުން މާމަ ދަރިފުޅާއި ދިމާކޮށްލިއެވެ. އިބްރާހީމްގެ އާއިލާ ހުޅުމާލެއަށް ބަދަލުވުމާއެކު އެކަކު އަނެކަކަށް މާފްކޮށް އުފާވެރި ދިރިއުޅުމެއް ވަނީ ފަށާފައެވެ. ހަރީރާއާއި މޫސަ ސާރާދެކެ އަމިއްލަ ދަރިއަކު ފަދައިން ލޯބިވިއެވެ. ޝަޒަން އާއި ހަލާ އަދި ޝިފްނީ އެކަކު އަނެކަކާއި ތަފާތެއް ނުކުރޭއެވެ. އެދެމަފިރިންގެ ހިތާމައަކީ ވެސް އާއިލާއިން ގެއްލުނު މެންބަރުގެ އެއްވެސް ހަބަރެއް ނޭނގުމެވެ. ހިތާ ހިތުން ކުރެވޭ ދުއާ އަކީ އެދަރިފުޅާއި ބައްދަލް ވެވުމެވެ. “މަންމާ… މަށަށް އެނގޭ.. މަންމަގެ ޝިނީ ބޮޑުވީ. ޕްރިންސް ފެނުނީ. ދޯ ދަރިފުޅު” އެވަގުތު ބަދިގެއިން ސިޓިންގްރޫމަށް ނިކުތް ސާރާ ހުއްޓިލީ ޝިފްނީ ކައިރީގައެވެ. ޝިފްނީ ލަދުން ބައްދާލީ މާމަގައިގައެވެ. އެވަގުތު ގެތެރޭގައި ހިނގާލީ އުފާވެރި ކަމުގެ ވަގުތުކޮޅެކެވެ.

ހިމޭންކަން ވެރިވެފައި އޮތް ސިޓިންގްރޫމުގައި ޓީވީ ފޮޅާ ސާފު ކުރަން ހުރި ޝިޔާރާއަށް އިވޭ އަޑަކީ ކޮޓަރިތެރޭން ނިއާ އާއި ޒޯހަން ހީ ސަމާސާ ކުރާ އަޑެވެ.އެވަގުތު ޒޯހަން ވާހަކަދައްކާ އަޑު ވެސް ޝިޔާރާއަށް އިވެމުން ދިޔައެވެ. ބަނޑުބޮޑުވި ފަހުން ނިއާ ޑޮކްޓަރަށް ދައްކަން ދާއިރު އެކުގައި ޒޯހަން ނުގެންގޮސް އަބަދުވެސް ނިއާގެ މަންމަ ގެންދާތީ އެކަމާއި ޒޯހަން ޝަކުވާ ކުރާ އަޑެވެ. ނިއާގެ މެޑިކަލް ފައިލްތަކާއި އެހެނިހެން ޑޮކްޓަރީ ސާމާނު ނިއާގެ މަންމަ ގޭގައި ބަހައްޓާތީ އެކަމާއެވެ. ޖަވާބުގައި ނިއާ އެއީ ޒޯން އަށް ފަސޭހަ ކުރަންވެގެންނޭ ބުނި އަޑު ވެސް ޝިޔާރާއަށް އިވުނެވެ. ދެން އިވުނީ ކޮންމެސް ސަމާސާއެއް ކޮށްލުމަށްފަހު ދެމީހުން އެއްކޮށް ހީލިއަޑެވެ. ލޮލުން ފޭބި ކަރުނަތައް އެއްއަތުން ފޮހެލުމަށްފަހު މަސައްކަތާއިގެން ކުރިއަށް ދިޔައީ އިވޭ ކަންފަތަށް ނީވޭ ކަމަށް ހަދަމުންނެވެ. ކުއްލިއަކަށް ކޮޓަރިން ނިކުތް ޒޯހަން ހުސްގަޔާ ހުރެ ބަދިގެއަށް ވަންތަން ޝިޔާރާއަށް ފެނުނެވެ. ޒޯހަން ބަދިގެއަށް ވަންނަންޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް ޝިޔާރާ ގަބޫލެއް ނުކުރޭއެވެ. ޒޯހަން ބަދިގެއިން ނުނިކުމެ ގިނަ އިރު ވުމުން ޝިޔާރާ ދެހިޔާލެއްގައި ހުރެ ހިނގައިގަތީ ބަދިގެއާއިވީ ދިމާލަށެވެ. ދަމުން ވެސް ޖެހިލުންވެފައި ބަލާލެވުނީ ނިއާގެ އެއްވެސް ހަބަރެއް ވެދާނެތީއެވެ. ރަތްކުލައިގެ އާފަލެއް މަށަން އަތަށް ވަޅި ހެޔޮވަރުކޮށްލި ޒޯހަން އުޅުނު ގޮތުން ޝިޔާރާ ހިތުގައި ބިރުވެރިކަން ހިނގާލިއެވެ. އެވަޅިން ނުފަރިތަ ކަމާއެކު ޒޯހަން އާފަލުގައި އަޅަމުން ދިޔައެވެ. ޝިޔާރާގެ ހިޔާލަށް ފެނުނު މަންޒަރަކުން ކަންނޭނގެއެވެ. ފުންމައިގެން ގޮސް ޖެހުނީ ޒޯހަންގެ ކުރިމަތީގައެވެ. ޝިޔާރާ އެހާ ކައިރިން ފެނުމުން ޒޯހަން ވެސް ހިސާބަކަށް ސިހުނެވެ. ނަމަވެސް ބަހެއް ނުކިޔާ އާފަލުގައި ވަޅި އަޅަމުންދިޔައީއެވެ. މަންޒަރު ބަލަން ހުރި ޝިޔާރާ ހީވަނީ ޒޯހަން އަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރަން ތައްޔާރަށް ހުރި ހެންނެވެ. ނުރުހިފައި ޝިޔާރާގެ މޫނަށް ބަލާލި ޒޯހަންގެ އިނގިލީގައި ވަޅީގެ ކޮޅު ޖެހުނުތަނާ ޝިޔާރާ ޒޯހަން އަތުން ވަޅި އަތުލަން ވަޅީގައި ހިފިއެވެ. ޝިޔާރާއަށް ހިފިފައި އޮތީ ޒޯހަންގެ އަތާއި ވެސް އެކުގައެވެ. އެވަގުތު ޒޯހަން ބަލާލީ ޝިޔާރާގެ މޫނަށެވެ. ޝިޔާރާގެ ހަތަރުކަޅި ޒޯހަން އާއި ބައްދަލުވުމާއެކު ޒޯހަން އެހެން ދިމާލަކަށް ބަލަން ފެށިއެވެ. އަދި ވަޅިން ޝިޔާރާގެ އަތް ނައްޓުވާލަން މަސައްކަތްކުރިއެވެ. ނަމަވެސް ޝިޔާރާގެ އަތަށް ގުޑުމެއް ވެސް ނޭރިއެވެ. ވަޅީގައި ހިފައިގެން ޝިޔާރާ ވެސް ހުރީ ގޮތުގައެވެ. އެވަޅީގެ ތޫނު މިޔަތަކުން ޒޯހަންގެ ހަންގަނޑުގައި ކޫރުމެއް އެޅޭކަށްވެސް އެހިތެއް ނޭދޭނެއެވެ. އޭގެ ކުރިން ވަޅި ޖެހޭނީ ޝިޔާރާގެ ހަންގަނޑުގައި ކޫރުން އަޅުވާށެވެ. މާދުރަށް ބަލަހައްޓައިގެން ހުރި ޒޯހަންގެ މޫނަށް ޝިޔާރާގެ ނަޒަރު ސީދާކޮށްފައި ހުއްޓެވެ. އަޑު ބޭރު ނުއްވަސް ހިތް ގޮވަމުން ދަނީ އެއާފަލު ކޮށާ މަށަން ޝިޔާރާ އާއި ހަވާލުކުރުމަށެވެ. ނަމަވެސް ޒޯހަން އަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ބަލި ގަބޫލުކޮށް ވަޅިން ދޫކޮށްލުމަށްފަހު އެނބުރި ދާން އުޅުނު ޒޯހަންގެ މެދުހަށީގައި ޝިޔާރާ ބައްދާލީ އެކަމަށް އެހިތް އެދި ރޯވަރުން ކެއްނުވެގެންނެވެ. ޒޯހަން ސިހުން ލިބި އިރުކޮޅަކު ހުރެވުނީއެވެ. މަޑުމަޑުން ޝިޔާރާއާއި ވީ ފަރާތަށް އެނބުރި އަތް ނައްޓުވާލިއެވެ. އަދި ޝިޔާރާގެ ހަށިގަނޑަށް ފުން ނަޒަރަކުން ބަލާލިއެވެ. ބޮޑު ކަޅު ކުލައިގެ ހެދުން މަތިން ކިރިޔާ ފާޅުވާން ހުރި ޝިޔާރާގެ ބަނޑަށް ޒޯހަންގެ ނަޒަރު ސީދާކޮށްލިއެވެ. އަދި ޝިޔާރާގެ މޫނަށް ބަލާލުމުން ފެނުނީ ފެންކަޅިވެފައިވާ ޝިޔާރާގެ ދެލޮލެވެ. ޝިޔާރާ ކައިރީގައި އެއްޗެއް އަހާލަން ބޭނުންވިޔަސް ޒޯހަންގެ ދޫ ހަރަކާތެއް ނުކުރިއެވެ. ދުލުގައި ތަޅެއް ލެވިފައިވި ކަހަލައެވެ. ކުއްލިއަކަށް ޝިޔާރާ ޒޯހަންގެ އަތް ގެނެސް ޝިޔާރާގެ ބަނޑުގައި ޖައްސާލިއެވެ. ތަފާތު އިހުސާސެއް ކުރެވިގެން ދިޔަ ކަން ހުދު ޒޯހަން އަމިއްލައަށް ވެސް ގަބޫލު ކުރިއެވެ. ދެވަނަ ފަހަރަށް ޒޯހަން ޝިޔާރާގެ މޫނަށް ބަލާލުމުން ޝިޔާރާ ކުޑަކޮށް ހިނިތުންވެލިއެވެ. އޭރުވެސް ޒޯހަންގެ އަތްތިލަ ވީ ޝިޔާރާގެ ބަނޑުގައި ޖެއްސި ހިސާބުގައި މަޑުކޮށްލާފައެވެ. އަނގައިން ނުބުނިއެއް ކަމަކު ޝިޔާރާގެ ދެލޮލުން ކިތަންމެ ވާހަކައެއް ޒޯހަން ކިޔައިފިއެވެ. ކުއްލިއަކަށް ޒޯހަން ހިތްހަމަނުޖެހިފައި އަތް ދަމައިގަތެވެ. އަދި އަނެއްފަރާތަށް އެނބުރި ޒޯހަން ބޮލުގައި އަތް އަޅާލިއެވެ. އަދި ފުން ނޭވައެއް ލަމުން ދެލޯ މަރާލާފައި ހުޅުވާލިއިރު ކުރިމަތީގައި ހުރި ޝިޔާރާ ފެނުމުން މޫޑް ސަކަރާތްވިއެވެ. އަދިވެސް ޝިޔާރާ ހުރީ ޒޯހަން އަށް ބަލަހައްޓައިގެން ރޮވިފައެވެ. ދެވަނަ ފަހަރަށް ޒޯހަންގެ އަތުގައި ޝިޔާރާ ހިފާލިއެވެ. އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިބި ޝިޔާރާއާއި ޒޯހަން ސިއްސައިގެން ދިޔައީ ބަދިގެތެރޭން ބާރު އަޑުފަށް ގަނޑެއް އިވުނީމައެވެ. ދެމީހުނަށް އެއްފަހަރާ ސިހިފައި ބަލާލިއިރު ނިއާގެ ރުޅިވެރި ދެލޯ ހުރީ ޝިޔާރާއަށް އަމާޒުވެފައެވެ. ބާރު ހިނގުމުގައި ޒޯހަން ގޮސް ނިއާގެ ކުރިމައްޗަށް ހުއްޓުމުން އައިއްސަ ހުރި ރުޅިގަނޑު ހިންދާލުމަށްފަހު ޒޯހަންއަށް ހިނިތުންވުމެއް ދިނެވެ. “ޒޯން ދޮގު ނުހަދާ ބުނެބަލަ މިހަފްތާގައި ކޮންމެ ރެއަކު ނިއްނި ދިން ޖޫސްތަށި ބޮންތަ؟” ނިއާ ކުރި ސުވާލަކުން ޒޯހަން ހައިރާންވިއެވެ. މިކަހަލަ ދަނޑިވަޅެއްގައި ނިއާ އެކަހަލަ ސުވާލެއް އެކުރީ ކީއްވެ ހެއްޔެވެ؟ “ސޮރީ ދޫނީ… ކަރުތެރެ ސަކަރާތްވެފައި ހުރުމުން ނުބޮމޭ އެޖޫހެއް. އަސްލު ނުބޮވެނީ. ދޫނި ދެރަވެދާނެތީ ނުބުނަން ހުރީ. އެކަމު ކީއްވެ ތިސުވާލު ކުރީ” ޒޯހަން ބުނި އެއްޗަކުން ނިއާގެ ދެލޯ ބޮޑުވިތަން ފެނުނީ ދުރުގައި ހުރި ޝިޔާރާ އަށެވެ. “އެހެންހީވީމަ. ދެން އަޅާނުލާ. ބަދިގެއަށް އައިއްސަ ގިނަ އިރު ވުމުން މިއައީ ވީގޮތެއް ބަލާލަން” ނިއާ ޒޯހަންގެ ގައިގާ ބައްދާލަމުން ބުނެލިއެވެ. ޝިޔާރާ ހުރީ ތިރިއަށް ބަލަހައްޓައިގެންނެވެ. “ދޫނި ޓޮއިލެޓުން ނިކުންނަން ވާއިރަށް އެޕަލްކޮޅެއް މަށާލައިގެން ގެންދަން އުޅުނީ. އެކަމަކު… އައި ޑޯންޓް ނޯ ވަޓްސް ރޯންގް ވިދް ހާރ” ޒޯހަން ދެލޯ އެޅީ ޝިިޔާރާއަށެވެ. ދަތްކުނޑި ވިކާލާފައި ހުރި ނިއާ ޝިޔާރާއަށް ބަލަމުން ދިޔައީ ވަގު ބުޅާ މަސްގަނޑަށް ބަލާ ގޮތަށެވެ. “އެކަމެއް ނޫން. ޒޯން ދާންވީނުން ރޫމަށް. މިދަނީ ފެންފޮދެއް ބޯލައިގެން” ބުދެއްހެން ނިއާގެ ބަހަށް ކިޔަމަން ވުމުގެ ގޮތުން ޒޯހަން އެނބުރި ދަމުން ފަސްއެނބުރި ޝިޔާރާއަށް ބަލާލެވުނީ ކީއްވެ ކަމެއް ނޭނގެއެވެ. ޒޯހަން އަށް ކޮޓަރިއަށް ވަދެވުނުކަން ޔަގީން ވުމާއެކު ނިއާގެ ބަހުގެ ހަމަލާތައް ޝިޔާރާއަށް އަމާޒުކުރަން ފެށިއެވެ. “މަންމަނުގަނޑު. ކަލޭ ކީކޭ ހިތައް އަރައިގެން ތިއުޅެނީ. އިރެއްގަ ޒޯހަން ކަލޭ ފޫބުޑުގަ އުޅުނަސް މިހާރު އެއީ މަގޭ މީހެއް. ކުރިއަށް އޮތް ތަނުގަ ވެސް ޒޯހަން ހުންނާނީ މަގޭ މުށު ތެރޭގައި. ދުވހަކުވެސް ކަލޭގެ ލޯތްބަށް އެދި އޭނަ ނުދާނެ. އެވަރު އޭނައަށް ކޮށްދީފަ ހުންނާނީ. ކަލޭގެ ފަރާތުން އެއްވެސް އުފާލެއް އޭނަ ބޭނުމެއް ނޫން. އެކަން މިހާރު ކަލެއަށް ވެސް އެނގިފައި އޮންނާނީ. ކަލޭ ކައިރީގައި އެންމެ ފަހުން ޒޯހަން ނިދި ދުވަސް ހަނދާން އެބުހުރިތަ؟ އަހަރެންގެ ނަސީބުގައި ކުޑަކުޑަ އުނިކަމެއް ހުރުމުގެ ސަބަބުން ޒޯހަން އަށް ކަލެއަށް ވުރެ ފަހުން އަހަރެން ފެނުނީ. އެހެންނޫންނަމަ ޒޯހަން އެންމެ ފުރަތަމަ ލޯބިވެސް ވާނީ މަދެކެ. ކަލެއަށް އެނގޭތަ! ކިތަށް ރޭ ކިތައް ފަހަރަކު ޒޯހަންގެ ހަށިގަނޑުން……އަހް….ކިތަށް ފަހަރު އެދުލުން އަހަރެން ދެކެ ލޯބި ވާވަރު ހާމަކޮށްދިނީ. ކިހިނެއްވެގެންތަ ގަމާރެއްހެން ބަލަހައްޓައިގެން ތިހުރީ؟ މިހުރިހާ ކަމެއް ވާއިރުވެސް ކީއްވެ މިތަނުން ފެއްސިގެން ދާން ނޭނގިގެން ތިއުޅެނީ. އޯވް…ސޮރީ. އަހަރެން ހަނދާންނެތުނީ. އަންހެނެއްވީމަ ތިހަށިގަނޑަށް ބޭނުންވާނެ ކަންކަން ހުންނާނެ ދޯ. ކަލެއަށް އެބައި ފޫބައްދަދޭނެ މީހަކު އަހަރެން ހޯދަންތަ! ކޮބާ ކަލޭގެ ލޯބިވާ މުސްކުޅި ބަކުރު. ކަލެއާއި ގުޅެނީ ބަކުރާ. ދޭ ބަކުރު ކައިރިއަށް. ގޮށްސަ ބުނޭ ބޭނުންވެގެން ތިއުޅޭ އުފާތަށް ހޯދަ ދޭށޭ” އެއްވެސް ހިޔާލެއް ފިކުރެއް ނެތި ކުރިމަތީގައި ހުރެގެން ނިއާ ދޫކޮށްލާ ކޮންމެ ތީރެއް އަމާޒުވަނީ ޝިޔާރާގެ ކުށެއް ނެތް ހިތަށެވެ. މިހާރު އެހިތުގައި ޒަހަމްނުވާ އެންމެ ތަންފުކެއް ވެސް ނެތެވެ. ހިތަށް ލިބިފައިވާ ޒަހަމްތަކަށް އަޅާ ވޭނެއްގެ ސަބަބުން އިސާހިތަކު ޝިޔާރާއަށް ރޮވެން ފެށުނެވެ. ވިސްނާނުލާ ހުރި ޝިޔާރާ އަޑެއް ކިޔާފައި ތިރިއަށް ވެއްޓުނީ އަނގައާއި ނޭފަތާއި އެއްކޮށް ނިއާގެ އަތުން ދޫކޮށްލި ދިލަހޫނު އެތިފަހަރެއްގެ ސަބަބުންނެވެ. އަނގައިގެ އެއްފަރާތުން ފަޅައިގެން ގޮސް ނޭފަތުން ވެސް ކުޑަކޮށް ލޭ އަންނަން ފެށިއެވެ. ވެއްޓުނު ވަގުތު ބަނޑަށް އެރި ލޮޅުމަކާއި އެއްކޮށް ޝިޔާރާއަށް ހިފަހައްޓާލެވުނީ ކުޑަކުޑަ ބަނޑުގައެވެ. ބޮލަށް އަރާފައި ހުރި އެނބުރުމާއެކު ދަށްބަނޑުގައި ވެސް ރިހުމެއް އުފެދުނެވެ. ރޮމުން ޝިޔާރާއަށް ބަލާލެވުނީ އެދިމާލަށް ގުދުވެ އޮތް ނިއާ އަށެވެ. “މިހާރު އެނގޭނެތަ ތިމާގެ ފެންވަރު ދަނެގެން އުޅެން. މީގެ ފަހުން މަގޭ ފިރިމީހާއަށް ބަލާލިޔަސް ނިމުނީ. ހަނދާންކުރާތި! މަގޭ ނުލަފާ ކަމުން އަދި ކުޑަ މިންވަރެއް މަންމަނުގަނޑަށް ތިފެނުނީ” ނިއާ އެނބުރި ކޮޓަރިއަށް ދިޔައީ ޒޯހަން ގޮވާލުމުންނެވެ. ބަދިގޭ ޓައިލްސް މައްޗަށް އިނދަ ޖެހިފައި އިން ޝިޔާރާ ތެދުވެވޭތޯ މަސައްކަތްކުރިއެވެ. ވަރަށް ހާލުން ހަށިގަނޑު ކޮޅަށް ޖަހާލެވުމާއެކު ކޮޓަރިއާއި ދިމާލަށް ކުދި ފިޔަވަޅުތަކެއް އަޅަމުން ދިޔައީ އެއްއަތުން ބަނޑުގައި އަތް އަޅާލައިގެން ކުޑަކޮށް ގުދަށް އޮވެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ފެންނާތީ ޔާރާގެ މޫނު (8)

Next

މިހިތުގެ ލޯތްބޭ ތީ 14

Next
April 6, 2016

މިހިތުގެ ލޯތްބޭ ތީ 14

Previews
April 6, 2016

ފެންނާތީ ޔާރާގެ މޫނު (8)

34 Comments!

  1. Ushaali says:
    April 6, 2016 at 2:32 pm

    um realy very sorry frnds… mi bai las v trainning programme eh ga varah burakoh ulhen jehumun… mi bai las v thee next episode maadhama up kohdheynan. insha allah… mi bai ves reecheh nuvaane kannenge dhw…

  2. sss says:
    April 6, 2016 at 2:43 pm

    Story v salhi…. ekam inthizaaru koh koh varubali v fahun thi up kury……Alhe next part v v v avahah up kohdhehchey… plxxxx.. plxxxx…. varah kiyaa hithun mi iny…

  3. Saana says:
    April 6, 2016 at 2:44 pm

    I’m the fst story v salhi akamaku v sad vejjeh shiyara vagothun

  4. ken? says:
    April 6, 2016 at 2:45 pm

    heheh…no worries ushaali…story hama v reethi…dn alhey lathaa ais shiyaa ah rangalhu gothei medhuveri vaane nama…i think dic bunihen shiyaa ah shock ei libunyma hen adu nikunnaanee

  5. ken? says:
    April 6, 2016 at 2:45 pm

    heheh…no worries ushaali…story hama v reethi…dn alhey lathaa ais shiyaa ah rangalhu gothei medhuveri vaane nama…i think doc bunihen shiyaa ah shock ei libunyma hen adu nikunnaanee

  6. princess says:
    April 6, 2016 at 2:47 pm

    Hehe nooney ushaaly…vrh rythi….kyp it up

  7. nafu says:
    April 6, 2016 at 2:53 pm

    Vvvvvvvvv shali ………..

  8. ur fan says:
    April 6, 2016 at 3:04 pm

    vvv nice

  9. Ushaali says:
    April 6, 2016 at 3:08 pm

    thankyou guyxxx…. maadhama next episode

  10. ayya says:
    April 6, 2016 at 3:31 pm

    vaahaka v nice ekam sifakurun ithurukollaa… adhi zohan shiyaara dheke foohivaanvi sababuthah ithuru kollaa… eyrun furihamakan ithuruvaane.

  11. naajy says:
    April 6, 2016 at 3:34 pm

    alhey..shiyaa fakeeru ulhey haaleh dho ushaali thi niyaa gadu falhaa aruvaafa thi gein beyru kuran v nun thikahala jaahilu anhenun ge sababun kithah firihenun ge dhiri ulhun halaaku vefa ebahuri….

  12. shiyara says:
    April 6, 2016 at 3:44 pm

    vvvvvv sad vey shiya ah dera kantha vaathy…. zone dhen change kuruvaba alhe… vvvvv reethi one of my best story now a days… keep it up

  13. Zaanaa says:
    April 6, 2016 at 3:49 pm

    Keyaalan lebehje v reethi story next part veehaa ves avahakah up khon dahchay

  14. fahy says:
    April 6, 2016 at 4:04 pm

    Alhey dhen thi niyaa kanthah avahah falhaa aruvaba naseebeh nun a juice thashi nubokan

  15. Isheee says:
    April 6, 2016 at 4:23 pm

    Shiyaa dheke foohivee juice thashi in fanditha hedheema hen heevanee. Hehe let’s see. Vaahaka varah reethi

  16. Saaraa says:
    April 6, 2016 at 4:30 pm

    Koba part 20.. 21 eynun mee..

  17. Maayaa says:
    April 6, 2016 at 4:40 pm

    Wowww inthizaaruge nimun aeedho ???? Ekamak adhi maakuru?????

  18. brokenness says:
    April 6, 2016 at 4:43 pm

    ohh, dat means, nooree nd niaa ehbai dhww… pis pis midhn boduvaru dhw.. lhee dhariaa ehbai vegnn amihla dharyge ufaathah viyya e feyre gathy… Ushaali avahah lathaa geney , ehn noony shiyaa fakyru Halaaku vedhaane.. nd thi nooree hiehnuvey zoahange bappa hnneh.. Niaage bappa hn hyvany.. Balaathi adhi niaa bust v ma zoahange fai budah vette gannaane maafu kuraashey kiyaafa… huh , haadha foohi veyey…
    Aslu story. Nice ingey , bt mihaaru abadhu shiyaa ah ehn vaathy sad vegn buneveny hadiey.. ekamaku hadieh noon. V nice ingey??☺

  19. Ninni says:
    April 6, 2016 at 4:51 pm

    Dhn niaa mee bahyeh kahala anheneh. Huwrrr..
    Haadhr foohseh veyey…

  20. Shaai says:
    April 6, 2016 at 5:28 pm

    V foohi story. Next part up kohlabala avahah. Shiyaa ah rangalhu gotheh vaathan balaa hihvany. Ekamaku story nimumuge kurin shiya n zone happy koh ulheythan kiyaala hihvany….?

  21. Appy says:
    April 6, 2016 at 5:58 pm

    Next part avas. …………

  22. bulha says:
    April 6, 2016 at 6:29 pm

    Eme asarugada vaahaka.ekam ekache dhw.sihuru kantha falhaa aruvan v konmes varaka

  23. Aminath Nahidha says:
    April 6, 2016 at 7:25 pm

    If the22~>~~“`€^↑=¶

  24. Aminath Nahidha says:
    April 6, 2016 at 7:26 pm
  25. Aminath Nahidha says:
    April 6, 2016 at 7:26 pm
  26. aish says:
    April 6, 2016 at 8:17 pm

    v nice. dhen shiyaa eygein beyru kolan v. adhi hulhu male ah haalaa kaari ah fonuva ba. dhen shiaa ah eyna ge famely dhakaafa niyaa bust kolaafa zoan ge bapa size kolaaa eyrun v nice vaane

  27. Raees Nasheed says:
    April 6, 2016 at 11:03 pm

    Story v v v v v v nice…..?

  28. naajy says:
    April 7, 2016 at 8:49 am

    ushaali..kobaa buny men nun miadhu vaahaka upkohdheynamey…avas kohbala…kiyaa hithun kehmadhu vany yey…

  29. ken? says:
    April 7, 2016 at 12:04 pm

    inthizaaringa…kobaahey kobaahey kobaahey?????

  30. Aeyesha says:
    April 7, 2016 at 1:26 pm

    i just can’t wait . . . . hama nxt part kiyaahiyy vany ey ushaali. avahah up kohladhybr

  31. Aish says:
    April 7, 2016 at 1:44 pm

    Kobaathr vaahaka alhe plx up kohdheeba

  32. naajy says:
    April 7, 2016 at 3:25 pm

    ushaali dhogu hadhany keyve….vvvv foohivey mi adhu up kuraanamey kiyaafa up nukury…..

  33. Petite says:
    April 7, 2016 at 5:38 pm

    Alhe story kobaatha??mihaaru 100 varakah faharu check kurevijje story intho.. ushaali avahah up kohdhdhyba plxx

  34. ރީޝާ says:
    October 24, 2016 at 12:21 pm

    ވަރަށް ރީތި.

Comments are closed.

Next Episodeފުންއަސަރު 22←


All Right Reserved!